Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 36 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
November 5, 2016 10 Mins Read
34 Comments

އެގޮތަށް ޒައިދާން ބަލާތީ ގަތް ލަދުން ޖަންނަތު އަވަހަށް ތެދުވެ އެތަނުން ދާން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް ހުށިޔާރު ކަމާ އެކު ޒައިދާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. ޖަންނަތު ފަހަތަށް ބަލައިލި އެވެ.

“މީ ހުވަފެނެއްތަ؟” ޒައިދާންއަށް މަޑުމަޑުން އަހާލެ ވުނެވެ. ޒައިދާން ބަލަން އޮތް ގޮތުން ޖަންނަތު ކައިރިއަށް ހިނިވެސް އައެވެ.

“މީ ހުވަފެނެއް ނޫން.” ޒައިދާންގެ ބޮލުގައި ޖަންނަތު އަނެއް އަތުން ޖަހާލަމުން ބުނެލި އެވެ. ޒައިދާންއަށް ހަމަހޭވެރިކަން ވީ ދެނެވެ. އަވަހަށް ގަތް ލަދުން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ. ޖަންނަތު ރަކި ފާޑަކަށް ހިނިތުން ވެލައިން ހުރެ ބަދިގެއާއި ދިމާއަށް ދިޔަ އެވެ.

“ޖަންނަ ހިތަށް އަރާނީ ކީކޭ؟” ޒައިދާން ހިތާހިތާ ކިޔާލި އެވެ. “ކޮންމެ ގޮތެއް ވިޔަސް ހެޔޮ އަހަރެން މިއަދު ޖަންނައަށް ހިތުގެ ހާލު ކިޔައިދޭނަން.” ޒައިދާންގެ ހިތުން ވަރުގަދަ އަޒުމެއް ކަންޑަ އެޅި އެވެ. ދެން ތެދުވެގެން ކޮޓަރިއާއި ދިމާއަށް ހިގައިގަތެވެ.

 

ޒީނަތު ހޮސްޕިޓަލުން ދޫކޮށްލުމުން އަދި ފަސް ދުވަސް ފަހުން ޑޮކްޓަރަށް ދައްކަން ޖެހޭތީ މާލޭގައި އެހަށް މަޑު ކުރި އެވެ. ޒީނަތުގެ ދެމަފިރިންނާއި އެކު މޫސަ މަންމައާއި އާޔަތުއާއި އާޒަތު މަޑުކުރި އެވެ. އެހެން މީހުން ރަށަށް ދިޔައީ އެވެ.

އަތިރިމަތީ ކުޅެން އުޅޭ ކުދި ގުރޫޕަކާއި އެކު ކުޅެން އުޅެފައި އަބްޔާން ގެއަށް އައިސް ވަނީ ދާހިތްލާ ފޯވެގެނެވެ. އޭރު ނަސީރުއާއި ހިދާޔާ މާވަރުގަދަ ވާހަކައެއް ދައްކަން ސޯފާގައި ތިއްބެވެ. އަބްޔާން ފެނުމުން ނަސީރު ގޮވާލި އެވެ. އަބްޔާން ނިކަން އަދަބު ވެރިކަމާއެކު ނަސީރު ގާތަށް އައިސް ހުއްޓުނެވެ.

“ދަރިފުޅަށް އިނގޭތަ ޔާނު އިންނަން އުޅޭކަން؟” ނަސީރު ކުއްލިއަކަށް އަބްޔާންއާއި ސުވާލު ކުރި އެވެ. އަބްޔާން ކުޑަކޮން ހައިރާންވީ ކުއްލިއަކަށް އޭނާގެ ބައްޕަ އެވާހަކަ ދެއްކުމުންނެވެ. އަބްޔާން މަޑުމަޑުން ބޯ ޖަހާލި އެވެ.

“އެއީ ކޮން ކުއްޖެއް ކަން އިނގޭތަ؟” ނަސީރު އަނެއްކާ ވެސް އެހި އެވެ.

“އަޅުގަނޑަކަށް ނޭގެ ކޮން ކުއްޖެއް ކަމެއް.”

“އެހެރީ… އަޅުގަނޑު ބުނީމެއްނު… އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ޤަބޫލެއް ނޫން ތި ކައިވެންޏަކާ… މިބުނީ ހަމަ…”

“މަންމާ،” އަބްޔާން އޭނަ މަންމައަށް ގޮވާލި އެވެ. އެއަޑުގައި ނުރުހުންތެރިކަމެއް ވިއެވެ. “ޔާނު އިންނާނެ މީހެއް އިނގޭނީ ޔާނުއަކަށް ނޫންތަ؟”

“ތެދެއް ހިދާ… އެކުދިން އިންނާނެ ކުދިން އެކުދިންނަށް އިނގޭނީ… އަބީގެ ދިރިއުޅުން ބަނަވި ގޮތަށް ޔާނުގެ ދިރިއުޅުމަށް ވާކަށް އަހަރެން ނޭދެން. ހިދާޔާ ޤަބޫލު ނުވިޔަސް ޔާނު އިންނާނެ. މިތާ ހިދާޔާ ކައިރީ ހިދާގެ ތި ނުރުހުން ފެންނަ ހިސާބުގައި އުޅޭކަށް ޔާނު ނުވެސް އަންނާނެ…” ނަސީރު ކުއްލިއަކަށް އެބުނި އެއްޗަކުން ހިދާޔާ އަބްޔާންއަށް ބަލައިލި އެވެ.

“މަންމައަށް އަދިވެސް ނުވިސްނޭތަ؟” އަބްޔާން ހިދާޔާއަށް ބަލައިލަމުން އެހެން ބުނީ ނިކަން މަޑުމައިތިރި ކޮންނެވެ. ހިދާޔާ އަބްޔާންއަށް ބަލައިލާފައި ތުން އަނބުރާލި އެވެ.

“އަހަންނަށް ހެޔޮ ކޮންމެ މީހަކާ އިނަސް… ކޮންމެ ތާކު ދިރިއުޅުނަސް… މިޒަމާނުގައި ކިތަންމެ ދުރެއްގައި ތިއްބަސް އެކަކު އަނެކެއްގެ ހާލުބަލާ އުޅެވޭ ވިއްޔަ. އެކުދިން އުފަލުގައި އުޅެންޏާ އެނިމުނީއެއް ނޫންތަ؟” ނަސީރު ނިކަން ހަމަ ޖެހިލަމުން ބުންޏެވެ.

“ނަސީރުއަށް ވަރިހަމަވެލައްވާނެ ކޮންމެ ފަދަ ކަމެއް ވެސް… އަޅުގަނޑަކަށް ކަމަކު ނުދޭ ދަރިން ދުރުގަ ތިބެ ފަރަންޖީ މީހުނާ އިނދެގެން އުޅޭކަށް.”

