Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (ނުވަވަނަ ބައި)

Ifaau
November 2, 2016
6 Mins Read
57 Views
18 Comments

އަހަރެންނަކަށް ތާޝާގެ ގައިގައި އަތްލާކަށްވެސް ނުކެރޭނެއެވެ. ކުރީފަހަރުވެސް އަތުގައި ހިފާލުމުން އަހަރެންނާއި ދިމާލަށް ބަލައިލީ ފިސާރި ރުޅިންނެވެ. “ތާޝާ ޕްލީސް ހުއްޓާލާފަ ވީގޮތެއް ބުނެބަލަ!” އަހަރެން މިހެން ބުނުމުން ތާޝާ ވަރަށް ފަސޭހައިން ހުއްޓައިލިއެވެ. ނަމަވެސް މަޑު ގިސްލުމެއްގެ އަޑު އޭރުވެސް އިވެމުންދިޔައެވެ. އަމިއްލަ އަތުން ކަރުނަތަށް ފުލެލަމުން ނޭފަތްވެސް ދެތިންފަހަރު އެތެރެޔަށް ދަމައިލިއެވެ. އެކަރުނަތަށް އަހަރެންގެ އަތުން ފުހެލަދޭން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެކަމާ ތާޝާ ރުހޭނެހެއްޔެވެ. “މާޒް ހުކުރަކަށް ނުދަންތަ؟” ހަމަޖެހިލަމުން ތާޝާ ބުނެލިއެވެ. މިއީ ވާހަކަ އޮޅުވައިލަންވެސް ހާދަ މޮޅު ކުއްޖެކެވެ. އަހަރެން ގެއިން ނިކުތީ ހުކުރަށް ދާކަށްނޫނެވެ. ނަމަވެސް އަހަރެންގެ ހިތުގެ މަލަކާ އެދުމުން މިޖެހުނީދާށެވެ. ދެންމެ ހިނގި ކަންތަކާ ވާހަކަ ދައްކާނީ ފަހުންކަމަށް ބުނެ އަހަރެން އަވަސްވެގަތީ މިސްކިތަށްދާށެވެ.

ހުކުރުން ފައިބައިގެން އައިސް ކައިގެން އަހަރެން އަނެއްކާވެސް ކޮޓަރިއަށްވަދެ އެނދުމަތީ ޖައްސައިލީމެވެ. ކުރީގައި އަހަރެންމީ ޗުއްޓީ ދުވަހެއްގައި ގޭގައި މަޑުވާވެސް މީހެއްނޫނެވެ. އަހަރެން އަބަދުވެސް އުޅެނީ ރައްޓެހި ކޮންމެވެސް ކުއްޖާކާއެކީ ބޭރުގައެވެ. ގިނަވަގުތު އުޅެނީ އިޔާޒްއާއި އެކީއެވެ. ނަމަވެސް މިހުރިހާ ކަމެއް ބަދަލުވެގެން މިދިޔައީ ހާދަ އަވަހަކަށެވެ. އިޔާޒްވެސް މީހަކާ އިނީއެވެ. އަހަރެންނަށް ދެތިން ކުއްޖަކު ކޮފީއަށްދާން ގުޅައިވެސްފިއެވެ. އެކަމަކު އަހަރެން ބޮލުގައި ރިއްސާ ކަމަށްބުނެ ދޮގެއް ހަދާލައިފައި ފޯނު ބާއްވަނީއެވެ. މިއަދު އަދި އިޔާޒްގެ ހަބަރެއް ނުވެއެވެ. ހަބަރުވާނީވެސް ކިހިނެއްތާއެވެ. އަހަރެންނަށްވުރެ މުހިއްމު މީހެއް މިހާރު އިޔާޒްގެ ހަޔާތަށް އައިއްސިއެވެ. އަހަރެންގެ ހަޔާތަށްވެސް ވަރަށް އަވަހަށް ކުއްޖަކު އަންނާނެއެވެ.

