Skip to content
އެސްފިޔަ

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

އިރުއޮއްސެމުންދާ މަންޒަރު ބަލައިލުމަށްޓަކައި އާދައިގެމަތިން ޔަޝްފާ އޭނާގެ އެކުވެރި އިފާޝާއާއި އެކު ރަށުގެ މައިމަގުން ހިނގާފައި ދިޔައީ ތުނޑީ ކޮޅާއި ދިމާއަށް ދިއުމަށެވެ. ސްކޫލް ދައުރުން ފެށިގެން އެކުވެރިކަން ބަދަހިވަމުންގޮސް މިހާރު އެދެކުދިންގެ ގުޅުމަށް ފަސް އަހަރަށްވުރެ ގިނަދުވަސް ވެގެން ހިނގައްޖެއެވެ. ދެކުދިން އެކުގައި ގޮސް ތުނޑިމަށްޗަށް ނިކުތްއިރު ހަވީރު ފިންޏަށް ކުދިވެރިން ގޮވައިގެން އައިސްތިބި މީހުންތަށްވެސް ގެއާއި ދިމާއަށް ދިއުމަށް މިސްރާބުޖަހައިފިއެވެ.

ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމެވެ. ޖެހެމުންދާ ވައިރޯޅިތަކުންނާއި އެއްގަމަށް ބީއްސާމުންދާ ރާޅުތަކުގެ އަޑުފިޔަވައި އިތުރު އަޑެއް އެތަނަކުން ނީވެއެވެ. ޖެހެމުންދާ ވައިރޯޅިތަކުން، މިނިކަންމަތީ ދޫކޮށްލައިފައިވާ ޔަޝްފާގެ އިސްތަށިގަނޑަށް ގޯނާކުރަމުންދިޔައެވެ. އެވަގުތު ކޯތާފަތްމައްޗަށް ވެއްޓެމުންދިޔަ އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ޖައްސާލަމުން ޖީބުން ފޯނު ނަގައި އިރުއޮއްސެމުންދާ މަންޒަރު ފޮޓޯނަގަން ފެށިއެވެ.

“އިފާ ކޮބާތަ ޔާނިޝް؟” އިރުއޮއްސެމުންދާ މަންޒަރު ފޮޓޯނަގަން ހުރެ އިފާޝާެ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ބެހޭގޮތުން ޔަޝްފާ ސުވާލުކޮށްލީ އޭނާގެ މޫނުމަތިން އެއްވެސްކަހަލަ އުފާވެރިކަމެއް ފެންނަން ނެތުމުންނެވެ. “ތިހެން އަހާއިރުވެސް އެނގެއޭނުން އޭނަ ވާނީ ކޮންތާކުކަން” ފޫހިގޮތަކަށް އިނދެ އިފާޝާ އެހެންބުނުމުން ޔަޝްފާ ހިނިއަންނަގޮތްވިއެވެ. “މަށަށްވެސް  އެނގެޔޭ އޭނަވީތަން އެކަމަކު ތިހެން ފުސްމޫން ހަދައިގެން ތިއިންނަނީ އޭނަ މިއަދު އެއްގޮތަކަށްވެސް ނުފެނުނީމައޭނުން” ޔަޝްފާ އެހެންބުނެ އަތުގައި އޮތް ފޯނު ޖީބަށް ލުމަށްފަހު އިފާޝާއާއި ދިމާއަށް އެނބުރިލިއެވެ. ” ކިހނެތް ޔަޝްފާއަށް އެނގުނީ؟ އަހަރެން……”

“އުމުރަށްތިޔަ ނަމުގައި ފިދާވުން އެދޭނީ،
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ”

އިފާޝާއަށް އެހިސާބަށް ބުނެވުނުތަނާ އަލީރަމީޒްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ އެލަވައިގެ އަޑުއިވުމުން ދެމީހުންނަށްވެސް އެއްފަހަރާ ކަހަލަ ގޮތަކަށް އެއަޑުއަންނަ ދިމާއަށް ބަލައިލެވުނެވެ. “ކާކު ލަވަޖަހަނީ؟ ފިލައިގެން ނުހުރެ އަހަރެމެންނަށް ފެނިލަބަލަ” ކައިރީގައި ހުރި ނިކަ ގަހުގެ ބިއްދޮށުން ލަވައިގެ އަޑު އަންނަމުންދާތީ ދެބުމަގޮށް ޖަހައިގެން އެދިމާއަށް ބަލައިގެން ހުރެ ޔަޝްފާ ބުނެލިއެވެ. ޔަޝްފާ އެހެންބުނުމުން ނިކަގަހުގެ ބިއްދަށުގައި ހުރި ޒުވާނާ ނިކުމެ އިސްޖަހައިގެން ހުރެ މަޑުހިނގުމެއްގައި ޔަޝްފާމެންނާއި ދިމާއަށް އަންނަމުން ދިޔައެވެ. އޭރުވެސް އޭނާގެ ފޯނުންޖަހަމުން އައިލަވަ އިވެމުންދިޔައެވެ. “ހޫމް އަޔާން ދޯ؟ ކާކަށްތި ލަވަޖަހައި ދެނީ؟ ޔަޝްފާއަށްތަ؟” ޔަޝްފާމެންގެ ކައިރިއަށް އައިސް އެޒުވާނާ ހުއްޓުމުން އެއީ ކާކުކަން އިފާޝާއަށް އެނގި އެހެންބުނުމުން ޔަޝްފާ، އިފާޝާގެ ގައިގައި މަޑުމަޑުން ޖަހައިލިއެވެ. “ކީއްތަވީ، އަހަރެން ވިއްޔާ ނުވޭތަ ލަވައެއް ޖަހާލައިގެން؟ ވެދާނޭނުން އިފާ ތިބުނަނީ ތެދަކަށްވެސް” އަޔާން އެހެންބުނެ ޔަޝްފާ އާއި ދިމާއަށް ބަލައިލުމުން އޭނާގެ ދޮންމޫނަށް ޖަންބުކުލަ އަރައިގެން ދިޔަތަން ފެނުނެވެ. އަދި ތިރީ ތުންފަތުގައި ދަތްއަޅައި ލުމަށްފަހު ލަދުން އިސްދަށަށްޖަހައިލިއެވެ. “ހާދަ ލަދުރަކި ކުއްޖެކޭ ދޯ؟ ތީ ވަރަށް ގަޔާވާ ސިފައެއް” އަޔާން އެހެންބުނެ އަނެއްކައިވެސް ޔަޝްފާ ލަދުގަންނަވައިލިއެވެ. އަދި އިސްޖަހައިގެން އިނދެ ދޮންވެލިގަނޑު މަތީ ބާއްވާފައި އޮތްއަތް މުއްކަވައިލިއެވެ. “ސާބަސް އަޔާނޫ، އަހަރެމެން ދެންދަނީ އަޔާންވެސް ދަންޏާ ހިނގާ މިހާރު ވަރަށް ބޮޑަށް އަނދިރިވެސް ވެއްޖޭނުން” އިފާޝާ އެހެންބުނެ ޔަޝްފާގެ އަތުގައި ހިފައި އެތަނުންތެދުވެ ހިނގައިގަތުމުން އަޔާންވެސް އެދެކުދިން ފަހަތުން ހިނގައިގަތެވެ.

“އަޔާން ކޮންއިރަކު މިތަނަށްއައީ؟ ކޮބާ ޔާނިޝް؟ މިއަދު މެންދުރުއޭނުން މިރަށަށް އައީ މިހާރު މުޅި ރަށްކުޑަކުރަން ފެށީދޯ؟ އެވެސް އެކަނި” ގެއަށްދިޔަ މަގުމަތީގައި އިފާޝާ އެއްފައްޗަކަށް ސުވާލުތަށް އަޔާނަށް އަމާޒުކޮށްލިއެވެ. “ޔާނިޝް ކުޅެންގޮސް ވާނީ، ގޭގަ ވައިވެގެން އިނދެފަ އިފާޝާވެސް ނިކުތީމަ ބަލާލިއިރު މިހިރަކުއްޖާ ފެނުނީމަ ހިތަށްއެރީ ފަހަތުން އަންނާނީއޭ، ކޮންނަމެއްތަ ކިޔަނީ؟” އިފާޝާ ކުރި ސުވާލުތަކަށް އަޔާން ޖަވާބުދިނުމަށްފަހު އެހެންބުނެ ޔަޝްފާއާއި ދިމާއަށް އެއްލޯމަރައިލިއެވެ. “ހޫމްމްމްމް މީ ދޯ މިވީގޮތަކީ، މަޑުކުރޭ، މީ އަހަރެންގެ ބެސްޓް ފުރެންޑް ޔަޝްފާ” އަޔާން އެހެންބުނުމުން އިފާޝާ، ޔަޝްފާއާއި ދިމާއަށް ބަލައިލުމަށްފަހު އެހެންބުނެ އަޔާންއަށް ޔަޝްފާ ތައާރަފްކޮށްދިނެވެ. އެއީ އިފާޝާގެ އާދައެވެ. އިފާޝާ ހުންނަތަނެއްގައި ޔަޝްފާ ލަދުން ހުރެއްޖެނަމަ އަބަދުވެސް އިތުރަށް އޭނާ ލަދުގަންނަވައިލެވޭތޯ އޭނާ ބަލާނެއެވެ. އަޔާން، ޔަޝްފާއަށް ސަލާމްކުރުމަށް އަތްދިއްކޮށްލުމުން ލަދުންހުރެ އޭނާއާއި ސަލާމްކޮށްލުމަށްފަހު އިފާޝާއާއި ދިމާއަށް ލޯއަޅައިލުމުން އިފާޝާއާއި އަޔާންއަށް އެއްފަހަރާ ހޭންފެށުނެވެ. އަދި ތިންމީހުންއެކީ އަނެއްކައިވެސް ގެޔާއިދިމާއަށް ދިއުމަށް ހިނގައިގަތެވެ.

ގެއަށް އާދެވުނުއިރު ހުރީ ގަޑިން 7ޖަހައި ބޮޑުވެފައެވެ. އިޝާނަމާދަށް ގޮވުމުގެ ކުރިން ޔަޝްފާ އަވަސްވެގަތީ ވުޟޫކޮށްލައިގެން މަޢްރިބްނަމާދު ކުރުމަށެވެ. ނަމާދުކޮށްނިމުމުން އެނދުގައި އޮށޯވެ މިއަދުނެގި ފޮޓޯތަށް ބަލައިލުމަށްޓަކައި ފޯނުނަގައި ފަހަރަކު ފޮޓޯއަކަށް ބަލަމުންދިޔައެވެ. ފޮޓޯތަކަށް ބަލަމުންދިޔަވަރަކަށް ޔަޝްފާގެ ހިތުތެރޭގައި އަޔާންގެ ސޫރަ ކުރެހެމުންދިޔައެވެ. އެހެޔޮވަރު އިސްކޮޅައީ ބާމަތިފުޅާ ހަށިގަނޑެވެ. މޫނުމަތީގައި ހެޔޮވަރުވަރަކަށް ބަހައްޓައިފައިވާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަށް ހާމަވާންހުރިއިރު ލައިފައިހުރި ހުދުކުލައިގެ ޓީޝާޓާއި މަޑުނޫކުލައިގެ ޖިންސް އޭނާގެ އެރީތި ހަށިގަނޑާގައި ވަރަށްވެސް ގުޅެއެވެ. އެވަގުތު ޔަޝްފާއަށް އަޔާންއާއި ސަލާމްކޮށްލުމަށްޓަކައި ދިއްކޮށްލިއަތުގައި އަމިއްލައަތުން ހިފައިލުމަށްފަހު ކައިރީގައި އޮތް ބާލީހުގައި ބައްދައިލެވުނީ ދެންމެ ފެނުނު ފިރިހެނަކާއި ދޭތެރޭ އެހާވަރަށް ވިސްނުމުންނެވެ. “އަނެއްކާ އެއީ ކޮންރަށެއްގެ މީހެއްބާ؟ އިފާ މެންގެ ގޭގަ އޭނަ އެކުރަނީ ކީއްބާ؟” ކޮންމެ ގޮތެއްވިޔަށް ޔަޝްފާއަށް ފުރަތަމަ ފެނިލުމުންވެސް އަޔާން ކަމުދިއުމުން އިފާޝާ ކައިރިން އަޔާންގެ މައުލޫމާތު ހޯދުމަށް ނިންމުމަށްފަހު އަނެއްކައިވެސް ކައިރީގައި އޮތް ބާލީހުގައި ބައްދާލިއެވެ.

“ދަރިފުޅާ ޔަޝްފާ…” އަޔާންގެ ހިޔާލްތަކުން ދުރުކޮށްލީ ޔަޝްފާގެ މަންމަ ވަހީދާ ކޮޓަރި ދޮރުގައި ޖަހައިލުމަށްފަހު އޭނާއަށް ގޮވައިލުމުންނެވެ. ޔަޝްފާ އެނދުންތެދުވެ އަވަހަށްގޮސް ދޮރުހުޅުވިއިއެވެ. “ދަރިފުޅާ އާދެބަލަ މަންމައާ އެކު ބަދިގެފަރާތަށް، ނަމާދުކޮށްފިންތަ މިހާރު؟” ވަހީދާ އެހެންބުނުމުން ޔަޝްފާ އާނ އެކޭބުނެ އޭނާގެ މަންމަ އާއި އެކު ހިނގައިގަތެވެ. “މަންމާ ކޮބާ ބައްޕަ؟” ޔަޝްފާގެ އާއިލާގައި މަންމައާއި ބައްޕަ ފިޔަވައި އިތުރު މީހަކުނެތުމުން އެ ގޭގައި އުޅެމުންދަނީ ހަމައެކަނި އެތިންމީހުންގެ ކުޑަކުޑަ އާއިލާއެވެ. އަދި ބަދިގެއަށްދިޔަ މަގުމަތީގައި ޔަޝްފާގެ ބައްޕަ ނިޒާރު ފެންނަން ނެތުމުން އޭނާގެ މަންމައާއި ސުވާލުކޮށްލިއެވެ. “ބައްޕަ އަދި މިސްކިތަށްދިޔަގޮތަކަށް ނާދޭ” ޔަޝްފާކުރި ސުވާލަށްޖަވާބުދެމުން ވަހީދާ އެހެންބުނެ ދެމައިންއެކީ ގޮސް ބަދިގެއަށްވަނެވެ. އެގެއަކީ ބޮޑު ތަނަވަސް ގެޔެކެވެ. ގޭގައި ބޮޑު ސިޓިންރޫމްއަކާއި ބޮޑު ދެކޮޓަރި ހުރިއިރު ކާގެއާއި ބަދިގެ ހުންނަނީ ގޭގެ ބިއްދޮށަށްވާގޮތަށް ކަމުންވިޔަސް ގޭތެރެއިންލާފައި ބަދިގެފަރާތަށް ދެވޭތީ ޔަޝްފާ ހިތްހަމަޖެހެއެވެ. އެއީ ގޯތިތެރޭގައި ހައްދާފައިވާ ބޮޑެތިގަސްތަކުގެ ސަބަބުންނެވެ.

އިޝާނަމާދަށްފަހު ނިޒާރު ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނިކުމެ ވަހީދާއާއި ޔަޝްފާ ފެންނަން ނެތުމުން އެދެމައިންވާނީ ބަދިގެފަރާތުގައި ކަން އެނގުމުން އެދިމާއަށް ހިނގައިގަތެވެ.  “ތިއައީ ދޯ؟ އާދޭ ކާން މިހާރު އަހަރެމެންވެސް މިތިބީ ނިޒާރު ނައިސްގެން” ނިޒާރު އަންނާނެ އިރެއްގެ އިންތިޒާރުގައި ވަހީދާއާއި ޔަޝްފާ މަޑުކޮށްގެން ތިއްބެވެ.

“ދަރިފުޅާ ދެން ކޮންއިރަކުން މީހަކާ އިންނާނީ؟ ބައްޕަ ކުރިންވެސް ބުނަމޭނުން އަންހެންކުދިން އެހާގިނަދުވަހު މީހަކާ ނީނދެ ހުރުމަކީ ރަނގަޅުކަމެއް ނޫނޭ” ޔަޝްފާގެ އުމުރުން އަށާރަ އަހަރު ފުރުނުފަހުން ނިޒާރުގެ އަބަދުގެވެސް ޝަކުވާއަކަށް ވެފައިވަނީ އެކަންތަކެވެ. ނަމަވެސް އަދިވެސް ޔަޝްފާގެ ފަރާތުން އެކަމަށް ވަނީ ޖަވާބެއް ނުލިބިފައެވެ.  “ކިހިނެތްވީ؟ ބައްޕައަބަދުވެސް މިހެންކިޔައި މިހަދަނީ ދަރިފުޅަށް ދެރަގޮތެއް ދިމާވެދާނެތިއޭ” ނިޒާރުގެ މޫނަށް ބަލަހައްޓައިގެން ޔަޝްފާ އިންގޮތުން އޭނާގެ ދަރިފުޅު ކައިރީ އެހެންބުނެ ކާމޭޒު ކައިރީ އިން ގޮނޑި ދަމައިލުމަށްފަހު އިށީއިނެވެ. ޔަޝްފާއާއި ދޭތެރޭގައި އޭނާގެ މައިންބަފައިން ވިސްނާކަން އޭނާއަށްވެސް އެނގެއެވެ. ނަމަވެސް އެކަހަލަ ވާހަކަ ދައްކާތީ ޔަޝްފާއަށް ލަދުން ވަކިއެއްޗެއް ބުނަން ނުކެރެނީއެވެ. “އަޅުގަނޑަށް އިންނަ ކަހަލަ ރަނގަޅު ކުއްޖަކު ފެނުނީމަ ތިކަމާ ވިސްނާނަން” ލަދުން އިނދެވެސްމެ ޔަޝްފާގެ ބައްޕަ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އެހެންބުނެ ވަހީދާގެ މޫނަށް ބަލައިލިއެވެ.

