Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 15

ShaiShy
October 28, 2016
5 Mins Read
69 Views
10 Comments

އޭގެ ކުޑަ އިރުކޮޅެއްފަހުން ޖޯން އޭނާގެ ޓީޝާޓް ބޮލަށް މަހާލުމަށްފަހު އެތާހުރި ތަނބަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ.
” އައި ލަވް ޔޫ ސޯ މަޗް ޒީ” ޖޯން އެހެން ބުނެލިއިރު އެއަޑުގައިވަނީ ރިހުން އެކުލެވިފައެވެ.

**
“އަހަރެންނަށް މިނޫން ދުވަހެއް ފެންނާނެބާ؟ އަބަދު މިގޮތަށް އެހެންމީހުންގެ އެހީތެރިކަމުގައި ކިހިނެއް އުޅޭނީވެސް..އަދި އެވެސް ނުދަންނަ ބީރައްޓެހި ބައެއް…އެކަމަކުވެސް ނޭނގެ ކީއްވެކަމެއް މިގެޔާ އަހަރެންނާ ގުޅުން އެބައޮތޭ ހިތް ބުނަނީ ކީއްވެ ކަމެއް.. މިގެއިން މާރިޔާއްތަ އާއި މައިކްބޭ ފިޔަވާ އިތުރު މީހެއްވެސް ނުފެނޭ…ދެން އެ ނުދަންނަ ޒުވާނާ ފެނުނީވެސް އެންމެ ފަހަރަކު.. ” އަނދިރިކަން ވެރިވަމުން ދިޔަ އުޑުމައްޗައް ބަލަމުން ދިޔަ މިކްޔާގެ ހިތު ތެރޭގައި ވަނީ ޖަވާބު ލިބުމަށް ބޭނުންވާ ސުވާލުތަކެކެވެ.
“އާއްކޯ..މިޝްކޯ..ކީއްވެ މަންމި ދޫކޮށްލާފައި ތިދިޔައީ..އިނގޭނު މަންމި ދެރަވާނެކަން..ދަރިފުޅުމެން މަތިން ހާދަ ހަނދާނެއް ވެޔޭ..” މިކްޔާ އަށް އޭނާގެ ދެ ދަރިންގެ ހިނިތުންވފައިވާ މޫނުކޮޅުތައް ފެންނަ ކަހަލައެވެ. ތާއަބަދު އެކުދިންގެ ހަނދާނުގައި ހިތްރޮމުންދަނީ އިހްތިޔާރުން ބޭރުގައިއެވެ.

