Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 34 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
November 2, 2016 11 Mins Read
27 Comments

އޭގެ ފަހުން އެދެމީހުން ތިބެނީ އަބްޔާންއަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރަށެވެ. އެހެން ކަމުން ކަންތައްތައް ބަލަހައްޓަން އަބްޔާންއަށް ވެސް ފަސޭހަވެގެން ދިޔަ އެވެ.

ޒައިދާން އާއި އެކު ވަގުތުތައް ހޭދަކުރަމުން އަބްޔާން ދިޔަ އެވެ. ދެމީހުން ރާވައިގެން ގުރޫޕު އެއްކޮން މަހަށް ދިއުމާއި ދަތުރުގޮސް މަޖާނެގުމުގައި އުޅެމުން ގޮސް ޒައިދާން ފުރާދުވަސް ގާތް ވެއްޖެ އެވެ. ޒައީމާ މެންގޭގައި ހަދިޔާއަށް ތަފާތު ވައްތަރުގެ ދިވެހި ލުއިކާނާގެ ބާވަތްތައް ހެދުން ކުރިއަށް ދިޔައިރު އަބްޔާން ވެސް ޔަޒަންއަށް ފޮނުވާނެ ރަގަޅު ހަދިޔާއެއް ތައްޔާރުކޮށްލި އެވެ. ޒައިދާންއާއި އަބްޔާންގެ ގުޅުން އިތުރަށް ވަނީ ބަދަހިވެފަ އެވެ. އަދި ގެސްޓް ހައުސްގެ ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅި އަބްޔާން އެތަން ބަލަހައްޓާނެ ކަން ޔަގީން ވާތީ ޒައިދާންގެ ހިތަށް އިތުރު ހަމަޖެހުމެއް ލިބިފައި ވެއެވެ. ޒައިދާން ފުރައިގެން ދިޔައީ ވަރަށް އުފާވެފައި ހުރެ އެވެ.

ޖަންނަތުއާއި ޔަޒަން ބެލްކަނީގައި ތިބެގެން ބޮކިއަރުވާ ފުޅިއަކުން ބޮކި އަރުވަމުން ދިޔަ އެވެ. ހިތްފަސޭހަ އެ ހަވީރު މަޑު ވައިރޯޅިއެއް ޖެހިލަ ޖެހިލާ އޮތެވެ. އެހެންކަމުން ބޮކިތައް ވެސް މަޑުމަޑުން މައްޗަށް އަރާލާފައި ވަޔާއި އެކު ދިމަދިމާލަށް ދަތުރު ކުރަމުން ދިޔަ އެވެ. ބޮކިތައް ފަހަތުން ފުންމަ ފުންމާފައި މަޖާވެފައި ޔަޒަން އުޅެމުން ދިޔަ އެވެ.

“ޔަޒަން، ސަމްވަން ކޭމް.” އާޔަތު ދުވެފައި އައިސް ޔަޒަން ގާތު ބުންޏެވެ. ޖަންނަތުއާއި ދިމާއަށް ޔަޒަން ބަލައިލާފައި ކޮނޑު އަރުވާލަމުން އާޔަތު ފަހަތުން ގޭތެރެއަށް ނުކުތެވެ. އޭރު ޒައިދާން އައިސް ފޮށި ބަހައްޓާފައި ބޫޓު ބާލަނީ އެވެ.

“ބައްޕާ!” ޔަޒަންއަށް ޒައިދާން ފެނުމުން ދުވެފައި އައިސް ޒައިދާން ގައިގައި އޮޅުލައިގަތެވެ. ޒައިދާން ޔަޒަން އުރާލި އެވެ. އަދި ލޯބިކޮށްލަމުން ޔަޒަން ގައިގައި ފިރުމާލި އެވެ.

“ދަރިފުޅާ، ބައްޕަ މިސް ވިތަ؟” ޔަޒަން ބިމަށް ތިރި ކުރަމުން ޒައިދާން އަހާލި އެވެ.

“އާން، ވަރަށް ބޮޑަށް.” ޔަޒަން ހީލަމުން ބުންޏެވެ. “ކޮބާ ޔަޒަންއަށް ވީ ހަދިޔާ؟”

“ޔަޒަންއަށް ބައިވަރު ހަދިޔާ އެބައޮތް. އެންމެންވެސް ޔަޒަންއަށް ހަދިޔާ ފޮނުވި.” ޒައިދާން ފޮށި ހިފައިގެން އެތެރެއަށް ވަދެ ސޯފާގައި އިށީނދެ ފޮށި ހުޅުވާލި އެވެ.

“އަބީބެ އެއްޗެއް ފޮނުވިތަ؟” ޔަޒަން އުފަލުން ފުމެމުން އައިސް ފޮއްޓާ ދިމާލަށް ތިރިވަމުން އެހި އެވެ.

“އާން، އަބީބެ ވެސް ޔަޒަންއަށް ހަދިޔާއެއް ދިން.” އެހެން ބުނަމުން ޒައިދާން ފޮށި ހުޅުވާފައި ޔަޒަންއަށް ޖަހާފައި ހުރި ޕާރުސަލްތައް ޔަޒަންއަތަށް ދެމުން އެ ދިން މީހުންގެ ނަންތައް ކިޔެވެ. އަބްޔާން ދިން އެތި އަތުގައި ޖެހުމާއި އެކު އެ ކަނޑަން ޔަޒަން ބޭނުން ވިއެވެ. އެހެން ކަމުން އެހެން އެއްޗިހި ބިންމައްޗަށް އަޅާލުމަށްފަހު އެކަނޑާލި އެވެ. އޭގައި އޮތީ ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީ ބައެކެވެ. ނަމްބަރު ތިނެއް ޖަހާފައި ވާއިރު އޭގައި ވަނީ ޔަޒަންގެ ނަންވެސް ޖަހާފަ އެވެ. ޔަޒަން ވަރަށް އުފަލުން އެޖާޒީ ގަޔާ ކައިރި ކޮށްލި އެވެ.

“ބަލާ، ޖަންނަދައްތާ، އަބީބެ ފޮނުވި ހަދިޔާ… ޔަޒަން އެންމެ ބޭނުންވެގެން އުޅުން އެތި.” ޔަޒަން އުފަލުން ޖަންނަތުއަށް އެ ދައްކާލާފައި އަނެއްކާވެސް އޭގައި ބައްދާލި އެވެ.

“ދެން އެހެން ޕްރެސެންޓްތައް ބޭނުމެއް ނޫންތަ؟ އެޔޮތީ ތުއްތި ފޮނުވި އެތި ވެސް.” އާޔަތު އެތަނުން ޒިޔާދާ ފޮނުވާފައި އޮތް ކުޑަ ފޮއްޓެއް ނަގަމުން ބުންޏެވެ.

“ދެން ތިވެސް ބޭނުމޭ… ތީ ކޯޗެއް؟” ޔަޒަން އަތުގައި އޮތް ޖާޒީ ޖަންނަތުއަތައް ދީފައި އައިސް އެފޮށި ހުޅުވި އެވެ. އޭގައި އޮތީ ފުޓުބޯޅަ ބޫޓަކައި ކަށިމައްޗަކާއި އަދި އިސްޓާކީނެކެވެ. ޔަޒަން އެ ނަގާފައި ނިކަން އުފާވެލާފައި ޖަންނަތުއަށް އެވެސް ދައްކާލި އެވެ. “މިހާރު ހުރިހާ އެއްޗެއް ހަމަވީ…” ޔަޒަން އުފާ ވެލާފައި ބުންޏެވެ.

“އަން، މިހިރީ ދެން ހަދިޔާ ދަޅުތައް،” ޒައިދާން ދެން ނެގި ދަޅުތައް ޖަންނަތުއަށް ދިއްކޮށްލި އެވެ. “ދެން މިއޮތީ ޒީނަތު ދިން އެއްޗެއް ޖަންނައަށް.” ޖަންނަތުއަށް ސިޓީ އުރައެއް ދިއްކޮށްލަމުން ޒައިދާން ބުންޏެވެ.

