މިކްޔާ އޭނާގެ އަތް އައުފްގެ ކޯމަތިން ނެގުމަށްފަހު އަނެއް ފަރާތައް އެނބުރުނު ނަމަވެސް ލިބިފައިވާ ސިހުން ފިލައިގެން ނުދެއެވެ.
” އައުފް ކީކޭބާ ހިތައް އަރާނީ؟..އަހަރެންނަށް ކިހިނެއްތަ މިވަނީ..؟ ” ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން މިކްޔާ އަމިއްލަ ނަފުސައް އަޑުލިއެވެ. ފާއިތުވާ ކޮންމެ ދުވަހެއް މިދަނީ އޭނާ އައުފް އާއި އިތުރައް ކައިރި ކުރަމުންނެވެ. އާދަޔާ ޚިލާފު ދަމާ ބާރަކުން އެދެމީހުންގެ މެދުގައިވާ ދާއިރާ ހަނިކުރަމުން ދަނީ ދެމީހުން ވެސް އެކަމަށް ބޭނުންވެފައި ވަނިކޮށެވެ. ނަމަވެސް ހިތުގައި ރައްކާ ކުރެވިފައިވާ ޝަމާންގެ ސޫރަ އަދިވެސް ފަނޑުވުމެއް ނެތި އެހިތުގައި ކުރެހިފައިވެއެވެ. ވީއިރު އައުފް އާއި މެދު އެފަދަ ނަޒަރަކުން އޭނާއަށް ދެކެވޭނީ ކިހިނަކުން ހެއްޔެވެ؟ ޝަމާންގެ ލޯތްބަށްޓަކައި މިކްޔާ އިންތިޒާރު ކުރީ ކިތައް އަހަރު ހެއްޔެވެ؟ އެލޯބި އެހާ އަވަހަށް ފަނޑުވެގެން ގޮސްގެން ނުވާނެއެވެ. ނަމަވެސް މި ވޭތުތުވި ހައަހަރުދުވަހުގައި ވަނީ އެތައް ކަމެއް ބަދަލުވެގެން ގޮސްފައެވެ. ޝަމާން ދެން އެނބުރި އޭނާގެ ދިރި އުޅުމަށް އައުމަށް މިކްޔާ އެއް ނޭދެއެވެ. މިހާރު އޭނާއަކީ ނުކުޅެދޭ މީހެކެވެ. އެނިކަމެތި ދިރިއުޅުން މީހަކާ ހިއްސާކުރުމަށް މިކްޔާ ބޭނުމެއްނޫނެވެ. އެވަރުގެ ބޮޑު ދެރައެއް އެއްވެސް މީހަކަށް ދޭނި ކިހިނަކުން ހެއްޔެވެ؟
އިންސާނުންގެ ހިތަކީވެސް ވަރަށް ފާޑެއްގެ އެއްޗެކެވެ. ވަގުތާއި ހާލަތުގެ ގޮތުން ހިނދުކޮޅަކަށް ނަމަވެސް އިޚްތިޔާރުން ބޭރަށް ކައްސާލަފާނެއެވެ. އެވަގުތު ކޮޅުގައި މުޅިދިރިއުޅުން ބަދަލުވެގެން ހިނގައިދާނެ ފަދަ ކަމެއް ވުންވެސް އެކަށީގެންވެއެވެ. ބައެއް ކަހަލަ ކަންތަކަކީ އަހަރެމެންނަށް ބާރުފޯރުވޭ ކަންތައް ތަކެއް ނޫނެވެ.
” މިކްޔާ އަދިވެސް ނުނިދަންތަ؟ އަހަރެން އޮތީމަ ތިއޮތީ ނުނިދިފައި ދޯ؟ ހިނދުކޮޅެއްގެ ހަމަ ހިމޭން ކަމަށް ފަހު އައުފް ބުނެލިއެވެ.
“މިކްޔާ އަހަރެން ވަހަކައެއް އަހާލަންތަ؟ ކޮބާތަ ފިރިމީހާ؟”
ކުއްލިއަކަށް މާޒީގެ އެ އަނދިފަރާތް މިކްޔާ ވަށާލީ ނޭވާވެސް ނުލެވޭހާ ބޮޑަށް ފިއްތާލަމުންނެވެ. ލޯކުރިމަތިން އެމަންޒަރުތައް ސިފވާން ފެށުމާއިއެކު މިކްޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ހިނދުކޮޅެއްގެ ތެރޭ ކޮޓަރިތެރޭން އިވެމުން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ.
” އޯހް! ސޯ ސޮރީ..” އައުފްގެ އަޑުގައި ވަނީ ކަންބޮޑު ވުމެވެ.
” އިޓްސް އޯކޭ..އައުފްގެ ކުށެއްނެތް ކަމެއްގައި މާފަށް އެދޭކަށް ނުޖެހޭނެ..އަހަރެންގެ މާޒީ އަކީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިދޭ ހިތި މާޒީއެއް..އެދުވަސްތައް މަތިން ހަނދާން ކުރާކަށް އަހަރެން ނެތިން..ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައް ތަކަކާ ކުރިމަތި ލުމަށްފަހު މިއަދު މިހާލުގައި އަހަރެން މިއިނީ..އެކަންތައްތަކުން އިބުރަތެއް ހާސިލް ކޮށްގެން އަހަރެން ބޭނުމީ ފަސް އެނބުރި ބެލުމެއްނެތި ކުރިއަށްދާން..އެއީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީވެސް..” ނޭފަތް ދަމާލަމުން މިކްޔާ ވާހަކަދެއްކިއެވެ.
މިކްޔަގެ ވާހަކަތކުން އައުފަށްވެސް އޭނާގެ ދިރި އުޅުމުގައި ކަންތައްވީ ގޮތް ހަނދާނަށްއައެވެ. އެޚިޔާލުތަކަށް ގެނބެމުން ދަނިކޮށް ސިހުނީ މިކްޔާގެ އަޑުންނެވެ.
