Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 4…

kamana
September 22, 2016
5 Mins Read
38 Views
22 Comments

ގެއަށް ވަތްގޮތަށް ޝީރީން މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ޖީބުން ފޯނު ނެގުމައްފަހު އެނދުމަތީގައި އޮށޯވެލީ ނަންބަރަކަށް ޑައިލް ކޮއްލަމުންނެވެ. “ބޭބީ…. އައި މިސްޔޫ…..ދެން އާދެބަލަ… މިރަށުގަ ސަވައިވްވާން ހާދަ އުނދަގުލޭ” ޝީރީން ފޯނު ކަންފަތުގައި ޖެހިގޮތަށް ފޮރޮޅެލީ ބާލީހުގައި ބައްދާލަމުންނެވެ.
……..
ހެނދުނުގެ އިރު ދުނިޔެމައްޗަށް ވެރިވެގެން ދިޔައީ އޭގެ އެންމެ ދުރިހަމައަށެވެ. އުދަގޫ ކޮއްލާނެ އެންމެ ކަޅު ވިލާކޮޅެއްގެ ހިސާބުވެސް ނެތުމުން އުފާވެރިކަމާއެކުގައެވެ. ރަށުގެ ގިނަ ބަޔަކަށް ފެށިގެން ދިޔަ އާ ދުވަހަކީ ބޮޑު ދުވަހެކެވެ. މުޅި ހިސާބު އަޑުގަދަ ވެފައި ފެންނަނީ ހަލަބޮލިކޮށެވެ. އަލަތު ކައިވެންޏަށް ތައްޔާރު ވަމުން ދިޔަ ލީނާ އިނީ ލައިލާ ކައިރީގައެވެ. ރޭ ކޮޓަރިއަށް ނިދަންވަތްމީހާ ހަބަރެއް ނުވުމުން ފަރިޔާލުގެ އެދުމަށް ލީނާ ލައިލާއަށް ގޮވަން އައީއެވެ.
“ލައީ” ގައިމަތީގައި ރަޖާއޮޅާލައިގެން އޮތް ލައިލާ ފެނި ލީނާ އަވަސް އަވަހަށް ކައިރިއަށް ޖެހިލީ ލައިލާ ބަލިވީކަމަށް ހީކޮށެވެ. “ލައީ….. މީ ކިހިނެއްވެފަ” އަކުރުތަކަށް ބާރުލަމުން ލީނާ އަހާލީ ލައިލާގެ މަޑު ކޯތާފަތުގައި ފިރުމާލަމުންނެވެ. “ދޮންތާ…. ދޮންތާ” ލައިލާއަށް ގިސްލެވެން ފެށުމުން ލީނާގެ ގައިގައި ބައްދައިގަތެވެ. ލީނާ އާއި ލައިލާއަކީ އުމުރުގެ ގޮތުން ދެއަހަރު ތަފާތު ހުއްޓަސް އެކަކު އަނެކަކަށް ވާހަކަތަށް ހިއްސާކުރަނީ އެއްވެސް ސިއްރަކާނުލައެވެ. “މަނިކު.. ޝީރީން” ލައިލާގެ ކަރުބެދުމާއެކު އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. “މަނިކު ބުނީތަ…” ލީނާއަށް ކޮންމެވެސް ވަރަކަށް ވީގޮތް ރޭކާލިއެވެ. ލައިލާ ބޯޖަހާލުމުން ލީނާ ލައިލާގެ ބުރަކަށީގައި ފިރުމާލިއެވެ. “ލައީ… ދޮންތައަށް އެނގޭ ލައީ ދެރަވާނެކަން… އެކަމަކު ލައީ، ލޯބިވާ ކޮންމެ މީހެއް ނުލިބޭނެ.. ގުރުބާންވުންވެސް އެއީ ލޯބި.. އެންމެ ލޯބިވާ މީހާ އުފާވެފަ ހުންނަތަން ފެނުނީމަ ލައި ނުވާނެތަ އުފަލެއް… ބުނެބަލަ” ލައިލާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަދެމުން ލީނާ އަހާލީ ލޯބިން ފުރިގެންވާގޮތަކަށެވެ. އެއްޗެކޭ ނުބުނެ ލައިލާ އިރުގަނޑެއް ވަންދެން އިންގޮތަށް އިނެވެ.”