ޖަންނަތު އެ ސިތީއުރަ ކަނޑާލި އެވެ. އޭގައިވަނީ ޑޮލަރުކޮޅަކާއި ޒީނަތުގެ ބޮޑު ބަނޑާއި އެކު ނަގާފައިވާ ފޮޓޯ ތަކެކެވެ. އަދި އިތުރަށް ކުޑަ ގަނޑުކޮޅެއް ވެސް އޮތެވެ. އެއީ ޒީނަތުގެ ލިބެން އުޅޭ ދަރިފުޅަށް ބޭނުންވާ ބައެއް ތަކެތީގެ ލިސްޓެކެވެ. ޖަންނަތު ޑޮަލަރުކޮޅާއި ލިސްޓު ސިޓީއުރައަށް ލުމަށްފަހު ޒީނަތުގެ ފޮޓޯތަކަށް ބަލަން ހެވިފައި އިނެވެ. އެވަގުތު އާޒަތު އައިސް ވަނުމުން ޔަޒަން އާޒަތުއާއި އެކު ބޭރަށް ނުކުތީ އަވަހަށް ފުޓުބޯޅަ ކުޅޭ ހިތުންނެވެ. އާޔަތުވެސް އެމީހުން ފަހަތުން ދުއްވައި ގަތެވެ.

ޖަންނަތު އެމީހުން ދިޔަ ދިމާލަށް ބަލަން އިނދެފައި އުނގުގައި އޮތް ޔަޒަންގެ ޖާޒީ ނެގި އެވެ. އަބްޔާން ޔަޒަންއަށް ފޮނުވި ޖާޒީގައި ޖަންނަތު އަތްކާތާލި އެވެ. އަދި މައުނަވީ ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވި އެވެ. އެމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ޒައިދާން ހުއްޓެވެ. އަދިވެސް ޖަންނަތުގެ ހިތުގައި އަބްޔާންވާކަން ޒައިދާންއަށް ކަށަވަރު ވިއެވެ. އެހެން ކަމުން ޒައިދާންގެ ހިތުގެ އަޑިއަށް އަސަރުތަކެއް ވެސް ކުރެވިގެން ދިޔަ އެވެ.

 

ޔަޒަން ސްކޫލަށް ވެއްދުމުން ޖަންނަތުއަށް ހުސްވަގުތުތައް ގިނަވި އެވެ. އެހެން ކަމުން ޒައިދާންގެ ލަފާގެ މަތިން ކޭޓަރިން ކޯހެއްގައި ޖަންނަތު ބައިވެރި ވިއެވެ. ޒައިދާން އެކަމަށް ވަރަށް ހިތްވަރު ދިނެވެ.

އެންމެން ތަންތަނުން އަންނަ އިރު ގިނަ ދުވަސް ތަކުގައި ޒައިދާން ހުންނަނީ ކައްކާލަ ދީފަ އެވެ. ޖަންނަތުއަށް ހުރިހާ ގޮތަކުން ވެސް ފަސޭހަކޮށްދޭން ޒައިދާން ބޭނުން ވެއެވެ. ކަމެއް ނުކޮށް ހުންނަ މީހަކަށް އެކަންތައް ތައް ކުރުން މާބޮޑު އުނދަގުލަކަށް ނުވެ އެވެ. އެކަމާ ޖަންނަތު ވަރަށް ހިތްހަމަ ޖެހުނެވެ. ކޯހުގައި އުޅެފައި ވަރުބަލި ވެގެން އައިސް ކުރާކަށް އިތުރު ކަމެއް ނުހުރެ އެވެ.

ޒައިދާންގެ ރަގަޅުކަމާއި އަޅާލުން ފެންނަމުން ދާތީ ޒައިދާންއަށް ޓަކައި ޖަންނަތުގެ ހިތުގައިވާ ގަދަރު ވަނީ އެތައް ގުނައަކަށް އުފުލިފަ އެވެ. ބައެއް ފަހަރު ޒައިދާންއާއި އިނދެވުން އެއީ ނަސީބޭ ހިތައް އަރާ ފަހަރުވެސް މަދެއް ނޫނެވެ. ޒައިދާން ކަންކަމުގައި މަޝްއޫލުވެ އުޅޭ އިރު ޒައިދާންއާއި ދިމާއަށް ބަލަހައްޓައިގެން ޖަންނަތުއަށް ހުރެވޭ އިރުވެސް ގިނަވާން ފެށި އެވެ.

ޒައިދާންއާއި މިހާރު އޮންނަ ގުޅުމަށް ވުރެން އިތުރަށް ގުޅުން ބަދަހި ކުރަން ޖަންނަތު ބޭނުން ވެއެވެ. ދެމީހުން ދޭތެރޭ ލޯބި ނެތަސް ގަދަރާއި އިހުތިރާމް ވާތީ އެއްކޮން ދެމީހުނަށް އުޅޭވޭނެކަން ޖަންނަތުއަށް ޔަގީން ވެއެވެ. ދެމީހުން އެކަކު އަނެކަކަށް އިތުބާރު ކުރަންޏާ ނޫޅެވެންވީ ސަބަބެއް ނެތެވެ. މިކަހަލަ ހިޔާލުތަކަކާއި އެކު ޒައިދާންއާއި މެދު ތަފާތު ގޮތަކަށް ޖަންނަތުއަށް ވިސްނެން ފެށި އެވެ. ނަމަވެސް ޒައިދާން އަދިވެސް ލޯބިވާނީ ވަރުދާ ދެކެ ކަން ޖަންނަތު ދަނެ އެވެ. އެހެން ކަމުން އިސްވެ އެކަހަލަ ވާހަކައެއް ދައްކާކަށް ޖަންނަތު ބޭނުމެއް ނުވެ އެވެ.

ދުވަސްތައް އެގޮތަށް ދަމުން ގޮސް އެ އަހަރުގެ ސެމިސްޓަރ ބަންދު އަންނަން ކައިރިވި އެވެ. އާޔަތުއާއި އާޒަތު ބޭނުންވީ ބަންދުގައި އަވަހަށް ރަށަށް ދާށެވެ.

“ތީ ރަގަޅު ކަމެއް. އެންމެން ޗުއްޓީ ހަދާލަން ދާންވީނު.” ސޯފާގައި ލެޕްޓޮޕް ހިފައިގެން އިން ޒައިދާންއަށް އާޔަތުއާއި އާޒަތު އައިސް ޖަންނަތު ކައިރީ ދެއްކި ވާހަކަ އަޑު އިވުމުން ބުންޏެވެ. ކޮޅަށް ހުރި ޖަންނަތު އައިސް ސޯފާގައި އިށީނެވެ. ފަހަތުން އާޒަތުއާއި އާޔަތުވެސް އައިސް އެމީހުން ކައިރީ އިށީނެވެ. އޭރު ތަންކޮޅެއް ދުރުގައި ބޯޅަ ތަޅަން ޔަޒަން ހުއްޓެވެ.

“މަށާ ޔަޒަންއާ ބަހައްޓާފަ ތިމީހުން ދޭ… އަހަރެން އަދި ރަށަށް ދާކަށް ބޭނުމެއްނޫން…” ޖަންނަތު އެއްގޮތަކަށް ވެސް ރަށަށް ދާކަށް ބޭނުމެއް ނުވެ އެވެ. އަބްޔާންއާއި ކުރިމަތިލާކަށް އެއްގޮތަކަށްވެސް އަދިއެއް ޖަންނަތު ބޭނުމެއް ނުވެ އެވެ.

“ދެން ކީއްވެތަ އެއީ؟ ދޮންތަ ވިހަން އުޅޭ އިރު ބޭބީ ދެކިލަންވެސް ނުދާނަންތަ؟ ސާރާގެ ވެސް ކިހާ ލޯބި ބޭބީއެއް އެއޮތީ… އެ ކުދިން ބަލަން ދާހިތުން އަހަރެން މި އުޅެނީ.” އާޔަތު ބުންޏެވެ.

