ދޭނަން ހިތާ ޖާނާ (14)
މެންދަމު ވެހެމުން ދިޔަ ބޯވާރޭގެ އަޑުވަނީ މުޅި މާހައުލުގައި ހިފާލާފައެވެ. ވިދާލާ ވިދުވަރުން މުޅި ބެލްކަންޏަށް އަލިވެގެން ދާއިރު ޖަހާލާ ބާރު ގުގުރީގެ އަޑުން ގައިން ހީބިހި ނަގައިގެން ދެއެވެ. ވެހެމުން ދިޔަ ބޯވާރޭއަށް ނަޒަރު ހުއްޓާލައިގެން އިން ލޫތް އިނީ ފޯނެއްގައެވެ. ހިޔަލުގައި އިންނަމަ ވެސް ވާރޭ ތިކިތަކުން ލައިގެން ހުރި ސޯޓަށް ތިކިބުރަމުން ދިޔައެވެ.
“އައި އެމް ސޮރީ..” ލޫތް ބުނެލިއެވެ. އޭނާ ވަރަށް ހިތްވަރުކޮށްފައި މިރޭ އައިފާއަށް ގުޅީ އެއަޑު އަހާލަން ކެތްމަދު ވެގެންނެވެ. ލީނާ ދިޔަފަހުން އެބޮލުގެ ރިހުން އިތުރިވި ކަހަލައެވެ. “ނިދަނީތަ އަނެއްކާ؟” ލޫތް އަތުގައި އޮތް ސިނގިރޭޓު ދަމާލަމުން ބުނެލިއެވެ.
“ނޫން.. އެއީ ލޫތް ސޮރީއޭ ބުނާވަރުގެ ކަމެއް ނޫނޭ..” ހޫނު ކޮފީތައްޓެއް ހިފައިގެން އެނދުގައި ދެފައި ވަށްކޮށްގެން އިން އައިފާ ބުނެލިއެވެ. ހަޤީޤަތުގައި ލޫތް ގުޅީ އޭނާ ނިދި ޖެހުނުތަނާއެވެ. ނަމަވެސް ލޫތްގެ ނަންފެނުމުން ނިދިވެސް ފިލާ ހިނގައްޖެއެވެ.
“އަހަރެން ވެސް ރުޅިއައި އޭރު ލޫތް ދެކެ.. އައި ޝުޑް ބީ ސޮރީ ކޮމްޕްލެއިން ކުރެވުނީތީ..” އައިފާ ބުނެލިއެވެ. އޭނާ ހުރީ އަދިވެސް އެކަން ކުރެވުނީތީ ލަދުގަނެފައެވެ. “ދެން އެވާހަކަ ނުދައްކާ.. މާދަން ހެދުނު ކޮފީއަކަށް ދާނަންތަ؟” ލޫތް މިހެން ބުނުމުން އައިފާގެ ހިތް ތެޅިފޮޅެން ފެށިއެވެ.
“އަމް.. ޔާ. ޔާ އޯކޭ.” އައިފާ އަވަސް އަވަހަށް ބުނެލިއަޑު އިވުމުން ލޫތް ހިނިތުންވެލިއެވެ. އައިފާ ވެސް އޭނާއާއި އެކީ ވަގުތު ހޭދަކުރަން ބޭނުންވާކަން އިނގުމުން އެހިތް އުފަލުން ނަށާލި ކަހަލައެވެ. “ސޯ އާދެ އަހަރެން އޮފީހަށް މާދަން..” ލޫތް އިން ގޮނޑިން ތެދުވަމުން ބުނެލިއެވެ.
އެރޭ އެތަށް އިރެއް ވަންދެން ދެމީހުން ފޯނުގައި ތިއްބެވެ. ލޫތް ދުބާއިގައި އުޅުނު ދުވަސްވަރުގެ ވާހަކައިން ފެށިގެން ލީނާ ކަންތަން ކުރިގޮތުގެ ވާހަކަ ވެސް ދެކެވުނެވެ. އެދެމެދުގައި އެއްވެސް ބީރައްޓެހިކަމެއް ނެތް އިރު ވާހަކަދައްކާލަން އެހާމެ ފަސޭހައެވެ.
ހިވަނީ އެކަކު އަނެއްކެއްގެ ހިތުގައިވީ އެއްޗެއް ވެސް އިނގޭ ހެންނެވެ. ފޯނު ބޭއްވުމަށްފަހު ލޫތަށް ނިދުނީ މިއިން ދުވަހެއްގައި ވެސް ނުނިދޭހާ ފުން ނިއްޖަކުންނެވެ. އައިފާގެ ސަބަބުން އެ ހިތަށް އާ ދިރުމެއް ލިބުނު ކަހަލައެވެ.
****
ހެނދުނުވީ ބޯ ވިލާތަކުން ޖައްވު ބަނަކުރަމުންނެވެ. ފިނި ދުވަހެއްގައި ލޫތްގެ އޮފީސްތެރޭ އައިފާއާއި ލޫތް ދެމީހުން ހޫން ކޮފީ ބޮމުން ދިޔައިރު މުޅި ހިސާބުގައި ވަނީ ކޮފީގެ ހިތްގައިމު ވަސް ހިފާފައެވެ. ލޫތް އާދައިގެ މަތިން ހުދު ގަމީހުގައި އިން އިންއިރު އައިފާ އިނީ ކަޅު ގަމީހެއްގައެވެ.
“މިއީ ދޯ އެންމެ ފުރަތަމަ އައިފާއާއި ދިމާވި ގޮތަކީ.. ސްޕިލްޑް ކޮފީ އޮން މީ.” ލޫތް އޭނާގެ ކޮފީތަށި ދިއްކޮށްލަމުން މިހެން ބުނުމުން އައިފާ ގާތަށް އައީ ހިންޏެވެ. “އެންމެ ފަހަރަކުތަ.. ފުރަތަމަ ޖޮބަށް އައި ދުވަހު ވެސް..” އައިފާ ހެމުން ހެމުން ބުނެލިއެވެ. “ހޫމް.. ނަސީބެއް ގަމީހުން އެ ފިލިކަން..” ލޫތް ވެސް ހުނުމުގައި ބައިވެރި ވެލަމުން ބުނެލިއެވެ.
“ޥާހަކައެއް އަހާލަންތަ؟” އައިފާ އޭނާގެ ދިގުވެފައި އޮތް އިސްތަށިކޮޅާއި ކުޅެލަމުން ބުނެލިއެވެ. “ކީއްވެ އަބަދު ހުދު ގަމީސް ލަނީ؟” އައިފާ މިހެން އެހުމުން ލޫތް ހިނިތުން ވެލިއެވެ. “އިނގޭތަ އަދި އައިފާ ނޫނީ އަދި އެކަކު ވެސް ތި ސުވާލެއް ނުކުރޭ..” ލޫތް ކޮފީ ބޮމުން ބުނެލިއެވެ.
“އަސްލު ހުދުއެއީ ވަރަށް ސާދާ ކުލައެއް.. އިޓްސް ކްލީން އެންޑް ޑީސެންޓް.. އަދި މިކަހަލަ ބިޒްނަސްއެއްގައި މީހާއަށް ބަލައިލާފައި އޭނާގެ ޕްވާ އަންދާޒާ ކޮށްލެވޭވަރު ވާންވާނެ. ސޯ ވަޓްސް ބެޓާ ދެން ވައިޓް. ހަޑީތަ އަނެއްކާ؟” ލޫތް އެއްބުމަ އަރުވާލަމުން އަހާލިއެވެ. “ނޫން.. ވަރަށް ސްމާޓް.. އެހެންވެތަ އިސްތަށިކޮޅު ވެސް ދިގީ؟” އައިފާ އޭނާ އިން ގޮނޑި ދެކޮޅަށް އަނބުރަމުން ބުނެލިއެވެ.
