Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެގުޅުން ވަކިނުވެވޭނެ 3

Rozy Level 210 Stories
September 22, 2016 7 Mins Read
5 Comments

އަސްލަމްގެ ގޮތް ވަރަށް ރަނގަޅަށް ސަލީމް އަށް އެނގޭނެއެވެ.އުނައިސް މުޅި ދުވަހު ވަރަށް ބުރަކޮށް އުޅުނެވެ.އަދި ގެޔަށް ވަދެވުމާއެކު އޭނާ ބަންލާފަ އެނދުމައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކުން ތާނިޔާ އާއި އައިޝާ ދުވެފަ އައިސް ކޮޓަރިއަށް ވަނެވެ. އެއީ އަބަދުވެސް ވާގޮތެވެ. ދޮންބެ ރަށުގައި ހުރެއްޖެއްޔާ އެދެކުދިން އަބަދުވެސް ތިބެނީ އުނައިސް އާއި ކޮންމެވެސް ކަމަކާ ދިމާކޮށްލާފައެވެ.

“ސުބުހާނައްﷲ މަށައް މިއޮތީ ރެސްޓް ކުރެވިފަ”

“ނޫނޭ ދޮންބޭ ވަރަށް މަޖާކަމެއްވީ. އެއްކަލަ ހީނާ ބުރުގާ އަޅައިފި ދިގު ހެދުންލައިގެން ހީވަނީ އެހެންފަދަ ކަމެއް ހެން. އަދި މިހާރު ދައްކަނީމުޅިން ދީނީ ވާހަކަ ހީވަނީ ޝައިޙް އިލްޔާސްގެ ދުއާ އެއް ޖެހުނީހެން”

“އަދިވެސް ކުރެޑިޓް ދާންވީ ޝައިޙް އިލްޔާސަށް ދޯ. އެއީމަގޭ ދުޢާއެއްނޫންތަ. އަވަހަށް އޭނާއަހަރެންނާ ގުޅޭނެގޮތެއް ކޮންމެވެސް ރޭވުމެއް ރާވާބަލަ ތިޔައީ ވަރަށް މޮޅު ދެކުދިންނެއްނު”

“ދޮންބޭ ހިލޭ އެއްވެސް ކަމެއްނުވާނެ. ކޮންމެވެސް އަގެއް އޮންނަން ވާނެ ދޯ ތައްނޫ”  އައިޝާ ބުނެލިއެވެ

“އެއީ ތެދެކެވެ. އެންމެ 500 ރުފިޔާ އޭރުން އަހަރެމެން ދެމީހުންގެ ފީ ލިބުނީ”

” އައްޗި އަދި ހާދަ އަގުވެސް ބޮޑު ދެމީހުންނޭ މީ މަގޭ ޖީބު ހުސްކޮށްލަންދޯ ދެމީހުން ރާވައިގެން ތިއައީ” އެންމެ ރަނގަޅު. އަހަރެން ކުރަންވި ކޮންކަމެއް އަން މިއޮތީ އެއް ހާސް ރުފިޔާ؟”

“ދޮންބެ ތިޔަ ހެދުން ބަދަލު ކުރޭ. އަދި ނޫކުލައިގެ ހެދުމެއް ލާ. ހީނާވެސް ހުރީ ނޫކުލަ ލާފަ ދޯތާނީ”  އައިޝާ ތާނިޔާއަށް ބަލާފަ އެހެން ބުނަމުން ފައިސާ ކޮޅު އަތުލަން އުޅުނެވެ.

“އޯމަގޭ ސީއައިޑީ ކޮއްކިސް އަންގެންދޭ މިއޮތީ ތިޔަ ދެކުދިންގެ  ފީ އެކަމަކު މަސައްކަތް ވާންޖެހެނެ ހަނދާން ކުރާތި” ދެކުދިން ވަރަށް އުފަލުން ފައިސާކޮޅު ހިފައިގެން އެކޮޓަރިން ނިކުތެވެ.