“ހިދާޔާއަށް ކޮން ގޮތެއް ކަމުދިޔައީ؟ ދަރިއަކު ކިތަންމެ ގާތް ދަންނަ މީހަކާ އިންނަން އުޅުނަސް، ހިދާޔާއަށް ކަމަކު ނުދޭ،” ނަސީރު ވެސް މިފަހަރު ހިދާޔާއަށް ދޫދީގެން ހުންނާކަށް ގަސްތެއް ނުކުރި އެވެ. “މިފަހަރު ހިދާޔާ އެއްވެސް ކަމަކާ ބާރު ފޯރުވައިގެން ނުވާނެ… ޔާނުގެ އެކަންތަކާ މިފަހަރު ހިދާޔާ ވާހަކަ ނުދައްކާތި…” ނަސީރުގެ ވާހަކަ އެހިސާބަށް ދިޔަތަނާ އަބްޔާނު އެތާ ނުހުރެ އަވަހަށް ކޮޓަރިއާއި ދިމާއަށް ހިގައި ގަތެވެ. ނަސީރު ނުރުހުން ވަމުން ދާތީ މައްސަލަ ހޫނުވާތަން ބަލަން އަބްޔާން ބޭނުން ނުވީ އެވެ. އަދި އަމުދުން އޭނަގެ ހަޔާތާ ބެހޭގޮތުން އޭނާގެ މައިންބަފައިން ދެބަސްވުމަކީ އޭނަ އެއްގޮތަކަށް ވެސް އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫނެވެ.

“އަހަންނަށް އަބީގެ ކަންތައް ވެސް ކުރިން އިނގުންނަމަ އެހެން ވިޔަކަ ނުދިނީމުސް…” އަބްޔާން ދިޔަ ދިމާލަށް ބަލައިލަމުން ނަސީރު އަނެއްކާވެސް ވާހަކަ ދައްކަން ފެށި އެވެ. “ހިދާ ތީ މަންމަ ކަމުގައި ވިޔަސް ކުދިންގެ އަމިއްލަ ކަންތައްތަކުގެ ތެރެއަށް ހިދާ އަކަށް ވެސް ނުވަދެވޭނެ… އެކުދިންގެ ދިރިއުޅުމުގެ ކަންތައް ބިނާކުރާނީ އެކުދިން އަމިއްލައަށް. އެއީ އެކުދިންގެ ޒިންމާއެއް. އޭގެން އުފަލާއި ހިތްހަމަ ޖެހުން ވެސް ލިބޭނީ އެކުދިންނަށް.” ތަންކޮޅެއް ހަރުކަށި ކޮން ނަސީރުގެ ވާހަކަ ހުރުމުން ހިދާޔާ މަޑުމަޑުން އެއްޗެއް ނުބުނެ ގޮނޑީގައި އިށީނެވެ.

 

ފަސްވަރަކަށް ދުވަސް ފާއިތު ވެގެން ދިޔަ އިރުވެސް ޒައިދާންއަކަށް އޭނަގެ ހިތުގެ ހާލަތު ޖަންނަތު ގާތު ބުނެވޭ ގޮތެއް ނުވި އެވެ. އެތަކެއް ފަހަރު މިހާރު އެކަން ވޭތޯ މަސައްކަތް ކުރެވިއްޖެ އެވެ.

“ޖަންނާ،” ލެޕްޓޮޕް ލައްޕާލަމުން ސޯފާގައި އިން ޖަންނަތުއަށް ޒައިދާން ގޮވާލި އެވެ. މިއަދު ކޮންމެހެން ވެސް ބުނަން ޒައިދާން ނިންމި އެވެ. “ޖަންނާ،” އަނެއްކާވެސް ޒައިދާން ގޮވާލި އެވެ. ޖަންނަތު ކޮންމެ ފަހަރަކު ވެސް ޒައިދާންއަށް ބަލައިލަމުން ހޫނ އެކޭ ބުނެލަ އެވެ.

“ޖަންނާ،” ޒައިދާން އަނެއްކާ ވެސް ގޮވާލި އެވެ. މިފަހަރު ޖަންނަތު ހައިރާން ވެފައި ޒައިދާންއާއި ދިމާއަށް ބަލަން އިނެވެ. “ޖަންނާ،” ޒައިދާންއަށް ޖަންނަތުގެ ނަން ފިޔަވާ އިތުރަކަށް ނުބުނެ ވެއެވެ.

“ޒައިދާން މިއަދު އަހަރެންގެ ނަން ދަސްކުރާ ދުވަހެއްތަ؟” ހިނިތުން ވެލަމުން ޖަންނަތު އެހި އެވެ. “ކަމެއް ކޮށްދޭންވީތަ؟ ކަމަކު ބުނަން ނުކެރިގެންތަ ތި އުޅެނީ؟” ޖަންނަތު ސޯފާއިން ތެދުވެގެން ގޮސް ޒައިދާން އިން ކުޑަ މޭޒުކައިރީ ހުއްޓުނެވެ.

“އަހަރެން އުޅޭނެތަ ކަމަކު ކިޔަން ލަދުން؟” ޒައިދާން ޖަންނަތުއަށް ބަލައިލަމުން އެހި އެވެ.

“ދެން ކިހިނެއް ވެގެން މާވަރަކަށް ތި ގޮވަނީ؟” ޖަންނަތު އެހެން ބުނުމުން ޒައިދާން އިން ގޮނޑިން ތެދުވި އެވެ. އަދި ގޮނޑި އެއްފަރާތް ކޮށްލަމުން އައިސް ޖަންނަތުއާއި ދާދި ގާތުގައި ހުއްޓުނެވެ. ޒައިދާން ބަލަން ހުރިގޮތުން ޖަންނަތުގެ ހިތް އަވަސްވާން ފެށި އެވެ. ނުހިފެއްޓޭހާ ބާރުމިނެއްގައި ތެޅެމުން ދާން ފެށި އެވެ. ނަމަވެސް މިފަހަރު ޖަންނަތު ވެސް ފަހަތަށް ނުޖެހި ޒައިދާންގެ ހަރަކާތްތަކަށް ބަލަން ހުރީ އެވެ.

“ޒައިދާން،” ޒައިދާން ބަލާވަރުން ޖަންނަތުއަށް އުނދަގޫ ވިއެވެ. “ޒައިދާން ބަލިތަ؟” ޒައިދާންގެ މޫނުމަތިން ފެންނަން ހުރި ހާސްކަމުން ޖަންނަތު ހީކުރީ ޒައިދާން ބަލިވީ ކަމަށެވެ. “ތާކަށް ތަދުވަނީތަ؟” ތެޅިތެޅި އޮތް ހިތާއި އެކު މަޑުމަޑުން ޖަންނަތު ޒައިދާންގެ ނިތްކުރީ އަތް ޖައްސާލި އެވެ. ޒައިދާން ޖަންނަތުގެ އަތުގައި މަޑުމަޑުން ހިފާލަމުން ބޯ ޖަހާލި އެވެ. އަދި ޖަންނަތުގެ އަތް ގެނެސް ޒައިދާންގެ ވައަތްފަރާތު މެޔާދިމާލު ޖައްސާލި އެވެ.

