Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އެކާވީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
May 30, 2016 13 Mins Read
23 Comments

އެއް އަތުން ހެދުމުގެ ކަރުވަޅުގައި ހިފައިގެން އަނެއް އަތުން އިސްތަށިގަނޑު ގެނެސް އެ ލަކުނު ހުރި ފަރާތަށް ވައްޓާލަމުން އަޒީމްގެ މޫނަށް ޒޭބާ ބަލާލިއެވެ. އެ ސުވާލު ކުރުމުން ޒޭބާއަށް ވަރަށް ބޮޑު އަސަރެއް ކޮށްފިކަން އެނގިއްޖެއެވެ. ކުރަންނުޖެހޭ ވަރުގެ ސުވާލެއް ކުރެވުނީކަން އަޒީމަށް އެނގުމުން އެކަމާ އަޒީމް ހުރީ ބޯ ސަކަރާތްވެފައެވެ. ޒޭބާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. ޖަވާބެއް ނުދީ ޓެރަސްއިން ނުކުންނަން ޒޭބާ ހިނގައިގަތެވެ.

“ސޮރީ.. ޒޭބާ… ޒޭބާ… ރިޑިއެރީއްޔާ؟…”  (ސޮރީ.. ޒޭބާ… ޒޭބާ… ރުޅިއައީތަ؟…) އަޒީމް ދައްކަމުން ދިޔަ ވާހަކައަށް ފަރުވާލެއް ނުބަހައްޓާ ޒޭބާ ޓެރަސްއިން ފައިބައިގެން ސިޑިން ތިރިއަށް ދުއްވައިގަތެވެ. އަޒީމް އޭނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. “ޝިޓް… ޝިޓް…” ޒޭބާ ހިތުގައި ޖެހޭ ފަދަ ދެ ސުވާލެއް ކުރެވުނީތީ އަޒީމް އެކަމާ އިންތިހާއަށް ދެރަވިއެވެ. އަޒީމްގެ ޓީޝާޓާ ފޯނު ނެގުމަށްފަހު މުށްކަވާފައި އެ ފާރު ބުރި މަތީގައި ޖެހިއެވެ. ޒޭބާ ހިތުގައި ޖެހޭ ކަހަލަ ސުވާލެއް ކުރެވުނީމަ އަޒީމްގެ ހިތަށް ތަދުވިއެވެ.

އިރުކޮޅަކު ޓެރަސްމަތީ މަޑުކޮށްލައިގެން ހުރުމަށްފަހު އަޒީމް ސިޑިން ތިރިއަށް ފައިބެގެން ދިޔައީ އޭނާ އުޅޭ ކޮޓަރިއަށެވެ. އަލަމާރިތެރޭ އަޅުވާފައިވާ އޭނާގެ ޔުނީފޯރމް ދަބަހަށް ލިއެވެ. އަދި އަވަހަށް ތިރިއަށް ދިޔައީ ފޯނުން ރިޒްވީގެ ނަންބަރު ޑައަލް ކުރަމުންނެވެ. ކައުންޓަރ ކުރިމައްޗަށްވާ ގޮތަށް ހުރި ތިން ސީޓްގެ ސޯފާގައި އިށީނދެގެން އަޒީމް އިނީ ރިޒްވީ ފޯނު ނަގާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ރިޒްވީ ފޯނަށް ޖަވާބު ނުދިނުމުން އަޒީމް ގަސްތު ކުރީ ޓެކްސީއަކަށް ގުޅައިގެން ޓަރމިނަލަށް ދިޔުމަށެވެ. އެހެންކަމުން ފޯނުން ޓެކްސީއަކަށް ގުޅޭތޯ ފޯނުގެ ލޮކް ހުޅުވާލިއެވެ. ނަމަވެސް ހުޅުމާލޭ ސެންޓަރެއްގެ ނަންބަރު ނޭނގޭތީ އަޒީމަށް އެކަންވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

ގެސްޓް ހައުސްއިން ބޭރަށް ނުކުތްއިރު ވާރޭ ވަނީ މުޅިންހެން ހުއްޓާފައެވެ. ނަމަވެސް ވަރަށް ވައި ގަދައެވެ. މަގުގެ ދެފަރާތަށް ބަލަން ހުރުމަށްފަހު އަޒީމް ހިނގައިގަތީ އެންމެ ގާތުން ފެންނަން އޮތް ގޯޅިގަނޑާ ދިމާލަށެވެ. ހުޅުމާލޭ މައި މަގަށް ނުކުތުމުން ފަސޭހައިން ޓެކްސީއެއް ލިބޭނެ ކަމަށް ހީކޮށް، ފިޔަވަޅު އަވަސް ކޮށްލީ އެއްކޮނޑުގައި ދަބަސް އަޅުވާލަމުންނެވެ. މާގިނަ އިރުތަކެއްނުވެ މަގުމަތިން ދިޔަ ހުސް ޓެކްސީއެއް މަޑުކޮށްލިއެވެ. ވީ އުފަލުން ކާރަށް އެރުމާއި އެކީ ހުޅުމާލެ ފެރީ ގިމަތައަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ޑްރައިވަރ ކާރު ދުއްވާލިއެވެ.

“ކޮއްކޯ.. މާލެ ދާންވެގެންތަ ތިއުޅެނީ….” މެދު އުމުރުގެ ޑްރައިވަރު ވާހަކަ ދެއްކީ އަޒީމާއެވެ. ޑްރައިވަރު ސީޓާ ދިމާލުން ބޯމަތީގައިވާ ލޯގަނޑުން އަޒީމްގެ މޫނަށް ބަލާލަމުން އޭނާ ހިނިތުންވެލިއެވެ. “އާން.. މަސައްކަތެއް ކޮށްލަން އައިސް މި އުޅެނީ….. ދެން ދާންވީ….” ފޯނުގައިވާ ގަޑިއަށް ބަލަމުން އަޒީމް ވާހަކަ ދެއްކިއެވެ. އޭރު ގަޑިން އަށެއް ޖަހަނީއެވެ.

“ކޮއްކޯ… ބޭބެއަށް ހީވަނީ ފެރީތައް ދަތުރު ކުރުން ހުއްޓާލައިފިހެން… ވިއްސާރަވެ ވައިގަދައިއްޔާ ހުޅުމާލެއާ މާލެއާ ދޭތެރޭ ވަރަށް އޮއެބާރުވާނެ….” ޑްރައިވަރު ބުނި ބަހުން އަޒީމް ފަސްޖެހޭ ގޮތް ވިއެވެ. ޓެކްސީ އައިސް ހުޅުމާލެ ފެރީ ގިމަތަ ކައިރިއަށް މަޑުކުރުމުން ފަންސަވީސް ރުފިޔާ ވޮލެޓުން ނެގުމަށްފަހު ޑްރައިވަރަށް ދިއްކޮށްލިއެވެ. ކާރުން ފޭބުމަށްފަހު އެމް.ޓީ.ސީ.ސީ ތެރެއަށް ފިޔަވަޅު އަވަސްކޮށްލިއެވެ. އޭރު ގިނަ އަދަދެއްގެ މީހުންވަނީ އެހިސާބަށް ޖަމާވެ ތޮށް ޖެހިފައެވެ.

ފެރީ ޓިކެޓް ދޫކުރާ ކައުންޓަރާ ހަމަޔަށް އަޒީމަށް ދެވުނީ ވަރަށް ހާލުންނެވެ. ތޮށް ޖެހިފައިވާ މީހުންގެ ގައިން ރެކެމުން އެހިސާބަށް ގޮސް ޓިކެޓެއް ދިނުމަށް އެދި ދިހަ ރުފިޔާ ދިއްކޮށްލީ ކައުންޓަރުގައި ހުރި އަންހެން ކުއްޖާއާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. “ސޮރީ.. މޫސުން ގޯސް ވުމުގެ ސަބަބުން ފެރީގެ ޚިދްމަތް މިވަގުތު ވަނީ ހުއްޓާލާފަ…” އަދަބުވެރިކަމާއި އެކު އެ އަންހެން ކުއްޖާ ޖަވާބު ދިނެވެ. “ދެނޯ… ކޮން އިރަކު ދެން ފެރީ ދުއްވަން ފައްޓާނީ… އަހަރެން ވަރަށް އަވަހަށް މާލެ ދާން ޖެހޭ…” އަޒީމަށް ސުވާލު ކުރެވުނީ ވަރަށް ހަރުކަށި ގޮތަކަށެވެ. އެ އަންހެން ކުއްޖާ ދެ ކޮނޑު އަރުވާލަމުން ނޭނގޭ ކަމަށް ބުންޏެވެ.