ހޫމް” ރުއިމުގެ ސަބަބުން ލައިލާގެ އަޑުވަނީ ކުރަކިވެފައެވެ. ގަބޫލު ކުރަން ބޭނުންނުވިޔަސް ލީނާ އެބުނީ ތެދެއްކަން ލައިލާއަށް އެނގެއެވެ. “ދެން ހިނގާ ސައިބޯން… ތި މޫނު ރީޗަށް ދޮންނައްޗޭ… ރޭ ނުނިދާ ރުއިން ނޫން ކަމެއް ނުކުރަންދޯ… މަންމައަށް ފެނިއްޖެއްޔާ ހުންނާނެ ސުވާލު ކޮއްލާފަ…. ދޮންތަގެ ބިގް ޑޭއޭ މީ.. ލައި ތިހުންނަނީ ހަނދާންވެސް ނައްތާލައިގެން” ލީނާ ދެރަވެލާ ކަމަށް ހެދިލަމުން ކުޑަކުއްޖެއްހެން ޝަކުވާކޮއްލިއެވެ. “ހެހެހ… މިދަނީ…. ސޮރީ” ހިނިތުންވެލަމުން ލައިލާ މިސްރާބު ޖެހީ ފާހަނައަށެވެ. ލައިލާ ދިޔަ ދިމާލަށް ލީނާއަށް ބަލަހައްޓައިގެން ހުރެވުނީ ލައިލާ ވާނެ ދެރަ އިހްސާސް ކޮއްލެވޭތީއެވެ.
*************
ރަށުގެ ސްކޫލް ވަނީ ނޫކުލައިގެ ލައިޓްތަކުން ދިއްލާލާފައެވެ. ރުކުގެ ފަނުން މޮޅެތި ހުނަރުވެރިންގެ ހުނަރު ވަނީ އޭގެ އެންމެ މައްޗަށް ދައްކާލާފައެވެ. ސްކޫލްއަށް ވަންނަ ދޮރާށީގެ އެއްފަރާތުގައި އަލަތު ކައިވެނީގެ ޖޯޑު ކޮޅަށް ތިބީ މަރުހަބާ ކިޔަން އަންނަ މެހެމާނުންނާ ސަލާމް ކުރާންށެވެ. ލީނާގެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ޕާޓީއަށް އައި ކޮންމެ މެހެމާނަކުވެސް ދެމަފިރިންނަށް ތައުރީފުގެ ބަސްތަށް އަމުނާލައެވެ.
“ސާބަހޭ ސާބަހޭ… މާތްކަލާކޯ ކަލޭ ރީޗޭ…. ” އިރު އިރު ކޮޅާ މަނިކު ބެގީ ރީތިކޮއްލާތީ ނަދީމްއަށް ނުހުރެވިގެން ކުދިކިޔަން ފެށިއެވެ. “ކަލޭ އެކޭ މުސްކުޅިއެކޭ އެއްގޮތެއްނު… އޭ ލައީ… އާދެބަލަ… މަ ރީތިތަ….” މަނިކު ކުރިމަތިން ހުރަސް ކުރި ލައިލާ ފެނި މަނިކު ލައިލާގެ އަތުގައި ހިފިއެވެ. “ހޫމް.. ރީތި… ޝީރީންއަށް ތިއްތި ދެއްކެނީ ދޯ… އެއޮތް އައީ އެމީހުން… ” ސްކޫލް ގޭޓުން ވަދެގެން އައި ޝީރީންއާއި ސަމްސިއްޔައަށް އިޝާރާތް ކުރަމުން ލައިލާ ބުންޏެވެ. “އޭ ތީ ރަނޑު ފިރިހެނުން އުޅޭގޮތޭ… ޕިސް ޕިސް” ނަދީމް ޗުސް ތަޅާލިއެވެ. “ހެހެހ.. އެއީ ދޮގު… ރީތި