Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނޭހެ ދުނިޔޭގާ (10)

Nuzzi Level 110 Stories
June 15, 2016 8 Mins Read
53 Comments

#    #    #    #    #

ކުޑަ ކުޑަ ފަސްއަހަރައްދާ އިޒާން ގޭތެރޭގައި ކަރުދާހުން ބޯޓެއް ހިފައިގެން ދުވެ ދުވެފައި އުޅެއެވެ. ސަފުޒާ ރުޅި ގަދަވެގެން އަޑު ގަދަ ކުރާތަން ފެނުމުން ހެވިލާފައި އުޅުނު ކުއްޖާ މަޑު ޖެހިއްޖެއެވެ. މިހާރަކަށް އައިސް އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އިޒާންގެ ބައްޕަ އެހެން އަންހެނަކާއި ހިތާވުމުން ސަފުޒާ ހުންނަނީ އަބަދުހެން ރުޅި ގަދަ ވެފައެވެ. އަބަދުހެން ކަމަކީ ތަޅާ ފޮޅައި އަރާރުން ވުމެވެ. ވާނުވާ އެނގޭ ވަރުވެފައި ހުރި އިޒާނަށްވެސް މަންމައާއި ބައްޕަ ހަމަ ނުޖެހޭކަން އެނގެއެވެ. ބައްޕަ އެހެން އަންހެނެއް ގެއަށް ގެނެސްގެން އުޅޭކަންވެސް އިޒާނަށް އެނގެއެވެ.

ދެމަފިރިން މައްސަލަ ޖެހެން ދިމާވި އެންމެ ބޮޑު އެއް ކަމަކީ އާމިރުވެސް ބައްޕަގެ އުޅުން ހިޔާރު ކުރުމުންނެވެ. އެންމެ ފަހުން ސަފުޒާ އިޒާން ގޮވައިގެން އެގެއިން ނިކުގެން ދިޔައީއެވެ. ސަފުޒާ ބޭނުންވީ އިޒާން އެމާހައުލާ ދުރުގައި ގެންގުޅޭށެވެ. ނަމަވެސް އެގެއިން ނިކުގެން ދިޔައިރު ސަފުޒާވަނީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައެވެ. އަބަދުހެން ސަފުޒާގެ ކަމަކަށް ވެފައިވަނީ ކުޑަކުޑަ އިޒާން އަންހެނުންނާއި ދުރުކޮއްހެން ގެންގުޅުމެވެ.

“އިޒާން އިންނާނީ މިކޮޓަރީގަ އިނގޭ.. މަންމަ ބުނީމަ ނޫނީ ނުނިކުންނާތީ” ކުޑަ ކުޑަ އިޒާން އެކަނި ކޮޓަރިއަކަށް ލަމުން ސަފުޒާ އެތާނގެ ބޮކި ނިއްވާލައިފިއެވެ. އޭރު އެކުއްޖާ އެތަނުން ނިކުތުމަށް ރޮއެ އާދޭސް ކުރެއެވެ.

“ކޮން ކަމަކާ ތޮ ރޮނީ… ނުބަލާތި މަންމައަށްވެސް ނުބަލާތި އެއްވެސް އަންހެނަކަށް ނުބަލާތި” އިޒާން ރޯން ފެށުމުން ސަފުޒާ ކޮޓަރި ހުޅުވާލަމުން ބުނެލިއެވެ. އެކުއްޖާ ބިރުން މަންމައާއި ދިމާލަށް ބަލާލުމުން އޭނާގެ މޫނަށް އެރީ ހޫނު އެތި ފަހަރެކެވެ.

ދުވަސްތައް ވޭތު ވަމުން ދިޔައީ އެފަދަ ގޮތަކަށެވެ. އެފަދަ އެތައް އަނިޔާ ތަކެއް އެތައް ދުވަހަކު އެމައުސުމު ފުރާނައަށް ލިބެމުން ދިޔައެވެ. އެކުއްޖާގެ ދުލުގައި ވީ އެންމެ ލަފުޒެކެވެ. އެއީ “ބޭބެ” އެވެ. ދުވަސް ވަމުން ދިޔަ ވަރަކަށް ސަފުޒާގެ ބުއްދިވެސް ދިޔައީ އިހުނަށްވުރެ ބޮޑަށް ސަކަރާތް ވަމުންނެވެ. އިޒާނަށް އަނިޔާ ކުރާލެއްވެސް އިތުރު ވަމުން ދިޔައެވެ. ހެނދުނު ސައި ހަދައިގެން ސަފުޒާއައިސް އިޒާންއިން ކޮތަރިއަށް ވަންނަމުން އެތަނުގެ ބޮކި ޖައްސާލިއެވެ. ތިރީގައި އިށީނދެގެން ދެކަކުލުގައި ބޯ ޖައްސާލައިގެން ކުއްޖާ ފުރަތަމަވެސް ޖެހެލީ ފަހަތަށެވެ. ހީވީ ބިރެއް ފެނުގެން އުޅުނުހެނެވެ. ސަފުޒާ މޫނަށް ނުބަލަން ވެގެން އެކުއްޖާ ތިރިއަށް ބަލަން ފެށިއިރު ލައިގެން ހުރި އެއްޗެއްސަށް ހީސްވެސް ލެވިއްޖެއެވެ.

“އިޒާން ހިނގާ ކާން ދަރިފުޅާ…” ސަފުޒާ އައިސް އިޒާންގެ ކޮލުގައި ހިފައި ރޮށިގަނޑު އަނގައި ތެރަށް ގަންނުވާލިއެވެ. ކަރު ބުޑުގައި ގޮސް އެޖެހުމުން ފުރަތަމަވެސް އެކުއްޖާއަށް ލެވުނީ ހޮޑެވެ. ސަފުޒާގެ ގަޔާއި އެކު ހޮޑު ލެވުމުން އޭނާ ނަސީބަކުން ދިޔައީ އެ ސާފު ކުރާށެވެ. އެކުއްޖާ ނުތާހިރާ އެހުރި ގޮތައް އެތަނުގައި ބަހައްޓާފައެވެ. ހަފްތާއަކު އެއްފަހަރު އެކުޑަ ކުއްޖާ ފެންވަރުވާއިރު ފެން ވަރަންވެސް ޖެހެނީ އެކަނިއެވެ.  އެއްވެސް އަލިކަމެއްނެތް އެކޮޓަރީގައި އެހެން ހުރެ ހުރެ ލޮލުގެ ވަށައިގެން ލެވިފައިވާ ކަޅުބައިން، ކުއްޖާގެ ސިފަވެސްވަނީ ގެއްލިފައެވެ.