ފަަސް އެނބުރި ޓަަރމިނަލުން ބޭރަށް އަޒީމް ނުކުތެވެ. އޭރުވެސް ޖެހެމުންދިޔަ ބާރު ވައި ރޯޅިތަކުގެ ސަބަބުން ތޮށިގަނޑު ކައިރީ ހައްދާފައިވާ ރުއްތަކާއި ގަސްތައް ހީވަނީ ވަޔާ ބުރައިގެން ހިނގައި ދާނެހެންނެވެ. އަރިމަތީ ހުރި ޕާކިން ޒޯނުގައިވާ ސައިކަލުތަކާ ހަމަޔަށް ދަމުން މަންޝާގެ ނަންބަަރަށް އަޒީމް ގުޅާލިއެވެ. މަންޝާގެ ފޯނު ވަނީ ގުޅޭ ސަރަހައްދުން ބޭރުގައިކަމަށް ބުނުމުން އެނަންބަރަށް އަޒީމް މެސެޖެއް ފޮނުވާލިއެވެ. “ހެއި މަން… މި ހުރީ ހުޅުމާލޭގަ ތާށިވެފަ… މޫސުން ގޯސްވެގެން ފެރީ ހުއްޓާލައިފި… މިރޭ ފެރީ ދަތުރު ކުރަންޏާ އަޒީމް ދާނަން… އައިމް ސްޓިލް އެޓް ޓަރމިނަލް… ދެންމެ މަންއަށް ވަރަށް ގުޅައިފިން… ބަޓް ޔޯ ފޯން އިޒް އައުޓް އޮފް ކަވަރޭޖް.. އެހެންވެ މި ޓެކްސްޓް ކުރީ… ބާއި… މިސް ޔޫ….”

ފޯނުން މެސެޖް ފޮނުވާލިތަނާހެން އަޒީމްގެ ފޯން ވައިބްރޭޓް ވިއެވެ. އަޒީމް އަވަހަށް ސްކްރީނަށް ބަލާލީ އެގުޅަނީ މަންޝާ ކަމަށް ހީކުރެވުމުންނެވެ. އެ ގުޅަނީ ރިޒްވީއެވެ. އަޒީމް ފޯނު ނަގާފިތަށް ފިތާލަމުން ކަންފަތުގައި ފޯނު ޖަހާލިއެވެ. “ދެންމެ މި ފޯން ބަލާލީވެސް… ގެސްޓް ހައުސަށް އައި އިރު ނެތިގެންނާ އެކީ މިގުޅީ… މާލެއަށް ދިޔައީތަ؟…” ހާސްވެ ހުރެ ރިޒްވީ ވާހަކަ ދެއްކީ އަޒީމް ހުރިތަނެއް ބަލާށެވެ.

“ވާރޭ ހުއްޓާލީމަ މާލެ ދާންވެގެން އައިސް ޓަރމިނަލްގަ މި ހުރީ.. ވަރުގަދަ ލަނޑެއް ލިބުނީ… އަހަރެން އައި އިރު ފެރީ ހުއްޓާލައިފި… ކިހިނެއް ދެން ހަދާނީ…” ޖީބަށް އަތް ޖަހާލައިގެން ފޯނުގައި ހުރެ އަޒީމް ހިނގައިގަތީ ޓަރމިނަލް ކުރިމައްޗަށް ވާ ގޮތަށް ހުރި ފިހާރައާ ދިމާލަށެވެ.

“އަޅެ ހާދަ ކަޑައޭ… ދެން ހެދޭނެ ވަކި ގޮތެއް އޮންނާނެތަ؟… މަ ދެންމެ ޚަބަރު ބަލާލިން… ކޮންމެސް ތޫފާނެއްގެ އަސަރެކޯ އޭޝިޔާއަށް މިކުރަނީ… ސޯ ކުރިއަށް އޮތް ހަތަރު ދުވަހެއްގެ މޫސުން ގޯސްވާނެ ކަމަށްވަނީ… މިރޭ ދެން މިކޮޅުގަ މަޑު ކުރޭ… ޔޫ ކޭން ސްޓޭ މިތާ މި ގެސްޓް ހައުސްގަ… އަހަރެން އެބަދަން އަޒީމް ނަގަން… ތިތާ މަޑުކުރޭ..” ރިޒްވީ ދެއްކި ވާހަކަ އަޑު އަހަން ހުރުމަށްފަހު އަޒީމް ޖަވާބު ދިނެވެ.

“ދެން ނޯ އަދަރ ޗޮއިސް ދޯ… އާދޭ މަ މިހުރީ ޓަރމިނަލް ކުރިމައްޗަށް ވާގޮތަށް ހުރި ފިހާރަ ކައިރީ…” ފޯނު ކަނޑާލުމަށްފަހު ފިހާރައިގައި ހުރި ސޭޓުގާތުގައި ‘ރެޑްބުލް’ ދަޅެއް ދިނުމަށް އަޒީމް އެދުނެވެ. ފަނަރަވަރަކަށް މިނެޓް ފަހުން ރިޒްވީގެ ކާރު އައިސް އެ ފިހާރަ ކައިރިއަށް މަޑުކޮށްލިއެވެ. ދަޅު ހުސްކޮށްލުމަށްފަހު ޑަސްބިނަށްލިއެވެ. އަދި ކާރަށް އަރާ ހަމަޖެހިލިއެވެ.

“ކައިގެންދޯ ދާނީ…. މާދަން އަހަރެން ހެނދުނު ޑިއުޓީއަށް ދާން ޖެހޭ… ސޯ އަވަހަށް ނިދަން ބޭނުން… އަޒީމްގެ ޑިއުޓީ އޮތީ ކިހާއިރަކު…” ރިޒްވީ ވާހަކަ ދައްކަމުން ކާރުގެ ލަވަޖަހާ ސެޓުގެ އަޑު މަޑުކޮށްލިއެވެ. “އަހަރެންވެސް ހެނދުނު ޑިއުޓީ… އޭ ތީ ހާދަ ސަޅި ލަވައެކޭ… މަ ތިލަ ޑައުންލޯޑް ނުވެގެން އުޅުނިން،..” ލަވަޖަހާ ސެޓުގެ ވޮލިއުމް ފިތް އަނބުރާލަމުން އަޒީމް އަޑު ބާރު ކޮށްލިއެވެ. ދެމީހުން އެކުގައި ރޭގަނޑުގެ ކެއުމަށް ދިޔައީ ކޮންމެވެސް ކެފޭއަކަށެވެ.

*** *** *** *** *** ***

ރޭގަނޑު ކެއުމަށްފަަހު މީރާއާއި ރިޔާޒް ތިބީ ޓީވީ ބަލާށެވެ. ރިޔާޒްމެނަށް ގަޑިން ވީއިރު އެނގުނީ ގަޑިން 8:45 ވީ ފަހުންނެވެ. ދެމީހުން އެކުގައި ބޭރަށް ނުކުތީ ހޮސްޕިޓަލާ ދިމާލަށް ދާށެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަނުމަަށްފަަހު ދެމީހުން ދިޔައީ ރިޕޯޓްތައް ދޫކުރާ ކައުންޓަރ ދޮށަށެވެ. ރިޕޯޓް ލިބުމާއި އެކީ ދެމީހުންވެސް ބޭނުންވީ ރިޕޯޓްގައިވާ ނަތީޖާ ކިޔާލުމަށެވެ. ކެތްމަދުވެފައިވާ މީރާ ރިޔާޒް އަަތުން ރިޕޯޓް ޖަހައިގަތުމަށްފަަހު ސިޓީއުރަ ތެރެއިން ރިޕޯޓް ނަގާ ނިއުޅުވާލިއެވެ. ‘ޕޮސިޓިިވް’ ޖަހާފައިވާ އަކުރުތައް ކިޔާލުމަށްފަަހު ތޫލިއަޑަކުން މީރާ ހަޅޭއް ލަވައިގަތެވެ. ހިނިތުންވެލަމުން ވަށައިގެންވާ މާހައުލަށް ރިޔާޒް ނަޒަރު ހިންގާލަމުން މީރާގެ އަަތުގައި ކޮއްޓާލިއެވެ. އޭ.ޑީ.ކޭ ތެރޭގައި ތިބި ބަލި މީހުންނާ އެމީހުންގެ އެހީތެރިންގެ ނަޒަރު ހުއްޓިފައިވަނީ އެމީހުންނާ ދިމާލަށެވެ. ލަދުން ހުރެ އަަތުގައިވާ ރިޕޯޓް ކަރުދާހުން މީރާ އޭނާގެ މޫނު ނިވާކޮށްލީ ދުލުގައި ދަތް އަޅާލަމުންނެވެ. ފަސް އެނބުރި ލެބޯޓްރީއާ ދިމާލަށް ހިނގައިގަތެވެ. ޑޮކްޓަރ ހަދަން ދީފައިވާ އިތުރު ޓެސްޓުތައް ހެދުމަށްޓަކައި ލޭދިނުމަށެވެ. އެއަށްފަހު އެ ދެމަފިރިން އެކީގައި ނުކުމެގެންް ގެއަށް ދިޔައީ މާދަމާ ޑޮކްޓަރ ޑިއުޓީގައި ހުންނަ ގަޑި ސާފުކުރުމަށް ފަހުއެވެ. ދެމީހުން އެކީގައި ގެއަށް އައި މަގުމަތީ ރިޔާޒްގެ އަތުގެ މުލަށް ދަަނޑީގައި ދެ އަަތުންހިފާ މީރާ ފިތާލައެވެ. މީރާއެކޭ ތުއްތު ކުއްޖެކޭ ތަފާތެއް ނެތެވެ. އުފަލުންގޮސް މީހުންގެ ތެރޭގައި ވައްތަރު ޖެއްސޭކަންވެސް މީރާއަކަށް ނޭނގެއެވެ.

