Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ތޭވީސްވަނަ ބައި)

Mysterious Angel Level 110 Stories100 Comments
June 15, 2016 5 Mins Read
27 Comments

ޕްރެސް ކޮންފަރެސް ނިންމާލާފައި ނިކުތްއިރު އަހަރެންގެ ގައިގާ ހިރިލާނެވަރެއްވެސްނެތެވެ. ވަރުބަލިކަން ބޮޑަށް އިޙްސާސްކުރެވުނީ ތަނެއްގައި ހަމަޖެހިލެވުމުންނެވެ. އެތެރެހައްޓަށް ކާއެއްޗެއް ލުމުން ހަށިގަނޑު އެދެންފެށީ އަރާމުކުރުމަށެވެ. މަސައްކަތާއި ކުރިމަތީ ހިތާއި އަރައިރުންވަމުންނެވެ. ހަށިގަނޑުގެ ލޮޑުކަމާއެކު މަސައްކަތްކުރަން ޖެހުމުން ދޭން ޖެހޭ އެންމެ ފުރިހަމައަށް ސަމާލުކަން ނުދެވޭ ފަހަރުވެސް ދިޔައެވެ. އެހެންކަމުން ފޯން ނަގާ ޝިއުޒްއަށް ގުޅާލީ ކުޑަކޮށް ބޯހަމަޖައްސާލުމަށެވެ.

“ހަލޯ ތިއްތީ..ޕްލީޒް އަހަރެން ސަލާމަތްކުރޭ..” ޝާލީގެ ރުއިމުގެ އަޑުއިވުމުން ހިތަށް ވެގެންދިޔަ ގޮތް ބުނެދޭންވެސް ނޭނގުނެވެ. ވެފައިހުރި ވަރުބަލިކަން ހަނދާންނެތި އިށީނދެގެން އިން ގޮނޑިން ފުންމައިގެން ތެދުވެވުނެވެ.

“ކިހިނެއްވީ؟ ކާކު ކީއްކުރީ؟ އިޒް ކޮބާ؟” އެއްފަހަރާ ހުރިހާ ސުވާލުތަކެއް އަމުނާލީމެވެ. އެވަގުތު ޝާލީގެ ލާނެތް ހިނިގަނޑުގެ އަޑުއިވުނެވެ. އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ.

“ކޫބެ ބުނި ނުކެރޭނެ އޯ ތިއްތި ބިރުގަންނަވާލާކަށް.. އެހެންވެ މޮޅު އެކްޓެއް ޖައްސާލީ..” އެއާއެކު ޝިއުޒްވެސް ހޭއަޑުއިވުނެވެ.

“މަޖަލަށްވެސް ތިކަހަލަ ކަމެއް ނުކުރައްޗޭ ދޫނި.. ޝާލްއަށް ކަމެއްވެއްޖިއްޔާ ތިއްތި މަރުވެދާނެ…” އިރުކޮޅަކު ތިން މީހުން ވާހަކައިގައި ތިބެފައި ފޯން ބޭއްވީމެވެ. އެކޮޅުގައި ހުރިހާ ކަމެއް ރަނގަޅުކަމަށާއި ޝިއުޒް ވީހާވެސް އަވަހަކަށް އަންނާނެކަމަށް ބުންޏެވެ.

“ސަރ ލުކް.. ޝާޔަންމެންގެ އެޕާރޓްމެންޓުން ފެނުނު ގިނަ އެއްޗެހީގަ ހުރީ ޝާޔަންގެ ފިންގަރޕްރިންޓްސް.. ވީދާލާފަ ހުރި ފޮޓޯތަކުގަޔާއި ޒައިކްގެ އަންނައުނުގަވެސް.. ހައިރާންވާންޖެހޭ ކަމަކީ ޒައިކްގެ އެއްވެސް ފިންގަރ ޕްރިންޓެއް ނެތީމަ..” އީވާގެ ވާހަކައިން އަހަރެންނަށް ލިބުނީ ހައިރާންކަމެވެ.

“ހާދިޘާ ހިނގިއިރު ޒައިކްހުރީ ރާއްޖެއަކު ނޫން ލަންކާގަ.. އޭގެކުރިންވެސް އޭނަ ސިންގަޕޫރަށް ދިޔަ.. ބަލާބަލަ ކޮން މުއްދަތެއްގަތޯ އޭނަ ރާއްޖޭން ބޭރުގަ އުޅެފަހުރީ.. ކޮންކޮން ތަންތަނެއްގަތޯ މަޑުކުރީ.. އެނބުރިއައި ދުވަހާއި ވަގުތުވެސް..” ކަންތައް މިހެން އޮތްއިރު ޒައިކްއަށް ޝައްކުކުރަން ރަނގަޅުބާއެވެ؟ އޭނައަކީ ވަޒީފާގެ ގޮތުންވެސް ބާރުގަދަ މީހެކެވެ. އޭނަ އަމިއްލައަށް އެފަދަކަމެއް ކުރުމުގެ ބޭނުމެއްވެސް ނެތެވެ. އަމިއްލަ ނަމާއި އިއްޒަތް ރައްކާކުރަން އެހެން މީހަކު ލައްވާވެސް އޭނަ ކަން ކޮންފާނެއެވެ. ފައިސާއަށްޓަކައި މީހެއްގެ ފުރާނަ ދުއްވާލުމަކީވެސް މިހާރު މިއުޅޭ މީހުންނަށް މާބޮޑުކަމަކަށް ނުވާނެއެވެ.

