Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލީމިންހޯ 5

Shine Level 5100 Stories10 Stories100 Comments100 Login
October 28, 2016 7 Mins Read
24 Comments

ލީ ހިނިތުންވެލަމުން ވަރަށް އާދައިގެ ގޮތަކަށް ހުރިހާކަމެއް ކިހިނެއްތޯ އަހާލިއެވެ. އަންހެން ކުއްޖާ އަހަރެންނަށް ފުންކޮން ބަލާލަމުން ހިނިތުންވެލިއެވެ. އަދި ލީގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެއް ބުނެލިއެވެ. ލީގެ އަތުގައި ހިފާލައިގެން އޭނަހުރިގޮތުން ލީއާ އެއަންހެން ކުއްޖާއާމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން އަހަރެންނަށް ދޭހަވިއެވެ. ލީ އެއަންހެން ކުއްޖާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ގޭތެރެއަށް ވަދެގެންދިޔަ މަންޒަރު ފެނިފައި އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. އެއީ ލީގެ ލޯބިވެރިޔާކަން މިހާރު އަހަރެންނަށް ޔަޤީންވެސް ވެއްޖެއެވެ. އަހަރެންގެ ހިތްކުދިކުދި ވެއްޖެއެވެ. އަންހެން ކުއްޖާ ގޮވައިގެން ގޮސް ސޯފާގައި އިށީނދެފައި ލީ އަހަރެންނަށް ގޮވާލިއެވެ. އަހަރެން ގޮސް އެމީހުނާ ތަންކޮޅެއް ދުރުގައި އިށީނުމުން ލީ އަހަރެންނަށް އެއަންހެން ކުއްޖާ ތަޢާރަފްކޮށްދިނެވެ.

” ރޫބީ…މީހަނާ….ހަނާ…މީރޫބީ…އަހަރެންގެ ވަރަށްގާތް އެކުވެރިއެއް” ހަމައެކަނި ހަނާއޭ ބުނުމުން އެނަން ކުރުކަމުން އަހަރެން ހައިރާންވެސް ވިއެވެ. މިނޫނީ ނަމުގެ ފަހަތަށް އަދި ތިންހަތަރުނަން ނުކިޔާ މީހަކާ ދިމައެއް ނުވެއެވެ. ހަނާ ފަރިހިނިތުން ވުމަކާއެކީ އަހަރެންގެ ހާލުއަހާލިއެވެ. އަހަރެންވެސް ގަދަކަމުން ހިނިތުންވެލަމުން އޭނާއަށް ޖަވާބުދިނީމެވެ. ހަނާގާތު ކޮރެއާ ބަހުން އެއްޗެއްބުނެލުމަށްފަހު ލީތެދުވިއެވެ. އަދި ހަނާގެ ދަބަސްތައް ހިފައިގެން މައްޗަށްދިޔައެވެ. އަހަރެން ވަށްކަޅިން ހަނާއަށް ބަލާލީމެވެ. އެއީ ވެނީލާ އައިސްކްރީމް ކޮޅެއްފަދަ ދޮންކަމެއް ލިބިފައިވާ ކުއްޖެކެވެ. ހަންގަނޑުގެ ތުނިކަމާއި އޮމާންކަމުން އޮފުއަރައެވެ. ކަޅުފަށުވިކޮޅެއްފަދަ ވިދުންގަދަ އިސްތަށިގަނޑެކެވެ. ހަމައެހާ ކަޅުކަންގަދަ ކަޅުކަޅިއަކާއި ހުދުސާފް ހުދުކަޅިއެއް ލިބިފައިވާ ރީތި ދެލޮލެވެ. އަހަރެންގެ ލޮލާ އެއްވަރު ބޮޑުވެފައި އެސްފިޔަ ގިނަކަމުގައި ނުވިޔަސް އެދެލޯ ވަރަށްވެސް ރީއްޗެވެ. މޮޑެލް އެއްފަދަ ބަންޓަން ރީތިހަށިގަނޑެކެވެ. ހަނާގެ ރީތިކަމުން އަހަރެންގެ ހިތުގައި ހަސަދައިގެ އޮޔެވަރެއް ހިނގާލިއެވެ. މިހާރީތި އަންހެނަކު ލިބިފައި ހުއްޓައި އެއްވެސް ފިރިހެނަކު އަހަރެން ކަހަލަ މީހަކާދިމާ ބަލާނެ ހެއްޔެވެ؟ އަދި އަމުދުން ލީ ހުއާން ކަހަލަ ފުރިހަމަކަމެއް ލިބިފައިވާ ފިރިހެނަކު އަހަރެންނަށް ޝައުޤުވެރިވާނެ ހެއްޔެވެ؟ ލީގެ ފަރާތުން އަހަރެންނަށް އެއްވެސް ޝައުޤުވެރިކަމެއް ނުލިބުނު ސަބަބަކީވެސް މިއީއެވެ. ބުސާންއަށް އޭނާދިޔަ ބޭނުމަކީވެސް މިއީތާއެވެ.

އަހަރެން ބަލާހެން ހީވުމުން ހަނާ އިސްއުފުލާ ބަލާލިއެވެ. ހިތުގައި އުތުރިއަރަމުންދާ ޖަޒުބާތުތައް އޮއްބާލަމުން އަވަސް އަވަހަށް އަހަރެން ހިނިތުންވެލީމެވެ. ހަނާވެސް ހިނިތުންވެލާފައި ވާހަކަ ދައްކަން ފެށިއެވެ. ލީ ހުއާން ހައި ފަރިތަކަމާއެކު އިނގިރޭސިން ވާހަކަ ދައްކަން ހަނާއަށްވެސް އެނގޭތީ އަހަރެން ހައިރާންވެސް ވިއެވެ. ކޮރެއާކުދިންނަށް އާއްމުކޮށް އެހާރީތިކޮށް ވާހަކަދައްކާކަށް ނޭނގޭނެއެވެ. މިއީ މޮޅަށް ކިޔަވައިގެންވެސް ހުރި ކުއްޖެއްތާއެވެ. ހުރިހާގޮތަކުންވެސް ލީ ހުއާންއާ ގުޅެއެވެ.