ތިންއަހަރު ވެގެން ދިޔައީ އެހާލުގައި އެކުއްޖާ ވޭތު ކުރަނި ކޮށެވެ. ނަމަވެސް އެއް ދުވަހެއްގައި ސަފުޒާއަށް ދެވުނީ ކޮޓަރީގެ ދޮރު ނުލައްޕައެވެ. މިއަށްވުރެ ރަނުގެ ފުރުސަތެއް އިޒާނަކަށް ނުލިބޭނެއެވެ. ކޮއްޅަށް ތެދުވަން މަސައްކަތް ކުރުމުން އެކުއްޖާގެ ދެފައިން ހީވީ ވާގި ދޫވި ހެންނެވެ. ރަނގަޅަށް ހިނގާކަށްވެސް ނޭނގުނެވެ. ފައި ދުރު ދުރުގައި އަޅަމުން އޭނާ ނިކުތީ މަގު މައްޗަށެވެ. މަގުމަތި އަލިކަމުން އިޒާނަށް ދެލޯވެސް ނުހުޅުވުނެވެ. ލޮލުގައި އަތް އަޅައިގެން ހުރިއިރު އަތުގެ އެކި ދިމާލުގައިވަނީ ލަކުނެވެ. ނަސީބަކުން މޫނުގައި އެއްވެސް ލަކުނެއް ނެތެވެ. އެކުއްޖާ ލައިގެން ހުރި އެއްޗެހިވެސް ހީވަނީ ކަޅު ދެލި ގަނޑެއް ހެންނެވެ. ބޭބެ ހޯދަން ވެގެން އިޒާން ހިނގައިގަތީ އެ ފަހަރެއްގައި ޖެހުނު މަގަކުންނެވެ. ގެ ހުންނަތަން ކޮންމެވެސް ވަރަކަށް ހަނދާން ހުންނާތީ އިޒާންގެ މިސްރާބު ހުރީ އެދިމާލަށެވެ. ގޭގެ ކުރިމައްޗަށް އެރިއިރު އެކުއްޖާ ހުރީ ހޭހުސްވާން ކައިރިވެފައެވެ. އެންމެނ ފުރަތަމަވެސް ބަލާލެވުނީ ގޭގެ ދޮރު މަތޯގައި މީހަކު ހުރިތޮއެވެ.

“ދަރިފުޅު… އިޒާން.. އިޒާންތަ؟؟” އާމިރު ޝައްކުވެފައި ހުރެ ބަލާލިއެވެ.

“ބާބޭ… ބާބޭ…” އިޒާން ބޭބޭއޭވެސް ރަނގަޅަށް ނުބުނެވުނެވެ. އާމިރުއަށް ހުރިތަންވެސް ނޭނގުނެވެ. ކަކޫ ޖަހާލަމުން އިޒާންގެ މޫނުގައި އަތް ޖައްސާލީ ޔަޤީން ކޮއްލުމުގެ ގޮތުންނެވެ.

” ބާބޭ… މަންމަ…” އިޒާން ވާހަކަ ދައްކަން އުޅޭގޮތް ފެނި އާމިރުގެ ހިތައް ކުޅަދާނައެއް ނުވިއެވެ. އެއޮތް ބޮޑު ފިރިހެންމީހާ އިޒާންގައި ބައްދާފައި ރޯން ފަށައިފިއެވެ. އޭރު އެކުއްޖާ ހޭނެތިއްޖެއެވެ. އިޒާން އަތް މައްޗަށް ލައިގެން ދުވެފައި އާމިރު ދިޔައީ ހޮސްޕިޓަލަށެވެ. ދެން އާމިރު ޕޮލިހުން ގޮވައިގެން ދިޔައީ ސަފުޒާ އުޅޭގެއަށެވެ. އޭރު ސަފުޒާ ބޯ ހާވައިލައިގެން ބޭރު ދޮރު ކައިރީގައި ހުއްޓެވެ. އާމިރު ފެންނަން ތަނަށް އިޒާން ކޮބައިހޭ އަހާލައިފިއެވެ.

“މަންމަ ލަދެއް ނުގަނޭތަ؟؟.. ދެން ދުވަހަކުވެސް އިޒާނެއް ނުލިބޭނެ..” އާމިރު އޭރު ރުޅިއައިސްގެން ތުރު އަޅައެވެ.

“އަހަރެން އެކުއްޖާ ހުންނާނީ ރަނގަޅު މަގު ދައްކާފަ.. އެއްވެސް އަންހެނަކަށް އޭނާ ނުބަލާނެ.. ކަލެއާ ކަލޭ ބައްޕަ އުޅޭ ހެނެއް ނޫން އަހަރެން އެކުއްޖާ ގެންގުޅުނީ..” ސަފުޒާގެ ވާހަކަތަކުން އޭނާ ހަމަ ނުޖެހޭކަން ދޭހަވެގެން ދިޔައެވެ.

“ހެވޭ…މީނަ ގެންދޭ” އެތަނުން ނިކުމެގެން ދަމުން އާމިރު ބުނެލިއެވެ. އަމިއްލަ މަންމައަށް އެހެން ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އިޒާން އޮތް ހާލު ފެނުމުން ދުވަހަކުވެސް އޭނާ ސަފުޒާއަކަށް މާފެއް ނުކުރާނެއެވެ.

