Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ހަތާވީސްވަނަ ބައި)

Shax Lyn
July 5, 2016
10 Mins Read
54 Views
29 Comments

ރަޖާގަނޑު ދަށުން މަންޝާގެ އަތުގައި ހަސަނު ހިފާލިއެވެ. މަންޝާގެ އަތްތިލަހުރީ ދާހިއްލާ ފިނި ވެފައެވެ. ހަސަނުގެ ފަޓުލޫނު ޒިބުމަތީ މަންޝާގެ އަތްބާއްވަމުން އޭނާ ހަމަޖެހިލީ މަންޝާއަށް ކަމެއް ހަވާލުކޮށްފައެވެ. ހަސަންބެ އެބުނަނީ ކީއްކުރަންކަން މަންޝާއަށް އެނގުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ހިމޭނުން އޮންނާކަށް މަންޝާ ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް މަންޝާ ތެދުވީ އަނގަމަތީގައި އަތް އަޅަމުންނެވެ. ހަސަނު ހައިރާންކަމާއި އެކު ކިހިނެއްތޯ ވީ ސުވާލު ކޮށްލީ ތެދުވެ އިށީންނަމުންނެވެ.

އެއްޗެކޭ ބުނަން އަނގަހުޅުވަމުން އިސްއުފުލާލި ވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ އެމީހުންނާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން އިން އަފްނާނެވެ. މަންޝާ ހިން ދިރުވާލީ އަފްނާނަށް ދެންމެ ވީ ކަންތައް އެނގުނީކަމަށް ހީކޮށެވެ. އަނގައިން ބަހެއް ބޭރެއް ނުވިއެވެ. ބުނަންއުޅުނު އެއްޗެއް ހަނދާންނެތުނު ކަހަލައެވެ. މިކަމުގައި މަންޝާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ބޭނުންވިއެވެ.

އެދެމީހުންނާ ދިމާއަށް ބަލަން އިނުމަށްފަހު މަންޝާ ގާތަށް އަފްނާން ލެފިގަތެވެ. ސުވާލު މާރކެއް ޖަހައިގެން އަފްނާނާ ދިމާއަށް ހަސަނު ބަލަން އިނެވެ. މަންޝާވެސް އިނީ ދެންވާނެ ގޮތަކާއި މެދު ވިސްނާށެވެ. އެކަކަށްވެސް ބަހެއް ބުނާކަށް ނުކެރުނެވެ.

ހަސަނާ މަންޝާއާ ދެމެދުގަ އަފްނާން ކަކޫޖަހައިގެން އިށީނެވެ. މަންޝާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އަނެއްކާވެސް މަންޝާ އޯކާ ދެމިގަތެވެ. އަފްނާނުގެ އަތުތެރޭގައި އޮތް ކޮތަޅު ނިއުޅުވާލަމުން މަންޝާގެ އަތަށް ދިނެވެ. މަންޝާގެ ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅު ކޮށްދެމުން އަނެއް އަތުން މަންޝާގެ ބުރަކަށީގައި އަފްނާނު ފިރުމާލިއެވެ. މަންޒަރު ބަލަންއިން ހަސަނު، މުނީރާގެ އަތްދަބަސް ކައިރީ ހުރި ފެންފުޅިނަގައި މަންޝާއަށް ދިއްކޮށްލިއެވެ. ފެންފުޅީގައި ހިފަމުން ހަސަނުގެ މޫނަށް އަފްނާނު ބަލާލިއެވެ. ހަސަނުގެ ނަޒަރު އޭރުވެސް ހުއްޓިފައި ވަނީ މަންޝާއަށެވެ.

މަންޝާ ހޮޑުލައި ނިމުމުން އޭނާގެ ދަބަހުން ޓިޝޫއެއް ނަގާ މޫނު ފުހެލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލަމުން ހުޅިއެއް ޖަހާލިއެވެ. މަންޝާ ހޮޑުލީ ކޮތަޅު ހިފައިގެން ހަސަނު ބޭރަށް ނުކުތީ އެ އެއްލާލާށެވެ.

މަންޝާގެ ކައިރީގައި އަފްނާނު އިށީނދެގެން އިނީ ދެންމެ ވީ ކަންތަކާ ދޭތެރޭ ވިސްނާށެވެ. އެވަގުތު ދުފާ ކޮތަޅު ފެނުމުން އޭގެން ކަރަންފުލެއް ނަގާ މަންޝާއަށް ދިނުމަށްފަހު އަރާމުކޮށްލަން އަފްނާނު އެދުނެވެ.

ދޯނިން ބޭރަށް ހޮޑުކޮތަޅު އެއްލާލުމަށްފަހު ހަސަނު ލެފިގަތީ ދޯނީގައިވާ ފާޚާނާއާ ދިމާއަށެވެ. ދޯނިމަތީގައި ކުރަން ހިތުލައިގެން ހުރި ކަންތައްތައް ފެއިލްވުމުން ހަސަނު ހުރީ އެކަމާ ކޮންމެވެސް ވަރަކަށް ކަޓާފައެވެ. ފާޚާނާ ކައިރިއަށް ގޮސް ހަސަނު މަޑުކޮށްގެން ހުރީ މީހަކު ފާޚާނާގައި އުޅޭތީއެވެ. އިރުކޮޅެއް ފަހުން ފާޚާނާ ހުސްވުމުން ހީސްލަވައިގެން ތެޅިތެޅި ހުރި ހަސަނު ފާޚާނާއަށް ވަނެވެ.

ފާޚާނާ ދޮރު ގާތްކޮށްލުމަށްފަހު ހަސަނު ފަޓުލޫނުގެ ޒިބު ތިރިކޮށްލިއެވެ. ކޮޅަށް ހުރެ ކުޑަކަމުދިޔައިރު އޭނާގެ ދަށްބަނޑަށް ވެފައިހުރި ވާންކަމަށް ލުޔެއް ލިބުނެވެ. ފްލެޝްކުރުމަށްފަހު ހަސަނު ފަޓުލޫނު ޒިބު އަޅުވާލުމުން ފާޚާނާއިން ނުކުންނަން އުޅުނުވަގުތު އާދަޔާ ޚިލާފް ކަމެއް ފާހަގަވިއެވެ. ގުދުވަމުން ފާޙާނާ ތައްޓަށް ހަސަނު ރަނގަޅަށް ބަލާލިއެވެ. ފްލެޝްކުރި އިރު ކަޅު ކުލައިގެ ދެ އިންޗިއެއްހާ ދިގުމިނުގެ ފަނިތަކެއް ފެންގަނޑުތެރޭ އެނބުރެމުން ދިޔަތަން ފެނުނެވެ. އޮފް ކަޅުކަމެއް ހުރި މި ފަނިތައް ހުރި ގޮތުން ހަސަނު ފަސްޖެހޭ ގޮތްވިއެވެ. ކުރު ފަލަކޮށް ތިބި މި ފަނިތައް ތަށިކައިރިން ބަނދަބަނދަ ލައްވަމުން ފެނުން މައްޗަށް އަރަން ފެށުމުން ހަސަނު އިތުރަށް ބިރުގަތެވެ. އޭއްޗިއްސަށް އާޝޯޚްވެފައި ބަލަން ހުރި ހަސަނަށް ސިހުމެއްލިބުނީ ނޭނގިހުއްޓާ ކުއްލިއަކަށް ފާޚާނާގެ ދޮރުފަތް އެތެރެއަށް ހުޅުވުނެވެ.