“މިތަނަށް ތަދުވަނީ… ހިތަށް ތަދުވަނީ…” ޒައިދާން މަޑުމަޑުން ބުނެލި އެވެ. ޖަންނަތު ޒައިދާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ޒައިދާން ސަމާސާއެއް ކުރަނީ ކަމުގައި ޖަންނަތުއަށް ހީވި އެވެ. ނަމަވެސް މީގެ ކުރިން ދުވަހަކުވެސް އެހެން ނޫޅޭތީ ޖަންނަތު ހުރީ ހައިރާން ވެފަ އެވެ. “ޤަބޫލު ނުކުރެވޭތަ؟”

ޖަންނަތު ޒައިދާންގެ ލޮލަށް ބަލަން ހުރެ ބޯ ޖަހާލި އެވެ. އަދި ޒައިދާންގެ ފަހަރަކު ލޮލަކަށް ޖަންނަތު ބަލަމުން ދިޔަ އެވެ. “އަހަންނަށް މިވަނީ ކީއްތަ؟ ޒައިދާންގެ ލޮލަށް ބެލި ބެލިހެން އެ ދެ ލޮލުގެ އެންމެ އަޑިއަށް ވާސިލްވާން އަހަރެން ބޭނުން މިވަނީ ކީއްވެ؟ ޒައިދާން އަހަރެންގެ އަތުގައި ހިފަހައްޓާލުމުން އިތުރަށް ކައިރި ވުމަށް އަހަރެންގެ ހިތް އެދެނީ ކީއްވެ؟” ޖަންނަތު ހުރީ ނޭގުމެއްގެ ތެރޭ އެވެ. ހަދަންވީ ގޮތެއް ޖަންނަތުއަކަށް ނޭގެ އެވެ. އިނގޭހާވެސް އެއްޗަކީ ޒައިދާންއަށް އޭނާ ވަނީ ވަރަށް ބޭނުން ވެފައި ކަމެވެ. އެ އަތުގެ ހިމާޔަތަށް ބޭނުން ވެފަ އެވެ. އެމޭގައި މޫނު ޖައްސާ ނިވާވެލަން ބޭނުން ވެފަ އެވެ. އެ ހަށިގަނޑު ތެރޭ ފޮރުވިލަން ބޭނުން ވެފަ އެވެ.

“ޖަންނާ،” ޒައިދާން އެހެން ބުނަމުން ޖަންނަތުގެ މޫނާއި މޫނު ކައިރި ކޮށްލި އެވެ. މިވާން އުޅޭގޮތް އިނގުމުން ޖަންނަތުއަށް ބޭ އިހުތިޔާރުގައި ލޯމަރާލެވުނެވެ. ޒައިދާންއަށް ޖަންނަތުގެ އިޖާބަ ދިނުމުން ހިތްވަރު ލިބުނެވެ. ހިތަށް އުފާވެރިކަމެއް ލިބިގެން ދިއުމާއި އެކު ޖަންނަތުގެ ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައި ލޯބިކޮށްލި އެވެ. ޖަންނަތުއަށް ވީ އިހުސާސް ބަޔާން ކޮށްދޭން ވެސް ނޭގުނެވެ. މަޑުމަޑުން އަބްޔާންގެ ބޮލުގައި ޖަންނަތުއަށް ހިފަހައްޓާލެވުނެވެ. ޒައިދާން ޖަންނަތުގެ އުނަގަނޑުގައި ހިފާލަމުން ޒައިދާންއާއި އިތުރަށް ކައިރި ކޮށްލި އެވެ. އެ ނާޒުކު ވަގުތުކޮޅެ މާގިނަ އިރަކަށް ދެމިގެނެއް ނުދިޔަ އެވެ. ބޭރުން ދޮރުގެ ރަނގަބީލު ޖެހި އަޑު އިވުމުން ދެމީހުން އަވަހަށް ދުރު ވެލި އެވެ. އަވަސް ވެފައިވާ ނޭވާ ހަމައަކަށް އަޅުވަމުން ޒައިދާން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ލަދުން އިސް ޖަހާލައިގެން ތިރީ ތުންފަތުގައި ދައިގަނެގެން ހުއްޓެވެ.

ޒައިދާން ގޮސް ދޮރު ހުޅުވާލި އެވެ. ސިޓީއުރައެއް ހިފައިގެން އައިސް ހުރި މީހެއް ހުއްޓެވެ.

“ލެޓަރ.” އެމީހާ ސިޓީ އުރަ ދިއްކޮށްލަމުން ބުންޏެވެ. ޒައިދާން އެމީހާ ދިން ފައިލްއެއްގައި ސޮއިކުރުމަށްފަހު އެ ސިޓީއާއި ހަވާލު ވިއެވެ.

“މިސްޓަރ އެންޑް މިސް އިޒް ޒައިދާން” ޒައިދާން އެތެރެއަށް ވަންނަމުން ސިޓީގެ ބޭރު ކިޔާލި އެވެ. ޒައިދާން ސިޓީ އުރަ ކަނޑާލި އެވެ. އޭގައި އޮތީ ކައިވެނީގެ ދައުވަތު ކާރޑެކެވެ. ޒައިދާން އެ ޖަންނަތުއަށް ދައްކާލި އެވެ. ޖަންނަތު ވެސް ހައިރާން ވެފައި އައިސް ޒައިދާން ކައިރީ ހުއްޓެމުން އެ ކާރޑަށް ބަލައިލި އެވެ. އޭގައި އޮތީ “ޔާން ވެޑްސް ލުއީ” ޖަހާފަ އެވެ. ސިންގަޕޫރުގެ މަޝްހޫރު ‘ ޗިޖްމެސް ހޯލް’ ގައި އޮތް އެ ހަފްލާއަށް ދައުވަތު ދީފައިވަނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހަށެވެ.

“ޔާނު މެރީ ކުރަނީތަ؟” ޖަންނަތު ޒައިދާންއަށް ބަލައިލަމުން އެހި އެވެ. ޒައިދާން ވެސް ޖަންނަތުއަށް ބަލައިލާފައި ފޯނު ނަގާ އަހްޔާންއަށް އަވަހަށް ގުޅާލި އެވެ. އަދި އަހްޔާން ކައިރިން ހުރިހާ މަޢުލޫމާތެއް ސާފު ކުރި އެވެ.

“ކީކޯ؟” ޒައިދާން ފޯނު ބޭއްވުމުން ޖަންނަތު އެހި އެވެ.

“އާން… މެރީ ކުރަނީ.”

“އެއީ ކޮން ކުއްޖެއް؟”

“ސިންގަޕޯރ ކުއްޖެއް… ނޭގެ މާބޮޑަކަށް. ޔާނު ބިޒީވީމަ ފަހުން ގުޅާނަމޭ ބުނީ.” ޒައިދާން ޖަންނައަށް ބަލައިލަމުން ބުނެލި އެވެ. އަދި ފުން ނޭވާއެއް ލިޔެވެ.

