Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (15)

layaal
July 7, 2016
10 Mins Read
104 Views
66 Comments

މެންދުރުގެ ގަދަ އަވިން މުޅި ޖައްވު ހޫނުވެފައި ވީއިރު އަޒުރާ ޖޫސްތައްޓެއް ހިފައިގެން ބެލްކަނީގައި ހުއްޓެވެ. މިހިން ހުއްޓާ އޭނާގެ ނަޒަރު ހުއްޓުނީ އެ ގެ ކައިރިއަށް މަޑުކޮށްލި ކާރުން ފޭބި އައިފާއަށްށެވެ. ފަހަކަށް އައިސް އައިފާ ގެއަށް ލާ ދޭން ލޫތް އަންނަކަން އޭނާއަށް ވަނީ އިނގިފައެވެ.

ލޫތްއާއި އައިފާގެ ދެމެދުގައި ކޮންމެ ވެސް ކަމެއް އޮތް އަޒުރާއަށް އިނގުން ނަމަވެސް އޭނާ އެކަމަކާއި އައިފައާއި ސުވާލެއް ނުކުރެއެވެ. އުމުރުން ވިހި އަހަރު ވީމައި ދެން އޭނަގެ ޒާތީ ކަންތައްތަކާއި ބެހެން އަޒުރާ ނޭދެއެވެ. ނަމަވެސް މިއަދު އޭނާ އެކަންތައް އޮޅުން ފިލުވަން ބޭނުންވިއެވެ.

ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވައިން އައިފާ ދަބަސް ސޯފާ މައްޗަށް ލުމަށްފަހު އައިސް އަލަމާރިން ފެންފުޅިއެއް ނަގައި އެއިން ދެބަކުޅަ އެއްބައި ބޯލިއެވެ. ކާރު ތެރެ ފިނިކަމުގައި ވިޔަސް ދެމުން މިދާ ދިލަ ހޫނުން ކަރު ހިއްކައިގަނެފައި ހުރި އިންތިހާއަށްށެވެ. “ދަރިފުޅާ.” އަޒުރާ ގޮވާލި އަޑަށް ފެންފުޅި ހިފައިގެން އައިފާ ގޮސް ސޯފާގައި އިށީނދެލިއެވެ.

“ހާދަ ހޫނޭ މަންމާ..” އައިފާ ސޯފާގައި ދެމިލަމުން ބުނެލިއެވެ. އޭރު ބެލްކަނީގައި ހުރި އަޒުރާ އައިސް ސޯފާގައި އިށީންނަނީއެވެ. “ހޫމް..” އަޒުރާ މިހެން ބުނެލުމަށްފަހު އޭނާ ހިތުލައިގެންއައި ވާހަކަ ދައްކާވީބާއޭ ހިތަށް އެރިއެވެ. “އެކަނިތަ އައީ؟” އަޒުރާ ތަންކޮޅެއް ދުރުން ވާހަކަފެށިއެވެ.

“ނޫން..” އައިފާ ދިނީ ކުރުޖަވާބެކެވެ. “ލޫތްއާއި އެކީ ކާރުގައި ދޯ.” އަޒުރާ މިހެން ބުނުމުން އައިފާ ތެދުވެ ސޯފާގައި ރީއްޗަށް އިށީނދެލިއެވެ. “މަންމައަށް އިނގޭއިރު ކީއްވެ ތި އެހީ؟” އައިފާ އަހާލިއެވެ.

“މަންމައަށް އިނގޭ ހުރިހާ ކަމެއް ވެސް.. ދަރިފުޅުގެ ޒާތީ ކަންތައްތަކާޢި މަންމަ ބެހޭކަށް ބޭނުމެއް ނޫން. އެކަމަކު ލޫތް.. އައިފާ ލޫތްއާއި ކޮންކަހަލަ ގުޅުމެއް ތިއޮންނަނީ؟” އަޒުރާ ދެ ޚިޔާލެއްގައި އިނދެފައި އަހާލިއެވެ. އަޒުރާ ކުރި ސުވާލަކުން އައިފާގެ މޫނުމަތިން ކުލަވަރު ބަދަލުވިއެވެ.

“މަންމާ ލޫތް ވަރަށް ރަނގަޅު.. އަޅުގަނޑަށް އޭނަ ވަރަށް ކަމުދޭ. އޭނައަށް ވެސް. އަދި މިކަން ވަކި ކޮޅަކު ނުޖެހޭ.” އައިފާ ވިސްނާލުމަށްފަހު ބުނެލިއެވެ. އައިފާގެ ޖަވާބުން އަޒުރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. “އައިފާއަށް އިގޭ ދޯ އޭނަ އެހަކަށް ދުވަހުކަން އެ ވަރިވީ.” އަޒުރާގެ ރާގައި އަޑު މިހާރު ވަނީ ބަދަލުވެގައެވެ.

“ލައްބަ އިނގޭ.” އައިފާ ދެއަތް ދެއަތާއި މޮޑެމުން ބުނެލިއެވެ. “އިނގެ އެއްނުން އެއީ ކިހާ މުއްސަނދި ބައެއްކަން.. ރާއްޖޭގަޔާއި ބޭރުގައި ވެސް ނަން މަޝްހޫރު ވިޔަފާރި ވެރިން އެއީ. އެކަހަލަ މީހަކު ބުނާހައި އެއްޗެއް އައިފާ ޤަބޫލުކުރަން ވޭތަ؟” އަޒުރާގެ އަޑުގައި މިހާރުވީ ހިތްހަމަ ނުޖެހުމެވެ.

“އިނގޭ ތިހުރިހާ ކަމެއް.. އެކަމަކު ލޫތް އެއީ މަންމަ ތި ހިކުރާ ކަހަލަ މީހެއް ނޫން..” އައިފާގެ މާޔޫސްވެފައި އިނދެ ބުނެލިއެވެ. އަޒުރާގެ ވާހަކަތައް ހުރީ އޭނާ އުއްމީދު ކުރި ގޮތަށް ނޫންކަމުން ދެރަވިއެވެ.

“ތިކަހަލަ މީހޫން ވާނީ ހަމަ އެއްގޮތް. ލޫތްމެން ކަހަލަ ރީތި މުއްސަދިންނަށް ކިތަށް އަންހެނުން ވާނެ.. އޭނަ އެހެން ހުރެފައި އައިފާއާއި ގާތްވާންވީ ވަކި ކީއްވެ؟ ކިހިނެތް އައިފާއަށް އިނގެނީ ލޫތްގެ ހަޤީޤީ މަޤްސަދަކީ ކޮބާ ކަމެއް؟ އެމީހުންނަށް އަހަރެމެން ކަހަލަ މީހުންނަކީ ކުޅޭ ކުޅޭ ބައެއް.. މަންމަ ތިކަމާއި ނުބެހެން ހުރީ އައިފާގެ ޒާތީ ކަމަކަށް ވީމަ. އެކަމަކު ލޫތަށް މަންމަ އެއްވެސް ވަރަކަށް އިތުބާރެއް ނުކުރަން.” އަޒުރާ ނުރުހިފައި އިނދެ ބުނެލިއެވެ.

“އެންމެން އެއްގޮތެއް ނުވާނެއޭ މަންމާ..” އައިފާ މިހެން ބުނުމުން އަޒުރާ އޭންގެ ވާހަކަ މެދުކަނޑާލިއެވެ.

“ބުނަން އައިފާ. އެއީ އަހަރެމެންގެ ފެންވަރެއް ނޫން.. އެމީހުން ދުވަހަކު ވެސް ދަރިފުޅަކަށް ޤަބޫލެއް ނުވާނެ.. ދެން މީގައި ދަރިފުޅަށް ފެންނަގޮތެއް ހަދާނީ. މަންމަ މިކަމާއި އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭ. އެކަމަކު ތިކަން ހުއްޓުވާކަށް މަންމަ ނެތިން..” އަޒުރާ މިހެން ބުނެފައި ސޯފާއިން ތެދުވެގެން ދިޔައެވެ.