“އިފާޝާ، އޭނަ ހާދަ ރީއްޗޭ، އޭނަގެ ބިޓެއްހުރޭތަ؟” އިފާޝާއާއި، ޔާނިޝްއާއި އެކު ކާންއިނދެ އަޔާން އެހެންބުނެ އޭނާއާއި ސުވާލުކޮށްލުމުން އިފާޝާ ކޮށިއަރާގޮތްވިއެވެ. އިފާޝާއާއި ރައްޓެހިވުމަށްފަހު ކޮންމެ ރެޔަކުވެސް އޭނާއާއި ބައްދަލުކުރަންއައިސް ލަސްވާރެއެއް ވިއްޔާ ޔާނިޝްދަނީ އެގެއިން ކައިގެންނެވެ. “ކާކުގެ ވާހަކައެއްތި ދައްކަނީ؟” އިފާޝާއަށް ޔާނިޝް ފެންތަށި ދިއްކޮށްލަމުން ޔާނިޝް، އަޔާންއާއި ސުވާލުކޮށްލިއެވެ. “މިދައްކަނީ އިފާޝާގެ ބެސްޓް ފޮރެންޑްގެ ވާހަކަ” ބަތްސުވާއެއް އަނގަޔަށްލަމުން އަޔާން، ޔާނިޝްއަށް ޖަވާބުދިނެވެ. “އެއްކަލަ ލަދުރަކި ދޯ؟” ޔާނިޝްއެހެންބުނުމުން އަޔާން ހިނިއަންނަގޮތްވިއެވެ. “އޭ އޭނައާ ނުބެހެއްޗޭ އިނގޭ، އެނައާ ދިމާކުރެވޭނީ ހަމައެކަނި މަށަށް” ޔާނިޝްއާއި ދިމާއަށް އިނގިލި ދިއްކޮށް އިފާޝާ އެހެންބުނުމުން އަޔާންއާއި ޔާނިޝް ބާރަށް ހޭންފެށިއެވެ. “އަޔާންއަށް އޭނަ ކަމުދިޔައީ ދޯ؟ ފުރަތަމަ ނަޒަރުންވެސް ލޯބިދޯ؟ އާނ… ކޮންލަވައެއްތަ ހޫމްމްމް އުމުރަށްތިޔަ ނަމުގައި ފިދާވުންއެދޭނީ ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ، އަދި އެލަވަ ޖަހަމުންނޭ އައީވެސް” އަޔާންއާއި ދިމާކުރަމުން އޭރު އަޔާންޖެހި ލަވަ ހަނދާންކުރަމުން އިފާޝާވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވިއެވެ. “އޭ ބުނެބަލަ، އޭނަގެ ބިޓެއްނުހުރޭތަ؟” ކެތްމަދުވެފައި އިން އަޔާން ހުނުންހުއްޓައިލުމަށްފަހު އެހެންބުނުމުން އިފާޝާ ބޯޖަހައިލިއެވެ. “އެކަމަކު އަޔާން ވަރަށް މަސައްކަތް ކުރަންޖެހޭނެ، މިރަށުން އެކަކަށްވެސް ނުވި ކަމެއްއެއީ، ޔަޝްފާ ވަރަށް ރަނގަޅުވާނެ، ވަރަށް ގެވެހިވާނެ، އޭނަގެ މަންމަވެސް ބައްޕަވެސް ވަރަށް ހެޔޮވާނެ މީހުންނަށް” ޔަޝްފާއަށާއި އޭނާގެ މަންމައާއި ބައްޕައަށް އިފާޝާ ތައުރީފުކޮށް އެހެންބުނުމުން އަޔާންގެ ހިތަށް ބުނެދޭންނޭގޭ ކަހަލަ ހިތްހަމަޖެހުމެއްލިބިގެން ދިޔައެވެ. އަދި މާލެ ދިއުމުގެ ކުރިން ޔަޝްފާ ހާސިލްކުރުމަށް އަޒުމްކަނޑައެޅިއެވެ.

ނިދަންއޮތްއިރުވެސް ޔަޝްފާއަށް ވިސްނެމުންދިޔައީ އަޔާންއާއި ދޭތެރޭގައެވެ. “އަހަރެންނަށް މިވަރުވާންވީ ކީއްވެބާ؟ ނޫނީ އަޔާން އެއީ ފެންނަ ކޮންމެ އަންހެންކުއްޖަކާ އެގޮތަށް ސަމާސާކޮށް އުޅޭ މީހަކީބާ؟” އަޔާންއާއި ދޭތެރޭ ވިސްނަންއޮވެ ޔަޝްފާގެ ހިތަށްއަރި އެއްޗެއްގެ ސަބަބުން ދެރަވާގޮތްވިއެވެ. ނަމަވެސް މީހެއްގެ ގޮތެއްނޭނި މީހަކާ ދޭތެރޭ އެކަހަލަ ގޮތަކަށް ނުވިސްނުމަށް ނިންމައި ފޯނަށް ހެޑްސެޓް ގުޅައިލުމަށްފަހު ކަންފަތުގައި ޖަހައި އޭރު އަޔާންޖެހި ލަވަ ޖަހައިލުމަށްފަހު ލޯމަރައިލިއެވެ.

އަޔާންގެ ހާލަކީވެސް އެއީއެވެ. އިފާޝާއާއި ޔާނިޝްއާއި އެކު ސަކަރާތްޖަހަންތިބެ ޔާނިޝް ދިއުމުން ނިދުމަށްޓަކައި ފެންވަރައިލައިގެން އެނދުގައި އޮށޯވެ ވިސްނެމުންދިޔައީ ޔަޝްފާއާއި ދޭތެރޭގައެވެ. އަދި ކާންތިބެ އިފާޝާ ބުނި ވާހަކަ ހަނދާވުމުން ޔަޝްފާއާއި މާބޮޑަށް ގަޔާވެވިއްޖެކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. އަދި ފޯނުގެ ހެޑްސެޓް ނަގައި ކަންފަތަށް ޖަހައިލުމަށްފަހު އޭރު އަޔާން ޖެހިލަވަ ޖަހައިލުމަށްފަހު ދެލޯމަރައިލިއެވެ.

ޔަޝްފާއަށް ހޭލެވުނުއިރު ހުރީ ގަޑިން ނުވައެއްޖަހައި ބޮޑުވެފައެވެ. ރޭގައި އަޔާންގެ ހިޔާލުގައި އެހެންއޮވެ ނިދުނުއިރެއްވެސް ޔަޝްފާއަކަށް ނޭނުގުނެވެ. އަވަސްކޮށްލައިގެން ތެދުވެ ފާހާނައަށްވަދެ ފެންވަރައިގެން ނިކުމެ ނަމާދުކޮށްލައިގެން ގޭގައި ލާން ގެންގުޅޭ ސޯޓުބުރިއާއި ޓީޝާޓް ލައިގެން ނިކުތްއިރު ސިޓިންރޫމްގައި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން ވަހީދާ އިނުމުން ޔަޝްފާގޮސް އޭނާގެ މަންމަ ކައިރީ އިށީއިނެވެ. “ހާދަ ލަހުން ހޭލިދުވަހެއް އަދި ނަމާދުވެސް ނުކުރަންދޯ؟” ވަހީދާ އެހެންބުނެ ޔަޝްފާގެ ބޮލުގައި ފިރުމައިލިއެވެ. “ނޭނގެ މިއަދުވީ ގޮތެއް، ނަމާދުކޮށްގެން މިއައީ، މަންމަ ސައިބޮއެފިންތަ؟” ލަހުން ހޭލެވުމުގެ ސަބަބުން ފޫހިގޮތަކަށްއިނދެ އެހެއްބުނެ އޭނާގެ މަންމައާއި ސުވާލުކޮށްލިއެވެ. “މަންމަ ސައިބޮއެފިން، ބައްޕަވެސް ބުނި ދަރިފުޅު އަދިވެސް ނުހޭލަނީހޭ” ވަހީދާ އެހެންބުނުމުން ކާގެއާއި ދިމާއަށް ޔަޝްފާ ދިޔައީ ސައިބުއިމުގެ ބޭނުމުގައެވެ.

ސައިބޮއެ ނިމިގެން އިފާޝާއަށް ގުޅައިލުމަށްފަހު ވަހީދާގެ ހުއްދައާއި އެކު ތައްޔާރުވެލައިގެން ޔަޝްފާ ކޮޓަރިން ނިކުތީ އިފާޝާގެ ގެއަށްދިއުމުގެ ބޭނުމުގައެވެ. އަޔާންގެ މައުލޫމާތު ހޯދުމުގެ ބޭނުމުގައިވެސް އެކުއެވެ. “ކަމުދާކަހަލަ ކުއްޖަކުފެނޭތޯ ބަލަންތަ ތިދަނީ؟” ދިމާކުރާ ފާޑަކަށް ޔަޝްފާއާއި ދިމާއަށް ބަލަންހުރެ ވަހީދާ އެހެންބުމުން ޔަޝްފާ ލަދުގަންނަގޮތްވިއެއްކަމަކު އެކަންފޮރުވަންވެގެން ހިނިގަނޑެއް ޖަހައިލުމަށްފަހު ދަނީ ކަމަށްބުނެ އޭނާ ގެއިން ނިކުތެވެ. ހިނގަމުން ދިޔަވަރަކަށް އަޔާންއާއި ދޭތެރޭ ވިސްނެން ފެށުމުން ޔަޝްފާގެ ތުންފަތްމައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ.

“އައްސަލާމްއަލައެކުމް، އިފާ… އިފާ…” އިފާޝާމެންގެ ގެއަށް އައިސް ސަލާމްގޮވައިލުމަށްފަހު ދެފަހަރަކު އިފާޝާއަށް ގޮވައިލުމުން ސަލާމްބަލައިގަނެ އެތެރެއިން ނިކުމެގެން އަޔާން އަންނަތަން ފެނުމުން ބޭއިޙްތިޔާރުގައި ޔަޝްފާއަށް އިސްޖަހައިލެވުނެވެ. އަޔާންއައިސް ޔަޝްފާގެ ކުރިމަށްޗަށް އަރައިހުރެ އިތުރު އެއްޗެއްނުބުނެ އޭނާއާއި ދިމާއަށް ބަލައިގެން ހުރުމުން އުނދަގޫވާގޮތްވިއެވެ.

“އަސްތާ އަނެއްކާ އެއްކަލަ ދެމީހުން، ތިހެން ތިއްބަކަސް ނުވާނެ އިނގޭ” ޔަޝްފާއާއި އަޔާން ސިއްސައިގެން ދިޔައީ އިފާޝާގެ އަޑުންނެވެ. އިފާޝާއާއި ދިމާއަށް ލޯއަޅައިލުމަށްފަހު ޔަޝްފާ އެމީހުންނަށް ފުރަގަސް ދީގެންހުރިއިރު ބުނާނެ އެއްޗެއް ނޭނގި ބޯކަހައިލަ ކަހައިލަ ހުރި އަޔާންއާއި ދިމާއަށް އަނގައިން ވައްތަރެއް ޖައްސައިލުމަށްފަހު އިފާޝާ ބޭރަށް ނިކުތެވެ. އަދި ޔަޝްފާގެ އަތުގައި ހިފައިގެން ހުރެ ގޯތިތެރޭގައި ހައްދާފައިވާ ބޮޑު ޖަނބުރޯލުގަހުގެ ހިޔަލުގައިހުރި ޖޯލީފައްޗާއި ދިމާއަށް ހިނގައިގަތުމުން އަޔާން އެތެރެއަށް ވަނެވެ.

” އެނގޭތަ ރޭގަވެސް ކާން އިނދެ ޔަޝްފާގެ ވާހަކަ ދައްކަނީ، ޔަޝްފާ ހާދަ ރީއްޗޯ، ޔަޝްފާގެ ބިޓެއްހުރޭހޯ، މަ ބުނިން ނުހުރެޔޭ އެކަމަކު އަހަރެން  ޔަޝްފާއަށް ވަރަށް ތައުރީފުކޮށްފަ އަޔާންއަށް ކިޔައިދިން ޔަޝްފާގެ ވާހަކަ” މަޖާވެފައި އިނދެ އިފާޝާ ވާހަކަ ދެއްކުމުން ޔަޝްފާވެސް ހިނިއަންނަގޮތްވިއެވެ. އަދި އަޔާން، ޔަޝްފާގެ ވާހަކަ އިފާޝާމެން ކައިރީ ދެއްކިކަން އެނގި އޭނާއަށް ބުނެދޭން ނޭނގެކަހަލަ ހިތްހަމަޖެހުމެއްލިބިގެން ދިޔައެވެ.

“މި އަދި މާ ފޮނި މީހެއް، އޭނީނުން އަނގައިން ބަހެއްނުބުނެ، ކިނބުލެއްހެން ހިނިއައިސް އޭނަގެ ވާހަކަ ދައްކާއިރަށް” ބަހެއްނުބުނެ ހިނިއައިސް ޔަޝްފާ އިނގޮތުން އިފާޝާ އޭނާގެ ގައިގައި ޖެހިގަތެވެ. “އިފާ، ނޭނގެ މަށަކަށްވެސް ރޭގަ އަޔާން ފެނުނީންސުރެ އަހަރެންނަށް އޭނައާއި ދޭތެރޭ ވިސްނެން ފެށިއްޖެ، އަދި އަލަށް ފިރިހެނެއް ފެނިގެން އަހަރެންނަށް މިހެންމިވަނީ، ވަރަށް ގަޔާވޭ އަސްލު، އަނެއްކަ ރޭގަ ބައްޕަވެސްބުނެފި ކޮންއިރަކުންހޯ މީހަކާ އިންނާނީ” އިފާޝާއަކީ ޔަޝްފާގެ އެންމެގާތް އެކުވެރިޔާކަމުގައި ވިޔަސް އަލަށް ފިރިހެންނަކާ ގަޔާވެ ފިރިހެނެއްގެ ވާހަކަދައްކަންޖެހުމުން ލަދުގަންނަ ގޮތްވިއެވެ. ނަމަވެސް ލަދަކާއިހުރެ ތަދެއްނުފިލާނެކަން އެނގިހުރެ އެވާހަކަތަށް ހިއްސާކުރަން ބޭނުންވާތީ އާއި އަޔާންއާއި ބެހޭގޮތުން އިތުރަށް އޮޅުންފިލުވަންބޭނުންވެފައި ހުރުމުން  ސުވާލުކުރަންފެށިއެވެ. “އަޔާން އެއީ ކާކުތަ؟ ކިހިނެތްވީ މިގޭގަ އޭނަ އެހުންނަނީ؟ އޭނަ ކޮންރަށެއް؟” އެއްފައްޗަކަށް ސުވާލުތަށް އިފާޝާއަށް ކުރިއިރު ޔަޝްފާގެ މޫނަށްބަލަހައްޓައިގެން އޭނާ އިނީ ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.

“އަޔާން ދޯ؟ އޭނަ އެއީ މާލެ މީހެއް، އޭނަގެވެސް ފެމިލީގަ ހުންނާނީ އޭނަގެ މަންމައާއި ބައްޕަ އެކަނި، ޔަޝްފާ ގޮތަށް، މިގޭގަ އޭނަ އެހުންނަނީ އެއީ މަންމަމެންގެ ރައްޓެއްސަކަށްވާތީ، އެއީ މަންމަމެންވެސް މާލެ ގޮއްސިއްޔާ ހުންނަނީ އަޔާންމެން ގޭގަވިއްޔާ، އަޔާންގެ މަންމައާއި ބައްޕަވެސް ވަރަށް ރަނގަޅުވާނެ” އަޔާންއާއި ބެހޭގޮތުން އިފާޝާއަށް އެނގިފައިހުރި އެއްޗެއް ޔަޝްފާއަށް ކިޔައިދިނެވެ. އަދި އަޔާންއާއި ޔަޝްފާ ގުޅިއްޖިއްޔާ އޭނަ ވަރަށް އުފާވާނެ ކަމަށްބުންޏެވެ.