“މިއީ ދެން ދުބާއިގައި އުޅުން އިރު ދިގު ކުރިގޮތަށް ކޮށާ ހިތް ނުވެފައި.. އެހާ ދިގެއް ނޫނެއްނުން.. އައިފާ ބުނެފިއްޔާ ކޮށާ ވެސް ލާފާނަން.” ލޫތް އޭނާގެ އައްސާފައި އިން އިސްތަށި ކޮޅާއި ކުޅެލަމުން ލާނެތް ގޮތަކަށް ބުނެލިއެވެ. އައިފާ އިތުރު އެއްޗެކޭ ނުބުނެ ރަކި ގޮތަކަށް ހީލިއެވެ.
ލޫތް އޭނާ އިން ގޮނޑި އައިފާއާއި ކައިރިއަށް ޖައްސާލަމުން އެތޫނު ދެލޮލުން އައިފާގެ އެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ލޫތް ބެލިވަރަކަށް އައިފާއަށް ހީވަނީ އެކަޅުކަން ގަދަ ކަޅީގެ ތެރެއަށް ގެނބިގެން ދާހެންނެވެ. “ވުޑް ޔޫ ލައިކް ޓު ގޯ އޮން އަ ޑޭޓް ވިތް މީ؟” ލޫތް ކުއްލިއަކަށް މިހެން އަހާލުމުން އައިފާ ކޮފީބޯން އިނދެފައި ކޮށިއެރިއެވެ.
“ވަޓް؟” އައިފާ ސިހިފައި އިނދެ އަހާލިއެވެ. އޭރު ކޮފީއިން އިތިކޮޅެއް އޭނާގެ ދަތްދޮޅީގައި އިނުމުން ލޫތް އެއަށް އިޝާރާތްކޮށްލިއެވެ. ނަމަވެސް އައިފާއަށް އެބުނި އެއްޗެއް ނޭގުމުން ލޫތް ޖީބުން ކުޑަ ރުމާލެއް ނަގައި އައިފާގެ މޫނާއި ކައިރިވެލަމުން ދަތްދޮޅިގައި އެޖައްސާލިއެވެ.
ލޫތްގެ ހޫނުނޭވާ އެމޫނަށް އެޅުމުން އައިފާއަށް ބޭއިޚްތިޔާރުގައި ތިރީ ތުންފަތުގައި ދަތް އެޅުނެވެ. ލޫތް މަޑުމަޑުން ދަތްދޮޅިއަށް ދަމާލުމުން އައިފާ އޭނާގެ ތިރީތުންފަތް ދޫކޮށްލުމާއިއެކު ލޫތްގެ އިނގިލިތަށް އެ ތުންފަތުގައި ބީހިލިއެވެ. ކުއްލިއަކަށް ދޮރު ހުޅުވުނު އަޑަށް އައިފާ ސިހިފައި ދުރަށް ޖެހިލިއިރު އޭނާ ހިފައްޓައިގެން ހުރި ކޮފީތަށި ވެއްޓި ލޫތްގެ ގަމީހަށް ބަންޑުންވިއެވެ.
އޭރު އައިފާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ވަގުތުން އޭނާގެ ނަޒަރު ދޮރާއި ދިމާއަށް ހުއްޓުނެވެ. އެތެރެއަށް ވަނީ ފައިލްތަކެއް ހިފައިގެން ހުރި ލޫތްގެ އެސިސްޓެންޓް ނާޒްއެވެ. އޭރު ލޫތް ގޮނޑިން ތެދުވިއިރު ލައިގެން ހުރި ގަމީހުގައި ވީ ހުސް ކޮފީއެވެ. “އޯ ނޯ.. އައި އެމް ސޯ ސޮރީ..” އައިފާ އުޅެން ފެށިގޮތުން ލޫތް ގާތަށް އައީ ހިންޏެވެ.
އެތެރެއަށް ވައިން ނާޒަށް މި މަންޒަރު ފެނުމުން އޭނާ އަވަހަށް އައިފާއަށް ރުމަލެއް ދިއްކޮށްލިއެވެ. “ނާޒް ދޭބަ ތިރިއަށް ގޮސް ގެއަށް ގުޅާފައި ގަމީހެއް ގެންނާށޭ ބުނަން. ދެން މިހެން ހުރެގެން ގެއަކަށް ނުދެވޭނެ” ލޫތް އޭނާ ފޮނުވާލުމުގެ ބޭނުމުގައި މިހެން ބުނުމުން ނާޒް އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ދިޔައެވެ.
ލޫތްގެ ގަމީހުގައި ރުމާ ހާކަން ހުރި އައިފާގެ އަތުގައި ހިފައްޓާލުމުން އޭނާގެ ހަރަކާތްތަށް ހުއްޓުނެވެ. އޭރު ލޫތް ޖަހައިގެން ހުރި އަރްމާނީ ސެންޓުވާހާއި އެކުވި ކޮފީގެ ވަސް ދުވުމުން އައިފާ ހަށިފުރާ ނޭވާއެއް ލިއެވެ. “ކާމް ޑައުން.. އެހެންވޭއޭ ބުނީ މިއީ ހަމަ އައިފާގެ ހޮބީއެކޭ.” ލޫތް ހިނިތުންވެލަމުން ބުނެލިއެވެ.
“ސޮރީ..” އައިފާ ދެރަވެފައި ހުރެ މިހެން ބުނުމުން ލޫތް އިތުރަށް ކައިރިވެލިއެވެ. “ސޯ އެބައުޓް ދަ ޑޭޓް؟” ލޫތް މިހެން ބުނިތަނާ ނާޒް އެތެރެއަށް ވަނެވެ. “ސާރ ގަމީސް އިރުކޮޅަކުން ފޮނުވާދޭނެ.” ނާޒް މިހެން ބުނެ ތެޅިފައި އޮތް ކޮފީތަށި ނަގަން އުޅުމުން އައިފާ ދާން ހިނގައިގެތެވެ.
“އިޒް ދެޓް އަ ޔެސް؟” އައިފާ ދާން ހެނދުމުން ލޫތް އަހާލިއެވެ. “މޭބީ.” އައިފާ ލާނެތް ގޮތަކަށް ހީލަމުން މިހެން ބުނެފައި އޮފީހުން ނިކުތެވެ. “ނާޒް ތި ބަހައްޓާ.. ޔޫ ޑޯންޓް ހެވް ޓޫ ޑޫ ދެޓް. ކްލީނާއަކަށް ގޮވާލަ.” ލޫތް މިހެން ބުނުމުން ނާޒް ތެދުވެ ދާން ހެދުމުން ލޫތް އިށީނދެ ހިނިތުންވެލިއެވެ. “އޯ އައިފާ.. ވަޓް ވިލް އައި ޑޫ ވިތް ޔޫ..” ގަމީހުގައި ހުރި ކޮފީގެ ލަށްގަނޑުގައި އަތް ހާކާލަމުން ލޫތް ބުނެލިއެވެ.
****
ކާރުގެ ހުންގާނުގައި އިނގިލަށް މަޑުމަޑުން ޖަހަމުން ދިޔަ ލޫތް އިނީ އައިފާގެ އިންތިޒާރުގައެވެ. ދެދުވަސް ފަހުން ލޫތް ބުނި ޑޭޓަށް ދާން އައިފާ އެއްބަސް ވުމުން މިހާރު އޭނާ އެއިނީ އެގޭ ބޭރުގައި ގަޑި ގުނަގުނަ އެވެ. އެންމެފަހުން އޭނާ ބޭރަށް ނިކުމެ ކާރުގައި ލެނގިލައިގެން ހުރިއިރު އިރިކޮޅަކާއި އަތުކުރި ގަޑިއަށް ބަލާލެވެއެވެ.
