އަޞްރު ނަމާދުކޮށްގެން ރިޔާޝާއާއި ފަޔާޒް ތައްޔާރުވަމުން ދިޔައީ ފިޔާޒާ ގޮވައިގެން ޕާކަށް ދާށެވެ. އެދަރިފުޅު އުފަލުގައި ބެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް އެދެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. “ދަރިފުޅުމެން ކޮންތާކަށް ދާން ތިއުޅެނީ؟” ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ކޮޓަރިން ނުކުތްތަން ފެނިފައި އިމާދު އަހާލިއެވެ. “ކާފާ! މިއުޅެނީ ޕާކަށް ދާން. ކާފަވެސް ދާން އާދޭ. މާމަވެސް އާދޭ.” ފިޔާޒާ ބުނެލިއެވެ. “ދަރިފުޅުމެން ގޮސްލާ. ކާފަމެން ދާނަން އެހެން ދުވަހަކުން.” އިމާދު ފިޔާޒާގެ ގެނެސް އުނގަށްލަމުން ބުނެލިއެވެ. […]
“އިނަފް! ޔޫ ކާންޓް މެރީ ހިމް ކޯޒް ހީ އިޒް މައި ސަން..އެން ޔޫ އާރ މައި ޑޯޓަރ.. ޑޭމް އިޓް!” މައިކްލްގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ތަނބުތަކުވެސް ރެނދުލާހާ ބާރަށެވެ. ހަމަ އެވަގުތު އެއްޗެއް ތެޅުނު އަޑުފަށްގަނޑު އިވުމާއެކު ހުރިހާ އެންމެންގެ ނަޒަރު އަމާޒުވީ ދޮރާދިމާއަށެވެ. ދޮރުމަތީގައި ހުރި މާރިޔާ އަށް އިވުނު ބަސްތަކުން ސިހުންލިބިފައިވިއެވެ. ޒީޝާ މާރިޔާ އާއި ދިމާއަށް ބަލާލީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. އިސްދަށަށް ޖަހައިލަމުން މާރިޔާ […]
“ރިއުމާން ހަމަ މިހާރު ތިތަނުން ދުރަށް ދޭ! ދޭ ދުރަށް!” ހާޖަރާ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ރިއުމާން ތެޅިގެންފައި އެތަނުން ދުރަށް ގޮސް ދެތިން ފިޔަޅު ފަސްޖެހުނެވެ. އޭރު ވެސް ސިންކު ކައިރީގައި ޒުބޭރު ފާޑަކަށް ހެވިފައި ހުއްޓެވެ. “ކަލޭ ބޮޑު މުޑުދާރު!!” ހާޖަރާ އަޑުގެ ކޮޅަށް ހަޅޭލަވައިގެންފައި މޭޒުމައްޗަށް ނަޒަރު ހިންގާލަމުން އެންމެ އަވަހަށް ލޮލުގައި އަޅައިގެން ރޮށިފިހޭ ތަވާ ނަގައި ޒުބޭރުއާއި ދިމާއަށް މަޅާލިއެވެ. ޒުބޭރު ހުށިޔާރު ކަމާއި އެކު ރެކިގެންފައި އެދިޔަގޮތަށް […]
ހިތް ބޭނުމޭ…5 ރެއިލިން ގައި ހިފައްޓާލައިގެން ހުރި ޒެއިން އަށް ފަހަތުގައި މީހަކު ހުރި ކަމުގެ އިހުސާސް ވުމުން އެނބުރި ބަލައިލި އިރު ލަދު ރަކި ގޮތަކަށް ހިނިތުން ވެލައިގެން އެލީން ހުއްޓެވެ. ކަޅު ކުލައިގެ ޖެކެޓް ލައިގެން ހުރި އިރު އެ ފަން އިސްތަށިގަނޑު ބޮޑު ކަކުނި ދައްޗަކުން ހައްޔަރު ކޮށްލާފައި ހުއްޓެވެ. އިސްތަށިގަނޑު ގެ ފަން ކަމުން ބައެއް ނުކިޔަމަންތެރި ކުރު އިސްތަށިތައް ފައިބާފައި ހުރުމުން އިތުރަށް ފުރިހަމަ އެވެ. އެލީން ފެނުމުން ޒެއިން […]
ޝަންހާއީގައި ހިނގާދިޔަ ކަންތައްތަކަށްފަހު މިއަދު އެގޭގެ އެންމެން ހެނދުނުގެ ނާސްތާގައި ބައިވެރިވިއެވެ. ނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެވެ. އެއްވެސް މީހަކު އަކަކު އަނެކަކާއި އަނގައިން ބުނުމެއްވެސް ނެތެވެ. އެހަމަހިމޭންކަން ފުރަތަމަ ފޫދުއްވާލި މީހަކީ އިވާންއެވެ. “މަންމާ. އަޅުގަނޑު މިވިސްނަނީ ސިންގަޕޯރއަށް ބަދަލުވާން. އެބްރާންޗްގެ މެނޭޖަރާއިވެސް ވާހަކަ ދައްކާލައިފިން. ބުނި އަންގާލާނަމޯ ހަމަޖެހުނީމަ. ހީވަނީ ވަރަށް އަވަހަށް ހަމަޖެހޭނެހެން.” އިވާން ދެއްކި ވާހަކައިގެ ސަބަބުން އެތާގައި ކުޑަވަރެއްގެ ބޮމެއް ގޮވިފަދައެވެ. “ކީއްވެތަ ދާންވީ؟ އެވެސް ހަމަކުއްލިއަކަށް” މޫމިނާ […]
