Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބޭވަފާތެރި ނުވަމޭ ޔާރާއޭ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(20 ވަަނަ ބައި)

Ushaa Level 310 Stories500 Comments100 Comments
June 14, 2016 6 Mins Read
48 Comments

” އަޑު އަހާ. އަޑު އަހާ. އަދި އަހަރެންގެ ވާހަކަ އެއްކޮށެއް ނުނިމެޔޭ. އަހަރެން އަހަރެންގެ ދަރިންނަށްޓަކައި ހޯދީ އިތުބާރު ކުރެވޭ ތިން މީހުން. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް މާޒީ ތަކުރާރެއް ނުވާނެ. މިފަހަރުގެ އިތުބާރު ހުރި އަދި ނަސީބުވެރި ތިން ފަރާތަކީ… އުނޫޝް ސާއިމް އަދި.. ” މިހެން ބުނަމުން ނަޝީދުގެ ފިޔަވަޅު އަވަސްވެގެން ދިޔައީ ލާމިއުމެން ތިބި މޭޒާއި ދިމާލަށްށެވެ. ލާމިއުއަށް އުފަލުން ގޮސް ނަށައިގަނެވުނެވެ. އަނެއްކާ ނަޝީދު އެއުޅެނީ އޭނައާއި ފަހުމާ ގުޅުވަން ހެއްޔެވެ؟ އެހެންވެސް ވެދާނެ ނޫން ހެއްޔެވެ؟ ނަޝީދު ބުނި ގޮތުގައި ފަހުމާއަށް ލޭ ހަދިޔާ ކުރާ ފަރާތަކަށް ބޮޑު އިނާމެއް ލިބޭނެއެވެ. އޭނާގެ ހިތް ގޮވަމުން ދިޔަ އެއްޗަކުން ލާމިއުއަށް ތުންފިއްތާލެވުނީ އުފަލުން ގޮސް ހިނިތުންވެވިދާނެތީއެވެ. އަދި އޭނަޢައި ދިމާލަށް އަންނަމުން ދިޔަ ނަޝީދު އާއި ދިމާލަށް ބަލަން ފެށީ ކެތްތެރިކަން ކުޑަ ގޮތަކަށްށެވެ.

” ކިޔާން.

ލާމިއު ފަހަނާ އަޅައި ގޮސް ކިޔާންގެ ކައިރީގައި ހުއްޓެލަމުން ނަޝީދު ބުނި ޖުމްލަވެގެން ދިޔައީ ފަހުމާމެންގެ ޖޯޑާއި ނާޝްމެންގެ ޖޯޑްގެ ކަންފަތަށް އެޅި ހޮނު ގުގުރިއަކަށްށެވެ. ދެން އިވިގެން ދިޔައީ ލިބުނު ބޮޑު އުފަލަކާއިއެކު އެކި މީހުން އައިސް ފަހުމާގެ ކޮނޑުގައި އަތްއަޅާލައި ހިތްވަރު ދޭތަނެވެ. ކުއްލިއަކަށް މިލައިގެން ދިޔަ މޫނާއިއެކުވެސް ގަދަކަމުން ހިނިތުންވެލަމުން ފަހުމާ ހަމަޖެހިލިއެވެ. ބައްޕަމެންގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން މިއެންމެންގެ ތެރެއިން ބައްޕަ ބޭޒާރު ކޮށްލަން އޭނާއަށް ނުކެރުނީއެވެ.

ލާމިއުގެ ލޮލުންވެސް ކަރުނަތަށް ބަބުޅަން ފެށީ ކުއްލިއަކަށްށެވެ. މިފަދަ ގޮތެއް ވާނެޔޭ އޭނާގެ ހިތަށްވެސް ނާރައެވެ. ހުރިހާ ކަމެއްވެސް މިވީ އޭނާ އުންމީދު ކުރި ގޮތާއި ހިލާފަށްށެވެ. ލާމިއުއަށް ކުއްލިއަކަށް ހިނގައިގަނެވުނީ އެކަނި ވެލަން ބޭނުން ވެގެންނެވެ. އެންމެންގެ ތެރޭގައި ހުރެ ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ހިތުގެ އުދާސްތައް މީހަކާ ހިއްސާ ކުރާކަށްވެސް ބޭނުމެއް ނޫނެވެ. ކުޑައިރުއްސުރެ ފަހުމަޔާއި ކައިވެނި ކުރެވެން ދެކަށް އޭނާ ހުރިހާ ކަމެއް ހިއްސާ ކުރަނީ އުނޫޝްއާއިއެވެ. ނަމަވެސް މިއަދު އޭނާއަކީ ކާކުކަމެއްވެސް އުނޫޝްއަކަށް ނޭނގޭނެއެވެ. ލާމިއު އަކަށް އެއްވެސް ވާހަކައެއް އުނޫޝްއަށް ހިއްސާ ކުރެވޭކަށްވެސް ނެތެވެ. އޭރުން ކިޔާން ފަހުމާއަށް ހަދާނެގޮތެއްވެސް ނޭނގެއެވެ. ލާމިއު އޭނާގެ ލޮލުގެ ހިމަކޮޅުން ވެއްޓެން ދިޔަ ކަރުނަ ތިކި ފޮހެލަމުން ބޭރަށް ނިކުމެލީ އެންމެންގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށްށެވެ.