ގެއިން ނިކުއިން އައިފާ ފެނި ލޫތްގެ ތަލިން ކުޅު ހިކުނު ކަހަލައެވެ. އައިފާ ހުރީ އެހެން ނޫނީ ނުލައި ކަހަލަ ބާރު ހެދުމެއް ލައިގެންނެވެ. ކަކުލާއި ހަމައަށް އަރައި ރަތްކުލައިގެ އެ ޕެންސިލް ހެދުން ގައިގައި ހިފާލާފައި ހުރިލެއް ވަރަށް ވެސް ފުރިހަމައެވެ. ދިގުވެފައި އޮތް ކަޅު އިސްތަށި ގަނޑު މެއާއި ހަމައަށް އަރާއިއިރު ވަނީ ރީތިކޮން ފަންކޮށްލިވިފައެވެ.
“ހާއި.” ލޫތް ކަޅި ޖަހާނުލައި ބަލަން ހުރުމުން އައިފާ ކަރުކެހިލަމުން ބުނެލިއެވެ. “އޯ.. ހާއި.. ޔޫ ލުކް.. މެސްމަރައިޒިން..” ލޫތް ރަނގަޅު ބަސް ހޯދާލުމަށް ފަހު ބުނެލިއެވެ. އައިފާ ހިނިތުންވެލާފައި ލޫތް ކާރުގެ ދޮރު ހުޅުވާދުނުމުން އެތެރެއަށް ވަނެވެ. ލޫތް ވެސް އެތެރެއަށް ވަދެ ކާރު ދުއްވާލި އިރު މޫނުމަތިން ފެނުނީ ހިތްގައިމު ހިނިތުން ވުމެކެވެ.
އެމީހުންގެ މަންޒިލަށް ދެވުމުން ލޫތް ކާރު ޕާކު ކޮށްލުމަށްފަހު އައިފާއާއި އެކީ އެތެރެއަށް ވަނެވެ. އެމީހުންނަށް ހާއްސަކޮށް ލޫތް ނަގާފައި އިން ޕްރައިވެޓް ޑިނާ ރޫމަށް ވަނުމަށްފަހު އައިފާއަށް އިށީންނަށް ގޮނޑި ދަމާލަދިނެވެ.
“ވަރަށް ރީތި ތަނެއް.” އައިފާ ހިނިތުން ވެލަމުން ބުނެލިއެވެ. “ހަމަ އައިފާއަށް ހާއްސަކޮން..” ލޫތް މިހެން ބުނެ ވެއިޓަރަށް ކެއުމަށް އޯޑަރު ދިނެވެ.
ދެމީހުން އެކި ވާހަކަތައް ދެއްކުމުގައި ކެއުން ކުރިއަށް ދިޔައިރު އައިފާގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. ކައި ނިމިގެން ލޫތް ބޭނުންވީ ދުއްވާލަން ދާށެވެ. ކާރު ދުއްވަމުން ގޮސް ސުނާމީ ބިނާ ކައިރިއަށް ކާރު ޕާކު ކޮށްލަމުން ލޫތް އައިފާއަށް ނަޒަރު ހުއްޓާލިއެވެ. “ލޫތް..” އައިފާ ވަރަށް މަޑުން ގޮވާލިއެވެ.
“މިއީ.. އަހަރެމެން ދެމީހުން ދޭތެރޭގައި މި ހިނގަނީ ކޮންކަމެއް؟ ވަޓް އިޒް ދިސް؟” އައިފާ ނުތަނަވަސްވެފައި އިނދެ އަހާލިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެމީހުންވަނީ އެކަކު އަނެކަކާއި ގިނަ ވާހަކަތަކެއް ދެކެވި ގުޅުމެއް އުފެދޭން ފަށާފައެވެ. އެކަމަކު މިކަމަށް ދޭނެ ނަމެއް އައިފާއަކަށް ނޭނގުނެވެ.
ލޫތް އިރުކޮޅަކު ހިމޭނުން އިނދެފައި ވާހަކަދައްކަން ފެށިއެވެ. “މިއީ ހަމަ ގައިމު ވެސް ރަޚުމަތްތެރި ކަމެއް ނޫން.. ކުރިން ކުރެވުނު ކަންތަކަކީ ރައްޓެހިން ކުރާނެ ކަންކަމެއް ނޫން.. އެންޑް އައި ޑޯންޓް ފީލް ދެޓް ވޭ ފޯ ޔޫ.. ޔޫ މޭކް މީ ހެޕީ.. ޔޫ. ޔޫ އާ ސްޕެޝަލް.” ލޫތް މިހެން ބުނުމުން އައިފާ ލަދުން އިސްޖަހާލިއެވެ.
“ތިހެން ލަދުގަތީމަ އަދި މާ ހިތްގައިމު..” އައިފާ އަތުގައި ހިފާލަމުން ލޫތް ބުނެލިއެވެ. “އެކަމަކު ލޫތް..” އައިފާ މިހެން ބުނުމުން ލޫތް ދެބުމަ ކައިރިވިއެވެ. “ކިހިނެތްވީ؟ ޔޫ ޑޯންޓް ފީލް ދިސް؟” ލޫތް މިހެން ބުނުމުން އައިފާ ވަގުތުން ނޫނެކޭ ބުނެ ބޯ ހަލުވާލިއެވެ.
“އެހެންނެއް ނޫން.. ދެއާ އިޒް ސަމްތިން.. އަހަންނަށް ވެސް ފީލްވޭ އެކަން.. އެކަމަކު ލޫތް އެހަކަށް ދުވަހު ތި ވަރިވީ ދެން..” އައިފާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ލޫތް އޭނާގެ ވާހަކަ ހުއްޓުވިއެވެ.
“އިޓް ޑަޒަންޓް މެޓާ.. އެހެން ނޫނަސް އެހައި ދުވަސް ވަންދެން ލީނާއާއި އެކީ އުޅެވުނު އިރު ނުކުރެވުނު އިހުސާސް އައިފާއާއި އެކީ ދެތިން ގަޑިއިރު ހޭދަކޮށް ލުމުން އެބަވޭ.. އައި ވޯންޓް ދިސް.” ލޫތްގެ އަޑުން ވެސް އޭނާ މިކަމަށް އެދޭވަރު ހާމަވެއެވެ.
“އޯކޭ..” އައިފާ މިހެން ބުނެ ހިނިތުންވެލިއެވެ. އޭނާގެ ހިތް ވެސް ލޫތަށް އެދި ގޮވަމުން ދިޔައެވެ. އިރުކޮޅަކު ވާހަކަދައްކާލަން ތިބުމަށްފަހު ލޫތް ކާރުގެ މިސްރާބު އައިފާގެ ގެއާއި ވީކޮޅަށް ދުއްވާލިއެވެ.
ކާރު އައިސް އައިފާ ގެކައިރިއަށް މަޑުކޮށް ލުމުން އޭނާ ލޫތްއަށް ނަޒަރު ހުއްޓާލިއެވެ. “ތެންކްޔޫ. ވަރަށް ފުރިހަމަ ޑޭޓެއް.” އައިފާ ދަމުން ޝުކުރު އަދާކުރިއެވެ. “ގުޑްނައިޓް..” އައިފާ ކާރުން ފައިބަން ހެދުމުން ލޫތް އޭނާގެ އަތްތިލައިގައި ހިފޭއްޓިއެވެ. އެމަޑު އަތުގައި ބޮސްދެމުން ލޫތް ހިނިތުންވެލިއެވެ. “ގުޑްނައިޓް.” ލޫތް މިހެން ބުނުމުން އައިފާ ހިނުތުންވުމަކާއިއެކީ ކާރުން ފޭބިއެވެ.
****
ދެހަފްތާ ވޭތުވެގެން ދިޔައިރު ލީނާގެ މެސެޖު ތަކަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ލީނާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ލޫތަށް މެސެޖު ކުރާއިރަށް ފޯނު ބިޒީކަމަށް ދައްކައެވެ. އެތަށް މެސެޖެއް ކުރުމުން ވެސް ޖަވާބެއް ނުލިބުނެވެ.
