ހިތް ބޭނުމޭ…5
ހިތް ބޭނުމޭ…5
ރެއިލިން ގައި ހިފައްޓާލައިގެން ހުރި ޒެއިން އަށް ފަހަތުގައި މީހަކު ހުރި ކަމުގެ އިހުސާސް ވުމުން އެނބުރި ބަލައިލި އިރު ލަދު ރަކި ގޮތަކަށް ހިނިތުން ވެލައިގެން އެލީން ހުއްޓެވެ.
ކަޅު ކުލައިގެ ޖެކެޓް ލައިގެން ހުރި އިރު އެ ފަން އިސްތަށިގަނޑު ބޮޑު ކަކުނި ދައްޗަކުން ހައްޔަރު ކޮށްލާފައި ހުއްޓެވެ. އިސްތަށިގަނޑު ގެ ފަން ކަމުން ބައެއް ނުކިޔަމަންތެރި ކުރު އިސްތަށިތައް ފައިބާފައި ހުރުމުން އިތުރަށް ފުރިހަމަ އެވެ. އެލީން ފެނުމުން ޒެއިން ގެ ހިތަށް ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ކަޅިޖަހައި ނުލައި ހުރެ ޒެއިން ގޮސް އެލީންގެ އަތުގައި ހިފައިލަމުން ގަޔާއި ކައިރި ކޮށްލިއެވެ.
“އަހަރެން ހިއެއް ނުކުރަން އެލީން އަންނާނެ ކަމަކަށް.” ޒެއިން ގެ މޫނަށް އެލީން ބަލައިލަމުން ހިނިތުންވެލިއެވެ.
“ޒެއިން ބުނީމަ އަންނާކަށްނު ޖެހޭނީ.” ލަދުން ހުރެ އެލީން ވާހަކަ ދެއްކިއެވެ.
“ހެހެ. އެއީ މަޖުބޫރު ކަމެއްތަ؟ އަހަރެން ހަމަ ގައިމު ވެސް އެލީން އަކަށް މަޖުބޫރެއް ނުކުރަން. ތި އައީ އެލީން ވެސް ހަމަ އެގޮތް ބޭނުން ވާތީ ކަމަށް އަހަރެން ބަލާނީ.” ޒެއިން ކުޑަކޮށް ހީލަމުން އެލީންގެ މަޑު އަތްތިލަ އަށް ފިތައިލިއެވެ.
“ވަރަށް ބިރުން ތަ ތިހިރީ؟” އެލީން ވާހަކަ ނުދައްކާ ހުންނަން ފެށުމުން ޒެއިން މަޑުމަޑުން އަހައިލިއެވެ.
“ނޫން. ކީއްވެ ބިރު ގަންނަންވީ؟ ބިރުގަންނަވަރުގެ ސިފައެއް ޒެއިންގެ ގަޔަކު ނެތެއްނު” އެލީންގެ ޖުމްލައިން ޒެއިން ހޭންފެށުމުން އެ މޫނަށް ބަލަން އެލީން އަށް ހުރެވުނީ ކަޅި ޖަހައި ނުލައެވެ.
“ލުކް އެޓް ޔުއަ ހޭންޑްސް. އާމުކޮށް ކަންކަމާ ހާސްވީމަ ބައެއް މީހުންގެ އަތް ދާހިއްލާ ވާހަކަ އަޑުއަހަން” އެލީން ގެ އަތް އުފުލައިލަމުން ޒެއިން ދައްކައިލިއެވެ.
“ޑޯންޓް ބީ އެފްރެއިޑް. އަހަރެން އެލީން އަކަށް ކަމެއް ނުކުރާނަން. އައި ޕްރޮމިސް. އަހަރެން ވަރަށް އުފާވެއްޖެ އައިމަ.” ޒެއިން އެލީންގެ އަތުގައި ހިފައިގެން ހުރެ ހިނގައިގަތީ އެތާގައި ބަހައްޓާފައި ހުރި ޖޯލިފައްޗާ ދިމާ އަށެވެ. ޒެއިން ޖޯލީގައި އިށީނުމުން ޖެހިގެން އިން ޖޯލީގައި އެލީން އިށީނެވެ.
“މިތަން ވަރަށް ހިތްގައިމު ދޯ. އަސްލު އަހަރެން ހިއެއް ނުކުރަން ޒެއިން މެންގެ ފެމިލީ މިހާ ރިޗް ކަމަކަށް” އެލީން ގެ ހާސްކަން ކެނޑެމުން ދިއުމުން ހިތްވަރު ކޮށްލާފައި ވާހަކަ ދެއްކިއެވެ.
