ބެލްޖަހާ ޖަހާ ދޮރު ނުހުޅުވުމުން މިޝްޔާ ދޮރުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. އެހެންކަމުން މިޝްޔާ އެތެރެއަށް ވަނެވެ. އޭނާގެ މިޝްރާބް ހުރީ ބަދިގެއާއި ދިމާލަށެވެ. މިގަޑީގައި ސުމާ އެތާ ހުންނާނެކަން އިނގޭތީއެވެ. އޭނާ ސުމާ ކައިރިއަށް އެއައީ ކެއްކުމުގައި އެހީވެދޭށެވެ. ސުމާއަށް މީހަކު އައިހެނެއްވެސް ހިއެއްނުވެއެވެ. އެއަށްވުރެ ބޮޑަށް ސިކުނޑިގައި އުފެދެމުން ދާ ހައިޖާނުގަޑު ބޮޑެވެ. އެވަރަށް ބެލްޖެހިއިރުވެސް އެފަކީރަށް ނޭނގުނީ އެހެންވެއެވެ. “ޔޯ ސުމް… މި އައީ ހެލްޕް ވާންވެގެން މިރޭގެ ކެއް……..ސުމް؟؟؟ […]
އެނދުކައިރީގައި އިން އާޒިމާ ދެއަތުން ބޮލުގައި ހިފައްޓާލައިގެން އިންއިރު ސައިލަމް ކުޑަދޮރު ކައިރީގައި ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ފަތިހުގެ ތެތް ފިނިކަމުގެ ތެރެއިން ތުނި ވާރޭ ވަހެމުން ދިޔައިރު އަދި އިރު ދޯދިތައް ޖައްވަށް މަރުހަބާއެއް ނުކިޔައެވެ. ދެލޯ ކަރުނުން ފުސްވެފައި ވީއިރު ސައިލަމް އިންތިޒާރު ކުރަމުން ދިޔައީ ލައިޝާ ހޭލާނެ ވަގުތަކަށްށެވެ. ހޮސްޕިޓަލަށް ގެނެވުނުތާ ތިން ގަޑިއިރު ވީއިރުވެސް ލައިޝާ ހެއެއް ނާރައެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން ލުތުފީ ގޮސް އާޒިމާ ކައިރީ […]
ލިފްޓް ސުމާގެ ބަޔަށް އައިސް ހުއްޓުމާއި އެކު ތިން މީހުން ނިކުތެވެ. ސުމާ ގެ ހިތް ތެޅެމުން ދިޔައީ އެތަކެއް ދުވަސްތަކެއް….. ނޫނެކެވެ. އެތަށް އަހަރުތަކެއް ފަހުން މާޒިން އެގެއަށް ވަންނާނެތީއެވެ. މާޒިން ސުމާއާއި ވާހަކަ ދައްކާނެނަމައެވެ. ހާލުއަހާލާނެނަމައެވެ. މާޒިންވެސް ހުރީ ނުތަވަސްވެފައެވެ. އެތަކެއް ހަނދާންތަކެއް ގައިދުވެފައިވާ އެގެއަށް އަނެއްކާވެސް މިދަނީ ވަންނާށެވެ. ސުމާ ދޮރުމައްޗަށް އެރުމާއި އެކު ސުމާގެ ފޯނު ރިންގުވިއެވެ. ސުމާ ޒިންއަށް ބަލާލުމަށްފަހު ފޯނުނެގިއެވެ. އަދި ދަބަހުން ތަޅުދަނޑި ހޯދަންފެށީ ފޯނު […]
Iris liyamun gendhaa story loabivevun ei kushakah vaanama kuriyah gendhan kiyuntherin beynun veythw.. Kiyuntheringe hiyaalu v beynun..
