
އެގުޅުން ވަކިނުވެވޭނެ 2
“ރަހްމާން ބޭބެ. މިއަދު ކަލޭ އަހަރެން މިއަންހެންގާފިލާއިން ސަލާމަތް ކޮށްދީފި މިގެ އަގު މަގެޔަށް ގޮސް ކަލެއަށް ދޭނަން.”
ހުރިހާ އަންހެން ކުދިން ތިބީ ކާރުގެ ކުރީ ސީޓް ގައި ދަވާދު ލައިގެން އުނައިސް އަށް ލަޑު ދޭށެވެ، ނަމަވެސް ރަހްމާން އަށް މިމިހުންގެ ރޭވުން އެނގިގެން އުނައިސް ސަލާމަތް ކުރިއެވެ. އެކުދިން ކާރުން ފުންމާލިއެވެ. ރަހްމާން ބިރުން ދުވަމުން މަދަދަށް އެދެމުން ދިޔައެވެ.ނަމަވެސް ހުރިހާ އަންހެން ކުދިން އޭނާ އަތުލައިގެން ގެންގޮސް އެސީޓްގައި އޭނާ ބޭންދާލާފަ އަތްފޮޅާލިއެވެ. ހުރިހާ ދަވާދެއް ހޭކުނީ ރަހްމާންގެ ގައިގައެވެ. ދުރުގައި މިތަން ބަލަން ހުރި ވަހިދާ ހުރީ ހީހީ ހަލާކު ވާން ކަރިވެފައެވެ. ރަހްމާން މަޑުމަޑުން ތެދުވެ ހުރިހާ ދަވަދާ އެކު ހިގަމުން ދިޔއެވެ. ދުރުގައި ބަލަން ހީލަ ހީލާ އުނައިސް ވެސް ހުއްޓެވެ.
އުނައިސް އޮފިހައް ވަންވަގުތަކީ ޔޫނުސް އާއި ސަލީމް ވާހަކަ ދައްކަން ތިބި ވަގުތެވެ. އުނައިސް އެމީހުންގެ ވަހަކަ އަޑު އަހާލުމަށް އެތަނަށް ނުވަދެ ބޭރުގައި މަޑުކޮށްްލިއެވެ.
“ނޫނޭ. މިހާރުވެސް އަޅުގަނޑު މިވަނީ ތިޔަބޭފުޅުންގެ އިހްސާންތެރި ކަމުގެ ދަށުވެ ފިތިފަ. އިތުރަށް އަޅުގަނޑުގެ މުސާރަ ބޮޑުކުރީމާ ލަދުގަންނާނީ އަޅުގަނޑު” ސަލީމް ބުންޏެވެ.
“މުސާރަ ބޮޑު ކުރީ އަހަރެން އަމިއްލަޔަށް ފެނިގެން ވީއިރު މިކަމުގާ ސަލީމްގެ އެއްވެސް އިއުތިރާޒެއް އޮވެގެން ނުވާނެ. މުސާރަ ބޮޑުވީމާ ނީލާ ވެސް އުފާވާނެނު”
“އަސްލު އަޅުގަނޑު ބޭނުންވަނީ ނީލާ އަޅުގަނޑަށް ލިބޭ ކުޑަ އާމްދަނީގަ ހިތް ހަމަ ޖައްސަން ދަސްކުރަން. އަޅުގަޑަށްވެސް އެނގޭ ނީލާއަކީ ކަލާގެ ވަރަށް ލޯބިވާ ދަރިއެއްކަން ދޮށީ އަންހެން ދަރިފުޅުކަންވެސް. އެދަރިފުޅަށް ޓަކާ ކޮންމެ ފަދަ ކަމެއްވެސް ކަލާއަށް ކުރެވިދާނެ. އަޅުގަޑުމެންނަށް ބޮޑު ކާރަކާ ގަނޑުވަރެއްވެސް ދެވިދާނެ. އެކަމަކު އެއަކު އަމިއްލަ ވަންތަ ކަމެއްނެއް. ދޮގެއްތޯ؟”