ވަރަށް.. އެންމެ ލޯބިވާ މީހާ ކުރިމައްޗަށް އަރަންވާނީ ރީތިވެގެން…” ލައިލާ މަނިކު އާ ދިމާލަށް ބަލާލީ މާނަފުން ބެލުމަކުންނެވެ. “ތޭންކްސް ލައީ.. އަންނާނަން ޝީރިން ކައިރިއަށް ގޮސް” ލައިލާގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން މަނިކު ހިނގުން އަވަސް ކޮއްލިއެވެ. މަނިކު ދިޔަ ދިމާލަށް ލައިލާއަށް ބަލަން އިނދެވުނީ ފެންކަޅިވެފައެވެ.
“ލައީ.. ވަރަށް ރީތި އެނގޭ މިރޭ..” ނޫކުލައިގެ ދިގު މެކްސީ ހެދުމުގައި އެއާ ގުޅޭ ވިދުން ހުރި އަޅި ޝޯލްއެއްގައި ލައިލާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. އެ އޮމާން މޫނުމަތި މޭކަޕް ކޮއްލާފައިވާއިރު އިތުރަށް ފުރިހަމައެވެ. ލައިލާ ނަދީމްއާ ދިމާލަށް ބަލާލުމައްފަހު ހިނިތުންވެލީ ނަދީމްވެސް ރީޗޭ ބުނެއެވެ. ނަދީމް ހިނިތުންވެލިއެވެ. ލައިލާ ރީޗޭ ބުނަން ޖެހޭނީ މަނިކުއޭ ނަދީމްގެ ހިތް ބުނެލިއެވެ.
…………………
“ޝީރީން” ކާއެއްޗެހި އަޅަން އައިސްއިން ޝީރީން ސިހުނީ ދާދިގާތުން މަނިކުގެ އަޑު އިވުމުންނެވެ. އޭރު މަނިކުވެސް ކާއެއްޗެހި އެޅުމުގައި ބައިވެރިވެ އުޅެއެވެ. ” އެ ގަސްކައިރިއަށް އައިސްބަލަ… ވާހަކައެއް ބުނަން…” އެހެން ބުނެ މަނިކު ތަށި ހިފައިގެން މިސްރާބު ޖެހީ ސްކޫލް ތަންކޮޅެއް އެތެރޭގައި އިން ބޮޑު ގަސް ކައިރިއަށެވެ.
“ކިހިނެއްވީ” ދެއަތުން ތަށީގައި ބާރަށް ހިފަމުން ޝީރީން މަނިކު ކައިރިން އަހާލިއެވެ. “މިތާ އިށީދެބަލަ.” ގަސް ވަށާ ޖަހާފައި ހުރި ފާރުބުޑުގައި ޝީރީންއާއި މަނިކު އިށީނެވެ. “ދެން ކިޔާބަލަ.. މަންމަ ހޯދާނެ ނުފެނި ގިނަ އިރުވަންޏާ” ޝީރީން އިނީ ހަގީގަތުގައި ވެސް ބިރުންނެވެ. މީހަކަށް ފެނިއްޖެއްޔާ މުޅި ރަށުގައި އުޅުމައް ނުކުޅަދާނަވާވަރަށް ވާހަކަ ދައްކާނެތީއެވެ. “ޝީރީން..” މަނިކު ޝީރީންގެ އަތުގައި ހިފާލަމުން މަޑުމަޑުން ގޮވާލިއެވެ. އެވަގުތު ދެޒުވާނުންގެވެސް ހަތަރުކަޅި ހަމަވިއެވެ. މަނިކުގެ މަސްތީ ދެލޮލަށް ބަލަހައްޓައިގެން ޝީރީންއަށް އިނދެވުނީ އަޖައިބުވެފައެވެ. މަނިކުގެވެސް ހާލަކީ އެއީއެވެ. ދެމީހުންގެވެސް ފުރަތަމަ ލޯބީގެ ވަގުތުކޮޅުގެ ފޮނި މީރުރަހަލީ ޝީރީން އިސްނެގުމުންނެވެ. ޝީރީންގެ އެއަމަލުވީ މަނިކަށް ލިބުނު ހިތްވަރަކަށެވެ. “އައި ލަވްޔޫ… ވަރަށް ކުރިންސުރެންވެސް ޝީރީންއަކީ އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެއް… ” މަނިކަށް ވާހަކަ ކުރިއަށް ނުގެންދެވުނީ ޝީރީން މަނިކުގެ ތުންފަތުގައި އަތް ޖެއްސުމުންނެވެ. “ޝޫޝް… އައި ނޯ” ޝީރީން ބޭނުންވީ ވަގުތުގެ ފުރިހަމަކަން އެންމެ ފުރިހަމައަށް ހޯދާންށެވެ. އެވަގުތުކޮޅު ވެގެން ދިޔައީ މަނިކުގެ ހަޔާތަށް އައި އެންމެ އުފާވެރި ވަގުތުކޮޅަށެވެ.
އެތަށް އިރެއް އެގޮތުގައި ދެ ލޯބިވެރިން ވަގުތު ހޭދަކުރުމައްފަހު މިސްރާބު ޖެހީ ކައިވެނި ޕާޓީއޮތް ހޯލާ ދިމާލަށެވެ. މާދުރު ދުރުން އެކު އެކީގައި އަންނަމުން ދިޔަ ޝީރީން އާއި މަނިކު ފެނި ލައިލާއަށް ފަހަތަށް ދެތިން ފިޔަވަޅެއް އަޅާލެވުނެވެ. ފަސް އެނބުރުނީ އަވަހަށް ގެއަށް ދިޔުމަށެވެ. “އައުޗް ލައިޕުޑީ.. ބަލާލައިގެން ހިނގާބަލަ ކުޑަ ކުޑަ ރެބިޓް” ލައިލާގޮސް ޖެހުނީ ނަދީމްގެ މޭމަތީގައެވެ. “އަންނާނަން.. ގެއަށް… ވަރަށް އަވަހަށް” ލައިލާއަށް ވާހަކަ ދެއްކުންވެސް ވީ އުދަގޫކަމަކަށެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ލައިލާ ސްކޫލްއިން ނިކުތީ ހަމަޖެހިލުމަށެވެ. މިފަހަރުވެސް ނަދީމްއަށް ފެނުނީ ލައިލާގެ ފުރަގަހެވެ. އެވަގުތު ކުރިމަތިން އަންނަމުން ދިޔަ ޝީރީން އާއި މަނިކު ފެނި ވެގެން އުޅޭގޮތް ނަދީމްއަށް އިހްސާސްވިއެވެ. ނަދީމްގެ މޭގައި ނުބައި ރިހުމެއް އުފެދުނެވެ.
ޕާޓީ ނިމިގެން ދިޔައީ ވަރަށް ފުރިހަމައަށެވެ. ޕާޓީ ނިމި އަލަތު ދެމަފިރިން މިސްރާބު ޖެހީ އަވަހަށް ގެއަށް ދިޔުމަށެވެ. ފަސްފަހަތުން ހުރިހާ އެންމެންވެސް ނިކުތެވެ.
**********
ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ލައިލާއަށް ހިތްދަތިކަން ގެނުވަމުން އައި ދުވަހަކަށެވެ. އެހެން ނަމަވެސް މަނިކުގެ ހަޔާތަށް ބަހާރުމޫސުމެއް އެ ފާއިތުވެގެންދާ ކޮންމެ ދުވަހަކު ގެނުވައެވެ.
