Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 18 (ފަހުބައި)

Ryn
July 6, 2016
5 Mins Read
106 Views
31 Comments

 

“ނޯ… ނޯ ރިޝް….” ސުމާ ގޮވަންފެށިއެވެ. ނަމަވެސް އެ އަޑެއްނުނިކުތެވެ. އޭނާގެ އަނގައިގައި ރިޝްފާން ހުރީ ވަރަށް ބާރަށް ހިފަހައްޓާފައެވެ. ރިޝްފާ ދޫކޮށްލަން އުޅުނު ޒިންގެ ހަށިގަނޑުގައި ހިފައި މީހަކު ދަމައިގަތީ ހަމަކުށްލިއަކަށެވެ. ފަހަތުގައި ތިބި ސުމާއާއި ރިޝްފާންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ޒިން ހިމާޔަތްކުރަމުން ޒިންގައިގާ އޮޅުލައިގަތް މާޒިން ފެނި ސުމާގެ ހަށިގަނޑަށް ނޭވައެއް ލެވުނުކަހަލައެވެ. މާޒިން ރިޝްފާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ރިޝްފާގެ ގައިގާ ޖަހާލީ އައި ރުޅިއެއްގެ ސަބަބުންނެވެ. ރިޝްފާ ތިރިއަށް ވެއްޓުނެވެ.

ރިޝްފާން ވަގުތުގެ ބޭނުންހިފައި ސުމާ ގޮވައިގެން ފަހަތަށް ހިނގައިގަތެވެ. ކޮނޑުމަތީ ނިދިފައި އޮތް ޒިން ރަނގަޅުކޮށްލުމަށްފަހު މާޒިން ރިޝްފާންއާއި ދިމާލަށް ގޮސް އޭނާގެ ދިގު ބުޅި އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. އަދި ސުމާއާއި ދުރަށް ލެވޭތޯ ބެލިއެވެ. ނަމަވެސް ރިޝްފާންއަށް ލިބޭ ކޮންމެ ކުއްލިއަކާއި އެކު ސުމާގެ އިސްތަށިގަނޑަށް ރިޝްފާން ދަމައިގަނެއެވެ. ސުމާ ގެ އިސްތަށިގަނޑަށް ލިބުނު ބާރު ކުއްލިއަކާއި އެކު އޭނާ އަށް ހަޅޭލަވައިގަނެވުނެވެ. މާޒިން ސުމާއަށް ބަލައިލުމަށްފަހު ރިޝްފާންގެ މޫނުމަތީ ޖަހާލިއެވެ. ދެތިން ބޮޑި އަޅާލުމާއި އެކު ރިޝްފާން ސުމާގެ ގައިން ދޫކޮށްލިއެވެ. ސުމާ ހުރިތަނަށް ތިރިވެވުނެވެ. މާޒިން އަވަސް އަވަހަށް ސުމާ ނަގައި އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ.

އަޑުގަދަވެގެން ސުމާގެ ގެއަށް އައި ރިލްވާންއަށާއި މިޝްޔާއަށް އެ މަންޒަރު ފެނި އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ރިލްވާން ތަޅުންގަނޑުމަތީ އޮތް ރިޝްފާން ނެގިއެވެ. މިޝްޔާ ރިޝްފާ ނެގުމަށްފަހު ދެމީހުން އެކީ އެމީހުން ގޮވައިގެން ތިރިއަށް ފައިބަން ދިޔައެވެ. ދެމީހުން ތިބީ ރަނގަޅަށްވެސް މަސްތުވެފައެވެ. އެމީހުންނަށް ކަންތަށްކުރަންވީ ގޮތް ނިންމާނީ ޕޮލިހުންނެވެ.

