އެއްފަހަރު އައުފަށް އަނެއްފަހަރު އެނދުގައި އޮތް ޒީޝާއަށް ބަލާލަމުން އަތުގައި އޮތް ފައިލުތައް ސޯފާމައްޗައް ހޫރުވާލުމަށްފަހު ކޮޓަރީގެ ދޮރު ބަންލާފައި ޖެހުމަށްފަހު ނިކުމެގެން ހިނގައްޖއެވެ. އައުފް އޭނާގެ އިސްތަށިގަނޑަށް އަތް މަހާލުމަށްފަހު ބޮލުގެ ދެފާރަތުން ހިފެހެއްޓުމަށްފަހު އެނދު ކައިރީގައި އިށީނެވެ. އެނދުގައި ލޯމަރައިގެން އޮތް ޒީޝާގެ ތުންފަތްމަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެވެ.
**
އައުފް އަވަސް އަވަހާ ގަޔަށް އަންނައުނުތައް މަހާލަމުން ބޭރަށް ނިކުތެވެ. އޭނާގެ މިސްރާބު ހުރީ ގޭގެ މަސައްކަތް ކުރަން އުޅޭ މީހުން ދިރިއުޅޭ ގެއާދިމާއަށެވެ. އެވަގުތު އޭނާ އަށް ފެނުނީ ދަބަހެއް ކޮނޑުގައި އަޅުވައިގެން ނިކުތް ޖޯން އެވެ.
” ޖޯން އައިއޭމް ސޮރީ..ޕްލީޒް ލިސެން ޓް މީ” ޖޯން ހުރި ހިސާބަށް ދެވުމާއެކު އައުފް ބުނެލިއެވެ.
“ސޮރީ؟ ރިއަލީ؟ އައި ޑޯންޓް ނީޑް އެނީ މޯރ އެކްސްޕްލެނޭޝަން..” އައުފްގެ ބަހެއް އަޑުއެހުމެއް ނެތި ޖޯން ހަރު ހިނގުމެއްގައި ގެއިން ނިކުމެގެން ހިނގައްޖެއެވެ. އޭރުވެސް އައުފަށް ހުރެވުނީ ޖޯން ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. ޖޯން ދެރަވާނެ ވަރު އެންމެ ރަނގަޅަށް އިނގޭނެ އެކަކީ އޭނައެވެ. ޒީޝާދެކެ ޖޯން ވާ ލޯބި އޭނާ އަށް ވަނީ ފެނިފައިއެވެ. ޖޯން ތެދުވެރި ލޯބި ނުވާނަމަ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު އެގޭ ކާރު ޑްރައިވަރަކަށް ނޫޅޭނެއެވެ. ޖޯންގެ އާދޭސްތަކާހެދި މައިކްލް އާއި ވާހަކަ ދެއްކުމަށްފަހު އެވަޒީފާވެސް ހަމަޖެއްސީ އައުފް އެވެ. ޖޯން އާއި އެދެމީހުންނަކީ މާކުރީގެ ރަހުމަތްތެރިންނެވެ. ޒީޝާއަށްވެސް އެކަން އެނގުނީ ވަރަށް ފަހުންނެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނަނީ އޭނާ ބޭރަށް ދާން މައިކަލް ހުއްދަ ދޭނީ އައުފް އެހެންނޫނީ ޖޯން އެކުގައި ދަންޏާމުއެވެ. ސަބަބަކީ އެދެމީހުންނަށްވެސް މައިކަލް ފުރިހަމައަށް އިތުބާރު ކުރާތީވެއެވެ. ނަމަވެސް މައިކަލް އަށް ނޭނގުނު ކަމަކީ އޭނާގެ އެ އިތުބާރު މިހާރު ވެއްޔާ މޮޑެވިފައިވާ ކަމެވެ. އަންހެން ދަރިންނަކީ ރައްކާތެރިކޮށް ގެންގުޅެން ޖެހޭ ބައެއްކަން މައިކްލް އަށް ނުވިސްނުނީއެވެ. ކިތައްމެ އިތުބާރު ކުރާ މީހަކަށްވެސް ހާލަތެއް މެދުވެރިވެ މަގުން ކައްސާލަފާނެއެވެ. އަދި ކޮށްގެން ނުވާނެފަދަ ބޮޑު ފާފައަކަށްވެސް އަރައިގަނެވިދާނެއެވެ. ޖޯން އާއި ޒީޝާ އަށްވެސް އެވަނީ އެފަދަ ކުށެއް ކުރެވިފައެވެ.
އެތައް އިރަކު ހަޓް ކައިރީ އިނުމަށްފަހު އައުފް ހިނގައިގަތީ ގެޔާ ދިމާއަށެވެ. ބެލްކަނީގައި އިން މިކްޔާ އަށް އައުފް ފެނި ކަމެއް ގޯސް ވެއްޖެކަން ދެނެގަނެވުނެވެ. ރޭގަ އައުފް ވަރަށް ދަން ވަންދެން މަސައްކަތުގައި އިންނާނެ ވާހަކަ އޭނަ ގާތު ބުންޏެވެ. އެހެންވީއިރު މިހާ ހެދުނަކާ ހޭލައިގެން މިއުޅެނީ ކީއްވެބާއޭ މިކްޔާގެ ހިތައް އަރަމުން ދިޔައެވެ.
އައުފް ކޮޓަރިއަށް ވަތް އިރު ޒީޝާ އެއް ނެތެވެ. އެހެން ކަމުން އޭނާ ހިތް ހަމަ ޖެހުނެވެ. ވެދިޔަ ކަންތަކުން ދެން އޭނާ ޒީޝާގެ ކުރިމައްޗައް އަރަންވެސް ލަދުގަނެއެވެ. ބޯމަތީގައި އަތް ބާއްވާލަމުން އައުފް އެނދުގައި އޮށޯތެވެ. އޭނާ އަށް އެކުރެވުނީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ އައުފަށް އޮއެވުނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އޭނާ ހަމަ ހޭގައި ހުރެގެން ޒީޝާ އާއި މެދު އެފަދަ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަން ގައިމެވެ. ކުއްލި އަކަށް ކަމެއް ހަނދާންވި ފަދައިން އައުފް އެނދުމަތިން ތެދުވެގެން ބޭރަށް ނިކުތެވެ.
“މޯމް..ކޮބާތަ މާރިޔާއްތަ؟” ބަދިގޭގައި އުޅުނު ސޮފިއްޔާ ސިހުނީ އައުފްގެ އަޑަށެވެ. މިގަޑީގައި އައުފް މަރިޔާ ހޯދަމުން އައިމަ އެކަމާ ސޮފިއްޔާ ހައިރާންވިނަމަވެސް ހިނިތުންވެލަމުން އައުފާއި ދިމާ އަށް އެނބުރުބެވެ.
“ދަރިފުޅު މިގަޑީގަ ކީއްކުރަން މާރިޔާއްތަ ހޯދަނީ؟ ދެން ދުވަސް ކޮޅަކު މަންމަ ބަދިގޭގެ ކަންތައް ކޮށްލާނީ..މިދުވަސްކޮޅު މަންމަ އަށް ފްރީވީމަ މަރިޔާއްތަ ދެމަސްދުވަހުގެ ޗުއްޓީއަކަށް ފޮނުވާލީ..ދަރިފުޅަށް މަންމަ ކައްކާ އެއްޗެހި ކަމު ނުދަނީތަ؟ ” އައުފްގެ މޫނު މައްޗައް އެވަގުތު ވެރިވި މާޔޫސްކަން ސޮފިއްޔާ އަށް ފާހަގަ ވިއެވެ. “ދަރިފުޅު މާ ބޮޑު ކަމަކުތަ މާރިޔާއްތަ ހޯދަނީ؟…އަދި ނުދެވޭނެ އެގައުމަށްވެސް…މަންމަ އަތުގައި އެބައޮތް ގުޅޭނެ ނަމްބަރެއް އެކަމަކު ދެން މާދަމާ ގުޅާލަން މަޑުކޮށްލާ” އައުފް ކައިރިއަށް ޖެހިލަމުން ސޮފިއްޔާ ވާހަކަދެއްކިއެވެ.