އަހަރެން ހީކުރީ ހަނާ އަހަރެންނާބެހޭ ގޮތުން ވަރަށް ސުވާލު ކުރާނެކަމަށެވެ. ނަމަވެސް އޭނާ ސުވާލުކުރީ ދިވެހިރާއްޖެއާ ބެހޭގޮތުންނެވެ. ރާއްޖޭގެ ރީތިކަމާއި ރާއްޖެ ސަޤާފަތާއި ބެހޭގޮތުންނެވެ. އަދި ކޮންމެވެސް ދުވަހަކުން އޭނާ ރާއްޖެދާނެ ކަމުގައިވެސް ބުންޏެވެ. އެއަންހެން ކުއްޖާގެ ސަބަބުން އަހަރެން ހައިރާންވިއެވެ. ކުޑަމިނުން އަހަރެން އެގެއަށް އައީ ކިހިނެއްތޯވެސް އަހާނުލިއެވެ. ހީވާގޮތުން ލީ އަހަރެންނާބެހޭ ގޮތުން ކުރިއްސުރެވެސް ހަނާއަށް މައުލޫމާތު ދިނީއެވެ. އޭނާ އެހާ ހަމަޖެހިފައި އެހުރީ އެހެންވެގެންތާއެވެ. އެހެންނޫންނަމަ ތިމާގެ ލޯބިވެރިޔާއާ އެކީ އެކަނި އެއްގެއްގައި  އަންހެން ކުއްޖަކު އުޅޭތަން ފެނުމުން ކެތްވާނީ ކާކަށް ހެއްޔެވެ؟ ހަނާ ލީއަށް ހާދައިތުބާރެއް ކުރެއޭ އަހަރެންގެ ހިތަށް އެރިއެވެ. އެދެމީހުން އެކަކު އަނެކަކުދެކެ ހަމައެހާ ލޯބިވޭ ހެއްޔެވެ؟ މިހުރިހާ ދުވަހު ހަނާއެއުޅުނީ ކޮންތާކުބާއެވެ. ފޯނާއި ލެޕްޓޮޕުން އަތްދޫނުވެގެން ލީކުރިކަމަކީ ހަނާއާ ވާހަކަދެއްކުން ކަން މިހާރު އަހަރެންނަށް ޔަޤީން ވެއްޖެއެވެ. ލީއަށް އަހަރެންނާމެދުގައި ވިސްނާލެވުނީހީވެސް އެހިތުގައި ހުސް އެންމެ ތަންކޮޅެއްވެސް އޮތްނަމަތާއެވެ. ހަނާއެހުރީ އެހިތް އެއްކޮށް މިލްކުކޮށްގެންނެވެ.

އަހަރެންގެ ޚިޔާލުގެ ވާފަށް ބުރިބުރިވީ ލީއައިސް އަހަރެންނަށް ގޮވާލުމުންނެވެ. އޭނާ އަހަރެންގާތުބުނީ އެދެމީހުންނަށް ފިނިބުއިމެއް ގެނައުމަށެވެ. އަހަރެން ތެދުވެގެން ކާކޮޓަރިއަށް ދިޔައީ ރުޅިގަދަވެފައި ހުރެގެންނެވެ. ނާފަހެ މަމީ އެމީހުންގެ ނޯކަރެއް ހެއްޔެވެ؟ ކާކޮޓަރިއަށް ވަދެ އަމިއްލައަށް ޑްރިންކެއްވެސް ނުނެގުނު ހެއްޔެވެ؟ ފޮނިބޮޑާ ބައެކެވެ. އެތެރެ އެތެރޭން ރުޅިއައި ނަމަވެސް މޫނުމަތިން އުފާވެރިކަން ދައްކައިގެން ހުރެ އެމީހުނަށް ބުއިމެއް ގެންދިޔައީމެވެ. ލީ ވަރަށް ލޯބިން ޑްރިންކް ފުޅި ކަނޑާލުމަށްފަހު ހަނާއަށްދިނެވެ. ހަނާ އުފަލުން ހެވިފައިހުރެ ފުޅީގައި ހިފިއެވެ. ހަނާ ފުޅިން އެތިފޮދެއް ބޯލާފައި މީރުވެގެން އަނގައަށް ހަދާލިގޮތުން ލީއަށް މަޖާވެގެން ހޭންފެށިއެވެ. އެރީތި ހުދުދަތްތައް ފެންނަވަރަށް ހޭންފެށުމުން އާގަމަވެފައި އަހަރެންނަށް ބަލަން ހުރެވުނެވެ. ދުވަހަކުވެސް އެނޫނީ އެގޮތަށް އޭނާ ހެނިކޮށް އަހަރެން ނުދެކެވެ. އެހިނިތުންވުމުގައި އެހެރަ ހިތްގައިމު ކަމެއްތާއެވެ.  އަހަރެން މުޅީން އާޝޯޚް ވެއްޖެއެވެ. އަހަރެން ހައިރާންވެގެން ބަލަންއިންގޮތްފެނި ލީ އަހަރެންނާދިމާ ބަލާލުމުން އަހަރެން އަވަސްއަވަހަށް ދުރުބަލާލީމެވެ. އަދި އެތަނުން ތެދުވެގެން ކޮޓަރިއަށްދާން ހިނގައިގަތީމެވެ. ހަނާ އަހަރެންނަށް ގޮވާލުމަށްފަހު ދަނީތޯ އަހާލިއެވެ. އަހަރެން ބޮލުގެ އިޝާރާތުން އާއެކޭބުނެފައި އަނެއްކާވެސް ހިނގައިގަތީމެވެ. ސިޑިން އަރަމުންވެސް އަހަރެން ފަހަތްބަލާލީ ލީހޭންފެށި އަޑުއިވިގެންނެވެ. އޭރު ހަނާ ލީގެ ގިލިގިލި ކޮށްޓަނީއެވެ. ލީ އެއްއަތުން ހަނާގެ ދެއަތުގައި އެއްކޮށްހިފަހައްޓާފައި އަނެއްއަތުން ހަނާގެ ބަނޑުކޮށްޓަށް ފެށިއެވެ. ހަނާ ހީހީފައި ފުންމަ ފުންމައިގެން ދެއެވެ. އެމަންޒަރު ފެނިފައި އަހަރެންގެ ލޭކެކިގެން ދިޔައެވެ. ފަޔަށް ލެވުނުހައި ބާރެއްލާފައި  ދުވެފައި އަހަރެން ސިޑިން އެރީމެވެ.