“ކޮއްކޯ ހިނގާ ސައިބޯން..” މާރިޔާގެ އަޑުން މިކްޔާ ސިހިގެންދިޔައެވެ. ބެލްކަންޏާ ދިމާއަށް އަންނަމުންދިޔަ މާރިޔާ އައީ ހެދިކާ ތަބަކެއް ހިފައިގެންނެވެ.
“ކޮންކަމަކާ މާވަރަކަށް ތި ވިސްނަނީ…ދައްތަ އަށް އަބަދުވެސް ހީވޭ ކޮއްކޮ ކަމަކާ ވަރަށް ފިކުރު ކުރާހެން..” ހިނުތުން ވެލަމުން މާރިޔާ އެހެން ބުނެލީ އެތަނުގައި ހުރި ކުޑަ މޭޒެއް މަތީގައި ތަބައް ބަހައްޓަމުންނެވެ.
” މާރިޔާއްތާ ކީއްވެތަ މިގޭ މީހުން އަޅުގަނޑަށް ނުފެންނަނީ…އަޅުގަނޑު ބޭނުން އެންމެނަށްވެސް ޝުކުރު އަދާ ކުރަން” ތަބަކުގައި ހުރި ހެދިކާތަށިން ގުޅައެއް އަނގައަށް ލަމުން މިކްޔާ ބުނެލިއެވެ. އަދި މާރިޔާގެ މޫނަށް ބަލާލީ ޖަވާބަކަށް އިންތިޒާރު ކުރާފަދައިންނެވެ. އެވަގުތު މާރިޔާގެ މޫނުމަތިން ފާޅުވި ނުތަނަވަސް ކަމުން މިކްޔާ އިނީ ވިސްނަންވީ ކީކޭކަމެއް ނޭނގިފައިއެވެ. މިކްޔާ އަށް އަބަދުވެސް މާރިޔާ ކަމެއް ސިއްރު ކުރާހެން ހީވެއެވެ. ހާއްސަކޮށް މައިކްބޭގެ އަންހެނުންގެ ވާހަކަތައް ކިޔައިދިންއިރު އެންމެ ފަހަރަކުވެސް ނަމެއް ނުބުނެއެވެ.
މާރިޔާ ވިސްނަމުން ދިޔައީ މިކްޔާ އަށް ޖަވާބުދޭނެ ގޮތަކާމެދުގައިއެވެ. ސޮފިއްޔާ މިކްޔާ ކުރިމައްޗައް ނާރާ އެއުޅޭ ސަބަބެއް އޭނާ އަށް ޔަޤީނާ ގާތައް އެނގުނަސް އެކަން މިކްޔާ އާއި ހިއްސާ ކުރުވެން ނެތެވެ.
” ދެން މިވީ ގޮތުން މާދަމާ މި ޖެހުނީ މިގޭތެރޭ ބުރުޖަހަން ނިކުންނާކަށްނު.. ކޮއްކޮ އެއްވެސް ވަރަކަށް ޖަވާބެއް ނުދޭތީއޭ ކުރިންވެސް ނުގެންދަނީ..މިހާރު ވާހަކަ ދައްކަން އަނގައެއްވެސް އެބައޮތެއްނު..” ހިނިގަނޑެއް ޖަހާލަމުން މާރިޔާ އެހެން ބުނުމާއިއެކު މިކްޔާއަށްވެސް ހެވުނެވެ.
މީ ވަރަށް ބޮޑު ގެއެކޭ ހުރިހާ ތަނެއް ބަލާ ނިމޭއިރުގައި ހުންނާނީ ދެތިން ގަޑިއިރުވެފައި.. މާދަމާ ވާނެދޯ ތިރިއަށް ދާން.. ދައްތަ ގެންގޮސްދޭނަން.. ދެން މިހާރު ގޮސްލަނީއޭ..ސައި ނިމޭހާއިރަށް އަންނާން ތަށިތައް ބަލާ” މާރިޔާ ދިޔަ ދިމާލަން ހިނތުންވެގެން އިން މިކްޔާއަށް މާރިޔާގެ ވާހަކަތަކުން ހިތް ހަމަ ޖެހުން ލިބުނަސް މިކްޔާ ބޭނުންވި ޖަވާބެއް ނުލިބުނެވެ.
**

