Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ލޯބިވާއޭ ….. (4)

Aislin Level 110 Stories
November 2, 2016 4 Mins Read
4 Comments

ނޭގިނަމަވެސް އިވާންގެ އަތުން އޭނާގެ ހިތްދޫވެ ހިނގައްޖެއެވެ. އެރީތި ސާދާ އަންހެން ކުއްޖާގެ އެންމެ ބެލާލުމަކުން އެހިތް ތެޅިގެން ދިޔައީ އޭގެ އެންމެ އިންތިހާ އަށެވެ.

މައިރާ ޝަންހާއީގައި މަސައްކަތްކުރާތާ މަސްދުވަސް ވެއްޖެއެވެ. ޢުބައިދުﷲ އާއި އިމްޔާން ފިޔަވާ އެންމެންވެސް އޭނާއާއި ވާހަކަ ދައްކާ އުޅެއެވެ. ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ސަޔަށް އެންމެން ހަމަވުމާއެކު މައިރާ އެންމެންނަށް އަތްގާތްކޮށްދޭން ފެށިއެވެ. އެހެން އުޅުމުގެ ތެރޭގައި މައިރާގެ އަތުންޖެހި އިމްޔާންގެ ގަޔަށް ޖޫސްތަށްޓެއް ބަންޑުންވިއެވެ. އިމްޔާން ވަރަށް ރުޅިއައިސްފައި މައިރާއަށް ބަލާލިއެވެ. އޭނާ މިއަންހެންކުއްޖާގެ ކަންތައް ހަޖަމްކޮށްލައިގެން ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ” ކަލޭ. އާރރ.. ބަލައިގެން އުޅެން ނޭގޭތަ؟ މުޅިގަޔަށް ޖޫސްތިއެޅީ. މިއޭ އަހަރެން ބުނާ ވާހަކައަކީ. މަސައްކަތު މީހުން ގެނަޔަސް ސްޕަވައިޒްކުރަން މީހަކު ގެނަޔަސް އަހަރެމެންނާއެކީ އުޅެން އެނގޭނެ ފެންވަރުގެ މީހުން ގެންނާށޭ. އިމްޔާންގެ ރުޅީގެ އަމާޒު ފަތްގަނޑަކަށް އެވަގުތު އެތާތިބި އެންމެންވެސް ވެގެން ދިޔައެވެ. އަދި މައިރާއާއި ދިމާލަށް އިގިލި ދިއްކޮށްލުމަށްފަހު އިމްޔާން ހިނގައިގަތީ ހެދުން ބަދަލުކުރުމަށެވެ.

މީހަކު އޭނައަށް އޭނަގެ އަސްލު ފެންވަރު ހަނދާންކޮށްދިނުމުން މައިރާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.  އެވެސް އެތައް ބައެއްގެ ކުރިމަތީގައެވެ. އާނއެކެވެ. މައިރާއަކީ ފަޤީރެކެވެ. ދެރަ ނިކަމެއްޗެކެވެ. ނަމަވެސް މައިރާގެ އަތުންޖެހި ޖޫސްތަށި ވެއްޓުމަކީ މައިރާ ގަސްތުގައި ކުރިކަމެއް ނޫނެވެ. ހިނގާދިޔަ ޙާދިސާއަށްފަހު ސަޔަށް އިންސާފުކުރެވެމުން ދިޔައީ ހިމޭންކަންމަތީގައެވެ. ނަމަވެސް ދިމާވިކަމާއިމެދު ޢުބައިދުﷲއަށް އެއްޗެކޭ ނުބުނެ ނުހުރެވުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެން ކުރީގަވެސް ބުނިން މިގެއަށް މީހަކު މުސާރަދީގެން ކަމެއް ކުރުވަން ގެންނަންޏާ ރަނގަޅު މީހަކު ގެންނާށޭ. މިއަދު އިމްޔާންގެ ގަޔަށް ޖޫސް އެޅީ. މާދަން މިއަންހެންކުއްޖާގެ ފަރާތުން ހިނގައިދާނީ ކޮންފަދަ ކަމެއްކަމެއް ނޭގޭ. ގެއަށް ގެނެވޭ މީހުންނަށް ޖެހޭނެ ގޭތެރޭގައި ހިނގާ ކަންކަމާއި ގޭތެރޭގެ ސިއްރުތައް ހިފަހައްޓަން އެގެން.” މައިރާ އިސްޖަހާލައިގެން ހުރިނަމަވެސް ހިތަށް އަރަމުން ދިޔައީ ޢުބައިދުﷲ ދެންމެ ދެއްކި ވާހަކަތަކެވެ. ” މިއޮތް ރީތިގޭގައި ހުންނާނީ ކޮންކަހަލަ ސިއްރުތަކެއް ހެއްޔެވެ؟” ކަންތައް ވެގެން ދިޔަގޮތާއި މެދު ހިތްހަމަނުޖެހިފައި ހުރި އިމްޔާން ހެދުން ބަދަލުކުރުމަށްފަހު ގެއިން ނުކުމެގެން ދިޔައީ އެއްވެސް މީހަކާއި އަނގައިން ބުނުމެއް ނެތިއެވެ. އޭނާ މިއަންހެން ކުއްޖާއަށް މިކަމުގެ އަދަބު ވަރަށް ރަނގަޅަށް ދޭނެއެވެ. ފަޤީރު ނިކަމެތި ކުއްޖާ ގަނޑެކެވެ. އުޅުންތެރިކަމެއް އަޚްލާޤެއް ނެތީތީވެ ހިނގައިދިޔަ ކަންތަކަށް މަޢާފަށް އެދުމެއްވެސް ނެތެއް ނޫންހެއްޔެވެ؟ އިމްޔާންގެއިން ނުކުމެގެން ދިޔައިރު ހިތަށް އަރާފައިބަމުން ދިޔައެވެ.

