Skip to content
އެސްފިޔަ

ކުއްޅަވަށްފާ 3ވަނަ ބައި

ފަތިސްނަމާދަށް ގޮވުމުން ފާހާނާއަށްވަދެ ވުލޫ ކޮއްލުމަށްފަހު ނިކުމެ ނަމާދު ކޮއްލީމެވެ. އޭރު މަންމަވެސް ތެދުވެގެން ނަމާދުކުރަން އުޅެއެވެ. ރޭގައި ނުކައި ހުރުމުގެ ސަބަބުން އަހަރެންހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން ބަދިގެއަށް ވަދެ ފުރަތަމަވެސް ބެލީ ކޮފީތައްޓެއް ބޯލެވޭތޯއެވެ. އެއަށްފަހު ހެނދުނުގެ ސައި ތައްޔާރު ކުރަންފެށީމެވެ. އިރުކޮޅަކުން މަންމަވެސް އަހަރެންނާއި ބައިވެރިވެއްޖެއެވެ. ހެނދުނުގެ މަސައްކަތްތައް ނިންމާލުމަށްފަހު މާމައަށް ސައިބޯން ގޮވަން ދިޔައީމެވެ. އޭރު މާމަ އިނީ މުސްހަފެއް ހިފައިގެން ގުރުއާން ކިޔަވާށެވެ. އަހަރެން ފެނުމުން މުސްހަފު ބޭއްވުމަށްފަހު މާމަ ގާތަށް އައުމަށް އަތުން އިޝާރާތް ކޮއްލިއެވެ. އަހަރެންގޮސް މާމަ ގާތު އެނދުގައި އިށީނީމެވެ. ރޭގަ އަހަރެން ދަންގަޑީގައި ރުއީ ކީއްވެތޯ މާމަ އިޝާރާތުން އަހާލިއެވެ. އަހަރެން ރޭގައި ފެނުނު ހުވަފެން ކިޔައިދޭން ފެށީމެވެ. ހުވަފެން ކިޔައިދެމުން ދިޔަވަރަކަށް މާމަގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.ކަން ބޮޑުވުމުގެ އަސަރުތަކެވެ. ހުވަފެން ކިޔައިދީ ނިމުނުއިރު މާމައަށް ވަނީ ރޮވިފައެވެ.އަދި މިހާރު އެއްވެސް ކަމެއް އަހަރެންނަށް ފޮރުވަން ބޭނުން ނޫންކަމަށާއި ކިތަންމެ ސިއްރު ކުރިޔަސް އެކަން ސިއްރެއްގެ ގޮތުގައި ނޯންނާނެކަމަންވެސް ބުންޏެވެ.ދެން ހުރިހާ ކަމެއްވެސް ދިމާވާނީ އަހަރެންނަށް ކަމަށާއި އެކަންކަމުން ސަލާމަތްވާން ޖެހޭނީވެސް އަހަރެންގެ ހިތްވަރުންކަމަށް މާމަ ބުނަމުން ދިޔައެވެ.އަހަރެން ހިތުގައި އިތުރު ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. އެސުވާލުތައް މާމަ އާއި ކުރަންފެށީމެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް މާމަ ޖަވާބެއް ނުދެއެވެ.