
އެގުޅުން ވަކިނުވެވޭނެ 4
“އަހަރެންނަކީ ޒުވާނެއް. އަހަރެން މަސައްކަތާ ކުޅިވަރު ދެބައި އެކުގައި ގެންގުޅެން.”
މޫނު ގޮތަކަށް ހަދާލަމުން އަސްލަމް ބުންޏެވެ.
“ކަލޭ ވާންޖެހޭނީ އެންމެންނަށް ނަމޫނާ އަކަށް ނޫންތަ؟ ” އުނައިސް އަހާލިއެވެ.
“އަހަރެން މީ މިއޮފީހުގަ ކަލެއަށް ވުރެ ސީނިއަރ މިހެއް ވީއިރު އަހަރެން އުޅެންވާގޮތް ކަލެއަކަށް ކިޔައެއް ނުދެވެނެ.” ތާސްބައި އަނެއްކާވެސް ކުޅެން ތިބި މީހުންނަށް ބަހާލަމުން ވަރަށް އަދަބުވެރިކަން ކުޑަކޮށް އަސްލަމް ބުނެލިއެވެ
“އެކަމަކު އަސްލަމްއަކަށް ނުފެނޭތަ އެހެން މިހުން ބުރަކޮށް މަސައްކަތް ކުރަމުންދާމަންޒަރު” އުނައިސް އެހެންމީހުންނަށް އިށާރާތްކޮށް ދައްކާލަމުން ބުންޏެވެ. އެހެނަސް އޭނާ ފެށީ ކުޅޭށެވެ. ކާރީގަ ތިބި އޭނާގެ އެކުވެރިން ހިމޭނުން ތާސްބައި ހިފައިގެން ކުޅެން ނުކެރިފަ ތިއްބެވެ.
“ހަމަ މިހާރު ހުއްޓާލާ ތާސްކުޅުން” އުނައިސް އަމުރުވެރި ރާގަކަށް ބުންޏެވެ. ނަމަވެސް އަސްލަމް ފެށީ ކުޅޭށެވެ. އުނައިސް ތާސްބައިނަގާ ހޫރާލިއެވެ. ދެނަކާ ދެނެއް ނެތެވެ ދެންފެށުނި ބޮޑު ތަޅާލުމަކަށެވެ. ހަމަ އެވަގުތަކީ ސަލީމް ވެސް އެތަނަށް ކޮންމެވެސް ފައިލް ތަކެއް ހިފައިގެން އައިވަގުތެވެ.
“އަނހަ ކީއް މިވަނީ އަސްލަމް ދޫކޮށްލާ” ސަލީމް އަސްލަމްގެ ހެދުމުގަ ހިފާ އުނައިސް އާއި ދުރު ކުރިއެވެ.
“ކީއްވެ ދޫކުރަންވީ އެންމެ ފުރަތަމަ ގަޔަށް އެރީ އޭނަ”
“އަސްލަމް ކަލެއަކަށް ފަހެ ނެނގޭތަ މިއީ އަހަރެމެންގެ ވެރިޔާގެ ދަރިފުޅު ކަމެއް”
“ވެރިކަން އޭނަައަށް އޮންނާނީ އެނާގެ ގޭގައި މިތަނުގަ އޭނައަށް ވުރެ ސިިނިއަ އީ އަހަރެން”
“އެކަމަކު ތިޔައީ ރަނގަޅު ގޮތެއްތަ ޑިޔުޓީގަޑީގަ ގުރޫޕް ހަދާލައިގެން ތާސް ކުޅުން. މިއީ ތަ މީހުންނަށް ކަލޭ ދަސްކޮށްދޭ ފިލާވަޅަކީ.” ސަލީމް އުނައިސް ގެ ގަމީހުން ހިރަފުސް ފޮޅާލަމުން ބުނެލިއެވެ.
“އެންމެ ރަނގަޅު އަހަރެމެން މުޅި ދުވާލު މަސައްކަތް ކުރަނީ ހަމައެކަނި 8 ގަޑި އިރަކު ނޫން ޑިޔުޓީ ނޫންގަޑިތަކުގަ ވެސް މަސައްކަތް ކޮށްފަ ހުންނާނެ ވީއިރު އަދި ގަޑެއް ޖަހާލުމަކުން މީނަ ނުޖެހޭނެ ދޯގަޔަށް އަރާކަށް” އަސްލަމް ރުޅިވެރި ކަމާއެކު ބެނެލިއެވެ.
