Skip to content
އެސްފިޔަ

އަސަރު 14

” އިބްރާހީމްފުޅުބޭ ކަމެއް ކޮއްފައި މި ދޭނަން…. މި ބަލާ އާދޭ ތިންދުވަސް ފަހުން.. އޭރަށް ނިންމާލާނަން… ދެން ބުނަން.. މި ދޭން ޖެހޭނީ އެކުއްޖާގެ ވާއަތަށް… ވިސްނާތި މިބުނި ތަންކޮޅަށް…” އިބްރާހީމްފުޅު އެ ޗޮކުލެޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ހުސައިނު އިބްރާހީމްފުޅަށް ޝުކުރު އަދާކޮށްފައި އެގެއިން ނިކުންނަން ހިނގައިގަތް އިރު އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އަހުލާވެސް ހުރީ ނިކަން އުފަލުންނެވެ. މީހަކަށް ބޮޑު ދެރައެއް ދެވެން އުޅޭ އިރުވެސް އެދެމީހުންގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ.

***************

ޝިކާއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. އަވަސް އަވަހަށް ތެދުވެ ގަޑި ބަލާލިއިރު މެންދަމު 3 ޖަހަނީއެވެ. ކޮޓަރީގެ ބޮކިތަށް ނިއްވާފައި ހުރުމުން އޭނާއަށް އަނދިރީގެ ތެރެއިން ތަންތަން ވަކިވާ ވަރު ވީ ކުޑަ އިރުކޮޅެއް ފަހުންނެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ ގޮސް ކޮޓަރި ދޮރު ހުޅުވާލީ ވަރަށް މަޑުމަޑުންނެވެ. އަދ މަޑު ހިނގުމެއްގައި ގޮސްް ބަދިގެއަށް ވަދެ އައިސް އަލަމާރި ހުޅުވާލައި އައިސް ފެންފުޅިއެއް ނެގިއެވެ. އަނގައަށް ފެންފޮދެއް އޮއްސާލެވުނުތަނާ އޭނާއަށް ދޮރެއް ހުޅުވާލި އަޑު އިވުނެވެ. ފެންފުޅި މޭޒުމަތީގައި ބެހެއްޓުމަށްފަހު ހިތުގައި ބިރުވެރިކަންވާ ހާލު އޭނާ ކުޑަ ކުޑަކޮށް ސިޓިންގރޫމް ތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ދޮރެއް ލެއްޕުނު އަޑު އޭނާއަށް އިވިގެންދިއައެވެ. އެއީ ބޭރުން ސިޓިންގރޫމު ދޮރު ލެއްޕުނު އަޑުކަން އޭނާއަށް ޔަޤީންވީ އަޑު އައީ އެދިމާއިން ކަމުގައި ވާތީއެވެ. ބަދިގެތެރޭ ފިލައި ހުރެގެން ސިއްރުސިއްރުން ބަލަން ހުރި ޝިކާއަށް ހީކުރެވުނީ ގެއަށް ވަގެއް ވަންނަނީ ކަމުގައެވެ. ހުޝިޔާރުކަމާއެކު ގެއަށް ވަންނަނީ ކާކުތޯ ބަލަން އޭނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަމަވެސް އޭނާގެ އަނގަ ހުޅުވިގެން ދިއައީ ގޭތެރެއަށް ވަދެގެން އައި ރީނާ ފެނިފައެވެ. ނޫކުލައިގެ ޓޮޕަކާއި ކަޅު ސްކިނީއެއް ލައިގެން ހުރި އިރު ބޮލުގައި އާދައިގެ ކުޑަ ބުރުގާކޮޅެއް އަޅާފައި ހުއްޓެވެ. ދެކޮޅު ހޯދާ ބަލާލުމަށްފަހު ރީނާ ސިއްރުސިއްރުން ކޮޓަރިއަށް ވަދެގެން ދާތަން ބަލަން ޝިކާ ހުއްޓެވެ. ޝިކާގެ ހިތުގައި ސުވާލުތަށް ފުނިޖެހެން ފެށިއެެވެ. އޭނާ ކޮޓަރިން ބޭރަށް ނިކުތް އިރު ރީނާ އެނދުގައި ނިދާފައި ނެތީހެއްޔެވެ؟ ޝިކާ ވިސްނާލިއެވެ. އޭނާ ނިކުމެގެން އައީ ރީނާމެން އޮތްތޯ ބަލާފައެއް ނޫނެވެ. އެހެންނޫނަސް ކޮޓަރިތެރެ ހުރީ ވަރަށް އަނދިރިކޮށެވެ. ނަމަވެސް ޝިކާއަށް ވުރެ ކުރިން ކޮންމެ ދުވަހަކުވެސް ރީނާ ނިދައެވެ. ރީނާ މި ބޭރަށް ނިކުންނަނީ ރަނާ އާ ޝިކާ ނިދުމުންކަން ޝިކާއަށް ޔަޤީންވިއެވެ. ނަމަވެސް ރީނާ ގާތު މިކަމާ ބެހޭގޮތުން ސުވާލުކުރަންވީބާއެވެ؟ ސުވާލުކޮއްފިނަމަ ރީނާ ހަދާނީ ދޮގެއްކަން ޝިކާއަށް ވިސްނުނެވެ. އެންމެ މޮޅު ގޮތަކީ ދެން އަންނަ ރެޔަކުން ރީނާ އަށް ފާރަލުމެވެ. ހިތާ ހިތުން އޭނާ މިކަން ކުރަން ނިންމަމުން ކޮޓަރިއަށް އެޅި ފިޔަވަޅު މަތީ އަނެއްކާވެސް ހުއްޓުނެވެ. އޭނާ މިވަގުތު ކޮޓަރިއަށް ގޮސްފިނަމަ އޭނާއަށް އެނގޭކަމާމެދު ރީނާއަށް ޝައްކުވެދާނެއެވެ. ކޮޓަރިއަށް ދިއުން އެންމެ ރަނގަޅު ވާނީ ރީނާ ނިދާހާ އިރުކޮއްފައެވެ. އޭނާ އެނދުގައި ނެތްކަން ރީނާއަށް ނޭނގެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. ޝިކާ އިރުކޮޅެއް ވަންދެން ސިޓިންގރޫމުގައި އިނދެލުމަށްފަހު ކޮޓަރިއަށް ދިޔައިރު ރީނާ ކުރުގެޅިގެން ނިދާފައި އޮތްތަން ފެނުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޝިކާ އެރޭ ނިދަން އޮތީ ރީނާގެ ބޮޑު ސިއްރު ހޯދުމަށް ހިތުގައި ޢަޒުމްކަނޑައަޅައިގެންނެވެ.

