Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ ..2

shooty Level 210 Stories100 Comments
November 6, 2016 6 Mins Read
36 Comments

ހިތް ބޭނުމޭ 2

“ހޫމް. މާރިއާ އާންޓީގެ ސަން.” ޒެއިން ފާޑަކަށް ހީގަނެގެން ހުރުމުން ލިލިއަން އިތުރަށް ލަދު ގަތެވެ.

“ސޮރީ.. އަސްލު ތީ ޒެއިން ކަމެއް ނޭނގެ. ވަރަށް ބޮޑަށް ސޮރީ. އައި އެމް ލިލިއަން. ލިލީ” ލިލިއަން ތުންފަތުގައި ދަތް އަޅައިލަމުން ޒެއިން އަށް އަތް ދިއްކޮށްލިއެވެ.

“އޯހް. ލިލިއަން. ފަލަ ފެޓް މިހާރު އެކަމް ހާދަ ސްލިމް ވީ. އަނެއްކާ ޖަބީން އާންޓީ ކާން ނުދެނީ ތަ؟” ޒެއިންގެ ޖުމްލަ އިން ލިލިއަންގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ ގަތް ލަދެއްގެ ބޮޑު ކަމުން ނެވެ. އެގޮތަށް މީގެ ކުރިން އެކަކު ވެސް ލިލިއަން އާއި ދިމާކޮށްފައެއް ނެތެވެ.

“އޯހް އައި ސީ. ޒެެއިން ދޯ. ހަހް، ހިކަންޖަކުން ޖަޔަންޓަކަށް ބަދަލު ވީ ކޮން އިރަކުތަ؟ އަހަރެން ނަކަށްވެސް ނޭނގުނޭ ވަކި ކުރާކަށް. ސޯ ސޮރީ ފޯ ދެޓް” ލިލިއަން ދިން ރައްދުން ޒެއިން ގެ މޫނު ގެ ކުލަވަރު ބަދަލުވެގެން ދިޔައީ ސާފު ފެން ތައްޓަކަށް ލޭ ތިއްކެއް ޖެހުމުން އޭގެ ކުލަ ބަދަލު ވެގެން ދާހާ އަވަހަށެވެ. އެއްޗެކޭ ބުނުމަށްޓަކައި ލިލިއަން އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ޒެއިން އަނގަހުޅުވައިލި ތަނާ އީވާގެ އަޑު އިވިގެންދިޔައެވެ.

“ޒެއިން މިތާ ކީއް ކުރަނީ. އޯހް ލިލީ ދޯ؟” އީވާ ހިނިތުން ވެލައިގެން ހުރެ ލިލިއަން މެނާއި ދިމާލަށް ދިޔައެވެ.

“އޯހް އިވީ. ހަމަ އެއް ގޮތަކަށް ވެސް އިވީ އަކަށް ބަދަލެއް ނާދެ ދޯ. މި ދައްކަނީ ޒެއިން ޗޭންޖް ވެފަ ހުރި ވަރުން އެ ވާހަކަ.” ލިލިއަން ޒެއިން އަށް ބަލައިލި އިރު އެ ތުންފަތުގައި ވި ހިނިތުން ވެސް ޒެއިން އަށް ފާހަގަ ކުރެވުނީ ލިލިއަން ކޮށްލި މަލާމާތެއްގެ ގޮތުގައެވެ.

“ތި ވާހަކަ ނުދައްކާ. މަ ވެސް ހަމަ ހައިރާން ވި ޒެއިން ފެނިފަ. ހިތަށް އެރި މަގޭ ކޮއްކޮ ބާއޭ އެއީ ހަމަ” އީވާ ވެސް ލިލިއަން އާއި ބައިވެރި ވެލަމުން ހިނިގަނޑެއް ޖަހައިލިއެވެ. އީވާ ހުރުމުން ރައްދެއް ދޭން ނުކެރިފައި ޒެއިން ހުރި އިރު އަތް ވަނީ މުއްކެވިފައެވެ.