“މީނަޔަށް މަސައްކަތް ކުރަންވީގޮތް ކިޔާދޭންވީ. ސަލީމް ކަލޭ ދުރަށް ދޭ މިކަހަލަ މީހުން ހަމަޔަށް އަޅުވަން އަހަރެންނަށް އެނގޭ ” އުނައިސް ސަލީމް ކޮށްޕާލާފަ އަސްލަމް އާއި ދިމާލަށް ޖެހިގަތެވެ.
“ނިމުނީ ނިކަން ކަލޭ ގައިގަ އަތްލަބަލަ އަތްފެޅިވަޅުން ބުރިކޮށްލާނަން. ކަލެއަށް އަސްލަމް ނޭނގިގެން ތިޔަ ފުއްޕަނީ” އަސްލަމް މަށިހަތި ފުއްޕާފާފަ އުނައިސް އާއި ދިމާލަށް ޖެހިގަތެވެ.
“އުނައިސް މާތްﷲ އަށްޓަކައި މިތާ މައްސަލަ ބޮޑުނުކޮށް ބަހީ ދަމާ” އެވަގުތު ސެކިޔުރިޓީ ސިފައިންވެސް އައިސް މަސަލަސް ކުރަންފެށިއެވެ ހަމައެވަގުތު މިހަބަރު ލިބިގެން ޔޫނުސް ވެސް އެތަނަށް ދުރުވެއްޖެއެވެ.
“އުނައިސް އާދޭ އަހަރެންގެ އޮފިހަށް” ހަރުކަށި ކަމާއެކު ޔޫނުސް މިހެން ބުނެފަ އޮފީހަށް ދިޔައީއެވެ. ލެއާއި ތަތްތެޅިފަ އިން އަސްލަމް ރޮމުން ސިފައިންގެ މިހުން ކަރީ ވާހަކަދަކަމުން ދިޔައެވެ.
އުނައިސް އާއި ސަލީމް އެކުގައި ގޮސް ޔޫނުސް ގެ އޮފީހަށް ވަނެވެ.
“އުނައިސް އަހަރެން އުނައިސް އެތަނަށް ފޮނުވީ މަސައްކަތުގެ ތަޖުރިބާ ހޯދަން ތަޅާފޮޮޅާކަށް ނޫން”
“އެކަމަކު ބައްޕާ އަސްލަމް ޑިޔުޓީ ގަޑީގަ ތާސް ކުޅެން އިނީމަ އަޅުގަނޑު ރުޅިއައީ”
“އެކަހަލަ ކުދި ކުދި ކަންތަށް ބޮޑުކަމަކަށް ހަދަން އަހަރެން ބެނުމެއް ނޫން”
“ތީގެ މާނަޔަކީ ބައްޕަޔަށް އެނގިލައްވައޭދެއްތޯ އެގަޮތަށް އެކަން ހިގަމުން ދާކަން”
“އާނ އަހަރެންނަށް އޮޅިފަކަ ނެތް ތިކަމެއް”
“ވިއިރު އެންމެ ހަތަރު މީހުނަށް ކީއްކުރަން ކޮމްޕެނީގެ އެންމެންނަށް ތާސް ކުޅެން ހުއްދަ ދެއްވާ”
“އުނައިސް ބައްޕަ ކުރިމަތީ ވާހަކަ ނުދައްކާ ހިމޭންވޭ” ސަލީމް ބުނެލިއެވެ.
“އުނައިސް ތަނުގެ ހަމަޖެހުން މިއީ އަހަރެންބޭނުން ވާގޮތް އެއްގޮތަކަށް ވެސް ސިފައިން މިތަނަށް ގެނެސް ބޮޑު ކަންތަށް ގަޑަކަށް ހަދާކަށް ބޭނުމެއް ނޫން މައްސަލަ އެއްއޮތީޔާ އޭނަ ވަކިން ގެނެސް ގެން ވާހަކަ ދެއްކިނަމަ ދަރިފުޅުގެ ގަދަރުވެސް އޮތީސް މިހާރު މިވީގޮތް ބަލާބަލަ” ޔޫނުސް ވަރަށް މަޑުމައިތިރި ކަމާއެކު ބެނެލިއެވެ.
“ބައްޕާ އަޅުގަނޑު ގަބޫލް ކުރާގޮތުގައި ފައިސާ ހޯދަންޖެހޭނީ ބުރަ މަސައްކަތް ކޮށްގެން އޮފީސްތެރޭ ކުޅިވަރު ކުޅެގެނެއް ނޫން”
“އެކަމަކު ދަރިފުޅާ މީހުން ލައްވާ މަސައްކަތް ކުރެވޭނީ އޯގާތެރިވެގެން އެމީހުން ވެސް ހިތް ހަމަޖައްސައި ދީގެން ދޭހަމަ މިހާރު ގޮސް އޭނަ ކައިރިން މާފަށް އެދޭ. މިނުން ގޮތެއް ނެތް” ވަރަށް ހަރުކަށިކޮށް ޔޫނުސް ބުނެލިއެވެ.