އިރުކޮޅެއް ނުވެ މީހުންތައް މަދުވާނެ ފެށިއެވެ. ފަހުމާގެ ކެތްތެރިކަން ކޮޅުން ލާން ފެށިއެވެ. ލޮލުން އޮހޮރެން އުޅުނު އެތައް ކަރުނައެއް މިހާރުވެސް އޭނާ ހިންދައިފިއެވެ. ނާޝް ފަހުމާގެ ކައިރިއަށް ޖެހިލުމަށްޓަކައި ހިނގައިގަންނަނިކޮށް ހުރަސްކޮށްލަމުން އޭނާގެ ކުރިމަތިން ލާފައި އުނޫޝް ފަހުމާގެ ކުރިމަތީގައި ހުއްޓެލިއެވެ. ހުރިހާ ދޮރެއް ބަންދުވީއެވެ. ދެން ނާޝްއަށް ފަހުމާއާއި ވާހަކަ ދެއްކޭނީ އުނޫޝް ގެޔަށް ދިޔަ އިރަކުންނެވެ. އުނޫޝް އަދި މާ ހެޔޮ އެދޭމީހަކަށް ވެގެން އުޅޭއިރު ހަގީގަތާއި ކުރިމަތި ލާން ވެސް ނޭނގެއެވެ. ފޫހިވެގެން ގޮސް ނާޝްއަށް ހޫން އޭ ބުނެވުނީއެވެ.

” އައި ވޮންނަ ޓޯކް ޓު ޔޫ. އެކަމް ހުރިހާ އެންމެން ދިޔައީމަ… ” ފަހުމާގެ ކަންފަތް ދޮށުގައި މިހެން ބުނެފައި އެހެން މީހަކަށް ހިލަމެއްވެސް ނުވާނެހެން އުނޫޝް ތަންކޮޅެއް ދުރުގައި މަޑު ޖެހިލިއެވެ. އޭރު ހެވިފައި ތިބެ ނަޝީދުގެ ދެމަފިރިންނާއި މިފްޒަލްގެ ދެމަފިރިން އާދެއެވެ.

” އައްދޭ. އަހަރެމެންގެ ފަހޫ ލަދުން ވާހަކަވެސް ނުދައްކަޔޭ ދޯ. ” ހަގީގަތެއް ނޭނގި ހުރެ އިސްޖަހައިލައިގެން ހުރި ފަހުމަޔާއި ދިމާލަށް އަމީނާ ބުންޏެވެ. އޭރު ދަތްޕިލަ ސޭލުގައި އަޅުވައިގެން ފަހީމާވެސް ހުރީ ހެވިފައެވެ. ފަހުމާ މާ މަޑުން ހުންނާތީ އަމީނާއަށް ހީވީ އެހެންނެވެ. އޭރުވެސް ކިޔާން ހުރުމުން އެއްޗެކޭ ބުނަން ފަހުމާއަށް ނުކެރުނީއެވެ. ” ދެން ހެވޭ އަހަރުންގެ ކުއްޖާޔާ މަލާމަތް ނުކުރިއަސް. އަނެއްކާ އެހާ ރީތި ކުއްޖެކޭ ދޯ ލިބުނީވެސް. ” ފަހީމާވެސް ބެލީ ފަހުމާ ލަދު ގަނެތޯއެވެ. ނަމަވެސް ލަދުގެ ބަދަލުގައި ފަހުމާގެ ހިތް ދިޔައީ ރޮމުންނެވެ.

” ދެން މިމަންޖެ ވާހަކައެއްވެސް ނުދައްކާނެ. އުފަލުން ގޮސް ދައްކާނެ ވާހަކައެއްވެސް ނެތީ ތޯއްޗެ. ދޮންބެމެން ދާން ވެއްޖޭ އިނގޭ ފަހޫ. މިހާރު މާ ލަސްވެސް ވެއްޖެ. ނޭނގެ ޔާން ނުހޭލާކަމެއްވެސް. މިއައީވެސް ކުރިމަތީ ގޭ ސަރީފާ ކައިރީގައި ބަލާލައްޗޭ ބުނެފަ.  ” މިހެން ބުނެ އީނާޝްއާއި ދިމާލަށް އެނބުރިލާ ދާން ހިނގާށޭ ބުނަމުން މިފްޒަލް ހިނގައިގަތެވެ. ” ބައްޕާ އީނޫ ބޭނުމީ މިރޭ މިގޭގަ ނިދާން. ފަހޫ 6 މަސްފަހުން ރަނގަޅު ވީމަ ފަހޫ ކައިރީގަ ހުންނަން. މާދަން މަރުކަޒަށް ދާންވީމަ ގެޔަށް ދާނަން 7 ޖަހާކަން ހާއިރު. ބައްޕަމެން ދޭ. ” މިފްޒަލްމެން ހިސާބަކަށް ނިކުތް އިރަށް އީނާޝް ބުންޏެވެ. މިފްޒަލް ބަލައިލީ ނަޝީދުގެ މޫނަށްށެވެ. އަދި ނަޝިދު ބޯޖަހައިލުމުން ކުރެވުނު އިތުބާރަކުން ނިކުމެގެން ދިޔައީއެވެ.