“ހޫމް ދެން ބުނެބަ ޒީޝާ އާއި ދެމީހުން އަބަދު ރުޅިއައިސްގެން ތިބެނީ ކީއްވެ؟ އަހަރެންނަށް ހީވަނީ ތިދެމީހުންގެ ކޮންމެސް ގުޅުމެއް އޮވެޔޭ..ނޫންތަ؟ އައުފް އޮތް ދިމާއަށް އެނބުރެމުން މިކްޔާ ސުވާލުކޮށްލިއެވެ. އެވަގުތު އައުފްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވުމާއެކު މިކްޔާ އަށް ހީކުރެވުނު ޝައްކު ޔަޤީނާ ގާތައް އައެވެ. އެއްވެސް މީހަކު ދެކެ އެގޮތައް ނުރުހޭނެ ސަބަބެއް އޮންނާނޭ މިކްޔާގެ ހިތް އަބަދުވެސް ބުނެއެވެ. އޭނާ ބޭނުންވަނީ އައުފްގެ ދުލުން އެވާހަކަތައް އަޑުއަހާށެވެ.
އައުފް ގެ ދުލުން ހާމަވަމުންދާ ކޮންމެ ވާހަކައަކީ މިކްޔާއަށް އާ ވާހަކައެކެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް އެގޮތައް ކަންތައް އެވަނީ ހިނގާފައެވެ. ދުނިޔެއަކީ މިކަހަލަގެ ތަނެކެވެ. ހީނުކުރާ ކިތައްމެ ކަމެއް ވެގެން ހިނގައިދާނެއެވެ. ބޭނުން ނުވާ ނުވަތަ ޤަބޫލުކުރަން ބޭނުން ނޫން އެތައް ކަމެއް ވެދާނެއެވެ. އަހަރެމެން ޖެހޭނީ ކޮންމެފަދަ ކަމެއް ވިޔަސް އެކަންތަކާ ކުރިމަތި ލުމަށް ތައްޔާރުވެ ތިބުމަށެވެ. ކެރިގެން ކުރިމަތިލައިފި ކަމެއް ކާމިޔާބު ނުވެ ނުދާނެއެވެ. އެކަމަށް ބޭނުންވާނީ ހިތްވަރާ ނުގުޑާފަދަ އަޒުމެކެވެ. އައުފް އެކުރާ ހިތްވަރަށް މިކްޔާގެ ހިތުގެ އެންމެ ފުންމިނުން ސާބަސް ދެމުން ދިޔައެވެ. ދިރި އުޅުމުގައި ހިތްދަތި ކަމެއް ލިބިފައި ވަނީ އޭނާ އަށް އެކަނޏެއް ނޫނެވެ. ހިތާމައާ ހިތްދަތި ކަމަކީ ކޮންމެ މީހަކުވެސް އިހުސާސް ކުރާނެ ކަންތައްތަކެއްކަން މިއަދު މިކްޔާ އަށް ޔަޤީންވެއްޖެއެވެ.
**
6 މަސް ފަސް
ދުވަސްތައް މާޒީ އާއި އެކުވަމުންގޮސް ހަމަސް ފާއިތުވީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައި އެވެ. ސޮފިއްޔާ އެނބުރި އައި ދުވަހު ވަނީ ގޭތެރޭގެ މާހައުލަށް ބަދަލުތަކެއް އައިސްފިކަން ދެނެގަނެފައެވެ. މިކްޔާ އާއި އައުފް ގެ ގުޅުން މިހާރުވަނީ ކުރިއަށްވުރެ ގާތްވެފައެވެ. ދެމީހުން އެކުގައި ފެންނަލެއް ގިނަވެފައި ވާއިރު މިކްޔާގެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. މައިކަލްގެ ބިޒްނަސް ކަންތައްތަކުގައި އެހީވަމުން ދިޔަ ނަމަވެސް އައުފް ވަނީ އޭނާ އަލަށް ފަށަން އުޅޭ ބިޒްނަސްގެ ކަންތައްތަކަށް ވަގުތު ހުސްކޮށްފައިއެވެ. ރެއާ ދުވާލު އެކަންތަކުގައި އައުފް އުޅެނީ އެއީ އޭނާގެ ކުޑައިރުގެ ހުވަފެނެއްވީމައެވެ. މިކްޔާއާއި ވެސް ހިއްސާ ނުކޮށް އެކަންތައް އެންމެނަށް ސަޕްރައިޒެއް ގޮތައް ދޭން ނިންމިއެވެ.
ޑިސެމްބަރުމަހުގެ ދުވަސް ތަކުން ދުވަހެކެވެ. ޖޯން އެއަރޕޯޓަށް ދިޔައީ މައިކަލް ބުނެގެން ޒީޝާ ބަލައެވެ. ތިން މަސް ދުވަހު މިޝްޔާ ކައިރީގައި މަޑުކޮށްލުމަށްފަހު މިއަދު އެނބުރި އެއަންނަނީ އެކޮޅުގައި ފޫހިވެގެން ކުރާނެ ކަމެއް ނެތިގެންނެވެ. އޭނާގެ ގިނަ އެކުވެރިންވެސް މިވަގުތު ވީ އެކި ޤައުމުތަކަށް ގޮހެވެ. ޒީޝާ އެނބުރި ސްވިޒްލޭންޑަށް އެ އަންނީ އޭނާގެ ދެލޯ އަބަދު ހޯދަމުންދާ ސޫރަ ދެކިލުމަށެވެ.
ޖޯން ފެނުމާއިކު ޒީޝާގެ މޫނުމަތިން ފުޅާ ހިނިތުން ވުމެއް ފެނުނެވެ. ޖޯން ހުރީ އަމިއްލަ ލޮލަށް ފެންނަމުންދާ މަންޒަރު ޤަބޫލު ނުކުރެވިފައެވެ. އޭނާގެ ލޮލަށް މިއަދު ކިހިނެއް ވެފައި ހުރި ދުވަހެއް ހެއްޔެވެ؟ ޒީޝާ އަކީ ދުވަހަކުވެސް އޭނާ ފެނިގެން ހިނިތުންވެފައިވާ ކުއްޖެއް ނޫނެވެ. ވީއިރު މިއަދު ކުއްލިއަކަށް ކިހިނެއް ވީހެއްޔެވެ؟
ފަރިހިނގުމެއްގައި ހިނގަމުން އައި ޒީޝާ ޖޯން އާއި ދާދި ގާތުގައި ހުއްޓިލިއެވެ. ޒީޝާގެ ތުންފަތް ޖޯންގެ ތުންފަތުގައި ބީހިލުމާއިއެކު ޖޯން އަށް ލޯމަރާލެވުނެވެ. އަދި ޒީޝާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު އަދިވެސް ބޮޑަށް ޖޯންގެ ހަށިގަނޑާ ކައިރިކޮށްލިއެވެ.