އަޒުރާ ދިޔަތަން ބަލަން އިން އައިފާގެ ހިތަށް ތަދުވިއެވެ. އޭނާގެ މަންމަ ދުވަހަކުވެސް ދެރައަކަށް އެއްޗެކޭ ނުބުނާނެކަން އޭނާއަށް ރަނގަޅަށް އިނގެއެވެ. ނަމަވެސް އަޒުރާއަށް ލޫތްގެ ގޮތް އިނގުމުން އެޚިޔާލު ބަދަލުވާނެ ކަމަށް އޭނާ އުއްމީދުކުރެއެވެ. މަންމަ ދެރަކޮށްފައި އެއްވެސް ކަމެއް ކުރާކަށް އައިފާ ނޭދެއެވެ.

****

ލިފްޓުތެރޭގައި ހުރި އާޒިމާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އޭނާ ހުރީ ޒުލޭހާ ކައިރިން މިކަން އޮޅުން ފިލުވަން ކެތްމަދު ވެފައެވެ. ލިފްޓު ހުޅުވުމާއިއެކީ އާޒިމާ އަވަސް އަވަހަށް ނިކުމެ ގޭގެ ރަނގަބީލު ޖަހާލިއެވެ. އިރުކޮޅެއްފަހުން ޒުލޭހާ ދޮރު ހުޅުވާލަމުން އާޒިމާ ވަންނަން ތަން ދެއްކިއެވެ.

“އަހާ އާޒިމާ.. ހާދަ ނުގަޑިއެއްގައި.” މެންދުރުގެ މިގަޑީގައި އާޒިމާ އެގެއަށް އައުމުން ޒުލޭހާ ހައިރާން ވިއެވެ. “މިއައީ ވާހަކައެއް ދައްކާލަން..” އާޒިމާ ގޮސް ސޯފާގައި އިށީނުމުން ޒުލޭހާ ވެސް ދިޔައެވެ.

“ޖޫސްތައްޓެއް ގެންނަންތަ؟” ޒުލޭހާ އިށީންނަމުން އަހާލިއެވެ. “ނޫނޭ..” އާޒިމާ ކުޑަކޮން ހޫނު ފިލުވާލަމުން ބުނެލިއެވެ. “ދެން ބުނެބަލަ… ކޮން ވާހަކައެއް ދައްކަން  މިގަޑީގައި ތިއައީ.” ޒުލޭހާ ކެތްމަދުވެފައި އިނދެ އަހާލިއެވެ.

“ނާއިލްގެ ކަމަކާއި..” އާޒިމާ މިހެން ބުނުމުން ޒުލޭހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. “އާޒިމާ ދެން މިހާރު ތިކަން ހުއްޓާލަން ވެއްޖެއެއްނުން.. އޭނަ މަޢާފަށް ވެސް އެދެފި.. އެކުއްދިންނަށް ކުށް ވެސް ކުރެވޭނެ. އެކަމަކު ދެން އަބަދު އެވާހަކަ ދައްކައި ރުޅި އައިސްފައި ހުރުމުގެ ބޭނުމެއް ނެތެއްނުން.” ޒުލޭހާއި މިހެން ބުނެލީ އާޒިމާ އެދައްކަނީ އެހެން ވާހަކައެއް ކަމަށް ހީކޮށެވެ.

“ނޫނޭ. ތިވާހަކައެއް ނޫން. ތިކަމާއި އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއްނެތް.. މިދައްކަނީ އަދި އެހެން ވާހަކައެއް.” އާޒިމާ މިހެން ބުނުމުން ޒުލޭހާ ކޮން ވާހަކައެއްހޭ އަހާލިއެވެ. “ނާއިލް މިހާރު އުޅެނީ ކުއްޖަކާއި ހިތާވެގެންނުން.” ޒުލޭހާއަށް ނޭނގޭ ކަމަށް ހީކޮށް އާޒިމާ ބުނެލިއެވެ.

ނަމަވެސް އާޒިމާ އެބުނި ވާހަކައިން ޒުލޭހާ ހިނިތުންވެލިއެވެ. “ބަލަ އަހަންނަށް އިނގެޔޭ ތިކަން..” ޒުލޭހާ ބުނެލިއެވެ. “އިނގެޔޭ؟ އިނގޭތަ އެއީ ހޮޓެލްގެ މުވައްޒަފެއްކަން؟” އާޒިމާ ޔަޤީން ކުރަން އަހާލިއެވެ. “އާނ.” އާޒިމާ ދިނީ ކުރުޖަވާބެކެވެ.

“ދެން އަދިވެސް ޒުލޭހާއަށް އެމަންޖެ ރަނގަޅު؟” އާޒިމާ އަހާލިއެވެ. “އާނ.. ވަރަށް ހިތްހެޔޮއޭ އޭނަ.” ޒުލޭހާގެ ވާހަކަތަކުން އާޒިމާ ހައިރާންވިއެވެ.

“އެކަމަކު އެއީ ރާއްޖެތެރޭ ނާތަހުޒީބު ކުއްޖެއްނުން.” އާޒިމާ ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ. “އެއްކަލަ އާޒިމާ.. ތިއީއޭ މައްސަލައަކީ.. ދެން އޭނަ ރާއްޖެތެރެ ވިއްޔޭ ކިޔާފައި ކޮބާތަ މައްސަލައަކީ؟ މިޒަމާނުގައި ތި ތަފާތު ކުރުމެއް ނޯވެއޭ.. ރާއްޖެތެރެއޭ ބުނާއިރު ހީވަނީ މާލެ މިއީ ރާއްޖެއިން ބޭރުގައި އޮންނަ ރަށެއް ހެން.” ޒުލޭހާ މޫނު ކުނި ކޮށްލަމުން ބުނެލިއެވެ.

“އެކަމަކު އެކަހަލަ ކުދިން ކިހިނެތް އަހަރެމެން ކަހަލަ ފެންވަރު ރަނގަޅު މީހުންނާއި އެކީ އުޅޭނީ.. ދެން މީހުން ކީކޭތަ ކިޔާނީ. އެވަރު ވިސްނާލިންތަ.” އާޒިމާގެ އަޑުގައި މިހާރުވަނީ ހިތްހަމަ ނުޖެހުމެވެ.

“އަހަރެން ހަމަ ހައިރާން ވެއްޖޭން. އާޒިމާއާއި ލޫތްއާއި ތިހުންނަނީ ހަމަ އެއްގޮތެއް.” ޒުލޭހާ މިހެން ބުނުމުން އާޒިމާ ދެބުމަ ގޮށްޖެހުނެވެ. “އަހަންނަށް ޔަޤީން އަހަރެންގެ ލޫތް ތިކަހަލަ ކުއްޖަކާއި ނުގުޅޭނެކަން. އޭނައަށް އިނގޭނެ އެމީހެއްގެ ފެންވަރުގެ މީހުންނާއި އެކީ ކަން އެމީހަކު އުޅޭނީ.” އާޒިމާ ފަޚުރުވެރިކަމާއި އެކު ބުނެލިއެވެ.

“ހޫމް ދެން ހެވޭ.. މިއުޅެނީ މާދަން ޓެރެސްގައި ބާބަކިއުއެއް ބާއްވަން… ކޮން ދުވަހެއް މިހާރި އާއިލާ މޫނުކެނޑިފައި އޮންނަތާ.. އަންނަން ވާނެ. ނާއިލް ވެސް އަންނާނެ އެމަންޖެ ގޮވައިގެން.. ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަދައްކާލީމަ އިނގޭނެ އަހަރެން މިކިޔަނީ ކީކޭކަން.” ޒުލޭހާ މިހެން ބުނުމުން އާޒިމާ ރުޅިވެރިކަން ދޫކޮށްލިއެވެ.

“އިނގިދާނުން މިފަހަރު..” އާޒިމާ މިހެން ބުނީ އެންމެންގެ ކުރިމަތީގައި އައިފާ ފަޝީހަތް ކޮށްލަން ހިތަށް އަރުވައިގެން ހުރެއެވެ. އޭރުން ޒުލޭހާއަށް އެއްޗެއް ވިސްނިދާނެއޭ އޭނާ ހިތަށް އެރިއެވެ.