އުނައިސް ވަރަށް ފުރިހަމަޔަށް ތައްޔާރު ވެލައިގެން ބަގީޗާއަށް ގޮސް ހީނާއަށް އިންތިޒާރު ކުރަންފެށިއެވެ. އިންތިޒާރު ކުރުމަކީވެސް ފޮނި އެއްޗެއްކަން އޭނާއަށް މިއަދު އިހްސާސް ވިއެވެ. ހީނާ މަގުގެ ކޮޅުން ދައްކާލިއެވެ. އުނައިސް ހުވަފެނީ ގޮތަކަށް ހީނާއާއި ދިމާލަށް ބަލަމުން ދިޔައެވެ. އަދި ބަގީޗާގެ ދެންތިބި ކަޕުލްތަށްވެސް އެނާއަށް ބަލަމުން ދާކަން އެގުމުން އެނާ ލަދުން މޯޅިވެލިއެވެ.”މިއަދު އެނާ ކިހާ ފުރިހަމަ”  އުނައިސް ހިތާހިތާކިޔަލިއެވެ އެވަގުތު ހީނާ އެމޭޒް ކަރީ އިށީދެލިއެވެ.

“ހާއި ވާހް ކަމަނާ މިއަދު ހާދަ ރީއްޗޭ”

“ކަލާގެ އެސްފީނާއިން އަޅުގަނޑު ރައްކާތެރިކަން ހޯދަން”

“ސަލާމަތް ކުރައްވާށި”

އުނައިސް ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ.

“އަހަރެންގެ މިބަދަލުވުމުގެ ހުރިހާ ކުރެޑިޓެއް ދާނީ މަނިކުފާނަށް”

ހީނާ ލަދުވެތި އަދާއަކާއެކު ބެނެލިއެވެ.

“އޭގެ މައްސަލައެއްނެތް. ބަލާބަލަ އަހަރެެމެންގެ އައިޑިޔާ ކިހާގުޅޭ. އިއްތިފަގުން މިތިބީއެއްކުލައިގެ އެއްޗިތިވެސް ލެވިފަ ނޫކުލަޔަކީ އަޅުގަނޑުގެ ފޭވަރިޓް ކުލަ ”

“މިއީ އިއްތިފާގެއްދޯ؟” ހީނާ ޝައްކުގެ ނަޒަރަކުން އުނައިސް އަށް ބަލާފަ ބުނެލިއެވެ.

ހޫނ. ދެންއެންމެ ރަގަޅޭ އަހަރެން މިބައްދަލު ކުރުމުގެ މުހިއްމު މައުސޫއަށް ދާނަން” ހެދުމުގެ ބޮޑު ސިއްރު ފަޅާ އަރާފާނެތީ އުނައިސް އަވަހަށް ވާހަކަ ބަދަލް ކޮށްލިއެވެ.

“ޔަގީނެއް ނު އަވަހަށް ފަށާ” ހީނާ ފެންތަށިން އެތި ފޮދެއް ބޯލަމުން ބުނެލިއެވެ.

“އަހަރެން ބޭނުން ވަނީ ހީނާއާއި ކައިވެނި ކުރަަން ބުނޭ ޤަބޫލް ތަ؟”

“އުނައިސް އަޅުގަނޑު މިހާރު މިވަނީ ބަދަލުވެފަ، ވަރަށް ބޮަޑަށް.އަޅުގަނޑު ގަބޫލް ކުރަން އަޅުގަނޑަށް މިބަދަލު ގެނެސްދިނީ ކަލާކަން އެހެނަސް ފާއިތުވެދިޔަތަނުގެ އެއްވެސް އެއްޗެއް އަޅުގަނޑު ބެނުމެއްނޫން. އަޅުގަނޑު ގަބޫލް ކުރާގޮތުން ތިޔައީވެސް އަޅުގަނޑުގެ ޕާސްޓު މިބުނަންއުޅޭއެތި އެގިއްޖެ އެހެންނޫންތޯ؟.”

“ރަނގަޅު ވާހަކައެއް ޕާސްޓުގަ ހިފައިގެން އެކަކަށް ވެސް އުފަލެއް ނުލިބޭނެ.”

“އެހެންވެގެންނޭ މިބުނަން އުޅެނީ އުނައިސް ވެސް ތީ އަޅުގަނޑުގެ ޕާސްޓު ޖެހޭނެ އުނައިސް ވެސް ހަނދާން ނައްތާލަން”

“ސާބަސް ރަނގަޅު ކުދިން ތިބެނީތިޔަހެން އެކަމަކު މަަށަކީ ޕާސްޓެއްނޫން. މަށަކީ މިހާރު. ހީނާގެ މިހާރު. މަގޭމަތިން ހަނދާންނައްތާލައިގެންނުވާނެ” އުނައިސް ހާސްވެފަ ބުނެލިއެވެ.

“ސަބަބަކީ ކޮބާ؟” ހީނާ ލޯބޮޮޑު ކޮށްފަ އަހާލިއެވެ.