************

މެންދުރުގެ ވަގުތެވެ. ސިޓިންގރޫމު ތެރޭގައި އަހުސަން ޓީވީ އަޅުވައިގެން އިނީ ވެފައިވާ ފޫއްސެއްގެ ބޮޑުކަމުންނެވެ. ލިވާން އާ އަމީން ވެސް ވީ ކޮންމެވެސް ކަމަކު ބޭރަށް ގޮހެވެ. ރިމޯޑުން ފަހަރުކު ޗެނަލެއް ބަދަލުކުރަމުން ދިޔައިރު އެމޫނުމަތިން ފާޅުވަނީ ފޫހިކަމެވެ. ދޮރު ހުޅުވުނު އަޑަށް އަހުސަނު އެދިމާއަށް ބަލާލިހިނދު ޝިކާ ކޮޓަރިތެރެއިން ނިކުންނަނީއެވެ. އެވަގުތު ދެމީހުންގެ ލޮލާ ލޯ ސީދާވެ ހަރަތުކަޅި ބައްދަލުވެގެން ދިއައިރު ދެމީހުންގެ ހިތަށް ވެސް ތަފާތު ޝުޢޫރުތަށް ވެރިވަމުން ދިއައެވެ. އެއާއެކު އަހުސަނު އަވަސް އަވަހަށް އޭނާގެ ނަޒަރު އަނެއްކާވެސް ޓީވީއާ ދިމާއަށް ހުއްޓާލިއެވެ. ޝިކާ މަޑުހިނގުމެއްގައި އައިސް ޖައްސާލީ އަހުސަނު އާ އެންމެ ދުރުގައި ހުރި ސޯފާގައެވެ. ރަނާ ވެސް ޓިއުޝަނަށް ގޮސްފައިވުމުން އޭނާ ހުރީ ނުލާހިކު ފޫހިވެފައެވެ. އަހުސަނު ޝިކާއާ ދިމާ ބަލާވެސް ނުލިއެވެ. އޭނާއަށް ޝިކާ އެތަނުގައި އިންކަންވެސް ނޭނގޭ ކަހަލައެވެ. އޭރުވެސް އޭނާ ގެންދިއައީ ރިމޯޓްގެ ފިތްތަކަށް ފިތަމުން ޗެނަލްތަށް ބަދަލުކުރަމުންނެވެ. އެންމެފަހުން އެއްވެސް ޗެނަލަކުން ކަމުދާ އެއްޗެއް ނާންނާތީވެ އޭނާ ޓީވީ ނިވާލިއެވެ. ދެން އެމައުހޯލަށް ވެރިވެގެން ދިޔަ ހަމަހިމޭންކަމުން އޭނާގެ ހިތަށް އަނެއްކާވެސް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ޝިކާ އެތަނުގައި އިންކަން އެނގޭ އިރުވެސް އިންކަމަށް ނުހަދައި ހުންނަން ޖެހުމުންނެވެ. އެހެންވެ، އޭނާ އަނެއްކާވެސް ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީން އަންނަމުން ދިއައީ އިޝްޤީ ހިންދީ ލަވައެވެ. އަނެއްކާވެސް އެލަވައިން އޭނާގެ ހިތަށް އުނދަގޫތަކެއް ވެރިވަމުން ދިއައީ އެތަނުގައި ޝިކާ އިނުމުންނެވެ. އަވަސް އަވަހަށް ޗެނަލް ބަދަލުކޮއްލުމަށް ފަހު ހަމަޖެހެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

ޝިކާ ގެންދިއައީ ސިއްރުސިއްރުން އަހުސަން އާ ދިމާއަށް ބަލަމުންނެވެ. އޭނާ މިތަނުގައި އެކަނިވެފައި ފޫހިވެފައި އިން އިރު އެންމެ ފަހަރަކުވެސް އަހުސަން އޭނާ އާ ވާހަކަ ދައްކާލިއްޔާ ވާނީ ކީއްހެއްޔެވެ؟ ފެހި ކުލައިގެ ޓީޝާޓަކާ ނޫކުލައިގެ ޖިންސެއްގައި އަހުސަނު ފެންނަލެއް ނުހަނު ފިރިހެންވަންތައެވެ. އޭނާގެ ކަޅުކަން ގަދަ ބުމަ އާއި ބުޅި އިސްތަށިގަނޑު އޭނާގެ މި ސިފައަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ޝިކާގެ ހިތަށް ކުއްލިއަކަށް އެރި އެއްޗެއްގެ ސަބަބުން އޭނާ ފޯނުނެގީ އެއްމިޔަކުން ހިނިތުންވެ ހުރެއެވެ. އަދި މެސެޖެއް ލިޔެލައި އަހުސަން އަށް ފޮނުވާލީ އޭނާ އަށް ވާގޮތެއް ބަލާލުމަށެވެ.

