އެގުޅުން ވަކިނުވެވޭނެ 5
“ތިޔައީ އޭ މައްސަލައަކީ ވަހީދާއަށް ނުފެނޭ އޭނާގެ ނުބައި ސިފަތަށް. މިގޭގަ ހިނގާނީ އަހަރެންގެ ހުކުމް އަހަރެން މިހަރު މިބުނަނީ އުނައިސް ޖެހޭނީ މިގެއިން ދާން ހަމަމަ މިހާރު މިިވަގުތު.”
“އެކަމަކު އޭނާ ވަކި ދަނީ ކޮންތާކަށް” ވަހީދާ ގިސްލަމުން ބުނެލިއެވެ
“ތިޔައީ އަހަރެން ބަލަން ބޭނުން ކަމެއް ނޫން ހަމަ މިހާރު މިގެއިން އޭނާ ޖެހޭނީ ނިކުއްނަން” ޔޫނުސް ގޮތްދޫނުކޮށް ބުނެލިއެވެ.
އެވަގުތު އުނައިސް ހައިރާންކަމާއެކު ބައްޕައަށް ބަލާލިއެވެ. އޭނާއަކީ އޭނާގެ ބައްޕަގެ ލޮލުގެ ނޫރެވެ. ވީއިރު މިއަދު ގެއިން އެނެރެލީ އެއްވެސް އިހްސާސެއްނެތި އެއްވެސް ކުށަކާނުލައެވެ. ބައްޕަގެ ގެއިން އެއްވެސް އެއްޗެއް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ކޮޓަރިއަށް ވަދެ އޭނާގެ ލެޕްޓޮޕް ނަގާ ކޮނޑުގައި އެޅުވިއެވެ. އަދި ގެއިން ނިކުންނަން ހިގައިގަތެވެ. ފަހަތުން ވަހީދާ އައިސް ރޮއިރޮއިފަ ހުއްޓުވަން އުޅުނެވެ. ނަމަވެސް އުނައިސް މަޑެއްނުކުރިއެވެ.
“ބައްޕަ އެހެންބުނީ ރުޅިއައިސްފަ ހުރީމާ. ދަރިފުޅު މަޑުކުރޭ” ވަހީދާ ރޮމުން އުނައިސްގެ ކޮނޑުގައި އޮތް ދަބަހުގައި ހިފަހެއްޓިއެވެ. އެވަގުތު ތާނިޔާއާއި އައިޝާވެސް ރޮމުން އުނައިސް ކާރިޔަށް ދިޔައެވެ.
“ދޮންބެ މަޑުކުރޭ…. އަހަރެމެން ދޫކޮށްފަ ނުދޭ..” ދެކުދިން ރޮމުން ބުނަމުންދިޔައެވެ. ނީލާވެސް ދުރުގަ ބަލަން ހުއްޓެވެ.
“ކަލޭމެންނަކަށް ނީވޭތަ ބައްޕަ ބުނުއްވި އަޑު މިއީ ބައްޕަގެ ގެޔެކޭ މިގެޔަށް ހިގާނީ ބައްޕަގެ އަމުރޭ މިގެއަށް ކަންތަކާ ހުކުމް ކުރެޥޭނީ ބައްޕަޔަށޭ ބައްޕަ ހުކުމް ކުރީ އަހަރެން މިގެއިން ނިކުންނަން ވީއިރު ކިހިނެއް އަހަރެން މިގޭގަ ހުންނާނީ އެ ހުކުމަށް އަހަރެން ބޯލަނބާނަން” އުނައިސް ތާނިޔާ މެން އޭނާ އާއި ދުރު ކޮށްލިއެވެ.
އެވަގުތު ނީލާ އަށް ބަލާލާފަ ސަލީމް ވެސްމަތިމަތިން އުނައިސް ހުއްޓުވަން މަސައްކަތް ކުރަމުން ދާކަން ދެއްކިއެވެ.
“ދޫކޮށްލާ ތިއެންމެން އޭނަގެގައިން، ބައްޕައާއި ފިރިހެން ދަރިއެއްގެ ރުޅިއަކީ މިބީއްސާލާ ރާޅު ކަހަލަ ރުޅިއެއް ހިނދުކޮޅަކުން ތިރުޅި މައިތިރީވީމާ ގެއަށް އައިސްދާނެ”
އެވަގުތު ރަހްމާނު ބޭބެ ހުރެފަ ބުނެލިއެވެ. އެންމެން ދޫކޮށްލާއިރަށް އުނައިސް ނިކުމެ ސައިކަލަށް އަރައިގެން ދިޔައީއެވެ. ފަސް އެނބުރި ބަލާވެސް ނުލައެވެ.
އުނައިސް ދިޔަގޮތަށް ދިޔައީ ހީނާ ކައިރިޔަށެވެ، ޕާކްގައި ދެމީހުން ބައްދަލު ކޮށްގެންތިބެ ފެންކަޅިވެއިނދެ ދިމާވި ހާދިސާ އުނައިސް ހީނާ އަށް ކިޔާދިނެވެ.
ހީނާ އިންތަނުން ތެދުވިއެވެ. އަދި އުނައިސް އާއި ކުރިމަތި ލިއެވެ.
“އުނައިސް އަޅުގަނޑު ލޯބިވަނީ އަދި ލޯބިވީވެސް ހަމައެކަނި އުނައިސް ދެކެ އުނައިސްގެ ގަދަރު ވެރި ފެމިލީ އަދި ކޮއްކޮމެން މިއީ އަޅުގަނޑަށް މުހިއްމު ބައެއްނޫން. އަޅުގަނޑު ވާނަން އުނައިސް އާއި އެކު މުޅި ޢުމުރު އުނައިސް އާމެދު އެމީހުން އެގޮތަށް ކަންތަށް މިއަދު އެކުރީ ބަލަން ހުންނާތީ މާދަމާ ވާގޮތް.ހިނގާ އަޅުގަނޑުގެ ގެޔަށް ފަހަރެެއްގައިވެސް އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ދެރަކޮށެއްނުލާނެ.”