” ހެލޯ! ސްޓޮޕް ޑްރީމން…އައި އެމް ގެޓިން ލޭޓް..” ޒީޝާގެ އަޑު ޖޯން އަށް އިވެމުން ދިޔައީ ތަންކޮޅެއް ދުރުންހެން ހީވިއެވެ. ޖޯން ލޯ ހުޅުވާލުމަށްފަހު މަގުގެ ދެފަރާތް ބަލާލީ ޒީޝާ ފެންނަން ނެތުމުންނެވެ.
” އާރ ޔޫ ކަމިންގ އިން އޯ ވަޓް؟..އިޓްސް ގެޓިން ކޯލްޑް އައުޓް ހިއަރ…އައި ނީޑް ޓް ގޯ ހޯމް ސޫން..” ކާރުތެރެއިން ބޯދިއްކޮށްލަމުން ޒީޝާ ރުންކުރު ކަމާއެކު ބުނެލިއެވެ.
އެއީ ހިޔާލެއްކަން އެނގުމުން ޖޯންގެ ހިތައް މާޔޫސްކަން ވެރިވިއެވެ. ނަމަވެސް އެއީ ހާދަ ހަޤީގަތާ އެއްގޮތް ހިޔާލެކެވެ. ޖޯން ބޯކަހާލަމުން ކާރަށް އަރާ ސްޓާޓް ކޮށްލީ ކުރެވުނު މޮޔަކަންތަކުން މަޖާވެ އިނދެއެވެ. ކާރު އޭގެ ބާރު ދުވެލީގައި ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު ގެއާ ހަމައަށް އާދެވުމާއެކު ޒީޝާ ކާރުން ފައިބައިގެން ގެއާދިމާއަށް ދުއްވައިގަތެވެ.
އައުފް އިނީ ކޮޓަރީގައި ހުރި ބެލްކަނީގައިއެވެ. ކުއްލިއަކަށް ދޮރު ހުޅާވާލަފަ އެތެރެއަށް ދެމިގަތް ޒީޝާފެނި އައުފްގެ މޫނުމަތި އެއްކޮށް ބަނަވެގެން ދިޔައެވެ.
“އައި ނީޑް ޓް ޓޯކް..” ބެލްކަންޏަށް ނިކުމެ ހަށަން ބަނދެލަމުން ޒީޝާ ބުނެލިއެވެ.
” ދެން ދައްކަބަލަ ތިވާހަކެއެއް..އައި އޭމް ހިއަރ..” އައުފްގެ އަޑުގައި ވަނީ ފޫހިކަމެވެ.
” ވައި އާރ ޔޫ އިގްނޯރިންގ މީ..އައި ނޯ ތިނގްސް ހޭވް ބީން ޗޭންޑް އަލޮޓް.. އެކަމަކުވެސް ޒީ ބޭނުންވަނީ އާފް އާއި އެއްކޮށް އުޅެން..ކީއްވެތަ އަބަދު ދުރުދުރުން އުޅެނީ؟..ކުރިން ކިހާ މަޖާކޮށް އަހަރެމެން އުޅުނީ..ކީއްވެ ކުއްލިއަކަށް އާފް ޗޭންޖް ވީ؟..އެހެންވީމަ ޒީ ވަރަށް ދެރަވޭ..ބުނެބަ އާފް ވައި؟” ޒީޝާގެ ޝަކުވާތައް ފައްޗަކަށް އަމުނާލިއެވެ. އައުފް ކައިރީގައި އުނދޯލީގައި އިށީނުމަށްފަހު ޒީޝާ އައުފްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
“ޕްލީޒް އާފް ބުނެބަލަ ވީ ގޮތެއް.. ޒީގެ މިސްޓޭކެއް އިނިއްޔާ ރަނގަޅު ކުރެވޭނީވެސް އޭރުން..ޒީ މިހާރު އަބަދު ބޭރުގަވެސް އުޅެނީ އާފް ތިގޮތަށް އިގްނޯ ކުރާތީވެ.. ތިގޮތައް ހާރޓް ނުކޮށްބަ” ޒީޝާ އަށް ރޮވެން ފެށުނީ ހިތައް ކުރި އަސަރެއްގެ ސަބަބުންނެވެ.
އައުފް ބުނާނީވެސް ކީކޭ ހެއްޔެވެ؟ އޭނާ އެގޮތަށް ކަންތައް އެކުރަނީ ހަމައެކަނި ޒީޝާ އަށް ރަނގަޅަކަށެވެ. މާދަމާ ޒީޝާ އަށް ހަޤީގަތް އެނގުމުން އަދި މާ ދެރަވާނެއެވެ. އައުފް އަށް ފެންނަ އެންމެ ރަނގަޅަށް އޭނާ ކަންތައް ކުރާނެއެވެ. މަސްލަހަތައްވެސް އެންމެ ރަނގަޅުގޮތަކީ އެއީއެވެ.