ގެއަށް ދޫކޮއްލި ފަހުންވެސް އިޒާން އެއްވެސް މީހަކާއެއް ވާހަކައެއް ނުދައްކައެވެ. އަބަދުހެން އިންނަނީ ކޮޓަރީގެ ބޮކި ނިއްވާލައިގެންނެވެ. މީހަކު އައިސްފިނަމަ ބިރުން ރޮއި އަމިއްލަ ގައި ތަޅާ ހަދާނެއެވެ. އަންހެނެއް ފެނިއްޖެނަމަ އެކުއްޖާ މަރު ވުމެކޭ އެއްފަދަ ވާނެއެވެ. ރުޅި އައުމާއި ލޯތްބާއި އިހުތިރާމްއާއި މިކަހަލަ އެއްވެސް އިހުސާސަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. ހަމައެކަނި އިނގެނީ ފާޑަކަށް އިންނާށެވެ. ބޮޑުވަމުން ދިޔަ ވަރަކަށް އިޒާންވެސް ބޭނުން ވަމުން ދިޔައީ މީހުނަށް އަނިޔާ ކުރާށެވެ. އޭނާގެ މަންމަފަދަ ރީތި އަންހެނުންނަށް އަނިޔާ ކުރުމުން އޭނާއަށް ހީވަނީ ސަފުޒާއަށް އަނިޔާ ކުރެވޭހެނެވެ. އާމިރު ދެވަނަ ކައިވެންޏެއް ކޮއްގެން އައުމުން އެކަން އޭނާއަށް އެއަންހެން މީހާއަކަށް ނުބެލުނެވެ. އަންޖުމް އެއަށްވުރެ މާ ފުރިހަމަ ވެފައި ރީއްޗެވެ.

ބައެއް މިހުންނަކީ އުފެދުމުގައިވެސް ނުބައި އިންސާނުންނެވެ. އެމީހުންގެ އިހުސާސްތައް ހުރިނަމަވެސް އެއި އަމިއްލަ އެނދުން ބޮޑު މީހުންނެވެ. އެހެން މީހުނަށް ދެރަދޭން ގަސްތުގައި މަސައްކަތް ކުރާ މީހުންނެވެ. އަނެއްބައި މީހުންނަކީ ކުޑައިރުގައި ނުވަތަ ބޮޑު ވުމުންވެސް ދިމާވެފައިވާ ކަމެއްގެ ސަބަބުން މަގު ގެއްލޭ ކުދިންނެވެ. މިކަހަލަ ކުދިން ރަނގަޅު ކުރެވިދާނެއެވެ. އެކުދިންގެ ހިތު ތެރޭގައި އުފެދިފައިވާ ހައިޖާނުގަނޑު މަތަވެސް ކުރެވިދާނެއެވެ. ހަމައެކަނި ބޭނުންވަނީ އޯޤާތެރި ހިތް ތެކެކެވެ. ނަމަވެސް ކުށެއް ކޮއްފިނަމަ އެކުދިންވެސް ރަނގަޅު ވުމަށްފަހު އަދަބު ދޭންޖެހޭނެއެވެ. ގިނަ ފަހަރަށް މިކަހަލަ ކުދިންނަށް ކުއްކުރެވެނީވެސް ނޭނގުމުގެ ތެރެއިންނެވެ. އެހެންމީހުނަށް އެކުދިންގެ އުނިކަމެއް ހުންނަކަން އެނގޭއިރު ވަދުތު އޮންނަނީ ފާއިތު ވެފައެވެ.

#    #    #     #     #     #     #

ޔުސްރިއްޔާ އުޅުނީ އަވީން މަޖާ ކާހިތުން އުޅޭތީ މަޖާ ހަދައެވެ. ޔުއާން ބަދިގެއަށް އައިސްފަވެސް ޔުސްރިއްޔާ ފެނުމުން ނިކުމެގެން ދިޔައީއެވެ. އަވީން ކޮޓަރީގައި އެއްޗެހި ލައިގެން ހުރީ ރީތިވާށެވެ. މޭމައްޗާއި ދިމާލުން ހެނދުން ބާރުވުމުން އެ ހަށިގަނޑު އިތުރަށް ފުރިހަމަހެންވެސް ހީވެއެވެ. ދުރުގައި އެމަންޒަރު ބަލަންހުރި ޔުއާން ހުރީ ފާޑަކަށް ހީގަނެގެންނެވެ. ބަނޑުބޮޑު ވީފަހުން އަވީން މާބޮޑަށް ރީތި ވެއްޖެހެންވެސް އޭނާއަށް ހީވެއެވެ.

“އަން.. މިލާބަލަ… ހީވަނީ ބާލިހަކަށް އިރައެއް މަހާފަ އިންނަ ހެން ވިއްޔަ” ޔުއާން އޭނާގެ ޓީޝާތެއް އެއްލަމުން ބުނެލިއެވެ. ލަދުން އަވީން އެ ހިފައިގެން ވަނީ ފާހާނާއަށެވެ. އެލައިގެން ނިކތްއިރު އެކުއްޖަ ހުރީ ދާހިއްލާފައެވެ.

“ތެންކިއު… ކޮބާ ދައްތަ؟؟..” އަވީން މޫނުން ދާތައް ފުހެލަމުން އަހާލިއެވެ.

“ކޮން ދައްތައެއް؟ ޔުސްރިއްޔާތަ؟..” ފޯނަށް ބަލަހައްޓައިގެން ހުރެ ޔުއާން ބުނެލިއެވެ.

“އާނު ކީއްވެ ދައްތައާއި ވާހަކަ ނުދައްކަނީ… އެއީ އާނުގެ މަންމަ އެއްނު..” އަވީން އެހެން ބުނުމުން އައިސް އަވީންއާއި ވަރަށް ކައިރީގައި ހުއްޓިއްޖެއެވެ. ޔުއަންގެ ނޭވާ އެޅެމުންދިޔަ އެމޫނު އޭރުވަނީ އެއްކޮށް ރަތްވެފައެވެ.

“އަހަރެން މަންމަ ކިޔަސް އެހެނެއް ނުދެކެން.. ޔާނު އެހެން ކިޔާށޭ ބުނީމާ ކިޔާނީ..” އަދިވެސް ބޮޑަށް އަވީނާއި ކައިރިވެލަމުން ޔުއާން ބުނެލިއެވެ. އޭނާ ބޭނުންވަނީ އަވިން ތަޅުވާލާށެވެ. އަވީން އޭނާއާއި ގަޔާވާކަން އެނގޭއިރުވެސް އޭނާ ބޭނުންވަނީ އަދުވެސް އޭނާ ކޮއްފައިވާ ސުވާލެވެ.

