Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލީމިންހޯ 6

Shine Level 6100 Stories10 Stories100 Comments100 Login
October 29, 2016 8 Mins Read
23 Comments

ނިދަން އޮވެފައި ކަރުހިއްކައިގަނެގެން އަހަރެން ތިރިޔަށް ފޭބީމެވެ. ސިޓިންރޫމު ހުރަސްކޮށް ބަދިގެއަށް ދަނިކޮށް ސޯފާގައި ނިދާފައިއޮތް ލީ އަހަރެންނަށް ފެނުނެވެ. ހީވިގޮތެކޭ ހިތައި ސޯފާކައިރިއަށް ގޮސް ގުދުވެ ބަލާލީމެވެ. އެއީ ހަމަ ލީއެވެ. މެޔާހަމައަށް ރަޖާއަޅައިގެން އަރާމުގައި ނިދާފައި އޮތެވެ. އެމޫނުގައިވާ މައުސޫމުގޮތަކުން އަހަރެންނަށް ހިނިތުންވެވުނެވެ. ހާދަލޯތެބެވެ. އެކަމަކު ލީމިތާ އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއޮންނަން ޖެހޭނީ ހަނާއާއެކު ކޮޓަރީގައި ނޫން ހެއްޔެވެ؟ ރޭގައިވެސް ލީ ނިދީ މިތާބާއެވެ. ނޫނީ މިރޭ މައްސަލައެއް ޖެހުނީބާއެވެ. ދުވާލު އެހާއުފަލުން އުޅޭއިރު ރޭގަނޑު ޖެހޭނީ ކޮން މައްސަލައެއް ހެއްޔެވެ؟ ދެމީހުން ކައިވެނި ނުކުރާތީ އެއްތާކު ނުނިދަނީ ބާއެވެ. ކައިވެނި ކުރިޔަސް ނުކުރިޔަސް އެމީހުނަށް އޮންނާނީ ކޮން ފަރަގެއް ހެއްޔެވެ؟ މުސްލިމުންނެއް ނޫން ވިއްޔާއެވެ. ދެން އެހެންވިއްޔާ ލީމިތާ އޮންނަން ވީ ކީއްވެބާއެވެ. އެހަނާއަކީ ދެމޫނުގެ ވެރިއަކަށްވެސް ވެދާނެއެވެ. ދުވާލުމާލޯބިން އުޅެފައި ހުރިހާ ރުޅިއެއް ރޭގަނޑު ބާލަނީ ކަންނޭނގެއެވެ. ހަޤީޤަތް ނޭނގޭއިރުވެސް ލީއާމެދު އަހަރެން ހަމްދަރުދީވިއެވެ.

ޖެހިގެން އައިދުވަހު ހެދނުގެ ސައިބުއި ގަޑިގައި އަހަރެން ރާއްޖެދާން ބޭނުންވާހަކަ ލީ ގާތު ބުނުމުން އޭނާ އަހަރެންނާ ދިމާބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ހަނާވެސް އަހަރެންނާ ދިމާ ބަލާލީ ފާޑަކަށެވެ. ނަމަވެސް އެކަކުވެސް އެއްވެސް ސުވާލެއް ނުކުރެއެވެ. އެމީހުން  އެތިބީ އަހަރެން ނުގޮސްގެންހެން ވެސް އަހަރެންނަށް ހީވިއެވެ. ވަރަށް އަވަހަށް ޓިކެޓްގެ ކަންތައް ހަމަޖައްސައިދޭނެކަމަށް ލީ ބުންޏެވެ. އޭގެ އަނެއްދުވަހު ޓިކެޓް ބުކްކުރިއެވެ. ފުރަންހަމަޖެހިފައި އޮތީ ދެދުވަސް ފަހުންނެވެ. ކިތަންމެ ދެރަވިޔަސް ކޮރެއާދޫކޮށްދާން އަހަރެން ނިންމީމެވެ.

މެންދުރު ވަގުތު ނަމާދުކުރަން އަހަރެން ހުއްޓައި ހަނާއައިސް ކޮޓަރިއަށް ވަނެވެ. އަހަރެން ނަމާދުކޮށް ނިމޭންދެން ހަނާ އެނދުގައި ބަލަންއިނެވެ. އަހަރެން ހީކުރީ ނަމާދުކޮށް ނިމުނީމަ އެކަމާ ބެހޭގޮތުން ސުވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކުރެވެ.

” ރޫބީ ދެންހަމަ ދަނީތަ؟” ހަނާދެރަވެލާފައި ސުވާލުކޮށްލިއެވެ.

” އާނ….ދެން އަބަދަކު ނުހުރެވޭނެއްނު މިތާ…” އަހަރެންވެސް ދެރަވެލާފައި ބުނީމެވެ.

” ހޫމް…އެހެންވީމަ ދެން މިއޮތް ދެދުވަހު އަހަރެމެން ވަރަށް މަޖާކުރަންވާނެ…ހިނގާ އަހަރެންނާއެކު ސުވިމިންގް ޕޫލަށް އެރެންދާން….ވަރަށް ދުވަސްވެއްޖެ ފަތާނުލާތާ” ހަނާ ވަރަށް ގަޔާވެލާފައި ބުންޏެވެ.

” ސުވިމިންގް ޕޫލޭ….ކޮންތާކުއޮތް ސްވިމިންގް ޕޫލެއް..” ހައިރާންވެފައި އަހަރެން އަހާލީމެވެ.