“ކިހާ މަޖާ ވާނެތަ އެންމެން އެއްކޮން ރަށަށް ގޮސްލަން… ދެން މީން ޒަމާނަކު މިގޮތައް އެންމެނަށް އެއްކޮން ޗުއްޓީއެއް ލިބޭނީކީވެސް ނޫން.” އާޒަތު އިނދެފައި ބުންޏެވެ.

“ތެދެއް.. ޔަޒަން ވެސް ކިހާ ދާހިތުން ހުންނާނީ… މިފަހަރު ނުގޮސްފިނަމަ ދެން ޔަޒަންއަށް ޗުއްޓީ ލިބޭނީ އަންނަ އަހަރު… އޭނަ ކިހާ ފޫހިވާނެ.” ޒައިދާން ވެސް އިނދެފައި ބުނެލި އެވެ.

“”އަހަރެން ވެސް ވެޔޭ ބޭބީސްތަށް ދެކިލަން ދާހިތް. އެކަމަކު އަދި އަހަންނަށް ދާކަށް ނުކެރޭނެ…” ޖަންނަތު ހިންދެމިލި އެވެ. “އަހަރެން ބަހައްޓާފަ ދާންވީނު؟… ޕްލީސް އަހަރެން ބަހައްޓާފަ ތި އެންމެން ދޭބަލަ.”

“އެހެން ހެދޭނެތަ؟ ތުއްތަ ވެސް މިހާރު ހާދަ ކުޑަ ވެއްޖެޔޭ… ކާކު ގަބޫލުވާނީ ތުއްތަ އެކަނި މިތާ ބަހައްޓާފަ ދާން؟” އާޒަތު ނުރުހިފައި ބުންޏެވެ.

“އަހަންނަށް އޯކޭޔޭ އަހަރެން އެކަނި ހުންނަން ޖެހުނަސް… ތިމީހުން ގޮސްލާފަ އާދެބަލަ.”

“ނޯ…ވޭ… ތިހެން ނުހެދޭނެނު… އެކަނި ހުއްޓާ ގުގުރަން ފަށައިފިއްޔާޔޯ؟” އާޒަތު ލާނެތް ފާޑަކަށް ހިނިތުން ވެލަމުން އެހި އެވެ. ޖަންނަތު ބަސްހުއްޓިފައި އާޒަތުއަށް ބަލައިލި އެވެ.

“ތެދެއް… އޭރުން ދެން ކިހިނެއް ހަދާނީ؟” އާޔަތުވެސް އަވަހަށް އާޒަތުއާއި އެއްކޮޅަށް ހިފާލި އެވެ.

“އެކަމުވެސް… އަހަރެން ދާކަށް ބޭނުމެއްނޫން…” ޖަންނަތު މިފަހަރު ވަރަށް ސީރިއަސް ކަމާއެކު ދެރަވެފައި އެހެން ބުނި ގޮތުން އެންމެން ޖަންނަތުއަށް ބަލައިލި އެވެ.

“އާޒަތުއާއި އާޔަތު ޔަޒަން ގޮވައިގެން ދޭ… އަހަރެން ޖަންނައާ އެއްކޮން މަޑުކޮށްލަ ފާނަން.” ޒައިދާން ވިސްނާލަން އިނދެފައި ބުނެލި އެވެ. އެންމެން ޒައިދާންއަށް ބަލައިލި އެވެ. އަހަރެން ނިކަން ފަހުން ރަށަށް ގޮސްފަނު މިއައީ… އަނެއްކާ ޒައީމާއްތަ ހުންނާނެނު ޔަޒަން ބަލަން… ޔަޒަން ވެސް އުފާވާނެނު ރަށަށް ދެވުނީމަ.”

“ތީ ވަރަށް ރަގަޅު އައިޑިއަރ އެއް… ތުއްތަ ކީކޭ ބުނަނީ..” އާޔަތު އުފަލުން ގޮނޑިން ތެދުވަމުން ދެއަތް ޖޯޑުކޮށްލަމުން ޖަންނަތުއާއި ދިމާލަށް އެނބުރުނެވެ.

“ޒައިދާންއަށް ތިގޮތް ކަމުދަންޏާ އަހަރެންގެ މައްސަލައެއް ނެތް.” ޖަންނަތު ޒައިދާންއަށް ބަލައިލާފައި ބުނެލި އެވެ.

“ތުއްތަ ދާން ބޭނުން ނުވަންޏާ އެގޮތް ދެން އެންމެ ރަގަޅީ… ނޫންތަ؟” އާޒަތު ބުނެލި އެވެ.

“އަހަންނަށް ވަރަށް ކަމުދޭ އެގޮތް…” މާނަވީ ގޮތަކަށް އިނދެފައި ޒައިދާން ބުނެލި އެވެ.

 

އެ ހަފްތާގައި އެންމެން ދަތުރު ހަދަން އުޅެން ފެށި އެވެ. ޖަންނަތު ވެސް ބާޒާރު ކުރަން ދިޔައީ ޒީނަތުގެ ކުޑަމީހާއަށް ގަންނަން ހަވާލުކުރި ބައެއް ސާމާނު ހަމަ ކުރާށެވެ. އާޔަތުއާއި އެކު ބޮޑު ‘ޝޮޕިންމޯލް’ގައި ހިގަމުން ފިހާރަތަކަށް ވަންނަމުން ދެމީހުން ދިޔަ އެވެ. އެހެން އުޅެފައި ވަރުބަލި ވެގެން ފިނިއެއްޗެއް ބޯލަން ޖޫސް ފިހާރައަކަށް ވަދެ ދެމީހުން ހަމަ ޖެހިލި އެވެ.

“ތުއްތާ… އަސްލު ތުއްތަ ބަހައްޓާފަ ދާން ޖެހޭތީ ވަރަށް ފޫހިވޭ.” އާޔަތު ބުންޏެވެ.

“އަހަންނަށް އަދިއެއް ދާކަށް ނުކެރޭނެ އާޔާ… އަބީއާ ފޭސް ކުރާކަށް އަހަރެންގެ ހިތްވަރެއް ނެތް.”

“އަދިވެސް އަބީބެ މަތިން ހަދާންވޭތަ؟ ޒައިދާންބެ ކިހާ ރަގަޅު… ތުއްތަވެސް ދެން މިހާރު އެކަންތައް ހަދާން ނައްތާލާ ޒައިދާންބެއަށް ފުރުސަތު ދޭން ވެއްޖެނު.”

“އަހަންނަށް އިނގެޔޭ… އަހަރެން ތިަކަމާ ވަރަށް ވިސްނަމޭ… އެކަމަކު ޒައިދާން ވެސް ވަރުދާ މަތިން ހަދާނެއް ނުނެތެޔޭ… ކާކަށް އެމީހެއްގެ އެންމެ ފުރަތަމަ ލޯބި އެހާ ފަސޭހައިން ހަދާން ނައްތާ ލެވޭނީ؟”

“ލައިފް ގޯ އޮން ކުރަންޏާ ދެން ޖެހޭނީ ކޮންމެވެސް އެއްދިމާލަކަށް ދާކައްނު… ތުއްތައަށް މިފަހަރު މިލިބެނީ ރަނުގެ ފުރުސަތެއް.” އާޔަތު ކައިރިއަށް ލާނެތް ހިންޏެއް އައެވެ.

“ރަނުގެ ފުރުސަތެކޭ؟”

“އާން، ޒައިދާންބެއާ އެއްކޮން އެކަނިވެލަން… ހަނީމޫން ހަދާލަން… ދެމީހުން އިތުރަށް ދަސްކުރަން… އަހަރުމެން ދެ ހަފްތާކޮށްފަ އަންނައިރު ދެމީހުންގެ ގޮށް ވަރުގަދަ ކޮށްފަ ބަހައްޓަން ވާނީ..”