“އީވާ.. ޒައިކްގެ ފޯން ރިކޯރޑްތައް ބަލަންޖެހޭ އެބަ.. އޭނަގެ ލިސްޓްގައި ހިމެނޭ ހުރިހާ ނަންބަރުތަކާއި އެ ނަންބަރުތަކުގެ ވެރި ފަރާތްވެސް ބޭނުން.. އަދި ބުނަން މިހާރުން ފެށިގެން އޭނަ ނަންބަރު ޓްރޭސް ކުރަންފަށާ..” ހިޔާލު ބަދަލުވިއެވެ. ޒައިކް ހަމަ އެފަދަ ގޮތެއް ޝާޔަންއަށް ހަދާފާނެބާއެވެ. އޭނަ ޝާޔަންދެކެ ލޯތްބެއްނުވޭ ހެއްޔެވެ؟ ހަމަޤައިމުވެސް ޝާޔަން އޭނަދެކެ ވަރަށް ލޯބިވެއެވެ.

“ސަރ ސަރ ފޯނެއް..” ރިންގުވަމުންދިޔަ ފޯން އޭރުވަނީ ކެނޑިފައެވެ. މިސްވެފައި އޮތީ ހޮސްޕިޓަލްގެ ކޯލެކެވެ. އީވާ ގާތު އެބައަންނަމޭ ބުނެފައި އަހަރެން ބޭރަށް ނިކުތީމެވެ.

އަހަރެންގެ މިސްރާބަކަށް ވީ ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ. ސައިކަލުގައި ދިޔައިރުވެސް ވިސްނެނީ ޒައިކްއާއި ދޭތެރޭގައެވެ. އޭނަ އެހެން ކަންތައް ކުރީ ކީއްވެކަމާ ދޭތެރޭގައެވެ. ހޭވެރިކަންވީއިރު ހޮސްޕިޓަލު ފަހަނައަޅާ ހިނގައްޖެއެވެ. އަނެއްކާވެސް އަނބުރާލުމަށްފަހު ހޮސްޕިޓަލުކައިރިއަށް މަޑުކޮށްލީމެވެ. އަހަރެން އެތެރެއަށް ވަދެގެންދިޔައިރު ޑޮކްޓަރާއި ދިމާވެއްޖެއެވެ. އޭނަ ކުލަހެދުމުގައި އައިސްހުރީ ޑިއުޓީގަޑި ނޫންވީމަ ކަންނޭނގެއެވެ.

“ޝިމާލް.. ޝާޔަން ހޭއަރައިފި.. އެކަމަކު އަދިވެސް އޭނަގެ ޙާލު ވަރަށް ސީރިޔަސް.. އޭނަ އާދޭސްކޮށްފަ ބުނީ ޝިމާލްނޫން އެހެންމީހަކަށް އޭނަ ހޭއެރި ޚަބަރު ނުދިނުމަށް.. ހިނގާބަލަ އެތެރެއަށް.. އެކަމަކު ހަނދާން ބަހައްޓާތި އޭނަ ޖެހިލުންވެ ކަންބޮޑުވާވަރުގެ ސުވާލުތައް ނުކުރަން ފަހަރެއްގަ އޭނަ ފުރާނައަށް ނުރައްކާވެދާނެ މާބޮޑަށް ސްޓްރެސްވީމަ.. ” ޑޮކްޓަރ ވާހަކަދެއްކީ ވަރަށް ސިއްރުންނެވެ. އަހަރެން ގޮވައިގެން ޑޮކްޓަރ އައި ސީ ޔޫ ތެރެއަށްވަނީ ހަމައެކަނި މުވައްޒިފުންނަށް ޚާއްސަކޮށްފައިހުރި ދޮރުންނެވެ. އަހަރެން މަޑުމަޑުން އެތެރެއަށް ހިނގައިގަތީމެވެ. އާދައިގެމަތިން ޝާޔަން އޮތީ ދެލޯ މަރާލައިގެންނެވެ. އޭނަ ކައިރިއަށް ހުއްޓި ގޮވާލުމުން އޭނަ ސިއްސައިގެންދިޔައެވެ.

