Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (12ވަނަ ބައި)

Ifaau Level 210 Stories
November 8, 2016 5 Mins Read
13 Comments

އަހަރެން ޕޮލިހަށް ގެންގޮސްފިނަމަ އަހަރެންގެ ބައްޕަ އަހަރެންގެ ދުވަސް ދުއްވައިލާނެއެވެ. ނަމަވެސް މިއީ އިންސާފެއް ނޫނެވެ. މިވަގުތު އެންމެ ރަނގަޅުވާނީ މިތަނުން ދިޔުން ކަމުގައި ވާތީ އަހަރެން ބާރުބާރަށް އެބައިން ނިކުމެގެން ގެޔަށްވަދެ ސޯފާއަށް ވެއްޓިގަތީމެވެ.

ހަތަރު އުފަރެސް ފެނުޖެހިއްޖެ ކަމުގައި އަހަރެންނަށް ހީވިއެވެ. ނޫނެކެވެ. އަހަރެން ކޮންމެވެސް ގޮތަކުން ތާޝާ ސަލާމަތް ކުރާނަމެވެ. އެކަމަކު ތާޝާއަށް ލިބޭނެ އަނިޔާއަކީ އަހަރެންނަށް ކެތްވާނެ ކަމެއް ނޫނެވެ. އަހަރެން އައި ރުޅީގައި ގެއިން ނިކުމެގެން ސައިކަލަށްއަރައި ބާރުބާރަށް މަގުތަށްމަތީ ދުއްވަންފެށީމެވެ. ވަކި މިސްރާބެއް ނެތިއެވެ. ނަމަވެސް މިގޮތަށް ދުއްވައިގެން އަހަރެންގެ ހިތުގައިމިވާ ހައިޖާނުގަނޑާއި ދުރަށްދާނީ ކިހިނެއް ހެއްޔެވެ؟ ވަކި ހިސާބަކުން ފޯނެއް އައިސްގެން އަހަރެން ސައިކަލު އެއްފަރާތަކަށް ޖައްސައިލުމަށްފަހު ފޯނުނެގީމެވެ. އަހަރެން ފޯނުގައި އިންދައި އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރިމަތިން ހިނގާފައި އައި ދެ އަންހެން ކުދިންނެވެ. އަހަރެންނަށް މިރޭ އިލްޔާސްގެ ގޭގައި އެހުރީ ކާކުކަން ހަނދާން ވެއްޖެއެވެ. އަހަރެންނަށް އެކުއްޖާއާއި ކުރިން ދިމާވެފައިވަނީ ލީނާއާއި އެކީ ބެރަށް ދިޔަ ދުވަހަކުއެވެ. އެއީ ލީނާގެ ކޮއްކޮ ލަމްޔާއެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ ގުޅުމެއް ލަމްޔާއަކަށް ވެސް ނޭންގޭނެއެވެ. އެދުވަހު ލީނާ ލަމްޔާއަށް އަހަރެން ތައާރަފްކޮށްދިނީ ރައްޓިއްސެއްގެ ގޮތުގައެވެ. އަހަރެން ފެނުމުން ލީނާއާއި ލަމްޔާ އަހަރެން ކައިރިޔަށް އައިސް މަޑުކޮށްލިއެވެ.
“އަހަރެންގެ ގޭގެ ދޮރުމަތީ ތި އިނީ އަހަރެން ކައިރީ މާފަށް އެދެންތަ؟” ލީނާ ފޮނިވެލާފައި މިހެން ބުނުމުން އަހަރެން ބަލައިލީމެވެ. އާނ އެކެވެ. އަހަރެންނަށް މި އިނދެވުނީ ލީނާމެން އުޅޭ ގޭގެ ދޮރުމަތީގައެވެ. ނަމަވެސް އަހަރެންގެ ޝައުގުވެރިންކަން މިވަގުތު ހުރީ ލީނާ އަކަށް ނޫނެވެ. ލަމްޔާއަށެވެ. ލަމްޔާވެސް ހަމަ ހައިރާންވާ ފަދަ ގޮތަކަށް އަހަރެންނަށް ބަލަން ހުއްޓެވެ. “ތީތަ ތުއްތުބެ މެން ގެޔަށް މިރޭ ވަތް ކުއްޖާ؟” ލަމްޔާ މިހެން ބުނެލުމުން ލީނާވެސް ދެލޯ ބޮޑުވެގެންދިޔައެވެ. “ވަޓް؟” ލީނާ ބާރަށް މިހެން ބުނުމަށްފަހު އަހަރެންނާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.
“ލަމް ދެންމެ ކިޔާދިން ވާހަކައިގަ އުޅެނީ މާޒްތަ؟” އަނެއްކާވެސް ލީނާ އަހައިލިއެވެ. މިހެން ބުނުމުން ލަމްޔާ ބޯ ޖަހައިލިއެވެ. “ވަޓް ދަ ހެލް އިސް ހެޕެނިންގ؟” އަހަރެންނަށް މި ދެމީހުން ދައްކަމުން ދިޔަ ވާހަކަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. ލަމްޔާ ތުއްތުބެގެ ގެޔޭ ބުނުމުން އަހަރެން މިއިނީ ހަމަ އަޖައިބުވެފައެވެ. މިމީހުންނާއި އިލްޔާސްއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