“އާޔާ، ތި ހީކުރާ ގޮތަކަށް ކަންތަކެއް ނުވާނެ… ”

“ކީއްވެ ނުވާނީ؟ ޒައިދާންބެއާ އެއްކޮން ކުރިއަށް އޮތްތާ ވެސް ތުއްތަ އުޅެން ބޭނުމިއްޔާ ތި ގުޅުން އިތުރަށް ހަރުދަނާ ކުރަން ޖެހޭނެނު.”

“އާޔާ، އަހަރެން ވެސް މިހާރު ބޭނުމީ ޒައިދާންއާއި އެކު ދެމަފިރިން ގޮތުގަ އުޅެން. ޒައިދާންއާއި އިނުން އެއީ އަހަންނަށް އެޅުނު އެންމެ ރަގަޅު ފިޔަވަޅުކަން އަހަންނަށް މިހާރު އިނގޭ… އެހާ ރަގަޅު ފިރިހެނެއް އަހަރެން ނުދެކެން… އަބީ މަތިން ހަދާން ނުނެތުނަސް ޒައިދާންއާއި އެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް.. އެކަމަކު ޒައިދާންގެ ހިތުގައި އޮތް އެއްޗެއް އަހަންނަކަށް ނޭގެ.”

“ތުއްތާ، އެންމެ ފަހަރަކުވެސް ޒައިދާންބެއަށް ސިގްނަލެއް ދީބަލަ… ޒައިދާން ބެއަށް ބޭނުންވާކަން ކޮންމެސް ގޮތަކުން އަންގަ ބަލަ؟”

“ނޭގެ، ޒައިދާން ބޭނުމިއްޔާ ޒައިދާން އިސްވެ ބުނަންދެން އަހަރެން މަޑުކުރާނީ.” އެންމެ ފަހުން ޖަންނަތު ބުންޏެވެ. އާޔަތު ކޮނޑު އަރުވާލަމުން ބޯހޫރާލި އެވެ.

 

 

 

ދުވަސްތަކަކަށް ފަހު އަބްޔާން ފެކްޓަރީއިން އައިސް ގެއަށް ވަދެ ފެންވަރާލައިގެން ކޮޓަރިން ނުކުތީ ނޫރުއާއި ބައްދަލުކުރަން ދާށެވެ. އޭރު ހިދާޔާ ސޯފާގައި އިށީނދެގެން އިނެވެ.

“ދަރިފުޅާ، އެހާ ދުވަސްކޮށްފަ އައިސްފަ މަޑުވެސް ކޮށްނުލާ ކޮންތާކަށް ތި ދަނީ؟” އަބްޔާން ފެނުމުން ހިދާޔާ އެހި އެވެ.

“ނޫރުމެންގެއަށް.” އެހެން ބުނެފައި ހިދާޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަބްޔާން ބޭރަށް ނުކުމެ ސައިކަލަށް އެރި އެވެ.

“އަބީބޭ،” އެވަގުތު ފަހަތުން ކުއްޖެއް ގޮވާލިއަޑަށް އަބްޔާން ފަހަތަށް އެނބުރުނެވެ. އޭރު އެދިމާލަށް ދުވެފައި ޔަޒަން އަންނަނީ އެވެ. އަބްޔާން ހިނިތުން ވަމުން ސައިކަލުން ފޭބި އެވެ. “އަބީބޭ!” ޔަޒަން އަދި ވަކިން ބާރަށް ގޮވާލަމުން އައިސް އަބްޔާން ގައިގައި ބައްދައި ގަތެވެ. އަބްޔާންވެސް ޔަޒަން އުފުއްލާލަމުން ޔަޒަން ގައިގައި ބައްދާލަމުން ފިރުމާލި އެވެ.

“ކޮން އިރަކު ޔަޒަން އައީ؟” އަބްޔާންއަށް އަހާލެވުނެވެ.

“ޓޫ ޑޭސް ވެއްޖެ… އެހެރީ އާޒަތުބޭ.” އެވަގުތު ދުރުގައި ހުރި އާޒަތު ދައްކާލަމުން ޔަޒަން ބުންޏެވެ. އަބްޔާން އާޒަތުއަށް ބަލައިލުމުން އާޒަތު އަތް ހޫރާލި އެވެ. އަބްޔާން ވެސް އާޒަތަށް އަތުން އިޝާރާތެއް ކޮށްލި އެވެ.

“އެންމެން އައީތަ؟” އަބްޔާންއަށް އަހާލެވުނެވެ.

“ނޫނޭ، އާޒަތުބެއާ އާޔާދައްތައާ ޔަޒަންއާ އެކަނި އައީ.” ޔަޒަން ބުންޏެވެ.

“އެހެންތަ… މިހާރު ޔަޒަން ހާދަ ބޮޑުވެއްޖޭ.” އަބްޔާން ޔަޒަން ބިންމަތީ ބެހެއްޓި އެވެ.

“އާން، ޔަޒަން މިހާރު ވަރަށް ރަގަޅަށް ކަމޭ.”

“އެހެންތަ… ރަގަޅު އެއްޗިހި ކަންޏާ އަވަހަށް ބޮޑުވާނެ.” އަބްޔާން ހީލަމުން ބުންޏެވެ. “މިހާރު ފުޓުބޯޅަ ނުކުޅެންތަ؟”

“ނޫނޭ އަބީބޭ، ޔަޒަންމެން ސްކޫލްގެ ފުޓުބޯޅަ ޓީމުގަ ޔަޒަން އުޅެނީ. ޔަޒަންގެ ކޯޗު ބުނީ ޔަޒަން ވަރަށް މޮޅޯ.” ޔަޒަން ފޮނިވެލާފައި ބުންޏެވެ.

“ދެޓްސް ގްރޭޓް.” އަބްޔާން ޔަޒަންގެ ބޮލުގައި ފިރުމާލަމުން ބުނެލި އެވެ. އެވަގުތު މުރަކަގެއިން ނުކުތް އަންހެން ކުއްޖާ ފެނުމުން އަބްޔާންއަށް ހައިރާންކަން ލިބިފައި ބަލަން ހުރެވުނީ އެވެ. އެ އަންހެން ކުއްޖާ ހިނިތުން ވެލައިގެން އަބްޔާންއާއި ދިމާލަށް އަންނަން ފެށި އެވެ. އަބްޔާންއަށް ހީވީ ޖަންނަތު ހެންނެވެ. އެއްވެސް ތަފާތެއް ނެތެވެ. އެ ހިނގުމާއި އެ ހަރަކާތެވެ. އެހީލުމާއި އެ ބަލައިލުމެވެ.

“އަބީބޭ، ކިހިނެއް ވެފަ ތިހިރީ؟” އާޔަތު އައިސް އަބްޔާން ކައިރީ ހުއްޓިލަމުން އެހި އެވެ. އޭރުވެސް އަބްޔާންއަށް އެއްޗެއް ބުނަން ނޭގިފައި އާޔަތުއަށް ބަލަން ހުރެވުނީ އެވެ. ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު އަބްޔާން ހުއްޓެވެ.

“އަބީބޭ،” އާޔަތު އަނެއްކާވެސް އަބްޔާންއަށް ގޮވާލި އެވެ.

“އާޔާ، މީހަކު ހައިރާންވާވަރު ވޭ ހަމަ.” އެންމެ ފަހުން އަބްޔާން މާ ނޭވާއެއް ލަމުން ބުންޏެވެ.

“ކީއްވެ؟” އާޔަތު ހިނިތުން ވެލަމުން އަބްޔާންއަށް ބަލައިލި އެވެ. ފޯނުން ވާހަކަ ދައްކާ އިރު ފާހަގަ ނުކެރެވޭ ކަމަކީ އަޑުވެސް ޖަންނަތުއާއި ވައްތަރު ކަމެވެ. ހަމަ އެކަނި ތަފާތަކީ އިސްތަށި ގަނޑެވެ. އާޔަތުގެ އިސްތަށިގަނޑު ވަނީ ރީތިކޮން ފަންކޮށްފައި ނިއުޅާލާފަ އެވެ. ޖަންނަތުގެ އިސްތަށިގަނޑު އަބަދުވެސް އޮންނަނީ އައްސާފަ އެވެ.