ޔޫނުސް މިހެން ބުނެލީމާ އުނައިސް އެއްވެސް ކުށެއް ނެތީސް ކުށްކުރި މީހާގެ ފަރާތުން މާފަށް އެދެންޖެހުނީތީ ވަރަށް ދެރަވިއެވެ. އެކަމަކު ބައްޕަގެ އަމުރަށް ކިޔަމަންވާންވެގެން ހިމޭން ކަމާއެކު ފެކްޓަރީ އާއި ދިމާލަށް އޭނާ ދިޔައެވެ. އަސްލަމްގެ ކާރިން މާފަށް އެދޭށެވެ.
އަސްލަމް ކޮމްޕެނީގެ އެހެންމީހުން އެއްކޮށްގެން ފެކްޓަރީގޭޓް ބުޑުގައި ލެޔާ ތައްތެޅިގެން އިނެވެ.އެލޭއައީ ކޮންއިރަކު ކަމެއްވެސް ނޭގެއެވެ. އެކަމަކު މަންޒަރު ވަރަށް ހަޑިއެވެ.
“އައި އޭމް ސޮރީ” އުނައިސް ހަށަން ބަދެލާފަ އަސްލަމް ކާރިޔަށް ގޮސްއަ ބުނެލިއެވެ.
“އޭނާ އިގިރޭސިން އެބުނި އެތި ކަލޭމެނަށް އެގިއްޖެ ތަ؟ ހަމަގައިމު މަށަކަށް ނެނގުނު މަށައްއިނގިރޭސި އެގޭނަމަ މަހުންނާނީ ވެސް ޑައިރެކްޓަރަކަށްނު މިކުންފުނިގެ” އަސްލަމް މަލާމާތުގެ ގޮތަކަށް ބުނެލިއެވެ.
“އައި އޭމް ސޮރީ” އަނެއްކާވެސް އުނައިސް ބުނެލިއެވެ.
“އޭނާ ކާރި ބުނޭ ދިވެހި ބަހުން މަށާ ވާހަކަ ދައްކާށޭ. މަވެސް ވާހަކަ މިދައްކަނި ދިވެހި ބަހުން ނޫންތަ؟ ” އަސްލަމް އަނެއްކާވެސް ބުނެލިއެވެ
“އަހަރެންނަށް މާފުކުރޭ އަސްލަމް” އުނައިސް ބުނެލިއެވެ.
“ވާހް ކޮންކަހަލަ އަދާއެއް ކަލެމެންނަށް އަޑުއިވުނުތަ؟ ފޫޅަށް ނީވޭވަރަށް ވާހަކަ ދެއްކީމާ މަށަށް އަޑެއް ނީވޭ ކޮބާތަ މަށަށް ހަޅޭއްލެވި އިރު އަޑުގަ ހުރި ވޮލިޔުމް
“އާނ! އަހަރެން މީނޔަށް އަނިޔާ ކުރިން އަހަރެންނަށް މާފު ކުރޭ އަސްލަމް” މިހެން ބުނެލާފަ އުނައިސް އަސްލަމްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ދިޔައީ ޔޫނުސް އޮފީހަށެވެ. ގިނަ މީހުންނަށް އަސްލަމްގެ އެގޮތް ކަމަކު ނުދިޔައެވެ. އެމީހުންވެސް އެނާ އެތަނަށް ދޫކޮށްފަ ދިޔައީ އެވެ.
“ބައްޕާ ހަޔާތުގަ ފުރަތަމަ ފަހަރަށް ބައްޕަގެ އުފަލަށްޓަކައި ނުބައި މީހެއްގެ ފަރާތުން މާފަށް އެދެވިއްޖެ ބައްޕަ އަޅުގަޑަށްވުރެ އެކުސްޕީރިޔަންސް އެބަހުރި އެކަމަކު ބައްޕަގެ އުސޫލް ތިއީ އަޅުގަނޑުގެ ބުއްދި ގަބޫލް ކުރާ އުސޫލެއް ނޫން އެހެންވެ އަޅުގަޑަށް ރަނގަޅީ ކުރިންވެސް އަޅުގަނޑު ބުނިހެން އަޅުގަނޑުގެ ވިޔަފާރި ވަކިން ކުރުން ބައްޕަގެ އިއުތިރާޒެއް ނެތީއްޔާ އަޅުގަނޑުގެ ބިޒްނަސް އަށް އަޅުގަނޑު ބޭނުން ވަނީ އިލްމުވެރިން ހަމަތާކުން މީހެއްނޫން.”
