އިރުއޮއްސި ހަތެއް ޖަހައިފިއެވެ. އަހަރެން އިނީ އާޓިފިޝަލް ބީޗުގެ ވެލިގަނޑުގައި އިށީދެގެންނެވެ. އަހަރެންގެ ގާތުގައި ޝިނާހު އިނެވެ. ދެމީހުނެ ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ. ދައްކަންޖެހޭ ވާހަކަ ގިނަކަމުން ފުރަތަމަ ދައްކަންވީ ކޮންވާހަކައެއް ކަން ނޭނގިގެން ދެމީހުންނަށްވެސް ހުރެވުނީ ކަންނޭގެއެވެ. ނޫނީ ދައްކަން ޖެހޭ ވާހަކައިގެ ޒާތުން އެވާހަކަ ދައްކަން ލަދުން ދެމީހުންވެސް ހުރީކަމަށް ވެދާނެއެވެ. “ލިއު. ލިއު ކުރަން ތިއުޅެނީ ވަރަށް ބޮޑުކަމެއް. އުނދަގޫކަމެއް. އަދި މީހުންގެ މެދުގަ ލިއު ބަދުނާމުވެގެން ދާނެ ކަމެއް” އެންމެ […]
މިއީ ‘ނުހައްޤު ލޯބި’ ވާހަކައިގެ ދެވަނަ ސިލްސިލާއެވެ. ވަަރަށް އަވަހަށް އަންނަނީ……. އިންތިޒާރުކޮށްލައްވާ…..
އެންމެންގެ މެދުގައި ހުއްޓިލައިގެން އޮޓޮގުރާފް ލިޔެދޭންހުރި ޒުވާނާއަށް އަހަރެން ބަލާލީމެވެ. އެއީ އަހަރެން ދަންނަމޫނެކެވެ. ލީމިންހޯއެކީ “ބޯއީޒް އޯވަރ ފުލާވާރ” ގައި މަސައްކަތް ކޮށްފައިވާ ކިމް ޔޫން ޖޫންގް އެވެ. އެރީތި ހިތްހައިމު ހިނިތުންވުން މީހުނަށް ހަދިޔާކުރަމުން އޮޓޯގްރާފް ލިޔަމުން ދިޔައެވެ. އެތައް ބަޔަކަށް އޮޓޯގްރާފް ދިނުމަށްފަހު، ޓާ ޓާކިޔަމުން އޭނާ ސިޑިން މައްޗަށް ދިޔައިރުވެސް ގުޑާލަން ނޭގިފައި އަހަރެންނަށް ހުރެވުނީއެވެ. އިރުކޮޅެއްފަހުން ހަމަހޭވެރިކަން ވެގެން އެދިމާއަށް ދުއްވައިގަތީމެވެ. ގާޑުންތައް ހުޝިޔާރުކަމާއެކީ އަހަރެން ހިފެހެއްޓިއެވެ. އަހަރެންގެ ގައިގާ […]
” ޕޮޒިޓިވް” އެލަފްޒު ފެނުމާއެކު އަތުތެރޭގައި އޮތް ރިޕޯޓް އޭނާއަށް ބޮނޑިކޮށްލެވުނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ފާޚާނާ ތެރޭގައި އިނދެގެން ނީލާ ހިތްފުރޭންދެން ރުޔެވެ. އެރީތި ދެލޯރަތްވެ ދުޅަވީއިރުވެސް ލޮލުން ކަރުނައެއް ނުހިކުނެވެ. ވާނީވެސް އެހެންނެވެ. އެއްވެސް ކުށެއްނެތި އެވަރުގެ ބަދުނާމަކާއި ކުރިމަތިލާންޖެހުމުން ދެރަނުވާނީވެސް ކާކުހެއްޔެވެ؟ އެންމެންގެ ލޯތްބާއި ގަދަރުލިބިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދަނިކޮށް ކުއްލިއަކަށް މިކުރިމަތިވީ ކޮންފަދަބޮޑު ތޫފާނަކާ ހެއްޔެވެ؟ އޭނާއަށްވެސް އެނގުމަކާވެސް ނުލައި އޭނާގެ ޒުވާންކަން ފޭރިގަތީ ކޮންފަދަ ނުލަފާ […]
“އޯމައިގޯޑް ތިހާ ފޯމަލް ނުވެބަލަ. އަހަންނަކީ ދެން މާ އުމުރުންވެސް ބޮޑުމީހެއްނޫނޭ. އައިއެމް 23 . އެހެން ނޫނަސް އަހަރެން އާވެފަ ފްރެންޑެއް ނެތީމައޭ އަސްލު ޕީއޭއެއް ހަމަޖައްސާށޭ ބުނީވެސް.” ލިފްޓަށް އެރުމާއެކު ވިޒާން ބުނެލިއެވެ. އަހަރެން ކިޔައިފައި ވާހަކަދެއްކުމުން ކުޑަވަރެއްގެ ހައިރާންކަމެއް ލިބުނު ނަމަވެސް ރައްދުގައި ހިތުންވެލީމެވެ. ދާދި ގާތުގައި ވިޒާން ހުރުމުން އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެހެންކަމުން އިސްޖަހާލައިގެން މަޑުކޮށްލައިގެން ހުރީ އެންމެން ތިބިހިސާބަށް ދެވެންދެނެވެ. ހަމައެވަގުތު ހިތަށްއެރިޔެވެ. މިހަފްތާ ދާނީ […]
*މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. * މިވާހަކަ ލިޔެފައިވާނީ ސޮފްހާތަކެއްގެ ގޮތުގައެވެ. އަބަދުވެސް ބުނާތީ އަހަނީ ލޯބިވެރިންގެ ޖޯޑުތަކަކީ ތަގްދީރުގައި ލިޔެވިފައިވާ ކަމެކެވެ. އެކަން އޮންނަނީ ހަމަ ހަގީގަތުގައިވެސް އެގޮތަށެވެ. ލޯތްބަށްޓަކައި މީހުން ޖާނާއި ފުރާނަދޭ ވާހަކަ ވަރަށް ގިނައިން އަހަމެވެ. އަދި އެފަދަ ލޯތްބަކަށް އަހަރެމެން އެންމެން ވެސް އެދެމުއެވެ. މިއީ އަހަރެންގެ ވާހަކައެވެ. މަތީގައި ބަޔާން ކުރެވި ދިޔަފަދަ ވާހަކައެކެވެ. އަހަރެންގެ ދިރިއުޅުން މުޅިން އާމިސްރާބަކަށް ދަތުރުފެށީ 2002 ވަނަ […]
އިކްރާމް އޭނާގެ މަސައްކަތް ހުއްޓުމެއްނެތި މިއަދުވެސް ކުރިޔަށް އެބަ ގެންދެއެވެ. ބަލި ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި މިކްޔާ ވީކަމުގައި ވިޔަސް އޭނާ ހޯދާނެއެވެ. އެދުވަހަކުން މިކްޔާގެ ފުރާނަވެސް ބިރުން ރޫރު އަޅާވަރު ކޮށްލާނެއެވެ. މިހާރު އިކްރާމްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިކްޔާ ގެންދިޔައީ ކާކުބާއެވެ؟ *** ރިމޯޓަކުން ހުޅުވާލެވުނު ދަގަނޑު ގޭޓުން އެތެރެއަށް ވަދެވުމާއިއެކު ފެންނަނީ ތަފާތު އެކި ވައްތަރުގެ މާމެލާމެއްޔާއި ފެހިކަންގަދަ ގަސްތަކެވެ. ރީތި ޑިޒައިނަކަށް އެތުރިފައިވާ […]
ފާރުގައި ލެގިލައިގެން ހުރި އަލްޔާ ހުރީ ވެދިޔަ ކަންތަކުން އިސްއުފުލާ ލޫކަށް ބަލާލަން ވެސް ނުކެރިފައެވެ. އަލްޔާ ލޫކަށް ނުބަލަން މަސައްކަތްކުރާކަން އެނގުމުން ލޫކް ކައިރިއަށް ހިނިއައެވެ. މިރޭ ލޫކަށް ވެސް އެއްކަމެއް ޔަގީންވެއްޖެއެވެ. އެޔަގީން ކަމުގައި ލޫކް ހުރީ ސާބިތުކަމާއެކުގައެވެ. މިރޭ ވެގެން އެދިޔައީ ތާރީހުގައި ފަވާލަން ޖެހޭ ފަދަ ރެއަކަށެވެ. ލޫކްގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއަށެވެ. ހިތުން ތަފްހާގެ ނަން ފަނޑުކޮށްލާނެ ބާރު އަލްޔާގެ ފަރާތުން ލިބިއްޖެއެވެ. ނަމަވެސް ލޫކް ކެތްކުރާނެއެވެ. […]
ލީމިންހޯ ފެނުނުކަމަށް ޓުއަގައިޑް ބުނި ސަރަހައްދަށް އަހަރެމެން ދިޔައީމެވެ. ޓުއާގައިޑް އަހަރެންނާއެކު ދާންވަރަށް ދެކޮޅުވެސް ހެދިއެވެ. މާދުރަށްދާންޖެހޭތީއެވެ. އެނޫނަސް އޭނައަކީ އިތުރު ވަޒީފާތަށް އަދާކުރާމީހެއްކަމަށް ބުނެ ބަހަނާވެސް ދެއްކިއެވެ. ނަމަވެސް ފަސްސަތޭކަ ޑޮލަރުދޭން ބުނުމުން ވަގުތުން އެއްބަސްވިއެވެ. ދަހިވެތި އަންހެނެކޭ ހިތަށް އެރިއެވެ. އަހަރެމެން ދިޔަ ސަރަހައްދަކީ ފަރުބަދަމަތީ ހިސާބެކެވެ. ޓުއަރިސްޓުންގެ މައިމަރުކަޒެކެވެ. ގޮނޑުދޮށް އޮންނަނީ ވަރަށްތިރީގައެވެ. ރާއްޖޭގައި އޮންނަފަދަ ރީތި ގޮނޑުދޮށެއް ނޯވެއެވެ. ނަމަވެސް ބައެއްދިމަދިމާލުގައި ދޮންވެލިއޮވެއެވެ. ރަށުގެ ވަށައިގެން ހިނގޭގޮތަށް އުސްމަގުން އަހަރެމެން ކުރިޔަށްދިޔައީމެވެ. […]