“މާޒް ތިއުޅެނީ އެގޭގަ އުޅޭ ސެކްސް ވޯކާރ އާއި އަޅައިގަނެގެންތަ؟” ލީނާ މިހެން ބުނުމުން އަހަރެން ސައިކަލުން ފޭބީމެވެ. ލީނާ އެހެން ބުނުމުން އަހަރެންގެ ލޭ ކެކިގެންދިޔައެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރު ފެނުމުން ލީނާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ.
“އަދި އެއްފަހަރު ބުނެބަލަ!” އަހަރެން ލީނާއާއި ކައިރިޔަށް ޖެހިލަމުން ބުނެލީމެވެ. އަހަރެންގެ ރުޅިއަކީ ލީނާއަށްވެސް ފެނިފައިވާނެ އެއްޗެއް ކަމުން އޭނާ ކުޑަކޮށް ފަސްޖެހުނެވެ. މިބުނެވުނީ ބުނަން ނުވާ ކަހަލަ އެއްޗެއްކަން އޭނައަށް ވިސްނޭނެއެވެ. އަހަރެންގެ ރުޅިވެރި މޫނު ފެނުމުން ލީނާ ދާން ހިނގައިގަތެވެ. ނަމަވެސް އަހަރެން އޭނާގެ އަތުގައި ހިފެހެއްޓީމެވެ. އަހަރެންނަށް މިކަމުގައި ލީނާ އަދި ލަމްޔާގެ އެހީތެރިކަންވެސް ބޭނުމެވެ. އަހަރެން ރުޅި މަޑުކޮށްލުމަށްފަހު ވާހަކަދެއްކީމެވެ.
“ލީން އިލްޔާސް އެއީ ލީންގެ ކާކުތަ؟” އަހަރެން މިހެން އަހައިލުމުން ލީނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. ދެން އަހަރެން ބަލައިލީ ލަމްޔާގެ މޫނަށެވެ. އޭނަވެސް ހުރީ އަހަރެންގެ މޫނަށް ބަލާށެވެ.
“އެއީ އަހަރެންގެ ބައްޕަގެ ބޭބެ. އަހަރެމެންގެ ތުއްތުބެ!” ޖަވާބު ދިނީ ލަމްޔާއެވެ. “ދެން އަހަރެން އަތުން ދޫކޮށްލާ މާޒް!” ލީނާ ބުނެލިއެވެ. ނަމަވެސް އަހަރެން އެއަތުގައި އެޔަށްވުރެ ބާރަށް ހިފަހައްޓައިލީމެވެ.
“ދެން ލަމްޔާ ކީއްކުރީ މިރޭ އެގޭގަ؟” އަނެއްކާވެސް އަހަރެން އަހައިލީމެވެ.
“މާޒް އެހުރިހާ އެއްޗެއް ބަލަނީ ކީއްކުރަންތަ؟” ޖަވާބު ދިނީ ލީނާއެވެ.
“މާޒް އަނެއްކާ އެގޭގަ އުޅޭ ކުއްޖާދެކެ ލޯބިވަނީތަ؟ ތުއްތުބެ އެކުއްޖާޔާ އިންނަން އެބައުޅޭ!” ލަމްޔާ މިހެން ބުނެލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އިލްޔާސް ހަމަ ހަގީގަތުގައިވެސް ތާޝާއާއި ކައިވެނި ކުރަނީ ހެއްޔެވެ؟ އެއީ ތާޝާއަށް ލިބޭނެ ވަރަށް ބޮޑު އަނިޔާއެކެވެ. ނޫނެކެވެ. ތާޝާއަކީ ހަމަ އެކަނި އަހަރެންގެ ހައްގެކެވެ. އަހަރެންނަށް ޖެހޭނީ ތާޝާ އިލްޔާސް ކައިރިން ސަލާމަތްކުރާށެވެ. މިކަމުގައި އަހަރެންނަށް ލީނާގެ އެހީ ވަރަށް ބޭނުމެވެ.