ކިޔާންވެސް އިރުކޮޅަކު ހުރެފައި މާދަން އަންނާނަމޭ ބުނެ ނިކުމެގެން ގޮއްސިއެވެ. އޭރު ކިޔާންގެ އިންތިޒާރުގައި ބޭރުގައި މަޑުކޮށްލައިގެން ލާމިއު ހުއްޓެވެ. ފަހުމާއަށް ފެނިދާނެތީ އެތެރެއަށް ވަންނާކަށް ނުކެރުނެވެ. ފަހުމާގެ ހިތުގައި ކުއްލިއަކަށް ކިޔާންއަށް ޓަކައި ނަފްރަތު އުފެދުނެވެ. އޭނާގެ ހަޔާތަށް މިރޭ ލިބުނު ކުޑަކުޑަ އުފާވެސް އެކިޔާން އާއި ހެދި ނެތި ދިޔައީއެވެ. ފަހުމާއަށް ބަލައިލެވުނީ ގޭގެ ދޮރުން ނިކުމެ ނިކުމެ ހުރި ކިޔާން އާއި ދިމާލަށްށެވެ. ތުންގަނޑު ދަމާލަން ހިތުލައިގެންނެވެ. ނަމަވެސް އޭގެ ކުރިން ދޮރު ކައިރީ ހުއްޓެލައިގެން ހުރި ލާމިއު ފެނިފައި ފަހުމާގެ ދެލޯ ބޮޑު ވެގެން ދިޔައީއެވެ. ލާމިއުވެސް ފަހުމާއާއި ދިމާލަށް ބަލައިލީ އެވަގުތުއެވެ. ހަތަރު ކަޅި ހަމަވެގެން ދިއުމާއިއެކު ފަހުމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭރު ލާމިއު އަނެއްފުށަށް އެނބުރެއްޖެއެވެ. ނަމަވެސް ފުރަގަހަށް އެނބުރެމުން ދިޔައީ ފަހުމާއާއި ވަކި ވާން ބޭނުން ނުވާތީއެވެ. ފަހުމާގެ ލޮލުން ހާމަވަމުން ދިޔަ އާދޭސްތަކަށް ފަސްޖެހޭނެހާ ހިތްވަރެއް ނެތުމުންނެވެ. ފަހުމާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަށް ފޮހެނުދީ ދާން ނުކެރުނީމައެވެ.

އެގޮތަށް ފަސްއެނބުރެމުން ލާމިއުއަށް ގޭޓާއި ހަމައަށް ދެވުނެވެ. ފަހުމާގެ ހިތުގައި ދެމީހުން އުމުރަށް ވަކި ވަނީ ކަމުގެ ރަތް ސިގްނަލް ދިއްލިގެން ދިޔައެވެ. އަދި ބާރަކަށް ” ލާމީ” އޭ ކިޔައި ގޮވައިލި އަޑު މުޅި ފަޒާގައި ގުގުމަން ފަށައިފިއެވެ. އޭރު އަމިއްލަ ވާހަކަތަކެއްގައި ތިބި އެންމެންނަށްވެސް ފަހުމާއަށް ސަމާލުކަން ދެވެން ފަށައިފިއެވެ. ނަމަވެސް އޭގެ ދެވަނަ ސުކުންތުގައި ފެނުނީ ގައިގާ ހުރި ބާރެއްލާފައި ފަހުމާ ދުއްވައިގަތްތަނެވެ. އޭރު ލާމިއުގެ އަތުގައި ހިފައިގެން ކިޔާން ނިކުމެއްޖިއެވެ. ފަހުމާ ދުއްވައިގަތުމުން ފަހަތުން ނަޝީދުއާއި ދެން ތިބި މީހުންވެސް ދުއްވައިގަތެވެ.

ހިނގަމުން ދިޔަ ލާމިއުއާއި ކިޔާންގެ ފިޔަވަޅު މަޑު ޖެހުނީ ލާމިއުގެ ގައިގާ ބައްދާގަތް ފަހުމާ ފެނިފައެވެ. އޭރު ފަހުމާގެ ގިސްލުމުގެ އަޑު ލާމިއުގެ ހިތުގެ އެންމެ އަޑީގައި ގުގުމަން ފަށައިފިއެވެ. ފަހުމާގެ ލޮލުން އޭނާގެ މޭގައި ބީހެމުން ދިޔަ ތާޒާ ކަރުނަތަށް އޭނާގެ ހިތްވެސް ރޮއްވަން ފަށައިފިއެވެ. ލާމިއުއަށް ބޭއިހްތިޔާރުގައި ފަހުމާގެ ބުރަކަށީގައި އަތް ވަށައިލައި ދެލޯ މަރައި ލެވުނީ މުޅި ދުނިޔެ މަތިން ވެސް ހަނދާން ނެތި ހުރެއެވެ. އޭރު މީހަކު ވިސްނާނެ ވިސްނުމެއް އެހިޔާލަށް ގެނެވޭވަރަށް ވުރެ ފަހުމާގެ ހިތަށް ކުރާނެ އަސަރަކާއި މެދު ވިސްނެން ފަށައިފިއެވެ.

ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތް ވޭ….

ތިޔަ ހީލުން ފެނި ހާއިރާން ހިތްވޭ…

ދީވާނާ ލޯބިން ވެއްޖޭ…

ގޮތް ނޭނގެ އިހްސާސެއް އެބަވޭ..

ޖާދޫ ވީ މަންޒަރުތައް ސިފަވޭ…

ދުލުން ބަޔާން ކުރަން ދަތި ވެއްޖޭ..

ހުވާ ކޮށްފާ ބުނަން ލޯބިވޭ..

ކަލާދެކެ އިންތިހާ.. ލޯބިވޭ..

ހުވާ ކޮށްފާ ބުނަން.. ހިތް ގަޔާވޭ..

މުޅި ޖާން ދޭނަމޭ ލޯބިން ހުވާ…

ފަހުމާގެ ފަހަތުން އައި އެންމެންނަށް ހައިރާންވެފައި ތިބެވުނީ ފެނުނު މަންޒަރުންނެވެ. އެކަކަށްވެސް ހަރަކާތެއް ކޮށްލާނެ ހާ ހިތްވަރެއް ނުލިބުނެވެ. އެއަށް ވުރެ ބޮޑަށް އަންތަރީސް ވެވުނީ ޝާން އަކީ ލާމިއު ތޯ ސުވާލު އުފެދިފައި ތިބެއެވެ. ކިޔާންއަށްވެސް ރުޅި އައިއްސަ ހުރެވުނީ ހުރިހާކަމެއް ވަނީ ގޯސްކޮށްށޭ ހިތައިއެވެ. އަދި ދުރަށް ޖެހިލާ އީލާމަށް މެސެޖެއް ކޮށްލައި އަންނާށޭ ބުންޏެވެ.

ނަޝީދުއަކަށް ކެތެއް ނުކުރެވުނެވެ. ލާމިއު ކަހަލަ އަނިޔާވެރިޔަކާއި އޭނާގެ ކުއްޖަކާއި ގާތްވުމުގެ ފުރުސަތެއް ދެނެއް އޭނާއެއް ނުދޭނެއެވެ. އަދި ބާރަކަށް ގޮސް ގަދަކަމުން ކަހަލަ ގޮތަކަށް ފަހުމާއާއި ލާމިއު ދުރުކޮށްލިއެވެ. ފަހުމާ ރޮއެގަނެފައި ތިހެން ނަހަދާށޭ ބުނަން ފެށިއެވެ. ނަމަވެސް ނަޝީދު ރުޅި އައިސް ރަތްވެހުރެ ފަހުމާގެ އަތުގެ އުޅަބޮށީގައި ހިފައި ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދެން ތިބި މީހުންވެސް އަނގަމަޑުން ލައިގެން ހުރެ ނަޝީދުގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް ލާމިއުއާއި ކިޔާންއަށް ހުރެވުނީއެވެ. ” ޝާންއާ ކިޔާންވެސް އާދެބަލަ.” ކިޔާން އާއި ލާމިއު މަޑު ޖެހިލައިގެން ހުރުމުން ނަޝީދު ބުންޏެވެ. އޭރުވެސް ފަހުމާ ދިޔައީ އަޑުގެ ކޮޅަށް ރޮމުންނެވެ.

ހުރިހާ އެންމެން ގެޔަށް ވަދެ ހަމަ ވެއްޖެއެވެ. ފަހުމާ ކިތަންމެ ވަރަކަށް ލާމިއު ކައިރިއަށް ދާން މަސައްކަތް ކުރި އެއްކަމަކު ނަޝީދު ހުރީ އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ހުރިހާ އެންމެންނަށްވެސް އިސްޖަހައިލައިގެން ހުރެވުނީ މިރޭގައި ކަންތައްތައް ވާނެ ގޮތެއް ނޭނގޭތީއެވެ.

