Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ… 5

iris Level 110 Stories
June 15, 2016 4 Mins Read
24 Comments

 

ގިޓާގެ ނަރުތަކުގެ އެހީގައި ނާވީ އޭނާގެ ހިތުގެ އިޙްސާސުތަށް ބޭރުކުރަމުން ދިޔާއީ މިންޝާ އާއި އެކު ބިނާ ކުރަމުންދާ ލޯބީގެ ގަނޑުވަރުގެ ފޮނި މަންޒަރުތަށް ހިތަށް ސިފަކުރަމުންނެވެ. ފަހަރެއްގައިވެސް އެ ގަނޑުވަރު ބިނާކޮށް ނިމުމުގެ ކުރިން ވަރުގަދަ ޒަލްޒަލާ އެއް އައިސް ބިމާ ހަމަކޮށްލަފާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތިއެވެ.

*************************************************

މިންޝާ ދަރިފުޅާ އަވަސް ކޮށްބަލަ.. މިހާރު ގަޑި ޖެހެން އެހެރަ ފަނަރަ މިނެޓަށް ވީ.. އަމިއްލަ އޮފީހެއްގަ އުޅުނަސް ގަޑިއަށް ފަރުވާތެރި ވާންވާނެއެއްނު.. ބައްޕަ އާއި ތުއްތުބެ ވެސް މިހާރު ގޮއްސި؟ 08:15 ވީއިރުވެސް މިންޝާ އޮފީހަށް ދާން ނުނިކުންނާތީ ސޮފިއްޔާ ގޮވާލިއެވެ. “މަންމާ މިނިމުނިއްޔޭ” ސިޑިން ތިރިއަށް ފައިބަމުން މިނަޝާ ގޮވާލިއެވެ. އަވަސް އަވަސް ކޮށްލާފައި މިންޝާ ބޭރަށް ނިކުތީ ކާރެއް ލިބޭތޯއެވެ. ވަގުތުގެ ގޮތުން މިގަޑީޣައި ކާރެއް ލިބުމަކީ އުނދަގޫ ކަމެއްކަން މިންޝާ އަށް ވެސް އެނގެއެވެ. ކާރަކަށް އަތް ނަގަތްގެން ހުއްޓާ ކައިރިއަށް އައިސް މަޑުކޮށްލި ޕަރައިވެޓް ކާރުން ބޯދިއްކޮށްލީ ނާވީ އެވެ. “މެގީ.. ކާރެއް ނުލިބިފަތަ؟ އަރާ އަހަރެން ގެންގޮސްދީފާނަން.. ގުޅާލިނަމަ!” ނާވީ ބުނެލިއެވެ. ” ތޭންކް ގޯޑް.. ތޭންކްސް ނާވީ ވަރަށް ބޯޑަށް.. ވަރަށް ލަސްވެގެން އުޅެނިކޮށް މި ދިމާވީވެސް.. އެހެންޏާ ދަނީ ބައްޕަމެންނާ އެކީ ކާރުގައޭ.. މިއަދު ތަންކޮޅެއް ލަސްވީ..” މިންޝާ ކާރަށް އަރާ ހަމަޖެހިލަމުން ބުނެލިއެވެ.