“އޯކޭ ސިސްީ. ލެޓްސް ގޯ. މަންމަ މިހާރު އިންނާނެ ކަންނޭނގެ ނުގޮސްގެން ލަސްވެފަ” ޒެއިން އީވާގެ އަތުގައި ހިފަމުން އެތަނުން ނުކުމެގެން ދިޔަ މަންޒަރު ބަލަން ލިލިއަން ހުރި އިރު ޒެއިންގެ ފިރިހެން ވަންތަ ކަން ހިތާހިތުން ގަބޫލު ކުރެވުނެވެ.

އީވާ އާއި ޒެއިން ސިޓިންގް ރޫމަށް ދިޔަ އިރު މާރިއާމެން ދައްކަމުން ދިޔަ ވާހަކައިގެ މައުޟޫ އަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ޒެއިން ގޮސް ޒަހީން އާއި ޖެހިގެން އިން ސޯފާގައި އިށީނުމުން ޒަހީން ވާހަކައިގެ މިސްރާބު ބަދަލު ކޮށްލިއެވެ.

“ޒެއިން ވެސް ދެން މީ ހަމަ ބޭބެ މެންގެ ކުއްޖެއްނު ދޯ. ލިލީ މިގަޑީގަ އުޅޭނީ އެކަސަސައިޒް ކުރަން އެހެން ވެ އަދި މިކޮޅަށް ނާދެވިގެން އެ އުޅެނީ” ޒަހީން ގެ ޖުމްލައިން ޒެއިންގެ ހިތުގައި ސުވާލު އުފެދުނަސް އެއީ ކީއްވެ ބުނި އެއްޗެއްތޯ ޒަހީން ގާތު އަހައިލާކަށް ނުކެރުނެވެ. އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި ޒެއިން މެނަށް އެގެއިން ނުކުމެވުން އިރު މެންދުރު ފަސް ވެސް ވެއްޖެއެވެ. ކާރަށް އެރުމާއި އެކު ޒެއިން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“މޮމް. އަޅުގަނޑު ދެން މިގެއަށް ނުގެންނައްޗޭ. ފޫހިވެގެން ގޮސް ހަލާކުވެއްޖެ.” ޒެއިންގެ ޖުމްލައިން ހިތްހަމަ ނުޖެހިގެން މާރިއާ ލޯ އަޅައިލިއެވެ.

“ދަރިފުޅު ދެން މިގެއަށް ނަޔަސް ދެން ޒަހީން އަންކަލްމެން ލިލީ ގޮވައިގެން އަހަރުމެން ގެއަށް އަންނަ އިރު ވަރަށް ބޮޑު ސަޕްރައިޒް އެއް ލިބޭނެ އިނގޭ.” މާރިއާ ބުނެލި އެއްޗަކުން ޒެއިން ބުމައަރުވައިލަމުން މޫނަށް ގޮތެއް ހަދާލިއެވެ.

އެލީން ހަރުގަނޑަކަށް އަރައިގެން ހުރެ ފަންކާ ސާފު ކުރަމުން ދިޔައިރު އަނގަ މަތީގައި މާސްކެއް އަޅައިގެން ހުރީ ސައިނިސްގެ ކަންތައް ގަދަ ކަމުން ރޯގާ ޖެހިދާނެތީއެވެ. ފަސް އަހަރު ފަހުން އެ ހިތުގައި ވި ހަމަ އެކަނި ފަރާތް ފެންނަން އުޅޭތީ އެ ހިތް ވަނީ އަވަސް ވެފައެވެ. ކޮންމެ ވަގުތެއްގައިވެސް ކުރިމަތީ ހުރި ދޮރު ހުޅުވާލަފާނެއޭ އެލީން ގެ ހިތަށް އަރަމުން ދިޔައެވެ. އެލީންގެ ދޮންބެ ދެންމެ ފޯނުން ދެއްކި ވާހަކައިން އެލީން އަށް އެއީ އެ ހިތުގެ ވެރިޔާކަން ޔަގީންވިއެވެ. ދޮރު ހުޅުވިގެން ދިޔުމާއި އެލީންގެ ފައި ކައްސާލައިގެން ވެއްޓެން ދިޔުމާއި ދިޔައީ އެކު އެކީގައެވެ. ނަމަވެސް އެމީހެއްގެ ކުޅަދާނަ ކަމުން އެލީން ނުވެއްޓި ސަލާމަތްވިއެވެ.