“ސަލީމް ވެސްތީ އަހަރެންގެ އެހެން ދަރިން ހެން ހަމަ މަގޭ ދަރިއެއް މިހުރިހާ މުދަލަކީ އަހަރެންގެ ދަރިން ނަށްޓަކާ އަހަރެން ހޯދާފަ ވާއެއްޗެއް”
“ޔޫނުސް ސާހަބް ﷲ މިއަދު އަޅުގަނޑުގެ އުނގު އުފަލުން ފުރާލަދެއްވާފި. އަޅުގަނޑުގެ އަމިއްލަ ބައްޕަ ގެ އިހްސާސެއް އަޅުގަނޑު މިހާރު ނެތް. ސަބަބަކީ ބައްޕަ ނިޔާވީ އަޅުގަނޑު ވަރަށް ކުޑައިރު. ކަލާއަޅުގަނޑުގެ ހަޔާތުގެ އެއުނިވެފައިވާ ބައި ފުރާލަ ދެއްވަފިމު ކަލާ އަޅުގަނޑަށް އެބައި ފުރާލަ ދެއްވައިފީމު އިތުރު އެއްޗެއް ބޭނުމެއް ނޫން ހަމަ ހައްގު ތެދު ” ސަލީމް ގެ ލޮލުން ކަރުނަ އޮހޭ ހާލު ވާހަކަ ދެއްކިއެވެ.
އެވަގުތު އުނައިސް އެތެރެއަށް ވަދެ ސަލާމް ގޮވަލިއެވެ. އުނައިސް ގެ އަޑަށް ސިހިފަ ސަލިމް އެނބުރުނެވެ. އުނައިސް އާ ވަގުތުން ކަރާ ކަރު ޖައްސާ އޭނާ ސަލާމް ކުރިއެވެ، ޔޫނުސް އެކުދިން އެކަކު އަނެކަކަށް ތައާރަފް ކޮށްދިނެވެ.
“ހާއި، ސަލީމް އަހަރެންނަކީ އަޅުގަނޑަކީ ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. ގޭގެ އަސްލު ވެރިޔަކީ އަޅުގަނޑު ދެއްތޯ ބައްޕާ؟. ދެން އަޅުގަނޑަށް މިހާރު އެނގިއްޖެ ތީ އަޅުގަނޑުގެ ވާން އުޅޭ ޅިޔަނު ކަން” ޔޫނުސް ސަލީމް އާއި ދިމާވި ގޮތުގެ ކުޑަ ތަޢާރަފެއް އުނައިސް އަށް ދިނެވެ. ސަލީމް ހަމަ އެކަނި ހޫން އެއް އަޅުވާލީ އެވެ. އެދެބަފައިންގެ ވާހަކަ އަށް އެެއްބަސް ވުމަށެވެ. އުނައިސް ކޮލެޖްގެ ވާހަކަ ޔޫނުސް އަށް ކިޔާދިނެވެ. އަދި ދެން ދާފަހަރަކުން އެގްޒާމް އޮންނާނެ ކަމާއި އެއަށްވެސް ފައިސާ ބޭނުން ވާހަކަ ބުންޏެވެ.
ތަފާތު ވާހަކަ ތަކެއްދެއްކުމަށްފަހު އުނައިސް ބައްޕަގެ ހުއްދަ ހޯދައިގެން ދާން ދޮރު ހުޅުވިއެވެ. އެވަގުތު އެދޮރުގެ އަނެއްފަރާތުން ވެސް މީހަކު ދޮރު ހުޅުވާލީއެވެ. އެވަގުތު ބައިވަރު ފޮތްތަކާއެކު ދެމީހުން ބިންމައްޗަށް ވެއްޓުނެވެ. އުނައިސް މަޑުމަޑުން އަވަހަށް ތެދުވިއެވެ. އަދި އަންހެންކުއްޖާ ތެދުވާން އެހީވިއެވެ. އެކުއްޖާ ފޮތްތަށް މޫނުން ނެގުމާއެކު ދެމީހުންނަށް ވެސް ހަޅޭއްލަވައިގަނެވުނެވެ.