ފަނަރަ ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު މިންޝާ އައިސް އޮފީހަށް ވަތް އިރު ގަޑިޖެހިގެން އިތުރަށް ފަސް މިނެޓު ހިންގައިފިއެވެ. ހާސްވެފައި ހުރެ މިންޝާ އަވހަށް ގޮސް އޭނާގެ ކެބިންއަށް ވަތް އިރު އެސެކްޝަން ގެ ހުރިހާ ކުދިން ހަމައަށް ތިއްބެވެ. މަޑުމަޑުން ގޮސް ގޮނޑިގައި އިށީދެލުމަށް ފަހު މިންޝާ ދުވަހުގެ މަސައްކަތައިގެން މަސްއޫލުވިއެވެ. އިރުކޮޅަކުން ކައިލް ގުޅާފަ އައިސްބަލާށޭ ބުނުމުން އަވަސް ވެފައިވާ ހިތަކާ އެކު މިންޝާ ކައިލްގެ ކެބިންއަށް ދާން ހިނގައިގަތެވެ. މިވޭތު ވެދިޔަ ދުވަސް ތަކުގައި މިންޝާ އާއި ކައިލް ގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ފޯނުން މެސްޖް ކުރުންވެސް ގިނަ ވާން ފެށިއެވެ. ދެހިތުގައިވެސް އެއް ވިންދެއް ޖަހަމުންގޮސް ދެހިތުގެ ވެސް މިސްރާބު އެއް ދިމާލަކަށް ދަތުރު ކުރަމުން ދެއެވެ. ނަމަވެސް އެކަކަށް ވެސް އަދިވެސް އިސްވެ ގުޅައިގެން ވާހަކަ ދައްކާކަށް ނުކެރެއެވެ. މިންޝާ ގޮސް ކެބިންއަށް ވަތް އިރު ކައިލް އާއި އަފާފު ގެ އިތުން އަދިވެސް އޮފީހުގެ ދެތިން ކުދިން ތިއްބެވެ.. “މިންކޯ… ވީ ނީޑް ޔޯ ހެލްޕް” މިންޝާ އެތެރެއަށް ވަނުމާއެކީ އަފާފު ހަޅޭއްލަވައިގަތެވެ. ” މަޑުކޮށްބަލަ… ކިހިނެތްވީތަ އަނެއްކާ؟/” މިންޝާ ވެސް ހާސްވެފައި އަހައިލިއެވެ. “އާދެބަލަ މިތާ އިށީންނަން. ވަރަށް މުހިންމު ކަމަކު ޑިސްކަސް ކޮށްލަންށޭ އަންނާށޭ ބުނީ މިހާ ހެނދުނާ..” ކައިލް ގެ އެދުމަށް މިންޝާ އައިސް އަފާފުއާ ޖެހިގެން އިން ގޮނޑީގައި އިށިއިނދެލިއެވެ.

“ހޫމް… ކިޔާބަލަ ތިކިޔަން އުޅޭ އެއްޗެއް..” މިންޝާ ކައިލް އަށް ބަލާލަމުން ބުނެލިއެވެ.  “މިން.. މިއުޅޭނީ އޮފީސް އެންމެނާ ފްރެންޑްސް އެއްކޮށް ދަތުރު ދާންވެގެން.. އެހެންވެ ދަތުރު ރާވާލުމުގެ ކުރިން މިންކޮ ކޮށްދޭންވީ ކަމަކީ ބޮސް ކައިރިން ހުއްދަ ހޯދާދޭންވީ.. މިންކޮ ގެ އަންކަލް އެންޑް ޑޭޑް ކައިރިން.. އެމީހުން ވެސް ދާ ގޮތަށް.. ދެން އޮފީސް ކުދިންގެ ފްރެންޑްސް ވެސް ދާނެ.. ހޮނިހިރު ދުވަސް އެއީ ނުރަސްމީ  މަސައްކަތު ދުވަހެއްވީމަ.. އެދުވަހު ދާން މިކިޔަނީ.. އެއީ އަސްލު އެހާ މަސައްކަތް އޮންނަ ދުވަހެއް ވެސް ނޫނެއްނު.. ހުކުރު ދުވަހު ހުކުރު ނަމާދު އިންނާތީ ނުދާންވެގެން.. ” ކައިލް މިންޝާ އަށް އާދޭހާއެކު ބަލާލަމުން ބުނެލިއެވެ. އެވަގުތު ކޮޅުވެސް މިންޝާގެ ހިތް އަވަސް ވެލިއެވެ. “މިންކޮ ޕްލީސް………” އަފާފު ވެސް މިންޝާ ކައިރީ އަދޭސްކޮށްލިއެވެ. “އޯކޭ.. ޑޭޑް ކައިރީ އަހާލާނަން މިއަދު ކޮންމެސް ގަޑިއެއްގަ..” މިންޝާ ވެސް ކައިލް ގެ އެދުމަށް ދެކޮޅު ނުހެދުމަށް ދެފިކުރެއްގައި އިނދެ ބުނެލިއެވެ.

އެދުވަހު ސައިގަޑީގައި މިންޝާ ކެންޓީނުގައި އިނދެ ބައްޕަގެ ބަސް އިއްވާލިއެވެ.. ” ބައްޕަ ބުނީ….. ” ކުޑަކޮށް މަޑުކޮށްލަމުން މިންޝާ އެންމެންގެ މޫނަށް ބަލައިލިއެވެ. އޭރު އެންމެން ވެސް ތިބީ މިންޝާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. “ދެން ބުނެބަލަ ހިތް ނުތަޅުވާ” އަފާފު އަށް މަޑަކުން ނީންދެވުނެވެ. “އޯކޭ.. މަޑުން ތިބޭތި ނިމެންދެން.. ބައްޕަ ބުނީ ތިއީ ބައްޕަ އާއި އަންކަލް ވެސް މަޝްވަރާ ކޮށްފަ އިން ކަމަކޯ.. އޮފިސް ހުރިހާ ކުދިން އެއްކޮށް ދަތުރެއް ދާން.. އޭރުން އެންމެންގެ ގުޅުން ބަދަހި ވާނެ އެއް ނޫންހޯ.. ”  “ވާއު… ޔެސް..” މިންޝާގެ ފަހު ޖުމްލަ އެކު ކައިލް ހަލޭއްލަވައިގަތެވެ.. ” އަދި މަޑުކޮށްބަލަ.. ބުނިން ދޯ ވާހަކަ ދައްކާ ނިމެންދެން މަޑުން ތިބޭށެ.. ” މިންޝާ ބުނެލިއެވެ. ” އެކަމަކު ހޮނިހިރު ދުވަހު ދާކަށް ހުއްދައެއް ނުލިބުން..”  މިންޝާގެ ޖުމްލަ އާއި އެކު މޭޒުކައިރީ ތިބި އެންމެންވެސް ހިމޭން ވެލިއެވެ.. ” ބައްޕަ ބުނި ހޮނިހިރު ދުވަހު އަނެއްހެން މަސައްކަތް ނެތަސް ބައެއް ޑެލިވަރީސްތަށް އެދުވަހުވެސް އިންނާތީ މިއަންނަ ހަފްތާގެ ހޯމަ ދުވަހު ދާން ހަމަޖައްސަން ވީ ނޫންހޯ.. އެއީ މަސައްކަތް ތެރިންގެ ދުވަސް ވީމަ އެދުވަސް އެއީ ބަންދު ދުވަހެއް ނޫންހޯ… ދެން ބައްޕަ އާއި އަންކަލް އަދި އޮފީހުގެ އިސް މަޤާމުތަކުގައި ތިބި އެންމެން ވެސް ދާނެ އޯ… ދެން އެނގޭނު. މިންކޮ ބުނެފިއްޔާ ބައްޕަ އެއްވެސް ކަމަކަށް ދެކޮޅެއް ނަހަދާނެކަން.. ” މިންޝާ ފޮނިވެލާފައި ބުނެލިއެވެ.  އޭރު ކައިލް އަށް އިނދެވުނީ މިންޝާ ގެ މޫނަށް ޖައްސާ ވައްތަރު ތަށް ބަލަން އާޝޯޙްވެފައެވެ. “ހާދަ ލޯތްބޭ.. މިންޝާ ގެ ކޮންމެ ހަރަކާތެއްވެސް ވަރަށް ފުރިހަމަ.. އައި ލަވް ޔޫ މިންޝާ.. މި ދަތުރުގެ މައިގަނޑު މަޤުސަދަކީވެސް މިންޝާ އާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލުން..” ކައިލް ހިތާ ހިތުން ކިޔާލިއެވެ. “މިން… ނާވީ އެންޑް އާރާ ވެސް ގެންދަން ވާނެއެއްނު..” އޮފީސް ނިންމާފައި ގެއަށް ދަމުން ނުސީދާގޮތަކަށް އަފާފު މިންޝާ ކައިރީ އޭނާގެ ހިތުގައިވާ އެއްޗެއް ބުނެލިއެވެ. ދަތުރު ގެ ވާހަކަ ދެއްކީސުރެއް އަފާފު ގެ ހިތުގައި ނާވިގެ ހިޔާލުތަށް ދަތުރުކުރަމުން ދެއެވެ. “ހްމްމމމމ.. މަޖާ ވާނެ ދޯ.. ބުނެލާނަން ދެމީހުން ކައިރީވެސް…” މިންޝާގެ  ޖުމްލަ އާއި އެކު އަފާފުއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