“ސަބަބަކީ އަހަރެންނަަކީ ހީނާއަށް އެންމެ ޕާފެކްޓު މީހާ ކަމަށް ވީކަން” ގިރުއާނު ކޮޅަށް ޖަހާލަމުން އުނައިސް ބުނެލިއެވެ.

“ތިޔައީ ކުށްހީއެއް އުނައިސް އަށްވުރެން ވެސް ޕާފެކްޓު މީހަކު މިހާރުވެސް އަޅުގަނޑަށް ލިބިދަނެ”  ހީނާ ކޮނޑަށް ގޮތެއް ހަދާލަމުން ބުންޏެވެ.

“އެހެންތަ؟ އަޅެ ހޯދަބަލަ. މޮޅޭބުނާނަން” ޗެލެންޖު ކުރާ ރާގަކަށް އުނައިސް ބުންޏެވެ.

މިހެން ބުނަމުން އުނައިސް ތުން އޫކޮށްލަމުން އަނެއްފަރާތަށް އެނބުރުނެވެ.

“އެނގޭތަ އަހަރެންމީނީ ޕާފެކްޓު މީހަކަށް ދައުވަތުވެސް ދީގެންނޭ. މިހާރު އޭނަ އަންނާނެ” ވަށައިގެން ހޯދާލަމުން ހީނާ ބުންޏެވެ.

އެވަގުތު އިސްކޮޅުންދިގު ރޫފަ ރީތި ފިރިހެނަކު ގޭޓުން ވަންނާތީ ފެނުނެވެ. އޭނާ އައިގޮތަށް އައިސް ހީނާ މެން މޭޒު ކަރިޔަށް މަޑުކޮށްލިއެވެ.

” ތިޔައީދޯ އަހަރެން މިއަދު ފޯނުން ވަހަކަ ދެއްކި ހީނާ” އެމީހާ ސަލާމް ކޮށް ލަމުން ބުނެލިއެވެ.

“ލައްބަ އެއީ އޮޅިގެން ގުޅުނީ އެކަމަކު މިހާރު މިއެނގުނީނު ދޯ” ހީނާވެސް އެމީހާއާއި އަތާއަތްޖޯޑު ކޮށް ސަލާމް ކޮށްލިއެވެ.

“މަގޭނަމަކީ ނަބީލް މީ ކޮންބޭފުޅެއް؟ ހިނގާ ތައާރަފް ވެލާން”

އުނައިސް އާދިމާލަށް އިޝާރާތް ކުރަމުން އެމީހާ އަހާލިއެވެ.

” އަހަރެންގެ ނަމަކީ އުނައިސް. ހީނާ އަކީ އަހަރެންގެ…..”

“ކުރީގެ ރައްޓެއްސެ” އުނައިސްގެ ޖުމްލަ ފުރިހަމަ ކޮށްދިނީ ހީނާ އެވެ.

“މިއީ ނަބީލް އަހަރެންނަކީ އިންޕޯޓް އެކުސްޕޯޓް ކުރާ މީހެއް. ވިޔަފާރި ވެރިއެއް. ކޮބާ ހީނާ ހިގާ ދުއްވާލަން ދާން.މިތާ ތިބެގެން ހުސް އަނގަ ތެޅޭނީ އެހެންނޫނަސް ތިހާ ރީތި ކުއްޖަކު ގޮވައިގެނ ދުއްވުމަކީ ވެސް އުފަލެއްނޫންތަ؟” ނަބީލް ވަރަށް ގާތް ކޮށް ހީނާ އާއި ކައިރިވެލަމުން ބުނެލިއެވެ.

“ތިޔައީ ރަނގަޅު ހިޔާލެއް އަހަރެމެން ދެމީހުން އެކަނި ވެލަން ވެސް އަހަރެން ފުރުސަތެއް ބޭނުން”

ހިނާ ވަރަށް މައުސޫމް ގޮތަކަށް ބުނެލިއެވެ.

ހީނާ އާއި ނަބީލް ދާތަން ބަލަން ވަރަށް ދެރަވެފަ އުނައިސް އިނެވެ.ހިނާ ކަންތަށް މިކުރީ ކިހިނެއްހެއްޔެވެ. ދެންމެ ކާވެނީގެ ވާހަކަ ވެސް އޭނާ ހީނާ ކައިރި ދެއްކިއެވެ. އެކަމަކު ނުވެސް ދަންނަ މީހެއްގެ އަތުގާ ހިފައިގެން ހީނާ އެދިޔައީ އެވެ. މިމަންޒަރު ބަލަން ދުރުގަ އައިޝާއާއި ތާނިޔާ ތިއްބެވެ. އަދި ދެމީހުން އެއްކޮށް ރަހްމާނު ބޭބެއަށް މިވަހަކަ އާރޓު ގަނޑާއެކު ކިޔާދިނެވެ. ދެނަކާ ދެނެއް ނެތެވެ. ރަހްމާނު ގޭގެ ހަވަރު އެއްކޮށްލިއެވެ. ދުވަހުގެ ބޮޑު ވާހަކަ ކިޔާދޭށެވެ. މިއެންމެން އެއްގުރޫޕެކެވެ. ބާކީ ވަނީ އުނައިސް އެވެ.