ހީނާ އުނައިސް އާއި އެކު އޭނާގެ ގެގެޔަށް ދިޔައެވެ.
އޭރު ހީނާގެ ބައްޕަ ޝާހިދު ސިޓިން ރޫމްގެ ދެކޮޅަށް ހިގާލަ ހިގާލަ ހުއްޓެވެ.
“ބައްޕާ އަޅުގަނޑު މިއައީ އުނައިސް ގޮވައިގެން އެއްކޮށް. މިގޭގަ އުނައިސް އަށް ހުރެވޭނެ ދޯ ބައްޕާ” ހީނާ ބައްޕަގެ ކަރުގައި އެލިގަނެފަ ބުންޏެވެ.
“ދަރިފުޅާ އާދެބަލަ ބައްޕަ ބުނަންތަ ވާހަކައެއް. ކޮޓަރިޔަށް އާދެބަލަ އަހަރެން ބުނާނަން.”
އުނައިސް އާއި ދިމާލަށް ބަލާލާފަ ޝާހިދު ބުނެލިއެވެ.
“ބައްޕަވެސް ބުނަންބޭނުން އެއްޗެއް ބުނޭ މިތާ އުނައިސްގެ ކުރިމަތީ”
“ކޮންމެ ގޮތެއް ވިޔަސް ގެއިން ތިޔަގޮތަށް ނެރެލާފަ ހުރިމީހަކާ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ގުޅޭކަށް އަހަރެން ބޭނުމެއްނޫން. ދެންމެ ގަ އަހަރެންނަށް ސަލީމް ހުރިހާ ވާހަކައެއް ފޯނުން ކިޔާދީފި. ގޭގެ މުދަލުން ވެސް އުނައިސް ބާކީ ވަނީ ކޮށްފަ މިފަދަ އަދި އަމުދުން ދިރިއުޅުމުގެ އެއްވެސް އެއްޗެއްނެތްމީހަކާ އެކު ކިހިނެއް އަހަރެން ދަރިފުޅު ދާން ގަބޫލް ވާނީ”
“އަޅުގަނޑުގެ ގެއިން އަޅުގަނޑު ނެރެލިޔަސް މުދަލުން ބާކީ ކުރިޔަސް އަޅުގަނޑު މިހިރީ ކިޔަވައިގެން، ރަނގަޅު ވަޒީފާއެއް ހޯދައިގެން އަޅުގަނޑު ހީނާ ގެންގުޅޭނީ ނުހަނު އުފަލުން. އެއްވެސް ކަމެއް ހީނާއަށް އުނި ނުކުރާނަން” ކަރުނަ ވީ އަޑަކުން އުނައިސް ބުނެލިއެވެ.
“ތިކަހަލަ ފޮނި ވާހަކަ ތަކަށް އަހަރެންގެ ދަރިފުޅު އެއްވެސް ނުދެވޭނެ. މަގޭ މިދަރިފުޅަކީ މަގޭ ލޮލުގެ ނޫރުކިހިނެތް އެއްވެސް އެއްޗެއް އަމުދުން ނުވެސް ނެތް މިހާކާއެކު ފޮނުވޭނީ ” ވަރަށް ހަރުކަށިކޮށް ޝާހިދު ބުންޏެވެ. އުނައިިސް މަޑުމަޑުން އެގެއިން ނިކުންނަން ހިނގައިގަތެވެ. ހީނާގޮސް އުނައިސް މަޑުކުރުވިއެވެ.
“ބައްޕާ.. އަޅުގަނޑު ބައްޕަގެ ކޮންމެ އަމުރަކަށް ކިޔަމަންވިން އަދި ހުރިހާ ފަހަރެއްގަ ބައްޕަ ކަންތަށް ކޮށްދިނީ އަޅުގަނޑުގެ އުފަލަށް ވިސްނައިގެން އަޅުގަނޑު ހީކުރީ މިމަރުހަލާގަވެސް ބައްޕަ އަޅުގަނޑުގެ އަތުގައި ހިފާނެކަމަށް. ކުޑައިރު ހިނގަން ދަސްކޮށްދެއްވި ގޮތަށް ދިރިއުޅުމުގައި ހިނގަން އަތުގައި ހިފައިގެން ދަސްކޮށްދެއްވާނެ ކަމަށް، އެކަމަކު ބައްޕަ މިއަދު އަހަރެންގެ ލޯބިވެރިޔާގެ ގަދަރަށް އުނިވަގަޮތަށް ވާހަކަ ތިދެއްކީ މަވެސް މިވަގުތުން ފެށިގެން މިގެއިން އަޅުގަނޑު މިނިކުންނަ އަދި އަޅުގަނޑު ބައްޕަގެ މުދަލުން އެއްވެސް އެއްޗެއް ބޭނުމެއް ނޫން..ހިނގާ އުނައިސް ދާން”
ހީނާ މިހެން ބުނެފައި އުނައިސް ގެ އަތުގައި ހިފައިގެން ހިގައިގަތެވެ. ޝާހިދު ހުރީ ބަސްހުއްޓިފައެވެ. އޭނަގެ ދަރިފުޅުގެ މިހިއްވަރުން އޭނާ ހައިރާން ކުރުވިއެވެ.މިއީ މަންމަޔަކާ ނުލާ މަންމަޔާ ބައްޕަގެ ލޯބިދީގެން އޭނާ ބޮޑުކުރި ދަރިއެވެ. ޝާހިދު ގުޑާލަންވެސް ނޭނގިއެ ދެމީހުން އެއްކޮށް ގޮސް ސައިކަލަށް އަރާ ދުއްވާލިތަން ބަލަން ހުއްޓެވެ. މަންމަޔެއް ހެން މިއަދު ހީނާގެ އަތުގައި ހިފާ ހުއްޓުވުނު ނަމައޭ ޝާހިދު ހިތަށް އެރިއެވެ.