“ލީން އެގޭގަ އުޅެނީ މަގޭ މިސްޓީރިއަސް ގާލް.. ހެލްޕް މީ ޕްލީސް!” އަހަރެންގެ ލޮލުން ކަރުނަ އަންނަން އުޅުންހެންވެސް ހީވިއެވެ. ނަމަވެސް އަހަރެންގެ އިހުސާސްތައް ފޮރުވީމެވެ. އަަހަރެން އެހެން ބުނުމުން ލީނާ ފާޑަކަށް ހީގަތެވެ. އަހަރެން ކައިރިޔަށް ރުޅިއަންނަ ގޮތްވިއެވެ.

“ލީނާ މިތާކު މަޖާ ކަމެއް ނުވޭ!” އަހަރެން ލީނާގެ އަތަށް ފިތާލައި ބާރުކޮށްލަމުން ބުނެލީމެވެ. ލީނާއަށް ތަދުވީ ކަމަށްވެސް ވެދާނެއެވެ. ވަގުތުން އޭނާ ހުނުން ހުއްޓާލިއެވެ.

“މާޒްތީ މޮޔައެއްތަ؟ އަހަރެން މާޒްއާއި ހެދި ހޭބަލިވެފަ ހުއްޓަ ތިބުނީ އަހަރެން ކައިރީ އެހެން ކުއްޖެއް ހޯދަން އެހީވެދޭށޭ!” ލީނާ މިހެން ބުނުމުން އެންމެ ބޮޑަށް ހައިރާންވީ ލަމްޔާއެވެ.
“ދޮންތަ ކީކޭ ތި ކިޔަނީ؟” ލަމްޔާ މިހެން ބުނުމުން އަހަރެންވެސް ލީނާގެ އަތުން ދޫކޮށްލީމެވެ. އާނ އެކެވެ. ލީނާގެ ފަރާތަކުން އަހަރެންނަށް މިކަމުގައި އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. އަހަރެން އަތުން ދޫކޮށްލުމުން ލީނާ ގޭތެރެޔަށް ވަދެގެން ދިޔައެވެ. ފަހަތުން ލަމްޔާ ހިނގައިގަތުމުން އަހަރެން ލަމްޔާއަށް ގޮވައިލީމެވެ. ލަމްޔާ އަހަރެން ކައިރީ މަޑުކޮށްލިއެވެ.
“ބުނެދީބަލަ ލަމް އެގެޔަށް ދިޔައީ ކީއްކުރަންތަ؟” އަހަރެން އެސުވާލު ކުރުމުން ލަމްޔާ ކުޑަކޮށް ހާސްވާގޮތްވިއެވެ. “މާޒްތީ އަހަރެންގެ ދޮންތަގެ ކާކު؟” ބަދަލުގައި ލަމްޔާވެސް ކޮށްލީ ސުވާލެކެވެ.
“މިވަގުތު ތި ސުވާލެއް މުހިއްމެއް ނޫން! އަހަރެންނާއި ލީންއާއި ދެމެދު ކަމެއް އޮތަސް އަހަރެން ނިންމައިފިން މިހާރު…” އަހަރެން ބުނެލީމެވެ. “ދެން ބުނެބަލަ” އަހަރެން އަނެއްކާވެސް އިތުރުކޮށްލީމެވެ.

“އަހަރެންގެ ތުއްތުބެޔަކީ ނުލަފާ މީހެއް. އެކަމަކު ކަމެއް ޖެހިގެން ދިޔައީމަ ހަމަ ހެޔޮ ހިތުން ކޮށްދޭނެ! ކަމެއް ނެތިއްޔާ އަހަރެމެން ނުވެސް ދަން. ދޮންތަ ނުދާނެ އެކަމަކު. އަހަރެން ދިޔައީ ކުޑަކަމެއް ޖެހިގެން ލާރިކޮޅެއް ހޯދަންވެގެން.” ލަމްޔާ ކުޑަ ތަފްސީލެއް ދިނެވެ.