” ނޭނގޭތަ؟…މިގޭގަ އޮންނާނޭ ސްވިމިންގް ޕޫލެއްވެސް…އާދޭ ދައްކާނަން” އަހަރެންގެ އަތުގައުހިފައި ދަމަމުން ކަހަލަ ގޮތަކަށް ހަނާ ކޮޓަރިން ނުކުތެވެ. އަހަރެންހުރީ ސުވިމިންގް ޕޫލް އޮތްތަނެއްނޭނގި ހައިރާންވެފައެވެ. މިހުރިހާ ދުވަހު އުޅުނުއިރުވެސް މިގެއިން ސްވިމިންގް ޕޫލެއް އަހަރެން ނުދެކެމެވެ. ހަނާ އަހަރެން ގޮވައިގެން ގޮސްވަނީ ޖިމްތެރެއަށެވެ. ޖިމްގެ ބިއްދޮށުގައި ހުރިދޮރު ހުޅުވާލުމުން ނުކުމެވުނީ ހޯލެއް ކަހަލަ ތަނަވަސް ތަނަކަށެވެ. ހަނާ ލައިޓްތައް ދިއްލާލުމުން ހޯލްގެ މެދުގައި އޮތް ނޫކުލައިގެ ބިއްލޫރިގަނޑެއް ފަދަ ސާފް ފަތާފެންގަނޑުފެނިފައި އަހަރެންގެ އަނގަ ހުޅުވުނެވެ. ލައިޓްތަކުގެ އަލިން ފެންގަނޑު ވިދަވިދާއޮތެވެ. ތަޅުމުގައި މާބްލްސް ޖަފާއިހުރި ފެންގަނޑުގައި އެއްވެސް ކިލަނބުކަމެއް ނެތެވެ. ފެންގަނޑުގެ ވަށައިގެން “ބީޗް ޗެއަރ” ހުއްޓެވެ. ހޯލުގެ ބިއްލޫރި ބިތުގައި ދަމާފައިހުރި ދޮރުފޮތިތައްކަހާލުމުން ހޯލުތެރެ އިތުރަށް އަލިވެގެންދިޔައެވެ. ބިއްލޫރިގަނޑު ތެރެއިން ގޯތީގެ ބިއްދޮށުފަރާތް ރީތިކޮށް ފެނެއެވެ. އަހަރެން ދުވާލަކު އެތައް ފަހަރަކު އެތަނަށް ގޮސްއުޅޭއިރުވެސް، މިބިއްލޫރި ބިތުގެ އެތެރޭގައި ފަތާފެންގަނޑެއް އޮވެދާނެއެކޭ ހިޔެއްނުކުރަމެވެ. ދޮރުފޮތިތައް ދަމާފައި ހުންނާތީ އަހަރެން ހީކުރަނީ އެއީވެސް ޖިމްގެ ބައެއް ކަމަށެވެ. ޖިމްގެ އެތެރެއަށް ނުވަންނާތީ ޖިމް އެހާބޮޑު ނުވާނެއެކޭވެސް ހިތަކަށް ނާރައެވެ. ސިޓިންރޫމުގައި އިންނައިރު ޖިމްގެ އެތެރެ ފެންނަނީކީ ނޫން ވިއްޔާއެވެ. މިގޭގައި އަދި މިނޫނަސް ފޮރުވިފައިހުރި ތަންތަން ނެތްކަމެއް ނޭނގެއެވެ.

” ކޮބާ އެރެންވީނު…” ހަނާ އަހަރެންނަށް ގޮވާލުމުން އަހަރެން ސިހުނެވެ. އޭރު އޭނާހުރީ ސްވިމިން ސޫޓްގައެވެ. އެދޮންދެފައިޔާއި ދެއަތް އޮތީ ހާމައަށެވެ. ބުރަކަށިންވެސް ބޮޑުބައެއް އޮތީ ހާމައަށެވެ. ހަނާ އެހެން ހުއްޓައި ފެނުމުން އަހަރެން ލަދުގަތެވެ.

” ކިހިނެއްވެފަތަ ތިހުންނަނީ…ތިގޮތަށްތަ އެރެނީވެސް…” އަހަރެން ޖަވާބެއްނުދީ ހުރުމުން ހަނާއެހިއެވެ.

” ހަނާ ކޮންއިރަކު ހެދުން ބަދަލުކުރީ…” އަހަރެން ހައިރާންވެފައި އަހާލީމެވެ.

” އެހެރަ ކަބަޑުގަ އަބަދުވެސް ހުންނާނެ…ސްވިމިންގް ސޫޓް..ނަގައިގެން ބަދަލުކޮށްބަލަ…އެއީ އަހަރެންގެ އެއްޗެހި ބަހައްޓާ ކަބަޑު…އަހަރެންގެ ސޫޓްސް ހެޔޮވަރުވާނެދޯ…” ހަނާއެހެން ބުނުމުން އަހަރެން ބަލާލިއިރު ވަންނަތާ ދޮރުކައިރީ ކަބަޑެއް ހުއްޓެވެ.

” ނޫން..މަށަކަށް ނުކެރޭ..ލީވެސް އައިސްދާނެ އެއްނު.” ދޮރާދިމާ ބަލާލަމުން އަހަރެން އަވަހަށް އިންކާރުކުރީމެވެ.

” ލީއެއް ނާންނާނެ…..އެހެންނޫނަސް އޭނާ އެދޮރަކުން މިތަނަކަށް ނުވަންނާނެ….އޭނަ އަންނާނީ އެހެރަ ސިޑިން….އެއީ ސީދާ އޭނަގެ ކޮޓަރިއަށް ދެވޭގޮތަށް ހުރި ސިޑިއެއް….” ހަނާ އިނގިލި ދިއްކޮށްލި ދިމާބަލާލިއިރު ކުޑަވަރެއްގެ “ސްޕައިރަލް” ސިޑިއެއް ހޯލްގެ އަނެއްކޮޅުގައި ހުއްޓެވެ. މި ލީއަކީ ހާދަ ވަގުވެސް އިންސާނެކޭ ހިތަށްއެރިއެވެ. ހަނާ އެތައް އާދޭހެއް ކުރުމުންވެސް ސްވިމިންގް ސޫޓްލާކަށް އަހަރެންނަކަށް ނުކެރުނެވެ. އަހަރެން ދުވެފައި ކޮޓަރިއަށް ގޮސް ނިދަންލާން ގެންގުޅޭ އަތްކުރު ޓީޝާޓަކާއި ދިގު ޓައިޓެއްލައި ބޮލުގައި ތުވާލި އޮޅައިގެން ސިއްރު ސިއްރުން ކޮޓަރިން ނުކުތީމިވެ. ދުވެވުނުހާ ހަލުވިކޮށް ދުވެފައި އައިސް ހޯލަށްވަނީމެވެ. އޭރު ހަނާއޮތީ ފެންގަނޑު ތެރޭގައެވެ. ތުވާލި ކަބަޑުތެރެއަށް ލާފައި އަހަރެންވެސް ފެންގަނޑަށް ފޭބީމެވެ. އަހަރެން ބުރުގާ ނާޅާ ހުއްޓައި ފެނުމުން ހަނާ ބަލާލީ ހައިރާންކަމާއެކުގައެވެ.