ގެއަށް ވަނުމަށްފަަހު މީރާ ބޭނުންވީ ހެދުން ބަދަލުކޮށް ފެންވާރާލާށެވެ. އެހެންކަމުން އޭނާ ގޮސް ވަނީ ފާޚާނާއަށެވެ. މިއަދު މީރާ ގޮވައިގެން ރިޔާޒް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އުޅެންޖެހުމުން އައި.ޖީ.އެމް.އެޗަށް ދެވޭ ގޮތެއް ނުވިއެވެ. އެނދުގައި ޖައްސާލައިގެން އޮއްވާ މަންމަ ކައިރިއަށް މިއަދު ނުދެވުނު މަތިން ހަނދާން ވުމުން ބައްޕަގެ ނަންބަރަށް އަޒީމް ގުޅާލިއެވެ. ޟިރާރު ފޯނަށް ޖަވާބު ދެމުން އަޒީމް ހޮސްޕިޓަލަށް ނައީ ބަލިވެގެންތޯ ސުވާލު ކުރިއެވެ. ” ނޫން ބައްޕާ… މީރާ ހެޑެލާ ވަރުން ހޮސްޕިޓަލަށް ގެއި… ދެން ޓެސްޓުތަށް ހެދީ…. ދެން…” (ނޫން ބައްޕާ… މީރާ ހޮޑުލާ ވަރުން ހޮސްޕިޓަލަށް ދިޔައީ… ދެން ޓެސްޓުތަކެއް ހެދީ…. ދެން…)

އަޒީމްގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޟިރާރު ސުވާލުކުރަން ފެށިއެވެ. “ކިއަންކައު؟… މީރާ ހެޑެލަނީއްޔާ… ބޭރުން ކާގެން ވީ ކަމެއް ދީ… ބައްޕަ ކިހެއިވެރަކަށް ބެނަން މީރާ ކާ އެއްތެއްތަށް ބަލާށްކެން… މީރާ ނިލާހިކަ އެލާޖިކް ވޭހެއް…” (ކީކޭ؟… މީރާ ހޮޑުލަނީއްޔޭ…. ބޭރުން ކައިގެން ވީ ކަމެއްދޯ… ބައްޕަ ކިހާ ވަރަކަށް ބުނަން މީރާ ކާ އެއްޗިއްސަށް ބަލާށޭ… އޭނާ ނުލާހިކު އެލާޖިކް ވާނެ…) ޟިރާރު ވާހަކަ ދެއްކީ ވަރަށް ހާސްވެ ހުރެއެވެ. މީރާއަކީ ވަރަށް ފަސޭހައިން ފުޑް ޕޮއިސަންވާ މީހެއްކަމުން އަބަދުވެސް ބޭރުން ނުކާން އަންގާފައި ވެއެވެ.

ޟިރާރުގެ ވާހަކަތައް އަަޑުއަހަން އޮތް ރިޔާޒް ގާތަށް ހިނިއައެވެ. “ނޫން ބައްޕާ… އެއީ އެލާޖިކެއް ނުނޭ…. މީރާ ބަނޑޮބޮނޑޮ..” (ނޫން ބައްޕާ… އެއީ އެލާރޖިކެއް ނޫނޭ… މީރާ ބަނޑުބޮޑު….)

ޟިރާރަށް ލިބުނީ ހައިރާންކަމެކެވެ. “އަލްޙަމްދު ލިﷲ…. ކޮބާ މީރާ؟… އެކާލޯ ރަނގަޅައި….” (އަލްޙަމްދު ލިﷲ…. ކޮބާ މީރާ؟.. އެމަންޖެ ރަނގަޅުތަ؟…) ޟިރާރު ލޮލުން ކަރުނަ ހިލުނެވެ. އެއީ އެ އާއިލާއަށް އެތައް ދުވަހަކަށް ފަހުން ލިބުނު އުފާވެރި ޚަބަރެކެވެ.

“މީރާ ވީ ފާޚާނާއި… މިރޭ މަންމާ ކަންތައް ކެހެނަކަށްވީ؟… އަލިބެ އަދޮ ކިޔަވާށް ގެއި…” (މީރާ ވީ ފާޚާނާގައި… މިރޭ މަންމަ ކަންތައް ކިހިނެއްވީ.. އަލިބެ މިއަދު ކިޔަވަން ދިޔަތަ؟…) ރިޔާޒް ވާހަކަ ދައްކަމުން އެނދުން ތެދުވެ ބޯ ހިއްލާލީ ގަމީހުގެ ގޮށްތައް ނައްޓަމުންނެވެ.

“ހާން… އަލިބެ އައި… މަންމާ މިކޯ ކޮންމެސް ވަަރަކަށް ވާހަކަ ދައްކައި…. މިކޯ ކުދުކޮށް ރަނގަޅަ… މިރެއި ރިޔާޒް މިކެޑަށް އޭށީ؟…” (އާން އަލިބެ އައި…. މަންމަ މިހާރު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ… މިހާރު ކުޑަކޮށް ރަނގަޅު… މިރޭ ރިޔާޒް މިކޮޅަށް އަންނަންތަ؟…) ވަރުބަލިވެފައި ހުރުމުން ޟިރާރު ހުރީ ގެއަށް ދާން ބޭނުންވެފައެވެ.

“ހާން.. ހަނަގެން މިއެނީ… މާގިނަ ވޭލަށް ނިވޭހެއް…” (އާން ފެންވަރައިގެން މިދަނީ…. މާ ގިނަ އިރެއްނުވާނެ…) ރިޔާޒް ފޯނު ކަނޑާލުމަށްފަހު މީރާއަށް ގޮވާލިއެވެ. އެވަގުތު ފާޚާނާއިން މީރާ ނުކުތީ ތުވާލި އޮޅާލައިގެންނެވެ. “ކިހިނެއްވީ؟…” އަލަމާރި ކައިރިއަށް ގޮސް ދޮރުފަތް ހުޅުވާލަމުން މީރާ އަހާލިއެވެ.

“މިއަދު އަދި އެއްފަހަރުވެސް ހޮސްޕިޓަލަށް ނުދަން…. ދެންމެ ބައްޕައަށް މި ގުޅީ… ވަރަށް އުފަލުން ހުރީ ކާފައަކަށް ވާން އުޅޭތީ… އަހަރެން ފެންވަރައިގެން މިއުޅެނީ ހޮސްޕިޓަލަށް ދާން… މިރޭ ބައްޕަ ގެއަށް އަންނާނެ…. އަވަހަށް މަންމައަށް ގުޅާފަ މީރާ ބަނޑުބޮޑު ވާހަކަ ބުނަންވީނުން…” ރިޔާޒް ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ހޮސްޕިޓަލަށްދާން ތައްޔާރުވެލާށެވެ.

*** *** *** *** *** ***

އަޒީމާ ރިޒްވީ ގެސްޓް ހައުސަށް ދިޔައީ އެރޭ ނުވައެއް ޖެހި ފަހުންނެވެ. ކޮޓަރިއަށް ދިޔުމުގެ ކުރިން އަޒީމް އިތުރު އެއްޗެއް ބޭނުންތޯ ރިޒްވީ އަހާލިއެވެ. އެންމެ ރަނގަޅުކަމަށް ބުނުމަށްފަހު އަޒީމް އޭނާގެ ކޮޓަރިއަށް ވަނެވެ. ޓީޝާޓް ބޭލުމަށްފަހު އެނދުގައި ޖައްސާލައިގެން އޮތީއެވެ. ފޯނު ނަގާ މަންޝާއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އަދިވެސް މަންޝާގެ ފޯނަށް ގުޅޭ ގޮތެއް ނުވެއެވެ. އަޒީމް ހުރި ކޮޓަރިން ބޭރަށް ނުކުމެވޭ ބެލްކަންޏެއް ހުރުމުން އަޒީމް އެދިމާލަށް ދިޔުމަށް އެނދުން ތެދުވެ ހިނގައިގަތެވެ. އެ ބެލްކަންޏަކީ ވަރަށް ކުޑަ ބެލްކަންޏެކެވެ. ނަމަވެސް ބީޗް ފަރާތަށް ހުރުމުން އެތަން ވަަރަށް ހިތްފަސޭހައެވެ. ވައި ގަދަކަމުން ކުޑަދޮރުގައި ހަރުކޮށްފައި ހުރި ދޮރު ފޮތިތަށްވެސް ހީވަނީ ވިއްސައިގެން ހިނގައިދާނެ ހެންނެވެ. ބެލްކަނީގައި ހުރެ ދެ ފަރާތަށް ބަލާލެވުނީ މީހެއްގެ ހިލަން ވީހެން ހީވުމުންނެވެ. ޖެހިގެން ފެންނަންހުރި ބެލްކަނީގައި މިހުރީ ޒޭބާއެވެ. ޒޭބާގެ ހެދުންވަނީ ބަދަލުވެފައެވެ. ގަދަ ރަތް ކުލައިގެ އަތް ދިގު ކުރުހެދުމެކެވެ. ހެދުމުގެ ކަރުވެސް ވަރަށް ކުރުކަން އަޒީމަށް ފާހަގަ ވިއެވެ. ޒޭބާލާ ހެދުންތަކުގެ ކަރު ކުރުކޮށް އެ ހުންނަނީ އެ ލަކުނު ފޮރުވުމުުގެ ބޭނުމުގައިކަން އަޒީމަށް ނަގައިގަނެވުނެވެ. އެހާ ބޮޑު ލަކުނެއް ހުރި އިރު އެފަދަ ކަމަކީ ބޮޑު ހާދިޡާއަކާ ގުޅުން ހުރިކަމަކަށް ވާނެކަން ކަށަވަރެވެ.