ފޯނު ވައިބްރޭޓް ވުމާއެކު އަހުސަން އަށް ތެޅިގަނެވުނެވެ. އަވަސް އަރުވާލާފައި ފޯނު ނަގައި ބަލާލިއިރު ޝިކާގެ މެސެޖެކެވެ.

“ހައި.. ކީއްވެފަ؟” ޝިކާ އެ މެސެޖްގައި ލިޔެފައި އޮތެވެ. އަހުސަން އެއްބުމަ އަރުވާލަމުން ޝިކާ އާ ދިމާއަށް ބަލާލިއިރު އޭނާ އިނީ އިސްޖަހައިގެން ފޯނާ ކުޅޭށެވެ. ކުރިމަތީގައި އިނދެގެން މެސެޖު ކުރުމުން އަހުސަން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

“ކަމެއް ނުވޭ.. ފޫހިވެފަ.. ޔޫ ކީއްވެފަ؟” އަހުސަނު ޝިކާއަށް ރިޕްލައިކޮށްލިއެވެ.

އަހުސަން ގެ މެސެޖް އައުމުން ޝިކާ އެއްމިޔަކުން ހީލިއެވެ. އޭނާ އަހުސަން އަށް ބަލާލި އިރު ފޯނާ ކުޅެން އިސްޖަހައިގެން އިނެވެ. މިގޮތުގައި ދެމީހުން ދެމީހުން މެސެޖް ބަދަލުކުރަމުން ދިއައީ އެކަކު އަނެކަކުގެ މޫނަށް ބަލާވެސް ނުލައެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް ޝިކާ އާ އަހުސަން ގެ ގުޅުން ދިއައީ ބަދަހިވަމުންނެވެ. ނަމަވެސް އެއީ ހަމައެކަނި މެސެޖުންނެވެ. އެއްމަގަކުން ދެމީހުން ހިނގާފައި ދިޔަޔަސް އެކަކު އަނެކަކުގެ މޫނަށް ބަލާނުލި ނަމަވެސް ދެމީހުންނަށްވެސް ދަނީ އެކަކު އަނެކަކުގެ ކަންކަން ދަސްވަމުންނެވެ. އެކަކު އަނެކަކަށް ދިމާވާ ކަންކަން ހިއްސާކުރަމުން ގެންދެއެވެ. މިކަން އެގޭގައި އުޅޭ އެހެން ކުދިންނަކަށް ނޭނގެއެވެ. އެމީހުން ހީކޮށްގެން ތިބެނީ އަހުސަން އާ ޝިކާ ތިބެނީ ދެމީހުން ދެމީހުންނަށް ރުޅިހަދައިގެން ކަމަށެވެ. ސިޓިންގރޫމް ތެރޭގައި އެންމެން އެއްކޮށް ވާހަކަދައްކަން ތިބޭ ގަޑީގައި ވެސް އެދެމީހުން އެކަކު އަނެކަކާ އަނގައިންވެސް ބުނެނުލައެވެ. ނަމަވެސް ދެމީހުންނަށް ވެސް ވަމުންދާ ކަންތައްތައް އެކަކު އަނެކަކާ ވަގުތުން ވަގުތަށް ހިއްސާކުރެއެވެ. މިކަން އެދެމީހުން ފިޔަވައި އެހެން އެންމެންނަށް ސިއްރުކޮށްފައިވާ ކަހަލައެވެ.

*************

ޝިކާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ބަލާލި މީހަަކަށް ހީވާނީ އޭނާ ނިދާފައި އޮތްހެންނެވެ. ނަމަވެސް އޭނާ އެއޮތީ ނިދާފައެއް ނޫނެވެ. ކުޑަ ކުޑަކޮށް ލޯހުޅުވައިގެން އެއްވެސް ހަރަކާތެއް ނުކޮއްލާ އޮވެ އޭނާ ބަލަމުން ގެންދިއައީ ރީނާ އާ ދިމާއަށެވެ. މިރޭ އޭނާ ކޮންމެ ގޮތެއް ހަދާފައިވެސް ރީނާގެ ހަރަކާތްތަކަށް ފާރަ ލާނެއެވެ. އެހެން އޮއްވައި އޭނާއަށް ފެނިގެން ދިއައީ ރީނާ މަޑުމަޑުން އެނދުން ތެދުވާ ތަނެވެ.