އިވާން އޮފީހަށް ދާން ކާރުގައި ދަނިކޮށް ނޫކުލައިގެ އަބާޔާ ހެދުމެއް ލައިގެން މެރޫން ކުލައިގެ ޝޯލް އެއް އަޅައިގެން ހުރި އަރޫޝާ ފެނުނެވެ. އަރޫޝާގެ ޙަރަކާތްތަކަށް ބަލާލުމުން ޓެކްސީއަކަށް އިންތިޒާރުކުރާކަން ހާމަވެގެން ދެއެވެ. އަރޫޝާ ފެނުމާއެކު އިވާންގެ ހިތް ތަފާތުގޮތަކަށް ތެޅިލިއެވެ. ހިތުގެ އެދުމަށް އިޖާބަދެމުން އިވާން ކާރުގައިގޮސް އަރޫޝާއާއިވީ ފަރާތަށް މަޑުކޮށްލިއެވެ. “ހައި.. ލިފްޓެއް ދެންތަ؟” އިވާން ފަސްޖެހިފައި އަހާލިއެވެ. ހިތުގެ އެދުމަށްޓަކައި އެނާ މިކުރީ އަދި ދުވަހަކުވެސް ކޮށްފައިވާކަމެއް ނޫނެވެ. އެވަގުތު އަރޫޝާ ބަލާލިއެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުނުމުން އިވާން ތަކުރާރުކޮށް އަހާލިއެވެ. ދެވަނަ ފަހަރަށް އަހާލުމުން އަރޫޝާ މަޑުމަޑުން ބޯޖަހާލަމުން ކާރުގެ ކުރީ ސީޓަށް އަރާ އިށީނދެލިއެވެ. ދެމީހުން ކުރެ މީހަކު ވާހަކައެއް ނުދައްކައެވެ. ދުލުން ވާހަކަ ނުދެއްކިނަމަވެސް އެކެއްގެ ހިތުން އަނެކެއްގެ ހިތަށް ދޭން ބޭނުންވާ އެތައް މެސެޖްތަކެއް ދިނެވެ. “ކޮންތާކަށް ދާންވީ؟” އެހަމަހިމޭންކަން ކަނޑުވާލަމުން އިވާން އެންމެ ފަހުން އަހާލިއެވެ. “ވެލާނާ ބިލްޑިންގ” އަރޫޝާ ހީލަމުން ޖަވާބުދިނެވެ. ވާހަކަ ދައްކަން ފެށުނީމާ އެގުޅުން ރަޙްމަތްތެރިކަމަށް ބަދަލުކުރަން އިވާން ބޭނުންވިއެވެ. އެހެންކަމުން އިވާން އިތުރަށް ވާހަކަ ދެއްކިއެވެ. “އަމްމް.. މިރޭ މަށާއެކީ ކޮފީއަކަށް ދެވިދާނެތަ؟” އަރޫޝާ އިވާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ހީލަމުން ބޯޖަހާލިއެވެ. ދާންވީ ތަނާއި ގަޑި އަދި އެހެނިހެން ވާހަކަ ދައްކަމުންގޮސް މަންޒިލަށް އާދެވުމާއެކު އިވާންއަށް ޝުކުރުއަދާކުރުމަށްފަހު ކާރުން ފައިބައިގެން އަރޫޝާ ހިނގައިގަތީ އޮފީހާއި ދިމާލަށެވެ.