“ލޫތް ޕްލީޒް! މަންމާ!!” ލީނާ އެންމެފަހުން ރުޅި ހައްދުން ނައްޓައިގެން ހަޅޭލަވައިގަތެވެ. ލީނާގެ އަޑަށް މުއުމިނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް އެކޮޓަރިއަށް ވަނެވެ. “ކިހިނެތްވީ؟ ކިހިނެތްވީ؟” މުއުމިނާ ހުރީ އަނެއްކާ ލީނާ ކަމެއް ކުރީ ކަމަށް ހީކޮށް ހާސްވެފައެވެ.
“މަންމާ..” ލީނާ ގޮސް މުއުމިނާ ގައިގައި އޮޅުލައިގަންނަމުން ރޮއެގަތެވެ. “އަޅެ ލޫތް ގެނެސްދީ މަންމާ.. ނޫޅެވޭނޭވެ ލޫތްއާއި ނުލައެއް.” ލީނާ ގިސްލަމުން ވާހަކަދެއްކިއެވެ.
“ދެން ކިތަންމެ ވަރަކަށް ރުޔަކަސް ކަމެއް ނުވާނެ. ތިހެން ނުކައި ނުބޮއެ އޮތޭ ކިޔާފައި ލޫތެއް ނާންނާނެ.” މުއިމިނާ ލީނާގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ.
“އަހަރެން ލޫތް ކައިރިއަށް އެ ހޮޓެލްއަށް ދާނީ! އެންމެން ކުރިމަތީގައި އޭނާ ކައިރި އާދޭސް ވެސް ކޮށްފާނަން. އޭރުން ކޮންމެ ވެސް އެއްޗެކޭ ހިތަށް އަރާނެ..” ލީނާ މިހެން ބުނެފައި ތެދުވިއެވެ. އޭނާ ދަބަސް ހިފައިގެން ކޮޓަރިން ނިކުއިން އިރު މުއުމިނާ އޭނާ ހުއްޓުވާކަށް ވެސް ނޫޅުނެވެ.
****
އޮފީހުން ނިކުމެގެން އައި ލޫތް ހުރީ ފައިލެއް ހާވާށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ދިޔައިރު އޭނާގެ ނަޒަރު ވަނީ ފައިލަށް ހުއްޓިފައެވެ. ކުއްލިއަކަށް މީހަކު ކުރިބެއްދުމުން ލޫތްގެ ފިޔަވަޅުތަށް ހުއްޓުނެވެ. އިސްނަގައި ބަލާލިއިރު ކުރިމަތީގައި ހުރި ލީނާ ފެނި މޫނުގެ ކުލަވަރު ބަދަލު ވިއެވެ.
“ރިއަލީ؟ މިހާރު މިތަނަށް ވެސް އައީ.. ދުރައްދޭ.” ލޫތް މިހެން ބުނެފައި ދާން ހިނގައިގަތުމުން ލީނާ އޭނާ ކުރިބެއްދިއެވެ. “ނުދެވޭނެ ތިހާ ފަސޭހައިންނެއް.. ޔޫ ކާންޓް ޖަސްޓް ލީވް މީ.” ލީނާ މިހެން ބުނުމުން ލޫތް ރުޅި ގަދަވިއެވެ.
“ބުނަން މިތަނުގައި ސީންއެއް ކްރިއޭޓް ކުރަން އުޅޭނެ ކަމެއް ނެތް.” ލޫތް ވީހާވެސް މައިތިރިކޮށް ވާހަކަދެއްކޭތޯ ބެލިއެވެ.
“އެކީއްވެ؟ ލޫތް ޕްލީސް.” ލީނާ އާދޭސް ކުރަން ފެށުމުން ލޫތް އަވަސް ފިޔަވަޅު ތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ. “ލޫތް މަޑުކޮށްބަލަ.” ލީނާ އޭނާގެ ފަހަތުން އައިސް އަތުގައި ހިފަމުން ބުނެލިއެވެ. ތަނުގައި ތިބި މީހުންގެ ސަމާލުކަން މަޑުމަޑުން އެމީހުންނަށް ހުއްޓެންފެށިއެވެ.
“ދޫކުރޭ އަތުން.. އަތް ނުލާތި!” ލޫތް އަތް ފޮޅުވާލަމުން އިންޒާރެއް ދިނެވެ. ނަމަވެސް ލީނާ އޭނާގެ ގޮތުގައި ހިފެއްޓިއެވެ. އޭނާ ލޫތްގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. އެވަގުތު ލިފްޓުން ނިކުއިން އައިފާއަށް މި މަންޒަރު ފެނުމުން ފިޔަވަޅުތަށް ގަނޑުވި ކަހަލައެވެ.
ހޮޓެލްގެ މެދުތެރޭ ލީނާ ލޫތްގެ ގައިގައި ބައްދާލައިގެން ހުރެ ރޮމުން ދިޔައިރު މިހާރު އެންމެންގެ ނަޒަރު ވަނީ އެދިމާއަށް ހުއްޓިފައެވެ. މި މަންޒަރު ފެނި އައިފާގެ ހިތަށް ތަދުވިއެވެ. އޭނާ މިތަނަށް އައީ ލޫތް ގުޅައިގެން އެކީގައި ގެއަށް ދިއުމަށް އެދުމުންނެވެ. ނަމަވެސް މިފެންނަނީ މުޅިން ތަފާތު ކަމެކެވެ.
އެންމެން އެދިމާއާށް ބަލަން ފެށުމުން ލޫތް ލަދުން ހަލާކުނުވީ ކިރިއާއެވެ. “އައި ލަވް ޔޫ… ތިހެން އަހަރެން ދޫކޮށްލާފައެއް ނުދެވޭނެ.” ލީނާ މިހެން ބުނުމުން ލޫތް އޭނަ ގަޔާއި ދުރުކޮށްލިއެވެ.
“ގެޓް އައުޓް.. އެހެން ނޫނީ ސެކުއިރިޓީ ގެންނަން ޖެހޭނީ!” ލޫތް މިހެން ބުނެ ލީނާ ދުރަށް ލިއެވެ. އަދި ހަރު ފިޔަވަޅުތަކެއްގައި އެތަނުން ދާން ފެށުމުން ލީނާ އަޑުގެ ކޮޅަށް ހަޅޭ ލަވައިގަތެވެ.
“ލޫތް އަހަރެންނަށް ކިހާ ބޮޑު އަނިޔާއެއް ތިދިނީ.. ހަމަ ހުރެފައި ވަރި ތިކޮށްލީ.. އެއްވެސް ކަމެއް ހައްލު ކުރަން ވެސް ބޭނުން ނުވަނީ ކީއްވެ؟ އަނެއްކާ އެ އައިފާއާއި ރައްޓެހިވީތަ.. ހާދަ ލަދުކުޑައޭ!!” ލީނާ އައިސްފައި ހުރި ރުޅީގައި މިހެން ބުނިއިރު މިދެއްކެނީ ކޮން ވާހަކައެއް ކަމެއް ވެސް ރަނގަޅަކަށް ރޭކައެއް ނުލައެވެ.
ލީނާގެ އަޑު އިވުމާއިއެކު ލޫތްގެ ފިޔަވަޅުތަށް ވަގުތުން ހުއްޓުނެވެ. އޭނާ ފަހަރެއްގައި ވެސް ލީނާ އެހެން ބުނެފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. އޭނާގެ ނަޒަރު ވަގުތުން ހުއްޓުނީ ދުރުގައި ހުރި އައިފާއަށްށެވެ. އޭރު އައިފާ ވެސް ހުރީ ލީނާގެ ބަސްތަކުން ސިހިފައެވެ.