“އާނ. މިތަން ވަރަށް ހިތްގައިމު. އަހަރެން ނަށް މިރޭ މިތަން ހިތްގައިމުވީ އެލީންގެ ސަބަބުން.” ޒެއިން އެލީން އިން ފަޅިއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“ޒެއިން މީ ރަނގަޅު ކަމެއް ތަ؟” އެލީން ތުންފަތުގައި ދަތް އަޅައިލަމުން ސުވާލުކޮށްލިއެވެ.
“ކިހިނެތްވީ؟” ޒެއިން އަށް އެލީން ބުނި ޖުމްލައިގެ މާނަ ރަނގަޅަކަށް ނަގައެއް ނުގަނެވުނެވެ. ނޫނީ އޭނާ ނޭނގޭ ކަމަށް ހެދީއެވެ.
“ޔޫ އާ ރިޗް އެންޑް…ގުޑް ލުކިންގް..އަހަރެން…” އެލީން ހުއްޓަ ހުއްޓާފައި ބުނަން އުޅުން ޖުމްލަ މެދު ކަނޑުވައިލީ ޒެއިން އެވެ.
“އެކަކު އަނެކަކާ އަޅައި ކިޔާކަށް ނޫން އަހަރެން ނަށް އެލީން ކަމު ދިޔައީ. ރިޗް ވުމަކުން ހުރިހައި އުފަލެއް ނުލިބޭނެ. އެންޑް އެލީން އަކީ އަހަރެންނަށް ފެނުނު އެންމެ ނައިސް ކުއްޖާ. ކުރީގަވެސް އަހަރެން އެވަރަށް ދިމާ ކުރި އިރު ވެސް އެލީން ވަރަށް ކެތްތެރި. އެންޑް އައި ލައިކް އިޓް. ތިކަހަލަ ތަފާތު ރީތިކަމެއް އަހަރެންނަކަށް ރާއްޖެ އަކުން ނުފެނޭ. ޕްލީޒް އަހަރުމެން ދެމީހުންގެ ކަންތައްތައް އަޅައި ނުކިޔައްޗޭ. މި މުއްސަނދިކަން އެލީން އަށް ޓަކައި ސެކްރިފައިސް ކުރާކަށްވެސް އަހަރެން ފަހަކަށް ނުޖެހޭނަން.” ޒެއިންގެެ އަޑުގައި ވަނީ ޔަގީން ކަމެވެ.
“ޒެއިން އަހަރެން ދެކެ ހަމަ އެކަނި ލައިކް ތަ ވަނީ؟” ލޯބިވާ ވާހަކަ ޒެއިންގެ ދުލުން ބޭރު ނުކުރާތީ އެލީންގެ އަށް އަހައިލެވުނެވެ. އެ ސުވާލާއި އެކު ޒެއިން އެލީންގެ މޫނަށް ފުންކޮށް ބަލައިލިއެވެ.
“އިޓްސް މޯ ދެން ދެޓް. އެލީން އޯ؟” ޒެއިން އަށް އެލީން އޭނާ ދެކެ ލޯބިވާކަން އިނގޭ އިރު ވެސް ސުވާލު ކޮށްލިއެވެ.
“އަހަރެން މިތަނަށް އައިމަ ޒެއިން އަކަށް ޖަވާބެއް ނުލިބޭތަ؟” ލުއި ގޮތަކަށް ހީލަމުން އެލީން ޖަވާބުދިނެވެ.
“ނޫން. އެކަމުން އެލީން ގެ ދުލުން އެހެން ބުނެލާ އަޑު އަހަން އަހަރެން ވަރަށް ބޭނުން.” ޒެއިން ގެ ވާހަކަ ދެއްކުން ހުންނަ ގޮތުން އެލީން ނުހޭން އުޅުނަސް ހެވެނީ އެވެ. ޒެއިން އަކީ މިހައި އިޝްގީ މީހެއް ކަމަކަށް އެލީން ހިއެއް ނުކުރެއެވެ.
“ޒެއިންގެ ފަރާތުން އެ ބަސް އިވުން ދުވަހަކުން އަހަރެން ވެސް ޒެއިން އަށް އެ ބަސް އިއްވާނަން. ދެން އޯކޭ ތަ އަހަރެން ދިޔަސް؟ ވަރަށް ލަސްވެއްޖެ” ލޯބިވާ ވާހަކަ ބުނަން އުޅެފައި ވެސް އެލީން އަކަށް އެ ހިތްވަރެއް ނުލިބުނެވެ.