ރީނާ އެނދުން ތެދުވެފައި އެންމެ ފުރަތަމަވެސް ބަލާލީ ޖެހިގެން ހުރި އެނދުގައި ނިދާފައި އޮތް ރަނާ އާ ދިމާއަށެވެ. ކުޑަކޮށް ގުދުވެލުމަށްފަހު ވަރަށް ފުންކޮށް ރަނާގެ މޫނަށް ނަޒަރު ހިންގާލިއެވެ. ހީވާކަހަލައެެވެ. އޭނާ ރަނާ ހޭލައިގެން އޮތްތޯ ޔަޤީންކޮށްލަނީއެެވެ. ދެން އޭނާ ބަލާލީ ޝިކާ އާ ދިމާއަށެވެ. ކައިރިއަށް އަންނަން ފެށުމުން ޝިކާ ދެލޯ އެއްކޮށް މަރާލިއެވެ. ޝިކާ ކައިރިއަށް ގޮސްވެސް އޭނާ ކުޑަކޮށް ގުދުވެލުމަށްފަހު ބަލާލިއެވެ. ހިތްހަމަޖެހޭ ވަރަށް އެންމެން ނިދާފައިވާކަން ޔަޤީންވުމުން އޭނާ މަޑުމަޑުން ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. އަޑެއް ނީވޭނެހެން މަޑުމަޑުން އަލަމާރި ހުޅުވާލުމަށްފަހު ހެދުމެއް ނަގައިގެން ވަނީ ފާހާނާއަށެވެ. ޝިކާ ކުޑަކޮށް ލޯހުޅުވައިގެން ރީނާ އުޅޭނޫޅޭ ގޮތް ބަލަން އޮތެވެ. ރީނާ ފާހާނާއިން ނިކުތް އިރު ލައިގެން ހުރީ ޓޮޕަކާއި ޖީންސެކެވެ. ކުރިން ލައިގެން ހުރި ނިދާހެދުން އޭނާގެ އަތުގައި އަޅުވާލާފައި އޮތެވެ. މަޑުމަޑުން އައިސް ނިދާހެދުން އެނދުގައި ބާއްވާލުމަށްފަހު އޭނާ ފާހާނާއަށް ވަދެ ލޯގަނޑު ކައިރީ ހުރެގެން ބޭނުންވާ ވަރަށް މޭކްއަޕް ކޮށްލިއެވެ. އަދި ނިކުމެ އެނދު ފަޑީގައި އަޅުވާލާފައި އޮތް އޭނާގެ ކުޑަ ބުރުގާ އަޅާލުމަށްފަހު އެނދުދަށުން ދަބަހެއްނަގައި އެ އަޅުވާލައިގެން މިސްރާބު ޖެހީ ކޮޓަރި ދޮރާ ދިމާއަށެވެ. މަޑު މަޑުން ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލާ ހޯދާލިއެވެ. އެއަށްފަހު މަޑު ފިޔަވަޅުތަކެއްގައި ނިކުމެގެން ހިނގައްޖެއެވެ.

ރީނާ ނިކުތުމާއެކު ޝިކާ ފުންމައިގެން ތެދުވިއެވެ. ގަޑި ބަލާލިއިރު މެންދަމުން އަނބުރާ އެކެއް ޖަހަނީއެވެ. އަވަސް އަވަހަށް ނިދަންލާ ޓީޝާޓުގެ މަތިން ހެދުން ވައްޓާލައި ބުރުގާ އަޅާލުމަށް ފަހު ދިއައީ ކުޑަ ދޮރު ދޮށަށެވެ. އެކޮޓަރި ކުޑަ ދޮރުން ގޯތި ތެރެއަށް ވަދެވެން ހުންނަ ބޮޑު ދޮރާށި ރީތިކޮށް ފެނެއެވެ. އިރުކޮޅެއް ފަހުން ރީނާ އެދޮރު ހުޅުވާލުމަށް ފަހު މަގުމައްޗަށް ނިކުމެގެން ދާތަން ފެނުނެވެ. ޝިކާ ބަލާކަށް ނުހުރެ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. އެއާއެކު އޭނާގެ ފަޔަށް ތޫނު ތަދެއް އިހުސާސް ކުރެވިގެން ދިއައެވެ. ތިރި ބަލާލިއިރު އޭނާ އަށް މިހުރެވުނީ ފިނިފެންމާ ގަސްތަކުގެ ތެރޭގައެވެ. ކަށިތަށް އެޅިގެން އޭނާގެ ފައިގެ އެކި ތަންތަނުން ލޭއަންނަން ފެށިއެވެ. ނަމަވެސް މިކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ ދޮރާއްޓާ ދިމާއަށް ދުއްވައިގަތީ ފައިވާނެއްވެސް ނުވާ ހާލުގައެވެ. ރީނާ ކުޑަދޮރުން ލާފައި ނުނިކުންނަނީ މިތަނުގައި މިގަސްތަށް ހުންނާތީއޭ އޭނާގެ ހިތަށް އެރިއެވެ. ދޮރާށި ހުޅުވާ މަޑުމަޑުން ބޭރު ބަލާލި އިރު ރީނާ ޖެހިގެން ހުރި ގޯޅިން އަޅާލަނީއެވެ. ޝިކާ މަޑުމަޑުން އޭނާގެ ފަހަތުން ހިނގަމުން ދިއައެވެ. ރީނާ އިރުއިރުކޮޅާ ދެކޮޅު ހޯދާ ބަލާލި ނަމަވެސް ފަހަތް ނުބަލާލާ ކަމީ ޝިކާގެ ނަސީބެވެ. ރީނާގެ މިސްރާބު ހުރީ އެރަށުގައި މީހުން މަދުން ދިރިއުޅޭ ފަރާތަށެވެ. މެންދަމުގެ ވަގުތު ކަމުން މަގުމަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެމަގު ސީދަލަށް ގޮސް ވަލުތެރެއާ އެންމެ ގާތުގައި ހުރި ގޭ ކައިރީގައި ރީނާ މަޑުކޮށްލިއެވެ. ޝިކާ އެމަގުގައި ހުރި ފީފާއެއް ފުރަގަހަށް ވަދެ ބަލަން ހުއްޓެވެ. ދެކޮޅު ހޯދާ ބަލާލުމަށްފަހު ރީނާ އެގޭތެރެއަށް ވަދެގެން ދިއައެވެ.