“އޯ ލުކް! އެހެރީ މިސް އައިފާ.. އަހަރެންގެ ފިރިމީހާ ޖަހަގަނެގެން އެބަހުއްޓެއްނުން އަދި!” ލީނާ އައިފާއާއި ދިމައާށް ދާން ހެދުމުން ލޫތް ވަގުތުން ލީނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“އިނަފް!! ސެކުރިޓީ.. ގެޓް ހާ އައުޓް!! ނައު!” ލޫތްގެ އަޑަށް ދެތިން ސެކުރިޓީ މީހުން އެތަނަށް އައިސް ލީނާ ގެންދަން އުޅުނެވެ. “ޑޯންޓް ޓަޗް މީ! ބުނަން ލޫތް.. ޔޫ ވިލް ރިގްރެޓް ދިސް!!” ލީނާ މިހެން ބުނެފައި އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދިޔައެވެ. އޭރު ތަނުގެ އެންމެން ތިބީ މި މަންޒަރު ބަލަން ހުއްޓިފައެވެ.
އައިފާއަށް ބަލާލަމުން އެތަނުގައި އިތުރަށް މަޑުކުރަން ނުކެރިގެން ލިފްޓަށް އަރަން ދިޔައެވެ. މިތަން ފެނި އައިފާ އެހެން ލިފްޓަކަށް އެރީ އެ އެންމެންގެ ކުރިމަތީގައި އަނެއްކާއި ލޫތްއާއި އެއް ލިފްޓަކަށް އަރަން ނުކެރިގެންނެވެ.
ލީނާ ހޮޓެލްއިން ނިކުމެގެން ދިޔަ ބާރު މިނުގައި ގޮސް ކާރަށް އަރައި އިނެވެ. ލޫތަށް އެއްވެސް އަސަރެއް ނުކުރީތީ އޭނާގެ ރުޅި އިތުރުވިއެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދިޔައިރު ލޫތް ދެން ނުލިބޭނެކަމުގެ ބިރު ހިތުގައި އުފެދުނެވެ.
މިހިން އިންދާ ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ލޫތް ހޮޓެލް އިން ނިކުމެގެން އައިސް އޭނާ ކާރު ކައިރީގައި މަޑުކޮށްލި މަންޒަރެވެ.
އެކުރު އިސްތަށިކޮޅަށް އަތް މަހާލިއިރު މޫނުމަތިން ފެނުނީ ހާސްކެމެވެ. އިރުކޮޅަކުން އެތަނަށް އައި އައިފާ ފެނި ލީނާގެ ރުޅި ކެކިގަތެވެ. އައިފާ އައިސް ލޫތްގެ ކޮނޑުގައި އަތްބާއްވާ ލުމުން އޭނާ ފަސްއެނބުރި ބަލާލިގޮތާއި އެމޫނުމަތިން އުދާސްތަށް ނެތިގޮސް މުޅިން ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު ލީނާއަށް ފެނުނެވެ.
އެދެމީހުން ވާހަކަތަކެއް ދެއްކުމަށްފަހު އެންމެފަހުން ލޫތް މަޑުމަޑުން އައިފާގެ ކޮލުގައި ބީހިލި މަންޒަރު ފެނުމުން ލީނާ ހީވީ ހަމަ ދެންމެ ދެންމެ ކާރު ފުއްމާލައިގެން ގޮސް އައިފާ ގަޔަށް އަރާފާނެ ހެންނެވެ. އެމީހުން ތިބީ ގަސްތަކުގެ ނިވަލުގައި ކަމުން މީހުންގެ ލޯތަކަށް މި މަންޒަރެއް ނުފެނެއެވެ.
ލީނާ ބާރަށް ކާރުގެ ހުންގާނުގައި ހިފާލިއިރު ދެން ފެނުނީ ދުމެއް ޖަހާފައި އޭނާ އެތަނުން ކާރު ދުއްވާލި މަންޒަރެވެ. ލީނާ އައިސްފައި ހުރި ރުޅީގައި ދުއްވުނީ ވެސް ބާރަށްށެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ލޮލުން ފޭބި ކަރުނައިން އަނދުތަށް ފޭދިފައި ވެއެވެ.
****
ލީނާ ގެއަށް ވަނުމާއި އެކީ ދޮރުޖެހިލެއް ބާރުކަމުން ހިވީ ފާރުތަށް ވެސް ގުޑެލިހެންނެވެ. ޓީވީ ބަލަން އިން މުއުމިނާ ސިހިފައި އަތުގައި އޮތް ރިމޯޓް ވެއްޓި އެ ފަޅައިގެން ދިޔައެވެ. އޭރު ލީނާ ދުވެފައި ގޮސް ކޮޓަރިއަށް ވަންނަނީއެވެ. ކަންތަކާ ޖެހުނިއްޔޭ ސޯފާއިން ތެދުވި މުއުމިނާގެ ހިތަށް އެރިއެވެ.
ކޮޓަރިއަށް ވައިން އިރު އައިފާ އެނދުމަތީގައި އޮވެ އަޑުން އަޑުނަގައި ރޮމުން ދިޔައެވެ. “ކޮބާ؟ ކިހިނެތްވީ؟ ނައެއްނުން އެ ލޫތެއް ލީނާ ފަހަތަކުން. އަދިވެސް މަންމަ ބުނާގޮތް ނަހަދާތި.” މުއުމިނާ މިހެން ބުނެފައި ގޮސް ލީނާގެ ބޮލުގައި ފިރުމާލިއެވެ.
“މަންމާ.. ލޫތް ދެން ނާންނާނެ. އެ.. އެ އައިފާ ލޫތް އޭނަގެ ދަލުގައި ޖެއްސީ.. ލޫތް ހީވަނީ އޭނައާއި ހެދި މޮޔަވެފައި ހުންނަ ހެން. ކޮލުގައި ފިރުމަ ފިރުމާފައި. އަދި ވަރިކުރިތާ މަހެއް ނުވޭ..” ލީނާ ރޮމުން ވާހަކަދެއްކިއެވެ.
“ތި އައިފާ ކޮން ފަންޑިތައެއް ހެދީ އަނެއްކާ.. ހާސްނުވޭ.. އަދި ދަރިފުޅަށް ވެސް ފުރުސަތެއް އޮންނާނެ.” މުއުމިނާ މިހެން ބުނުމުން ލީނާ ލޯފޮހެލަމުން ރުއިން ހުއްޓާލިއެވެ. “އާނ. ލޫލު ދިޔަގޮތަށް ލޫތް ދިޔަކަ ނުދޭނަން.” ލީނާ ބުނެލިއެވެ.
“އަދި ދުވަސްކޮޅަކު ކެތްކޮށްލާ..” މުއުމިނާ މިހެން ބުނުމުން ލީނާ އެނދުން ތެދުވިއެވެ. ‘ކެތެއް ނުވާނެ ދެން މަންމާ.. އަހަރެން އާދޭސް ކޮށްގެން ވީ އެއްވެސް ކަމެއްނެތް.. ދެން ޖެހޭނީ އެހެން ގޮތަކުން ލޫތް އެ އައިފާ ކައިރިން ދުރުކުރަން’ ލީނާގެ ހިތަށް މިހެން އެރުމުން އެ ތުންފަތަށް ވިހަ ހިނިތުން ވުމެއް ވެރިވިއެވެ. އޭނާ އަދި އެހައި ފަސޭހައިން ބަލި ޤަބޫލެއް ނުކުރާނެއެވެ.