“ޖަންނާ، އެބަ އޮތްތަ އެއްޗެއް ގަންނަން ވެފަ؟ އަހަރެން ސުޕަރ މާރކެޓަށް ދާން ވެގެން.” ޒައިދާންގެ ސިނގިރޭޓް ކޮޅު ހުސްވާތީ އެ ގަންނަން ޒައިދާން ކޮންމެހެން ވެސް ބޭނުމެވެ. ފިނި ރޭތަކެއް ކަމުން އޭގެން ހޫނު ހިފަހައްޓާއި ދޭތީ އެވެ.

“ފްރިޖްގަ ތަތްކޮށްފަ އިންނާނެ ލިސްޓް،” ލަދު ރަކި ފާޑަކަށް ހުރެ ޖަންނަތު ވާހަކަ ދެއްކި އެވެ. “އިތުރު އެއްޗެއް ނެތް.”

ޒައިދާން ތައްޔާރު ވެގެން އައީ ފިނިއިރުލާ ކޯޓާއި އެއްޗިހި ލައިގެން ނެވެ. އޭރު ޖަންނަތު ބަދިގޭގައި އުޅޭ އަޑު އިވުނެވެ.

“ޖަންނާ، މިރޭ އެއްޗެއް ކައްކަން އުޅޭނެ ކަމެއްނެތް… އަހަރެން ބޭރުން އެއްޗެއް ގަނެގެން ގެނެސްދޭނަން.” ޒައިދާން ދޮރާ ދިމާލަށް ދަމުން ތަންކޮޅެއް ބާރަށް ގޮވާލި އެވެ.

ކާރަށް އަރާފައި ޒައިދާން ސީޓުބެލްޓް އަޅުވާލި އެވެ. ޖަންނަތުއާއި އެކު ދާދި ދެންމެ ހިނގި އަމަލު ހަދާން ވުމުން ޒައިދާންގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވެގެން ދިޔަ އެވެ. އެރޭ އެއީ ވަރަށް ހާއްސަ ރެއަކަށް ވާނޭކަން ޒައިދާންގެ ހިތް ބުނަމުން ދިޔަ އެވެ. ޒައިދާން ގެއާއި ދިމާލަށް ބަލައިލާފައި ކާރު ދުއްވާލި އެވެ. ޒައިދާން ކާރުގައި ދިޔަތަން ބަލަން ސިއްރު ސިއްރުން ޖަންނަތު ހުއްޓެވެ. އެރޭ ކަންތައް ހިނގިގޮތުން ޖަންނަތުގެ ހިތަށް ވެސް ވަނީ ގޮތްތަކެއް ވެފަ އެވެ. އެއީ އުފާވެރި ކަމެއް ކަމެއް ދެނެގަންނާކަށް ޖަންނަތުއަކަށް ނޭގެ އެވެ. އިނގޭހާވެސް އެއްޗަކީ ޒައިދާންއަށް އޭނާ ބޭނުން ވެފައި ވާ ކަމެވެ. އެ އަތުގެ ބީހުމާއި ފިރުމުން ތަކަށް އިންތިޒާރު ކުރެވޭ ކަމެވެ.

 

ޒީނާމެން ރަށަށް އައުމާއިއެކު މޫސަމެންގޭ ތެރެ ހަލަބޮލި ވެފައި އޮތެވެ. ގާތް ތިމާގެ މީހުނާއި ރައްޓެހިން އެއްފަހަރާ އެގެއަށް ޒީނާގެ ދެމައިންގެ ހާލުބަލައިލާ ގޮވާލަން އައިސް އުޅެ އެވެ. އެއީ ޒައީމާ ވެސް އެގެއަށް ވަދެލި ދުވަހެކެވެ. ޒައީމާ ވަން އިރު ސާރާ ވެސް އޭނާގެ ލޯބި ލޯބި ފަސް މަހުގެ ރަޒާނު ގޮވައިގެން އައިސް އިނެވެ.

“އައްދެ، ދަރިފުޅު އައި އިރު މަންމައަށް އަންގާވެސް ނުލާ ދޯ ތިއައީ؟” ސާރާއާއި ދިމާއަށް ޒައީމާ ބުންޏެވެ.

“މަންމާ، އަހަރެން އުޅުނީ މުޒޭ މަންމަމެން ގޭގަނު… ހިތަށް އެރީ ގެއަށް ދާނީ ޒީ ކައިރިއަށް ވެސް ވަދެލާފައޭ.” ސާރާ ބުންޏެވެ.

ޒައީމާ އައި ތަނާހެން އެގެއަށް އައިސް ތިބި މީހުން ވެސް ދަނީ ކަމުގައި ބުނެ ޒީނަތުއާއި ދަރިފުޅަށް ހެޔޮދުޢާ ކޮށްލާފައި ނުކުމެގެން ހިގައްޖެ އެވެ.

“މިހާރު ނަމެއް ހޯދައިފިންތަ؟” ސާރާ އެހި އެވެ.

“އާން، މޫސަ އެބައުޅޭ ނަމެއް ހޯދައިގެން.”

“އެހެންތަ… ދެދުވަސް ފަހުން ނަން ކިޔާތީ ބަކައްޓެއް ވެސް ގެނެގެން މޫސަ ބައްޕަ އުޅެނީ.”

“އެހެންތަ… ކޮން ނަމެއް ކިޔަން ތި އުޅެނީ؟” ސާރާ އެހި އެވެ. އެވަގުތު އެކޮޓަރިއަށް އަބްޔާން އާއި ނޫރު އައިސް ވަނެވެ.

“އައްދޭ ރަޒާނު ވެސް އެބައުޅޭ ދޯ މިގޭގަ.” އަބްޔާންއަށް ސާރާގެ ދަރިފުޅު ފެނިގެން އައިސް ސާރާ އުނގުން އޭނަ ނަގާ އުރާލި އެވެ.

“ލައިޤާ ކިޔަން މިއުޅެނީ… މޫސައަށް ރީތިވި ނަމެއް އެއީ.”

“އާން ވަރަށް ރީތި ތިނަން.” ސާރާ ބުންޏެވެ.

“އަހަންނަށް އެހާ ރީއްޗެއްނޫން ތި ނަމެއް… ‘ޔާ’ އިން ފެށޭ ނަންތައް ވަރަށް ސަޅި މަށަށް.” އެވަގުތު އާޔަތު ޔަޒަން ގޮވައިގެން އައިސް ވަނެވެ. “ޔަޒަން ކަހަލަ ސަޅި ނަމެއް ކީނަމަ ދޯ ޔަޒަން.” އަބްޔާން ޔަޒަން ކައިރިއަށް ގުދުވެލަމުން ރަޒާނު ޔަޒަންއަށް ދިއްކޮށްލި އެވެ. ރަޒާނު ޔަޒަންގެ މޫނު މަތީ ތަޅައި ގަތެވެ. ޔަޒަން ރަޒާނުގެ އަތުގައި ހިފަހައްޓަމުން ހޯހޮ ކަމެކޭ ބުނެލި އެވެ.

“އަބީގެ ކުދިންނަށް ‘ޔާ’ އިން ފެށޭ ނަންތައް ބަހަށްޓާފަ އެހެރީ… އެންމެން ތި އަކުރަކުން ނަން ކިޔަން ވެއްޖެއްޔާ އަބީއަށް ކުދިން ލިބެން ވާއިރަށް ނަން ކޮޅު ހުސް ވެދާނެނު.” ޒީނަތު ހީލަމުން ބުންޏެވެ.