“ޝާޔަންއަށް ކުރިމަތިވި ހާދިޘާގެ ސަބަބުން އޭނައަށްވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފަ..” ޑޮކްޓަރ ކިޔާދިނެވެ.

އަހަރެން ކައިރިއަށް ހުއްޓުމުން އޭނަގެ ތުންފަތްމައްޗަށް ލުއިލުއި ހިނިތުންވުމެއްވެރިވިއެވެ. ޑޮކްޓަރ ގަނޑަކާއި ގަލަމެއް އޭނަގެ އަތަށްލައިދިނެވެ. އަހަރެން ނޯޓްޕޭޑްގައި ހިފަހައްޓައިލީ އޭނައަށް ފަސޭހަކޮށްދިނުމަށެވެ.

“އަހަންނަށް މިވަގުތު ހަމައެކަނި އިތުބާރު ކުރެވޭމީހަކަށް ހުރީ ޝިމާލް..” އިނގިރޭސިބަހުން އޭނަ ލިޔެލިއެވެ. އަހަރެން ހިނިތުންވެލަމުން ބޯޖަހާލީ އޭނަ އިތުރު އެއްޗެއް ލިޔުމަށްއެދިއެވެ. ފަހަރެއްގައި ކަންތައް ދިމާވިގޮތުން އާއިލާގެ މީހަކަށް އިތުބާރުކުރަން އޭނައަށް އުދަނގޫވީ ކަންނޭނގެއެވެ.

“ޝާޔަލް ސަލާމަތްކުރޭ ޝިމާލް… އެކަން ކުރެވޭނެ މީހަކީތީ.. ދިރިއުޅުމުގަ އޭނަ ވަރަށް ގިނަ ކަންތައްތަކެއް ޤުރުބާންކުރި އަހަންނަށްޓަކާ.. ޕްލީޒް އޭނަ ސަލާމަތްކުރޭ..” ޝާޔަންގެ އަތުން ގަލަން ދޫވެގެންވެއްޓުނެވެ. އޭނަ މާބޮޑަށް ވަރުބަލިވީކަންނޭނގެއެވެ. އިތުރު ސުވާލުކުރަން ބޭނުންވިޔަސް ޑޮކްޓަރ ބުނިފަދައިން އޭނައަށް އުދަނގޫތަކެއް ކުރިމަތިވެ ފުރާނައަށް ނުރައްކާވުމަކީ ފަހަރެއްގައިވެސް އަހަރެން ބޭނުންވާ ގޮތެއްނޫނެވެ.

“ޑޯންޓް ވޮރީ ޝާޔަން.. ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދިރިހުރިހާހިނދަކު ޝާޔަލް ރަނގަޅަށް ބަލަހައްޓާނަން..އައި ޕްރޮމިސް..” ޝާޔަންގެ ބޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. އޭނަ ހިނިތުންވެލަމުން ދެލޯމަރާލިއެވެ. އޭނަގެ ނިތްކުރީގައި ތުންފަތް ޖައްސާލެވުނީ ކީކޭ ހިތަށްއަރައިގެންކަމެއްވެސް ނޭނގުނެވެ. ޝާޔަން ލޯހުޅުވާލުމުގެ  ކުރިން އަހަރެން އަވަހަށް ދުރަށްދިޔައީމެވެ. އެންމެހިނދުކޮޅަކުވެސް ދެން އެތާ ހުންނަން ނުކެރިގެން އަހަރެން އަވަސްއަވަހަށް ބޭރަށް ނިކުތީމެވެ. ޝާޔަން ހިތަށްއަރާނީ ކީކޭ ހެއްޔެވެ؟

 

އެނބުރި މަސައްކަތަށްދިޔައިރުވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައީ އެމަންޒަރެވެ. މަސައްކަތުގައި އިންއިރުވެސް އިނދެވެނީ ކޮންމެވެސް ކަމަކަށް ގެއްލިފައެވެ. ކޮންމެވެސް މީހަކު ގޮވާލުމުންނޫނީ މަސައްކަތަށް ސަމާލުކަން ދެވޭވަރެއްނުވިއެވެ. މަސައްކަތް ނިންމާލުމަށްފަހު ގެއަށްއާދެވުނުއިރު މެންދަމުން އަލިވެ ތިނެއްވެސް ޖަހައިފިއެވެ. ފެންވަރާލައިގެން ދަމުނަމާދުކުރުމަށްފަހު އަހަރެން ﷲގެ ހަޝްރަތުގައި ޝާޔަންއަށް އަވަސް ޝިފާއެއް ދެއްވުމަށްއެދި އެތައް ފަހަރަކު ދުޢާކުރީމެވެ. ރޭގަނޑުގެ ފަހުބައިގައި ކުރާ ދުޢާ އިޖާބަކުރައްވާކަން އަހަރެންނަށްވެސް އިނގެއެވެ. ފަތިސްނަމާދަށްފަހުގައި ނިދަން ގަސްތުކޮށްގެން ރޭގަނޑުގެ ފަހުބައި އަހަރެން ހޭދަކުރީ ޤުރުޢާން ކިޔެވުމުގައެވެ. ވަރުބަލިވެފައިވާތީ ނިދައިފިނަމަ ފަތިސް ނަމާދަށް ނުހޭލެވިދާނެތީ ޙޭލާ ހުންނަން ބޭނުންވީއެވެ.