“ކަލޭ…..” އަންހެން ކުއްޖާ ހަޅޭއް ލަވައިގަންނަ ގޮތަކަށް ބުންޏެވެ.
“ކަލޭ…” އުނައިސް އަށްވެސް ބުނެވުނީ އެހެންނެވެ.
“މިތާކީއްތިކުރަނީ” އުނައިސް އަހާލިއެވެ
“މަވެސް ކުރަން ބޭނުން ވަނީ ތިޔަސުވާލު” އަންހެން ކުއްޖާ ވެސް ބުނެލިއެވެ.
” އަހަރެންމިއައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ކައިވެނީގެ ހަދިޔާ ހިފައިގެން.”
“ތިޔަ ގާތް އެކުވެރިޔާގެ ނަމަކީ ކޮބާ؟ ”
“ކީއްކުރަން ބުނަންވީ އެކަމަކު އަހަރެން އޭނާގެ ނަން ބުނަންވީ ކީއްވެ؟”
“ސަބަބަކީ މަށަކީ މިއޮފީހުގެ ވެރިޔާ”
“އައްޗި ތިޔަކަހަލަ އަންހެންކުދިންނާ ފޮށި އާވަރާ ކޮށް މަގުމަތީ އެނބުރި އުޅޭމީހަކަށް މިކަހަލަ ރީތި އޮފީހުގެ ވެރިކަން ވާނީ ކިހިނަކުން؟”
“އެއީ ﷲ ގެ ނިންމެވުން ތިކަމަނާ އަކަށް ވެސް އެކަން ބަދަލެއ ނުކުރެވޭނެ. އެހެން ނޫނަސް އަހަރެން ތިޔަ އަޅުވާ އިލްޒާމްތަކުން ބަރީީއަ ވަން. އަހަރެންނަކީ މާތް މީހެއް.މާތް ޙާންދާނެއްގެ ހުރި ހަމަ އެކަނި ފިރިހެން ކުއްޖާ ނިކަން ދިހަ މީހުން ކުރެން އަހާބަލަ މަށަކީ ކޮންކަހަލަ މީހެއްތޯ. ޖަވާބު ލިބުމާއެކު ކަމަނާ ދެރަވާނެ މަގޭ ފަހަތުން ވެސް އަންނާނެ. އެހެންނޫނަސް އެންމެ ފަހަރަކު ނަން އަހާލުމުން ތިޔަ ހީކުރަނީ ލައްކަ އެކޭ ކަމަށްތަ؟. ތިޔައީ ދިވެހި އަންހެން ކުދިންނަށް ހަމަ ވާގޮތެއް. އެހެން ނޫނަސް ތިފާޑަށް ހެދުން އަޅާނީ މަގުމަތީ ކުދިން އެމީހާ ލާހެދުމުން އެނގޭނެ އެމީހާޔަކީ ކިހާ ފެންވަރެއްގެ މީހެއް ކަން ތިހިރީ ވިއްޔަ މިހާރުވެސް ލާފަ ހުރި ހެދުން އެކަމަކު ތިމާމީ މުސްލިމެކޯ ފޮރުވިފައިވާ އެއްވެސް ތަނެއް ނެތް މާރީތި މީހަކީތަތީ؟ ”
“އަހަރެން ތިގޮތަށް ހިއެއް ނުކުރަން” ހީނާ ރޯންފެށިއެވެ. އެވަގުތު ތާނިޔާއަށް އެތަނަށް އާދެވުނެވެ.
“ކިހިނެއް ވެގެންތަ މިއުޅެނީ…ދޮންބެ ކޮންމެވެސް ކަމެއް ކުރީދޯ؟” ތާނިޔާ ހީނާގެ ގައިގަ ހިފަހައްޓައިގެން ކަރުނަ ފޮހެދޭން މަސައްކަތް ކުރަމުން އެހިއެވެ.