” ވާއު…ރޫބީ ތިހެން ހުންނައިރު ހާދަރީއްޗޭ” ހަނާ ތައުރީފްކޮށްލި ގޮތުން އަހަރެން ރަކިވިއެވެ.

ދެމީހުން ހީހީފައި ފަތާފެންގަނޑުގައި ސަކަރާތްޖެހިއިރު ހީވަނީ ޒަމާނުއްސުރެ އެކީއުޅޭ ދެރަހުމަތް ތެރިން ހެންނެވެ. އެއްވެސް ރުޅިވެރިކަމެއް ނެތެވެ. ހަނާއާ އަހަރެން ވާދައަށް ފަތައިގެން އަހަރެން މޮޅުވުމުން ހީހީފައި ހަޅޭއްލަވަނިކޮށް ސިޑިމަތީ އަހަރެމެންނާ ދިމާބަލަން ހެވިފައިހުރި ލީފެނިފައި ވަގުތުން އަހަރެންގެ ހުނުން ހުއްޓުނެވެ. ފިލަން ހަދާނެ ގޮތެއް ނޭނގިގެން ހުރިދިމާއަށް އަޑިއަށް ދިޔައީމެވެ. ކިތަންމެ އަޑިއަށް ދިޔަޔަސް ބިއްލޫރިކޮޅެއްފަދަ ސާފުފެންގަނޑުގެ ތެރޭގައި ފިލާނީ ކިހިނެއް ހެއްޔެވެ؟ އަޑީގައި އޮވެއޮވެ ނޭވާކޮޅަށް ދިއުމުން މައްޗަށް އެރީމެވެ. އޭރު ހަނާ ބިނދި ބިނދިފައި ހެނީއެވެ. ސިޑިއާދިމާ ބަލާލިއިރު ލީ ފެންނާކަށް ނެތެވެ. ލިބުނު ލަނޑުން އަނެއްކާވެސް ރުޅިއާދެވުނީ ހަނާދެކެވެ. ހަމަވަގުތުން ފެންގަނޑުން އަރައި ތުވާލި ބޮލުގައި އަޅާލައިގެން މުޅިގޭތެރެ ތެންމަމުން ކޮޓަރިއަށް ދިޔައީމެވެ. ފަހުން މުޅިގޭތެރޭގައި މޮޕްލާން ޖެހުނަސް ހެޔޮކަމަށެވެ. އަހަރެން ފެންވަރަށްހުރިއުވެސް ވިސްނެނީ ހަނާއާ މެދުގައެވެ. އެއީވެސް އަރަތެއްފަދަ ކުއްޖެއެވެ. އަހަރެން ބުރުގާ ނާޅާހުންނައިރު ރީއްޗޭ ބުނީވެސް އޭނާއެވެ. އެކަމަކު އަހަރެން އެގޮތަށް ހުއްޓައި ލީއަށް ފެނިގެން ލީހިތްކިޔާ ފާނެތީވެސް އޭނާ ޖެހުލުމެއް ނުވިއެވެ. އޭނާއަށް އެކަންވެސް ވީ މަޖާކަމަކަށެވެ. ލީގެ މައްޗަށް އޭނާއަށް އެހާއިތުބާރު އޮންނަނީ ހެއްޔެވެ؟ ނޫނީ އޭނާގެ ރީތިކަމުން ލީ އޭނާ ދޫނުކޮށްލާނެ ކަމުގެ ޔަޤީންކަން ބޮޑީ ހެއްޔެވެ؟ އަހަރެން ފެންވަރައިގެން ނުކުމެ ލޯގަނޑުކުރިމަތި ހުއްޓައި ހަނާގޮވަން ފެށިއެވެ. އަހަރެން ފޫހިވެފައިހުރެ ގޮސް ދޮރުހުޅުވުމުން ހަނާ ދެރަވެފައި މާފަށް އެދުނެވެ. ހަނާދެރަވެފައި އިނުމުން އެކަން މާބޮޑު ކަމަކަށް ނުހަދައި ނިންމާލީމެވެ.

ހަވީރުވުމުން ހަނާއައިސް ބުނީ ބޭރަށްދާން ތައްޔާރުވުމަށެވެ. އެގެއަށް އައިފަހުން ފުރަތަމަ ފަހަރަށް ބޭރަށް ނުކުތުމުގެ ފުރުސަތު އަހަރެންނަށް ލިބުނެވެ. އެވެސް ލީގާތުގައި ހަނާ އެތައް އާދޭހެއް ކޮށްގެންނެވެ. ލީވެސް ވަޒީފާއަށް ނުދާ ދުވަސްކޮޅެކެވެ. ހަނާއަށްޓަކައި ޗުއްޓީނެގީ ކަންނޭނގެއެވެ. އަހަރެން ފެންވަރައި ރިތިވާން ފެށިމެވެ. ގަދަ ޗޮކްލެޓް ކުލައިގެ ޖިލްބާބެއްލައި އެއާ ގުޅޭ ޑިޒައިން ޝޯލްއެއް އަޅާލީމެވެ. މޫނުގައިވެސް ފައުންޑޭޝަން ކޮޅެއް ހާކާލުމަށްފަހު ތުންފަތުގައިވެސް މަޑުފިޔާތޮށި ކުލައެއް ޖައްސާލީމެވެ. ދެލޮލުގައި އަދުންއަޅައި އެސްފިޔަތަކުގައި މަސްކަރާ އަޅާލީމެވެ. ލޯގަނޑުކުރިމަތީ ހުރެގެން ގޮތްގޮތެއް ފަރިބަލާހެދީމެވެ. ހިތްހަމަޖެހޭވަރަށް މޭކަޕް ކުރެވުމުން، ގަޔަށް ސެންޓްބުރުވާލުމަށްފަހު ދަބަސްނަގައި ކޮނޑުއަޅުވާލީމެވެ. އަހަރެން ސިޑިން ފޭބިއިރު ލީ އާއި ހަނާސޯފާގައި ތިއްބެވެ. އަހަރެން ފެނުމުން ހަނާ އަނގަހުޅުވިފައި ކޮޅަށް ތެދުވިއިރު ލީވެސް އިނީ ކަޅިޖަހާނުލައި ބަލާށެވެ.