އެނދުމައްޗަށް ބަންޑުން ވެއްޓިއޮވެ އަހަރެން އެތައްއިރެއް ވާންދެން ރުއީމެވެ. އަހަރެންގެ ބަދުނަސީބުކަމާމެދުގައެވެ. ހަނާދެކެ އަހަރެންނަށް ރުޅިއާދެވުނީ ބޭއިޚުތިޔާރުގައެވެ. ލީގެ ހަޔާތުގައި އެއަންހެން ކުއްޖާނެތް ނަމައެވެ. އެއީ ކޮންތާކުން ފާވި “ރީތިސުންޕާ” އަންހެނެއް ހެއްޔެވެ؟ އޭނަގެ ރީތިކަމުން އެހެންފިރެހެނަކު ހައްލައިނުލީ ކީއްވެގެން ހެއްޔެވެ؟ މިއޮއްބޮޑު ކޮރެއާއިންވެސް އޭނައަށް ފެނުނީ ލީ ހުއާން ހެއްޔެވެ؟ ދެން އަހަރެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އެދެމީހުންގެ ހަރަކާތްތަކުން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާވަރު އަހަރެންނަށް އަންދާޒާ ކުރެވިއްޖެއެވެ.

މިހުރިހާ ދުވަހު ލީއާ އެއްގެއެއްގައި އުޅުނުއިރުވެސް ލީގެހިތުން އަހަރެންނަށް ޖާގައެއް ނުހޯދުން އެއީ ލީ ހަނާދެކެ ލޯބިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. އެހެންނޫންނަމަ އަހަރެންނާ ލީއާމެދުގައިވެސް ގުޅުމެއް އުފެދޭފަދަ ކިތަންމެ ހާލަތެއްވަނީ އައިސްފައެވެ. ނަމަވެސް ލީހުރީ ކުރިންވެސް އޭނާހުރި ގޮތުގައެވެ. އޭނާދެކެ ލޯބިވެވުނީވެސް އަހަރެންނަށެވެ. މިއީ އަހަރެންގެ މޮޔަކަމެވެ. އެކަމަކު އަހަރެންދެކެ ލޯބިނުވީ ކީއްވެގެން ހެއްޔެވެ؟ ހުދުބުޅަލެއްހައި އަހަރެން ދޮންނުވީމަ ހެއްޔެވެ؟ އެބުދެއްފަދަ އަންހެން ކުއްޖާގެ ހަންގަނޑުހައި އަހަރެންގެ ހަންގަނޑު އޮމާންނުވީމަ ހެއްޔެވެ؟ ނޫނީ އަހަރެންނަކީ ކޮރެއަން އަކަށް ނުވީތީ ހެއްޔެވެ؟ ހަނާއާ އެއްވަރުނުވިޔަސް އަހަރެންނަކީވެސް ރާއްޖޭގެ ނިސްބަތުން ދޮން ކުއްޖެކެވެ. ކިޔަވައިގެންހުރި މޮޅު ކުއްޖެކެވެ. އޭސިޔާގެ މޮޅު އެތްލީޓެކެވެ. މިވަރުން ނުފުދޭ ހެއްޔެވެ؟

އަހަރެން ކިތަންމެ ވަރަށް ޝަކުވާކުރިޔަސް ލީ އަހަރެންދެކެ ލޯބިވާނެ ހެއްޔެވެ؟ ކުޑަމިނުން އަހަރެންގެ ހިތުގައި ހިނގާ ގިލަނެއް އޭނާއަށް އިހުސާސްވެސް ނުވާނެއެވެ. އެއަށްވުރެ ބޮޑަށް އޭނާއެހުރީ ހަނާއައީތީ އުފާވެފައެވެ. ހަނާއާއެކީ އުފަލުން ސަކަރާތް ޖަހަޖަހާފައި އުޅޭއިރު އަހަރެންމީ އުޅޭމީހެއްކަންވެސް ލީ ހަނދާނެއް ނެތެވެ. ވީއިރު ދެންއިތުރަށް ލީއާއި އޭނާގެ ލޯބިވެރިޔާގެ “ރޮމޭންޓިކް” މަންޒަރުތައް ދެކެން މިތާހުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އިތުރު ހިތްދަތިކަމެއް ލިބުން ނޫންކަމެއް ނުވާނެއެވެ. ތަފާތު ޚިޔާލުތަކުގައި އަހަރެން އޮއްވައި ކޮޓަރި ދޮރުގައި ޓަކިދިން އަޑުއިވުނެވެ. އަހަރެން ދޮރާދިމާބަލާލި ފޫހިކަމާއެކުގައެވެ. ދެން މިހާރު އަހަރެންނަށް އުނދަގޫކުރަން ލީއެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޖަހާނެ ސަކަރާތެއް ޖަހާނިމުމުން އަހަރެން މަތިން ހަނދާންވީ ހެއްޔެވެ؟ އަހަރެން ނުރުހުންވެފައި ދޮރާދިމާބަލަން އޮއްވާ އަނެއްކާވެސް ތަންކޮޅެއް ބާރަށް ދޮރުގައި ޖަހާލިއެވެ. ހިތްހަމަ ނުޖެހުނީވެސް ކަންނޭނގެއެވެ. އަހަރެން މޫނު ފުހެލުމަށްފަހު ދެތުވެގެން ގޮސް ދޮރުހުޅުވީމެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް ދޮރުމަތީގައި ހުރީ ހަނާއެވެ.