“ދަރިފުޅާ ދަރިފުޅަށް ވެސް އެގޭނެ އޮޑިޔަކަށް އެރީމާ އެއޮޑީގަ ހުރި ވަރު ތިކަމުގަ ދަރިފުޅު އަމިއްލަޔަށް ގޮތް ހޯދާ ބައްޕަގެ މައްސަލައެއްނެތް”
“ތީގެ މާނަޔަކީ ބައްޕަ އަޅުގަނޑުގެ ބިޒްނަސްއަށް ކެޕިޓަލެއްވެސް ނުދެއްވާނަމޭތޯ؟ އޯކޭ އަޅުގަނޑު އަމިއްލަޔަށް ގޮތެއް ހޯދަފާނަން އަޅުގަނޑަކީވެސް ކިޔަވައިގެން ހުރި މީހެއް ކޮންމެވެސް ގޮތެއް އޮވެދާނެ”
މިހެންބުނެލުމަށްފަހު އުނައިސް އޮފީހުން ނިކުމެގެން ދިޔައީއެވެ.
ޖެހިގެން އައިދުވަހެވެ ރަހްމާނުބޭބެ ވަރަށް ރުޅިގަދަ ވެގެން ދުވަހުގެ ވަގުތު ނޫސްހިފައިގެން ޔޫނުސް ގެ އޮފީހަށް ވަނެވެ. އަދި ހަޅޭއްލަވަންފެށިއެވެ.
“ޅިޔަނާ އަހަރެމެން މުޅިންހަލާކުވެގެން މިދަނީ ނިކަން ބަލާބަލަ މިއޮތް އެއްޗެއް؟”
“ރަހްމާން ބޭބެ ވިގޮތެއް ނިކަން ބުނެބަލަ އިހަށް ތީތި ބައްޕަޔަށް ނުދައްކަވާތި” ސަލީމް ރަހްމާން ބެބޭ ހުއްޓުވަން މަސައްކަތް ކުރިއެވެ.
“ކޯއްޗެއްތަ މަށަށް ނުދައްކަންވީ ދައްކަބަލަ ތިޔަ ނުދައްކަން ފޮރުވި އެތި”
ޔޫނުސް އޭނަގެ ކެބިން އިން ނިކުމެ ރަހްމާނު ގެ އަތުގަވަ ނޫސް ގަނޑު ޖަހައިގަތެވެ.
“ސަލީމް އަހަރެން ޅިޔަންބެޔަށް މީތި ނުދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް.” ރަހްމާނު ނޫހުން ދޫކޮށްލަމުން ބުންޏެވެ.
“އުނައިސް މިއޮތީ ސުޕޮންސަރ ހޯދުމަށް ހަވިރު ވަގުތު ނޫހުގަ ޖަހާފަ”
ޔޫނުސް ނޫސްހިފައިގެން ގެޔަށް ދިޔައެވެ. އަދި އުނައިސް ކޮމްޕިޔުޓަރ ކާރި އިންދާ ނޫސް އެނާގެ ކުރިމަށްޗަށް ޖަހާލިއެވެ.
“މީ ކޯއްޗެއް؟ ތި ބިޒްނަސް ފައްޓަން އުނައިސް ބޭނުމީ ކިހާ ވަރެއް ލައްކަ، ދެލައްކަ، މިލިޔަން، ނޫނީ ދެމިލިޔަން އަން މިއޮތީ ޗެކްފޮތް ބޭނުން އަދަދެއް ޖަހާ އަދި ބެންކުން ފައިސާ ނަގާ” ޔޫނުސް ޗެކްފޮތް ވެސް އުނައިސް އާއި ދިމާލަށް އެއްލިއެވެ.