ކުޑަ ފާޚާނާއެއް ކަމުން ދޮރުފަތް އައިސް ބަންލާފައި ޖެހުނީ ހަސަނުގެ ބުރަކަށީގައެވެ. މައިބަދައަށް ތަދުވާ ހަސަނުގެ ބުރަކައްޓަށް އެރި ތަދުން އައްދޯއި އޭ ކިޔާ ހަޅޭއް ލަވައިގަނެވުނެވެ. ފާޚާނާ ބޭރުގައި މީހަކު ނެތުމުން ވަޔާ ދޮރު ހުޅުވުނީކަމަށް ނިންމާ ހަސަނު އަނެއްކާވެސް އެނބުރި އެ ފަނިތަކަށް ބަލާލިއެވެ. ނަމަވެސް މިވަގުތު ފާޚާނާ ތެރޭ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އޭނާގެ ދެލޯ އުނގުޅާލަމުން ތަށީތެރެއަށް ގުދުވެ ހަސަނު ބަލާލީ ޔަގީން ކުރާށެވެ. ނަމަވެސް އެކަހަލަ ކަމެއްގެ ނިޝާންވެސް ފެންނާކަށް ނެތެވެ.

ބުރަކައްޓަށް ވީ ތަދުން ސީދާ ނުވެވި ހަސަނު ފާޚާނާއިން ނުކުތީ ކުޑަ ގުދެއް ލައިގެންނެވެ. އެވަގުތު ހަސަނުގެ ލޮލުގައި އަޅައިގަތީ ބޭރުގައި ހުއްޓިގެން ހުރި ޒުވާން ފިރިހެން ކުއްޖެކެވެ. އޭނާ ހުރީ ވަރަށް ހިނިއައިސްފައެވެ. އެ ފިރިހެން ކުއްޖާއާ ދިމާއަށް ދެލޯ އަޅަމުން ހަސަނު ސިޑިން މައްޗަށް އެރިއެވެ.

މިރޭ ނިދަން މަންޝާ ކައިރީ އޮވެވޭނޭ ހިތާ އެމީހުން ތިބި ދިމާލަށް ހަސަނު ދިޔައީ ވަރަށް އުފަލުން ހުރެއެވެ. ނަމަވެސް ފެނުނު މަންޒަރުން ހަސަނުގެ ޕްލޭން ފުނޑުފުނޑުވީ ކަމުގެ އިހްސާސް ކުރިއެވެ. އޭނާ ނިދަން އޮށޯވެ އޮތް ޖާގައިގާ އަފްނާނު އޮށޯވެގެން އޮތުމުންނެވެ. ދެއަތަށް ބަލާލުމަށްފަހު ހަސަނަށް ޖެހުނީ ކުރިން އަފްނާނު އޮތް ޖާގައިގަ އޮށޯންނާށެވެ. ރަނގަޅަށް ބުރަކަށި ޖައްސާ ހިންދަމާލި އިރު ހަސަނަށް ނޭވާލާން އުނދަގޫވާވަރަށް ބުރަކައްޓަށް ތަދުއަރާފައި ހުރުމުން އެރޭ އިތުރު ކަމެއް ވާ ވަރެއް ނުވިއެވެ.

*** *** *** *** *** ***

މަދީހާ ދެލޯ އުނގުޅަމުން ހޭލީ އޭނާގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ނިދިމޫނާއެކީ މަދީހާ އެނދުން ތެދުވެ ބޮލަށް ބުރުގާ މަހާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. މަދީހާގެ މަންމަ ހަދީޖާ ފެނުމުން މަންޝާމެން އަންނަ ފެރީ ލަފާ ގަޑި ޖެހެނީކަން މަދީހާއަށް އެނގުނެވެ. ފޯނުން މަޖުދީގެ ނަންބަރަށް ގުޅާލުމަށްފަހު މަދީހާ މަތިހަދާލައިގެން ބަދިގެއާ ދިމާއަށް އަވަސްވެގަތެވެ. މޭޒުމައްޗަށް ސައިބޯން ސާމާނުތައް އަތުރާ ކާން ހެދުމަށްފަހު ތަށިތަކުގެ މަތީގައި ގޮއްޓެއް ޖަހާލިއެވެ. އެވަގުތު މަޖުދީ އޭނާގެ ކުޑަ ޕިކަޕުގައި އެގޭ ދޮށަށް އައިސް މަޑުކޮށްލިއެވެ. ހަދީޖާ ގާތު ޕިކަޕުގައި ދާން ހިނގާށޭ ބުނުމުން އޭނަ ގޭގައި މަޑުކުރާނީ ކަމަށް ބުންޏެވެ. މަދީހާ އަވަސް ފިޔަވަޅެއްގައި ގޮސް ޕިކަޕުގެ ކުރީ ސިޓަށް އެރިއެވެ. މަޖުދީ ޕިކަޕު ދުއްވާލީ ފެރީ ގާތްކުރާ ތޮށިގަނޑާ ދިމާއަށެވެ.

ފާލަން ކައިރީ ރަށުގެ އެތައް ބަޔަކު އެއްވާން ފަށައިފިއެވެ. އެއްބަޔަކު ސައިކަލުތަކުގައި އައިސް ތިބި އިރު އަނެއް ބަޔަކު ތިބީ ހުސްއަތާއެވެ. މަދީހާގެ ނަޒަރު ގޮސް ހުއްޓުނީ ދުރުދުރުން ފެރީ ދައްކާލުމުއެވެ. ފަތިހުގެ ވަގުތެއްކަމުން ޖައްވުގައި ހުރި ތެތްފިނިކަމާއެކީ ޖެހެމުން ދިޔަ ފިނި ވައިރޯޅިން މަދީހާ ހުރީ ހީ ކަރުވާފައެވެ. ހަށަން ބަނދެލައިގެން ދުރުގައި ހުރީ ފެރީ ގާތްކުރަން ދެނެވެ.

ހަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ކ.ކާށިދޫ ނެރުން އެތެރެއަށް ދޯނި ވަނުމާއެކީ މަދީހާ ފާލަން ކައިރިއަށް ޖެހިލިއެވެ. ރަށުގެ ގިނަ އަދަދެއްގެ މީހުން ވަނީ އޭރު އެ ސަރަހައްދަށް އެއްވެފައެވެ. ބޮޑު އީދަށް މާލޭގައި ދިރިއުޅޭ ކާށިދޫގެ ގިނަ އާއިލާތައް ރަށަށް އަންނާތީއެވެ. މި އަހަރު ބޮޑު ޗުއްޓީގައި ގިނަ ކުޅިވަރުތައް ބޭއްވުމަށް ހަމަޖައްސާފައިވަނީވެސް ކާށިދޫގައި ކަމަށް ވާތީއެވެ.