ދޮރުހުޅުވުމާއެކީ ހަނާ އަހަރެންގެ އަތުގައި ހިފާފައި އަންނާށޭ ބުންޏެވެ. އަހަރެން ކޮޓަރި ދޮރުލައްޕާލާފައި ހަނާއާއެކު ތިރިޔަށް ދިޔައީމެވެ. އޭނާ އަހަރެންގާތު އެދުނީ ރޮށިފިހެ ދިނުމަށެވެ. ލީއަށް ރޮށިމީރުވެގެން ކިޔާތީ ހަނާވެސް ކާންބޭނުންވީކަމުގައި ބުންޏެވެ. އަހަރެން ކޮޓަރީގައި އޮއްވައި ދަމާފައި މިގެނައީ މިހެންވެގެން ހެއްޔެވެ؟ އަމިއްލަޔަށް އެއްޗެހި ހަދަން ނޭނގެންޏާ ނުކެއީމަ ނިމުނީ ނޫން ހެއްޔެވެ؟ ފޫހިވެގެން ހުރެވެސް އަހަރެން އޭނާއަށް ރޮށިފިހެފައި ގެރިމަސްވެސް ފިހުނީމެވެ. ހަމަރަނގަޅަށްވެސް އަހަރެން މިވީ މިގޭ ނޯކަރަކަށް ނޫންހެއްޔެވެ؟  ރޮއްޓާއި ގެރިމަސް ކާން އިނދެގެން، އަހަރެން ކައްކާ އެއްޗެހި ވަރަށް މީރޭކިޔައި ތައުރީފުވެސް ކުރިއެވެ. މީނަ ގިނަގިނައިން މިތައުރީފު ކުރަނީ އަހަރެން ހައްދައިގެން އަހަރެން ލައްވާ މަސައްކަތް ކުރުވަން ހެއްޔެވެ؟ ހާދަ ފޫއްސެއް ވެއެވެ. އަހަރެން ނުހެދޭނަމެވެ. ބޭއިޚުތިޔާރުގައި އަހަރެންނަށް ދެބުމަ ގޮށްޖަހާލެވުނެވެ. ހަނާ ކާންއިންދައި ލީވެސް އައިސް ހަނާއާއި ބައިވެރިވެ ކާންފެށިއެވެ. އަދި އަހަރެންގާތުވެސް އެމީހުނާ ބައިވެރިވާން ބުންޏެވެ. އަހަރެން ނޫނެކޭ ބުނެ އަވަހަށް އެތަނުން ދިޔައީމެވެ.

ގޯތިތެރެއަށް ނުކުމެ މާގަސްތަކަށް ފެންދޭން ފެށީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް އެކަންވީ ބޭކާރުކަމަކަށެވެ. އެންމެފަހުން ގަސްތަކަށް ފެންދިނުން ހުއްޓާލާފައި ގޭގެ ބިއްދޮށުފަރާތަށް ދިޔައީމެވެ. އެތާނގައި އޮންނަނީ ކާޕެޓްވިނައާއި ބަހެއްކަހަލަ ބަގީޗާ ގަސްތަކެވެ. އަދި އަހަރެން ދުވަހަކުވެސް ނުދެކޭޒާތެއްގެ ބޮޑެތިގަސްތަކެއްވެސް ހުއްޓެވެ. ފެހިކަން ގަދަ ކުދިފަތްތަކަކުން ބަރާވެފައިވާ އެގަހުގައި އަޅަނީ ކޯނިކޯންޏަށް ހުންނަ އޮށްތަކެކެވެ. ގަދަފެހިކުލައިގެ ފަތްތަކުތެރޭގައި ދޮންވެ ފައްކާވެފައިހުރި ރަތްކުލައިގެ ކޯނިތައް ފެންނަލެއް ވަރަށް ހިތްގައިމެވެ. ގަހުގެ އެތެރެއަށް ވަދެ މީހަކަށް ފިލާވެސް އޮވެވޭހާ ފަތްތައް ބޮލެވެ. އަހަރެން މަތިބަލަމުން ދަނިކޮށް ދޫނިގޮވާ އަޑުއިވިގެން ވަށައިގެން ހޯދާލިއިރު، ރަނގަޅަށް ފަތްވެސް ނުފަޅާ ކުޑަކުޑަ ދޫންޏެއް ވިނަގަނޑުމަތީގައި އޮތެވެ. އަހަރެން އޭތި ނަގައި ގަހަށް ލޯހިންގާލިއިރު ކޮޓަރިތެރެއިން ފެނުނު ވައްތަރުގެ ދޫނިތަކެއް އެއްގޮފިން އަނެއްގޮތްޕަށް އުދުހި އުދުހި އުޅެއެވެ. ކޮޓަރިތެރެއަށް އެރޭއެވަނީ އެތަނުން ދޫންޏެއްކަން އަހަރެންނަށް އެނގުނީދެނެވެ. އަހަރެން އަތުގައި އޮތް ކުޑަކުޑަ ދޫންޏަށް ބަލާލީމެވެ. އެވެސް އެގަހުން ވެއްޓުނު ދޫންޏެކެވެ. އަހަރެންގެ ހިތުގައި ރަހުމު އުފެދި އެދޫނި އޭތީގެ ހާއްޔަށް ލާން ބޭނުންވިއެވެ.

