ޝައިމްގެ ލޮލުން ފޭބި ކަރުނަތަކުން ހެދުންމަތިން ޝެނާގެ ބަނޑަށް ދިލަ ހޫނެއް އިހުސާސް ވުމާއެކު ވީގޮތް ކޮންމެސް ވަރަކަށް އެނގިގެން ދިޔައެވެ. ހިތްބިރުގަތީ އޭނާގެ ކޮއްކޮ އަށް ދެރަގޮތެއް ވެދާނެތީއެވެ. އަދި އޭނާގެ ކޮއްކޮ މިގޮތަށް ރޯންޖެހުނީ ކާކުގެ ސަބަބުންކަން ޝެނާ އަށް އަންދާޒާ ކޮށްލެވުނެވެ. ޝެނާ އަށް ރުޅި އާދެވުނެވެ. މިކަމުން ޝައިމް ސަލާމަތް ނުވާނީ ހެއްޔެވެ؟ މުޅި އުމުރުގައި އަހަރެންގެ ކޮއްކޮ އަށް އޮތީ މިގޮތް ހެއްޔެވެ؟ ޝެނާގެ ހިތުގައި ޝައިމް އާއެިމެދު ހަމްދަރުދީ […]
ރައިނާގެ ހަޔާތަށް ދެން އައީ އެހާމެވެސް އުފާވެރި ދުވަސް ތަކެކެވެ. ބައެއްފަހަރަށް ރައިނާއަކީ ދުނިޔޭގެ އެންމެ އުފާވެރި ކުއްޖާއޭހެންވެސް ހީވެއެވެ. ދާނިޔާލް ރައިނާގެ ހިތް އުފަލުން ފުރާލަދެއެވެ. ރައިނާ ހުންނަނީ ނުހަނު އުފަލުންނެވެ. ދާއިންގެ ފަރާތުން ލިބޭ ހަދިޔާތަކާއި ލިބޭ ލޯބިން ރައިނާގެ މުޅި ދިރިއުޅުމަށް ވަނީ ބަހާރު މޫސުންއައިއްސައެވެ. ރައިނާއާއި ދާނިޔަލްގެ ގުޅުންވަނީ ދާނިޔަލްގެ އެދުމަށް ސިއްރުކުރެވިފައެވެ. ޒިހާން އަށާއި ލަޔާލީ އާއި ޔަމްނާ އަށް ނޫން އިތުރުބަޔަކަށް އެމީހުންގެ ގުޅުމެއްނޭނގޭނެއެވެ. ދާނިޔަލްގެ އެދުމަށް ރައިނާގެ […]
ރިޔާޝާ މިއަދު ދުވަހަކުވެސް ނުވާހާ ދެރަވެއްޖެއެވެ. ޝިފާންގެ އެހަމަހިމޭންކަން އޭނާގެ ހިތަށް ތަދުކުރަމުން ދިޔައެވެ. އެންމެފަހުން އޭނާއަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން އެގެއިން ނުކުތުމަށް ދުއްވައިގަތެވެ. ރިޔާޝާ ހުއްޓުވަން އޭނާ ކިތަންމެ ބޭނުންވި ނަމަވެސް އެވަގުތު ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންކަމުން އޭނާއަށް ރިޔާޝާ ދިޔަ ދިމާއަށް ބަލަން ހުރެވުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވުނެވެ. ކުއްލިއަކަށް މި ކުރިމަތިވީ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟ އެއްކޮޅުން ތެދަށް ކިޔައިދީގެން ނިކަމެތި އަންހެންކުއްޖެއްގެ ހިތް […]
އައުފްގެ އޭނާގެ ދެއަތުން މިކްޔާގެ މޫނުގައި ހިފެހެއްޓުމަށްފަހު ތުންފަތުގައި ބޮސްދެވުނީ ހިތް އޭގެ މަޤާމުން ދޫވެ ޖަޒުބާތުތައް އިތުރަށް ކޮންޓްރޯލް ނުވުމުންނެވެ. އެވަގުތު މިކްޔާ އަށް ދެލޯބޮޑުކޮށްލެވުނީ ލިބުނު ސިހުމަކުންނެވެ. ނަމަވެސް އޭނާގެ އިހްތިޔާރުން ބޭރުގައި އައުފްގެ އެ އަމަލަށް މަރުހަބާ ކިޔުނީ މިކްޔާވެސް އެކަމުގައި ބައިވެރިވަމުންނެވެ. ދެމީހުންވެސް ޖަޒުބާތުގެ އޮއިވަރެއްގައި ޖެހުނީ ހާލަތާއި ވަގުތުގެ ގޮތުންނެވެ. އެގޮތުގައި އިރުކޮޅެއްވުމުން ދެމީހުން ދުރުވެލިއެވެ. މިކްޔާ އިނީ ކުރެވުނު އަމަލުން ލަދުގަނެފައެވެ. ދެލޯ މަރާލައިގެން އިން މިކްޔާގެ ނިތުގައި […]
އިޝާން ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކީ ހުއްޓެން މަޖުބޫރުވީ ނީލާގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އެއަޑު އަންނަނީ އަނިލްގެ ކޮޓަރިންނެވެ. ” ނީލާ ޕްލީޒް ނުރޮއެ ހުއްޓާލަބަލަ!…..ތިގޮތަށް ނެގެޓިވްކޮށް ނުވިސްނަބަލަ!…..މިކައިވެނި ސައްޚަނޫން ކަމުގަވިޔަސް ނީލާ ބިރުގަންނާކަށް ނުޖެހޭނެ…..އަހަރެންގެ ފަރާތުން ނީލާއަކަށް އެއްވެސް އުނދަގުލެއް ނުފޯރާނެ…..ނީލާވިހެއުމުން އަލުން އަހަރެމެންނަށް ސައްޚަގޮތުގަ ކައިވެނިވެސް ކުރެވިދާނެ އެއްނު!…..ކާކަށް އެނގޭނީ….އޭރުން ހުރިހާ ކަމެއް ހައްލުވީނުން” ވަރަށް ލޯބިން އަނިލް ނީލާއަށް ވިސްނައިދިނެވެ. އެހަމަހިމޭން ވަގުތުގައި އަނިލް ދެއްކި ހުރިހާ […]