“މަންމާ! ވައި އާރ ޔޫ ނޮޓް ލެޓިން މީ ޓް ގޯ އިން ދެޓް ރޫމް..މިޝާ ވެސް ބޭނުން އެދައްތަ ބަލާލަން..” ސޮފިއްޔާ ކައިރީގައި އިން މިޝްޔާ ބޮޑާ ހާކަމުން ދިޔައީ އޭނާ މިކްޔާ ކޮޓަރިއަށް ދިޔުމުގެ ހުއްދަ ނުދޭތީއެވެ. އެކަމުގެ ފަހަތުގައިވާ ސިއްރެއް އެ ޅަސިކުނޑި އަކަށް ނުވިސްނެއެވެ.
“މިޝްޔާ ކައިރީގައި ކިތައް ދުވަހު ބުނަންވީ އެ ދައްތަ ބޭނުންވަނީ އެކަނި އުޅެލަންށޭ…ވެއިޓް ފޯ ސަމްޓައިމް..” ސޮފިއްޔާ ބެލީ މިޝްޔާއަށް ވިސްނައިދެވޭތޯއެވެ.
“ހައު ލޯންގް..ނެކްސްޓް މަންތް އައިމް ގޮނަ ލީވް..ދެން އަންނަ އިރު ނޭނގެ އެދައްތަ އުޅޭނެކަމެއްވެސް..” މިޝްޔާ ވެސް އެބުނީ ދޮގުވާހަކެއް ނޫނެވެ. އޭނާ ލަންޑަނަށް ކިޔަވަން ފުރާ ދުވަސް މިހާރު ވަރަށް ކައިރި ވެއްޖެއެވެ.
**
ޖެހިގެން އައިދުވަހު ހަވީރުގެ ވަގުތެއްގައި މާރިޔާ މިކްޔާ ގޮވައިގެން އެގެ ބަލާލުމަށް ތިރިއަށް ދިޔުމަށްޓަކައި ލިފްޓަށް އަރަން ދިޔައެވެ. ފުރަތަމަ ފަހަރަށް މިކްޔާ އަށް އެގޭތެރެއަށް ފުރިހަމަ ނަޒަރެއް ހިންގާލެވުނެވެ. ވަށައިގެން ފެންނަމުން ދިޔައީ މުއްސަނދި ކަމާއި ތަނަވަސް ކަމެވެ. އަގުބޮޑެތި ފަރުނީޗަރާއި ރީތި މާވަށިތަކުން ގޭތެރެ ފަޅުފިލުވާލެވިފައި ވާއިރު ފާރުތަކުގައި ވަނީ ހިތްގައިމު ކުރެހުންތަކުން ކުރެހުން އަޅަފައިއެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަމުންދިޔައީ ސާފުތާހިރުކަމެވެ. މިކްޔާ ލިފްޓް ކައިރީގައި އިން އިރު ތިރީބައި އެހާ ރީތިކޮށް ނުފެނެއެވެ. ޔަޤީނުންވެސް މިތާ މަތިން މިފެންނަމުންދާ ރީތިކަން ތިރީބައިންވެސް ފެންނާނެއެވެ.

ލިފްޓްގެ ދޮރު ހުޅުވުނު އަޑަށް މިކްޔާ އެދިމާއަށް ބަލާލިއެވެ. އެވަގުތު ލިފްޓުން ނިކުތް ޒުވާނާ ފެނި މިކްޔާގެ ހިތައް ގޮތްތަކެއް ވެގެން ދިޔައެވެ. އެ ތޫނު ބެލުމުން މިކްޔާގެ ހިތުގެ ހިނގުންވެސް ލަސްވެލިއެވެ. މިވަނީ ކީއްހެއްޔެވެ؟ މިގޮތަށް އޭނާގެ ހިތާ ކުޅުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ލިބިގެން ނުވާނެއެވެ.
އައުފަށްވެސް ވީ ހަމަ އެކަހަލަގޮތެކެވެ. މިކްޔާއާއި ދިމާއަށް ބަލަން ހުއްޓާ ލިފްޓްގެ ދޮރު އަނެއްކާ ލެއްޕެއްދިޔައެވެ. އެވަގުތު މާރިޔާ ހުށިޔާރު ކަމާއިއެކު ދޮރު ލެއްޕުނަ ނުދީ ހިފަހައްޓާލިއެވެ.
“އައުފް މިއަދު ލިފްޓުން ނުނިކުންނަ ދުވަހަކީތަ؟ އެހެންވިއްޔާ ހިނގާ އަހަރެމެންމިދަނީ މިގެ ސާރވޭކޮށްލަން ދޯ ކޮއްކޯ؟” މާރިޔާގެ ޖުމްލައިން އައުފަށް ހަމަބިމަށް އާދެވުނެވެ. އަދި ބޯކަހާލަމުން ލިފްޓުން ނިކުތީ ހިނިތުންވެލަމުންނެވެ.
“އައުފް..” މިކްޔާ ހިތާހިތުން އެނަން ކިޔާލިއެވެ.
މިކްޔާމެން ލިފްޓަށް އަރައިގެން ތިރިއަށް ފޭބިއިރުވެސް އައުފް ހުރީ ބަލަހައްޓައިގެންނެވެ.