” ވާއު ހާދަރީއްޗޭ….އަހަރެން ހިޔެއްނުކުރަން ރޫބީކިޔަކަސް ތީ އަސްލުވެސް ރޫބީއެއްކަމަކަށް…ވާއު ވާއު…ވަރަށް ރީތި” އަހަރެންގެ ވަށައިގެން ހިނގަމުން ހަނާ ފަތިވަރެއްހެން ކިޔަންފެށިއެވެ. އަހަރެން ކުޑަކޮށް މޭކަޕްކޮށްލީމަ މީނަ ހަސަދަވެރިވީބާއޭވެސް ހިތަށްއެރިއެވެ. އެހާވަރަށް ނުކިޔާ އެއްފަހަރު ރީއްޗޭ ބުންޏަސް އަހަރެންނަށް ފުދެއެވެ. ލީގެ ފަރާތުން ތަޢުރީފްގެ ބަހެއްލިބޭތޯ ކެތްތެރިކަމެއްނެތި އިންތިޒާރުކުރި އިރުވެސް ހަމައެކައްޗެއްވެސް ނުބުންޏެވެ. ލޯބިވެރިޔާ ކުރިމަތީ އެހެން މީހަކަށް ތަޢުރީފްކުރަން ބިރުގަންނަނީ ކަންނޭނގެއެވެ. ދުލުން ނުބުންޏަސް އޭނަގެ ލޯހެކިދެނީ އޭނާއަށްވެސް މިއަދު އަހަރެން ހުރިގޮތް ކަމުދިޔަކަމުގައެވެ.

އަހަރެމެން ދިޔައީ ސެއޯލްގައި ހުންނަ ނޭޝަނަލް މިއުޒިއަމް އަށެވެ. އެތަނަށް ވަނީއްސުރެ އަހަރެމެން ފެންނަހާ ބަޔަކު ބޯގުދުކޮށްލައެވެ. އެމީހުން ބޯގުދުކުރަނީ ލީއަށްކަން އަހަރެންނަށް އެނގުނީ އިރުކޮޅެއްފަހުންނެވެ. ލީވެސް ކުޑަކޮށް ބޯގުދުކޮށްލުމަށްފަހު ހިނިތުންވެލައެވެ. ހީވަނީ ތަނެއްގެ ވެރިޔަކު ފެނިގެން އުޅޭހެންނެވެ. ހަމަކޮންމެ މީހަކުވެސް އެހެން ހަދައެވެ. ނަމަވެސް އެއިން ކޮންމެ މީހަކުވެސް އަހަރެންނަށް ބަލަނީ ބީރައްޓެހި ނަޒަރަކުންނެވެ. މިއުޒިއަމުން އިން ފެންނަ އެއްޗެއްސަށްވުރެ އަހަރެމެންނަށް ދޭ ޝައުޤުވެރިކަން ބޮޑުހެންވެސް ހީވެއެވެ. އެހެންއެވަނީ ހަމަ އަހަރެން ހުރިލެއް ތަފާތުކަމުން ބާއޭ ހިތަށް އެރިއެވެ. ކޮންތަފާތެއް ހެއްޔެވެ؟ އަހަރެންވެސް އެމީހުންނަކަށް ވުރެ މާބޮޑުތަނެއް ކަޅެއްނޫނެވެ. ހަމައެކަނި ތަފާތީ އަހަރެންގެ ހެދުމެވެ. އެއީދެން އެވަރުކަމެއް ހެއްޔެވެ؟

އެތަނުގައިހުރި ތަފާތު ވައްތަރުގެ އާސާރީ އެއްޗެހިތައް ދައްކާފައި އެއީ ކޯއްޗެއްކަން ލީއޮޅުން ފިލުވައިދީ ހެދިއެވެ. އަހަރެންނޫނެއް ކަމަކު ހަނާވެސް އެތަނަށް ވަރަށް އަލެވެ. ލީގެ އަތުގައި އޮޅުލައިގަނެގެންހުރެ، ހަނާ ސުވާލު ކުރާގޮތުން ހީވަނީ އަލަށް ކޮރެއާއަށް އައިސްގެން އުޅޭހެންނެވެ. މި ހަނާ ނެތްނަމަ މިއަދު ލީގެ އަތުގައި ހިފައިގެން ހުންނާނީ އަހަރެންނެވެ. އަހަރެން ތުން އަނބުރާލީމެވެ. ފޫހިވެފައި އަހަރެން ފަހަތުގައި ހުއްޓައި ލީ ފަސްއެނބުރިފައި އަހަރެންގެ އަތުގައިހިފިއެވެ. އެވަގުތު އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. ދެމީހުން ދެފަރާތުގައި ބަހައްޓައިގެން ލީހިނގަމުން ދިޔައިރު މީހުންތައް ހައިރާންވެފައި ބަލަމުންދިޔައެވެ. ބައެއް މިހުން ސިއްރު ސިއްރުން ކުދިވެސް ކިޔަމުންދިޔައެވެ.

އެތަނުން ނުކުމެގެން ދެން އަހަރެމެން ދިޔައީ ކާރނިވަލްއަކަށެވެ. އެތަނަށް ދެވުނުއިރު ހުރީ އިރުވެސް އޮއްސިފައެވެ. ބޮކިތައް ދިއްލާއަޅަފައި އޮތުމުން ފެންނަލެއް ރީތިކަމުން އަޖާއިބުވެފައި އަހަރެން ބަލަންހުރީމެވެ. އިންޑިއާއިންނާއި ލަންކާއިންވެސް އެފަދަ ތަންތަން އަހަރެން ދުށީމެވެ. ނަމަވެސް މިހާރީތި ތަނެއް ނުދެކެވެ. އެތަނަށް ވަނުމުންވެސް މީހުން ބޯގުދު ކޮށްކޮށްފައި ސަލާމްކުރަމުން ދިޔައެވެ. މިއީ މިއީހުންގެ އާދަބާއޭ ހިތަށްއެރިއެވެ. ނަމަވެސް އެތަނަށް ވަންނަހާ މީހަކާ މިމީހުން ސަލާމް ނުކުރަނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އަނެއްކާ ލީ އަކީވެސް މާ މަޝްހޫރު މީހަކީބާއެވެ. ތަފާތުވައްތަރުގެ ކާއެއްޗެއްސާއި ކުޅޭ އެއްޗެހި ވިއްކާ ސްޓޯލްތައް އެތާހުއްޓެވެ. އެތަނުން ސްޓޯލަކުން އައިސްކްރީމް ގަނެގެން ކެއީމެވެ. ތަފާތު ވައްތަރުގެ އެނބުރޭ އުނދޯލިތައް ފެނުމުން ހަނާ އަރަން ބޭނުންވިއެވެ. އަހަރެން އަރާހިތްވި ނަމަވެސް ބޯއެނބުރިދާނެތީ މަޑުކޮށްލީއެވެ.