އެވަގުތު ހީނާ ސައިކަލް މަތީގަ އިދެގެން އޭނާގެ ފޯނުން ލަވައެއް އަޅުވާލާފަ އުނައިސް އަށް ހެޑް ސެޓްގެ އެއްކޮޅުދީފާ އަނެއްކޮޅު އޭނާގެ ކަންފަތުގައި ޖެއްސިއެވެ.
“ހީކުރައްވާ މިއީ އަޅުގަނޑު ކިޔާދޭ ލަވައެއް ކަމަށް” ހިނިތުންވެލާފަ ހީނާ ބުނެލިއެވެ. އުނައިސް އެއްބަސްވުމުގެ ގޮތުން ހިނިތުންވެލާފަ ބޯޖަހާލިއެވެ.
“އަހަރެން މިގޮތަށް އަބަދުވެސް ކަލާގެ އަތުގައި ހިފާނަމެވެ.
ކަލާއާއި ދުރަކަށް ނުދާނަމެވެ.
އަހަރެމެންގެ ލޯބީގެ ތެދުވެރިކަން އަހަރެން މުޅިދުނިޔެއަށް ހާމަ ކުރާނަމެވެ.
ލޯބިން އަހަރެން ކަލާއަށް ބަލާނަމެވެ. ކަލާތީ އަހަރެންގެ މިލްކަކަށް ހަދާނަމެވެ. ”
އެލަވައިގަ ފިރިހެންމީހާގެ ބައިވެސް އިނެވެ. އެބައި އައުމާއެކު އުނައިސްވެސް އެލަވަ ކިޔަންފެށިއެވެ.
” މިއީ ކަލާގެ ހިތެކެވެ. މިހިތަށް ބާރު ފޯރުވޭނީ ހަމަ ކަލާއަށެވެ.
މިއަދު އަހަރެންނަށް ހަގިގީ ލޯބި ދަސްވެއްޖެއެވެ.”
މިހިސާބާށް ބުނެލާފަ އުނައިސް އެނާލޯ އެއްއަތުން ފޮހެލިއެވެ.
“ކަލާއަށްޓަކާ އަހަރެން ހުރިހާ މީހުން ދޫކޮށްލާނަމެވެ.
ކަލާތީ އަހަރެންގެ ދިރިއުޅުމެވެ. އޭހިތުގެ ވެރިޔާއެވެ. ”
ލަވައިގަ ދެމީހުންވެސް ބައިވެރިވެ ކިޔާހެދިއެވެ.
ދެމީހުން ގޮސްވަނީ ގެސްޓު ހައުސްއަކަށެވެ. އަދި ޖެހި ޖެހިގެން ހުރި ދެކޮޓަރި ހިފިއެވެ. ހަފްތާއެއްގެ ތެރޭ ވަރަށް އާދައިގެ ގޮތަކަށް އެމީހުން ކައިވެނި ކުރިއެވެ،އެކައިވެންޏަށް ދެއާއިލާގެ އެކަކުވެސް ނާދެއެވެ. އެއްވެސް ހަފްލާއެއްނެތި ކޯޓުގައި ދެމިހުން ކައިވެނި ރަސްމިއްޔާތު ހެދިއެވެ.
ސަލީމް ނުރަސްމީގަޑިޔެއްގަ ޔޫނުސްގެ އޮފީހަށް އައެވެ.
“ބައްޕާ ބައްޕަ އޮފީހަށް ނުދުރުވާތާ މިހާރު ދެހަފްތާވީ ސޮއިނެތިގެން ނުނިމި ހުރި ބައެއް މަސައްކަތް ހުރުމާއެކު މިއައީ މިފައިލް ހިފައިގެން ބައްޕަ ލައްވާ ސޮއި ކުރުވަން”
“ސަލީމް އަހަރެންގެ ތޮބީއަތު އަދިވެސް މުޅިޔަކުން ރަނގަޅެއް ނޫން. އަނެއްކޮޅުން އައިޝާގެ ކައިވެނީގެ ކަންތަށް މިއޮތީ ބޯމަތީ އެހެންވެ މިދުވަސްކޮޅު އޮފީހަށް ނާދެވޭނެ. ގެނޭ އަހަރެން ސޮއިކުރާނަން.”
ޔޫނުސް ބަލާލުމެއް ކިޔާލުމެއްނެތި ސަލީމް ގެނައި ހުރިހާ ގަޑެއްގަ ސޮއި ކޮށްފިއެވެ. ސަލީމްގެ ތުންފަތްމަތީ ކުޅެލީ ވިހަ ހިނިތުން ވުމެކެވެ.
“ބައްޕާ އުނައިސް ގެންނަންވީ ނޫންތޯ. އިއްޔެގަވެސް އަޅުގަނޑު ދެކުނިން އޭނާ އެސްޓީ އޯ ގެ ސިމެންތި ގުދަނުގަ މަސައްކަތް ކުރަނިކޮށް މިއީ ވަރަށް ހަޑިކަމެއް ޢާއިލާގެ ގަދަރުވެސް ”
“ފައިސާ ލިބޭއެއްވެސް ކަމަކީ ހަޑިމަސައްކަތެއް ނޫން.” ޔޫނުސް ބުނެލިއެވެ. މިކަމާ ސަލީމް ހައިރާންވިއެވެ.
ސަލީމް ފައިލް ހިފައިގެން އޮފިހުން ނުކުމެގެންް ދިޔައިރު ހީވަނީ ހަނގުރާމަޔަކުން ފަތަހަ ލިބިގެން ދާ މީހެއްހެންނެވެ.އޭނާގެ ތުންފަތް މަތީ ކުޅެމުންދިޔައީ އެކަހަލަ ހިނިތުންވުމެކެވެ. ސަލީމް އެތަނުން ދަނިކޮށް ވަހީދާ އާއިވެސް މުޑަޖެހުނެވެ. އެކަމަކު ސަލީމް އަކަށް މިކަމެއްވެސް ނޭގުނެވެ. ހަަމަ ހެމުން ހެމުން ފައިލް ހިފައިގެން ދިޔައީއެވެ.