ސުމާ މާޒިންއަށް ބަލައިލުމަށްފަހު އަވަސް އަވަހަށް މާޒިންގެ އަތުން ޒިން ނެގިއެވެ. އަދި ޒިންގެ އެތަން މިތާ ބޮސްދޭންފެށިއެވެ. މާޒިންއަށް ސުމާ ރޯތަން ބަލަން ކުޅަދާނަ ނުވުމުން ސުމާ ގައިގާ ބައްދައިގަތެވެ. މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން އެދެމައިންވެސް ސަލާމަތްވީއެވެ. ސުމާއަށް މާޒިންގެ އަތުގެ ހިމާޔަތްކަން ލިބުމުން އިތުރަށް ރޮވުނެވެ. “ޝްޝް.. ސުމްކޮ… މިހާރު ހުރިހާ ކަމެއްވެސް އޯކޭ ވެއްޖެއޭ.. ދެން ހުއްޓާލާ.. ދެން ނުކެރޭނެ އެކަހަލަ ކަމެއްވާކަށް…” މާޒިން ސުމާ ހިތްހަމަޖެއްސޭތޯ އުޅުނެވެ. މާޒިންގެ އެދުމުގެ މަތިން ސުމާ ނިދާފައި އޮތް ޒިން ކޮޓަރީގައި ބާއްވާލިއެވެ. ޒިން ކައިރިން ދުރަށް ދާން ބޭނުންނުވާތީ ސުމާ ޒިންގެ މަގަތުގައި ޒިންގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ސުމާ ސިހިފައި ފަހަތްބަލައިލީ ކޮނޑުގައި މީހަކު އަތްލުމުންނެވެ. މާޒިން ފެނުމާއި އެކު ސުމާ ގެ ކަރުނަތަށް ތާޒާ ވެ އަލުން ރޮވެންފެށުނެވެ.މާޒިން ސުމާކައިރި އިށީނދެލިއެވެ. “ސުމްކޮ.. ބުނީމެއްނު ނުރޮންޗޭ.. އަސްލު ނަސީބެއް އާދެވުނުކަން އެހެންނޫންނަމަ…. ނޭނގެ ކިހިނެއްކަން ވާނީކީވެސް.. ސުމްކޮ އާއި މެދު އަބަދުވެސް ނަފްރަތު ކުރެވުނިސް ކަންނޭނގެ.. މި މިސްއަންޑަސްޓޭންޑިން އިން ނުވެސް ނިކުމެވުނިސް ކަންނޭގެ..” މާޒިން އެހެން ބުނެލުމަށްފަހު ސުމާގެ ގައިގާ ބައްދާލިއެވެ.

ސުމާ ދެލޯ މަރާލައިގެން މާޒިންގެ ކޮނޑުމަތީ އޮތީ މާޒިން ދައްކަމުން ދިޔަ ވާހަކަ އަޑުއަހާށެވެ. “ސުމްކޮ… މިހުރިހާ ދުވަހު ރިޝްފާ ދައްކަމުން ދިޔަ ވާހަކަތަކުގެ ހަޤީޤަތް ނޭނގުނަސް އޭނާ އަކީ ކިހާ ނުބައި ކުއްޖެއްކަން އިނގިއްޖެ.. ސުމްކޮ ތީ މީހެއްގެ އަނބިއެއްކަމުގައިވިޔަސް ވަރިވެފައި ހުއްޓަސް ކިތަންމެ ނުބައިކޮށް އުޅުނަސް.. އައި.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް..” މާޒިން ސުމާގެ ގައިގާ އިތުރަށް ބައްދާލަމުން ބުނެލިއެވެ.. ސުމާއަށް އެހާ ހިތްހަމަޖެހުމެއް މިއިން ޒާމާނަކުވެސް ނުލިބުނެވެ.. އަނެއްކާވެސް ސުމާއަށް ރޮވުނެވެ. މަރާލެވިފައި އޮތް ދެލޮލުން ކަރުނައިގެ ނިމުމެއްނެތެވެ.

“ސުމްކޮ…. ކިހިނެއްވީތަ މިހުރިހާ އަހަރު؟ ރިޝް ބުނީ.. ރިޝް ބުނީ ސުމްކޮ މެރީ ކުރީއޭ… އެން ބޭބީ ޒިން….” މާޒިން ހުއްޓާލިއެވެ. ސުމާ ވަގުތުން މާޒިންއާއި ދުރަށްޖެހިލިއެވެ. “ޒިން… ޒިން އެކަން ޤަބޫލުކޮށްފާނަންތަ؟ ދެޓް އައި އޭމް ސޯ ޗީޕް އެން ޒިން ދެކެ ލޯބިވެފަ ވެއިޓްކުރާނަމޭ ބުނި އިރު އެހެންކުއްޖަކާ ގުޅެފާނޭ؟؟” ސުމާ އަހާލީ މާޒިންގެ ދެ ލޮލަށް ބަލަން އިނދެއެވެ.