ދުނިޔެ މައްޗަށް އަލިވަމުން ދިޔައެވެ. މަންޝާ ތެދުވެ ބޮލުގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ދޯނިތެރެއަށް ބަލާލިއެވެ. އެންމެންވެސް ތަންމަތިބޮނޑި ބަނދެގެން ހުރިހާ ސާމާނުތައް ހަމަކުރަމުން ދިޔައެވެ. އަތުގައި އޮތް ފޯނަށް މަންޝާ ބަލާލިއެވެ. އަޒީމްގެ ކޯލެއް އައިސްފައި ވޭތޯއެވެ. ފޯނު ކޯލެއް އައިސްފައެއް ނެތެވެ. ނަމަވެސް މެސެޖެއް އިނުމުން އަވަހަށް މެސެޖް ހުޅުވާލިއެވެ. “އަމާން ދަތުރަކަށް އެދެން ލަވް… ހޯޕް ޔޫ ސްލީޕް ވެލް… މިސްޔޫ މައި މަން..”

އެއީ ޒިބާން ފޮނުވާފައިވާ މެސެޖެކެވެ. ޒިބާންވެސް އަޒީމަށް ވުރެ ރަނގަޅޭ މަންޝާގެ ހިތަށް އެރިއެވެ. އިންޖީނުގެ އަޑު މަޑުވަމުން ދާތީ މަންޝާ ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭރު ދޯނި ފަޅުތެރެއަށް ވަންނަނީއެވެ. ރަށުގެ މަލަމައްޗަށް ބަލަން މަންޝާއަށް ހުރެވުނެވެ.

“އޭއި އަފްނާނޫ.. ދެން ހޭލަބަލަ.. މިއޮއް ރަށަށް އާދެވުނީ…” މުނީރާ ގޮވާލީ އަފްނާނު އަދިވެސް ހޭނުލާ އޮތުމުންނެވެ.

ރޭގައި މަންޝާއަށް ވަރަށް އަރާމުކޮށް ނިދުނެވެ. އެއީ އަފްނާނާ ހެދިއެވެ. މަންޝާ ކައިރިއަށް އަފްނާނު ނައިނަމަ ރޭ ހަތަރުދަމު ހަސަނުގެ ދުއްތުރާ ޖެހުނީހެވެ. އަފްނާނު ކޮށްދިން ކަންތަކަށް މަންޝާ ހިތުގެ އަޑިން ޝުކުރު ކުރިއެވެ. އަފްނާނު ތެދުވެ ދެލޯ އުނގުޅާލިއެވެ. ބޮލުގައި އަޅާފައިވާ ބުރުގާ ރީތިކޮށްލިއެވެ. ބުރުގާތެރެއިން މޫނުމަތީގެ ދެފަރާތުން ނުކުމެފައި ހުރި އިސްތަށިތައް އެތެރެއަށް ކޮށްޕާލިއެވެ. އެންމެން އަވަހަށް ތައްޔާރުވީ ދޯނި ކައިރިކުރަންވާ އިރަށެވެ.

ދޯނި އައިސް ފާލަމަށް ގާތްކުރިއިރުވެސް ދޯނި ތެރެއިން ފެންނަމުން ދިޔަ މޫނުތަކުން މަދީހާގެ ލޯ ހޯދަމުން ދިޔައީ މަންޝާއެވެ. އެތައް ބައެއްގެ ތެރެއިން މަންޝާ ފެނޭތޯ ބަލަންހުރި މަދީހާއަށް ފާލަމާ ގާތްވާން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ދޯނީގެ މަތީ ޑެގުން ބޯ ދިއްކޮށްގެން ހުރި ދެ އަންހެން ކުދިން ފެނުމުންނެވެ. މަދިހާއަށް އެއީ އޭނާގެ މަންޝާކަން ޔަގީން ވިއެވެ. ދެން އެހުރީ މުނީރާގެ އަފްނާނެވެ.

އަތް ދަބަސް ކޮނޑުގައި އަޅުވައިގެން ދޯނިން ފައިބަން މަންޝާ އަވަސްވެގަތެވެ. އޭނާގެ މަންމަ ފެނޭތޯ ފާލަން ކައިރިއަށް އެއްވެފައި ތިބި މީހުންތަކަށް ބަލާލެވުނެވެ. ދޯނިން ފައިބަން މަޑުކޮށްގެން ހުއްޓާ ފާލަންމަތީ ހުރި ޒުވާނެއް ދިއްކޮށްލި އަތުގައި މަންޝާ ހިފީ ފާލަން މައްޗަށް ފައިބަން ފަސޭހައަކަށެވެ. ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއި އެކީ މަންޝާ ކުރިއަށް ޖެހިލިއެވެ. އޭރު މަންޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އޭނާގެ މަންމަ ފެނުނެވެ. މަންޝާގެ ހިތަށް ލިބުނު ހިތްހަމަޖެހުމާ އުފަލުގެ ސަބަބުން އަނގައިގަ ހުރި ހުރިހާ ދަތެއް ސޭލްކުރަމުން ހިނިތުންވެވުނެވެ. ވެފައިހުރި ވަރުބަލިކަންވެސް އިހްސާސް ނުވާކަހަލައެވެ. މަންޝާގެ ފިޔަވަޅު އެދިމާއަށް އަވަސްކޮށްލިއެވެ. މަންޝާ ފެނުމުން މަދީހާ ލޮލުން ކަރުނަ ހިލުނެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެތައް ދުވަހަކަށްފަހު މަންޝާއާ ދިމާވުމުން މަދީހާ އޭނާގެ ގައިގާ ބައްދާލިއެވެ.

“ހޫން ދެން އަހަރެމެން ނުފެންނާނޭ… މާލެ މީހުންނަށް އަހަރެމެންމީ ބަޔަކަށްވެސް ނުވާނެ….”

މަންޝާގެ ފަހަތުގައި ހުރި މީހަކު ދެއްކި ވާހަކައިގެ އަޑަށް މަންޝާ ފަހަތް ބަލާލީ އެއީ ދަންނަ އަޑެއްހެން ހީވުމުންނެވެ. “މަޖުދީ ދޯ… ހެހެހެ ހާދަ ބަދަލުވެފަ… މީހާއަށް ވުރެއް ބޮޑު ތުނބުޅިއެއްލާފަ ހުރީމަ ނޭނގޭނެދޯ…” މަންޝާއަށް އެއީ މަޖުދީކަން އެނގުމުން މަޖުދީއާ ސަލާމް ކުރަމުން އޭނާ ވާހަކަދެއްކިއެވެ.

“ކޮބާ މުނީރާ މެން…” މަދީހާ އަވަސްވެގަތީ ދޯނިން ފައިބަމުން ދިޔަ މީހުންތަކާ ދިމާއަށެވެ.

“މަންޝާވެސް ވަރަށް ތަފާތު… ކޮބާ ފިރިސޮރު؟.. އޭނާ ނުލާ ތި އައީޔޯ!!!…” މަންޝާއާ ވާހަކަ ދައްކަމުން މަޖުދީ މިސްރާބު ޖެހީ ދުރުގައި ޕާކްކޮށްފައި އޮތް ޕިކަޕާ ދިމާއަށެވެ.