“އާނު… އަދިވެސް އީޝޫ ނުފެނޭތަ؟؟ އެހެން ޤައުމަކަށް ދިޔައީތަ އަނެއްކާ…” ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރުމުން އަވިން ދުރަށް ޖެހިލައިފިއެވެ.  ތެދެކެވެ. އޭނާ އެހުންނަނީ އިޝާލީގެ މަތިން ހަނދާންވެސް ނެތިފައެވެ.

“ނޭނގެ ހިއެއް ނުވޭ.. އެވާނި އޭނާ ގަސްތުގަ ފިލީ ކަމަށް އެއީ އެހެން ނޫނަސް ވަރަށް އެފާޑު ގަދަ ކުއްޖެއް..” އެނދުމައްޗަް ވެއްޓި ގަންނަމުން ޔުއާން ބުނެލައިފިއެވެ.

“އަހަންނަށްވެސް މަޖާ ކޮޅެއް ގެނެސް ދައްޗޭ” އެއްކޮލުން ހީލައިގެން ހުރެ ޔުއާން ބުެނލައިފިއެވެ. އަވީން ބޯ ޖަހާލައިގެން ހުރެ ކޮތަރިން ނިކުމެގެން ހިނގައްޖެއެވެ.

އަވީން ނިކުމެގެން ދިއުމުން އަނެއކާވެސް ޔުއާންގެ ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. އިޝާލީ ގެއްލުނުތާ އެހާ ދުވަސް ނުވަނީސް އަނެއްކާ ކުރިން ރެއެއްގައި އަވީނަށްވެސް މިވަނީ ކަމެއް ދިމާވެފައެވެ. ކުއްލިއަކަށް އިޒާން ސިކުނޑިއަށް އައުމުން ހީލަމުން ޔުއާން ބޯހޫރައިލައިފިއެވެ. އިޒާން އެހެން ހަދަންވީ ކީއްކުރަން ހެއްޔެވެ. އިޒާނަކީ އަވީންގެ ބޯޑުބޭބެއެވެ. ބޮޑުބޭބެއެއް އެފަދަ ހަޑި އަމަލެއް ނުވެސް ހިންގާނެއެވެ. އެހެން ނޫނަސް އޭނާ އެރޭގައި އުޅުނީވެސް ފާހާނައިގައެވެ. އެކި ހިޔާލު ތަކުގައި އޮއްވައި އަވީން ކުޑަ ތައްޓަކަށް އަޅައިގެން އައިސް ދިއްކޮއްލައިފިއެވެ. ނަމަވެސް އަވީން ދިޔައީ ބޭރުގައި ތިބި މީހުންނާއިއެކު ކާށެވެ. އެތަން ފެނުމުން އެނދުން ތެދުވެގެން ޔުއާންވެސް އޭނާގެ ފަހަތުން ހިނގައި ގަނެފިއެވެ.

ގޭގެ ބޭރުގައި އެންމެން ވާހަކައިގައި ތިބިތަން ފެނިފައި ޔުއާނަށް ބަލާލެވުނީ އަވީންގެ މޫނަށެވެ. އެހެންނާއި އެކަނި އިނދެގެން ކާން ބޭނުންވާ މީހާ މިއަދު އެނެމެންގެ ތެރެއަށް ނިކުތުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ޔުއާން ތުން ހަދާލައިގެން އައިސް އެންމެންގެ ކުރިމަތީގައި އިށީންދެއްޖެއެވެ. ޔަމީން ހީގަނެގެން ހުރިއިރު ރުކާޔަތިހުރީ ފޯނާއި ކުޅޭށެވެ.މިހާރަކަށް އައިސް އަބަދު ރުކާޔަތު އިންނާނީ އެކަމުގައެވެ. ޔަމީން ކުއްލިއަކަށް ރުކާޔަތު އަތުން ފޯނު ޖަހައި ގަންނަމުން ޖީބަށް ލައިފިއެވެ.

“ދޮންބޭ… ފޯނު ދޭންވީ އިނގޭ…” މަޖާ ކޮޅެއް އަނގައަށް ލަމުން ރުކާޔަތު ބުނެލިއެވެ.

“އަބަދު ރުކޫގެ ކަމަކީ އެ އިޒާންއަށް ގުޅުން… ދެން ތިވަރުން އުޅޭކަށް ނުވާނެ” ޔަމީން ޖޫސް ތައްޓެއް އަޅާމުން ބުނެލިއެވެ.

“އޯ.ކޭ ވާނެ ދޯ… ރުކޫ ދާނީ އަހަރުމެންގެއަށޭ އޭރުން..” ސަމްސާ ތަށީގެ އެއްފަރާތެއްގައި ހާކާލަމުން އަވީން ބަލާލިއެވެ. އަދި ޔުއާން އެއްޗެކޭ ނުކިޔައި އިނުމުން ކުޑަކޮށް އޭނާ ފައިމައީގައި ޖަހާލިއެވެ.

“އާނު ހާދަ މަޑުން އިންނަ ދުވަހެއް…” ޔުސްރިއްޔާ ހިންދެމިލަމުން ބުނެލިއެވެ. ޔުއާނަށް ވިސްނެމުން ދިޔައީ އިޝާލީއާއި މެދުގައެވެ. މިހާރު މަހެއް ވަނީއެވެ. މިހާ ދުވަހު އިޝާލީ ފިލައިގެން އުޅޭނެ ހެނެއް ހިއެއް ނުވެއެވެ.

“އީޝޫ ރަނގަޅު ބާއޭ މި ހިތަށް އަރަނީ..” އިސްޖަހާލައިގެން އިނުމަށްފަހު ޔުއާން ބުނެލިއެވެ.

“އަބަދު އޭޏާގެ ވާހަކަ ދައްކަން ޖެހޭތަ؟؟..” އަވީން ހިތްހަމަ ނުޖެހިފައި އެތަނުން  ތެދުވެގެން ހިނގައްޖެއެވެ. އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަވިންއެއީ ދުވަހަކުވެސް އެގޮތަށް ވާހަކަ ދައްކާފައިވާ ކުއްޖެއް ނޫނެވެ. އަވިންގެ އެއުޅުމުން ޔަމީންހުރީ އުފާވެފައެވެ.