“ޖަންނައާ އެއްވެސް ތަފާތެއް ނެތް. ހަމަ ތެދެއް މިބުނީ. މަށަށް ޔަގީން މީހުން ހައްދާލެވޭނެކަން.” އަބްޔާން ބުނެލި އެވެ. އާޔަތު ހިނިތުން ވެލީ އުފަލުންނެވެ. އަބަދުވެސް ޖަންނަތުއަށް ވާހިތުން އުޅޭ އާޔަތުއަށް މިއަދު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ އެވެ.

“އަބީބޭ، ހިނގާ ބޯޅަ ކުޅެން.” ޔަޒަން އަބްޔާން ގާތު އެދުނެވެ.

“އަބީބެ މިހާރު މިދަނީ ތާކަށް ދާން… ހަވީރު އަންނާނަން ބޯޅަ ކުޅެން އިނގޭ.” އަބްޔާން އެހެން ބުނެފައި ޔަޒަން ބޮލުގައި ފިރުމާލި އެވެ.

“އާޔާ، ނިކަން ބަލައިގެން އުޅެއްޗޭ… މިހާރު މާ ރީތިވީމަ މިރަށު ފިރިހެން ކުދިން ނުތިބޭނެ މަޑަކުން.” އަބްޔާން އާޔަތުއަށް އެހެން ބުނެފައި ހެމުން ހެމުން ގޮސް ސައިކަލަށް އެރި އެވެ. އާޔަތު އަބްޔާންއަށް ބަލަހައްޓައިގެން ހުރީ އެވެ. އަބްޔާން ހިނިތުން ވެލަމުން އާޔަތުއަށް އެއްލޯ މަރާލަމުން ސައިކަލު ދުއްވާލި އެވެ. އާޔަތުގެ ހިތަށް އެވަގުތު ބުނަން ނޭގޭ ގޮތްތަކެއް ވިއެވެ. އެއީ ކޮންކަހަލަ އިހުސާސްއެއް ކަމެއް އާޔަތުއަކަށް ނޭގުނެވެ. ފާޑަކަށް ހެވިފައި އާޔަތު ހުރީ، ނޭގޭ އުފާވެރި ކަމެއް އެހިތަށް ލިބުމުން ނެވެ.

 

މުޅި ގޭތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފަ އެވެ. ޖަންނަތު އައިސް ސޯފާގައި އިށީނީ ކުރާނެ ކަމެއްވެސް ނެތުމުންނެވެ. އޭރު ޒައިދާން ވެސް ކޮޓަރިން ނުކުމެގެން އާދެ އެވެ.

“އެންމެން ދިޔައިމަ ހާދަ ފަޅޭ ދޯ.” ޒައިދާން އައިސް އެކަކަށް އިނދެވޭ ސޯފާގައި އިށީންނަމުން ބުނެލި އެވެ. ޖަންނަތު ބޯޖަހާލަމުން ޒައިދާންއަށް ބަލައިލި އެވެ.

“އާން، އަދި ޔަޒަން ނެތީމަ ހީވަނީ އެއްބައި މަދުހެން.”

“ޖަންނަ ދާން އެއްބަސްވީނަމަ… މިހެން ފޫހިވެފަ އަހަރުމެން ތިބޭކަށް ނުޖެހޭނެނު.”

“އަހަރެން އަދި ރަށަށް ދާކަށް ބޭނުމެއްނޫން ޒައިދާން. ޒައިދާން ދިޔަ ނަމަ.”

“ޖަންނަ އެކަނި ބަހައްޓާފަ އަހަރެން ކިހިނެއް ދާނީ؟” ޒައިދާން މާނަވީ ގޮތަކަށް ބަލައިލަމުން ބުންޏެވެ. ޒައިދާން ބަލައިލި ގޮތުން ޖަންނަތުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔަ އެވެ. ޖަންނަތު އަވަހަށް އިސް ޖަހާލި އެވެ.

“ހިނގާ ކޮންމެސް ތާކަށް ދަމާ… ގޭގަ މިހެން ފޫހިވެފަ ތިބެނީ ކީއްކުރަން؟” ޒައިދާން އެހެން ބުނަމުން ތެދުވި އެވެ.

“އަންނާނަން ތައްޔާރު ވެލައިގެން.” ޖަންނަތުވެސް ބޭނުންވީ ބޭރަށް ނުކުމެލާށެވެ. އެހެން ކަމުން އަވަހަށް އެއްބަސް ވެލި އެވެ.

 

އަބްޔާން އާއި ނޫރު ގޭދޮށަށް އައީ ހަވީރުވެސް ވީ ފަހުންނެވެ. އޭރު ޔަޒަން ބޯޅަ ތަޅަން އެކަނިމާ އެކަނި ހިރުދުގަސް ދޮށުގައި އުޅެ އެވެ. އަބްޔާންއާއި ނޫރުއައިސް ޔަޒަންއާއި އެކު ބޯޅަކުޅެން ފެށި އެވެ. ފެން ވަރައިގެން އާޔަތު ބެލްކަންޏަށް ނުކުތީ ޔަޒަން ކޮބައިތޯ ބަލައިލާށެވެ. އާޔަތުއަށް އަބްޔާންއާއި ނޫރުއާއި އެއްކޮން ބޯޅަކުޅެމުންދާ ޔަޒަން ފެނުމުން ހިނިތުން ވެލި އެވެ. އަދި ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން މަޑުކޮށްލައިގެން އެމީހުން ކުޅޭތަން ބަލަން ހުއްޓެވެ. އެހެން ހުންނައިރު ނޭނގިނަމަވެސް ސަމާލުކަން ދެވެނީ އަބްޔާންއަށެވެ. އަބްޔާން ކުޅޭއިރު އެގެންގުޅޭ އުކުޅުތައް އާޔަތުއަށް ވަރަށް ކަމުދިޔަ އެވެ. ކުޅެމުން ކުޅެމުން ގޮސް ދާހިތްލާފައިވާ އަބްޔާން ކުއްލިއަކަށް ލައިގެން ހުރި ޓީ-ޝާރޓް ބާލާ އެތާހުރި އުނދޯލީގައި ބޭއްވި އެވެ. ފުރަތަމަ ފަހަރަށް އަބްޔާންގެ ހަށިގަނޑަށް އާޔަތުގެ ސަމާލުކަން އެނބުރުނެވެ. ފުރިހަމަ ކަސްރަތީ އެރީތި ހަށިގަނޑު އާޔަތުއަށް ނިކަން ރީތި ވެއްޖެ އެވެ.

“ތުއްތައަށް އަބީބެ އެހާ ރީތީ އެހާ ސްމާރޓް ވެފަ ރީތިވީމަތާ.” އާޔަތު ހިތާ ހިތާ ކިޔާލި އެވެ. އަދި ހިނިތުން ވެލައިގެން އެދިމާ ބަލަން ހުއްޓެވެ.

 

އެރޭ ޖަންނަތުއާއި ޒައިދާން ގެއަށް އައީ ބޭރުން ކައިގެނެވެ. އައި އިރު ގޭތެރޭ އަނދިރިކަމުން ތަނެއް ދޮރެއް ނުފެނެ އެވެ. ޖަންނަތު ވަދެ ބޮކިދިއްލަން ދިޔައީ ސްވިޗުތައް ހުރި ދިމާލަށެވެ. އޭރު ޒައިދާންވެސް އެދިމާލަށް ފޯނުގެ ބައްތި ދިއްލައިގެން ދިޔަ އެވެ. ސުއިޗު ދިއްލުމުން ވެސް ބޮކިތައް ނުދިއްލުމުން ކަރަންޓް ނެތްކަން އިނގުނެވެ.