 

“ދަރިފުޅާ ހުކުރަށް ދާން ތެދުވޭ..” މަންމަ ގޮވީ އެގާރަ ޖަހަނިކޮށެވެ. މާބޮޑަށް ވަރުބަލިވެފައިވާތީ އަހަންނަށް ނިދުނީ ހާދަވަރަކަށެވެ. ފެންވަރާލައިގެން ޖޫސްތައްޓެއް ދަމާލައިގެން ދިޔައިރު މިސްކިތްއޮތީ ފުރިފައެވެ. ހުކުރުނަމާދަށްފަހު ގެއަށްއައިސް ކާން އިންދާ އަދްހަމް އައިސްވަނެވެ.

“އަހަރުމެންނާ ފިލައިގެން ދޯ ތިއުޅެނީ؟” އޭނަ ޝަކުވާކުރިއެވެ.

“ނޫނެކޭ ހަމަ ވަރަށް ބިޒީއޭ..” އަހަރެން ބުނީމެވެ. މަސައްކަތް ހުންނަ ގޮތުން ރައްޓެހިންނާއެކީ ވަގުތު ހޭދަކޮށް ނުލެވޭތާވެސް ދުވަސްކޮޅެއްވެއްޖެއެވެ.

“މަންމަވެސް ބުނި މާލް ސަލާމަތުން ހުރިތޯ ބަލާބަލާށޭ..” އަދްހަމު ހިނިގަނޑެއްޖަހާލިއެވެ. އަދްހަމް މަންމަ ކައިރިއަށް ނުދެވޭތާވެސް ވަރަށް ދުވަސްވެއްޖެއެވެ. އެ މަންމަގެ އިޙްސާންތެރިކަން އަހަރެން ހަނދާންނައްތާލާނީ ކިހިނެއްހެއްޔެވެ؟ އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށްވަނީ ޝިއުޒްއެވެ.

“ކޮންއިރަކު އައީ؟ ކިއާވެސް ނުބުނޭ..” މޭޒުގެ އެއްކައިރީގައި ހުރި ކިއާރާއަށް ބަލާލަމުން ބުނީމެވެ.

“ރޭގަ އައިއްސި.. އިޒް ބުނީއޭ ނުބުނާށޭ..” ކިއާރާ އިސްޖަހާލައިގެން ހުއްޓެވެ. ތިންމީހުން އެކީގައި ކައިނިންމާލައިގެން ނިކުތީ ބެލްކަންޏަށެވެ. އުޑުމަތިވަނީ ކަޅުވިލާތަކުން ބައްދާލާފައެވެ. ވައިވެސް ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުންދިޔައެވެ. ތިން މީހުން ވާހަކައިގައި ތިއްބާ ފޯން ރިންގުވާންފެށިއެވެ.

“ބުނޭ ހުކުރު ދުވަހޭ.. ފެމެލީއާއެކީ ވަގުތު ހޭދަކުރަނިއޭ..” އަދްހަމް ހުރަސްއެޅިނަމަވެސް އަހަރެން ފޯންނަގާ ކަންފަތުގައިޖައްސާލީމެވެ. ހެނދުނު ހޭލިއްސުރެ ހުންނަނީ ހިތްބިރުގެންފައެވެ. ކޮންމެވެސް ކަމެއް ގޯސްވާނެކަމުގެ ސިންގަލެއް ކަމަށް ހިތްބުނަމުންދިޔައެވެ.

“ކީކޭ ޑޮކްޓަރ؟” އެމީހުންނާއި ތަންކޮޅެއް ދުރަށްޖެހިލަމުން އަހަރެން ވާހަކަދެއްކީމެވެ. ޑޮކްޓަރގެ ބަސްތަކުން އަހަރެންގެ ފައިދަށުން ބިންގަނޑުދެމިގެންދިޔަހެންހީވިއެވެ. ފަހަތަށް ޖެހެމުން ގޮސް މީހާ ހުއްޓުނީ ބެލްކަނީގެ ދަގަނޑުގައި ޖެހިފައެވެ. މިއަށްވުރެ ނުބައި ޚަބަރެއް ނުލިބޭނެކަންނޭނގެއެވެ.