****

އިރުއޮއްސި އަނދިރިވަމުން ދިޔައިރު މާލޭގެ ދެ ނަންބަރު ޖެޓީ ކައިރިއަށް މަޑުކޮށްލި ލޯންޗުން ނާއިލް ނިކުތެވެ. އަތުކުރި ގަޑިއަށް ބަލާލަމުން ލޯންޗުން ފޭބުމަށްފަހު ތަންކޮޅެއް ދުރުގައި އޮތް ކާރާއި ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. “ސިޓްރަންއަށް..” ކާރަށް އެރުމަފަހު ނާއިލް ޑްރައިވަރު ކައިރީގައި މިހެން ބުނެ ފޯނު ނަގައި ކުޅެންފެށިއެވެ.

ކާރު ސިޓްރަން ކައިރިއަށް މަޑުކޮށްލުމުން ނާއިލް ފޯނު ނަގައި މީހަކަށް ގުޅާލަމުން ކާރުން ފޭބިއެވެ. “ހަލޯ.. ކޮންތާކު؟” ނާއިލް އަހާލިއެވެ. “އަރާ މައްޗަށް.” އެކޮޅުން ޖަވާބު ދިނުމުން ނާއިލް ފޯނު ބޭއްވުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު އޭނާގެ މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ.

ސިޓްރަންގެ މަތީ ބަޔަށް އެރުމަށްފަހު އޭނާ ދެކޮޅަށް ނަޒަރު ހިންގާލުމުން އެ ލޮލުގައި އެ ހޯދާ މީހަކު އަޅައިގެތެވެ. ނޫ ކުލައިގެ ހެދުމެއްގައި މޭޒު ކައިރީގައި އިށީނދެލައިގެން އިން ނާޒް ކައިރިއަށް ދާން ނާއިލް ހިނގައިގަތެވެ.

“ހާއި.. އައި މިސްޑް ޔޫ ޓުޑޭ. ސޮރީ މިއަދު ނިމުނު ގަޑިއަށް ނުދެވުނީމައި” ނާޒްގެ އަތުގައި ހިފާލަމުން ނާއިލް ބުނެލިއެވެ.

“އިޓްސް އޯކޭއޭ ދެން. އަހަރެން ކޮފީއަށް އޯޑަރު ދީފިން..” ނާޒް ހިނިތުންވެލަމުން ބުނެލިއެވެ. “ޔާ.. އަނެއް މަންމަ ބުނީ މާދަން އޮތް ބާބާކިއުއަށް ނާޒް ގެންނައްޗޯ.. އަދި ބައްޕައަށް ވެސް ނޭގެ އަހަރެން އުޅެނީ ނާޒްއާއި އެކީ ކަމެއް..” ނާއިލް ބުނެލިއެވެ.

“ހެހެހެ.. އާނ. ލުތިފީ ސާރ ހިތަށް އަރާނެދޯ ހުސް އޮފީހުގައި އުޅޭ ކުދިންނަށްށޭ ދަރިން ހިތް ކިޔަނީ..” ނާޒް މިހެން ބުނުމުން ނާއިލްއަށް އޮޅުނެވެ. “ދަރިންނޭ؟ ތިބުނީ؟” ނާއިލް ނޭނގިފައި އިނދެ އަހާލިއެވެ.
“އޯ ނާއިލްއަށް ނޭނގޭތަ؟ ލޫތް އެއްނުން.. އަހަރެން ތަންކޮޅެއް ކުރިން ދުވަހަކު އޮފީހަށް ވައިން އިރު އައިފާ އިން އެތާނގަ.. ދޭ ވާ ކައިންޑް އޮފް ކްލޯސް. އަ ތިންކް އައި ރޫންޑް ދަ މޯމެންޓް.” ނާޒް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ހުވާ؟ ސީރިއަސްކޮންތަ؟” ނާއިލް ޤަބޫލުކުރަން ދަތިވެފައި އިނދެ އަހާލިއެވެ.

“ހޫމް.. އަހަރެންމީ ލޫތްގެ އެސިސްޓެންޓޭ.. އެހެންވީމަ ދެން އިނގޭނެ ދޯ. އައި އެމް ނޮޓް ލައީ އިން. އަހަރެން ކީއްކުރަން އެކަހަލަ ދޮގެއް ހަދަންވީ” ނާޒް ކޮފީތަށި ގިރަމުން ބުނެލިއެވެ.

“ނޫނޭ.. އިޓްސް ޖަސްޓް، ލޫތް ވަރިއަށްފަހު އެހާ އަވަހަށް އެހެން މީހަކާއި ގުޅޭނެ ކަމަކަށް ހިއެއް ނުކުރަން.. އަދި އެވެސް އައިފާ. ނޮޓް ދެޓް އައި ހޭޓް ހާ.. އޭނަ އެއީ ވަރަށް ނައިސް ކުއްޖެއް.. އެކަމަކު ވެސް ދެން.” ނާއިލް ގެއްލިފައި އިނދެ ވާހަކަދެއްކިއެވެ.

“ނާއިލް.. ހީ އިޒް ހެޕީ.. އެހެންވީމަ އަދި އެކަން އަވަހަށް ވިޔަސް ލަހުން ވިޔަސް އެއީ މައްސަލައެއް  ނޫނެއްނުން.. އެހެން ނޫނަސް ލީނާ އެގޮތަށް ލޫތްއާއި ދޭތެރޭ ކަންތަން ކުރީމަ ހީ އެޓްލީސްޓް ޑިޒާވްސް ހެޕިނެސް.. ދެން އެކަމާއި ރޮއެ ހިތާމަ ކުރުމުގެ ބޭނުމެއް ނެތެއްނުން.” ނާއިލްގެ އަތުގައި ހިފާލަމުން ނާޒް ވިސްނައިދިނެވެ.

ނާއިލްއަށް ވެސް އެއީ ތެދު ވާހަކަ އެއްކަން ޤަބޫލުކުރެވުނެވެ. ބޭވަފާތެރިވީ މީހަކާއި ހެދި ހިތާމާގައި ދުވަސްތަށް ހޭދަ ކުރުމަށް ވުރެ އާ ދިރިއުޅުމެއް ފެށުން ވެސް މާ ރަނގަޅު ވާނެއޭ ނާއިލް ހިތަށްއެރިއެވެ. އޭނާ ވެސް ނާޒްއާއި އެކީ މާޒީގެ ސޮފްހާތަށް ލައްޕާލުމަށްފަހު އާ ބާބެއް ފެށިއިރު ލޫތްއަށް ވެސް އަލުން އޭނާގެ ދިރިއުޅުން އާރާސްތު ކުރެވެން ވާނެއެވެ.

****

“މަންމައަށް ލޫތް ކަމަކު ނުދޭ..” ފޯނުން ވާހަކަ ދެއްކި އައިފާގެ އަޑު އިވުމުން ލޫތް ގާތަށް ހިނިއައެވެ. އޭނާ ސިޓިން ރޫމް ސޯފާގައި އިންއިރު ގޭތެރެއިން މީހަކު ފެންނާކަށް ނެތެވެ. “އަދި ރަނގަޅު ވާނެ.. އިނގޭ މަންމައަށް ޓްރަސްޓް ކުރަން އުނދަގޫ ވާނެކަން.. އެކަމަކު މަންމަ ވެސް މިކަމާއި ޤަބޫލުވާނެ” ރިމޯޓުން ޓީވީގެ ޗެނަލް ބަދަލު ކުރަމުން ލޫތް ބުނެލިއެވެ.

“އޯކޭ ނުވިއްޔާ ޔޯ؟” އައިފާގެ އަޑުގައިވީ ނުތަނަސްކަމެވެ. “ތިހާ ނެގެޓިވް ކޮން ނުވިސްނަބަލަ.. ބީ ޕޮޒިޓިވް.” ލޫތް ބުނެލިއެވެ.

