ނިދަން އޮވެފައި ކަރުހިއްކައިގަނެގެން އަހަރެން ތިރިޔަށް ފޭބީމެވެ. ސިޓިންރޫމު ހުރަސްކޮށް ބަދިގެއަށް ދަނިކޮށް ސޯފާގައި ނިދާފައިއޮތް ލީ އަހަރެންނަށް ފެނުނެވެ. ހީވިގޮތެކޭ ހިތައި ސޯފާކައިރިއަށް ގޮސް ގުދުވެ ބަލާލީމެވެ. އެއީ ހަމަ ލީއެވެ. މެޔާހަމައަށް ރަޖާއަޅައިގެން އަރާމުގައި ނިދާފައި އޮތެވެ. އެމޫނުގައިވާ މައުސޫމުގޮތަކުން އަހަރެންނަށް ހިނިތުންވެވުނެވެ. ހާދަލޯތެބެވެ. އެކަމަކު ލީމިތާ އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއޮންނަން ޖެހޭނީ ހަނާއާއެކު ކޮޓަރީގައި ނޫން ހެއްޔެވެ؟ ރޭގައިވެސް ލީ ނިދީ މިތާބާއެވެ. ނޫނީ މިރޭ މައްސަލައެއް ޖެހުނީބާއެވެ. ދުވާލު އެހާއުފަލުން […]
“ތިހެން އިންޒާރު ދިނަކަސް މަށެއް ބިރެއް ނުގަންނާނެ. ކިތަންމެ އިންޒާރެއް ދިނަސް އެއީ ނުވާ ކަމެއް ކަމަކަށް ނުވާނެ. އެހެންނޫނަސް އަހަރެން މިއުޅެނީ މާ ރީތި މަންޒަރުތަކެއް ފެނިގެނެއް ނޫން މުޅި މާލޭގަ އެވާހަކަ ދައްކަމުން ދުވާކަށް. މަށަށް ކެރޭތަ ރޭގަ މަގޭ މަންމަ ހިލޭ ފިރިހެނެއް ގޮވައިގެން ހިތު ހުރިހާ ގޮތަކަށް އުޅުނޭ ބުނަން. އަހަރެން ލަދުގަނޭ މަންމަ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީމަ.” ރިޔާޝާ އޭނާގެ ހިތުގައިވާ އެއްޗެއް ފުރަތަމަ ފަހަރަށް އަމީނާއާއި ދިމާއަށް […]
ލީ ހިނިތުންވެލަމުން ވަރަށް އާދައިގެ ގޮތަކަށް ހުރިހާކަމެއް ކިހިނެއްތޯ އަހާލިއެވެ. އަންހެން ކުއްޖާ އަހަރެންނަށް ފުންކޮން ބަލާލަމުން ހިނިތުންވެލިއެވެ. އަދި ލީގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެއް ބުނެލިއެވެ. ލީގެ އަތުގައި ހިފާލައިގެން އޭނަހުރިގޮތުން ލީއާ އެއަންހެން ކުއްޖާއާމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން އަހަރެންނަށް ދޭހަވިއެވެ. ލީ އެއަންހެން ކުއްޖާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ގޭތެރެއަށް ވަދެގެންދިޔަ މަންޒަރު ފެނިފައި އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. އެއީ ލީގެ ލޯބިވެރިޔާކަން މިހާރު އަހަރެންނަށް ޔަޤީންވެސް ވެއްޖެއެވެ. އަހަރެންގެ ހިތްކުދިކުދި […]
ނީލާގެ ސުވާލުތަކައް ދޭނެ ޖަވާބެއް ނޭނގިފައި ހިމޭންކަމުގައި ހިނދުކޮޅަކު އަނިލްއަށް އިނދެވުނެވެ. އަނިލްގެ އެހިމޭންކަން ފެނި ނީލާގެ ރުއިން އިތުރުވިއެވެ. ދެއަތުން މޫނުފޮރުވައިގެން އިނދެ ގިސްލާ ގިސްލާފައި ނީލާ ރޮމުންދިޔައެވެ. އަނިލް އަސަރުން ފުރިގެންވާ ގޮތަކަށް ނީލާއަށް ބަލާލިއެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނުން ނީލާދެކެ ލޯބިވެއެވެ. އެމައުސޫމު އަންހެން ކުއްޖާ ހިތުގައި ޖެހިގެން ރޯތަން ފެނުމުން އަނިލްގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށްތަދުވީ އޭނާއަށްވުރެ ކުރިން އެހެން ފިރިހެނަކު ނީލާގެ ފަރާތުން […]