” ދޮގު ނުލާ ބުނޭ. ތީ ލާމިއުތަ؟ ” ލާމިއުއާއި ދިމާލަށް ނަޒަރު ހިންގަމުން ނަޝީދު އަހައިލިއެވެ. ” ބޭބެ. ނޫން. ޝާ..” ކޮއްޓަމުން ކިޔާން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވީ ޝަހާދަތް އިނގިލި ދިއްކޮށްލަމުން ނަޝީދު “ސުވާލު ކުރި މީހާ ޖަވާބު ދޭށޭ” ބުނުމުންނެވެ. ލާމިއުއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ބަލައިލެވުނީ ފަހުމާއާއި ދިމާލަށްށެވެ. މިއަދު ފަހުމާއަށް އޭނާގެ އެހީ ވަރަށް ބޮޑަށް ބޭނުން ވެއެވެ. އަނެއްކޮޅުން އޭނާއަށް އުފަލެއްވެސް ލިބެން އޮތީ އާނއެކޭ ބުނުމުންނެވެ. ނަމަވެސް އޭނާ އާނ އެކޭ ބުނެފިނަމަ ފަހުމާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ނޫނެކެވެ. ފަހުމާއަށް އެއްގޮތެއްވެސް ނުވާނެއެވެ. އޭނާއާއި ފަހުމާއާއި އެއްގަލަކަށް އަރާފިނަމަ އެއްވެސް އިންސާނަކަށް އެދެމީހުން ދުރެއް ނުކުރެވޭނެއެވެ. އެހެންވީމާ އޭނާ ތެދު ބުނާނީއެވެ.

” އާން. އަހަންނަކީ ލާމިއު. އަހަރެން ފަހުމާއަށް ލޭދިނީވެސް. ޝާނެއް ނޫން. ” އެހުރި ގޮތަށް ހުރެ ލާމިއު މިހެން ބުނުމުން ހުރިހާ އެންމެންނަށް ގަބޫލް ކުރަން އުނދަގޫ ވިއެއް ކަމަކު ރުޅިވެސް އާދެވުނެވެ. ނާޝްއާއި އުނޫޝް ފިޔަވައެވެ. އެދެމީހުންގެ ހިތަށް ފިނިކަމެއް ލިބުނީ ލާމިއު އަލުން އައިސް ހުރިހާ ކަމެއް ރަނގަޅު ކުރާނެކަން އެނގުނީމައެވެ. ފަހުމާވެސް ވަރަށް އުފާވިއެވެ. އަދި ގައިގާ ހުރި ބާރެއްލާފައި ނަޝީދުގެ އަތުން އޭނާގެ އަތް ނައްޓާލައި ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އަނެއްކާވެސް ނަޝީދު ފަހުމާ ހުއްޓުވައިފިއެވެ. އަދި ފަހީމާގެ އަތަށް ފަހުމާގެ އަތް ލަމުން ލާމިއުއާއި ދިމާލަށް ހިނގައިގަތެވެ. އަދި ލާމިއު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައި ދަތް ކުޑި ވިކާލިއެވެ. އޭރު ތިހެން ނަހަދާށޭ ކިޔައި ފަހުމާ ރޯންފަށައިފިއެވެ. ” ކަލޭ ކައިރީ ކާކު ބުނީ ދެވަނަ ފަހަރަށް އަހަރެމެންގެ ދިރިއުޅުމަށް އަންނާށޭ. ފަހޫއަށް ލޭދިނީ ކަލޭކަން ކުރިން އެނގުނު ނަމަ މަރުވިޔަސް ލޭ ނޭޅީމުސް. ކަލޭ ތީ ތިހާ ހަޔާތް ކުޑަ މީހެއް ކަމަކަށް ދުވަހަކުވެސް ހިތަށް ނާރަން. ” ނަޝީދު ބުނަމުން ދިޔައެވެ. އަދި އަތްތިލަ މަޅާލަމުން ބާރަކަށް ލާމިއުގެ ގައިގާ ތަޅަން ފެށިއެވެ. އުނޫޝްއާއި ސާއިމް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ނަޝީދު ހުރީ މާ ރުޅި އައިއްސައެވެ. އަދި އޭނައާއި ގާތް ނުވުމަށް ގޮވަން ފެށިއެވެ. ލާމިއުއަށް ލިބެމުން ދިޔަ ޒަހަމްތަކަށް ބަލަހައްޓައިގެން ހުންނާކަށް ފަހުމާއަކަށް ކެތެއް ނުވިއެވެ. އަދި ފަހީމާގެ އަތުން ވީއްލިގެން ކަހަލަ ގޮތަކަށް ދުވެފައި ގޮސް ބަދިގެޔަށް ވަދެ ވަޅި އެއް ނަގައިގެން ނިކުމެ ކަރުގައި އަޅުވައިލިއެވެ.

” ބައްޕާ.”