އެގޮތުގައި އިރުކޮޅަކު ބަހެއް ނުބުނެ އިނުމަށްފަހު އުނދޯލިން ތެދުވެ އައުފް ހިނގައިގަތީ ބެލްކަނީ ދަގަނޑާއި ދިމާއަށެވެ. ޒީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު ނޭފަތް އެތެރެއަށް ދަމާލަމުން އައުފް ދިޔަ ދިމާއަށް ބަލާލިއިރުވެސް އެދޮލުން ކަރުނަ ވިދަމުން ދެއެވެ. އައުފަށް އޭނާގެ ދެލޮލުން ލޯބި ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އެލޯތްބަށްޓަކައި އޭނާ ފެންބޮވައިގެންފައިވަނީ އިންތިހާ އަށެވެ. އެއަތުގެ ފިރުމުންތަކަށް ހިތް އެދެވެނީ ބުނެދޭން ނޭނގޭ ވަރަށެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް ޒީޝާ ވަނީ އެތައްދުވަހަކު އައުފްގެ ލޯތްބަށް އެދޭކަން ހާމަކޮށްފައެވެ. ކޮންމެ ފަހަރަކު އައުފް ނޭނގޭ ކަމަށް ހަދާލަމުން އެވަހާކަ އިރުތަށް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނުދެއެވެ. އެކަމުގެ ސަބަބުން ފާއިތުވީ އަހަރުތަކު ތެރޭގައި އެދެމީހުންގެ މެދުގައި ވަނީ ބޯ ފާރެއް ރޭނިފައެވެ. މިވީހާތަނަށް ދުވަހަކަވެސް އައުފްގެ ފަރާތުން ޒީޝާ ހިތް އެދޭކަހަލަ އިޝާރާތެއް ނުލިބެއެވެ. ނަމަވެސް މިއަދާ ޖެހެންދެންވެސް ޒީޝާ ކެތްތެރިވެ އެހުރީ އައުފަށް ވިސްނިގެން އޭނާ ކައިރިއަށް އެނބުރި އަންނާނެ ކަމަށެވެ.
ޒީޝާގެ ހިތައް ކެތްނުވާވަރުވުމުން ދުވެލާފައި ގޮސް އައުފްގެ ފަހަތުން މެދުހަށީގައި ބާރަކަށް ބައްދާލިއެވެ.
” އައި ލަވް ޔޫ އާފް..އައި ލަވް ޔޫ ސޯ މަޗް..” ޒީޝާގެ އަޑު ވަނީ ކުރެހިފައެވެ.
” ބަޓް އައި ޑޯންޓް އެން ވިލް ނެވަރ އެވަރ ލަވް ޔޫ..ސޯ ޕްލީޒް ސްޓޮޕް ސޭއިން އިޓް އޯވަރ އެން އޯވަރ ..އަހަރެން ދުވަހަކުވެސް ޒީޝާގެ ދެކެ ލޯތްބެއް ނުވޭ..ކިތައް ފަހަރު ބުނީމަ ތި ސިކުނޑިއަށް ވިސްނޭނީ..ކުރިން އަހަރެން ހީކުރީ ޒީޝާ ޅަވީމަ އަދި ނުވިސްނެނީ ކަމަށް އެކަމަކު ތީ މިހާރު ބޮޑުވެފައި ހުރި އަންހެނެއް..އަހަރެން ވަރަށް ހިތް ހަމަ ނުޖެހޭ ތިގޮތަށް ގަޔަށް ބޮލަށް އަރަންޏާ..ކޮންމެ ކަމަކަށްވެސް ލިމިޓެއް އޮންނާނެ ” ޒީޝާގެ އަތް ނައްޓުވާލަމުން ދުރައްޖެހިލުމަށްފަހު އައުފް ހަރުކަށިކަމާއެކު ބުނެލިއެވެ. ޒީޝާ ސިހިގެން ގޮސް އަނގަމަތީގައި އަތް އަޅާލެވުނީ އަޑުބޭރުވެދާނެތީއެވެ.
” ލިސެންޓް މީ ވަންސް އަގައިން މިސް ޒީޝާ..އައި ވޯންޓް ޔޫ ޓް ސްޓޭ އަވޭ ފްރޮމް މީ..” އައުފް ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
” އޮންލީ މިކްޔާ ކޭން ކަމް ކްލޯސް ޓު ޔޫ ރައިޓް؟ ރުޅިވެރިކަމާއެކު ޒީޝާ ބުނެލި ޖުމްލައިން އައުފަށް ފަސް އެނބުރި ބަލާލެވުނެވެ. އެވަގުތު އެމޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
“ސްޓޮޕް އެކްޓިންގ..އަހަރެންގެ ދެލޯ ސަލާމަތުން އެބަހުއްޓޭ…ތި ދެމީހުން ކުޅޭ ކުޅިގަނޑު މަށަށްވެސް ފެނެޔޭ..” ހިތާމައިގެ މައްޗައް ރުޅިވެރިކަން އިސްކުރަމުން ޒީޝާ ބުނެލިއެވެ.
” ކީކޭ ތިކިޔަނީ..މިކްޔާ އަކީ ތިހީކުރާ ކަހަލަ ކުއްޖެއް ނޫނޭ..” އައުފް ގާތައްވެސް ރުޅިއަތުވެއްޖެއެވެ. މިކްޔާ އާއި ބެހޭގޮތުން އެއްވެސް މީހަކު އެފަދަ އެއްޗެއް ބުނާ އަޑު އަހަން އައުފަށް ކެތެއް ނުކުރެވޭނެއެވެ.
“ޔޫ އާރ އިގްނޯރިން މައި ލަވް ފޯރ ދެޓް ޑޭމް ކްރިޕަލް ލޭޑީ..ހައު ކުޑް ޔޫ ޑޫ ދެޓް..ތަނަކު ހުރި ނުކުޅެދޭ މީޙަކަށް އައުފަށް ދެވޭނީ ކޮން އުފަލެއްތަ؟ އައުފަށް އަބަދު އޭނަގެ ކަންތައް ކޮށްދޭން ހުރެވޭނެތަ؟ ޔޫ ކާންޓް ޑޫ ދެޓް..އޭސް ޓައިމް ގޯ އޮން ޔޫ ވިލް ގެޓް ބޯރޑް..އެދުވަހަކުން އަންނަންޖެހޭނީ ޒީ ކައިރިއަށް..”