ޝިކާ ހުރީ ރީނާ އުޅުނުގޮތުން ބޯ ސަކަރާތް ވާވަރު ވެފައެވެ. މިހާ ދަންވަރު އަންހެން ކުއްޖަކު މިހާ ދުރަށް އަންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ރީނާ އެގެއަށް ވަނީ ކީއްވެގެން ހެއްޔެވެ؟ ދަންވަރު ގަޑީގައި އޭނާ މިހާ ދުރަށް އަންނަން މި ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެންމެންނާ ސިއްރުން އޭނާ ކުރަމުން ގެންދަނީ ކޮންކަމެއް ހެއްޔެވެ؟ ތަފާތު ސުވާލުތަށް ސިކުނޑިއަށް ވެރިވާން ފެށުމުން ޝިކާގެ ބޮލުގައި ރިއްސާލިއެވެ. ކޮންމެ ގޮތެއް ވިޔަސް ރީނާ މިހެން ކަންތައް ކުރަނީ ކީއްވެކަން އޭނާ ހޯދާނެއެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް އެ ގޭ ދޮރާއްޓަށް ނަޒަރު ހިންގާލިއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އޭނާ ތަޅުގައި ހިފައި އަނބުރާލުމާއެކު ވަރަށް ފަސޭހަކަމާއެކު ހުޅުވިއްޖެއެވެ. އެގޭ ގޯތި ތެރެ އޮތީ ވަރަށް އަނދިރިކޮށް ނަމަވެސް ގޭތެރޭގައި ދިއްލާފައިވާ ހޮޅިބުރީގެ އަލިއެޅިފައިވުމުގެ ސަބަބުން އޭނާއަށް ތަންތަން ވަކި ކުރަން އުނދަގުލެއް ނުވިއެވެ. ގޭތެރެއިން މީހުން ހީހީފައި ވާހަކަ ދައްކާ އަޑު އިވެން ފެށުމުން އޭނާ ކޮންމެވެސް ވަރަކަށް ބިރުގަތެވެ. ނަމަވެސް ގޭގެ ކުޑަދޮރު ކައިރިއަށް އޭނާ މިސްރާބު ޖެހީ އެތެރޭގައި ހިނގަނީ ކޮންކަމެއްތޯ ބެލުމުގެ ޝަޢުޤު އޮތްލެއް ބޮޑު ކަމުންނެވެ.

