” މަންމަ މިއުޅެނީ ވަރަށް ބޮޑު ވާހަަކައެއް ދައްކަންވެގެން.. މިހާރު އައިޝާ އަކީ ވެސް ބޮޑު ކުއްޖެއް.. މާގިނަ ގިނަދުވަހު އަންހެންކުދިން މީހަކާ ނީނދެ ތިބުމަކީ އެހާ ރަނގަޅު ކަމެއް ނޫން..” ސޮފިއްޔާ ދައްކަން ފެށި ވާހަކައަކުން އައިޝާ ހިތްނުތަނަވަސް ވާން ފެށިއެވެ. ” ސައްދާމް އަކީ ވަރަށް ރަނގަޅުކުއްޖެއް.. މަންމަ އާއި ބައްޕަ އަދި ސައްދާމްގެ އާއިލާ ވާހަކަދައްކާފަ ނިންމައިފިން ވީހާވެސް އަވަހަކަށް ތިދެކުދިންގެ ކައިވެނި ކުރުވަން..” ސޮފިއްޔާގެ ޖުމްލައިން އައިޝާ ސިހިފައި ސޮފިއްޔާއަށް […]
މުޅިތަން އަދިރި ވެފައިވީއިރު އަހަރެން އަދިވެސް އޮތީ ލޯމަރައިގެންނެވެ. ލަސްލަހުންލޯ ހުޅުވާ ބަލާލިއިރު އަހަރެން އޮތީ ވިޒާންގެ ގައިމަތީގައެވެ. އަހަރެން ކުޅެން ގެންގުޅުނު އުއްބައްތި ވެއްޓިފައި އޮތްއިރު އޭގެން ވިޒާންގެ މޫނަށް އަލިއެޅިފައިވަނީ ނުހަނު ހިތްގައިމުކޮށެވެ. ގަނޑުތަށް އެކިތަންތަނަށް ވިއްސައިގެން ގޮސްފައިވީއިރު ވަރަށް ‘ރޮމައިންޓިކް’ އެވެ. ވިޒާންވެސް އަހަރެންގެ މޫނަށް ބަލަންއޮތްއިރު އަހަރެން އެ ލޮލުގެ ތެރެއަށް ގެނބެމުންދާ ކަމުގެ އިހުސާސް ކުރެވެސް ފެށިއެވެ. އެވަގުތު އަހަރެން އަހަރެންގެ ނަފްސު ކޮންޓްރޯލް ކުރީމެވެ. އަދި ފުންމައިގެން ތެދުވީމެވެ. […]
މަޑުމަޑުން ހިގާލާފައި އައި އަންހެން ކުއްޖަކު ޝަންހާއީގެ ބޮޑު ގޭޓުން ވަދެގެން ދިޔައެވެ. ފެންނަ ފެނުމަށް ވަރަށް ސާދާ އަންހެން ކުއްޖެކެވެ. މައިދޮރު މައްޗަށް އަރާ އެއަންހެން ކުއްޖާ ދެފަހަރަކު ސަލާމް ގޮވާލިއެވެ. ނަމަވެސް ސަލާމް ބަލައިގަންނާކަށް އެއްވެސް މީހަކު ނާދެއެވެ. ތިންވަނަފަހަރު ސަލާމް ގޮވާލަން އުޅެނިކޮށް ސަލާމް ބަލައިގަތް އަޑު އިވުނެވެ. މޫމިނާ އައީ އޭނާގެ މާމަ ދަރިން ކަމަށްވާ އިވާން އާއި އިމްޔާން އާއި އެކުގައެވެ. އަޅައިގެން ހުރި ނަންބަރު އައިނު މަތިން މޫމިނާ […]
