Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (2)

layaal Level 310 Stories100 Comments
November 9, 2016 8 Mins Read
44 Comments

“ރިއުމާން ހަމަ މިހާރު ތިތަނުން ދުރަށް ދޭ! ދޭ ދުރަށް!” ހާޖަރާ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ރިއުމާން ތެޅިގެންފައި އެތަނުން ދުރަށް ގޮސް ދެތިން ފިޔަޅު ފަސްޖެހުނެވެ. އޭރު ވެސް ސިންކު ކައިރީގައި ޒުބޭރު ފާޑަކަށް ހެވިފައި ހުއްޓެވެ. “ކަލޭ ބޮޑު މުޑުދާރު!!” ހާޖަރާ އަޑުގެ ކޮޅަށް ހަޅޭލަވައިގެންފައި މޭޒުމައްޗަށް ނަޒަރު ހިންގާލަމުން އެންމެ އަވަހަށް ލޮލުގައި އަޅައިގެން ރޮށިފިހޭ ތަވާ ނަގައި ޒުބޭރުއާއި ދިމާއަށް މަޅާލިއެވެ.

ޒުބޭރު ހުށިޔާރު ކަމާއި އެކު ރެކިގެންފައި އެދިޔަގޮތަށް ގޮސް ހާޖަރާ އަނގަމަތީ ހިފައި ގެންގޮސް ފާރުގައި ޖެއްސިއެވެ. “ކީކޭ ހިތަށް އަރައިގެން މިރޭ ތިއުޅެނީ!” ޒުބޭރު ހަރުކަށި ކަމާއި އެކު މިހެން ބުނުމުން ހާޖަރާ އޭނާ ދުރުކުރުވޭތޯ ގަދަހެދިއެވެ. އަތުގައި އޮތް ތަވާ ޒުބޭރު ދަމައިގަނެ އޭނާ ހާޖަރާ ބިންމައްޗަށް ކޮށްޕާލިއެވެ.

އޭރު ދުރުގައި މި މަންޒަރު ބަލަން ހުރި ރިއުމާން ބިރުން ރޫރޫ އަޅަމުން ދިޔައެވެ. “އަތް ނުލާތި އެމަންޖެ ގައިގަ ދެން! އަޑު އިވިއްޖެ.. ބަލަ ކަލޭގެ އަމިއްލަ ދަރިއޭ.. ކޮބާ ލަދު ހަޔާތް.” ހާޖަރާ އައިސްފައި ހުރި ރުޅީގައި އެތި ފަހަރެއް ގޮވާލިއެވެ. އޭރު ޒުބޭރު ލޮލުން ހީވީ ކަނި ބުރަމުން ދިޔަހެންނެވެ.

ރޮށިފިހޭ ތަވާ އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ޒުބޭރު އޭތި ނިކަން ބާރަށް ހާޖަރާގެ ކަންކަށި މައްޗަށް އަރުވާލިއެވެ. ވެގެން ދިޔަ ތަދުން ހާޖަރާއަށް ބޭއިޚްތިޔާރުގައި ހަޅޭ ލަވައިގެނެވުނު އިރު އަނގައިން ހޯސްލާފައި ލޭފައިބައި ގަތެވެ. ބިންމައްޗަށް ދެމިފައި އޮތް ހާޖަރާ ހޭވެރިކަން  އޮތްކަމެއް ވެސް ނޭނގެއެވެ.

“މަންމާ!” ރިއުމާން އަޑުގެ ކޮޅަށް މިހެން ބުނެ އެދިމާއަށް ދުއްވައި ގަތުމުން ޒުބޭރު އަތުގައި އޮތް ތަވާ އޭނާއާއި ދިމާއަށް މަޅާލިއެވެ. މިތަން ފެނި ރިއުމާންގެ ފިޔަވަޅުތައް ހުއްޓުނު އިރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. “އަދިވެސް މަގޭ ކުރިމަތީގައި އަންގަދަ ކުރާނަންތަ؟ ލާހިކެއްނޫން ދެން ތި އަނގައިން ބަހެއް ބުނާކަށް.. އަދިކިރިޔާ ދޯ އެއްޗެކޭ ބުނަން ކެރުނީ.. ހުރޭ ނިކަން މިފަހަރު ކުޅިގަނޑު ދައްކާލާނަން! ބަލަން ހުރޭ..” ޒުބޭރު މިހެން ބުނެފައި އެދިޔަ ގޮތަށް ގޮސް ރިއުމާން ދަމާފައި އެތަނަށް ގެނައެވެ.

އެއަށްފަހު ފެނުނު މަންޒަރުން ހާޖަރާ ރޮއެގެންފައި ދެލޯ މަރާލިއެވެ. ރިއުމާން ލައިގެން ހުރި ހެދުން އިރާލި އަޑާއިއެކު އޭނާގެ ވޭނީ ރުއިން އެތަނުގައި ހިފާލިއެވެ. ޒުބޭރުގެ ހުރި ނުބައި ނުލަފާކަން ހިތަށް އަރައި ހާޖަރާ ލަދުން އަނގަމަތީގައި އަތް އަޅައިގެން އޮވެ ދުރަށް ޖެހެމުން ދިޔައެވެ. އިރުގަނޑެއް ފަހުން ޒުބޭރު މުންޑު ނަގައި އައްސާލަމުން އައިސް ހާޖަރާގެ ބޮލުގައި ހިފައި ރިއުމާންއާއި ދިމާއަށް އަނބުރާލިއެވެ.

“ބަލާ! އެޔޮއްތީ އެދަރި! ނިމުނީދެން މީގެފަހުން ޗުއްޕޭ ބުނެލިއަސް.. މިއަށްވުރެ ބޮޑު ވަރު ކޮށްލާނަން..” ޒުބޭރު މިހެން ބުނެފައި ހާޖަރާގެ ބޮލުގައި ލުތްކެއް ޖަހާފައި އެތަނުން ނިކުމެގެން ދިޔައެވެ. އޭރު ބިންމަތީގައި އޮތް ރިއުމާން ގިސްލަމުން ދިޔައިރު ނިވާކަން ފޮރުވަން ވީދިފައި އޮތް ހެދުން ގައިގައި އޮޅަމުން ދިޔައެވެ. މިތަން ބަލަން އޮތް ހާޖަރާ އަޑުގެ ކޮޅަށް ރޮއެގެންފައި ހަބަރު ހުސްވެގެން ހޭނެތުނެވެ.