“ސަލީމް ކިހިނެއްވެފަަތަ އެދިޔައީ؟ މާވަރަކަށް ހެމުން” ވަހީދާ ޔޫނުސް ކައިރިޔަށް އައިސް އެހިއެވެ.
“ކިހިނެއްވީ ތިހެން ތިއެހީ؟” ޔޫނުސް ވެސް ހައިރާންވެފަ އަހާލިއެވެ
“އަހަރެންނާ މުޑިއެރިއިރުވެސް އޭނާއަށް ނޭނގުނު އެހެންވެގެން. އަދި ދިޔައީ ފައިލް ތަކެއްވެސް ހިފައިގެން ހެމުން ހެމުން”
“އެހެންތަ؟ ނޭނގުނު. ގެނައި ފައިލް ތަކެއްގަ އަހަރެން ސޮއި ކުރިން”
“ބަލާލިންތަ އެއީ ކޮންފައިލެއްތޯ”
“ނޫނޭ އެއީވެސް މަގޭ ދަރިއެއްނު ކޮންމެހެން ނުބެލިޔަސް އޯކޭނު”
“އަސްލު އެއީ އެންމެ ރަނގަޅު ގޮތެއްނޫން. ކޮބާތަ އައިޝާގެ ކައިވެނީގެ ގަހަނާ ގަންނަން ދަނީ ކޮންއިރަކު. މިހާރު އުނައިސް މެންނަށް ނަައަންގަންތޯ؟”
“ވަހީދާ އަހަރެންބޭނުމެން ނޫން އުނައިސް ގެންނާކަށް”
ސަލީމް މަގުމަތިން އުނައިސް އާއި ބައްދަލު ކުރިއެވެ.
“އުނައިސް މަޑުކޮށްބަލަ؟”
“އަނހަ ކިހިނެއްވީ ހާދަ ނުގަޑިއެއްގަ؟ އަނެއްކާ ގެގެ ހުރިހާ ކަމެއް އޯކޭތަ؟” އުނައިސް ސައިކަލުން ފައިބައިގެން ސަލީމް އާއި ދިމާލަށް އައެވެ.
“އުނައިސް އަށް ނޭގޭތޯ އައިޝާގެ ކައިވެނި މާދަމާ ގޭތެރޭގެ ވަރަށް ހާރޫ ބާރޫ ބޮޑު ހީވަނީ ޕާޓީ އޮތީވެސް ގޭގަހެން އަލަތު ކައިވެނީގެ އަންހެންކުއްޖެއްހެން މަންމަމެން އެބަ ގެރީތި ކުރޭ.. މަބުނިން އުނައިސް މެންނާ ނުލާ ކޮން ޕާޓީއެއްހޭވެސް ބައްޕަ ގަބޫލެއް ނޫން އުނައިސް އެހިސާބަށް ދާކަށްވެސް”
” ނާހަމަ ރަނގަޅަށް ތިވަރު ކަމެއް ގޭމީހުން ނިންމި އިރު އަހަރެން ބަކީ ކޮށްލީ ކީއްވެބާ؟ އަހަރެންމީހަމަ އެހާދުރުމީހެއްތަ؟” އުނައިސް އަށް ރޮވުނެވެ.
“ނޫނެ އެއީ އެހެންވީކަމެއްނޫން ބައްޕަ އާއި އުނައިސްއާދެމީހުންގެ ކޯޅުން އޮތީމަ ނުބުނީކަމަށް ވާނީ މިހާރު މިއެނގުނީ ހިނގަ ގެޔަށް ދާން އުނައިސް ދިޔާމަ ހުރިހާކަމެއް ހަމަޔަކަށް އެޅޭނެ ކޮންމެ ގޮތެއްވިޔަސް ގޭމީހުންވާނީ ގޭމިހުންނަކަށްނު އެކަމަކުވެސްދޯ އެހާ ހަޑިކޮށް ފޮނުވާލީމާ ދާނީވެސް ކޮންމޫނަކާގެން”
އުނައިސް އެއްވެސް ޖަވާބެއް ނުދީ ސައިކަލް ދުއްވާލީއެވެ.
ސަލީމް ވިހަގޮތަކަށް ހިނިތުންވެލާފަ އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ.
ދަރުބާރު ގޭގައި ވަރަށް ގަދަ ހަފްލާއެއްބޭއްވުމަށްފަހު އައިޝާގެ ކައިވެނި ކުރެވުނެވެ. އެވަގުތު ދަރުބާރުގޭ ގޭޓްކައިރީ އުނައިސް މިކާވެނީގެ މަންޒަރު ދުރުން ބަލަން ހުއްޓެވެ. އުފާވެރިކަމުގެ ކަރުނައާއި ހިތާމަ އޭގައި އެކުލެވިގެންވެއެވެ.ކުއްލިއަކަށް އައިޝާއަށް އެދިމާލަށް ބަލާލެވުނެ. އެވަގުތަކީ އުނައިސް ކަރުނަ ފޮހެލާފަ ދާންއެނބުރިލި ވަގުތެވެ.
“ދޮންބޭ…. ދޮންބޭ…ދޮންބޭ” އައިޝާގެ އަޑަށް އުނައިސް އެނބުރިލިއެވެ. އޭރު އައިޝާ އޭނާގެ ކައިވެނީގެ ބޮޑު ދިގު ހެދުން މައްޗަށް ނަގަމުން ދުވަމުން ދުވަމުން އުނައިސް އާއި ދިމާލަށް އަންނަނީއެވެ.
“އަހަރެންގެ ކައިވެންޏަށް ސިއްރުން އައިސްފަ ތިޔަހެންދަނީ ކީއްވެ. ދޮންބޭއަހަރެން ދޮންބެއަށް ކާޑުވެސް ފޮނުވިން އެކަމަކު ދޮންބެގެ ގޭގަ ހުރި ބޭރު މީހަކު ބުނީ ދޮންބެމެން ނޫޅޭޔޭ އެގެޔަކު އެއީ ތެދެއްތަ؟”
“އާނ އަހަރެމެން މިހާރު އުޅެނީ ހުޅުމާލޭގަ. ދެންކަންތަށް ތަށް ރަނގަޅުދޯ ހުސް އަތާ އައީ ދިމާވާނެ ކަންވެސް ނޭނގޭތީ”
“އަހަރުން ދޮންބެ އަތުން އެއްވެސް އެއްޗެއް ބޭނުމެއް ނޫން ދޮންބެ ގެޔަށް އާދޭ.. މަންމަ ވަރަށް ރޮއި ހަދާ”
އެވަގުތު އައިޝާގެ ފިރިމީހާވެސް އައިސް އުނައިސް އާ ކަރާ ކަރު ޖައްސާ ސަލާމް ކުރިއެވެ.