މާސްކު އަޅާފައި ހުރި އަންހެން ކުއްޖާ އަތު ތެރޭގައި އޮތް އިރު ޒެއިންގެ ހިތަށް އެތަކެއް އެއްޗެއް އަރަމުން ދިޔައެވެ. މިއަދު މީ ޒެއިން މިގޮތަށް ސަލާމަތް ކުރި ދެވަނަ އަންހެން ކުއްޖާއެވެ.

“އާ ޔޫ އޯލްރައިޓް؟” ޒެއިންެ އެލީން ޓައިލްސްތައް މަތީ ބަހައްޓަމުން މަޑުމަޑުން އަހައިލިއެވެ. މާސްކު މޫނާއި ވަކި ކޮށްލަމުން އެލީން ޒެއިންގެ މޫނަށް ބަލައިލިއެވެ. ހަމަ އެ މޫނެވެ. ނަމަވެސް އެ ހަށިގަނޑަށް ވަނީ އެތަކެއް ބަދަލެއް އައިސްފައެވެ. ކުރިއަށް ވުރެންވެސް މާ ފުރިހަމައެވެ.

އެލީން ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ.

“ދޮންބެ ބުނެގެން ދޯ ތިއައީ؟” އެލީންގެ މަޑުމައިތިރި އަޑު އިވިގެން ދިއުމުން ޒެއިން އަށް ހިނިތުން ވެލެވުނެވެ. ޒެއިން ބޯޖަހައިލުމުން އެލީން ހިނގައިގަތީ މީރާން ގެ ކޮޓަރި އާއި ދިމާލަށެވެ.

އެލީން ދިޔަ ތަން ބަލަން ހުރި ޒެއިން ވެސް ހުރީ އެލީން ފެނި ހައިރާންވެފައެވެ. ގާތްގަނޑަކަށް ޒެއިން އާއި ގާތް ކުރާނޭ އިސްކޮޅާއި ފަން އިސްތަށިގަނޑު އެލީން ފެންނަ ކޮންމެ މީހެއްގެ ލޮލުގައި ވެސް އަޅައިގަންނާނެއެވެ. ހަންގަނޑު އަލި ނޫނަސް އެލީން ގެ އެ ހަންގަނޑުގެ ކުލަ ޒެއިން އަށް އަބަދުވެސް ވަރަށް ރީއްޗެވެ. ނަމަވެސް ކުރީގައި ޒެއިން އެލީން އާއި ބަބުރު ކުއްޖާ ކިޔައިގެން ދިމާކޮށް ހަދައެވެ. އެލީންގެ ހުންނަ މަޑުމައިތިރި މިޒާޖުގެ ސަބަބުން އެފަދަ ކަން ކަމަކާ އަޅައެއް ނުލައެވެ. އިރު ކޮޅަކުން އެލީން އައިސް ފަންކަލުން ޓައިލްތައް މައްޗަށް އެޅިފައި ހުރި މަކުނުވާތައް ކަހައި ސާފު ކުރަން އުޅެގަތެވެ.

“ސޯ، ކޮބާ މީރާން؟” އެލީން އެއްޗެކޭ ނުބުނެ މަސައްކަތް ފެށުމުން ޒެއިން ސުވާލު ކޮށްލީ އެލީން ލައްވާ ވާހަކަ ދައްކުވާށެވެ.

“ދޮންބެ އެބަ އާދޭ އިރު ކޮޅަކުން. ޒެއިން އިށީންނަންވީ ނު” އެލީން ލަދުން ހުރެވެސް ވާހަކަ ދެއްކިއެވެ.