މިކްޔާ ބެލްކަންޏަށް ނިކުންނަން ދިޔަ ވަގުތު އިވުނު ވަހަކަތަކުން ދެލޯ ފުރިގެން ބަންޑުންވީ ތާޒާ ކަރުނައިންނެވެ. ޒީޝާ އެބުނީ ދޮގުވާހަކެއްވެސް ނޫނެވެ. އޭނަ އަކީ ނުކުޅެދޭ މީހެކެވެ. އެހެން މީހަކަށް ދެވޭނީ ވަކި ކޮން އުފަލެއް ހެއްޔެވެ؟
” އައި ކޭން ޑޫ އެނީތިން ފޯރ ހަރ…ކޯޒް އައި ލަވް ހަރ މޯރ ދޭން އެނީތިންގް އިންދިޒް ވޯލްޑް..އަހަރެންނާ އިންނާނެ މީހަކު ނުވިޔަސް ތި ޒީޝާއެއް ކައިރިއަށް ނުދާނަން ސާފުވެއްޖެތަ! އެހުރީ ވަތް ދޮރު، ހަމަ މިހާރި މިތަނުން ނިކުމޭ” ޒީޝާ ގެ ދެކޮނޑުގައި ހިފާ ދުރަށް ކޮށްޕާލަމުން އައުފް އެހެން ބުނެލީ ފުދޭވަރަކަށް ބާރަށެވެ. މިކްޔާގެ ކަންފަތައް އެއިވުނީ ހަޤީގަތެއް ހެއްޔެވެ؟ މީހަކު އެހާވަރަށް ލޯބިވަން އޭނަ އެއީ ކާކުހެއްޔެވެ؟ އަމިއްލަ އަށް އެއްވެސް ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ބޭކާރު މީހެކެވެ. އޭނަ ކަހަލަ މީހެއްގެ ދިރިއުޅުމުގައި ލޯބި އެއީ ހަމައެކަނި ދެއަކުރުގެ ލަފްޒެކެވެ. އެހެން ނަމަވެސް އައުފްގެ ދުލުން އެހެން ބުނި އަޑު އިވުމުން އެހިތައް ބަޔާންކުރަން ދަތި ހިތް ހަމަ ޖެހުމެއް އެ ލިބުނީ ކީއްވެހެއްޔެވެ؟
ޒީޝާ ދުވެފައި އެކޮޓަރިން ނިކުމެގެން ދިޔައީ ރޮމުންނެވެ. އައުފް ދުވަހަކުވެސް އެފަދަގޮތަކަށް ޒީޝާ އާއި ވާހަކަދައްކާފައެއް ނެތެވެ. މިއަދު އެދުލުން އެހެން މީހެއްދެކެ ލޯބިވާވާހަކަ އިވުމުން ޒީޝާ އަށް ވަނީ އިތުރު ހިތްދަތިކަމެއް ލިބިފައިއެވެ.
**
ވަރުބަލިވެފައި ހުރެ ޖޯން ކޮޓަރިއަށް ވަނީ އަރާމުކޮށްލާށެވެ. އޭރުވެސް އޭނާ ފިނިވެގެން ގޮސް ތުރުތުރުލަމުން ދިޔައެވެ. އޭނަ އާއި އެކު ކޮޓަރި ހިއްސާ ކުރާ ސައިމަން ވީ ޗުއްޓީގައިކަމުން މިދުވަސްކޮޅު ޖޯން އުޅެނީ އެގޭގައިއެވެ. ކޮޓަރިއަށްވަނުމަށްފަހު ޖޯން ބޭނުންވީ ހޫނުފެނުން ފެންވަރާލުމަށެވެ. އެހެންކަމުންލައިގެން ހުރި އަންނައުނުތައް ގަޔާ ވަކިކޮށްލުމަށްފަހު ތުވާލި އޮޅައިގެން ފާހަނަށް ވަނުމަށް ދިޔަ ވަގުތު އެނދުގެ ބިއްދަށުގައި ޓައިލްސް މަތީގައި އިން ޒީޝާ ފެނި ފިޔަވަޅުތައް ގަނޑުވިއެވެ. ޖޯން އަށް ބަހެއް ނުކިއިގެން އުޅެނިކޮށް ޒީޝާ އިސްއުފުލާ ބަލާލިއެވެ. އެވަގުތު ރަތް ވެފައިވާ އެބޮޑު ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
” ވަޓް ހެޕެންޑް ޒީ؟ ” ޖޯން އޯގާތެރިކަމާއެކު ސުވާލުކޮށްލީ ޒީޝާ ކައިރީ އިށީންނަމުންނެވެ. ޒީޝާއާށް އިތުރަށް ރޮވުނީ ޖޯންގެ އެ ގާތް ކަމުންނެވެ. ޒީޝާގެ ކުއްލިހަރަކާތަކާއެކު ޖޯންގެ ގައިގަ ބައްދާލިއެވެ. ޖޯންވެސް ޒީޝާގެ ބުރަކަށީގައި ފިރުމާލީ ހިތްވަރު ދިނުމަށެވެ.
“ޖޯން..ހީ ޑަޒަންޓް ލަވް މީ..އައި އޭމް ސޯ ހޮރިބަލް..ނޯބޮޑީ ލަވްސް މީ..” ޒީޝާ ރޮމުން ވާހަކަދައްކަމުންދިޔައެވެ.
“ޝްޝްޝް..! ޑޯންޓް ސޭ އަ ވޯރޑް..” ޒީޝާ ދެކެ އޭނަ ވާ ލޯބި ހާމަ ކުރާނީ ކިތައް ދުވަހު ހެއްޔެވެ؟ ވީއިރު ޒީޝާ އަށް އެހެން ބުނެވޭކަށް ނޯންނާއެވެ. ޒީޝާގެ ލޯތްބަށް އެދި އޭނާ ކިތައް ދުވަހު އާދޭސް ކުރި ހެއްޔެވެ؟ އެކަކަމުވެސް ޒީޝާ އެވަހާކަތަކަށް ބީރުކަންފަތެއް ދެނީ އޭނާގެ ހިތް ހަލާކުކޮށްލަމުންނެވެ. ޖޯންގެ ކޮނޑުމަތީގައި ބޯއަޅއިގެން އޮތް ޒީޝާ ހަމައަށް އެޅުމުންވެސް ދުރައްނުގޮސް އިތުރަށް ޖޯން އާއި ކައިރި ވެވުނެވެ. ޒީޝާގެ މި ގާތްކަން ޖޯންގެ ހިއްސުތަކާ ކުޅެލުމަށް ނެގީ ފަޅި ސިކުންތު ކޮޅެކެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފިނިކަން ދެމީހުންނަށް އިހުސާސެއް ނުކުރެވެއެވެ. ދެހަށިގަނޑުގެ ހޫނުކަން ހިއްސާކުރަމުން އިތުރަށް ދެހަށިގަޑު ކައިރިވުން ނޫން ކަމެއް ނުވެއެވެ. ދާދި ކުޑަ ވަގުތުކޮޅެއްގައި ޖިސްމުގައި ހުޅުރޯވެ ދެމީހުންވެސް ޖަޒުބާތުގައި ޖެހިގެން ހިނގައްޖެއެވެ. އިސްނެގީ ކާކުކަމެއް ނޭނގެއެވެ. ކޮޓަރި ތެރޭން އިވެމުން ދިޔައީ ދެމީހުންގެ ފުންނޭވާތަކެއްގެ އަޑު އެކަންޏެވެ.