އޭގެ ކުޑަ އިރުކޮޅެއްފަހުން ޖޯން އޭނާގެ ޓީޝާޓް ބޮލަށް މަހާލުމަށްފަހު އެތާހުރި ތަނބަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. ” އައި ލަވް ޔޫ ސޯ މަޗް ޒީ” ޖޯން އެހެން ބުނެލިއިރު އެއަޑުގައިވަނީ ރިހުން އެކުލެވިފައެވެ. ** “އަހަރެންނަށް މިނޫން ދުވަހެއް ފެންނާނެބާ؟ އަބަދު މިގޮތަށް އެހެންމީހުންގެ އެހީތެރިކަމުގައި ކިހިނެއް އުޅޭނީވެސް..އަދި އެވެސް ނުދަންނަ ބީރައްޓެހި ބައެއް…އެކަމަކުވެސް ނޭނގެ ކީއްވެކަމެއް މިގެޔާ އަހަރެންނާ ގުޅުން އެބައޮތޭ ހިތް ބުނަނީ ކީއްވެ ކަމެއް.. މިގެއިން މާރިޔާއްތަ އާއި މައިކްބޭ […]
ކޮންމެ ދުވަހަކުވެސް އެޒުވާނާ ޓައީއަޅައިގެން ލެޕްޓޮޕް ހިފައިގެން އެދާތާކަށް ދެއެވެ. ދެން އެނބުރި އަންނަނީ ހަވީރުވުމުންނެވެ. އެނބުރި އަންނައިރު ތަފާތު ވައްތަރުގެ މޭވާޔާ ތަރުކާރީ ގެނެއެވެ. އަހަރެން ބޭނުން ގޮތަކަށް ކާއެއްޗެހި ކައްކަ ކައްކާފައި ކެޔަސް އޭނާ އެއްޗެއް ނުބުނެއެވެ. އޭނާ ކަނީ ކޯއްޗެއްތޯވެސް އަހަރެން ނުބަލަމެވެ. ނަމަވެސް އެއްދުވަހަކު އޭނާ އަމިއްލައަށް ނޫޑްލްސް ސޫޕް ހަދާތީ ފެނުމުން އަހަރެން ކެއްކި ތަރުކާރީ ބަތާއި ތަރުކާރީގެ ސަލަޑް އަޅާފައި ދިނީމެވެ. އޭނާ އަހަރެންނާ ދިމާބަލާލާފައި ތަށީގައި އަތްވެސް […]
އިޝާން މާލެދިޔަތާ ދެވަނައަށް ވީދުވަހު އަނިލްއަށް ނީލާގެ އީމެއިލްއެއް ލިބުނެވެ. އޭގައިވަނީ މާލޭ ސުކޫލަކަށް ބަދަލުވާން އެދޭތީ އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ދިނުމަށް އެދިފައެވެ. ކުއްލިއަކަށް ނީލާ އެވަރުގެ ބޮޑު ނިންމުމެއް ނިންމުމުން އަނިލް ހައިރާންވެ ރުޅިވެސް އައެވެ. ނީލާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން ދެފަރާތުގެ ރުހުމާއެކު ދެމީހުންގެ ކައިވެނިވަނީ ހަމަޖެހިފައެވެ. އަނިލްވަނީ ކައިވެނި ކުރާނެ ތާރީޚަކާއި ކައިވެނީގެ ކާޑު ތައްޔާރުކުރާނެ ގޮތްވެސް ކަނޑައަޅައި ނިންމާފައެވެ. ހަމައެކަނި ނީލާގެ ޚިޔާލެއް ބޭނުންވާތީ އެކަންތައްތައް މަޑުޖެހިފައި […]
ނޭނގޭ ކަމަށް ހަދާފައި ލޫކް އަލްޔާ އާއި ކައިރިވެލާ ދުރަށް ބަލާލަމުން “ޕްލީޒް. މެޗް ނިމެންދެން މަޑުކުރައްޗޭ” ބުނެލަމުން އަތުގައި އޮތް ފެންފުޅި އަލްޔާ އަތަށް ދެމުން ދަނޑަށް އަރަން ދުއްވައިގަތެވެ. އަލްޔާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ލޫކް ގެ ގާރލް އަކީ ތަފްހާ އެވެ. ވީއިރު މަޑުކުރަން އަލްޔާ ކައިރީގައި ބުނީ ކީއްވެހެއްޔެވެ؟ ތަފްހާ އާއި ލޫކް ލޯބިން މާފޮޅުވާ މަންޒަރު ދައްކަން ހެއްޔެވެ؟ އިދިކޮޅު ކުޅުންތެރިންގެ ފައިގާ ބޯޅަ ޖައްސާލަން ވެސް ނުދީ […]
ކާމިޔާބު އަންހެނާ 9 ހީނާ ލޯ ހުޅުވާއިގެން ދޮރު ހުޅުވުމާއެކު ދޮރާދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. އޭނާގެ ލޮލުގައި އެތައް ސުވާލެއް އުފެދިފައި ހުރި ކަހަލައެވެ. ނުވެސްދަންނަ ބަޔާކާ ދިމާލަށް ބަލާ ކަހަލަ ގޮތަކަށް އޭނާގެ ހަރަކާތުން ދޭހަވިއެވެ. ހީނާ ފެނުމުން އުލްފަތު އާއި ޔާސިރުއަށް ބުނަންނޭނގޭ ފަދަ އުފަލެއް ވިއެވެ. އެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުން ވެލިއެވެ. އެކޭސް ގެ އިންޗާޖް ޑޮކްޓަރުވެސް ހީނާ ކާރީ ހުއްޓެވެ. އޭނާވެސް ޔާސިރު އާއި އުލްފަތު އާއި […]