“ނޫން” ހަޅޭއްލަވައިގަންނަމުން އަހަރެން ޓައިލްސްތައް މައްޗައް ތިރިވީމެވެ. ފޯނުވެސް އަތުން ދޫވެގެން ވެއްޓުނެވެ. ލޮލަށް ކަރުނަތައް ޖަމާވިކަންނޭނގި ކޯތާފަތްމައްޗަށް އޮހިގަތެވެ. އެހެންނެއްނުވާނެއެވެ. އެހެންވެގެންނުވާނެއެވެ. އެއީ ތެދެއް ނޫނެވެ. އަހަރެން އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ.

“ތިއްތީ ކިހިނެއްވީ؟” ހައިރާންކަމާއެކު ޝިއުޒް އަހަރެންނާ ސުވާލުކުރިއެވެ. އެއްވެސް މީހެއްގެ ސުވާލަށް ޖަވާބުދިނުމަކީ މުޙިއްމުކަމެއްކަމަކަށް ނުފެނުނެވެ.

“އިޒް އެމީހުން ބުނީ.. އެއީ ދޮގެއް އަހަރެން ނުކުރާނަން ޤަބޫލެއް..” ހަޅޭއްލަވައިގަންނަމުން އަހަރެން ތެދުވީމެވެ. އަތުން ދެލޯ ފޮހެލަމުން އަހަރެން ގޭތެރެއަށްވަނީމެވެ. ސައިކަލްގެ ތަޅުދަނޑި ހިފައިގެން އަހަރެން ތިރިއަށްފޭބީމެވެ. ޝިއުޒްއާއި އަދްހަމް އަހަރެންނަށް ގޮވަމުން ތިރިއަށްފޭބިއެވެ. ސައިކަލަށް އަރާ ދުއްވާލިއިރު ބޮޑެތި ވާރޭގެ ތިކިތަކުން އަހަރެން ތެމިއްޖެއެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް ވާރެއާއިއެކުވެގެންދިޔައެވެ. ހޮސްޕިޓަލާއި ހަމައަށް ދެވުނުއިރު މުޅިމީހާއެއްކޮށް ތެމިފޯވެއްޖެއެވެ. ލައިގެންހުރި ގަމީސްވަނީ ގައިގާތަތްލާފައެވެ. އެހެން އެއްވެސް ސަމާލުކަމެއް ދޭކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެން އައި ސީ ޔޫ އާއިދިމާލަށް ހިގައިގަތީމެވެ. އެތެރެއަށް ވަންނަން އުޅުމުން ނަރުސްކުދިން އަހަރެން ހިފަހައްޓަން މަސައްކަތްކުރިއެވެ. އެމީހުން ފޮޅުވާލުމަށްފަހު އަހަރެން އެތެރެއަށްވަނީމެވެ. އޭރު ޑޮކްޓަރ އެތެރޭގައި ހުއްޓެވެ.

“ކީއްވެ އެހެން ވާންވީ؟ އެހެންނެއް ނުވާނޭ..” ޑޮކްޓަރ ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަންނަމުން އަހަރެން ބާރަށް ބުނީމެވެ.

“ޝިމާލް ހަމަޖެހިބަލަ..” ޑޮކްޓަރ އަހަރެންގެ އަތް ނެގިއެވެ. ތަންކޮޅެއް ދުރުގައި ހުރި އެނދަށް އިޝާރާތްކުރިއެވެ. އަހަރެން އެދިމާލަށް ހިގައިގަތީމެވެ. މަތީގައި އޮތް ފޮތިގަނޑު ނަގަން ހަރަކާތްކުރި އަތް ތުރުތުރުލާންފެށިއެވެ. މަޑުމަޑުން ފޮތިގަނޑު ނެގިއިރު ޝާޔަންގެ ހިނިތުންވެފައިވާ މޫނުފެނުނެވެ. އެ މޫނުމަތީގައިވާ އުޖާލާކަމާއި ހިތްހަމަޖެހުމެވެ. ހީވަނީ ފުން ނިއްޖަކުން ނިދާލާފައިވާހެންނެވެ.

“ޝާޔަން ޕްލީޒް ހޭލަބަލަ.. ޝާޔަން..” އޭނަގެ މޫނުގައި އަތްޖައްސާލަމުން އަހަރެން ބުނީމެވެ.

