ބާރަ އަހަރު ފަސް……….. އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުތެރޭގައި ތަފާތު މީހުން ހޭލާމޭލާވެ އުޅެމުން ގެންދިއައެވެ. ފުރަންދާ މީހުންނާއި ލަފައިގެން އަންނަ މީހުންނެވެ. މީހުން ފުރުވަން އައިސް ތިބޭ މީހުންނާއި ބަލައި އައިސް ތިބޭ މީހުންނެވެ. މިއެންމެންގެ ތެރެއިން ފުރޭނިގެން ފަދަ ގޮތަކަށް ފަރި ހިނގުމެއްގައި އެހެރަ އަންނަ އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. ގަދަ ނޫ ކުލައިގެ އަބާޔާއެއް ލާފައި ހުރި އިރު ބޮލުގައި އަޅި ކުލައިގެ ޝޯލްއެއް އަޅާފައި ހުރިއިރު […]
މާގިނަ އިރެއްނުވެ ކެފޭ ކައިރީ ތިބި މީހުންތައް ވެސް އެތަނުން ހިނގައްޖެއެވެ. މުޅިމަގު ހަމަހިމޭންވެއްޖެއެވެ. މޫދާ ކައިރި ހިސާބެއް ކަމުން އެހިސާބަށް އިވެމުން ދިޔައީ ތޮށިގަނޑު ކައިރިއަށް ޖަހާ ރާޅުގެ އަޑެވެ. ޖެހެމުންދިޔަ ވައި ރޯޅިއާ އެކީ މަންޝާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާ ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލަން ހިތަށް އެރީ އެ ގުދުރަތީ މާހައުލުން މަންޝާގެ ހިތަށް ހިތްހަމަޖެހުމެއް ލިބެމުންދާތީއެވެ. މަންޝާގެ ފުރަގަހުން […]
“އައްސަލާމް އަލައިކުމް… ލާހޫރު ޓެކްސީ ސެންޓަރ ތޯ؟ ޔުނިވަރސިޓީ އޮފް ލާހޫރު ދޮރުމައްޗަށް ޓެކްސީއެއް ފޮނުވަދީފާނަންތޯ؟ޓެކްސީ ނަމްބަރު 3351 ފޮނުވައި ދީފިއްޔާ ބޮޑަށް ރަނގަޅީ… ކުރަކި ވެފައިވާ އަޑަކުން އަހަރެން ފައްޗަކަށް އަމުނާލީމެވެ. އެކޮޅުން މީހަކު އަދަބު ވެރިކަމާއެކު މައްސަލައެއް ނެތްކަމުގައި ބުނުމުން އަހަރެން ފޯނު ކަނޑާލީމެވެ. އެވަގުތު އަހަރެންގެ ހިތުގައި ހިނގި އިޙްސާސް ތަކަކުން އަހަރެންނަކަށް މަޑަކުން ނުހުރެވުނެވެ. ފޯނުގައި ބާރަށް ހިފާލައިގެން ކޮލެޖުގެ ބޮޑު ދޮރުކުރިމާތީ ދެކޮޅު ދެކޮޅަށް ކުރުކާލި ކަނޑަ ކަނޑާ ހުރެވުނެވެ. […]
“ބިކޯޒް ނޫރު އިޒް މައި ޑޯޓަރ..” ކުރިއަށް އަޅަން ނެގި ފިޔަވަޅު ހުއްޓާލެވުނީ ޒައިކްގެ ޖުމްލަ ހޮނު ގުގުރިއެއްހެން ކަންފަތުގައި ޖެހުމުންނެވެ. ނޫރު ޒައިކްގެ ދަރިއަކަށް ވާންވީ ކީއްވެހެއްޔެވެ؟ “ވަޓް؟؟” އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. މީރާއާއި ޒައިކްގެ ގުޅުމެއް އޮތީ ހެއްޔެވެ؟ އޭނަ ޝާޔަންއަށް ބޭވަފާތެރިވީ ހެއްޔެވެ؟ “މީގެ ފަސްވަރަކަށް އަހަރުކުރިން އަހަރެން މަސައްކަތްކުރީ ހަނިމާދޫ ޕޮލިސްޓޭޝަނުގަ.. އޭރު މީރާއާއި ދިމާވީ.. މީރާއާއި ދިމާވެ ގުޅުންބަދަހިވެގެން ދިޔައިރު އަހަންނަކަށް ނޭނގެ އެއީ މީހެއްގެ އަނތްބެއް ކަމެއް.. މީރާވެސް […]