ޒޭބާ ހުރީ މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ އިސްތަށިގަނޑުވަނީ ނިއުޅުވާލާފައެވެ. ވައިގަދަކަމުން ވަޔާ އެކު އޭނާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. ކަޅިޖަހާނުލާ ޒޭބާއާ ދިމާލަށް ބަލަން އަޒީމަށް ހުރެވުނެވެ. އޭނާގެ ހަމުގެ ކުލަޔާއި ލޮލުގައިވާ މަޑު މުށިފާޑުގެ ކުލައިން އޭނާއަކީ އެހެން ގައުމެއްގެ ކުއްޖެއްހެން ހީވާ ފަހަރުވެސް އާދެއެވެ. ޒޭބައާ ދޭތެރޭ އެކި ގޮތްގޮތަށް ވިސްނަން ހުރި އަޒީމަށް ހޭވެރިކަމެއް ވީ ޒޭބާ ބެލްކަނިން އެތެރެއަށް ވަނުމުންނެވެ. އަޒީމް ހުރީ އިސްނަގައިގެން ޒޭބާއާ ވާހަކަ ދައްކާށެވެ. ނަމަވެސް އެހެން ޚިޔާލުތަކެއް އެނބުރެން ފެށުމުން ބަހެއް ނުބުނެ މަޑުކޮށްލެވުނީއެވެ. ކުއްލިއަކަށް އަތުގައި އޮތް ފޯނަށް ބަލައިލެވުނީ ފޯނުން ފާޑެއްގެ އަޑެއް ކިޔުމުންނެވެ. އޭރު ފޯނުގެ ޑިސްޕްލޭއަށް ބެޓެރި ލޯވަމުން ދާކަމަށް އަރާފައި އޮތެވެ. ފޯނުގެ ޗާޖަރު ނުލާ އާދެވުުނު މަތިން ހަނދާންވީ ދެނެވެ. އެހެންކަމުން އަވަހަށް ޗާޖަރެއް ހޯދަން ފަށައިގަތެވެ. ކޮޓަރިން ބޭރަށް ނުކުމެ ރިޒްވީގެ ކޮޓަރި ކައިރިއަށް ދިޔައެވެ. އެވަގުތު ރިޒްވީ އަވަހަށް ނިދަން ބޭނުންވެފައިވާ ވާހަކަ ބުނި ހަނދާން ވިއެވެ. އެހެންކަމުން ރިޒްވީއަށް ގޮވާކަށް ނުކެރުނެވެ. އެނބުރި ކޮޓަރިއާ ދިމާލަށް ދިޔަވަގުތު ޒޭބާ އޭނާގެ ކޮޓަރިން ނުކުތްތަން ފެނުމުން އަޒީމް ޒޭބާއަށް ގޮވާލިއެވެ. ޒޭބާ ކޮޓަރި ދޮރުކައިރީ މަޑުކޮށްލަމުން އިސް އުފުލާ އަޒީމާ ދިމާލަށް ބަލާލިއެވެ. އަޒީމްހުރީ ޝޯޓު ބުރިއެއް ލައިގެންނެވެ. ޓިޝާޓެއް ލާފައި ނެތުމުން ޒޭބާއަށް ބަލާލެވުނީ އަޒީމްގެ ފިރިހެންވަންތަ ހަށިގަނޑާ ދިމާލަށެވެ. އިސްތަށިފަޅާފައިވާ ތަނަވަސް މޭމައްޗަށެވެ.

“މަ ފޯނާ ނިވޭހެދި މިހިނގަނީ… ނެތީ ޗާޖަރަށް… އޮއްފެހޭ… ކެން އައި ބޮރޯ… ފޯނާ ނިވިގޭފެހޭ ވަރަށް ކަޑަވޭހެއް…” (އަހަރެންގެ ފޯނު ނިވޭތީ  މި އުޅެނީ.. ނެތްތަ ޗާޖަރެއް… އިނިއްޔާ ކެން އައި ބޮރޯ…. ފޯނު ނިވިއްޖެއްޔާ ވަރަށް ކަޑަވާނެ…) އަޒީމް އަތުގައި އޮތް ފޯނު ދައްކާލަމުން ވާހަކަދެއްކީ ކަރު އެލުވާލައިގެން ހުރެ އާދޭސް ކުރާ ފަދަ ގޮތަކަށެވެ.

ޒޭބާގެ ކޮޓަރި ދޮރު ހުޅުވާލަމުން އެތެރެއަށް އައުމަށް އެދުނެވެ. އަޒީމް އެ ކޮޓަރިއަށް ވަނެވެ. ޒޭބާގެ ކޮޓަރި ވަރަށްވެސް ފުރިހަމައެވެ. ހުދުކުލަޔާ ރަތްކުލައިގެ ފަރުނީޗަރު ބަހައްޓާފައި ވާއިރު މުޅިތަން ފަޅު ފިލުވާލާފައި ވަނީ ފާރުގައި ހަރުކޮށްފައިވާ ރަތާ ކަޅުކުލައިގެ ސްޓިކާތަކުންނެވެ. ޑްރެސިންގް ޓޭބަލް ކައިރީގައިވާ ކަރަންޓް ސޮކެޓަށް ޖަހާފައިވާ ޗާޖަރު ދައްކާލަމުން އޭގެން ޗާޖަރު ވަކި ނުކުރެވޭ ވާހަކަ ޒޭބާ ބުންޏެވެ. އަޒީމް އެދިމާލަށް ގުދުވެ ޗާޖަރު ނައްޓަން މަސައްކަތް ކުރުމުންވެސް އެ ޗާޖަރު ވަކިވާ ގޮތެއް ނުވިއެވެ. ސޮކެޓް ބޯޑުގައި އެ ޗާޖަރުވަނީ ތަތްލާފައެވެ.

އެންމެފަހުން އަޒީމް ގެ ފޯނު ޗާޖަށް ޖަހާފައި ޑްރެސިންގް ޓޭބަލް މަތީ ބޭއްވިއެވެ. “ޔޫ ކޮންތައް ބޯނެއި… ކޮފީއެއް ބޭނުމީ؟… ޒޭބާ މިހިނގަނީ ކޯފިއެއް ހަދާ…” (ތީނަ ކޯއްޗެއްބޯނީ… ކޮފީއެއް ބޭނުންތަ؟.. ޒޭބާ މިއުޅެނީ ކޮފީއެއް ހަދަން…)

ޒޭބާ އެހުމުން އަޒީމަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ޒޭބާގެ އަތުން މީރު ކޮފީއެއް ގެނެސް ދިނުމަށް އެދި އަޒީމް ފޯނު ކައިރީ މަޑުކުރީ ޒޭބާގެ އެދުމުގެ މަތިންނެވެ. ފޯނުން މަންޝާއަށް މެސެޖެއްކޮށްލީ އަޒީމްގެ ފޯނު ބެޓެރި ލޯވެފައިވާކަން އަންގާށެވެ. މިކޮޓަރީގައި އެފޯނު ޗާޖަށް ޖަހައިގެން ނުހުރެވޭނެކަން އެނގޭތީއެވެ. މާދަމާ ޑިއުޓީ ނިމެންދެން ޗާޖް ނުހިފާއްޓާނެތީއެވެ.

މާގިނަ އިރެއް ނުވެ ހޫނު ދެ ކޮފީއާއި ފިނި ފެންފުޅިއެއް ހިފައިގެން އައިސް ޒޭބާ ކޮޓަރިއަށް ވަނެވެ. “ވާއު… ހައުދަހައި އަވަހޭ… މެޝިނުންނާ ގިރީ…. ވަރަށް މީރިވޭހެތިހެން ހީވެނީ…” (ވާއު… ހާދަަ އަވަހޭ… މެޝިނުންތަ ގިރީ… ވަރަށް މީރުހެން ހީވަނީ….) ކޮފީތަށި ނަގާ ތުނބުގަ ޖައްސާލަމުން އަޒީމްގެ ދުލުން ތައުރީފްގެ ބަސްތައް ބަންޑުން ކޮށްލިއެވެ.