“ބައްޕާ އަން މިގެންދޭ ސުޕޮންސަރ ހޯދުމަކީވެސް ބިޒްނަސް އެކޭ އަޅުގަނޑު އެމީހުންގެ ބިޒްނަސް ކުރިއަރުވާ މަޝްހޫރު ކުރާނީ ބަދަލުގަ އެމީހުން އަޅުގަނޑު މެންނަށް ފައިސާ ދޭނެ. ބައްޕާ މިވެސް ބިޒްނަސް އޭ ބައްޕަ މެން ނަށްއާވިޔަސް ދުނިޔޭގެ ކޮންމެ ތަނެއްގަ ބިޒްނަސް ކުރަނީ ހަމަ މިގޮތަށް ބައްޕަ މިޗެކް އަނބުރާ ގެންދޭ އަޅުގަނޑު ބޭނުމީ އަމިއްލަ ވަންތަކަން”
“ކޮންމެ ގޮތެއް ވިޔަސް މިހާރު އަހަރެންގެ ގަދަރު މިސޮސައިޓީގަ ވެއްޓި ނިމިއްޖެ”
މިހެން ބުނެލާފަ ޔޫނުސް އެތަނުން ދިޔައިއެވެ. އެވަގުތު ސަލީމް އެތެރޭ މަޑުކޮށްލާފަ ގޮނޑިޔެއް ދަމާލައިގެން އިށީނެވެ.
“ޅިޔަން ކޮއްކޯ ބައްޕަ އެދުރުވީ އިންތިހަޔަށް ދެރަފުޅު ވެގެން.ބައްޕަ ދެއްވާ ފައިސާ ހޯދާ އަދި ތިޔަ ސުޕޮންސަރ ހުއްޓާލާ. ތިޔައީ ހަމަ ސަލާމް ޖެހުން ކަހަލަ ކަމެއް ނޫންތަ ޢާއިލާ ކިހާ ބަދުނާމު ވާނެ”
“ސަލީމް މިތަނުން ދޭ އަހަރެން ބޭނުންވަނީ އެކަނިވެރި ވަގުތު ކޮޅެއް؟”
“ތިޔަ ސުޕޮންސަރ ސިޓިތަށް ދެއްވާ އަޅުގަނޑު އަތަށް އަޅުގަނޑު ތިޔަ ތަންތަނަށް ގުޅާފަ އެމީހުން ހުއްޓުވަފާނަން. އެހެން ނޫނަސް ތިޔައީ މިކުންފުނީގެ ވެރިޔާ ވިއިރު މިފައިސާ ބެނުން ކުރާކަށް ލަދު ގަންނާކަށް ނުޖެހޭނެ”
ސަލީމް ހުއްޓާ ނުލާ ވާހަކަ ދައްކަމުން ދިޔައެވެ. އުނައިސް އެއްވެސްޖަވާބެއް ނުދިނެވެ.
“ޕުލީސް ސަލީމް އަހަރެން މިވަގުތު މިހިރީ އެއްވެސް ވަހަކައެއް އަޑުއަހާ މޫޑެއްގައެއްނޫން”
“ނޫން އަހަރެން އުނައިސް އެކަނި ދޫކޮށް ލާފަ ނުދާނަން ދެއްވާ ތިޔަ ސިޓީތަށް އަޅުގަނޑު ބޭނުން ތިކަން ހުއްޓުވަން” ސަލީމް އުނައިސްގެ މޭޒް މަތީ ހުރި ގަނޑުތަށް ހާވަން ފެށިއެވެ.
“ޖަސްޓު ގެޓައުޓް.. ސަލީމް”
އުނައިސް ރުޅިގަދަވެގެން އެންމެ ފަހުން ހަޅޭއްލަވައިގަތެވެ. ސަލީމް ބިރުން ނިކުމެގެން ދިޔައީ ސީދާ ނީލާ ކާރިޔަށެވެ.
“ނީލާ ހަމަ މިހާރު އަހަރެންގެ ފޮށި ތައްޔާރު ކޮށްދީ ދެންއެންމެ މިނެޓަކުވެސް މިގެޔަކު އަހަރެން ނުހުންނާނަން”
“ސަލީމް ކިހިނެއްވީތަ ކޮންކަމަކާތަ މާހިތް ނުތަނަވަސް ވެގެން ތިޔައުޅެނީ ކިހިނެއްތަ މިވަނީ ބުނެބަލަ” ނީލާ ސަލީމް ތައްޔާރު ކުރަމުންދިޔަ ހަންފޮށީގައި ހިފާފަ އަހާލިއެވެ.
“އަހަރެން ނީލާ އާއި އިނދެގެން މިގެއިން ކައިގެން ބޮއިގެން އުޅޭތީ ނީލާ ދޮންބެ ހިތްހަމަ ނުޖެހުނީ ބުނީ މިގެއިން ނިކުއްނާށޯ. ނީލާ އަހަރެންނާއެކު އުޅެން ބޭނުމިއްޔާ ހިނގާ އަހަރެންގެ ޖިފްޓި ގަނޑަށް މިހާ މޮޅު ނޫނަސް ހިތްހަމަޖެހެނެ ގައިމު” ސަލީމް ނީލާގެ ކޮންޑުގައި ހިފާ ދުރުކޮށްލާފަ އަނެއްކާވެސް ހެދުން އަޅަންފެށިއެވެ.
“ނާހަމަ ރަނގަޅަށް ދޮންބެ ތިހެންބުނި އެކަމަކު….” ނިލާ ގަބޫލް ނުކުރެވޭތީ އަހާލިއެވެ.
“ދެން އަހަރެން ދޮގުބުނަންވިކީއްކުރަންތަ؟ ހަމަ ބުނި ހަމަ ހުވާ”
“އޯކޭ ތިހެން ދޮންބެ ބުނި ކަމަށްވާނަމަ މަވެސް މިގެއަކު ނުހުންނާނަން ހިނގާ ދާން”
ނީލާއާއި ސަލީމް ދެފޮށި ހިފައިގެން ސިޑިން ފައިބަން ދަނިކޮށް ބޭރުންގެއަށް އައިސް ވަން ޔޫނުސް އާއި ދިމާވިއެވެ.
” އަނހަ ތިޔޯ ކޮންތާކަށް ނައްޓާލަނީ ދެމީހުން؟”
“އަޅުގަނޑުމެން އަބަދައްޓަކާ މިގެ ދޫކޮށް ދަނީ ބައްޕާ”
“އެކީއްވެ؟ ކޮބާތަ މައްސަލަޔަކީ؟”
“މިގެއަކު އަޅުގަނޑުގެ ފިރިމީހާގެ ގަދަރެއް ނެތް ބައްޕާ އެހެންވެ ދަނީ”
“ކާކުތަ ދަރިފުޅުގެ ފިިމީހާގެ ގަދަރު ވައްޓާލީ ކީކޭތަ ތިކިޔަނީ ސާފުކޮށް ބުނެބަލަ” ޔޫނުސް ރުޅިވެރި ކަމާއެކު ބުނެލިއެވެ.
“ކޮންމެ އަންހެންކުއްޖަކު ވެސް ކައިވެނީގެ ފަހުން ހުންނަން ޖެހެނީ ފިރިމީހާ ބަހައްޓާ ތަނެއްގަ މިގޭގަ އުޅޭތީތާ ދޮންބެ ބޭނުން އެއްޗެއްކިޔަނި” ނީލާ ބުނެލިއެވެ.
“ނީލާ ދެންއެވާހަކަ ނުދައްކާ” ވަގުތުން ސަލީމް ނީލާގެ އަތަށް ފިތާލާފަ ބުނެ ނީލާ ހުއްޓުވިއެވެ.
“ނުބުނަން ވީކޮންވާހަކައެއްތަ؟ ވެގެން މިއުޅެނީ ކީއްތަ؟ ނީލާ ހަމަ މިހާރު ބުނޭ ބައްޕަ ކަރީ” ޔޫނުސް ހަރު ކަށިކޮށް ބުނެލިއެވެ.
“ދޮންބެ ސަލީމް އަށް މިގެއިން ނިކުންނަން އަމުރު ކުރީ ސަލިމް އަށް ނުހުރެވޭތަނެއްގަ ކިހިނެއް އަޅުގަނޑު ހުންނާނީ”
“އުނައިސްްްްްްްްްްްްްް …. އުނައިސް… އުނައިސް.” އެވަގުތު ޔޫނުސް ގަދައަޑުން އުނައިސް އަށް ގޮވިއެވެ. އުނައިސް އާއި ވަހިދާ އެއްކޮޮށް ކަހަލަ ގޮތަކަށް އެމީހުން ކާރިޔަށް އައެވެ. އެންމެން ތިބީ ހައިރާންވެފައެވެ. ވަހިދާ ބޮލުގެ އިޝާރާތުން ނީލާ ކާރިން ކިހިނެއްވަނީތޯ އަހާލިއެވެ ނީލާ އިސްޖަހާލީއެވެ.
“އަނެއްކާ މާއަޑުގަދަވެގެން މިއުޅެނީ ކިހިނެއްވީތަ” ވަހީދާވެސް އައިސް ސުވާލު ކޮށްލިއެވެ.
“މިހުރިހާ ކަމަކީ ވަހީދާ މާބޮޑަށް އުނައިސް މަތިކޮށްގެންއުޅޭތީ ވާގޮތް” ޔޫނުސް ރުޅިވެރިކަމާއެކު ބުނެލިއެވެ
“މިހާރު އަޅުގަނޑު ކީއްތޯ ކުރީ” ހައިރާންވެފަ އުނައިސް ވެސް ސުވާލު ކުރިއެވެ.
