އަންހެން ކުދިންދެކެ އިންތިހާއަށް ނަފްރަތުކުރާއިރު ތަޤުދީރު ކުރާ ސަމާސާ ނިކަން ދެކިބަލާށެވެ………………………………………………………………………………….. ރީތި ދިގު އިސްކޮޅެއް ލިބިފައިވާއިރު، ކޮނޑައްވުރެ ތިރިއަށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި ވަނީ މަޑު މުށިކުލައެކެވެ. ” އޯހް….ކަމް އޯން ނީޝް…..ގެޓް ވެބަ…މިކިޔާއެއްޗެއް…! ޒޯގެ ހިތް އަތުލެވޭވަރުގެ ބޯއީ އެއް މިރާއްޖޭގަ ކީއްކުރަން މިދުނިޔޭގަވެސް ނޫޅޭނެ! މިނޫނަސް ކިތައް ޑޮކްޓަރުންނަށްތަ ކައްކާފަ ކާންދޭނީ.. ހިތް ރޫޖެހިޖެހިފަ މަޑު ކަފަކޮޅަކަށް ނުވެޔޭ! ނީޝްއަށް އެނގޭނެ ބޯއީސް ދެކެ ޒޯ އަންނަ ރުޅި! ދޮންމަންމައަށް ފަސޭހަކޮށްދޭން ބައެއްފަހަރު މިހެން […]
ވަށައިގެންވާ މާހައުލުން ފެންނަނީ ހަލަބޮލިކަމެވެ. ދުވަހަކީ އިރުވައި މޫސުމުގެ ހިތްގައިމު ދުވަހެއްކަން އުޑުމަތި ބަލާލުމުން ސާފުވެގެންދެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން، އެތައްބަޔެއްގެ ތެރެއިން ނުކުމެގެން އަންނަ ފުރިހަމަ، ރީތި ފިރެހެންވަންތަ ހިނގުމެއްގައި ގޮސް ލޯންޗަށް އެރީ، ހދ.ކުރިނބީ ހެލްތު ސެންޓަރަށް ހަމަޖެހިފައިވާ ޑޮކްޓަރ މުހައްމަދު ޒެފަން އެވެ. ދިގު އިސްކޮޅެއް ލިބިފައިވާ މިޒުވާނާގެ ބޮލުގެ އިސްތަށިގަނޑުވަނީ ހެޔޮވަރު ވަރަކަށް ކޮށާލެވިފައެވެ. ހަމުގެ ކުލަ ދޮންކަމުން ބަލާލާ ކޮންމެމީހަކަށް މިއީ ބޭރު ޑޮކްޓަރ އެއްކަން ފާހަގަނުވެއެއް ނުދާނެކަން ގައިމެވެ. […]
ލޯބި ވަން ޔާރާ އޭ…1 ‘އޭލެވެލް’ އިން ލިބުނު ނަތީޖާ ފާހަގަ ކުރުމުގެ ގޮތުން މިޝެލް އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ނެހާ ފިހާރަ އަކުން އައިސްކޯން ގަނެލައިގެން އޮލަ ވާހަކައިގައި ތިބެ ހިނގަމުން ދިޔައެވެ. އެކުދިންނަކި މާލިބޭ އާއިލާ ތަކަކަށް ނިސްބަތްވާ ކުދިންނަށް ނުވިޔަސް އެފަދަ އުފާވެރި ކަންކަން އެފަދަ ކުދި ކުދި ގޮތް ގޮތުން ފާހަގަ ކުރާ ދެކުދިންނެވެ. ‘އޭލެވެލް’ ގެ ނަތީޖާ ރަނގަޅު ވުމާއި އެކު މައިންބަފައިންގެ ހަރަދުގައި އިތުރަށް ކިޔަވަން […]
ވާހަކަ އަޕްނުވެ ލަސްވިކަމަށްޓަކައި މިވާހަކައިގެ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށްއެދެން. އިރާދަކުރެއްވިއްޔާ ލަސްވެގެން މާދަމާރޭ ވާހަކައިގެ ބާކީއޮތްބައި ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭތޯ ލީމް ވަރަށް މަސައްކަތް އެބަކުރަން. ހޯޕްކުރަން ހުރިހާކުދިންވެސް ލީމްއަށް ފޮގިވް ކުރަމުން ވާހަކައަށް އިންތިޒާރުކުރާނެކަމަށް.. ވަރަށް ލޯބިވޭ ހުރިހާ ކުދިންދެކެވެސް..