މެންދުރު އަހަރެން ގޭގައި އުޅޭތީ މަންމަ އަހަރެންނާއި ވަރަށް ސުވާލުކުރިއެވެ. ކޮޓަރީގައި އޮންނަން ފޫހިވެގެން އަހަރެން ޓީވީ ބަލައިލަން ބޭރަށް ހަމަ ނިކުތުމާއިއެކީ މަންމަ ފަށައިފިއެވެ. އަހަރެން އަދިވެސް ބޮލުގައި ރިއްސަނީކަމަށް ބުނެ ދޮގު ހެދުމުންވެސް މަންމަ ގަބޫލެއްނުކުރިއެވެ. “ތި ދޮގު ހަދަނީ ހަމަ. މަންމައަށް އޮޅުވައިލަން ނޫޅެ. މަންމައަށް މާޒް އިނގޭ ވަރަށް ރަގަޅަށް.. އަނެއްކާ މީހަކު އެއްޗެކޭ ބުނީމަތަ ގޭގަ ތި އިންނަނީ؟” މަންމަ ހަމަ ސުވާލަކަށް ފަހު ސުވާލެއް ކުރާތީ އަހަރެން ކައިރިޔަށް ކޮންމެވެސް ވަރަކަށް ރުޅިއަންނަ ގޮތްވިއެވެ.
“ސާބަސް މަންމައަށް.. އަބަދު ކިޔާނީ ޗުއްޓީ ދުވަހެއްގަ ގޭގަ ނޫޅޭ ވާހަކަ. ދެން ގޭގަ އެއްދުވަހު މަޑުކޮށްލީމަ މިހާރު އެޝަކުވާތި ކުރަނީ.. އަހަރެން ނިކުމެގެން ދާންވީތަ؟ ގޭގައި ހުރެގެންވެސް ބޭރަށްގޮސްގެންވެސް ސަލާމަތެއް ނެތެއްނު..” ރުޅިއައިވަރުން އަހަރެންނަށް މިހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“މަންމަ ޝަކުވާއެއް ނުކުރަމޭ.. މަންމަ މިއަހަނީ ކީއްވެގެންހޭ ބޭރަށް ނުދާން ތި އިންނަނީ؟” މަންމަ އަހަރެން ރުޅިއައިކަން އިނގުމުން މިފަހަރު ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. “ބުނެފީމެއްނު ބޮލުގަ ރިއްސާތީއޭ!” އަހަރެން އަޑަށް ބާރުލާފައި އަނެއްކާވެސް ބުނެލީމެވެ. އަހަރެން އެހެންބުނުމުން އިތުރު އެއްޗެއް ނުބުނެ މަންމަ ދިޔައީ މަންމަގެ ކޮޓަރިއަށެވެ. އަހަރެން ރުޅިއައިސްފައި ބާރަށް އެއްޗެއް ބުނެފިނަމަ މަންމަދެން ވަރަށް އަވަހަށް މައިތިރިވާނެއެވެ. އަހަރެން ރުޅި އައިސްފިނަމަ މަންމަ ވަރަށް ދެރަވާނެއެވެ. ރުޅިއައުމުން އަހަރެންނަށް މަންމަ ކުރިމަތީ ވަރަށް ގިނައިން ބާރަށް އެއްޗެހި ބުނެވެއެވެ. ނަމަވެސް އިރުކޮޅަކުން ރުޅިގަނޑު ފިނިވެދާނެއެވެ. ނަމަވެސް ބައްޕަ ކުރިމަތީ އެގޮތަށް އަޑުލައި އެއްޗެހި ބުނާކަށް އަހަރެންނަކަށް ލާހިކެއްނޫނެވެ. ބައްޕައަކީ މާ ރުޅިގަދަ މީހެއްނޫނެވެ. އަހަރެންގެ ދޮން ބައްޕަ ކަމުގައިވިޔަސް އަހަރެން ދެކެނީ އުފަން ބައްޕަ ފަދައިންނެވެ. އަހަރެން ބައްޕައަށް ވަރަށް ޤަދަރު ކުރަމެވެ.