އަދި ބާލީސް ދަށުން ފަތްޖަހާފައި އޮތް ކަރުދާސްކޮޅެއް ނެގުމަށްފަހު އަހަރެންގެ މުށަށް ލައިދިނެވެ. އަހަރެން އެ ކަރުދާސްކޮޅުގައިވާ އެއްޗެއް ބެލުމަށްޓަކައި ހުޅުވާލީމެވެ. އޭގައި އޮތީ މީހެއްގެ ނަމާއި އެޑްރެހެވެ. “އަބޫބަކުރު ހާދީ.ސ.ހިތަދޫ. ކަޅުގެ.” މިއީ ކާކުތަ މާމާ. މީ ފަންޑިތަ ހަދާ މީހެއްތަ؟ މާމަ ބޯޖަހާލަމުން އާއެކޭ ބުންޏެވެ. މާމަ އިޝާާރާތުން އަހަރެންނަށް ވަރަށް ގިނަ ވާހަކަ ކިޔައި ދީފިއެވެ. އެ އަބޫބަކުރަކީ ވަރަށް މޮޅު ފަންޑިތަވެރިއެއް ކަމާާއި އޭނާ އަހަރެންނަށް މި ފެނުނު ހުވަފެން ތައުބީރު ކޮއްދޭނެ ކަމާއި އަދިވެސް އަހަރެން ބޭނުން ހުރިހާ ސުވާލަކަށް އެމީހާ ޖަވާބުދޭނެކަމެވެ. މާމައަށް ސައި ދިނުމަށްފަހު މެންދުރަށް ކުރަންހުރި މަސައްކަތްތައްވެސް ކޮށް ނިންމާލީމެވެ. އެއަށްފަހު މަންމަ ގާތު ބޭރަށްދާ ވާހަކަ ބުނެފަ އަހަރެން ދިޔައީ އިޝާމެން ގެއަށެވެ. އޭރު އެގޭ ގޯތިތެރޭގައި ހުރި ބޮޑު އަނބުގަހުގައި އެލުވާފައި ހުރި އުނދޯލީގައި ފޯނާއި ކުޅެން އިޝާ އޮތެވެ. އިޝާއަށް ޖެއްސުމެއް ކޮއްލާނަމޭ ހިތާ އަހަރެން ވަރަށް ސިއްރުންގޮސް އިޝާ އިން ޖޯއްޔާއި ގާތްވެލަމުން އޭނާ ފޯނުން އެ ކުރާކަމެއް ބަލާލީމެވެ. އެވަގުތު އޭނާގެ ލޯބިވެރިޔާއަށް ކޮއްފައި އިން މެސެޖު ފެނުމުން ބާރުބާރަށް އެ ކިޔަން ފެށީމެވެ.އިޝާ އަހަރެންނަށް ބަލާލާފައި ބޮޑުވަގޭ ކިޔާ އަހަރެން ފަހަތުން ދުއްވައިގަތެވެ. އަހަރެންވެސް އިޝާގެ އަތު ނުޖެހެންވެގެން ދުއްވައި ގަތީމެވެ.ކުއްލިއަކަށް އަހަރެންގޮސް މަތަވީ ކޮންމެވެސް މީހެއްގެ ގައިގައި ޖެހިފައެވެ. އެއާއި އެކު އަހަރެން އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ.ނަމަވެސް އެމީހަކު އަހަރެން ވެއްޓުމުގެ ކުރިން ހިފަހައްޓާލިއެވެ.އެވަގުތު އެމީހާގެ މޫނަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ.އޭނާވެސް އޭރުހުރީ އަހަރެންގެ މޫނަށް ބަލާށެވެ.ރީތި ހިތްގައިމު ސޫރައެކެވެ.މަޑު މުށިކުލައިގެ ދެލޮލެވެ.ރީތި ބުމައެކެވެ.ތުނިކޮއް ކޮށާފައިހުރި ތުނބުޅިކައިރިން އެ ތުންފަތް ފެންނައިރު ވަރަށްވެސް ރީއްޗެވެ.