“މިއަދުގެ ބުރޭކިން ނިއުސް އަކީ ޅަސަނދު މުހައްމަދު އުނައިސް ގުލިސްތާނުގޭ ހީނާއަށް ރޭނގަޑު ވަގުތު ގަޑި ކިޔައިގެން އެނާއާއި ބައްދަލު ކުރުމަށް ގެނައެވެ. އަދި އެނާގެ ރީރިކަމަށް ތައުރީފް ވެސް ފަށުއި އިބާރަތުން ކުރިއެވެ. އެއަށްފަހު އުނައިސް ގެ ހިތުގެ އެދުން ހީނާގެ ކުރިމަތީ ފަތުރާލިއެވެ. އެކަމަކު ވަރަށް ފެންގޮތަކަށެވެ.ކައިވެނީގެ ވާހަކަ ވެސް ދެއްކީ އެއްވެސް އަސަރެއް ނެއްގޮތުގައެވެ.މިކަމާ ވީފޫހިން ހީނާ އެތަނަށް އައި ރީތި ފިރިހެނާއެކު އުނައިސް އަށް ޓާޓާ ބާއި ކިޔާފަ ގޮއްސިއެވެ.” ހެމުން ހެމުން ރަހްމާން ބޭބެ ގޭގެ ސިޓިންރޫމް ގައި ޕޯޑިޔަމް އެއް ހަދައިގެން ނިޔުސް ކިޔާގޮތަށް ކިޔާލިއެވެ. ގޭގެ ހުރިހާ މީހުން ސިޓިން ރޫމްގެ މިކުޅިވަރު ބަލަން ތިއްބެވެ.

“އަންހެން ކުއްޖަކު މަޅީގަ ޖައްސަން ނޭނގުނު މީހަކަށް ބޮޑު ކުންފުންޏެއް ހިންގޭނެނެތަ؟”  ރަހްމާނު ހެމުން ހެމުން ބުނަމުން ދިޔައެވެ.

“ސާބަހޭ ރަހްމާން މަގޭދަރިފުޅުގެ އަގު ވައްޓާނުލާ. ހުރިހާ ކަމަކީ އެކުސް ޕީރިޔަންސް މަގޭދަރިފުޅަށް ތިޔަ ފުލާރޓް ކުރުމުގެ އެކުސްޕީރިޔަންސެއް ނުހުންނަނެ. އެސޮރު ދިޔައީ ވިލާތަށް ކިޔަވަން”

ޔޫނުސް ވެސް އުނައިސް އާއި ދިމާކޮށްލާ ރާގަށް ބުނެލިއެވެ. މިކަމާ ގޭގެ ހުރިހާ މީހުން ހޭން ފެށިއެވެ.

އެވަގުތު ބޭރުގައި ހުރެފަ ނީލާވެސް ގެއަށް އައިސް ވަނެވެ. ވީ ހުރިހާ ކަމެއް ތާނިޔާ ނީލާއަށް ކިޔާދިނެވެ.

“އަޅުގަނޑު ރަނގަޅު ގޮތެއް ބުނެފާނަން ދޮންބެ އަންހެން ކުދިން ރަނގަޅު ކުރާނެ ކުލާހެއް ހުޅުވާ އަދި އެކުދިން ތަމްރީނު ކުރުމަށްފަހު އެކުދިން އެހެން ބަައިވެރިން ހޯދާނެ.” ނިލާވެސް އުނައިސް އާ ދިމާކޮށްލިއެވެ.

“އެންމެން އަނގަ މަޑުންލާ”

އުނައިސް ރުޅިގަދަވެފަ އެންމެން ހިމޭން ކުރުވިއެވެ.

“އުނައިސް އަކީ އަބަދުވެސް ކާމިޔާބު މީހެއް ހީނާ ހާސިލް ކޮށްފަ ދައްކާލާނަން” މޭޒުމަތީ އައްޖަހާލަމުން އުނައިސް ބުންޏެވެ.