“ހެހެހެ. އަހަރެން ހީކުރީ އެލީ މަންމަނު ވީ ކަމަށް އަނގައިން ނުބުނެ ހުންނާތީ. ދެންމެގަ ވެއްޓި ތަނެއް ބިންދައިގެން ދިޔަ ނަމަ ޔޯ؟ ނަސީބެއްނު މަށަށް އާދެވުން ކަން” ޒެއިން ގެ އަޑުގައި ވި ލާނެތްކަން އެލީން ގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވިއެވެ. ކުރީގައި ވެސް  އެލީން މަޑު މަޑުން ހުއްޓަސް ޒެއިން އެލީން އާއި ވަރަށް ސަމާސާ ކުރެއެވެ. އެ ގޮތަށް ކަން ކުރުމުން އެލީންގެ ހިތުގައި ވާ ލޯބި ފުން ވަމުން އަންނަ ކަން ޒެއިން އަށް އިނގޭނެ ނަމަ އޭ އެލީންގެ ހިތަށް އެރިއެވެ.

“ހޭއި ޒެން. ބަލާބަލަ!! ކިހިނެތްތަ ތިހިރީ ހަދާލާފަ؟” މީރާން އޭނާގެ އަންހެނުން އާނާ ގެ އަތުގައި ހިފާލައިގެން  އައިސް އަހައިލި ގޮތުން އެލީން ގާތަށްވެސް ހިނި އައެވެ. ޒެއިން ވެސް ހިނިގަނޑެއް ޖަހައިލަމުން މީރާންގެ ގައިގައި ބައްދައިލަމުން ބުރަކަށީގައި ޖަހައިލިއެވެ.

“މީޓް މައި ވައިފް އާނާ. އާނާ މީ ޒެއިން އިނގޭ. އަހަރެންގެ ބެސްޓްފްރެންޑް” މީރާން އާނާގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ޒެއިން ތައާރަފު ކޮށްދިނެވެ. އާނާ ވެސް ޒެއިން އަށް ހިނިތުންވެލަމުން ސަލާމްކޮށްލިއެވެ.

“އެލީ. ދޮންބެ އާ އާނާ އާ މި ދަނީ ޒެން ގޮވައިގެން ރެސްޓޯރެންޓަކަށް. ދޮރު ތަޅުލައިގެން ހުންނައްޗޭ” މީރާން އެލީން އަށް ބަލައިލުމުން އެލީން ބޯޖަހައިލީ ބަސް އަހާ ކުޑަކުއްޖެއް ފަދައިންނެވެ.

“އެލީ ވެސް ގޮވައިގެން ދާން ވިނު” އާނާ މީރާންގެ އަތުގައި ހިފާލަމުން އެދުނެވެ. ނަމަވެސް މީރާން އެއްޗެކޭ ނުބުނެ އުޅެނިކޮށް އެލީން ވާހަކަ ދެއްކިއެވެ.

“ނޫން. އެލީ ދާ ހިތެއް ނެތް، ޖަސްޓް ބްރިންގް މީ ސަމްތިންގް” އެލީން ޒެއިންގެ މޫނަށް ބަލައިލަމުން މީރާންމެނަށްް ނަޒަރު ހުއްޓައިލިއެވެ. މީރާން ކޮނޑު އަރުވައިލަމުން ދޮރު ހުޅުވައިލުމުން އެންމެ ކުރިން ނުކުތީ ޒެއިިން އެވެ. އެންމެން ނުކުތުމުން އެލީން ގޮސް ދޮރު ތަޅުލުމަށް ފަހު ދުވެލާފައި ގޮސް އެލީންގެ ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓި ގަތެވެ.