ކާމިޔާބު އަންހެނާ 10 “ތިޔައީ ޑޮކްޓަރެއްތަ؟” ހީނާ މަޑުމަޑުން އަހާލިއެވެެ. މަތީން ނޫނެކޭ ބުނާގޮތަށް ބޯހަލުވާލިއެވެ. “ތިޔައީ އަހަރެންގެ އެކުވެރިއެއްތަ؟” “އާން.. އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެއެކުވެރިން..ހަމައެކަނި ހީނާ މާލެ ބަދަލުވުމާއި އަހަރެން އައްޑޫއަށް ބަދަލުވުމާއި އެކު 15 ވަރަކަށް އަހަރަށް އަހަރެމެން ބައްދަލުނުވެ ތިބެވުނީ. އަދި އަހަރެން ގިނައިން އުޅުނީ ރާއްޖެއިން ބޭރުގަ އެހެން އުޅެނިކޮށް ސަރުކާރުން އަހަރެން ލަންކާގެ އެންބަސީއަށް ބަދަލު ކުރީމާ އެއްގޮތަކަށްވެސް ގުޅާނުލެވުނު ބިޒީކަމުންނާ އުޅެވޭލެއް ދުރުކަމުން އެހެން […]
“މަނިކު އެ އިވެނީ ޔާޔާ ރޯއަޑުދޯ” މުޅި ގޭގައި ގުގުމައިގެން ދިޔައީ ކުޑަ އަޔާނާގެ ވޭނީ ރުއިމުގެ އަޑެވެ. މަނިކަށް ޖޯލިން ތެދުވެވުނީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. ދެން ފެނުނީ ކޮޓަރީ ދޮރުމަތީގައި މަނިކު ދެލޯ ބޮޑުކޮއްގެން ހުރި ތަނެވެ. އޭރު އަޔާނާ އެނދުމަތީ އޮތް އިރު ޝީރީން އަޔާނާގެ ނެޕީގައި ހިފަހައްޓައިގެން އިނެވެ. ދުވެފައި އައި މަނިކު ފެނި ޝީރީންއަށް ތުންފަތުގައި ދަތް އަޅާލެވުނު އިރު މީހާ ހާސްވެ މުޅި ގައިން ދާހިތްލަން ފަށައިފިއެވެ. “ކޮންލެއެއް […]
ބޮލުގައި އަތްކާއްތަމުން ގޮސް އިޝާން އަނެއްކާވެސް ސޯފާގައި އިށީނެވެ. ހަމަ ހިނދުކޮޅެއް ނުވެ އަނެއްކާވެސް ތެދުވެގެން އައިސް އަނިލްގެ ކޮޓަރީ ދޮރުމަތީ ހުއްޓިއްޖެއެވެ. ހަދާނެ ގޮތެއްނޭނގި ކަންބޮޑުވެގެން އިޝާން ދެކޮޅަށް ހިނގަން ފެށިއެވެ. ” އަޅެ އަހަރެން މޮޔަވީތަ؟….ކީކޭ ހިތައްއަރައިގެންތަ ނީލްއާ ދިމާއަށް އެވަރަށް އެއްޗެތިގޮވީ…..ނީލްވެސް ވަކިބޭނުމެއްނުވާނެއްނު ވެއްޓި، ބޭބީއަށް ގެއްލުމެއްވާކަށްވެސް…..އަހަރެންގެ މޮޔަކަން….ނީލް ކިހާބިރުގެންފަހުރީ….އަނެއްކާ އެވަރަށް އެއްޗެތިކީމަ ކިހާދެރަވާނެ……އެފަކީރު މިހާރުވެސް އެއުފުލަނީ އަހަރެންގެ ބުރައެއްނު!….އެވަރު މިނުވިސްނުނީވެސް މަށަކަށްނު!…އާހް!” ނީލާގެ ހިތުގައި ޖެއްސުނީތީ އިޝާންގެ އަމިއްލަ ނަފްސަށް އޭނާ […]