އެވަގުތު ކުޑަ އެނދުގައި އޮތް ތުއްތު ތުއްތު ލައިޤާ ކުކުރާލި އަޑު އިވުނެވެ.

“އެކުއްޖާ ހޭލަނީ… އެހެންނު ވާނީ، މިތާ އެހާ އަޑުގަދަ ކުރޭވިއްޔަ.” ޒައީމާ އެހެން ބުނެފައި ކުޑަ އެނދާދިމާލަށް ގުދުވެލަމުން އެ ތުއްތު މަންޖެ ނެގި އެވެ.

“ހޭލީ ދޯ.” ޒީނަތު އަހާލި އެވެ.

“އާން، އެންމެންތައް އަނގަތަޅަންޏާ މީނަވެސް ކީއްކުރަން ނިދާފަ އޮންނަންވީ ދޯ ދޫނީ.” ޒައީމާ އެ ކުއްޖާއާއި ތޮޅެލަމުން ބުންޏެވެ.

“ދީބަލަ އަހަރެން އުރާލަން.” ސާރާ އައިސް ޒައީމާއަތުން އަތުލަމުން ބުންޏެވެ. “ބަލާ ލޯބިކަން… ޖަންނައާ ވައްތަރުހެން ވެސް ހީވޭ ބައެއް ފަހަރު ދޯ.” ސާރާ އެކުއްޖާއަށް ލޯބި ކޮށްލަމުން ބުނެލި އެވެ.

“އާން، އަހަރުންގޭ ކުދިންނާ ވައްތަރު ވާހަކަ އެންމެން ވެސް ބުނަނީ.” ޒީނަތު ހީލަމުން ބުންޏެވެ.

“ނޫރު ބަލައިލަ މީނަގެ ކޯ.” އަބްޔާން ރަޒާނުގެ އެލިފައި އިން ދެކޯ ތަޅުވާލަމުން ނޫރުއަށް ދައްކާލި އެވެ. ނޫރު ހޭން ފެށި އެވެ. “ހެވާ ކޮޅެއްހެން ދޯ ހީވަނީ.” އަބްޔާން ވެސް ހެމުން ބުންޏެވެ.

“އޭނީ ރަޒާންބޭބެ…” ސާރާ ކުޑަ ކުޑަ ލައިޤާ އުރައިގެން އައިސް ރަޒާނުއާއި ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.

“ސާރާ، ތި ވަރަށް ސަކަރާތްވީ އިނގޭ..” ނޫރު ބުންޏެވެ.

“އެޔޯ؟” ސާރާ ބުންޏެވެ. އެންމެންގެ ސަމާލުކަން ނޫރުއަށް ހުއްޓިފައި ތިއްބެވެ.

“ތިހާ ކުޑައިރު ތި ބޭބެ ކިއުއްވީމަ ކަމަކު ނުދާނެ…” ނޫރު މާނަވީ ގޮތަކަށް އަބްޔާންއަށް ބަލައިލަމުން ބުންޏެވެ. “މިހާރުވެސް ބައެއް ކުދިން އުޅެނީ ބޭބެ ކިޔާ ކުދިން ގިނަވެގެން އިންނާނެ ކުއްޖެއް ނުލިބިގެން.” ނޫރު އަބީއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. ސާރާ ފާޑަކަށް ނޫރުއާއި އަބީއަށް ބަލައިލި އެވެ. ނޫރު ދެން އިޝާރާތް ކޮށްލީ އާޔަތުއާއި ދިމާލަށެވެ. ހަމަ އެކަނި ސާރާއަށް ފެންނަ ގޮތަށެވެ. ސާރާއަށް ނޫރު އެބުނި އެއްޗެއް ވަރަށް ރީއްޗަށް ފަހުމު ވި އެވެ.

“އާން އެކޭ… ނޭނގޭ ގޮތަށް ކޮންމެހެން ބައެއް މީހުނޭ ކިޔާނެ ކަމެއް ނެތޭ… ނޫރު އެކިޔަނީ އަހަރެންގެ ވާހަކަ… އަހަރެން ބުނީމޭ އެހެން.” އަބްޔާން ނޫރުއަށް ބަލައިލާފައި ބުނެލި އެވެ. “މިހިރަ އާޔާ ވެސް އަބީބެ ކިޔާތީ އަހަންނަށް މިއުޅެނީ އޭނަ ކައިރީ ވެސް އަހަން ނުކެރިގެން.” އަބްޔާން ގަސްތުގައި އެންމެން ތެރޭ އެހެން ބުނީ އާޔަތު ރުޅިއަރުވާލާ ހިތުންނެވެ.

“ދެން އަބީބޭ!” އާޔަތު ގަތް ލަދުން ރުޅި އައެވެ. އަދި އަވަހަށް އެތަނުން ނުކުމެގެން ހިގައްޖެ އެވެ. އެންމެން ހޭން ފެށި އަޑު އާޔަތުއަށް އިވުނެވެ.

“ސާބަސް އަބީއަށް… އެކުއްޖާ ލަދުގަންނަވާލައިފި.” ޒައީމާ ހެމުން ހެމުން ބުންޏެވެ.

“ދެން ވެސް ބޭބެ ނުކިޔުއްވާތި…” އަބްޔާން އެހެން ބުނެފައި އެތަނުން ނުކުތެވެ. އަބްޔާން ފަހަތުން ނޫރުއާއި ޔަޒަން ވެސް ނުކުތެވެ.

 

ޔަޒަން ގޮވައިގެން އަބްޔާންއާއި ނޫރު ނުކުމެގެން ހިގަމުން ގޮސް ޒައީމާ މެންގޭދޮށަށް އާދެވުނު އިރު ޒައީމާ މެންގޭ ބޭރުގައި ބައްހައްޓާފައި ހުރި ޖޯލިފަތީގައި ޖައްސާލައިގެން އާޔަތު އިނެވެ. އާޔަތު އެގަޑީގައި އިނީ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ.

“މިޔޮއް އައީ ޔަޒަން… ” އާޔަތު އެހެން ބުނެ ޔަޒަން އާއި ދިމާލަށް ފޯނު ދިއްކޮށްލި އެވެ.

“ކާކު؟” ޔަޒަން ފޯނުގައި ހިފަމުން އާޔަތު ކުރެން އެހި އެވެ. އާޔަތު އެއްޗެއް ނުބުނެ ޔަޒަންއަށް ބަލަން އިނެވެ. އަބްޔާން އައިސް އާޔަތުއާއި ޖެހިގެން އިން ޖޯލީގައި އިށީނުމުން ނޫރު އެޔާ ޖެހުނު ޖޯލީގައި އިށީނެވެ.