ދޯނިން މީހުން ފޭބުމުން ދޯނީގައިވާ ލަގެޖްތަކާއި ފޮށިގަނޑުތަކާއި އެހެނިހެން މުދާތައް ބާލަން ފެށިއެވެ. ޕިކަޕުކައިރީ މަންޝާއާ މުނީރާމެން މަޑުކޮށްގެން ތިބީ އެމީހުންގެ ސާމާނުތައް ގެންނަންދެނެވެ. މަޖުދީއާ ހަސަނާ ދެމީހުން ދޯނިކައިރިއަށް ދިޔައީ އެންމެންގެ ފޮށިތައް ބަލައެވެ.

މިހާރު މުޅި ރަށުތެރެއިން އިވެމުން ދަނީ ކޮވެލީގެ އަޑެވެ. އަލިވަމުން ދިޔައިރު މަންޝާގެ ލޮލުގައި އަޅައިގަތީ ފާލަން ކުރިމައްޗަށް ވާގޮތަށް ހުރި މިސްކިތެވެ. “އެއީ… ފަހުން އިމާރާތްކުރި މިސްކިތްދޯ… ދެން އެހެރީ ކޮން ނޫކުލައިގެ އިމާރާތެއްތަ؟…” މިސްކިތް ހުރިމަގުން އެތެރެއިން ފެންނަ ހުރި އިމާރާތަށް އިޝާރާތްކުރަމުން މަންޝާ ވާހަކަ ދެއްކިއެވެ.

“އެއީ ފުލުސްއޮފީސް… މަންޝާ ރަށަށް ނައިސް މިވީ ދުވަހު ލައްކަ ބަދަލުތައް އައިސްފަ ހުންނާނެ…” ރަށުތެރެއިން ފެންނަން ހުރި އިމާރާތްތަކަށް ބަލަމުން މަންޝާއަށް ޖަވާބު ދިނީ މަދީހާއެވެ. މަޖުދީއާ ހަސަނާ ދެމީހުން ފޮށިގަނޑުތައް ގެނެސް ޕިކަޕަށް އެރުވިއެވެ. ހަސަނު ހިންދެމިލަމުން އުނަގަނޑުގައި އަތްވިއްދާލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

“ހަސަނާ.. ބުރަކައްޓަށް ތަދުވަނީދޯ… ހިނގާ އަވަހަށް ގެއަށް ދާން މިއަދު އަރާމުކޮށްލައިގެން ދޮންހައްވަ ކައިރިއަށް ދާން ވާނެ…” އެންމެން އެރީ ޕިކަޕުގެ ފަހަތަށެވެ. ނަމަވެސް މަންޝާ ބޭނުންވީ ކުރިއަށް އަރާށެވެ.

“ކަމޯން ދޮނާ.. އާދޭ ފަހަތަށް އޭރުން ވަރަށް މަޖާވާނެ…” މަންޝާ ގާތު އެމީހުންނާއެކީ ޕިކަޕުގެ ފަހަތަށް އަރަން އަމާން އެދުނެވެ. މަންޝާ ނޫނެކޭ ބުނެ އެރީ މަޖުދީ ކައިރިއަށް ކުރީ ސީޓަށެވެ.

“ކިހިނެއްވީ؟… ހާދަ މޫޑީހެން ހީވެޔޭ…” މަންޝާގެ މޫނަށް ބަލާލަމުން މަޖުދީ ޕިކަޕު ދުއްވާލިއެވެ.

“އާން ފަސްފަހަރަށް ހޮޑު ލެވިއްޖެ.. އެހެންވެ… ވަރަށް ބޮލުގަވެސް ރިއްސާ…” މަންޝާ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އޭރު ގަޑިން ހަގަޑި ބައިވަނީއެވެ.

ގެއަށް ދެވުމާއި އެކީ މަންޝާއަށް އޭނާގެ ކޮޓަރި ދައްކާލިއެވެ. ޖުމްލަ ހަތަރު ކޮޓަރި ހަދާފައި ހުރި އިރު މަންޝާއަށް ދިނީ އެންމެ ބިއްދޮށުގައި ހުރި ކޮޓަރިއެވެ. މަންޝާގެ ކޮޓަރި ކުރިމައްޗަށް ހުރީ އަފްނާނުގެ ކޮޓަރިއެވެ. މި ދެ ކޮޓަރިއަކީ ހަތަރުކޮޓަރި ތެރެއިން އެންމެ ކުޑަ ދެކޮޓަރިއެވެ. ނަމަވެސް އެކަކަށް ހިތްހަމަޖެހިލައިގެން އުޅެވޭނެހާ ޖާގަ އޮތެވެ. އަފްނާން ކޮޓަރިއާ ޖެހިގެން ހުރި މަދީހާގެ ކޮޓަރި ދިނީ މުނީރާމެންނަށެވެ. އެއީ އެގޭގައި ހުރި އެންމެ ބޮޑު ކޮޓަރިއެވެ. ހަތަރު މީހުންނަށް ދަތިކަމަކާ ނުލާ އެކޮޓަރީގައި އުޅެވޭނެތީއެވެ. ދެން ބާކީ ހުރި ކޮޓަރީގައި ނިދަނީ މަދީހާއާއި އޭނާގެ މަންމަ ހަދީޖާއެވެ.

އެންމެން ސައިބޮއިގެން ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ. މަންޝާވެސް ބޭނުންވީ ފެންވަރައިގެން އަރާމުކޮށްލާށެވެ. ދަތުރުގެ ވަރުބަލިކަން އިހްސާސްވާތީއެވެ.

*** *** *** *** *** ***

އާދުވަހަށް އިރު އަރައިފިއެވެ. ރަށަށް އައި ފުރަތަމަ ދުވަހު މަންޝާ ހުރީ އިންތިހާއަށް ބޮލުގައި ރިއްސާފައެވެ. މަންޝާ ހީކުރީ އޭނާގެ ބޮލުގެ ރިހުމަށް އިތުރު ލުޔެއް ލިބޭނެ ކަމަށެވެ. ނަމަވެސް އަދިވެސް ބޮލަށް ބަރުވެފައި ހުރުމުން މަންޝާ އޮތީ އޭނާގެ ކޮޓަރީގައެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އަފްނާނު އެތެރެއަށް ވަނީ މަންޝާއަށް ދޭން ބޭސްގުޅައެއް ހިފައިގެންނެވެ. ފެންފުޅިނަގާ ޕެނެޑޯލް ގުޅަ ދިރުވާލުމަށްފަހު އަފްނާނާ ދިމާއަށް މަންޝާ ރަނގަޅަށް ބަލާލިއެވެ.