*************************************************

“ދަރިފުޅާ ކޮބާ ނުނިމޭ.. މިހާރު އެހަރަ ފަސްގަޑި ބައިވަނީ.. އަވަސް ކޮށްލާ…” އާދަމް މަނިކު ގަޑިއަށް ބަލާލަމުން ބުނެލިއެވެ.. ” އަދި ދަތުރު ދާއިރުވެސް ޖެހޭތަ އެވަރަށް މޭކަޕް ކުރަން.. ” މިންޝާ އައިސް ހުއްޓިލުމުން ޒަލަފް ވެސް ދިމާކޮށްލިއެވެ. ” ދެން.. ތުއްތުބޭ… ނަމާދުކޮށްލަން ވެގެން އޭ ލަސްވީ… ދެންވެސް ހިންގާ އަހަށް ދާން… މަންމަ ހަމަ ނުދާނަންތަ؟؟ ވަރަށް މަޖާ ވާނެއޭ..” މިންޝާ ބޭރު ދޮރާ ދިމާލަށް ހިންގައިގަންނަމުން ސޮފިއްޔާ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.. ” އާން.. މަންމަ ނުދާނަން.. ދަރިފުޅުމެން ގޮސްލާ.. ކޮންމެސް އެކަކު ގޭގަ ވެސް ހުންނަން ޖެހޭނެއެއްނު..” ސޮފިއްޔާ ވެސް ބުނެލިއެވެ. މިންޝާމެންނަށް ޖެޓީ ކައިރިއަށް އަށް ދެވުނު އިރު އެތާނގައި ނާވީ ފިޔަވައި އެންމެން ތިއްބެވެ. އިރުކޮޅެއްނުވެ އައިސް މަޑުކޮށްލި ކާރުން ނާވީ ވެސް ފޭބިއެވެ. އެންމެން ހަމަވުމުން އޮފީހުގެ ފަރާތުން ހިފާފައިވާ ބޮޑު ސަޕްލައި ދޯންޏަށް އެއްޗެހިތަށް އަރުވަން ފެށިއެވެ. މަޖާ ދަތުރަކަށް ފަހު ކުޑަ ބަނޑޮހަށް އައިސް ދޯނި ކައިރި ކޮށްލުމުން އެންމެ ފުތަރަމަ އޭގެން ފޭބީ މިންޝަ އެވެ.. ކައިލް ގެ އެހީއާއި އެކު ފޭބި މިންޝާ އާއި ދިމާލަށް ނާވީ ބަލާލީ ހިތްދަތި ނަޒަރަކުންނެވެ.. ދޯނި މަތީގައިވެސް ކައިލް އާއި މިންޝާ މާ އެކުގައި އުޅޭ ތަން ފެނި ނާވީގެ ހިތުގައި ރިއްސާލިއެވެ.

” މަންޞޫރު.. އެއީ ކޮން ސޮރެއްތަ؟. އެހެރަ އަންނަނީ.. ވަރަށް ދަންނަ ވައްތަރެއް ޖަހާ..”  އާރާ އާއި އެކީ ހިނގާފައި އަންނަ ނާވީ ދައްކާލަމުން އާދަމް މަނިކު އައިލިއެވެ. “އެއީ .. އެއީ އެއްކަލަ ސަމަރބްރީޒްގޭ މުޙައްމަދުފުޅުގެ ހުރި ހަމައެކަނި ފިރިހެން ދަރިއެއްނު.. ސަމަރު މުޙައްމަދޭ ކިޔައެއްނު.. މިހާރު މުހައްމަދުފުޅުގެ ވިޔަފާރި ބަލަހައްޓަނީ އެސޮރެއްނު.. މިންޝާގެ ރައްޓެއްސެއް ދޯ އެއީ..” މަންޞުރު ތަފްޞީލް ކޮށްދިނެވެ. “އެހެންދޯ… ” ޝައުގުވެރި ކަމާއި އެކު ނާވީ އާށް ބަލާލަމުން އާދަމް މަނިކު ބުނެލިއެވެ.