“ކީއްވެތަ ލޫތް އަބަދު އެހައި ބޯ ޕޮޒިޓިވް ވަނީ..” އައިފާ ރުންކުރު ގޮތަކަށް ބުނެލިއެވެ. “އެއީ އަހަރެބްގެ ބްލަޑް ގްރޫޕް ބީ ޕޮޒިޓިވް ވީމަ.. ހެހެހެ.” ލޫތް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

ކޮޓަރިން ނިކުއިން ލުތުފީއަށް ލޫތް ހޭން އިން މަންޒަރު ފެނި އެހިތަށް ފިނި ކަމެއް ލިބުނެވެ. އެ ދަރިފުޅުގެ މޫނުމަތިން ހިނިތުންވުން ނުފެންނަތާ ކޮން ދުވަހެއް ހެއްޔެވެ.

ލުތުފީ އަންނަތަން ފެނުމުން ލޫތް ފަހުން ގުޅާނެކަމަށް ބުނެ ފޯނު ބޭއްވިއެވެ. “ބައްޕާ.. ދުރުވޭ.” ލޫތް ސޯފާއިން ތަން ދައްކަމުން ބުނެލިއެވެ.

ލޫތް ފޯނުން ވާހަކަދައްކަން އެއިނީ އަންހެން ކުއްޖަކާއި ކަން ލުތުފީއަށް ވަގުތުން އިނގުނެވެ. ފުރާއިރުންސުރެ ލޫތް އަންހެން ކުއްޖަކާއި އެގޮތަށް ވާހަކަ ދައްކަނިކޮން ލުތުފީއަށް އާދެވިޖެއްޔާ އެ މޫނުމަތިން އެކަން ފާހަގަވާނެއެވެ.

ލޫތްގެ މޫނުމަތީގެ އެކުލަވަރު އަދިވެސް ނުފިލައެވެ. ހީވަނީ ބައްޕައަށް އިނގުނީތީ ލަދުގަތީ ހެންނެވެ. އުމުރުން ސައްބީސް އަހަރު ވީއިރު ވެސް އެގޮތް ގަނޑު އަދިވެސް ނުކެނޑެއޭ ހިތަށް އެރުމުން ލުތުފީ ހިނިއައެވެ.

“ހާދަ ސިއްރުން.. ކޮން ކުއްޖެއް އަނެއްކާ؟” ލުތުފީ ހަމަ ގަސްތުގައި ލޫތް ތަޅުވާލަން އަހާލިއެވެ. “އެހެންނެއް ނޫން ބައްޕާ.” ލޫތް ރަކިވިއެވެ. “ދެން ބައްޕަ ކައިރި ބުނެލަބަ.. އައި ނޯ އިޓްސް އަ ގާލް ލޫތް.” ލޫތްގެ ކޮނޑުގައި ކުޑަކޮން ޖަހާލަމުން ލުތުފީ ހެވިލާފައި ބުނެލިއެވެ.

“ޑޭޑް ޕްލީސް.. ޔާ އެބަހުރި ގާލްއެއް.” ލޫތް ބުނެލިއެވެ. “އަޅުގަނޑަށް ވަރަށް ކަމުދޭ އޭނަ.. އެކަމަކު ބައްޕައަށް ހީވެދާނެ އަދި މާ އަވަހޭ މިކަހަލަ ކަމަކާއި އުޅެން. ބަޓް ޑޭޑް ޝީ އިޒް ޖަސްޓް ޑިފަރެންޓް.. ނޭނގެ ބުނެދޭކަށް.” ލޫތްގެ އެ ކުއްޖެއްގެ ވާހަކަ ދެއްކި އިރު އެމޫނުމަތި އުޖާލާ ވެގެން ދިޔަ ގޮތުން ވެސް އެއީ ވަރަށް ހާއްސަ ކުއްޖެއްކަން ލުތުފީއަށް ޔަޤީން ވިއެވެ.

“ޝީ އިޒް ދަ ވަން.. އެހެންނުން. ބައްޕައަށް އިނގޭތަ ކުއްޖެއްތަ އަނެއްކާ؟” ލުތުފީ އަހާލިއެވެ. “ޔާ.. އައިފާ.” ލޫތް މިހެން ބުނުމުން ލުތުފީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ.

“އައިފާ.. އަސްލު. އައި އެމް ސޯ ހެޕީ ފޯ ޔޫ ސަން. ބައްޕައަށް ދަރިފުޅުގެ ހޮވުން ހަމަ ވަރަށް ކަމުދޭ.” ލުތުފީ މިހެން ބުނުމުން ލޫތް ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

“ކުޑަމަންމަ ބުނީ މާދަން ބާބަކިއު އޮންނަ ވާހަކަ. އައިފާ ގެންނަން ވާނުން.. ނާއިލް ވެސް އޭނަގެ ގާލްފްރެންޑް ގެންނާނެ ކަމަށް ވަނީ.” ލުތުފީ އެއް ބުމަ އަރުވާލަމުން ބުނެލިއެވެ. “ނާއިލް؟ ކާކު؟” ލޫތް ނޭނގިފައި އިނދެ ސުވާލުކޮށްލިއެވެ.

“ބައްޕައަށް ވެސް ނޭނގެ އަދި. ޒުލޭހާ ވެސް ކާކު ކަމެއް ނުބުނިވިއްޔަ.. އެކަމަކު ބައްޕަ ވަރަށް އުފާވެއްޖެ ބައްޕަގެ ދެދަރިންނަށް އުފާވެރިކަން ލިބުނީމަ” ލުތުފީ މިހެން ބުނީ ހަޤީޤަތުގައި ވެސް ހިތްހަމަ ޖެހިފައި ހުރެއެވެ. އެތަށް ދުވަހަކަށް ފަހު މަޑުމަޑުން އެއާއިލާއަށް އުފާވެރިކަން ލިބެނީއެވެ. މީހުން ބުނަނީ ތެދެކެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ.

****

އާދުވަހަކަށް އަރައިގެން އައި އިރާއިއެކު އައިފާ އަވަސް ފިޔަވަޅުތަކެއްގައި ފައިލްތަކެއް ހިފައިގެން ލޫތްގެ އޮފީހާއި ދިމާއަށް މިސްރާބުޖެހިއެވެ. އޮފީސް ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވައިން އިރު ފަވާޒް އިނީ ލޫތްއާއި ވާހަކަދައްކާށެވެ. “ކަމް އިން މިސް އައިފާ.” ލޫތް މިހެން ބުނުމުން އައިފާ ގާތަށް ކުޑަކޮން ހިނިއައެވެ.

އެހެން މީހުންގެ ކުރިމަތީގައި ލޫތް އެދެމެދުގައި އޮތް ގުޅުން ސިއްރުކުރަން ވާހަކަ ދައްކަނީ ވެސް ރަސްމީ ކޮށެވެ. އައިފާ ފައިލްތަށް ބެހެއްޓުމަށްފަހު ދާން އުޅެނިކޮން ފަވާޒް އޭނައަށް ގޮވާލިއެވެ. “އައިފާ.. މިއަދު ވާނެ އިނގޭ އެއްކަލަ ކްލައިންޓާއި ބައްދަލުކޮށްލަން.. އޭނަ އަންނާނެ އެއްގަޑި އިރު ތެރޭގައި. ސޯ ހިނގާ ރެޑީ ވެލަން.” ފަވާޒް މިހެން ބުނެފައި ތެދުވިއެވެ.

“މިސް އައިފާ. މި ފައިލްގައި ހުރި ބައެއް ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ޑިސްކަސް ކޮށްލަން އިރުކޮޅަކަށް މަޑު ކޮށްދެވިދާނެތަ؟ އައި ވޯންޓް ޓޭކް މަޗް ޓައިމް” ފަވާޒްއަށް ނުފެންނަހެން އެއްލޯ މަރާލަމުން ލޫތް ބުނެލިއެވެ.

ލޫތްގެ މި އަމަލުން އައިފާ ލަދުން އިސްޖެހުނެވެ. “އޯކޭ ލޫތް.. އައިފާ މަޑު ކޮށްލާ.” ފަވާޒް މިހެން ބުނެފައި އެތަނުން ނިކުއިން ކަމެއް ނޭނގެއެވެ. އައިފާގެ އަތުގައި ހިފައި ލޫތް އޭނަ ގަޔާއި ކައިރިކޮށްލަމުން ކަންފަތް ކައިރީގައި ބޮސްދިނެވެ.