“އެވާނީ ބަނޑުބޮޑު ވީމަ ކަމަށް.. ޕްރެގްނެންސީ ހޯމޯންސް..” ޔަމީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ޔުއާނަކަށް އަވިންގެ އެގޮތަށް އެންމެންގެ ތެރޭގައި އެއްޗެހި ކިޔުމުން ޤަޔާއެއް ނުވެވުނެވެ. އޭގެ ބަދަލުގައި އޭނާވެސް އަވިންގެ ފަހަތުން ހިނގާފައި ގޮސް ގެއަށް ވަދެއްޖެއެވެ. އަވީން އެދިޔަ ގޮތަށްގޮސްވަނީ ފާހާނާއަށެވެ.  ހީވަނީ ޔުއާނަށް ފިލަން އުޅުނު ހެންނެވެ. ޔުއާން ބޭރުގައި ހުރިއިރަކު އެތަނަކުންނެއް އޭނާ ނުނިކުތެވެ. އެހެންހުރެ ފަޔަށް ވާޅުވުމުން އެންމެ ފަހުން ޔުއާން ދިޔައީއެވެ.

އެހެން ރޭރޭ ނިދަން އަރާ އިވެގެން އަނގަ ތަޅާ އަވީން މިރެއަކު ވާހަކައެއްވެސް ނުދައްކައެވެ. ޔުއާންވެސް ހުރީ އެހާ ފަސޭހައިން ގޮތް ދޫކުރާ ކަހަލަގެ ގޮތަކަށް ނޫނެވެ. އެކަކުވެސް އަނގައިން ބަހެއް ނުބުނެއެވެ. ކުޑަކޮށް ވިއްސާރަކޮށް އޮތުމުން ރޭވާއިރަށް ވާރޭ ވެހެން ފަށައިފިއެވެ. ކޮޓަރީގެ އޭސީ މަޑު ކޮއްލަމުން ޔުއާން ޓީޝާޓް ބާލައިފިއެވެ. އެހެންނާ އެހެން އެގޮތަށް ހުސްގަޔާ ނުފެންނާތީ އަވީން އެނބުރުނީ އަނެއް ފަރާތަށެވެ. އާންމު ގޮތެއްގައި ޔުއާން ހުސްގަޔާއި އިންނާނި އެކަނިާ ވަގުތު ގައެވެ. އަވީން އެހެން ހަދާލިތަން ފެނުމުން ޔުއާން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. އެނދާއި ދިމާލަށް ވެއްޓުނު ގޮތަށް އަތުން އަވީންގައި ބައްދާލައިފިއެވެ. ކުއްލި ސިހުމެއް ލިބުމާއިއެކު އަވީންގެ ބަނޑުން ވިންދުވެސް ޖަހާލީ އެވަގުތުގައެވެ. ދެމީހުންނަށްވެސް އެއްފަހަރާހެން ބަލާލެވިއްޖެއެވެ.

“ކޮބާ ބޭބީއަށްވެސް އިނގޭ ޑެޑީ އަތްލީމަ” މަލާމަތް ކޮއްލާފަދަ ގޮތަކަށް ޔުއާން ބުނެލިއެވެ.

އަވީން ރުޅިން ހުރިނަމަވެސް ޔުއާން އެހެން ބުނެލުމުން ހީލައިފިއެވެ. ދެމީހުންވެސް އެއްފަހަރާހެން ހީލައިފިއެވެ. އިޒާން ބަލަމުން ދިޔައީ ކުޑިދޮރުން ބޭރަށެވެ. ތުނި ތުނިކޮށް ވާރޭ ވެހެމުން ދާތީވެ އޭނާއަށް ހުރީ ބޭރަށްވެސް ނުނިކުމެވިފައެވެ. މިވީ ދެތިން ދުވަހު އޭނާ ކޮޓަރިން ބޭރަށްވެސް ނިކުމެފައި ނުވެއެވެ. ކަނީވެސް ޕިއްޒާ އޯޑަރ ކޮއްގެނެވެ. ގޭގައި އުޅޭ ބޭރުމީހާ ލައްވަ އެހާ ހިސާބަށް ގެނެސްފައި އެމީހާ އަތަށް ލާރިދެނީއެވެ. އާސިޔާ ހުރީ އަވީން ކައިރިއަށް ދާން ލަސްވެފައެވެ. ދެން އިޒާނަކަށް އެއްވެސް ގޮތެއް ނެހެދޭނެއެވެ. ވައިބޮރޭޓް ވަމުން ދިޔަ ފޯނަށް އިޒާން ނަޒަރު ހިންގާލައިފިއެވެ. ރުކާޔަތުގެ ނަން އަރާފައި ވުމުން އިޒާން ފޯނު ބަންޑުން ޖަހާލައިފިއެވެ. އޭނަ މިވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. ހަމައެކަނި ބޭނުންވަނީ އެކަނި ހުންނާށެވެ.

ލޯ މަރާ ތަގުޅި ކޮއްލައިގެން އިނުމަށްފަހު އަނެއްކާވެސް އިޒާން ލޯ ހުޅުވާލައިފިއެވެ. ސަފުޒާ އޭނާއަށްދިން އަނިޔާތައް ހަނދާންވުމުން އެދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފަށައިފިއެވެ. ކޮންމެ ރީތި އަނެހެނެއް އޭޏާއަށް ފެންނަނީ ސަގުޒާ ހެންނެވެ. ސަފުޒާ މަރާލުމުން ދެން އޭނާއަށް އަނިޔާ ކުރާން އެއްވެސް މީހަކު ދުނިޔާގައި ނުހުންނާނެއެވެ.

“ނޫން ނޫން.. އަހަރެން އަވީނާއި އިންނާނީ… އޭނާ މަރައެއް ނުލާނަން.. އަހަރެން މާލެއައީވެސް އަވީން އަހަރެންގެ މީހަކަށް ހަދަން” އިޒާން އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ދިޔައެވެ. އަނެއްކާވެސް ރުކާޔަތު ގުޅާތަން ފެނުމުން އިޒާން ރުންކުރު ވާގޮތްވިއެވެ.

“ކިހިނެއްވީ؟” ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އިޒާން ބުނެލިއެވެ.