” އައްޗި ތިޔައީ އޭ އަންހެންކުދިންގެ އެންމެ ކަޑަ ތަންކޮޅަކީ އެއްޗެކޭ ބުނާއިރަށް ރޯންފަށާނެ. ދެންތިބި ބަޔަކު ބިރު ގަންނަ ވަރަށް . ދެންމަވީ މާފަށް އެދެން. އެހެން ނޫނަސް މިހާރު ރުއީމާ ތިޔަ ލާފަ ވާ މޭކަޕް ތިޔޮއް ފޮހެވެނީ އަވަހަށް ހުއްޓާލާ. މޭކަޕާ ނުލާވެސް ތިޔަ ލޯވެސް ރީތި ވެދާނެ” ހެމުން ހެމުން އުނައިސް މިހެން ބުނައިރަށް ހީނާ މާބާރަށް ރޯންފެށިއެވެ.
“ތި ހީކުރަނީ ތިމާމީ މާސުމާޓް މީހެއްކަމައްތަ؟ އަދި ފެންނަ ކޮންމެ އަންހެނަކު ތިމާޔާ ހެދި ދީވާނާ ވެދާނެކަމަށްތަ؟”ހީނާ ރުޅިގަދަ ވެފަ ބުންޏެވެ.
“އޮފްކޯސް މިސް ނޭމްލެސް އަޅުގަނޑު ސުމާރޓްވީމަތާ ގިނަކުދިން ފޭސްބުކް އިން އެޑް ކޮށްފަ ހުންނާނީ. ޖަޒްޓް ޗެކް ސެލެބުރެޓީ އަކަށް ވުރެ ގިނަވާނެ ފުރެންޑުސް ދޯ ތާނީ”
“އަހަރެންގެ ނަމަކީ ހީނާ.. ކޮންނޭމްލެސް އެއްކިޔާކަށް”
“ނޭމް ލެސްއެއްނު ކިޔާނީ ނަން އެހިދުވަހު ނަމެއްނުބުނި. މިހާރު ތިބުނީ އަނެއްކާ އެހާރީތި ނަމެއް ކުރިންވެސް ބޮޑާނުވެ ނަން ބުނިނަމަ ވީހެއްނު.”
“ތާނިޔާގެ ބޭބެއަކަށް ނޭނގޭދޯ އަންހެންކުދިންނާ ވާހަކަ ދައްކާ ކަށް.”
“އާނތީރަނގަޅު ވާހަކައެއް އުޅެ އުޅެވެސް މަށައް އަންހެން ކުދިންނާ ވާހަކަ ދައްކާކަށް ނެނގުނު. އެކަމަކު ދަސްކުރާނަން ހީނާ ދަސްކޮށްދޭންވީނު ”
އެވަގުތު ތާނިޔާ އާއި އައިޝާ ހީނާ ގޮވައިގެން ބައްޕަގެ އޮފީހަށް ވަނެވެ. އުނައިސް ވެސް ހެމުން ހެމުން ދިޔައީ އެވެ.
“ހީނާ ދެންބުނެބަލަަ ވީކީއްތަ؟ ބޭބެއާ ދެމީހުން ކޮން ހަގުރާމައެއް؟” ތާނިޔާ ސުވާލު ކުރިއެވެ.
“އަހަރެންނަށް އޭރަކު ނެނގެ އެއީ ތާނި ބެބެކަމެއް ހާދަ ހެއްވާ މީހެކޭ. އަހަރެންނަށް ތައުރީފް ކޮށްފަ އަހަރެން…. ރޮއްވާލާފަ އެދިޔައީ”
ހީނާ ރޮމުން ރޮމުން ޝަކުވާ ކުރިއެވެ. ހީނާގެ ދެފަރާތުގަ ތިބެގެން އައިޝާއާއި ތާނިޔާ ހީނާ މަސަލަސް ކުރެވެޭތޯ އުޅުނެވެ.