“މުޅި ހިސާބުން ކަރަންޓު ގޮއްސަ.” ޒައިދާން ދޮރާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

“ކީއްވެތަ އެ ކަރަންޓް ދިޔައީ؟” ޖަންނަތު ވެސް ބަލައިލަމުން އަހާލި އެވެ.

“ނޭގެ، ދެން ކަރަންޓް އަންނަން ދެން ތިބެން ޖެހޭނީ.” އެހެން ބުނެފައި ޒައިދާން ބޭރަށް ނިކުމެ ހާމައަށް އޮތް ތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ހަނދުވަރުގެ ރިހި އަލި އެޅިފައި އޮތުމުން ކޮންމެވެސް ވަރެއްގެ ފަނޑު އަލިކަމެއް އެތަނުގައި ވެއެވެ. މަޑު ވައިރޯޅި ވާތީ އެތާތިބެން ވަރަށް ހިތްގައިމެވެ. ޖަންނަތު ވެސް ޒައިދާން ފަހަތުން ގޮސް އެތަނުން ގޮނޑިއެއްގައި އިށީނެވެ.

“ޔަޒަން އައިމަވެސް ދާން ވާނެ.” ޖަންނަތު ގޮނޑީގައި ހަމަ ޖެހިލަމުން ބުނެލި އެވެ. ޖަންނަތު އެދައްކަނީ މިއަދު އެމީހުން ދިޔަ ‘އެމިއުސްމެންޓް’ ޕާރކުގެ ވާހަކަ އެވެ.

“އާން، އަސްލުވެސް… ވަރަށް މަޖާ ދޯ.” ޒައިދާން ހިނިތުން ވެލަމުން ބުނެލި އެވެ. “އަހަރެން ހިތަކަށް ނާރަ ޖަންނައަށް އެހުރިހާ އެއްޗިއްސަށް އަރަން ކެރިދާނެއެކޭ.” ޒައިދާން ޖަންނަތުގެ މޫނަށް ބަލައިލަމުން ބުނެލި އެވެ. ފަނޑު އަލިކަމުގެ ތެރެއިން ޖަންނަތު ފެންނަލެއް ވަރަށް ރީއްޗެވެ. ޒައިދާންއަށް ޖަންނަތުއާއި ދިމާއަށް ކަޅި ޖަހާނުލާ ބަލަން އިރުކޮޅަކު އިނދެވުނެވެ.

“ތިހެން ވިއްޔާ، ޒައިދާންއަށް އަދި އަހަރެން ދަހެއް ނުވޭނު.” ޖަންނަތު ހިނިތުން ވެލަމުން ބުނެލި އެވެ. ޒައިދާން އޭރުވެސް ޖަންނަތުއާއި ދިމާއަށް ބަލަން ގެއްލިފައި އިނެވެ. ޖަންނަތުއަށް އެކަން އިހުސާސް ނުކުރެވުނީ އަނދިރިކަމުގެ ތެރެއިން ޒައިދާންގެ މޫނު ޖަންނަތުއަށް ރަގަޅަށް ނުފެންނާތީ އެވެ. ހަމަހިމޭންކަން ވެރިވެފައިވީ ޒައިދާން އެއްޗެއް ނުބުނުމުން ޖަންނަތުއަށް ވެސް އިތުރު އެއްޗެއް ބުނަން ނުކެރުމުން ނެވެ. ޒައިދާންއަށް ޖަންނަތު ބުނި އެއްޗެއް ނުވެސް އިވުނެވެ. އެއަށް ވުރެން ބޮޑަށް ޒައިދާން އިނީ ޖަންނަތުގެ މޫނަށް ގެނބިގެން މާ ފުނަށް ދެވިފަ އެވެ.

އިރުކޮޅެއް ފަހުން ކަރަންޓު އައުމުން ޒައިދާން ދިޔައީ ސިއްސައިގެނެވެ.

“ކިހިނެއް ތިވީ؟” ޖަންނަތު ޒައިދާންއަށް ވީގޮތް ފެނުމުން ހީގަތެވެ. ޒައިދާން ލަދުގަތެވެ. ނަމަވެސް ނޭގޭކަމަށް ހަދާލަމުން އަވަހަށް ތެދުވެގެން އެތެރެއަށް ވަނެވެ.

ޒައިދާން ފާހާނާއިން ނުކުތުމުން ޖަންނަތު ވެސް ވަނީ ފާހާނާއަށެވެ. ޖަންނަތު ފާހާނާކޮށް ނިމިގެން ފާހާނާގައި އިން ލޯގަނޑު ކައިރިއަށް ހުއްޓުނެވެ. ބޯ ރީތިކޮށްލުމަށް ފަހު ޖަންނަތުގެ ލޮލުގައި އަޅައި ގަތީ ޖަންނަތު ކަރުގައި އޮތް ފަށެވެ. ޖަންނަތު އެފަށުގައި އަތް ލިއެވެ. އެތަކެއް ހިޔާލުތަކެއް ޖަންނަތުގެ ހިތަށް ވެރިވެގެން ދިޔަ އެވެ. ދުވަސް ކޮޅަކަށް ނަމަވެސް އަބްޔާންގެ ހިޔާލުތައް ޖަންނަތުގެ ހިތާ ދުރުވެފައި ވާކަމުގެ އިހުސާސް ޖަންނަތުއަށް ކުރެވުނެވެ. ޖަންނަތު ލޯގަނޑުން ފަށަށް ބަލަމުން ފަށުގައި އިނގިލި ހާކަމުން ދިޔަ އެވެ. ކުރިން އަބްޔާންގެ ހަދާން ނުވާ އެންމެ ދުވަހެއް ވެސް ނުދެ އެވެ. ނަމަވެސް ފަހުން ފަހުން އައިސް އަބްޔާން ހަދާން ވަނީ ހަދާންވާ ކަމެއް ދިމާވުމުން ނޫނީ އެއްޗެއް ފެނުމުންނެވެ. އަނެއްކާ އަބްޔާންގެ ލޯބި ޖަންނަތުގެ ހިތުން ފޮހެވިގެން ދަނީ ހެއްޔެވެ. އެއީ އެހެން ވިއްޔާ ލޯތްބެއް ނޫން ކަންނޭގެ އެވެ. އެއީ ދެން ކޯޗެއް ހެއްޔެވެ. ހިޔާލުގައި ހުރެގެން ފާހާނާއިން ޖަންނަތު ނުކުމެގެން އައިސް އެނދުގައި އިށީނެވެ. އޭރު ޒައިދާން ފޯނާ ކުޅެލަ ކުޅެލާ އެނދުގެ އަނެއްފަރާތުގައި އޮތެވެ.

“ޒައިދާން،” ޖަންނަތު ޒައިދާންއަށް ގޮވާލި އެވެ. ޒައިދާން ފޯނު ނިއްވާލަމުން އެނދުން ތެދުވި އެވެ.

“ޒައިދާން އަދިވެސް ވަރުދާ މަތިން ހަދާން ވޭތަ؟” ކުއްލިއަކަށް ޖަންނަތު އެސުވާލު ކުރުމުން ޒައިދާން ހައިރާން ވި އެވެ. އަދި އަނެއްކާވެސް އެނދުގެ ކައިރިފަށުގައި އިށީނދެވުނެވެ. “ހަދާން ވޭހޭ މިބުނީ… ކުރިން ވާ ގޮތަށް؟” ޒައިދާން ފާޑަކަށް ޖަންނަތުއަށް ބަލަން އިނުމުން ޖަންނަތު އެސުވާލު ކުރެވުން މޮޔަ ހިތަށް އަރި އެވެ.