****

އެސްފިޔަތަށް ދުރުކޮށްލަމުން ލޯ ހުޅުވާލި އިރު ފެނުނީ އެނބުރެމުން ދިޔަ ފަންކާއެވެ. މޫނުގެ އެއްފަޅިއަށް ބަރުވެފައި ކަހަލަ އިހުސާސެއް ވަމުން ދިޔައިރު އެއްލޮލުން ފެންނަނީ ފުސްކޮށެވެ. ހާޖަރާ ހިންދިރުވާލަމުން މީހަކަށް ގޮވަން މަސައްކަތް ކުރިއެވެ. މޫނުގައި ވަށައިގެން ބޭސް ފޮތިގަނޑެއް އޮޅާފައި އޮތުމުން ވާހަކަ ނުދެއްކުނު އިރު އަނގަމަތީގައި ރިއްސަމުން ދިޔައެވެ.

ދުރުގައި އިން ނަފީސާއަށް މިތަން ފެނި އަވަސް އަވަހަށް ހާޖަރާ ކައިރިއަށް ޖެހިލިއެވެ. އޭރު ހާޖަރާ ކޮންމެ ވެސް ވާހަކައެއް އަހަން އުޅޭހެން ހީވިއެވެ. “ހާޖަރާ ހަމަޖެހިބަލަ.. ތިއޮތީ މަރުކަޒުގައި. ޒުބޭރު ގުޅާފައި ބުނީ ހާޖަރާ ކައްސާލައިގެން ވެއްޓި އަނގަމަތި ފަޅައިގެން ދިޔަ ވާހަކަ. އެހެންވެ އަވަހަށް މިތަނަށް ގެނައީ. ރިއުމާން ވެއްޖެ ގޭގަ..” ނަފީސާ މިހެން ބުނުމުން ހާޖަރާއަށް ރޮވެން ފެށުނެވެ.

ކަމުގެ ހަޤީޤަތް އޭނާ ނުބުންޏަސް ނަފީސާއަށް އިނގެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ބޭރުގައި ހުރި ޒުބޭރު އެތެރެއަށް ވަނީ އެވަގުތުއެވެ. “އަހާ.. ހޭއެރީތަ؟ ކޮބާ ކިހިނެތް މިހާރު.. ޑޮކްޓަރު ބޭސް ދީފައި ހުރީ..” ޒުބޭރު މިހެން ބުނި އިރު ފަހަތުގައި ޑޮކްޓަރު ހުއްޓެވެ.

“ހެލޯ.. އައި ހެވް ގިވެން ޕެއިން ކިލާޒް..” ޑޮކްޓަރު އިނގިރޭސިން ވާހަކަދެއްކުމުން ކައިރީގައި ހުރި ކުއްޖާ ތަރުޖަމާ ކޮށްދެމުން ދިޔައެވެ. “ހަމަ ވެއްޓިގެންތޯ މިހެން މިވީ.. މިބުނީ ކަތުރު ކަށިގަނޑު ވެސް ނެއްޓިފައި ހުރުމުން.” ކައިރީގައި ހުރި ކުއްޖާ މިހެން ބުނުމުން ހާޖަރާގެ ނަޒަރު ހުއްޓުނީ ޒުބޭރުއަށްށެވެ.

ޒުބޭރުގެ އެބެލުން ފެނިފައި ހާޖަރާއަށް ހަޤީޤަތް ހާމަ ކުރާނެހައި ހިތްވަރެއް ނުލިބުނެވެ. އަނެއްކާ މިއަދު އޭނާގެ ލޯ ކުރިމަތީގައި ރިއުމާންއަށް ހަދާލި ގޮތް ހަނދާންވުމުން ދޫ ތަޅުލެވުނެވެ. އަނެއްކާ އެފަކީރަށް ކަމެއް ކޮށްފިއްޔާ އޭނާ ދުނިޔެއިން މޮޔަ ވެދާނެއެވެ. ހާޖަރާ ބޯ ޖަހާލުމުން ކައިރީގައި ހުރި ނަރުސް ކުއްޖާ އިތުރު ސުވާލެއް ނުކުރެއެވެ. “ތަދު ކަނޑުވަން ބޭސް ދީފައި ހުންނާނީ.. ދެން އެއްހަފްތާ މިތަނުގައި މަޑުކޮށްލާފައި ދޫކޮށްލެވެން އޮތީ.” ނަރުސް ކުއްޖާ މިހެން ބުނުމުން ހާޖަރާ ހާސްވިއެވެ. ރިއުމާން އެކަނި ވެދާނެތީ އޭނާ ބިރުން ރޫރޫ އަޅާލިއެވެ.

“އާނ އެއްވެސް މައްސަލައެއް ނޯންނާނެ.” ޒުބޭރު މިހެން ބުނުމުން އެމީހުން އެތަނުން ދިޔައެވެ. އޭރު ހާޖަރާ އޮތީ ނިކަން ބާރަށް ނަފީސާގެ އަތުގައި ހިފައްޓާލައިގެންނެވެ. “ނަފީސާ ދޭތެރެއަކުން މިކޮޅުގައި މަޑުކޮށްލަ ދޭންވާނެ..” ޒުބޭރު ބުނެލިއެވެ. “އަހަރެން މިރޭ ތިގޭގެ ނިދާފާނަން.. ހާޖަރާ ރަނގަޅު ވަންދެން އަތްގާތް ކޮށްލަ ދޭންވާނުން.” ނަފީސާ ބެލީ ރިއުމާން އެގޭގައި އެކަނިކޮށް ނުލެވޭތޯއެވެ.

“ނޫނޭ.. ގޭގެ ފިރިހެނަކު ހުންނަން ވާނުން. ހާޖަރާއަށް އަތްގާތް ކޮށްލަދޭން ނަފީސާ ހުންނަންވާނީ މިތަނުގައެއްނުން.” ޒުބޭރު މިހެން ބުނުމުން އޭނާގެ ހުރި ހުށިޔާރުކަން ނަފީސާއަށް ރޭކާލިއެވެ. އިރުކޮޅަކުން ނަފީސާ އެތަނުން ނިކުތުމާއިއެކު ޒުބޭރު ހާޖަރާ ކައިރިއަށް ޖެހިލިއެވެ. “ވީ ކަންތަކުގެ ވާހަކަ އެއްވެސް މީހެއް ކައިރި ބުނެފިއްޔާ ހުވާ މިބުނީ ތި ދޫ ބުރިކޮށްލާނަން!” ޒުބޭރު އިނގިލި ދިއްކޮށްލަމުން މިހެން ބުނެފައި އެތަނުން ނިކުތެވެ.