“ނޫނޭ އޯކޭވާނެ، އަޅާނުލާދެން…އެހާ ބޮޑުކަމެއް ނޫން އެއީ..މަމް ދެން މިގަޑީގަ ބަދިގޭގަ އުޅޭތީވެ އަޅުގަނޑު ސަޕްރައިސްޑް ވީ…އެހެން ނޫނަސް އަޅުގަނޑުގެ ފެވްރިޓް އެއްޗެހި އެންމެ މީރުކޮށް ކައްކަން އިނގެނީވެސް މަމް އަށް..ހެހެހެ..” ސޮފިއްޔާގެ ކޮނޑަށް އަތްވައްޓާލަމުން އައުފް ހިނިގަނޑެއް ޖަހާލިއެވެ.
**
ކޮޓަރިތެރޭގައި މިކްޔާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ އަށް ޝަމާން މަތިން ހަނދާން ނައްތާ ނުލެވިގެން އެއުޅެނީ ކީއްވެހެއްޔެވެ؟ މިވީ އަހަރުތަކު ތެރޭގައި އެ ސޫރަ ހިތުން ފަނޑުވެގެން ނުދަނީ ކީއްވެ ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން މިކްޔާގެ ބޯހާސް ކުރުވަމުން ދިޔައެވެ. ޝަމާން އާއި އެކު ހޭދަކުރެވުނު ލޯބީގެ އެވަގުތުކޮޅު ތާޒާކަންމަތީ އަދިވެސް ސިކުނޑީގައި ރައްކާ ކުރެވިފައިވެއެވެ. އައުފްގެ އެގާތްކަމުންވެސް ޝަމާން އާއި އެކު ހެދަކުރެވުނު ވަގުތު ތަކުގައި ލިބޭ ހިތްހަމަ ޖެހުން ނުލިބެއެވެ.
މިކްޔާ އޭނާ ލިޔަން އިން ފޮތް ލައްޕާލުމަށްފަހު ކަބަޑަށްލިއެވެ. އެއަށްފަހު ބެލްކަންޏާ ދިމާއަށް ގޮނޑި ދުއްވާލިއެވެ. މާރިޔާ ނެތުމުން އޭނާ އެއިންނަނީ ނުހަނު ފޫހިވެފައެވެ. އައުފް ވެސް މިދުވަސްކޮޅުވީ ރަށުން ބޭރަށް ގޮހެވެ. ދެހަފްތާ ވެގެން ދިޔަނަމަވެސް އެންމެ ފަހަރަކުވެސް އައުފް އޭނާ އަށް ގުޅާފައެއްނެތެވެ. ދާދިފަހަކުން ސޮފިއްޔާ ވަނީ މިކްޔާ އަށް އައިފޯން 7 އެއް ގަނެދީފައެވެ. މިކްޔާ ބޭނުން ނުވާ ކަމަށް ބުނުމުންވެސް ސޮފިއްޔާ ކުރުނުކޮށް އެފޯނު މިކްޔާ އަތައް ދިނީއެވެ. އެފޯނުދެމުން ދެމުން ސޮފިއްޔާ ބުނެފައިވަނީ ހުރިހާ އެންމެނަށް އޭނާގެ ނަމްބަރު އިނގޭނެ ކަމާއި މިކްޔާގެ ފޯނުގައިވެސް ހުރިހާ އެންމެންގެ ނަމްބަރު ސޭވްކޮށްފައި އިންނާނެ ކަމަށެވެ.
ހާމަކޮށް އޮތްއުޑުގައި ފިޔަ ޖަހަމުން ދިޔަ ތަރިތަކަށް ބަލަހައްޓައިގެން އިން މިކްޔާ ސިހުނީ އުނގުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ނުދަންނަ ނަމްބަރަކުން ގުޅަމުން ދިޔުމުން މިކްޔާ ހިސާބަކަށް ޖެހިލުންވިއެވެ. ހުއްޓުމެއްނެތި ރިންގުވަމުން ދިޔަ ކޯލަށް މިކްޔާ ޖަވާބުދިނީ ހާސްވެ އިނދެއވެ.
“ސާބަސް…މިހާރު ކިތައްފަހަރު މިގުޅީ..އަބަދު ފޯނު ނިއްވާލާފަ އޮންނަނީ..” އެކޮޅުން އިވުނު އަޑަކުން މިކްޔާގެ ނުތަނަވަސްކަން ފިލާ މޫނުމަތިން ހިނތުންވުމެއް ފެނިގެން ދިޔައެވެ.
“މިޝް..ކިހިނެއްތަ…ގުޅާވެސް ނުލެވޭ ދޯ؟ އެކަމް މަންމަ ކައިރީގަ އަހަމޭ މިޝްގެ ވާހަކަތައް..ބުނި ވަރަށް ބިޒީ ކޮށޭ އުޅެނީ އެހެންވެ އަސްލު ދޮންތަ އަށް ވެސް ނުކެރެނީ ޑިސްޓާރބް ކުރަން..ދެން މިހާރު މި ދިމާވެސްވީނު..ވަރަށް މިސްވޭ…މިކޮޅު ވަރަށް ފޫހި..ކޮންއިރަކުން އަންނާނީ؟” މިކްޔާ އިނީ އެހާ ދުވަސްފަހުން މިޝްޔާއާ ވާހަކަ ދެއްކުމުން ނުހަނު އުފާވެފައެވެ.
“ދެން ފޫހި ކިޔާނެ ކަމެއް ނެތޭ…ތިއުޅެނީ އާފްބެ ނެތީމަ އެކަމާ ދެރަވެގެން…މިޝް މަތިން މިސްއެއް ނުވާނެ… މަމް ބުނި އާފްބެއާ ދޮންތަގެ ސަމްތިން ސަމްތިން އިޒް ގޮއިން އޮން އޭ..ބައި ދި ވޭ އިންނާނެ ޕިކެއް ސެންޑް ކޮށްފަ..ޗެކްކޮށްލާތި.. އެ ޕިކް ފެނުނީމަ ތިހާ ފޫހި ނުވާނެ..ހެހެހެ.. އޯކެ ދެން ބާއި އިނގޭ މިގަޑީ ބިޒީ ވެއްޖެ އަނެއްކާ…ލަވް ޔޫ އެން މިސް ޔޫ މޯ..” މިޝްޔާ އެއް ނޭވައިން ހުރިހާ ވާހަކައެއް ދެއްކުމަށްފަހު މިކްޔާ އަށް ބަހެއް ކިޔާނެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ.
މިކްޔާވެސް ހިނިތުންވެލަމުން ދެފަރާތައް ބޯހޫރުވަލީ މިޝްޔާގެ ލާނެއްކަމުންނެވެ. ފޯނުން ވައިފައި އާ ކަނެކްޓް ކުރަމުން މިކްޔާ ވައިބަރ ޗެކްކޮށްލިއެވެ. އެވަގުތު ނުދަންނަ ނަމްބަރަކުން ފޮނުވާފައިން ފޮޓޯ މެސެޖްއެއް ފެނި އެ ހުޅުވާލިއެވެ. އެ ފޮޓޯގައި އިނީ މިޝްޔާ އާއި އައުފް ޕިއްޒާއެއް ކާށެވެ. ދެމީހުންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވާން ހުއްޓެވެ. މިކްޔާ ހިތްތަކެއް ޖަހާފައިން އިސްޓިކާއެއް ފޮނުވާލުމަށްފަހު ޗެޓް ލޮގް ދޫކޮށްލީ މިޝްޔާ އެވަގުތު އޮންލައިންގައި ނެތުމުންނެވެ. އޭގެ ކުޑަ ސިކުންތުކޮޅެއްފަހުން އަނެއްކާ ފޮޓޯ މެސެޖެއްލިބުނެވެ. މިފަހަރު އިނީ ތަފާތު ނަމްބަރަކުން ފޮނުވާފަ އިން މެސެޖެކެވެ. އެވެސް މިޝްޔާގެ ކަމެއްކަމަށް ހީކޮށް އެފޮޓޯ ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން މިކްޔާ އަށް އަތުގައި އޮތް ފޯނު ދޫނުވީ ކިރިޔާއެވެ. އެއީ ހަމަ ހަޤީގަތެއް ހެއްޔެވެ؟ އައުފް އެކަހަލަގެ ދަށުދަރަޖައިގެ އަމަލެއް ހިންގަފާނެހެއްޔެވެ؟ ފޮޓޯގައި ފެންނަނީ އައުފް އާއި ޒީޝާ ނިދާފައި އޮއްވައެވެ. ދެމީހުންގެ ގައިގަވެސް އަންނައުނެއްނެތެވެ. މެއާ ހިސާބުން މަތިން ފެންނަ އެފޮޓޯގައި ޒީޝާ އޮތީ ބަންޑުންނެވެ. ހާމައަށް އޮތް ބުރަކަށިން ބަޔަކާ އައުފްގެ މޭމަތިން ބައެއް ފެންނަން ހުއްޓެވެ.