އަޒީމް އިށީނދެގެން އިނީ ޑްރެސިންގް ޓޭބަލް ކައިރީ ހުރި ގޮނޑިއެއްގައެވެ. ޒޭބާ އައިސް އިށީނީ އަޒީމްގެ ކުރިމައްޗަަށް ވާގޮތަށް އޭނާގެ އެނދުގައެވެ. ކޮފީތަށިން މަދު އެތިފޮދު ބޯންއިން ޒޭބާއާ ދިމާލަށް އަޒީމް ބަލަން އިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ޒޭބާ ހީވެނީ ޔޫރަޕް ކޫދަކާ ހެން… ޒޭބާ އަސްލު ވައްތަރީ ކަންކާއި؟… މަންމާއި ބައްޕާސް އައްޑޫއީ؟…” (ޒޭބާ ހީވަނީ ޔޫރަޕް ކުއްޖެއްހެން… ޒޭބާ އަސްލު ވައްތަރީ ކާކާ… މަންމައާ ބައްޕަވެސް އައްޑޫތަ؟…) ޒޭބާގެ ރީތިކަން ފެނި އޭނާއަކީ ބޭރުމީހެއްގެ ދަރިއެއްތޯ ޔަގީން ކޮށްލަން އަޒީމް ބޭނުންވިއެވެ.

“ވަރަށް ގިނަ މީހުން ތެހެން ބެނެއި… އަސްލު ބައްޕާއަކީ އައްޑޫ މީހައް… މަންމާއަކީ ރާއްޖެ މީހައް ނޫން… މަންމައާ ޒޭބާ ވައްތަރީ… އެކަމަކި މަންމާ މިކޯ މި ދުނިޔެއަކި ނެތް… ޒޭބާ ވަރަށް ކުދުވޭލެއި މަންމާ….” (ވަރަށް ގިނަ މީހުން ތިހެން ބުނޭ… އަސްލު ބައްޕައަކީ އައްޑޫ މީހެއް… މަންމައަކީ ރާއްޖެ މީހެއް ނޫން… މަންމައާ ޒޭބާ ވައްރަތުވާނީ… އެކަމަކު މަންމަ މިހާރު މި ދުނިޔެއަކު ނެތް… ޒޭބާ ވަރަށް ކުޑަ އިރު މަންމަ….) ޒޭބާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނާއަށް އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ކޮފީތަށި ޑްރެސިންގް ޓޭބަލްމަަތީ ބެހެއްޓުމަށްފަހު އަޒީމް ޒޭބާ ގާތުގައި އިށީނެވެ. ޒޭބާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ނުރޯށޭ ބުންޏެވެ. އަޒީމްގެ އަތަށް ޒޭބާ ބޯއިން ކޮފީތަށި ދެމުން ޒޭބާ ވާހަކަ ދެއްކިއެވެ.

“ޒޭބާ މިހެއި ހާލެ ވޭނޑޭއްޖެހެނެއި ޒޭބާގެ މަންމާ ދުނިޔޭގަ ނެތްމެއި… ހިތައް އަރައި މަންމާ ދުނިޔޭ ހިށި އެއްތެއްނައު… (ޒޭބާ މިހެން ހާލުގަ އުޅެން ޖެހުނީ ޒޭބާގެ މަންމަ މި ދުނީޔޭގަ ނެތީމަ… ހިތަށް އަރާ މަންމަ ދުނިޔޭގަަ ހުރި ނަމައޭ…) ޒޭބާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ދެއަތުން މޫނު ނިވާ ކޮށްގެން ހުރެ ޒޭބާ ރޮމުން ދިޔަ އިރު އަޒީމްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާގެ ވާހަކަތައް ހުރި ގޮތުން އޭނާއަށް އަޅާލާނެ އެއްވެސް މީހަކު ނެތްކަން އަޒީމަށް އެނގުނެވެ. އޭނާގެ ނިކަމެތިކަން ހިތަށް އެރުމުން ޒޭބާއާ ދޭތެރޭ އަޒީމްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޒޭބާ ހިތްދަތިވާ ކަހަލަ ސުވާލުތަކެއް ނުކުރަން އަޒުމް ކަނޑައަޅަމުން ޒޭބާ ހުއްޓުވޭތޯ އަޒީމް މަސައްކަތް ކުރިއެވެ.

“ޒޭބާއި މާއި ވަރަށް ކޮމަންވޭ ކަންތެތި ތެތިބި…” (ޒޭބާއާ އަހަރެންނާ ވަރަށް ކޮމަންވާ ކަންތައްތަކެއް އެބަހުރި…) އަޒީމް ވާހަކަ ދައްކަން ފެށުމުން ޒޭބާ ރުއިން ހުއްޓާލަން މަސައްކަަތް ކުރިއެވެ. އަދި އަޒީމް ދައްކަމުންދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އިނެވެ. “މަގޭ ބައްޕާ މިދުނިޔާކި ނެތް… މަންމާ ތެބިހި… އެކަމަކި މަންމާ މާއި ވަރަށް ދުރު…. އެއްވެސްް ގުޅުމެއްނެތި މިހެން ވޭނޑޭތާން ވަރަށް ދުވަސް ވެގެ…” (އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތް… މަަންމަ އެބަހުރި… އެކަަމަަކު މަންމަ އަހަރެންނާ ވަރަށް ދުރު… އެއްވެސް ގުޅުމެއްނެތި މިހެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ….)

ޒޭބާގެ ކޯތާފަތުގައިވާ ކަރުނަތައް ފޮހެލަމުން ވާހަކަދެއްކިއެވެ. “ކިއަންވީ އަޒީމްގެ މަންމާއި އަޒީމްއާ އެހެއި ދުރީ… ކޮންމެސް ވެލިޑް ރީޒަންއެއް އޮންނަށް ވޭހެއް ދީ…”  (ކީއްވެ އަޒީމްގެ މަންމަ އަޒީމާ އެހާ ދުރީ… ކޮންމެވެސް ވެލިޑް ރީޒަންއެއް އޮންނަަން ވާނެދޯ….)

“އަސްލު ވީގޮތަކީ މަށް ކޫދަކާދެކެ ލޯބި ވެވެނެއި… މަންމާ އެ ކައިވެންޏަކަށް ގަބޫލެއް ނޫން… ބަޓް މަންމާ ބެނި ރީޒަންއަކީ މަ އެހެއި ގަބޫލުކެރާ ކަމަށް ނުން… ނަހަލާލު ކޫދަކާށް ވީމެއި މަންމާ ގަބޫލު ނިވީ… އެކަމުން މަންމާގެ ފެމިލީއަށް ލިބޭނެ ހަޑި ނަމަކާއި ހެދިޔައު… ދެން މަ އެ ކައިވެނި ކެޑެ ހިސާބުން މަންމާ މާއި ގުޅުން ކަނޑަލީ… މަންމާމެން އާއިލާކީ ބޭސްވެރިކަމަށް ވަރަށް މަޝްހޫރު ބާކިއަށް… މީގެ ދެ އަަހަރޮ ކުރިނަސް އަވަ މަންމާ ގުޅިން…އެކަމަކި… މަ މި ކައިވެނި މައްތައް ހިިށިމެއިި މާއި މަންމާ ވާހަކަ ދައްކާށް ބޭނުމަށް ނިވި…” (އަސްލު ވީގޮތަކީ އަހަރެންނަށް ކުއްޖަކު ދެކެ ލޯބިވެވުނީ… މަންމަަ އެކައިވެންޏަކާ ގަބޫލެއް ނޫން… ބަޓް މަންމަަ ބުނި ރީޒަންއަކީ އަހަރެން އެހާ ގަބޫލުކުރާ ކަންކަމެއްނޫން… ނަހަލާލު ކުއްޖަކަށްވީމަ މަންމައެކަމާ ގަބޫލުނުވީ… އެކަަމުން މަަންމަގެ ފެމިލީއަށް ލިބޭނެ ހަޑި ނަމަކާހެދިޔޯ.. ދެން އަހަރެން އެ ކައިވެނި ކުރި ހިސާބުން މަންމަަ އަހަރެންނާ ގުޅުން ކަނޑާލީ،… މަންމަމެން އާއިލާ އަކީ ބޭސްވެރިކަމަށް ވަރަށް މަޝްހޫރުބައެއް… މީގެ ދެ އަހަރު ކުރިންވެސް އަހަރެން ގުޅިން… އެކަމަކު… އަހަރެން މި ކައިވެނިމަތީ ހުރީމަ ވާހަކަ ދައްކާކަށް މަންމަ ބޭނުމެއް ނުވި…)

އަޒީމް ވާހަކަ ދައްކަމުން އެނދުމަތިން ތެދުވެގެން ބެލްކަަންޏާ ދިމާލަށް ހިނގައިގަތެވެ. އަޒީމްގެ ފަހަތުން ޒޭބާވެސް ބެލްކަންޏަަށް ނުކުތެވެ. ރޭލިންގް ދަގަނޑު ގަނޑުގައި ހިފަހައްޓާއިގެން ހުރި އަޒީމްގެ އަތަށް ޒޭބާ ބަލާލިއެވެ. އަޒީމްގެ އިނގިލީގައި އަޅާފައިވާ ރިހިކުލައިގެ އަނގޮއްޓި ފެނުމުން އަޒީމް ދައްކާ ވާހަކައިގެ ތެދުކަން ޒޭބާއަށް ހާމަވިއެވެ.