“ދެން ލޫތް.. މިއީ ޑިސްކަސް ކުރާ ޕްރޮޖެކްޓްއަކީ..” އައިފާ ރަކިވެފައި ބުނެލިއެވެ. “ހޫމް..” ލޫތް އެ އަމަލުތަށް ނުހުއްޓުމުން އައިފާ މޫނު ދުރުކޮށްލިއެވެ. “ލޫތް މިތާކު ނޫން.. މީހަކު އައިސްދާނެ. އައިފާ ދުރަށް ޖެހެން މަސައްކަތް ކުރި ނަމަވެސް އެކަން ވީ ބޭކާރެވެ.

“އޯކޭ.. މިރޭ އަހަންނާއި އެކީ ފެމެލީ ބާބަކިއުއަށް އަންނާންތަ؟ ބައްޕަ ބުނުއްވީ އައިފާ ގެންނަށްޗޯ.” އައިފާގެ އިސްތަށި ކޮޅައި ކުޅެލަމުން ލޫތް މިހެން ބުނިއިރު އަދިވެސް އޭނާ ގައިން ދުލެއް ނުކުރެއެވެ. “ބައްޕައޭ؟ ލުތުފީ ސާރއަށް އިނގޭތަ؟” އައިފާ ސިހިފައި ހުރެ މިހެން ބުނުމުން ލޫތް އެއްބުމަ އަރުވާލިއެވެ.

“ސާރ ކީކޭ ހިތަށް އަރާނީ؟ ލޫތް ވެސް ދެން.” އައިފާ ހާސްވެފައި ހުރެ ބުނެލިއެވެ. ލުތުފީ އޭނާއާއި ދޭތެރޭ ހިތްހަމަނުޖެހި ދާނެތީ އައިފާ ކަންބޮޑުވެފައެވެ. “އޯ ކާމް ޑައުން.. ޑޭޑް ހުރީ ވަރަށް އުފާވެފައި އައިފާއޭ ބުނީމަ. ހީ އިޒް އޯކޭ.. އަންނާން ދޯ.” ލޫތް ވަރަށް ލޯބިން ބުނެލިއެވެ.

“އޯކޭ.. ދާނަން… ދެން ދޫކޮށްލަ. މީހަކު އައިސްދާނެ.” އައިފާ މިހެން ބުނުމުން ލޫތް އިތުރަށް އޭނާ ގަޔާއި ކައިރިކޮށްލިއެވެ.

“ދިނީމަ ދެވޭނީ..” އައިފާގެ ތުންފަތުގައި އިނގިލިން ބީހިލަމުން ލޫތް ބުނެލިއެވެ. “ނޫން ދެން.” އައިފާ ލަދުގަނެފައި ދެކޮޅު ހެދިއެވެ. “ޖަސްޓް ވަން.. ޕްލީސް ބޭބީ..” ލޫތް ލޯބިގޮތަކަށް އާދޭސް ކޮށްލުމުން އައިފާއަށް އިތުރަށް ބަހަނާ ދައްކާކަށް ނުކެރުނެވެ.

އައިފާ ހަމަ ކައިރިވި ތަނާ ދޮރުގައި ޓަކި ޖަހާލި އަޑަށް ލޫތް ވަގުތުން އޭނާ ދުރުކޮށްލިއެވެ. “ޑޭމް އިޓް!” މަޑުމަޑުން ލޫތް މިހެން ބުނުމުން އައިފާ ގާތަށް ހިނިއައެވެ. އޭރު ދޮރު ހުޅުވާލުމަށްފަހު ޒޭން އެތެރެއަށް ވަންނަނީއެވެ.

“ޒޭން އަވަހަށް އާދެ.” ލޫތް އޭނާގެ ގޮނޑީގައި އިށީނދެލަމުން ބުނެލިއެވެ. އެތެރެއަށް ވައިން ޒޭންއަށް އައިފާ ފެނުމުން ހިތުގެ ތެޅުން އަވަސްވި އިހުސާސްވިއެވެ. އެހާ ދުވަހަށްފަހު އައިފާ ފެނިލުމުން އެހިތަށް ފިނިކަމެއް ލިބުނެވެ. އެތެރެއަށް ވަދެގެންއައި އިރު ޒޭންއަށް ބެލެނީ އައިފާއަށްށެވެ.

“ކޮބާ ޑޭޑްއާއި ދިމާ ވެއްޖެތަ؟” ލޫތް އަހާލިއެވެ.

“ނޫން.. ނުފެނިގެން މިއައީ. މިތަން ބޮޑުކަމުން ނޭނގެ މިދެވެނި ކޮންތާކަށް ކަމެއް. ބުނީ ކޮންފަރެންސް ރޫމް ދޭއްގައޭވީ.. އެކަމަކު އެތަން ނުފެނި އޮޅިއްޖެ. މިހެން ދަނިކޮން ތުއްދޮންބެގެ ނަން މިތާ ބޭރުގައި ޖަހާފައި އިނީމަ މިވަނީ އަވަހަށް.” ޒޭން ވާހަކަ ދައްކަމުން ދިޔައިރު ވައްކަޅިން ވެސް އައިފާއަށް ބެލެއެވެ.

“އޯ.. އައިފާ ދާން ވީއެއްނުން ޒޭން އެތަނަށް ލަދޭން. ޑޭޑް ކުޑަކަމު ޒޭންގެ ހެލްޕް ބޭނުންވެގެން އެއައީ.” ލޫތް މިހެން ބުނުމުން ޒޭން އުފަލުގެ ކޮޅެއް ނެތެވެ. އަވަސް އަވަހަށް އައިފާއަށް ދާން ތަންދެއްކިއެވެ.

“މިސް އައިފާ.. އަދި އެ ޕްރޮޖެކްޓް ތަންކޮޅެއް ފަހުން ޑިސްކަސް ކޮށްލަން އަންނަންވާނެ.” ލޫތް އެއްބުމަ އަރުވާލަމުން މިހެން ބުނުމުން އައިފާ ހިނިތުންވެލިއެވެ. ލޫތްގެ ހުރި ލާނަތް ކަމޭ ހިތަށް އަރައި އެތަނުން ޒޭންއާއި އެކީ ނިކުތެވެ.

އައިފާގެ ފަހަތުން ހިނގާފައި ދިޔަ ޒޭންގެ ނަޒަރު ހުރީ އޭނާގެ ހިނގުމަށް ހުއްޓިފައެވެ. ‘ވާއޮ’ ޒޭންގެ ހިތަށް މިހެން އެރުމުން އެތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. “ސޯ އައިފާ މިތާ ދޯ ވޯކް ކުރަނީ. ކުރިން ދިމާވި ރޯދަ ވިއްލަންއައި ފަހަރު.” ލިފްޓަށް އަރަމުން ޒޭން ބުނެލިއެވެ.

“ޔެސް. މިތަނުގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖާއަށް ވޯކް ކުރަނީ..” ލޫތްގެ ކޮއްކޮއަށް ވުމުން އައިފާ ހިތްހެޔޮ ކަމާއިއެކު ވާހަކަދެއްކިއެވެ. “ކުރިން ލޫލުއަށް ކިޔަވަދޭން ވެސް އައިން ދޯ. ކީއްވެބާ ކުރިން ދިމާނުވީ.” ފަހަތުގައި ހުރި ޒޭން ކުޑަކޮން ކައިރި ވެލަމުން ބުނެލިއެވެ. ލިފްޓުގައި އެދެމީހުން ފިޔަވައި އިތުރު ބަޔަކު ނެތެވެ.