“ހޫމް ރޭގަ ކީއްވެ ބުނީ އަހަރެން ދެރަވެފައި މިހުރީ ޔާނިޝް އިއްޔެ އެއްގޮތަކަށްވެސް ނުފެނުނީމައޭ؟ ޔަޝްފާއަށް ކިހިނެތް އެނގުނީ؟ ތުނޑިމަތީ ތިބެ ރޭގައި ޔަޝްފާ އެހެންބުނި ހަނދާން ވުމުން އެސުވާލު ޔަޝްފާއާއި ކޮށްލިއެވެ. “އަހަރެންނާއި ދިމާވި އިއްޔެ މެންދުރު އެއްޗެއް ގަންނަން ނިކުމެ އުޅެނިކޮށް، އިފާޝާގެ ވާހަކަ  އެހީމަ ބުނީ މިއަދު މެޗް އޮތީމަ އަދި އިފާ އާ ދިމާނުވާކަމަށް، އެހެންވެ އެނގުނީ” ކަންތަށްވީގޮތް އިފާޝައަށް ކިޔައިދިންވަގުތު އަޔާންއަށް ގޮވަމުން ޔާނިޝް ގޭތެރެއަށް ވަންނަތަން ފެނުމުން އެވާހަކަ ހުއްޓައިލިއެވެ.

“ޔާނިޝް ކިހިނެތްވީ؟” މާބާރަކަށް އަޔާންއަށް ގޮވަމުން ޔާނިޝް ގޭތެރެއަށް ވަނުމުން އިފާޝާ ސުވާލުކޮށްލިއެވެ. “ކަމެއްނުވޭ އޭނަ ކޮބާތޯ ބަލާލަން، އަހަ ޔަޝްފާ، އަޔާން ހޯދަންތަ އައިސް ތީނީ؟” އިފާޝާކުރި ސުވާލަށް ޖަވާބުދެމުން ޔާނިޝް، ޔަޝްފާއާއި ދިމާކޮށްލުމުގެ ގުތުން އެހެންބުނުމުން އޭނާ ތުންއަނބުރައިލުމަށްފަހު މޫނު އަނެއްފަރާތަށްލީ އެވަގުތު އަޔާންވެސް ގޭތެރޭގައި ހުރެފައި ނިކުތުމުންނެވެ. “އޭނީ އަޔާންގެ ޔަޝްފާ، އަހަރެމެން ދެން މިތާތިބުމުގެ ބޭނުމެއްނެތްދޯ އިފާ؟” ހެމުން ހެމުން އައިސް އިފާޝާ، ޔާނިޝްގެ ކައިރިއަށް ހުއްޓުނުތަނާ ޔާނިޝް އެހެންބުނެ އިފާޝާގެ އަތުގައި ހިފައިގެން ގޭތެރެއަށްވަނީ އަޔާންއަށާއި ޔަޝްފާއަށް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ.

“ޔަޝްފާ” ޔާނިޝްމެން ގޭތެރެއަށްވަނުމުން އަޔާންއައިސް ޔަޝްފާއާއި ޖެހިގެން އިން ޖޯލީގައި އިށީއިނުމަށްފަހު އޭނާއަށް ގޮވައިލިއެވެ. އެވަގުތުވެސް ޔަޝްފާ އިނީ އަނެއްފަރާތަށް އެނބުރިއެވެ. ޔަޝްފާގެ ދަތްދޮޅީގައި ހިފައި އަޔާންއާއި ދިމާއަށް އަނބުރައި ލުމަށްފަހު ޔަޝްފާގެ އަތުގައި ހިފައި އޭނާގެ މޫނަށް ބަލައިލިއެވެ. “ހާދަ ރީއްޗޭ، ފުރަތަމަ ފެނުނު ވަގުތުންފެށިގެން މަށަށް ވަރަށް ކަމުގޮއްސި، މަށާ ރައްޓެހިވާންވީނުން، އެނގޭ ޔަޝްފާވެސް ވަރަށް ގަޔާވާކަން، ދެންމެ ދެއްކި ހުރިހާވާހަކައެއް އަހަރެންނަށް އަޑުއިވުނު”‘ ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަވަގުތު އަޔާން ހިތުގެ އުދާސްތަށް ބަންޑުންކޮށްލުމަށްފަހު ބުނިއެއްޗަކުން ޔަޝްފާ އިސްޖައިލިއެވެ. އަދި އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމަށްފަހު އަޔާންގެ މޫނަށް ބަލައިލިއެވެ.

“އަސްލުވެސް އާނ އެކޭތަ ތިބުނީ؟ އައިމް ސޯ ހެޕީފޯޔޫ” އެމީހުންގެ ވާހަކަތަށް އަޑުއަހަންހުރި އިފާޝާއާއި ޔާނިޝް ނިކުމެ އިފާޝާ އެހެންބުމުން  ދެމީހުން ސިއްސައިގެން އެއްފަހަރާ އޭނޭގެ މޫނަށްބަލައިލިއެވެ. އެވަގުތު އިފާޝާ ދުވެފައި އައިސް ޔަޝްފާގެ ގައިގައި އުފަލުންގޮސް ބައްދާލިއެވެ.

ދުވަސްތަށް މާޒީވަމުން ގޮސް އަޔާންގެ ޗުއްޓީ ހަމަވުމުގެ ސަބަބުން މާލޭގައިހުރި ކަމުގައިވީނަމަވެސް ދެމީހުންގެ ގުޅުމަކަށް ކުޑަ ނަމަވެސް ބަދަލެއްނާދެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ޔަޝްފާއާއި އަޔާންއަށް ވަނީ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެފައެވެ. އަދި އެގުޅުން ވަރުގަދަވެގެން ދިޔައީ ދެފަރާތުގެ އާއިލާއިން އެ ގުޅުމަށް ރުހިފައިވުމުގެ ސަބަބުންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.

“ރޯދައިގެ ކުރިން އަދި އަންނާނަންތަ މިކޮޅަށް؟ މިހާރު ރޯދަ އަންނަން 2 ހަފްތާއަށްވީނުން” އަޔާންއާއި ފޯނުންވާހަކަ ދައްކަންއޮވެ ޔަޝްފާ އެހެންބުނެލީ ކުޑަކުއްޖެއްފަދައިންނެވެ. “އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާ ދެވޭތޯ ބަލާނަން” އަޔާން އެހެންބުނުމާއި “ޔެސް” އޭ ކިޔައި ބާރަށް ހަޅޭލަވައިގަތެވެ. އަދި ލޯބީގެ އަހުދުތަކާއި ވައުދުތަށްވުމަށްފަހު ފޯނުވޭއްބާއްވައި ދެމީހުންވެސް ނިދުމަށްޓަކައި ދެލޯމަރައިލިއެވެ.

އާދުވަހަކަށް އިރުއެރީ ޔަޝްފާއަށް އުފާވެރިކަން ގެނެސް ދެމުންނެވެ. އެނދުމަތީގައި އޮވެ މޯޅިއަކަށް ދެމިލައި ފޯނުން ގަޑިބަލައިލުމަށްފަހު ފާހާނައަށްވަދެ ފެންވަރައިގެން ނިކުމެ ފަތިސް ނަމާދުކޮށްލުމަށްފަހު ކޮޓަރިން ނިކުތްއިރު ސިޓިންރޫމްގައި ވަހީދާ ފެންނަން ނެތުމުން ބަދިގެފަރާތަށް ދިޔައެވެ. ބަދިގެއަށް ވަތްއިރު ހެނދުނުގެ ސައިތައްޔާރު ކުރުމުގައި އަވަދިނެތި ވަހީދާ އުޅެމުންދިއުމުން ޔަޝްފާ އޭނާގެ މަންމައަށް އަތްގާތްކޮށްދިނުމުގައި އެހީތެރިވެދިނެވެ. “ދަރިފުޅާ ކޮންއިރަކުން ދެން އިންނާނީ؟ އަޔާންގެ އާއިލާއިންވެސް ވަރަށް ގަބޫލޭނުން ތިކަމަށް، އަނެއްކާ ބައްޕަވެސް ދަރިފުޅު ކައިރީ އެވާހަކަ ދެއްކިތަނާ ކުއްޖަކާ ރައްޓެހިވީވެސް، ބައްޕަވެސް އެހުންނަނީ ދަރިފުޅު ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގަ” ރޮށިފިހަންހުރެ ވަހީދާ ސުވާލުކޮށްލުމަށްފަހު އެހެންބުނެ ޔަޝްފާއާއި ދިމާއަށް ބަލައިލިއެވެ. “އަޔާން ބުނި މި ފެށޭހަފްތާ އަންނާނަމޭ، އަދި އެވާހަކަ ދައްކާލާނަން” ޔަޝްފާގެ މުސްތަގުބަލާއި ދޭތެރޭ އެނާގެ މައިންބަފައިންވެސް ނުހަނު ފޮނި އުންމީދުތަކެއް ކުރަމުންދާކަން އޭނާއަށް ވެސް އެނގެއެވެ. ޔަޝްފާ ކައިވެނީގެ ވާހަކަ ދައްކާއިރަށް އަޔާން އެކަމަށް ވަކި ޖަވާބެއް ނުދެނީ ކީއްވެބާއޭ ހިތަށްއެރުމުން އޭނާގެ ހިތް ނުތަނަވަސްވިކަމުގައި ވިޔަސް އެއްވެސް މީހަކާއި އެވާހަކަ ހިއްސާކޮށްފައި ނުވަނީ އަޔާންއަށް ޔަޝްފާ ކުރަމުންދާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އަދި ޔަޝްފާގެ މަންމަ ހިތްހަމަ ޖައްސައިދިނުމަށްޓަކައި އެހެންބުނެ މޫނުމައްޗަށް އަރަމުންދާ ކުލަވަރުތަށް ފޮރުވުމަށްޓަކައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“ޔަޝްފާ، ޔަޝްފާ” މެންދުރުވަގުތު އިފާޝާ، ޔަޝްފާމެންގެ ގެއަށް އައިސް އޭނާއަށް ގޮވައިލުމަށްފަހު ގޭތޭރެއަށް ވަތްވަގުތު ކޮޓަރީގައި ހުރެފައި ޔަޝްފާ ނިކުމެ ކިހިނެތްވީތޯ ސުވާލުކޮށްލިއެވެ. “ޔަޝްފާއަށް އެނގޭތަ ޔާނިޝް އަހަރެންކައިރީ އިންނަން އަހައިފި، ވާއު އައި އެމް ސޯ ހެޕީ، އަދި އެނގޭތަ ރޯދައިގެ ކުރިން އަހަރެމެން މެރީ ކުރަން ކަމަށް މިވިސްނަނީ، އަޔާން ކައިރީގަ ބުނެގެން އަހަރެމެންނާ އެއްދުވަހެއްގަ މެރީ ކުރާގޮތަށް ނިންމަންވީނުން” އިފާޝާ އެހައި އުފާވެފައި އިންދާ ދުވަހަކުވެސް ޔަޝްފާ ނުދެކެއެވެ. އިފާޝާ ދެއްކިވާހަކައިން ޔަޝްފާގެ ހިތް ނުތަނަވަސްވިޔަސް އިފާޝާގެ ކުރިމަތީގައި އެކަން ހާމަނުކުރަންވެގެން އޭނާގެ އުފަލުގައި ބައިވެރި ވިއެވެ. އަދި އަޔާންއައި އެވާހަކަ ދައްކާނެ ކަމަށްބުނެ އިފާޝާގެ ގައިގައި ބައްދައިލިއެވެ.

އަޔާން އަންނަ ދުވަސް ޖެހިގެން ދިޔައިރުވެސް ޔަޝްފާގެ އެސުވާލަށް ޖަވާބު ނުލިބުމުން މާޔޫސްވާގޮތްވިއެވެ. އަޔާންގެ ޖަވާބަކަށް އޭނާ އަބަދުވެސް ޖަހަމުންދާ ހިނިގަނޑުން ޔަޝްފާ ހުންނަން ޖެހެނީ ސީދާ ޖަވާބެއް ނުލިބި
ސުވާލުން ފުރިފައެވެ. އަދި އެކަމުގެ ސަބަބުން ޔަޝްފާއަށް އުނދަގޫތަކެއް ކުރަމުން ދިޔައެވެ.

ކުޅުދުއްފުއްޓަށް ދިއުމަށްޓަކައި އަޔާނަށް ބަނދަރު މައްޗަށް އާދެވުނުއިރު ބޯޓުފުރަން ހުރީ ފަސްވަރަކަށް މިނެޓަށްވެފައި ކަމަށްވުމުން އަވަހަށް ބޯޓަށް އަރައި އޭނާއަށް ހަމަޖެހިފައިވާ ޖާގައިގައި އޮށޯވެލިއެވެ. “ލަވް މިފުރީ އިންގޭ، ހަމަކިރިޔާ ބޯޓަށް އެރުނީ، ޗުއްޓީއަށް އެދިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ އެކަމަކު މިއަދު އޮފީސް ނިންމާލިތަނާ އޭގެ ޖަވާބު ލިބުނީ، ރެޑީ ވެގެން އާދެވުނުއިރު ހުރީ ފަސްމިނެޓަށްވެފަ” ޔަޝްފާއަށް ގުޅައިލުމަށްފަހު ޝަކުވާކުރާ ރާގަކަށް އެހެންބުނެ މިރޭ ތަންކޮޅެއް ފަހުން ގުޅާނެކަމަށް ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

ފިނިވެގެން އަޔާންއަށް ހޭލެވުނުއިރު އާދަޔާއި ހިލާފަށް ކަނޑު ގަދަކަމަށް އޭނާއަށް ފާހަގަކުރެވެމުން ދިޔައެވެ. އޭރު ޔަޝްފާއަށް ގުޅުމަށްފަހު ފޯނުބާއްވައި ދެލޯމަރައިލެވުނީ ވެފައިހުރި ވަރުބައްޔެއްގެ ބޮޑުކަމުންނާއި ނިދާލަން ބޭނުންވެފައި ހުރިވަރުންނާއިވެސް އެކުގައެވެ. ފޯނުން ގަޑި ބަލައިލިއިރު ހުރީ ނުވައެއް ޖަހައިބޮޑުވެފައެވެ. އަދި ފާހާނައަށް ވަދެލުމަށްފަހު ޔަޝްފާއަށް ގުޅައިލުމަށްޓަކައި ތިރިއަށްފޭބީ އަޔާންހުރި ބައިން ރޭންޖް ނުލިބޭތީއާއިވެސް އެކުގައެވެ. ޔަޝްފާގެ ފޯނު ރިންގްވިތަނާހެން ފޯނުނެގިއެވެ. “އަޔާން އަހަރެން ވަރަށް ގުޅައިފިން، އެކަމަކު ރޭންޖްނުލިބޭތީ ކަންނޭނގެ ފޯނު ނިވާލާފައޭ ބުނަނީ، މޫސުންގޯސްވެފަ ވުމުގެ ސަބަބުން މެޓް އޮފީހުންވެސް އަންގައިފި ކަނޑު ދަތުރުކުރާފަރާތްތަކުން ސަމާލުވުމަށް، މީ ކުއްލިއަކަށް ރާއްޖެއަށް ކުރިމަތިވި ކޮޅިގަނޑެކޭބުނީ، އަޔާން ރަނގަޅުތަ؟” ޔަޝްފާ ވާހަކަދެއްކި ގޮތުން އޭނާހުރީ ވަރަށްބޮޑަށް ހާސްވެފައިކަން އަޔާންއަށް އެނގުނެވެ. އަދި ވަގުތުގެބޭނުންހިފައި ބޯޓުގެ ތިރީގައި ތިބި މީހުންނަށް އަޑުނީވޭނެ ހިސާބަކަށްގޮސް ޔަޝްފާއާއި ސަމާސާކޮށްލުމުގެ ނިޔަތުގައި މިހެންބުނެ ހޭންފެށިއެވެ. “ލޯބީ ދެންނޭނގެ އަހަރެންފެންނާނެ ކަމެއްވެސް ވިއްސާރަވެ ކަނޑުގަދަވެގެން ބޯޓުގެ ފަހަތުކޮޅުންދިޔަވެގެން މިއުޅެނީ، ބޯޓުގެ ހުރިހާ ފަޅުވެރިންވެސް މިހާރުއުޅެނީ މީހުންތަކަށް ލައިފްޖެކެޓްތަށް ބެހުމުގަ” “ދެން އަޔާނޫ އެއްވެސް މަޖައެއްނޫން އިނގޭ ބިރުންގޮސް ކިރިޔާނުން ހަލާކުނުވީ، ދެން ތިކަހަލަ ސަމާސާ ނުކުރާތި” ޔަޝްފާހުރީ ހިސާބަކަށް ރުޅިއައިސްފައެވެ. “ސޮރީ ދޫންޏާ ރަންކޮޅާ، އެއީ މަޖަލަކަށް ބުނި އެއްޗެއް ދެން ރުޅިނާދެބަލަ، އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއްނުވާނޭ” އަޔާން ޔަޝްފާ ހިތްހަމަ ޖައްސައިދެވޭތޯ ބަލަމުންދިޔައެވެ. “ހޫމް އޯކޭ އޭ، ދެން އަޔާން ބުނެބަލަ މެރީ ކޮށްގެންދޯ ދެންދާނީ؟ ވަރަށް ދެރަވޭ އަޔާންއާ ދުރުގަ ހުންނަން ޖެހޭތީ”  ޔަޝްފާ ރުޅިމަޑުކުރަމުން އަޔާންއާއި ވާހަކަ ދައްކަމުން ގޮސް އަނެއްކައިވެސް ކައިވެނީގެ ޥާހަކަ ދެއްކުމުން އަޔާން މިފަހަރުވެސް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. “ކެތްތެރިވޭ އަދި ތިކަންތަށްވެސް ވާނެ ކަންނޭނގެއޭނުން ދޯ، ވަރަށް ވިއްސާރަދޯ،  ދެންމިދަނީ އަނެއްކައިވެސް ނިދޭތޯ އިނގޭ، ދޫނިވެސް ދެން ނިދާލާ، މާދަމާ ތިވާހަކަ ދައްކާނީ” އަޔާން އެހެންބުނުމަށްފަހު ފޯނުބާއްވަން އުޅުނުވަގުތު ބޯޓުގައި ތިބި މީހުންތަށް ހަޅޭލައިގަތްއަޑު އިވުނެވެ. އޭރު ބޯޓުގެ ފަހަތްކޮޅުން ދިޔަވަމުން ދިޔައެވެ. “އަޔާން ކޮން އަޑެއް އެއިވެނީ ކޮންބައެއް ހަޅޭ ލަވަނީ؟” އަޔާން އެހެންބުނުމުން ޔަޝްފާވެސް ފޯނުބޭއްވުމަށްޓަކައި އުޅުނުވަގުތު އިވުނު އަޑުފައްގަނޑުން އަޔާންއާއި ސުވާލުކޮށްލިއެވެ. “ޔަޝް ބޯޓު ދިޔަވަނީ ބޯޓުގެ ފަހަތުން ބޮޑުބައެއް އޮތީ ހަލާކުވެސްވެފަ” ދެލޯބޮޑުކޮށްގެންހުރެ އެދިމާއަށްބަލަމުން އަޔާން އެހެންބުނިއިރު މީހާ ހުރީ ބިރުންގޮސް ދާހިތްލާ ފޯވެފައެވެ. “އަޔާން ސަކަރާތް ނުޖަހާ ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ ކަންނޭނގެ، އެގޭތަ ތިކިޔޭ އެއްޗެއް” މިފަހަރުވެސް ޔަޝްފާ ރުޅިއައީ އަޔާން ސަމާސާކުރަނީ ކަމަށްހީކޮށެވެ. “ކޮއްކޯ މި ލައިފްޖެކެޓް އަޅައިގެން އާދޭ ބޯޓުގެ ކުރީކޮޅަށް، ބޯޓުގެ ކައްޕި މިހާރު ކޯސްޓް ގާރޑަށްވެސް އަންގައިފި” ޔަޝްފާ އެހެންބުނިތަނާ އަޔާން ކައިރީގައި މީހަކު އެހެންބުނިއަޑު އިވުނެވެ. ކަމެއް ގޯސްވެއްޖެކަން ޔަޝްފާއަށް ޔަގީންވީ އަޔާންއަށް ދެތިންފަހަރަކު ގޮވުމުންވެސް އަޔާންގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ. އަދި ހަމަ އެވަގުތު އަޔާންގެ ފޯނު ކެނޑުނެވެ.