އިޝާ ކަރުކެހިލިއަޑަށް އަހަރެމެން ދެމީހުންނަށްވެސް ހަމަބިމަށް އާދެވިއްޖެއެވެ.އަވަސް އަވަހަށް އޭނާގެ އަތުތެރެއިން ވީއްލިގަނެ ދުރަށް ޖެހިލީމެވެ. އަހަރެންނަށް އެވީގޮތުން އޭނާގާތަށް ހިނިއައިސް ހިނިތުންވެލިއެވެ. އެއްފަހަރާ އެތައް މާތަކެއް ފޮޅިގެންދިޔަފަދައެވެ. ހާދަ ރީތި ހިނިތުންވުމެކެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ.އަދި އެނބުރި ދިއުމަށް އިޝާ އާއި އެކު ހިނގައިގަތީމެވެ. އޭނާވެސް ހިނގައިގަތުމަށްފަހު ފަސްއެނބުރި ބަލާލާފައި ގޯޅިތެރެއަށް ވަދެގެން ގޮސްފިއެވެ. އަހަރެންނަށް ފަހަތަށް ބެލެނީ އަދިވެސް އެ މޫނު ދެކިލަން ހިތް އެދެން ފެށިވަރުންނެވެ. “ސާބަސް ރަޝާއަށް.. ހާދަވަރެއް ވެއްޖެޔޭދޯ އެސޮރު ފެނިފަ. އެހެންނޫނީ މީހަކު ފަހަތުން ދުވިޔަސް އެމީހަކަށް ބަލާވެސް ނުލާނެ. އެހެރަގޭ ފާތިހް އެހުންނަނީ ރަޝާ އާއިހެދި މޮޔަވެފަ. ޕްރިންސިޕަލްގެ ދަރިވެސް އަދި އެއުޅޭ މޫސަވެސް. ދެން ކިޔާނެކަމެއްނެތް.އެއިން މީހަކަށް ތި ރަޝާގެ ހިތަކާ ނުކުޅެވުނު. އެކަމަކު ދެންމެއެދިޔަ ސޮރު އެދިޔައީ ރަޝާގެ ހިތް ހިފައިގެން.އަދި އެވެސް ރަޝާގެ ރުހުމުގަ.ދެން އަހަންނަށް ހީވަނީ އަހަރެންވެސް ރަޝާ އެސޮރަށް ފޮނުވާ މެސެޖުތައް އަޑުވީއްލާ ކިޔާ ދުވަސް ވަރަށް އަވަހަށް އައިސްދާނެހެން… އިޝާ ދިޔައީ އަހަންނާ ދިމާކުރަމުންނެވެ. އަހަރެން އިޝާ ކޮނޑުގައި ބޮނޑިއެއް ޖަހާލީމެވެ. އިޝާވެސް ހިނިގަނޑެއް ޖަހާލާފަ އަހަރެންނާ ތޮޅެންފެށިއެވެ. އެގޮތުގައި މަޖާ ކުރަމުން އާންމުކޮށް އަހަރެމެން ގޮސްތިބޭ ރުއްގުޅި އާއި ހަމައަށް އާދެވިއްޖެއެވެ.