މިކްޔާ އަށް އެއްޗެއް ވިސްނައިނުގަނެވިގެން އުޅެނިކޮށް ކޮޓަރީގެ ދޮރު ހުޅުވާފަ އެތެރެއަށް ވަދެގެން އައި ޒީޝާ ފެނި އަތުގައި އޮތް ފޯނު ދޫވީ މިކްޔާގެ އުނގުތެރެއަށެވެ. ޒީޝާ އެއައި ގޮތަށް އައިސް މިކްޔާގެ ފޯނު ނެގުމަށްފަހު އެފޮޓޯ ޑިލީޓް ކޮށްލިއެވެ. އޭރު އޭނާގެ ދެއަތް ތުރުތުރު ލަމުން ދިޔައެވެ. ހާސްވެ ކަންބޮޑުވެފައި ހުރިވަރު އަންގައިދެނީ ނިތްކުރި މަތިން ވިދަމުންދާ ދާތިކިތަކުންނެވެ. މިކްޔާ އިނީ ހައިރާންކަމާއެކު ޒީޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.
“އައި އޭމް ރިއަލީ ސޮރީ..އަސްލު ޒީ އަށް އޮޅިގެން ފޮނުވުނު މެސެޖެއްތީ…ޒީ އުޅުނީ ޑިލީޓް ކޮށްލަން އެކަމަކު ނޭނގި ފޮނުވުނީ..ޕްލީޒް އެއްވެސް މީހެއް ކައިރީ ނުބުނާތި..ސްޕެޝިއަލީ މޯމް އެންޑް ޑޭޑް ކައިރީގަ..ޕްރޮމިސްމީ ދެޓް ޔޫ ވިލް ނެވަރ ސޭ އަ ވޯރޑް އަބައުޓް އިޓް..” މިކްޔާ އަތަށް ފޯނު ދެމުން ޒީޝާ އަވަސް އަވަހާ ވާހަކަދައްކަމުން ދޔައެވެ. މިކްޔާ އަށް ޒީޝަ ދައްކަމުން ދިޔަ ވާހަކަ ރަނގަޅަށް ދޭހަ ނުކުރެވުނީ ވާހަކަދެއްކިލެއް އަވަސްކަމުންނެވެ.
“އެންމެ ފުރަތަމަ ޒީ ހަމަޖެހިބަލަ..ކިހިނެއް ވެގެން މިއުޅެނީ..ކީއްވެ މާހާސް ވެފަ ތިހުރީ..” ހަމަޖެހިލަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިކްޔާގެ އަޑުގައި ވަނީ ހާސް ކަމެވެ. އެފެނުނު ތަސްވީރުން އޭނާގެ މޭގައި މަޑު ރިހުމެއް އުފެދިއްޖެއެވެ. އައުފް އާއި މެދު ދެކެމުން އައި ގޮތް ބަދަލު ކުރަން ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. ނަމަވެސް ހިތް އެކަމަށް އެއްބަސް ނުވަނީ ކީއްވެ ހެއްޔެވެ؟ އައުފް އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގަފާނެ ކަމާމެދު ޝައްކެވެ. އެހެން ނަމަވެސް ލޮލަށް ފެނުނު ކަމަކާ ދެކޮޅަށް ބުނެވޭނީވެސް ކީކޭ ހެއްޔެވެ؟
“ޒީޝާ ދެލޯ ފޮހެލުމަށްފަހު ބެލްކަނީގައި ޖަހާފައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އަދި މޫނުގައި އަތް އެޅުމަށްފަހު ރޯން ފެށިއެވެ . މިކްޔާ އިނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ޒީޝާ އަކީ އެއްވެސް އިރެއްގައި އޭނައާއި މާ ގާތް ގުޅުމެއް އޮތް ކުއްޖެއްނޫނެވެ. ބަހެއްވެސް ބުނެލާނީ ހާލަކުން ފަހަރަކުއެވެ. ވީއިރު މިފަދަ ގޮތަކަށް މިކްޔާ ކައިރީގައި ޒީޝާ ރޯނީ ވަރަށް ހިތްދަތި ކަމެއް ވެގެންކަން މިކްޔާ އަށް ވިސްނުނެވެ.
” ޒީ ތިހެން ރުޔަކަސް ކިހިނެއް އިނގޭނީ ވީ ކަމެއް..ބައެއްފަހަރު ހިތާމަތަށް އެހެން މީހުންނާ ހިއްސާ ކުރުމުން ހިތައް ހަމަޖެހުމެއް ލިބޭނެ..ޒީ ބޭނުމިއްޔާ އަހަރެން މިއިނީ ތި ވާހަކަތައް އަޑުއަހަން..” މަޑުމައިތިރި ކަމާއެކު މިކްޔާ ބުނެލިއެވެ.
ޒީޝާ މޫނުމަތިން އަތް ނެގުމަށްފަހު މިކްޔާ އާއި ދިމާއަށް ބަލާލީ މާނައިން ފުރިގެންވީ ނަޒަރަކުންނެވެ. މިކްޔާވެސް ޒީޝާ އާއި ދިމާއަށް ބަލަހައްޓައިގެން އިނީ ޖަވާބަކަށް އިންތިޒާރު ކުރާފަދައަކުންނެވެ. ޒީޝާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ގޮނޑިން ތެދުވެގެން މިކްޔާ އަށް ފުރަގަސް ދެމުން މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.
“މިކްޔާ އަށް ޤަބޫލެއް ނުކުރެވޭނެ އަހަރެން މިބުނަން އުޅޭ ވާހަކައެއް..މިކަމަކީ މިކްޔާއާއި ގުޅުންވެސް އޮތް ވާހަކަ އަކަށްވީމަ..”ޒީޝާގެ އަޑުވެސް ވަނީ ކުރެހިފައެވެ.
“ކިޔާދިނީމަ ދޯ އިނގޭނީ އަހަރެން ޤަބޫލު ނުކުރަންޏާ..ދެން މިހާރު ތިވާހަކަ އަޑު އަހަން އަހަރެން ވަރަށް ޝައުގުވެރި ވެއްޖެ..ޒީޝާ ބޭނުންވާގޮތަށް އަހަރެން ހުރިހާ ވާހަކައެއް ސިއްރުކޮށްދޭނަން..” ހަމަޖެހިލަމުން މިކްޔާ އެހެން ބުނެލި ނަމަވެސް ހިތުގައިވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ.
“އަނެއްކާ ޒީޝާ ބުނަން އެއުޅެނީ ކޭބާއެވެ؟ ޔަޤީނުންވެސް އެކަމާ އައުފާއި ގުޅުމެއް ވާނެ.. އެނޫން ގޮތަކަށް އަހަރެންނާ އެކަންތައް ގުޅިފައެއް ނޯންނާނެ..” މިކްޔާގެ ވިސްނުން އެކި ދިމަ ދިމާއަށް ދަތުރުކުރަމުން ދިޔައެވެ.
“އަހަރެންނަށް އެ ފޮޓޯ ފޮނުވީ އާފް.. ޒީ ކައިރީގަ ކަމަކުއޭ ކިޔާފަ އާފް އެ ރޫމަށް ގެންދިޔައީ..ދެން..ދެން..އޭނަ ޒީ އަށް ފޯސްކުރީ…ޒީ ވަރަށް ބިރުގަތް..އެފަހުން އާފް އެދިޔައީ ފުރައިގެން.. ދަމުންވެސް ޒީ އާއި އެއްކޮށް………” ޒީޝާ އޭނާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އަޑު ބެދުމުންނެވެ.