“ޝީރީން” މުޅި ތުނޑިމަތިވަނީ ދެލޯބިވެރިންނަށް ހުސްކޮއްލާފައޭ ބުނާކަހަލައެވެ. ފުރިހަމަ ހަނދުގެ އަލިކަން މުޅިތަނަށް އަލިކަން ގެނުވާފައިވިއެވެ. ރޭގަނޑުގެ ހަމަ ހިމޭން ވަގުތުގައި ރަސްކަން ކުރަމުން ދިޔަ ހަނދަށް މަނިކު ބަލާލީ ފުރިހަމަކަމުންނެވެ. މަނިކުގެ އުނގުމަތީގައި އޮށޯވެލައިގެން އޮތް ޝީރީން ހޫމްއޭ ބުނެލީ މަނިކު ގޮވާލުމުންނެވެ. “ކީއްވެތަ ލޯބިވެއޭ ނުބުނަނީ” މަނިކުގެ ސުވާލުން ޝީރީން ސިހުނެވެ. “ލޯބިވެއޭ ނުބުނެވެސް ކިތައް މީހުން އެކުގަ އުޅޭނެ… ލޯބިވެއޭ ނުބުނާތީ މަނިކަށް ހީވަނީ ލޯބިނުވާހެންތަ” ޝީރީންވެސް ކޮއްލީ ސުވާލެކެވެ. “އޯކޭ އޯކޭ.. ތި ސުވާލުތަކަކުން ނާރާނެ… “މަނިކު ހީލަމުން ވާހަކަ އޮއްބާލިއެވެ. “އަހަރެން ވަރަށް ލޯބިވޭ… ” މަނިކު ޝީރީންގެ ބުޅި އިސްތަށި ގަނޑުގައި ފިރުމާލަމުން ބުންޏެވެ. ޝީރީންވެސް މަނިކުގެ ފަން އިސްތަށި ގަނޑާ ކުޅެލިއެވެ. ހަފްތާގެ ގިނަރޭރޭ ދެމީހުން ވަގުތު ހޭދަކުރަމުން ދަނީ އެ ހަމަހިމޭން ތުނޑީގައެވެ. އެއްވެސް މީހަކަށް ނޭނގިއެވެ. ސިއްރުންނެވެ.
*********
“މަންމާ.. މަންމާ އަޅޭ ޕްލީޒް… އަޅުގަނޑު ބޭނުމީ މާލެދާން… ރަށުގަ އެހާ އުޅޭހިތެއްވެސް ނުވެއޭ” ރޭގަނޑު ގެއަށް ދެވުމާއެކު ޝީރީން ސަމްސިއްޔަ ކައިރީގައި އާދޭސް ކުރަންފެށިއެވެ. ޝީރީން އެގޮތަށް އާދޭސް ކުރާތާ މިހާރު ހަފްތާއެއް ވަނީއެވެ. “ދަރިފުޅާ… މަންމަ އެހާ ގަބޫލެއް ނޫނޭ… އެހެން ނޫނަސް ދަރިފުޅު ކިޔަވާކަށްވެސް ބޭނުމެއްނޫން.. ތިގޮތަށް އެކަނި އެތާގަ އުޅެންޏާ މީހުން ނުބުނާނެ ރަނގަޅު އެއްޗެއް… ރަށު މީހުންވެސް” ސަމްސިއްޔަ ބެލީ ޝީރީންއަށް ވިސްނަ ދެވޭތޯއެވެ. “މަންމާ… އަޅުގަނޑު މީ މިހާރު އެކަނި އުޅެވޭވަރު ކުއްޖެކޭ… ޕްލީޒް މަންމާ” ކުޑަކުއްޖެއްހެން ޝީރީން އާދޭސްކުރަން ފެށިއެވެ. “ދަރިފުޅަށް މާލެ ތިގޮތަށް އެކަނި އުޅެން ދެވޭނީ އެންމެ ގޮތަކަށް… މީހަކާ އިނދެގެންދޭ… އެއީ ހަމަ އެކަނި ދަރިފުޅު ފޮނުވާނެ ގޮތް..” ގެއަށް ވަދެގެން އައި އަފީފްއަށް ޝީރީންގެ އަޑުއިވުމުން ބުންޏެވެ. “ބައްޕާ.. އެކަމް އަޅުގަނޑު އަދި ބޭނުމެއް ނޫން… ބައްޕާ…. އަޅުގަނޑު ގޯސްކޮށް ނޫޅޭނަމޭ ” ޝީރީން ކުރުނުކޮށް ކިޔަންފެށިއެވެ. “ދަރިފުޅާ… ޝިޔާމާގެ މަނިކު އެއީ ނުލާހިކު ރަނގަޅު ކުއްޖެއް… ނުލާހިކު މުރާލި… އޭނައަށް ދަރިފުޅު ގެންގުޅެވޭނެ… ނުލާހިކު ހުނަރުވެރި ކުއްޖެއް އެއީ.. ދަރިފުޅު ތިއުޅެނީ އޭނައާ ރައްޓެހި