ޝިކާ ކުޑަ ދޮރުކައިރިއަށް ގޮސް ކޮރުޖަހައިގެން އެތެރެއަށް ކުޑަކޮށް ބޯދިއްކޮށްލީ އެކުޑަދޮރު ހުރީ ވަރަށް އުހުގައި ކަމަށް ވާތީއެވެ. އެތެރެ ބަލާލުމާއެކު އޭނާ އަށް ފެނިގެން ދިއަ މަންޒަރުން އަނގަމަތީގައި އަތް އެޅުނެވެ. އެ ގޭތެރޭގައި އުޅެމުން ގެންދިއައީ ރީނާމެން ޢުމުރުގެ ކުދިންނެވެ. އަންހެން ކުދިންނާ ފިރިހެން ކުދިން ގައިގޯޅިވެގެން މަޖާ ނަގަމުން ދާއިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ފިރިހެން ކުއްޖެއްގެ ގައިގައި ލެނގިލައިގެން ހުރި ރީނާ އެވަގުތު ޝިކާގެ ލޮލުގައި އަޅައިގަތެވެ. ކުރިން ބޮލުގައި އަޅާފައިވާ ބުރުގާ ވެސް މިހާރު ނެތެވެ. ޝިކާ ރަނގަޅަށް ބަލާލިއެވެ. އެތަނުން އެއްވެސް އަންހެން ކުއްޖެއްގެ ބޮލުގައި ބުރުގަލެއް ނުވާއިރު ލައިގެން ހުރި ގަޔަށް ބާރު ކުރު ހެދުން ތަކުގެ ސަބަބުން ޝިކާވެސް ލަދުގަންނަ ވަރު ވިއެވެ. އެވަގުތު އެތެރޭގައި ހުރި ދޮރަކުން ނިކުމެގެން އައި އަމީން ފެނި އޭނާއަށް އިތުރު ހައިރާންކަމެއް ލިބިގެންދިއައެވެ. އަމީންގެ ކޮނޑުގައި އެލިގަނެގެން އައި އަންހެންކުއްޖާ ގައިގައި ހިފަހައްޓައިގެން ހުރެ އޭނާ ހެމުން ސަކަރާތް ޖަހަމުން ގެންދިއައެވެ. އަމީން ނިކުމެފައި ރީނާއަށް އިށާރާތް ކޮށްލުމުން ކައިރީގައި ހުރި ފިރިހެންކުއްޖާ އަތުގައި ހިފައިގެން އޭނާ އެތެރެއަށް ވަދެގެން ދިއައެވެ. ޝިކާ ވާނުވާ ނޭނގޭ ހާލު ދެލޯބޮޑުކޮށްގެން ބަލަމުން ގެންދިއައެވެ. އެތަނުގައި ތިބި ކުދިން ނަށައި މަޖާކުރަމުން ގެންދިއައިރު ހީވަނީ މަސްތުވެފައި ތިބި ބައެއް ހެންނެވެ. ޝިކާއަށް ކުޑަދޮރު ދޮށުގައި އިށީންދެވުނެވެ. އަދި ބޮލުގައި އަތް އަޅާލެވުނީ އެކުދިންގެ ހުރި ވިޔާނުދާކަން ފެނި އަންތަރީސްވެގެންނެވެ. ދުވަހަކުވެސް މިފަދަ ކަމެއް ލޮލުން ދެކިފައި ނުވާ ޝިކާގެ ހިތް ބާރުބާރަށް ތެޅެމުން ގެންދިއައެވެ. އޭނާ ހިތަށް އަރަމުންދިއައެވެ. ޕޮލިހަށް ގުޅަންވީ ބާއެވެ؟ މިފަދަ ކަންކަމަކީ ޕޮލިހަށް ކޮންމެހެން އަންގަންޖެހޭ ކަންކަމެވެ. ފޯނު ނަގައިފަ ވެސް އޭނާ ގެ ޚިޔާލު ބަދަލުވެގެން ދިއައީ ޕޮލިހުން އައިސްފިނަމަ އަމީން އާއި ރީނާ ވެސް ގެންދާނެކަން އެނގޭތީއެވެ. އޭނާ ހިތަށް އެރިއެވެ. ފުރަތަމަ އެމީހުންނަށް ވިސްނައިދޭނީއެވެ. މަޑުމަޑުން އެގޯތިތެރެއިން ބޭރަށް ދާން އޭނާ ހިނގައިގަތީ އިވޭ އަޑުތަށް އަހަން ކެއްނުވެގެންނެވެ. މަޑު ހިނގުމެއްގައި ގޮސް އޭނާ އިށީނީ ކުރިންވެސް އެމަގުގައި ހުރި ފީފާގެ ބުޑުގައެވެ. ރީނާ އަންނަންދެނެވެ. ރީނާ އަކީ މިހާ ވިޔާނުދާކޮށް އުޅޭ ކުއްޖެއް ކަމަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. އައި ރުޅިން އޭނާ ދެއަތް މުއްކަވާލިއެވެ. އަދި ރުޅިގަދަ ވެގެން އޭނާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ރީނާގެ މި އުޅުން ހަލީމައްތައަށް އެނގެއްޖިއްޔާ ވާނީ ކިހިނެއްބާވައެވެ؟ ޔަޤީނުންވެސް ހަލީމައްތަ ރީނާ އެގެޔަކު ނުބަހައްޓާނެއެވެ. ރަނާ އަށް މިކަން އެނގެއްޖެނަމަ ދެން ވާނީ ކިހިނެއްބާވައެވެ؟ އޭނާގެ މައިންބަފައިންނަށް މިކަން އެނގެއްޖެނަމަ ހަމަ ގައިމުވެސް ވަރަށް ރުޅި އަންނާނެއެވެ. މިކަހަލަ ޚިޔާލުތަކެއްގައި އޭނާ އެތަނުގައި އިންދައި ވަގުތު ހިނގާދިޔަ ގޮތް ވެސް އޭނާއަކަށް ނޭނގުނެވެ.

ރީނާ އެގެއިން ނިކުމެގެން އައީ 3 ޖަހަނިކޮށެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ގެއާ ދިމާއަށް ހިނގަމުން ދިއައެވެ.

“ރީނާ!” ފީފާގެ ބުޑުގައި އިން ޝިކާއަށް ރީނާ ފެނުމުން ބާރަކަށް ގޮވާލިއެވެ. އެވަގުތު ރީނާ ދިއައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ޝިކާއާ ދިމާ ބަލަން ހުރީ ކުށްވެރިއެއް ފަދައިންނެވެ. ޝިކާ ތެދުވެ ގައިގައިވާ ވެލިތަށް ފޮޅާލިއެވެ. އޭނާގެ ކަޅު ހެދުން ވަނީ ހިރަފުސްވެ ހަޑިވެފައެވެ. ފައިގައި ފައިވާނެއް ނެތް އިރު ފައިގެ އެކި ތަންތަން ކަނޑައިގެން ގޮސް ލޭއައިސް ހިކިފައި ހުއްޓެވެ.

“ޝިކާ… މި.. މިތާ ކީއްކުރަނީ؟” ރީނާއަށް ވާހަކަދެއްކުނީ އަޅައަޅައި ގަންނަމުންވެ. ޝިކާގެ މޫނުމަތީގައިވާ އަސަރުތަށް ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.

“ޕޮލިހަށް ގުޅަނީ..” ޝިކާ އަތުގައި އޮތް ފޯނު ދައްކާލަމުން އެހެން ބުނެލި ވަގުތު ރީނާގެ މޭގަނޑު އަނގައަށް އައި ފަދައެވެ. ޝިކާއަށް ހުރިހާ ކަމެއް އެނގުނީކަން އޭނާއަށް ކަށަވަރުވިއެވެ.

“ނޫން..!” ރީނާ އަށް ޝިކާއާ ދިމާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. އޭނާގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ވެއެވެ.