“އާނ ދޯ.” އައިފާ ހިނިތުންވެލިއެވެ. މިހެން ހުރެފައި ޒޭން ކުޑަކޮން ކުރިއަށް ޖެހިލިއެވެ. ފަހަތަށް ދޫކޮށްލެވިފައި އޮތް އައިފާގެ އިސްތަށިގަނޑުން އޭނާ ވަސް ބަލާލަމުން ހަށިފުރާ ނޭވާއެއް ލިއެވެ. އައިފާގެ ގައިން ދުވި ލުއި ސެންޓުވަހުން އެހިތަށް އަރާމުވި ކަހަލައެވެ. ހާދަ މީރުވަހެކޭ ޒޭންގެ ހިތަށްއެރިއެވެ.

ލިފްޓުގައި ހުރި އައިފާއަށް ޒޭންގެ މި އަމަލުގެ އެއްވެސް ހިލަމެއް ނުވެއެވެ. އޭނާ ލިފްޓު ހުޅުވުމުން ޒޭން އާއިއެކީ އޭނާގެ މަންޒިލަށް ގެންގޮސް ދިނުމުން ޒޭން އޭނާއަށް ޝުކުރު އަދާކުރިއެވެ. “ތޭންކްސް.” ޒޭން އަތް ދިއްކޮށް ލުމުން އައިފާ ސަލާމް ކުރުމަށްފަހު ހިނިތުންވެލާފައި އެތަނުން ދާން ހިނގައިގަތެވެ.

ޒޭން އޭނާ ސަލާމް ކުރަން ދިއްކޮށްލި އަތުގައި ބޮސްދެމުން ލޯ މަރާލިއެވެ. އައިފާގެ އަތް ހާދަ މަޑޭ ހިތަށް އެރުމުން އެ ތުންފަތަށް ލާނަތް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ކޮންމެ ގޮތެއް ވިޔަސް އައިފާ ހާސިލް ކުރަން ބޭނުންވިއެވެ. އައިފާ ނޫން އެހެން މީހަކަށް އެހިތުން ޖާގައެއް މިހާރަކު ނެތެވެ.

****

ރޭގަނޑުގެ އަނދިރިކަން ވެރިވިއިރު ތަރިތައް އުޑުގައި ބަބުޅަމުން ދިޔައެވެ. ގޭގެ ޓެރެސްގައި އާއިލާގެ އެންމެން އުޅުން އިރު ސައިލަމްއާއި އައިފާ ވެސް ހީ ސަމާސާ ކުރަމުން ދިޔައެވެ. އޭރު އާލާ ސޮސެޖެއް ހޫނު ކުރަމުން ދިޔައިރު ޒުލޭހާ އުޅެނީ ތަށިތަކަށް ކޯކު އެޅުމުގައެވެ. އޭރު ދެތިން ނޯކަރުން ވެސް އެތަނުގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

“ހާދަ ވަސްގަނޑު ރަނގަޅޭ..” ޓެރެސްއަށް އެރި ލުތުފީ ފުން ނޭވާއެއް ލަމުން ބުނެލިއެވެ. މުޅި ތަނުގައި ހިފާލާފައި އޮތް ކުކުޅު ފިހޭ ވަހުން ތަލިން ކުޅު ހިކޭވަރުވެއެވެ. ލުތުފީގެ ފަހަތުން އެރި އާޒިމާ ފުރަތަމަ ވެސް ބަލާލީ ނާއިލް ފެނޭތޯއެވެ.

“އާދޭ އަވަހަށް..” ކޯކު ތައްޓެއް ދެމުން ޒުލޭހާ މިހެން ބުނުމުން ލުތުފީ އެ ހިފައިގެން ހިނގައިގަތެވެ. “ކޮބާ ޒޭން؟” ޒޭން ފެންނަން ނެތުމުން ލުތުފީ އަހާލިއެވެ. “އޭނަ ވެއްޖެ ރައްޓެހިން ތަކަކާއިއެކީ ހުރާއަށް ގޮސް. އެކޮޅުގައި ހަފްތާއެއް ވަރު މަޑު ކުރަނިއްޔޯ.” ޒުލޭހާ ގޮނޑީގައި އިށީނދެލަމުން ބުނެލިއެވެ.

ލައިޝާ ވެސް ކޯކު ތައްޓެއް ހިފައިގެން އައިސް ޒުލޭހާއާއި ޖެހިގެން އިށީނދެލަމުން ބުނެލިއެވެ. “ނާއިލް ވެސް ނާދޭ އަދި.. އަޅުގަނޑު މިހުންނަނީ ތި އަންހެންކުއްޖާ ނުފެނިގެން ކެތްމަދު ވެފައި.. ކުޑަމަންމަ ބުނީކީ ވެސް ނޫން.. ސަޕްރައިސް އެކޯ.” ލައިޝާ ކޯކް ބޮމުން ބުނެލިއެވެ.

“ކޮންއިރަކުންތަ އެމީހުން އަންނަނީ؟” އާޒިމާ ހުރީ އައިފާ ނައިސްގެން ކެތްމަދު ވެފައެވެ. އެންމެންނަށް ނިކަން ރަނގަޅު ސަޕްރައިސްއަކަށް ވާނެއޭ އޭނާ ހިތަށްއެރިއެވެ.

“އިރުކޮޅެއްވާނެޔޯ.. ލޫތް އެބަ އާދެ.. އެންމެން ހަމަވީމަ އެއްނުން ކާނީ.. ސައިލަމް ތި ސޮސެޖްތައް ކައި ހުސް ނުކޮށްބަލަ.. ފިހެން ދިނީމަ މީ ކުރާކަމަކީ.” ލައިޝާ މިހެން ބުނުމުން ސައިލަމް އެދިމާއަށް އެނބުރުނެވެ. “އަހަރެން ނުކަމޭ.” ސޮސެޖް ބުރިއެއް އަނގައިގައި އޮތް އިރުވެސް ސައިލަމް މިހެން ބުނުމުން އެންމެން އެކީ ހޭން ފެށިއެވެ.

“ފޯނު ނުލައި މި އާދެވުނީ.. އެބަ އަންނަން ހިފައިގެން..” ލުތުފީ ދާން ހެދުމުން އާޒިމާ އޭނާ ހުއްޓުވިއެވެ. “އަހަރެން ގޮސްދާނަން..” އާޒިމާ މިހެންބުނެފައި ދާން ހިނގައިގަތެވެ. ގެއިން ނިކުމެ ސިޑިން ތިރީ ބަޔަށް ދާން ފޭބިތަނާ ލިފްޓުން ނާއިލްއާއި ނާޒް ނިކުމެ ގޭތެރެއަށް ވަނެވެ. ނަމަވެސް އޭރު އާޒިމާ ފެންނާކަށް ނެތެވެ.

“މިތިބައައީ އެއްނުން..” ޓެރެސްއަށް އެރި ނާއިލް ފެނުމުން ސައިލަމް ގޮވާލިއެވެ. އޭރު ނާއިލްގެ ފަހަތުން އެރި ނާޒް ފެނި ލައިޝާ އުފަލުން ފޮޅުނެވެ.

“އޯ މައި ގޯޝް! ނާޒްތަ.. ނާއިލް ވެސް ވަގުކަން ދޯ.” ލައިޝާ ގޮސް ނާޒް ގައިގައި ބައްދާލަމުން ބުނެލިއެވެ. ދުރުގައި ހުރި ޒުލޭހާއަށް ނާޒް ފެނުމުން އަވަހަށް އައިސް އަތުގައި ހިފައިގެން ހިނގައިގަތެވެ.

“ދަރިފުޅާ ކިހިނެތް؟” ޒުލޭހާ ވަރަށް ލޯބިން އަހާލިއެވެ. “ބަލާބަލަ މިހާ އަވަހަށް އަޅުގަނޑު ދުރުކޮށްލީ..” ނާއިލް މިހެން ބުނުމުން ލުތުފީ ހިނިގަނޑެއް ޖަހާލިއެވެ. “ހެހެހެ.. އެއީ މައްސަލައެއް ނޫނޭ ބައްޕަ މިހިރީ އެއްނުން..” ނާއިލްގެ ކޮނޑުގައި އަތް އަޅުވާލަމުން ލުތުފީ ބުނެލިއެވެ.