“ކޮންމެ ކަމެއް ވެސް ވަގުތާއި އެކު ފަނޑުވަމުން ގޮސް އޮބާލާނެ ކަމަށް މޮޅެތި މީހުން ބުނޭ… އަހަރެން ވަރުދާ މަތިން ހަދާން ވޭ… އެކަމަކު އެއީ ކުރިން ވާ ގޮތަކަށް ނޫން… މިހާރު ވަރުދާ މަތިން ހަދާން ކުރީމަ ހަދާން ވަނީ. ކުރިން އަބަދުވެސް މިހިތުން ފެންނަނީ ވަރުދާ… އެކަމަކު މިހާރު..” ޒައިދާން ޖަންނަތުއަށް ބަލައިލި އެވެ. ބުނަން ބޭނުން ވެފައި ވާ އެއްޗެއް ދުލާހަމައަށް ނައެވެ. ޖަންނަތުގެ ހިތް އޮތްގޮތެއް ނޭގޭތީ އެވެ.

“ޖަންނަ އެކަމު ތި ސުވާލު ތިކުރީ ކީއްވެ؟” ޒައިދާން ބޭނުންވީ ޖަންނަތު ހިތް އޮތް ގޮތެއް ބަލާށެވެ. އެހެން ކަމުން ދުރު ދުރުން ފެށި އެވެ.

“އެއީ ދެން ހިތަށް އެރި އެއްޗަކުން.” ޖަންނަތު ބުނެލި އެވެ. އަދި އައިސް އެނދުގައި ޒައިދާން އިން ފަރާތް ނޫން އަނެއް ފަރާތުގައި އިށީނދެ ބާލީހެއް ނެގި އެވެ. ޖަންނަތު އިސް ޖަހާލައިގެން ބާލީހުގެ ވިހޭފަށް ގަޑާއި ކުޅެލަ ކުޅެލާ އިިނެވެ.

“ތިހެން ވިއްޔާ ޖަންނަ އަބީ މަތިން ހަދާން ވޭތަ؟” ޖަންނަތުއާއި ދިމާއަށް އެނބުރިލާފައި ބަލަން އިރުކޮޅަކު އިނދެފައި ޒައިދާން ވެސް ސުވާލު ކޮށްލި އެވެ. ޖަންނަތު ޒައިދާންއަށް ބަލައިލި އެވެ. އަދި ކަރުގައި އޮތް ފަށުގައި އިހުތިޔާރަކާއި ނުލާ އަތްލެވުނެވެ. ޖަންނަތުގެ އެ އަމަލުން ޒައިދާންއަށް ޖަވާބު ލިބުން ކަހަލަ އެވެ. ޒައިދާންގެ ސުވާލަށް ޖަންނަތު ޖަވާބެއް ނުދިނެވެ. ޒައިދާން އިތުރަށް އެސުވާލު ތަކުރާރުވެސް ނުކުރެ އެވެ. ޖަންނަތުގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު ޒައިދާން ތެދުވި އެވެ.

“ހިނގާ ނިދަން. ވަރަށް ވަރުބަލި ވެއްޖެ.” ޒައިދާން ގޮސް ސޯފާގައި އޮށޯތުމުގެ ކުރިން ބޮކި ވެސް ނިވާލި އެވެ. ޖަންނަތު ވެސް އޮށޯތެވެ. ހިތުގައި އެތަކެއް ޖަވާބުނޭގޭ ސުވާލުތައް އޮޅުން ބޮޅުންވަމުން ދާ ހާލުގައި ޖަންނަތު ގުޑިވެސް ނުލާ ލޯމަރައިގެން އޮތެވެ. ނިތްކުރި މަތީ އަތް ބާއްވައިގެން ލޯމަރައިގެން ޒައިދާން ވެސް އޮތީ ނުނިދިފަ އެވެ. ވަރުބަލި ވެފައި ހުއްޓަސް ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތީ އެވެ. ނުނިދިފައި އެތައް ދަމެއް ވަންދެން ދެމީހުން ވެސް ތިއްބެވެ. ހިތަށް އަރަމުން ދިޔަ ހުރިހާ ޖަޒުބާތަކާއި އެކު އިރުކޮޅަކާ ޒައިދާން ޖަންނަތުއަށް ބަލައިލަ އެވެ. ދޭތެރެއަކުން ޖަންނަތު ފުރޮޅިލަ އެވެ. ޖަންނަތު ފުރޮޅިލާ ކޮންމެ ފަހަރަކު ޒައިދާން ލޯމަރަ އެވެ. ޖަންނަތު ފުރޮޅިލާފައި ޒައިދާންއާއި ދިމާއަށް ބަލައިލަ އެވެ. ޖަންނަތުއަށް ހީވަނީ ޒައިދާން އޮންނަނީ ގަދަ ނިދީގައި ކަމުގަ އެވެ. އެހާލުގައި އެތަކެއް ދަމެއް ވަންދެން އުޅެފައި ނިދުނު އިރެއްވެސް ނޭގެ އެވެ.

 

ޒީނަތު ވިހަން މާލޭގައި އިންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އާޔަތުއާއި އާޒަތު ޒީނަތު ކައިރިއަށް މާލެ ދިޔައީ ޔަޒަން ޒައީމާ މެންގެއަށް ލާފަ އެވެ. އާޔަތުމެނާ އެކު އަބްޔާންއާއި ނޫރު ވެސް އެދުވަހު މާލެ ދިޔަ އެވެ.

“ނޫރު، ލުކް އެޓް ހަރ.” އާޔަތު އާއި އާޒަތު ކާރަށް އަރާތަން ބަލަން ހުރެފައި ނޫރުއާއި ދިމާއަށް އަބްޔާން ބުނެލި އެވެ. “ނޫރުއަކަށް ވައްތަރެއް ނޫންތަ؟”

“ވައްތަރު… ވަރަށް ވައްތަރު.” ނޫރު އެއްބަސް ވި އެވެ. “ކަލޭ އެކަންތައް ކުރަން ވީނު.” އަބްޔާން ފެރީގައި ގެނައި އަބްޔާންގެ ސައިކަލު ބޭލުމުން ދެމީހުން ސައިކަލަށް އަރަމުން ނޫރު ބުނެލި އެވެ.

“ސާބަހޭ… އެއީ ކޮއްކޮއެއް ކަހަލަ ކުއްޖެއް. އެހެން ނޫނަސް މާ ރީތިކަމެއްތަ ދައްތަ ކެޓީމަ ކޮއްކޮ ސެޓުކުރުން އެއީ؟… ތިކަހަލަ ހިޔާލެއް ދެން ނުދެއްޗޭ.” އަބްޔާން ނުރުހޭގޮތް ދައްކާލަމުން ބުނެލި އެވެ.

“ވައްތަރުހޭ އަހަންޏާ މަށަށް ވެސް ބުނެލެވިދާނެތާ ދޯ. އެހެން ނޫނަސް މައްސަލައެއް ނޫނޭ އެއީ އެއްގޭ ކުދިންނާ ރައްޓެހި ވުމަކީ… ކޮއްކޮއެއް ކަހަލަ ކުއްޖަކަސް މިހާރު އެހެރީ ފުރާ ފުރިހަމަވެފަ. ނުލާހިކު ރީތިވެފަ، ކިޔަވައިގެން ހުރި ބަނިޔާދަކަން ރަގަޅު ކުއްޖެއް… އަނެއްކާ އުޅުންވެސް އެބަހުރި.”

“ހޫނ ހޫން… ދެން ހެވޭ… ” އަބްޔާން ސައިކަލު އިސްޓާޓުކޮށްލަމުން ބުނެލި އެވެ. “ކަލޭ ބޭނުމިއްޔާ ކަލޭ އެކަން ކުރޭ.”