“ބަލަ އަދި އަހަރެންދުނިޔޭގަ އެބަހުރީމޭ އެއްވެސް ދަރިޔަކަށް މިގެއިން ނިކުއްނާނާށޭ އުނައިސް އަަކަށް ނުބުނެވޭނެ. މިގެއަަށް ހުރިހާ ދަރިންނަށް އެއްވަރަކަށް ހައްގު އޮންނާނެ”
“އަދިވެސް ތިވެގެން އުޅޭގޮތެއް އަޅުގަނޑަކަށް ނޭގެ ބައްޕާ”
އުނައިސް ވަކިވަކިން އެންމެންނަށް ބަލާލިއެވެ. އަދި ނީލާއާއި ސަލީމް ފޮށި ހިފައިގެން ތިބީމަ ހައިރާން ވިއެވެ.
“ކޮއްކޮ ތީކޮން ފޮއްޓެއް. ތަނަކަށް ދަނީތަ؟”
ނީލާ ހައިރާންވެފަ ސަލީމް އަށް ބަލާލިއެވެ.
“ބަލަ އުނައިސް އެއްނޫންތަ ދެންމެ މިގެއިން ނިކުންނާށޭ ކިޔާފަ އަމުރު ކުރީ ސަލީމް އަށް”
“އަޅުގަނޑު…. ސަލީމް ކާރީީ….. ”
“އާނ ތީ ވަރަށް ތުއްތު ބަބާއެއް ބުނެވޭ އެއްޗެއް ނުވެސް އެނގޭނެ” ނީލާ ބުނެލިއެވެ
“ނީލާ ދޮންބެޔާ ތިގޮތަށް ވާހަކަ ނުދައްކާ” ވަހީދާ ވަރަށް ރުޅިއައިސްފަ ނީލާއަށް އަޑުލިއެވެ.
“ބައްޕާ އަސްލުވެސް އަޅުގަނޑު ނުބުނަން ތިގޮތަށް ސަލިމް އާއި ދިމާލަށް. އަޅުގަނޑު ޙިޔާލަކަށްވެސް ނާދޭ ތިފަދަ ކަމެއް.ދެންމެ އޮފީސްތެރޭ އަޅުގަނޑު ދެރަވެފަ އިންދާ ސަލީމް ވާހަކަ ދައްކަން ފެށީމަ އަޅުގަނޑު ބުނިން އެތަނުން ދާށޭ. މިގެން ދާށޭ ނުބުނަން”
“ކަލޭ މިހާރު މަށައް ބިރުން ދޮގުހަދަންވެސް ފެށީތަ؟ ސަލީމް ކަލޭ ނުބުނާނަމަ އެހެން ބުނަންވީ ކީއްކުރަން؟”
“ބައްޕާ އަޅުގަނޑު ބައްޕައަށް ގަދަރު ކުރަން ބިރަކުން ނޫޅެން އަނެއްކޮޅުން ދޮގުހަދަންޖެހޭ ވަރު ކަމެއް އަޅުގަނޑު ނުކުރަން”
“އަހަރެން ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކީމަ އެރުޅި ތިބެލީ ސަލީމް އަށް މިހެންނޫންތަ މިކަންވީ”
ޔޫނުސް ބުނެލިއެވެ.
“ބައްޕާ ތިޔައީ ކުށްހީހެއް، އަޅުގަޑަކީ ކިޔަވައިގެން ހުރި މީހެއް ބަޔަކު ޖަހާހާ ބެރަކަށް އަޅުގަނޑު ނުނަށާނަން”
“ތިޔައި މައްސަލައަކީ ތިޔަ ހީކުރަނީ ބޭރު ގައުމަކުން ދެއަކުރު ކިޔަވައިގެން އައިމާ މާމޮޅު މީހަކަށް ވިޔޭ. މީހުންތިޔަ ސުޕޮންސާ އެދެނީ އަހަރެންގެ ދަރިިޔަށް ވާތީ އެމީހުންނަށް އެނގޭނެ މަޅިޔެއް އަަރައިގެން ދާއިރު ބައްޕަގެ އަގުނުކުރެވޭ ތިޖޫރި ދޭނެކަން. ނިކަން އުނައިސް ތިޔަނަން އެކަނި ބޭނުން ކޮށްބަލަ ތަފާތު ފެންނާނެ”
“ބައްޕަ ތިހާ ބޮޑަލީ ކީއްވެ؟ ބައްޕަ ހީކުރައްވަނީތަ އަޅުގަނޑަށް އެކަނި އަތްފައި މައްޗަށް ނުތެދުވެވޭނެޔޭ ބައްޕަގެ ނަމާ ނުލާ. އަޅުގަނޑުގެ މަގުން ތެދުވުމަށްޓަކާ ބައްޕަގެ މަޝްހޫރު ކަމުގެ ސެޓްފިކެޓާއި ފައިސާގެ ހިޔަނި ބޭނުމެއްނޫން.” އުނައިސް ވަރަށް ހަރުކަށި ކަމާއެކު ބުނެލިއެވެ.