“އަދި ލޫތް އަންނާނެއޭ.. އޭނަގެ ވެސް ގާލް ގޮވައިގެން.” ލުތުފީ މިހެން ބުނުމުން އެންމެން ސިހިފައި އެދިމާއަށް ބަލާލިއެވެ. “އަސްލު.. ދިސް އިޒް ސޯ އެކްސައިޓިން!!” އާލާ އަތްތިލަ ބަޑި ޖަހާލާފައި މިހެން ބުނުމުން އެންމެން ހޭންފެށިއެވެ.

ލުތުފީގެ ފޯނު ހިފައިގެން ޓެރަސްއަށް އެރި އާޒިމާއަށް ނާއިލް ފެނުމުން ވަގުތުން އެދިމާއަށް ދިޔައެވެ. “ނާއިލް.” އާޒިމާ ގޮވާލަމުން ލުތުފީއަށް ފޯނުދިނެވެ. “ކޮބާ ބޮޑުމަންމައާއި ބައްދަލުވެއްޖެތަ؟” ލުތުފީ ނާއިލްއާއި ވާހަކަ ދައްކަމުން ބުނެލިއެވެ.

“އޯ ނޫން.. ބޮޑުމަންމާ ހިނގާ ވަރަށް ސްޕެޝަލް ކުއްޖަކާއި ބައްދަލު ކޮށްލަދޭނަން.. ބުނީމެއްނުން އެބަހުއްޓޭ ލައިކްވާ ކުއްޖެއް.. އެހެރީ އޭނަ. ހިނގާ.” ނާއިލް ދުރުގައި ފުރަގަސް ދީގެން ހުރި ނާޒް ދައްކާލަމުން އާޒިމާއާއި އެކީ ހިނގައިގަތެވެ.

އާޒިމާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީއެވެ. މިރޭ އައިފާއަށް އޭނާގެ ފެންވަރު އަންގާލަ ދޭނެއެވެ. ނާއިލްއާއި ގުޅޭކަށް އޭނާއަށް ލާހިކެއް ނުނޭ އާޒިމާ ހިތަށްއެރިއެވެ. ނާއިލް ފަހަތުން ގޮސް ލައިޝާމެން ކައިރީގައި ހުރި ނާޒްގެ ކޮނޑުގައި ކޮއްޓަލިއެވެ.

ނާޒް ފަސްއެނބުރި ބަލާލުމުން އާޒިމާ ސިހިފައި ދެލޯ ބޮޑިވިއެވެ. މިއީ އައިފާއެއް ނޫނެވެ. “ނާޒް މިއީ ބޮޑުމަންމަ.. ބޮޑުމަންމަ މިއީ ނާޒް. މައި ގާލް.” ނާޒްގެ އުނގަނޑުގައި ހިފައި ކައިރި ކޮށްލަމުން ނާއިލް ބުނެލިއެވެ. އޭރު އާޒިމާ ހުރީ ވާނުވާ ނޭނގިފައެވެ. އެދުވަހު ނާއިލްއާއި އެކީ ކާރަށް އެރީ ހަމަ އައިފާ ނޫން އެހެން މީހެއްނޫނެވެ. ދެން އެހެންވިއްޔާ ނާއިލްއާއި އެކީ ނާޒް މިހިރީ ކީއްވެބާއެވެ. އައިފާ ކޮބައި ހެއްޔެވެ؟

ކުރިމަތިން މިފެންނަ ކަންތައް ރަނގަޅައި ނަގައި ނުގަނެވި އުޅެނިކޮން ފަހަތުން އާލާގެ އަޑަށް އެންމެން އެދިމާއަށް ބަލާލިއެވެ. “އައިފާ!!” ޓެރެސްއަށް ނިކުމެގެން އައި ލޫތްގެ އަތުގައި ހިފާލައިގެން ހުރި އައިފާ ފެނި އާޒިމާގެ ލޮލުން ތަރިބުރައިގެން ދިޔަ ކަހަލައެވެ.

-ނުނިމޭ-

64
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 65

Next

ޓެކްސީ(ހަތަރުވަނަ ބައި)

Next
July 8, 2016

ޓެކްސީ(ހަތަރުވަނަ ބައި)

Previews
July 7, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 65

66 Comments

  1. Thukko says:
    July 7, 2016 at 11:34 pm

    Alheyyy vvvvvvv rythi

  2. Aashi says:
    July 7, 2016 at 11:35 pm

    Varah reethi … aazima?

  3. layaal says:
    July 7, 2016 at 11:37 pm

    hey guys sorry for the delay. and I won’t be able to update next week since i have my graduation. so next part will be on next week Saturday. i hope this part is worth for a one week wait. sorry for that guys. let me know how this part is. enjoy.
    Love ❤️

  4. Ninni says:
    July 7, 2016 at 11:39 pm

    Yeyy.. finally up vehje.. Ninni dhww first.. hehe..
    Looth n aifaa.. Jst awesome.. ❤??
    Knirakun next part??
    🙂

  5. Same says:
    July 7, 2016 at 11:49 pm

    vvvvvvv reeeethi

  6. swyt girl says:
    July 7, 2016 at 11:53 pm

    azimaa ah vy goi dhw
    heehee halaku 😀
    tw story varah reethi <3

  7. Ishoo says:
    July 7, 2016 at 11:53 pm

    Salhi ? adhivex kiyaa hiyy vany ?✌

  8. saa says:
    July 8, 2016 at 12:00 am

    layaal vara obiness vahakah hadga kurey next part kon iraku n ohthy

  9. Mary says:
    July 8, 2016 at 12:01 am

    Vvvv reethi mi vaahaka next episode avahah up kolhah chay,

  10. layaal says:
    July 8, 2016 at 12:42 am

    thanks guys ?

  11. layaal says:
    July 8, 2016 at 12:43 am

    read my comment on top always it will mention when next part will be uploaded. ❤️

    1. shaai says:
      July 10, 2016 at 6:35 pm

      Layaal koh irakihtha next part up vaani…can’t wait…haadha dhuvahen vani mifaharu

  12. Purplish says:
    July 8, 2016 at 12:55 am

    Story is obiness
    Dame it axima

  13. Saajidh says:
    July 8, 2016 at 1:07 am

    Woww…v v v reethi… dhen Looth ves dho… haadha laanethey… Aazimaa ah veegoiy dho… haadha hinyeh eba aadheyey… Looth! Aifaa ladhugannavaalan Aazimaa ah furusathu nudhehchey… next Saturday night ah mi inthizaaru kureveny…

  14. Faathee says:
    July 8, 2016 at 1:11 am

    Maashaa’allah V v reethi.. ehaa avaha story ge the end nu genahchey. Vara v miss vaane story ehaa lahun up kuraathee. But it’s ok. We ll wait. And in advance congrats for ur graduation. Wish u loads of success.

  15. AIFA NAZIM says:
    July 8, 2016 at 1:27 am

    Azimaa… dhn lalalaaa
    Looth is mine:-) 😛

  16. Axu says:
    July 8, 2016 at 3:10 am

    Vvvvv nice…
    Vrh kiyaa hithun mi hury next part….
    ???

  17. azooo says:
    July 8, 2016 at 5:19 am

    Vvv reethi story next part dhigukohllachey miahvuren.

  18. meesha says:
    July 8, 2016 at 8:07 am

    Wow! Stry is fab… ?? waiting to da nxt prt…

  19. sweet says:
    July 8, 2016 at 9:13 am

    wow.nice.alhe aifaa aa lhoot aa ingey gulhvaanee.plx

  20. NAAZ says:
    July 8, 2016 at 10:11 am

    Wow.vvvvv reethi mi story….

  21. Leenaa says:
    July 8, 2016 at 11:32 am

    Aifa akah laahikeh non Looth aa gulheakah.