މިކްޔާގޮވައިގެން މާރިޔާ އެގޭގެ އެކިތަންތައް ދައްކަމުން ދިޔައެވެ.
“އިނގޭތަ މީ އަހަރެމެން އުޅޭ ތަނަކީ..މިތާނގަ ހުންނާނީ މުޅިއެކު 6 ކޮޓަރި.. މިގޭ މަސައްކަތުގައި އުޅޭ ކޮންމެ ދެމީހަކަށް ކޮޓަރިއެއް ހުންނާނެ.. އެކަމަކު ދައްތަ އާއި ދައްތަގެ ފިރިމީހާ އުޅެނީ އެ ކޮޓަރީގައި..” ކަނެއް ގައި ހުރި ކޮޓަރިއަކަށް އިޝާރާތް ކުރަމުން މާރިޔާ ބުނެލިއެވެ.
” ދެން އުޅޭނެ ޑްރައިވަރަކަށް އުޅޭ ކުއްޖެއް ..އޭނަ ވަރަށް މަދުން މިތާ އުޅޭނީ..ދައްތަ އަށް ނޭނގެ އޭނަ ނިދާ ކައި ބޮއެ ހަދާތަނެއް.” މާރިޔާ މިކްޔާ ގޮވައިގެން އެގޭތެރެއިން ނިކުންނަމުން ބުނެލިއެވެ. ދެން މިސްރާބު ޖެހީ ޕޫލާއި ދިމާއަށެވެ. މިކްޔާ އިނީ އެތައް ދުވަހަކަށްފަހު ތާޒާ ވައި ލިބުން އެކަމާ ނުހަނު ހިތް ހަމަ ޖެހިފައިއެވެ.
“އަޅޭ ޕޫލެއްވެސް އޮވޭތަ؟ ހާދަ މަޖާވާނޭ…މީ ވަރަށް ފުންތަނެއްތަ؟” މިކްޔާ ހުރީ ޕޫލަށް އެރިލާހިތް ވެފައިއެވެ.
” ނޭނގެ ދައްތަ ދުވަހަކުވެސް ނޭރެން..އެކަމަކު މިގޭ ކުދިން އެރޭނެ ވަރަށް ގިނައިން..އަދި މަތީ ޓެރެސްގައި އޮންނާނެ މިއަށް ވުރެ ބޮޑު ޕޫލެއް” މާރިޔާވެސް މިކްޔާ އާއި ބައިވެރި ވެލިއެވެ.
” އެކަމަކު އަޅުގަނޑަށް ނޭނގެ ފަތާކަށް..ފަތަން ނޭނގުނަސް ފުން ނޫނިއްޔާ އެރެން ކެރިދާނެކަންނޭގެ..” މިކްޔާ މާޔޫސްކަމާއި އެކު ބުނެލިއެވެ.
ދެމީހުން އެކި ވާހަކަ ދައްކަމުން ގޮސް ހަޓް ކައިރީގައި މަޑުކޮށްލިއެވެ. މިކްޔާގެ އެގޭގެ ރީތި ކަމަށް އެތައް ފަހަރަކު ތައުރީފު ކުރަމުން ދިޔައެވެ. އަދި ވަށައިގެންވާ ފިނިމެންމާ ގަސްތަކުގެ ރީތި ވާހަކަވެސް ދެއްކުނު އަދަދެއް ނޭނގުނެވެ. މާރިޔާ ގެ މޫނުމަތިން ހިތް ހަމަޖެހުން ފެންނަމުން ދިޔައިރު މިކްޔާ އިނީ ހިނިތުންވެލައިގެންނެވެ. އެތައް ދުވަހަށްފަހު ހިތައް ފިނިކަމެއް ލިބިގެން ދިޔައެވެ. މާރިޔާގެ ވާހަކަތަކުން މިހާރު މިކްޔާ އެވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައިއެވެ. މިކްޔާ އޭނާގެ ދެކުދިންމަތިން ހަނދާންކޮށް ރޮއެ ހަދާތަން ފެނި މާރިޔާ އެތައް ދުވަހަކު ވަނީ ނަސޭހަތްތެރިވެފައިއެވެ. އެކުދިންނަށް މިހާރު ބޭނުންވާނީ މިކްޔާގެ ދުޢާ އެވެ. ކިތައްމެ ވަރަކަށް ރޮއެ ކަރުނަ އޮހޮރިޔަސް ދެން އެކުދިން އެނބުރިއެއް ނާންނާނެއެވެ. މިކްޔާ އަށް އެކަން ވިސްނުނީ މާރިޔާގެ އަގުހުރި ނަސޭހަތް ތަކުންނެވެ. މިއަދު މިކްޔާ އޭނާގެ ނަސޭހަތް އަޑުއަހައިގެން ކުރިޔަށްދާން މަސައްކަތް ކުރާތަން ދެކެ މާރިޔާ އެކަމާ ނުހަނު އުފާ ކުރެއެވެ.