އެލީން ދެކެ މީރާން އިންތިހާއަށް ލޯބިވެއެވެ.ުބައްޕަ ދުނިޔޭގައި ހުއްޓެއް ކަމަކު އެއީ އެލީންމެނާއި ދިމާލަށް ބަލައިލަންވެސް ލަދު ގަންނަ މީހެއް ފަދައެވެ. ބައްޕަ އެލީންމެން ދޫކޮށްލާފައި ދިއުމުން ވެސް އެލީންމެންގެ މަންމަ އެލީން އާއި މީރާން އަށް ރަނގަޅު ތަރުބިއްޔަތެއް ދީ ބޮޑު ކުރިއެވެ. ނަމަވެސް މީގެ ދެ އަހަރެއް ކުރިން އެލީން މެންގެ މަންމަ ވަނީ ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްފައެވެ. މަންމަ ނެތަސް މީރާންގެ އަންހެނުން އާނާ ގެ ރަނގަޅުކަމުން އެ ހިތާމައިން ވެސް އެލީން އަށް އަރައިގަންނާކަށް ގިނަ ދުވަހެއް ނުނަގައެވެ.

އެނދުމަތީގައި އޮތް އެލީންގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ. ޒެއިން ގެ އަތުތެރޭގައި އެ ހޭދަ ކޮށްލެވުނު ވަގުތު ކޮޅުގެ ސަބަބުން އެލީން ގެ ހިޔާލަށް މީގެ ފަސް އަހަރު ކުރިން ޒެއިން އާއި އެކު ހޭދަ ކޮށްލެވުނު ވަގުތުކޮޅު އައެވެ.

**********

އިނގިރޭސި ވިލާތަށް ފުރުމުގެ ކުރިން ޒެއިން މީރާން އާއި ބައްދަލު ކޮށްލަން އެގެއަށް ގޮސްލާފައި ނުކުމެގެން ދިއުމުގެ ކުރިން އެލީންގެ ކޮޓަރިއަށް ވަދެލީ ސަލާމް ކޮށްލުމުގެ މަގުސަދުގައެވެ. ވަރަށް ސިއްރު ސިއްރުން ކޮޓަރި ހުޅުވައިލިއިރު އެނދުގައި ނިދާލާފައި އޮތް އެލީން ޒެއިން ގެ ލޮލުގައި އަޅައިގަތެވެ. ފިޔާތޮށި ކުލައިގެ ޕިޖާމާއެއް ލައިގެން އޮތް އިރު އެ މޫނުމަތިން ފެންނަމުންދިޔައީ މައުސޫމު ކަމެވެ. ކިތަންމެ ވަރަކަށް އެލީން އާއި ދިމާކޮށް ހެދިޔަސް ޒެއިންގެ ހިތުގައި ވާ އެއްޗެއް އެކަކަށްވެސް ނޭނގޭނެއެވެ. އެކުވެރިޔާގެ ކޮއްކޮއަށް ވާތީ ޒެއިން އޭނާގެ އިހުސާސް ތައް ފޮރުވުމުގައި ވަނީ ކާމިޔާބު ކޮށްފައެވެ. މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ޒެއިން ގޮސް އެލީން އޮތް އެނދުގައި މަޑުމަޑުން އިށީނެވެ. ވާހަކަ ތަކުން ނާއި ފިލްމު ތަކުން ފެންނަ ފަދަ ‘ބްލެކް ބިއުޓީ’ އެއްގެ ލަގަބު ޒެއިން ގެ ހިތުން އެލީން އަށް ދެވި ނިމިއްޖެއެވެ. އެލީން އަކީ ނިދި މަޑު ކުއްޖެއް ކަމުން ޒެއިން އެލީންގެ މޫނާއި ދިމާލަށް ގުދުވެލި ތަނާއި މީހަކު އުޅޭ ކަމުގެ އިހުސާސް ވެގެން އެލީން ލޯ ހުޅިވައިލި އިރު ކަޅު ހިޔަންޏެއް އޭނާ އާއި ދިމާލަށް ގުދުވެގެން އޮތުމުން ތެދުވެ ހަޅޭއް ލަވައިގަންނަން އުޅެނިކޮށް ޒެއިން އެލީންގެ އަނގަމަތީ އަތް އަޅައި ހުއްޓުވިއެވެ.