ދޫނިވިނަގަނޑުމަތީ ބާއްވާއިފައި އަހަރެން ދުވެފައި ގޮސް ލީގެންގުޅޭ ކުޑަކުޑަ ހަރުގަނޑެއް ގެނައީމެވެ. ގަސްކައިރީ ހަރުގަނޑު ބެހެއްޓުމަށްފަހު ދޫނިހިފައިގެން ހަރުގަނޑަށް އެރީމެވެ. ހަރުގަނޑުގެ އެންމެ މައްޗަށް އެރުމުންވެސް ވެސް ހާއްޔަށް އަތްފޯރާ ގޮތެއްނުވިއެވެ. ކުޑަކޮށް ކޮރާލުމުން އަތްފޯރިއެވެ. އަހަރެން މަޑުމަޑުން އެދޫނި ހާލިތެރޭގައި ބޭއްވިއިރު އެހެން ދޫނިތައް ބޯމަތީގައި އުދުހެޔެވެ. އެތަނުން ދޫންޏެއް އަހަރެންގެ އަތުގައި ކޮށްޖެހުމުން ސިހިފައި ހަދާލެވުނުގޮތަކުން ހަރުގަނޑުން ފައިކައްސާލައިގެން އަހަރެން ވެއްޓުނެވެ. އަހަރެންނަށް ހަޅޭއްލަވައި ގަނެވުނުއިރުއޮތީ ވިނަތަކުމަތީގައެވެ. ފައިވިދިފައި ވީގޮތަކުން ފަޔަށް ވަރަށް ތަދުވިއެވެ. ފައިގަފިރުމާލާފައި އަހަރެން އިސްއުފުލާލިއިރު އަހަރެންނަށް ފެނުނީ ވައިސޫރިއެއްހައި ބާރުމިނުގައި ލީ އަންނަތަނެވެ. ހީވީ އަހަރެން ވެއްޓުނު މަންޒަރު ބަލަން ހުރެފައި އައިހެންނެވެ. އައިގޮތަށް އައިސް ސުވާލެއްވެސް ކުރުމެއްނެތި އޭނާގެ އަތްދަނޑިމައްޗަށް އަހަރެން އުފުލާލިއެވެ. ލީއައިލެއް އަވަސްކަމުން އަހަރެންނަށް ބަހެއްވެސް ބުނަންނޭގިފައި ލީގެމޫނަށް ބަލަން އޮއްވައި އަހަރެން ގޮވައިގެން ގޭތެރެއަށް ވަދެއްޖެއެވެ. އަހަރެން ކަންބޮޑުވީ އަހަރެން އޭނާގެ އަތްދަނޑިމަތީ އޮއްވައި ހަނާއަށް ފެނިއްޖެނަމަ ވެދާނެ ގޮތަކާމެދުގައެވެ.

” އޯމައިގޯޑް…ވަޓް ހެޕެންޑް” ސޯފާގައި ހަމަޖެހިލައިގެން ޓީވީބަލަން އިން ހަނާއަށް އަހަރެމެން ފެނުމާއެކު ކަންބޮޑުވެފައި އަހާލިއެވެ.

“ހަރުގަނޑުން ވެއްޓި ފަޔަށްތަދުވީ…” އަހަރެން ސޯފާގައި ބައިންދަމުން ލީ ޖަވާބުދިނެވެ. ހަނާ ކުޑުކަކޫ ޖަހާލައިގެން އަހަރެންގެ ކުރިމަތީގައި އިށީނދެ ފައިގައި ހިފަހައްޓާލިއެވެ. ލީދުވެފައި މައްޗަށް ގޮސް ފަސްޓްއެއިޑް ފޮށްޓެއް ހިފައިގެން އައެވެ.

” ކޮންތާކަށް ތަދުވަނީ” އަހަރެންނާދިމާ ބަލާލަމުން ހަނާއަހާލިގޮތުން ހީވީ އެއީ ޑޮކްޓަރެއް ހެންނެވެ. އަހަރެން ތަދުވާތަން ދެއްކުމުން’ ފަސްޓްއެއިޑް ފޮށިން ފާޑެއްގެ ތެޔޮފުޅިގެން ނަގައި ފައިތިލާގައި އުގުޅަން ފެށިއެވެ. އަދި ދެއަތުން އަހަރެންގެ ފައިތިލައިގެ ދެފަރާތުގައި ހިފާފައި ކުއްލިއަކަށް ހަދާލިގޮތަކުން ވީތަދުން އަހަރެން ކަޅިނޭރީވެސް ކިރިޔާއެވެ. އަނެއްކާ މިއަންހެނާ އަހަރެންގެ ފައިބިންދާލީކީ ނޫންބާއޭވެސް ހިތަށްއެރިއެވެ.

” ތެދުވެ ހިނގާލަބަލަ!” ހަނާ ވަރަށް ހަމަޖެހިލާފައި އެހެންބުނުމުން އަހަރެން  ތެދުވެ ހިނގާލީމެވެ. މިހާރު އެތަދު މުޅީންހެން ފިލައިފިއެވެ. ހަނާގެ މޮޅުކަމަށް ހިތާހިތުން އަހަރެންނަށް ތައުރީފުކުރެވުނެވެ. އަހަރެން ހަނާއަށް ބަލާލާފައި ހިނިތުންވެލީމެވެ. ހަނާ އަހަރެންގެ ފައިގާ ބެންޑޭޖް އޮޅައިދިމުށްފަހު އަރާމު ކުރާށޭ ބުންޏެވެ. އަދި ތަދުކަނޑާ ބޭހެއްވެސް ކާންދިނެވެ. ހަނާ އުޅުނުގޮތުން ހަމަހީވީ އަސްލުވެސް އެއީ ޑަކްޓަރެއް ހެންނެވެ. ލީ ކިރުތައްޓެއް ހިފައިގެން އައުމުން އަހަރެން ބޭސްކެއީމެވެ. ފައިގެރިހުން މަޑުވުމުން އަހަރެން މަޑުމަޑުން ކޮޓަރިއަށް ދިޔައީމެވެ. އެނދުގައި އޮށޯވެ މާގިނައިރެއްނުވެ އަހަރެންނަށް ނިދިއްޖެއެވެ.