“އަހަރެންނަށް ކަމެއް ކޮށްދީފާނަންތަ؟” އަހަރެން އާދޭހުގެ ރާގަކަށް އެދުނީމެވެ. “ކުރެވޭވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަށް!” ލަމްޔާގެ ޖަވާބުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. “އަހަރެންނަށް ތާޝާއާއި ބައްދަލު ކޮށްދީބަލަ!” އަހަރެން ރުންކުރު ގޮތަކަށް ބުނެލީމެވެ.
“މާތްކަލާކޯ! އަހަރެން މިރޭވެސް ދެކުނީމޭ ތުއްތުބޭ އަރުވާލިވަރު… އަހަރެން ވަރަށް ބިރުގަނޭ!” ލަމްޔާ ބިރުންހުރެ ބުނެލިއެވެ. ނަމަވެސް އަހަރެން އާދޭސް ކުރާން ފެށުމުން މާދަމާ ކޮންމެވެސް ގޮތެއް ހަދައިދޭނެކަމަށް އެއްބަސްވިއެވެ. އަހަރެން ގެޔަށް ދިޔައީ ލަމްޔާގެ ނަންމަރުވެސް ހިފައިގެންނެވެ.

ގެޔަށް ވަތްއިރު ބައްޕަ ސޯފާގައި ޓީވީ ބަލަން އިނެވެ. އަހަރެން ފެނުމުން އަޅައިވެސް ނުލާ އެއިން ގޮތަށް އިނުމުން އަހަރެން ވަރަށް ދެރަވިއެވެ. ތާޝާ މިގެޔަށް ފުރަތަމަ ވައްދަންވެސް ޖެހޭނީ ބައްޕަ ކައިރީ އަހާފައެވެ. ނަމަވެސް ކަމުގެ ގޮތުން އަހަރެންނަށް ބައްޕަ ކައިރީ ބުނާނެ ވަގުތެއް ނުވީއެވެ. ބައްޕަ އަހަރެންދެކެ ރުޅިއައުންވެސް ވާޖިބެވެ. މިއީ ބައްޕަގެ ގެއެވެ. މައްސަލައަކަށްވީ މީހަކު މިގޭގައި ބެހެއްޓުމަކުން ނޫނެވެ. ނަމަވެސް އެމީހެއްގެ ސަބަބުން މިގެޔަށް ޕޮލިހުންވަދެ ބޮޑު ކަންތައްގަނޑަކަށް ވީމައެވެ. އަހަރެންގެ މަގާމުގައި ބައްޕަ ހުރިނަމަވެސް ކަންތައްކުރާނީ ހަމަ އެފަދައިންކަން އަހަރެންނަށް ޔަގީނެވެ.

މަޑުމަޑުން ހިނގާލާފައި އަހަރެން ކޮޓަރިޔަށްވަދުމަށްފަހު އަހަރެން އަވަސްވެގަތީ ފެންވަރާލާށެވެ. ހޫނުފެނުން ފެންވަރާލުމަށްފަހު އަހަރެން ލެޕްޓޮޕް ހިފައިންގެން އޮތީ ފިލްމެއް ބެލޭތޯއެވެ. ނަމަވެސް އަހަރެން ކުރިމަތިލަމުން މިދާ ކަންތައްތައް ފިލްމަކަށްވުރެ ވަކި ކުޑަ ހެއްޔެވެ؟ ކިތަންމެ ރީތިވެފައި މޮޅު ފިލްމަކަސް މިވަގުތު އަހަރެންގެ ސަމާލުކަން ދޭނީ ކިހިނެއް ހެއްޔެވެ؟ ތާޝާ އުޅޭނެ ހާލެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެކުއްޖާ މިހާރުވެސް އުޅޭނީ ކޮންމެވެސް މުސީބާތަކުކަން އަހަރެންނަށް ޔަގީނެވެ. އަހަރެންނަށް ތާޝާގެ ހައްގުގައި ކަމެއް ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އިލްޔާސްއަށް ޕޮލިހަށް ރިޕޯޓް ކުރެވެންޏާ އަހަރެންނަށް ވެސް ކުރެވޭނެއެވެ. އަނިޔާކުރާކަމަށް ތާޝާ އަމިއްލަޔަށް ހެކިދޭނެކަން ޔަގީނެވެ. ކުއްލިއަަކަށް މިއައީ ކިހާ މޮޅު ހިޔާލެއް ހެއްޔެވެ؟ އޭރަށް އިލްޔާސް ޖަލަށް ހިނގައްޖެނަމަ ތާޝާއަކަށް އިތުރު އެއްވެސް ތަކުލީފަކާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. އަހަރެންނަށް މިއަންނަ މޮޅެތި ހިޔާލުން އަހަރެންގެ ހިނިތުންވުން ފުންވާން ފަށައިފިއެވެ. “މާޒްއެވެ. ހޭލާހުރެގެން ހުވަފެން ނުބަލާށެވެ.” އަހަރެން އަމިއްލަ ނަފްސަށް ބުނެލީމެވެ.