“އިޝާ.އެއީ ކާކުތަ؟ ދަންނަ މީހެއްތަ އެއީ؟ ގުޅިގަނޑުމަތީ އިށީންނަމުން އަހަރެން އަހާލީމެވެ.އަހަރެން ފިރިހެނަކަށް ގަޔާވެގެން ސުވާލެއްކުރި މިއީ ފުރަތަމަ ފަހަރުކަމުން އިޝާވެސް ވަރަށް ސީރިއަސްވެލާފައި އަހަންނާއި ދިމާއަށް ބަލާލިއެވެ… ނޫން ނުދަންނަން. އެކަމަކު މިއަދު ހެނދުނު އައި ބޯއްޓުން އައި މީހެއް އެއީ. މަ ހެނދުނު ކުނިކަހަން އޮއްވަ، މިއުޅޭ ޝަހުދު އާއި އެއްކޮށް ދަނިކޮއް ދުށިން. ބޮޑު ފޮއްޓެއްވެސް ހިފައިގެން ހުރީމަ އެނގުނީ ހެނދުނު އައި ބޯއްޓުންކަން އައީ… އިޝާ ފައްޗަކަށް އަމުނާލިއެވެ. ޝަހުދަކީ އަހަރެމެންނާއި އެއްކުލާހަކު ކިޔެވި ކުއްޖެކެވެ.އަހަރެންނާއި އެހާ ރައްޓެހި ނޫނަސް އިޝާ އާއި ވަރަށް ކުލޯޒް ފުރެންޑެކެވެ.ޝަހުދު ރަށުން 12 ނިންމުމަށްފަހު ކޯހެއް ހެދުމަށް މާލެ ދިޔަފަހުން ރަށަށް އެ އައީ 2އަހަރު ކޮއްފައެވެ،،. އަސްލު އޭނަ ހާދަ ސްމާޓޭ. ހުވާ.. މަ ހިޔެއްވެސް ނުކުރަން އެހާ ސްމާރޓް މީހަކާ ދުވަހަކުވެސް ދިމާވެދާނެކަމަކަށް. މިރޭ ނަމަވެސްވާނެ ފަހުދުމެން ގެއަށް ގޮސްލަން. އޭރުން އޭނަގެ ނަންވެސް އެނގިދާނެއެއްނު.ފްރެންޑްވެސް ވެވިދާނެއެއްނު.. އިޝާ އަޅެ ޕްލީޒް އިނގޭ؟ އަހަރެންނަށް ވާހަކަ ދެއްކުނީވެސް ހުވަފެނީ އާލަމެއްގައި އިނދެގެނެވެ. އޯކޭ.އޯކޭ. މަގޭ ބެސްޓީ އަލަށް އަދި ބިޓެއް ކަމުގޮސްގެން ތިބުނީ. މަހަމަ ހޭވައްލާ ތައްޔާރު. ބަތްތައްޓަށް ހުށިޔާރު.. އިޝާ އާއި ދެމީހުން އެއްފަހަރާ ހޭންފެށީމެވެ.އޭތް ދެންތި ބޯއީގެ ވާހަކަ ފަހުން ދައްކަން ބާއްވާ..މިއަދު ހަވީރު ވާނެ ބޯއްޓު ދޮށަށްދާންވެސް. ފާތުންނާއި ނީ ވެސް އާދޭ އެ ބޯއްޓުން. ވާނެ ރަނގަޅު ލަނޑެއް ދޭންދޯ؟ އަހަރެން ވަރަށް މަޖާވެލާފައި ބުނީމެވެ…، އާނ.. އެ ފާތުން އެފްބީން މަށާ ޓޯކް ކުރަމުން ބުންޏޭ ތިމަންނަމެން ދިޔައީމަ ވަރަށް މަޖާނަގަން ވާނެޔޯ.. މޫދަށްގޮސް. ބަށިކުޅެންގޮސް އަދި ކުޅި ބަލަންވެސް ދާންވާނެޔޯ. އަދި ބުނި ކުއްޅަވަށް ބިންނަން ދާންވާނެޔޯ. ދެން ނޭންގެ.ލައްކަ ބައިވަރު ކަންތައްތައް އެ އަންހެނާ ރާވާލި. އެއިން ކަމެއް ކުރެވިއްޖެއްޔާވެސް މޮޅު.. އިޝާ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ މޫޑުއޮފް ވެއްޖެއެވެ. ކުއްޅަވަށްފަލުގެ ވާހަކަ ދެއްކީމައެވެ.ރޭގެ ހުވަފެން ހަނދާންވެގަތީ ކުއްލިއަކަށެވެ. ،، ރަޝާ. ކިހިނެއްވެފަ މާ މަޑުން ތި އިންނަނީ.. ހަމަ އެސޮރުގެ ހިޔާލުގަ ކަނޑަށް އެރިދޯ ތީނީ.. އިޝާ ދިމާކުރަން ފެށިއެވެ..          ނޫން އިޝާ.އަސްލު ވަރަށް ބޮޑު ކަންތައްގަނޑަކާ ޖެހިގެން މިއުޅެނީ..އެވާހަކަ ދައްކަންވެގެން މިއަދު އައީވެސް. އަހަރެން އިޝާގެ އަތުގައި ހިފާލަމުންބުނީމެވެ.