“އަސްލު ބޭބެގެ ހިތެއް ނުބައެއް ނުވާނެ. ދެންފާޑެއްގެ ބޮޑާ ގޮތެއް ހުންނަނީދޯ އައިޝާ އެންމެ ބޮޑު ފިރިހެން ކުއްޖާއަށްވީމަ ތޯއްޗެއް”
” ބުނަން ކޮންމެ ހެން ބެބެ ރަނގަޅު ކުރާނެ ކަމެއްނެތް މިފަކީރަށް ހާދަ އެއްޗެއް ދެންމެ އޭނާ ކިޔާލިއޭ. މަނަމަވެސް ދެރަވެ ރޮވޭނެ” ތާނިޔާ ތުން އޫކޮށްލަމުން އައިޝާ ކާރީ ބުންޏެވެ.
“އަހަރެން އަދި މިޔައައީ ނީލޫ އަށް ހަދިޔާ ހިފައިގެން ކިހިނެއް އެގޭނީ މުޑަޖެހޭނީ އެމީހާގަޑާ ކަމެއް؟”
“އަސްލު ލޯބީގެ ފެށުމަކީ ނަފްރަތު ދެންބަލައްޗޭ ވާގޮތް” ތާނިޔާ އަނެއްކާވެސް ހީނާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ.
‘އަން މީތީގަ ހިފާ މަ ހަވީރު ހަފްލާއަށް އަންނާނަން. މިހާރު ނުހުރެވޭނެ މޫޑް ވަރަށް ގޯސްވެއްޖެ” މިހެން ބުނަމުން ހީނާ ދިޔައީއެވެ. ތާނިޔާ އާއި އައިޝާ ބާރުލާފަ ނީލާ ކާރިޔަށް ދިޔައެވެ.
ގަދަ ހަފްލާއަކަށްް ފަހު ނީލާ އާއި ސަލީމްގެ ކާވެނި ކުރެވުނެވެ. ގިނަ އަދަދެއްގެ މެހްމާނުން ޕާޓީއަށް އައެވެ. ކާވެނީގެ ފަހުން ސަލީމް ވެސް ނީލާމެންގެޔަށް ބަދަލު ވީއެވެ. ސަލީމް މެންގެ ހަނީ މޫން ކަންތަށް ވެސް ފުރިހަމަ ކޮއްދިނީ ޔޫނުސް އެވެ. އިންޑިޔާގަ އެއްމަސް ދުވަސް ހަނީ މޫންގަ ހޭދަ ކުރުމަށް ފަހު އެމީހުން މިއަދު އެނބުރި މާލެ އައެވެ.
އުނައިސް އާ ނީލާ އާއި ސަލީމް ހެނދުނު ގެ ސަޔަށް އިންސާފުކުރަން ތިއްބެވެ. ނީލާ ސައިހަދާފަ ހުރީ މުޅިން ވަކި މޭޒެއްގައެވެ. ޔޫނުސް ވެސް އެމިހުންނާ ބައިވެރި ވެލިއެވެ.
“ބަލަ މިހާރު މިގޭގަ ވަކި ވަކިންތަ ކައިބޮއި އުޅެނީ؟ ”
“ނޫނެ ބައްޕާ އިރު އަރައިގެން އަންނަ ވަގުތު އަވީގަ ކޮފީ ބުއިމުގެ މަޖާކަން ލިބިގަންނަނީ އަޅުގަނޑުމެން މޭޒު މިތަނަށް ނެރުނީ ދޯ ދޮންބޭ؟” ނީލާ ވަގުތުން ޖަވާބު ދިނެވެ.
“ބައްޕާ އަޅުގަޑު ބޭނުންވަނީ އަމިއްލަ ބިޒްނަސް އެއް ފަށަން. ބައްޕަ ތިކުރައްވާ މަސައްކަތް މާ ބޯރިން” އުނައިސް ކޮފީ ތަށި ނަގަމުން ބުނެލިއެވެ.