“ސޮރީ… އަވަ ހީ ނިކެރަން އަޒީމް މެރީޑް ކަމަށް… އެކަމަކި ޒޭބާއަށް އަޒީމް ވަރަށް ކަމިވެއި… ކޮބާ އަންހެނުން… އަންހެނުން ރަނގަޅައި؟…” (ސޮރީ… އަހަރެން ހިއެއް ނުކުރަން އަޒީމް މެރީޑް ކަމަށް… އެކަމަކު ޒޭބާއަށް އަޒީމް ވަރަށް ކަމުދޭ… ކޮބާ އަންހެނުން… އޭނަ ރަނގަޅުތަ؟..) ޒޭބާ ހަމަޖެހިލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. ޒޭބާއާ ކުރިމަތިލަމުން އަޒީމް ޖަވާބު ދިނެވެ. “އަންހެނުން ވޭނެއި ގޭއް… މި ވޭނޑެނީ އަންހެނުންނަށް ނިގުޅިގެން…” (އަންހެނުން ވާނީ ގޭގަ… މި އުޅެނީ އޭނަގެ ފޯނަށް ނުގުޅިގެން…)

ޒޭބާ ހުރީ ކަޅިޖަހާނުލާ އަޒީމާ ދިމާލަށް ބަލާށެވެ. ޒޭބާ ބަލަމުން ދިޔައީ ސިދާ އަޒީމް ތުންފަތަށެވެ. އަޒީމަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ލަދުގަންނަ ގޮތް ވިއެވެ. މީ މީގެ ކުރިން އަަންހެން ކުއްޖަކާ ހެދި އަޒީމަށް ކުރެވުނު އިހްސާސެއް ނޫނެވެ. ބެލްކަަނިން ބޭރު ބަލަން އަޒީމް ހުރީ ޒޭބާގެ ބެލުމުން އޭނާއަށް ކޮންމެވެސް ވަރަކަށް އުނދަގޫ ވަމުން ދާތީއެވެ. ޒޭބާ ކޮޓަރި ތެރެއަށް ވަދެ އެނބުރި އައީ ދެމީހުންގެ ކޮފީތަށި ހިފައިގެންނެވެ. ކޮފީތަށީގައި އަޒީމް ހިފިއިރު އަޒީމްގެ އަތުގައި ތުރުތުރެއް ހުއްޓެވެ. އަޒީމް ހުރީ ހިތް ނުތަނަވަސް ވެފައެވެ. ދެމީހުން އެކުގައި ވާހަކަ ދައްކަން ތިބީ ކިހާ އިރެއް ވަންދެންކަަންވެސް ދެމީހުންނަށް ރޭކާ ނުލިއެވެ. އެހެން ތިއްބާ ކުއްލިއަކަށް މޫސުންގޯސްވެ ވާރޭ ވެހިގަތެވެ. އަޒީމް ބޭނުންވީ ނުތެމި އެތެރެއަށް ވަންނާށެވެ. ނަމަވެސް ޒޭބާ އަޒީމްގެ ކުރިމައްޗަށް އެރިއެވެ. އެއީ ވަރަށް ކުޑަ ބެލްކަންޏެއް ކަމުން އަޒީމަށް ޒޭބާ ގައިގާ ނުޖެހި ނުކުމެވޭ ގޮތެއް ނުވާނެކަން އެނގޭތީ މަޑުކޮށްލީއެވެ. ޒޭބާ އާ ތަންކޮޅެއް ދުރަށް ޖެހިލީ މިވަގުތު އަޒީމަށް ކުރަމުން ދިޔަ އިހްސާސްތަކުންނެވެ. ޒޭބާއާ ދިމާލަށް ނުބަލަން މަސައްކަތް ކުރިނަމަވެސް އެކަންވާ ގޮތެއްވެސް ނުވިއެވެ. ވާރޭ ކަނިތަކުން ދެމީހުން ތެތްމަމުން ދިޔައެވެ. ޒޭބާ ލައިގެން ހުރި ރަތްކުލައިގެ ކުރު ހެދުން ގައިގައި ތަތްލަމުން ދިޔައެވެ. ޒޭބާގެ ހަށިގަނޑުގެ ބައްޓަމާ ވަނާތަށް ފާޅުވަމުން ދިޔައެވެ. ނުބަލާން ހުއްޓަސް އަޒީމަށް ކެތްވަނީކީ ނޫނެވެ. ޒޭބާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ޒޭބާއާ ދިމާލަށް އަޒީމްް ބަލާލީ ނޫނެކޭ ބުނާށެވެ. ނަމަވެސް ޒޭބާގެ ލޮލާ އަޒީމްގެ ކަޅި ބައްދަލުވެގެން ދިޔަ ވަގުތު އޭނާއަށް ކުރި އިހްސާސަކީ މީގެކުރިން ކުރި އިހްސާސެއް ނޫނެވެ. މަޑު މުށިކުލައިގެ ލޮލުގެ ތެރޭގައި ގެނބިގެން ގަރަގުވާން އަޒީމް ބޭނުންވިއެވެ. އެހެންކަމުން އަޒީމްވެސް ކުރިއަށް ޖެހިލިއެވެ.

ރެއިލިންގް ދަގަނޑުގަނޑުގައި އަޒީމް ހިފަހައްޓައިގެން ހުރީ އެނާގެ އަަތް ކޮންޓްރޯލް ކުރާށެވެ. ޒޭބާގެ އަތުގެ އިނގިލިތައް ދަގަނޑުގަނޑުގައިި ކާއްތަމުން ކުރިއަށް ޖެހިލިއެވެ. އަަޒީމްގެ އަތުގައި ޒޭބާގެ އަތް ޖެހުނުމުން ސިހިފައި އަަޒީމަށް ބަލާލެވުނެވެ. އެދެމީހުން ލޮލާލޯ ވަނީ ބައްދަލުވެފައެވެ. އަޒީމްގެ އަތުގެ އިނގިލިތައް ހުޅުވާލުމުން ޒޭބާގެ އިނގިލިތައް އަޒީމްގެ އަތުތެރެއަށް މަހާލިއެވެ. ދެމީހުން ގާތްވަމުން ދިޔަވަރަަކަށް، ވެހެމުން ދިޔަ ވާރޭވެސް ދިޔައީ ބޯކުރަމުންނެވެ. ތެމި ފޯވެގެން ތިބި ދެމީހުން މިހާރު ހީވަނީ އެކަަތި ގަނޑެއް ހެންނެވެ. އަޒީމްގެ އަަތުތެރޭގައި ޒޭބާގެ ހަށިގަނޑު ވަނީ ފޮރުވާލާފައެވެ. މަޑުމަޑުން ޒޭބާ ދުރަށް ޖެހިލިއެވެ. ކުރިއަށް ޖެހި ޒޭބާ އުރާލައިގެން އަޒީމް ކޮޓަރިިއަށް ވަނެވެ. އެނދާ ހަމަޔަށް ގޮސް ޒޭބާ ތިރިކޮށްލުމުން އޭނާގޮސް ކޮޓަރީގައި ދިއްލާފަ ހުރި ބޮކިތައް ނިއްވާލިއެވެ.

މުޅި ކޮޓަރީގައިވަނީ އަނދިރިކަމެވެ. ލޮލަށް ތަނެއް ފެންނަ ވަރެއް ނޫނެވެ. އަޒީމްގެ ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. ވިސްނަން ހުރި އަޒީމްގެ އުނަގަނޑުގައި ފިނި އަތްތިލައެއް ޖެހުނެވެ. އެއީ ޒޭބާކަން ކަށަވަރެވެ. ފަސް އެނބުރި ބަލަން އަޒީމް ބޭނުން ވިނަމަވެސް ޒޭބާ އެއަށް ވުރެއް ހުށިޔާރެވެ. ފުރަގަހުން އަޒީމްގެ ހަށިގަނޑުގައި އޭނާ ބައްދާލަމުން ބުންޏެވެ. “ޕްލީސް… ނޯ ލައިޓްސް…” އެވަގުތު އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތްކަން އަޒީމަށް އެނގުނެވެ. އަޒީމްގެ ހިއްސުތަކަށް ކެތްނުކުރެވުނެވެ. މަޑުމަޑުން ކުރިއަށް ޖެހި އެނދު މައްޗަށް ޒޭބާއާއި އެކީ ވެއްޓިގަތެވެ. އަދި ޒޭބާގެ ހަށިގަނޑުގައި ދެއަތްވަށާ ބައްދާލިއެވެ.