ބޯޓުގެ ފަޅުވެރިޔާއާއި އެކު އެމީހާދިޔަ ދިމާއަށް ދިއުމަށްޓަކައި ދުއްވައިގަތްތަނާ އެހެންދިޔަ މީހެއްގެ ގައިގައި ޖެހި ފޯނު މޫދަށްވެއްޓުނީއެވެ. އަޔާން އެމީހާފަހަތުން ގޮސް ބޯޓުގެ ކުރީކޮޅުގައި މަޑުކޮށްލުމަށްފަހު ބޯޓުތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭރު ބޯޓުގެ ކުރީކޮޅުގައިވާ ގެގަނޑު މައްޗަށް އަރައިތިބި މީހުންތަކުގެ ތެރޭގައި އަޔާންވެސްވަނީ ފިތިބާރުވެފައެވެ. ކުދިބޮޑު އެންމެން ބިރުން ރޮމުން ގެންދިޔަ އިރު އެކިމީހުންގެ ހަޅޭކުގެ އަޑާއި ޝާހާދެއް ކިޔާ އަޑުން މުޅިބޯޓުތެރެވަނީ ގުގުމާލާފައެވެ.

ބޯޓުގެ މަތީގައި ތިބިމީހުންތަށް ތިރިއަށް ފޭބުމަށްޓަކައި މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ބޯޓުގެ ސިޑިގޮޅިވަނީ މީހުންތަކުން ފިތި ބާރުވެފައެވެ. އޭރުވެސް ބޯކޮށްވާރޭވެހެމުން ދިޔައިރު ކަނޑުގެ ރާޅުތަކުގެ ބިޔަކަމުން ހީވަނީ ބޯޓު އަނެއްފުށުން ޖަހައިލަދާނެހެންނެވެ. އެމީހުންނަށް އެހީތެރިވުމަށް އަޔާން ދާން ކިތަންމެ ބޭނުންވިޔަސް މިވަގުތު ހާލަތުހުރި ގޮތުން ފަޅުވެރިންގެ ބަހަށް ހެއްލެން އެއިންކޮންމެ މީހަކަށްވެސް ވަނީ މަޖުބޫރުވެފައެވެ. ބޯޓުގައި ދިޔަގަނޑުބޮޑުވެ ބައެއްމީހުން ކަނޑުވެގެން ދިޔަތަން އަޔާންގެ ލޯކުރިމަތީގައި ފެންނަމުން ދިއުމުން ދެލޯ ފެންކަޅިވިއެވެ. އެވަގުތު އަޔާން އެއްލި ކަޅިއަކުން ބޯޓުގެ އެންމެ މަތީބައިގެ ބޭރުގައި ހުރި އަންހެންމީހާއި އޭނާގެ ކުޑަ ދަރިފުޅު އޭނާގެ ލޮލުގައި އަޅައިގަތެވެ. އަޔާން އިންތަނުން ތެދުވެ އެދެމައިން ތިރިއަށް ބޭލުމުގެ މަސައްކަތް ފެށިއެވެ. މީހުންގަނޑުގެ ތެރެއިން ވަރަށް މަސައްކަތުން ބޯޓުގެ ދެވަނަބައިގައި އިން ޗެންޗޭނުގަނޑުގައި ހިފަހައްޓައިގެން ވަރަށް ފަރުވާތެރިކަމާއި އެކު މައްޗަށް އެރުމަށްފަހު އެދެމައިން ތިރިއަށް ބޭލުމުގެ މަސައްކަތް ފެށުމުން ދެންތިބި މީހުންގެ އެހީތެރިކަންވެސް އަޔާންއަށް ލިބެމުން ދިޔައެވެ.

ބޯޓުގެ ކުރީކޮޅުގައިތިބި މީހުންތަކުގެ އެހީތެރިކަމާއި އެކު އެދެމައިން ތިރިއަށް ބޭލުމަށްފަހު އަޔާން ތިރިއަށް ފައިބަން އުޅުނުވަގުތު ޖެހި ބޮޑު ރާޅެއްގެ ސަބަބުން ބޯޓަށް އެރި ވަރުގަދަ ލޮޅުމަކުން އަޔާންއަށް ނުހިފެހެއްޓި މާސިންގާ ކަނޑަށް ވެއްޓުނެވެ.

*** *** ***

ހަދާނެގޮތެއްނޭނގި ފޯނުގެ ސްކުރީނަށް ބަލަހައްޓައިގެން އިން ޔަޝްފާ އިނީ ގަބުވެފައި އިން މައްޔިތެއް ފަދައިންނެވެ. ސިހިފައި ޔަޝްފާއަށް ފޯނުގެ ސްކްރީނަށް ބަލައިލެވުނީ އިފާޝާ ގުޅަމުންދިއުމުންނެވެ. “ޔަޝްފާ ވަރަށް އަވަހަށް ޓީވީ ބަލާބަލަ” ޔަޝްފާ ފޯނުނަައި ކަންފަތުގައި ޖައްސައިލުމާއި އެކު އިވުނީ ހާސްވެފައިހުރެ އިފާޝާ އެހެންބުނިއަޑެވެ. ޔަޝްފާ އަވަހަށް ގޮސް ޓީވީ ހުޅުވައިލިއިރު “އަވަސް ޙަބަރު” ގެ ގޮތުގައި އަންނަމުން ދިޔައީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ބާދްސާހު ބޯޓު ދިޔަވެގެން އުޅޭކަމުގެ ހަބަރެވެ. އަދި  ކޯސްޓް ގާރޑްގެ ޓީމެއް ބޯޓުއޮތް ސަރަހަށްދަށް ދަތުރުކުރަމުންދާކަމަށް ވެސް ހަބަރުގައި ކިޔަމުންދިޔައެވެ. އެވަގުތު ޔަޝްފާގެ އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުނެވެ. އަދި ހުރިތަނަށް ދެކަކޫ މައްޗަށް ތިރިވެ ބާރު ބާރަށް ރޯންފެށިއެވެ.

“ދަރިފުޅާ ޔަޝްފާ ކިހިނެތްވީ؟ ކީއްވެތި ރޮނީ؟” ވާނުވާ ނޭނގިހުރެ ވަހީދާ އައިސް ޔަޝްފާ ކައިރީ ސުވާލުކުރިއިރު ނިޒާރުވެސް އައިސް ޔަޝްފާކައިރީ އިށިއިނދެ ބޮލުގައި ފިރުމައިލުމަށްފަހު ހަމަ އެސުވާލުކޮށްލިއެވެ. “މަން.. މަން… މަންމާ.. އަޔާން މާލެއިން ފުރި ބޯޓު… ބޯޓު ދިޔަވެގެން އެބައުޅޭ” ރޮމުން ގިސްލަމުން ޔަޝްފާ ވާހަކަ ދައްކަމުން ދިޔައެވެ. ވަހީދާ އާއި ނިޒާރުއަށް ހީވީ ދުނިޔެ އެކީ ހުއްޓުނުހެންނެވެ. ގަބޫލުކުރަންދަތިވެފައި އިނދެވެސްމެ ޓީވީ އާއި ދިމާއަށް ނަޒަރު ހިންގައިލިއެވެ. “އަވަސް ހަބަރު” ގެ ގޮތުގައި ފަލަ ސުރުހީގައި ވަނީ އެވާހަކައެވެ. މާލެއިން ކުޅުދުއްފުއްޓަށްފުރި ބޯޓު ދިޔަވަމުންދާ ވާހަކައެވެ. ޔަޝްފާއަށް ކުރަމުންދާނެ އަސަރު އެދެމަފިރިންނަށް އިހްސާސްވަމުން ދިޔައެވެ. ލޯބިވާ ދަރިފުޅު އެހާލުގައި ވަނިކޮށް އަދި ދުވަހަކުވެސް އެދެމަފިރިން ނުދެކެއެވެ. ޔަޝްފާ އަތުލަފިކޮށްގެން ގޮސް ސޯފާގައި ބޭންދުމަށްފަހު ވަހީދާ އޭނާގެ ދަރިފުޅަށް ހިތްވަރުދެމުން ދިޔައިރު ކަރުއެލުވާލައިގެން ނިޒާރު އިނީ އޭނާގެ ދަރިފުޅަށް ކުރިމަތިވި ހިތާމަވެރި ގޮތުންނެވެ.

މޫދުލޮނުގަނޑުގައި ޖެހުމާއި އެކު އަޔާން މައްޗަށްއެރިއެވެ. އަދި ދިޔަވަމުންދިޔަ ބޯޓާއި ދިމާއަށް ބަލައިލިއެވެ. އޭރު ބޯޓުގެ ބޮޑުބައެއް އަޑީގައިވާއިރު ކަނޑުގެ ރާޅުތަށް ބޮޑުވެފައި ވުމުގެ ސަބަބުންނާއި ކަނޑުގެ އޮއެވަރު ބާރުކަމުން އަޔާންވަނީ ބޯޓާއި ވަރަށް ދުރަށް ބެހިގެން ގޮސްފައެވެ. އެންމެންވެސް ސަލާމަތަށް އެދިގޮވަމުން ދިޔައިރު ކަނޑުމަތީގައި ތިބި މީހުންތަށް އެކިދިމަދިމާއަށް އޮޔާގެންދަމުން ދިޔައެވެ. ކަނޑުގެ ރާޅުތަށްބޮޑުވެފައި ވުމުގެސަބަބުން އަޔާންއަށް ލައިފްޖެކެޓްގެ އެހީގައި އޮތްަކަމުގައިވީނަމަވެސް ފެންމަތީގައި  އޮންނަން އުދަގޫވެ ލޮނުބޮވެމުން ދިޔައެވެ. އަދި މަޑުމަޑުން މީހާގެވަރު ދޫވެ ހަބަރު ހުސްވާގޮތް ވާންފެށިއެވެ.

އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިފާޝާއާއި އަޔާން، ޔަޝްފާގެ ގެއަށްއައެވެ. އެންމެ ގާތްއެކުވެރިޔާ އިން ހާލުފެނި އިފާޝާގެ ހިތުގައި ޖެހުނެވެ. އަދި ދުވެފައި ގޮސް ސޯފާގައި އިން ޔަޝްފާގެ ކައިރީގައި އިނދެ ވަހީދާއެކޭ އެއްފަދައިން އޭނާއަށް ހިތްވަރުދެމުން ދިޔަނަމަވެސް އޭނާ ރުއިން ހުއްޓާލާގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ޔަޝްފާގެ އުމުރުގައިވެސް އޭނާ ލޯބިވީ އެންމެ މީހެއްދެކެއެވެ. ނަމަވެސް މިއަދު ކަންތަށް ދިމާކުރިގޮތުން އަޔާން ދުނިޔޭގައިހުރި ކަމެއްވެސް ނޫނީ ނެތްކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ.

އެމް. އެން. ޑީ. އެފްގެ ކޯސްޓް ގާރޑަށް އެހިސާބަށް ދެވުނީ ހާދިސާ ހިނގިތާ ގަޑިއެއްގެ އިރު ފަހުންނެވެ. އޭރު ބޯޓުވަނީ އެއްކޮށް ފެތިފައެވެ. ކޯސްޓް ގާރޑްގެ ޓީމް ކަނޑުވެފައިތިބި މީހުންތަށް އެއަށް އެރުވުމުގައި އުޅުނުއިރު އެމާރޖެންސީ ފަރުވާ ދިނުމުގައި ޑޮކްޓަރުން ތައްޔާރުވެ ތިއްބެވެ. އަދި ފެނުނު މީހުންތަށް އެރުވުމަށްފަހު މާލެ ދިއުމަށް މިސްރާބުޖެހިއިރު ކޯސްޓްގާރޑްގެ އިތުރު ޓީމެއް އެތަނުގައި އިތުރަށް މީހުން ފެނޭތޯ ބަލަން ހަރަކާތްތެރިވެއުޅުނެވެ.

އެއްބަޔަކު ކަނޑައަށް ފައިބައިގެންނާއި ލައިޓްދިއްލައިގެން ބޯޓްފެތިފައި އޮތްދިމާ ބަލަމުންދިޔައެވެ. އެވަގުތު އެދިމާއާއި  ތަންކޮޅެއްދުރުން އޮޔާދަމުންދިޔަ މީހުންތަށް ފެނުމާއިއެކު އެދިމާއަށް ކައިރިކުރިއެވެ. ލައިފް ޖެކެޓްގެ އެހީގައި ފެންމަތީގައި އޮތްކަމުގައިވީނަމަވެސް އެމީހުންގެ ހާލުވަނީ ވަރަށް ދެރަވެފައެވެ. ގިނައީ ކުޑަކުދިންނެވެ. ފެންނަ ފެނުމަށް އެކުދިންގެ އުމުރު އުޅޭނީ ގާތްގަނޑަކަށް 5 އަހަރާއި ތިންއަހަރާއި ދޭތެރޭގައެވެ. އަދި ބޯޓުގެ އެތެރެވެސް ވީވަރަކުން ބަލައި ހެދީ އޭގޭތެރޭގައިވެސް މީހުންތިބެދާނެކަމަށް ބަލާފައެވެ. ޓޯޗުން އަލިކުރަމުން ބޯޓުގެ ފަހަތުކޮޅުން އެތެރެއަށް ވަދެގެންދިޔައިރުވެސް ބޮޑެތިރާޅުތަށް ޖަހަމުންދިޔައެވެ. އެވަގުތު ބޯޓުގެ ސިޑިގޮޅީގައި ތާށިވެފައި އޮތް ފަސްމީހުންފެނުނުއިރު އެއިން އެކަކުގެވެސް ފުރާނައެއްނެތެވެ. އެމީހުންގެ މޫނުމަތިންނާއި ހަށިގަނޑުގެ އެކިތަންތަނުން ކަނޑައިގެން ގޮސްފައިހުރިތަންތަނުން ލޭއަންނަމުން ދިޔައިރު އެއިން އެކަކުގެ ފައި އެތަނުން ދޭތެރެއެއްގައި ތާށިވެ ފައިބިނދިފައި ވުމުގެ ސަބަނުން ކަށިގަނޑުވެސް ބޭރުން ފެންނަން އޮތެވެ. ވަރަށް މަސައްކަތުން އެމީހުން ނަގައި ކޯސްޓްގާރޑަށް އެރުވުމަށްފަހު އިތުރުމީހުން ފެނޭތޯވެސް ބެލުމަށްފަހު މާލެދިއުމަށްފުރީ އެމީހުންގެ މަސައްކަތަށް އަލިމަގެއް ނުފެނުމުންނެވެ.

“މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ބާދުސާހު ބޯޓް ވިއްސާރަވެ ކަނޑުގަދެވުމުގެ ސަބަބުން ފެތި އޭގެން ދަތުރުކުރި ސަތޭކަ މީހުންގެ ތެރެއިން ފަސްދޮޅަސް މީހުންގެ ހަށިގަނޑު ފެނިފައިވާއިރު ބާކީތިބި ސާޅިސް މީހުންގެ ހަށިގަނޑުވަނީ ވީނުވީއެއްނޭނގި ގެއްލިފައެ، އެމް. އެން. ޑީ. އެފް ގެ ޓީމުންކުރި މަސައްކަތުން ބައެއްމީހުން ހޯދާފައިވާއިރު މިހާރު އައި. ޖީ. އެމް. އެޗްގައި ފަރުވާދެމުން އެބަ ގެންދަވައެވެ. ބޯޓުގެ ފަޅުވެރިއެއް ކައިރީ ސުވާލުކުރުމުން ބުނީ ކަނޑުގަދަވުމުގެ ސަބަބުން ބޯޓުއެހައި ފަސޭހައިން އަޑިއަށްދިޔައީ މާގިނައިން މުދާއެރުވުމުގެ ސަބަބުންކަމަށެވެ. މޫސުމަށް މިއައި ކުއްލިބަދަލާއި އެކު ދެންމެ އެދިމާވެގެންދިޔަ ހިތާވެރި ހާދިސާއެއްވެގެން ދިޔަ ނުދިނުމަށް ކަނޑުދަތުރު ކުރަމުން ގެންދަވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.” ލައިވް ކަވަރޭޖް ޓީވީއިން ގެންދަމުން ދިޔައިރުވެސް ޔަޝްފާއަށް ބެލެމުންދިޔައީ އެއިން މީހެއްގެ ތެރެއިންވެސް އަޔާންގެ ހަށިގަނޑު ފެންނަމުން ދޭތޯއެވެ. ނަމަވެސް ލައިވް ކަވަރޭޖް ނިމިގެން ދިޔައިރުވެސް އަޔާންގެ ހަށިގަނޑު ނުފެނުމުން އިތުރަށް ގިސްލާ ރޮވެން ފެށިއެވެ. އިފާޝާވެސް ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފައި އިންއިރު ލޯފެންކަޅިވަމުން ދިޔައެވެ.

އެހާދިސާގެ ސަބަބުން ގިނައާއިލާތަކެއްގެ އުފާވެރިކަންގެއްލި އެމީހުން ކުރަމުންދިޔަ އުންމީދުތަށް ފުނޑު ފުނޑުވެގެން ދިޔައެވެ. އަދި ފަރުވާ ކުޑަވުމުގެ ސަބަބުން އެތަށް އާއިލާއަކަށް ކުރިމަތިމި ގެއްލުމުގެ ބަދަލުގައި ބޯޓުގެ ވެރިފަރާތުން އެހީތެރިވަމުން ދިޔައިރު ބޯޓުގެ ވެރިފަރާތަށްވެސް ބޯޓު ދެންއިތުރަށް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި އޮތުމުން ލިބުނު ގެއްލުނަވެސް ކުޑައެއްނޫނެވެ.

އެހާދިސާއަށް ހަފްތާއެއް ވެގެންދިޔައިރުވެސް އެސަރަހަށްދުން ދަތުރުކުރަމުން ދާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެމް. އެން. ޑީ. އެފް ގެ އިސް އޮފިސަރ އިލްތިމާސްކޮށްފައިވަނީ އަދިވެސް ބޯޓުން ގެއްލުނު މުދާތަށް އެހިސާބުގަނޑުން ފެންނަމުން ދާތީއެވެ.  އަޔާން ގެއްލުނުފަހުން ޔަޝްފާއަކަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ނުކައި ނުބޮއެ އެގޮތަށް ހިތާމަކޮށްކޮށް މިހާރު އޭނާ އޮތީ ވަރަށް ބޮޑަށް އަނަރޫފަވެސް ވެފައެވެ. ދެލޯކައިރި ކަޅުވެ ވަޅުވަދެފައިވާއިރު ހީވަނީ މީންދުވަހަކު އުފަލެއްލިބިފައިނުވާ މީހެއްހެންނެވެ.

“ދަރިފުޅާ ދެން ހިނގާބަލަ އެއްޗެއް ކާން، މިހާރު ތިހެން އޮންނަތާވެސް ކިހާދުވަހެއްމިވަނީ، ދަރިފުޅު ހިތްވަރު ކޮށްގެން ރަނގަޅަށް ހުރީމަ އޭނުން މަންމަމެން ވެސް އުފާވާނީ” ދަރިފުޅު އޮތް ހާލުން ހިތުގައި އަތްއަޅައިގެން އިނދެ ވާހަކަ ދައްކަމުންދިޔައިރު ވަހީދާގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އެވަގުތު އިފާޝާއައިސް ޔަޝްފާގެ ކޮޓަރިއަށް ވަނުމުން ދެލޯފުހެލުމަށްފަހު ވަހީދާ އެކޮޓަރިން ނިކުތުމުން މަޑު ހިނގުމެއްގައި ގޮސް އިފާޝާ، ޔަޝްފާއޮތް އެނދުގެ މަގަތުގައި އިށިއިނދެލިއެވެ.

 

“ޔަޝްފާ ތިހެން އުޅުނީމަ މަންމަމެން ކިހާ ދެރަވާނެ، އަހަރެންނަށްވެސް އެނގޭ ޔަޝްފާގެ ހިތަށްކުރާނެ އަސަރު އެކަމަކު ހިތްވަރު ކުރަންވާނެ ދޯ” ޔަޝްފާއަށް ވިސްނައިދެވޭތޯ އިފާޝާ މަސައްކަތްކުރަމުން ދިޔައެވެ. “އަހަރެން އަލަށްވެސް ލޯބިވީ އަޔާންދެކެ، އެކަމަކު އަހަރެމެންގެ ގުޅުމަށް ތަޤްދީރު ދެކޮޅުހެދީ، އަޔާން މަރުވީކަމެއްވެސް ނޫނީ ދުނިޔޭގަ ނެތްކަމެއްވެސް އަހަންނަކަށް ނޭނގެ، އަޔާންގެ މަންމަ އަށް ގުޅުމުންވެސް އެއީ އަހަރެންގެ ސުންޕާކަމުންވީ ކަމެކޭ ކިޔައި އެއްޗެހިކީ، އަހަރެން….” އެނބުރެމުންދާ  ްފަންކަލާއި ދިމާއަށް ބަލަހައްޓައިގެން އޮވެ ޔަޝްފާ ވާހަކަދައްކަމުންގޮސް އެހިސާބަށް ބުނެވުނުތަނާ ރޮވެންފެށުނެވެ. އަދި ދެލޯފުހެލުމަށްފަހު ހިތްވަރު ކުރާނެ ކަމަށްބުނެ އިފާޝާއަށް ހިނިތުންވުމެއް ރައްދުކޮށް އޭނާއާއި އެކު ކެއުމަށްޓަކައި ކާގެއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ.

އިފާޝާގެ ކައިވެނީގެ ދުވަސް އައިސް ޖެހުމުން ޔާނިޝް އާއި ވާހަކަ ދެއްކުމަށްފަހު ކައިވެނި ލަސްކުރުމަށް ނިންމީ ޔަޝްފާ ދެރަވާނެވަރު ހިތަށްއަރާފައެވެ.  ނަމަވެސް އެކަން ޔަޝްފާއަށް އެނގި އޭނާއާއި ހެދި އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ކައިވެނީގެ ދުވަސް ފަސްނުކުރުމަށްބުނެ ހަމަޖައްސާފައިވާ ތާރީހުގައި އެކަން ކުރުމަށް އެދެމީހުން ކައިރީ ބުނަމުންދިޔައެވެ. އަދި ޔަޝްފާގެ އެދުމުގެ މަތިން އިފާޝާއާއި ޔާނިޝް އެމީހުން ހަމަޖައްސާފައިވާ ތާރީހުގައި ކައިވެނި ކުރިއެވެ. ނަމަވެސް އެމީހުން ކުރިން ރާވާފައިވާގޮތަށް ކައިވެނި ޕާޓީ ނުބޭއްވުމަށް ނިންމިއެވެ.

“އިފާޝާއަށް އެނގޭތަ، އަޔާން އާއި އަހަރެން މާކުރިން ރާވަފައި އޮތްކަމެއްމީ، އަބަދުވެސް ރާވާފަ އޮތީ އެއްދުވަހެއްގަ އިފާ އާ ޔަޝްފާއާއި މެރީ ކުރަން، ޔަޝްފާ އެވަރަށް އެސުވާލުކުރުމުންވެސް އަޔާން އެކަމަށް އެޗެއްނުބުނީ އޭނާއަށް ސަޕްރައިޒެއް ދޭންވެގެން، އަހަރެންވެސް އެވާހަކަ ސިއްރުކުރީ އެހެންވެ، ދެން ދުވަހަކުވެސް އެވާހަކައެއް ނުބުނެވޭނެ، އޭރުން ޔަޝްފާ ދެރަވޭނެ، އެދުވަހަށްފަހު އަޔާންގެ މައިންބަފައިންވެސް އަހަރެމެންނާ ގުޅުން ކަނޑާލައިފި، އެއީވެސް ޔަޝްފާއާ ހެދި ވީކަމެކޯކިޔާފަ، އެކަމަކު އޭގަ ޔަޝްފާ ކުރާނީ ކީއްދޯ؟” ކައިވެނީގެ ފުރަތަމަރޭ ޔާނިޝްގެ ގެއަށް އިފާޝާގެނެސް އެނދުމަތީގައި އޮވެ އޭނާގެ މޭމަތީގައި ބޯއަޅައިލައިގެން އޮތް އިފާޝާގެ އިސްތަށިގަނޑާއި ކުޅެމުން ޔާނިސް ވާހަކަ ދެއްކިއެވެ. އަދި އެކަންތަށް އިފާޝާއަށް އެނގުމުން ފެންކަޅިވެ ރޮވޭގޮތްވީ ޔަޝްފާއާއި ދޭތެރޭ ވިސްނައިލެވުމުންނެވެ.

މައިންބަފައިންގެ ހިތްވަރުންނާއި، އިފާޝާގެ ދެމަފިރިންގެ ހިތްވަރުން ޔަޝްފާ ހިތްހަމަޖެހެމުން ދިޔަކަމުގައިވީނަމަވެސް އަޔާންމަތިން ހަނދާންވުމުން ޔަޝްފާއަށް ރޮވޭގޮތްވެއެވެ. ޔަޝްފާ ކިތަންމެ ހިތްވަރެއްކުރި ކަމުގައިވީނަމަވެސް އަޔާންގެ ހަނދާންތަކުގައި ދިރިހުންނަށް ބޭނުންވިއެވެ. ހިތްދަތި އިހްސާސެއް ނަމަވެސް އަޔާންގެ މަގާމަށް އިތުރު މީހަކު ގެނައުމުގެ ހިތްވަރު ޔަޝްފާގެ ގައިގައި ނެތީއެވެ.

އަހަރުގެ ރޯދަމަސްފެށި ފުރަތަމަ ހަފްތާ ގުނަމުންދިޔައެވެ. ޔަޝްފާގެ އާއިލާއާއި އެކު އުފާވެރިދުވަސްތަކެއް ވޭތުކުރަމުންދިޔަ ކަމުގައިވީނަމަވެސް އެކަނިވެއްޖެ ވަގުތެއްނަމަ އަޔާންގެ މަތިން ހަނދާންވެ ރޮވޭގޮތްވެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެކަމެއް ޔަޝްފާ އަންގަން ބޭނުންނުވީ މައިންބަފައިންނާއި ރައްޓެހިން ދެރަކުރަން އޭނާ ބޭނުން ނުވާތީއެވެ.

އާދައިގެމަތިން ރަމަޟާންމަހުގެ ރޭތަކުގައި އަންނަ ޕްރޮގްރާމްތަށް ބެލުމަށްޓަކައި ޔަޝްފާއިނީ ސިޓިންރޫމްގެ ސޯފާގައެވެ. ނަމަވެސް މިރޭ ޔަޝްފާ އިންތިޒާރު ކުރަމުން އެދަނީ ކޮންމެ ރަމަޟާން މަހުވެސް ޓީ.ވީ.އެމް އިން ގެނެސްދެމުންދާ އެހަނދާނުގައި ޝޯ އަންނާނެ ވަގުތަކަށެވެ. ޔަޝްފާ ކުރަމުންއައި އިންތިޒާރުގެ ނިމުންއައިސް ޝޯފެށި ލަވަތަށް ކުރިއަށް ދަމުންދިޔައެވެ. ޔަޝްފާގެ މަންމައާއި ބައްޕަވެސް ޓީވީބަލަން އިނދެ ދިއުމުން ފޫހިވާންފެށީ މިފަހަރުގެ ޝޯގައި ކަމުދާ ލަވައެއް ގެނެސްދެމުން ނުދާތީއެވެ. އެވަގުތު ޔަޝްފާގެ ފޯނަށް އިފާޝާ ގުޅުމުން ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ވަރަށް ފޫހިދޯ؟ ނާދޭ ރީތިލަވަގަނޑެއްވެސް” ފޯނުނަގައި ކަންފަތުގައި ޖެހުމާއި އެކު އިފާޝާއެހެންބުނުމުން އާނއެކޭ ބުނެ އަމިއްލަވާހަކަ ތަކުގައި ޖެހިގެން އިންދާ ކުއްލިއަކަށް ޔާމިންގެ އަޑުން “އުމުރަށް ތިޔަނަމުގައި ފިދާވުން އެދޭނީ ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ” އެއަޑު އިވުމުން ސިހިފައި ޓީވީއާއި ދިމާއަށް އިފާޝާ ބަލައިލިއެވެ. އެވަގުތު އަޔާންގެ މަތިން ހަނދާންވެ ރޮވޭގޮތްވުމުން ފޯނު ކަނޑާލިއެވެ. ލަވަނިމުނުއިރު ޔަޝްފާއަށްވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަދި ޓީވީ ނިއްވައިލުމަށްފަހު ރޮމުން ގޮސް ކޮޓަރިއަށްވަދެ އެދުމައްޗަށް ވެއްޓިގަތެވެ.

ޔަޝްފާ ފޯނު ކަޑައިލުމުން އިފާޝާ ގުޅުމުންވެސް ފޯނަށް ޖަވާބު ނުދިނުމުން އިފާޝާ ދެރަވިއެވެ. “ޖަވާބެއް ނުދިން، ޔަޝްފާ ރޮނީ ކަންނޭނގެ” އިފާޝާގެ ކައިރީގައި އިން ޔާނިޝްއަށް ބަލައިލުމަށްފަހު އެހެންބުނެ އޭނާގެ ކޮނޑުގައި ބޯއަޅައިލުމުން ޔާނިޝްއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެ އިފާޝާގެ ބޮލުގައި ފިރުމައިލިއެވެ. އަޔާންގެ ހަނދާންތަކާއި ޔަޝްފާއަށް ވަކި ނުވެވޭނެކަން އިފާޝާއަށް އަބަދުވެސް އެނގެއެވެ.

*** *** ***

މަޑުމަޑުން ލޯހުޅުވައިލުމަށްފަހު ދެތިންފަހަރަކު އެސްފިޔަ ޖަހައިލުމުން ތަންދޮރު ސާފުވާވަރުވީއިރު މި އޮވެވުނީ ކޮންތާކުކަން އަޔާންއަށް އެނގުނެވެ. އަދި ފުރަތަމަވެސް އަޔާން ހަނދާނަށްއައި ޔަޝްފާއެވެ. ޔަޝްފާއާއި ވާހަކަ ދައްކަން ހުއްޓައި ފޯނު މޫދައްވެއްޓުނު ހަނދާނެވެ. އަދި ކަނޑުވެ ލޮނުބޮވި މީހާ ވަރުދެރަވިގޮތެވެ. ދެންވީ އެއްވެސް ކަމެއް އަޔާންގެ ހަނދާނުގައި ނެތެވެ. އެހެންއޮވެ އަޔާން ތެޅިގަތްތަނާ އަޔާން އޮތް އެދުގައި ބޯއަޅައިލައިގެން އޮތް އޭނަގެ މަންމަ އާބިދާ ސިހިފައި ތެދުވެ ނަރުހުންނަށް ގޮވިއެވެ. އަދި ނަރުހުންއައިސް އަޔާން ރަނގަޅަށް ބެލުމަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަވާހަކަ ބުނެ މިވަގުތު އަޔާންއާއި ވާހަކަ ނުދެއްކުމަށް އިރުޝާދު ދިނުމަށްފަހު ޑޮކްޓަރާއި ނަރުސްކުދިން ނިކުމެގެން ދިޔައެވެ.

ހޭނާރާ އެހެންއޮންނަތާ 2 ހަފްތާއަށްވުރެ ގިނަދުވަސް ވެގެންދިއުމުން އޭނާގެ ދަރިފުޅު ދުނިޔެއަށް ލޯހުޅުވާނެކަމުގެ އުންމީދު ކަނޑާލާފައިވަނިކޮށް މިއަދު އުންމީދުގެ ހުޅުކޮޅު ރޯވުމުން އާބިދާއަށް އުފަލުންގޮސް ރޮވުނެވެ. އަދި ފިރިމީހާ ހާމިދުއަށް ގުޅައިލުމަށްފަހު އަވަހަށް އައިސްދިނުމަށް އެދުނެވެ.

އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ހާމިދު އައިސް އެމަރަޖެންސީ ރޫމްއަށް ވަދެ އަޔާން އެނދުމަތި ކުރެވިފައި އޮތް އެދާއި ދިމާއަށް ދިޔައެވެ. ހާމިދުގޮސް އަޔާންގެ ކައިރީގައި މަޑުކޮށްލުމަށްފަހު އަޔާންގެ އަތުގައި ހިފައިލިއެވެ. އަދި އަޔާންގެ އަތުގައި މޫނު ޖައްސައިލުމާއިއެކު އުފާވެރިކަމުގެ ކަރުނަ ލޮލުން ނީރައިލިއެވެ.

އޭގެ ހަފްތާއެއްފަހުން އަޔާން އެއްކޮން ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލީ އެއްމަސްވަންދެން ކޮންމެ ހަފްތާއަކު އެއްފަހަރު ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދިނުމަށްފަހުގައެވެ. އެއީ އަޔާންއަށްް މާގިނައިން ލޮނުބޮއެފައި ހުރުމުގެ ސަބަބުން އެހެން އުޅުމުގެ ތެރެއިންވެސް ގެއްލުމެއްވެދާނެތީއެވެ. ނަމަވެސް އަޔާން މިވަގުތަށް ރަނގަޅުކަމަށް ޑޮކްޓަރުންގެ ރިޕޯޓުތަކުން ފެންނަމުންދާތީ ގެއަށްދޫކޮށްލުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ނިންމިއެވެ.

ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި ޔަޝްފާއާއި ބެހޭގޮތުން އަޔާންގެ މައިންބަފައިންނާއި އެއްވެސް ސުވާލެއް ނުކުރީ ރަނގަޅުވަގުތެއް ހޯދުމަށްފަހު އެވާހަކަ ދެއްކުމަށެވެ. ގެއަށް އައިސް ވަދެވުމާއިއެކު މުޅިގޭތެރެއަށް ނަޒަރު ހިންގައިލުމަށްފަހު އަޔާންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ އޮށޯވެލުމުގެ ނިޔަތުގައެވެ. ކޮޓަރީގެ ދޮރުހުޅުވައިލުމާއި އެކު ޔަޝްފާގެ މަތިން އަޔާން ހަނދާންވަމުން ދިޔައެވެ. އެދުވަހު އެ ހާދިސާ ދިމާނުވިނަމަ މިއަދު އަޔާން ހުންނާނީ ޔަޝްފާއާއި އިނދެގެން މާލެއައިސް އޭނާގެ ކޮޓަރީގައެވެ. އަދި އިފާޝާއާއި ޔާނިޝް ކައިވެނި ކުރާދުވަހު ޔަޝްފާ ދެރަވާނެވަރު ހިތަށް އެރުމުން އޭނާކައިރިއަށް ދާން އަޔާން ބޭނުންވިއެވެ.

“މަންމާ، އަހަރެން ބޭނުމީ އެރަށަށްދާން ޔަޝްފާ ކައިރިއަށްދާން، މިހާރު އޭނަ އުޅޭނެ ހާލެއްވެސް ނޭނގެ، އޭނަ ނުގުޅާތަ މަންމައަށް” ހިތަށް އަރަމުންދިޔަ އެއްޗެހިން ކޮޓަރިއަށް ވަންނަން ގޮސްފައިވެސް އެނބުރި އާބިދާކައިރީ އެހެންބުނުމަށްފަހު އާބިދާގެ މޫނަށްބަލަހައްޓައިގެން ހުރީ ޔަޝްފާގެ ވާހަކަދެއްކުމުން އޭނާގެ މަންމަގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުންނެވެ. އަޔާންއަށް ދޮގުހަދަން ބޭނުންނުވާތީ ކަންތަށްވީގޮތް އަޔާންއަށް ކިޔައިދިނުމުން އޭނާގެ ހިތުގައި ޖެހުނެވެ.

“މަންމާ އަހަރެން ސަލާމާތްވީ ކިހިނެތް؟ އެރޭފަހުން ކަންތަށް ދިމާވިގޮތް ކިޔާދީބަލަ” އެރޭފަހުން ކަންތަށްވީގޮތް އޮޅުންފިލިވުމަށްޓަކައި އަޔާންގެ މަންމައާއި ސުވާލުކުރިއިރު އޭނާގެ ދެލޯހުރީ ފެންކަޅިވެފައެވެ.

“ބޯޓް އަޑިއަށްދިޔަ އަޑު އިވުނުވަގުތުން ފެށިގެން މަންމައަށް ހީވީ ހަތަރުއުދަރެސް ފެނުޖެހުނުހެން، ބައްޕައާއެކު މަންމައަށް ފުރަތަމަވެސް ދުއްވައިގަނެވުނީ ބަނދަރާއި ދިމާއަށް އޭރު ފުދޭވަރަކަށް އެތާ މީހުންތަށް އެއްވެފައި ތިބި، ކޯސްޓް ގާރޑްގެ ފުރަތަމަ ބޯޓު އައިސް މީހުންތަށް ބޭލިއިރުވެސް ދަރިފުޅު ފެންނަން ނެތުމުން މަންމަ ވަކިންބޮޑަށް ހާސްވި އެކަމަކުވެސް ހިތްވަރު ދޫކޮށެއް ނުލަން، ބައްޕައާ އެކު އެތާ ކެތްކޮށްލީ ދެވަނަ ބޯޓުއަންނަންދެން، އޭގެ ކުޑައިރުކޮޅެއްތެރޭގަ ދެވަނަ ބޯޓުއައީ އެބޯޓުން ބޭލިމީހުންތަކުގެ ތެރޭގަ ދަރިފުޅުވެސް ބޭލި، އެވަގުތުކޮޅު މަންމައަށް ދަރިފުޅު ފެނުމުން ހިތްހަމަޖެހުމެއް ލިބިގެންދިޔަ، ނަމަވެސް ދަރިފުޅު ހޭނެތިފަ އޮތީމަ މަންމަ ހީކުރީ ދަރިފުޅުގެ ފުރާނަ ނެތީކަމަށް، އެވަގުތު ފުރަތަމަ އައި.ޖީ.އެމް.އެޗްއަށް ގެންދިޔަ މީހުންތަކުގެ ތެރޭގަ ދަރިފުޅު ގެންދިޔާމަ މަންމަ އާ ބައްޕަ ދިޔައީ ފަހަތުން، އެތާހުރި އެމް. އެން.ޑީ އެފްގެ މީހަކު މަންމަ އެހުމުން ބުނީ އޮޔާދިޔަ މީހުންތަކު ތެރެއިން ކަމަށް ދަރިފުޅުވެސް ފެނުނީ، ދެން އިތުރު އެއްވެސް މީހަކު ނުފެނުނޯ” ވާހަކަ ދައްކައި ނިމުނުއިރު އާބިދާއަށް ހުރީ ގިސްލެވިފައެވެ.

“އަހަރެން ސަލާމަތްނުވެ މަރުވިނަމަ މާ ރަނގަޅު، މިއަދު އަހަރެން ޔަޝްފާމެންނަށް ދައްކާނީ ކޮން މޫނެއް، އަހަރެންވީ މަރުވެފަ ކަމެއް ނޫނީ ދިރި ދުނިޔޭގަ ހުރިކަމެއްވެސް ޔަޝްފާއަށް ނޭނގޭނެ” އަޔާންވެސް ގިސްލާ ރޮމުންދިޔައެވެ. “ދަރިފުޅާ ތިހެން ނުބުނޭ، މަންމައަށް މާފްކުރޭ” ކުރެވުނު ކަންތަކުން އާބިދާވެސް ހުރީ ދެރަވެ ލަދުގަނެފައެވެ. އަދި ދުވެފައި އައިސް އަޔާންގެ ގައިގައި އޭނާގެ މަންމަ ބައްދައިލުމުން މަންމައާއި ދޭތެރޭ ހިތްބަރުކަމެއް ނެތޭބުނެ ދެލޯފުހެލިއެވެ.

އެވަގުތު ރޯދަވީއްލުމަށްޓަކައި އެއްޗެހި ގަތުމަށް ބާޒާރަށްގޮސް ގެއަށް ވަންނަން އުޅުނު ހާމިދުއަށް އަޔާންމެން ދެއްކިވާހަކަ އަޑުއިވި އަޔާންއާއި ދޭތެރޭ ހަމްދަރުދީއުފެދުނީ ދަރިފުޅުގެ އުފަލަކަށް އަރައިގަނެވިފައި އޮތުމުންނެވެ. އަދި ހާމިދުވެސް އައިސް އޭނާގެ ދަރިފުޅުކައިރިން މާފަށްއެދި ޔަޝްފާއަށް ގުޅުމަށްޓަކައި ފޯނުދިނެވެ.

އަޔާންގެ ދެލޯފުހެލުމަށްފަހު އަޔާންގެ ބައްޕަ ދިއްކޮށްލި ފޯނުގައި ހިފުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަދި އެނދުމަތީގައި އިށީއިނދެލުމަށްފަހު ޔަޝްފާގެ ނަންބަރަށް ގުޅައިލިއެވެ. ދެތިންފަހަރު ޔަޝްފާގެ ފޯނަށް ގުޅުމުންވެސް ނިއްވާލާފައިވާކަމަށް ބުނުމުން އަޔާން މާޔޫސްވިއެވެ.

“ނިއްވާލާފައޭ ބުނަނީ، ޔަޝްފާގެ ނަންބަރު ބަދަލުކޮށްފަ ކަންނޭނގެ، އަހަރެން ބޭނުން އެރަށަށް ދާން، މިފަހަރު މަންމަމެންވެސް ދާންވާނެ، ގޮސް އެމީހުން ކައިރިން މައާފަށް އެދި ޔަޝްފާ ގޮވައިގެން މިކޮޅަށް އަންނާނީ” ކޮޓަރިން ނިކުމެ އަޔާންގެ މަންމަ އަތަށް ފޯނު ދެމުން އެހެންބުނުމުން އެދެމަފިރިން ބޯޖަހައިލުމަށްފަހު ތިގޮތް މާ ރަނގަޅުކަމަށް ބުނެ އަޔާންގެ ބޮލުގައި ފިރުމައިލިއެވެ.

އެހެންދުވަސް ތަކެކޭ އެއްފަދައިން ނަމާދުކޮށް ނިމިގެން ޔަޝްފާ ދުޢާކުރަމުން ދިޔައީ ކޮންމެވެސް ދުވަހަކުން އަޔާން ގަދަވެ ސަލާމަތުން ހުއްޓައި ޔަޝްފާއަށް ފެނުމަށެވެ. އަދި އަޔާންގެ މައިންބަފައިންގެ ފަރާތުންވެސް ކުރިން ޔަޝްފާއަށް ލިބެމުންދިޔަ ލޯބި އަލުން ލިބުމަށެވެ.  އެ ހިތްހެޔޮ ކަމާއި އޯގާތެރި ކަމާއި އެކު އަލުން އޭނާއާއި ވާހަކަ ދެއްކުމަށް އެދިއެވެ.

ދުޢާކޮށް ނިންމައިލުމަށްފަހު ނަމާދުކުރަން ގެންގުޅު އެއްޗެހި ހުރިތަނުގައި ބެހެއްޓުމަށްފަހު ޔަޝްފާ ކޮޓަރިން ނިކުތީ ޗާރޖް ކުރުމަށްޓަކައި ނިއްވާލައިފައިވާ އޭނާގެ ފޯނަށް ބަލައިލުމަށްފަހު އެއްކޮށް ޗާރޖް ނުވާތީ ފޯނު އޮތްތަނުގައި ބޭއްވުމަށްފަހުއެވެ.

*** *** ***

މަންމަމެންގެވެސް ރުހުމާއިއެކު މާދާމަ އަޔާން ކުޅުދުއްފުއްޓަށް ދިއުމަށްޓަކައި ފްލައިޓް ގަޑިތަށް ބަލައިލުމަށްފަހު މެންދުރުފަހު އިން ފްލައިޓުން ޓިކެޓް ހަމަޖެއްސިއެވެ. އެއީ އެންމެ އަވަހަށްވެސް އަޔާންމެންނަށް ފުރެން އިނީ އެހާއިރު ކަމަށް ވާތީއާއިވެސް އެކުގައެވެ. އަޔާންގެ މަންމަވެސް އިތުރު މީހަކަށް އަޔާންމެންް އެރަށަށް ދާވާހަކަ އަންގަން ބޭނުންނުވީ އެއީ އެންމެ ރަނގަޅުގޮތްކަމުގައި ވިސްނުމުންނެވެ.

ދުވަސްއޭގެ ބާރުމިނުގައި ގޮސް އިރުއޮއްސިގެން ދިޔައިރުވެސް އަޔާންއަށް އަދިވެސް ވިސްނެނީ ޔަޝްފާއާއި ދޭތެރޭގައެވެ. ކޮންމެ ގޮތަކަށް ކަންތަށް ދިމާވިކަމުގައި ވީނަމަވެސް ޔަޝްފާ ބަދަލެއްނުވާނެކަން އަޔާންއަށް ޔަގީންވެއެވެ. އަޔާންގެ އިންތިޒާރުގައި ޔަޝްފާ ހުންނާނެއެވެ. އެ އިތުބާރު އަދިވެސް އަޔާންއަށް އޮވެއެވެ.

“ދަރިފުޅާ ދެން އެކަންތަކާ ނުވިސްނަ ނިކުމޭ، މިހާރު ބަންގިވެސް ގޮވައިފި، ދެން އާދޭ މަންމަ މެންނާ އެއްކޮށް އެއްޗެއް ކާލަން” މަޢްރިބު ނަމާދުގެ ބަންގީގެ އަޑަށް އާބިދާ އައިސް އަޔާންގެ ކޮޓަރީގެ ދޮރުހުޅުވައިލިއިރު ނިޔްކުރި މައްޗަށް އަތް ވައްޓައިލައިގެން ވިސްނުމެއްގެ ތަރޭގަައި އޮތް އޭނާގެ ދަރިފުޅަށް ގޮވައި އެހެންބުނުމުން ރޯދަވީއްލުމަށްޓަކައި އަޔާންވެސް ނިކުމެ މަންމަ މެންނާއި ބައިވެރިވެލިއެވެ.

އާދައިގެ މަތިން އިރުއޮއްސޭ މަންޒަރު ބެލުމަށްޓަކައި ޔަޝްފާ ތުނޑިމަތީ ހުރެފައި ގެޔާއި ދިމާއަށް މިސްރާބުޖެހީ އޭނާ ރޯދަވީއްލުމަށްޓަކައި ގެނައި ފެންފުޅި ހިފައިގެން މާބޮޑަށް އަނދިރިވެފައި ހުރުމުގެ ސަބަބުންނާއި އެކުވެސް މެއެވެ. އެއީ ޔަޝްފާގެ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އަޔާން ގެއްލުނުފަހުން ކޮންމެ ދުވަހަކުވެސް ތުނޑި މައްޗަށް އައިސް އަޔާންގެ ހަނދާންތަށް އާކުރުމަކީ މިހާރު ޔަޝްފާގެ ހިތްހަމަ ޖެހުމަކަށް ވެއްޖެއެވެ.

މަޑުހިނގުމެއްގައި ގޮސް ގެއަށް ވަތްއިރު އިފާޝާ ގޭގެ ސިޓިންރޫމްގެ ސޯފާގައި އިނެވެ. އަދި ޔަޝްފާ ފެނުމާއި އެކު އޭނާ އައިތަނެއް ބެލުމަށްޓަކައި އިފާޝާ ސުވާލުކުރީ ޔަޝްފާގެ ދިރިއުޅުމަށްއައި ބަދަލުން މިހާރަކަށް އައިސް އެއްވެސް މީހަކާއި އެއްވެސް ވާހަކައެއް ހިއްސާނުކުރާތީ އާއިވެސް އެކުގައެވެ. “ތުނޑިމަތިން” ޔަޝްފާގެ ޖަވާބު ކުރެވެ. އަދި އިފާޝާއާށް ހިނިތުންވުމެއް ރައްދުކޮށް އޭނާގެ އަތުގައި ހިފައިގެން ބަދިގެ ފަރާތަށް ދިޔައީ އެއްޗެއް ކާލުމުގެ ބޭނުމުގައެވެ.

