އުމުރުން 15 އަހަރުގެ އާނާ އަކީ ސީނާ އާއި އަލީގެ ހުރި ހަމައެކަނި ‘ސޯ ކޯލްޑް’ ދަރިފުޅެވެ . ސީނާ އާއި އަލީ އަކީ ދޮން މީހުން ނޫން ކަމުގައި ވިއަސް އާނާ އަކީ ޔޫރަޕްގެ ކުދިން ހާ ދޮން ކުއްޖެކެވެ . ހަމަ އެހެންމެ އާނާގެ އިންނަނީ ވެސް އާންމުކޮށް ރާއްޖެ ކުދިން ނުހުންނަ ، ނޫ ކުލައިގެ ކަޅިއެކެވެ. ލޮލުގެ ވަށައިގެންވާ ބޯ ދިގުދިގު އެސްފިޔަ ތަކުގެ ސަބަބުން ބަލާ މީހުން އާޝޯހު ކުރުވާހާ ވެއެވެ . […]
އުމުރުން ތޭރަ އަހަރުގެ އާނާ އަކީ ސީނާ އާއި އަލީގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ހިތިފަތު ބުމަ އަކާއި ނޫކުލައިގެ ކަޅިއެއްގެ ވެރި މި އަންހެން ކުއްޖާ އަކީ ހިމަތޮޅި ހަށިގަނޑެއްގެ ވެސް ވެރި ފަރާތެވެ. މޭކަޕަކާއި ނުލާވެސް އާނާއަށް ލިބިފައި ވަނީ ރަތް ކުލައިގެ ތުންފަތެކެވެ. އިސް ކޮޅުގައި ސަތޭކަ ސާޅީސް ހަތް ސެންތިމީޓަރ ހުރެއެވެ. ފޫކޮޅާ ހަމައަށް އަރާ މަޑުމުށި ކުލައިގެ ފަން ދިގު އިސްތަށިގަނޑަކީ އާނާ އަށް ލިބިފައިވާ ޤުދުރަތުގެ ހަދިޔާއެކެވެ. ރީތި ކަމާއި އެއްވަރަށް ކިޔެވުމަށްވެސް އެހާމެ މޮޅު ކުއްޖެކުވެ. އާނާ މިހާރު ތަޢުލީމު ޙާސިލް ކުރަމުން ދަނީ ކ. މާލޭ ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގު ގްރޭޑް 8 ގައެވެ. އެ ގުރޭޑް އިން އެންމެ ހަގު ، އެންމެ ރީތި ، އަދި އެންމެ ކިޔެވުމަށް މޮޅު ކުއްޖާ އަކީ ވެސް ހަމަ އާނާއެވެ. އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާނާގެ މަންމަ ސީނާ އާއެކު ބާޒާރު ކޮށްލުމަށް ގެއިން ނުކުމެގެން މާ ދުރު ނޫން ހިސާބަކަށް ނުދެވެނީސް އާނާއަށަ އެންމެ ރީތި މޮޑެލް ، އުމުރުން 20 އަހަރުގެ ތިޝިކާ ފެނުނެވެ. އެއީ އެމެރިކާގެ މުސްލިމް އާއިލާ އަކަށް ނިސްބަތްވާ މުސްލިމްއެކެވެ. އޭނާ އަށް ވެސް ލިބިފައިވަނީ ހަމަ އާނާ އަށްް ލިބިފައިވާ ސިފަތަކެވެ. ތަފާތަކީ އޭނާ އާނާ އަށް ވުރެ އުމުރުން ދޮށީކަމެވެ. ތިޝިކާ! ތިޝިކާ! އަހަރެން އޭނާގެ ނަމުން ގޮވަމުން އޭނާ އާއި ދިމާ އަށް ދުއްވައިގަތީމެވެ. ޔެސްމ! ޑިޑް ޔޫކޯލްޑް މީ ؟ ތިޝިކާ ބުންޏެވެ. އާނާ ބުންޏެވެ. ޔޭސް! ކޭން ޔޫ ގިވް މީ އޭން އޮޓޯގްރާފް . ޕްލީސް ! ޕްލީސް ! އައި ނޯ ދިވެހި ތި ކުއްޖާގެ ނަމަކީ ކޮބާ؟ އާނާ . އިނގޭތަ އަހަރެންގެ ވެސް ހަމަ ތިހާ ލޯބި ލޯބި ކުއްޖަކު ހުރި އެކަމު އެކުއްޖާ ވީނުވީ ތަނެއް ނޭނގި ގެއްލުނީ…. ދުރަވެފައި ހުރެ ތިޝިކާ ބުންޏެވެ. މިތަން ފެނި ފައި ސީނާގެ ގައިން ހީބިހި ނަގާލިއެވެ. އަދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި މީހާދަލުން ފޯވިއެވެ. އާނާ ތިދެން ކޮންކަމެއް؟ އާދެ ގެއަށް ދާން ! މަންމާ ! ތި ހުރީ ހާދަ ވަރަކަށް ދާހިށްލާ ހޫނު […]