މަންމަ ދިއުމުން އަހަރެން ފަހަރަކު ޗެނަލް އަކަށް ބަދަލުކޮށްކޮށް އިނީމެވެ. އެއްގޮތަކަށް އަހަރެންނަށް ކަމުދާކަހަލަ އެއްޗެއް ޓީވީއަކުން ނުފެނެއެވެ. އައި ރުޅިން ރިމޯޓު ސޯފާ މައްޗަށް ޖެހުމަށްފަހު ސޯފާއަށް ދެފައިނަގައި އޮށޯވެލީމެވެ. އެވަގުތު ޓީވީއިން ދައްކަމުން ދިޔައީ އިގިރޭސި ލަވައެކެވެ. އަހަރެނަށް އެލަވަ ވަރަށް ކަމުދިޔައެވެ. އެލަވާގައި ކިޔަމުން ދިޔަ ޖުމްލަތަކަށް އަހަރެންގެ ހިތް ގެނބިގެން ދިޔައެވެ.
“ނޯބޮޑީ ސީސް
ނޯބޮޑީ ނޯސް
ވީ އާރ ދަ ސީކްރެޓްސް
ކާންޓް ބީ އެކްސްޕޯސްޑް”
މިލަވައާއި އަހަރެންނާއި ހާދަ ގުޅެއެވެ. އަހަރެންނާއި ތާޝާގެ ހިތް މިވަނީ ގުޅިފައެވެ. އެހެންމީހުންގެ ލޯތަކަށް ސިއްރުންނެވެ. ތާޝާ އަހަރެން ދެކެން ބޭނުންވެއެވެ. ތާޝާއަށް އަހަރެން ހުވަފެނުން ފެނުންވެސް މިއީ އެކަމުގެ ނިޝާނެކެވެ. އަހަރެނަށް ހުވަފެނުގައި ފެނުނީ ތާޝާ އަހަރެންގެ ހިމާޔަތްތެރިކަމަށް އެދި ހަޅޭތްލަވާތަނެވެ. ހަމަ ޔަގީނުންވެސް ތާޝާ މިހާރު އަހަރެންނަށް ބޭނުންވެއެވެ. ތާޝާއަށް އަހަރެންނާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭންގުނަސް ތާޝާ އަހަރެންނަށް ކޮންވެސް ވަރަކަށް އިތުބާރުކުރާކަންވެސް އަހަރެންނަށް ގަބޫލުކުރެވެއެވެ. އެއީ އަހަރެން ތާޝާ ކުރިމައްޗައް ދިޔަ ދެފަހަރުވެސް އަހަރެންނާއި ވާހަކަ ދެއްކީ ވަރަށް ރީތިކޮށް ކަމައްވާތީއެވެ. އަހަރެންނަށް އިތުބާރު ނުކުރާނަމަ އަޑުގަދަވެސް ކުރީހެވެ. އަދި އަހަރެންނާއި ދިމަޔަށް އެއްޗެހިކިޔައި އަހަރެން އެގެއިންވެސް ނެރުނީހެވެ.

ލަވަ ނިމުންއިރުވެސް އަހަރެން އޮތީ ތާޝާގެ ހިޔާލުތަކަށް ގެއްލި ހުސްވެފައެވެ. މިއީދެން މިހާރު ބައްޔަކަށް ވެއްޖެކަމެކެވެ. ކަމެއްނެތި އެކަނިވާ ކޮންމެ ފަހަރަކު ތާޝާ ނޫން އެހެން އެއްޗެއް އަހަރެންގެ ބޮލުތެރެޔަކު ނޭންބުރެއެވެ. ފެންވަރަން ހުންނައިރުވެސް ސިފަވަނީ ތާޝާއެވެ. މީ ލޯބީގެ ބަލިކަން އަހަރެންނަށް ހަމަ ޔަގީނެވެ. މިބައްޔަށް ފަރުވާދެވޭނީ ހަމަ ތާޝާއަށެވެ. އެހެން މީހަކު ކިތަންމެވަރަކަށް އަހަރެންގެ ސިކުނޑިއަށް ވެރިވެގަންނަން އުޅުނަސް ތާޝާ އެފުރުސަތު ނުދޭނެކަން ޔަގީނެވެ. ދެން އަހަރެން ވިސްނަންފެށީ އަނެއްކާވެސް ތާޝާއާއި ބައްދަލު ކުރާނެ ގޮތެކެވެ. ގޮތެއް ހޯދަންޏާ އަހަރެންޖެހޭނީ އިލްޔާސް ބޭރަށްދޭތޯ ފާރަޔަށް ހުންނާށެވެ. ދެން އެކަމަކު އަބަދު ގޭ ދޮރުމަތީ އިލްޔާސް ނިކުމޭތޯ ހުންނާނީވެސް ވަކި ކިހިނެއް ހެއްޔެވެ. ދަންވަރުން އެގެޔަށް ވަންނާންވީ ކަންނޭންގެއެވެ. އެކަމަކު މީހަކަށް ފެނެއްޖިއްޔާ އަހަރެންގެ ދުވަސްދިޔައީއެވެ. އެކަމަކު ވަގެއްހެން އުޅޭއިރު އަހަރެންމީ އެޔަށްވުރެ މާ ހަރުދަނާ މީހެކެވެ. ނަމަވެސް މިލޯބީގެ ކުޅިގަނޑުގައި ލައިގަނެފި މީހަކު ދެން ބުއްދި ގަބޫލުނުކުރާ މޮޔަ ކަންތައްތައްވެސް ކޮށްފާނެތާއެވެ. ތާޝާ ކައިރިޔަށް އަހަރެންނަށް ދެވޭނީ ވަގަށެވެ. ތާޝާއާއި އަހަރެން އެކީ ފެނުމުން އަނެއްކާ އަހަރެންނަށް ތާޝާ ގެއްލިދާނެއެވެ. ތަޤްދީރު ނިޔާކުރިގޮތުން އަހަރެންނަށް އާވާރާއެއްހެން މަގުމަތީ ތާޝާ ހޯދަން ދުވާކަށްވެސް ނުޖެހުނެވެ. އެވެސް ހަމަ ނަސީބެކެވެ. އެހެންނޫންނަމަ އަހަރެން އުޅޭނެ ހާލެއްވެސް އަހަރެންނަކަށް ނޭންގެއެވެ.

