# # # # # އަންޖުމް ނަގައި ގަނެގެން އާސިޔާ އެންމެ ފުރަތަމަވެސް ގުޅީ ޔުސްރިއްޔާއަށެވެ. ރައްޓެއްސެއް ވަރަށް ހާލުގައި އޮތް ވާހަކަ ބުނުމުން ޔުސްރިއްޔާ އަވަހަށް އަންނާށޭ ބުނެފިއެވެ. ކުޑަކުޑަ އަވީން އުރުގައި ޖަހާލައިގެން އާސިޔާ ގޭގައި ގެންގުޅޭ ދެތިން މީހަކު ގޮވައިގެން ދިޔައީ ވިލިގިއްޔަށެވެ. ބާރަ އަހަރުގެ ޒާމިން ކޮޓަރީގެ ދޮރުން ބޯދިއްކޮއްލައިގެން ހުއްޓެވެ. އެކުއްޖާވެސް މާލެ އައިސްހުރީ ޗުއްޓީއަށެވެ. ޔުސްރިއްޔާއާއި ހަމައަށް ދެވުނު އިރުގައި އޭނާހުރީ ޑޮކްޓަރުންވެސް ގެއަށް ގެނެސްފައެވެ. މަތީބައިގައި […]
މިއުވާން ގުޅީ އަހަރެން އޮފީސްތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ކޭސްގެ ވާހަކައެއް ދައްކާފާނެހެން ހީވާތީ ފޯނު ނެގިގޮތަށް ބޭރުން ބައްދަލުކުރަން ބުނީމެވެ. ބުރޭކެއް ނަގައިގެން އަހަރެން ބޭރަށް ނިކުތީ ބޯހާސްކަމުން ދުރުވުމަށެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރި ނަމަވެސް އަހަރެންގެ ހިތް ގިސްލަމުންދިޔައެވެ. ޝާޔަންއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ކޮންމެ ނޭވަޔާއެކީ ދުޢާކުރަމުންދިޔައީމެވެ. “މާލް.. މިއިވެނީ ތެދެއްތަ؟” ކިރިޔާ އަޑު އިވޭވަރަށް މިއުވާން އެހިއެވެ. އަހަރުމެން ތިބީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. “ހޫމް.. މިވަގުތު […]
އުނޫޝް ހުރިހައި އެއްޗެއް ކީ އިރުވެސް ގިސްލަ ގިސްލައި ނާޝް ހުރީއެވެ. އޭނާއަށް އިތުރަށް އެންމެ ބަހެއް ބުނުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އުނޫޝްވެސް ދުވެފައި ގޭތެރެއަށް ވަނެވެ. އޭރު އޭނާގެ ދެލޯވެސް ކަރުނުން ދެމެއްޖެއެވެ. ކޮންމެހެނެއް ވިޔަސް ނާޝްގެ ގިސްލުމުގެ އަޑު އަހާކަށް އޭނާޔަކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ނާޝްއަކީ ބޭވަފާތެރިއެކެވެ. ބޭވަފާތެރިއަކަށްޓަކައި ކަރުނަ އަޅާކަށް އޭނާ ބޭނުމެއް ނޫނެވެ. އީނާޝްއަށް ހުރިތަނުގެ ބިންމަތީގައި އިށީނދެލެވުނީ ފައިގެ ވަރު ހުސްވެގެންނެވެ. 8 އަހަރު ދުވަހުގެ އިންތިޒާރު މިހާ […]
ކޮންމެ ދުވަހަކުވެސް ކަންތައްތައް ދާނީ މިގޮތައް ކަމަށްވަންޔާ އެންމެ ދުވަހަކުވެސް ޒެކަން ގެ މޫނު ފެނިނުލާނެކަން އެނގި ޔަލަކްގެ ހިތައް ތަދުވެއްޖެއެވެ. އެހެނަސް ހިޔާލުތަކުގައިހުރެ ކޮފީ ހަދާނިންމާލުމަށްފަހު ބަދިގެއިން ނިކުމެ ކޮނޑުގައި އަޅުވައިފައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ގެއިން ނިކުންނަން ހިގައިގަތެވެ. އެހެނަސް ދޮރާހަމަޔަށް ދިޔުމަށްފަހު ޔަލަކް ހުއްޓުނީ ކަމެއްފާހަގަވެގެން ކަހަލަގޮތަކަށެވެ. ފަސްއެނބުރި ޔަލަކް ބަލާލިއިރު މަސައްކަތު މީހަކު ހުރީ ޔަލަކްއަށް ބަލަހައްޓައިންނެވެ. ސުވާލުގެ ނަޒަރަކުން ޔަލަކް އެމީހާއަށް ބަލާލުމުން ވަރަށް އަދަބުވެރިކަމާއެކު އެމީހާ ބުނެލީ ޒެކަން […]