ދޮރުމަތީ އެމަންޒަރު ބަލަން ތިބި މިޝްޔާ އާއި ރިލްވާންގެ މޫނުމަތީ ވަނީ ހިނިތުންވުމެކެވެ. “ރިލޭ…..!” މިޝްޔާ ރިލްވާންގެ ކޮނޑުގައި އަތްއަޅާލިއެވެ. “ދޮންބެދައްތާ… ސުމްކޮ އުފަލަކު ނޫޅޭނެ ލޯބިނުވާމީހެއްކައިރިއަކު.. ސޯ ލެޓްސް ޖަސްޓް ފޯރގެޓް.. ސުމްކޮ ގެ އުފަލަކީ ހުރިހާވެސް އެއްޗަކީ…” ރިލްވާން ބުނެލިއެވެ. މިޝްޔާ ބޯޖަހާލުމަށްފަހު ރިލްވާންއާއި އެއްވަރަށް ހިނގައިފައި އެތަނުން ނުކުމެލިއެވެ.

މާޒިން ސުމާ ބުނި އެއްޗެއްގެ ސަބަބުން ހިނިތުންވެލިއެވެ. “އެހެންވެ.. ހަމަ އެހެންވެ މި އައީވެސް… ސުމްކޮއަށް އަދިވެސް ޓްރަސްޓްކުރެވޭތީ…. އައީމަ އިނގިއްޖެ މީ އަދި ތެދު ނޫންކަން..” މާޒިން ބުނެލިއެވެ. ސުމާ ބޯޖަހާލިއެވެ. “ބޭބީ ޒިން އަކީ ދޮންތަގެ ބޭބީ.. ދޮންތަ…. ވިހޭތަނުން….” ސުމާއަށް ރޮވުނެވެ. މާޒިންއަށް ވީ ގޮތް ގާތްގަނޑަކަށް އިނގުނުފަދައެވެ. “ދޮ..ދޮންތަބެވެސް… ޝޮކެއްޖެހިފަ އެވަގުތު ހަމަ ނިޔާވި…. އެއަށްފަހު ސުމް އައީ ބޭބީ ބަލަމުން… ހީކުރީ މާޒިން ނުލިބޭނެ އެކަމް މާޒިން ކަހަލަ ކުއްޖެއް ކައިރި ބެހެއްޓިދާނޭ….” ސުމާ ބުނެލިއެވެ. މާޒިން ސުމާގެ ކަރުނަތަށް ފޮހެލިއެވެ. “އެން ޔެސް މާޒިން އެކޭ އެއްގޮތަށް އުޅެނީވެސް.. ދޯ ސުމްކޮ..” މާޒިން ބުނެލީ ކުޑަ ކުޑަ ޒިންއަށް ބަލައިލުމަށްފަހުގައެވެ. ސުމާ ބޯޖަހާލަމުން ހޭންފެށިއެވެ. “އެއްކަލަ ދުވަހު އެހެން އެއްޗެހި ކިޔުނީމަ ސޮރީ. އެދުވަހު ފެނުނީ ސުމްގެ ފޮޓޮއެއް.. އެން ބޭބީ ޒިން ބުނީ އެއީ ބައްޕިއާއި މަންމިއޭ.. އެހެންވެ އަސްލު ރުޅިއާދެވުނީ އަމް ސޮރީ..” މާޒިން ބުނެލިއެވެ. ސުމާ މާޒިންއަށް މާފްކުރިއެވެ. “ޒިންއަކަށް ނޭނގޭނެ މީ އަދި ޒިންގެ މަންމަ ނޫންކަން އަސްލު ބޭނުމެއްނޫން އަންގާކަށްވެސް އެކަމް ނޭނގެ ދެން އެދުވަސް ޖެހުނީމަ ބުނަންޖެހޭނެ ދޯ؟” ސުމާ ބުނެލިއެވެ. “ޔެސް! ބޭބީ ޒިންއަށް ވެސް އިނގެންޖެހޭނެ އަސްލު މަންމައަކީ ކާކުކަން…. އަބަދަކު ހަޤީޤަތެއް ނުފޮރުވޭނެދޯ.. އެކަމް ޔަޤީން ކޮންމެގޮތަކަށް ވިޔަސް ސުމްކޮ ހަމަ މަންމައެއް ގޮތުގައި ޒިން ބަލައިގަންނާނެކަން..” މާޒިން ބުނެލިއެވެ.

