ޒިބާން ގެއިން ބޭރަށް ނުކުތެވެ. ދަންވަރުގެ ވަގުތެއް ކަމުން މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހާވެސް ހަމަހިމޭނެވެ. މަންޝާގެ ކޮޓަރިން ބޭރަށްވާ ބެލްކަންޏާ ދިމާލަށް ޒިބާން ބަލާލީ ރުޅި ވެރިގޮތަކަށެވެ. އޭރު ބެލްކަނި ތެރޭގައި ހުރި އަލިގުޅަ ޒިބާނަށް ފެނުނެވެ. އެހިނދު ޒިބާންގެ ދެލޯ ރުޅިވެރިކަމާއި އެކީ ރަތްކުލައިން ދިއްލިގެން ދިޔައެވެ. މަންޝާ ކައިރިއަށް ނައުމަށް އިންޒާރު ދިނުމުންވެސް އޭނާއަށް ހިމޭނުން ނުހުރެވުނީ ހެއްޔެވެ. ދެއަތް މުށްކަވާލަމުން ޒިބާން ކުރިއަށް ޖެހިލަމުން ހަޅޭއްލަވައިގަތެވެ. “މިތަނުން ރައްކާވޭ…” […]
ރަށުގެ ފަސްގަނޑުގައި ފައިއަޅާލުމާއިއެެކު އަރީން އަށް ތަފާތު އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. އެއީ މީގެ 4 އަހަރު ކުރިން އޭނާ ދޫކޮށް ދިޔަ ފަސްގަނޑެވެ. ކުރީގައި ރައްޓެހިންނާއިއެކު މަޖާނެގި ދުވަސްވަރާއި މަންމަ އާއި ދޮންބެ އާއި އެކު ހޭދަވި އުފާވެރި ދުވަސްތައް ހަނދާން އާވުމުން އާރީންގެ ދެލޯ ކަރުނުން ތެއްމާލިއެވެ. ނަމަވެސް އަވަސް އަވަހަށް ލޮލުގައިވި ކަރުނަތަށް ހިންދާލަމުން އަރީން ހިފާފާވާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތީ އޭނާއަކީ މިހާރު އެހެން މީހެއްކަމާއި އެ ފަސްގަނޑަކީ އޭނައަށް ބީރައްޓެހި […]
“އަޅެ ކިހިނެތްތަ މިވަނީ ކައިލް ފެން ކޮންމެ ފަހަރަކު؟ އަބަދު މިހެން ވާންވެއްޖެއްޔާ އަހަރެއް މޮޔަ ވެދާނެ…” ކައިރިގައި ހުރި އަފާފު ކައިރި ސިއްރު ސިރުން މިންޝަ ބުނެލިއެވެ. “ތި ވާގޮތް ދޯ.. މަޑުކުރޭ ކިޔާ ދޭނަން.. ” އަފާފް މިހެން ބުނެ ލަވައެއްގެ ތަންކޮޅެއް ކިޔައިލިއެވެ. “ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީކަލާ… ވިންދު މޭގާ ޖަހާ ބަދަލުކޮށްލީ ކަލާ..” “ސާބަސް އަފާފުގަނޑާ… ” މިންޝާ ލަދުގަތީ އަފާފު ކީ ލަވައިގެ ޅެން ބައިތު އެއީ […]
“ތީ މިގެއަށް ކިޔަވަން ހުންނަން އަލަށް އައި މަންޖެއެއް…. ވަރަށް ގަޅި ވައްތަރު ޖަހާ ދޯ..؟” އަހުސަނު ހެމުން ހެމުން އަމީން ގާތު ބުންޏެވެ. އަހުސަނު އަނެއްކާ ވެސް ޝިކާ އާ ބެހެން ފެށުމުން ލިވާން ގެ ލޭ ކެކިގެން ދިއައެވެ. ނަމަވެސް ރުޅި ހިންދާލަމުން އަމީން ގާތު އެތެރެއަށް ހިނގާށޭ ކިޔައި އަމީން ގެ ކޮނޑުގައި އަތް އަޅައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ. އަހުސަނު ހެވިފައި އިސްޖަހައިގެން ހުރި ޝިކާ އަށް ބަލާލިއެވެ. އަދި ޝިކާގެ […]
” ލާމީ. ޕްލީޒް. އަހަރެން ގޮވައިގެންދޭ. އަހަރެން މިޔޮއް ހުރިހާ ދުވަހު އުޅުނު ހާލު ނޭނގެނީ ކީއްވެތަ؟ ޕްލީޒް ލާމީ. ” ލާމިއުގެ އަތުގައި ހިފައިލައި އާދޭސް ކުރަމުން ފަހުމާ ދިޔައެވެ. ” އަމް ސޮރީ ފަހޫ. ” ފަހުމާގެ އަތް އޭނާގެ އަތުން ނައްޓަމުން ލާމިއު މިހެން ބުނެފައި ކުޑަދޮރުން ފުންމާލިއެވެ. ފަހުމާއަށް ރޮއެ ގަނެވުނެވެ. އަދި ލާމީ އޭ ކިޔައި ހަޅޭއްލަވަމުން ކުޑަދޮރު ކައިރީގައި ހުއްޓިލައި އެކޮޅު މިކޮޅު ބަލަން ފެށިއެވެ. ނަމަވެސް މިހާރު […]
story las vamun dhaathy hurihaa kiyunq theringe faraathun ves maafah edhen.. midhuvas kolhu varah balive ulheythee vaakahaka nunimigen miulhenee… in sha allah mi week ge knmmes dhuvahaku vaahaka up kureveythw balaanan.. vaahaka ah huriha kiyuntherin ge faraathun ves libey support ah huriha kudhin ah shukuru adhaa kohllan… 🙂 RAMADAN MUBAARIK ALL .. 🙂
ވާހަކަ ލަސްވަމުންދާތީ ވަރަށް ބޮޑަށް މާފަށް އެދެން އިނގޭ ކުދިންނޭ.. ފެންޓަސީއަށް ގަބޫލު ކުރެވޭ ވަރަށް ލަސްވެއްޖެކަން މިފަހަރު.. އެކަމަކު ހުރިހާ ކުދިން އިންތިޒާރުގައި ތިބޭނެކަމަށް ހީކުރަން.. ވަރަށް އަވަހަށް ވާހަކަ އަޕް ކޮށްދޭނަން.. 🙂
ރިޝްފާ ގޭ ދޮރުމަތީ ހުރީ މާޒިން އަންނާނެ އިރަކަށެވެ. މާގިނައިރު ތަކެއް ނުވެ މާޒިން ސައިކަލުގައި އައެވެ. “ސޯ ބުނެބަލަ… ކޮންވާހަކައެއްތަ ފޯނުން ނުދެއްކިގެން އުޅުނީ؟” ރިޝްފާ އަހާލީ މާޒިންއައި ކައިރިވެލަމުންނެވެ. މާޒިން ރިޝްފާ ގާތު ސައިކަލަށް އަރަން ބުނެލިއެވެ. ރިޝްފާ ދަތްކޮޅު ފެންނަވަރަށް ހީލުމަށްފަހު ސައިކަލަށް އަރާ ހަމަޖެހިލިއެވެ. އަދި މާޒިންގެ ބުރަކަށީގައި ބޯ އަޅާލަމުން ބަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. މާޒިން ސައިކަލު ސްޓާރޓް ކޮށްލީ ފޫހިވެގެން ހުރެފައެވެ. ސައިކަލު ހުއްޓީ ރަސްފަންނުގެ ބީޗަށެވެ. […]