“އޭނަ ބެނުންވަނީ ބައްޕަގެ ފަރާތުން ބަދަލު ހިފަންށޯ..ޒީ އަށް ނޭނގެ ކީއްވެކަމެއް..އެކަމަކު ޑޭޑް އެން އާފް ކުރިން އެހާ ކްލޯސްއެއް ނުވާނެ..ފަރަށް ފަހަކުން ދެމީހުން ވާހަކަވެސް ދައްކަން ފެށީ..ޒީ އަބަދުވެސް ހަނދާން ހުރޭ އާފް ޑޭޑް ދެކެ ރުޅިއަންނަ ވާހަކަ ދައްކާނެ..އެކަމަކު ކުއްލިއަކަށް ހުރިހާ ކަމެއް ޗޭންޖް ވީ ކިހިނެއް ކަމެއް ނޭނގެ.. ޒީ ވަރަށް ބިރުގަނޭ.. ޑޭޑް އަށް މިކަން އެނގިއްޖިއްޔާ ވާނެ ދެރަ ހިތައް އެރުމުން ޒީވެސް ވަރަށްދެރަވޭ..އެން މޯމް ވެސް ކިހާ ދެރަވާނެ…އަމިއްލަ ދަރިޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމާމެދު އެއްވެސް މޯމް އެއް ބިލީވް ނުކުރާނެ..ޒީވެސް މިހާރު ބޭނުންވަނީ މިކަންތައް ހަނދާން ނައްތާލަން..އެކަމު ހީވަނީ އާފް ބޭނުންވެގެން އެއުޅެނީ އެހެން ކަމެއް ހެން..” ޒީޝާ އަނެއްކާ މޫނުގަ އަތް އެޅުމަށްފަހު ރޯން ފެށްޓިއެވެ.
މިކްޔާ އިނީ ހައިރާންވީ ވަރުން ބަސްހުއްޓިފައެވެ. އޭނާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އައުފަށް އޭނަ ވަރަށް އިތުބާރު ކުރެއެވެ. ވީ އިރު ޒީޝާގެ ވާހަކަތައް އެހާ ފަސޭހައިން ޤަބޫލުކުރަންވީ ހެއްޔެވެ؟ އައުފް އޭނަ ކައިރީގައި ހިއްސާކޮށްފައިވާ ވާހަކަތަކުން ޒީޝާގެ ބަހަށް ކޮންމެސް ވަރަކަށް ބާރުދެއެވެ. އައުފް ވަނީ އޭނާގެ އަމިއްލަ ދުލުން މައިކަލްދެކެ ނަފްރަތު ކުރިކަމަށް އެއްބަސްވެފައެވެ. ނަމަވެސް ފަހުން ކަންތައް ވީގޮތްވެސް ވަނީ ކިޔާދީފައެވެ. މިކްޔާ އަށް ނޭނގި އިތުރުކަމެއްވެސް ހިނގީހެއްޔެވެ؟ އައުފް މިކްޔާ އަށް އޮޅުވާލީ ހެއްޔެވެ؟ މައިކަލް އާއި އައުފްގެ ހަޤީޤީ ގުޅުމަކީ ކޮބާހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ދެވޭނީ މައިކަލް އަށެވެ. ނަމަވެސް މައިކަލް ކައިރީގައި މިކްޔާ އަހާނީވެސް ވަކީ ކީކޭ ހެއްޔެވެ؟ ކުއްލިއަކަށް މިކްޔާގެ ހަނދާނަށް ސޮފިއްޔާގެ ނަން އައުމާއެކު އޭނާގެ މަންމަ ކައިރިން އޮޅުން ފިލުވުމަށް ނިންމިއެވެ. ނަމަވެސް ދެން އޮތް ސުވާލަކީ ސޮފިއްޔާ އޭނާގެ ފިރިމީހާގެ ސިއްރުތައް އެހެން މީހެއް ކައިރީގައި ބޭޒާރު ކޮށްފާނެ ހެއްޔެވެ؟ މިކްޔާ ގެ ސިކުނޑިގައި އެނބުރެމުންދާ ސުވާލު ތައް ފުނި ޖެހެމުންގޮސް ބޮލުގައި މަޑު ރިހުމެއް އުފެދިއްޖެއެވެ.
ޒީޝާ އިތުރު ވާހަކައެއް ނުދައްކާ މިކްޔާ ކޮޓަރިން ނިކުމެގެން ދިޔައިރުވެސް މިކްޔާ އިނީ ހިޔާލީ ކަނޑެއްގެ ތެރޭގައި ފީނަންށެވެ. އެކަނޑުގެ ފުންމިން އޭނާ އަށް ލަފާކޮށްލަންވެސް ނޭނގެއެވެ. ދުނިޔެމަތީގައި ކަންތައް ވަމުންދާނީ އެކި މީހުންނަށް އެކި ގޮތަށެވެ. އެމީހަކު ކުރި ކުށެއްގެ ޝަޒާ އެމީހަކަށެ ލިބޭނެއެވެ. ނަމަވެސް މިކްޔާ އަށް ލިބެމުން އެދަނީ ކޮން ކުށެއްގް ޝަޒާ ހެއްޔެވެ؟ އެންމެ ފުރަތަމަ ތަޤުދީރު އޭނަ އާއި ވަކި ކުރުވީ އެންމެ ލޯބިވާ އިންސާނާއެވެ. އެއަށްފަހު އޭނާގެ ފުރާނަފަދައިން ލޯބިވާ ދެދަރިންނެވެ. މީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟
މިކްޔާގެ ކޮޓަރިން ނިކުތުމަށްފަހު ޒީޝާ އޭނާގެ ލޮލުގައިހުރި ކަރުނަތައް ހިންދާލުމަށްފަހި މިކްޔާ އާއި ދިމާއަށްބަލާލިއެވެ. މިކްޔާ ބެލްކަނީގައި އިނީ ދޮރަށް ފުރަގަސްދީގެންކަމުން ޒީޝާ އެއް ނުފެނެއެވެ.
“ކްރީޕީ ލޭޑީ..ބައެއް މީހުން ހާދަ ސެންސްސިޓިވް އޭ..ޕުއަރ އާފް..ހީ އިސް ގޮއިން ޓް މިސް ހާރ..އޭރުން އާފްއަށް ވިސްނޭނެ ލޯބިވާ މީހަކު ދުރުވުމުން ލިބޭ ވޭނާ ހިތްދަތިކަން..އިފް އައި ކާނޓް ގެޓް ޔޫ ދެން ނޯބޮޑި އެލްސް ކޭން..” ޒީޝާގެ މޫނުމަތީގައިވީ ނުރައްކާތެރި ހިނިތުންވުމެކެވެ. އެބެލުމުގައި ވި ނުރުހުހުމުގެ ދިލަ ހޫނުން އޭނާގެ ނަފްސަށް ހިތްހަމަޖެހުން ލިއްބައިދިނެވެ. ޒީޝާ މަޑުމަޑުން ދޮރު ކައިރިކޮށްލަމުން ހިނގައިގަތީ ލިފްޓާއ ދިމާއަށެވެ.