“ދެން ވަރަށް އުނދަގޫ ޒިން ޒިން ކިޔަން.. އޭނާވެސް ކިޔަނީ ޒިން… ޒިންވެސް ކިޔަނީ ޒިން… އެން ސުމް ހަމަ ބޯގޮވާނެ..” ސުމާ ބުނެލިއެވެ. އެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. މާޒިން ހޭންފެށިއެވެ. “ތިބުނީ ދެން އުޅޭނީ ޖޫނިއަރ ޒިން ގޮވައިގެން ސީނިއަރ ޒިން ކައިރިއޭތަ؟” މާނަ ފުން ގޮތަކަށް މާޒިން އެހެން ބުނެލުމުން ސުމާ އިސްޖަހާލިއެވެ. އޭނާއަށް ބުނެވުނު އެއްޗާއި މެދު ލަދުގަނެވުނެވެ. ސުމާ ލަދުން އަމިއްލަ ތުންފަތުގައި ދަތްއަޅާލިއެވެ. މާޒިންއަށް ސުމާގެ އެ އާދަ ކަމުދިޔައެވެ. އެހެންކަމުން އިތުރަށް ސުމާ ލަދުގަންނުވަން ފެށިއެވެ.

“ބައިދަވޭ…. އައި ތޯޓް ބުރުގާ އަޅައިގެންކަމަށް ސުމްކޮ އުޅެނީ…” މާޒިން ބުނެލުމާއި އެކު ސުމާ ދެލޯ ބޮޑުކޮށްލާފައި މާޒިންއަށް ބަލައިލިއެވެ. މާޒިން ދެބުމަ ހިއްލާލީ ހެމުން ހެމުންނެވެ. ސުމާ އެ ހައިރާންކަމުގައި އޭނާގެ ހާވާލެވިފައިވަ ފަން އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ.  ސުމާ ލަދުން ރަތްވިއެވެ. ވަގުތުން މާޒިންގެ ދެލޮލުގައި އަތްއެޅިއެވެ. “ނޯ ޒިން އައި ހޭޓް ޔޫ ދެން ނުވާނެ ލޯ ހުޅުވައިގެން އެބަ އަންނަން ސީރިއަސްކޮށް އިނގޭ..” ސުމާ ބުނެލިއެވެ. މާޒިން ހޭންފެށިއެވެ. “ވާންއުޅޭ އަނބިމީހާ ބުރުގާ ނާޅަ ހުއްޓާ ފެނުނަސް އެއީ މައްސަލައެއްނޫނޭ..” މާޒިން ބުނެލިއެވެ. “ދެންންން ނޯ ޒިން ނުހުޅުވާތި ޕްލީސް..” ސުމާ އެ އިންގޮތަށް އިނދެ ބުނެލިއެވެ. މާޒިން އޯކޭ ބުނެލުމުން ސުމާ މާޒިންގެ ދެލޮލުން އަތް ނަގައިލުމަށްފަހު ބުރުގާ ހޯދާލިއެވެ. ބުރުގާ އެޅުމުގެ ކުރިން އޭނާގެ ފަން ދިގު އިސްތަށިގަނޑު ގައި ހުޅިއެއް ޖަހާލުމަށްފަހު ސުމާ ބުރުގާ އަޅާލިއެވެ. އެއަށްފަހު މާޒިން ކައިރިއަށް އައެވެ. “ދެން ހަމަ އަސްލުވެސް އިތުރަށް ލަދުގަންނުވަންޏާ ޖަހާނަން..” ސުމާ ބުނެލީ މާޒިން ލާނެއްފާޑަކަށް ހޭތަން ފެނިގެންނެވެ.