އެދުވަހުގެ މެންދުރުގެ ވަގުތެވެ. އިވާން އަދި އިމްޔާންވެސް އޮފީހުން ގެއަށް އައީ މެންދުރުގެ ކެއުމަށް އިންސާފްކޮށްލުމަށެވެ. ދެމީހުން ގޭގެ މައިދޮރުން ވަދެގެން އައިރު ފެންނަމުން ދިޔަ މަންޒަރުން އިމްޔާންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާގެ މާމަ ގޭގައި ގެންގުޅޭ ކުއްޖަކު މާގާތްކޮށްގެން އުޅޭތީ އޭނާގެ ހިތް ނުރުހުމުން ފުރިގެން ދިޔައެވެ. އިވާން ގޮސް މަޑުމަޑުން ސޯފާގައި އިށީންއިރު އިވާންގެ ފަހަތަށްވާގޮތަށް އިމްޔާން ކޮޅަށް ހުއްޓެވެ.

“މާމަ މިހާރު މިނިންމީ މިމަންޖެވެސް މިގޭ ސްޓާފުން ތިބުމަށް ހަމަޖައްސާފައި ހުރި ބަޔަށް ބަދަލުކުރަން. ކޮންމެ ފަހަރަކު އައިއްސް ގޮއްސަ ހެދުމަކީ މާފަސޭހަކަމަކަށްވެސް ނުވާނެއެއްނު. ކީކޭ އިމްޔާންމެން ބުނަނީ؟” މައިމޫނާ އަހާލިއެވެ. “މާމައަށް ފެންނަގޮތެއް ދޯ އިމީ؟” އިމްޔާންއަށް ދޯދެމުން އިވާން ބުނެލިއެވެ. “މާމަ އޮންނާނީ ގޮތް ނިންމާފަ. އަހަންނަށް މައްސަލައެއްނެތް. އެކަމަކު ކުރީ ދުވަހު ހިނގިފަދަ ކަމެއް ހިނގައިފިނަމަ ނިމުނީ.” އިމްޔާން ނުރުހިފައި އެހެން ބުނުމަށްފަހު ދިއުމުން މައިރާ ފެންކަޅިވެފައިހުރެ މޫމިނާއަށް ބަލާލިއެވެ.  މޫމިނާއާއި އިވާން ހަމްދަރުދީގެ ނަޒަރުން މައިރާއަށް ބަލާލިއެވެ. “އެއީ އިމީގެ ފާޑު. އިމީ ރުޅިގަދަވިޔަސް އިމީއަކީ އޭނާގެ ޒާތުގައި ހިތްހެޔޮ މީހެއް. އެކަމަކު އެކަހަލަކަމެއް ތަކުރާރުވިޔަ ނުދީވޭތޯ މައިރާވާނެ މަސައްކަތްކުރަން.” އިވާން ހީލަމުން ހިތްހެޔޮ ކަމާއެކު މައިރާއަށް ވިސްނައިދިނެވެ. އަދި މޫމިނާއާއި އެކު މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް ހިނގައިގަތެވެ.

އިވާން ގޭގެ ޓެރަސްގައި އެލުވާފައިހުރި އުނދޯލީގައި ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އޮތެވެ. އޭނާގެ ހިތާއި ސިކުނޑީގައިވަނީ އަރޫޝާއެވެ. އެބޮޑު ދެލޮލެވެ. އެނިޔަނެތި ބަލާލުމެވެ. ލަދުރަކި ހިނިތުންވުމެވެ. އުމުރުން މިހާ ދުވަސްވީއިރުވެސް މިނޫނީ ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން އޭނާއަށް މިހާވަރެއް ނުވެއެވެ. އަރޫޝާގެ ފުރަތަމަ ފެނިލުމާއެކު އިވާންގެ ހިތް އޭނަގެ ބާރުގެދަށުން ދޫވެގޮސްފިއެވެ. އަރޫޝާ ހެދުން އެޅުމުގައި ގެންގުޅޭ ސާދާގޮތް އިވާން އަށް އިންތިހާއަށް ކަމުދިޔައެވެ. މީހުންނަށް އެހީވުމުގައި ގެންގުޅޭ މާތް ޚުލްޤު ފެނުމުން އެއީ ރަނަގޅު ތަރުބިއްޔަތެއްގެ ވެރިއެއްކަން މާބޮޑު އެގުމަކާއިނުލައި ނަގައިގަނެވުނެވެ. އުފް.. އެއޮތް ހީލި ގޮތެކެވެ. އިވާންގެ ޚިޔާލީ ވާފަށް ކަނޑައިގެން ދިޔައީ އޭނާގެ މޮބައިލް ފޯން ރިންގްވީ އަޑަށެވެ. އެވަގުތު ފޯނު ދެކެވެސް އިވާންއަށް ރުޅިއާދެވުނެވެ. އެޚިޔާލުތަކުން ދުރުވާން ނޭދޭކަން އެމޫނުމަތިން ފާޅުވެއެވެ. ފޯނަށް ޖަވާބުދިނުމަށް އަވަސްވެގަތީ އެއީ ސިންގަޕޯރގެ އޮފީހުގެ ފަރާތުން އަންނަ ކޯލަކަށްވުމުންނެވެ.