ބުރުގާ އަޅާ އަފްނާނު ހުރީ ކުރު ސޯޓު ބުރިއަކާ އަތްކުރު ޓީޝާޓެއް ލާފައެވެ. މަންޝާ އެދުނީ އޭނާގެ ގާތުގައި އަފްނާނު މަޑުކުރުމަށެވެ. ދެމީހުން އެކިކަހަލަ ވާހަކަތައް ހިއްސާ ކުރަން ތިބިއިރު ގަޑިން ވީ އިރެއްވެސް ނޭގުނެވެ. މިއަދަކީ ހައްޖު ދުވަސް ކަމުން މިރޭ ހެދިކާ ހެދުން އޮންނާނެކަމަށް އަފްނާނު ބުންޏެވެ. މަންޝާވެސް ބޭނުންވީ އޭރަށް އޭނާ ރަނގަޅުވާށެވެ. އަފްނާނަށް ލެވޭ ސައިޒުގެ ހެދުންތަކެއް އެބަހުރިކަމަށް ބުނެ މަންޝާ އޭނާގެ ދަބަސް ހުޅުވާލިއެވެ. އަތްދިގު ގަމީސްކޮޅުތަކެއް ދިއްކޮށްލަމުން އެ ހެދުން ލާށޭ ބުނެ މަންޝާގޮސް ކޮޓަރި ދޮރު ތަޅުލިއެވެ.

އަފްނާނު އޭނާ ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އެ ގަމީހުގެ ދެއަތަށް އަތް މަހާލިއެވެ. މަންޝާއަށް އަފްނާނުގެ ދޮން ހަށިގަނޑުން ތަފާތުކަމެއް ފެނުނެވެ. އެކަން ޔަގީން ކޮށްލަން މަންޝާ ގާތްވެލިއެވެ. ގަމީހުންގެ ގިރުވާން ރަނގަޅުކޮށްލާ ކޮނޑުމަތިން ގަމީހަށް ދަމާލަމުން އަފްނާނުގެ ކަންފަތް ދަށަށް ރަނގަޅަށް ބަލާލިއެވެ.

“އަފޫ އުޅެނީ ބިޓެއް ނަގައިގެންދޯ… ދޮނާ ކައިރީ ނުބުންޏަސް އިނގޭނެ… ދެން ބުނެބަލަ އެއީ ކާކުތަ؟..” އަލަމާރީގެ ލޯގަނޑުން ފަރި ބަލަން ހުރި އަފްނާނު ދެލޯ ބޮޑުވެގެން ދިޔައީ މަންޝާ ދައްކަމުން ދިޔަ ވާހަކައިންނެވެ. އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިތަން މަންޝާއަށް ދައްކަން ބޭނުން ނުވާތީ ގާމިހު ގޮށްތައް އަޅުވަމުން އަފްނާނު އިސްއޮބާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ.

“އަފް.. އަފޫގެ ބިޓެއް ނުހުންނާނެ…” އަޅައަޅައިގަންނަމުން އަފްނާނު ވާހަކަ ދެއްކީ ވިސްނަމުންނެވެ.

“އެހެންތަ.. ބިޓެއް ނެތިއްޔާ ދެން ކަންފަތް ދަށުގަޔާ ކޮނޑުމަތީ އެހުރީ ކޮން ރެޑް މާރކެއް… ދެން ބުނޭ… ހެހެ..” ސަމާސާ ރާގަކަށް މަންޝާ ދިމާކޮށްލިއެވެ.

މިއަދު ކޮންމެވެސް ޖަވާބެއް ނުދީ ސަލާމަތެއް ނުވެވޭނެކަން އަފްނާނަށް އެނގުނެވެ. ލޯގަނޑާ ގާތްވަމުން ކަންފަތްދޮށުގައި ރަތްވެފަ ހުރިތަނުގައި އަތް ޖައްސާލިއެވެ. އަފްނާނު ހުރީ ހާސްވެފައެވެ. މަންޝާއަށް ދޭނެ ޖަވާބަކާ މެދު އޭނާ ވިސްނަމުން ދިޔައެވެ. ގެއްލިފައި ހުރި އަފްނާނު ސިއްސައިގެން ދިޔައީ މަންޝާ އޭނާގެ ފަހަތުގައި ހުރެ އަފްނާނު ކޮނޑުގައި ހިފާލުމުންނެވެ.

“ދޮނާ.. ޕްލީސް މަންމަމެން ކައިރީ ނުބުނައްޗޭ… ޔާ އައިހޭވް އަ ބޮއީ ފްރެންޑް… ބަޓް… އަދި މާ އަވަސް އޭނަގެ ވާހަކަ ދައްކަން…” އަފްނާނު ބޭނުންވީ އަދިވެސް އެކަންތައް ސިއްރުކުރާށެވެ.

“މާ އަވަސްކަމެއް ނޭނގެ… ހެހެހެ އޯކޭ… އަފްނާން ބޭނުންގޮތެއް…” މަންޝާ އެހެން ބުނަމުން ދެވަނަ ގަމީސް ދިއްކޮށްލަމުން އޭތި ލާށޭ ބުނެލިއެވެ.

އެވަގުތު މަންޝާގެ ފޯނު ރިންގްވިއެވެ. ރީތިވާ މޭޒުމަތީގައި އޮތް ފޯނު ނަގަމުން ފޯނަށް ބަލާލުމާއި އެކީ މަންޝާއަށް ދުލުކުރީގައި ދަތް އަޅާލެވުނެވެ. “ހެއި…”

“ކޮން ހެއި އެއް ކިޔާކަށް… ރަށަށް ދިޔަ ގޮތަށް ގުޅާވެސް ނުލާ… ކިހިނެއްތަ މަންމަ؟… ހައުޒް ޔޯ ހޯމް ލޭންޑް؟… ދަތުރު މަޖާތަ؟…” އެއްފައްޗަކަށް އެތައް ވާހަކައެއް އޮޅުންފިލުވަން ބޭނުންވެފައި ހުރި ޒުހާގެ ސުވާލުފަތި އަމުނާލި އިރު ހީވަނީ ލައިނުގަނެގެން އުޅޭ ހެންނެވެ.

“މަންމަ ވީ ބަދިގޭގަ… ޔާ މަޖާ ދެން އެކަމު އައި ގޮތަށް އަދި ބޭރަށް ނުނިކުންނަށް.. ދޯނި މަތީ ހޮޑު ލާލާ އަހަރެން މުޅިން ލޮޑުވެއްޖެ… ހެއި ކޮބާ ޒަފްރީން އެން ޒައިކޫ… ޒުހާގެ މަންމައަށް ސަލާމް ބުނައްޗޭ….” ފޯނަށް ވާހަކަ ދައްކަމުން އަފްނާނު ކައިރިއަށް މަންޝާ ގާތްވެލިއެވެ. އަފްނާނު ލައިގެން ހުރި ގަމީހަށް ބަލާލަމުން އޭނާ ގާތު އެ ގަމީސް ކަމުދޭތޯ މަންޝާ އަހާލިއެވެ. އަފްނާނު އެ ހެދުން ވަރަށް ރީތި ކަމަށް ބުނުމުން  އެ ހެދުން އަފްނާނު ގެންދާށޭ ބުނެ މަންޝާ ފޯނު ކަންފަތުގައި ޖަހާލަމުން ހޫން އަޅުވާލިއެވެ. މަންޝާގެ އިތުރު ސުވާލަކާ ކުރިމަތިލާން އަފްނާނު ބޭނުމެއް ނުވިއެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުންހިފާ އަފްނާނު އެ ކޮޓަރިން ނުކުތެވެ. ވިސްނުމެއްގައި ހުރެ ކަންފަތްދަށުގައި ރަތްވެފަ ހުރިތަން ފޮރުވަމުން އަފްނާނު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

“ކޮބާ އަޒީމް؟… ރަށަށް ދިޔުމުގެ ކުރިން އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކިންތަ؟…” ޒުހާގެ ސުވާލަށް ޖަވާބު ދެމުން ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ.