ސަޖޫލްގެ ވާހަކަތަކުން ލޫކް ގެ ކަންފަތްބުޑުގައި ހީވީ ބޮމެއް ގޮށްވާލިހެންނެވެ. އެވަގުތު ލޫކް ގެ ދެކަންފަތް ބީރުވާނެ ނަމައޭ ހިތަށް އެރިއެވެ. ބޮލުގައި މީހަކު ދަނގަޑުބުރިއަކުން ޖެހިނަމަވެސް މިހާވަުގެ ސިހުމެއް ނުލިބޭނެކަން ކަށަވަރެވެ. ދެލޯފުރިގެން އައީ ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވޭތުވެދިޔަ ވަގުތުކޮޅަކީ ހުވަފެނަކަށް ވުމަށް އެދެވެން ފެށުނެވެ. ދެފައިން ވާގިދޫވެ ކޮޅަށް ހުރި ލޫކް ވެއްޓިގަތީ ކުރިން އިށީނދެގެން އިން ގޮނޑިއަށެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. […]
ކައިވެންޏަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ކޮށް ނިމިއްޖެއެވެ. ކައިވެނީގެ ފޯމްލައިފިއެވެ. ހެދުންފަހައި، ކައިވެނީގެ ހަފްލާ ބާއްވާނެ ރެސްޓޯރެންޓެއްވެސް ކަނޑައަޅާ ނިމިއްޖެއެވެ. ހުރިހާކަމެއްވެސް އަމާންކަމާއި އޮމާންކަމާއެކު ގޮސް ކައިވެނި ކުރެވޭ ދުވަސްވެސް އަތުވެއްޖެއެވެ. އިޝާންއާއި ނީލާގެ ހިތްވަނީ އަވަސްވެފައެވެ. ނީލާގެ އަލަތު ކައިވެންޏަށް ނުވީނަމަވެސް އަލަތުލޯބި ހާސިލްވަނީއެވެ. ހެނދުނުއްސުރެ ދެމީހުންވެސް ތިބެނީ ޚިޔާލަކަށް ގެއްލިފައެވެ. އަހުސަންއާއި އަހުނަފްގެ އިތުރުން އަނިލްވެސް އިޝާންއާދިމާކުރަމުން ދިޔައެވެ. ކައިވެނިކުރާދުވަހަކަށް އިޝާންގެ ހުރިހާ ރަހުމަތްތރީންވެސް ހާޒިރު ވެއްޖެއެވެ. ދޮންބެގެ ކައިވެނި ކުރެވޭތީ އިޝިކާވެސް އުފަލުން […]
އަހަރެން ޕޮލިހަށް ގެންގޮސްފިނަމަ އަހަރެންގެ ބައްޕަ އަހަރެންގެ ދުވަސް ދުއްވައިލާނެއެވެ. ނަމަވެސް މިއީ އިންސާފެއް ނޫނެވެ. މިވަގުތު އެންމެ ރަނގަޅުވާނީ މިތަނުން ދިޔުން ކަމުގައި ވާތީ އަހަރެން ބާރުބާރަށް އެބައިން ނިކުމެގެން ގެޔަށްވަދެ ސޯފާއަށް ވެއްޓިގަތީމެވެ. ހަތަރު އުފަރެސް ފެނުޖެހިއްޖެ ކަމުގައި އަހަރެންނަށް ހީވިއެވެ. ނޫނެކެވެ. އަހަރެން ކޮންމެވެސް ގޮތަކުން ތާޝާ ސަލާމަތް ކުރާނަމެވެ. އެކަމަކު ތާޝާއަށް ލިބޭނެ އަނިޔާއަކީ އަހަރެންނަށް ކެތްވާނެ ކަމެއް ނޫނެވެ. އަހަރެން އައި ރުޅީގައި ގެއިން ނިކުމެގެން ސައިކަލަށްއަރައި ބާރުބާރަށް މަގުތަށްމަތީ […]
ސައްދާމް ދޮރު އެތެރެއަށް ބާރަށް ކޮށްޕާލުމާއެކު ދޮރުގައި ހިފަހައްޓައިގެން ހުރި އައިޝާ އަރިއަޅާލައިގެން ވެއްޓުނެވެ. އަދި އެވަގުތު ސައްދާމް އެތެރެއަށް ވަދެ ގޭދޮރު ލައްޕާލައި އައިޝާއަށް ބަލާލިގޮތުން އައިޝާގެ މެޔަށްފިނިވެގެން ދިޔައެވެ. ސައްދާމް އައިޝާ ކައިރިއަށް ދިއުމަށް ފިޔަވަޅެއް އަޅާލުމާއެކު އިންތަނުން ތެދުވެވުނު ގޮތެއްވެސް އައިޝާއަކަށް ނޭނގުނެވެ. ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަން އުޅުނު ވަގުތު ސައްދާމް ދުވެފައި އައިސް ކުރިމައްޗަށް އެރިއެވެ. ” ޕްލީޒް މިތަނުން ދޭ.. އަހަންނަކީ ތިހީކުރާ ކަަހަލަ ކުއްްޖެއް ނޫން” ތުރު ތުރު […]