ހަނާއާއި ލީ އުނދޯލި ހެއްލާތަން ފެނުމުން އަހަރެންނަކަށް މަޑަކުން ނީދެވުނެވެ. އަހަރެންވެސް އަރަން ބޭނުންވިއެވެ. އެމީހުން އެކަތިން ފައިބައިގެން އަނެކައްޗަށް އަރަށް ދިމާކުރުމުން އަހަރެންވެސް އެމީހުނާއެކެ އަރަން ބޭނުންވިއެވެ. އަހަރެން އެކަނި އިންނަން ނުކެރޭނޭ ބުނުމުން ލީ އަހަރެންގެ ގާތަށް އައެވެ. އަހަރެން ވަރަށް އުފާވިއެވެ. މިއަދު ހަނާއަށްވުރެ ބޮޑަށް އަހަރެންނަށް ލީ އިސްކަންދޭހެން އަހަރެންނަށް ހީވިއެވެ. އެކަމާ އުފާވެސްވިއެވެ. އެއީ ފަހަރެއްގައި އަހަރެން ދާންއުޅޭތީ ކަމަށްވެސް ވެދާނޭ އަހަރެންގެ ހިތަށްއެރިއެވެ. ބާރު ދުވެލީގައި “ވީލް” އެނބުރިގަތުމުން އަހަރެންނަށް ލީގެ އަތުގައި ބާރަށް އޮޅުލައިގަނެވުނެވެ. ލީ އޭނާގެ އަތްނަގައި އަހަރެންގެ ވަށައިގެން ގެންގޮސް ގަޔާލާ ފިއްތާލިއެވެ. އެނބުރެމުންދިޔަ “ވީލް” ހުއްޓުނުއިރު އަހަރެންހުރީ ހަމަރަނގަޅަށްވެސް އަނބުރައިގެންފައެވެ. އެއިން ފޭބުމާއެކު އަހަރެންނަށް ހޮޑުވެސް ލެވިއްޖެއެވެ. ލީ އަވަހަށް ފެންފުޅިއެއް ގެނެސްދިނެވެ.

އަހަރެން ހަމަޔަކަށް އެޅުމުން ފޮޓޯ ނަގާވެސް ހެދީމެވެ. އަހަރެންނާ ލީގެ ފޮޓޯވެސް ނެގީމެވެ. އެކިމީހުންގެ ފޮޓޯ ވަކިވަކީން ނެގީމެވެ. އުފާވެރި ވަގުތުކޮޅެއް އެކުގައި ހޭދަކުރުމަށްފަހު ތިންމިހުން ގެޔަށް އައިއިރު ރޭގަނޑު ދިހައެއްވެސް ޖަހައިފިއެވެ. ބަނޑުހައިވެފައި ހުރުމުން އަހަރެމެން ނޫޑްލްސް ކައްކައިގެން ތިންމީހުން ކެއީއެވެ. ރެސްޓޯރެންޓަކުން ކާން ބޭނުންވެގެން ހަނާ އުޅުމުން ލީ އެކަން މަނާކުރީ އަހަރެން ނުކާނަމޭ ބުނުމުންނެވެ. އެރޭނިދަން އޮތްއިރުވެސް ލީގެ މަތިން އަހަރެންނަށް ވިސްނެނީއެވެ. ލީ މިއަދު އެހެން ދުވަސް ދަވަހާއި ތަފާތުހެން ހީވަނީއެވެ. އަހަރެން ދާން އުޅޭތީ ދެރަވަނީބާއޭވެސް ހިތަށް އެރިއެވެ. އަހަރެން މާލެދާ ވާހަކަބުނިފަހުން ލީ ހުންނަނީ ފާޑަކަށެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްބާއެވެ.

މިއަދަކީ ކޮރެއާގައި އަހަރެން ހުންނާނެ އެންމެ ފަހު ދުވަހެވެ. ހެނދުނުގެ ސަޔަށްފަހު ހަނާބޭނުންވީ އަހަރެންގޮވައިގެން ބާޒާރަށް ދާށެވެ. ލީ އަހަރެމެން ގޮވައިގެން ސެއޯލްގެ މަޝްހޫރު ޝޮޕިންމޯލްތަކަށް ދިޔައެވެ. ތަފާތުވައްތަރުގެ ހެދުމާއި ފައިވާނާއި ތަފާތު ވައްތަރުގެ ދަބަސް ތަކުން ފުރިފައިހުރި ތަންތަނެވެ. އަންހެނުން ބޭނުންވާ ހުރިހާ ސާމާނެއް އެއިން ކޮންމެތާކުވެސް ހުރެއެވެ. ހަނާ ފަހަރަކު އެއްޗެއް ނަގަ ނަގާފައި އަހަރެންނަށް ދައްކައެވެ. އަހަރެން ބޭނުމެއް ނޫނޭ ކިޔަކިޔާ ހުއްޓައި އެތައް އެއްޗެއް ގަތެވެ. ފައިވާނާ ދަބަސްވެސް ގަތްވަރުގެ އަދަދު ނޭގެއެވެ. އަހަރެން ލައިއުޅޭކަހަލަ ޖިލްބާބެ ފެނޭތޯ މަޝްހޫރު ހުރިހާ ޝޮޕިންމޯލްތަކެއް ބެލިއެވެ. ނުފެނުމުން އެންމެފަހުން ދިގުކޮށް ހުންނަ މެކްސީހެދުން ތަކެއްގަތެވެ. އެއިން ކޮންމެ އެއްޗެއްވެސް އެހާމެ އަގުބޮޑެވެ. އަގަކަށް ބެލުމެއްނެތި ގަނެލި އެއްޗެހިތައް ފެނިފައި އަހަރެން ކޮސްވިއެވެ. ކޮސްމެޓިކްސްގެވެސް އެތައް ވައްތަރެއް ގަތެވެ. ފިހާރާގައިތިބި ސޭލްސް ގާރލްސް ތައްވެސް ތިބެނީ ހީލަހީލައެވެ. ލީވެސް ހަނާއުޅޭގޮތުން ހެވިފައި ބަލަން ހުރެއެވެ. ކުޑަވަރެއްގެ ފިހާރައެއް ހުޅުވާހައި އެއްޗެހި އޭނާގަތެވެ. އެހުރިހާ އެއްޗެއް ގަތީމައި އަހަރެން ހީކުރީ ދެމީހުނަށް ގަތް އެއްޗެހި ކަމަށެވެ. ނަމަވެސް އެހުރިހާ އެއްޗެއް ދިނީ އަހަރެންނަށެވެ. އަދި އެއީ ކުޑަކުޑަ ހަދިޔާއެއް ކަމުގައިވެސް ބުންޏެވެ.