ހުރިހާ އެންމެން ސިހިގެން ދިޔައީ ކަރުގައި ވަޅި އަޅުވައިގެން ހުރި ފަހުމާގެ އަޑަށްށެވެ. އަދި އަނގަ މަތީ އަތް އަޅަމުން ތިހެން ނަހަދާށޭ ބުނެ ހަޅޭއްލަވަން ފެށިއެވެ. ނަޝީދުއަށްވެސް މަޑު ޖެހިލެވުނީއެވެ. ލާމިއުއަށް ފަހޫއޭ ކިޔައި ހަޅޭއްލެވެން ފެށުނީއެވެ. އަދި ހަމަ އެވަގުތުގައި ހުރިހާ އެންމެނަށް ފަހުމާއާއި ކައިރިއަށް ޖެހެން ފެށިއެވެ. ” ހަނދާން ކުރާތި އަހަންނާ ކައިރިއަށް ޖެހެންޔާ ކަރުގަ ވަޅި އަޅުވާނީ.” ގޮތްދޫނުކުރަމުން ފަހުމާ މިހެން ބުނުމުން ހުރިހާ އެންމެނަށް މަޑު ޖެހިލެވުނީއެވެ. ” އެންޑް ބައްޕާ. ބައްޕަ ދެން އެންމެ ފަހަރަކުވެސް ލާމިއުގެ ގައިގާ ޖަހައިފިއްޔާ އަހަރެން މަރުވާނަން. ” ކަރުނަތަށް ހުއްޓުމެއް ނެތި ބާލަމުން ފަހުމާ ބުންޏެވެ.

” އޯކޭ. ދަރިފުޅާ. ބައްޕަ ނުޖަހާނަމޭ. އޭނާ ގެޔަށް ދާން ދޫކޮށްލާނަމޭ. ޕްލީޒް ވަޅި އެއްލާބަލަ. ” ނަޝީދުއަކަށް ކެތެއް ނުކުރެވުނެވެ. އަމިއްލަ ދަރިފުޅު ކުރިމަތީގައި ހުރެ މަރުވާން އެދޭނީ ކޮން މައެއް ބަފައެއް ހެއްޔެވެ؟

” ގުޑް. ލާމިއު ފޮނުވާ އަހަރެންގެ ކައިރިއަށް. އަވަސް.” ވަޅި އިތުރަށް ގާތް ކުރަމުން ފަހުމާ ބުންޏެވެ. ލާމިއުއަށް އަވަހަށް ފަހުމާގެ ކައިރިއަށް ދުއްވައިގަނެވުނީއެވެ. ދެން ތިބި އެކަކަށްވެސް އެކައްޗެކޭވެސް ބުނާކަށް ނުކެރުނެވެ. އެޔަށް ވުރެ އެމީހުން ތިބީ ބިރުންނެވެ. ފަހުމާ ކަރުނަތަށް ފޮހެލަމުން ވަޅި ބިންމަތީގައި ބާއްވައިލެވުނީއެވެ. އަދި ލާމިއުއާއި ގާތްވެލަމުން ޒަހަމްތައް ލިބިފައި ހުރި ތަންތާގައި ފިރުމާލެވުނީ ރޮމުންނެވެ.

ފަހުމާ މަޑު މަޑުން ލާމިއުގެ އަތުގައި ހިފައިލަމުން ތަންކޮޅެއް ދުރުގައި އިން ކަބަޑެއް ހުޅުވާލަމުން ފަސްޑް އެއިޑް ބޮކްސް ނެގިއެވެ. އަދި ލާމިއު އެތަނުން ގޮނޑިއެއްގައި ބައިންދާ ލޭތައް ސާފުކޮށް ބޭސްއަޅަން ފެށިއެވެ. އޭރުވެސް ފަހުމާގެ ލޮލުން ކަރުނަ ހުސްނުވެއެވެ. ނަޝީދު ފިޔަވައި  ހުރިހާ އެންމެންނަށްވެސް މަންޒަރު ބަލަން ހުރެވުނީ ރޮވިފައި ތިބެއެވެ. ހުދު ލާމިއުއަށްވެސް ހުރެވުނީ ރޮވިފައެވެ. ފަހުމާ ލާމިއުދެކެ ކިހައި ލޯބި ވޭ ހެއްޔެވެ؟

” ވާ. ވާ. ވާ. ބަފައިބޭ ޕިސް. ޕިސް.”  ދޮރު ކުރިމަތިގައި ހުރެ މީހަކު އަތްބަޑި ތަޅާތަން ފެނުމުން އެންމެނަށްވެސް ބަލައިލެވުނީއެވެ. އެއީ އެމީހުންނަށް ހީވެފައި އޮތް ގޮތުގައި ލާމިއުއެވެ. އަނެއް ގޮތަށް ބުނަނީނަމަ އީލާމްއެވެ. އީލާމް ވަތް ގޮތަށް އައިސް ނަޝީދުގެ ކުރިމަތީގައި ހުއްޓެލިއެވެ. އެންމެނަށް ހައިރާންވެފައި ތިބެވުނީ ލާމިއުއާއި އީލާމްއާއި ދިމާލަށް ބަލާންށެވެ. ދެންމެ ވަދެގެން އެއައީ ލާމިއު ކަމަށް ވާނަމަ ޝާންއަކީ ކާކު ހެއްޔެވެ؟

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

ވޭނީ އާޙް!

Next

ދޭނަން ހިތާ ޖާނާ. (2)

Next
June 14, 2016

ދޭނަން ހިތާ ޖާނާ. (2)

Previews
June 13, 2016

ވޭނީ އާޙް!