“ޑޮކްޓަރ އޭނަ ނިދާފައޭ އެ އޮތީ.. ބަލާބަލަ އޭނަގެ ސްމައިލް..” ޑޮކްޓަރާއި ދިމާލަށް ބަލާލަމުން އަހަރެންބުނީމެވެ. ޝާޔަންގެމޫނުގައި ދެއަތުން ހިފަހައްޓާލަމުން އަހަރެން އޭނައަށް ގޮވީމެވެ. މަޑުމަޑުން އޭނަގެ މޫނުގައި މޫނުޖައްސާލެވުނީ ރޮމުންނެވެ.

“ޝިމާލް ހިތްވަރުކުރޭ.. އޭނަގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ގެންދަންޖެހޭ..” ޑޮކްޓަރ ގަދަކަމުން އަހަރެން ޝާޔަންއާއި ދުރުކުރިއެވެ. ރޮމުން ރޮމުން އަހަރެންނަށް ތިރިވެވުނެވެ. އިރުކޮޅަކުން ތެދުވެ ބޭރަށް ނިކުންނަން ހިނގައިގަނެވުނީ ދިރުމެއްނެތް މީހެއްފަދައިންނެވެ.

“ތިއްތީ..” ޝިއުޒް އަހަރެންގެ ގައިގާ ހިފައިގަތެވެ. ފަހަތުގައި އަދްހަމްވެސް ހުއްޓެވެ.

” ޝީ އިޒް ޑެޑް..” އަހަރެން ބުނީމެވެ. އޭރު ޝާޔަންގެ އާއިލާގެ މެންބަރުންތައްވެސް ތިއްބެވެ. އަހަރެން ދެލޯ ފޮހެލަމުން އެމީހުންނާއި ދިމާލަށް ހިނގައިގަތީމެވެ. އެމީހުންނަށް ހާދަ އަސަރެއްކުރާނެއެވެ. އަމިއްލަ ދަރިއެއް އެހާ ޅައުމުރުގައި އެތަކެއް ވޭން ތަޙައްމަލު ކުރުމަށްފަހު ވަކިވެގެން ދިއުމުން ދެރަވާނެވަރު ފަހަރެއްގައި އަހަރެންނަށް އިޙްސާސްވެސް ނުކުރެވޭނެއެވެ.

“ޝާޔަލް.. ޝީ އިޒް ނޯމޯ.” ކައިރިއަށް އައިސްހުރި ޝާޔަލްގާތު ބުނެލީމެވެ.

“ނޯ ނޯ.. ދޮންތަ ނުދާނެ އަހަރުމެން އެންމެން ދޫކޮށްފައެއް..” އޭނަ ރޮމުން އަހަރެންގެ މޭގައި މޫނު ފޮރުވާލިއެވެ. އޭރު ޝާޔަންގެ ހަށިގަނޑު ނެރެނީއެވެ. ޝާޔަންގެ މަންމަ ވަގުތުން ޚަބަރުހުސްވިއެވެ. ޝާޔަން ގާތު އަހަރެން ވީ ވަޢުދުގެ މަތިން އަހަރެން ހަނދާންވިއެވެ.

“ޝާޔަލް ޕްލީޒް.. ހިތްވަރުކޮށްބަލަ.. މަންމެންނަށް މިވަގުތު ބޭނުންވަނީ ޝާޔަލް.. ޔޫ ހޭވް ޓް ބީ ބްރޭވް.. އެމީހުންނަށް އަޅާލާ ވިސްނައިދީ.. މިވަގުތު ޝާޔަލްވެސް ހިތްވަރުދެރަކޮށްފިއްޔާ ކާކު އެމީހުން ބަލަހައްޓާނީ..” އޭނަގެ ދެލޯ ފޮހެދެމުން އަހަރެން ބުނީމެވެ. އެހާހިތްވަރު އަހަރެންނަށް ލިބުނީ ކިހިނެއްކަމެއްވެސް ނުވިސްނުނެވެ. ޝާޔަލް އަނެއްކާވެސް ރޮމުން އަހަރެންގެ ގައިގާ  ބައްދާލިއެވެ. އަމިއްލަ ހިތަށް ލިބިފައިވާ ހިތާމަތައް އެއްފަރާތް ކޮށްލުމަށްފަހު ޝާޔަލްއަށް ހިތްވަރުދިނީމެވެ. ހަމަ ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެކަމާއި ވަކި އުމުރެއް ވަކި ވަގުތެއް ވަކި ތަނެއް ނޯންނާނެކަން ބުނެދިނީމެވެ. އޭނަ އާއިލާގެ މެންބަރުންވެސް ހިތްވަރުދިނެވެ.

ޝިއުޒްމެންނާއެކު އަހަރެން ހިގައިގަތީމެވެ. ސަރއަށް ގުޅަން ހިތަށްއެރީވެސް ނިކުންނަ ދޮރާއި ހިސާބުންނެވެ. އަދްހަމްގެ ފޯނުން ސަރއަށް ގުޅާފައި ޝާޔަންގެ މަރުގެ ޚަބަރުދިނީމެވެ. ސަރ އެދުނީ ވީހާވެސް އަވަހަކަށް އޮފީހަށް އައުމަށެވެ. އަދްހަމް ސައިކަލުގައި އަހަރެން ގެންގޮސްދިނެވެ.

