“ޖާހަތު ތެދުވެބަލަ. ރުއިން ހުއްޓާލަބަލަ.” ޔާނާ އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި އެއަށްފަހު ޖާހަތު ތެދުކުރަން އަތް ދިއްކޮށްލިއެވެ. ޖާހަތު މޫނު ފުހެލުމަށްފަހު އަމިއްލައަށް ތެދުވުނެވެ. “އަހަރެންނަކަށް ނޭނގެ، ޔާނު ތިހެން ކަންތައް ތިކުރަނީ ކީއްވެކަމެއް. އެކަމަކު ޔާނުގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން ވާނެއެއްނު. އީމަން މަތިންވެސް ހަނދާން ނައްތާލީތަ؟ އެކަމަކު އެއީ ޔާނު ދެލޯ ނޭދި އެދުނު މީހާއެއްނު. އެއީ ޔާނުގެ އީމް އެއްނު.” ޖާހަތު ކުރީ ޝަކުވާއެވެ. ނަމަވެސް ޔާނާއަށް ޖާހަތުގެ ދުލުން އީމްގެ […]
އަހަރެން ޖަލީން އާއި އިނުމަކީ އެކަންކުރުމުގެ ފުރަތަމަ ފިޔަވަޅުކަން އަހަންނަށް ވިސްނުނީތީއެވެ. އަހަރެންގެ ގޭ ދޮރާއި ހަމަވި ވަގުތު އަހަރެން ހުއްޓުން އެރިއެވެ. އެތަން ބޭރު މީހަކަށް ފެނުނު ނަމަ އަހަންނަށް ދުވަހަކުވެސް ދޮރެއް ނުފެންނަ ކަމުގައި ހީވާނެއެވެ. އެވަރަށް އަހަންނަށް އެއާއި ދިމާލަށް ބެލެމުން ދިޔައެވެ. އެދޮރުގެ އަނެއްފަރާތުގައި އަހަރެންގެ އަންމި ހުންނާނެއެވެ. އަންމި އިންތިޒާރު ކުރަމުން ދާނީ އަހަރެންގެ އުފާވެރި މޫނަށެވެ. އަހަރެން އުފާވެފައި ޓެސްޓް ފަސޭހަކަމުގައި ބުނާ އަޑު އަހާލުމަށް އަންމި ހުންނާނީ […]
“ކިއާ.. އައިލަވްޔޫ..”ލޫހާން ބުނެލިއެވެ. “އައިލަވްޔޫ ޓޫ..” ކިއާ އަވަސް އަވަހަށް ބުނެލިއެވެ. ފެންކަޅިވެފައިވާ ދެލޮލަކާ އެކުގައެވެ. އޭނާ މިއަދު ހުރީ ވަރަށް އުފާވެފައެވެ. “ދިސް އިޒް ދަ ބެސްޓް ބާރތްޑޭ ގިފްޓް އެވާރ..” ކިއާ ލޫހާން ގެ ގައިގާ ބައްދާލިއެވެ. ދުވަހަކުވެސް ދޫ ނުކުރާނެމޭ ބުނާފަދަގޮތަކަށެވެ. “ވޯހްހްހްހްް…” ކައިލާން އާއި އެހެންކުދިން ހެމުން އެދެކުދިންނާ ދިމާކުރަން ފެށިއެވެ. “ސާބާހޭ.. ދެން ތިވަރަށް މާ ފަޅުވަން ފެށުމުން ކޭކުވެސް ހަލާކުވެދާނެ އެއްނު..ހެހެ..” ހުމާމް ބުނެލިއެވެ. “އަސްލު މީ ކޮންއިރަކު […]
*މިއީ ދަގަތަ ޕަބްލިޝަރސް ގެ ލިޔުންތެރިއެއް ކަމަށްވާ ޒާހީ ލިޔެ ނެރެފައިވާ ވާހަކައެއް. “މަންމައަށް ރަނގަޅަށް ހަޤީޤަތް އެގިހުރެ ވެސް ތިހެން ވާހަކަ ދައްކާތީ އަހަރެން ވަރަށް ދެރަވޭ… މަންމައަށް އެނގޭނެ އެކަހަލަ ވާހަކައެއް އިވުނަސް އަހަންނަށް އުނދަގޫ ވާކަން…” ޖެނީއަށް އަނެއްކާވެސް ރޮވުނެވެ. ނަސީމާ އެއަކަށް އެއްވެސް އެއްޗެއް ނުބުއްޏެވެ. އަށްއަހަރު ކުރީގެ މާޒީ ހަނދާންކުރާކަށް ނަސީމާ ވެސް ބޭނުމެއް ނޫނެވެ. ޖެނީ ހަމައަކަށް އެޅުވުމަށްފަހު ނަސީމާ އެކޮޓަރިން ނުކުމެގެން ދިޔައެވެ. ޖެނީއަށް އޭނާގެ ކަޅުމާޒީ […]