****

މާގަނޑުން އޮހެމުން ދިޔަ ފެންތިކިތަކުގެ ދަށުގައި ހުރި ރިއުމާން މުޅި ގައިގައި އަތް ހާކަމުން ދިޔައެވެ. ހީވަނީ ކިލައެއް ހުރެގެން އެ ނުފިލައިގެން އަތް ހާކާ ހެންނެވެ. އެދޮން ހަށިގަނޑުގެ އެކި ތަންތަން އަތް ހޭކުމުގެ ސަބަބުން ރަތް ވެފައި ވީއިރު އޭނާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ.

ކިތަންމެ ވަރަކަށް ގައިން އެމުޑުދާރުކަން ފިލުވަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. މަންމައަށް އެހަދާލިގޮތް މަދުވެގެން އަދި އެމަންމަގެ ކުރިމަތީގައި ރިއުމާން ނޮޅާ ކާލި އިރުވެސް އެ ހައިވާނުގެ ހިތް ނުފުރޭ ބައޭ އޭނާ ހިތަށް އެރިއެވެ. ވީދިފައި އޮތް ހެދުން ޓައިލްތަކުމަތީގައި ތެމިފައި އޮތް އިރު އެލޮލުން އޮހުރުނުހައި ކަރުނައެއް ފެނާއި އެކުވެގެން ދިޔައެވެ.

އެންމެފަހުން ވަރުބަލި ވެގެން އޭނާ ޓައިލްސްތަކު މައްޗަށް ތިރިވިއެވެ. ކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިންއިރު އެހިތުގައި ވަނީ ބިރުވެރިކަމެވެ. މަންމައަށް ވީގޮތް ނޭނގޭއިރު ބައްޕަ އެނބުރި ގެއަށް އައިސް ދާނެތީ ވެސް އޭނަ ހުރީ ހާސްވެފައެވެ. އެތަށް އިރަކު އޮހެމުން ދިޔަ ފެންތަކުގެ ދަށުގައި އިނުމަށްފަހު ތެދުވެ ފާޚާނާއިން ނިކުތެވެ. އޭރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ.

ދޫ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން އައިސް އެނދުގައި އޮށޯވެލި ރިއުމާން ދެލޯ މަރާލިއެވެ. ރޮއެ ރޮއެ ލޮލުން ދިލަ ނަގަމުން ދިޔައިރު ގައިގައި އެތަށް މިތަނުގައި ރިއްސަމުން ދިޔައެވެ. ގިސްލެވެމުން ދިޔައިރު އޭނާ ނުރޯން މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ދޮރުގެ ތަޅުގައި ހިފައި އަނބުރާލި އަޑަށް ރިއުމާން ސިހިފައި ހަތަރެސްފައި ކޮޅަށް ޖެހުނެވެ.

ތަޅުލާފައި ހުރި ދޮރުގެ ތަޅުގައި ހިފައި އަނބުރަމުން ދިޔައިރު ރިއުމާން އެނދުން ތެދުވެ ފާރުގެ ކަނަން ޖެހި ތިރިވިއެވެ. އިރުކޮޅެއްފަހުން ތަޅުދަނޑި ޖެހުމަށްފަހު ދޮރު ހުޅުވުމުން ރިއުމާން ކަކޫ ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. އޭރު ދޮރު ކުރިމަތީގައި ހުރި ޒުބޭރު އަވަސް ފިޔަވަޅު ތަކެއްގައި އައިސް ރިއުމާން ކައިރިއަށް ތިރިވަނީއެވެ.

“ދަރިފުޅާ.. ކިހިނެތްވީ؟ ބައްޕަގެ ރަންގަނޑު..” ރިއުމާންގެ ކޮލުގައި ބީހިލަމުން ޒުބޭރު ބުނެލިއެވެ. ފާރުގައި ޖެހި ފިތިފައި އިން ރިއުމާން މޫނު ދުރުކޮށްލި އިރު ދެލޯ ފެންކަޅި ވިއެވެ. “ހާސްނުވޭ.. މަންމަ މަރެއް ނުވޭ. މަރުކަޒުގަވީ.. އެއްހަފްތާ ފަހުން ދޫކޮށްލަނީ.” ޒުބޭރު މިހެން ބުނުމުން ރިއުމާން ބިރެއް ފެނިގެން ބަލާހެން ދެލޯ ބޮޑުކޮށްލަމުން ޒުބޭރުއާއި ހަތަރު ކަޅި ހަމަ ކުރިއެވެ.

ބޯވެފައިވާ އެ ތުނބުޅީގެ ތެރެއިން ފާޅުވި ނުލަފާ ހިނިތުންވުން ފެނި ރިއުމާން ބިރުން ރޫރޫ އަޅާލިއެވެ. “އެއީ މައްސަލައެއް ނޫނެ.. ބައްޕަ މިހިރީއެއްނުން.. ދަރިފުޅުއާއި ބައްޕައާއި އެކަނި.” ޒުބޭރު މިހެން ބުނެ މޫނު ކައިރި ކޮއްލުމުން އެދުވި ސިނގިރޭޓު ވަހުން ރިއުމާން އޯކާ ދެމެން ފެށިއެވެ.

“ނޫން..” އޭނާ މިހެން ބުނެފައި ޒުބޭރުގެ މޭގައި އަތް އަޅައި ކޮށްޕަން ފެށިއެވެ. ކުއްލިއަކަށް ރިއުމާންގެ އިސްތަށިގަނޑު އަތަށް އޮޅާލަމުން އޭނާ ދަމާ ކޮޅަށް ނެގިއެވެ. “އައްދޯއި ބައްޕާ!” ރިއުމާން ރޮއެ ގަތުމުން ޒުބޭރު އޭނާ އަނބުރާލުމަށްފަހު ގެންގޮސް ފާރުގައި ޖެއްސިއެވެ. ފާރުގައި މޫނު ޖެހުމާއި އެކީ ވީ ތަދުން ރިއުމާންއަށް ހަޅޭ ލަވައިގަނެވުނެވެ.

“ހަޅޭ ލަވާނެ ކަމެއްނެތް! އެހެންނޫނީ ހަމަ އަމަޔަށް ހެދިގޮތް ހަދާލާނަށް..” ރިއުމާންގެ ކަންފަތް ދޮށުގައި ޒުބޭރު ހަރުކަށި ކަމާއި އެކު ބުނެލިއެވެ. އެއަށްފަހު ރިއުމާން ލައިގެން ހުރި ހަރުވާޅު ފަހަތުން ދަމާ ތިރިކުރުމުން އޭނާ ދާން ގަދަ ހެދިއެވެ. ނަމަވެސް ޒުބޭރުގެ އެބިޔަ ހަށިގަނޑުން އެކުޑަކުއްޖާފުޅު ފާރުގައި ޖައްސާ ތަތްކޮށްލާފައި ހުރި ކަހަލައެވެ.