*** *** *** *** *** ***

ވަރުބަލިވެގެން މަންޝާއަށް އޮތީ ނިދިފައެވެ. ޒިބާންގެ އަތުތެރޭގައި މަންޝާ ނިދާފައި އޮތީ ތުއްތު ކުއްޖެއް ހެންނެވެ. އޭރުވެސް ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދިޔައެވެ. ގަޑިން އޭރު ދަންވަރު ދެގަޑި ބައިވަނީއެވެ. ޒީބާން އޮތީ ފިކުރުބޮޑުވެފައެވެ. އިރުއިރުކޮޅުން މަންޝާއާ ދިމާލަށް އޭނަ ބަލާލައެވެ. މަންޝާއަށް ގެއްލުމެއް ދޭން ޒިބާން ނޭދެއެވެ. މަންޝާ މިހުރިހާ ކަމެއްގެ ތެރެއިން ސަލާމަތް ކުރަން ޒިބާން ބޭނުމެވެ. ޒީބާންގެ ހަގީގަތްވެސް ހާމަކުރަން އޭނާ ބޭނުމެވެ.

ވިދާލި ވިދުވަރާއި އެކީ ބެލްކަނި ކައިރީގައި މީހަކު ހުރިހެން ޒިބާނަށް ހީވިއެވެ. ބެލްކަނީގެ ފަރުދާ ކަހާފައި ހުރުމުން ބޭރު ނުފެނެއެވެ. ނަމަވެސް ޒީބާނަށް އެތާ ހުރީ ކާކުކަން ދެނެގަންނަން އެނގުނެވެ. އެނދުމަތިން ތެދުވެގެން ބެލްކަންޏަށް ނުކުންނަން ދިޔައިރު އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. ބެލްކަނީ ކައިރީގައި ވެއްޓިފައި އޮތް އޭނާގެ ޖިންސުނަގާ މަހާލަމުން ބެލްކަނި ދޮރުހުޅުވާ ބޭރަށް ނުކުމެ ދޮރު ލައްޕާލީ މަންޝާ ދިމާލަށް ބަލާލަމުންނެވެ. މޭމައްޗާ ހަމަޔަށް ރަޖާ އަޅައިގެން މަންޝާ އޮތީ ގަދައަށް ނިދާފައެވެ.

ދޮރުފަތް ލެއްޕުމާއި އެކީ މަންޝާ ބިތްދޮށަށް އެނބުރުނެވެ. ގާތުގައި މީހަކު ނެތުމުން މަޑުމަޑުން ލޯހުޅުވާލިއެވެ. ބާލިސްދަށުގައި އޮތް ފޯނު ނަގާ ގަޑިއަށް ބަލާލަން ފިތަކަށް ފިތާލިއެވެ. ފޯނު ވަނީ ނިވިފައެވެ. ފޯނު ޗާޖަށް ޖަހާލުމަށްފަހު އެނދުމަތިން ތެދުވިއެވެ. ރަޖާ ގަނޑުތެރެއިން މަންޝާ ތެދުވި އިރު އެނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. ފާޚާނާއަށް ވަދެ ފެންވަރާލައިގެން ބޭރަށް ނުކުމެ މަންޝާގެ ތުވާލި ހޯދާލިއެވެ. އެވަގުތު ތުވާލި ފެނުނީ އެނދުކައިރިއަށް ވެއްޓިފައި އޮއްވައެވެ.

މަންޝާގެ ރަތް ތުވާލި ނަގައިގެން ގައި ހިއްކަން ހުރި އިރު އެ ތުވާލިން ދުވަމުން ދިޔައީ ޒިބާންގެ ހަށިގަނޑުން ދުވާ މީރު ވަހެވެ. ޒިިބާނާ އެކު ރޭގައި ހޭދަކުރެވުނު ލޯބީގެ ވަގުތުކޮޅު މަތިން ހަނދާންވިއެވެ. އެވަގުތު ޒިބާން ކޮބައިތޯ، ގެއަށް ދިޔައީތޯ ބަލާލަން ބޭނުންވިއެވެ. ނަމަވެސް ހަމަ އެދަނޑިވަޅުގައި އަޒީމް އައިސްދާނެކަމާއި، މިކަން އެނގިއްޖިއްޔާ އަޒީމަށް ވާނެގޮތް ހިތަށް އެރުމުން އެކަމާ މަންޝާ ކަންބޮޑުވާ ގޮތްވިއެވެ. ޗާޖަށް ޖަހާފައިވާ ފޯނު ހުޅުވާލަން ދިޔަވަގުތު މޭމަަތިން ވަށާ ތުވާލި އޮޅާލިއެވެ. އަދި އެނދުގައި އިށީނދެ ހަމަޖެހިލުމަށްފަހު ފޯނު ހުޅުވާލިއެވެ. އޭރު ގަނޑިން ދަންވަރު 3 ޖަހަނީއެވެ. އެހާ ލަސްވި އިރު އަޒީމް ގެއަށް ނައީ ކީއްވެބާއޭ މަންޝާގެ ހިތަށް އެރިއެވެ. ފޯނު އޮންކޮށްގެން ޚިޔާލެއްގެ ތެރޭގައި އިންދާ ފޯނަށް މެސެޖެއް އައެވެ. އެ މެސެޖް ކިޔާލަން ހުޅުވާލިއެވެ. އެއީ އަޒީމް ފޮނުވާފައިވާ މެސެޖްތަކެކެވެ. އެއް މެސެޖްގައި ވިއްސާރަވެގެން ނާދެވޭ ވާހަކަ އޮތެވެ. އަނެއް މެސެޖްގައި މަންޝާ ފޯނު ނިއްވާލައިގެން ކީއްކުރަނީތޯ އަހާފައި އޮތެވެ. އެންމެ ފަހު މެސެޖްގައި ހުޅުމާލޭގައި މިރޭ މަޑުކުރާ ކަމާއި މާދަން ޑިއުޓީ ނިންމާފަ މާލެ ދާނެ ވާހަކަ އޮތެވެ. މަންޝާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަޒީމް މިރޭ ގެއަށް ނައިކަން އެއީ މަންޝާގެ ނަސީބޭ ހިތަށް އެރިއެވެ. ބެލްކަނީގައި މީހަކު އުޅޭހެން ހީވެގެން މަންޝާ ކުރިއަށް ޖެހިލިއެވެ. ނަމަވެސް ތުވާލި އޮޅައިގެން ހުރުމުން ބެލްކަނި ހުޅުވާކަށް މަންޝާ މަސައްކަތެއް ނުކުރެއެވެ. ބެލްކަނީގައި އެހުރީ ޒިބާނެވެ. އެއިވެނީ ޒިބާންގެ އަޑެވެ. އަޑުބާރުކޮށް މީހަކާ ޒުވާބު ކުރާ އަޑެވެ. އެ ދައްކާ ވާހަކަ އަޑުއަހަން މަންޝާ ހުރީ ދޮރުފޮތިގަނޑުގައި ހިފަހައްޓައިގެންނެވެ.

“ކިހެއި ދެރަ ކަމަށް…. މަކަށް މިކަމެއް ނުހުއްޓޭހެ… މިކަން ފެށީ ތަ ބެނަގެން… އަވަދެން ތަބެނާލެކަށް އެއްވެސް ކަމެއް ނިކެރާށުން… އެއަށް ދެރާށް ދޭކަށް މަ ބޭނުމަށް ނުން… ނިއެސް ދޭށުން… ތާސް އެއައި ދުރަ ހިންނަށީ… އެއީ އެޔަ ކެޑެކަމަކަސް ނުން….” (ކިހާދެރަކަމެއް… އަހަރެންނަކަށް މިކަމެއް ނުހުއްޓޭނެ… މިކަން ފެށީ ކަލޭ ބުނެގެން… އަހަރެން ދެން ކަލޭ ބުނާގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން… އޭނާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫން… ނުވެސް ދޭނަން… ކަލޭވެސް އޭނަޔާ ދުރުގަ ހުރޭ… އެއީ އޭނަ ކުރިކަމެއްވެސް ނޫން…) ޒިބާންް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި މަންޝާއަށް އެ ދެއްކި ވާހަކަތައް ދޭހައެއް ނުވިއެވެ. އޭނަ ވާހަކަދެއްކީ ކޮންމެވެސް ރަށެއްގެ ބަހުރުވައިންނެވެ. ދޫ ފަރިތަވެފަ ކިޔާނުކިޔާ އެއްޗެއް ރަނގަޅަށް ދޭހަނުވާހާ އަވަހަށް ވާހަކަ ދެއްކުމުން މަންޝާއަށް އެބުނި އެއްޗެއް ނޭނގުނެވެ. ކުއްލިއަކަށް ބެލްކަނީ ދޮރު ހުޅުވާލަމުން ޒިބާން ކޮޓަރިއަށް ވަނެވެ. މަންޝާ ފެނުމުން ހުއްޓުން އެރިއެވެ.

“ކާކާ ތިވާހަކަ ދެއްކީ…. ހާދަ ރުޅިއައިސްފައޭ ތިހުރީ…” މަންޝާ ސުވާލުކުރީ ވީ ނުވީއެއް އޮޅުން ފިލުވަން ބޭނުންވެގެންނެވެ.

“އެއީ… އެއީ… އަޅާނުލާ…” ކޮނޑުގައި އަޅުވާފައި އިން ޒިބާންްގެ ގަމީސް ނަގާ އޭގެ އަތުކުރި ތެރެއަށް އަތްމަހަމުން ޒިބާން ވާހަކަ ދެއްކިއެވެ.