“ކޮންތާކު ތިއުޅެނީ؟ ހަބަރެއްވެސް ނުވާތީ” ރުކާޔަތު އެހެން ބުނުމުން އިޒާންވީ ފޫއްސެވެ. އަންހެނުންނަކީ ދެފުއް ދެގޮތްބައެކެވެ.

“ރުކޫ… އަހަރެން ބޭނުންވަނީ…” އިޒާނަށް އެހެން ބުނެވުނު ތަނާހެން އާސިޔާ އައިސް ދޮރުގައި ތަޅަން ފަށައިފިއެވެ. އާސިޔާގެ އަޑުއިވުމުން ރުކާޔަތި ވީ އަމަށަކު ފޫއްސެއް ނޫނެވެ. ފާޑެއްގެ އަޑެއް އަނގައިން ލައްވާލުމުން އިޒާން ކިހިނެއް ވީތޯ އަހާލިއެވެ.

“އަހަރެން ވަރަށް ފޫހިވޭ އޭނާދެކެ.. ވަރަށް މަކަރުވެރި އަންހެނެއް އެއީ..” ރުކާޔަތު އެހެން ބުނުމުން އިޒާންގެ ވިސްނުން އެއްކޮށް ބަދަލު ވެއްޖެއެވެ.

“ކިހިނެއްވީ؟؟ ދޮންބެ ދައްތަ ރުކޫއަށް ކަމެއް ކުރީތަ؟..” ވަރަށް މާތް ވެލާފައި އިޒާން އަހާލައިފިއެވެ.

“އަވީ އާނުއާ މެރީ ކުރީމަ އޭނާ މަންމައަތުން ތިރީސްހާސް ރުފިޔާ ގެންދިޔަ… ހީވީ އަވީ ވިއްކާލިހެން…” ކުރީގެ ހަނދާންތަކެއް އާކުރަމުން ރުކާޔަތު ބުނެލިއެވެ. އިޒާންގެ ތުންފަތަށް ވެރިވީ ނުބައި ހިނިތުން ވުމެކެވެ. މިވީ މާރަނގަޅަކަށެވެ. ދެން އާސިޔާއަކަށް އޭނާއާއި އެއް ނުބެހެވޭނެއެވެ.

“އަހަރެން ދާނަން މެނދުރުގަ…” އިޒާން ހިނިތުން ވެލައިގެން ހުރެ ބުނެލިއެވެ.

ޖެހިގެން އައި ދުވަސްވެސްވީ ވަރަށް ވިއްސާރަ ދުވަހަކަށެވެ. އެވަރުންވެސް އިޒާން ރުކާޔަތު ކައިރިއަށް ދިޔައެވެ. އާސިޔާ މާކުރިންވެސް އެގެއަށް އަންނަން އުޅޭކަން އިޒާނަށް އޮތީ އެނގިފައެވެ. އަވީން ބަނޑުގައި އަތް ޖައްސާލައިގެން އިން ގޮތުން އިޒާން ފާޑަކަށް އަނގަ ހަދާލިއެވެ.  އިޒާން ކިތަންގެ އަވީން ބޭނުންވިނަމަވެސް  އަވީންގެ ބަނޑުގައިވާ ދަރިފުޅު ބޭނުމެއް ނޫނެވެ. އެދަރިފުޅަށް ކޮންމެވެސް ގޮތެއް ހަނދަން އެބަޖެހެއެވެ. އެކަމާއި ވިސްނަން އިނަދއި މައިދޮރުން ވަދެގެން އަންނަ އާސިޔާ ފެނިއްޖެއެވެ. ދޮރު ކަނީގައި ލެގި ލައިގެން ހުރި އިޒާން ފެނުމުން އާސިޔާވެސް ކުޑަކޮށް ހައިރާންވިއެވެ.

އެތެރޭގައި އިން އަވީން ފެނުމުން އާސިޔާ އަވަހާއި އެދިމާލަށް ހިނގައި ގަނެފިއެވެ. އާސިޔާ ބޭނުންވީ އެންމެ ހިނދުކޮޅެއްވެސް ލަސްނުކޮށް ހުރިހާ ވާހަކައެއް އަވީނަސް ކިޔައި ދޭށެވެ. އަސި އިޒާން ފަރުވާ ދޭ ކަހަލަގެ ތަނަކަށް ގެންދާށެވެ. އަމީން ނޫން އެންމެންހެން އެވަގުތުގައި ސިޓިން ރޫމްގައި އުޅެއެވެ. ޔުސްރިއްޔާވެސް ހުރީ އަވީންގެ ފައި މަސާޖްކޮއްދޭށެވެ. ފައި ކުޑަކޮށް ދުޅަވެފައި ހުރުމުން އަވީން އުޅެނީ އެހާމެ ތަދުވާތީއެވެ. ޔުއާންވެސް ކޮފީތައްޓެއް ހިފައިގެން ހުރެ އެދިމާލަށް އާދެއެވެ.

“އަވީ ދަރި…” އާސިޔާއަށް ރަނގަޅަށް ފަށައި ނުގަނެވިގެން އުޅޭނިކޮށް އިޒާން އެތަނަށް އައިސްފިއެވެ. އަދި ރުޅިވެރި ގޮތަކަށް އާސިޔާގެ އަތުގައި ހިފައި އެތަނުން ނަގައިފިއެވެ.

‘ދޮންބެ ދައްތާ އަހަރެން ކޮންކަހަލަ ވާހަކަ ތަކެއް މި އަޑުއަހަނީ..” އާސިޔާ އާއި އެހެން މީހުންވެސް ބަލަމުން ދިޔައީ އިޒާންގެ މޫނަށެވެ. އެތަނުން މިވާން އުޅޭގޮތެއް އެނގުނީ ރުކާޔަތަށް އެކަންޏެވެ.

“ކޮން ކަމެއް..” އާސިޔާ ހަމަޖެހިލާފައި ބުނެލިއެވެ.