“ޕޯސްޓްމޯޓަމް ރިޕޯރޓްތައް ލިބޭވަރުވާނީ އަދި ދެދުވަސްފަހުން.. ރިޕޯރޓް ލިބުނީމަ އަހަރެމެންގެ މަސައްކަތްވެސް ފަސޭހަވެގެން ދާނެ..” ސަރ ބުނެލިއެވެ. ޖަވާބެއްނުދީ އަހަރެން މަޑުމަޑުން އިނީމެވެ. ކުރާނެ ކަމެއް ބުނާނެ އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ.

“ޝިމާލް ކީއްވެ އެއްޗެއް ނުބުނެ ތިއިނީ؟” ސަރ އަހަންނާއި ސުވާލުކުރިއެވެ. ވާރެއާއި ތެމިގެންހުރުުމުން ކިނބިހިއެޅެންފެށިއެވެ.

“ސަރ އޯކޭތަ؟” މާނިއު އެހިއެވެ.

“ސަރ އައި ނީޑް ލީވް..” ހުއްޓުމެއްނެތި ކިނބިހި އެޅެމުންދިޔައެވެ. ސަރގެ ހުއްދަ ލިބުމުން އަހަރެން ބޭރަށް ނިކުތީމެވެ. އޭރުވެސް ވާރޭވެހެމުންދިޔައެވެ. ފައިމަގުގައި އަހަރެން ދިޔައީ ވާރޭތެރޭގައި ދާންބޭނުންވީމައެވެ. އެކަނިވުމުން ޝާޔަންގެ މޫނު އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ. އޭނަގެ ހިނިތުންވެފައިވާ މޫނު މިހާރުވެސް ލޯމަތީގައި ފެންނަކަހަލައެވެ.

“ޝިމާލް..” މީހަކު އައިސް އަހަރެންގެ ގައިގާ ހިފައި ތަޅުވައިގަތެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ކަންބޮޑުވެފައި ހުރި މިއުވާން ފެނުނީ އިސްއުފުލާލަމުންނެވެ.

” މިއުވާން ޝާޔަން ޝާޔަން..” އަހަންނަކަށް ނުބުނެވުނެވެ.

” އޭނައަށް ކިހިނެއްވީ؟..” އަހަރެން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނަމުންނެވެ.

“إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ”އޭނަ ދެލޯމަރާލަމުން ކިޔާލިއެވެ. މިއުވާން އަހަރެން ގޮވައިގެން ދިޔައީ އޭނަ އުޅެމުންދިޔަ ކޮޓަރިއަށެވެ.

“އަހަންނަކަށް ޤަބޫލެއް ނުކުރެވޭ އޭނަ މަރުވީ.. ކީއްވެ އެހެން ވާންވީ؟ އޭނަ އިއްޔެވެސް އަހަންނާ ވާހަކަ ދެއްކި.. ވަރަށް އުފަލުން ހުރީ..” ޝާޔަންއާއިއެކީ ހޭދަކުރެވިފައިވާ އެންމެ ފަހު ވަގުތުތައް ހަނދާންނަށް އައެވެ. އޭނަގެ މޫނުމަތީގައިވީ ކޮންފަދަ ރީތި ހިނިތުންވުމެއް ހެއްޔެވެ؟ އެއްވެސް މީހަކު އެހާ ރީތި ކުއްޖެއްގެ ފުރާނައިގެ ދުޝްމިނަކަށްވާނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި އެ ހިނިތުންވުން ފެންނަ މީހަކުވެސް ދީވާނާވެދާނެއެވެ.

“ޔޫ ނޯ ވަޓް.. ޔޫ ލަވް ހާރ..” މިއުވާން އަހަރެންގެ ކޮޑުގައި ހިފާލަމުން އަހަރެން ފާތު އިށީނެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގި އޭނަގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

ވާނޭހެ ދުނިޔޭގާ (10)

Next

އަސަރު 15

Next
June 15, 2016

އަސަރު 15

Previews
June 15, 2016

ވާނޭހެ ދުނިޔޭގާ (10)

27 Comments!

  1. Aishu says:
    June 15, 2016 at 10:54 pm

    Ohh soo sad… Hama rovijje ehn sayaan ah thi hedy kyve ta sayaal ah goteh hadhaafa sayaan behehti nama dhw….,,

    1. Mysterious Angel says:
      June 16, 2016 at 9:55 am

      Aishu ge idea vx gohenu.. Shaayan maruviyas vaahaka kiyachey.. thanks

  2. Hooo says:
    June 15, 2016 at 11:07 pm

    Sad. ??????????