“ޒުހާ… އަޒީމް އެދުވަހަ އޮފީހުން އައި ފަހުން އެއްގޮތަކަށްވެސް އަޅައެއްނުލާ.. މާލޭގަ ހުރިއިރުވެސް އަހަރެންނަށް ހޮޑު ލެވުނު.. އަޒީމަށް މާބޮޑުކަމަކަށް ވީހެން ހީވެސް ނުވޭ… އަދި ދޯންޏަށް އެރި ފަހުން ގުޅާވެސް ނުލާ… ސީރިއަސްލީ މަށަކަށް ނޭނގެ ހަދާނެ ގޮތެއް…” އިނގިލިތަކުން ނިއްކުރީގައި މަންޝާ ހިފަހައްޓާލީ އަނެއްކާވެސް ބޮލުގައި ތޫނު ރިހުމެއް އުފެދުމުންނެވެ.

“އަޅެ މަންޝާ.. ބަނޑުބޮޑުތޯ ޓެސްޓެއް ހަދާބަލަ… މަށަށް ހީވަނީ މަންޖެ ބަނޑުބޮޑުހެން…. އޭރުންދޯ އެހެންކަމަކާ ދޭތެރޭ ވިސްނޭނީ…” ދޮރުގައި މީހަކު ޓަކި ޖަހާލުމުން މަންޝާ ފޯނު ބޭއްވީ ފަހުން ގުޅާނަން ކަމަށް ބުނަމުންނެވެ.

ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ އީމާނެވެ. ކިހިނެއް ވީތޯ ސުވާލު ކޮށްލުމުން އޭނާގެ ފުރަގަހަށް ލާ ފޮރުވައިގެން ހުރި އަތް ކުރިމައްޗަށް ނެރުނެވެ. އެއީ ވަރަށް ރީތި ރަތް މާ ބޮނޑިއެކެވެ. ރަތްކުލަ ގަދަކަމުން ހީވަނީ ލޭކޮޅެއް ހެންނެވެ. އެމާ ބޮނޑީގައި ހިފަމުން އީމާން ގާތު އެއީ ކާކު ދިން އެއްޗެއްތޯ އަހާލީ މަލުން ވަސް ބަލަމުންނެވެ.

އީމާން ދެކޮނޑު އަރުވާލަމުން ގަނޑުކޮޅެއް ދިއްކޮށްލިއެވެ. އެއަށްފަހު އީމާން ދުއްވައިގަތީ ފެންޑާތެރެއަށެވެ. އެ މަލުން މަންޝާ އަނެއްކާވެސް ވަސް ބަލާލިއެވެ. ދުވި މީރު ވަހުން އޭނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ގަނޑުކޮޅު ނިއުޅުވާލުމަށްފަހު އެނދުގައި މަންޝާ އިށީނީ މާބޮނޑި އުނގަށް ލައިގެންނެވެ.

“ހެއި މަންޝާ… އިނގޭ މީ ކާކުކަން އެނގެން ވަރަށް ބޭނުންވެފަކަން ތިހުރީ… ރަށަށް އައިސް ޚަބަރެއްވެސް ނުވެ… މިރޭ އެގާރަ ޖަހާއިރަށް ބަކަރިކޮށި ހުރި ދިމާލު އަތިރި ކައިރިއަށް އައިސްދީބަލަ… އިންތިޒާރުގާ… ހާއްސަ މީހެއް…”

ގަނޑުކޮޅު ފަތް ޖަހާލަމުން މަންޝާ ވިސްނާލީ މި ސިޓީއާ މާބޮނޑި ފޮނުވާނެ މީހަކާ ދޭތެރޭގައެވެ. ރަށުގައި މަންޝާއަށް ހާއްސަ ނަޒަރަކުން ބަލާ މީހަކަށް ހުރީ މަޖުދީކަން މަންޝާއަށް އެނގުނެވެ. ދެން ހުރީ ހަސަންބެއެވެ. އަނެއްކާ މީ ހަސަންބެގެ ރޭވުމަކަށްވެސް ވެދާނެއޭ މަންޝާގެ ހިތް ބުނަމުން ދިޔައެވެ. އުނގުގައި އޮތް މާ ބޮނޑިއަށް ރަނގަޅަށް ބަލާލިއެވެ. އެމަލުން ދުވާ މީރުވަހުން މަންޝާގެ ހިތުން އެމަލަށް ހާއްސަ ކަމެއް ދެވުނެވެ. އެ މާބޮނޑި ރީތިވާ މޭޒުމަތީ ބޭއްވުމަށްފަހު ބޭރަށް ނުކުމެލަން މަންޝާ ހިތަށް އެރިއެވެ. މަންޝާގެ ބޮލުގެ ރިހުމަށް ލުޔެއް ލިބެމުންދާހެން ހީވުމުންނެވެ.

ފެންޑާތެރޭގައި ހުރި ބޮޑު އުނދޯލީގައި ހަސަންބެ އިށީނދެގެން އިނެވެ. ހަސަންބެއާ ދިމާއަށް މަންޝާ ބަލާލީ އެމާ ބޮނޑި ދިން މީހަކީ ހަސަންބެއަށް ވެދާނެތީއެވެ. އެވަގުތު އީމާން އަނބުގަސްދޮށުގައި ކުޅެން ހުރިތަން ފެނުމުން އީމާން ގާތަށް ދިއުމަށް މަންޝާ އަވަސްވެގަތީ އެމާ ބޮނޑި ދިން މީހަކު ޔަގީން ކުރާށެވެ.

“އީމާން.. ޕްލީސް ބުނެބަލަ ކާކު ދިން އެއްޗެއްތަ އެއީ؟…” މަންޝާ އާދޭހުގެ ރާގަކަށް އަހާލުމުން އީމާން ދެކޮނޑު އަރުވާލީ ފަރުވާކުޑަ ގޮތަކަށެވެ. އީމާންގެ އަތުގައި ހިފަމުން އަނެއްކާ ވެސް މަންޝާ ސުވާލުކުރިއެވެ. މިފަހަރު ހިނިތުންވަމުން އީމާނަށް ނޭނގޭ ކަމަށް ބުންޏެވެ.

“އީމާން… ޝްޝްޝް.. ނުބުނާތި ކާކު ދިން އެއްޗެއްކަން…” އީމާންގެ ފަހަތަށް ބަލާލިއިރު މަޖުދީ އައިސް އެމީހުންނާ އަރާ ހަމަވަނީއެވެ. އީމާނާ އެކު ކުޅެން އައިސް ތިބި ކުދިންނާ އެކީ އަނބުގަސްދޮށުގައި އޮތް ބޯޅަ ހިފައިގެން ދުއްވައިގަތެވެ.