“ދައްތާ އަޅުގަނޑު ވަރަށް ބޮޑަށް ކަރުހިއްކާ އެބަ ފެން ފޮދެއް ގެނެސް ދެވިދާނެތަ؟” މިކްޔާ ބުނެލިއެވެ. އެއާއި އެކު މާރިޔާ މިއަންނަނީކަމށް މިސްރާބުޖެހީ ގެޔާ ދިމާއަށެވެ. މިކްޔާ މަޑު މަޑުން ގޮނޑި ދުއްވަމުން ދިޔައީ ފިނިފެންމާ ގަސްތަކާ ދިމާއަށެވެ. އެތަނާ ކައިރި ވެވުމުން މަލެއް ބިނދެލުމަށް އަތް ދިއްކޮށްލުމުންވެސް އަތް ފޯރާ ގޮތެއް ނުވިއެވެ. ވަރަށް ހާލުން އުޅެގެން އަތް ފޯރާވަރު ވީއިރު މިކްޔާ އިން ގޯޑީގެ އެއް ފުރޮޅު އިނީ ބިންގަނޑުން ކުޑަކޮށް ހިއްލިފައި އެވެ.
އެވަގުތު އެހިސާބުން ގެއާ ދިމާ އަށް ހުރަސްކުރި ސޮފިއްޔާ އަށް ހަޓް ކައިރީގައި މިކްޔާ އިންގޮތްފެނި މޭގަނޑު އަތައްނައީ ކިރިޔާއެވެ.
“މީއްކޯ….” ސޮފިއްޔާގެ ދުލުން އެތައް އަހަރެއް ފަހުން އެނަން ބޭރުވެގެން ދިޔައީ އެއްވެސް އޚްތިޔާރެއް ނެތިއެވެ.
މިކްޔާއަށް އޭނާގެ ކަންފަތައް އެއިވުނު އަޑަކުން ހުއްޓުން އަރައިގެން ދިޔައެވެ. ފަސް އެނބުރި ބަލާލިވަގުތު ތަންކޮޅެއް ދުރުން އަންހެނަކު ކަންބޮޑުވެ ހުރެ މިކްޔާ އާއި ދިމާއަށް ބާރު ހިނގުމެއްގައި އަންނަމުން ދާ މަންޒަރު ފެނުނެވެ. މޫނުމަތިން ދެކެފަރިތަ ގޮތެއް ހުރިހެންވެސް ހީވިއެވެ. ހަމަގައިމުވެސް ދެންމެ އެގޮވާލި ނަމަކީ އޭނާގެ މަންމަ ފިޔަވާ އިތުރު މީހެއް ގޮވި ނަމެއް ނޫނެވެ. އެއަންހެން މީހާ އަވަހަށް އަންނަން ވެގެން މިކްޔާ އިން ގޮނޑިއާއި ފަސްވަރަކަށް ފޫޓު ކައިރީގައި ހުރި ގަސް މުށްޓެއްގައި އަޅައިގަނެފައި ވެއްޓުނެވެ. ހަމައެވަގުތު މިކްޔާއަށް ފިރިހެން ކުއްޖަކު ވަރަށް ބާރަށް މަންމާ އޭ ކިޔާފައި ގޮވާލި އަޑު އިވުނެވެ. މިކްޔާ މަތި ބަލާލީ އެއީ ދަންނަ އަޑެއްހެން ހީވުމުންނެވެ. މިކްޔާ އިން ދިމާލުން ގަހެއްގެ ގޮފި ދޭތެރެއިން އެޅިފައި ހުރި ހުސް ޖާގައަކުން ބެލްކަނީގައި ހުރި އައުފް ފެނުނެވެ. އަނެއްކާވެސް މިކްޔާ ވެއްޓިފައި އޮތް އަންހެންމީޙާ އާއި ދިމާއަށް ބަލާލި ވަގުތަކީ އެމީހާވެސް އެއޮތް ގޮތައް އޮވެ އިސްއުފުލާ މިކްޔާ އަށް ބަލާލި ވަގުތެވެ.