    1. Mysterious Angel says:
      June 15, 2016 at 11:46 pm

      Don’t be sad Hooo

  3. Youme says:
    June 15, 2016 at 11:11 pm

    Awesome…..

    1. Mysterious Angel says:
      June 15, 2016 at 11:48 pm

      Thnks Youme

  4. aff says:
    June 15, 2016 at 11:13 pm

    alhey huvaa mikuree rovihje 🙁 🙁 … wott.. shimaal loves shaayan tha !!!.. esoru fakyruvex hunnaani confuse vefa .. kaakuba aslu villain aky..enme hynukuraa myhaa ah vex vedhaane dhw.. alhey angel.. plx next prt awaskoh genesdhehchey… love it☺☺☺

    1. Mysterious Angel says:
      June 15, 2016 at 11:51 pm

      Alhey nurochey aff.. let’s wait for the next part dw.. Thnkss aff 🙂

  5. Same says:
    June 15, 2016 at 11:18 pm

    ohhh. nooo. she is actually not dead i think…. maruvyma aslu v kada.

    1. Mysterious Angel says:
      June 15, 2016 at 11:53 pm

      Kyhkuraany dw Same.. Next part kiyaalyma dw igeyny

  6. Shaayal says:
    June 15, 2016 at 11:37 pm

    Kihineii thi hedhy?? Rovihje. Varah reethi… :* ekm shaayan maru v. Nxt prt avas kohdheh chey. Keep the gud workk uppp…. 🙂

    1. Mysterious Angel says:
      June 15, 2016 at 11:54 pm

      Alhey nurochey Shaayal.. Angel vx dheravaane thikudhin ronyaa.. Thnks for the comment

  7. Faathun says:
    June 15, 2016 at 11:53 pm

    Alhe nun.. shaayan maraa nulaaba

    1. Mysterious Angel says:
      June 15, 2016 at 11:58 pm

      Fahun vaane gothe neygeynu dw Faathun

  8. Saadhu says:
    June 16, 2016 at 4:27 am

    Nice

    1. Mysterious Angel says:
      June 16, 2016 at 11:45 pm

      Thnks

  9. meesha says:
    June 16, 2016 at 5:50 am

    O M goodness!!! Eyna thi maraaleetha?? NOOOO!!! Shimaal hiy fundufundu v dhoa?? 🙁 I think zaik eyna maraalee.. Cox kureen baeh baithakuga hutteynun shaayan moonu kula fanduvefa nooni milaafa shimaal ah fenna iru? N ei abaduvex eynage gein fennairu.. N stryn deyha vi gothuga SHAAYAN N ZAIKS relationship was not too hamajehey.. Lyk shimaal mennaa shaayan meet kureema xaik rulhi aun kahala kankan… I suspect zaik ix the vilaan… Lets c dhoa??? Waiting fo da nxt prt impatiently…. Plx up da nxt prt ASAP…

    1. Mysterious Angel says:
      June 16, 2016 at 9:52 am

      Wow Meesha ge visun haadha kuri a gosiey dw 🙂

  10. kennukbee says:
    June 16, 2016 at 9:52 am

    Varah nice bt shaayan maru v ma dheravehje i always wanted shaayan n shimaal… bt she is no more… dhen shaayal aa kanneyge eyna marry kuraany bcz he made a promise to shaayan to protect shaayal… shaayan mathin varah miss vaaane ???????

    1. Mysterious Angel says:
      June 16, 2016 at 9:54 am

      Thankss.. higaa dw balaalan kihinei thw vany next part ga

  11. What? says:
    June 16, 2016 at 11:12 am

    Doc dhogu hedhytha anekka?????? haadha heenuveyey main characters maruvaanehen….

  12. Ifa says:
    June 16, 2016 at 12:02 pm

    Interestin story. One of the best.. waitin for the next part. ?

    1. Mysterious Angel says:
      June 16, 2016 at 1:05 pm

      Thanks Ifa

  13. sherli says:
    June 16, 2016 at 1:33 pm

    awesome..when next part

    1. Mysterious Angel says:
      June 16, 2016 at 2:04 pm

      Thnks Sherli.. Next part 18th In shaa Allah

  14. natha says:
    June 17, 2016 at 12:58 am

    Simal haadha dheravaaney dhw, maves v v v dheravehje . hama rovihje keehkuraany dhw dhemvaane gothehves hama engeyny angel ah Dow……….,.?

  15. RY says:
    June 18, 2016 at 9:33 pm

    Ooh so sad shaayan maruvyma ;-(
    Btw story is awesome..

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ސައުވީސްވަނަ ބައި)←


All Right Reserved!