“އޯކޭ. މާދަމަ އަށް ރެޑީ ވައްޗޭ. ފުރަތަމަ ދުވަސް އެއީ އޮފީހުގެ. ވަން މަންތް ފަހުން ނުކުންނަން ވިސްނާފަވެސް ފޫހިވާތީ އަހަރެން ބޭނުން އޮފީހަށް ދާން ފަށަން. އެންޑް މީރާން އަހަރެން ގާތު ބުނި އެލީން އަށް ޖޮބް ހޯދަދޭން. ސޯ މާދަމާ އަހަރެންނާއި އެކު އެއިޓްގަ އޮފީހަށް ދާން ރެޑީގަ ހުންނާތި” ޒެއިން ގަދަކަމުން އެލީންގެ ދުލުން އެބަސް ބޭރު ކުރުވަން ބޭނުން ނުވާތީ އެވާހަކަ ނުދައްކާން ނިިންމި ފަދައެވެ.
“އޯކޭ. ގުޑް ނައިޓް ޒެއިން” އެލީން އެހެން ބުނެފައި ދާން ތެދުވުމާއިއެކު ޒެއިން އެ އަތުގައި ހިފަމުން ބޭންދީ ޒެއިންގެ އުނގުގައެވެ. ޒެއިން އެފަދަ ސަމާސާއެއް ކުރާނެކަމަށް ނުވިސްނައި ހުރުމުން އެލީންގެ މޭ ގަނޑު ތެޅެން ފެށީ ލިބުނު ސިހުމަކުންނެވެ.
“މްމްމްމް. ކޮންކަހަލަ ޝޭމްޕޫއެއް ތަ ބޭނުން ކުރަނީ. އައި ވޯންޓް އީޓް ޔުއަ ހެޔާ.” އެލީންގެ އިސްތަށިގަނޑުގައި ވަސްގަނެލަމުން ޒެއިން ލޯމަރައިލިއެވެ.
ޒެއިން އެލީންގެ މޫނު ގައި ފިރުމައިލަމުން އެ މޫނުގައި މަޑުމަޑުން ބޮސްދިނެވެ.
“ގުޑް ނައިޓް އެލީ” ޒެއިން އެލީންގެ ކަންފަތާއި އަނގަ ކައިރި ކޮށްލަމުން ވައި އަޑަކުން ކިޔައިލިއެވެ. އެލީން ޒެއިންގެ އަތުތެރެއިން ނުކުމެގެން ދުވެލާފައި ދިޔަ މަންޒަރު ބަލަން ޒެއިން އަށް އިނދެވުނީ ހިނިތުންވެފައެވެ.
ކޮޓަރިއަށް ވަދެ ދޮރު ތަޅުލަމުން އެލީން އަށް މޭގައި އަތް އަލައިލެވުނެވެ. އޭނާ އަށް އުޅެވުނީ ހުވަފެނެއްގައި ބާއޭ އެލީންގެ ހިތަށް އެރިއެވެ. އެތުންފަތްމަތީ ވަނީ އުފާވެރި ހިނިތުންވުމެކެވެ. އަވަސް އަވަހަށް ގޮސް އެނދު ކައިރީ އިން ސައިޑް ޓޭބަލް މަތީ އޮަތް ފޯނު ނަގައި އާނާ އަށް ވަޓްސްއެޕް އިން މެސެޖް ކޮށްލިއެވެ.
ޑައިނިންގް ރޫމްގައި ޒައުލް އާއި އީވާ އަދި ޒެއިން ތިބީ ނާސްތާ ކުރާށެވެ. މާރިއާ މިއަދު ކުޑަކޮށް ބަލިވެ އުޅޭތީ ސައިގައި ބައިވެރި ވާކަށް ނާދެއެވެ. ހަތްގަޑި ފަނަރަ ވެފައި ހުރުމުން ޒެއިން އަށް އިރު އިރުކޮޅާ ބަލައިލެވެނީ ޑައިނިންގް ރޫމްގެ ދޮރާއި ދިމާލަށެވެ.
“ޒެން، އާ ޔޫ އޯލްރައިޓް؟” ޒެއިން ގެ ހަރަކާތްތައް ފެނިފައި ޒައުލް ސުވާލުކޮށްލިއެވެ.
“ޔާ. އަމް ފައިން. އޮފީހަށްދާ ފުރަތަމަ ދުވަސް ވީމަ ކުޑަކޮށް ނާވަސް ވެފަ މި އިނީ. ދެޓްސް އޯލް” ލާނެތް ހިންޏެއް އައިސްފައި އިން އީވާގެ މޫނަށް ވައްކަޅިން ް ބަލައިލަމުން ޒެއިން ޒައުލް އަށް ޖަވާބު ދިނެވެ.
” އެހެން ތަ؟ ޑޯންޓް ބީ އިނގޭ. އޮފީހުގެ ހުރިހައި ސްޓާފުން ވެސް ވަރަށް ފްރެންޑްލީ ވާނެ” ޒެއިން ގެ އަސްލު ހާލަތު ނޭނގި އިން ޒައުލް ހިނިތުންވެލަމުން ބުންޏެވެ.