ރޭގަނޑުގެ ވަގުތެވެ. މާދަމާ ފުރަންޖެހޭތީ ހިތަށް ތަދުވާވަރުން ރޭދެބައިވީ އިރުވެސް އަހަރެންނަށް އޮތީ ނުނިދިފައެވެ. އެންމެފަހުން ޓެރަހަށް ނުކުތީމެވެ. ހިތްހަމަޖެހޭތޯއެވެ. ބޭރުބަލަން އަހަރެން ހުރިނަމަވެސް ވިސްނަމުން ދިޔައީ ލީއާމެދުގައެވެ. ލީއާ ވަކިވާން ޖެހޭތީ ދެރަވަނީއެވެ. ދެން ދުވަހަކުވެސް ލީއާ ބައްދަލުވާނެ ކަމެއްވެސް އެނގެނީކީ ނޫނެވެ. ލީ އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބިވޭބާއެވެ. ހަނާއާއެކު ލީއުޅެނީ އުފަލުންބާއެވެ. އާއެކެވެ. އެދެމީހުން އެއުޅެނީ ނުލާހިކު އުފަލުންނެވެ. އެކަމަކު މިއަދު ލީހުރީ ދެރަވެފަހެން އަހަރެންނަށް ހީވަނި ކީއްވެގެން ހެއްޔެވެ؟. މިހާރު ކުޑަކޮށްވެސް ލީމިންހޯގެ ޚިޔާލެއް ނާދެއެވެ. ލީމިންހޯމަތިން ހަނދާން ނެތުނުހެން ލީހުއާންގެ މަތިންވެސް އަހަރެންނަށް ހަނދާންނެތިދާނެބާއެވެ. ނޫނެކެވެ. ދުވަހަކުވެސް ހަނދާން ނުނެތޭނެވެ.

ޓެރެސްމަތީހުރެފައި ތިރިބަލާލިވަގުތު ގޯތިތެރޭގައި މީހަކު ހިނގާތަންފެނި ކުޑަކޮށް ބިރުގަތެވެ. ނަމަވެސް ރަނގަޅަށް ބަލާލުމުން އެއީ ކާކުކަން އަހަރެންނަށް އެނގުނެވެ. އެއީ ލީއެވެ. މިހާލަސްވީއިރުވެސް އޭނާ ނުނިދާ ކުރަނީ ކީއްބާއޭ ހިތަށް އެރިއެވެ. ބޭރަށް ނުކުންނަން ހިތަށް އަރާފައިވެސް ނުކުންނާކަށް ނުކެރުނެވެ. ލީގެ ހަރަކާތްތަކަށް ބަލަން އެތައްއިރެއް ވާންދެން އަހަރެން ހުރީމެވެ. ލީގެ ގާތަށް ގޮސްލޯބިވާ ވާހަކަ ބުނަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް ހަނާގެ މަތިން ހަނދާންވުމުން ޖެހިލުންވަނީއެވެ. ޓެރެސްމަތީހުރެ ހުރެ ފައިވާޅުވުމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ. އޭރުވެސް މާގަސްތައް ކައިރީ ހިނގާލަ ހިނގާލާ އޭނާ ހުއްޓެވެ. އެނދުގައި އޮށޯވެފައި އިރުކޮޅެއް ނުވެ އަނެއްކާވެސް އަހަރެން ގޮސް ބަލާލީމެވެ. އަދިވެސް އޭނާ އެބަހުއްޓެވެ. އެގޮތަށް ތަކުރާރުކޮށް އެތައް ފަހަރު ކޮޓަރިއަށް ގޮސް އަހަރެން އެނބުރި އައީމެވެ. ފަތިސްވާންދެން އަހަރެން އުޅުނީ އެފަދަ ހާލެއްގައެވެ. ލީވެސް ހަމައެގޮތުގައި ހިނގާލަ ހިނގާލާ ހުއްޓެވެ.

ފަތިސްވުމުންނަމާދުކޮށްގެން އަހަރެން ތިރިޔަށް ދިޔައިރު ލީއިނީ ކޮފީބޯށެވެ. އަހަރެންވެސް ކޮފީއެއް ގިރައިގެން އައިސް ސޯފާގައި އިށީނީމެވެ.

” ހިނގާލަން ދާނަންތަ؟” އަހަރެންނާ ދިމާބަލާލާފައި ލީ އަހާލިއެވެ. އަހަރެން ހިނިތުންވެލާފައި ބޯޖަހާލީމެވެ.