“ޕިސް ޕިސް ޕިސް… އަބަދު ރޯންތަ ކަލެއަށް އެނގެނީ؟ ރޯކާޅެއްދޯ ތީ؟” ރީނާ މަލާމާތުގެ ރާގަކަށް އެހެން ބުނެލިއެވެ. ރީނާ އެހެން ބުނުމުން ޝިކާ އިތުރަށް ދެރަވިއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. މި މީހުންނަކީ މީހުން ދެރަކުރަން ވާހަކަ ދައްކާ ބައެއް ހެއްޔެވެ؟ މީހުން ދެރަވީމަ އެމީހުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރަނީބާއެވެ؟ ނޫނީ އެމީހުންގެ ހިތެއް ނެތީބާއެވެ. ނޫނީ ޝިކާއަށް އެމީހުންނާ އެކުވެގެން އުޅެން ނޭނގޭތީ ވާގޮތެއް ބާއެވެ؟ މިއީ އޭނާ އަމިއްލައަށް އުޅޭ […]
“ދެން މި ފަށުގަ ނުހިފަންތަ ތިހުންނަނީ؟ އަހަރެން އަވަސްއަވަހަށް ފަށުގައި ހިފީމިެވެ. ރަޝާ އަހަންނަށް އެނގޭ ރަޝާ ތިހުންނަނީ އަހަންނަށް އެވާހަކަތައް އަޑުއިވުނީމަ ކަންތައް ބޮޑުވެފަކަން. އެކަމް އަހަރެން ބުނަންއޮތީ އަހަރެންނަށް އިތުބާރު ކުރާށޭ. އިރާދަކުރެއްވިއްޔާ ރަޝާއަށް ދެރަވާގޮތަކަށް އަހަރެން ކަމެއް ނުކުރާނަން..” ނާދްގެ ވާހަކައިން އަހަރެންގެ ހިތަށް ބުނަންނޭންގޭ ކަހަލައިގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައި ނާދް އަހަރެމެންނަށް އޭނައާއި ބެހޭގޮތުން ބައެއް ކަންކަން އޮޅުން ފިލުވައިދިނެވެ. ނާދް އަކީ މާލޭގައި […]
އީނާޝް ފަހަތަށް ބަލައިލި އިރު ހުރީ ސާއިމްއެވެ. އޭރު އީނާޝްގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ސާއިމްއަށް ފެނިއްޖެއެވެ. ” އީނޫ. ކިތައް ދުވަސް ވަންދެން ތިގޮތަށް އެދެމީހުން އުޅޭނެހާ ގޮތެއް އުޅޭ އިރުވެސް ބަލަހައްޓައިގެން ހުންނާނީ؟” ސާއިމް އަހައިލިއެވެ. ” އީނާޝް ހަމައެކަނި އިސްޖަހައިލައިގެން ހުރީއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ” އީނޫ. އަހަރެން ބުނީމެއްނު އަހަރެން އީނޫއަށް އީނޫގެ ލޯބި ހޯދައިދޭނަމޭ. އެކަމް އެކަން ކާމިޔާބު ވާނީ އީނޫގެ ވެސް ހިތްވަރުން. ގޮސް […]
“އަވީން ދޭބަލަ ތައްޔާރުވާން.. އަހަރެންނާއެކު ކާން ދާންވީނު..” ޔުއާން ހީވެސް ނުލައިހުރެ އެހެން ބުނެލިއެވެ. ބަނޑުބޮޑުވީ ކަމުގައިވިޔަސް އޭނާގެ ނިންމުމެއް ބަދަލެއް ނުވާނެއެވެ. އޭނާ އެއަށްވުރެ ބޮޑަށް އިޝާލީދެކެ ލޯބިވެއެވެ. އަދި އިޝާލީ މާފަށް އެދި ރޮއެއާދޭސް ކުރިވަރުން ޔުއާން ހުންނަނީ މާބޮޑަށް އިޝާލީގެ ކޮޅަށް ޖެހިފައެވެ. ޔުއާން ރީތި ވެލައިގެން ނިކުމެ އަވީން ގޮވައިގެން ދިޔައީ ހިނގާފައެވެ. ދިޔަ މަގުމަތީގައި ދެމީހުންކުރެ އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ރެސްޓައުރެންޓް ތެރޭގައިވެސް ދެމީހުން ތިބީ ވަރަށް މަޑުންނެވެ. […]
“އާދޭ ބޭބީ!… މިތާ ތަނާ ކައިރިއަށް އާދޭ.” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. އަބްޔާން ހުރީ ޖަންނަތުގެ އަތުގައި ހިފައިގެނެވެ. އަބްޔާން ތަނާއަށް ބަލައިލި އެވެ. ތަނާ އިނީ އަބްޔާންގެ އަތުގައި ހިފަހައްޓައިގެނެވެ. ޖަންނަތުވެސް އަބްޔާންއަށް ބަލަން ހުއްޓެވެ. އެވަގުތުކޮޅު ހީވަނީ އަބްޔާންއަށް ގޮތެއް ނިންމަން ނޭގިފައި ހުރިހެނެވެ. ކުޑަ ހިނދުކޮޅެއް ތެރޭ އަބްޔާން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ. ޖަންނަތުގެ ހިތައް އެވަގުތު ހީވީ ތޫނު ތަދެއް ވީހެނެވެ. ޖަންނަތުގެ ލޯ ފެންކަޅިވި ވަގުތު ތަނާއަށް […]