“ހޭއި. ހަޅޭއް ނުލަވައްޗޭ.” ވައި އަޑުން ވާހަކަ ދެއްކި ކަމުގައި ވިޔަސް އެލީން އަށް އެއީ ޒެއިންގެ އަޑު ކަން ޔަގީން ވުމުން ސްވިޗް ބޯޑާއި ދިމާލަށް އަތް ގެންދިއުމަށްފަހު ނިދާ ބޮކި ދިއްލައިލި އެވެ.

“ޒެއިން މިގަޑީގަ މި ކޮޓަރިއަށް ވަނީ ކީއްކުރަންތަ؟” އެލީން މަޑުން ވާހަކަ ދެއްކި ކަމުގައި ވިޔަސް އެއަޑުގައި ކޮންމެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް ވިއެވެ.

“ސޮރީ. ވަރަށް ބިރުގެންފި ދޯ. އަސްލު މިގެއަށް އައިސްފަ ގުޑް ބާއި ނުކިޔާ ދާހިތް ނުވީމަ ހަމަ ވަދެލީ. މީރާން އަކަށް ވެސް ނޭނގޭނެ އަހަރެން މިތަނަށް ވައިން ކަމެއް” ޒެއިން އެލީންގެ ލޮލަށް ބަލަން އިނދެ ވާހަކަ ދެއްކި އިރު މީގެ ކުރިން ޒެއިން ދުވަހަކުވެސް އެލީން އާއި އެ ފަދަ ގޮތަކަށް ވާހަކަ ދައްކާފައި ނުވާތީ އެ މޫނުމަތިން ފާޅުވަމުން ދިޔަ ހައިރާން ކަން ޒެއިން އަށް ވެސް ނަގައިގަނެވުނެވެ.

“އަހަރެން ނަށް ގުޑްބާއި ކިޔުން ޒެއިން އަށް ކޮން އިރަކުތަ އެހާ މުހިންމު ވީ؟” ހިތަށް ވަމުން ދިޔަ ގޮތްތައް ފޮރުވަން މަސައްކަތް ކުރަމުން އެލީން އިސް ޖަހައިލިއެވެ.

“އަބަދުވެސް އަހަރެންނަށް އެލީ ވަރަށް ހާއްސަ. އަސްލު ޔޫ އާ ސޯ ބިއުޓިފުލް. އައި ލައިކް ޔޫ” ޒެއިން އެލީންގެ އަތުގައި ހިފައިލަމުން އުފުލައިލިއެވެ. އަތް ދަމައިގަންނަން ބޭނުން ވެފައި އިނދެ ވެސް އެލީން އަކަށް އެހެން ހަދާކަށް ނުކެރުނެވެ. މި ފެންނަނީ ހުވަފެނެއް ބާއޭ އެލީންގެ ހިތަށް އަރަމުން ދިޔައެވެ.

“އަހަރެން ނަށް އިނގޭ އެލީން ވެސް އަހަރެން ނާ ލައިކް ވާކަން” ޒެއިން އެލީންގެ އަތްތިލައަށް ފިއްތައިލަމުން ބުނެލި ޖުމްލައިން އެލީން އަށް ސިހުމެއް ލިބުނު ކަން އިނގުނީ ކުއްލިއަކަށް އެ އަތްތިލަ ދަމައިގަތްލެއް އަވަސް ކަމުން ނެވެ.

“ނޯ ޒެއިން. ތީ ހަމަ ހީވާ އެއްޗެއް. އަހަރެން އަދި އެއްވެސް ފިރިހެންު ކުއްޖަކާ ލައިކެއް ނުވޭ. ލޯތްބެއް ވެސް ނުވޭ. ދެން..ދެން ކިހިނެތް ޒެއިން އާ ލައިކް ވާނީ” އެލީން ގެ މޫނުން ނާއި އަޑު ހުރި ގޮތުން ވެސް އެއީ ދޮގެއް ކަން ޒެއިން އަށް އިނގުނެވެ.