**
ރޭގަނޑުގެ ވަގުތެވެ. ފަޒާގައި ވަނީ ދުންފިނީގެ އަސަރުތަކެވެ. ކަޅުކުލައިގެ ކޯޓެއް ލައިގެން ހުރި މީހަކު ގޭޓުން އެތެރެއަށް ވަދެގެން އައެވެ. ސިއްރު ފިޔަވަޅުތަކެއްގައި އެމީހާ ގޮސްވަނީ ޒީޝާ ކޮޓަރިއަށެވެ. އެއަށްފަހު އެމީހަކު އެކޮޓަރިން ނިކުމެގެން ދިޔައީ ބައިގަޑިއިރު ކޮށްފައެވެ. އެމީހާގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
ގޭތެރެއަށްވަންނަން އައި އައުފް ގައިގަ މީހަކު ޖެހިގަނެފަ ބޭރަށް ހިނގައިގަތެވެ. ކޮނޑުގައި އޮތް ބަސް ވެއްޓުމުން އައުފް ގުދުވެލީ އެދަބަސް ނެގުމަށެވެ. ހިންދެމިލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލަމުން ފަހަތައް ބަލާލިވަގުތު އެމީހަކު ދުންފިނީގެތެރެއަށް ގެއްލުނީއެވެ. ނަމަވެސް ލައިގެން ހުރި ކޯޓުގެ ފަހަތުގައި ކުރަހާފައިވާ ނިޝާނުން އެއީ ކާކުކަން އައުފަށް އެނގުނެވެ. ނަމަވެސް ހިތުގައި އުފެދުނު ސުވާލަކީ މިހާ ދުވަސް ފަހުން އޭނަ މިގެއަށް އެއީ ކީއްކުރަންބާއޭ؟ ފިނީގެ އަސަރު މާބޮޑުވުމުން އައުފް އަވަހަށް ވަނީ އެތެރެއަށެވެ.
ލައިބްރަރީގައި އިން މައިކަލް އަށް އައުފް ސިޑިން އަރައިގެން މައްޗައް ދިޔަތަން ފެނުމުން ކަމަކާމެދު ވިސްނާލެވުނެވެ. މައިކަލް ކައިރީގައި އިން ސޮފިއްޔާ ތުނބުގައި ކޮފީތަށި ޖައްސާލަމުން މައިކަލް އަށް ނަޒަރެއްދިނެވެ. އެވަގުތު އެމޫނުމަތިން ފެންނަމުންދިޔަ ކަންބޮޑުވުމުގެ އަސަރުތައް ސޮފިއްޔާ އަށް ފާހަގަ ކުރެވުނެވެ.
“މައިކް އާރ ޔޫ އޯލް ރައިޓް..މިދުވަސްކޮޅު އަބަދު ކޮން ފިކުރެއް ތިކުރަނީ؟” ސޯފިއްޔާ މައިކަލްގެ އަތްމަތީ އަތް ބާއްވާލަމުން ސުވާލުކޮށްލިއެވެ.
“ސޯފީ އަހަންނަށް ހީޥަނީ އައުފް އަހަރެމެންނާ ދުރު ވެއްޖެހެން…އައި ސޯ ހިމް ޕާސިންގް ބައި ހިއަރ…އަހަންނަށް ނޭނގެ އޭނަ މިއަދު އަންނަ ކަމެއްވެސް…ޑިޑް ޔޫ ނޯ އަބައުޓް އިޓް؟” މައިކަލް ފުންނޭވައެއް ދޫޚޯށްލިއެވެ. އޭނަގެ ބޮލުގެ ރިހުމަކަށް ވެފައި ވަނީ ޖޯންވެސް ވީނުވީ އެއް އެއް ނޭނގި ވަޒީފާއިން ކެނޑުމުންނެވެ. އައުފްވެސް އޭނަގެ ކޯލަކަށް ޖަވާބެއް ދެނީއެއް ނޫނެވެ. ބިޒްނަސް ދަތުރެއްގައޭ ކިޔާފަ ލަންޑަނަށް ދިޔަ މީހާ އެއައީ މަހަކަށްވުރެ ގިނަ ދުވަސްކޮށްފައެވެ. އެހެންޏާ އެގޮތަށް ކުރާ ދަތުރު ތަކަކީ އެހާ ދިގު ދަތުރުތަކެއް ނޫނެވެ. އަނެއްކާ އޭނަ އަށް އެނގިގެން ލަންޑަނުގައި ކްލައިންޓަކާ މީޓިންއެއްވެސް ހަމަޖެހިފައެއް ނެތެވެ.
“އައުފް އެކަނިތަ ދުރުވީ؟ މިކްޔާ އާއި ޒީޝާ ވެސް ތިބެނީ ވަރަށް ފާޑަކަށް..އަހަންނަކަށް ނޭނގެ މިމީހުން ކޮންކަމަކާ ޒުވާބުކޮށްގެން ކަމެއް މިއުޅެނީ..ޒީޝާ ވެސް މިހާރުކޮޓަރިން ބޭރަށްވެސް ނުނިކުމޭ…ދެންހުރީ މިކްޔާ، އޭނަވެސް މިހާރު އެއްގޮތަކަށްވެސް ތިރިއަށްފައިބާން ބޭނުމެއް ނުވެޔޯ..ދެތިން ދުވަހެއްގަ ޕޫލު ކައިރިއަށް ދިޔަ..މާބޮޑަށް ފިނިވަނީޔޯ ބޭރަށް ނިކުތީމަ..” ސޮފިއްޔާވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. މިކްޔާގެ އެ ބަދަލުވީ މިޒާޖުން އޭނާގެ ތަބީޢަތު ވަނީ ގޯސް ވެފައެވެ. މީގެ ހަފްތާއެއް ކުރިން މިކްޔާ ވަނީ ނުސީދާ ގޮތަކަށް މައިކްލްގެ ކުރީގެ ދިރިއުޅުމާ ބެހޭގޮތުން ވަރަށް ސުވާލު ކޮށްފައެވެ. އަދި އައުފްއާއި ބެހޭ ގޮތުންވެސް އެތައް ކަމެއް އޮޅުންފިލުވިއވެ. ނަމަވެސް ސޮފިއްޔާ މައިކަލް އަށްވި ވަޢުދު އުވައެއް ނުލައެވެ. ފިރިމީހާގެ އެ ސިއްރު ސޮފިއްޔާ ކަށްވަޅަށް ދާނދެން ސިއްރުކުރާނެއެވެ.
މައިކަލް އާއި ސޮފިއްޔާ އެތައް އިރކު މަޝްވަރާ ކުރަން ތިމުބަށްފަހު ކޮޓަރިއަށްވަނީ މާ ބޮޑަށް ދަންވުމުންނެވެ. މުޅި މާހައުލުން މީހުންގެ ހިލަން ކެނޑުމުން ޒީޝާ ކޮޓަރިން ނިކުމެ ސިޑިން މައްޗައް އެރިއެވެ.
އައުފް ކޮޓަރީ ދޮރުގައި މީހަކު ޓަކި ދިން އަޑަށް ސިހިގެން ދިޔައެވެ. އެވަގުތު ފާރުގައި ހަރު ކުރެވިފައިވާ ބޮޑު ގަޑިން މެންދަމު ދޭއްޖެހިކަން އިއުލާން ކުރަމުން ދިޔައެވެ. މިދަންވަރު އެކޮޓަރީ ދޮރުގައި ޓަކި ދޭނީ ކާކުބާއެވެ؟ ދެފިކުރެއްގައި ހުރެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޒީޝާފެނި ނިދިވެސް ފިލާ ދިޔައެވެ. ޒީޝާ ބަހެއް ބުނުމެއްނެތި އައުފް އަތަށް ދިއްކޮށްލީ ހުދު ކުލައިގެ ގަނޑެކެވެ. އެގަނޑަށްބަލާލުމާއެކު އައުފްގެ ދެލޯ ބޮޑުވެގެން ދިޔައި ހައިރާންވީ ވަރުންނެވެ. ނަމަވެސް ދާދި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ދެބުމަ ގޮށްޖެހި ނިތަށް ރޫ ގިނަ ވެއްޖއެވެ.
“ޕްލީޒް ހެލްޕް މީ އާފް..އިޓްސް ޔުއާރ ރެސްޕޮންސިބިލިޓީ..” ޒީޝާ ރޮއެގަތެވެ. އޭނާ އަށް މިއަދު އެވަނީ ގޮތް ހުސް ވެފައެވެ.
އައުފްގެ އަތުގައި އޮތް ގަނޑު ޒީޝާގެ މޫނަށް ޖެހުމަށްފަހު ރުޅިވެރިކަމާއެކު ޒީޝާ އާއި ދިމާއަށް ބަލާލިއެވެ. އެދެލޮލުން އަރަމުންދާ އާވިން ޒީޝާ ފިއްސާލަނަ އުޅޭކަހަލައެވެ.