ދޮންބޭ ހިނގާ ދަތުރު ދާން ވަރަށް ޒަމާން ވެއްޖެއެއްނު ދަތުރަކު ރިސޯޓަކަށް ވެސް ނުދާތާ ހީނާ އަށްވެސް ދައުވަތު ދޭނީ އޭނާ ވަރަށް ދާހިތް ވާނެ.ރިސޯޓަށް ކުރީދުވަހުވެސް ސޮނޭވާރ އަށް ދާން އުޅުނު އެކަމަކު ބަޖެޓް ނެތިގެން ނުދެވުނޯ”

ތާނިޔާ ރަނގަޅު ޙިޔާލެއް ދިނެވެ. އުނައިސް އުފަލުން ވަރެއް ނެތެވެ.

“އޯމަގެލޯބި ލޯބި ކޮއްކިސް ތިޔައީ ވަރަށް ރަނގަޅު ހިޔާލެއް ދާނީ ކުޑަބަނޑޮހައް އެތާގަ އެބައޮތް ނިންމަންޖެހޭ ކަމެއްވެސް އެހެންވިމާ އެއްދޮނުގާ ދެބުޅި ޖެހުން މިފަހަރު ހަދާނީ”

އުނައިސް މިހެން ބުނިކަމެއް ނެނގި ތާނިޔާ ފޯނު ނަގާ ހީނާ ނަންބަރަށް ޑައިލް ކޮށްލިއެވެ.

“ގެނެ މަވަހަކަ ދައްކަނީ ” އުނައިސް ފޯނު އަތުލިއެވެ.

“އައްސަލާމް އަލިކުމް..” ތުއި އަޑަކުން ހީނާ ޖަވާބު ދިނެވެ.

“ވައަލައިކުމުއްސަލާމް.. ވާހަކަ ދައްކަނީ ކާކު؟”

” ވާހަކަ ދައްކަނީ ހީނާ ”

“މާރަނގަޅަށް މިދިމާވީ ހީނާއަށޭ މިގުޅީވެސް. މާދަމާ ފުރީތަ؟”

“އެޔޯ އަނެއްކާ އެކީއްކުރަން” ހީނާ ސުވާލު ކޮށްލިއެވެ

“ދެންބުނެވިދާނެ ނު”

” އަހަރެން މާދަމާ ނަބީލް އާއެކު ދަތުރު ދާން ރާވާފަ އެބައޮތް އެހެންވެ ސޮރީ ފުރީއެއްނޫން”

“ކޮންތާކަށްތަ ދަނީ އަހަރެންވެސް ބައިވަރިވަންތަ؟”

“ނޫނޭ އެއީވަރަށް ޕާސަނަލް ބައްދަލު ވުމެއް އިތުރު މީހެއްގެ އުނދަގޫ ވާކަށް ނަބީލް ވެސް އަހަރެންވެސް ނޭދެން އޯކޭ ބާއީ”

“ދެންބުނެބަލަ ޕުލީސް”

އުނައިސް އާދޭސް ކުރިއެވެ. ގޭއެހެންމީހުން އުނައިސް އާއި ހީނާ ދައްކަމުންދިޔަ ވާހަކައަޑު އަހަން ތިއްބެވެ.

“ވިލިގިއްޔަށް ދަނީ ބާއީ” މިހެން ބުނެލުމަށްފަހު ހީނާ ފޯނު ކަނޑާލިއެވެ.

“އެމީހުން ދަނީ ވިލިގިއްޔަށޯ” އުނައިސް ފޯނު ކަނޑާލަމުން ދެރަވެލާފަ ބުނެލިއެވެ.

“އަހަރެމެން އެންމެން ވެސް ހިގާ ވިލިގިއްޔަ މާބޮޑު ކަމެއްތަ އެއީ އެހެންނޫނަސް އެތާނގަ އަހަރެމެންގެ ފެކްޓަރީގެ ގުދަނެއް ހުންނާނެ ބަލާވެސް ނުލެވޭތާ ދުވަސްތަކެއް ވެއްޖެ ވީމާ އެކަންވެސް ކުރެވޭނެ ވިލިގިއްޔަ ދިޔާމަ”

ޔޫނުސް ވަގުތުން ބުނެލިއެވެ. އުނައިސް އާއެކު ގޭއެންމެން ވިލިގިލިއަށް ދަތުރު ދިޔައެވެ، ގޮޑުދޮށުގައި ނަބީލް އާއި ހީނާ ވާހަކަ ދައްކަން އިށީދެ ތިއްބެވެ. ދައްކަމުން ދިޔަ ވާހަައިގެ އޮލަކަމުން ބަޔަކު އައިކަމެއްވެސް އެމީހުންނަށް ނެނގުނެވެ.