**
ޝަމާން ތައްޔާރުވަމުން އެދަނީ މިއަދު ބައްދަލު ކުރަން ހަމަޖެހިފައިވާ ކްލައިންޓަކާ ބައްދަލު ކުރުމަށެވެ. އިކްރާމްގެ ރިޒޯރޓްތައް ބަލަހައްޓަމުން ޝަމާންވެސް އޭނާ ދާދި ފަހަކުން ގަތް ރަށެއް މިހާރުދަނީ ރިޒޯޓަކަށް ދަރައްޤީ ކުރަމުންނެވެ. އަމިއްލަ ބިޒްނަސްގައި ވަގުތު ހޭދަކުރަމުން އިކްރާމްގެ ދެ ރިޒޯޓަށް ވަގުތު ނުދެވޭތީވެ އޭނާ ގަތް ރަށް މީހާރުވަނީ ވިއްކާލަން ނިންމާފައެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ފަރާތާ ބައްދަލު ކުރުމަށް ޝަމާން އިނީ އެގޭގައި ހަދާފައިވާ އޮފީސް އެޕާރޓްމެންޓްގައެވެ. ދޮރުގައި ޓަކި ދިން އަޑު އިވުމާއެކު ޝަމާން ކުރަން އިން މަސައްކަތްތައް އެއްފަރާތް ކޮށްލިއެވެ.
“ވަދޭ އެތެރެއަށް” ޝަމާން ބުނެލިއެވެ.
އައްސަލާމް އަލައިކުމް..އަޅުގަނޑު މިއައީ އެމް އެން އޭ ކޮމްޕެނީގެ ފަރާތުން ޝަމާންއާއި ބައްދަލުކޮށްލަން..” އެތެރެއަށް ވަދެގެން އައި އަންހެން ކުއްޖާ ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ޝަމާންގެ ގޮނޑިއަށް އިޝާރާތް ކުރަމުން އިށީންނަން ބުނެލިއެވެ.
” މީ ޝަމާން އަކީ..” އަނހެން ކުއްޖާގެ އަތުގައި އޮތް ފައިލްތައް ދިނުމަށް އެދެމުން ޝަމާންވެސް ހިނިތުންވެލިއެވެ.
ފައިލު ތެރޭގައިވާ ލިޔެކިޔުންތައް ބަލަމުން ދިޔަ ޝަމާން އަށް ބަލައްހައްޓައިގެން އިން އަންހެން ކުއްޖާގެ މޫނުމަތީގައިވަނީ ލަދުރަކި ހިނިތުން ވުމެކެވެ. އޭނާގެ ކުރިމަތީގައި މިއިން ޒުވާނާ ފެނުމާއިއެކު ހިތައް ގޮތްތަކެއް ވެއްޖެކަން ޔަޤީނެވެ. މިވީހާ ދުވަހު ކުއްޖަކާ ރައްޓެހި ނުވެ އެހުންނަނީވެސް އޭނާގެ ހުވަފެންތަކުގެ ރާޖާ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އެވެ. އެ އިންތިޒާރަށް ނިމުމެއް އަންނަނީ ހެއްޔެވެ؟ މީ އޭނާގެ ހުވަފެންތަކުގެ ރާޖާ ކަމަށްވުން އެކަށީގެންވެއެވެ.
” ސޯ މިސް…އަދި ނަމެއްވެސް ނުބުނެއެއްނު ތިއުޅެނީ..އަހަރެން ބޭނުން މި ކޮމްޕެނީގެ ބޮޑު މީހާ އާއި ބައްދަލު ކޮށްލަން..” ޝަމާން ބަލާލުމާއެކު އެއަންހެންކުއްޖާ އަށް ހުވަފެނީ ދުނިޔެއިން ނިކުމެވުނެވެ. އަދި އަވަސްއަވަހާ ދަބަހުން ކާރޑެއް ނެގުމަށްފަހު ޝަމާން އަތައްދިނެވެ.
” މީ އޭނަގެ ބިޒްނަސް ކާރޑް..މީގަ ހުންނާނެ ކޮންޓެކްޓް ކުރާނެ ހުރިހާ އިންފޮމޭޝަނެއް.. އިތުރު ސުވާލެއްނެތިއްޔާ ދެން އަޅުގަނޑު ގޮސްލަނީ” ގޮނޑިން ތެދުވަމުން އެ އަންހެންކުއްޖާ ބުނެލިއެވެ. “ބައި ދަ ވޭ އަހަރެންނަށް ކިޔަނީ ސީމާ..ހީކުރަން އަދި ބައްދަލުވާނެ ކަމަށް..”