ފްލައިޓަށް އެރުމުގެ ކުރިން ޔާނާ ޒާންއަށް ގުޅިއެވެ. ކާރުކައިރީގައި ހުމަޔޫންއާވާހަކަ ދައްކަން އިން ޒާން ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއިރު ޔާނާ އެވެ. އެއްފަރާތަކަށް ޖެހިލުމަށްފަހު ފޯނު ނެގިއެވެ . ޔާނާ ޒާންއަށް އޭނާ ރާއްޖެ އަންނަން އުޅޭ ވާހަކަ ބުންޏެވެ. ޒާން ކަންބޮޑޫވެފައި ދެކޮޅުހެދިއެވެ. ނަމަވެސް ދެން ކެންސަލް ނުކުރެވޭނަކަން އެނގުމުން އެއްބަސްވިއެވެ. “ކިހިނެތްވީ؟ ހާދަ ކަންބޮޑުވެފަ؟” ފޯނުބޭއްވުމަށްފަހު އައި ޒާން ކައިރިން ހުމަޔޫން އެއްސެވެ. “އާނ. ވައިފް އެބައާދޭ މިކޮޅަށް. ކުއްލިއަކަށް އަންނަންޖެހިގެން. އެކަމަކު […]
ޒައިދާން އިނީ ޔަޒަންއާއި އެކު ޔަޒަންގެ ފޮތްތައް ބަލާށެވެ. ނަސީރު އައިސް އިންވާހަކަ ބުނުމުން ޒައިދާން ތެދުވެ ޖަންނަތުއަށް ބަލައިލަމުން ކީއްކުރަންތޯ އިޝާރާތުން އަހާލި އެވެ. ޖަންނަތު ކޮންޑު އަރުވާލީ ނޭގެޔޭ ބުނާ ފަދަައަކުންނެވެ. ދެމީހުން ވެސް ތިބީ ނަސީރު ދައްކާނެ ވާހަކައެއް ނޭގޭތީ ނިކަން ޖެހިލުންވެ ހިތް އަވަސް ވެފަ އެވެ. “ނަސީރުބޭ،” ޒައިދާން ސިޑިން ފައިބައިފައި ނަސީރުއަށް ގޮވާލި އެވެ. “އައްސަލާމް އަލައިކުމް.” ނަސީރު ކައިރިއަށް އައިސް ޒައިދާން ސަލާން ކޮށްލި އެވެ. “ނަސީރުބޭ […]
“ރީ…. ޕްލީސް ހެލްޕް މީ….” ވައިއަޑުން އަމީން ބުނަމުން ގެންދިއައެވެ. އެއަށްފަހު ދެން އިވިގެން ދިއައީ ބާރު އަޑުފައްގަނޑެކެވެ. މީހުންތަކެއް ވާހަކަދައްކާ އަޑު ވެސް އިވެމުންދިޔަ ނަމަވެސް އެކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ރިކޯޑިންގ ހުއްޓުމާއެކު ޝިކާ ރީނާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. “ދެން ފޯނު ކެނޑުނީ…. ފަހުން ގުޅީމަ އޮތީ ފޯނު ވެސް ނިވާލާފަ…..” ރީނާ ކަންބޮޑުވެފައި ބުނެލިއެވެ. “ދެން ކިހިނެއް ހަދާނީ ؟ އަހަންނަށް ހީވަނީ އަމީން ވީ އެއްކަލަ ގޭގަހެން…” ރީނާ […]
# މިއީ ދަގަތަ ޕަބްލިޝާރސްގެ ލިޔުންތެރިއެއް ކަމަށްވާ ޒާހީ ލިޔުއްވައިފައިވާ ވާހަކައެކެވެ. އިރުގެ ރަންދޯދިތަކުން މުޅި ދުނިޔެ އަލިކޮށްލައިފިއެވެ. ނަސީމާ އައިސް ޖެނީއަށް ގޮވާލުމުން އޭނާ ދެލޯ ހުޅުވާލީ ވަރަށް ކަންނެތް ގޮތަކަށެވެ. މޫނު ހަދާލައިގެން ބާލީހުގައި އިހުނަށްވުރެ ބާރަށް ބައްދައިލައި ދެލޯ ބާރަށް މަރާލިއެވެ. އެއީ ޖެނީގެ އާދައެވެ. ކިތަންމެ ވައްތަރުތަކެއް ޖެއްސި ނަމަވެސް ޖެނީ ތެދުވާނެ ކަމުގެ ޔަގީންކަން އޮތުމުން ނަސީމާ އެކޮޓަރިން ނުކުމެ ބަދިގެއަށް މިސްރާބުޖެހިއެވެ. ޖެނީ ބައްދާލައިގެން އޮތް ބާލީހުން […]
ކުއްލިއަކަށް އަހަންނާއި ވަރަށް ކައިރިން މީހެއްގެ ނޭވާގެ އަޑު އަހަންނަށް އިވުނެވެ….. އެވަގުތަކީ އަހަރެން އަތުގައި ޓޯޗު ޖެހުނު ވަގުތު ކަމުން ކުއްލިއަކަށް އޭތި ނަގާ ޖައްސާލުމަށް ފަހު އަޑުއަންނަދިމާލަށް އަމާޒު ކޮށްލީމެވެ. އެއީ ޑްރައިވަރެވެ. ދަންނަ މޫނެކެވެ. ރީނދޫ ކުލައިގެ ޓެކްސީ ޑްރައިވަރުން ލާޔުނީފޯމެއްގައި މިހިރީ ޖަލީނެވެ. އެއީ މަޝްހޫރު މަހުޖަން ޑރ.އަޒްރަފް ޝާހުގެ ތިން ދަރިން ކުރެ ދަރިއެކެވެ. ދިރިއުޅުމާއިމެދު ޚިޔާލެއް ނެތުމާއި މަސައްކަތެއް ކުރުމުގެ ޝައުޤެވެރިކަންނުހުންނާތީ އޭނާގެ ހިޔާވަހި ކަމާއި ޙިމާޔަތުން ނެރެ […]