“ސުމާ އަސްލުމާރީތި ބުރުގާ އެޅީމަ އެކަމް ބުރުގާ ނާޅަ ހުރީމަ ވަރަށް… އެހެމް..” މާޒިން ބުނެލިއެވެ. ސުމާ މާޒިންގެ ކޮނޑުގައި ޖަހާލިއެވެ. “އައި ހޭޓް ޔޫ ސީރިއަސްކޮށް..” ސުމާ ބުނެލިއެވެ. އޭނާގެ ކުރީގެ ގޮތްގަނޑު އޭނާއަށް ލިބުނުފަދައެވެ. “ބަޓް އައި ލަވް ޔޫ” ސުމާ މާޒިންއާއި ކައިރިކޮށްލަމުން އޭނާ ބުނެލިއެވެ.

އޭގެ އަނެއްދުވަހުވެސް ސުމާ ހޮސްޕިޓަލަށް ނުދިޔައެވެ. ކަންތަށް ވެދިޔަގޮތުން އޭނާ ހުރީ ބިރުގަނެފައެވެ. މާޒިން ސުމާ އާއި ޒިން ގޮވައިގެން ގެއަށް އައީ އެންމެންނާއި ބައްދަލުކުރުވާށެވެ. މާރިޔާއަށް ސުމާ ފެނިފައި އިރުކޮޅަކު ސުމާ ގެ މޫނަށް ބަލަންހުއްޓެވެ. “މަމް.. މީ ސުމާ.. މަންމަ ހަނދާންވޭތަ… ސުމްކޮ މަތިން…. އަޅުގަނޑުގެ ސުމްކޮޅާ..” މާޒިން ބުނެލިއެވެ. މާރިޔާއަށް ވަގުތުން ސުމާ އެއީ ކާކުކަން އިނގި ސުމާގެ ގައިގާ ބައްދާލާހަދާލިއެވެ. “ވަރަށް ދެރަވި ބައްޕަ ނިޔާވި ވާހަކަ އިވުމުން އެވަގުތު ދައްތަ ހުރީ ރާއްޖެއަކު ނޫން އެހެންވެ ނާދެވުނީ… ” މާރިޔާ އަހާލިއެވެ. ސުމާ ހިމޭންވިއެވެ. ޒިންއާއި ދިމާލަށް ބަލައިލިއެވެ. “މަމް ތި ހުރިހާ ވާހަކަ ނުދައްކަ މީނަ ކުޑަ ކުޑަ ޖޫނިއަރ އާއި ބައްދަލުކޮށްބަލަ.. މީވެސް މާޒިންއެކޭ ދޯ..” މާޒިން ޒިން ނަގައި މާރިޔާގެ އުނގަށް ލިއެވެ. ޒިން ލައްބައޭ ބުނެލިއެވެ. މާރިޔާ އާއި ޒިން ކައިރިވެލިލެއް އަވަހެވެ.

މާޒިން ސުމާގެ އަތުގައި ހިފައިގެން މައްޗަށް އަރައިގެން ދިޔައީ އެއްޗެއް ދައްކަންށޭ ބުނެފައެވެ. ސުމާ މާޒިންއާއި އެއްވަރަކަށް އަރަމުންދިޔައެވެ. އެމަންޒަރު ބަލަން އިން މާރިޔާ އިތުރަށް ހިނިތުންވެލިއެވެ. ރޭގައި ހިނގި ހާދިސާ ރަނގަޅަށްވެސް މާޒިންވަނީ މާރިޔާއަށް ކިޔައިދީފައެވެ. އަދި މިހުރިހާ ދުވަހު ވީ ކަންތަސްވެސްމެއެވެ. ނަމަވެސް އެކަން ނޭނގޭކަމަށް ހަދަން މާރިޔާ ކައިރި މާޒިން ބުނެލިއެވެ. މާރިޔާ ފޯނުން މާހާ އަށް ގުޅާލިއެވެ.