“ދަރިފުޅާ ބިޒްނަސް ކުރެވެނީ އެކުސްޕީރިޔަންސް ލިބިގެން، ހުނަރު ހުރެގެން. އަދި ކިރިޔާ ދިރިއުޅުމުގެ ފުރަތަމަ ހަރުފަތުގަ ތިހިރީ.” ޔޫނުސް ބުނެލިއެވެ.
“ބައްޕާ އަޅުގަނޑު ފަށަން އުޅޭކަމަށް ބެނުންވާނީ ފައިސާކޮޅަކާ ހައެއްކަ ކޮންޕިޔުޓަރ. އަޅުގަނޑު ޝައުގުވެރިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީއަށް، އެއަކަށް އެކުސްޕީރިއަންސް އެއް ބޭނުމެއް ނުވާނެ، ބެނުންވާނީ ތައުލީމު. ތައުލީމީ ދެތިން މުވައްޒަފުން ތިބިއްޔާ މިހަމަ އެއްވަނަ” އުނައިސް އޭނާގެ ކޮޅު ގަދަ ކުރެވޭތޯ ވަކާލާތު ކުރިއެވެ.
“ހޫން ދެން މީފަހުޒަމާން މަގޭ އިއުތިރާޒެއްނެތް އެކަމަކު ކަމެއްގަ ޕުލޮޕް ނުވާތި” ސައިކޯވަރެއްބޯލަމުން ޔޫނުސް ބުނެލިއެވެ.
“ދޮންބެ ބިޒްނަސް ވެސް ކޮންމެ ކަމެއްވެސް ކުރެވެނީ މީހުންނާ ރީތިކޮށް ވާހަކަ ދައްކައިގެން. އަޅުގަނޑުގެ ކައިވެނީގެ ކުރީދުވަހު ހީނާ މިގެޔަށް އައިމަ އެފަކީރު ލަދުގަންނަވާ ދޮންބެ އެފަކީރު ރޮއްވަލީ. އޭނާޕާޓިއަށްވެސް ނައި ފޯނުން މުބާރަކް ބާދު ދިނި ދޯ ސަލީމް” ނީލާ ބުނެލިއެވެ.
“އެއީ ތެދެއް. ބައްޕާ އަޅުގަނޑުވެސް ހުރިން ތިބުނި ދުވަހު ހީނާ ހުއްޓުވާލެވުނީ، ތައުބާ ހާދަ ވަރަކުންނޭ އެފަކީރު ރޮއި ރޮއި ހަލާކުވި” ތާނިޔާ ވަކީލެއް ހެން އައިސް ހީނާގެ ފަރާތުން މައްސަލަ ހުށައެޅި ކަހަލައެވެ.
“މުސީބާތުގެ މާމަ އެއައީ ދެންއަނގަ ތަޅާވަރުން ހީވާނީ ބޮލި ރަވައެއް ހެން.” އުނައިސް ތާނިޔާއާއި ދިމާކޮށްލިއެވެ.
“ބައްޕާ ދޮންބޭބެ ހީނާ އާއި ދިމާކުރީ އަދި ރޮއްވާލީ ދޮންތަ ކާވެނީގެ ދުވަހަށް ހަދިޔާ ހިފައިގެން އައިމަ އަދި” އަނެއްކާވެސް ތާނިޔާ އޭނާގެ ވާހަކައިގެ ބަރުދަން އިތުރު ކުރަން ބުނެލިއެވެ.
“އެއީ ތެދެއް ދަރިފުޅު އެހެން ހެދިން”
ޔޫނުސް ހައިރާން ކަން އެކުލެވިގެންވާއަޑަކުން ބުނެލިއެވެ.
“އަދި ދޮންބެ ބުނިޔޯ ހީނާއަށް ހެދުން އަޅަންވެސް ނޭނގެޔޯ މޭކަޕް ވެސް ހަޑިޔޯ ދެން ކިހާދެރަވާނެ” ތާނިޔާ ކުރުނުކޮށް އޭނާގެ ފަރާތުން އުނައިސް ބެދޭގޮތަށް ވާހަކަ ދެއްކިއެވެ.