އިޝާވެސް ޝައުގުވެރިވި ކަހަލަ ގޮތަކަށް އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ވީކީއްތޯ އަހާލިއެވެ.އަހަރެން ވާހަކަ ފެށީމެވެ… ރޭގައި ވަރަށް އެހެންކަހަލަ ކަމަކާއި ދިމާވެއްޖެ.ނޭންގެ އިޝާ ގަބޫލު ކުރާނެކަމެއްވެސް. ރޭގަ ގުގުރިޖެހި ގަޑީގަ ކަރަންޓު ދިޔައެއްނު ދޯ. އެގަޑީގަ ވަރަށް ބިރުވެރި ސިފައަކަށް ހުރި އަންހެނެއް މާމަ ކޮޓަރި ކުޑަދޮރު މަތީގައޮއްވަ ފެނުނީ.މާމައަށް ފެނިގެން މާމަ ރޯއަޑަށް އެރޫމަށް އަހަރެންދިޔައީ.ރޭގައި ދިމާވި ކަންތައް އިޝާއަށް ތަފްސީލު ކޮއްދިނީމެވެ.އަދި ހުވަފެނުގައި ފެނުނު ކަންތައްތަކާއި މާމަ ކިޔައިދިން ވާހަކަތައްވެސް ހިއްސާކުރީމެވެ.އެއީ އަހަރެން އެންމެ އިތުބާރުކުރާ، އަހަރެންގެ އެންމެގާތް އެކުވެރިޔާއަށް ވީތީއެވެ.. ކޮންމެގޮތެއްވިޔަސް އަހަރެން އެބަޖެހޭ މިކަންތައްތަކާ ކުރިމަތިލާން.މާމަ އެކަންތައްތަކުން ސަލާމަތްކޮއްދޭން އަހަރެން ބޭނުން. އެ ނަމްބަރަށް ގުޅައިގެން އެ މީހާ އާއި ވާހަކަ ދައްކަންވެސް އަހަރެން ބޭނުން. އަހަރެންގެ ހިތް ބުނަނީ އެ ހުވަފެނުގައި ފެނުނުހެން އެ އަންހެން މީހައާއި މާމަ އާއި އަދި ބައްޕަ ގެއްލުމުގެ ހާދިސާ އާއި ކުއްޅަވަށްފަލާއި ގުޅުންތަކެއް ވާހެން. އަޅެ ނޫންތަ އިޝާ؟ އަހަރެން ވާހަކަތައް ކިޔައިދިންއިރު އޭނާ އިނީ ހައިރާންވެފައެވެ.ގަބޫލުކުރަން ދަތިވެފައި އިންހެންވެސް ހީވެއެވެ.ނަމަވެސް އާއެކޭ ބުނެ ބޯ ޖަހާލިއެވެ..ދެން ރަޝާ ކިހިނެއް ހަދަންތި ގަސްތު ކުރަނީ.އެމީހާއަށް ގުޅަންތަ؟” އާނ! މިރޭގުޅާނަން..     އެކަމަކު ތީ ވަރަށް ބޮޑުކަމެއް. ރަޝާ މަންމައަށް ކިޔައިދޭންވީނު. މަންމަގެ ހިޔާލުވެސް ތިކަމުގަ ހޯދަން މަށަށް ފެނޭ. އަހަންނަކަށް ނުކެރޭނެ އަހަރެމެން ދެމީހުން އެކަނި ތިކަމާއި ކުރިމަތިލާކަށް.. ރަޝާއަށް ކެރޭނެތަ؟ތީކީ އާދައިގެ ކަމެއްނޫން. އަހަރެމެން އެކަނި ތިކަމާއުޅުން ރަނގަޅެއްވެސް ނުވާނެ. ރަޝާ ވިސްނާލަބަލަ.. އިޝާއަށް ވާހަކަ ދައްކަންވެސް އުނދަގޫވެފައި އިންހެންވެސް ހީވެއެވެ. “އޯހ ކަމޯން އިޝާ.. އަދިނުވޭނު ތިހާ ވަރުވާކަށް.ތީ އަހަރެންގެ ބެސްޓުފުރެންޑް.އަހަރެންގެ ހުރިހާ ވާހަކަތައް ޝެއާ ކުރާމީހަކީވެސް ތީ. އަދި ކަންތައްވާނެގޮތެއްވެސް ނޭންގެއެއްނު.. އެމީހާއަށް ގުޅާފަ އިތުރަށްދެން ތިވާހަކަ ދައްކާނީދޯ.އެކަމް  ކަމެއް ދިމާވެއްޖިއްޔާވެސް މިކަންތައްގަނޑު ތެރެއަށް ކޮއްކޮ ވައްދާކަށް އަހަރެންނަކަށް ނުކެރޭނެ. އެހެންނޫނަސް އިޝާ ނޫނީ ކާކު ދެން އަހަންނަށް އެހީވެދޭން ހުންނާނީވެސް”..   “އަހަރެން އެހީވެދީފާނަން.. މިހެން ބުނިއަޑަށް ދެމީހުނަށްވެސް ލިބުނު ސިހުމާއިއެކު ފަހަތަށް އެނބުރި ބަލާލެވިއްޖެއެވެ. އޭރު މަގުމަތިން އަހަރެން ގައިގައި ޖެހުނު ޒުވާނާ، އޭނާގެ  ރީތި ހިނިތުންވުމާއި އެކު ހުއްޓެވެ…. އަހަރެން ތިކުއްޖާއަށް ހެލްޕް ވެދީފާނަން.. ތި ދެއްކީ ހަމަ ހައްތަހާވެސް ތެދުވާހަކަތަ؟ވަރަށް އެހެންކަހަލަ ވާހަކަތަކެއް ތި ދެއްކީ..އަހަރެންވެސް ބިރުން މިހުރީ. ހާދަ ހިތްވަރުގަދަ ކުއްޖެކޭދޯތީ..އޭނާއައިސް އަހަރެމެންތިބި ރުއްގުޅިގަނޑު ކުރިމަތީ ހުރި ލަކުޑިތަކެއްމަތީ އިށީންނެވެ. އަހަރެންގެ ހިތްވަނީ ނުތަނަވަސް ވެފައެވެ.އަހަރެންގެ ކުރިމަތީގައި އޭނާ އިނުމުން ހިތަށް އުނދަގޫވަމުން ދިޔައެވެ… ތިއީ ކާކު.. އެހެންނޫނަސް މީހުން ސިއްރުން ދައްކާ ވާހަކަތައް އަޑު އަހާކަށް ނުވާނެ.. އިޝާ ނުރުހިފައި ބުންޏެވެ..! ނަސީބެއްނު ސިއްރު ވާހަކައަކަސް އަޑު އެހުނުކަން. ނޫނީ މިއަދު މިކުއްޖާއަށް އެހީވާނީ ވަކި ކާކު.. އެ ޒުވާނާ އަހަރެންނަށް އިޝާރާތް ކޮއްލަމުން ބުންޏެވެ. ނުވެސް ދަންނަ މީހަކަށް އަހަރެންގެ މިވާހަކަތައް އިވުމުން އަހަރެން ވަރަށް ކަންބޮޑުވިއެވެ.މިޒަމާނުގައި މީހަކަށް އިތުބާރުކުރަން ހެޔޮނުވާނެއެވެ. އަދިވެސް ތީ ކާކުކަމެއް ނުބުނަމެއްނު. އިޝާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އޯހް ސޮރީ. އަދި އިންޓްރޮޑިއުސްވެސް ނުވެވޭދޯ.. އައެމް އަސްނާދް. ޔޫކޭން ކްލްމީ ނާދް. އެންޑް އައެމް ފުރޮމް އައްޑޫސިޓީ ހިތަދޫ..” އަހަރެންނާއި ދިމާއަށް އެއްލޯ މަރާލަމުން އޭނާގެއަތްދިއްކޮއްލިއެވެ. އަހަރެން އޭނާ އާއި ސަލާމް ކޮއްލީމެވެ. “އައެމް ރަޝާގާ!! ކޯލްމީ ރަޝާ… އަހަރެންވެސް އިންރޮޑިއުސްވެލީމެވެ. “އައެމް އިޝާ.. އެމަކު ތީނަ.. އާނ! ކޮންނަމެކޭތަ ބުނީ.. އާނ. ނާދް. ކީއްކުރަން އަހަރެމެން ފަހަތުން އައީ. އައިކަންވެސް ނޭންގޭ ވިއްޔަ..،! “އަސްލު އައީ މި ދޭންވެގެން. މިފަށް މީ ރަޝާގެ އެއްޗެއްތަ؟އަހަރެން ގަމީހުގެ ގޮށެއްގަ އެޅުވިފަ އިން އެއްޗެއް. އޭރު އެކްސިޑެންޓް ވި ގަޑީގަ ވީކަމެއްހެން ހީވަނީ.. ގެއަށް ވަންތަނާ ފެނުނީ. އެހެންވެ އަވަސް އަވަހަށް ކޮބައިތޯ ބަލާލަން ނިކުތްއިރު އެ ގޯޅިން ލަނބާލިތަން ފެނުނީމަ ފަހަތުން އައީ.. އެކަމް ތިދެކުދިން މާވަރުގަދަ އިޝްގީ ވާހަކަ ތަކެއްގަ ތިބީމަ މަޑުކޮއްލީ…” އެހެން ބުނަމުން ނާދް އަހަރެންނާއި ދިމާލަށް ބަލާލިގޮތުން ލަދުންގޮސް ހަލާކުނުވީ ކިރިޔާއެވެ.އަހަރެމެން ނާދް އާއި ބެހޭގޮތުން ދެއްކި ވާހަކަތައްވެސް ނާދްއަށް އަޑުއިވުނީއެވެ.ކުރާނެކަމެއްނެތެވެ. އެހާ އަވަހަށް ހިތުގެ ހާލު ހިތުގެ ވެރިޔާއަށް އެނގުނީއެވެ…