“މަގޭ ޒިޔާދާ ހުއްޓާ މަށަކަށް އެހެން ކަމެއް ނުވާނެ.” ނޫރު ހިނިގަޑެއް ޖަހާލަމުން ބުނެލި އެވެ. އަބްޔާން ބޯޖަހާލަމުން އިތުރު އެއްޗެއް ނުބުނެ އެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ލޯބިން ލޯބިވާއޭ ….. (4)

Next

ރިޔާޝާ (15ވަނަ ބައި)

Next
November 2, 2016

ރިޔާޝާ (15ވަނަ ބައި)

Previews
November 2, 2016

ލޯބިން ލޯބިވާއޭ ….. (4)

27 Comments!

  1. Fathun says:
    November 2, 2016 at 5:47 am

    Dhn aasi..thi knkame? Aaya nd abi aa gulhuvaigen nuvaane. Dhn janna mihaaru zaidhan dheke loabi vany tha..ryche nun. Kurin loabey mihaaru loabe noon..vvv.fuhi dhn..abi nd janna gulhuvan jeheny. Fuhi vara.. Abi nd aaya ves dhekeny beybe nd kokko.gotha..ahyaan kobaa? Masha.jannath v.fake. ahyaan nd aaya gulhuvaala. Zaidhan gurubaan vi nama.salhi vys

  2. Mary says:
    November 2, 2016 at 6:51 am

    Uhun mi story thany hama dhaan jehey gothah. Varah
    bodah salhi. Kyp it up.

  3. ? says:
    November 2, 2016 at 6:53 am

    V salhi.. ❤❤❤❤

  4. Maaaluuu says:
    November 2, 2016 at 7:05 am

    Janna aa zaidhaan aai gulhuvaathi plx eyrun reethi vaany

  5. Sharu says:
    November 2, 2016 at 8:09 am

    kada.. mihaaru olhun bolhun gandakah vejjeh.. aslu aby n janna gulhunyma reethi vaany..

  6. waroo says:
    November 2, 2016 at 8:57 am

    janna n zaidhaan gulhuvaaleema v reethi vaane, bt plx aayath n abee nugulhuvahchey.

  7. ma says:
    November 2, 2016 at 9:05 am

    V hadi janna aby dheke loabinuvaathy..zaidhaan nugulhey janna aka..zaidhaan ah ehn myheh hoadhaafa aby aa janna gulhuva..eyrun salhi vaany

  8. kayashandy says:
    November 2, 2016 at 9:36 am

    janna n zaidhaan ge love story fashaabala…2 weeks vaairu dhuru nuveveyvarah kairikohba..plx plx plx

  9. ainm says:
    November 2, 2016 at 9:46 am

    zaidhaan aai janna aa gulhuvaa dhen e dhemeehun loabi vaa gothah hadhaa. pis pis dhen mee konkahala vaahakaeh. gaimuves dhen nukiyaanan mi vaahakaeh. varah foohivejje. dhen aslu abyan aa jannathu ekaku anekaku dheke ehaabodah loabivaairu midhen konkameh. zaidhaan quruban viyas e vaanee qurubaan veekama. anekka kokko ehgge gothugai mioh haadhuvahu dhekemun ai kujjakaa dheytherey ekahala gulhumeh baavvan dhen liyuntheriehgge haissiyyathu egothah genesdhineema e ee varah dhashu dharajaige kameh. varah varah varah varah foohivejjeh.

  10. hank says:
    November 2, 2016 at 10:17 am

    V Foohi mihaaru mi vaa gothun. Janna emme kurin abyaan dheke lwbi v ves. ekm mihaaru loehbeh nuno. dhn koacheh. adhives abee ehunnany egothah.. janna ah taka abee hurihaa kameh kuryma vx adhivx gurubaan vaan jehey tha? adhi zaidhaan ah mihaaru huriha molheh.. ehn vegen nuvaane.. myhaka inna irakah loehbeh badhaleh nuvane.. abee ah janna liben jeheyny aasi..

  11. shelly says:
    November 2, 2016 at 10:32 am

    dhenn abi JANNA EYYY PLXX

  12. thooo says:
    November 2, 2016 at 11:49 am

    Kn janna eh aby eh. Janna n zaidhaan gulhuveema mi vaahaka reethi vaany. Bt aayaa n aby nugulhuvaathi eyrun v hadi vaane

  13. Shew says:
    November 2, 2016 at 12:25 pm

    V v hadi mi vahaka aasi ge vahaka eh hen ves heenuvey… aasi ge hurihaa vahaka ehves keen mi vahaka v v v hadi… vaanuvaa ves engeny eh noon… abhi ah janna nulibunyma aaya, aayaa nulibuny aa zeenath nethehnun salaamatheh.. vahaka concept aa dhimaaves nuvey… v hadi

  14. Ssss says:
    November 2, 2016 at 12:28 pm

    Abhi aa janna aa gulheny ei kuda iruge loabi ekamu mihaaru ei fake eko… this is so indian dramatic story.. vahakaige name change kuran feney mivarun dhanya..

  15. hmm says:
    November 2, 2016 at 12:36 pm

    aby n janna ah nugulhenya mi vahaka nuves kiyaanan..v foohivey zaidhaan aa gulhuvaathy…zaidhan janna ah vure maa bodu..zaidhaan ah ehen myheh hoadhaa..adhi aayath aa aby gulhuvan ulheythy vakin foohi..aby n jannage nulaahiku salhi memories ves ebahuri..i still remember their love for each other..pls janna aby ah libey gothah hadhaa..

  16. Marie says:
    November 2, 2016 at 12:49 pm

    Dhen thivarun thi emmen vaahaka nukiyan veenu… mi vaahaka dhaa goith hama ragalhu. kaivenyakee kulhey kulhi vareh noon viyya… abee ah dhen janna nulibuniyyaa ragalhu vaanee.

  17. ninni says:
    November 2, 2016 at 12:54 pm

    writer set koffa in goh nun ehen gothakah chnge nukuraathi. zaidhaan and janna salhi. hate vey varah marriage roolhaa laathee emme fahu vaguthu story thakuga. I thnk ein dheveynee v goas msg eh. dat it is ok to end a marriage jus to b with sumone else. so dnt brk up thr marriage plxxcxxx. marriage is beautiful…..

  18. Yash says:
    November 2, 2016 at 12:57 pm

    Pis pis..vaahaka mulhin hadi v..janna nd aby gulhen jeheyny..mihaaru janna v gurubaany vaki kuda eh noonen..dhn ekm janna zaidhan dheke loabivegn nuvaane…zaidhan maraalaa dhn..

  19. Anonymous says:
    November 2, 2016 at 1:49 pm

    Mi Vaahaka miharu hadi. Janna n Aby gulhuveema reethivaany

  20. zoe says:
    November 2, 2016 at 2:06 pm

    Janna aa zaidhaan aa gulhuvaafa aayath aa abee aa gulhuvaafa hidhaayaa aa aazath aa gulhuvaa. Varah best vaane?

  21. ainth says:
    November 2, 2016 at 2:09 pm

    Mihaaru mivaahaka v reethi dhaagoi. Thanks aaassssiii

  22. Shaa says:
    November 2, 2016 at 5:06 pm

    Wow.. v reethi????

  23. Amaa says:
    November 2, 2016 at 5:33 pm

    rangadaa knmehen jeheyhey aby n janna gulhen .. Eyn .. Aas e dhogeh .. mivaahaka dhaagoi hama habeys .. varah fahkaa … aayaa n ahyaan gulhuveehya reteti vaani .. aby ah e ulhey thanaa dheebala.. knme hen enme furathama loabi veemeehaa dheke abadhaku loabivaakah nujehey .. hih badhalu vedhaane falhi sikunthehge thereyga ves .. ee ahremn cntrol dhashuga vaa ehcheh nun .. mivaahka kiyan beynun nuvaa myhun nukiya thibeema veenu.. hevey .. aharemen kiyaanamey ..

  24. booooo says:
    November 2, 2016 at 5:45 pm

    Aasi! dhivehi vaahaka site gai mivaahaka dhen up nukuraneetha?

  25. lifaz says:
    November 2, 2016 at 10:58 pm

    Nasruge dhuvahuge munaasabathuga neiyytha vaahaka upload kolkumeh …….

  26. ninaa says:
    November 2, 2016 at 11:29 pm

    v reethi vaahaka dhaa goi .

  27. rosy says:
    November 3, 2016 at 6:17 am

    VVVVVVVVVVVV REETHI…
    Pls jana aaa zaidhan ge love story baa bada ganas ba…..pla

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 35 ވަނަ ބައި←


All Right Reserved!