“ނޫން.. ނޫން! ތިހެން ނަހަދާ!” ރިއުމާން ރޮއެގައިން ނަމަވެސް ޒުބޭރު އެއްވެސް ސަމާލު ކަމެއް ނުދީ އަތުގައި އޮޅާފައި އޮތް އިސްތަށިގަނޑަށް ދަމައިގަތެވެ. ކުއްލިއަކަށް ރިއުމާންގެ ވޭނީ ހަޅޭކުގެ އަޑު މުޅި ކޮޓަރީގައި ހިފާލިއެވެ.

****

އިރުގެ އަލި ކުޑަދަރުން ފޭދިފައި ވީއިރު ޓައިލްސް ތަކުމައީގައި އޮތް ރިއުމާންގެ އެއްވެސް ހަރަކާތެއް ނެތެވެ. އިސްތަށިގަނޑު ހޭވިފައި ވީއިރު ގައިގައި އެންމެ އަންނައުނެއް ވެސް ނެތެވެ. ކޮލުގެ އަރިމަތި ނޫފައި ގެންފައި ވީއިރު އެސްފިޔަތަކުގައި ކަރުނައިގެ އަސަރުވިއެވެ. “އޭތް! ތެދުވޭ!” ކުއްލިއަކަށް ރިއުމާންގެ މޫނަށް ފެން އެއްޗެއް ޖެހަމުން ޒުބޭރު ބުނެލިއެވެ.

ނިދިފައި އޮތް ރިއުމާން ސިހިފައި ތެދުވެ މޫނުގައިވީ ފެންތައް ފޮޅާލި އިރު ކުރިމަތީގައި ޒުބޭރު ފެން ޖަގެއް ހިފައިގެން ހުއްޓެވެ. ރިއުމާން ބުނާނެ އެއްޗެއް ނޭނގިފައި އިން އިރު އެވަގުތު އޭނާ އިން ހާލާއި މެދުވެސް ވިސްނައެއް ނުލެވުނެވެ. “ކޯއްޗަކަށް ތިބަލަނީ! ތެދުވޭ.. ތެދުވެގެން ހެދުމެއް ލައިގެން ސައި ހަދަންދޭ! ނަފީސާ އަންނާނެ އިރުކޮޅަކުން.” ޒުބޭރު ހަރުކަށި ކަމާއިއެކު މިހެން ބުނި އިރު ރިއުމާން އިންތަނުން ގުޑާ ވެސް ނުލިއެވެ.

“އަޑެއް ނީވޭތަ!” ޒުބޭރު މިހެން ބުނެފައި އަނެއްކާވެސް ރިއުމާންގެ މޫނަށް ޖަގުގައި ބާކީ ހުރި ފެންފޮދު ޖެހިއެވެ. އެވަގުތު ގޭގެ މައިދޮރާށީގައި މީހަކު ޓަކި ދިން އަޑަށް ޒުބޭރު ތެޅިގަތެވެ. އޭނާ އަވަސް އަވަހަށް ރިއުމާންގެ އަތުގައި ހިފައި ކޮޅަށް ނެގުމަށްފަހު ބޭރަށް ނުނިކުތުމަށް ބުންޏެވެ. އަދި ބިންމަތީގައި އޮތް ޓީޝާޓު ނަގައި އޭނާގެ އަތަށް ޖަހަމުން ކޮޓަރި ތަޅުލާފައި ނިކުތެވެ.

ޒުބޭރު ދިއުމުން ގަބުވެފައި ހުރި ރިއުމާން އަމިއްލަ ހަށިގަނޑަށް ނަޒަރު ހުއްޓާލިއެވެ. އަތުގައި އޮތް ޓީޝާޓުން ދުރަށް އެއްލާލައިފައި އޭނާ ދެއަތުން ތެވްވެފައި ވީ އިސްތަށިގަނޑުގައި އަތް ހާކާލަމުން ކުއްލިއަކަށް އަމިއްލަ ގައިގައި ތަޅަން ފެށިއެވެ. ރިއުމާންއަށް އިހުސާސް ވަނީ ބައްޕަ އެއަމަލުތައް އެކުރަނީ އޭނާ އަންހެން ކުއްޖަކަށް ވީތީއެވެ. އޭނާގެ އެހަށިގަނޑުގެ ސަބަބުންނެވެ. ރިއުމާންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވި ގައިގައި އެތަށް މިތަނުގައި ތަޅަން ފެށިއެވެ.

****

އެއްހަފްތާ ނިމިގެން ދިޔައިރު ރިއުމާންއަށް ހީވީ އެއީ އެއްގަރުނު ހެންނެވެ. ގޭތެރެއަށް ވައިން ހާޖަރާ މަޑުކޮށްލީ ދޮރުކުރިމަތީގައި ހުރި ރިއުމާން ފެނިފައެވެ. ބުރުގާ އަޅައިގެން ހުރި އިރު އެ މޫނުވަނީ މިލާފައެވެ. އޭނާއަށް ގޮވާލާނެހައި ހިތްވަރު ނުލިބުނީ ގައިން ލަދުންނާއި އަމިއްލަ ބަލިކަށިކަން ހިތަށް އެރުމުންނެވެ.

ހާޖަރާގެ ފަހަތުން ވައިން ނަފީސާ އޭނާ ގޮވައިގެން ގޮސް ކޮޓަރިއަށްވަނެވެ. “ރިއުމާން ކިހިނެތްވެފައި އެހުރީ؟” ނަފީސާ މިހެން އެހުމުން ހާޖަރާ އެނދުގައި އޮށޯވެ އަނެއްފަރާތަށް އެނބުރުނެވެ. “ކިތަންމެ ވަރަކަށް ހަޤީޤަތާއި ކުރިމަތި ނުލާން އުޅުނަސް އެކަން ބަދަލެއް ނުވާނެ.. ކިތަށް ފަހަރު އަހަންވީ މީ ކިހިނެތްވީ ކަމެއް ހޭ؟” ނަފީސާ މިހެން ބުނުމުން ހާޖަރާ ތެދުވެ އިށީނދެލިއެވެ.