…

“ސުމް… ބަލަ މީ ކޯޗެއްކަން..” މާޒިން ކަބަޑުން ނެގި ސުމާގެ ކެވެލި ފަށްކޮޅު ދައްކާލިއެވެ. ސުމާގެ ދެލޯ ބޮޑުވިއެވެ. “ކޮންތާކުން ޒިންއަށް… އޯ މައި ގޯޑް މި ހޯދަ ހޯދާ… އައި ވޯސް ސޯ ސްކެއާރޑް..” ސުމާ ބުނެލިއެވެ. މާޒިން ހިނިތުންވެލުމަށްފަހު އެ ލިބުނު ގޮތް ކިޔައިދިނެވެ. “އެއަށްފަހު ތި މަތިން ނެތް ހަނދާނެއްވެތް.. ރޭގައި ހަނދާންވީ.. ކުރިން ތި މަތިން ހަނދާންވިނަމަ ހިއެއްނުވެ ރިޝް ދެއްކި ވާހަކަ ޤަބޫލުކުރެވުނީހެއް..” ސުމާގެ އަތުގައި އެ ކެވެލިކޮޅު އަޅައިދެމުން މާޒިން ބުނެލިއެވެ. ސުމާ އެ ކެވެލިކޮޅުގައި ތުންފަތް ޖައްސާލިއެވެ. “އަސްލުވެސް ވަރަށް ދެރަވި މި ނުފެނުނީމަ..” ސުމާ ބުނެލިއެވެ. “އަނެއްކާވެސް ތި ލިބުނީނު ދޯ ދެން ނޯ މޯރ ދެރަވުން..” ސުމާގެ ގައިގާ ބައްދާލަމުން މާޒިން ބުނެލިއެވެ.

“އެހެމް އެހެމް…” ދެމީހުން ސިއްސައިގެން ގޮސް ފަހަތަށް ޖެހެވުނީ މީހަކު ކަރުކެހެލިއަޑަށެވެ. ދޮރުމަތީ ހަށަންބަނދެލައިގެން ފުޅާ ހިނިތުންވުމަކާއި އެކު ހުރި މާހާ ފެނި މާޒިން ބޯކަހާލިއެވެ. “އޯ މައިގޯޑް… ސުމް ނުބުނަންޗޭ ނޭނގޭ މީ ކާކު ކަމެއް؟؟” ސުމާ ބަލަން ހުރި ގޮތުން މާހާ ބުނެލިއެވެ. “ޓިކް ޓޮކް ޓިކް ޓޮކް…މާޒިން އިޒް އަ ޑައިނަސޯރ ފްރޮމް އަވަރ އިމެޖިނޭޝަން..” މާހާ ރާގަކަށް އެހެން ބުނެލުމާއި އެކު ސުމާ ދެލޯބޮޑުކޮށްލިއެވެ. “އެން ވެން ހީ ލުކްސް ޓޯލް.. ހީ އިޒް ވަޓް ވީ ކޯލް އަ ޑޮންކީ ސެންސޭޝަން” ދެމީހުން އެއްފަހަރާ އެހެން ބުނެލުމަށްފަހު އެކަކު އަނެކަކު ގައިގާ ބައްދައިގަތެވެ. “އަދިވެސް.. މާއްކޮ ޕްލީސް.. ޝީ އިޒް ނައު މައި ވާން އުޅޭ ވައިފް.. ސޯ ޑިސްޓޭންސް..” މާޒިން މާހާއާއި ސުމަ ދުރަށް ލަމުން ބުނެލިއެވެ. “އޯވްވްވްވް…. ވައިފް……. ވާން އުޅޭ ވައިފްފް… ހުމްމް ދުވަސްގަނޑަކަށްފަހު… ދެން ޓީސް ކުރެވޭނެއެއްނު ޒިންގަނޑަށް..” މާހާ ބުނެލީ މާޒިންގެ ކޮލުގައި ހިފާލަމުންނެވެ. “ސުމްކޮގެ ކެވެލިކޮޅު ލިބުނީއްސުރެ ހީވަނީ ފަޔަށް ހިނިއަރައިގެން އުޅުނުހެން… ސުމްކޮ އެބައުޅެއޯ ބްލާ ބްލާ.. ދެން ސުމްކަން އިނގުނުފަހުންވެސް ހުރި ކަންތަށް..” މާހާ ބުނެލިއެވެ. “ޝަޓް އަޕް އެން ޖަސްޓް ގޯ. ފަހުން ޓީސް ކުރޭ..” ސުމާ އާއި ދިމާލަށް ބަލައިލާފައި މާޒިން ބުނެލީ މާހާ ކައިރި އެވެ. މާހާ ހޭންފެށިއެވެ.