އަނެއްދުވަހު އޮފީހުގައި އަަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ ލީނާ އޮފީހަށް ނާންނަކަމުގެ ހަބަރު ލިބުނީމައެވެ. އެހެހެންނޫންނަމަ އަހަރެން ފަހަތުން އަޅުވާލައިގެން އުޅޭނެކަން ޔަގީނެވެ. ލީނާއާއި މިހާރު ކުރިމަތިނުލަމީ އަހަރެންނަށް ފަސޭހަ ކަމެއްނޫނެވެ. އަހަރެން މިފަދަ ހިޔާލެއްގައި އިންދައި އަހަރެންގެ ފޯނަށް މެސެޖެއްއައެވެ. “އޯލްރެޑީ މިސިންގ ޔޫ! އޮފީހަށް ނުދާތީ ކިހިނެއް ވީ ތޯ ވެސް ބަލައި ނުލާނަންތަ؟” އެއީ ލީނާގެ މެސެޖެއްކަން އެނގުމުން އަހަރެން ވީ ފޫހިން އަވަހަށް ފޯނު މޭޒުމަތީ ބޭއްވީމެވެ.

އަހަރެންނަށް ގެޔަށް އާދެވުންއިރު ހަވީރު 5 ޖަހައިފިއެވެ. ގެޔަށް އައިސް ސައި ބޮއިލައިގެން އަހަރެން ދެން ވަނީ ފެންވަރާށެވެ. ފެންވަރައިގެން ރީތި ވެލައިގެން އަހަރެން ބޭރަށް ނިކުތީ ލަމްޔާ މިއަދު ހަވީރު އިލްޔާސްމެން ގެޔަށް އަންނާނެ ކަމަށްބުނެ މެސެޖެއް ކޮށްފައި އޮތުމުންނެވެ. އަހަރެން މަޑުކޮށްލީ ސިޑި ކައިރީއެވެ. އަހަރެން އެތާ ފޯނާ ކުޅެން ހުއްޓައި ލަމްޔާ އެގެއިން ނިކުމެގެން އައިސް އަހަރެން ކައިރީ މަޑުކޮށްލިއެވެ. “ހިނގާ އެތެރެޔަށް” ލަމްޔާ ބުނެލިއެވެ. “އިލްޔާސް ކޮބާ؟” އަހަރެން އަވަހަށް އަހައިލީމެވެ. “ނޭންގެ ކޮޓަރިޔަށްވަނީ!” ލަމްޔާ މިހެން ބުނުމުން އަހަރެން އޭނަގެ ފަހަތުން އެގެޔަށްދާން ހިނގައިގަތީމެވެ. އަހަރެން އަވަސް އަވަހަށް ގޮސް ތާޝާގެ ކޮޓަރިޔަށް ދެމިގަތީމެވެ. އެއިރު ތާޝާ ކޮންމެވެސް އެއްޗެއް ލިޔަން މޭޒު ދޮށުގައި އިނެވެ. އަހަރެން މަޑުމަޑުން ފުރަގަހުން ގޮސް އޭނަގެ ދެލޮލުގައި އަތް އެޅީމެވެ. ސިއްސައިގެން ދިޔަވަރުން ތާޝާގެ ލޮލުގައި އެޅިފައި އޮތް އަހަރެންގެ އަތުގައި ހިފަހައްޓައިލިއެވެ. “މާޒް” ތާޝާ އަހަރެންގެ ނަން ބުނެލުމުން އަހަރެންގެ އަތް ނެގީމެވެ. ފަހަތަށް އެނބުރި އަހަރެންނާއި ދިމާލަށް ބަލައިލުމަށްފަހު ތެދުވެގެން އައިސް އަހަރެންގެ ގައިގައި ބާރަށް ބައްދައިލިއެވެ. މިއީ އަހަރެންނަށް ތާޝާގެ ފަރާތުން ފެނުން އާ ސިފައެކެވެ. އަހަރެންނަށްވެސް ތާޝާގައިގައި ހިފަހައްޓައިލެވުނެވެ. މިއީ އަހަރެމެން މިގޮތަށް ކައިރިވި ފުރަތަމަ ފަހަރެވެ. އަހަރެންގެ ހިތުގައި މިވަގުތުވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ކުއްލިއަކަށް ތާޝާ ރޯންފެށިއެވެ. އަހަރެންނަށް އެގިސްލުމުގެ އަޑު އިވުމުން ތާޝާ އަހަރެންގެ ގަޔާއި ދުރުކޮށްލީމެވެ. އެވަގުތު އަހަރެންގެ ފޯނުވެސް ރިންގުވާން ފެށިއެވެ. ގުޅަނީ ލަމްޔާއެވެ. އިލްޔާސް ނިކުތީކަން ޔަގީނެވެ. އަހަރެން ފޯނު ނެގީމެވެ. “މާޒް ތުއްތުބެ ހިނގައްޖެ ތިރީގަ ހުރި ފިހާރަޔަށް ބިސްކޯދު ބޮނޑިޔެއް ގަންނަން. އައިސް ޔަގީން ތާޝާއަށް ގޮވާނެ.. އާދޭ ދެން!” ލަމްޔާ މިހެން ބުނުމުން އަހަރެން ތާޝާ ކައިރީ އެވާހަކަ ބުނެލީމެވެ. ނަމަވެސް އޭނަ ދޫކޮށްފަ ނުދިއުމަށް އެދުނެވެ. އެކަމަކު ވިވަގުތަކު މިނޫން ގޮތެއް ނެތެވެ. އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ތާޝާ ދެންމެ ލިޔަންއިން ފޮތެވެ. އަހަރެން އެފޮތް ނަގާ ބަލައިލީމެވެ. އަހަރެން އަތުގައި އެފޮތް އޮތްތަން ފެނުމުން ތާޝާ އަހަރެންގެ އަތުން އަތުލެވޭތޯ އުޅުނެވެ. ތާޝާ އަތުލަން އުޅުމުން އަހަރެން ގަސްތުގައި އޭނަ ރުޅިއަރުވާލަން ދިޔައީ އެފޮތް ހިފައިގެންނެވެ. (ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އައިޝާ 7