” ޔޫ އާރ ޑިސްގަސްޓިން..ގެޓް ދި ހެލް އައުޓް އޮފް ހިއަރ..އެން ޑޯންޓް ޝޯ މީ ޔުއަރ ޑާރޓި ފޭސް އެވަރ އަގައިން..” އައުފްގެ ވިހަގަދަ ބަސްތަކުން ޒީޝާގެ މޭ ތޮރުފަމުންދިޔައެވެ. ކުއްލިއަކށް ޒީޝާ ސިހިގެންދިޔައީ އައުފްގެ ކޮޓަރީގެ ދޮރު ލައްޕާލިއަޑަށެވެ. އެ އަޑުން މާހައުލުގެ ހަމަހިމޭންކަން ނަގާލިއެވެ. ޒީޝާ އެތައް އިރަކު އެދޮރުގައި ޓަކި ތަޅަން ހުރެފަ ދުވަފައި ސިޑިން ފައިބައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
**
އިރާކޮޅުގައި ނިދުމުގެ ސަބަބުން މިކްޔާ އަށް ފަހުން ނިދޭގޮތެއް ނުވިއެވެ. ކަންފަތަށް ހެޑްސެޓްޖަހައިގެން ސްޓަޑީ ޓޭބަލް ކައިރީގައި ދޮރަށް ފުރަގަސްދީގެން މިކްޔާ އިނީ ފޮތުގައި އެއްޗެއް ލިޔާށެވެ. އެހެން އިންއިރު ދޭތެރެއަކުން އެގަލަމުގެ ހިނގުން މަޑު ޖެހިލައެވެ. ބައެއްފަހަރު ކޯތާފަތް މަތިން ކަރުނައިގެ ރޮނގެއްވެސް ފައިބައެވެ.
މިކްޔާގެ ކޮޓަރީ ދޮރުމަތީގައި ހުއްޓި ހުރި މީހަކު ލައިގެން ހުރި ކަޅު ކޯޓު ތެރެއިން ކުޑަ ވަޅިއެއް ނެގިއެވެ. އަދި ފަރުވާތެރިކަމާއެކު ތަޅަށް ކޮށްޕާލުމަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި އެދޮރު ހުޅުވާލިއެވެ. އެކަމުންވެސް އެމީހާގެ ހުރި ކުޅަދާނަކަން އެނގިގެން ދިޔައެވެ. ސިއްރު ފިޔަވަޅުތަކެއްގައި އެމީހަކު މިކްޔާ އާއި ދިމާއަށް ދިޔައެވެ. އަދި އަތުގައި އޮތް ވަޅި ނެގުމަށްފަހު މިކްޔާ އާއި ދިމާއަށް މަޅާލިއެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް މިކްޔާ އަށް ނުވެއެވެ.
“އޭތް…..!” ހަމަ އެވަގުތު އެކޮޓަރީގެ ދޮރުމައްޗަށް އެރި ފިރިހެނެއްގެ އަޑުން އެމީހަކު ސިހިގެން ގޮސް އަތުގައި އޮތް ވަޅިވެސް ދޫވިއެވެ. ގުދުވެލުމަށްފަހު އެމީހާ އެވަޅި ނަގާ އަނެއްކާވެސް އަތަށް ހެޔޮވަރުކޮށްލިއެވެ. މިކްޔާ އަށް ބަލާލެވުނީ ހަމަ އެވަގުތު އެވެ. ކުރިމަތިން ފެނުނު މަންޒަރުން މިކްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނޭވާވެސް ހޮޅީގައި ތާށިވި ކަހަލަ އިހުސާސެއް އެވަގުތު ކުރެވުނެވެ. ކުރިމަތީގައި މޫނު ނިވާކޮށްގެން ކަޅު ކުލައިގެ ކޯޓެއްލައިގެން އެހުރި މީހަކީ މިކްޔާ އަށް އަބަދުވެސް ފާރަލަމުންދާ އިންސާނެކެވެ.
“ޔޫ….ސަން އޮފް އަ **…ހައުޑެއަރ ޔޫ ޓް ކަމް އިންޓް ހާރ ރޫމް..” އައުފް ދުވެފައި އެއައި ގޮތަށް އެމީހާގެ ގިރުވާނުގައި ހިފާ ކޮށްޕާލިއެވެ. އެމީހަކު ވިއްސައިގެން ގޮސް ޖެހުނީ ޓައިލްސް މަތީގައެވެ. އައުފްގެ ރުޅިގަނޑު ވަނީ އިންތިހާއަށް ގޮސްފައެވެ. ދެވަނަފަހަރަށް އެމީހާ އާއި ދިމާއަށް އައިވަގުތު ކުއްލިއަކަށް އައުފްގެ އަރިކައްޓާ ދިމާއިން ތޫނު ތަދެއް އިހުސާކުރެވުނެވެ. ބަލާކަށް ނުހުރެ އެމީހަކު ދުވެފައި އަވަހަށް ނިކުންނަންވެގެން ދަމުން އައުފް ކޮށްޕާލުމާއެކު މޭޒުގެ ކަނުގައި ޖެހިފައި ބަންޑުން ޓައިލްސް މައްޗައް ވެއްޓުނެވެ. އެހުދު ޓައިލްސްތަށް މަތީގައި ލޭގެ ކުލަ ފެތުރެމުން ދިޔައީ ހަލުވިކަމާއެކުއެވެ. މިކްޔާ އަށް ހިންދިރުވާލެވުމާއިއެކު ހިފަހައްޓައިގެން އިން ނޭވާވެސް ދުކޮށްލެވުނީ އެވަގުތުއެވެ.
” އައުފް!….މަންމާ…މަންމާ…މީހެކޭ ސަލާމަތް ކުރޭ…މަންމާ އައުފް މަރުވަނީ…” މިކްޔާ ހަޅޭލަވަމުން ގޮނޑިން ތެދުވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ހަށިގަނޑުގައި ހުރި ހުރިހާ ބާރެއް އަތަށް ލަމުން މިކްޔާގެ ދެފައި ހަރަކާތް ކުރޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ރޮމުންގިސްލަމުން މިކްޔާ ހަޅޭލަވަމުން ދިޔައި މީހަކަށް އެއަޑު އިވިގެން އަންނާނެކަމަށެވެ. ނަމަވެސް އޭނާ އާއި އައުފް ފިޔަވާ މަތީބައިގައި ދެން އިތުރު މީހަކުވެސް ނޫޅޭނެއެވެ. އަދި މިދަންވަރު އޭނާގެ އަޑު އިވޭހިސާބުގައި އިތުރު ފުރާނައެއް ހުރުމަކީ ނާދިރު ކަމެކެވެ. މިކްޔާ އަށް އޭނަގެ ނުކުޅެދުންތެރިކަން އިހުސާސް ވުމާއެކު އިތުރަށް ރޮއެ ގަނެވުނެވެ.
މިކްޔާ ބަލަހައްޓާއިގެން އިންދަ އައުފްގެ އަތް މަޑުމަޑުން މިކްޔާ އާއި ދިމާއަށް އުފުލާލުމަށްފަހު ވާގި ދޫވެގެން ވެއްޓޭހެން ޓައިލްސްމަތީގައި އެ އަތް ގޮސް ޖެހުނެވެ. މިކްޔާގެ ހިތުގެ ހިނގުންވެސް މަޑު ޖެހިލިއެވެ. ސިކުނޑިއަށް ކުރި ބާރަކަކުން ބޮލުގައި ރިހުމެއް އުފެދުނެވެ. ލޭގެ ހިނގުން ހަލަބަބޮލިވެ މީހާ ދާހިއްލަން ފެށީ އެގަދފިނީގެ ތެރޭގައި އެވެ. ކުއްލިއަކަށް ހަށިގަނޑަށް އައި ލޮޅުމަކުން މިކްޔާ އަށް ކޮޅަށް ތެދުވެވުނީ އަމިއްލް އިޚްތިޔާރުން ބޭރުގައެވެ. އެވަގުތު އެއްވެސް އެއްޗެއް ވިސްނުމަށްވުރެ މިކްޔާ ގެ ސިކުނޑި ވަނީ ބާރުދެރަވެފައެވެ. ކުރިމަތީގައި އޮތް އައުފް ގާތުގައި އިށީނުމަށްފަހު އެހަށިގަނޑު ތެދުކޮށްލާން އުޅުނު ގަޑީގައި އަރިކަށީގައި އިން ވަޅި ފެނުމާއެކު މިކްޔާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ތުރުތުރު ލަމުން ދިޔަ އަތަކުން މިކްޔާ އައުފްގެ ބޮލުގައި ފިރުމާލިއެވެ.