” ނަބީލް، އަހަރެންހީނާ އާއި ޕާސަނަލް ވާހަކަ އެއް ދައްކަން ފުރުސަތެއް ދީފާނަންތަ؟” އާދޭހުގެ ރާގެއްގައި އުނައިސް ބުނެލިއެވެ.

“ޝުއަރ ވައިނޮޓް،ލޯބިވާ ދޭބަލަ އުނައިސް ކާރިޔަށް އަހަރެން މިތާ މަޑުކޮށް ލާނަން މިތިބަ އަންހެން ކުދިންނާ އަނގަ ތަޅާލާނަން” ދުރުން އަންނަ ތާނިޔާ އާއި އައިޝާ ދައްކާލަމުުން ނަބީލް ބުނެލިއެވެ.

ހީނާ ތެދުވެގެން އުނައިސް އާއެކު ހިގަމުން ދިޔައެވެ.

” ހީނާ އަސްލުވެސް މިއަދު މިއޮތީ އިއްތިފާގުން އެއްކުލައިގެ ހެދުން ލެވިފަ. ކުރީދުވަހު އެއީ ގަސްތުގަ މީގެ މާނަޔަކީ އަހަރެމެންގެ ވިސްނުން އެއްގޮތޭ ނޫންތަ؟ ” އުނައިސް ހީނާގެ ކުރިމައްޗަށް އަރާ އަތުގައި ހިފަމުން ބުނެލިއެވެ.

” ހީނާ އަހަރެން ހީނާދެކެ ވަރަށް ލޯބިވޭ” އުނައިސް ފިނިފެން މަލެއް ހީނާއަށް ދިއްކޮށްލަމުން ބުނެލިއެވެ.

“މާގޮތްދައްކަން އުޅޭނެ ކަމެއް ނެތް. ތީ މީހުން ލޯބި ހުށައަޅާ ގޮތެއް ނޫން މަނިކުފާނު ތަންކޮޅެއް ބޮޑުވާން އުޅެބަލަ” ހީނާ މޫނު އެއްފަރާތް ކޮށްލަމުން ބުނެލިއެވެ.

” ހީނާ މިއީ އަހަރެން ގޮތްދައްކަނީކީ ނޫން މިހަރުވެސް އަހަރެންގެ ފެމިލީ އެންމެން އައިސް އެތިބީ އަހަރެމެން ދެމީހުންނަށް ޓަކައި އެމީހުން ބޭނުން ވަނީ އަހަރެމެން ދެމީހުން ކައިވެނި ކުރުން” އުނައިސް ގޭމީހުންނަށް އިށާރާތް ކުރަމުން ބުނެލިއެވެ.

“ކައިވެންޏަކީ ލޯތްބަކީ ތިގޮތަށް ވެވޭ ކަމެއް ނޫން މަނިކުފާނު ލޯބިވާން ދަސްވެގެން އާދޭ އޯކެ” ހީނާ ހިނިތުންވެލަމުން އުނައިސް އަށް މަލާމާތް ކޮށްލިއެވެ.

“އުނައިސް އިހައްމަޑުކޮށް ބަލަ ދަތުރުގެ މަޖާ ނެގިޔަ ދީބަލަ. މާސެންޓިމެންޓަލް ވެގެން ތިޔަ އުޅެނީޔޯ؟” ނަބީލް އެމީހުންނާ ކައިރި ވެލަމުން ބުނެލިއެވެ. ހީނާ އާއި ނަބީލް ކައިރި ވާވަގުތު އުނައިސް ދެރަވެފަ ބަލަން ހުރެއެވެ.

“އުނައިސް ކަލާއަކީ ވަރަށް މާތް ރަނގަަޅު ކުއްޖެއް ކަލާގެ އަނބި މީހާ ވާނީ ވަރަށް ނަސީބު ރަނގަޅު ކުއްޖަކަށް. އަހަރެން ލޯބިވަނީ ނަބީލް ދެެކެ” ހީނާ އެންމެ ފަހުގެ ވާހަކަ އިއުލާން ކުރިކަހަލަ އެވެ. އެވަގުތު ގޭގެ ހުރިހާ އެންމެން އެތަނަށް އައެވެ.