” ރޫބީ ލީދެކެ ލޯވިވޭތަ؟” ހަނާ އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. އަހަރެން އަވަސް އަވަހަސް ނޫނެކޭބުނެ ދެފަރާތަށް ބޯހުރާލީމެވެ. އަދި އިތުރަށް އެންމެ ސުކުންތަކުވެސް މަޑުނުކޮށް ހަލުވިކަމާއެކު އެތެރެއަށް ވަނީމެވެ. އޭރު އަހަރެންގެ ހިތުގެ ހިނގުންވެސް ވަނީ ދެގުނައަށް އަވަސްވެފައެވެ. އެންމެފަހުން ހަނާއަށްވެސް އަހަރެންގެ ސިއްރު ބޭޒާރުވީއެވެ. އެވަރުވީއިރުވެސް ލީއަށް އެކަން ނޭނގުނު ހެއްޔެވެ؟ ނޫނެކެވެ. ނޭނގެކަމަށް ހަދައިގެން ހުރީކަން ޔަޤީނެވެ. މިއަދު އެދެމީހުންގެ މެދުގައި ދެބަސްވުން އުފެދުނީ އަހަރެންގެ ސަބަބުން ހެއްޔެވެ؟ ލީ ހަޤީޤަތުގައިވެސް އަހަރެންދެކެ […]
މިކްޔާ އޭނާގެ މޫނު އަނެއްފަރާތައް އަނބުރާލިއެވެ. ތަޤްދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. އެތައް ޒަމާންތަކަކަށްފަހު މިކްޔާ އޭނާގެ މަންމަ އާއި ދިމާވިއިރު ކުރިމަތިލާން ޖެހިފައި މިވަނީ ކޮންކަހަލަ ހަޤީގަތަކާ ހެއްޔެވެ؟ މިކްޔާ އެއިން ގޮތަށް އިނދެ ލޯމަރާލުމާއިއެކު އައުފް ގެ ސޫރަ ސިފަވެގެން ދިޔުމުން ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އަދި މެއާ ދިމާލުގައި އަތް އެޅުމަށްފަހު ފުން ނޭވައެއްދޫކޮށްލިއެވެ. ސޮފިއްޔާ މަޑުމަޑުން ފިޔަވަޅު އަޅަމުން މިކްޔާ އާއި ދިމާއަށް ދިޔައެވެ. އެހިނދު އޭނާގެ ހިތް ނެގި ނެގިފައި […]
“އޯކޭ.. ދަނީ އިނގޭ އިލްޔާސްބޭ.. ދެން އަނެއްކާވެސް އެހެން ފަހަރަކުން އަންނާނަން…” މިހެން ބުނެފައި ސޯފާއިން ތެދުވެގެން ދާން އުނބުރެލި ވަގުތު ކޮޓަރީގެ ތަޅުގައި ހިފާ ދޮރު ހުޅުވޭ އަޑަށް އަހަރެން ފަހަތަށް އެނބުރެލީމެވެ. އެކޮޓަރި ދޮރުމަތީ ހުރި ތާޝާ ފެނުމުން އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. މިއީ ހުވަފެނެއް ހެއްޔެވެ. އަހަރެން ދެލޯ ހޯދަމުން ދިޔަ ކުއްޖާ އަހަރެންނާއި އެއްފުރާޅެއްގެ ދަށުގައި އުޅޭކަން އަހަރެންނަށް ނުވެސް އިނގެއެވެ. ތާޝާގެ ދެލޯވެސް ހުރީ އަހަރެންނަށް އަމާޒުވެފައެވެ. އަހަރެންނާ […]
ހިނިތުންވެފައި އިން ނީލާ ފެނުމާއެކު ބޭއިޚުތިޔާރުގައި އިޝާންއަށް ތެދުވެވުނެވެ. އަދި ނީލާގެ މޫނުގައި އަތް ޖައްސާލެވުނެވެ. އެއާއެކު ނީލާ ގެއްލިއްޖެއެވެ. އިޝާންއަށް ސިހިފައި ފުންމައިގެން ތެދުވެވުނުއިރު ހުރީ ފިނިބޮޑުވެގެން ހީކަރުވައިގެން ފައެވެ. ރަގަޅަށް ލޯހުޅުވާފައި ކޮޓަރިތެރެ ވަށައިގެން ހޯދާލެވުނެވެ. ނަމަވެސް ނީލާއެއް ނެތެވެ. އެއީ އޭނާއަށް ފެނުނު ހުވަފެނެކެވެ. އެނދުގެ ހެޑުބޯރޑްމަތީގައި އޮތް ފޯނު ނަގައި އިޝާން ގަޑިބަލާލިއެވެ. ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އިޝާން ތެދުވެ އޭސީގެ ފިނިހޫނުމިން މައްޗަށް ޖައްސާލުމަށްފު އަނެއްކާވެސް އެނދުގައި […]