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (28)

  1. leem

    Mibaives kamudhaanekamah hope kuran. Ekujjehge hiyaalu ekujjaku faalhu kollumakee leemge varahbodu edhumeh.. thank you for the support..

  2. Same

    Nice. V intresting eba vey mihaaru

    1. leem
      Same

      Thank you ingey same..

  3. some

    Asluves haadha reehchey anyway thedhah bunanyaa one of my favourite v interesting leem haadha molhey mashallaa

    1. leem
      some

      Thank you some. Kuriah huri baithahves v reethivaane.? Kiaalache..

  4. Nern..

    wow.. awesome i totally like it.. avahah uo kohdhehcheyy..?? ??

    1. leem
      Nern..

      Thank you nern.. v try kuraanan avahah up kohdheveythw. Dhikukoh genesdheynvegen lasvanyves..

  5. Princess

    Vvv kiyaa hithun huhthaa nimuny… Ehen ve vvv avah next part up kohlaane kamah umydhu kuran… Vv nice…

    1. leem
      Princess

      Thanks princess.. i will try..

  6. zara

    Oooh salhi.. Avaha up kurachey plz.. Vaahaka kiyan feshyma nuhurevey kiyaa hitun.. Avas kohlaaaaaaaaaaa…….

  7. leem

    Zara. Kehkohlaa. I will try my best..thanks for the comment.

  8. Musli

    Yageeney thi Naadhu akee jinnieh kan… asluvess vaahaka v v raathi… ekam biru ganejje

    1. leem
      Musli

      Dhen vaahaka kuriah dhaavarakunthaa dhw engeyny thi naadhuge hageegathehves.. thanks musli..

  9. Ayyya

    V reethi

    1. leem
      Ayyya

      …ތެންކުޔޫ އައްޔާ

  10. princess?

    Hey.vv salhi vaahaka eh..kyp goin

    1. leem
      princess?

      Thanks princess. Keep reading..

  11. sh

    Wow.varah nice.ma varah vaahaka kiyaa hiyy vey

    1. leem
      sh

      Thanks sh

  12. jinni

    Varah reethi vaahka eh

    1. leem
      jinni

      Thank you jinni

  13. ?

    Vaahaka reethi ekam v baivaru mistakes ebahuri misaalakah boatah ves mulhin liyefa hury boahteh boahtaky kaa ehcheh dho..so visnaalaa fa maana olhun naaraa gothah liyelaa
    Keep it up

  14. leem

    ބޯށި. ބޯއްޓެއް. ބޯޓު ތަ ރަނގަޅު ގޮތަކީ. ބޯޓެއް ތަ ކިޔާނީ. ޝުކުރިއްޔާ ❤ thank u for the comment.

  15. liyun theriyeh

    ބޯޓު، ބޯޓެއް
    ބޯށި، ބޯއްޓެއް
    މީ ރަނގަޅު ގޮތަކީ.. ވާހަކަ ވަރަށް ރީތި، ލިޔުމުގައި ޖެހިފައިވާ އިމްލާ ކުށްތައް ރަނގަޅު ކޮށްލަނިކޮށް ވަރަށް .
    ފުރިހަމަވާނެ. މިވާހަކައިގެ 4ވަނަ ބަޔަށް ވަރަށް އިންތިޒާރު އެބަ ކުރެވޭ

    1. leem
      liyun theriyeh

      Thank you liyuntheriyaa

  16. Aru

    Hahaaa…. Intrestin.. Waiting fr nxt part…

  17. shirayuki

    this story is awsome

  18. Sahul muhammadh

    Wow
    U r my fev writer
    Vrh reethi
    Keep going

Comments are closed.