ނުތަނަވަސް ކަމާއެކު ފާރުގައި ހުރި ގަޑިއަށް ބަލައިލީމެވެ. އަހަރެން ހާސް ވެފައިވާ ވަރުން ގަޑީގެ ކަށިތައް އާދަޔާ ޚިލާފަށް ބާރަށް އެނބުރޭހެން އަހަންނަށް ހީވަމުންދިޔައެވެ. “ދަރިފުޅާ، މަންމަ އަށް ހީވަނީ މިއަދު ދަރިފުޅު ކޮލެޖަށް ދާން ޖެހޭނީ ޓެކްސީ އެއްގައި ހެން” އަހަރެންނަކީ ޓެކްސީތަކާ މާ ރައްޓެހި މީހެއްނޫނެވެ. ނަމަވެސް އަހަންނަކަށް އެނޫން ގޮތެއް ނެތެވެ. ޓެކްސީ ސެންޓަރެއްގެ ނަމްބަރު ފޯނުން ހޯދާލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގަށް ފަހު ފޯނު ނަގައިފިއެވެ. “އައްސަލާމު ޢަލައިކުމް ރޯޒާވެލީގެ 23 […]
ހަނދަކީ އޭގެ ޒާތުގައި ފުރިހަމަކަމާއި ޝާއްބަކަން އެކުލެވިފައިވާ އެއްޗެކެވެ. އޭގެ ވިދާ ބެބުޅުމާއި އެކު އެއަށް ބަލާ ކޮންމެ މީހެއްގެ ހިތް އުފާ ކުރުވައެވެ. މޯޅިވެފައިވާ ހިތްތަކަށް ކުޑަނަމަވެސް ތަސައްލީ އެއް ގެނުވައިދެއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށް ކަޅު ވިލާގަނޑަކުން އެރީތި ހަނދު ފަރުދާ ކުރުވާ ޖައްވު އަނދިރި ކުރުވައެވެ. ބަލާމީހުންގެ މޫނު ތަކަށް ކުދި ރޫތައް އަރުވައެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދުގެ އަލިކަން ފަނޑުވެ އޭގެ ނަލަކަން ގެއްލެއެވެ. އެއާއެކު އިސާހިތަކު އަންނަ ނަލަ […]
“މިން… ބުނެބަ ދެން ތިބުނަން އުޅޭ ވާހަކައެއް… މިހާރު އެބަ ހިތް ތެޅޭ..” މިންޝާ އާއި ކައިލް ތިބީ ހޭންގްއައުޓް ކެފޭ ގެ މަތީބައިގައެވެ. މިންޝާ ވާހަކަ އެއް ބުނަން ބޭނުން ވެފައޭ ބުނީއްސުރެއް ކައިލް އަށް އަދި ހަމަޖެހުމުގެ ނޭވާ އެއް ނުލެވެއެވެ. “ކައި… ވަރަށް ދެރަވޭ މިވާހަކަ ބުނަން.. ބުނާނެ ގޮތެއް ވެސް ނޭންގޭ..” މިހުރިހާއިރު އިސް ޖަހައިގެން އިން މިންޝާ އިސް އުފުލާ ކައިލްއަށް ބަލާލިއެވެ. އެވަގުތު ކައިލްއަށް ހީވީ އޭނާގެ ހިތުގައި […]
ނަމަވެސް ސުމާގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ؟ މާޒިން އެހެން ސުމާ ގެންދިޔުމުގެ ބޭނުމެވެ. ސުމާ އަށް އަނެއްކާވެސް ދެރައެއްދޭންބާއެވެ. ސުމާގެ ކަންތަށް ކޮށްދޭ ކަމަށް ވާންހެއްޔެވެ؟ ރަނގަޅުމީހެއްކަން ދައްކަންހެއްޔެވެ؟ މާޒިން ސުމާގެ އަތުގައި ހިފައިގެން ހިނގައިގަތީ ސުމާ މަާޒިން ބުނެފިއްޔާ އޭނާގެ ފަހަތުން ނާންނާނެކަން އިނގޭތީއެވެ. މިވަގުތު އެދެމީހުންގެ މެދުގައި އޮތް ހަމަޖެހުމަށްވުރެ ކުޑަކުއްޖެއްގެ ފުރާނަ މުހިންމެވެ. ޒިން މުހިންމެވެ. މާޒިން ހިތްބިރުގަތީ މިހާރު ފެތުރިގެން އުޅޭ ޑެންގީ ހުމަށް ވެދާނެތީއެވެ. އަވަސް ފަރުވާއެއް […]
އަނެއްދުވަހު އިރު އެރީވެސް މާޒިންއަށް ނުނިދި ބެލްކަނީގައި އޮއްވައެވެ. ފަތިސް ނަމާދުކޮށްލުމަށްފަހު ގައިވެސް ބެލްކަނީގައި އޭނާ އޮތީ ހިތްވަރެއް ލިބޭތޯއެވެ. ސުމާގެ ކުރިމައްޗަށް އަރާއިރު އޭނާގެ ހިތް ކޮންޓްރޯލް ނުވެދާނެތީއެވެ. ރޭގައިވެސް އައި ރުޅީގައި ސުމާއާއި ދިމާލަށް ވަޅި ދިއްކޮށްލެވުނެވެ. މާޒިން އެކަމާވެސް ވަރަށް ވިސްނިއެވެ. އެއީ އޭނާ ކޮށްގެންނުވާނެކަމެކެވެ. ކުރިމަތީ އޭނާ ކިތަންމެ ރުޅިއަންނަ މީހަކު ވިޔަސްހެވެވެ. ސުމާ ހެނދުނާއި ތެދުވެލުމަށްފަހު ފަތިސް ނަމާދުކޮށްލާ ނިދާފައި އޮތް ޒިންއަށް ގޮވާލިއެވެ. ޒިން ހުންނާނީ ބަނޑުހައިވެފައި […]