އަދިވެސް ކުޑަކޮން ރިހުން ހުރުމުން ވާހަކަދައްކަން އުނދަގޫ ވީ ނަމަވެސް ހާޖަރާ ހިތްވަރު ކޮށްފައި ވީގޮތް ކިޔާދިނެވެ. “ދެން ނަފީސާ ބުނާނެ އަހަރެން އެއްޗެކޭ ނުބުނަނިއްޔޭ.. މިހިރީ އެއްޗެކޭ ބުނީމަ ކޮށްލިވަރު.” އަނގަމަތީގައި އަތް އަޅަމުން ހާޖަރާ ބުނެލިއެވެ. އޭނާ ކުރިމަތީގައި ރިއުމާންއަށް ކުރި ކަންތަކުގެ ވާހަކަ ފޮރުވީ ލަދުންނެވެ. އެވާހަކަ ބުނާނެހައި ހިތްވަރެއް ނެތުމުންނެވެ.

“އެކަމުދެން އަޅެ.. އަހަރެން މިގެއަށް އައިސްލަންތަ ދުވަސްކޮޅަކަށް. އަހަރެން އޮންނާނީ ރިއުމާން ކައިރީގައި. އިނގޭ މިއީ ހައްލެއް ނޫންކަން. އެމަކު އެފަކީރު ފެނި އަހަރެން ވެސް ހާދަ ދެރައެއްވެޔޭ. މިހާރު ވެސް އައިމަން ކިޔާނެ ކީއްވެހޭ ރިއުމާން ކޮއްކޮ ގެއަށް ނާންނަނީ. އެހައި ދުރު ދުރުން އެއުޅެނީ..” ނަފީސާ ވާހަކަ ދެއްކިއިރު އެއަޑުގައި ހިތާމަ އެކުލެވިގެން ވިއެވެ.

“އެކަމަކު ނަފީސާ އަންނާކަށް ޒުބޭރު ޤަބޫލެއް ނުވާނެ.. އަހަރެން އެއްބަސް ވެއްޖެއްޔާ ދެން ނޭނގެ ހަދާނެ ގޮތެއް ވެސް.” ހާޖަރާ މިހެން ބުނިތަނާ ކޮޓަރިއަށް ވައިން ޒުބޭރު ފެނި ދެމީހުން ހަމަހިމޭންވިއެވެ. އެމީހުން ދެއްކި ވާހަކަ ޒުބޭރުއަށް އަޑު އިވޭނެބާއޭ ހިތައި ހާޖަރާ ބިރުން އިސްއުފުލާ ބަލާލަން ވެސް ނުކެރުނެވެ.

“ރިއުމާން ކައިރި ބުނެފިން މެންދުރަށް ކައްކާށޭ.. ނަފީސާ ދެން ދޭ ގެއަށް..” ޒުބޭރުގެ ވާހަކަ ހުރިގޮތުން އޭނާއަށް އެއްވެސް ވާހަކައެއް އަޑު ނީވޭކަން ޔަޤީން ވުމުން ހާޖަރާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. “ނޫނޭ ރިއުމާން ލައްވަ ކައްކާނެ ކަމެއް ނެތް.. އަހަރެން ގެއަށް ގޮސް ކާއެއްޗެހި ހިފައިގެން އައިސްދާނަން.. މިއަންނަނީ.” ނަފީސާ މިހެން ބުނެފައި ވަގުތުން ނިކުތީ ޒުބޭރުއަށް އިތުރަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީއެވެ.

“ރިއުމާން.. އެކޮއެ ހިނގާބަލަ ދައްތައާއި އެކީ ގެއަށް ގޮސްލާފައި އަންނަން.” ނަފީސާ މިހެން ބުނުމުން ޒުބޭރު ދުމެއް ޖަހާފައި ކޮޓަރިން ނިކުތެވެ. “ކީއްކުރަން އެމަންޖެ ގެންދަނީ؟” ޒުބޭރު އަހާލިއެވެ. “ފަސޭހަވާނުން އަތްގާތް ކޮށްލަދޭން.. ހިނގާ.” ނަފީސާ މިހެން ބުނެފައި ރިއުމާންގެ އަތުގައި ހިފައިގެން އެގެއިން ނިކުތެވެ.

މެންދުރުގެ ދިލަ އަވި މަގުތަކަށް އެޅިފައި ވީއިރު ވައިރޯޅިއެއް ވެސް ޖެހިނުލައެވެ. ދެމީހުން އެކީގައި ދިޔައިރު ނަފީސާ އިރުއިރުކޮޅުން ރިއުމާންއަށް ކަޅިއެއް އެއްލައެވެ. ރިއުމާން ބުރުގައި އަޅައިގެން ހުރި ކަމަކު ކޯކައިރިން ދުޅަވެފައި ހުރި ތަންގަނޑެއް ފެނުނުހެން ހީވުމުން އޭނާއަށް އެތަނަށް ބަލަން ފެށުނެވެ. ރިއުމާންއަށް މިކަން ފާހަގަ ވުމުން އޭނާ ވަގުތުން ބުރުގާ ތިރިކޮށްލަމުން އެތަން ފޮރުވާލިއެވެ.

ނަފީސާގެ ގެއަށް ގޮސް ކައްކާފައި ހުރި އެއްޗެހި ތަށި ބަރިއަކަށް އެޅުމަށްފަހު އޭތި ރިއުމާންއާއި ހަވާލުކުރުމަށްފަހު ކޮޓަރިއަށްވަނެވެ. ސިޓިން ރޫމުގެ ސޯފާގައި އިނދެ ބޭރަށް ނަޒަރު ހުއްޓާލައިގެން އިން ރިއުމާން އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭރު މަގުމަތީގައި ކުޑަ އަންހެން ކުއްޖެއް އުރައިގެން ފިރިހެނަކު ހުއްޓެވެ. ދެމީހުންވެސް ތިބީ ތެމިފައި ކަމުން އެމީހުން އެއައީ މޫދުން އެރިގެންކަން އިނގެއެވެ.

އެކުޑަ އަންހެން ކުއްޖާ ބިންމަތީގައި ބެހެއްޓުމުން އުފަލުން އެކުއްޖާ ބައްޕަގެ އަތުގައި ހިފައިގެން ފުމެން ފެށިއެވެ. އެފިރިހެން މީހާ އޭނާގެ ދަރިފުޅާއި އެކީ ހީ ސަމާސާ ކުރަމުން ދިޔައިރު ރިއުމާން ފެންކަޅިވެފައި މި މަންޒަރު ބަލަން އިނެވެ. އޭނާގެ ބައްޕަ އެގޮތަށް ދުވަހަކުވެސް ލޯބިން ރިއުމާން ގައިގައި ފިރުމާލާފައެއް ނުވެއެވެ. އެ ބައްޕަގެ ފިރުމުންތަކަކީ މުޅިން އެހެން މަޤްސަދެއްގައި ކުރާކަމެކެވެ. އެ ފިރުމުންތަކުން ރިއުމާންއަށް ވޭނާއި ހިތާމަ ނޫން އެއްޗެއް ނުލިބެއެވެ.