“މާޒް އަސުރަށް ގޮވީ..” އެއިވުނީ އަހަރެންނަށް ނަމާދު ވަގުތު ހަނދާންކޮށްދޭ “ރިމައިންޑާ” ގެ އަޑެވެ. ބައްޕަ ކޮންމެ ވަގުތަކު ނަމާދަށްދާނީ އަހަރެންނަށް ބަންގި ގޮވާކަން ހަނދުމަކޮށްދީފައެވެ. ނަމަވެސް އަހަރެންނަށް ބަންގި ގޮވާ އަޑުއިވެއެވެ. އެހެންވެސް ބައްޕަ ކައިރީ ބުނާކަށް އަހަރެނަކަށް ނުކެރޭނެއެވެ. އަނެއްކާ ހަމަ ނާމާދުން ފައިބައިގެން އަންނަ ގޮތަށް އަހަރެން ގޭގައި އުޅެންޏާ ކޮޓަރިއަށްވަދެ ނަމާދު ކުރިންތޯ އަހާނެއެވެ. ނޫނީ އަހަރެން ބޭރުން އައިސް ވަންނައިރަށް ފުރަތަމަ ވެސް ކުރާނީ އެސުވާލެވެ. އެހެންކަމުން ބައްޕަ އަންނަންވާއިރަށް ނަމާދު ކުރެވޭތޯ އަހަރެން ބަލަމެވެ. ދެން މިވަރަށް ކިޔާއިރު ނަމާދުނުކޮށް ހުންނަން އަހަރެންނަށް ލާހިކެއްނޫނެވެ. އަވަހަށް ތެދުވެގެން އަހަރެން ދިޔައީ މިސްކިތަށެވެ. ނަމާދުންފައިބައިގެން ސައިކަލަށްއަރާ ހަމަ ދުއްވާލިބާރަށް ފޯނު ރިންގުވާންފެށިއެވެ. އެއްފަރާތަކަށް ޖެހިލާ ސައިކަލިމަޑުކޮށްލީމެވެ. އަދި ޖީބުން ފޯނުނަގާ ގުޅަނީ ކާކުތޯބަލައިލިއިރު ގުޅަނީ އިޔާޒްއެވެ.
“މަނިކުފާނަށް ގުޅިއްޖެދޯ!” ފުރަތަމަވެސް އަހަރެން ބުނެލީ މިހެންނެވެ. އިޔާޒް އެދުނީ އެގެޔަށް އޭނަ ބަލާ ދިއުމަށެވެ. ދެން އަހަރެން މިސްރާބުޖެހީ އިޔާޒް މެން ގެޔާއި ދިމަޔަށެވެ. އިޔާޒް އާއިއެކު އަހަރެން އެރޭ 10 ޖަހަންދެން އުޅުނީމެވެ.
“ކޮބާ ބޮލުގަ ރިއްސާ މީހާ އަސުރު ނަމާދަށް ދިޔަގޮތަށް ދެންމެ އެއާދެވުނީ..” ގެޔަށް ހަމަ ވަނުމާއެކީ މަންމަ ފަށާލިއެވެ. އަދި އެވެސް ބައްޕަ ހުއްޓައެވެ. ބައެއްފަހަރަށް ބައްޕަ ލައްވައި މަންމަ އަހަރެންނާއި ދިމަޔަށް އެއްޗެއް ކިއުއްވަން އުޅޭހެންވެސް އަހަރެންނަށް ހީވެއެވެ. ދެން އަހަރެންމީ އިރުއޮއްސޭ އިރަށް ގެޔަށް ވަންނަން ކުޑަކުއްޖެއްވެސް ނޫނެވެ.
“ކޮންތާކު އުޅެލާފަ؟ ނަމާދު ކުރިންތަ؟” މިޖެހުނީ ބޮޑުތާއެވެ. މިހުރެވުނީ އިޝާ ނަމާދުނުކޮށެވެ. މަޤްރިބް ނަމާދު ކޮށްގެން އަހަރެންނާއި އިޔާޒް ދިޔައީ ހުޅުމާލެއަށެވެ. ދިޔައީ ވަކި ކަމެއް ކުރާކަށް ނޫނެވެ. ދިޔައީ ހަމަ ސައިކަލު ދުއްވާލާ މަޖާކޮށްލާށެވެ. އެހެންކަމުން އިޝާ ނަމާދު ކުރާކަށް އަހަރެން ހަނދާނެއްވެސް ނެތެވެ. “މިއައީ އިޔާޒް އާއިއެކު ހުޅުމާލެއަށް ގޮސްލާފަ…” އަހަރެން މިހެން ބުނަންވާއިރަށް ބައްޕައަށް ފޯނެއް އައިސްގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަނެފިއެވެ. ނަސީބެކެވެ. އަހަރެން ފުން ނޭވަޔެއްލީމައެވެ. ދެން އަވަހަށް އަހަރެން ކޮޓަރިޔަށްދިޔައީ އިޝާ ނަމާދުކުރާށެވެ. އެހެންނޫނީ ބައްޕަ ފޯނު ނިންމާފައި ކޮޓަރިޔަށްވަދެ އަހާކަށްވެސް ފަހަކަށް ނުދާނެއެވެ.