ވެގެންނޫންތަ.. ދެން ކޮބާ މައްސަލައަކީ” އަފީފް މަނިކޭ ބުނުމުން ޝީރީން ހައިރާންވިއެވެ. ޔަގީނެވެ. ރަށުބަޔަކަށް ދެމީހުން އެކީ ތިއްބާ ފެނުނީއެވެ. “އެކަމް ބައްޕާ….” ޝީރީންއަށް އަފީފް ބޭނުންވާގޮތް ކަމަކު ނުދިޔައެވެ. “ދަރިފުޅާ އެއީ ބައްޕަމެން ބޭނުންވާގޮތް… ދަރިފުޅު މަނިކުއާ އިނދެގެން މާލެދާންވީ… ބައްޕަމެން ނުހިފާޓާނާން…” އަފީފް ފަހުގެ ނިންމުން އިވުމުން ޝީރީން ރުޅިއައެވެ. “އަޅުގަނޑު ބޭނުމެއްނޫން މީހަކާ އިންނާކަށް…” ދުވެފައި ގޮސް ޝީރީން ކޮޓަރީގެ ދޮރުޖެހީ ބަންލާފައެވެ.
“މޯންޑޭ… ބައްޕަ ބުނީ މިހާކާ އިނީމައޯ ފޮނުވޭނީ… ބައްޕައަށް މިދުވަސްކޮޅު މާލެ ދެވޭކަށްވެސް ނެއް…. އަހަރެން ފިލައިގެން ދާންވީތަ…. މޯންޑޭ މަތިން ހަނދާންވާވަރުން އަހަރެންނަށް ކެއްވަނީއެއްނޫން.. އައި ލަވްޔޫ…” ޝީރީން ފޯނުކަންފަތުގައި ޖެހިގޮތަށް ފެށީ ރޯންށެވެ. “އައި ނޯ ބޭބީ… ކޮންމެވެސް ކަޓު މީހަކާ އިނދެގެން ވިޔަސް އަންނަންވީނު.. އޭރު ބޭބީ ދަށު ކޮއްލާފަ ބަހައްޓާނީ… އޭރުން އަހަރުންނަށް ކިހާ މަޖާ ކުރެވޭނެ.. ދެން ބޭބީ މިކޮޅަށް އައިސް ހަމަ ޖެހުނީމަ ޑިވޯސް ވާނީ… ބޭބީއަށް އެނގެއެއްނު މަ ފެނިއްޖެއްޔާވެސް މަންމަމެން ބިރުން ފިލާނެކަން.. ހަހަހހަ” މޯންޑޭ އެހެން ބުނުމުން ޝީރީންވެސް ފެށީ ހޭންށެވެ. “މޯންޑޭ… އަހަރެން ކިހިނެއް ހަދަން ވީ” ޝީރީން ފަހުގެ ނިންމުން ނިންމަން ބޭނުންވީ މޯނޑޭގެ އެހީއާއިއެކުއެވެ. “ގެޓް މެރިޑް ލަވް… މެރީ ކޮއްފަ އަވަހަށް މިކޮޅަށް އާދޭ… އައި މިސް ޔޫ އެންޑް ޔޯރ ހަގްސް” މަސްތީގޮތަކަށް މޯންޑޭ އެހެން ބުނުމުން ޝީރީން އެ މަސްތުގައި ބައިވެރިވިއެވެ.
************
ދުނިޔެ މައްޗަށް ވެރިވެފައި އޮތް ހަމަހިމޭން ވަގުތުގައި ޝީރީން ބިއްލޫރި ދޮރު ކަހާލުމައްފަހު ބޭރަށް ނަޒަރު ހުއްޓާލިއެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތުގައި ގައިގަ ބީހިލަނީ ފިނި ފިނި ވައިރޯޅިތަކެވެ. ލައިގެން އިން ކުރު ސޯޓުގެ ޖީބުނ ފޯނު ނެގުމައްފަހު ޝީރީން ނަންބަރަކަށް ޑައިލް ކޮއްލިއެވެ.
“ލެޓްސް ގެޓް މެރިޑް… ސޫން…. ވެރީ ވެރީ ސޫން….” ޝީރީން އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ.