“އަހަރެންގެ ކޮއްކޮ ލޯބިން ގެންގުޅޭތި. ވަރަށް އުފާވޭ ބައްދަލުވީތީ”
މިހެން ބުނެލުމަށްފަހު ދެމީހުންނާވެސް ސަލާން ކޮށްލާފަ އުނައިސް ދިޔައީއެވެ.
ޖެހިގެން އައިދުވަހެވެ. ސަލީމް ގޭމިހުންނާއެކު ސައިބޯން އިނެވެ.
“ބައްޕާ އަޅުގަޑު މެން ކައިވެނީގެ ފަހުން އަދި ބޭރަށް ނުދެވެއެއްނު ވީމާ އަޅުގަނޑު ގަސްތު ކުރަނީ މާދަމާ އަޅުގަނޑާއި ނީލާ އިންޑިޔާއަށް ޖައްސާލާން ކަމަށް އެކަމަކު…”
” އެކަމަކު ކީއްވީ ދާންބެނުމީއްޔާ ދޭ. ފައިސާ މަންމަގެ އަތުން ހޯދާ ”
” ނޫން ފައިސާއެއް ނޫން އެކަމަކު ކޮމްޕެނީގެ ވަރަށް މުހިއްމު ބައްދަލު ވުމެއްވެސް އެބައޮތް ދެދުވަހެއްގެ ތެރޭ އެއަށް އެޓެންޑް ބައްޕަ ވަނިކޮށް ފިކުރަކާ ނުލާއަޅުގަނޑަށް އިންޑިޔާއަށް ދެވިދާނެ”
“ކޮމްޕެނީގެ މަސައްކަތް ނިމޭނެ ދުވަހެއް ނައަންނާނެ ކަލޭމެން ގޮސްލާފަ އާދޭ އޯކެވާނެ”
ޔޫނުސް ހުއްދަ ދެއްވިއެވެ. ސަލީމް ވެސް ޝުކުރު އަދާކުރުމަށްފަހު ދިޔައީ ނީލާކާރިޔަށެވެ.
“ސަލީމް ބައްޕަ ކާރީ ބުނީމެއްނު އިންޑިޔާއޭ އެކަމަކު މިއީ ލަންކާ ޓިކެޓެއްނު”
ކޮޓަރީގަ ފޮށި ތައްޔާރު ކުރަން ހުރެފަ ސަލީމް އައިސް ވަނުމުން ޓިކެޓް އަތަށް ނަގާފަ ދައްކާލަމުން ނީލާ އަހާލިއެވެ.
“އާނ އަހަރެން ނީލޫ އަށް ސަޕްރައިޒް ދިނީޔޭ. ”
ނީލާ އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިއެވެ.
ޖެހިގެންއައިދުވަހު ޔޫނުސް އޮފީހަށް ދިޔައީ ދިހައެއްޖަހާ ކަންހާއިރެވެ. އެއިރު ކޮމްޕެނީގެ އެކައުންޓެންޓް ޔޫނުސް ގެ އިންތިޒާރު ގައި އިނެވެ.
“އަނހަ ސުލައިމާން ކިހިނެއްވެފަ ތިއިނީ”
“އަޅުގަޑަށް ހީވަނީ ދެން އުނައިސް މިކުންފުނީގެ ކަންތައް ތަކަށް ގެންނަން ވީހެން.އޮޑިޓް މީހާ ދީފަ މިއިން ރިޕޯޓް މާކަ ރަނގަޅެއް ނޫން” ސުލައިމާން ފައިލް ޔޫނުސް އަތަށް ދިއްކޮށްލަމުން ބުނެލިއެވެ
“މީޓިންއަށް މީހުން އައިސް އެބަތިބި”
އެވަގުތު ކާތިބު މީހާ އައިސް ބުނެލިއެވެ.
“އެމީހުން އެތެރެއަށް ވައްދާ” ޔޫނުސް ހުއްދަ ދިނެވެ
އެވަގުތު ސުލައިމާން ހުރިހާ ލިޔެކިޔުންތަށް ކާރީގަ ހުރި ޑުރޯވަރ ތެރެއިން ނަގާފަ ޔޫނުސް އަށް ދިއްކޮށްލިއެވެ.
“މީކޮންހާ ޕޭޕާރ ތަކެއް”
“މިއީ މިކުންފުނީގެ ކެއަަރ ޓޭކަރ އަޅުގަނޑުމެންގެ ކުންފުންޏަށް މިކުންފުނީގެ ހިއްސާ ވިއްކާލާފަ ވާކަމުގެ ލިޔެކިޔުން”
“ކެއަރޓޭކަރ.. އޭ ވިއްކާލިޔޭ.. ކޯޗެކޭތަ ކަލޭމެން ތިކިޔަނީ”
ޔޫނުސް ހައިރާންވެފަ އަހާލިއެވެ. އަދި ވަކި ވަކިން ގަޑުތަށް ބަލަން ފެށިއެވެ.
“މިހާރު އެއްވެސް ކަމެއް ނޭނގޭކަމަށް ދޯތިހަދަނީ މިކުންފުނީގެ ކެއަރ ޓޭކަރ އަކީ ސަލީމެއްނު ޔޫނުސް އެއްނު ސޮއިކޮށްފަ. އަޅުގަނޑުމެން 25 ކުރޯޑް އަށް މިކުންފުނި އަދި މިހުރިހާ ލާރިއެއްވެސް ސަލީމްއަތުން ވަނީ ގަނެފަ.” ނިމުސް ކޮމްޕެނީގެ އެޗްއާރ މެނޭޖަރ ސައިފް ބުނެލިއެވެ. އެވަގުތު ބޭންކު މެނޭޖަރ ވެސް ޗެކްފޮތްތަށް ހިފައިން ގެން އައެވެ.