“އައްސަލާމް އަލައިކުމް ނަބީލް. ކަލެއާއި ބެހޭ ވަރަށް ގިނަ ވާހަކަ އަޑުއަހައިފިން ބައްދަލު ވިތީ އުފާކުރަން.”  ޔޫނުސް ނަބީލް ކައިރިޔަށް އަންނަމުން ބުނެލިއެވެ.

“ކަލާވެސް ތީ ވަރަށް މަޝްހޫރު ބޭކަލެއް މިތަނުން އަޅުގަނޑުވެސް ކަލާއާއި ބައްދަލު ވިތީ  ވަރަށް އުފާކުރަން”

ނަބީލް ވެސް ޔޫނުސް އާއި ސަލާމް ކޮށްލަމުން ބުނެލިއެވެ. އަދި ދެމީހުން ދެން ދައްކަންފެށީ ވިޔަފާރީގެ ވާހަކަ އެވެ.  އުނައިސް މަޑުހިގުމެއްގައި ގޮސް އޭނާގެ މަންމަ މެން ގާތަށް ގޮސް ހުއްޓުނެވެ. އުނައިސް ގެ ކަރުނައިން ފުރިފައިވާ ލޯފެނިފަ ވަހީދާއަށް ހުރިހާ އެއްޗެއް އެނގުނެވެ.

“މަގޭ ދަރިފުޅު މިހާލުގަ ހުއްޓާ ޔޫނުސް އެމީހާގަޑާ އެކު މިއަންނަނީ ކީއްވެބާ ؟”

ވަހީދާ ނުރުހުން ވެފަ ބުނެލިއެވެ.

“މަންމާ ބައްޕަ ޅައެއްޗެއް ނާޅާނެ ބަލަން ހުރޭ” ނީލާ ވެސް ބުލިއެވެ. އަދި އެންމެން ވަށްބުރެއް ގޮތަށް ބިންމަތީ އިށީނެވެ. އުނައިސް ގަސްތުގަ ހީނާގެ ކާރީއިށީނެވެ.ހަމަ އެގޮތަށް ނަބީލް ވެސް ހީނާގެ އަނެއްފަރާތުގަ ކާރީގަ ޖެހިފިތިގެން ކަހަލަ ގޮތަކަށް އިށީނެވެ. ތަފާތު މަޖާ ވާހަކަތަކެއް ދެއްކުމަށްފަހު އެންމެން ލަވަ ބާޒީ ކުޅެން ނިންމިއެވެ. އުނައިސް ކާރިވެލާއިރަށް ހީނާ ނަބީލް އާ ބޮޑަށް ކާރިވެލައެވެ. ލަވަބާޒީގަ އޮތީ އެންމެ މަޖާ ކަންތަށް ގަޑެވެ. ތިމާގެ ބައިވެރިޔާއަށް ތައުރީފް ކުރުމެވެ. ޔޫނުސް ވަރަށް ފާޑު ވެރިކަމާއެކު ވަހީދާ ގެ ރީތިކަން  ލަވައިގެ ސިފައިގަ ކިޔާލިއެވެ. ހުރިހާ މީހުން އަތްތިލަ ބަޑި ޖެހިއެވެ. ދެން އޮތީ އުނައިސް ހީނާގެ ރީތިކަން ލަވައިގެ ސިފައިގަ ކިޔާލަ  ދިނުމެވެ. ނަބީލް އާއި އުނައިސް އާ ދެމީހުން ހީނާއަށް ތައުރީފް ކުރަމުން ދިޔައެވެ ދެމީހުން ދެފަހަރަށެވެ. އެކެއްގެ ކަޑިޔަށް ވުރެ އަނެކަކު ކިޔާ ބައި ރީތިވެފާ ފުރިހަމަ އެވެ. ތައުރީފްގެ އޮހުން ތަކުން ހީނާ ހެމުން ހެމުން ދިޔައެވެ.

“ދޮންބޭ މިހާރު ތިއީ ބޮޑުވަރު”

އެވަގުތު ހީނާ ނަބީލް ގައިގަ ބައްދާލަމުން ބުނެލިއެވެ.

“ދޮންބެޔޭ….؟؟؟” އުނައިސް މޫނުމަތީގަ  ތަފާތު ސުވާލު މާރކް ތަށް ޖަހައިގެން އެދެމީހުންނަށް ބަލަން އިނެވެ.

“ދަރިފުޅާ ނަބީލް އަކީ ހީނާގެ އުފަން ބޭބެ”

ޔޫނުސް ހެމުން ހެމުން އުނައިސް ގެ ސުވަލަށް ޖަވާބު ދިނެވެ.

ހީނާ ތެދުވެގެން ދުވަމުން އެމީހުންނާ ދުރަށް ދާން ފެށިއެވެ.