“ރިއުމާން..” ފަހަތުން އޭނާގެ ނަން ގޮވާލުމުން އަވަހަށް ލޯ ފޮހެލަމުން ފަސް އެނބުރި ބަލާލިއެވެ. އޭރު ފަހަތުގައި ހުރީ ނަފީސާގެ ދަރިފުޅު އައިމަންއެވެ. ރިއުމާންއަށް ވުރެ ދެއަހަރު ބޮޑު އިރު އެދެކުދިންނަކީ ކުޑައިރު އެކީގައި ކުޅެއުޅުނު ދެކުދިންނެވެ. ނަމަވެސް ފަހުން ޒުބޭރު އޮންނަނީ ރިއުމާން ބޭރަށް ގޮސް އުޅުން މަނާކޮށްފައެވެ. ސްކޫލަށް ނޫނިއްޔާ ރިއުމާން ގެއިން ބޭރަށް މަދުފަހަރެއްގައި ނޫނީ ނުނިކުމެއެވެ.

“ކޮންއިރަކު އައީ؟ ހާޖަރައްތަ ވެއްޓިގެން އުޅުން ވާހަކަ މަންމަ ބުނި..” އައިމަން އައިސް ރިއުމާން ކައިރީގައި އިށީނދެލަމުން އަހާލިއެވެ. “އާނ.. މިހާރު ގޭގައި” ރިއުމާން ކުޑަކޮން ހިނިތުން ވެލިއެވެ. “ކީއްވެތަ މިހާރު ނާންނަނީ؟” އައިމަން ގެ ސުވާލަށް ޖަވާބު ދޭނެ ގޮތެއް ރިއުމާންއަކަށް ނޭނގުނެވެ.

އައިމަން ތިރިވެލާފައި ރިއުމާންގެ އުނގުގައި އޮތީ ކޮންކޮތަޅެއްތޯ ބަލާލަން އުޅުމުގެ ތެރޭގައި އޭނާގެ ކޮނޑު ގައިގައި ޖެހުމާއި އެކު ރިއުމާން ސިހިފައި ދުރަށް ޖެހިލިއެވެ. އައިމަން އޭނާ ކައިރީގައި އިނުމުން ވެސް މުޅި މީހާ ބިރުން ފިނިވެއްޖެއެވެ. ފިރިހެނަކު ކިރިޔާހެން ކައިރިވެލިއަސް އޭނާ އަތް ފައި ފިނިވެއެވެ “ކިހިނެތްވީ؟ ކޯއްޗެއްތަ ކޮތަޅުގައި ތިހިރީ..” އައިމަން މިހެން ބުނިތަނާ ނަފީސާ ކޮޓަރިން ދަބަހެއް ހިފައިގެން ނިކުއިންތަން ފެނުމުން ރިއުމާން އަވަސް އަވަހަށް ތެދުވިއެވެ.

“މަންމާ.. ކޮންތާކަށް ތި ދަނީ؟” ނަފީސާ އަތުގައި އޮތް ދަބަސް ފެނި އައިމަން އަހާލިއެވެ. “މިއީ.. މަންމަ މިއުޅެނީ ހާޖަރައްތަ ގެއަށް ދުވަސްކޮޅަކަށް ގޮސްލަން.. ފަސޭހަވާނުން ދޯ.” ނަފީސާ މިހެން ބުނުމުން ރިއުމާންގެ މޫނުމައްޗަށް ދިރުމެއް ލިބުނު ކަހަލައެވެ. “އަސްލުތަ؟ ކިހާ ދުވަހަކަށް؟” ރިއުމާންގެ އަޑުގައި އުފާ ވެރިކަން ފޮރުވިފައި ވިއެވެ.

“ދެހަފްތާ ވަރަށް.. ހިނގާ ދާން.. އައިމަން ބަސް އަހައިގެން އުޅޭތި އިނގޭ. ބައްޕަ ގެއަށް އައިމަ ބުނޭ ހާޖަރައްތަ ގެއަށް އައިސްލައްޗޭ..” ނަފީސާ މިހެން ބުނެފައި ދާން ހިނގައިގަތުމުން ރިއުމާން ފަހަތުން ހިނގައިގަތެވެ.

****

ސިޓިން ރޫމުގައި އިން ޒުބޭރު ގޭތެރެއަށް ވައިން ރިއުމާންގެ ފަހަތުގައި ހުރި ނަފީސާ ފެނި އިންތަނުން ތެދުވިއެވެ. “ނަފީސާ ކޮން ދަބަހެއް ހިފައިގެން ތިއައީ؟” ޒުބޭރު މިހެން ބުނުމުން ނަފީސާ އެގޭގައި ދުވަސްކޮޅަކަށް މަޑުކުރާނެ ވާހަކަ ބުނެލިއެވެ. “ހާޖަރާ ބުނީތަ އަންނާށޭ؟” ޒުބޭރު މިހެން ބުނިއިރު އެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވާން ހުއްޓެވެ.

“އުހުން.. އަހަރެން ހަމަ އަމިއްލައަށް އަންނަން ބޭނުންވީ.. ދޯ ރިއުމާން.” ނަފީސާ މިހެން ބުނެފައި ދަބަސް ހިފައިގެން ކޮޓަރިއަށް ވަނުމުން ޒުބޭރި ދުރުގައި ހުރި ރިއުމާންއަށް ލޯ އަޅާލިއެވެ. ދެއަތް މުށްކަވާފައި ހުރެ ހަރު ފިޔަޅުތަކެއް އަޅަމުން އައިސް ރިއުމާންގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ.

އޭރު ރިއުމާން އޭނާގެ އަތުގައި ހުރި ތަށިބަރީގައި ބާރަށް ހިފައްޓާލައިގެން ހުރިއިރު ޒުބޭރުއާއި ދުރަށް މޫނު އަނބުރާލިއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ޒުބޭރު އަރައި ޖަހައިގެންފާނެ ހެންނެވެ. ނަމަވެސް އޭނާ ކަމެއް ކުރުމުގެ ކުރިން ކޮޓަރި ދޮރު ހުޅުވުނު އަޑަށް ތަށިބަރި އަތުލަމުން އޭނާ ދުރަށް ޖެހިލިއެވެ. “ހިނގާ ކާން ހަދަމާ ދޯ ނަފީސާ..” ދޮރު ކުރިމަތީގައި ހުރި ނަފީސާއަށް ބަލާލަމުން ޒުބޭރު ބުނެލިއެވެ.