ހިނިއައިސް މަންޝާއާ ދިމާއަށް ބަލަން ހުރި މަޖުދީ ފެނުމުން ލަދުން މަންޝާ އިސްޖަހާލިއެވެ. މަޖުދީ ދިން މާބޮނޑިއެއް ކަމަށް ހީކޮށެވެ. މަޖުދީ ދެން ދަނީއޭ ބުނެ އެގެއިން ނުކުމެގެން ދަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

އަނބުގަސްދޮށުގައި ހުރި ޖޯލިފަތީގައި މަންޝާ އޮށޯތެވެ. އޭރު މަންޝާއާ ޖެހިގެން ހުރި ޖޯލީގައި އަފްނާނު އޮތީ ފޯނުން މެސެޖް ކުރާށެވެ. އަފްނާނު މެސެޖްކުރަމުން ދިޔައިރު އަނގައޮރި ކުރާފަހަރު އާދެއެވެ. ފޯނަށް ބަލަން އޮވެ އަފްނާން ހިނިތުންވާއިރު ލަދުން ވިރިގެންދާކަން ފާހަގަވަނީ އޭނާގެ ދޮންމޫނު ރަތްވާތީއެވެ. ނޭނގޭކަމަށް ހަދާފަ ބޯ އަރިކުރަމުން މަންޝާ ފޯނަށް ބަލާލިއެވެ.

“މިސްޔޫ މައި ޕްރިންސަސް….” މަންޝާއަށް ފެނުނު މެސެޖް މަޑުމަޑުން ކިޔާލުމުން އަފްނާނު ފޯނު މެއާ ލާ ބޮނޑިކޮށްލަމުން ފޮރުވާލިއެވެ. “ދެން ދޮނާ…!!” އަފްނާންގެ މޫނުވަނީ އެއްކޮށް ރަތްވެފައެވެ.

“އެއީތަ އެއްކަލަ ރެޑްމާރކް ބޯއި…” ސިއްރުސިއްރުން މަންޝާ އަހާލިއެވެ.

“ޝްޝްޝް… މީހަކަށް އަޑުއިވިދާނޭ ދޮނާގަނޑާ.. ޕްލީސް އެކަކުކައިރީވެސް ނުބުނާތި… މީ އޭނައަކީ…” ފޯނުން ފޭސްބުކް އެޕްލިކޭޝަން ހުޅުވާލަމުން އެ  ފިރިހެން ކުއްޖާގެ ފޮޓޯތައް އަފްނާން ދައްކާލިއެވެ. އެއީ ވަރަށް ރީތި ޒުވާން ކުއްޖެކެވެ.

“މި ބޯއި އަފޫއާ ވަރަށް ގުޅޭ… ޑޫޔޫ ލައިކް ހިމް…” މަންޝާ ބޭނުންވީ އަފްނާނު އިތުރަށް ލަދުގަންނުވާލާށެވެ.

“އޮފްކޯސް… އަފޫ މިދަނީ ކޮޓަރިއަށް… ދޮނާ ޑިސްޓަރބް ކުރާތީ ޗެޓެއްވެސް ނުކުރެވޭ..” ދުވެލާފަ ގޭތެރެއަށް ވަންނަން އަފްނާނު ދިޔައެވެ. އަފްނާނާ ދިމާއަށް ހެވިފައި ބަލަން އޮތް މަންޝާގެ ލޮލުގައި އަޅައިގަތީ އުނދޯލީގައި ހަސަންބެ އިން ގޮތުންނެވެ. ކައްޓެއް ޖެހިހެން މަންޝާ އެތަނުން ތެދުވެ ހެދުމަށް ދަމާލައި ރަނގަޅުކޮށްލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ތުންގަނޑު ވިކަމުންނެވެ. ހަސަންބެއާ ދިމާއަށް ކުދި ކިޔަމުންނެވެ.

*** *** *** *** *** ***

ރޭގަނޑު ހެދިކާ ހެދުމަށް އަންނަން ގަޑި ކިޔާފައިވަނީ މިރޭ ބާރަ ޖަހާއިރަށެވެ. ފެންޑާތެރޭ ހުރި ކުޑަ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމް ބަލަން މުނީރާއާ، މަދީހާއާ، ހަސަނު ތިބީ އަޑަފިގަނޑު ކައިރިކޮށްގެންނެވެ. ނަލަހެދިލައިގެން މަންޝާ ނުކުތްތަން ފެނުމުން މަދީހާ ސުވާލުކޮށްލިއެވެ. “ދަރިފުޅާ ކޮންތާކަށް؟…”

“މަންމާ އެބައަންނަން… މިތާ ބޭރަށް ނުކުމެލަނީ… މާ ގިނަ އިރެއް ނުވާނެ…”

މަންޝާގެ ބޮލުން ފެށިގެން ފަޔަށް ހަސަނު ބަލާލިއެވެ. މަންޝާހުރީ ރަތްކުލައިގެ ކަކުލާ ހަމަޔަށް އަންނަ ކުރު ހެދުމެއް ލައިގެންނެވެ. ކަޅުކުލައިގެ ތިރި ފައިވާނަކަށް އަރާފައި ހުރިއިރު މަންޝާގެ އިސްތަށިގަނޑު ވަނީ ނިއުޅުވާލާފައެވެ. މިއަދު ލިބުނު މާބޮނޑިން މަލެއް ބޮލަށް ޖަހާފައި ހުރިއިރު އިތުރު ފުރިހަމެއް ގެނުވަނީ އޭނާގެ ތުންފަތުގައި ޖައްސާފައިވާ ރަތް ލިޕްސްޓިކުންނެވެ.

މަންޝާ ގެއިން ބޭރަށް ނުކުތުމާއި އެކީ ހަސަނު އުނދޯލިން ތެދުވެ ފާޚާނާ އަކަށޭ ކިޔާ ކޮޓަރިއަށް ވަނެވެ. މާގިނަ އިރުތަކެއް ނުވެ ހަސަނުވެސް ގެއިން ނުކުމެއްޖެއެވެ. ޖޯލިފަތީގައި ފޯނާކުޅެން އޮތް އަފްނާނަށް ނުކުމެގެން ދިޔަ ހަސަނު ފެނުމުން ވިސްނާލެވުނެވެ. މަންޝާ ރީތިވެގެން ނުކުތުމާއި އެކީ އޭނާގެ ބައްޕަވެސް ނަލަހެދިލައިގެން ނުކުތުމުން ކޮންމެވެސް ނުބައެއް އެޅޭހެން އަފްނާނަށް ހީވިއެވެ. ސިހިފައި އަފްނާނަށް ބަލާލެވުނީ އޭނާގެ މަގަތުގައި އޮތް އޭނާގެ މާމަ، ހަދީޖާ ކޮއްޓާލުމުންނެވެ. މާމަ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަން ދެވޭ ވަރެއް އަފްނާނަކަށް ނުވިއެވެ.