ދެމީހުން ކައިވެނި ނިމިގެން ދިޔައީ ދެމީހުންކުރި އިންތިޒާރުގެ ނިމުން ފޮނި ކޮށްލާފައެވެ. އަދި ޒިންއަށް އޭނާ އެންމެ ލޯބިވާ “ބޭބެ” ބައްޕައެއްގެ މަޤާމުއި އުމުރަށް ލިބިގެންނެވެ.

ނިމުނީ

އުއްމީދަކާއި އެކު އުޅުނީ

ހަނދާންތަކާއި އެކު ދިރިހުރީ

ތިޔަ ލޯބިން ހިތް ފުރީ

ތިޔަ ބަސްތަކޭ ހަނދާންވަނީ

އިންތިޒާރުގައި ހުރިން

އިންތިޒާރުގައި ހުރިން..

128
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(ފަހު ބައި..)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 65

Next
July 7, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 65

Previews
July 6, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(ފަހު ބައި..)

31 Comments

  1. Ryn says:
    July 6, 2016 at 11:59 pm

    hey guys sorry for being very very late.. was enjoying the eid night lol.. sorry ingey again.. tc n hope mi part vx like vaane kamah.. n i have soooo manyy stories.. i will start to upload one soon 😉 keep waiting for that.. n thnkxx hurihaa kudhin ah mi story like vi n comment kuri n kiyaa kudhin ah vx.. n thnkxx for the support.. tc c u luv u all

  2. Shaai says:
    July 7, 2016 at 12:13 pm

    Run story hama v rythi. Nimun v furihama. Tnks thikuri hihvarah. .

  3. Anonymous says:
    July 7, 2016 at 12:30 pm

    Ryyynuuuuuu vvvvvvvvvvvv salhi saphi mi stry.. I jst luvvvd ths one.. Awwwwn finally xinko n sumko gulhunydhw 😛 hehehee.. N i luvvvvv bby xin.. adhivx beynun mi kahala lwbi lwbi baivaru baivuru stries ryn ge.. Huh reyga cmmnt kuran ulhe ulhe cmnt gandu vx nukurevun adhi.. 🙁 …. Misss U alottt cutie 🙂 ..hehe..tvgc.. N eid mubaarak

  4. Appy says:
    July 7, 2016 at 12:35 pm

    Yeyy finally maaXIN n sumko libunyyo. ..hehe story v v v salhi nimun vx .n hope avahahh ehen story eh kiyan libeynekamah

  5. ina says:
    July 7, 2016 at 12:36 pm

    Huuuuuuh.. Rynn thtx me ingey.. Nme jahan hndhrn nethuny.. *grin* ..o godd *salhi *baivaru 😉

  6. RY says:
    July 7, 2016 at 12:45 pm

    Wow vrh nice.. Ekm vrh sad ve story nimunyma.. 🙁 Looking forward to read another story frm u Ryn… All the best 🙂

  7. RY says:
    July 7, 2016 at 12:48 pm

    Wow vrh nice story.. Ekm vrh sad story nimunyma. 🙁 Looking forward to read another story frm u Ryn.. All the best 🙂

  8. RY says:
    July 7, 2016 at 12:51 pm

    Wow story vrh nice.. Ekm vrh sad story nimunyma.. 🙁 Looking forward to read another story frm u Ryn.. All the best 🙂

  9. Sienna says:
    July 7, 2016 at 1:21 pm

    Wow! Ryn…. varah rythi… Varah rythi…. 😉 Mi vaahaka hama habeys… Sienna love you and your stories….