48 Comments!

  1. Ushaa says:
    June 14, 2016 at 12:37 pm

    Nd finallyy 20 dw… Mi prt dhigu vaane insha allah… Hope u will lyk dis prt 2… Enjoy readin…

  2. zai says:
    June 14, 2016 at 1:16 pm

    V v v rythii… Dhn in bai avahah up kohdhehcheh

    1. Ushaa says:
      June 14, 2016 at 1:19 pm

      Thank you zai.. Insha allah ushaayah v emme avahakah up kuraanan.. Kyp waitin..

  3. aree says:
    June 14, 2016 at 1:32 pm

    wow wow wow wow ushaaa…. hrdha reeethiiii ey mi prtvx… neyngun bunrne ehcheh vx hama?n mii prt ehaa kuruheneh hieh nuvey… aslu vaa gothakee ushaa kithanme dhigu koh liyunas maa bodah kiyaahithun innaathee heevanee kaneynge kuruhen…?nxt prt vx avahah up kohlladhehchey…. gud luck?

    1. Ushaa says:
      June 14, 2016 at 1:35 pm

      Thnkxx alot..hehhe.. Tht means alot 4 me… Ya vedhaane ehnvx.. Nd ushaa bxy v ma kuru kh up vany kamahvx vehdaan.. Insha allah avahah up kuraanan nxt prtvx… Thnkxxx..

  4. laimaan says:
    June 14, 2016 at 1:40 pm

    Asthaa thioh ninmaali hisaabeh dhw. V v v v v reethi mi part. Alhe dhen konirakun aneh part. V kiyaahithun inndha enimuny vs. Hope kuran next part avahah kiyaalan libeyne kamah

    1. Ushaa says:
      June 14, 2016 at 1:45 pm

      Hehehe.. e ee laimaange hiy thalhuvaalanvegen… Thank yuh.. Insha allah vrh avahah up kuraanan… Kyp waitin.. THNKXX..

  5. amy says:
    June 14, 2016 at 1:41 pm

    v.v. reethi 🙂
    kon iraku next part up kohdheynee?

    1. Ushaa says:
      June 14, 2016 at 1:55 pm

      Thnkxx… Insha allah ASAP nxt prt..

  6. Acyler says:
    June 14, 2016 at 1:43 pm

    Best of all!!! :-D:-D:-D. Waiting. …

    1. Ushaa says:
      June 14, 2016 at 1:59 pm

      Oww Acyler.. That means alot!!! Thankxx alot.. Kyp waitin..

  7. aff says:
    June 14, 2016 at 2:12 pm

    wow ushee ur great .. hama habeys ingey… keep goin … huriha enmeh thibeyny confuse vefa dhow.. hehe? keep going ushee.. ☺☺

    1. Ushaa says:
      June 14, 2016 at 3:09 pm

      Thank yuh so much Aff.. Aan dw.. Confuse vaanennu dw.. heheh.. Thakxx..

  8. nammi? says:
    June 14, 2016 at 2:20 pm

    Alhe haadha ryhchey . Maashaa allah . avahah up kh dhyba . Pls pls . Waiting 4 next part . V v v nice . ?????

    1. Ushaa says:
      June 14, 2016 at 3:10 pm

      Thnkxx alot.. Insha allah vrh avahah up kohdheynan.. Jxt kyp waitin…. Thankxx…

  9. Same says:
    June 14, 2016 at 2:33 pm

    next part konirakun. v v v reethi mi part.

    1. Ushaa says:
      June 14, 2016 at 3:12 pm

      Nxt prt vrh avahah.. Thnkxx..

  10. Nauher says:
    June 14, 2016 at 3:01 pm

    Varah reethi…when nxt part…..thankolheh kuru hen hyvany adhives…..cant wait to read nxt part…thankolheh avahah up kohdhehchey ingeyy…..plx plz plzz plzz

    1. Ushaa says:
      June 14, 2016 at 3:15 pm

      Thnkxx.. Nxt prt ASAP.. Adhivx kuru?? Ushaa balaanan miyah vure digu kureveytho.. Nd ya.. Avahah up kuraanan…

  11. Ivy says:
    June 14, 2016 at 4:07 pm

    Wow wow wow ☺☺☺
    Varah happy mivaa gothun hehehe ???

    1. Ushaa says:
      June 14, 2016 at 4:20 pm

      Thankxx… Heheh.. Mivaagoi hama bxt dw… U lyk villains dw…

  12. Youme says:
    June 14, 2016 at 4:30 pm

    Speechless…

    1. Ushaa says:
      June 14, 2016 at 4:52 pm

      Thnkxx alot..

  13. samey says:
    June 14, 2016 at 5:23 pm

    Ushaa thii hama best v v v v salhi keep it up ushhhh ushaa mee u ge first vaahaka tha

    1. Ushaa says:
      June 14, 2016 at 5:29 pm

      Oww.. Thnk yuh so so so much… Ya mii ushaage first stwrii.. Bt mihaaru hiyeh nuvey 1st stwrii heneh.. Cox baivaru prtah liyevijje nu dw…

  14. saamii says:
    June 14, 2016 at 5:48 pm

    Varah reethi ❤❤❤❤

    1. Ushaa says:
      June 14, 2016 at 5:51 pm

      Thnkxxx..