އެގަނޑު ކިޔަމުން ދިޔައިރު ލޫތްގެ ލޮލުން ކަރުނަ ބަބުޅަމުން ދިޔައިރު އޭނާގެ ކަތުރުކަށިގަނޑު ބާރުކޮއްލެވިފައިވާ ވަރުން އިންތިހާއަށް ރުޅި އައިސްފައި ހުރިކަން ހާމަވެއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އެ ގަނޑަށް ފޭދިގެން ދިޔައިރު އޭނާ ދެލޯ މަރާލިއެވެ. އެ ބާރުގަދަ އަތުގެ ތެރެއަށް އެ ގަނޑު ބޮނޑިވެގެން ދިޔައިރު ލޫތްގެ ހަރުކަށި އަޑު މުޅިތަނަށް ގުގުމާލިއެވެ. “ލީނާ!!!” ލޫތްގެ އަޑަށް ލީނާ ސިހިފައި އަތުގައި އޮތް އޫ ވެއްޓުނު އިރު އާލާ ބިރުން ކޮށިއެރިއެވެ. އެންމެން އެއްފަހަރާ […]
“ޝިކާ…… އައި ލަވް ޔޫ….” ދެލޯ މަރާ ފިއްތާލަމުން ލިވާން ބުނެލިއެވެ. އެވަގުތު ޝިކާ ގެ ދެލޯ ބޮޑު ވެގެން ދިއައެވެ. އަދި ހައިރާންކަމާއެކު ލިވާން އާ ދިމާ ބަލަމުން ގެންދިއައީ އެ އިވުނު އަޑާ މެދު ޔަޤީންނުވާ ފަދަ ގޮތަކަށެވެ. “ކީކޭ؟ ނޭނގުނު ބުނި އެއްޗެއް…” ޝިކާ ލަސްލަހުން ބުނެލިއެވެ. އެއާއެކު ލިވާން އަނެއްކާވެސް އޭނާގެ ބަސްކޮޅު ތަކުރާރު ކޮށްލިއެވެ. “ޝިކާ… އައި ލަވް ޔޫ….” ލިވާން ބުނެލިއެވެ. އޭރު އޭނާގެ ހިތް ދިއައީ ބާރު […]
ޒާންއާއި ހުމަޔޫންގެ އިތުރުން އާއިޒު ތިބީ ޒާންމެންގެ ގޭގެ ފާރުބުރިމަތީގައެވެ. ޒާން އިނީ ޝިޔާމް ގުޅުމުން ވާހަކަ ދައްކާށެވެ. ހުމަޔޫންއާ އާއިޒު ތިބީ އަޑުއަހާށެވެ. “ކީކޭތަ ޝިޔާމް ބުނީ؟” ފޯނު ބޭއްވި ޒާންކުރެން އާއިޒު ސުވާލުކޮށްލިއެވެ. “މިރޭ އެގޭގަ އޮތް ހަފްލާއަކަށް ދަޢުވަތު ދިނީ. ބުނީ ވަރަށް ހާއްސަ ހަފްލާއެކޭ. އެހެންވީމަ ކޮންމެ ހެނެއްވެސް އައިސްދޭންވާނެޔޭ.” ޒާން ބުނެދިނެވެ. “އަނެއްކާ ކޮންކަމެއްބާ؟” އާއިޒު ކަންބޮޑުވިއެވެ. “ހާސްނުވޭ އާއިޒު. އެތަނުގަ ޒާން ހުންނާނެއެއްނު. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ހުމަޔޫން […]
“ގުޑް..” ހިތަށް ބުނެދޭން ނޭގޭހާ ހިތްހަމަޖެހުން ލިބުނެވެ. ނާއިދު ވާހަކަ ދައްކަންފެށިއެވެ. ޝާޔަންއަކީ އެމީހުންގެ އަވަށްޓެރިއެއްކަމާއި އެންމެންނާއި ގުޅޭ ކުއްޖެއް ކަމަށް ބުނުމުން ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ނާއިދުގެ ވާހަކައިން އަހަރެންނަށް ލިބުނު ހައިރާންކަންވީ އިތުރެވެ. “ތިބުނާ ވީޑިއޯއެއް އަހަރެން ބޭނުން؟” އެ ވީޑިއޯއިން ކޭސްއަށް އިތުރު ކުރިއެރުމެއް ލިބިދާނެއެވެ. ރިޔާޒު އޭނަގެ ފޯންނަގާ ވީޑިއޯ ދައްކާލިއެވެ. އެއީ ނާއިދުމެން ދިރިއުޅެމުންދާ އެޕާރޓްމެންޓުގެ ބެލްކަނީގައި ނަގާފައިވާ ވީޑިއޯއެކެވެ. ވީޑިއޯއިން ޝާޔަންމެންގެ ބެލްކަނި ވަރަށް ސާފުކޮށްފެނެއެވެ. އަހަރެންގެ ނަޒަރު ހުއްޓާލީ […]