****
ދުވަސްތަށް ވޭތުވަމުން ގޮސް ދެތިން ހަފްތާ ދިޔައިރު ލުތުފީގެ އާއިލާ މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ލީނާގެ އެއްވެސް ޚަބަރެއް ނުވާއިރު އެމީހުން ހިތުން ލީނާ ވެސް ލޫތްގެ ދިރުއުޅުމާއި ދުރަށް ދިޔައީއެވެ. ލޫތް އަދިވެސް ނާއިލްއާއި ވާހަކަ ނުދައްކާއިރު ދެމީހުން އެކަކު އަނެކަކަށް ބަލައިވެސް ނުލައެވެ.
ރެޑްވޭވް ފިހާރަ ތެރޭގައި އާޒިމާ ތަވާ ތަކެއް ބަލަން ހުރިއިރު އޭނާ ކައިރީގައި ނާއިލް ހުއްޓެވެ. ނާއިލް ކުރީ ކުށެއްކަމުގައި ވިޔަސް އެކަމާއި މޫނުހަދައި ރުޅި އައިސްފައި ހުރުމުގެ ބޭނުމެއް ނެތްކަށް އާޒިމާއަށް ރަނގަޅަށް އިނގެއެވެ. އެހެންކަމުން ނާއިލް އާއިއެކީ ފިހާރައަށް އައީ ވެސް އެދެމެދުގައި އޮތް ހިތްހަމަ ނުޖެހުން ދުރުކޮށްލުމަށްށެވެ.
“ނާއިލް ކޮބާ ދެން މީހަކާއި އިންނާކަށް ނުވޭތަ؟ ކަމުދާ ކުއްޖެއް ވެސް ނެތީތަ” އާޒިމާ އަހާލިއެވެ. ޖަވާބުގައި ނާއިލް ކުޑަކޮން ހީލީއެވެ. “ކަމުދާ ކުއްޖެއް އެބަހުރި” ނާއިލް މިހެން ބުނުމުން އާޒިމާ އެކަމާއި ޝަޢުޤުވެރިވިއެވެ.
“އެހެންތަ ކޮން ކުއްޖެއް އަނެއްކާ؟” އާޒިމާ ހިނިތުންވެލަމުން އަހާލިއެވެ. “ވޮރެން ހޮޓެލްގައި ވޯކް ކުރާ ކުއްޖެއް. ބޮޑުމަންމައަށް އިނގޭނެ..” ނައިލް މިހިސާބަށް ބުނިތަނާ ކުއްލިއަކަށް ފަހަތުން އައި މީހަކު ނާއިލްގެ ގައިގައި ޖެހުނެވެ.
އެވަގުތު އެމީހަކު އަތުގައި ހުރި އެއްޗެހިތަށް ވެރުމުން ނާއިލް އެނަގަން ގުދުވިއެވެ. ރަނގަޅަށް ކާކުތޯ ބަލާލިއިރު ކުރިމަތީގައި ހުރީ އައިފާއެވެ. އާޒިމާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. “އޯ.. އައިފާ.” ނާއިލް ވެއްޓުނު އެތި އައިފާއަށް ދިއްކޮށްލަމުން ބުނެލިއެވެ. “ހާއި.” އާޒިމާ ހުރުމުން އައިފާ ކުޑަކޮން ލަދުގަނެފައި ހީލިއެވެ.
އައިފާ ލަދުގަނެފައި ހީލި ގޮތުންނާއި ނާއިލް އޭނާއަށް ބަލަން ހުރި ގޮތުން އާޒިމާއަށް ވިސްނުނީ އެހެން އެއްޗެކެވެ. އޭނާ އެއްބުމަ އަރުވާލަމުން އައިފާއަށް ކަޅިއަޅާލިއެވެ. އަނެއްކާ ނާއިލް އެބުނާ ކުއްޖާއަކީ އައިފާ ބާއޭ އޭނާ ހިތަށްއެރިއެވެ. އައިފާ ހިނިތުންވެލުމުން އާޒިމާ ވެސް ވަރަށް ފާޑަކަށް ހީލިއެވެ.
“ހިނގާދާން.. މި ނިމުނީ އެއްނުން ދެން.” ނާއިލް އިތުރަށް އެވާހަކަ ނުދެއްކުމުން އާޒިމާއަށް އިތުރަށް އަހާކަށް ވެސް ނުކެރުނެވެ. އޭރު ވެސް އޭނާގެ ހިތުގައިވަނީ އެކަންތަކެވެ. ނާއިލް އެބުނާ ކުއްޖާއަކީ އައިފާކަމަށް ވެދާނެތީ އޭނާ ހާސްވިއެވެ. ނާއިލްއެއީ އޭނާގެ ދަރިއެއް ނޫންކަމުގައި ވިޔަސް އެ އާއިލާއާއި އައިފާ ގުޅޭކަށް އޭނާ ނޭދެއެވެ. އެ ކުއްޖާއަކީ އައިފާތޯ ޔަޤީން ކުރުމަށް އާޒިމާ ނިންމިއެވެ.
****
އެދުވަހަށްފަހު ނާއިލް އުޅޭ ނޫޅޭގޮތް އާޒިމާ ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ. ގިނަ ވަގުތު ފޯނުގައި އިނުމާއި އޭނާގެ މިޒާޖަށް އައި ބަދަލުން ކޮންމެ ވެސް ކުއްޖަކާއި ދިމާވީކަން އާޒިމާއަށް ޔަޤީންވިއެވެ.
ދެން އޮތީ އެކުއްޖާއަކީ އައިފާކަން ޔަޤީން ކުރުމެވެ. އާޒިމާ ކާރު ޑްރައިވަރު ކައިރި ބުނެގެން ނާއިލް ދާތަންތަން ބެލިއިރު އޭނާ ވޮރެން ހޮޓެލްއަށް މިހާރަކަށް އައިސް ދާކަމަށްވެއެވެ.
އަދި އެތަނުން އަންހެން ކުއްޖާ ބަލައި ކާރުގައި ދާކަމަށް ވާއިރު އާޒިމާ ހުރީ އެއްދުވަހުން އެއީ ކޮން އަންހެން ކުއްޖެއްތޯ އަމިއްލައަށް ގޮސް ބަލަން ނިންމައިގެންނެވެ. މިއަދު އޮފީސް ނިމޭ ގަޑިއަށް އާޒިމާ ޑްރައިވަރާއި އެކީ ހޮޓެލް ކައިރިއަށް ގޮސް އެއީ އައިފާކަން އޭނާ ޔަޤީން ކުރާނެއެވެ.
ހެނދުނު އޮފީހަށް ދާން ނިކުއިން ލޫތް ހުރީ ހިނިތުންވެފައެވެ. އަތުން ބޮލުގައި އަތް ހާކާލި އިރު ކުރިން ދިގުކޮށްފައި އޮތް އިސްތަށިކޮޅު މިހާރު ވަނީ ކޮށާލެވިފައެވެ.
ދެފަރާތުން ޓްރިމް ކޮށްލެވިފައި ވާއިރު ރީތިގޮތަކަށް އިސްތަށިކޮޅު ސްޓައިލް ކޮށްލެވިފައި ވެއެވެ. ރޭގައި ވަރަށް ލަސްވިފަހުން ބޯ ކޮށިއިރު އަދި އެއްވެސް މީހަކަށް އޭނާގެ މި އާ ސިފަ ފެނިފައެއް ނުވެއެވެ.
ހުދު ގަމީހުގައި ހުރިއިރު ލޫތް ފެންނަލެއް މިއަދު މާ ފުރިހަމައެވެ. އޭނާ ހުރީ އޮފީހަށް ނުދެވިފައެވެ. އައިފާއަށް ފެނުމުން ވާނެގޮތް ބަލާލަން އޭނާ ހުރީ ކެތްމަދުވެފައެވެ. ބޯ ކޮށި ވާހަކަ ވެސް ނުބުނާތީ އައިފާއަށް ލިބޭނީ ބޮޑު ޝޮކެކޭ ހިތަށް އެރުމުން އެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ.