“ހެލޯ؟” ޔަޒަން ބުނާ އަޑު އިވުނެވެ. “ޖަންނަ ދައްތަ ދޯ… އާން…. މަޖާ… އަބީބެޔާ ނޫރުބެޔާ… ޖަންނަ ދައްތަ ވެސް އައި ނަމަ… ރަޒާނުކޮއްކޮ ވަރަށް މަޖާ… ޖަންނަ ދައްތަގެ މޫނުގަ ވެސް ވަކިއަޅާނެ އައިނަމަ… އަބަދު ޔަޒަން މޫނުގަ ވިކަން އުޅެނީ… އާން… ކުޅެން ކޮންމެ ދުވަހަކު… އާން އަބީބެޔާ އެއްކޮން… ނޫރުބޭވެސް… ގިނައިން ކަނީ ބޮޑޫއްތައާ އެއްކޮން… އޯކޭ… ކޮބާ ބައްޕަ… އާން އޯކޭ… ” ޔަޒަން ވާހަކަ ދައްކާ ނިމިގެން ފޯނު ކަނޑާލި އެވެ. އެންމެން ތިބީ ޔަޒަން ފޯނުން ވާހަކަ ދެއްކިއިރު އަޑު އަހާށެވެ.

“ބައްޕަ އަދި ގުޅާނެ ފަހުން.” ފޯނު އާޔަތު އަތަށް ދެމުން ޔަޒަން ބުންޏެވެ. އަބްޔާން ޔަޒަން އަތުގައި ހިފާ ދަމާ ގެނެސް އަބްޔާން ކުރިމަތީ ބެހެއްޓި އެވެ.

“ޔަޒަން ޖަންނައަށް ކީއްކުރަން ޖަންނަދައްތަ ކިޔަނީ؟ އެއީ ޔަޒަން މަންމަ ކަހަލަ ކުއްޖެއްނު…” އަބްޔާން ޔަޒަން އަތުގައި ހިފަހައްޓައިގެން އިނދެ ވާހަކަ ދެއްކި އެވެ.

“އެކަމު އެއީ ޔަޒަން މަންމައެއް ނޫނެއްނު…”

“މަންމަ ނޫނަސް މަންމަ ކީ ދާނެނު.”

“ޔަޒަންއަކަށް ނުކެރޭނެ.”

“އެއީ ކީއްވެ؟”

“ޔަޒަން ނުކިޔާތީވެ”

“ޔަޒަން ޖަންނައަށް މަންމަ ކީމަ ޖަންނަ ވަރަށް އުފާ ވާނެ… ޔަޒަން ދެކެ ޖަންނަ ވަރަށް ލޯބިވޭނު،” އަބްޔާން އެހެން ބުނުމުން ޔަޒަން އެއްޗެއް ނުބުނެ ހިނިއައިސް ފައި އަބްޔާންއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ޖަންނަ ޔަޒަންއަށް ދަރިފުޅެއް ނުކިޔާތަ؟”

“ކިޔާ އެއްބައި ފަހަރު…”

“ޖަންނަ ދެކެނީ ޔަޒަން ތީ ދަރިއެއް ގޮތަށް… އެކަމު ޔަޒަން މަންމަ ގޮތަށް ޖަންނައެއް ނުދެކެ ދޯ.”

“ދެކެން… ”

“ދެން ކީއްވެ މަންމަ ނުކިޔަނީ؟”

“ނުކިޔާތީވެ..”

“ދެން ކިޔަން ވީނު… ކިހާ އުފާވާނެ.”

“ނުކެރޭނެ.”

“އައްދޭ… ތީ ދެން ހާދަ ހެއްވާ ކަމެކޭ… ޔަޒަންގެ ހުރިހާ ކަމެއް ޖަންނަ ކުރަނީ މަންމައެއް ކޮށްދޭ ގޮތަށް… މަންމައެއް ލޯބިވާ ވަރަށް ޔަޒަން ދެކެ ޖަންނަ ލޯބިވެސް ވޭ… އަނެއްކާ ދަރިފުޅު ކިޔާފަ ގިނައިން ގޮވަނީ ވެސް… އެކަމު ޔަޒަންއަށް ނުކެރެ ޖަންނަ އުފާކޮށްދޭން މަންމާއޭ ކިޔާފަ ގޮވާލަންވެސް.”

“އަބީބެއަށް ކެރޭނެތަ؟”

“އަބީބެއަށް ވެސް އެގޮތަށް ކަންތައް ކޮށްދެންޏާ އަބީބެ ހަމަ ގައިމުވެސް މަންމަ ނުކިޔައެއް ނުހުންނާނަން…”

“އެކަމު ޔަޒަން އަކަށް ނުކެރޭނެ.”

“ތިހެން ވިއްޔާ ދެން އަބީބެއަކަށް ވެސް ނުކެރޭނެ ޔަޒަންއާ އެއްކޮން ފުޓުބޯޅަ ކުޅޭކަށް… ދޯ ނޫރު. މަންމައެއް ކަހަލަ ކުއްޖަކަށް މަންމަ ނުކިޔަންޏާ އެއީ އެހާ މޮޅު ކުދިންނެއް ނޫނެއްނު.”

“އާން… ނޫރުބެ ވެސް ހީކުރީ ޔަޒަންއަށް ވަރަށް ކެރޭނެ ކަމަށް… އެކަމު އެވަރު ކަމެއް ވެސް ކޮށްލާކަށް ނުކެރޭ ދޯ.” ޔަޒަން ރަކި ފާޑަކަށް ހިނިއައިސްގެން ހުއްޓެވެ. އަބްޔާން އޭރުވެސް ޔަޒަންގެ ދެ އަތުގައި ހިފަހައްޓައިގެން ކުރިމަތީ ބަހައްޓައިގެން ހުއްޓެވެ.

“އާޔާ، މާދަމާ އަހަރެން ހުއްޓާ އިނގޭ ޖަންނައަށް ގުޅާނީ… މާދަމާ ޖަންނައަށް މަންމަ ކިޔައިފިއްޔާ ދެން އަހަރުމެނަށް ވެސް ކެރޭނީ ބޯޅަ ކުޅެން… ދޯ ނޫރު.”

“އާން… އެހެން ނޫނީ އަހަރުން ވެސް ޔަޒަންއާ އެއްކޮން ބޯޅަ ކުޅެން ވަރަށް ލަދު ގަންނާނެ ދޯ އަބީ.” ނޫރު އަބްޔާންއާއި އެއްބަސް ވުމުން އަބްޔާންވެސް ބޯ ޖަހާލި އެވެ. އެވަގުތު ޒައީމާ އައިސް އެހިސާބަށް އެރި އެވެ.

“ޔަޒަން ހިނގާ އެއްޗެއް ބޯލަން… ހެދުނު ރަގަޅަށް ނުވެސް ކަމެއްނު.” ޒައީމާ އެހެން ބުނުމުން އަބްޔާން އަތުން ވީއްލިގެން އަވަހަށް ދުވެފައި ޒައީމާ ފަހަތުން ޔަޒަން ދިިޔަ އެވެ. ހީވީ ސަލާމަތް ވާނެ ގޮތެއް ނެތިފައި ހުރި ހެނެވެ.