ދެން އަހަރެންނަށް ހޭލެވުނީ ހަނާއައިސް ގޮވަންފެށުމުންނެވެ. އަހަރެން ތެދުވެ ލޯހުވާލިއިރު އޭނާހުރީ ކޮޓަރިއަށް ވަދެއެވެ. އަހަރެންނަށް ނިދުނީ ތަޅުވެސް ނުލާކަން އެނގުނީ ދެނެވެ. އަހަރެން ފާޚާނާއަށް ވަދެ މޫނުދޮވެގެން ނުކުތްއިރު ހަނާހުރީ ކާއެއްޗެއްސާއި ބޭސްވެސް ގެނެސްފައެވެ.

” އާދޭކާން….އަހަރެންނޭ މިރޭ ކެއްކީ” ހަނާ ފަޚުރުވެރިވެލާފައި ބުންޏެވެ. އަނެއްކާ ތިކައިގެން މޮޔަނުވާނެ ބާއޭހިތަށް އެރިއެވެ.

” މަސްނުލާ ހުސްތަރުކާރީއަޅައިގެން ކެއްކީ..” އަހަރެން ބަތްތަށްޓާ ދިމާއަށް ބަލާލިގޮތުން ހަނާ އަވަސް އަވަހަށް ބުންޏެވެ. އަހަރެން ހިނިތުންވެލާފައި އެނދުގައި އިށީނުމާއެކި ހަނާތަށިނަގައި އަހަރެންނަށް ކާންދޭން އުޅެގަތެވެ. ބަތް ސަމުސަލެއް ނަގައި އަހަރެންނަށް ދިއްކޮލުމުން، އަހަރެން އަވަހަށް ތަށިއަތުލައިގެން އަމިއްލައަށް ކާންފެށީމެވެ. މިއަންހެނާ އުޅޭގޮތުން މީހަކު އަޖާއިބެއް ނުވާނެ ހެއްޔެވެ؟ އަހަރެންގެ އަމިއްލައަތުން ނުކެވެން، އަހަރެން މިއުޅެނީ އަތްބިނދިގެން ހެއްޔެވެ؟ ތިހާކާންދޭހިތްވަންޏާ ގޮސް ލީއަށް ކާންދިނީމަ ނިމުނީ ނޫން ހެއްޔެވެ؟ މިވަރުން އަހަރެންނަށް މާހެޔޮއެދޭ މީހަކަށް ހެދިގެން ނޫޅުނަސް މީނައަކީ ރަނގަޅުމީހެކޭ މަބުނެފީމުހެވެ. ވެފައިހުރި ފޫހިން ބަތުގައި ލީރަހައެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ހަނާ ބަލަން އިނީތީ ކެވުނީވެސް މާއަވަހަށެވެ. އަހަރެން ކެއިގޮތުން ހަނާ ހިނިތުންވެފައި އެއިނީ އޭނައަށް ކެއްކުނުލެއް މީރިއްޔޭ ހަމަހިތަށް އަރާފަކަން ގައިމެވެ. ކައިނިންމައިގެން ބޭސްގުޅަ އަނގަޔަށް ލާފައި އެއްނޭވާއިން ފެންތަށިވެސް ބޯލީމެވެ. ހަނާ އުފަލުން ހެވިފައިހުރެ ތަށިތައް ހިފައިގެން ހިނގައްޖެއެވެ.

ހަނާދިއުމުން އަހަރެން ވިސްނާލީމެވެ. ހަނާ ކިތަންމެ ރަނގަޅަށް ކަމެއްކޮށްދިނަސް އަހަރެންނަށް ރުޅިއާދެވެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ކިތަންމެ އުފަލުންހުރެ ކަމެއްކޮށްދިނަސް އަހަރެންނަށް އެކަމެއް ބަލައިގަނެވެނީ ފޫހިކަމާއެކުގައެވެ. އަހަރެން އޭނައާމެދު ދެކޭގޮތް އެނގޭނަމަ އޭނާ އަހަރެންނާ ހިތްހެޔޮކަމާއެކީ އަނގައިންވެސް ނުބުނީހެވެ. އަހަރެންގެ ބަދަލުގައި ރުޅިއައުން ހައްޤީވެސް އޭނާ ނޫންހެއްޔެވެ؟ އޭނަ އަހަރެންނަށް އެހުރިހާ ކަމެއް އެކޮށްދެނީ އަހަރެން އޭނާގެ ލޯބިވެރިޔާގެ ރަހުމަތްތެރިޔަކަށް ވީތީއެވެ. ނޫންނަމަ އޭނައާ ކޮންބެހޭކަމެއް ހެއްޔެވެ؟ އެއްވެސް ޝަކުވާއަކާ ނުލައި ހިނިތުންވެފައިހުރެ އެގޮތަށް އަމަލުކުރުމުން ދޭހަވަނީ އޭނަގެ ރަގަނޅުކަމެވެ. އެކަމަށްޓަކައި އަހަރެން ޝުކުރުވެރިވުން ހައްޤުނޫން ހެއްޔެވެ؟ ނަމަވެސް އަހަރެންނަށް ހަމަ ރުޅިއާދެވެނީއެވެ. ލީއާ މާގާތްކޮށް ހަނާއުޅޭ މަންޒަރުބަލަން ހިތަށް ކެތްނުވަނީއެވެ. ހަނާގެ ބަދަލުގައި ލީ އަހަރެންނަށް އެހުރިހާ ކަމެއް ކޮށްދޭނެ ނަމައޭ ހިތަށް އަރަނީއެވެ. ނަމަވެސް އެފިރިހެނާ ހުންނަނީ ދުރުގައި ކުޅިބަލާށެވެ. އަހަރެންގެ ހިތްބޭޒާރުވުމުގެ ކުރިން އަވަހަށް މާލެދާންވިއެވެ. އެއަށްވުރެ ރަނގަޅުގޮތެއް ނެތެވެ. މިގޮތުގައި މާގިނަދުވަސް ވާންވެއްޖެނަމަ އަހަރެންނަށް ލޭމައްޗަށްދާ ބަލިޖެހިދާނެއެވެ.