“އޯކޭ. އެލީން ލައިކް ނުވިޔަސް އަހަރެން ހަމަ ގައިމުވެސް ލައިކް ވޭ.” ޒެއިން އަނެއްކާވެސް އެލީން ގެ އަތުގައި ހިފިއެވެ. ޒެއިން މަޑުމަޑުން ތެދުވަން ފެށުމުން އެލީން އަށް ވެސް ޒެއިންއާއި އެކު ތެދުވެވުނީ ބޭއިހްތިޔާރުގައެވެ.

“އައި އެމް ސޮރީ. އަދި އެލީން ރުޅި އަޔަސް އައި ނީޑް ޓު ހަގް ޔޫ” ޒެއިން ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން އެލީން އެ އަތުތެރޭގައި ހައްޔަރު ކޮށްލިއެވެ. އެލީން ދެއަތް އެލުވާލައިގެން ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އިޖާބަ ދީފިއްޔާ ޒެއިން އަށް އޭނާގެ ހިތުގެ ހާލަތު ބޭޒާރުވެދާނެތީ އެލީން މަޑުން ހުރީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޒެއިން އެލީންގެ ހަށިގަނޑު މިނިވަން ކޮށްލަމުން އެ މޫނުގައި ބޮސްދެމުން އެލީން އާއި ދުރުވެލިއިރު އެލީން ލޯ މަރާ ފިއްތައިގެން ހުރި ތަން ފެނި އެ މައުސޫމުކަން ހިތަށް އެރުމާއި އެކު ޒެއިން އަށް ހިނިތުން ވެވުނެވެ.

“އަހަރެން ދަނީ. ނޫނީ މީރާން އަށް އަހަރެން މިކޮޓަރިއަށް އައި ކަން ބަސްޓް ވެދާނެ. އަހަރެން ނަށް އިންތިޒާރު ކުރާނެ ކަމަށް ހީކުރަން” ޒެއިން އެއްލޯ މަރައިލަމުން އެ ކޮޓަރިން ނުކުތް މަންޒަރު ބަލަން ހުރި އެލީން އަށް ހަމަހޭވެރިކަން ވުމުން ބޮލުގައި އަތް އަޅައިލަމުން އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ޒެއިން އެ ބުނި ބަސްތަކުގެ ސަބަބުން މި ހުރިހައި ދުވަހު އޭނާގެ ހިތުގައި ލެވިފައިވި ޒަހަމް ތައް ފަސޭހަވެގެން ދިޔަ ފަދައެވެ.

ނުނިމޭ

Share Article

Follow Me Written By

shooty

Level 210 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ރިޔާޝާ (18ވަނަ ބައި)

Next

ތާޝާ (11ވަނަ ބައި)

Next
November 6, 2016

ތާޝާ (11ވަނަ ބައި)

Previews
November 6, 2016

ރިޔާޝާ (18ވަނަ ބައި)

36 Comments!

  1. Chapii says:
    November 6, 2016 at 10:10 am

    Salhi.. Whn next prt

    1. shooty says:
      November 6, 2016 at 10:15 am

      Tomorrow insha allah 🙂

  2. shooty says:
    November 6, 2016 at 10:14 am

    Hey guys here is the 2nd part of this story… Hurihaa kudhin ves comment kohllahchey.. Alhugandu reply nukuriyas huriha commenteh veis baraabarah kiyan.. Baeh kudhin nan cover photo kamu nugosgen ulheythy eyny change kohllaafa. Aslu shootyy ah ves kury pic ehaa kamaku nidhiya.. But now I like it and I hope readers will also like it ? time v varakun comments thakah reply kuran varah try kuraanan ingey.. I ? U ALL ??????

  3. aina says:
    November 6, 2016 at 10:20 am

    Dhevana part inves kameh nuvi dhow

  4. Qeen says:
    November 6, 2016 at 10:20 am

    V reethi

  5. Mary says:
    November 6, 2016 at 10:25 am

    Varah rythi. Avahah next part up kohdhehchey.