“ސާބަސް އަބީބެއަށް… ކީއްކުރަންތަ އޭނަ ލައްވާ ގަދަކަމުން އެހެން ކިއުއްވަން ތި އުޅެނީ؟” އާޔަތު ނުރުހިފައި އެހި އެވެ.

“އެކުލުނު ޖެހިފަ ހުރީމަ ނުކިޔަންވީ ކީއްވެތަ؟”

“އެކަމު ދެން ޔަޒަން ފޫހިވާނެތީ ޒައިދާންބެ ވެސް އެހެން ނުކިޔުއްވަނީ.”

“ޔަޒަން ފޫހިވަނީއެއް ނޫނޭ… އޭނައަށް ނުކެރެނީ ކިޔަން. ކިޔަން ފެށީމަ ކިޔަން ކެރޭނެ… އޭރުން އޭނަވެސް އަދި ޖަންނަ ވެސް އުފާވާނެ.”

“ޕިސް ޕިސް… ދެން މަށަކަށް ނޭގެ.” އާޔަތު ޖޯލިން ތެދުވި އެވެ.

“އާޔާ..” އާޔަތު ދާން އުޅޭކަން އިނގިގެން އަބްޔާން ކުއްލިއަކަށް އާޔަތުގެ އަތުގައި ހިފެހެއްޓި އެވެ. “މާދަމާ ބޯޅަ ކުޅޭ ގަޑީގަ ޔަޒަން ބަހައްޓައިގެން ޖަންނައަށް ގުޅައިދެއްޗޭ… ޕްލީސް… އެޓްލީސްޓް ޔަޒަން ހަދާ ގޮތެއް ބަލައިލަންވެސް… ޕްލީސް.”

“އޯކޭ.” އާޔަތު ޖަވާބު ދިނުމުން އަބްޔާން ހިނިތުން ވެލަމުން އާޔަތުގެ އަތުން ދޫކޮށްލި އެވެ. އާޔަތުއަށް އަބްޔާންއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ.

“ނޫރު ހިނގާ މިސްކިތާއި ދިމާލަށް ދަމާ… އިރުކޮޅަކުން މެންދުރަށް ގޮވާނެ.” އަބްޔާން ވެސް އެތަނުން ތެދުވަމުން ނޫރުއާއި ދިމާއަށް ބުންޏެވެ. އޭރުވެސް އާޔަތު އެމީހުން ދާދިމާލަށް ބަލަން ހުއްޓެވެ. އާޔަތުއަށް މަޑުމަޑުން އަބްޔާން އަތްލި އަތުގައި ހިފަހައްޓާލަމުން އަތަށް ބަލައިލި އެވެ. އަދި ލުއި ހިނިތުން ވުމެއް ތުންފަތަށް ވެރިވި އެވެ.

 

ޓްރޮލީ ފުރެންދެން އެއްޗިހި ގަނެގެން ނުކުތް ޒައިދާން އައިސް ޕާރކިން އޭރިޔާއަށް ނުކުމެ ކާރުގެ ޑިކީ ހުޅުވާލި އެވެ. އަދި ޓްރޮލީގައި ހުރި ހުރިހާ ކޮތަޅެއް ޑިކީއަށް ލުމަށް ފަހު އައިސް ކާރަށް އެރިއެވެ. ދުނިޔެ މަތި އަނދިރިވެފައި މާހައުލަށް ވަނީ ހިސާބަކަށް ދުންފިނީގެ އަސަރު ކޮށްފަ އެވެ.

ޒައިދާން އައިސް ކާރަށް އަރާ ސީޓުބެލްޓް އަޅުވާލި އެވެ. އަދި ކާރު އިސްޓާޓު ކޮށްލި އެވެ.

ކާރު ދުއްވަމުން ދިޔަ އިރު ފުސްކަން އައީ ގަދަ ވަމުންނެވެ. ހެޑްލައިޓް ދިއްލައިގެން ވެސް ފެންނަނީ ނިކަން ކައިރި އެވެ. އެހެން ކަމުން ބާރަށް ދުއްވާލެވޭ ގޮތެއް ވެސް ނުވެ އެވެ. މަގުގެ ދެފަރާތް ނުފެންނަތާ ކުރިމަތި ވެސް ފެންނަނީ ލައިޓް އެޅިފައިވާ ހިސާބު އެކަންޏެވެ. ދުންފިނީގެ ސަބަބުން ފުސް ވެފަ އެވެ.

އާދަޔާ ހިލާފަށް ޒައިދާންގެ ހިތް އަވަސް ވެފައި ވެ އެވެ. އެ ހިތުގައި ވަނީ ޖަންނަތު އެވެ. އެއީ ވަރަށް ހާއްސަ ރެއަކަށް ހަދަން ޒައިދާން ނިންމި އެވެ. ޖަންނަތު އިޖާބަ ދިނުމުން ލިބުނު އުފާ ބަޔާން ކުރަން ވެސް ނޭގެ އެވެ. ޒައިދާންގެ ތުންފަތުގައި ވަނީ ލުއި ލުއި ހިނިތުން ވުމެކެވެ. ކުރިއަށް އޮތް ރޭގެ ކަންތައް ތައް ޒައިދާންގެ ހިތަށް ވަންނަމުން ދިޔަ އެވެ.

ކުއްލިއަކަށް ޖެހިގެން އޮތް ގޯޅިން ނުކުތީ ބާރަށް ދުއްވާފައި އައި ކާރެކެވެ. ޒައިދާން ވެސް ސިއްސައިގެން ދިއުމާއި އެކު ކާރު ބުރަކި ޖައްސަން ޒައިދާން އުޅުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ވާލޯބި އެނގޭނަމަ… 9

Next

އެފިނިމެންދަން 21

Next
November 5, 2016

އެފިނިމެންދަން 21

Previews
November 5, 2016

ވާލޯބި އެނގޭނަމަ… 9

34 Comments!

  1. Shau says:
    November 5, 2016 at 9:18 pm

    Ooh… Me fst dhw… V reethi me part ves.. Abyaan n Janna gulheyny dhuvahakah inthixaaru mi kureveyne… Zaidhaan Dhen foohi Janna aa burg gulheyny…

  2. Rish says:
    November 5, 2016 at 9:31 pm

    Kiyan feshi irugaves heevi zaidhaan ah kameh vaanshey e ulhenee.. Zaidhaan maraa nulaathi kohmes..

  3. Same says:
    November 5, 2016 at 9:33 pm

    V reethi. But zaidhaan maraanulachchey…

  4. kayashandy says:
    November 5, 2016 at 9:37 pm

    alhey…kihinei thi hedhee zaidhaan ah gothei nahadhaba…janna ge cute love story nufeshenis ninmaaleema kamaku nudhaane…?

  5. Mari says:
    November 5, 2016 at 9:38 pm

    V v reethi ?