ނުނިމޭ..

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

މަންޝާ (އަށާޅީސްވަނަ ބައި)

Next

އެގުޅުން ވަކިނުވެވޭނެ 4

Next
September 22, 2016

އެގުޅުން ވަކިނުވެވޭނެ 4

Previews
September 22, 2016

މަންޝާ (އަށާޅީސްވަނަ ބައި)

22 Comments

  1. kamana says:
    September 22, 2016 at 8:10 pm

    Guyxxx here is the new part. I hope yu will enjoy this part too. Lov yu guyxx??

  2. Eeamy says:
    September 22, 2016 at 8:32 pm

    Alhey kahmaaaaaaaaaa it’s soooooooo beautiful………I just love it…but haadha kurey…next part miah vuren dhigu koh thankolheh avahah up kohdheh che igey kahmaaaaa puleeeeeees……varah kiyaaaa hiy veyba and u r tha best best writer ever…..Love yaaa tvgc………

  3. Eeamy says:
    September 22, 2016 at 8:33 pm

    Nd eee first ohhhhhhhh….Yeah…….happpppppy

    1. kamana says:
      September 22, 2016 at 10:40 pm

      Awwwn emy yu r back. So happy to c yu here. Nxt part sundayga up kohlaanan ingeyy. Thank yu so much lov??

  4. Aishaa says:
    September 22, 2016 at 8:39 pm

    Alhey haadha reehchey heevanee hama ehn kamehhen..kamana u r amazing writer I luv this story.keep it up ummmah??????????????

    1. kamana says:
      September 22, 2016 at 10:41 pm

      Awwwnnn thnk yu so much aish. ??

  5. Shiny says:
    September 22, 2016 at 8:43 pm

    Nice

    1. kamana says:
      September 22, 2016 at 10:41 pm

      Thnk yu??

  6. rose says:
    September 22, 2016 at 9:26 pm

    mee namadthey london in vaa gothah e film ge copy eh dhw..

  7. rose says:
    September 22, 2016 at 9:28 pm

    namasthey london miothee kudakoh badhal kohffa.

    1. kamana says:
      September 22, 2016 at 10:43 pm

      Nuney rose. Mee hama alhuganduge hiyaaly vaahaka eh. rose ah aslu thihyvy manik and sheereenge bai ingothun kanneyge. Dhn ithuru ehcx character eh e film aa nugulheyne. Thnk yu for reading??

  8. Khajja says:
    September 22, 2016 at 10:00 pm

    Story v v v rythi n mondey aky partey eh dhw ehery shyryn ulhey vahtharu alhe manikuah falhaa araane nama marry mukurevenys eyrun lai ah manik libeyne

    1. kamana says:
      September 22, 2016 at 10:44 pm

      Thnk yu so so much khajja. Aan dhw. Alhe hingaabala sheereen ah vaagotheh balan. Thnk yu??

  9. Rozy eh nun says:
    September 23, 2016 at 10:49 am

    Kamana ae rozy eh nuney ehchehi copy kuramun dhaakah. Dhn mi site ga hynuvey ehvx rangalhu writer akah amihla vaahaka eh liyeveyne hennn. Rozy aa hedhi. Copy copy kiyamun dhuvamun dhaa iru amihla meehaa eyy dhany copy kuramun

    1. Rozy says:
      September 23, 2016 at 8:13 pm

      Kamana mivahaka vara reethi..:)
      Rozy ye noon copy kurani Rozy liyani creative writings please check ingey it could be movies and stories too and people has their own opinion to share dho so never be sad keep up the good work
      thank you
      by Rozy

  10. ifaa says:
    September 23, 2016 at 12:31 pm

    nice.plx up nxt part soon…..

    1. kamana says:
      September 23, 2016 at 1:35 pm

      Thnk yu. Will up it on sunday. Thank yu??

  11. Ushaa says:
    September 23, 2016 at 1:06 pm

    Kamanage stwrii eh vejjiyya dhn reethi vaane kan yageen… Vvvvvvvvvvvvvvvvvvvvvvvvv salhi…… Waitin…Gudlk..

    1. kamana says:
      September 23, 2016 at 1:36 pm

      Thnk yu so much ushaa. Will try my best ingeyy thnk yu??

  12. enaash says:
    September 23, 2016 at 6:00 pm

    vvv rethi

  13. ken? says:
    September 25, 2016 at 10:28 pm

    I guess manik aa marrykohgen male’ change vefa v kulhisama onnaanhen..dn kid eives libunyma kanneynge divorce vaanee ?? kamana ur doing grt…

  14. Anonymous says:
    August 25, 2020 at 11:34 am

    Wow nice

Comments are closed.

All Right Reserved!