އެ މޫނު ކައިރިން ފެނުމާއިއެކު މިކްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި އެއޮތީ މިކްޔާގެ މަންމަ ކަމާމެދު ކުޑަވެސް ޝައްކެތް ނެތެވެ. މިކްޔާގެ މަންމަގެ ދަތްދޮޅީގައި އެއިން ބޮޑު ކަޅުތިލަ އަކީ އެ މޫނަށް ފުރިހަމަ ކަމެއް ގެނުވާކަމެކޭ އަބަދުވެސް މަންމަ ބުނާނެއެވެ. އަދި އެކަޅުތިލަ އަކީ މިކްޔާގެ ހަނދާނުން ފޮހެނުލެވޭނެ އެއްޗެކެވެ. ސޮފިއްޔާގެ ދެލޮލުން ފައިބަމުން އެދާ ކަރުނަ އަކީ މިކްޔާ އަށް އޭނާގެ ހީކުރުންތަކަށް ލިބުނު ޖަވާބެކެވެ. މިކްޔާވެސް ފެންކަޅިވެފައިވާ ހާލު އޭނާގެ މަންމަ އާއި ދިމާއަށް އަތް ދިއްކޮށްލި ވަގުތަކީ އައުފް އައިސް ސޮފިއްޔާގެ ހަށިގަނޑު ކޮޅައްޖެހި ވަގުތެވެ.
” މަންމާ..ކިހިނެއްވީ..ތަނަކަށް ތަދުވިތަ؟އަތް މިއޮތީ މެށިފައިއެއްނު.. ހިނގާދޯ ބޭސް އަޅަން..” އައުފް ގެ އަޑުގައި ވަނީ ހާސްކަމެވެ.
މިކްޔާ އިނީ އައުފް އޭނާގެ މަންމަ އަށް މަންމަ ކިޔާ ސަބަބެއް ނޭނގިފައިއެވެ. އަނެއްކާ މަންމަ އާއި ބައްޕަގެ ވަކިވުމުގެ އަސްލަކީ އައުފް ހެއްޔެވެ؟ މަންމަގެ ހަޔާތުގައި ފޮރުވިފައިވާ އަނދިރި ފަރާތެއް ވަނީހެއްޔެވެ؟ އައުފް އަކީ ހަމަ އަސްލުވެސް އޭނާގެ މަންމަގެ ދަރިއެއް ހެއްޔެވެ؟ އެހެންކަމަށްވާނަމަ އައުފަކީ އޭނާގެ އެއްބަނޑު ބޭބެއެއްހެއްޔެވެ؟ މިކްޔާގެ ސިކުނޑީގައި އެނބުރެމުން ދިޔާ ސުވާލުތަކުން މުޅި މިހާ ދާހިއްލާން ފެށިއެވެ. އެވަގުތު ވަށައިގެންވި މަންޒަރުވެސް އެނބުރޭހެން މިކްޔާއަށް ހީވިއެވެ.
މިކްޔާ އޭނާގެ މޫނު އަނެއްފަރާތައް އަނބުރާލިއެވެ. ތަޤްދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. އެތައް ޒަމާންތަކަކަށްފަހު މިކްޔާ އޭނާގެ މަންމަ އާއި ދިމާވިއިރު ކުރިމަތިލާން ޖެހިފައި މިވަނީ ކޮންކަހަލަ ހަޤީގަތަކާ ހެއްޔެވެ؟ މިކްޔާ އެއިން ގޮތަށް އިނދެ ލޯމަރާލުމާއިއެކު އައުފް ގެ ސޫރަ ސިފަވެގެން ދިޔުމުން ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އަދި މެއާ ދިމާލުގައި އަތް އެޅުމަށްފަހު ފުން ނޭވައެއްދޫކޮށްލިއެވެ.