Next

އެ ހުވަފެން ( 2ވަނަބައި )

Next
November 9, 2016

އެ ހުވަފެން ( 2ވަނަބައި )

Previews
November 8, 2016

އައިޝާ 7

13 Comments!

  1. GORGEOUS says:
    November 8, 2016 at 11:53 pm

    Yippee.. Me first

  2. ?? says:
    November 8, 2016 at 11:56 pm

    ifaau konmefaharakuves hama enmekiyaahivaahisaabunninmaalaane

  3. Aishu says:
    November 9, 2016 at 12:00 am

    Alhey kiya kiya indha e nimuny. Haadha kurey. Vvvv reethi. Ei thaashaa ge diary dhw. Yes den eythi polihunnah dhekkyma thaashsa salaamaiy kureveyne

  4. Aish says:
    November 9, 2016 at 12:01 am

    Mi part vrh reethi..bt thankolheh kuru..

  5. Khajja says:
    November 9, 2016 at 3:47 am

    Masha allah v rythi ekam mi stry genesdheyleh maakurukamah fennany kuriyah huri prt thah dhigukolladheyne kamah ummydhu kuran

  6. Qeen says:
    November 9, 2016 at 6:21 am

    vv reethi haadhalahakunney thi up kollanee konmedhuvahaku 1 part up kohbala adhi thankolhe dhigukoh

  7. Anonymous says:
    November 9, 2016 at 7:57 am

    Aadheys koffabunan miahvuren dhigukohgenesbala v reethi vaahakaehmee

  8. Fin says:
    November 9, 2016 at 12:12 pm

    V salhi mi bai vex.. Avahah up kohdheche

  9. ny says:
    November 9, 2016 at 2:58 pm

    Haaada kurey v v kiyaahithunhutta ninmaalee

  10. ??? says:
    November 9, 2016 at 3:00 pm

    V reethi

  11. ??? says:
    November 9, 2016 at 3:01 pm

    Asluves dho

  12. ??? says:
    November 9, 2016 at 3:03 pm

    Miavuren dhigukoh genesdheveykah netha

  13. Yax says:
    November 9, 2016 at 8:42 pm

    love it?

Comments are closed.

Next Episodeތާޝާ (13ވަނަ ބައި)←


All Right Reserved!