ދެ ދުވަސް ފާއިތު ވެގެން ދިޔައީ ޒުބޭރުގެ ފަރާތުން ރިއުމާންއަށް އެއްވެސް އުނދަގުލެއް ނުވެއެވެ. ނަފީސާ ހުންނަ ތަންތަނުގައި ޒުބޭރު އޮޅިގެން ވެސް ކަޅިއެއްލައި ބަލާ ވެސް ނުލައެވެ. ހަވީރުގެ ފިނިކަން މާހައުލަށް ވެރިވެފައި ވީއިރު ރިއުމާން އުޅުނީ ބަނބުކެޔޮ ގަހުން ވެރިފައި ހުރި ފަތްތަށް ކުނި ކެހުމުގައެވެ. ވައި ބާރުކަމުން މިއަދު ފަތް ވެރިފައި އޮތްލެއް މާ ގިނަ ކަމުން ރިއުމާން އިލޮށި ފައްޗެއް ހިފައިގެން ކަހަމުން ދިޔައެވެ.

ގުދު އަޅައިގެން އޮތުމުގެ ސަބަބުން ލައިގެން ހުރި ޓީޝާޓު ފަހަތުން މައްޗަށް އަރައިފައި އޮތް އިރު އުނަގަނޑުން ތަންކޮޅެއް ވަނީ ހާމައަށްށެވެ. ސިޓިން ރޫމުގައި މަންމައާއި އެކީ ނަފީސާ އިނުމުން ރިއުމާން އެއްވެސް ކަންބޮޑު ވުމެއް ނެތި އޭނާގެ މަސައްކަތް ކުރަމުން ދިޔައެވެ. ކުނިކަހަން އޮތް ރިއުމާން ސިހިފައި ތެދުވީ ފަހަތުން އޭނާ ލައިގެން ހުރި ޓީޝާޓުގެ އަޑިން އުނަގަނޑުގައި މީހަކު އަތް ހާކަން ފެށުމުންނެވެ.

ކަރުން އަޑެއް ބޭރުވުމުގެ ކުރިން ފަހަތުގައި ހުރި ޒުބޭރު ރިއުމާންގެ އަނގަމަތީގައި އަތް އެޅިއެވެ. އިލޮށިފައްޗާއި އެކު އޮތް އަތް ފުރަގަހުން ގެނެސް ބުރަކަށީގައި ޖައްސާ ބާރުކޮށް ލުމާއިއެކު އޭނާއަށް ހީވީ އަތުގެ ހުޅު ނެއްޓުނު ހެންނެވެ. “ޝޫޝް! ނިމުނީ އަޑެއް ލައްވާ ލިއަސް.” ރިއުމާންގެ ކަންފަތު ފޫޅު ގައި ދަތް އަޅާ ލަމުން ޒުބޭރު ބުނެލިއެވެ. އޭރު ސިޓިން ރޫމުގައި ތިބި ނަފީސާއަށްށާއި ހާޖަރާއަށް މިކަމުގެ އެއްވެސް ހިލަމެއް ނުވިއެވެ.

“ކަލޭ ހީކުރީ ނަފީސާ ގެނައިމައި އަހަރެން މައިތިރިވީ ކަމަށްތަ! ހުވާ ގަންދީ މިބުނީ އަތުޖެހޭއިރަށް ހަމަ ނޮޅާލާނަން! އަދި މާވެފައި ބުރަކަށި ހާމައަށް ދައްކައިގެން ކުނިކަހަން އެބައޮތެއްނުން.. އަހަރެން ކަމެއް ނުކުރާނެއޭ ހިތާ ދޯ.” ރިއުމާންގެ ކޮލުގައި ހިފައި ބާރުކޮށްލަމުން ޒުބޭރު ބުނެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ހިތް ބޭނުމޭ…5

Next

މިހިތުގެ ފަސާނާ 22

Next
November 10, 2016

މިހިތުގެ ފަސާނާ 22

Previews
November 9, 2016

ހިތް ބޭނުމޭ…5

44 Comments!

  1. layaal says:
    November 9, 2016 at 8:06 pm

    next part on Friday in sha allah.

  2. shooty says:
    November 9, 2016 at 8:11 pm

    That zubeyru ? I hate him.. And story is awsome.. Good job layaal ?

  3. eashal says:
    November 9, 2016 at 8:14 pm

    wow!!! hama heeve manzaru sifa vihan! ahgg! zubeyru haadha ladhu kuadey dhw. this story is awsome too layaa.

  4. hamna says:
    November 9, 2016 at 8:21 pm

    was waiting for this! vvv furihama. a different story. dhen mi site ga abadhu hunaani rich boy akaa girl ehge vaahaka. good to see this is different. ??

  5. naxy says:
    November 9, 2016 at 8:28 pm

    Vvvv reethi…. haadha molhey

  6. Zubi says:
    November 9, 2016 at 8:32 pm

    layaal ge vaahaka ah inthizaaru kuraa tha kon dhuvahe. varah furihama sifakurun tha. mikahal kankamaa behey gothun liye meehun mikama heylun theri kuruvan vi hama. vaahaka kuri ah oi thanuga varah reethi vaane kama umeedhu kuran.

  7. ??? says:
    November 9, 2016 at 8:49 pm

    V reethi v asarugadha vaahakaeh hithuge enmefunminaves asarukuruvaifi haadha rahumkudha bappaekey

  8. ary says:
    November 9, 2016 at 8:58 pm

    alheyy. dheravejje aslu ves. ?

  9. mimi says:
    November 9, 2016 at 9:06 pm

    varah reethi. ekamu alhe riuman ah e hadhaala goi. and only 12 years ey adhi.

  10. mari says:
    November 9, 2016 at 9:06 pm

    Vvvv reethi … Mi story .
    Varah foohi vey eh zubeyru dhehkeh……

  11. މމ says:
    November 9, 2016 at 9:12 pm

    ނުލަފާ

  12. xenn says:
    November 9, 2016 at 9:34 pm

    Huvaa ma nama mihaaru zubeyru maraali thaaa kn dhuvaheh….hehe…haaadha rulhi eh aadheye efaadu myhun dheke

  13. shaayan says:
    November 9, 2016 at 9:49 pm

    foohi…..