“އެންމެން ވެގެން އަހަރެން ހައްދާލީދޯ އަހަރެން މިކުއްޖާ ހޭއަރުވަލާނަން ދެން ދުވާނެ ކަމެއް ނެތް އަތުލާނަން” އެވަގުތު ހީނާ މާދުރަށް ދުވެގޮސް އޮބާލަނީ އެވެ. އުނައިސް ވެސް ފަހަތުން ދުވަމުން ދިޔައެވެ. ދެމީހުން ބައްދަލު ކުރީ ބޮޑު ކާނި ގަސް ކާރީ ދެފަރާތުން ނެވެ. އުނައިސް ހީނާ ގެ ކުރިމަށްޗަށް އެރިއެވެ. ހީނާ އުނައިސް ގެ ތަނަވަސް މޭގައި ބޯއަޅާލިއެވެ. އެއީ އެދެމީހުންނަށްވެސް އައި އެންމެ އުފާވެރި ވަގުތު ކޮޅެކެވެ. އުނައިސް ހީނާއާއި  ނިންމަތީ ކިސް ކޮށްލިއެވެ. ހީނާ ލަދުން އުނައިސް އާއި ދުރަށްޖެހިލިއެވެ.

އުނައިސް ބައްޕަގެ ފެކްޓަރީގެ މަސައްކަތް ކުރަމުން ދިޔައެވެ. ބައްޕަ އެދިލެއްވި ފަދައިން އޭނާ މަސައްކަތް ފެށީ ފެކްޓަރީގެ އެންމެ ތިރީ ހަރުފަތުންނެވެ. މީހުން މަސައްކަތް ކުރާގޮތާއި މަސައްކަތަށް މަކަރު ހަދާ މީހުން އޭނާ އަށް ފެނުނެވެ.

އަސްލަމް އޭނާގެ އެކުވެރި މީހުން ކޮޅެއް ގޮވައިގެން ތާސް ކުޅެން އިނެވެ. އުނައިސް އެމީހުން ކާރިޔަށް ގޮސް ބަލަން އިރުކޮޅަކު ހުރެފަ ސުވާލު ކުރަން ފެށިއެވެ.

” ކީއްތިކުރަނީ” އުނައިސް އަހާލިއެވެ.

“ކަލެޔަކަށް ނުފެނޭތަ ތާސް ކުޅެނީނު ހެއް ހެއްހެއް”

އަސްލަމް ނުހަނު އަދަބު ކުޑަގޮތަކަށް ޖަވާބު ދިފަ ހެމުން ދިޔައެވެ.

“ކަލެއަށް މުސާރަ ލިބެނީ ތިކަންތަށް ކޮށްގެންތަ؟ ” އަނެއްކާ ވެސް އުނައިސް އަހާލިއެވެ

“އަހަރެންނަކީ ޒުވާނެއް. އަހަރެން މަސައްކަތާ ކުޅިވަރު ދެބައި އެކުގައި ގެންގުޅެން.” މޫނު ގޮތަކަށް ހަދާލަމުން އަސްލަމް ބުންޏެވެ.

“ކަލޭ ވާންޖެހޭނީ އެންމެންނަށް ނަމޫނާ އަކަށް ނޫންތަ؟ ” އުނައިސް އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އެގުޅުން ވަކިނުވެވޭނެ 2

Next

ނޭނގޭހެ ހާދަ ލޯބިވޭ 18

Next
September 22, 2016

ނޭނގޭހެ ހާދަ ލޯބިވޭ 18

Previews
September 22, 2016

އެގުޅުން ވަކިނުވެވޭނެ 2

5 Comments!

  1. Shaa says:
    September 22, 2016 at 1:34 pm

    Wooooow vvvvvv reethi mi baives

  2. Love says:
    September 22, 2016 at 1:40 pm

    Nice. Ekam kiss ah vureh reethi vaane bosdhiney mihen bunelumun.. No hard feelings..??

    1. Rozy says:
      September 22, 2016 at 3:05 pm

      Thank you ill think about it

  3. Khajja says:
    September 22, 2016 at 4:11 pm

    Masha allah v furi hama

  4. Samsam says:
    September 26, 2016 at 1:29 am

    Asl vaahakaiga kalaa mi lafzu kohme firihenakah ves beynun kohfa huryma vrh odu…kalaa asl beynun kurany loabiverin dhw??????

Comments are closed.

Next Episodeއެގުޅުން ވަކިނުވެވޭނެ 4←


All Right Reserved!