  6. rifftyy says:
    November 6, 2016 at 10:55 am

    V rythi mi part vx.

  7. Elsaa says:
    November 6, 2016 at 10:59 am

    Woah.. Reethi story varahh.. ❤❤

  8. Stupid says:
    November 6, 2016 at 11:03 am

    Cover picture ga left hand side ga eyni kaakutha.
    I Dontha get the cover picture.

    1. shooty says:
      November 6, 2016 at 11:48 am

      Black dress ga elyn.. Red dress ga lilian.. 🙂

  9. Xaan says:
    November 6, 2016 at 11:13 am

    Wooooooow mipartves v reethi

  10. Shahina says:
    November 6, 2016 at 11:15 am

    Masha allah v reethi.next part avas kohlahchay.waiting

  11. Appy says:
    November 6, 2016 at 11:17 am

    Beautiful. …bt maa kiyaahithun inyma maa kuru hen hyvany ……waiting waiting. …

  12. Azuna says:
    November 6, 2016 at 11:21 am

    Wow….V reethi❤❤

  13. Anonymous says:
    November 6, 2016 at 11:48 am

    v reethi mi part ves..ekamu cover photo ehaaeh noon..

  14. Stupid says:
    November 6, 2016 at 12:04 pm

    Thanks shooty. But elyn ah inkujaa eyhaa nuvey gulhey

  15. Aish says:
    November 6, 2016 at 12:19 pm

    Salhi mi part ves

  16. keen says:
    November 6, 2016 at 12:48 pm

    V randu firihen thunfatheh

  17. Pop says:
    November 6, 2016 at 1:25 pm

    Kurin pic ga in boy ma salhi.. Story is awesome-

  18. arsy says:
    November 6, 2016 at 1:33 pm

    nice

  19. Inee says:
    November 6, 2016 at 1:44 pm

    Varah reethi

  20. Stupid says:
    November 6, 2016 at 3:13 pm

    Mihaaru ok. ?

  21. Lym says:
    November 6, 2016 at 4:03 pm

    Vaahaka varan rithi

  22. Hooooo. says:
    November 6, 2016 at 7:00 pm

    Adi story varah salhi. Hope kuran kurie ge story gothah mi ves varah cute story ey kamah

  23. Riha says:
    November 6, 2016 at 7:03 pm

    Story habeys hama. Shooty bunedhybl cover pic thi edit kh hadhaa app ge name. Plxxxxx

    1. shooty says:
      November 6, 2016 at 7:32 pm

      Photo collage editor 🙂

  24. Mari says:
    November 6, 2016 at 7:27 pm

    Mi vaahaka varah reethi ?……

  25. Saadha Abdhulatheef says:
    November 6, 2016 at 8:07 pm

    Varah reethi vaahakaeh

  26. Shimy says:
    November 6, 2016 at 11:47 pm

    Luv this part.. nxt part varah kiyashithun miniee.. waitting ?

  27. Sheeby says:
    November 7, 2016 at 12:28 am

    Nice mi part vx??????????????????

  28. me says:
    November 7, 2016 at 3:10 am

    alhey thanx shooty. nw ok. story hama habeys, nmunu iru ves adhi kiyan beynun vefa mi hury.

  29. ?? says:
    November 7, 2016 at 7:42 am

    Woooow v reethi????

  30. Khajja says:
    November 7, 2016 at 7:42 am

    Wow masha allah stry v habeys shooty u r great n waitin nxt prt

  31. cindrella says:
    November 7, 2016 at 10:00 am

    Shooty where is the next part………..can’t wait avahah up kohdybaaaaaa

  32. ully says:
    November 8, 2016 at 2:19 pm

    Interesting story…. Love you dear ??????

  33. foohi says:
    November 16, 2016 at 1:04 pm

    V salhi???

Comments are closed.


All Right Reserved!