ެ.  އެދުވަހުގެ އެހެން ވަގުތު ތަކުގައިވެސް އާދަމް މަނިކު ދިޔައީ ނާވީ އުޅޭ ނޫޅޭ ގޮތް ބަލަމުންނެވެ. މިންޝާ އާއި ނާވީއާއި އެކީ ފެންނަ ވަގުތު ތަކުގައި އެހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. ހަޔާތުގެ ބައިވެރިއަކަށް އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާށް އެއަށް ވުރެ ރަނގަޅު ބައިވެރިއެއް ނުލިބޭނެ އޭ އެހިތް ބުނަމުން ދިޔައެވެ.

ހެނދުނު ސައި ނިންމާލުމަށް ފަހު ހުރިހާ އެންމެން ވެސް މޫދަށް އެރިލީ ހަށިގަނޑު ތާޒާ ކޮށްލާ މަޖާކޮށްލުމުގެ ނިޔަތުގައެވެ. އަފާފުއަށް ހުސްގަޔާ ހުރި ނާވީ އަށް ބެލެމުން ދިޔައީ ޝާއުގުވެރިކަމާއެކުގައެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ނާވީ ގެ ނަޒަރު ހުރީ މާދުރުގައި ސަކަރާތް ޖަހަން ތިބި މިންޝާ އާއި ކައިލް އަށް ހުއްޓިފައެވެ.

“ހާދަ ހިތުގާ ޖެހޭ، ހަނދުމަ ވާތީ ރޮވޭ..

ތެމެނީ އެހީވާށެ ރަޙުމުކުރޭ ޔާރާ މާގެ…”

މަޑުމަޑުން ނާވީއާށް ކިޔެމުން ދިޔައެވެ. އިތުރަށް އެމަންޒަރު ބަލަން ކެތް ނުވެގެން ނާވީ އެއްގަމަށް އަރަން ހިންގަގަތެވެ. ރުކެއްގެ ދަށުގައި އިދެގެން ނާވީ އޭނާގެ ގިޓާއިން މަޑުމޮޅި ރާގެއް ކުޅެމުން ދިޔައެވެ. ރުއް ދޮށުގައި އިން ނާވީ އާދަމް މަނިކުގެ ލޮލުގައި އަޅާއިގަތީ އެވަގުތު އެވެ. މަޑުމަޑުން އެދިމާލަށް އާދަމް މަނިކުގެ މިސްރާބު ބަދަލުކޮށްލިއެވެ. “އައްސަލާމް އަލައިކުމް.. ނާވީ ދޯ ކިޔަނީ.. މިއީ މިންޝާގެ ބައްޕަ..” އާދަމް މަނިކު އައިސް ނާވީ ކައިރީ އިށީނދެލަމުން ސަލާމަށް އަތް ދިތްކޮށްލިއެވެ. މިންޝާ ގެ ބައްޕައޭ ބުނުމުން ނާވީ ވެސް އިޙްތިރާމާއި އެކު އާދަމް މަނިކަށް ބަލާލަމުން ސަލާމް ކޮށްލިއެވެ. “ކިހިނެތްވެފަ އެކަނި މިތާ ތީނީ…؟ ” އާދަމް މަނިކު އަހައިލިއެވެ. ” މިއީ.. ސަކަރާތް ޖަހާ ޖަހާ ވަރުބަލިވެގެން.. ” މަޑުމަޑުން ނާވީ  ބުނެލިއެވެ. ނާވީ ގެ މަޑުމައިތިރި މިޒާޖާއި ހިތްހެޔޮކަން ވީ އާދަމް މަނިކުގެ ހިތުގައި  ނާވީ އާއި މެދު ލޯބި އިރުރުވިކަމަކަށެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iris

Level 110 Stories

Other Articles

Previous

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

Next

ވާނޭހެ ދުނިޔޭގާ (10)

Next
June 15, 2016

ވާނޭހެ ދުނިޔޭގާ (10)

Previews
June 14, 2016

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

24 Comments!

  1. iris says:
    June 15, 2016 at 12:03 pm

    Okii guys here is the fifth episode of the story.. Hope u guys like it.. Huriha kudhin ge coments ah vx welcome.. ???