ގަނޑުކޮޅުގައި ބައްދަލުކުރަން އައުމަށް ލިޔެފައިވާ ތަނަކީ މަންޝާމެން ދިރުއުޅޭ ގެއާ މާދުރު ތަނެއް ނޫނެވެ. އަތިރި މައްޗަށް ނުކުތުމަށްފަހު ދެފަރާތް ބަލާލަމުން މަންޝާ ހިނގައިގަތީ ބަކަރި ކޮށި ހުރި ދިމާއަށެވެ. އެ ހިސާބުން އެއްވެސް މީހަކު ފެންނަން ނެތަސް ދުރުގައި ހުރި ކެފޭއެއް ކަހަލަ ތަނެއްގައި މީހުން ތިބިކަން މަންޝާއަށް އެނގެއެވެ. އެމީހުން ދައްކާ ވާހަކައާ ޖަހާލާ ބާރު ހިނިގަނޑުގެ އަޑު މަންޝާ ހުރި ހިސާބަށް ސާފުކޮށް އިވޭތީއެވެ. އެހެންކަމުން އެތާހުރި ގަހެއްގެ ނިވަލުގައި މަންޝާ މަޑުކޮށްގެން ހުރީ އެ މީހެއްގެ އިންތިޒާރުގައެވެ.

ފަނަރަވަރަކަށް މިނިޓު ފަހުން ކެފޭ ކައިރީ ތިބި މީހުންތައް ވެސް އެތަނުން ހިނގައްޖެއެވެ. އެ ސަރަހައްދު މުޅިން ހަމަހިމޭން ވެއްޖެއެވެ. މޫދާ ކައިރި ހިސާބެއް ކަމުން އެހިސާބުން އިވެމުން ދިޔައީ ތޮށިގަނޑަށް ރާޅު ޖަހާއަޑެވެ. ޖެހެމުންދިޔަ ވައި ރޯޅިއާ އެކީ މަންޝާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާ ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލަން ނިންމިއެވެ. މޫނުމައްޗަށް ވެއްޓޭ އިސްތަށިތައް ކަންފަތު ބުޑަށް މަހާލަމުން މަންޝާ އަތުގައި އޮތް ފޯނަށް ބަލާލީ ގަޑިން ވީއިރެއް ބަލާށެވެ.

މަންޝާގެ ފަހަތުން މީހަކު އައިސް އޭނާގެ ދެކޮނޑުގައި ހިފުމުން މަންޝާ ދިޔައީ ސިއްސައިގެންނެވެ. އިތުރު ހަރަކާތެއް ނުކުރެވެނީސް އެމީހަކު މަންޝާގެ ކަންފަތްދަށަށް ގުދުވެ، ވައިއަޑުން ބުނެލިއެވެ. “ޢީދު މުބާރިކް…..”

އެ އަޑު ޖެހުމާއި އެކު މަންޝާގެ ދެލޯ ބޮޑުވިއެވެ. އެއީ ކާކުކަން މަންޝާއަށް ޔަގީން ވިއެވެ.

(ނުނިމޭ)

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

އިންތިޒާރުގައި ހުރިން 17

Next

ދޭނަން ހިތާ ޖާނާ (14)

Next
July 6, 2016

ދޭނަން ހިތާ ޖާނާ (14)

Previews
July 5, 2016

އިންތިޒާރުގައި ހުރިން 17

29 Comments

  1. Mary says:
    July 5, 2016 at 9:36 pm

    wow…. varah salhi thanakah thi nimmaalee… n eid mubarik to u shaz… varah reethi mi baives…

  2. anoo says:
    July 5, 2016 at 10:11 pm

    Wow zibaan aeetha? Oooooh v salhi vaane..

  3. shifoo says:
    July 5, 2016 at 10:14 pm

    Kn dhuvahaku next part up vanyyy

  4. Aishu says:
    July 5, 2016 at 10:19 pm

    Yuck hassanbe ta??? Story v nice… Eid Mubarak

  5. nunnu says:
    July 5, 2016 at 10:52 pm

    alhey dhahi vaa hisaabakun ninmaalaafa.ziban tha hasanu tha?alhe ziban nama dhw.eyrun mansha ah hamajehumeh libeyne.

  6. mansha says:
    July 5, 2016 at 11:06 pm

    eidmubarik… hithah aranee ei mahudhy ey..

  7. Liu says:
    July 5, 2016 at 11:08 pm

    Male in furaageh kaashidhoo ah 6hr nagaatha… Aharun ra atoll ahwes male in furaaheh 4hr in ahnah ferryga

    1. kaashidhoo meeha says:
      July 5, 2016 at 11:25 pm

      actually five hrs vaane n kandu gadhavejjiyyaa six hrs vumakeeves ekasheegen vaa kameh

  8. fff says:
    July 5, 2016 at 11:31 pm

    hassanbe a hey aru vaalhah chey.heyo nuvaane.

  9. sha says:
    July 5, 2016 at 11:42 pm

    Mi story liyany kaashidhoo kuhjehtha?? V reethi story.. Eid mubarik..

  10. shiuny says:
    July 5, 2016 at 11:46 pm

    Stupid hassanbe….
    E beyah gotheii hadhan vejje eiinunn… …
    N shiu beynumy axym n manshr gulhen.. …

  11. nabee Naji says:
    July 6, 2016 at 12:09 am

    V v v furihama.. waiting for next part

  12. Fathun says:
    July 6, 2016 at 12:59 am

    Alhey dhn axym nd mansha vaki nukobala

  13. Purplish says:
    July 6, 2016 at 1:05 am

    Just interested more n more. …. This is my favourite

  14. Swyt says:
    July 6, 2016 at 1:06 am

    Thankolheh avahah mivaahaka uokohladheebala.

  15. Aleena says:
    July 6, 2016 at 3:53 am

    Eid mubaarak shax lynooo

  16. Mannsha says:
    July 6, 2016 at 7:17 am

    thee hasanah vejjeyaa huvaa mibunee nimunee.. nolhaalaaanan maithiri nuvegen ulhey ethi. zibaan ah vaane nama dho. azeem kada meeheh dho?

    1. zibaan says:
      July 6, 2016 at 10:12 am

      Haha..manshaa i love you

    2. Mannsha says:
      July 6, 2016 at 5:14 pm

      hey zibboo.. l love you more

    3. zibaan says:
      July 6, 2016 at 7:12 pm

      Huvaa tha??varahhh ufaa vehhje ingey thi henn bunyma..anehhkaa azeem aa nugulhehchey ingey

    4. Mannsha says:
      July 8, 2016 at 6:25 am

      inge ehnu mannsha loabi vany zibs dheke kan? zibs aadheba hasanah gotheh hadhan. haadha undhagu bodey eynage

  17. same says:
    July 6, 2016 at 12:27 pm

    V salhi mi partves. Roadha mas nimuneema avahah up kohleveynethah?

  18. fff says:
    July 6, 2016 at 3:52 pm

    zibaan aa mansaa aa gulhu vaa jiniyaka viya ok vaane

  19. Arw says:
    July 7, 2016 at 1:45 pm

    Thivaany ziban ah kamah…

  20. Arw says:
    July 7, 2016 at 1:46 pm

    Thivaany ziban ah kamah… Hasanbe my foot!!!!

  21. best says:
    July 7, 2016 at 4:07 pm

    This is the best story

  22. sweet says:
    July 8, 2016 at 9:21 am

    zibaan aa manshaa aa gulhuvah chey.avaha up koh dheebala

  23. sham says:
    July 8, 2016 at 12:51 pm

    Waiting for the next part

  24. riffu says:
    July 9, 2016 at 1:55 am

    Can’t wait for next part.. Ma sha Allah v nice story eh ?

Comments are closed.

All Right Reserved!