**
މިކްޔާ ދުވަމުން ސިޑިން ފައިބައިގެން ގޮސް ސޮފިއްޔާމެން ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ. އޭރު އޭނައަށް މާނޭވާ ލެވެމުން ދިޔައެވެ. ކުޑައިރުކޮޅެއްފަހުން އެކޮޓަރީ ދޮރު ހުޅުވާލިއެވެ. ސޮފިއްޔާ އަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތް އަޅާލެވުނެވެ. “މި..ކް..ޔާ..” ސޮފިއްޔާގެ ދުލުން އެ ތިން އަކުރު ބޭރުވީ ލަސްލަހުންނެވެ. އޭނާގެ މޫނުމަތިން ފުޅާހިނިތުންވުމެއް ފެނުއިރު މިކްޔާގެ ރަތްވެފައިވާ ދެލޯ ފެނުނީ އިންޒާރެއް ފަދައިންނެވެ. ސޮފިއްޔާ އަށް މިކްޔާ ހުރި ގޮތް ރަނގަޅަށް ފެނުމާއެކު އެ މޫނު މަތީގައިވި ހިނިތުންވުން ފިލާދިޔައެވެ.
“މަންމާ…އަ..އު…ފް…މީހަކު..ވަ…ވަޅި..” ރޮވޭވަރުން މިކްޔާ ކިޔާއެއްޗެއް ސޮފިއްޔާ އަށް ފަހުމެއް ނުވިއެވެ. މިކްޔާ ވެސް އިތުރަށް ވާހަކަ ދެއްކުމެއް ނެތި ސޮފިއްޔާގެ އަތުގައި ހިފާދަމަމުން ސިޑިން މައްޗައް އެރިއެވެ.
މިކްޔާ ކޮޓަރީގެ ދޮރުމަށްޗައް އެރުމާއެކު ސޮފިއްޔާގެ ހިއްސުތައް ގަނޑުވިއެވެ. “ދަރިފުޅާ…..!!” ލެއިން ކަޅިވެފައިވާ އޮތް އައުފް ފެނުމާއެކު ސޮފިއްޔާ އަށް ރޮއެގަނެވުނެވެ. ސޮފިއްޔާގެ ބާރު އަޑުން މުޅި މާހައުލު ގުޑުވާލިއެވެ. އޭރު މައިކްލަވެސް ސިޑިން މައްޗައް ދުވެފައި ކަހަލަ ގޮތަކަށް އަންނަމުން ދިޔައެވެ. މައިކަލްއަށް ސޮފިއްޔާ އާއި އަރާހަމަވި ވަގުތަކީ މިކްޔާގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓެން ދިޔަ ވަގުތެވެ. މައިކްލ އަށް މިކްޔާގެ ހަށިގަނޑު ޓައިލްސްތަކުގައި ޖެހުމުގެ ކުރިން ހިފަހައްޓާލެވުނީ ކިރިޔާއެވެ.
**
އިމަރޖެންސީ ރޫމްގެ ދޮރުމަތީގައި ހުރި ސޮފިއްޔާ އާއި މައިކަލްގެ މޫނުމަތީގައި ވަނީ ހާސް ކަމެވެ. އެކަކު އަނެކަށް ބަލާލުން ފިޔަވާ އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. 20 މިނެޓް ފަހުން ދޮރު ހުޅުވާލަމުން ނިކުތް ޑޮކްޓަރ ދިން ޚަބަރަކުން ދެމީހުންގެ ހާސްކަން ފިލާދިޔައެވެ. އައުފަށް މާބޮޑުގެއްލުމެއް ލިބިފައި ނެތެވެ. އަރިކަށްޓަށްވަޅި ވަދެފަ އިނީ އެހާ ފުންކޮށް ނޫން ކަމުން މާ ބޮޑު ކަމެއް ނުވެއެވެ. އައުފް ހޭނެތުނީ ބޮލަށް ލިބުނު އަނިޔާއިންނެވެ. މިހާރު ހާލު ރަނގަޅު ކަމަށާއި އޮބްޒަވޭޝަންގައި 2 ގަޑިއިރު ބޭއްވުމަށްފަހު އިތުރު މައްސަލައެއް ދިމާނުވަންޏާ ދުކޮށްލާނެ ކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ. މިކްޔާގެ ހާލުވެސް ރަނގަޅުކަމަށާއި މާބޮޑަށް ހާސްވުމުން ބޮލަށް އެނބުރުން އެރީއެވެ. ފައިގެވެސް އެއްވެސް މައްސަލައެއް ނެތް ކަމުގައި ޑޮކްޓަރު ވިދާޅުވުމުން ސޮފިއްޔާގެ ލޮލުން އުފާވެރި ކަރުނަ ނިރާލިއެވެ. ކަލާނގެ ހަޟްރަތުގައި ހަމްދުކުރަމުން ސޮފިއްޔާމެން ދެމަފިރިން އެތަނުން ގޮޑިއެއްގައި ހަމަޖެހިލިއެވެ.
**
ހެނދުނު އައުފް އާއި މިކްޔާ ދޫކޮށްލުމުން ގެއަށް ގެނެވުނެވެ. މިކްޔާ އަދި 2 ހަފްތާ ވަންދެކަށް ފިޒިއޯތެރަޕީ ނަގަން ދާންޖެހެއެވެ. ހެނދުނުގެ ނާސްތާ ކުރުމަށްފަހު ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށްވަނީ ވަރުބަލިކަން ފިލުވާލުމަށެވެ. މިކްޔާ ހުރީ ސޮފިއްޔާގެ ސުވާލެއް ކުރިމަތި ނުވުމުން އެކަމާ ހިތްހަމަ ޖެހިފައެވެ. އައުފްވެސް ބޭނުންވީ އަރާމުކޮށްލާށެވެ. އަދިވެސް ބޮލުގެ ރިހުން އެއްކޮށް ކެނޑިގެން ނުދެއެވެ.
“އަހަރެން ހިތައް މިއަރަނީ އެވަރުގެ ކަމެއް ކުރީ ކާކުބާއޭ؟ ގައިމު ކޮންމެ ކޮންމެ މީހަކަށް ގެއަށްވެސް ނުވަދެވޭނެ..އަދި އެވެސް އެހާ ދަންގަޑިއެއްގަ..” ލެޕްޓޮޕަށް ސަމާލުކަންދީގެން އިން މައިކަލް ކައިރިއަށް ޖެހިލަމުން ސޮފިއްޔާ ބުނެލިއެވެ. އަދިވެސް އޭނާ އެވިސްނަނީ އެކަންތަކާއެވެ. މިވީ އަހަރުތަކު ތެރޭގައި ދުވަހަކުވެސް ދިމާނުވާފަދަ ބިރުވެރިކަމަކާ ކުރިމަތިވުމުން އޭނާ އަށް ލިބިފައިވާ ސިހުން ފިލައިގެން ނުދެއެވެ. މައިކަލް އަކީ ސްވިޒްލޭންޑްގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރެއިން އެކަކެވެ. އަވަށްޓެރިންނާވެސް ގާތް ގުޅުމެއް ބާއްވަމުންދާ ހުރިހާ އެންމެންގެ ލޯބި ލިބިގެންވާ މީހަކުގެ ދުޝްމަނެއްވެސް މިހިސާބަކު ނޫޅޭނެއެވެ. ވީއިރު އެފަދަ އަމަލެއް ހިންގަން ކެރުނީ ކާކަށްހެއްޔެވެ؟
“ލުކް ސޯފީ..” ލެޕްޓޮޕް ގެ ސްކްރީން ސޮފިއްޔާއަށް ފެންނަ ގޮތަށް އެނބުރިލަމުން މައިކަލް ބުނެލިއެވެ. އޭގެއިން ފެންނަމުންދަނީ ކަޅުކުލައިގެ ކޯޓެއް ލައިގެން ހުރި މީހަކު ޒީޝާ ކޮޓަރިން ނިކުމެގެން ސިޑިން މައްޗައްއަރާތަނެވެ. ސޮފިއްޔާ އަށް މައިކަލް އާއި ދިމާއަށް ބަލާލެވުނެވެ.