  22. Aifa says:
    July 8, 2016 at 11:35 am

    Leenaa akah laahikeh non Looth aa gulheakah. He is mine. Thikahala beavafaatherin nah jeheany roala roala onnan. Naail ves Looth ves kety.dhen Lalalaa

  23. Blue Lady says:
    July 8, 2016 at 11:38 am

    Awesome Layaa. Mi story avahah nuninmachea. Kithah part innany. Once in a week also no prb ekam tgankolheh dhigu kon nellangaa. U r da best

  24. Fashoo says:
    July 8, 2016 at 11:40 am

    Speechless

  25. JK says:
    July 8, 2016 at 11:42 am

    Layaa aharen vaanan Layaa aa ehkoh. Thihen vaahaka nellangaamu. Luv u. U r a really great writer

  26. Azhan says:
    July 8, 2016 at 11:44 am

    WOWWWWWWWWWWWWWW…………

  27. Aman says:
    July 8, 2016 at 11:47 am

    Fab… Layaa thihen kuriyah dhea
    > 3

  28. Luyoon says:
    July 8, 2016 at 11:53 am

    Alhugandu dhuvahakuves manma akah maafeh nudheanan. Eahvure
    Looth be ves rangalhu heisnot my daddy but he is perfect than you. NAAIL beybe evy alhugandu ge bappa yah. I hate u mom Aafa ves maa rangalhu.

  29. Leenaa says:
    July 8, 2016 at 11:58 am

    Noon dharifulhaa manma ah maafu kohdhee. Uhuuhoonhoon… manma ah kurevuny kusheh. Ehennoonas e Aifa rangalhu nukurea. E ulheny Loothaa hedhi. Aifa u get out from Looths life. Kaleyaa hedhi aharemen divorce vaan jehuny

  30. Looth says:
    July 8, 2016 at 12:01 pm

    Huttaala Leenaa akah neygeane aharen hadhan jeheane gotheh. Aharen innaanan Aifa yaa dhen kikkureveany. Thi kahala beavafaatheri akaa hedhi masheh noollheb. AIFA is da best.

  31. Blue Lady says:
    July 8, 2016 at 12:06 pm

    Stop that..Leenaa buriyah kon vaeh araakah. They r a perfect couple. Go far away from Looths life. Go

  32. Aifa says:
    July 8, 2016 at 12:08 pm

    Thanks Blue Lady. Go ahead.

  33. Looth says:
    July 8, 2016 at 12:10 pm

    Thank you Blue Lady

  34. Blue Lady says:
    July 8, 2016 at 12:17 pm

    Welcome Aifa & Looth

  35. Lady in Red says:
    July 8, 2016 at 12:21 pm

    Mee kon fight eh tha? Dho Blue Lady

  36. Blue Lady says:
    July 8, 2016 at 12:24 pm

    Hmm dho hehehe

  37. MarSha says:
    July 8, 2016 at 1:04 pm

    Hehe… marsha ves against leena… i m with aifa n looth.. they make a lovely couple… ekamu anekkaa kihineh mi vanyy.. zane ves aifa aa like vaatht biru ganey eba… n azima!! Wat a shock she got dho!!
    Ok we will wait for satuday next week.. n congratulations layaal.. n story is awsum.

  38. aaazimaa says:
    July 8, 2016 at 1:08 pm

    Alheyy.. Mivee kihineii…. Ehaavarun bavaaalan ready v ma vx looth e a eee aifa govaign… ?????

  39. Meeko says:
    July 8, 2016 at 2:00 pm

    alhey vara nice. dhen anna sat akah mi inthizaaru kurany. emme salhi thankolha viyyaa e nimuny. But keep up the good work layaal. u are the best.

  40. aimin mau says:
    July 8, 2016 at 2:35 pm

    Ma vxx vr inthizaaru kohffin…..mi dhuvas kolhu data Hus vyma vaahaka nuky gen ulhunyy vr dhera via nukiu nyma bt today data alhaigen furathama vxx vaahaka mi kyy it ws sooooooooooooooooooooo amazing…… Layaa….can u plss tell me when r u uploading next part of this story???????????????

  41. aineen says:
    July 8, 2016 at 4:15 pm

    Nxt week sat ga..aimin mau

  42. Zeyn says:
    July 8, 2016 at 5:23 pm

    Looth akah aifaa eh nulibeyne.. she is all mine.

  43. aimin mau says:
    July 8, 2016 at 10:29 pm

    Thankxx aineen

  44. ... says:
    July 9, 2016 at 2:48 am

    Finally found a story which is unlike typical hindhi dramas.
    Eagerly waiting for the next part

  45. Saja says:
    July 9, 2016 at 3:33 pm

    Varah Salhi. I Lowe This Story. Can’t Wait To Read Next Part. ?
    ❤

  46. Manje says:
    July 9, 2016 at 11:46 pm

    Aiifa ,,, looth ,, leena ,, luyoon ,,, blue lady ge name ga cmmnt ekurany ekaku.. thanfukeh bodu varu dhw…hehe.. gamaarakas thidhen boduvaruge….. thi cmmnt kuri kuhjaa ah aharenge faraathun varah bokoh salaan??????

    1. LOL says:
      July 11, 2016 at 4:47 pm

      ??????????

  47. ladhun boa halaaaku says:
    July 10, 2016 at 6:05 pm

    Dhn thui vaan vegen loolu,Leena,aifa,aazima,looth,zeyn ah vegen comment khkhfa e thelhi baaalany… Thui vias thidhn Bodu varu… Kuraani kameh nethiiya nidhaa bala dhw moya nugovaaa… Bodu nuruhuhpaaneh mi kahala thui burinnaa hedhi

    1. LOL says:
      July 11, 2016 at 4:45 pm

      U should not be so rude…
      Aaaekey maa foni vegen ulhey group eh ves ebolhe….
      ????????

  48. Xaan says:
    July 11, 2016 at 9:24 am

    Koba story v kiyaahithun mi innany thankolheh avahah upkohdheeber

  49. Sal says:
    July 11, 2016 at 4:37 pm

    Story varah reethi..congrats on ur graduation layaaaaaaaaaaaal….
    ??????????

  50. Faathee says:
    July 11, 2016 at 6:04 pm

    Alhe waiting for new part ??

  51. Laisham says:
    July 12, 2016 at 12:17 pm

    Aharenge faraathun blue Lady ah varah salaam??

  52. Laisham says:
    July 12, 2016 at 12:20 pm

    Aharenge faraathun blue Lady ah varah ginain salaam he he

  53. faathun says:
    July 13, 2016 at 3:51 pm

    salhi story eh avahah up kohdhyba….

  54. Ifaa says:
    July 13, 2016 at 8:32 pm

    Haadha laheyy story up vaaleh…story hama vrh habeyysss… ????

  55. hmmm says:
    July 14, 2016 at 10:14 am

    Mivahaka ah inthizaarukohkoh halaku vanee. Pls avahah upkohdhyba….

  56. axamahtey says:
    July 14, 2016 at 12:27 pm

    Avahah story up kohdhybala

  57. Xaan says:
    July 14, 2016 at 1:58 pm

    Mivaahakaves nimunytha enme reethi vaahaka enmekiyaahihvaa hisaabun huttaalany si sad????

    1. layaal says:
      July 14, 2016 at 10:10 pm

      no dear. i had my graduation this week hence i took a break. so i’ll try to update in on this Sunday since i was very busy I havn’t written yet. so don’t worry. your favorite story will continue on Sunday onwards in sha allah. ❤️❤️

  58. azooo says:
    July 14, 2016 at 8:54 pm

    Mivaahaka nimmaaleetha? Vinthixaaru kurevihjje. Jawaabeh dheefaanantha?

  59. Faathee says:
    July 14, 2016 at 9:20 pm

    Layaal.. where are u dear. After this Saturday ge vaahaka tha bunee? V miss vey eba story

  60. layaal says:
    July 14, 2016 at 10:07 pm

    hey guys. i’ll update it on Sunday onwards in sha allah. sorry i have been really busy this week and thanks for the congratulations! i’m so happy you guys are waiting patiently. so in sha allah i’m trying to update it on Sunday. thanks for your support.
    love you all ❤️❤️

  61. Ishoo says:
    July 15, 2016 at 11:13 pm

    Waiting….waiting…waiting…..! ❤

  62. Noon says:
    July 15, 2016 at 11:46 pm

    Nyc

Comments are closed.

All Right Reserved!