ރާގަކަށް ތުމުން ފުމެމުން ކާރަށް އެރި ލޫތް ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް ކާރު ސްޓާޓް ކޮށްލަން އުޅުމުން އެކަމެއް ނުވިއެވެ. ދެތިން ފަހަރަކު އުޅުމުން ވެސް ކާރު ސްޓާޓް ވާގޮތެއްނުވިއެވެ. އެންމެފަހުން ލޫތް ނިކުމެގެން އައިސް ކާރުގެ މަތީފަޅި ހުޅުވައި އެ ބަލަންފެށިއެވެ.
އޮފީހަށްދާން އެހައި ކެތްމަދުވެފައި ހުއްޓައި މި ދިމާވިކަމުން އޭނާގެ މޫޑު މުޅިން ސަކަރާތްވިއެވެ. “ޑޭމް އިޓް!” ކާރުގެ މަތީ ފަޅީގައި ޖަހާލަމުން ލޫތް މިހެން ބުނިއިރު ގެއިން ނިކުއިން ނާއިލްއަށް މި މަންޒަރު ފެނުނެވެ. “ލޫތް؟” ނާއިލްއަށް ފަހަތުން ބޯ ކޮށާލާފައި ހުރުމުން ކާކުކަން ޔަޤީން ނުވާގޮތަކަށް ގޮވާލިއެވެ.
ލޫތް އެނބުރުމުން ނާއިލް ހިނިތުންވެލިއެވެ. ލޫތް ބޯކޮށާލީމައި ނާއިލްއާއި މާ ވައްތަރު ގޮތެއް ހުރެއެވެ. “ކިހިނެތްވީ؟” ނާއިލް ވާނުވައި އޮޅުން ފިލުވާލިއެވެ. “ގޯ އަވޭ ޕްލީޒް.” ލޫތް ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. ލޫތް އަދިވެސް ނާއިލްއަށް މަޢާފެއްނުކުރެއެވެ.
“އައި ގެޓް އިޓް ލޫތް.. އިނގޭ ލޫތް އަދިވެސް ތިހިރީ ރުޅި އައިސްފައި ކަން.. އެކަމަކު ތި އުޅެނީ ކާރު ސްޓާޓް ނުވެގެން.. އަހަރެން ކާރުގައި ދޭ. އެހެން ނޫނަސް ގަޑި ޖެހުނީއެ” ނާއިލްއަށް ވެގެން އުޅޭގޮތް ރޭކާ ލުމުން ބުނެލިއެވެ. ނަމަވެސް ލޫތް އެއްވެސް އެއްޗެކޭ ނުބުނިއެވެ.
“ލުކް ލޫތް.. އައި އެމް ސޮރީ.. ދެން މުޅި އުމުރު އަހަރެންދެކެ ރުޅި އައިސް ވާހަކަ ނުދައްކާ ހުންނާނީތަ؟ އަހަރެން އުޅުނިން ލޫތްއަށް ހަޤީޤަތް އަންގަން.. ޓްރައި ވެސް ކުރިން.. އެކަމަކު އެކަން ނުވެ އުޅެނިކޮން ލޫލު.. ވަގުތު ފާއިތުވީ. ވީ އާ ބްރަދާޒް. ޑޯންޓް ޑޫ ދިސް.” ނާއިލް މިހެން ބުނެފައި އޭނަގެ ކާރު ތަޅުދަނޑި ލޫތަށް ދިއްކޮށްލިއެވެ.
ލޫތް ދެޚިޔާލެއްގައި ހުރެފައި އޭގައި ހިފިއެވެ. “ދެން ނާއިލް؟” ލޫތް އަހާލިއެވެ. “ޑޯންޓް ވޮރީ.. އަހަރެން މިދަނީ މިއަދު ރިސޯޓަކަށް ދާން ޖެހިގެން.. އެހެން ވީމަ ލޫތް މިއަދު އަހަރެންގެ ކާރު ބޭނުންކޮށްލައި.” ނާއިލް މިހެން ބުނުމުން ލޫތް ކުޑަކޮން ހީލުމަށްފަހު ނާއިލްގެ ކާރާއި ދިމާއަށް މިސްރާބުޖެހިއެވެ.
****
ބައްދަލުވުން ބާއްވާ އޮފީހުގައި އައިފާ އެންމެން އައުމުގެ ކުރިން ހުރިހާ ކަމެއް ހަމަޖައްސާލިއެވެ. ލުތުފީ ބާއްވާ ބައްދަލުވުމެއް ކަމުން އެކަން ތައްޔާރުކުރަން ހަވާލު ކޮށްފައިވަނީ އައިފާއަށްށެވެ. އެންމެން އައިސް ހަމަ ވީއިރު ވެސް ލޫތް ނައުމުން އައިފާ މާޔޫސް ވިއެވެ. ލުތުފީ ވެސް އައިސް އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބައްދަލުވުން ފެށިއެވެ.
އައިފާގެ ނަޒަރު ހުއްޓުފައި ހުރީ ލޫތް އިންނަން ހަމަޖެހިފައި އިން ހުސް ގޮނޑިއަށްށެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވައިން ލޫތްފެނި އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ލޫތްގެ އިސްތަށިކޮޅު ކުރުކޮށް ކޮށާލެވިފައި ވުމުން އެ މޫނުމަތީގެ ރީތިކަން ފުރިހަމަ ކޮށްދެއެވެ.
އައިފާ އެސްފިޔަ ޖަހާލަން ނޭނގި ބަލަހައްޓައިގެން އިނދެވުނީ އާޝޯޚުވެފައެވެ. އެތެރެއަށް ވައިން ލޫތަށް އެންމެން އޭނާއަށް ބަލާކަން ފާހަގަ ވީ ނަމަވެސް އޭނާގެ ނަޒަރު ހުރީ އައިފާއަށްށެވެ. އައިފާއަށް ވީގޮތް ފެނި އޭނާގާތަށް ކުޑަކޮން ހިނިވެސް އައެވެ. “ސޮރީ..” ގޮނޑީގައި އިށީނދެލަމުން ލޫތް ލަސްވީތީ މަޢާފަށް އެދުނެވެ.
ބައްދަލުވުން ނިމުނުހާއި އަވަހަކަށް އައިފާ ލޫތް ކައިރިއަށް ޖެހިލިއެވެ. “ވާއޮ.” އައިފާ މިހެން ބުނުމުން ލޫތް ކުޑަކޮން ރަކިވިއެވެ. “އަސްލު؟ ހަމަ އެހާ ވެސް ރީތީ.” ލޫތް ލާނަތް ގޮތަކަށް މިހެން ބުނުމުން އައިފާ ހީލިއެވެ.
“ސީރިއަސްކޮންނޭ.. ވަރަށް ތަފާތު މިހާރު.. އެކަމަކު މާ ފުރިހަމަ. އަދިކިރިޔާ ފުލް ބިޒްނަސް މޭން އެއްހެން ހީވަނީ.” އައިފާ މިހެން ބުނެފައި އެތަނުން ދުރަށް ޖެހިލިއެވެ. “ހޭއި.. މަޑު ކުރައްޗޭ އޮފީސް ނިންމާފައި..” ލޫތް މިހެން ބުނުމުން އައިފާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ލޫތް ބައެއް ފަހަރަށް މިހާރު އޮފީސް ނިމުމުން އައިފާ ގެއަށް ލާދޭން ދެއެވެ.
****
އޮފީސް ނިމުމުން އައިފާ ތިރީގައި ހޮޓެލްގެ ލޮބީގައި މަޑުކޮށްލައިގެން ހުރީ ލޫތް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ވޭތުވެ ދިޔަ ދުވަސްތަކަކީ އައިފާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. އައިފާ ކުރިން ލޫތްއާއި ބައްދަލު ނުވީ ކީއްވެހޭ ވެސް ބައެއް ފަހަރަށް ލޫތް އަހައެވެ. އެހެން ނޫންނަމަ މިއަދު މިފަދަ ހާލަތެއްގައި ދިމާވާން ނުޖެހޭނެޔޭ އޭނާ ބުނެއެވެ.