އަރޫޝާ މަޑުމަޑުން ތައްޔާރުވަމުން ދިޔައެވެ. ދުވަހަކުވެސް ފިރިހެނަކާއި އެކީ ވަކިން ބޭރަށްގޮސްފައިނުވާ އަރޫޝާއަށް އިވާންގެ އެދުމަށް އާއެކޭ ބުނަން މަޖުބޫރުކުރުވީ އޭނާގެ ނުކިޔަމަންތެރި ހިތެވެ. ހިތުގެ އެދުމަށް އޭނާ އިޖާބަދިނީ އަބަދު މާޒީ ކޮނޑުއަޅައިގެން ނުހިނގޭނެކަން އޭނާގެ ވިސްނުމަށް އައުމުންނެވެ. ކަޅުރަތްކުލައިގެ ހެދުމަކާއެކު ކްރީމްކުލައިގެ ޝޯލްއެއް އަޅާލައިގން ފަހުފަހަރަށް އަރޫޝާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލާލިއެވެ. އަދި އެއަށްފަހު ގެއިން ނުކުމެ އޭނާގެ މަންޒިލް ކަމަށްވާ ސިމްފަނީއަށް މިސްރާބުޖެހިއެވެ. އެހިތްގައިމު މާހައުލަށް ކަޅި ހިންގާލިއިރު ކަނުގައި ހުރި މޭޒެއްގައި އިށީންދެ އިން އިވާން އަރޫޝާގެ ލޮލުގައި އަޅައިގަތެވެ. އަރޫޝާ މަޑުމަޑުންގޮސް އިށީނުމަށްޓަކައި ގޮނޑީގައި ހިފާލުމާއެކު އިސްޖަހާލައިގެން ފޯނާއި ކުޅެން އިން އިވާން އިސްއުފުލާ ބަލާލިއެވެ. އަދި ހީލަމުން އިށީނުމަށް އެދުނެވެ. އަރޫޝާ އިށިނުމާއެކު ވެއިޓަރ އައިސް އޯޑަރ ނަގައިގެން ދިއުމުންވެސް ދެމީހުންވެސް ދައްކާނެ ވާހަކައެއް ނެތިފައި ތިބިފަދަގޮތަކަށް ތިއްބެވެ. “ސޯ..ހައި.. އިވާން އިނގޭ” އިވާން އަމިއްލައަށް ތަޢާރަފްވެލީ އެދެމެދުގައިވާ ހިމޭންކަން ކަނޑުވާލުމަށެވެ. “އަރޫޝާ” އަރޫޝާ މަޑުމަޑުން ޖަވާބުދިނެވެ. އަތާއިއަތް މޮޑެލަމޮޑެލާ އަރޫޝާ އިންތަން ފެނުމުން އިވާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “ސެލްފް އިންޓްރޯ އެއް ދެވިގެނެއްނު ކުރިއަށް ދެވޭނީވެސް.” “އަރޫއަކީ ފުވައްމުލަކު ކުއްޖެއް. މަހާރު ޑިގްރީއަށް ކިޔަވަނީ އެއަރޕޯޓް މެނޭޖްމެންޓް. ދެން ވޯކް ކުރަނީ ފޮރިން އެފެއަރޒްގައި” އަރޫޝާ މަޑުމަޑުން ޖަވާބުދިނެވެ.