“ބައްލަވާ މިހިރީ ބައުންސްވީހާ ޗެކް މީގެ މާނަޔަކީ މިހާރު އެކައުންޓްގަ އެއްވެސް ލާރިއެއްނެތޭ އަދި މިހާރު މިކުންފުނި މިއޮތީވެސް ބުލެކްލިސްޓުވެފަ. އެއްމަސްތެރޭ މި ދެމިލިޔަން ބެންކަށް ނުދައްކާފީޔާ ރަހްނު ކޮށްފައިވާ ގެވެސް އަޅުގަނޑު މެން އަތުން ގެއްލޭނެ.” ބެންކު މެނޭޖަރވެސް ބުނެލިއެވެ.
“މިހާރު މިކުންފުންޏާ މެދު އަޅުގަނޑު މެންނަ އޮތްއިތުބާރު ގެއްލިއްޖެ ވީމާ ދެން އަޅުގަނޑުމެން އެދެނީ ރީތި ގޮތުގަ އަޅުގަނޑުމެންއަތުން މަސައްކަތަށޭ ކިޔާފަ އެޑުވާންސު ކޮށް ނެގި ފައިސާ އަނބުރާ ދިނުން އެއީީ 9 މިލިޔަން ނަގުދު ރުފިޔާ. އެހެންނޫނީ އަޅުގަނޑުމެންޖެހޭނީ މިކަންތަށް ޝަރީއަތަށް ގެންދަން” އޯޝަން ބުރީޒް މެނޭޖަރ ބުނެލިއެވެ.
ޔޫނުސް އަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. އެވަގުތު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ސަލީމް އޭނާލައްވާ ސޮއިކުރުވި ދުވަހު ގެ ހާދިސާއެވެ. ވަހީދާ ބުނި ޖުމްލަތަކެވެ. ކެއަރޓޭކަރ ގޮތަށްވެސް ސޮއި ކުރުވީ އެދުވަހުތާއެވެ. އަދި ކޮމްޕެނީގެ ހުރިހާފައިސާއެއްވެސް މާތް ކަލާކޯއެވެ އެވަގުތު ޔޫނުސް އަރިއަޅަލިއެވެ. ޔޫނުސް އެމެޖެންސިކޮށް އައިޖީ އެމްއެޗް އަަށް ގެންދެވުނެވެ. ޔޫނުސް އަށްހާރޓް އެޓޭކެއް ޖެހުނީއެވެ.
ވަހިދާއާއި ހުރިހާ ކުދިން ހޮސްޕިޓަލަށް އައެވެ. ވެގެންއުޅެގޮތެއް އެކަކަށްވެސް ނޭނގުނެވެ. ރަހްމާނު ވެސް އެތަނަށް އައިސް ވީހުރިހާ ކަމެއް ކިޔާދިނެވެ. ކަރުނަ އެޅުން ފިޔަވައި މިވަގުތު އިތުރު ގޮތެއް އެމީހުންނަށް ނެތެވެ. ނީލާ އަދިވެސް ވީ ލަންކާގައެވެ. ގުޅޭނެ ގޮތެއްވެސް ނެތެވެ. އައިޝާއާއި އެނަގެ ފިރިމީހާ އާއި އުނައިސް ހޮސްޕިޓަލުގަ ތިއްބެވެ. ތާނިޔާވެސް ވީ ކިޔަވަން އިންޑިޔާއަށް ބަދަލު ވެފައެވެ.
ޑޮކްޓަރުންގެ މިންނެއް މަސައްކަތުން ޔޫނުސް ހޭއެރިއެވެ އޭނާ ވަށައިގެން ހޯދާލިއެވެ. އަދި ވަހީދާއާއި ނަޒަރު ދިމާކުރުމަށްފަހު ގިސްލާފަ ރޯންފެށިއެވެ. ކުޑަކުއްޖެކޭ އެއްގޮތަށެވެ.
” ސަލީމް އަހަރެންނަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެބާ؟؟؟ އަހަރެންގެ މުދަލުން އަހަރެންގެ ދަރިންނާ ތަފާތު ނުކޮށް އޭނާބޭނުން ގޮތަކަަށް ދިނިން ވީއިރު މިފަދަ ގެއްލުމެއް މަށައްމިދިނީ ކީއްވެބާ؟؟” ޔޫނުސް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. ވަހީދާ ޔޫނުސް ހިތްހަމަޖައްސަދޭން މަސައްކަތް ކުރަމުން ދިޔައެވެ އެހެނަސް ޔޫނުސް ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އެންމެ ފަހުން އޭނާގެ ހާލު ބޮޑުވެގެން ޑޮކްޓަރ އަލުން ނިދާ އިންޖެކްޝަން ޖަހާ އޭނަ ނިންދެވިއެވެ.
ސަލީމް ލަންކާއަށް ނީލާ ގޮވައިގެން އައިސް އެނާއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަން ޕާރޓީއެއްބެއްވިއެވެ. މިވެގެން އުޅޭއެއްވެސް އެއްޗެއް ނީލާއަށް ނޭނގެއެވެ. ސަލީމް ބޮޑު ހަވޭލިއެއްކަހަލަ ގެއެއްލަންކާއިން ގަތް ކަން އެގުމުން އޭނާ ހައިރާންވިއެވެ.
“ސަލީމް މިހާއަގުބޮޑު ގެއެއް މިގަތީ ކީއްވެ؟” ނިލާ ހައިރާންވެފަ އަހާލިއެވެ.