އަނެއްދުވަހުގެ ހެނދުނުވީއިރު އަހަރެންގެ ފައިވަނީ އެއްކޮށް ރަނގަޅުވެފައެވެ. މިހާރު އެއްވެސް ވަރަކަށް ތަދެއްނުވެއެވެ. އަހަރެން ތެދުވެ ފެންވަރާލައިގެން ތިރިޔަށްދިޔައީ އަވަހަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. ބަދިގެއާދިމާއަށް ހިނގައިގަތް ވަގުތު ސިޓިންރޫމުގައިހުރި ގަޑިފެނިފައި ހުއްޓުން އެރިއެވެ.

” މިހާރު އެގާރަޖެހީތަ؟…އަހަރެންނަށް ހަމަ އެހުރިހާއިރު ނިދުނީތަ؟” ހައިރާންވެފައި އަމިއްލަ އަމިއްލައަށް އަހަރެންނަށް ބުނެވުނެވެ. ރޭގައި ކެވުނު ބޭހެއްގެ ސަބަބުން މާގަދަކަށް ނިދުނީއެވެ. އެކަމަކު އެހަނާވެސް މިއަދު އަހަރެންނަށް ސައިބޯންވެސް ނުގޮވީ ކީއްވެބާއެވެ. އަހަރެން ބަދިގެޔަށް ވަތްއިރު ހުރީބަތް ކައްކައި ތަރުކާރީވެސް ހަދާފައެވެ. އަހަރެން އެއެއްޗެހި ހޫނުކޮށްފައި ކާންފެށީމެވެ. ކާންއިންދައި ބޭރުން ލީ އާއި ހަނާ މާގަދައަށް ހޭއަޑުއިވިގެން ބަތްތަށިވެސް ހިފައިގެން އަހަރެން ނުކުތީމެވެ. އޭރު ހަނާ އުޅެނީ ގަސްތަކަށް ފެންދޭހޮޅިން ލީގެ ގަޔަށް ފެންޖަހާށެވެ. ލީ ދުވެދުވެފައި އެއިން ރެކެން އުޅެއެވެ. ކުއްލިއަށް ލީދުވެފައި އައިސް ހަނާގެ އަތުން ފެންހޮޅި އަތުލާފައި ހަނާގެ ގަޔަށް ފެންޖަހަން ފެށިއެވެ. ދެމީހުން މިހާވަރަށް އެމީހުންގެ ލޯބި އިސްތިހާރު ނުކުރިޔަސް ވެދާނެ ނޫންހެއްޔެވެ؟ ރޭގައި އެއްކޮޓަރީގައި ނިދުމުންވެސް ހިތްނުފުރެނީ ހެއްޔެވެ؟ ދެމިހުން އޮޅުލަ އޮޅުލާފައި ސަކަރާތްޖަހާ މަންޒަރުބަލަން ހުރިއިރު ހަމަރަނގަޅަށްވެސް އަހަރެންހުރީ ލޭމައްޗަށް ގޮސްފައެވެ. ބަތްތައްޓަށްވެސް ނުބަލާހުރެ ކަމުންދަނިކޮށް ކުއްލިއަކަށް މިރުސްގަނޑެއް ކެވިއްޖެއެވެ. ކުޅިވީވަރުން ބޭއިޚުތިޔާރުގައި ފާޑަކަށް ހަޅޭއްލަވައި ގަނެވުނެވެ. ލީއާއި ހަނާވެސް ސިހިފައި ފެންކުޅި ކުޅުން ހުއްޓާލާފައި އަހަރެންނާ ދިމާބަލާލިއެވެ. އަހަރެން ބަދިގެޔާދިމާއަށް ދުއްވައިގަތުން ހަނާވެސް ދުވެފައި އަހަރެންގެ ފަހަތުން އައެވެ.