**
ކަންނެއްކަމާއެކު ލޯ ހުޅުވާލެވުނު ޒީޝާ އަށް ކައިރީގައި ނިދާފައި އޮތް ޖޯން ފެނުމާއިއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. “ވަޓް ހޭވް އައި ޑަން..ހައު ކުޑް އައި ހެވް ބީން ސޯ ސްޓްޕިޑް” އޭނާ އަށް މި ކުރެވުނީ ކީއްހެއްޔެވެ؟ އޭނާ އެފަދަ ދަރަޖައަކަށް ދުވަހަކުވެސް އެއްވެސް ފިރިހެނަކާ ކައިރި ނުވާ މިންވަރަށް މިއަދު ޖޯންއާއި ކައިރި ވެވުމުން އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. އައުފް ދެކެ ލޯބިވާއިރު ފިރިއެއްގެ މަޤާމުގައި ހުންނަ މީހަކަށް ދޭން ޖެހޭ އަގުބޮޑު ހަދިޔާ ޖޯން އަށް ދެވިއްޖެއެވެ. ދެން އޭނާ އައުފަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ކޮންމެ ގޮތަކުން ވިޔަސް އޭނާ އައުފް ހާސިލް ކުރަން ބޭނުމެވެ. ޒީޝާ އެނދުމަތިން ތެދުވެ ކޮޓަރިތެރެއަށް އުކާލެވިފައިވާ އޭނާގެ އަންނައުނުތައް ގަޔަށްމަހާލުމަށްފަހު އެކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
މުޅިތަނަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ފަޒާގައިވަނީ ފިނި ހިފާފައިއެވެ. ޒީޝާ އަށް މީން އެއްވެސް ކަމެއް އިހުސާސެއް ނުވެއެވެ. އޭނާ މިހާރު ކުރިމަތިލާން ނިންމައިގެން އެހުރީ ވަރަށްވެސް ބޮޑު ކަމަކާ އެވެ. ޒީޝާ ބަދިގެ ފަރާތައް ދިޔައީ ހޫނު ކޮފީއެއް ބޯލުމަށެވެ. އެވަގުތު ބަދިގެތެރޭން ނިކުތް މާރިޔާ ފެނި ޒީޝާ ހައިރާންވިއެވެ. އާންމުކޮށް މާރިޔާމެންގެ މަސައްކަތުގަޑި 10 ޖަހާއިރު ނިމޭނެއެވެ. މިހާރު ގަނޑިން 11.00 ޖަހާ ބޮޑުވިއެވެ. އަދިވެސް ނުނިމެނީ ހެއްޔެވެ؟ މާރިޔާ އަށް ޒީޝާ ފެނުމާއެކު ހިނތުންވެލަމުން ކީއްކުރަންތޯ ސުވާލުކޮށްލިއެވެ.
” ޒީ އަށް ވަރަށް ފިނވާތީވެ ކޮފީއެއް ބޯލަން މިއައީ..މަރިޔާއްތަ ޑޭޑް އަށް ކޮފީ ގެންދަނީތަ؟ ކޮބާތަ މޯމް؟..މިއަދު އަދި ނުދެކެން ގެއަކުންވެސް…މިކޮޅުގަ އެބައުޅޭތަ؟” ޒިޝާ ކޮފީ ހަދާމެޝިނާ ކައިރިވެލަމުން ސުވާލުކޮށްލިއެވެ.
“ނޫނޭ މީ އައުފަށް ގެންދާ ކޮފީއެއް..އޭނަ މިރޭ މަސައްކަތްތަކެއް ނިންމަން އިނީމި މާރިޔާއްތަ ބުނީ ކޮފީ ހިފައިގެން އަންނާނަމޭ..ޒީޝާ މަންމަ އާއި ބައްޕަވީ ޕާރޓީ އަކަށްގޮސް.. ތަންކޮޅެއް ލަހުން އާދެވޭނެ އޭ ބުނެފަ ދިޔައީވެސް..ޒީވެސް ދެން ލަސްނުކޮށް ނިދާތި” ކޮފީތަށި ހިފައިގެން މާރިޔާ ބަދިގެއިން ނިކުތެވެ.
**
ތުނބުގައި ކޮފީތަށި ޖަހައިގެން ފަހަރަކު ކޯވަރެއް ބޮމުން އައުފް ދިޔައީ ފައިލުތަކެއް ހާވަމުންނެވެ. ކޮންމެހެން ނިންމަންޖެހޭ ކަމެއް މައިކަލް ހަވާލުކުރުމުން އައުފް އެއިނީ އެކަންތައް ނިންމުމަށްފަހުގައި ނޫނީ ނުނިދުމަށެވެ. އެހެން އިންއިރު އައުފްގެ ހިޔާލުތަކުގައި ވަނީ މިކްޔާގެ ސޫރައެވެ. މިއަދު އޭނާ މިކްޔާ އާއި ވަހަދައްކަން އުޅެ އެކަމެއް ނުވިއެވެ. މިކްޔާ އަބަދުވެސް ކޮންމެސް ކަމެއްގައި ބިޒީވެގެން އުޅުމުން އައުފަށް ވަގުތު ނުދެވުނީއެވެ. ބައެއްފަހަރު މިކްޔާ ގަސްދުގައި ކުރާ ކަމެއްހެންވެސް އައުފަށް ހީވެއެވެ. އަނެއްކާ މިއަދު ބެލްކަނީގައި ޒީޝާއާއި ދެމީހުންގެ ވާހަކަތައް މިކްޔާ އަށް އަޑު އިވުނީހެއްޔެވެ؟ އެހެން ކަމަށްވާނަމަ އެކަމާބެހޭގޮތުން މިކްޔާ އެއްޗެކޭ ނުބުނީ ކީއްވެހެއްޔެވެ؟
އައުފްގެ ލޮލަށް ނިދި ސަވާރުވުމާއެކު ލޯމަރާލެވުނެވެ. އިރުކޮޅަކުން އޭނާގެ ގައިގައި މީހަކު ބީހޭ ކަމުގެ އިހުސާސް ކުރެވުނެވެ. ލޯ ހުޅުވާލިއިރު ދާދިކައިރިން ފެންނަމުން ދިޔައީ މިކްޔާގެ ހިނިތުންވެފައިވާ ސޫރައެވެ.”މި..ކް..ޔާ..” ސުވާލުކޮށްލަން އަނގަހުޅުވާލުމާއެކު މިކްޔާގެ ޝަހާދަތް އިނގިލި އައުފްގެ ތުންފަތުގައި ޖައްސާލުމަށްފަހު ވާހަކަ ނުދެއްކުމަށް އެދުނެވެ. އޭނާގެ ގަމީހުގެ ގޮށްތައް ނައްޓުވާލުމަށްފަހު ލައިގެން ހުރި ޖީންސް ވެސް ބޭލުނީ ކިހިނެއްކަމެއް އައުފަށް ނުވިސްނުނެވެ. މިއިން ކޮންމެ ކަމެއް ވާކަން އިހުސާސް ކުރެވުނަސް ލޯހުޅުވާނެ ހިތްވަރެއް ނުލިބުނެވެ. މަޑުމަޑުން މިކްޔާ އާއި ދެމީހުން އެނދުމަތީގައި އޮށޯވެލަމުން ކޮޓަރީގެ ލައިޓް ނިއްވާލިއެވެ. ކަނު އަނދިރީގެ ތެރެއަށް ކޮޓަރި ގެނބިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައިއެވެ.