ނަމާދުކޮށްގެން އަހަރެން ގޭގެ ބެލްކަންޏަށް ނިކުމެލީމެވެ. ބެލްކަނީގައި ހުންނައިރު ވަރަށް ރީތިކޮށް މިގޭގެ މައި ދޮރުން ވަދެ ނިކުމެވާ މީހުން ފެންނާނެއެވެ. ވަކި ކަމަކަށް ސަމާލުކަން ނުދީ ފޯނުން ލަވައެއް ޖަހާލައިގެން އަހަރެން ހުރީ ހެޑްސެޓް ޖަހައިގެންނެވެ. އިވެމުންދިޔަ ލަވަ މަޑުމަޑުން ކިޔާލަ ކިޔާލަ ހުއްޓައި ވައިގަދަވެ ވާރެ ތިކިލާން ފެށިއެވެ. ދެން އަހަރެން މަޑުމަޑުން ތިރި ބަލައިލީމެވެ. އެއިރު މިގޭ ކުރިމައްޗައް ހުރި ފިހާރަ ތެރެޔަށް ވަތް އަންހެން ކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ދެން އަހަރެނަށް ހިވީ ކަރަންޓެއް އައިހެންނެވެ. ދެފަޔަށް ބާރުލާފައި އަހަރެން ގޭގެ ދޮރާއި ދިމަޔަށް ދުއްވައިގަތީމެވެ. ހަލުވިކަމާއި އެކު ސިޑިން ފައިބައިގެން ގެއިން ނިކުތީމެވެ. އަހަރެން ދުއްވާ އެއްޗަކަށްވެސް ބެލުމެއްނެތި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފިހާރަތެރެޔަށް ވަނީމެވެ. ފިހާރަޔަކީ ކުޑަކުޑަ ފިހާރައެއްކަމުން މީހުންވެސް އެހާ ގިނައެއްނޫނެވެ. އަހަރެން ފިހާރައިގެ ދޮރުމަތީ ހުރެގެން ފިހާރަތެރެއަށް ނަޒަރު ހިންގާލިއިރު ކައުންޓަރު ދޮށުގައި ފައިސާ ދައްކަންހުރި ތާޝާ ފެނުނެވެ. ދެން އަހަރެން ބޭރުގައި މަޑުކޮށްލީ ތާޝާ ނިކުންނަންދެނެވެ. ކޮތަޅެއް ހިފައިގެން ނިކުތް ތާޝާ ފެނުމުން އަހަރެން އޭނަގެ ފަހަތުން ގެޔަށް ވަންނަން ދިޔައީމެވެ. އަހަރެން މާޔޫސްވީ އަހަރެން ގޮވާލުމުން އަހަރެންނާއި ދިމާލަށް ބަލާވެސް ނުލީމައެވެ. ގޭދޮރުން ވަދެވުމުން މަޑުމަޑުން އަހަރެންނާއި ދިމަޔަށް ތާޝާ އެބުރެލިއެވެ.
“މާޒް ޕްލީސް ތިހެން ނޫޅެބަލަ..” އާދޭސް ކުރާ ރާގަކަށް ތާޝާ ބުނެލިއެވެ.
“އަހަރެން އިގްނޯ ކޮށްލީ ކީއްވެ ދެންމެ؟” އަހަރެން އަވަހަށް ބުނެލީމެވެ. “މަތީގަ އިލްޔާސް ބަލަން ހުރީމަ..” މިހެން ބުނުމަށްފަހު ތާޝާ ސިޑިއަށް އަރަން އެނބުރެލިއެވެ. އަހަރެން ތާޝާ ހުއްޓުވަން ވަރަށްވެސް ބޭނުމެވެ. އެހެންކަމުން އަހަރެން އެއްލިއަތުން ހިފުނީ ތާޝާގެ ވާއަތުގައެވެ. އޭރު ތާޝާ ހުރީ ސިޑީގެ ދެވަނަ ހަރުފަތުގައި ކަމުން އަހަރެން އަތުގައި ހިފުމުން ފައި ފުރުޅާލައިގެން ތާޝާ ވެއްޓެން ދިޔައެވެ. ހުށިޔާރު ކަމާއިއެކު އަހަރެން ތާޝާގެ އުނުގަނޑުގައި ހިފަހައްޓާލީމެވެ. އެއިރު ތާޝާގެ ހަށިގަނޑު އޮތީ އަހަރެންގެ އަތުތެރޭގައެވެ. ބިރުން ވިރިވިރި ހުރި ތާޝާ ދެލޯ ބޮޑުކޮށްލައިގެން އަހަރެންނާއި ދިމަޔަށް ބަލާންއޮތްގޮތުން އަހަރެންނަށް ހުރެވުނުތަންވެސް ހަނދާންނެތުނެވެ. މިގޮތަށް ކިތަންމެ އިރަކުވެސް އެމޫނަށް ބަލަން އަހަރެންނަށް ހުރެވިދާނެއެވެ. ގޭދޮރުން މީހަކު ވަތްހެން ހީވެގެން ސިއްސައިގެންގޮސް އަހަރެންނަށް އެނބުރެލެބުނެވެ. ގޭ ދޮރުމަތީހުރީ މިގޭގެ ކޮންމެވެސް ބަޔަކު އުޅޭ މީހެކެވެ. ސިހިގެން ދިޔަވަރުން އަހަރެންނަށް ތާޝާގެ ގައިން އަތް ދޫކޮށްލެވުނެވެ. މިކުރެވުނީ ކީއްހެއްޔެވެ. އަހަރެން ތިރި ބަލައިލިއިރު ތާޝާ އޮތީ އަހަރެންގެ ފައި ބުޑަށް ވެއްޓިފައެވެ. އެއިރު ގެޔަށް ވަތްމީހާ އަހަރެމެންނާއި ދިމަޔަށް ބަލަމުން ސިޑިން އަރައިގެން ހިނގައްޖެއެވެ. އަހަރެންނަށް ދެން ބަލަން ހުރެވުނީ އަހަރެންގެ ފައި ބުޑަށެވެ. އެއިރު ތާޝާ ތެދުވެވޭތޯ އުޅުނެވެ. “އަހަރެން ވައްޓާލައިފައި އަދި ބަލަން އެބަ ހުއްޓެއްނު!” އަހަރެންނަށް ސިހުމެއް ލިބިގެން ދިޔައީ ތާޝާ ތަންކޮޅެއްބާރަށް މިހެން ބުނުމުންނެވެ. އަހަރެން އަވަހަށް ތާޝާގެ އަތުގައި ހިފައިގެން ކޮޅަށް ނެގީމެވެ. އެއިރު ތާޝާ ގަނެގެން އައި ފިޔާ ކޮތާޅުވެސް އޮތީ ވެރިފައެވެ. އަހަރެން އަވަހަށް ފިޔާތަށް ހޮވާފައި ކޮތަޅަށް އަޅާދިނުމަށްފަހު ތާޝާގެ އަތަށް ދިނީމެވެ. “ކޮންތާކަށް ތަދުވީ؟” އަވަހަށް އަހަރެން އަހައިލީމެވެ. “މިތަނަށް” މިހެން ކިޔާފައި ތާޝާ އަތްލީ އޭނަގެ ހިތާއި ދިމާލުގައެވެ. “އެކަމަކު ޖެހުނީ ފޫކޮޅެއްނު!” ހައިރާންވެފައި އަހަރެން ބުނެލީމެވެ. “ތީ ބޮޑު ގަމާރެއް…” މިހެން ބުނުމަށްފަހު އަނެއްކާވެސް ތާޝާ ސިޑިން އަރައިގެން ދާން ފެށިއެވެ. އަހަރެންވެސް ތާޝާގެ ފަހަތުން ސިޑިން އަރަންފެށީމެވެ. “ކީއްވެ އަހަރެން ގަމާރުވީ؟” އަހަރެން އަހައިލީމެވެ. “އަދި އަހަރެން ހިފާފަ ވައްޓާލީއެއްނު ތި.. ދެން ކީއްކުރަން އަހަރެން ހިފީ.. ވެއްޓެން ދޫކޮށްލިނަމަ.” ތާޝާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ހިތްހަމަ ނުޖެހެހި ހުންނާނީވެސް ވަކި ކިހިނެއް ހެއްޔެވެ. އަހަރެންގެ ގަމާރުކަމުން އެކުއްޖާ ގައިގައި ހިފާފައިވެސް ވައްޓާލީއެވެ. “އެހެންވެދޯ ގަމާރެކޭ ތިބުނީ!” ހިނިގަނޑެއް ޖަހާލައިފައި އަހަރެން ބުނެލީމެވެ.