“މަގޭ ރާނީ މިގެވެސް ހުރެދާނެނު އަހަރެމެން މިހެން ޗުއްޓީ ހޭދަ ކޮށްލަން އަންނަ ފަހަރު ފަހަރު އުޅެލަން ތަނެއް ހުރުމަކުން ގެއްލުމެއް ނެެތެއްނު”
“އެކަމަކު ބައްޕަގެ ހުއްދަ ނުހޯދާ ތިކުރީ ވަރަށް ދެރަކަމެއް” ނީލާ ހިންހަމަ ނުޖެހިފަ ބުންޏެވެ.
“އޮއްފޯ މިހާރި މިއީ މަގޭ ފައިސާ މަގޭ މުދާތަށް ބައްޕަޔާ ބެހުމެއްވާކަމެއްނޫން ނީލާ ހިތްހަމަ ނުޖެހުނަސް މާދަން ވާނެގޮތެއް ކާކަށް އެނގޭނީ އަހަރެން އެހެންވެ ބުއްދި ބޭނުން ކޮށްގެން ފައިސާ ޖަމާކޮށް އުޅޭނެ ތަންޖެހޭނެނު ހޯދަން” ސަލީމް ބޮޑާވެފަ ބުނެލިއެވެ
އިތުރަކަށް ނީލާއެވާހަކައެއް ނުދައްކައެވެ. އެރޭގެ ހަފްލާވެސް ސަލީމް ބެއްވީ އެގޭގައެވެ އިރުކޮޅަކު އެތަނުގައި އިނދެލާފަ ބޮލުގައި ރިއްސަނީ ކަމަށް ބުނެފަ ނީލާ ބޭރަށް ނިކުތެވެ މަންމަ މެންނަށް ނުގުޅިގެން ދެރަވެފަ ކޮޓަރީގަ އިނެވެ.ކުއްލިޔަކަށް ސަލީމް އަތުގަ ފޯނު އޮތް ހަދާންވެގެން ނީލާ ކޮޓަރިން ބޭރަށް އައެވެ. އަދި ކޮރިޑޯ ހުރަސްކޮށް ދިޔަ ވަގުތު ސަލީމް އާއި އޭނާގެ އެކުވެރިން ވާހަކަ ދައްކާ އަޑުއިވިގެން އެކޮޓަރިއަށް ނުވަދެ އެވާހަކަތައް އަޑުއަހަން ބޭރުގައި މަޑުކޮށްލިއެވެ.
“އަސްލަމް: އަހަރެން ބޭނުންވީ މުދަލާ ފައިސާ އަހަރެން އެމޮޔަ ޔޫނުސް އާގުޅުނީ އަހަރެންނަށް އެނގޭ އޭނައަކީ ހަމަނުޖެހޭ މީހެއްކަން އަދި އަހަރެންގެ ބޭނުން ފުރިހަމަޔަށް ހިފޭނެކަން. އަހަރެންނަކީ ނުލާހިކު ބުއްދިވެރި މީހެއް އެހެން މުވައްޒަފުންނާ އެހާ ލޯބިން އުޅުނީމާ މުވައްޒަފު މިހާރު މިހިރީ މުއްސަނދިވެފަ އޭނާގެ ހުރިހާއެއްޗެއް މީ މަގޭ ބުއްދިން ނަގާފިން”
ސަލީމް ގެ ކޮންމެ އަކުރެއް ތީރު ތަކެއްގެ ސިފާގަ ނީލާގެ މެޔަށް ހެރެމުން ދިޔައެވެ.
އެމީހުން ތެރެއިން އެކަކު: “ކަލޭތީ ގަދަ މީހެއް އިނގޭ”
އެއަޑަކީ އަސްލަމް ގެ އަޑު ކަން ނީލާއަށް އެނގުނެވެ. ވީމާ މިކަންތަށް މިމީހުން ރޭވީ ކަން ނިލާއަށް އެނގުނެވެ.
ސަލީމް:”މިއީ އަހަރެންގެ ވިސްނުމުގެ މޮޅުކަން ފުރަތަމަ މޮޅު ވަހަކަތަކެއް ދައްކައިގެން އަހަރެން ޔޫނުސް ގެ ރުހުން ހޯދާ އިތުބާރު ހޯދިން. އަދި އަހަރެންނަށް އެނގުނު ނީލާއަކީ ސަލީމްގެ ބަލިފައިކަން. ދެން އަހަރެން ނީލާއަށްް މަޅިޖަހަންފެނީ ދުރުން ދުރުން އަދި އެކުވެރިންނޭ ބުނަން އެވެސް ޔޫނުސް ކަހަލަ މޮޔައެއް. އޭގެ އަންހެން ވައްތަރު ހައްހައްހާ ލޯބީގެ ނަމުގައި އަހަރެން ފޮނުވާލި އެންމެ ތީރަކުން ހަފުސްވެއްޖެ. އަހަރެންގެ ލޯބީގަ އޭނާދިވާނާ ކުރުވިން. އަހަރެން ލޯބިވީ އޭނާގެ ޝުމާރެއް ނެތް މުދަލާ ފައިސާ ދެކެ. އޭނާ ދެކެ އެއްދުވަހަކުވެސް އަހަރެންލޯތްބެއްނުވަން. ޔޫނުސް އަދި ކައިވެނީގެ ފަހުން އަހަރެންނަށް މުދަލާ ފައިސާ ދޭން އުޅުނު. ކާކުތަށް ބޮޑު ސިންގާ ހަޒާނާއެއް ލިބެން ހުއްޓާ ކުޑައެތިކޮޅެއްގެ ބޭނުން ކުރާނީ އަހަރެންގެ ވިސްނުމުގެ ބޭނުން ކޮށްގެން އަހަރެން އެކަންތަކަށް އިންކާރު ކުރިން ސަބަބަކަށް ވީ އެމޮޔަ ޔޫނުސް އަހަރެންނަށް އޭނާގެ ދަރިއެއްގެ މަގާމު ދިނުން. އަދި ނުވަތަ ދަރިންނަށް ވުރެ ގާތްކުރުން. އަހަރެންގެ ދަލުން ސަލާމަތްވެ ވިސްނުމުގެ ބޭނުން ކުރަމުން ދިޔައީ އެއުޅޭ އުނައިސް އަހަރެންތަފާތު ގޮތް ގޮަތަށް މަޅިޖަހައިގެން ޔޫނުސް ގެ ހިތުން އޭނާއަށްދީފައިވާ މަގާމު ކައްވާލާ އޭނާގެއިން ބޭރު އަރުވާލިން ސަބަބަކީ އޭނައަކީ އަހަރެންގެ ކުރިމަގުގަ ހެރެމުން ދިޔަ ކައްޓަށްވާތީ. ފެކްޓަރިގަ އަސްލަމްވެސް އަހަރެންގެ އިރުޝާދުގެ ދަށުން ހަމަނުޖެހުން އުފެއްދި އަދި އުނައިސް އަހަރެމެންގެ ދަލުގަ ރަނގަޅަށް ޖެހުނު. ޔޫނުސް އުނައިސްދެކެ ރުޅިއަރުވަން އަހަރެން މަސާލާ އަޅައިގެން ވާހަކަ ދެއްކުމުގެ ނަތިޖާއަކަށްވީ ޔޫނުސް އުނައިސްގެ ބިޒްނަސް އަށް އެހީނުވުން. އެހީވެއްޖެއްޔާ އެވެސް މަށަށް ގެއްލޭ ލާރިއެއްނު.