(މިއީ ނުހައްޤު ލޯބި ވާހަކައިގެ ދެވަނަ ސިލްސިލާއެވެ.) 7 އަހަރު ފަސް…. ހުޅުމާލޭ ‘ކުދި މާ ސްކޫލް’ އިން ނިކުމެފައި ނަޝްފާ މަގުގެ ދެފަރާތް ބަލާލަމުން މަޑުކޮށްލިއެވެ. އަދި އަތުގައި ހުރި ކޮތަަޅުތަކަށް ބަލާލަމުން ހިނިތުންވެލިއެވެ. ދުވަހަކީ ޓީޗަރުންގެ ދުވަސްކަމުން ނަޝްފާ ކިޔަވައިދޭ ކުދިން ވަނީ އޭނާއަށް ގިނަ ހަދިޔާތަކެއް ދީފައެވެ. އެކުދިންނާއެކު މިޔަދު ހޭދަކޮށްލެވުނު ވަގުތުކޮޅުގެ މަތިން ހިތަށް އެރުމާއެކު ނަޝްފާގެ ހިނިތުންވުން ފުންވެގެން ދިއައެވެ. ކުދިމާ ސްކޫލަކީ ދެއަަހަރު ކުދިން ހުޅުމާލޭގައި އަލަށް ހުޅުވި […]
ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ނީލާގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނަމުން ދިޔައެވެ. ހެނދުނުތެދުވާއިރު މޭނުބައިކުރުމާއި، ތަފާތު ވަސްވަސް ދުވުމުން ބޮލަށް އުނދަގޫވުންވެސް އާއްމުކަމަށް ވެއްޖެއެވެ. ނީލާއަށް އެކަންތައްތަކުން ވަރަށް އުނދަގޫލިބެއެވެ. އެންމެފަހުން އޭނާ ޑޮކްޓަރަށް ދައްކައި ޑޮކްޓަރގެ ލަފާހޯދިއެވެ. ޑޮކްޓަރ ބުނުއްވީ ބަލިވެ އިންނަތާ ކުރީކޮޅު އެފަދަ ކަންކަން ދިމާވުމަކީ އާއްމުކަމެއް ކަމަށެވެ. ދުވަސްވަމުން ދާވަރަކަށް ރަނގަޅުވާނެ ކަމަށްވެސް ޑޮކްޓަރ ބުނުއްވިއެވެ. ނީލާއަށް އެންމެ އުނދަގޫ ކަމަކަށްވީ ބަލިވެއިނުމާއި ގުޅިގެން ދީފައިހުރި ބޭސްތައް ކެއުމެވެ. ކުޑައިރުއްސުރެވެސް ބޭސްކާން އޭނާ […]
” ބުރުގާ އަޅައިގެން ބޭރަށް އާދެބަލަ އަވަހަށް” މަންމަ ކަންބޮޑުވެފައި ބުނިގޮތުން އަހަރެން ހާސްވިއެވެ. އަދި އަވަސް އަވަހަށް ލައިގެންހުރި ޓީޝާޓްމަތިން ޖިލްބާބެއްލައި ބޮލުގައި ޝޯލް އޮޅާލައިގެން ނުކުތީމެވެ. ސިޓިންރޫމުގެ ސޯފާގައި މަންމައާއި ބައްޕަ ތިއްބެވެ. ބައްޕަގެ ކުރިމަތީ ހުރިސޯފާގައި ކޯޓްފަޓްލޫނުގައި މާރަސްމީކޮށް މިއިނީ ކާކުބާއޭ ހިތައި ކުރިޔަށް ޖެހުލިވަގުތު ހުރިހިސާބުގައި އަހަރެންގަނޑުވި ކަހަލައެވެ. އެއީ ލީހުއާން ނޫން ދެވަނަ މީހެއްނޫނެވެ. އޭނާގެ ދެފަރާތުގައި ފުރިހަމަ ޔުނީފޯރމްގައި ތިބިދެގާނޑުންވެސް ތިއްބެވެ. މިފެންނަނީ ހުވަފެނެއްނޫންބާއޭ ހިތައި ބޮޑުވައި އިނގިލީގައ […]