އެއިރު އަހަރެމެންނަށް ތިބެވުނީ އިލްޔާސް އުޅޭ ބައިގެ ދޮރުމަތީގައެވެ. ގެޔަށް ވަންނަން ތަޅުގައި ހިފަހިފާ އޮތް ތާޝާގެ އަތުގައި އަހަރެން ހިފަހައްޓާލީމެވެ. “ކީއްވެތަ ހިތަށް ތަދުވީ” އަނެއްކާވެސް އަހަރެން އަހައިލީމެވެ. “މާޒް ތިހާ ގަމާރުވީމަ..” މިހެން ބުނުމަށްފަހު ފުރަތަމަ ފަހަރަށް ތާޝާ އަހަރެންނާއި ދިމަޔަށް ހީލިއެވެ. އެއީ އަހަރެން ހީކުރިވަރަށްވުރެ ވެސް މާފުރިހަމަ ހިނިތުންވުމެކެވެ. “މާޝާ ﷲ” އަހަރެންނަށް ބުނެލެވުނެވެ. އެ ހިނިތުންވުމާއި އެކީ އެމޫނު އެކީ އުޖާލާވެގެން ދިޔައެވެ. އެއީ އަހަރެން ރޭގަނޑަށް ނުނިދާ އޮވެގެން ސިފަ ކުރުވަމުން އަންނަ ހިނިތުންވުމެވެ. އެހިނިތުންވުން ފެންނަ ދުވަހަކަށް އަހަރެން އިންތިޒާރު ކުރަމުން ދިޔައިރު މިހާ އަވަހަށް ފެންނާނެ ކަމަށް އަހަރެން އުންމީދެއްވެސް ނުކުރަމެވެ. “ކޯންޗެއް ތި ބަލަނީ.. އަތުން ދޫކުރޭ!” އަހަރެން ބަލަންފެށުމުން ތާޝާ އިސްޖަހާލައިފައި ވަރަށް މަޑުން އަހަރެންނަށް އިއްވާލިއެވެ. އަހަރެންގެ ހިތުގެ އެއް އެދުން މިރޭ ފުރިހަމަ ވެއްޖެއެވެ. އަހަރެންނަށް ދެން ހަމަޖެހިލައިގެން ނިދޭނެކަން ޔަގީނެވެ. އަހަރެން އެއްޗެއް ހަނދާންވެގެން ޖީބުން ފޯނު ނެގީމެވެ. އަދި ކެމެރާ ޖައްސާލައިފައި ތާޝާގެ ފޮޓޯއެއް ނެގީމެވެ. ތާޝާއަށް އަހަރެން ފޮޓޯނެގިކަން އިނގުނީވެސް ފޮޓޯނެގިފަހުންނެވެ. އަހަރެން ފޯނަށް ބަލަން ހުއްޓައި ތާޝާ އަހަރެންގެ އަތުން ދެމިގަނެގެން ގޭތެރެޔަށް ވެދެގެން ދިޔައެވެ. އަހަރެންވެސް ވީ އުފަލުން އަވަހަށް ގެޔަށްވަދުނީމެވެ. ކޮޓަރިޔަށްވަދެ އަހަރެން އެދުގައި ހަމަޖެހިލާ ދެންމެ އަހަރެން ނެގި ތާޝާގެ ފޮޓޯއަށް ބަލައިލީމެވެ. ހަމަ އެ ހިނިތުންވުމާއިއެކު ބަލަން ހުރިގޮތް ފެނިފައި އެމަންޒަރު އަހަރެންގެ ލޯކުރިމަތީ ސިފަވެގެން ދިޔައެވެ. ހަމައެއާއިއެކު މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެންއަތުން ތާޝާ ވެއްޓުނުގޮތް ފެނިފައި އަހަރެން ކައިރިޔަށް ހިނިއައެވެ. އަހަރެންނާއި ދިމަޔަށް މީހަކު ގަމާރެކޭ ބުނި ދުވަހެއްވެސް ހަނދާނެއްނެތެވެ. އަބަދުވެސް އޮފީހުގައި މީހުން ބުނަނީ މާޒް އަކީ ވަރަށް “ސްމާޓް އެންޑް އިންޓެލިޖެންޓް” މީހެކެވެ. ނަމަވެސް ތާޝާ އަހަރެންނަށް ކުރި ފުރަތަމަ ތައުރީފަކީ އެއީއެވެ. ތާޝާ ބުނެފިނަމަ ގަމާރަކަށް ވެގެންވެސް އަހަރެން އުޅެފާނަމެވެ. (ނުނިމޭ)