އުނައިސް އަހަރެންނާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނޭ އެކަމަކު އަހަރެން ނީލާގެ ބެނުން ކޮށްގެން މުޅިގޭގެ މާހައުލު ކިލަންބު ކޮށްލިން.އަހަރެންގެ ތީރު އަމާޒުގެ ފައްގަޑަށް ވަރަށް ކާމިޔާބާއެކު ދިޔަ ވަރަށް ލޯބިން އުޅުނު ދެބެއިން އިންނާ އާއިލާ އަހަރެން ރޫޅާލިން. ނީލާވެސް އުނައިސް ދެކެ ރުޅިއެރުވުން އައިޝާގެ ކައިވެނީގަ ވެސް އަހަރެން އުނައިސް އާބައްދަލު ކޮށްފަ ފަނި ވައްޓާލިން. އަދި އަހަރެންގެ ފަހު ހަރުފަތަކަށްވީ ފިރިހެންދަރި ބީވެގެން ދިޔަ ހިތާމައިގަ ޔޫނުސް އިންދާ ޔޫނުސް ލައްވާ ސޮއިކުރުވައިގެން ހުރިހާ މުދާހާސިލް ކުރުން. އެދުވަހު ވަރަށް ބިރުގަތް އަހަރެން ހީކުރީ ޔޫނުސް އަހަރެންގެންދިޔަ ހުރިހާ ލިޔެކިޔުންތަށް ކިޔާފާނެކަމަށް އެކަމަކު އެމޮޔަމީހާ ނުވެސް ކިޔާ އަހަރެން ދިން ހުރިހާ އެއްޗެއްގަ ސޮއި ކުރި މިއީ ކާމިޔާބުގެ ތަޅުދަނޑި އަހަރެންނަށް ލިބުނު ދުވަސް،އަހަރެން އެގޭގަވީ 5 ވަރަކަށް އަހަރުން މިއަދު އަހަރެންމިވަނީ ބޮޑު މުއްްސަންޖަކަށްވެފަ. ހައްހައްހާ”
ބޭރުގަ އަޑުއަހަން ހުރި ނީލާ ގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ،ސަލީމްގެ ކޮންމެ ބަހެއް އޭނާއަށްޓަކާ ވިހައެއްޗަކަށްވިއެވެ. ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


wow. varah reethi mi bai ves.. next pls. avas….
Wow v nice masha allah mihaaru yoonus ah hey araanethaa dhw unais yoonus ah ehyves vaane ekam lankaaga hurefa neela varikoffiyyaa efakyru haadha haalaku ey dhw ulheyny so sad but stry habey
Thank you Khajja for the support and liking for my story
🙂
Huvaa vaahaka ge haadhisaa reethi.. Ekam genesdhyfa oiy gothaa ibaaraaiy kurun kada.. Improve kohlan eba jehey.. ☺
Thank you thikantha balanan vara kairin Sabs ingey Ufave thigotha angalima
Welcome ? i know if u try adhives bodah.. U can
Keep going..
Kihaa varakun dhaane baaa??? Furathama kolhu varah ahvas ahvah upload kuraanee… Dhen vaahaka liyehfa oi pen genleynee laptop haalaku vaane buxy vaanee dhen hama eh gothakah vx vaa gotheh negene vaahaka upload eh kurey vey kamakah nuvaane.. Gina meehun comment kuraanyaa vaa goi Gina faharah mi.. Mi varu meehun vaahaka nuliyunneyaa ragalhu vaane aama buni thi Farah dhaa unsoolu… Aharenmen nan vx vaahaka liyan Inge ehkamaku mi kn baarabarah nukurey veythi nukuran mithibenee.. Vaahaka nimeh dhen upload kndhyne yaa v ragalhu.. Comment kurun vx mi kuri ehrumeh kama bala?????????????
Mihun lava vahaka liyuvan benumiya mihun motivate vagotha comments kolun rangalhu vane erun kithame nikamethi mihaves try kurane. konme mihaki dhivehi PHD hadaigen vahaka liya mihenoon ehenve mihun derave ladu gana gotha comment nuko motivate vagotha comment kurava ingey Insha Allah story nimenden alhugandu upload kuranan thank you:)
Varah reethi mibaivess rovayhaavess reethi mihaaru mihury kehmadhu vefaaa next part kiyaahithun ??????eulhely saleem ah rangalhu landheh dheythi dhey meehaa dhinass kaameehaa kaan vaany balaigennay buneehnu ekamu saleem a e makaruveri kamuge inthihaaa eyna kuri kanthakuge hithi ayna karutheray lahvaa lahchey roxy ??????????
Thank you Nux madama Insha Allah upload kuranan ingey daily one part kurasho admin angani 🙂 kikurani dho
Thank you
Habeys
V reethi ????
V V reethi