ނަމަވެސް އައިފާ ޤަބޫލު ކުރާ ގޮތުގައި ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށްށެވެ. މާ ގިނައިރެއް ނުވެ ލޫތް ފަހަތުން އައިސް އައިފާ ކައިރީގައި މަޑުކޮށްލިއެވެ.
“ހާއި.. ލަސްވީތަ؟” ލޫތް އަހާލިއެވެ. އޭގެ ޖަވާބުގައި އައިފާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހަލުވާލިއެވެ. “އައިފާ ދޭ. އެބަ އަންނަން ރިސެޕްޝަންއާއި މީތި ހަވާލު ކޮށްލާފައި..” ލޫތް މިހެން ބުނުމުން އައިފާ ހިނިތުންވެލަމުން ހޮޓެލް އިން ނިކުންނަން ހިނގައިގަތެވެ.
މެންދުރު ދެމުން ދިޔަ ރޯ އަވީގައި ފިނިކޮށްފައި ހުރި ކާރު ތެރޭ އާޒިމާ އިނީ ނާއިލް ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޮފީސް ނިމޭގަޑިއަށް އައީ ވެސް ޑްރައިވަރު ބުނިހެން ނާއިލް އެކުއްޖަކު ބަލާ އަންނާތީއެވެ. ނާއިލްގެ ކާރު އެތަނުގައި އޮތުމުން އޭނާ އައީކަން އާޒިމާއަށް ޔަޤީންވިއެވެ.
ކުއްލިއަކަށް އާޒިމާގެ ލޮލުގައި އަޅައިގަތީ ހޮޓެލްއިން ނިކުއިން އައިފާއެވެ. އޭނާ މަޑު ހިނގުމެއްގައި ދިޔައިރު ފަހަތުން ފިރިހެނަކު އައިސް އޭނާއާއި އަރާ ހަމަކުރިއެވެ.
އާޒިމާ ވަގުތުން އަޅައިގެން އިން އައިނު މައްޗަށް ޖައްސާލަމުން ދެލޯ ކުޑަކޮށް ލާފައި އެދިމާއަށް ބަލާލިއެވެ. ފަހަތުން އެއީ ކޮން ފިރިހެނެއްކަން ނޭނގުނަސް އެމީހުން މިސްރާބު ހުރީ ނާއިލްގެ ކަރާއި ދިމާއަށްށެވެ.
އެފިރިހެން މީހާގެ ހިނގުން އެހައި ނާއިލްއާއި ވައްތަރު ނޫނަސް އިސްތަށިގަނޑުންނާއި އެ ހަށިގަނޑުން އެއީ ނާއިލްކަން އޭނާ ޔަޤީން ކުރިއެވެ. އަނެއްކާ އެދެމީން ގޮސް ނާއިލްގެ އެކާރަށް އެރުމުން އެއީ ނާއިލް ނޫންކަމަށް ޝައްކު ކުރާނެ ކަމެއް ވެސް ނެތޭ އާޒިމާގެ ހިތަށް އެރިއެވެ. އެދެމީހުން އެކީ އެކާރަށް އެރި މަންޒަރު ފެނުމުން އާޒިމާގެ ލޮލުން ތަރިބުރައިގެން ދިޔަ ކަހަލައެވެ. ހަމަ އޭނާ ހީކުރި ގޮތަށް ނާއިލް ހިތާވެގެން އެއުޅޭ ކުއްޖާއަކީ އައިފާއެވެ.
އާޒިމާ ދެލޯ ބޮޑުވިއިރު ދެބުމަ ގޮށްޖެހުނެވެ. ލޫތް އެކަހަލަ ކަމެއް ނުކުރިކަން އެއީ ނަސީބެކޭ އާޒިމާ ހިތަށްއެރިއެވެ. އައިފާގެ މަޅީގައި ލޫތް ނުޖެހުނީތީ އޭނާ ހަމްދު ކުރިއެވެ. ނަމަވެސް އައިފާ އެއާއިލާ އާއި ގުޅެން އޭނާ ދުވަހަކު ވެސް އެއްބަހެއް ނުވާނެއެވެ. އޭނާ ޒުލޭހާއާއި މިވާހަކަ ދައްކައިގެން ވެސް އެކަން ހުއްޓުވަން ނިންމެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.



enjoy guys. let me know how it is.
love <3
Eid Mubarak layaal.. masha Allah thee hama enme best
Balabalaa huhtaa thi up kohdhiny. thanks layaal. Adhi nuves kiyan. I never ever comment any story before this. I just love this story
Varahh reethi adhivess hama kiyaa hivanyy..next part avahah genes dhehchey
Wow….wow….
Vvvvvv reethi…
Eid mubaarak…
Next part kon irakun.???
Me mihaaru mi site ga in enme reethi stry…????
Wow hama obiness to the max. V v salhi story dhaa goi. Thanks dhigu koh genes dhineethee ????
Leenaa keeh baa dhw kuraani alun looth hoadhan. And aazima ah eii looth kan ingunu nama majaa vees..
Wow nice how romantic……vara reeethi…..next a inthizaaaru kuran….hama kiyaaa hivanee…
What’s wrong With Aazima? Why she hates Aifa?
Nice story ?????
Varah reethi ??✌upload soon?varah kiyaa hiyy vey mi vaahaka??
wow!!!! this story is getting interesting day after day! majaaa vaane dhen aazima ah ei aslu looth kan igunima’ lol. layaa your so telented!! ❤️❤️❤️ keep going we are with you. ❤️
Woww… V v v reethi… finally Looth and Aifaa gulhuny dho… Mibain faahaga kollevunu mistake eh buneladheynan… en’dhuga roan othy Leenaa ehnu… Layaal ah liyelevifa othy Aifaa kamah… dhen faharakun check kollaathi up kollumuge kurin… ☺
Dame it aaxima
Aifa n looth gulhvaafa leena n nail gulhuvaa
Ekam aaxima v foohi
Story hama obiness
Eid mubarak layaal n all of this story as well as this site
.
* all of the readers of this story n this site as well
Story hama varan reethi ??
Nice
Speechless.eh haa ves furihama
Wow layaal. The story is just awesome. When next part?
Next part avahah up koh dhehchey
eid mubarak vaahaka vreethi
thank you all and Eid mubaarik ?.
next part tomorrow in sha allah ❤️❤️
V reethi vaahaka eh theee?
varah varah furihama
Vvvv reethi?
Waitin 4 the next part
Awww thanks layaal. …ebunaahen mihaaru ehnu business man akaa vahthary vx ?…haahaa aaazimaa ah vaavareh dhw ,
leena ehaa ahvaha nugenaathi leena aima now vara foohi dhen.layaal eid mubaarak obiness keep it up.
Vara vara nice. Layaal keep up the good work. Avaha aneh bai nere dhechey.
Layaal we are waiting.. avaha up kohla dheebaa ??
Layaa kobaatha. Vaahakaige inthixaaruga irukolhakaaa beley up vejje thoa?
Kobrr vaahaka up vaakah nuvey thr??
Mihaaru kiyaa hithun hurevenee eh noon..
Alhe avahah up kohdheebr…
hi readers. layaal said she is having some internet issues. she will try to update it tonight or tomorrow morning. she is sorry for the delay.
Plx avaha upkoh ba
alheyy cant waittt!!!!!!!!!!!!!
Pls las kuranya hadha foosa
Layaa avahah vaahaka up kohladheeeba…kiyaaahithunnn
So sad? delay vaathee
Kobaa vaahaka ?
Dhen vahaka up nukuranytha?? Mihaaru wait koh koh