“ދިޒް އިޒް ސީސީޓީވީ ފޫޓޭޖަސް..އައި ކޭން ގެޓް އަދަރ ވީޑިއޯސް ފޮރޮމް ދި ސޮޓޮކް ރޫމް..ދެއަރ ވީ ކޭން ސީ އެވްރީ ސިންގަލް ފުޓޭޖް އަރުންޑް ދިޒް ހައުސް..ޑޯންޓް މެންޝަން އިޓް ޓް އެނީބޮޑީ..” އެކަމަކީ މައިކަލް ވަރަށް ސިއްރުން ކޮށްފައިވާ ކަމެކެވެ. ސްޓޮކް ރޫމް ޖަހާފަ އިނަސް އެތަނަކީ އަސްލު ކޮންޓްރޯލް ރޫމެއް ގޮތަށް ހަދާފައިވާ ތަނެކެވެ. އެއްވެސް މީހަކަށް އެތަނަށް ވަނުމުގެ ހުއްދައެއް މައިކަލް ނުދެއެވެ. ސަބަބަކީ އެތަނުގައި ރައްކާކުރެވިފައިވަނީ މިގޭ ހަތަރުފާރުން އެތޭރޭގައި ހިނގާ ކަންތައްތަކެވެ. ކޮންމެވެސް ދުވަހަކުން އޭގެ ބޭނުން ހިފަން ޖެހިދާނެއެވެ. މިއަދު މިއޮތީ އެދުވަސް އަތުވެފައެވެ.
“ހިނގާބަ ޒީ ކައިރިން އަހާލަން އެކޮޓަރިއަށް މީހަކު ވަތްތޯ” ސޮފިއްޔާ އެހެން ބުނަމުން ކޮޓަރިން ނިކުތެވެ. ޒީޝާ ކޮޓަރީގެ ދޮރުގައި އެތައް ފަހަރަކު ޓަކި ދިނުމުންވެސް ދޮރު ނުހުޅުވުމުން ސޮފިއްޔާ ދޮރުހުޅުވާލިއެވެ. އެވަގުތު ހުސްކޮށް އޮތް އެނދު ފެނުމާއެކު ސޮފިއްޔާ ކަންބޮޑުވިއެވެ. އަވަސް އަވަހާ އަތުގައި އޮތް ފޯނުން ޒީޝާ އަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅުމާއެކު ޒީޝާ ފޯނު ނެގިއެވެ.
” މޯމް އައި އޭމް ސޮރީ ނުބުނެ އާދެވުނީމަ..ބަޓް ލާސް ނައިޓް ޒީގެ ފްރެނޑެއްގެ ބާރތްޑޭ ފާހަގަ ކުރަންވެގެން ގެޓް ޓް ގެދަރ އެއް ހަދާލީ..ޔޫ ނޯ ނަތާލީ އޭނަގޭގަ މިހުރީ..ދެން ރޭގަ މާލަސްވެފަ ޕްލަސް އެހާ ފިނި ވީމަ ޒީ މަޑުކޮށްލީ..ދާނަން އިރުކޮޅަކުން..ބައި ދި ވޭ ޒީ އިންނާނެ ޑޭޑް ފޯނަށް މެސެޖް އެއް ކޮށްފަވެސް..” ޒީޝާ އެއްފައްޗަކަށް ވާހަކަތައް އަމުނާލުމަށްފަހު ސޮފިއްޔާ އަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ފޯނު ބޭއްވިއެވެ.
**
އެނދުމަތީގައި ފުން ވިސްނުމެއްގެ ތެރޭގައި އޮތް އައުފަށް ހޭވެރިކަންވީ ފޯނު ރިންގުވާ އަޑަށެވެ.
“ހެލޯ އާފް..ކިހިނެއްތަ؟ އަހަރެން ގުޅާ ގުޅާ ހަބަރެއްވެސް ނުވޭ…ކޮންތާކު އުޅެފަތަ ތިއައީ؟..އެއްކަލަ ކްލައިނޓް ގުޅިތަ؟ ނޫނޭވާ ސަޅި ބިޓެއް އެއީ…މަގޭ ރާޖާ..އާފް ޕްލީޒް އޭނަ އާއި މަށާ ފްރެންޑް ކޮށްދޭތި..އަހަރެންނަށް ހީވަނީ އޭނަ އާއި ދިމާވިފަހުން ފުރަތަމަ ނަޒަރުން ލޯބި ވެވުނީހެން..” އައުފަށް އޭނާ ހިފަހައްޓައިގެން އޮތް ހިނިގަނޑު އިތުރަށް ކޮންޓްރޯލް ނުކުރެވުނެވެ.
“ސާބަސް އިނގޭ..އެކަމަކު ބުނާނެ މަށެއް ރާއްޖޭ ކުއްޖަކާ ނީންނާމޭ..މިހާރު ތިހުރީ ކިޔާ އެއްޗެހި…ސީމާ އަށް ވާވަރަކީ ތީދޯ؟ އެނީވޭސް ދެން ފްރެންޑްވެސް ވާނެތާ ދޯ..ތީ މަގޭ އެސިސްޓެންޓް ވިއްޔާ..ހެހެހެ..އަހަރެން ވަރަށް އަވަހަށް ރާއްޖެ ދާނަން އޭނަ އާ މީޓް ކޮށް ކަންތައްތައް ނިންމާލާން..އަދި ސީމާ އަށް ސަޕްރައިސްއެއްވެސް އޮންނާނެ..” އައުފް ގެ އަޑުގައި ވަނީ ހިތްހަމަ ޖެހުމެވެ.
16 Comments!
Comments are closed.
sorry for de late update..hope u guys will enjoy this part too..plz feel free to leave ur comments n let me knw hw u all feel abt de story..readers support motivates alot..:)
thnak u all..:)
Varah Varah nice.❤❤
thank you azuna ☺
V reethi thankolheavahah genesdhechey
thnk you…i ll try…☺
ވަރަށް ރީތި… ސާންޑީ ހީކުރީ މިބައިގައި މިކްޔާއާ ދިމާކުރާ މީހާގެ ކަންތައް ފަޅާ އަރާނެ ކަމަށް… އެކަމު އެހެނެއްނުވި ދޯ؟ މިކްޔާއާ އެ ދިމާކުރާ މީހައަކީ ކާކުކަން އެނގޭނެ ދުވަހަކަށް މި އިންތިޒާރު ކުރެވެނީ… އެއުޅޭ ޒީޝާގެ ކަމެއްހެން ޔަޤީނާ ގާތަށް ހީވޭ
thnk u saandy…☺ next part ga hama yageenunves ingeyne…no worries…btw i like ur story too…☺
V reethi
thank you queen..☺
Kurin nukiyaa hurefa mi vaahakaige 19 bai ekkoh kiyaaly rey noon kury rey.. eyge fahun mi bayah inthizaaru kurevuny kihaa varakah kan bunedheynves neynge… vvvv rythi mi vaahaka.. grt work kayashandy… inthizaaring for 21.. ????
thanks alot marsha…ur comment made my day…i hv been following u ever since u joined here…love ur works…☺
i ll try to upload next part ASAP…☺
Omg.. Mi vvvvv salhi ingey mi part ves.. Next partah hama wait kureveny.. ??????????????
thank you soooo much shooty ??
Alhe kayashandy pls 21vana episode dhen up kohdhyba..mihaaru kiyaahithun nyndhevigen miulheny.hehe pls dhen up kohdhyba alhe pleeeeeeeese……..
axee happy to c ur comment ☺ m tryn to upload soon…insha allah mirey up kohdhynan…?
Thankooooooo???.ur the best…..waitin waitin waitin