ދެމީހުން އެކީގައި ހިނގަމުން ދިޔައިރު މާބޮޑު ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް އަހަރެން ދެން ކޮރެއާއަށް ނާންނާންތޯ އޭނާ އަހާލިއެވެ. އަހަރެން ނޭގެއޭބުނީ ދުވަކުވެސް ދެން އާދެވޭނެކަމެއް ނޭނގޭތިއެވެ. ދެމީހުން ހިނގަމުން ގޮސް ހުއްޓުނީ އެއްކަހަލަ ކޯރުގެ އައްސޭރިއަށެވެ. އަހަރެން އެތަނަށް ދާންބޭނުންވެފައި ހުރިކަމެއް ލީއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އެތާ އައްސޭރިފަށުގައިހުރި “ބެންޗް” އެއްގައި އިށީނީމެވެ. އިރުގެދޯދިން ކޯރަށް އެޅިފައިވާ ރަންކުލައަށް ބަލަން އަހަރެން އިނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ނަމަވެސް ސުވާލުތައް ހިތުގައި ފުނިޖެހިފައިވެއެވެ. ލީގެ ހިތުގައި ހަމަ އެއްވެސް ސުވާލެއް ނެތީބާއޭ އަހަރެން ހިތަށްއެރިއެވެ.

” ދެން ފަހަރަކުން ކޮރެއާއަށް އަޔަސް އެކަނި ނާންނައްޗޭ؟….އެކަނި އައިސްފިނަމަ ހަމަގައިމުވެސް އެނބުރި ގައުމަކަށް ނުފޮނުވާނަން..” ދުރުބަލަން އިނދެގެން ލީބުނެލި ޖުމުލްއިން ހައިރާންވެފައި އަހަރެން އޭނާއާ ދިމާބަލާލީމެވެ. އޭނާ އެބުނި އެއްޗެއް މާނައެއް އަހަރެންނަކަށް ދޭހައެއް ނުވިއެވެ.

” ކީކޭ ތިބުނީ؟” އަހަރެން އަހާލީމެވެ.

” މިބުނީ…ދެން ކޮރެއާއަށް އަންނަން ޖެހޭނީ ކައިވެނިކޮށްގެ ފިރިމީހާއާ އެކު ހަނީމޫނަށޭ….އޭރުން އެކަނި ހޭލާ ހުންނާކަށް ނުޖެހޭނެއްނު” ހިނިތުންވެފައި ލީ ބުންޏެވެ. އަހަރެން ހޭލާހުރިކަން އޭނާއަށް އެނގުނީ ކިހިނެއްބާއެވެ. ދެމީހުން އިރުކޮޅަކު އެތާތިބުމަށްފަހު އެނބުރި ގެޔަށް އައީމެވެ. އަހަރެން ކުރަން ބޭނުންވި އެއްވެސް ސުވާލެއް ނުކުރެވުނެވެ. ލީދެއްކި ދެމާނަ އެކުލެވޭ ވާހަކައާމެދު ވިސްނެނީއެވެ.

މެންދުރުވީއިރު އަހަރެންހުރީ ސާމާނުތައް ބަންދުކޮށްގެން އެއާޕޯރޓަށްދާން ތައްޔާރުވެއެވެ. ދެއެއްގެ ފުލައިޓުން ފުރަންޖެހޭތީއެވެ. އަހަރެން ގެންދަންޖެހޭ ސާމާނުތައް ވިޔަފާރިވެރިއަކަށްވުރެ ގިނައެވެ. “އޯވަރލޯޑް” ނުވާނެ ކަމެއްވެސް ނޭނގެއެވެ. ފުރާވަގުތު ކައިރިވީ ވަރަކަށް ހިތް ނުތަނަވަސް ވަމުންދިޔައެވެ. އަހަރެންދާތީ ލީގެ އިތުރުން ހަނާވެސް ހުރީ ދެރަވެފައެވެ. އެމީހުންގެ މޫނުމަތިން އެކަމަށް ހެކިދެއެވެ. ހަނާއާއިމެދު އަހަރެންގެ ހިތުގައި އޮތް ހަސަދަވެރިކަންވެސް މިވީ ދެދުވަހުގެ ތެރޭގައި ނެތިގެން ހިނގައްޖެއެވެ. ލީއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން އޭނާއަހަރެންނަށް ފުރުސަތުދިނީތީ ހިތާހިތުން ޝުކުރުވެރިވިމެވެ. ހަނާއަކީ ހަޤީގަތުގައިވެސް ރަނގަޅުކުއްޖެއްކަން ގަބޫލުކުރެވުނެވެ.

އެއާޕޯރޓަށްދާން ކާރަށް އެރީއްސުރެ އެކަކުވެސް އަނެކަކާ ވާހަކައެއް ނުދައްކައެވެ. އަހަރެން އިނީ ލީއާއެކު ކާރުގެ ކުރީގައެވެ. ހަނާއިނީ ފަހަތުގައެވެ. ލީއާ ހަނާއާއި ދެމީހުންކުރެ، އެކަކުގެ މޫނުގައިވެސް ހިނިތުންވުމެއް ނެތެވެ. ކާރަށް އެރުމުގެ ކުޑައިރުކޮޅެއް ކުރިން ހަނާއާއި ލީ ކަމަކާ ދެބަސްވީއަޑު އަހަރެން އެހީމެވެ. ނަމަވެސް އެމީހުން ވާހަކަ ދެއްކީ ކޮރެއާ ބަހުންކަމަށް ވާތީ ކީއެއްޗެއް އަހަރެންނަކަށް ނުވިސްނުނެވެ. އެމީހުން އަމިއްލަ ވާހަކައެއް ދައްކަންޏާ މުޅިންވެސް ދައްކަނީ ކޮރެއާބަހުންނެވެ. ނަމަވެސް އާއްމުކޮށް އިނގިރޭސި ބަހުން އަހަރެންނާ ވާހަކަ ދައްކާތީ އަދިވެސް ކޮރެއާބަހެއް އަހަރެންނަކަށް ނޭނގެއެވެ. އެދެމީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއްކަން ނޭނގުނު ނަމަވެސް ދެމީހުންވެސް ތިބީ ވަރަށްދެރަވެފައެއެވެ. ހަނާ އިރުއިރުކޮޅުން ލޮލުން ކަރުނަ ފުހެލާ މަންޒަރުން ކުރިމަތީހުރި ލޯގަނޑުން އަހަރެންނަށް ފެނުނެވެ. އަހަރެންގެ ލޮލުންވެސް ބޭއިޚްތިޔާރުގައި ކަރުނައަންނަމުން ދިޔައީ ލީއާ ވަކިވާން ޖެހޭ ވަގުތު ޖެހުމުންނެވެ. ސިއްރު ސިއްރުން އެންމެ ފަހުފަހަރަށް ލީގެ މޫނަށް އަހަރެން ބަލާލީމެވެ. އެމޫނުގައިވަނީ ހިތާމައިގެ އަސަރެވެ. ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ލޮލުގައި ހުރިކަން އެތެތް އެސްފިޔަތަކުން ދޭހަކޮށްދެއެވެ. ނަމަވެސް އެހާގާތުގައި އިންއިރުވެސް އެންމެ ފަހަރަކުވެސް އޭނާ އަހަރެންގެ މޫނަށް ބަލާނުލިއެވެ.