އިރުގެ އަލިކަން ފާޅުވުމުން ކޮޓަރިތެރެއަށް ފުރޭނިގެން އައި އަވިން އައުފްގެ މޫނަށް އަލިއެޅުމާއެކު ލޯހުޅުވާލުމަށްފަހު އެނބުރުނީ އަނެއް ފަރާތަށެވެ. އެވަގުތު އެއްވެސް ނިވާކަމެއް ނެތި ނިދާފައި އޮތް ޒީޝާ ފެނުމާއެކު އައުފަށް ފުންމައިގެން އެނދުން ތެދުވުނެވެ. އެވަގުތު އޭނާގެ ހަށިގަނޑުވެސް ނިވާވެފައި ވަނީ ހަމައެކަނި ލައިގެން ހުރި ބޮކްސާއިން އެކަންޏެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިވަރުގެ ބޮޑު ފާފައެއް ކުރަން ކެރުނީ ކިހިނަކުން ހެއްޔެވެ؟ ކޮޓަރިތެރެ އެހާ ފިނިކޮށް ހުރި އިރުވެސް އައުފްގެ މޫނުމަތިން ދާތިކިތައް ވިދަން ފެށިއެވެ. ހާސްވެފައި ހުރި އައުފަށް އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ޖޯންއެއް ނުފެނެއެވެ. ޖޯން އަށް ފެނުނު މަންޒަރުން އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. އެއްފަހަރު އައުފަށް އަނެއްފަހަރު އެނދުގައި އޮތް ޒީޝާއަށް ބަލާލަމުން އަތުގައި އޮތް ފައިލުތައް ސޯފާމައްޗައް ހޫރުވާލުމަށްފަހު ކޮޓަރީގެ ދޮރު ބަންލާފައި ޖެހުމަށްފަހު ނިކުމެގެން ހިނގައްޖއެވެ. އައުފް އޭނާގެ އިސްތަށިގަނޑަށް އަތް މަހާލުމަށްފަހު ބޮލުގެ ދެފާރަތުން ހިފެހެއްޓުމަށްފަހު އެނދު ކައިރީގައި އިށީނެވެ. އެނދުގައި ލޯމަރައިގެން އޮތް ޒީޝާގެ ތުންފަތްމަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެވެ
2733 Comments
Comments are closed.
alhamdhulillaahi up kurevijje ☺☺ plx feel free to comment n let me knw de mistakes…thank you all..☺
Vv reethi me first dho
thnkz…hehhe arrn arfau 1st dhw..☺
Dhen foohi vahtharakah mi zeesha miulhenee. Story v reethi❤❤❤❤
dhw naxy…zeesha mioh ulhey gothei…? tnkz for de comment ☺
Alhey haadha foohi gothakah ulheyy xeeshaa ekeyy dhw…. V foohiveyy…. Dhn kihinehbaa vaanyyy…. Kn irakun nxt prt???
dn keekuraanee baei meehun ulheyne ehenves…? tnkz for de comment ☺
insha allah i ll upload next part ASAP…keep waiting ☺
Varah reethi
thank you☺
Mashah hyviyey mohen henn vaany
ehentha ? haadha molhey dhw guess kuran…hope u ll read upcoming parts too. .☺
Haadha foohi gothekey evy… bt mi partves vv reethi ❤..
dn dhw..keekuraanee…heekuran nimendhen story kiyaan3 kamah…thank you for ur comment
V v reethi mi stry!! Bt ae v gothun v foohi!!! Dhn kihineh baa vaani!! Next part avahah up kohdhey thi??? keep it
thankz alot…☺ insha allah soon i ll upload
Asl zeeshaa nd auf 2meehun dhrythereyga ehves kameh nuhigaa dhw..dhn asl zeesha preg vaany bt aee joy ge dhariakah…ekm eyna jahaany auf ge bolah..egothah eyna auf eyna meehakah hadhaany…auf heekuraany eyna dhariehkamah..ekm hageegai egeyiruga maa bodahves las vefa huhnaany.. mibunii mik shamaan ah merry kohfa…mee dhn sam ah heevaagoi egey…hehe lolx
sam thibunaahen ves vedhaane…let’s c dhw…heheh…btw thanks for de comment☺
Mi vaahaka ahaa kamku nudhay maaboda mi haaru abadhuvess zinayge mi dheke vani
sorry datha…kuriah huri baithakuga thikamah samaalu vanan…thank you
Zee auf ge coffee ah ehcheh elhy dhw. .?
ekam maariya dhw coffee gendhiyaee?
V heevey auf aa zee aky kaiveni halaal nuvaa dhe ben hen .. Michael ge dhari akah zee nuvaa thy ekan sirru kurany zee dhera nukuran vgn dhw.. just a guess.. hehehe
vedhaane dhw…keep waiting ☺
mi vaahakaiga innany kithah part thrrr
not decided yet…???
Next part genesdheynee konirakun??
insha allah tmrw…keep waiting ☺
Avahah update kurache
insha allah…☺
Kobatha aneh part?? Mihaaru kehmadhuvefa meenee ?
alhuganduves kei madhuvefa mi inee up kuraahithun…heheh…insha allah tmrw..☺
Kobaakonirakun tha up kuranee
insha allah…tmrw…aslu mirey up kuran huree ekam internet connect nuvee modem ga laari nethyma…??