” ރޫބީ…ކިހިނެއްވީ؟ ” ހަނާ ކަންބޮޑުވެފައި އަހާލިއެވެ. ފިނިފެންފުޅިއަކުން އެމަތިމައްޗަށް ހައެއްކަ ކޯވަރު ފެންބޯލިއިރުވެސް އަހަރެންނަށް އަނގައިން ބުނެވޭވަރެއް ނުވިއެވެ. ދެލޮލުން ފެންވެސް އައިސްފިއެވެ. ހަނާ އަވަސް ހަރަކާތަކާއެކު ޖެހިގެން ހުރި އަލަމާރީގެ ދޮރުހުޅުވާލާފައި އައިސްކުރީމް ތައްޓެއް ނެގިއެވެ. ބަލާކަށް ނުހުރެ ބޮޑު ސަމްސާވަރެއް އަހަރެންގެ އަނގައަށް ކޮށްފާލުމުން އަނގަހަލުވާވެސް ނުލެވުނެވެ. ފިނިވެގެން ދަތްކޮޅުވެސް ހީވީ ވިރިގެން ފޭބިހެންނެވެ. އައިސް ކްރީމްކޮޅު ދިރުވާލެވުނުއިރު ހިރުގަނޑާއެކު ދެކޯވެސް ގަނޑުވެއްޖެއެވެ. ނަސީބަކުން ކުޅިފިލައިފިއެވެ. އަހަރެންނަށް ވީގޮތްފެނިފައި ފާޑަކަށް ހެވިފައި ބަދިގެ ދޮރުމަތީގައި ލީ ހުއްޓައި ފެނުމުން އަހަރެން ރަކިވިއެވެ. މާގަދައަށް ރުޅިއަންނަން ވެއްޖެއްޔާ މިކަހަލަ ލަނޑުވެސް ނުލިބިގެން ނުދާނެއެވެ. މީހައްތަހާވެސް އެހަނާއާ ހެދިވާކަންތަކެވެ. ދެންވެސް އަހަރެންނަށް ރުޅިއާދެވުނީ ހަނާދެކެއެވެ. ހަނާއައުމަށްފަހު މިވީ ސައުވީށް ގަޑިއިރުގެ ތެރޭގައިވެސް އަހަރެންނާއި ލީގެމެދުގައި ކުރިއަށްވުރެވެސް ގުޅުންކުޑަވިހެން އަހަރެންނަށް ހީވިއެވެ. ގިނަދުވަސްވީވަރަކަށް ދެމީހުންގެ ގުޅުންދާނީ ކުޑަވަމުންކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ވިސާގެ މުއްދަތުވެސް ހަމަވާން ކައިރިވުމުން އެންމެފަހުން ރާއްޖެދިއުމަށް ނިންމީމެވެ. މާދަމާ ލީ އާ އެވާހަކަ ދައްކަންވެސް ނިންމީމެވެ.

Share Article

Follow Me Written By

Shine

Level 5100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އެފިނިމެންދަން 11

Next

ރިޔާޝާ (11ވަނަ ބައި)

Next
October 29, 2016

ރިޔާޝާ (11ވަނަ ބައި)

Previews
October 28, 2016

އެފިނިމެންދަން 11

24 Comments!

  1. Aaf says:
    October 28, 2016 at 8:48 pm

    Wow shine gadha igy vvv ufaaveje up kohdhyny ma

  2. shaai says:
    October 28, 2016 at 8:58 pm

    tnks. avahah upload kohdhinima. v touch story eh. hehe

  3. Hooooo. says:
    October 28, 2016 at 9:00 pm

    Heheheh. Im first
    Vara salhi.
    Adie hope kuran maadhan ves upkuraaney kamah.

  4. Shine says:
    October 28, 2016 at 9:22 pm

    vaahaka upnukohgen ulhun kudhin kolhu vaahaka kiyaa hiyhamajehigen nidhachchey…..goodnight

    1. Axi says:
      October 29, 2016 at 12:07 am

      Hmmmm…. vvvv salhi… maadhama ah inthixaru kurevenee…

  5. Aishyn says:
    October 28, 2016 at 9:45 pm

    V salhi avahah next prt up kohdhehchey kiyaahithun hureveny eh nooon …

  6. ulvy says:
    October 28, 2016 at 9:50 pm

    Hahahaha shine haadha majaa stry ekey..huvaa mi nimun iru rangalhah vx hevijje..n tnx ehaa avahah upkuryma ??ginain up kohdhehchey adhivx?

  7. Qeen says:
    October 28, 2016 at 9:53 pm

    vvv reethi

  8. Ba says:
    October 28, 2016 at 9:55 pm

    Maadhanves up kuraathi ingey shine 😀 alhe haadha majaley 😀

  9. anu says:
    October 28, 2016 at 10:08 pm

    Commenteh nukoh nuhurevigen mi kury ….
    Mee v v v kiyaa hiyvaa story akah vejje…shine haadha molhey…maa sha Allah..

  10. Anonymous says:
    October 28, 2016 at 10:11 pm

    Thank-you shine abadhuves mikahala reethi story up kohdheythi

  11. Inee says:
    October 28, 2016 at 10:14 pm

    Vv reythi

  12. manje says:
    October 28, 2016 at 10:19 pm

    saabahey magey shine ah .. hama bodu bodu shukureh

  13. Haazi says:
    October 28, 2016 at 10:44 pm

    V avahah up koh ddhehhey next part

  14. new says:
    October 28, 2016 at 11:02 pm

    Oh,Vv reethi. V,inthixaaru kureyey.

  15. Azu says:
    October 28, 2016 at 11:15 pm

    Hehehe….vv reethi….next part ge inthizaaruga…..thanQ shine….???

  16. Thaany says:
    October 28, 2016 at 11:58 pm

    R hama storry up veythw balaafa nuny nunidhan othy hehe emme fahun kiyan libuneemi v reethi..gud nyt..

  17. shaai says:
    October 29, 2016 at 12:10 am

    shain hama asluves mirey mi nidhany v hinhama jehigen good night all

  18. cindrella says:
    October 29, 2016 at 12:44 am

    Wow v nice ????

  19. Saandy says:
    October 29, 2016 at 5:22 am

    ވަރަށް ރީތި…. ވަރަށް ޝަޢުޤުވެރި… ވަރަށް މަޖާ… މީ މިހާރު މި ސައިޓުން އެންމެ ކިޔާ ހިތްވާ އެއްވާހަކަ…. 6ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 6ވަނަ ބައި އަވަސްކޮށްލައްޗޭ

  20. Haazi says:
    October 29, 2016 at 10:59 am

    Kobatha next part

  21. manje says:
    October 29, 2016 at 11:26 am

    koba kn irakun upkohlla dheni

  22. nash says:
    October 29, 2016 at 11:51 am

    Masha Allah! shine haadha molhey vaahaka liyan. varah reethi vaahaka eh 🙂

  23. :) says:
    October 29, 2016 at 12:54 pm

    Mi vaahaka innaanetha ehn site ehga?
    Igey kuhjaku bunedhyba..

Comments are closed.


All Right Reserved!