  6. Mari says:
    November 5, 2016 at 9:41 pm

    Vvvv reethi…. zaidhaan ah dhehra gotheh nuhadhaathi pls pls…

  7. Feminine says:
    November 5, 2016 at 9:52 pm

    Zain hand aa janna ge part hadha Kuda eyy.. Maa koosani baithah gina.. Ekm rythi hama 🙂

  8. Feminine says:
    November 5, 2016 at 9:53 pm

    Zaidhan aa janna ge part hadha Kuda eyy.. Maa koosani baithah gina.. Ekm rythi hama 🙂

  9. L❤VE says:
    November 5, 2016 at 9:56 pm

    Zaidhaan ah car control kureveyne gotheh hadhaa dheythi.. Pls pls plssss… janna and zaidhaan janna and zaidhaan… Abhi and aaya abhi and aaya.. I just love this story ummuah ummuah ummuah..???????❤❤

  10. Fathun says:
    November 5, 2016 at 10:05 pm

    Aaya nd abi gulhijeya its a joke..janna aa eky ulhefa aayath aai.marry kuryma abi vi loabi echaka nuvey..gurubaan vumy mihithuge ufaa nama.zaidhaan gurubaan vaan jeheny..ehn nun nama mihaaru story nimifa onnan jeheyny. Cox jannath already went..zaidhaan hitha vanna echehin rulhi adhey. Jannath ulhey gothun for me it feel.like its.lust. not love. Abi nd janna nugulhunas its.not nice to match aaya nd.abi..not nice. Janna kuda irusure hiykiyaafa mihaaru hadhaan nethey bunyma v.joke.. Abi rui ruin janna hadhan nethyma kadai.

  11. Pinkish says:
    November 5, 2016 at 10:20 pm

    alhey noon .. zaidhaan ah Kameh viya nudhy plx.. zaidhaan aa janna aa gulhuvaa.. zaidhaan ah ehn hadhan nuvaane. .

  12. Rif says:
    November 5, 2016 at 10:35 pm

    Mi lart vx varah reethi…. next part avahah up kohdhehchey… :-*

  13. Rif says:
    November 5, 2016 at 10:40 pm

    *part

  14. Naw says:
    November 5, 2016 at 10:41 pm

    Liumuge mistake eh……jana aa zaidhaan kiss kuri iru jana aby boluga madu madun hifahataali ey bunefa in thanuga aslu inan jehaynee zaidhaan ge name…

  15. Fan says:
    November 5, 2016 at 10:47 pm

    Please dont kill zaidhaan
    ….. Jana and zaidhaan…??????

  16. zuhudha says:
    November 5, 2016 at 10:50 pm

    Enmen nakah enmen furathama loabi nulibeyne. Mivaahaka Vr reethi mihaaru midhaa goei. Abee loabi eyge aslu nugelli libeynee aayaa libigen. Ekamaku zaidhaan ah gotheh nuhadha janna aa hisaabah gengosdheythi. Aslu Vr reethi janna n zaidhaan ge bai

  17. ninaa says:
    November 5, 2016 at 10:53 pm

    Pls dont kill zaidhaan

  18. Unknown says:
    November 5, 2016 at 11:00 pm

    Ohh nooo…plx accident nukuruvahchey..xaidhaan n janna ge bai ginain genes dhybaa…

  19. Khajja says:
    November 6, 2016 at 12:02 am

    Oh no zaidhaan ah dheragotheh nuhadhachchey plx plx stry v furihama masha allah aasy u r the best writer n waitin nxt prt

  20. Abee says:
    November 6, 2016 at 12:27 am

    Janna and abee gulhuvahchey
    Story name inna gothun viyya Zaidhan has to sacrifice his love
    Please Janna and abee gulhuvahchey

  21. Yash says:
    November 6, 2016 at 12:53 am

    Zaidhaan maraalaa….abee nd janna plxx…..

  22. Dhondooni. says:
    November 6, 2016 at 1:01 am

    Abi and aayath gulhihjehyaa v joke abi and jann gulhenee..ekamu mihaaru janna dheke abi veeloabi handhaanehvesneh..aayath and ahyaan gulhenee..

  23. shar says:
    November 6, 2016 at 5:56 am

    Vara salhi. Vara interesting. ???

  24. Sanii says:
    November 6, 2016 at 7:52 am

    Pkz janna and abee gulhuvabaaaa. :'(

  25. Sharu says:
    November 6, 2016 at 8:29 am

    Aslu story reethi vaany zaidhan maruvegen and zaidhan vashihyathakah vaany aby and janna jayan amihla dharieh fadhain balaidhinun.. and aayath aa gulhuvan aayath aa gulhey young teenage kujjeh story ah vandhan jeheny.. dhn aby n janna gulhunyma this story will be perfact and happy ending. please aby n janna gulhuvaidhy.. janna n zaidhan nugulhey.. story feshunma nimuma and maigadu ves gulheyny Aby n janna gulhunyma

  26. bunny says:
    November 6, 2016 at 9:20 am

    Sharu thigothah liyan v nun mi story. haha

  27. Kadhy says:
    November 6, 2016 at 9:36 am

    Dhn alhe aby n janna gulhuwaba..eyrah salhiwaany.

  28. Ly says:
    November 6, 2016 at 10:10 am

    Now mi story foohi.enmen goy kieema liyuntheriyaa ah mihaaru hadhaane gotheh nengigen ulheyhen heevany mibai kiyaaleema.kiuntheringe hiyaalu hoadhun rangalhu. but don’t change your story.it will be a mess

  29. shelly says:
    November 6, 2016 at 10:16 am

    dont kill zaidhaan bt aby aa janna olzz aya aby hadi

  30. hank says:
    November 6, 2016 at 11:06 am

    hageegathugaa ves hadi kameh aee rattehivi ex ge kokko aa rattehi vegen inun. ae already abee and janna hury rattehi vegen kiss koh hadhaafa.. so abee aa ayathu aa gulhuvun ae varah hadi kameh. and miharu thi vahaka dhakka gothn janna loabi kulhey kulhey ehchakah eba hadhaa.

  31. lilyyy says:
    November 6, 2016 at 12:14 pm

    Abi n aayaa
    Ughhhhh v hadi sis dhe loabi vefa aayaa aa gulhun it will b not nice mi mujthama ah balaaliyas n moral kih visnaaliyas
    Mihaaru mulhi vaahaka hadi vanee
    Ehaa reethikoh genesdheefa
    Abi mamma ah ves filaavalhu thakeh dheyn eba jehey janna aa abi dhuru kuruveema
    Hope u will think abt this
    ☺

  32. Ly says:
    November 6, 2016 at 1:01 pm

    Mujthamau aa ehgothah genanyaa vaahaka mihaaru ves gos dho.islam dheenuga innaany kihineh kaiveni kohgen ulhen.1 year ah vure gina dhuvas veekamah story ga bunefa in iru.koba ambimeehaage vaajib and firi eh ge vaajib.so it’s a story.

  33. ElienEr says:
    November 6, 2016 at 2:44 pm

    Zaidhaan ah gotheh nahadhaathi… Janna n Zaidhaan. Ehves myheh aabadhu ekeh dheke loibeh nuvaane Dhw.. ekam Abi n Aaya varah hadivaane…

  34. Zaanaa says:
    November 6, 2016 at 7:49 pm

    Up kohlaba avahah vaahaka pls pls pls

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 37 ވަނަ ބަައި←


All Right Reserved!