  2. Saashaa says:
    June 15, 2016 at 12:05 pm

    haadha lahun up thi kurany

    1. iris says:
      June 15, 2016 at 12:21 pm

      Iris bunefa innaanee ramazan ga week aku one episode ey up kureveynee.. Last week ga up kurin.. Dhn mi week ga up mikuree… ☺

  3. amy says:
    June 15, 2016 at 12:07 pm

    varahves reethi mi story
    when is the next part?

    1. iris says:
      June 15, 2016 at 12:22 pm

      Thanks Amy.. Next episode in sha Allah next week ga.. ?

  4. Aimsithu says:
    June 15, 2016 at 12:39 pm

    Varah reethi. ..week aku episode eh ves ok ye aslu.. ramazan month bz vaane ennu dho.. #greatwork iris

    1. iris says:
      June 15, 2016 at 1:19 pm

      hhehe.. thanks aimsithu understand vaathy… 🙂

  5. Youme says:
    June 15, 2016 at 12:46 pm

    Vvvvvvvv reethii……..next part digukoh genesdhehchey

    1. iris says:
      June 15, 2016 at 1:19 pm

      thanks youme.. yh iris balaanan dhigukohleveythw engey.. 🙂

  6. Same says:
    June 15, 2016 at 12:58 pm

    salhi

    1. iris says:
      June 15, 2016 at 1:20 pm

      thanks same

  7. Ushaa says:
    June 15, 2016 at 1:16 pm

    Vvvvvvvvv rethi… Nd ingeythr ushaa dheravany dhn naavyy ah vaane gotheh hithah eryma… Navyy dhera nukurahchey.. Eyrun ushaayahvx rovi dhaane.. heheh.. Nyc Stwrii… Gud luck..

    1. iris says:
      June 15, 2016 at 1:21 pm

      thank u ushaa.. 🙂 hehe.. lets see dw naavy ah ves vaagotheh…

  8. Shaai says:
    June 15, 2016 at 1:23 pm

    V rythi. Alhe naavee n minkko gulhuvadhiybala .

    1. iris says:
      June 15, 2016 at 4:36 pm

      Hingaa dw balan kaaku thw gulhenee.. Thanks shaai

  9. Ainy says:
    June 15, 2016 at 2:02 pm

    Dhn kail minsha nd afaaf vx dhera ehnun vaany …emmen dhera ehnun vaany naavy noony m

    1. iris says:
      June 15, 2016 at 4:37 pm

      Dw ainy.. E emmn dhera kuraakah nuvaane ehnnu..

  10. Blueish says:
    June 15, 2016 at 6:21 pm

    Great work Iris

    1. iris says:
      June 15, 2016 at 10:36 pm

      Thanks blueish

  11. mishal says:
    June 15, 2016 at 7:47 pm

    ahchydiiii….bow bow bow bow hodu lavaganehje hadii kamun??????mi koncheh tha yak k vaahaka nulibala liyan neygen yamun…ma liey vaahaka ves mi ahvuren rythi vaaane saraa…huh v fooohivey????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. iris says:
      June 15, 2016 at 10:35 pm

      Saraa ei kaakutha mishal… Mishal ge comment vx v ufalaa eku balaigen fin.. V happi vejje negative comment eh vx libuneema.. Kuriyah dhaan ithuru hie varey mi libunee.. Thanks mishal.. ☺

    2. Princess says:
      July 1, 2016 at 4:41 pm

      U r so rude mishal :@ :@ :@ :@ :@ :@

  12. Appy says:
    June 16, 2016 at 8:42 am

    Nice ..waiting for next part. …

    1. iris says:
      June 16, 2016 at 12:15 pm

      thank u appy 🙂

Comments are closed.

Next Episodeލޯބިވެވުން އެއީ ކުށަކަށް ވާނަމަ.. 6←


All Right Reserved!