  14. girl :))) says:
    November 9, 2016 at 9:55 pm

    mivaahaka kiyaafa dhen xubeyru kiyaa meeheh fenunas eyna rolaa kaaleveyne kanneynge..sifa kurun hama on point..masha allah v reethi.

  15. Thaany says:
    November 9, 2016 at 10:11 pm

    Alhe haadha inthixaarehge fahun ney thi up kohlle
    Thankx alhuganduge comment ah rply kohdhiny thy n e waahaka nimifa inny v v v reethi nimun ..

    N this storry vx hama superb
    .

  16. RaM says:
    November 9, 2016 at 10:28 pm

    Huvaa ma mi riumaan nama Egolaa ethi buri aruvaalaanan…

  17. Shiffu says:
    November 9, 2016 at 10:34 pm

    Thafaathu vaahakaeh☺?? vvvvvv reethi. aharehge dhuaaaky ekahala nulafaa dadeh ahves kuhjakah nulibun.

  18. Shiffu says:
    November 9, 2016 at 10:38 pm

    Hama aslahves mivaahaka kiyaafa rovihge????

  19. noori says:
    November 9, 2016 at 10:40 pm

    Zubeyru you bloody!!! huvaa mi buni hitha araa hama vaahaka thereah vadhefa eyna nolhaalan. varah molhu igey layaa. you are hama one of the best writers in this site ❤️❤️

  20. inu says:
    November 9, 2016 at 10:42 pm

    rovijje kudakon. varah dhera gothe mi v. riumaaan ??. varah thafaathu mi vaahaka igey layaa ??

  21. Rixooo says:
    November 9, 2016 at 10:51 pm

    maasha allah. vrh interesting vaahaka eh. vrh reethi…. waitting for next part. ..

  22. shai says:
    November 9, 2016 at 11:28 pm

    haadha goas bappa ekey thy….

  23. Azu says:
    November 9, 2016 at 11:35 pm

    Vaahaka vvv reethi….zubeyru gandu dheke haadha rulhieh aadhevey vaahaka kiyamun dhaairu…rimaan fakeeru ..????huvaa mageh athuga jehunu irakun kulhi dhakkaalaanan…

  24. Inee says:
    November 9, 2016 at 11:36 pm

    Varah reethi

  25. bunny says:
    November 9, 2016 at 11:42 pm

    varah reethi mi vaahaka. waiting.

  26. Maavee says:
    November 10, 2016 at 12:08 am

    V reethi

  27. shaz says:
    November 10, 2016 at 12:25 am

    sifakurun varah furihama. oh and the poster is edited so well.. layaa we missed you darling ??

  28. Anonymous says:
    November 10, 2016 at 7:37 am

    vv reethi niumaa film balaafa dho

    1. lol says:
      November 10, 2016 at 10:20 am

      lol! mi hama aslu dhiriulhumuga ves vaa kantha tha. hervany niuma film ga ekani hen bappa aku beheyni

  29. Appy says:
    November 10, 2016 at 8:38 am

    Haadha dhera gothekey riuman ah evany ….ekahala kameh dhimaavaakuhjakah ingeyny vx ekamuga huri veynaa hithaama vx ehenmyhun kithanme dheraviyas ihusaas vx nukureveyne. ….v rythi mi vaahaka. .i hate that zubeyru ….i wanna kill him aaaarrrrggg. …

  30. aimin mau says:
    November 10, 2016 at 9:50 am

    Hayaaiyy kuda zubeyru….?

  31. aimin mau says:
    November 10, 2016 at 9:51 am

    It was a nyc story… but riuman ah ehn nahadhaa….

  32. Chum chum girl says:
    November 10, 2016 at 10:28 am

    Alhey, poor riu vrh reethi story eh

  33. Anonymous says:
    November 10, 2016 at 11:04 am

    vaahaka vg reethi.. plx up soon

  34. ibaa says:
    November 10, 2016 at 12:16 pm

    story varah reethi.. and kuriah huri baithah ves varah intresting vaane kamah ummedhu kuran.. and tht zubeyru… haadha nulafaa bappa ekey .. rahumu kuda firiheneh..

  35. lai says:
    November 10, 2016 at 2:19 pm

    varah nice mi stroy layaal! ?

  36. maiha says:
    November 10, 2016 at 2:23 pm

    layaal ge stroy eh viyaa character portray kohdheefa hunale hama v furihama vaane. character bulid up kurun ves varah furihama kan faahaga vey kuri story ga ves. curious to know how riuman’s character will be in the coming episodes. love your works ❤️

  37. layaal says:
    November 10, 2016 at 2:28 pm

    Thanks for all the sweets comments guys.

  38. ?? says:
    November 10, 2016 at 3:34 pm

    alhey riunan ah e hadhaala goi. achi dhen. don’t let zubeyru do anything to riuman! bust kohlaba eyna

  39. haadhi says:
    November 10, 2016 at 4:51 pm

    Varah asarugadha. waiting for tomorrow ??

  40. Malaa says:
    December 13, 2016 at 4:28 am

    Ma sha allaah v reethi, ekahala meehunvs aslu ulheyne dho, heevanee real story eh hen,

  41. Kalhu handi says:
    January 9, 2017 at 8:43 pm

    Pis pis nulafaa myheh myhaga mi ulheny… Mi zubair ma athuga jehihjeyya nolhaalaanan huvaa mi buny… ?

  42. Snowflake says:
    January 18, 2017 at 5:46 pm

    Bayyeh. E zubeyru Mashah Vai elhey Hisaabu ga huttas Kai hus kohlaanan. Eyna Hithu huri haa Gotheh hadhaa iru Huri ladhu hayaai kuda kan dheki bala Amihla ufan Dhari ey.? Ma mee Riumaan Nama Mihaaru dhuvahu Keh nukurees.? Alhe Hithuga Kuda ves Rahumeh Huri Firihaneh Noon e Zubeyrakeee. Huvaa mibunee. Eyna anhenun Thalhaa Fis Aruvaafa Koacheh Hadhaanamey hithaa e ulhenee.Adhi furaa varah Neylhi E fakeeru eheree.Meehakaa inee Dharin hoadhaafa Dharin Nolhaakaan tha eyyn? Kaa ehchihin bandu nufureythee mihaaru dharin kany thoawcheh.?????Anyways Love you Dear. Layaa thee hama best. Keep it up.??

  43. zagambo bagombo says:
    February 8, 2017 at 5:30 pm

    Dat zubeyru ????? hes such a perv…haadha ladhu hayaaiy kuda meehekey ?

Comments are closed.

Next Episodeވަންހަނާ (3)←


All Right Reserved!