މެންދުރުގެ ގަދަ އަވިން މުޅި ޖައްވު ހޫނުވެފައި ވީއިރު އަޒުރާ ޖޫސްތައްޓެއް ހިފައިގެން ބެލްކަނީގައި ހުއްޓެވެ. މިހިން ހުއްޓާ އޭނާގެ ނަޒަރު ހުއްޓުނީ އެ ގެ ކައިރިއަށް މަޑުކޮށްލި ކާރުން ފޭބި އައިފާއަށްށެވެ. ފަހަކަށް އައިސް އައިފާ ގެއަށް ލާ ދޭން ލޫތް އަންނަކަން އޭނާއަށް ވަނީ އިނގިފައެވެ. ލޫތްއާއި އައިފާގެ ދެމެދުގައި ކޮންމެ ވެސް ކަމެއް އޮތް އަޒުރާއަށް އިނގުން ނަމަވެސް އޭނާ އެކަމަކާއި އައިފައާއި ސުވާލެއް ނުކުރެއެވެ. އުމުރުން ވިހި އަހަރު ވީމައި ދެން […]
“ދެން ކަލެއަށް ސަލާމަތެއް ނުވެވޭނެ.” ހުމާމު ބޯމައްޗަށް ވާސްނަގައި ޖެހުމަށް ތައްޔާރުވެލިއެވެ. ޖާހަތުއަށް ލޯމަރާލެވުމާއެކު ބޮލުގައި އަތް އަޅާލެވުނެވެ. ދެން ސަލާމަތްނުވާނެކަމުގެ އިހުސާސްކުރެވި ރޯންފެށުނެވެ. ހުމާމު ގައިހުރި ބާރެއް ލާފައި ޖާހަތުގެ ބޮލާ ދިމާއަށް ފޮނުވާލިއަތުގައި ޒާންއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ހުމާމަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ޒާންއާއި ޝިޔާމްގެ އިތުރުން ޝާމް ވެސް ކޮޓަރިއަށްވަދެއްޖެއެވެ. ހިމޭންކަން ވެރިވުމުން ޖާހަތުއަށްބަލައިލެވުނެވެ. އެންމެ ފަހަތުގައި ހުރި ޝާމް ބޮކި ދިއްލާލިއެވެ. މުޅިތަން އަލިވެގެން ދިޔައެވެ. ޝިޔާމްގެ މޫނުމަތިންފެންނަމުން ދިޔައީ އަނގުރުއަލިފާންކުލައެވެ. ފަހަތުގައި […]
“ނޯ… ނޯ ރިޝް….” ސުމާ ގޮވަންފެށިއެވެ. ނަމަވެސް އެ އަޑެއްނުނިކުތެވެ. އޭނާގެ އަނގައިގައި ރިޝްފާން ހުރީ ވަރަށް ބާރަށް ހިފަހައްޓާފައެވެ. ރިޝްފާ ދޫކޮށްލަން އުޅުނު ޒިންގެ ހަށިގަނޑުގައި ހިފައި މީހަކު ދަމައިގަތީ ހަމަކުށްލިއަކަށެވެ. ފަހަތުގައި ތިބި ސުމާއާއި ރިޝްފާންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ޒިން ހިމާޔަތްކުރަމުން ޒިންގައިގާ އޮޅުލައިގަތް މާޒިން ފެނި ސުމާގެ ހަށިގަނޑަށް ނޭވައެއް ލެވުނުކަހަލައެވެ. މާޒިން ރިޝްފާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ރިޝްފާގެ ގައިގާ ޖަހާލީ އައި ރުޅިއެއްގެ ސަބަބުންނެވެ. ރިޝްފާ ތިރިއަށް […]
އެރޭގައި ފަހުން އުނޫޝް ނާޝްއާއި ދިމާލަށް ބަލައިވެސް ނުލައެވެ. ނާޝް ގެޔަށް ލައިދީފައި އޭނާ ދިޔައީއެވެ. ނާޝްގެ ހިތުގައި ކިތަންމެ ވަރަކަށް ޖެހުނު ނަމަވެސް ކެތްތެރިވީ ދުވަސް ކޮޅަކުން އޭނާ އެހެން މީހެއްގެ މީހަކަށް ވާނެއޭ ހިތަށް އަރުވާލަމުންނެވެ. އެރޭގައި ނާޝް ނިދިން މަހުރޫމްވިއެވެ. އުނޫޝްގެ ހަނދާންތައް ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަން ފެށިއެވެ. ނާޝްގެ ހިތުގައި ކުރު ކުރު ލަވައެއްގެ ރާގު ކޮޅެއް ކުޅެލިއެވެ. ހިއްސުތައް ހެކި ދޭ އަސަރެއްވެޔޭ ފޮރުވިފާ ހިތި ރަހައެއް އެކުލެވޭ […]
ކާރުދުއްވަމުން ދިޔައިރު ޑްރައިވަރުގެ ކަތި ނަޒަރުތައް އަހަންނަށް އަމާޒުވެފައިވާކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. މިކަމުން އަހަންނަށް އުނދަގޫވިއެވެ. ވުމާއި އެކު އިސްދަށަށް ޖަހާލައިގެން އަހަރެން އިނީ ވަރަށް ޖެހިލުންވެފައެވެ. އެގޮތަށް ކުޑައިރުކޮޅަކު އިނުމަށްފަހު ކުޑަދޮރުން ބޭރު ބަލާލެވުނެވެ. އެއީ މުޅިން އެހެން މަގެކެވެ. ފަހަރެއްގައި ފެންގަނޑު ބޮޑު ވުމުން ކާރުގެ މިސްރާބު ބަދަލު ކޮށްލީކަމަށް އަހަރެންގެ ހިތަށް ވިސްނައިދެމުން ގެންދިޔައީމެވެ. އަހަރެން އަތު ކުރީގައި އޮތް ގަޑީގެ މޫނު މަތި އަހަންނާއި ދިމާއަށް އަބުރާލަމުން ބުރުޤާގެކޮޅުުން ގަޑީގެ މޫނުމަތި […]