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ލީމިންހޯ 4

Next

އެފިނިމެންދަން 11

Next
October 28, 2016

އެފިނިމެންދަން 11

Previews
October 28, 2016

ލީމިންހޯ 4

10 Comments

  1. kayashandy says:
    October 28, 2016 at 8:07 pm

    heekurna mi part ves kamudhaane kamah…plx let me knw de mistakes by leaving ur comments..readers support makes me to write more..:)

    1. kayashandy says:
      October 28, 2016 at 8:08 pm

      heekuran**
      th

  2. Zaanaa says:
    October 28, 2016 at 8:19 pm

    Haada kuray v nice story

  3. naaf says:
    October 28, 2016 at 8:39 pm

    Nice

  4. vishaa says:
    October 28, 2016 at 8:58 pm

    vara reeethi…waiting for next part…

  5. Qeen says:
    October 28, 2016 at 8:59 pm

    Alhey neyvaahifahattalaigenhuttaaey thi nimmaalee haadhadheraey dhenkoniraku vv reethi

  6. RaM says:
    October 28, 2016 at 9:09 pm

    Kamu gossi dhn mihaa Reethi kon genes dhenyaa Kamu nugos hunnaanetha.. Vv reethi ekam mi part kury next part avahah up kohdhechey n dhigu kon plx ??

  7. Mishu says:
    October 28, 2016 at 9:38 pm

    ? ? ? ✍????

  8. Thu says:
    October 29, 2016 at 12:24 am

    Nice

  9. Saandy says:
    October 29, 2016 at 4:50 am

    ވަރަށް ރީތި… އެކަމަކު ފާހަގކޮށްލެވުނު ތަންކޮޅެއް ބުނެލާ ހިތްވޭ… ލިޔެވިފަ ހުރީ “ފައިއެވެ” އެކަމު އަސްލު އެބަސް އޮންނަންވާނެ ގޮތަކީ “ފައެވެ”… ދެން “މެށިފައިއެއްނު” އެކަމު އަސްލު އޮނަންވާނެ ގޮތަކީ “މެށިފައެއްނު”… އެކަންކަން ރަނގަޅުކޮށްލީމަ ވަރަށް ބަރާބަރުވާނެ… 16ވަނަ ބައި އަވސްކޮށްލައްޗޭ

Comments are closed.

All Right Reserved!