  15. Appy says:
    June 14, 2016 at 7:37 pm

    Alhe haadha interesting hisaabakunney thinimmaaly ushaaaa

    1. Ushaa says:
      June 14, 2016 at 9:32 pm

      Ya.. E ee hiy thalhu vailaan vegen..

  16. Phy says:
    June 14, 2016 at 8:07 pm

    Vvvv reethi….kehmadhuvefa nxt part ah….mihaaru mi site ge vaahaka thah v obi ingey…hehe

    1. Ushaa says:
      June 14, 2016 at 9:33 pm

      Thnkxx… Kyp waitin… Ur right mi sitega vaahakthah vrh salhi… Ushaavx baeh vaahakathah kiyan…

  17. Anee says:
    June 14, 2016 at 8:16 pm

    V reethi .luv this story ..avahah next part up kohdehcheyy plxx..cant wait to read that…v well going ushaa..keep it up..:-) 🙂

    1. Ushaa says:
      June 14, 2016 at 9:35 pm

      Thnkxxx… Kyp lovin… Avahah up khdheynan insha allah… Kyp waitin.. Thnkxx alot…

  18. Naana says:
    June 14, 2016 at 8:56 pm

    Vvvvvvvvvvvvvvvvvvvvvvvvvvv reethii
    Whn next part…..

    1. Ushaa says:
      June 14, 2016 at 9:35 pm

      Thnkxxxxxxxxxxxxxxxxxxxxxx..
      Nxt prt insha allah ASAP..

  19. shern says:
    June 14, 2016 at 9:52 pm

    Ushaa Ushee Ushoo stry vvvv habeyx.. n daily koh up kohdheythii vvvv ufaavey… nxt prt vx avahah up kohdheynekamah ummeedhukuran..❤❤❤❤❤❤❤❤❤

    1. shern says:
      June 14, 2016 at 9:53 pm

      i mean ehaa gina dhusnukoh up kohdhey vrhaka.. ?

    2. Ushaa says:
      June 14, 2016 at 10:01 pm

      Hehhe.. So many nick names dw… Ya ushaavx vrh ufaavey mi stwrii kiyaa theeve.. Nxt prtvx avahah up koh dheynan… Jxt kyp waitin…

  20. iris says:
    June 15, 2016 at 10:40 am

    Ushaa.. Haadha hie thelhey hisaabakun ey thi nimmaalee… Alhe avahah aneh part up kohdhehchey… Waiting.. ???????

    1. Ushaa says:
      June 15, 2016 at 11:11 am

      Dw Iris.. Hama hiy thalhu vaalaa hiy v yey… Insha allah avahah up khdheynan… Kyp waitin… Thnkxx alot…

  21. lai says:
    June 15, 2016 at 11:34 am

    pis ushyy .. haadha ehen kahala hisaabakun ney thi ninmaaly .. alheyy dhn vaagotheh balaalan mihiry kehmadhuvefa hama hehe ..dhn hagygai ingeyny kon dhuvahakunthaaaaa? … i jst luv luv luv luv luv luvvvvvvvvvv ur stry hehe .. cmnt nukuriyas baraabarah kiyan .. v ryyythi .. waiting waiting fr nxt part .. gud luck n keep it up .. 🙂 🙂

    1. Ushaa says:
      June 15, 2016 at 11:48 am

      Hmm Dw lai.. Kn kahala thanakunney dw mininmaalevuny… Jxt kyp waitin ingey.. Hageegaivx ingeyne kommx dhuvahakun… Kyp luvin.. Nd ushaa vrh hppy mistwrii kiyaathy… Thnkxxxxx.. Kyp waitin.. ThnkQ.

  22. Liaa says:
    June 15, 2016 at 1:34 pm

    Liaa ah mi story v v reethi .. 🙂 Mee Ushaa ge big fan eh ingey.. Nxt part ge inthixaar ga mi hury .. Gud luck!

    1. Ushaa says:
      June 15, 2016 at 3:14 pm

      Thnk yuh thnk yuh so so so much…. Nd ur de 1st fan of me who i know.. hehe.. That means alot.. Kyp waitin… Thnkxx….

  23. Liaa says:
    June 15, 2016 at 3:47 pm

    :-/ wat do you mean by “who i know” ?

    1. Ushaa says:
      June 15, 2016 at 4:09 pm

      Oww.. Swrii.. Mi buny ushaayaa dhimaalah adhi kiriya ey kujjaku thimanna myyy fan ekey buny… Thnkxx Liaa…

  24. Liaa says:
    June 15, 2016 at 4:17 pm

    Ow..Ur welcome Ushaa ^-^ will always remain as a fan 🙂

    1. Ushaa says:
      June 15, 2016 at 4:19 pm

      Thats so swyt of yuh…

Comments are closed.

Next Episodeބޭވަފާތެރި ނުވަމޭ ޔާރާއޭ..( 21 ވަނަ ބައި)←


All Right Reserved!