ތަންކޮޅަކަށް ދެވޭވަރުވީ ކިރިޔާއެވެ. ތުނިތުނިކޮށް ވާރޭ ވެހެންފެށިއެވެ. ކުދި ވާރޭގެ ތިކިތަކުން އަހަރެން ތެތްމަމުންދިޔުންވީ މަޖާކަމަކަށެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން އަހަރެން ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް އަހަރެން ހިނގައިގަތީމެވެ. މިފަހަރުވެސް ހުއްޓެން މަޖުބޫރުވީ މީހަކު ފަހަތުން އަންނަކަން އެނގިގެންނެވެ. ފަހަތް އެނބުރިލާއިރު މީހަކު ނުހުރެއެވެ. އެކަމަކުވެސް ކޮންމެވެސް މީހަކު އަހަރެންނަށް ފާރަލަމުންދާކަށް ޔަޤީންވިއެވެ. ކާކު ހެއްޔެވެ؟ އިސްމާއިލް ޤާޒީގެ ކަމެއް ހެއްޔެވެ؟ ނޫނީ.. “އޭތް ކީއްވެ ހިނގާފަ؟” ސައިކަލެއްގައި އައިސް މަޑުކޮށްލީ […]
މެންދަމު ވެހެމުން ދިޔަ ބޯވާރޭގެ އަޑުވަނީ މުޅި މާހައުލުގައި ހިފާލާފައެވެ. ވިދާލާ ވިދުވަރުން މުޅި ބެލްކަންޏަށް އަލިވެގެން ދާއިރު ޖަހާލާ ބާރު ގުގުރީގެ އަޑުން ގައިން ހީބިހި ނަގައިގެން ދެއެވެ. ވެހެމުން ދިޔަ ބޯވާރޭއަށް ނަޒަރު ހުއްޓާލައިގެން އިން ލޫތް އިނީ ފޯނެއްގައެވެ. ހިޔަލުގައި އިންނަމަ ވެސް ވާރޭ ތިކިތަކުން ލައިގެން ހުރި ސޯޓަށް ތިކިބުރަމުން ދިޔައެވެ. “އައި އެމް ސޮރީ..” ލޫތް ބުނެލިއެވެ. އޭނާ ވަރަށް ހިތްވަރުކޮށްފައި މިރޭ އައިފާއަށް ގުޅީ އެއަޑު އަހާލަން ކެތްމަދު […]
ރަޖާގަނޑު ދަށުން މަންޝާގެ އަތުގައި ހަސަނު ހިފާލިއެވެ. މަންޝާގެ އަތްތިލަހުރީ ދާހިއްލާ ފިނި ވެފައެވެ. ހަސަނުގެ ފަޓުލޫނު ޒިބުމަތީ މަންޝާގެ އަތްބާއްވަމުން އޭނާ ހަމަޖެހިލީ މަންޝާއަށް ކަމެއް ހަވާލުކޮށްފައެވެ. ހަސަންބެ އެބުނަނީ ކީއްކުރަންކަން މަންޝާއަށް އެނގުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ހިމޭނުން އޮންނާކަށް މަންޝާ ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް މަންޝާ ތެދުވީ އަނގަމަތީގައި އަތް އަޅަމުންނެވެ. ހަސަނު ހައިރާންކަމާއި އެކު ކިހިނެއްތޯ ވީ ސުވާލު ކޮށްލީ ތެދުވެ އިށީންނަމުންނެވެ. އެއްޗެކޭ ބުނަން އަނގަހުޅުވަމުން އިސްއުފުލާލި ވަގުތު މަންޝާގެ […]
ނިކުމެގެން ދިޔަ މާޒިން އަށް ލޮލުގައި އަޅައިގަތީ ދުރުން ނިކުންނަން ދިޔަ ރިޝްފާއެވެ. ހިސާބަކަށް އޭނާއަށް ވީގޮތް އިނގުނުފަދައެވެ. ރިޝްފާ މިގަޑީގައި މިތާ ހުރުމާއި ދޮރު ލެއްޕުނު އަޑުން ހިސާބަކަށް އޭނާއަށް ވީގޮތް އޮޅުންފިލިއެވެ. އެހެންކަމުން ދުވެލާފައި ދިޔައީ ރިޝްފާ އާއި ހަމަކުރެވޭތޯއެވެ. ނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. ރިޝްފާ ކާރަކަށް އަރައިގެން އެތަނުން ދިޔައީ ފަސްއެނބުރި ބަލައިވެސްނުލައެވެ. މާޒިން މާ ބޮޑުކަމަކަށް އެކަން ނުހެދި ނަމަވެސް އޭނާއަށް ކުށެއް ކުރެވިއްޖެކަން އިނގެއެވެ. އެހެންކަމުން ރިޝްފާއަށް ގުޅާލިއެވެ. […]