“ދެން އެހެންވީއިރު ބުނަންވީ ކާކު ގާތުގައިތަ؟ ހަލީމައްތަ ގާތުގައިތަ؟ ރަނާ ގާތުގައިތަ؟ ނޫނީ ރީނާގެ މައިންބަފައިން ގާތުގައިތަ؟” ޝިކާ ރުޅިގަދަވެފައި ސުވާލުތަށް އަމުނާލިއެވެ. އެވަގުތު ރީނާ ޝިކާގެ ފައިބުޑަށް ތިރިވެފައި ރޯންފެށިއެވެ. އޭނާގެ އަޑުގައި ކުޑަ ރިހުމެއް އުފެދިފައިވެއެވެ.

“ނޫން.. ޝިކާ ޕްލީސް… މިކަން ސިއްރުކޮއްދީ..” ރީނާ ގިސްލަމުން އެހެން ބުންޏެވެ.

“ކީއްވެތަ އަހަރެން ނުބުނަންވީ؟ އަހަރެން ބުނާނަން.. ތިހާ ވިޔާނުދާކޮށް….” ޝިކާއަށް މިހިސާބަށް ބުނެވުނުތަނާ ރީނާ ދެއަތުން ޝިކާގެ ދެއަތުގައި ހިފިއެވެ.

“ނޫން.. ޕްލީސް.. އަހަރެންނަށް މިހެން އުޅެން މަޖުބޫރުވީ… އަހަރެން ޝިކާއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން… އޭރުން ޝިކާއަށް ވެސް އިނގޭނެ ހަގީގަތް…” ރީނާ ޝިކާގެ ދެއަތުގައި ހިފައިގެން ރޮމުން ގެންދިއައީ ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ. ރީނާގެ ވާހަކަ އަޑު އިވިފައި ޝިކާގެ ހިތަށް ތަފާތު ސުވާލުތަށް އަރާ ފައިބަމުން ދިއައެވެ. ރީނާ އަށް މިހެން އުޅެން މަޖުބޫރުވީ ކީއްވެގެން ހެއްޔެވެ؟ މީހަކަށް އަނެކާއަށް ގޮތަކަށް އުޅެން މަޖުބޫރުކުރެވޭނެހެއްޔެވެ؟ އަނެއްކާ ރީނާއަށް ދިމާވެގެން މިއުޅެނީ ކޮންފަދަ ކަންތައްގަނޑަކާ ބާވައެވެ؟

ޝިކާ އެންމެ ރަނގަޅޭ ބުނެ ރީނާގެ ކޮނޑުގައި ހިފައި ކޮއްޅަށް ނެގިއެވެ. އަދި ގެއަށް ގޮސް އެވާހަކަ ކިޔައިދޭނީ ކަމުގައި ބުނެ ދެމީހުން އެކީ މިސްރާބުޖެހީ ގެއާދިމާއަށެވެ. ދަމުންވެސް ޝިކާ ފަހަތް ބަލާލީ އަމީން އާދޭތޯއެވެ.

“އަމީން ދޯ ތި ހޯދަނީ؟ އޭނާ އަންނާނީ އަދި މާ ލަހުން…” ޝިކާ ފަހަތް ބަލަން ފެށުމުން ރީނާ މަޑުމަޑުން ބުނެލިއެވެ. ޝިކާގެ ހިތަށް އަރަމުން ދިއައެވެ. އަމީން އެކޭ ރީނާ އެކޭ ހަމަ ތަފާތެއް ނެތެވެ. މިފަދަ ވިޔާނުދާ ގޮތަކަށް އުޅޭ ކުދިންތަކެއް އޭނާ އަދި ދުވަހަކުވެސް ނުދެކެއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ޝިކާގެ ބޮލަށް ވެފައިވާ އުނދަގުލާއެކު ނިދިއަންނަން ފެށިއެވެ. އަދި އެވާހަކަ މާދަމާ ކިޔައިދޭންޖެހޭނެ އޭ ބުނެ ފެންވަރައިގެން އައިސް ޖައްސާލިތަނާހެން އޭނާއަށް ނިދިއްޖެއެވެ. ރީނާވެސް ފުންނޭވައެއް ދޫކޮށްލުމަށްފަހު އެނދައް އަރާ އޮށޯވެލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި އެވަގުތު ކަރުނަ ފައިބަން ފެށީ މާޒީގެ ހަނދާންތައް އާ ވާންފެށުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (70)

  1. Liaa

    Mi part ves hurihaa kudhinnah kamudhaane kamah ummeedhu kuran 🙂 feel free to leave ur comments ingey 🙂

  2. Same

    alhey.. next part avaskohlachchey. keiyy vany eh noon dhen vaa gotheh balan. asluves v reethi.

    1. Liaa
      Same

      Thank u same 🙂 veehaaves avahah up kuraanan inge

  3. Shaa xee

    V v nice. Dhen vaane gotheh balan beynumee…… v kiyaa hithun ohva nimunee mi part. Next part avahah up koh dhehchey please please please……..

    1. Liaa
      Shaa xee

      Thank u Shaa xee … 🙂 Liaa hama up kuraanan veehaaves avahah 🙂

  4. Anee

    V reethi mi part vx..i love this story.good work liaa.:-)

    1. Liaa
      Anee

      Thank u Anee 🙂

  5. Shaai

    Vvvvvvvvvv rythi Inge Liaa…… hinukura gothakah story dhany…. v furihama… tnks avahah up kohdheythi….