“އެހެންނެއްނޫން… އަހަންނަށް އޯކޭ… އަހަރެން ހީކުރީ ޝީރީން ލޯބިވަނީ އެހެން މީހެއް ދެކެކަމަށް… ކޮންމެ މީހަކަށްވެސް ގޯހެއް ހެދިދާނެ….. ” ޝީރީން ރޯތަން ފެނުމުން މަނިކު ޝީރީން ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ. ………… ކޮންމެ ދުވަހެއް ނިމިގެން ދިޔައީ މަނިކުގެ ހިތަށް އުފަލާ ހިތްހަމަޖެހުން ގެނެސް ދެމުންނެވެ. ޝީރީންގެ އަޅާލުމާ ލޯބި ވެގެން ދިޔައީ ޝިޔާމާގެ ހިތްވެސް ދަމައިގަތްކަމަކަށެވެ. މާލޭގައި ޝީރީންގެ ހަޔާތުގެ ބޮޑުބައެއް ވޭތުކޮއްފައިވުމުން އެއްވެސް ކަހަލަ ގޭތެރެ މަސައްކަތެއް ނޭނގުނަސް ޝީރީންގެ ފަރާތުން […]
“ދޮގު ނުހަދާ ބުނޭ… މަށަށް އިނގެއޭ އެ ރާހުލް އާ އަންޖޫދާއާ ދެމެދު ކޮންމެވެސް ގުޅުމެއް އޮންނަކަން..” ހަރަން ބަނދެލަމުން ޒުލޭހާ އެހެން ބުނެލުމުން އާޔާގެ އަނގަ ބެދުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާ ޒުލޭހާއަށް ބަލަން ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެފައި އާޔާ ފެށީ ބާރުބާރަށް ހޭށެވެ. އޭނާ ހޭން ފެށުމުން ޒުލޭހާ އުނަގަނޑުގައި ދެއަތް ވިއްދާލީ ދެލޯ ހަނިކޮށްލަމުންނެވެ. “އަހަންނަށް ފޮރުވާކަށްނު ތިއުޅެނީ…. ބުނަން… އަހަންނަށް މިހާރުވެސް އެ ވާހަކަ މުޅި ރަށުގައި ފަތުރާލެވިދާނެ…” […]
ލިޔާގަތަށް އޭނާގެ ދޮންމަންމަ ނިއުމާ އާއި ދިމާލަށް ބަލައިލެވުނީ ހަމަ އެވަގުތުގައެވެ. މިހާރު ހަމައެކަނި މައްސަލައަކީ އެއީއެވެ. ކުއްލިއަކަށް ނިއުމާވެސް ހިނިތުންވެލައިފިއެވެ. އެންމެނަށްވެސް ގަބޫލްކުރަން ދަތި ވެގެން ދިޔައެވެ. ” މާފްކުރޭ މަންމަޔަށް ދަރިފުޅާ. މާފްކުރޭ. މަންމަޔަށް މިހާރު އެނގިއްޖެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. މަންމަ ހީއްކުރީ ދޮންމަންމަޔަކު ދޮންދަރިއަކަސް ރަނގަޅުވުމަކީ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް. އެކަމް މަންމަމެން އުމުރުގެ މީހުން އެމީހުންގެ މާމަ ދަރިން ގޮވައިގެން އުޅޭ އިރު ވަަރަށް […]
“އެހެންވީމަ އަހަރެން ވިސްނާފައި އޮތީ ހަމައެކަނި އައިފާ ލޫތްގެ ދިރިއުޅުމުން ދުރުކޮށްލުމެއް ނޫން.. އަހަރެން ބޭނުމީ އޭނާގެ ވަސްވެސް ފިލުވާލަން.” ލީނާ މިހެން ބުނުމުން އާޒިމާގެ ދެބުމަ ގޮށްޖެހުނެވެ. “ނުވިސްނުނު.” އާޒިމާ އިތުރަށް އޮޅުން ފިލުވުމަށް އަހާލިއެވެ. “އެންމެން ހީކުރަނީ އައިފާއަށް އެދިމާވީ އެކްސިޑެންޓްއެއް ކަމަށް ދޯ.. ބުނަންތަ ސިއްރެއް.. އެއީ އަހަރެން ރާވައިގެން ކުރުވި ކަމެއް.” ލީނާ ބުނެލި ވާހަކައިން އާޒިމާ ސިހުނެވެ. އެއްޗެއް ބުނަން ނޭނގިފައި އިންއިރު އޭނާ އިނީ އެވާހަކަ ޤަބޫލު ކުރަން […]