“އަސްލު އަޅުގަނޑު ބެނުންވީ އޭނާ ރަނގަޅު ކުރަން. ހަމަ އެކަނި ނަން އަހާލީމާ އޭނާ މާބޮޑާވީ” އުނައިސް ހަތިޔާރު ބެހެއްޓި އެވެ އަދި ކުށް ޤަބޫލް ކުރާގޮތަށް އެއްބަސް ވިއެވެ.
” އެހެންނޫނަސް ދަރިފުޅު އަންހެން ކުދިންގެ ކަންތަކުގަ އާވާނެކަން ބައްޕަޔަށް އެނގޭ އަސްލު އަންހެންވެރިން ބޭނުންވާނީ އެހެންމީހުންގެ ދުލުން ހުސް ތައުރީފް އެއީ ދޮގު ހަދައިގެންވިޔަސް ވަރިހަމަ ނުބައި ކޮމެންޓް ތަކެއް އެމީހުންނަަށް ހަޖަމެއް ނުވާނެ” ޔޫނުސް ހިނިތުން ވެލާފަ ބުނެލިއެވެ.
“ބޭބެ ހީނާއަކީ ރަނގަޅު އައިލާ އެއްގެ ކުއްޖެއް. ބޭބެ ބުނެފިއްޔާ އޭނާގެ މަންމަ މެން މިގެޔަށް ވާހަކަ ދައްކާލަން ގެނެވިދާނެ” ނީލާ ބުނެލިއެވެ.
“ނޫނެތިހިސާބަށް ކަންތަށް ގެންދާވާނީ އަހަރެން ބުނީމަ. އެހެންނޫނަސް އެކުއްޖާ އަހަރެންނާ އެކަށީގެންވެސް ނުވޭ ދޯ ތާނި މާމާ” އުނައިސް ތާނިޔާ އާއި ދިމާކޮށްލަމުން އަވަހަށް ބޯދަމާލިއެވެ.
“ދަރިފުޅާ ބައްޕަޔާއެކު އާދެބަލަ އެބައޮތް ދަރިފުޅަށް ސަޕްރައިޒެއް.” ޔޫނުސް އަވަހަށް އުނައިސްގެ އަތުގައި ހިފައިގެން ހިގައިގަތެވެ. އުނައިސް ވެސް ބަސް އަހާ ކުޑަ ކުއްޖެއްފަދައިން ބައްޕަޔާއެކު ހިގަމުން ދިޔައެވެ.
ޔޫނުސް ބިއްލޫރި ޖަހާ ހަދާފައިވާ ތަނެއް ހުޅުވާލިއެވެ. އެއި ފުރިހަމަ އޮފީހެކެވެ. އެހާމެ އަގުބޮޑު ފަރުނީޗަރ ލާފައިވާ ހައިބަތު ދައްކާދޭ އޮފިހެކެވެ.އެއްފަރާތުގައިވާ ސޯފާއާއި ދަމާފައިވާ ފޮތި އާއި ބިންމަތީގަ އަޅާފައިވާ ރެގުންވެސް ތަނުގެ ހައިބަތު ފެންނަހާވެއެވެ. ދޮރުތަކުގައި ދަމާފައިވާ ފަލަނގު ފޭލިވެސް ވަރަށް ޝާހީއެވެ.
“ބައްޕާ މިއީ ހަދަ ރީތި ބޮޑު އޮފީހެކޭ” އުނައިސް އޮފީސް ތެރޭ ހިނގަމުން ބުނެލިއެވެ.