 

 

 

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

މިހިތުގެ ފަސާާނާ 19

Next

އިންތިހާއަށް އާދޭސް 13…

Next
November 2, 2016

އިންތިހާއަށް އާދޭސް 13…

Previews
November 2, 2016

މިހިތުގެ ފަސާާނާ 19

18 Comments

  1. GORGEOUS says:
    November 2, 2016 at 9:09 pm

    Oow thanks!! you are the best

  2. Saadhu says:
    November 2, 2016 at 9:10 pm

    Obi

  3. Eenoooo says:
    November 2, 2016 at 9:18 pm

    Reethi. V reethi. Waiting

  4. Naaf says:
    November 2, 2016 at 9:20 pm

    Nice

  5. .loving it....... says:
    November 2, 2016 at 10:08 pm

    What a lovely love maaz has for thaashaa

  6. Qeen says:
    November 2, 2016 at 10:15 pm

    Ekamaku Ifaau haadha lahakunney thi up kuree v reethi

    1. Ifaau says:
      November 2, 2016 at 10:28 pm

      Sorry Qeen. I have some internet problem that’s why it is taking more time. But I will try to upload at least one part everyday.?

  7. ?? says:
    November 3, 2016 at 3:00 pm

    V REETHI VAAHAKAEMEE

  8. ?? says:
    November 3, 2016 at 3:03 pm

    KONIRAKUTHO MIVAAHAKAIGE 10 VANABAI UP LOAD KURANEE

  9. Pop says:
    November 3, 2016 at 8:19 pm

    Plz upload soon

  10. Qeen says:
    November 3, 2016 at 8:52 pm

    Hallo kobaa vaahaka

  11. thuuu says:
    November 3, 2016 at 11:38 pm

    Nice story..n 10 vanabai avahah up kuraane kamah unmeedhu kuran..????

  12. Avatar says:
    November 4, 2016 at 9:38 am

    Please update

  13. Hope says:
    November 4, 2016 at 1:05 pm

    Writer bunymennu daily kohdheyn upkohdheveytho balanamey.. Dhen koba vahaka

  14. Fin says:
    November 4, 2016 at 1:52 pm

    Avas kohlaba plx

  15. Ifaau says:
    November 4, 2016 at 3:36 pm

    Insha allah mirey vaahaka update kohlla dheynah. Thanks all for the compliments.?❤

  16. GORGEOUS says:
    November 4, 2016 at 3:36 pm

    Pz Plz plx plx upkohba avahah

  17. GORGEOUS says:
    November 4, 2016 at 3:38 pm

    Ok 🙂

Comments are closed.

All Right Reserved!