” އަވީ ކިތައް ރުފިޔާއަށް ވިއްކާލީ….” އެހެން ބުނުމުން ޔުސްރިއްޔާއާއި އާސިޔާއަށް އެއްފަހަރާހެން ބަލާލެވިއްޖެއެވެ. އާސިޔާ އެހެން ހެދީވެސް އަވީން އޭނާދެކެ ރުޅި އެރުވުމަށެވެ. ނަމަވެސް އޭރު އޭނާއަށް އިޒާން ރާއްޖެ އަންނާނެ ކަމެއް ނޭނގެއެވެ. އެހެން ނޫނަސް އިޒާންގެ ދުލުން ހުރިހާ ހަޤީޤަތެއް އަވީނަށް އިނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

“ރުކޫއަށް ހުރިހާ އެއްޗެއްވެސް ވަނީ އަޑު އިވިފަ… ދައްތަވެސް ތިހެން ހަދާކަށް ނުވާނެއެއްނު…” ޔުސްރިއްޔާ އަށް ބަލާލުމުން ބުނެލިއެވެ. ޔުއާން އަދިވެސް ހުރީ ވާނުވާ ގައެވެ.

“އާން އަހަރެން އެދިވެސް ހަނދާން އެބަހުރި… އެދުވަހު ދައްތަ ބުނީ މަންމ ކައިރީގައި އަވީއާއި އާނުގެ ރަން ކިޔުނީމަ ޗެކް ރެޑީ ކުރަން ޖެހޭނޭ…” ރުކާޔަތުވެސް ބޭނުންވީ އަވީނަށް ހަޤީޤަތް އެނގޭށެވެ. އެހެންވުމުން އޭނާއަށް ފެނުނު މަންޒަރާއި އިވުނު އަޑުވެސް  ތަފުސީލުކޮށް ކިޔައިދިނެވެ.

“ރުކޫ ހަމަ މިހާރު އެތެރެއަށްދޭ…” ޔުސްރިއްޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ކިހިނެއްވީ؟ ރުކޫ އަދިވެސް ވާހަކައެއް ބުނެފާނެތީ ބިރުގަތީތަ؟” ޔުއާން ރުޅިއައިސްފައި ބުނެލިއެވެ. އޭރު އޭނާގެ އަޑުވެސް ތުރުތުރުލައެވެ. ޔުއާނަށް އެއްވެސް އެއްޗެއް ނޭނގޭކަން އެވަގުތު އަވީނަށް ޔަޤީންވިއެވެ.

“ބަލަ މަންމައާއި ތިހެން ވާހަކަ ދައްކާތަ އާނު..” ޔުސްރިއްޔާވެސް ރުޅި އަތުވެއްޖެއެވެ.

“ތިއީ މަންމައެއްނޫން… ޓީ އަހަރެންގެ ދޮންމަންމަ… ” ޔުއާންގެ ދުލުން އެލަފުޒު ނިކުތުމުން ޔުސްރިއްޔާ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

ނުނިމޭ

Share Article

Follow Me Written By

Nuzzi

Level 110 Stories

Other Articles

Previous

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ… 5

Next

އަހަރެންގެ ވާހަކަ (ތޭވީސްވަނަ ބައި)

Next
June 15, 2016

އަހަރެންގެ ވާހަކަ (ތޭވީސްވަނަ ބައި)

Previews
June 15, 2016

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ… 5

53 Comments!

  1. Shaai says:
    June 15, 2016 at 4:59 pm

    Vvvvvvvvvv rythi. But kuru story…. avahah up kohdheynan dhw

  2. Shaal says:
    June 15, 2016 at 5:03 pm

    Salhi

  3. Mini*** says:
    June 15, 2016 at 5:10 pm

    Alhey avahah up koh dhehchey vvvv nice keep it up… Can’t wait…

  4. Saajidh says:
    June 15, 2016 at 5:59 pm

    V salhi mi story… Superb!! Next part avas kollahchey… V eba inthizaaru kurevey next part ah…

  5. Saajidh says:
    June 15, 2016 at 5:59 pm

    V salhi mi story… Superb!! Next part avas kollahchey… V eba inthizaaru kurevey next part ah…

  6. Blueish says:
    June 15, 2016 at 6:13 pm

    Wow.. haadha salhi ea

  7. aff says:
    June 15, 2016 at 6:43 pm

    Fabulous ☺

  8. Same says:
    June 15, 2016 at 6:52 pm

    v salhi. next part avaskohlachchey.

  9. Youme says:
    June 15, 2016 at 6:57 pm

    Awesome……..
    Whn next part….vvvv inthixaaru kurevey eba

  10. rosy says:
    June 15, 2016 at 7:38 pm

    vvvvvv lobi mibaivas

  11. niha says:
    June 15, 2016 at 7:39 pm

    Vvvvvvv reethi

  12. sherlu says:
    June 15, 2016 at 7:56 pm

    vvvvvvvvvvvvvvvvvvvvvvvvvvvv rythiii story eh… cmnt nukuriyas hama baraabarah kiyan…☺☺nxt prt Nuzzi ah v emme avahakah up kohdhehchey….waiting waiting..???

  13. Arw says:
    June 15, 2016 at 8:02 pm

    Mifaharu mibai haadha kuruhen heeveyey avahah up kohdhyba v kiyaa hithunney miothy liaa ??

  14. Zee says:
    June 16, 2016 at 9:19 am

    Vvvvvvv Cute story
    Avaha upkolacha

  15. Ivy says:
    June 16, 2016 at 10:35 am

    Habeys
    ?????????

  16. Rsy says:
    June 16, 2016 at 12:29 pm

    VVVVVVV NICE

  17. naadhi says:
    June 16, 2016 at 12:58 pm

    v reethi. ekamak e izaan bnaa vaahaka enmenvess qabool kraany. ehenveemaa v foohi.

  18. ZOYA says:
    June 16, 2016 at 4:19 pm

    Vvvvvv reethi

  19. lussi says:
    June 17, 2016 at 9:43 am

    vvvvvvvv reethi mibaivas

  20. loi says:
    June 17, 2016 at 10:04 am

    vvvvvvv habas
    dhen izaan gotha hadaba pls

  21. liu says:
    June 17, 2016 at 8:29 pm

    1 day breaka fahua kiyafa kivatha up nukurani
    pls avaha upkuachay

  22. aish says:
    June 20, 2016 at 3:37 pm

    kon irakun tha next up kuranee now 5 days veyjey plx plx …………………….. kiyaahithun mihaaru hureyvenee eh vx nun

  23. Rsy says:
    June 21, 2016 at 4:07 pm

    avas kolathi pls pls pls

  24. aharen says:
    June 21, 2016 at 10:13 pm

    thihen nuhadhaa nuzzi pls upp kohdhee bala

  25. 767 says:
    June 23, 2016 at 1:43 am

    Varahsali mi story varah kiyaalaa
    hithun hama balaalavany up vahgathw keekkuraany haadha birugany a izpaanugadu ulhay vatharun dhan yaanu ah aasi hurihaa vaahaka eh kiaadhy nama
    Plx lasvaa sababu n.. up kohdhavyna dhuvaheh rip kohdheeplx plx plx.?????