“ކޮބާ ޔާނިޝް، ނާދޭތަ؟” އިފާޝާ ސުވާލުކުރާނެކަން އެނގިހުރެވެސް ޔަޝްފާ ބޭނުންވީ މައުލޫ ބަދަލުކޮށް އެހެންވާހަކައެއް ފަށާށެވެ. “ނާދޭ،  އަހަރެންވަރަށް ގުޅިން ޔަޝްފާގެ ފޯނަށް، އެކަމަކު ނިއްވާލާފަ އޮތީ، ތުނޑިއަށް ދަނީ ކީއްކުރަން؟ ތިހެން ހެދީމަ އަޔާންގެ ހަނދާންތަކާ ދުރުވާން ޔަޝްފާއަށް އުނދަގޫވާނޭނުން” އިފާޝާ ދެއްކި ވާހަކަތަކުން ޔަޝްފާ ހިތްހަމަ ނުޖެހުނެވެ. “އަހަރެންބޭނުމެއް ނޫން އަޔާން މަތިން ދުވަހަކުވެސް ހަނދާން ނައްތާލާކަށް” ޔަޝްފާ ރުޅިއައިސް އެހެންބުނެ އިންތަނުންތެދުވެ ކޮޓަރިއަށްގޮސް ދޮރުޖެހުމުން އިފާޝާ އިނީ ހައިރާންވެފައެވެ. ނަމަވެސް ޔަޝްފާގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް ހުންނާނީ އޭނަކަން އެނގި ޔަޝްފާއަށް މިވަގުތު އިތުރުވާހަކައެއް ދައްކަން ބޭނުންނުވާތީ ގެއަށް ދިއުމަށްޓަކައި ބަދިގެއިން ނިކުމެ ހިނގައިގަތެވެ.

“އިފާޝާ ދަނީތަ؟ ކޮންއަޑެއް އެއިވުނީ؟ ކޮންއިރަކު އައީ؟ ކޮބާ ޔަޝްފާ؟”  ކޮޓަރީގައި ގުރުއާން ކިޔަވަންއިން ވަހީދާއަށް އަޑެއްއިވުމުން ނިކުތްއިރު އިފާޝަ ފެނުމުން ސުވާލުތަށް ފައްޗަކަށް އަމުނައިލިއެވެ. “އާން މިވަގުތު ދަނީ، ޔަޝްފާ ވީ ކޮޓަރީގަ” އިފާޝާ އެހެންބުނެ ވަހީދާކައިރިއަށް އައިސް ދެންމެ ކަންތަށްވީގޮތް ކިޔައިދިނުމަށްފަހު ގެއިން ނިކުމެގެން ދިޔައީއެވެ.

އެނދުމަތީގައި ޔަޝްފާއޮވެ ރޮމުންދިޔައެވެ. އަދި ދެންމެ ކަންތަށްވީގޮތުން އިފާޝާ ކައިރިން މައާފަށް އެދުމަށް މެސެޖެއް ފޮމުވާލަން އޭރު ޗާރޖަށް ޖަހާފައިވަ އޭނާގެ ފޯނު ނައްޓައިލުމަށްފަހު ފޯން އޮންކޮށްލިއެވެ. އަދި ދެންމެވީކަންތަކާއި ދޭތެރޭ މައާފަށްއެދި އޭނާގެ ފޯނަށް މެސެޖެއް ފޮނުވައިލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޔަޝްފާގެ ފޯނަށް މެސެޖެއް އައުމުން ބަލައިލީ އެއީ އޭނާ އިފާޝާއަށް ފޮނުވި މެސެޖްގެ ރިޕްލައި އައީ ކަމަށް ހީކޮށެވެ. ނަމަވެސް އެއީ ފޯނު އެހައިގިނައިރު ނިއްވާލައިފައި އޮތުމުން އެކި ނަންބަރުތަކުން މީހުން ގުޅާފައިވާކަމުގެ މެސެޖެވެ. އޭގެތެރޭގައި އަޔާންގެ މަންމަގެ ނަންބަރު އިނުމުން ގުޅަން ހިތަށް އަރައިފައިވެސް ފަސްޖެހުނީ އަނެއްކައިވެސް އަޔާންގެ މަންމަ ޔަޝްފާއަށް އެއްޗެހި ކިޔަން ގުޅީކަމަށް ހިތަށް އެރުމުންނެވެ.

 

ދެލޯފުހެލުމަށްފަހު ފޯނު ބާއްވައި ފާހާނައަށްވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލައިގެން އަނެއްކައިވެސް އެނދުގައި އޮށޯވެލިއެވެ. އަދި ފޯނު ނަގައި އަޔާންގެ މަންމަގެ ނަމްބަރަށްް ޑައިލްކޮށްލުމަށްފަހުވެސް އެކޮޅުން ފޯނު ރިންގުވުމުގެ ކުރިން ފޯނު ކަނޑައިލީއެވެ. އަޔާންގެ މަންމަގެ ވިހަގަދަ ބަސްތަށް އަޑުއަހަން އޭނާއަށް ކެތްނުވާނެކަން ޔަގީން ވާތީއެވެ.

ގަޑިން ރޭގަނޑު ދިހަގަޑިބައިވެ ބޮޑުވެގެން ހިނގައްޖެއެވެ. ކެތްތެރި ކަމެއްނެތި އަޔާން އިންތިޒާރު ކުރަމުން ދިޔައީ މާދަމާ އިރުއަރާނެ ވަގުތަކަށެވެ. އަދި ޔަޝްފާ ކައިރިއަށް ދެވޭނެ ވަގުތަކަށްވެސް މެއެވެ. އެހެން އޮއްވައި ދެލޮލަށް ނިދިބަރުވާން ފެށުމުން ދެލޯމަރައިލުމާއި އެކު އަޔާންއަށް ނިދުނުގޮތްވެސް ނޭނގުނެވެ. މިއަދު އެހާވަރަށް ވިސްނާ ފިކުރުކުރުމުގެ ސަބަބުން ސިކުނޑިވެސް ލުއެއް ބޭނުންވީހެއް ހީވާކަހަލައެވެ.

ު އަޔާން ފުންމައިގެން ތެދުވެވުނީ ފެނުނު ހުވަފެނުގެ ސަބަބުންނެވެ. މީހާހުރީ ދާހިތްލާ ފޯވެފައެވެ. އެ ބިރުވެރިރޭގައި އަޔާން އޮޔާ ގެންދިޔަ މަންޒަރެވެ. ބޯޓުގެ އެތަންމިތަނުގައި ތާށިވެފައިތިބި މީހުންތަކެވެ. ކަނޑަށް ޢަރަގުވެގެން ދިޔަ ކުޑަކުދިންތަކެވެ. ނިތްކުރިމަތިން ހިއްލާފައިވާ ދާތިކިތަށް ފުހެލުމަށްފަހު ގަޑި ބަލައިލިއިރު އަދި ހެނދުނު ނުވައެއް ޖެހީއެވެ. އަދި އެނދުން ތެދުވެ މޫނުދޮވެލައިގެން އައިސް އެނދުގައި ޖައްސައިލުމަށްފަހު އަނެއްކައިވެސް ދެލޯމަރައިލިއެވެ.

“ދަރިފުޅާ އަޔާން، ފުރާގަޑި ޖެހެނީނުން އަދިވެސް ނިދަނީތަ” އަޔާންގެ މަންމަ އޭނާއަށް ގޮވައިލުމަށްފަހު ދޮރުގައި ޖަހައިލިވަގުތު ސިހިފައި ހޭލެވުނެވެ. ހެނދުނު ތެދުވެވުމުން ފާހާނައަށް ވަދެ އެނދުގައި އޮށޯވެލީ ނިދުމުގެ ނިޔަތެއްގައެއް ނޫނެވެ. އަދި އޭނާގެ މަންމައަށް އަޑުއިވޭވަރަށް ހޭލައިފިންކަމަށް ބުނެ ގަޑި ބަލައިއިރު ހުރީ އެކެއްޖަހައި ބޮޑުވެފައެވެ.  ފުރުންއިނީ ހަތަރެއް ޖަހާއިރުކަމުން އަވަހަށް އެނދުންތެދުވެ ފާހާނައަށްވަދެ ފެންވަރައިލައިގެން ނަމާދުކޮށްލުމަށްފަހު ދަތުރަށް ތައްޔާރުވާން ފެށިއެވެ. ިތައްޔާރުވެގެން ނިކުތްއިރު މަންމައާއި ބައްޕަވެސް އެއްޗެހި ހިފައިގެން ނިކުމެ ތިއްބެވެ.

ގެއިން ނިކުމެ ޓެކްސީއަކަށް އެރުމަށްފަހު އެއާރޕޯޓަށް ދިއުމަށްޓަކައި ޓާރމިނަލްއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ފަސްވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ޓާމިނަލްއަށް އައިއިރު އެއާރޕޯޓަށް ދިއުމަށްޓަކައި ޓާރމިނަލްގައި ފުދޭވަރަކަށް މީހުން ތިއްބެވެ. ޓިކެޓް ނަގައި ފެރީއަށް މަޑުކޮށްގެން މާގިނައިރަކު ތިބޭކަށް ނުޖެހުނެވެ. މީހުންތަށް އެރުވުމަށްފަހު އެއާރޕޯޓަށް ދިއުމަށްޓަކައި މިސްރާބުޖެހިއެވެ. ކަނޑުދަތުރު ކުރުމަށް އަޔާން އެދުވަހަށްފަހުން ބިރުން އިންކަމުގައިވީނަމަވެސް ޔަޝްފާއަށް ޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން އޭނާ ހުރީ ތައްޔާރަށެވެ.

އެއާރޕޯޓް ޖެޓީއާއި ގާތްކުރުމާއި އެކު އެެއްޗެހިތަށް ބޭލުމަށްފަހު ބާރުހިނގުމުގައި ޗެކިން ކައުންޓަރާއި ދީމާއަށް ދިޔައީ ވަގުތު ކުޑަތަންވެފައި ވުމުންނެވެ. ޗެކިންގެ ހުރިހާ ކަމެއްނިމުނު އިރު ފްލައިޓް ފުރުމަށްޓަކައި ބާކީ ހުރީ އެންމެ ފަނަރަވަރަކަށް މިނެވެ.

ހަނިމާދޫ އެއާރްޕޯޓަށް ފްލައިޓް ޖެއްސުމާއެކު ދަބަސްތަށް ހިފައިގެން ފުރަން ނިކުމެ ލޯންޗެއް އަތުޖެހޭތީ ބެލުމުންވެސް އެކަން ކާމިޔާބުވާގޮތް ނުވިއެވެ. “ކޮންތާކަށް ދާބައެއް؟” ކެެތްމަދުވެފިހުރި އަޔާން އެހެންދިޔަ ބަޔަކާއި ސުވާލުކޮށްލުމުން ކުޅުދުއްފުއްޓަށް ކަމުގައި ބުނުމުން އެމީހުންކައިރީ އަޔާންމެންވެސް ގެންދިއުމަށް އެދުނެވެ. އަދި އަގެއް ކިއުމަށްފަހު ލޯންޗަށް އަރައި ކުޅުދުއްފުއްޓާއި ދިމާއަށް މިސްރާބު ޖެހިއިރު އަޔާންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ޔަޝްފާ ދޭކިލާހިތުންނެވެ. އެ ރީތި މިއުޒިލެއްދަފަ އަޑު އަޔާންގެ ކަންފަތުން އަޑުއަހައިލާ ހިތުންނެވެ.

ކުޅުދުއްފުއްޓަށް ފޭބުމާއި އެކު ކާރެއް ހޯދުމަށްފަހު ފުރަތަމަ އަޔާން ދިޔައީ އިފާޝްމެންގެ ގެއަށެވެ. މަޢްރިބް ނަމާދަށް ބަންގިގޮވާ ވަގުތުވެސް ކައިރިވެފައި ވުމުންނެވެ. “އައްސަލާމް އަލައެކުމް” އިފާޝަމެންގެ ގެއަށްއައިސް ސަލާމްގޮވައިލުމާއި އެކު ސަލާމް ބަލައިގަނެ އިފާޝާ ނިކުމެ ބޭރުބަލައި ލިއެވެ. ވަގުތުން އިފާޝާގެ އަނގަ ހުޅުވުނެވެ. އަދިި އެއްވެސް ހިފެހެއްޓުމެއްނެތި އިފާޝަގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ލުލުން ފައިބަމުންދިޔަ ކަރުނަތަށް ފުހެލުމަށްފަހު ގޭތެރޭގައި އުޅުނު ޔާނިޝްއަށް ގޮވައި އަޔާން މެންގެ ދަބަސްތަށް ވެއްދުމަށް ބުނެ އެމީހުން ގޭތެރެއަށް ވެއްދިއެވެ. “އަޔާން އަހަރެން ހިޔެއް ނުކުރަން ދެން ދުވަހަކުވެސް ފެންނާނެ ކަމަކަށް، ވަރަށް އުފާވެއްޖެ” އަޔާން ފެނުމުން ޔާނިޝް އުފަލުންހުރެ އޭނާގެ ގައިގައި ބައްދައިލުމަށްފަހު އެހެންބުނިއިރު އޭނާގެ ދެލޯވެސް ފެންކަޅިވިއެވެ.

ގޭތެރޭގައި ބަޔަކު އުޅޭއަޑަށް ބަދިގެތެރޭގައި ހުރެފައި އިފާޝަގެ މަންމަވެސް ނިކުތީ އެވަގުތުއެވެ. ހަދީއްޖާ ފެނުމުން އާބިދާއާއި ހާމިދަށް އިސްޖަހައިލެވުނީ ގަތްލަދުންނެވެ. އެއީ ހަދީއްޖާއައި ދިމާއަށްވެސް ކިއިފައިހުރިި އެއްޗެހީގެ ސަބަބުންނެވެ. އާބިދާއާއި ހާމިދު، ހަދީއްޖާ ކައިރިން މައާފަށް އެދުމާއިއެކު ހެއޮހިތުން އެމީހުންނަށް މައާފްކޮށް އޭނާގެ ހިތުގައި އެއްވެސް ބުރަކަމެއްނެތޭ ބުންޏެވެ. އަދި ހީނަރުވެފައިވާ އެކުވެރިކަން އަނެއްކައިވެސް ބަދަހިވުމުން ހަދީއްޖާއަށް ބުނެދޭން ނޭނގޭކަހަލަ އުފަލެއް ލިބިގެންދިޔައެވެ.

“ނަސީބެއްނުން އަހަރެމެން މިގެއަށް ރޯދަވީއްލަން އަންނަކަން ދޯ އިފާ” ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވައިލީ ޔާނިޝްގެ އަޑުންނެވެ. “އަހަރެން ބޭނުމީ ޔަޝްފާ ކައިރިއަށްދާން” އަޔާން އެހެންބުނެ ގޮޑިންތެދުވި ވަގުތު މަޢްރިބް ނަމާދަށް ބަންގިގޮވި އަޑު އިވުމުން ދެން އެގެއަށްދާނި ރޯދަވީއްލައިގެން ކަމަށް އިފާޝާ ބުނެ އެންމެން ގޮވައިގެން ބަދިގެފަރާތަށް ދިޔައެވެ.

ރޯދަވީއްލުމަށްޓަކައި ހަދާފައިވާ އެކިވައްތަރުގެ ހެދިކާތަށް ކާމޭޒުމައްޗަށް ނެގުމުގައި ހަދީއްޖާ އަވަދިނެތި އުޅުނުއިރު އެކަމުގައި އެހީތެރިވުމުގައި އިފާޝާވެސް އުޅުނެވެ. އަދި ކެއުމަށް އިންސާފުރުމަށް އެންމެއް އިށީންވަގުތު އަޔާންއަށް އަޅާފައިހުރި ކުރުބާފަނި ތަށިން އެތިފޮދެއް ބޯލުމަށްފަހު ފެންފޮދެއް ބޯލައި ޔަޝްފާކައިރިއަށް ދަނީ ކަމުގައި ބުނެ ހިނގައިގަތް އިރު އެއިން އަކަކަށްވެސް އެއްޗެއް ބުނާނެ ފުރުސަތެއް އޭނާ ނުދިނެވެ.

ބާރު ހިނގުމެއްގައި ގޮސް ޔަޝްފާމެން ގެއަށްވަދެ ސަލާމް ގޮވައިލިއަޑަށް ޔަޝްފާގެ މަންމައާއި ބައްޕަ ނިކުމެ ސަލާމްބަލައިގަނެ ދޮރުމަތީގައި ހުރި މީހަގެ މޫނަށް ބަލައިލުމާއި އެކު އެއީ އަޔާންކަން އެދެމަފިރިންނަށް ދެނެގަންނާކަށް ފަޅި ސިކުންތެއްވެސް ނުނެގިއެވެ. އެވަގުތު އެދެމަފިރިންގެ މޫނުމަތިން އުފާވެރިން ފެންނަމުންދިޔައެވެ. އަދި ދަރިފުޅާއޭ ބުނެ އަޔާންގެ ގައިގައި ބައްދައިލިއެވެ. އަޔާން ހީކުރިގޮތާއި ހިލާފުވުމުން އަޔާންއަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައީ އޭނާގެ މަންމަ އެދެމަފިރިންގެ ދަރިއާ ދިމާއަށް އެއްޗެހި ކިޔައި ހެދުމުންވެސް އަޔާން ފެނުމާއި އެކު އެދެމަފިރިން އުޅުނު ގޮތުންނެވެ. “ކޮބާ ޔަޝްފާ؟” ޔަޝްފާ ފެންނަން ނެތުމުން އަޔާން ސުވާލުކުރުމުން އަބަދުވެސް މިގަޑީގައި ޔަޝްފާ ދާނީ ތުނޑިއަށްކަމަށްބުންޏެވެ. އަދި ކުރީކޮޅުގައި ޔަޝްފާ އެކަނި ތުނޑިއަށް  ދިއުމަށް އެދެމަފިރިން ދެކޮޅުހެދި ކަމުގައިވީނަމަވެސް މިހާރު ޔަޝްފާގެ އުފަލަށް އެކަން ނުކުރާކަމަށް އެދެމަފިރިން ބުންޏެވެ. “ކިހިނެތް ދަރިފުޅު ސަލާމަތްވީ؟ ބައްޕަމެން ހީކުރީ ދަރިފުޅުވެސް ގެއްލުނީކަމަށް” ޔަޝްފާގެ ބައްޕަ އިތުރަށް ސުވާލުކޮށް އެހެންބުނުމުން ހުރިހާވާހަކައެއް ފަހުން ކިޔައިދޭނެ ކަމަށްބުނެ އަޔާން ތުނޑީކޮޅަށް ދިއުމަށް ހިނގައިގަތުމުން އެދެމަފިރިން ގޭތެރެއަށް ވަނެވެ.