  10. naaanu says:
    July 7, 2016 at 1:53 pm

    Urrrrrgh…comment kuran ulhe lhe varubali vejje…ok lemme start.yo ryyyn.finally e dhe kudhin lives happily ever after dho.ahahah lol.ey varah saaalhi ey ingey story ekamu maa avahy nimmileh.ahahahavahah nunimmias bunaane dho dhen nimmaalaashey….v salhi dhen sumko ge life .hihdhathi viyas.maazin ei aslu myheh nama dho naanu maazin aa marry kuran.lol ?and tes ryyn ge aneh story thah kiyaa hithun mihaaru feeling kehmadhuvanings…hihihi ,??for the timebeing naanu says bye to ryyn ..ok v salhi mivaahaka .???

  11. Marsh says:
    July 7, 2016 at 2:25 pm

    Haadha avahah e nimunyyyy…. kada. ..

  12. Dunya says:
    July 7, 2016 at 3:51 pm

    Ninth Haas kaaku nudhay

  13. Purplish says:
    July 7, 2016 at 4:47 pm

    Oh my god ryn
    It’s awesome
    I am speechless
    Waiting for the next stories of u love you ryn

  14. Farunayyaneekurubaru halunainuwaaeynaa says:
    July 7, 2016 at 4:49 pm

    Kamaku nudhey Kuda zin maraalan shey jeheyny Warah foohi

  15. Maalu says:
    July 7, 2016 at 6:24 pm

    wowwwwwwww ????? i love itttttttt… vvvvvv reeethiiiiiiii… awsomeeee…. ryyn u r the best… srry kurin part thaka reply nukurevunyma …. missss u alotttttt tvvvgc …. ?? good luck on ur next storyy… ???

    1. Maalu says:
      July 7, 2016 at 6:25 pm

      ohhhh goddddd .. .. comment****

  16. Sinookko says:
    July 7, 2016 at 7:42 pm

    O m g ????? what a story…ryn

  17. RY says:
    July 7, 2016 at 7:55 pm

    Wow vrh nice story. Ekm maa avahah thi nimmaaly story.. Looking forward to read another story frm u Ryn… All the best 🙂

  18. RY says:
    July 7, 2016 at 7:56 pm

    Oh god.. Kyhve tha comment nukureveny miah.. Huh

  19. Zee says:
    July 7, 2016 at 9:16 pm

    VVVV LOBI
    SUPPERB RYN
    I REALLY LOVE STORY VERY MUCH

  20. lidhoo says:
    July 7, 2016 at 10:43 pm

    Mi vaahaka hurihaa baeh ves varah varah varah varah varah varah reethi Ryn ge vaahaka new eh kayri muthaguboleh kiyaalan libeyne kamah ummeedhukuran

  21. Shaa says:
    July 8, 2016 at 4:22 am

    Haadha lwbii ey dhn baby zinn.. i love this story. Reethhii varah

  22. Akki says:
    July 8, 2016 at 10:39 am

    Hi Ryn✋
    This story is so romantic and amazing ??
    I loved it❤
    Dhen anna vaahaka thakah inthizaaru kuraanan ?
    Keep it up ???

  23. J says:
    July 8, 2016 at 9:10 pm

    ??? hama habeys

  24. MADDY says:
    July 9, 2016 at 11:00 pm

    inthizaar ga hurin . ekamu maazin ge eh noon ! ryn ge next story ge .love yu ryn .keep gong gurl

  25. Aal says:
    July 14, 2016 at 3:15 pm

    Hei rynuuuu… This story is so so so beautiful..??? I just love it.. N waiting igey next story akh…
    Love much ❤

  26. Anonymous says:
    July 16, 2016 at 9:30 pm

    Ryn Fb page ge name bune vidhaane thr

  27. kennukbee says:
    July 21, 2016 at 10:38 pm

    Hi lyynu…. story was awesome… really it was fabl… m waiting with bated breath to read ur nxt storyy…. i miss “that gang” ? btw miss u n luv you too

  28. Ainy says:
    September 17, 2016 at 3:46 pm

    haadha reethi vaahakaeh!! was interesting… keep up the good workk!!!

  29. alma.. says:
    December 28, 2016 at 4:15 pm

    oww vvvv reethi mi vaahaka 🙂 🙂

  30. R? says:
    March 14, 2019 at 1:13 am

    Masha allah lovely❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

All Right Reserved!