“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އަށް އެހެން ބުނެވުނީ ވަރަށް ވެސް އުނދަގުލުންނެވެ. ދެންމެ ދެންމެ ރޮވިދާނެހެން ހީވާން ފެށުމުން އޭނާ އަވަސް އަވަހަށް ފޯނުކަނޑާލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ހިފާލާފައިވިއެވެ. #~#~#~# ތާމިން އަށް އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކުރިމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު އޭނާގެ ދެލޮލުން ވަނީ ރޮނގަކަށް ކަރުނަ ފައިބައިފައެވެ. […]
ޖާހަތުމެން ގޮސްވަނީ ކާކޮޓަރިއަށެވެ. ސައިބުއިމާއިގެން މަޝްއޫލުވެފައި އިން ޔާނާ ފެނި އާއިޒުއާއި ޖާހަތުގެ ފިޔަވަޅުތައް ގަނޑުވިކަހަލައެވެ. “ޔާނު!!؟؟” ހައިރާންވެފައި ޖާހަތަށް ބުނެލެވުނެވެ. ޔާނާއަށް އަޑުއިވި އެދިމާއަށް ބަލައިލެވުނެވެ. “މިއަކީ ޒާންގެ އަންހެނުން. އިޔާނާ.” މަރީނާއަށް ޖާހަތުގެ އަޑު އިވުނު ނަމަވެސް ކުރިއަށް ޖެހި ޔާނާ ތަޢާރަފްކޮށްދިނެވެ. ޔާނާ ހިނިތުންވެލިއެވެ. ޖާހަތު މޭޒުކައިރީގައި މަޑުކޮށްލިއެވެ. އާއިޒުވެސް އިނީ ޔާނާގެ މޫނަށް ބަލާށެވެ. ޖާހަތު ފަރުވާތެރިކަމާއެކު ޔާނާގެ މޫނަށް ބަލައިލިއެވެ. ޔާނާއާ ވައްތަރުގޮތެއް ހުއްޓަސް ތަފާތުތަކެއްވެސް އެބަހުއްޓެވެ. ކުއްލިއަކަށް ދުރުން […]
“ހެލޯ އަބީ!” ނޫރު ހުރީ ނިކަން އަވަސް ކޮށްލާފަ އެވެ. އެވާހަކަ ބުނާ ހިތުން ކެތް މަދު ވެފަ އެވެ. “ހެލޯ، ކީކޭ ނޫރު؟” “ވަރަށް އެހެން ކަހަލަ ހަބަރެއް ލިބިއްޖެ.” “ކޮން ހަބަރެއް؟” “ކޮން އިރަކުން އަންނަނީ؟” “މާދަމާ ހެދުނުވެސް ދެވިދާނެ… ބުނެބަލަ.” “އައިމަ ބުނެވޭނީ…” “ހާދަ ވަރުގަދަ ވާހަކައެކޭ ދޯ… އޯކޭ ތިހެން ވިއްޔާ މިރޭ މިދަނީ.” “އާން، އަހަރެން ލީކްސްގަ އިންނާނަން.” އެހެން ބުނެފައި ނޫރު ފޯނު ކަނޑާލި އެވެ. އަދި އެތެރެއަށް […]
އެއީ ކާކުކަން ޝިކާއަށް ވިސްނުނު ހިނދު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ އޭނާ ހެއްޔެވެ؟ ކުރިއަށް ވުރެ އެ ހަށިގަނޑުގެ ބައިމަތި ފުޅާވެ ދޮން ވެފައިވީއިރު ތުނބުޅި މަތިމަސްވެސް ހުރީ ހިތްގައިމު ވަރަކަށް ދިގުކުރެވިފައެވެ. ލައިގެން ހުރި ނޫ ކުލައިގެ ގަމީސް ދަށަށް ޖަހައި އެއާ ގުޅޭ ގަދަ ފެހި ކުލައިގެ ޓައީ އެއް އަޅާފައި ހުރި އިރު އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެ އަސަރުގަދަ ދެލޯ އަދިވެސް ބަދަލެއް ނުވެއެވެ. އެއީ […]