ތުނޑިކޮޅަށް ދެވުނުއިރު ހުރީ ފުދޭވަރަކަށް އަނދިރިވެފައެވެ. ނަމަވެސް ހަނދުވަރުދޭ ރެއަކަށްވުމުގެ ސަބަބުން އެތަނަށް ވަނީ ފުދޭވަރަކަށް އަލިވެފައެވެ. އެވަގުތު ފަސްގަނޑުގެ މަތީގައި އިށީއިނދެލައިގެން މޫދާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން ޔަޝްފާ ފެނުމުން އަޔާންގެ ހިތުވިންދު އަވަސްވިއެވެ. މަޑު ހިނގުމެއްގައި ކުރިއަށް ހިނގައިގަތް ވަގުތު އަޔާންއަށް އިވެމުންދިޔައީ އޭނާއަށް ޔަޝްފާ ފުރަތަމަ ފެނުނުރޭގައި އަޔާން ޖެހިލަވައަށް މީރާއާއި ޔާމިންގެ އަޑުން ކިޔައިދީފައިވާ އޭގެ ކަވާލަވައިގެ މިތަންކޮޅެވެ.

“ކޮންއިރަކުންބާއޭ ބައްދަލުވެވޭނީ،
މަ އެދޭ ސުވާލުގެ ޖަވާބެއް ލިބޭނީ،
އުމުރަށްތިޔަ ނަމުގައި ފިދާވުން އެދޭނީ
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ”

“އަޔާން އައި މިސް ޔޫ” ޔަޝްފާގެ ކައިރިއަށް ގޮސް ހުއްޓުނުތަނާ
ލަވައިގެ އަޑާއި އެކު އަޔާންއަށް އިވުނީ އޭނާ އެހެންބުނެ ރޮއެގަތް އަޑެވެ. އަދި ލޯ ފުހެލުމަށްފަހު ފޯނުން ޖަހަމުންދިޔަ ލަވަ ނިއްވައިލިއެވެ.

“އުމުރަށްތިޔަ ނަމުގައި ފިދާވުން އެދޭނީ
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ”

ޔަޝްފާގެ ކަންފަތް ބުޑުގައި އިވުނު އަޑުން އޭނާ ހުރިތަނަށް ގަނޑުވިކަހަލައެވެ. ގަބޫލުކުރަން ދަތިވެފައި އިނދެވެސްމެ ފަހަތްބަލައިލީ އެއީ އަޔާންކަމަށް ޔަގީން ކޮށްގެންނެވެ. ކިތަންމެ ދުވަހެއްވިޔަސް ޔަޝްފާއަށް އަޔާންގެ އަޑެއް ނޯޅޭނެއެވެ.

ފަހަތަށް އެނބުރި އަޔާންގެ މޫނަށް ބަލަމުން އިންތަނުން ތެދުވެ އޭނާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލައިލިއެވެ. އެއީ ހަމަ އަޔާނެވެ. އެ އިސްކޮޅެވެ. ހަމުގެ ކުލަ ކުރިއަށްވުރެ ދޮންވެފައި ކުޑަކޮށް ފަލަކަމަށް ދެއްކިކަމުގައިވީނަމަވެސް އެއީ ހަމަ އެސޫރައެވެ. އަބަދުވެސް އަޔާންގެ ތުނބުޅި ހުންނަ ވަރަށް ބަހައްޓާފައިވާއިރު އޭނާ ލައިގެން ހުރީ ޔަޝްފާއަށް އެންމެ ފުރަތަމަ ދުވަހު ފެނުނުއިރު ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓާއި އެ މަޑުނޫކުލައިގެ ޖިންސެވެ.

އަޔާން ފެނުމާއި އެކު ވީ އުފަލެއްގެ ބޮޑުކަމުން އޭނާގެ ގައިގައި ބައްދައިގަނެ ހިތްފުރެންދެން ޔަޝްފާ ރޯލިއެވެ. އަދި ދުވަހަކުވެސް ޔަޝްފާ ދޫކޮށްފައި ނުދިއުމަށް އަޔާން ކައިރީގައި ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަޔާންގެ ގަޔާލައި ޔަޝްފާ ދުރުކޮށްލުމަށްފަހު އޭނާގެ ކޯތާ ފަތްމައްޗަށް ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދިނުމަށްފަހު އަޔާންއަށް އެރޭ ދިމާވި ގޮތް ކިޔައިދީ އޭނާގެ މަންމައާއި ބައްޕަވެސް އައިވާހަކަ ބުނުމުން ޔަޝްފާ ހިނިތުންވެލިއެވެ. އަދި ޔަޝްފާކައިރީ ދެލޯމެރައިލުމަށް ބުނުމުން އިތުރު ސުވާލެއް ނުކޮށް ޔަޝްފާ ދެލޯމަރައިލިއެވެ. އޭރުވެސް ޔަޝްފާގެ އިސްފިޔަ ތަކުގެ ތެރެއިން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

“ވިލް ޔޫ މެރީ މީ؟” އަޔާންގެ ޖީބުން އަނގޮޓިއެއް ނެގުމަށްފަހު ޔަޝްފާ ކައިރީ ލޯހުޅުވުމަށްބުނެ އެހެންބުނިއަޑަށް އޭނާއަށް އުފަލުން ތެޅިގަނެވުނެވެ.  ެ”ޔެސް، ޔެސް، ޔެސް” އެހެމްބުނެ ޔަޝްފާގެ އަތުގެ ދިގު ހޯލި އިނގިލިތަށް ދައްކައިލިއެވެ. ޔަޝްފާ އަބަދުވެސް ކުރަމުން ދިޔަ އުންމީދުތަށް ހާސިލްވެ އަބަދުގެ އަބަދަށް އަޔާންގެ މީހަކަށް ވާން އުޅޭކަމުގެ އިހްސާސް ވުމުން ހިތުގައި ހުރި ހުރިހައިވޭނެއް އެކީ ފިލައިގެން ދިޔަ ކަހަލައެވެ. އަދި ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ. އެވަގުތު އަޔާންގެ މޭގައި ޔަޝްފާ ބޮނޑިވެލުމުން އޭނާގެ އުނަގަނޑުގައި ހިފައި އަޔާންގެ ގަޔާއިލައި ކައިރިކޮށްލިވަގުތު ޔަޝްފާގެ ދެލޯ މަރައިލިއެވެ.

ނިމުނީ

Comments (78)

  1. Ahmed Ammu

    Hello all readers.
    Here is the 3rd story of mine.
    I hope everyone will like it. ?

  2. aff

    Habeys.. Obi ingey Ammu…. ☺☺☺ Umurah thiya namugaa fidhaavun edeyythee loabyge naxarun kalaa ey dhekeyny.. heheh.. varah reethi ingey..☺

    1. Ahmed Ammu
      aff

      Thank You aff ☺

  3. Ushaa

    Vrh vvvvvvvv salhi…. Whn nxt prt??

    1. Ushaa
      Ushaa

      Ushaa kurin hury vrh birun…. Meehaku maruvedAne thy.. Ekm mivaahaka kiunyyma vrh hiyhama jehijje…

    2. Ahmed Ammu
      Ushaa

      Thank You Ushaa.☺
      Mee kuru vaahaka eh.
      Vaahaka nimmaalee ey ☺

    3. Ushaa
      Ushaa

      Oww.. Kiyaa hithun huri varun nimunu iruvx neiguny dw ushaayah.. Heheh..

  4. Youme

    Speechless……

    1. Ahmed Ammu
      Youme

      Thank You Youme. ☺

  5. MalMal

    V v v v reeeeethi.. ❤❤❤❤

    1. Ahmed Ammu
      MalMal

      Thank You MalMal ☺

  6. Zaa

    After reading this story I Just missed someone very special… love this ??

    1. Ahmed Ammu
      Zaa

      Ehntha. Thanks for reading this story Zaa☺

  7. Aimsithu

    Waow…

    1. Ahmed Ammu
      Aimsithu

      Thank you Aimsithu ☺

  8. Ainy

    Heevany bodah ammu ge hayaathuga dhimaavefa oiy kameh henn hehe
    Anyways lovely story …

    1. Ahmed Ammu
      Ainy

      Hehehe. Thank You Ainy ☺

  9. laimaan

    V v v reethi story eh. Hama rovihjeme.

    1. Ahmed Ammu
      laimaan

      Thank You Laimaan. And sorry rovvaalevuneema ☺

  10. ifasha

    Wow v reethi me ge life ga vaa goi hama mee.v gulhey mi story.i love this story ??

    1. Ahmed Ammu
      ifasha

      Ehntha. Thank you Ifasha ☺

  11. Tedd

    Story is nice. Ekam type koh nimmaafa kiyaalaa nama. Eyrah notice vaane mistake eh iniyya. Characters ge nan thah baeh faharu olhifa huri kamah faahaga kurevey. Iru irukolhaa konmeves Hawwa eh eba aadhey. Ayaan n Yaanish ves olhifa in eh thanuga. Ammu ah bunelan othy keep up the good work ey.

    1. Ahmed Ammu
      Tedd

      Alhugan’du kiyaafa upload kuree. Ekamaku alhai nugathee. Sorry for that. Ethan than rangalhu kollaanan ☺

  12. Aishu

    Ammu thy Kulhudhuffushi kuhjeh ta??? Nd I think the name hawwa is v connected to u… Bt vaahaka v reethi….

    1. Ahmed Ammu
      Aishu

      Thank You Aishu ☺.
      Yeah i am from kulhudhuffushi.
      Hehehe nooney e “Hawwa” akaa evves gulhumeh neiy. Ethan than rangalhu kollaafa hunnaanee.

  13. Ainyyy

    Varah reethi concept…. Tedd bunihen upload kurumuge kurin check kollun muhimmu kamah feney… ekamaku ves hama furihama vaahakaekey buneveynee… hope will get to read a new story ASAP. Keep up the good work..

    1. Ahmed Ammu
      Ainyyy

      Thank You Ainyyy. Ethan than kolhu rangalhu kollaanan ☺

  14. natha

    Nidhin veas mulhin filaifi haadhaha rrehchey.

    1. Ahmed Ammu
      natha

      Thank You Natha ?

  15. kulhudhuffush kujjeh.. :-)

    finally!!! ammu this stry ix als very nice… but 1 prob… name switch vaathee some time undagoo vey… but really really really nice… n u r from k.fusshi dhoa?? in *mee thagudheeru hey* als u use k fusshi as an island… 🙂 but stry is jus fab… waiting fo another stry of urs..

  16. kulhudhuffush kujjeh..

    finally!!! ammu this stry ix als very nice… but 1 prob… name switch vaathee some time undagoo vey… but really really really nice… n u r from k.fusshi dhoa?? in *mee thagudheeru hey* als u use k fusshi as an island… 🙂 but stry is jus fab… waiting fo another stry of urs..

    1. Ahmed Ammu
      kulhudhuffush kujjeh..

      Thank You kulhudhuffush Kujjaa ☺. Yeah i am from kulhudhuffushi. E story ga ves innaane rashuge name beynun koffa ?

  17. meesha

    Ammu this is awsom!! N mi kuru vaahaka haada long ey dhoa;-) but varah reethi.. Hope to c another stry of urs in a near future 🙂

    1. Ahmed Ammu
      meesha

      Thank You Meesha. ☺ Vaahaka ehaa kuru kureema ves kiyaa kudhin foohi vaaney nun. Ehnve dhigu kollee?

  18. rosy

    VVVVV LOBI VAAHAKA

    1. Ahmed Ammu
      rosy

      Thank You Rosy 😀

  19. layaal

    wow. speechless hama. one of the best stories i read so far. keep it up. ??

    1. Ahmed Ammu
      layaal

      Thank You Layaal 😀

  20. A

    Hey ammu..i knw u..frm ur besty..hehe..im also frm k fushi. the stry is awsum ingey.. n tht song is jst superb. ?

    1. Ahmed Ammu
      A

      Hehehe. Thank you a lot.☺

  21. Mari

    Vvvv reethi..masa Allah ..keep it up..ammu ge ehn story eh kiyaa lah libeyney kamah umeedhu kurah..varah habeyss mi story..thanks for the lovely story??

    1. Ahmed Ammu
      Mari

      Thank You Mari. I am gald that you like it ☺

  22. Saande

    I am also from k fushii.. The stry is awsome.. I luv ur stories.. And ammu ge house ah kiyany kn name eh tha?? Oops.. Personal information dhw.. Ammu ge eh stry ehh mi roadha mahu kiyaalan libeyne kamah heekuran

    1. Ahmed Ammu
      Saande

      Thanks Saande. ☺
      Geyge name dhw heheheh.
      Iraadha kurehviyya v avahah new story eh genes dheynan

  23. acyler

    amazing!!! it awesome ingey. goodluck

    1. Ahmed Ammu
      acyler

      Thank You Acyler 🙂

  24. lidhoo

    Varah varah varah varah reethi konirakun dhen ehenvaahakaeh genesdheynee

    1. Ahmed Ammu
      lidhoo

      Thank You Lidhoo.
      Iraadha kurehviyyaa v avahaha ingey ☺

  25. Ryn

    Heii ammu vrh vrh reethi mi vaahaka and mi vaahaka aa gulhuvaalaafa in song is my fav. And loved this story… One of my fav stories ?.. And I’m also from k,fushi.. Heheh ?

    1. Ahmed Ammu
      Ryn

      Thank You Ryn ☺. Ehntha theeves kulhudhuffushi kujjeh dhw. Hehehe. Anyway I am glad that you like it ☺

  26. ina

    WowwwWowwwww ammu this stry is amazing..vrh nyc.. Omg.. Umurah thiya namuga fidhaavun edheyny lwbyge naxarun kala ey dhekeyny…..

    1. Ahmed Ammu
      ina

      Thank You Ina ☺

  27. jas

    Karrrna fohelaafa sirru kollunhey……noony molhuvaany hissakollun hey…………Jst luvd ths stry… Awesome…nd tht name awwwn varah nyc… …

    1. Ahmed Ammu
      jas

      Thank You Jas ☺

  28. Santhi

    Hmm dhn nukereyne kandu gadha dhuvahehga thi boat in rashah dhaan vz… Anywyaz v reethi ☺?

    1. Ahmed Ammu
      Santhi

      Heheheh. Thank You santhi ☺☺☺

  29. Ryn

    Hahaha yeahh vrh awesome story eh ☺️.. Hama superb ??. Hama thaureef kureveny ingey reethikamun story.. Best of luck. Vaahaka liyumun kurierumah edhen ??

    1. Ahmed Ammu
      Ryn

      Once again Thank You Ryn ☺

  30. thoo

    Aslu halaakuvy boat ge name beynun kohli nama….. any ways story is very nice ammu…Ryn ves kulhudhuffushi…

    1. Ahmed Ammu
      thoo

      Hehehe Aan dhw. Anyway Thank You Thoo ☺

  31. Anonymous

    B

  32. Nazu

    Vvvvv salhi story…its awseome..i jst lov this story 🙂 umurah thiya namuga

    1. Ahmed Ammu
      Nazu

      Thank You Nazu ☺

  33. Nonni

    Asslu story v salhi….. Ekam liyaairuga faruvaatherivelun v muhinmu….

    1. Ahmed Ammu
      Nonni

      Thank You Nonni. Dhen faharakun rangalhu kollaanan

  34. azaazeel

    kess bayey liyebala

  35. Aish

    Heii ammu .. Can you write a story to a script of mine. Pretty please..

    1. Ahmed Ammu
      Aish

      Yeah Aish tell me.

  36. angel

    V rerthi story.hama kiyaa hithun mi kiyaa lee.i love is story.waitting for u next story love u ?

    1. Ahmed Ammu
      angel

      Thank You Angel ☺

  37. THAMMBIN

    amazing story..

    1. Ahmed Ammu
      THAMMBIN

      Thank You Thammbin

  38. Yaan

    Heii.. This story is awesome.. R u from k.ffushi.. Just wanna know cox m also from k.ffushi.. If u don’t mind can u tell ur identity frm k.ffushi.. :-3

    1. Ahmed Ammu
      Yaan

      Thank You Yaan ☺ Yeah i am from k.ffushi.
      Hehehe identity dhw

    2. Yaan
      Yaan

      Yeah.. Can u?? Wanna know actually who u r.. :-3

  39. RHAI

    Varah salhi story eh. Hama habeys. Thank you.

    1. Ahmed Ammu
      RHAI

      Thank you Rhai ☺

  40. ........

    Heart touching❤✨

Comments are closed.