“ގޭ މީހަކުދޯ އެގުޅީ.. މިހާރު މާބޮޑަށްވެސް ލަސްވެއްޖެ.. މަންޝާއަކަށް ނޭނގުނު ގަޑިން ވީއިރެއްވެސް… ދެން ދޭ… އިނގޭ…” ޒިބާންގެ ގަމީހުގެ ގޮށްތައް އަޅުވާދެމުން މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. ނަމަވެސް ޒިބާންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

ޒިބާން ބަހެއް ބުނަން ބޭނުން ނުވެފަ ހުރި ކަހަލައެވެ. މަޑުމަޑުން ކޮޓަރިން ނުކުތެވެ. އަދި އެޕާޓްމަންޓް ދޮރު ކައިރިއަށް ދިޔައެވެ. ދޮރުން ނުކުންނަށް ތައްޔާރަށްހުރި ޒިބާންގެ އަތުގައި ހިފަމުން މަންޝާ ވާހަކަ ދެއްކިއެވެ. “އޭއި… ޔޫނޯ… މީ އެހާ ރަނގަޅު ކަމެއް ނޫން ކަން…. އައިމް މެރީޑް.. އަސްލު އަހަރެމެން މިރޭ މާ މައްޗަށް ދިޔައީ ދޯ… ދެން މިކަން ތަކުރާރު ވެގެން ނުވާނެ… އަަހަރެން ޒިބާން ދެކެ ވަރަށް ލައިކް ވޭ.. އަހަރެން ބޭނުމެއް ނޫން މިކަމުގެ ސަބަބުން އަހަރެންގެ ކައިވެނި ރޫޅޭކަށް… ޒިބާން ޕްލީސް… އަހަރެން މިދައްކާ ވާހަކައަށް ވިސްނާތި؟… އައި ކާންޓް ރިސްކް މައިލައިފް… ބަޓް އައި ރިއަލީ ލައިކް ޔޫ…”

މަންޝާގެ ދުލުން ޒިބާން ކަމުދާ ވާހަކަ ބުނުމުން ޒިބާންގެ ތުންފަތަށް އުފާވެރިކަން ވެރިވިއެވެ. އެ ގެއިން ނުކުނަންމުން ފަހުފަހަރަށް މަންޝާއަށް ބަލާލަމުން ވާހަކަ ދައްކަން ޒިބާން އަނގަ ހުޅުވާލިއެވެ. “މަން… އަަހަރެން މަންއަށް ދެރަގޮތެއް ނުހަދާނަން… ކޮންމެ ކަހަލަ ކަމަކު ބޭނުންވިޔަސް ގޮވާލާ.. އަހަރެން އަންނާނަން.. މަންޝާޔާ އެންމެ ގާތުގައި އަހަރެން އަބަދުވެސް ވާނަން.. އަދި އަހަރެން މަންޝާއަށް ދެރައެއް ދޭކަށް ނުވިސްނަން…” ޒިބާން ސިޑިން ތިރިއަށް ފައިބަން ފެށުމުން މަންޝާ ސުވާލެއް ކޮށްލިއެވެ. “ގޮވާލާށޭ…. ތިބުނީ…”

އަތުގެ އިޝާރާތުން ކަންފަތުގައި އަތް ޖައްސާލަމުން ގުޅާށޭ ބުނީ ޒިބާނަށް އެބުނެވުނު ބަސް އޮޅުވާލާށެވެ. ޒިބާން އެގެއިން ނުކުތުމަށް ސިޑިން ފޭބިއެވެ. އެޕާޓްމަންޓް ދޮރު ލައްޕާލަމުން ކޮޓަރިއަށް ދިމާލަށް މަންޝާ އަވަސްވެގަތީ މޭމައްޗާ ހަމަޔަށް އޮޅާފައިވާ ތުވާލީގައި ހިފަހައްޓައިގެން ހުރެއެވެ.

ޒިބާން ގެއިން ބޭރަށް ނުކުތެވެ. ދަންވަރުގެ ވަގުތެއް ކަމުން މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހާވެސް ހަމަހިމޭނެވެ. މަންޝާގެ ކޮޓަރިން ބޭރަށްވާ ބެލްކަންޏާ ދިމާލަށް ޒިބާން ބަލާލީ ރުޅި ވެރިގޮތަކަށެވެ. އޭރު ބެލްކަނި ތެރޭގައި ހުރި އަލިގުޅަ ޒިބާނަށް ފެނުނެވެ. އެހިނދު ޒިބާންގެ ދެލޯ ރުޅިވެރިކަމާއި އެކީ ރަތްކުލައިން ދިއްލިގެން ދިޔައެވެ. މަންޝާ ކައިރިއަށް ނައުމަށް އިންޒާރު ދިނުމުންވެސް އޭނާއަށް ހިމޭނުން ނުހުރެވުނީ ހެއްޔެވެ. ދެއަތް މުށްކަވާލަމުން ޒިބާން ކުރިއަށް ޖެހިލަމުން ހަޅޭއްލަވައިގަތެވެ. “މިތަނުން ރައްކާވޭ…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އަސަރު 7

Next

ކުއްޅަވަށްފާ 3ވަނަ ބައި

Next
May 31, 2016

ކުއްޅަވަށްފާ 3ވަނަ ބައި

Previews
May 30, 2016

އަސަރު 7

23 Comments!

  1. Maddy says:
    May 30, 2016 at 10:33 pm

    Wow!!!! Waiting for next part axeem aai manshaa aai dhemeehun kih thi kuree????

  2. Same says:
    May 30, 2016 at 10:58 pm

    V salhi mi part

  3. Baahkko777 says:
    May 30, 2016 at 11:22 pm

    V salhi.. next part vess salhi vaane kamah heekuran

  4. zibaan says:
    May 30, 2016 at 11:22 pm

    Neynge dhen naanaashey buneema mansha belcony kairiyah annanee keehkuran…. Faadufaadu dhakkanya maraalevidhaane… Mansha ah hiyanives neylheythi…

  5. nunnu says:
    May 30, 2016 at 11:43 pm

    Wow inthizaaruga indha mioh libuny kiyaalan.haadha salhi eymi part ves.keep it up.addu basthah hunnaathy varah kiyaa hiy vey.

  6. ? says:
    May 30, 2016 at 11:58 pm

    Woooww.,mibai ves hama habeys..waiting waiting

  7. Shahi says:
    May 31, 2016 at 12:12 am

    Ma sha Ahlaah v talented kuhjeh

  8. Zully says:
    May 31, 2016 at 12:16 am

    Wow…. Dhen vaane goiy Kiyan beynunvefa indhaa e nimuneee…. Dhen key kuranveetha… Asluves mibai varah dhigukoh genesdhineema varah bodah thanks… Vaahaka v v salhi…

  9. dhishoo says:
    May 31, 2016 at 7:12 am

    Vaahaka v salhi

  10. Pinkish says:
    May 31, 2016 at 8:05 am

    Vvvvvvvvvvvvvvvvvvv salhi…..

  11. gurey says:
    May 31, 2016 at 9:25 am

    Fakka.
    Dhen kihineh ba vaany. Kaakaa ba zibaan e vaahaka dhekki. Curiously waiting.
    Shaz v molhu

  12. ny says:
    May 31, 2016 at 11:00 am

    Vara salhi mipartves v v v avaha ane part upkodeeba……..?????????

  13. Shaa xee says:
    May 31, 2016 at 11:13 am

    Wow!!! Den alhe kihineh baa vaanee…. next part kiyaa hithun mihaaru vx miothy….. mee shaa xee ah kiyeh enmen reethi vaahaka mihaa thanah. Waiting waiting waiting next part.?

  14. Elsa says:
    May 31, 2016 at 2:27 pm

    Wow salhi mipart ves waiting for next part anehpart ves avahah up kohdechey

  15. Andhu says:
    May 31, 2016 at 3:04 pm

    Wow mi story v salhi. Feshigen hama mi kiyanee salhi kamun

  16. Ana says:
    May 31, 2016 at 3:47 pm

    Lasnukoh dhen oeh part beynun…….pls mi part varah salhi……..

  17. mode says:
    May 31, 2016 at 9:53 pm

    Vvvv reethi, loving it

  18. mode says:
    May 31, 2016 at 9:57 pm

    Vvvv reethi. Loving it

  19. Siha says:
    June 1, 2016 at 9:39 am

    Alhey haadha shalhiey… nex episode kiyaahithun keh madhuvefa…..

  20. Anaa says:
    June 1, 2016 at 4:20 pm

    Wow varah salhi!
    But mi vaahaka ah kiyanvee mansha eh noon. “Vehet vaarey thereyn” hehe

  21. kokaa says:
    June 1, 2016 at 7:49 pm

    interesting…???
    waiting for the next part ?

  22. waiting says:
    June 4, 2016 at 11:34 pm

    next part?

  23. Dhyna says:
    October 8, 2016 at 10:52 am

    Zeyba zibaan some thing is there between them right?

Comments are closed.

Next Episodeމަންޝާ (ބާވީސްވަނަ ބައި)←


All Right Reserved!