“ދަރިފުޅާ މި ޝާހީ އޮފީސްބައްޕަ ހަދާފަ މިހިރީ ހަމަ ދަރިފުޅަށް. މިވަގުތުވެސް ދަރިފުޅަށް މިއޮފިހުގަ އިނދެގެން މިކުންފުނީގެ މަސައްކަތްތަށް ބެލިދާނެ. އެކަމަކު، ބައްޕަ އެންމެ އެދޭގޮތަކީ ދަރިފުޅު މި ގޮނޑިޔަށް އައުމަށް އެކަށީގެންވެގެން އައުން. މާނަޔަކީ މި ކުންފުނީގެ އެންމެ ތިރީ ހަރުފަތުން ފައްޓާށޭ މަސައްކަތް ބެލުން އަދި އެކްސްޕީރިޔަންސާއެކު އައިސް މި ގޮޑި ފުރާލަދޭށޭ. މިކުންފުނިވެސް ކުރިޔަށް ގެންދިޔުމަކީ ހަމަ ދަރިފުޅުގެ ޒިއްމާއެއް.” ޔޫނުސް އޭނާގެ ދަރިފުޅު ގެނެސް މޭގައި ލައްކޮށްލަމުން ނުހަނު ލޯބިން ބުންޏެވެ.
ޖެހިގެން އައިދުވަހު އުނައިސް އޮފީހަށް ދިޔައީ ރަހްމާނު އާއި ސަލީމް އާއެކު ގައެވެ. ހުރިހާ ސުޓާފުންނާއި ފެކްޓަރީގެ މަސައްކަތު މީހުންނަށް ސަލީމް އުނައިސް ތައާރަފް ކޮށްދިނެވެ.
އެޗްއާރ މެނޭޖަރ އަސްލަމް އައިސް ވަރަށް ރުންކުރުކޮށް އުނައިސް އާއި ވާހަކަ ދެއްކިއެވެ. ފޮތްތަކާ ފައިލްތައް ދެއްކުމުގައިވެސް އޭނާގެ ކޮންމެވެސް ނުބައިގޮތެއް ހުރިކަން އުނައިސް ފާހަގަ ކުރިއެވެ. ސަލީމް އެއީ އޭނާގެ ވައްތަރު ކަމަށް ބުނެ ވާހަކަ މާދިގު ވިޔަކަ ނުދިނެވެ. މިމީހުންނާއެކު މިހާރު ސަލީމްވެސް އުޅޭތާ ދުވަސް ކޮޅެއް ވީ ވީއްޔާއެވެ. އަސްލަމްގެ ގޮތް ވަރަށް ރަނގަޅަށް ސަލީމް އަށް އެނގޭނެއެވެ.އުނައިސް މުޅި ދުވަހު ވަރަށް ބުރަކޮށް އުޅުނެވެ.އަދި ގެޔަށ ވަދެވުމާއެކު އޭނާ ބަންލާފަ އެނދުމައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކުން ތާނިޔާ އާއި އައިޝާ ދުވެފަ އައިސް ކޮޓަރިއަށް ވަނެވެ. އެއީ އަބަދުވެސް ވާގޮތެވެ. ދޮންބެ ރަށުގައި ހުރެއްޖެއްޔާ އެދެކުދިން އަބަދުވެސް ތިބެނީ އުނައިސް އާއި ކޮންމެވެސް ކަމަކާ ދިމާކޮށްލާފައެވެ.
ނުނިމޭ
10 Comments!
Comments are closed.
Me first…yay
Varah reethi…kon irakun next part??
Wow v nice mi story insha allah kuriyan huribaithavves mihaa noony miavvure furihama vaane kamah ummydhu kuran keep it up
Rythi…ekam Dhonbeybe Dhonbe beybe ekifaharu ekigothah liyefa huryma ehaaehnoon….Rangalhu kohlaane kamah hykuran-:-)
V reethi mibaivess avahah up kohlahchay
Varah reethi
vaahakaage first part ga vaahakaa ge namaaa part2 ge vaahakaage namaa eh goi nooon veema bunelee hama
Thank you Faya.. I have change it now.. it was mistake
Wow rosy it’s a lovely story …I love it . Good job dear
wow nice story? …..love it