    1. Liaa
      Shaai

      Thank u Shaai 🙂 up kuraanan inge liyevunu haa avahah

  6. Naana

    Vvvv habeys waiting 4 the next part

    1. Liaa
      Naana

      Thank u Naana 🙂

  7. Youme

    Awesome….next part thankolheh digukoh genesdhehchey

    1. Liaa
      Youme

      Youme.. adhi ves kuru ?
      Thankss ingey 🙂

  8. Youme

    Hehe

    1. Liaa
      Youme

      🙂

  9. 780

    bootiful

    1. Liaa
      780

      Thank u 🙂

  10. rafa

    V v v nice mi partvx…….avahah up kohLahcheyyyyy..v kiyaa hithun meeny ?

    1. Liaa
      rafa

      Thank u rafa 🙂

  11. Maahi

    Nice story… 🙂
    Next part thankolheh dhigu kohdhehchey… v re3thi hurihaa part thah vx

    1. Liaa
      Maahi

      Thank u Maahi 🙂

  12. ♡♡♡♡

    Mee mi site in kiyan libey enme reethi vaaahaka……..liaa u vrh molhu stry liyan……….maasha allah

    1. Liaa
      ♡♡♡♡

      Awwn.. V ufaa vejje thihen bunyma.. Thank u 🙂

  13. ...........

    Meee mi site in kiyey enme reethi vaahaka….ehaavess furihama liaa keep it up

    1. Liaa
      ...........

      Thank u so much ingey 🙂

  14. Maish

    Super stry………………..??

    1. Liaa
      Maish

      Thank u Maish 🙂

  15. Nern

    wow.. haadha avaheyy.. thank you so much..vaahaka varah reethi.. keep it up..

    1. Liaa
      Nern

      Thank u Nern 🙂

  16. Anonymous

    Woww v rythi mi part vx ….thankx liaaa

    1. Liaa
      Anonymous

      Thanks Anonymous 🙂

  17. Nern

    wow.. haadha avaheyy.. thank you so much..vaahaka varah reethi.. keep it up..avahah up kohdhehcheyyy..

    1. Liaa
      Nern

      Thank u Nern 🙂

  18. Appy

    Woww v rythi mi part vx …thankx liaaa

    1. Liaa
      Appy

      Thank u Appy 🙂

  19. Asurumaa

    Reethi avahah next part up kohlahchey

    1. Liaa
      Asurumaa

      Thank u Asurumaa 🙂

  20. aff

    reethi… keep goin… thnx thi haa avahah upkohla dheythee..ur great liaa..☺☺

    1. Liaa
      aff

      Thank u aff 🙂

  21. Xaan

    Vvvvv reethi next part avaskohlahchey ingey

    1. Liaa
      Xaan

      Thanks Xaan.. Veehaaves avahah up kuraanan 🙂

  22. firooo

    wow.nice.avaha up koh dhenyaa gud.v reethi mi vaahaka????v kiyaa hiy vey

    1. Liaa
      firooo

      Thakyew firooo 🙂

  23. firooo

    next part kon irakun up kohdheyneee

    1. Liaa
      firooo

      Veehaaves avahah up kuraanan ^_^

  24. MalMal

    Wow. Heeves nukuraa goi goi vany mihaaru.. V reethi.. ?

    1. Liaa
      MalMal

      Thankyew MalMal 。^‿^。

  25. reem

    Sifakurun haadha babish eyyh.. Ragalhu kohlaaba.. Good luck

  26. Axoo

    Vvv reethi. Emme ufaavanee avahah up kohdheythee.

    1. Liaa
      Axoo

      Thank u Axoo 🙂

  27. ny

    V v reethi

    1. Liaa
      ny

      Thankks ny.. ^_^

  28. yoyo

    wow! haadha reehchey story kuriyah dhaa goi.. Keep goin.. waiting 4 next part igey 🙂 <3

    1. Liaa
      yoyo

      Thankksss yoyo 🙂 <3

  29. xprincess

    Hama salhi ingey.. hurihaa part ves . love thix story. my FAv . keep up the gud work liaa.

    1. Liaa
      xprincess

      Thankyw xprincess 🙂

  30. ammday

    V reethi waiting for next part..

  31. ammday

    Mi vaahaka hama v faahaga kohlevy.. v ep thah dhigu n v reethi v interst story eh meee… ma nukiyaa vaahakaeh esfiyaiga hama nuhunnaaneye buniyas okk vaane.. mi vaahaka hama v salhi.

    1. Liaa
      ammday

      Aww.. Thankyw so much ingey ammday 🙂

  32. faathimaa

    vrh salhi mi vaahaka .. thankew avahah up kohdheythy.. waiting despirately to next part.. keep it up liaa…

    1. Liaa
      faathimaa

      Thanks faathimaa 🙂

  33. Suhaa

    V reethi story eh… Hope kuran nimmun v v v reethivane kamah

    1. Liaa
      Suhaa

      Thankks suhaa 🙂

  34. Arw

    Vv nyc mi part vx liaa v molhu ngey keep itup ?????

    1. Liaa
      Arw

      Arw 🙂 thanks

  35. harry

    Aarchaa.. v reethi mi part ves.. Liaa thee hama v molhu kujjeh vaahaka liyan.. Gud luck <3 :* 🙂

    1. Liaa
      harry

      Thankyw Harry 🙂

  36. NAXEE

    Asluvxxx v v v reethi..keep it up Liaa. ?

    1. Liaa
      NAXEE

      Thanks NAXEE 🙂

  37. Anonymous

    Why tf you guys putting suwaalu marks? 😭

Comments are closed.