އެއާޕޯޓަށް ގޮސް ޗެކިންއަށް ވަންނަގަޑިޖެހުމުން ހަނާ އަހަރެންގެ ގައިގާ އޮޅުލައިގެންފައި ރޯންފެށިއެވެ. އަހަރެންނަށްވެސް ވީހަމައެވަރެވެ. އެމަންޒަރު ބަލަންހުރި ލީގެ މޫނު އަނެއް ފަރާތަށް އަނބުރާލީ އޭނާގެ ކަރުނަތައް ފޮރުވަން ކަންނޭނގެއެވެ.

” ލީދެކެ ލޯބިވޭތަ؟” ރުއިން ހުއްޓާލުމަށްފަހު އަހަރެންގެ މޫނަށް ބަލާލަމުން މަޑުމަޑުން ހަނާ ސުވާލުކޮށްލިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ބަލަން އަހަރެންނަށް ހުރެވުނީއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ރިޔާޝާ (11ވަނަ ބައި)

Next

އެފިނިމެންދަން 12

Next
October 29, 2016

އެފިނިމެންދަން 12

Previews
October 29, 2016

ރިޔާޝާ (11ވަނަ ބައި)

23 Comments!

  1. ulvy says:
    October 29, 2016 at 12:43 pm

    Yeyyy mi first dhw??adhi nuss kiyaa cmmnt mi kury..shine fini mendhan vx upkohdheebo?

  2. manje says:
    October 29, 2016 at 12:53 pm

    thankoo shine

  3. Haazi says:
    October 29, 2016 at 1:07 pm

    Alhey thnxxx..v reethi…aneh part up kohdheychey v avahah

  4. Aishyn says:
    October 29, 2016 at 1:10 pm

    Wow so beautiful…..nxt lrtah inthixaaru kurevenee….

  5. shaai says:
    October 29, 2016 at 1:21 pm

    wow nice. mirey ves upload kohdheynan dhw. eyrun hinhama jehilaigen nidheyni… plx

  6. goyye says:
    October 29, 2016 at 2:05 pm

    v v v rythi..plxx avaha up kohdhehchey ingey..?

  7. Aish says:
    October 29, 2016 at 2:31 pm

    Salhi

  8. ema says:
    October 29, 2016 at 2:39 pm

    Vrh reethi ?

  9. Inee says:
    October 29, 2016 at 2:41 pm

    Alhe dhenvaanee kihineh?waiting for next part

  10. Haww says:
    October 29, 2016 at 2:46 pm

    Vvvvv reethi avahaa up kohdhee

  11. Anonymous says:
    October 29, 2016 at 2:50 pm

    Wow haadha reehchey meeves hama ehaa reethi story eh .. mi story nimen dhw eulhenee.. v dheravaane mi story nimuneemeves.. alhe pls mikhala reethi reethi story eh series egothah liyedheebala

  12. Ba says:
    October 29, 2016 at 2:56 pm

    Alhe mirey ves ingey ehen nooni nunidheyne haadha dheraey dhw 🙁 Lee ves loabivey kahneyge dhw alhe

  13. new says:
    October 29, 2016 at 3:04 pm

    Thankyou Wow Vv. Salhi mireyves upkohdhehchey.

  14. riffu says:
    October 29, 2016 at 4:34 pm

    Alheyy avahah up kohdhiba.. Kiyaahithun hureveny eh nuun ?? shine rasmeekoh vaahaka liyan fashan veenu 🙂

  15. Eyna says:
    October 29, 2016 at 6:44 pm

    This is the one and only story ke’therikameh nethi inthizaar kurevey. Class ga indhefa break eh libuneema vs beley up vejje dhw. Engey morning ga new part eh kiyaafa indhaa dhen ehaa avahakah nukuraanekan up. But still I do check the site. heheheh. v v salhi vaahaka eh. writer ur one of the best. luv this story. wish u good luck and bright future in this field. And this is my first comment t this site too. Vaahaka kiyan v ginain but I dnt comment. So this story is dam special. So touching. bye TC shine

  16. Zaa says:
    October 29, 2016 at 7:14 pm

    Mivareh neh.. v reethi.

  17. Haazi says:
    October 29, 2016 at 7:33 pm

    Kobaa next part

  18. Thaany says:
    October 29, 2016 at 7:41 pm

    Alhe mirey vx up kohllahchey ehn nuny nuvx nidheyne hama jehigenneh..plx plx haadha reehchey haadha reehchey…

  19. Saandy says:
    October 29, 2016 at 8:02 pm

    ވަރަށް ވަރަށް ރީތި… ރޫބީ ބުނާނީ ކީކޭބާ؟ 7ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ…. 7ވަނަ ބައިވެސް އަވަހަށް އަޕްކޮށްލައްޗޭ

  20. Lee Min Ho says:
    October 29, 2016 at 9:43 pm

    Magey namuga feshi vaaha eh mihaaru miulhenee ehn meeheh. Dhn storyge nan change kuraan vehjje ehnu dhw. Ma huree nulaahiku excite vefa magey namuge vaahaka eh liyan fesheema. Mihaaru miulhenee ehn meeheh.??

  21. Ba says:
    October 29, 2016 at 10:08 pm

    Kekekeke Lee min ho!!! Shinooooooooooo nidhy thocche???up kohdhybala story 🙁

  22. raf says:
    October 31, 2016 at 1:54 pm

    nice

  23. harry says:
    November 16, 2016 at 10:15 pm

    cooooool 🙂 😀

Comments are closed.

Next Episodeލީމިންހޯ 7←


All Right Reserved!