“އިވާން މީ މެރިޓައިމް ބިލްޑަރސް ކިޔާ ސިންގަޕޯރ ކުންފުންޏެއްގެ ސީނިއަރ އާކިޓެކްޓް. މާސްޓަރސް ހަދައިގެން ހުންނަނީ. މިވަގުތު މަސައްކަތް މިކުރަނީ އެކުންފުނީގެ ރާއްޖޭގެ ބްރާންޗްގައި. ވާގޮތަކުން އެހެން ބްރާންޗްތަކުގައިވެސް ވޯކްކުރަންޖެހިދާނެ.” އިވާން އެދެމެދަށް ހިމޭންކަން ވެރިވާން ނޭދޭފަދަގޮތަކަށް ވާހަކަ ދެއްކިއެވެ. އަރޫޝާ ހީލަހީލާއިނީ އޭނާއަށް ވާހަކަ ދައްކަން ނުކެރޭތީއެވެ. ނަމަވެސް ވަގުތު ފާއިތުވަމުން ދިޔަވަރަކަށް އެދެމެދުގައިވާ ބީރައްޓެހިކަމުގެ ވާފަށް ކެނޑެމުން ދިޔައެވެ.

އިމްޔާން ގޭތެރޭގައި ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އޭނާގެ ސިކުނޑީގައި މިވަގުތު އެތައް ޚިޔާލެއްވާކަން އެމޫނުމައްޗަށް ވެރިވަމުންދާ ކުލަތަކަށް ބަލާލި މީހަކަށް އެނގޭނެއެވެ. އިމްޔާންގެ ހިނގުމަށް ހުއްޓުމެއް އައީ ފަހަތުން އައިސް މީހަކު އޭނާގެ ގައިގައި ބައްދާލުމުންނެވެ. “އޯހް.. އިމީ. އައި މިސްޑް ޔޫ ސޯ މަޗް” ޒޯއީ އޭނާގެ ތުއި އަޑުން ވާހަކަދެއްކިއެވެ. އިމްޔާން ޒޯއީގެ އަތުގައި ހިފާ ކުރިމައްޗަށް ގެންނަމުން މަޑުމަޑުން ބައްދާލިއެވެ. “އައިއެމް ސަޕްރައިޒްޑް” އިމްޔާން ޒޯއީ ގަޔާއި ދުރުކޮށްލަމުން ބުނެލިއެވެ. ދެމީހުން ވާހަކައިގައި ތިއްބާ ގޭގެ އެހެން މީހުންވެސް ސިޓިންގ ރޫމަށް އައެވެ. ޒޯއީއާއި އެއާއިލާގެ މީހުންނާއި އޮތް ގުޅުން ފެންނަ ކޮންމެ މީހަކަށް ޒޯއީ އެއާއިލާއާއި ގުޅިފައި އޮތް މިންވަރު ހާމަވެގެންދާނެއެވެ.

ޒޯއިއަކީ ޢުބައިދުﷲގެ ވިޔަފާރީގެ އެކުވެރިއެއްކަމަށްވާ އާމިރުގެ އަންހެން ދަރިއެކެވެ. މައިންބަފައިންގެ ލޯބިންގޮސް ހަލާކުވެފައިވާ ދަރިއެކެވެ. ލާފައިވާ ހެދުމުން ޒޯއީއަކީ ޒަމާނީ ފެށަނަށް ލޯބިކުރާ އަންހެން ކުއްޖެއްކަން ހާމަވެއެވެ. ހަމަމިއާއެކު ޒޯއީ އަކީ އިމްޔާން ކާވެނި ކުރާނެކަމަށްބުނެ އާއިލާގެ މީހުންނަށް ދައްކާފައިވާ އަންހެން ކުއްޖާވެސްމެއެވެ. ދެފަރާތުގެ އާއިލާއިން އިންތިޒާރު ކުރިނަމަވެސް އިމްޔާންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭތީ ކައިވެންޏަށް ކުރާ އިންތިޒާރު ދިގުވެފައިވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aislin

Level 110 Stories

Other Articles

Previous

އެފިނިމެންދަން 17

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 34 ވަނަ ބައި

Next
November 2, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 34 ވަނަ ބައި

Previews
November 1, 2016

އެފިނިމެންދަން 17

4 Comments!

  1. Aislin says:
    November 2, 2016 at 2:03 am

    Hope you all like this episode. Mi bai dhiguwaane. And will try miah vure dhigukoh liyan.
    Kiyaalafa comment kohllahche rangalhu kuran v kanthah and thikudhinge khiyaalu.
    Next part will be uploaded soon.
    Good night readers! ❤

  2. aik says:
    November 2, 2016 at 3:15 am

    Reethi..?

  3. Marsh says:
    November 2, 2016 at 10:13 am

    Vvv reethi avaha up kohladheythi waiting … ????

  4. sonaalee says:
    November 2, 2016 at 10:14 am

    Adhi v reethi

Comments are closed.

Next Episodeލޯބިން ލޯބިވާއޭ ….. (5)←


All Right Reserved!