ހެނދުނުގެ ވަގުތެވެ. އަހުލާ ސްކޫލު ތެރެއަށް ވަދެގެން އައެވެ. އެހެން ކުދިން އޭނާއާ ދިމާއަށް ބަލަބަލާފަ ސިއްރު ސިއްރުން ވާހަކަ ދައްކާތަން ފެނުމުން އޭނާ އިސްޖަހާލިއެވެ. ރަނގަޅަށް ވިއްޔާ އެ ދައްކަނީ އޭނާ ޝިކާއަށް ހެދި ގޮތުގެ ވާހަކައެވެ. އެފަދަ ކަމެއް ކުރެވުނީތީ މިހާރު އޭނާ ލަދުގަނެއްޖެވެ. ނަމަވެސް މިހާރު އެވަނީ ވަގުތު ފާއިތުވެފައެވެ. އެރަށުތެރޭ މިހާރު އެއަޑު ފެތުރިގެން ހިނގައްޖެވެ. ކުދިންތަށް އޭނާ ހިނގަމުން ގެންދިޔަ މަގުން އެއްފަރާތް ވަމުން ގެންދިއައިރު ހީވަނީ އޭނާއަކީ ނަޖިހެއް […]
އީމަންއަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން ލޯބޮޑުކޮށްލެވުނެވެ.”ވަޓް؟؟” “އާނ. މިހުރިހާ ކަމަކީ އީމަންއާ ހެދި ވާކަންތައްތައް. އީމަން ރީމްއަށް މަޖުބޫރުކުރީމަ ރީމް އެހެން ކަންތައް ކުރަން އެއުޅެނީ. ރީމް ނުހުޓުވިއްޖެނަމަ އަހަރެން ދުވަހަކުވެސް އީމަންއަށް މަޢާފެއް ނުކުރާނަން ، ހަނދާންކުރާތި.” ޔާނާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކުމަށްފަހު ކުރިއަށް ހިގައިގަތެވެ. ވާނުވާ ނޭނގިފައި ހުރި އީމަންވެސް ޔާނާގެ ފަހަތުން ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ހައިރާންކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވެއެވެ. ރީމް އިނީ ޑޮކްޓަރުގެ ކޮޓަރީގައެވެ. ޔާނާއާއި އީމަން […]
“އެކަމް ޒިން… އޭނާ 2 ގަ ސުކޫލް އޮންނާނެ އޯކޭ ސޯ އައި ވިލް ކަމް ހިއަރ.. އެން ޒިން ގޮވައިގެން ގޮސް އަނެއްކާ ހޮސްޕިޓަލަށް ވަންނާނީ.. އެގޮތް ރަނގަޅުވާނެދޯ…. ސަރ ކައިރި ވާހަކަ ދައްކާލަން ޖެހޭނީ.. އޯ ގޯޑް..” ސުމާ ނިތްކުރިމަތީ އަތް އަޅައިގެން ހުރެ އެހެން ބުނެލީ ހާސްވެފައެވެ. ޒިން އެކަނި ކުރާކަށް އޭނާވެސް ބޭނުމެއްނުވެއެވެ. “ތިގޮތްވެސް ރަނގަޅޭ…. ސުމް އަށް ނާދެވެންޏާ މިޝްމެންނަށް ގުޅާލާ.. އޭރުން ދާނަން ބަލައި.. ނުދެވެންޏާ ރިލޭ ހުންނާނެއެއްނު.. […]
އަޒީމް އޮތީ ހަމައެކަނި ޝޯޓެއް ލައިގެންކަމުން މަންޝާގެ ލޮލުގައި އޭނާގެ ބުރަކަށީގައިވާ ވަކިތައް އަޅައިގަތެވެ. އެ ވަކިތައް ހުރީ ވަރަށް ފާޑަކަށެވެ. ފާރުގަނޑެއްހެން ހުރި ތަންތަންވަނީ ދޮސްލާފައެވެ. އެ ހިސާބު ކައިރީގައި ފޮޅު ބިހިތަކެއް ވެސް ފެންނަން ހުރުމުން މަންޝާ ޖެހިލުންވިއެވެ. މަންޝާގެ ހިތަށް އުނދަގޫވިއެވެ. އަޒީމަށް މިވަނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެން ފެށިއެވެ. އެތަން ޑޮކްޓަރަށް ދައްކަން ދާން މަންޝާ ބޭނުންވިއެވެ. އަޒީމްގެ ގައިގާ މަންޝާ އަތްޖައްސާލީ […]
ގޭތެރެއަށް ވަދެގެން އައި ލުތުފީގެ ފަހަތުން ލޫތް މަޑު ހިނގުމެއްގައި އައިސް މިސްރާބުޖެހީ ލޫލުގެ ކޮޓަރިއާއި ދިމާއަށްށެވެ. މުޅި ކޮޓަރިން ވެސް ފެންނަނީ ލޫލުގެ ނިޝާންތަކެވެ. އޭނާގެ ކުޅޭ އެއްޗިއްސާއި ހެދުންތަކެވެ. ލޫތް ގޮސް ކުޑައެނދުގައި އިށީނދެލަމުން އަތުގައި އޮތް ބެއާ އެނދުކޮޅުގައި ބެއިންދިއެވެ. ލޫލުގެ ކުޑަ ބާލިހުގައި އަތް ބީއްސާލަމުން ފުން ނޭވާއެއްލީއިރު އެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ލޫލުގެ ކުޑަ މޭޒު ކައިރީގައި މަޑުކޮށްލި ލޫތް އެތަނުގައި އޭނާ ކުރަހާފައި ހުރި އެއްޗިއްސަށް […]