“އެންމެ ރަނގަޅު ދެން ތިކުރާ ކަމެއް އެކަނި ކޮށްދައްކަބަލަ މަވެސް ކުޅި ބަލާ ބައިގަ ހުންނާނަން” ޔޫނުސް އެތަނުން ދުރުވަމުން ބުނެލިއެވެ. އަދި ވަހީދާއާއި އަރާހަމަ ކޮށްފަ ހުއްޓިލިއެވެ.
“އަހަރެން ހިތަށް އަރާ ފައިސާ ޙަރަދު ކޮށްގެން އޭނަޔަށް ކިޔަވާދެވުނީ މިދުވަސް ދެކެންބާވައޭ.ތައުލީމު ލިބިހުރި ފުރިހަމަ ޒުވާނަކަށްވެ އައިސް އަހަރެންނާ އެކު މަސައްކަތް ކުރަންވީ މަ ބަދަލުގަ ޖަދަލު ކޮށް ޒުވާބުކުރަން ދަސްވެފަ އެހެރަ ފެންނަނީ.” ޔޫނުސް ރުޅިވެރިކަމާއެކު ބުނެލިއެވެ.
“އުނައިސް އަޅުގަޑަށް ހީވަނީ މިކަންތަށް މިހާރު މާމަށްޗަށް ގޮއްސި ހެން. ހިނގާ އެތެރެއަށް.” މިހެން ބުނަމުން ސަލީމް އުނައިސްގެ އަތުގަ ހިފާ ދަމަން ފެށިއެވެ. އުނައިސް އަތްފޮޅުވާލަން އުޅެނިކޮށް ސަލީމް އަރިއަޅާލައިގެން ގޮސް އެތާހުރި މޭޒްގަ ޖެހުނެވެ. އެވެސް ވީ އުނައިސް އޭނާ ކޮށްޕާލީ ކަމަށެވެ.
“ޔޫނުސް އަޅުގަނޑަށް ހީވަނީ ކަލާ ހިސާބަށް ވުރެ ރުޅިގަދައީހެން. ނިކަން އުނައިސް ގެ ވާހަކަ އައްސަވަބައްލަވަ” ވަހީދާ ދެރަވެފަ ރޮއިގެންފަ ބުނެލިއެވެ
“އަހަން އޮތީ ކޮންވާހަކައެއް ފެނެއެއްނު ސަލީމް ކޮށްޕާލިތަން. އަސްލު އެއީ އަހަރެން ކޮށްޕާލުން”
“ކަލާވެސް ދެކެ ލައްވާނެ އޭނަ ގަސްދުގަ ކުރިކަމެއްނޫން އެއީ”
“ތިޔައީ އޭ މައްސަލައަކީ ވަހީދާއަށް ނުފެނޭ އޭނާގެ ނުބައި ސިފަތަށް. މިގޭގަ ހިނގާނީ އަހަރެންގެ ހުކުމް އަހަރެން މިހަރު މިބުނަނީ އުނައިސް ޖެހޭނީ މިގެއިން ދާން ހަމމަ މިހާރު މިިވަގުތު.”
ނުނިމޭ
11 Comments!
Comments are closed.
wow varah reethi mi ves. next part avahah up kollaba.
Thank you yes tomorrow Insha Allah ok
Wow v nice mi part vess
Thank you for the support and love
yoonus ah haadha nuvisne ey.. ehves kusheh nethi unais gein nerelany… varah dhera vejje… fahun gos thi saleem yoonus ah landu dheny kanneyge… heevany ehen hen….
Aslu rozy vara reethi eykamu mifaharu copy v dheraveyjey
filmakives vahakaya binakofa hada eche.. Fime vahakayaka badal kurevuni molhukame nootha.. Mary ves try kola
mary mithaa miulheny film kulheykah noon. mee vaahaka site eh.. film akaa copy viyas kobaa massalayakee. ? thihaa bondah engenyaa dhen nukiyaa.. varah reethi mi vaahaka. thanks rozy..
Wow v v v nice yoonus ah rangalhu filaavalheh libeynehen v hyvey
Asluves mivaahaka v reethi
bothaa tha next part