  26. Rsy says:
    June 24, 2016 at 7:48 am

    pls avas kolaba

  27. zai says:
    June 25, 2016 at 12:00 am

    Avahah up kohdhybaa plxx

  28. Mari says:
    June 25, 2016 at 9:56 am

    Plxxxx avahah up koh dhybaaa

  29. niha says:
    June 25, 2016 at 11:24 am

    Pls dihen nuhada avaha up koladiba nuzz pls cant wait

  30. Girrl says:
    June 25, 2016 at 8:44 pm

    Mi story ge name kiyaafa vx vrh gayaa vi… vrh kiyya hiy vey .. vrh furihama.. kudakh mistakes the hurey.. but k.. ekamaku haadha lahun ney up khdheny.. thankolheh avas kohla dhybala .. plx dear!

  31. RIF says:
    July 7, 2016 at 5:48 pm

    Alhe mi stry ge emme interesting hisaabunn thi liyunn medhukandaaly ?…..alhe plx plx plx avahah up kohdheeba ?……mi sty kiyaahithunn mihaaru nuhurevigenn mi ulhenii ?

  32. swyt girl says:
    July 7, 2016 at 9:09 pm

    alhey hadh gina dhuvas vejjey
    mi story ge next part kobaitha 🙁

  33. Mari says:
    July 8, 2016 at 10:11 pm

    Avahah up koh dhybhaa..hadha dhuva heh vehjjey kiyaa hithun inthizaar kurathaaa..plxxx plxxx avahah up koh dheeba..waiting ..waiting..

  34. Same says:
    July 10, 2016 at 11:49 pm

    mi story dhen up nukuraanetha?

    1. zibaan says:
      July 11, 2016 at 12:38 pm

      kaleyahh meeh tha?behey kanthakaa behebala

  35. rosy says:
    July 11, 2016 at 12:46 pm

    NUZZI pls pls pls pls avaskoba???????????????

  36. ..... says:
    July 11, 2016 at 3:23 pm

    Kobaatha stryy…. Waiting…

  37. Asi says:
    July 12, 2016 at 11:29 am

    nuzz ah kameh v tha.. plx v gothehvx bunedhybaa..eyrun dhw hiyhama jeheynyvx. plxxxxxxxxxx nuzz up kohdhyba

  38. teeenaa says:
    July 15, 2016 at 7:10 pm

    aaa vee gothe ves buneema dgw kiyun therin na ingeyneee.mi esfiya ge gina vaahaka hunnanee .liyan fasaafa huhtifa .efsfiya in vaahaka kiyunu moys hitha araa mithaa admin tha vehjjenu mikan tha rangalhu kuran

    1. Athoo says:
      July 16, 2016 at 7:17 am

      kobaatha mi story mihaaru keehvetha up nukuranii.. pls

  39. Munaaaa says:
    July 18, 2016 at 9:24 am

    Kivey tha mi story up nukurany…avahah up koh dheebala..mi mi vahaka site in kiyaaa ehmme reethi story..avahah up koh dheebaaa plxx.??

  40. Mari says:
    July 23, 2016 at 8:20 am

    Hadha lahey up kuraaleh avahah up kohlabaa..mihaar varah Gina dhuvas vehjje up nuraatha..up nukurah yaaaa vs angaalabaaa… Waiting waiting…..,.

  41. Dhyna says:
    July 25, 2016 at 7:25 pm

    Hey fast koh next part genes dheeba mihiri key madhuvefa mi story hama super ???????????????

  42. # says:
    July 25, 2016 at 7:31 pm

    Varah kiya hih vaa story…. kiyaalan libhijiya ufaavaane varah gina kudhin thibey. So come on nuz…

  43. shaffa says:
    July 27, 2016 at 10:19 am

    nuzz plxx.. v v v kiyaa hiyve ey mi story.. plx plx plx plx v v v vrythi hisaabakun thi huhtaali vx ;( ;(

  44. ppp says:
    July 27, 2016 at 1:05 pm

    Vaahaka nimmalytha mihisaabun.. Story kiyaahithun nuves hureve.. Pls upload it soon…

  45. Ainy says:
    August 10, 2016 at 8:53 am

    Alhey …esfiya ge liyuntherin vaahaka nuninnmanyaa vaahaka liyan nufasha bala …kihaa dhera kameh knnme myhaku vx fashaane v foaryga dhn vaagotheh neyngeyne …criously its v sad …

  46. fatima says:
    August 26, 2016 at 8:12 pm

    Really . hope to see this story

  47. Sara says:
    August 27, 2016 at 1:31 am

    Kon dhuvahakuntha mivaahakaahe next part up kuraanii

  48. ais says:
    August 27, 2016 at 10:07 am

    eyna mi vaahaka dhn up nukuraaney eyna beynun vanee mihun eyna ah aadheys kuruvan vaahaka up kuraashey kiyaasa v foohi vey eykahala meehun dheykey

  49. vishaa says:
    September 20, 2016 at 9:25 am

    dhen alhe up kodheeeeba plx

  50. pis pis says:
    September 20, 2016 at 9:01 pm

    KHIHAA BODU BALAA EH THA….VAHAKA UP NUKUREVENYA VAHAKA NULIYEBALA DHW…

  51. naff says:
    October 2, 2016 at 12:17 am

    alhe mi vaahaka liyunu meehaa akee ves insaanekey…. konmevess sababeh ovegennehnun story up nukurevifai mi othee i admit author liyunu gothuhh story complete kurann gehey kunn but guys you should understand evenn and i hope that mi story upp kuraanekunn

Comments are closed.



All Right Reserved!