އޮރެންޖު ޖޫސްތަށީގައި ތުން ޖަހައިގެން އިން ޒެއިން އަށް ޑައިނިންގް ރޫމް ގެ ދޮރުން ވަދެގެން އައި އެލީން ފެނިފައި މަޑުމަޑުން ޖޫސް ތަށި މޭޒުމަތީގައި ބެހެއްޓުނެވެ. ގަދަ މުށި ކުލައިގެ ގަމީސް މަތިކޮޅާއި އެކު މަޑު މުށި ކުލައިގެ ކަކުލުން ތިރިއަށް ހުންނަ ޕެންސިލް ސްކާޓް ގައި އެލީން ފެންނަނީ ވަރަށް އޮފިޝިއަލް ކޮށެވެ. އުނަގަނޑާއި ހަމައިން ބެގީ ކޮށްފައި ހުރުމުން އެ އުނަގަނޑުގެ ހިމަކަން ފާޅުވާން ހުއްޓެވެ. އެ ފަން އިސްތަށިގަނޑު ހުޅިއެއް ޖަހައި ހައްޔަރު ކޮށްލާފައި ހުރި އިރު ކޮށްފައި ވަނީ ވަރަށް ލުއި މޭކަޕެކެވެ.
“ވާވް އެލީ!!! އަހަރެން އަސްލު ހިއެއް ނުކުރަން ތި ޑްރެސް ދިން އިރުވެސް އެލީ އާ ތިހައި ގުޅޭނެ ކަމަކަށް. އައި އެމް ސްޕީޗްލެސް. ޔޫ ލުކް ސްޓަނިންގް” އީވާ އުފާވެލާފައި ބުންޏެވެ.
“ހެހެ ތޭންކްސް” ލުއި ހިނިތުންވުމަކާއި އެކު ލަދުން ހުރެ އެލީން ގޮނޑިއެއް ދަމައިލަމުން އިށީނެވެ.
“އަޅެ ދޮގެއްތަ އަހަރެން މި ބުނީ ޒެއިން؟ އެލީ ރީއްޗެއް ނޫން ތަ؟ ދޯ ޒައުލް؟” އީވާ ޒެއިން އާއި ޒައުލް އަށް ބުނެލީ ތުއި ގޮތަކަށެވެ.
“އާނ އިވީ ވަރަށް މޮޅު ވާނެ މީހުނާ ގުޅޭ ގޮތަށް ޑްރެސް ޗޫޒް ކޮށްދޭން. އެހެން ވެގެންނޭ އަހަރެން އިވީ އާ މެރީ ކުރީވެސް. ނޫން ނަމަ އަހަރެން ޖެހޭނީ މުންޑު އަނދެގެން ކަންނޭނގެ އުޅެން” ޒައުލް ކޮށްލި ސަމާސާއިން އީވާ މޫނަށް ޖައްސައިގެން ވައްތަރު ފެނިފައި އެލީން އާއި ޒެއިން ގާތަށް ވެސް ހިނިއައެވެ.
އޮފީހަށް ދާން ފެންވަރައިގެން ނުކުތް އެޒިލް އަށް އެނދުމަތީ އިށީނދެލައިގެން އިން މިލީނާ ބަލައިލީ ހިތްހަމަ ނުޖެހިފައެވެ. ފަރުވާކުޑަ ގޮތަކަށް މިލީނާގެ މޫނަށް ބަލައިލަމުން އެޒިލް އަވަސްވެގަތީ ގަޑި ޖެހުމުގެ ކުރިން އޮފީހަށް ދާން ތައްޔާރުވާށެވެ.
“އެޒިލް ރޭގަ ކޮން އިރަކު ތަ ގެއަށް އައީ؟ އަހަރެން އިންތިޒާރު ކުރިވަރެއް ނޭނގޭ ތަ؟” ރުޅި އައުމުގެ ސަބަބުން މިލީނާ އަށް ވާހަކަ ދެއްކުނީ ވެސް ތަންކޮޅެއް ބާރަށެވެ.
“ހަޅޭއް ނުލެވިޔަސް މަށަށް މިލީނާ ކިޔާ އެއްޗިސް އަޑު އިވޭނެ. އަދި ކަންފަތް ބީރެއް ނުވޭ” ހިތްހަމަ ނުޖެހިފައި އެޒިލް ބުންޏެވެ.
“އަހަރެން އެޒިލް ހޯދީ ވަރަށް މުހިންމު ވާހަކައެއް ބުނަން.” އެޒިލްގެ ހުންނަ ގޮތަކުން ރުޅި އިސްކޮށް އޭނާގެ ވާހަކަ އަޑުނާހައި ގޮސްދާނެތީ މިފަހަރު މިލީނާ ވާހަކަ ދެއްކީ ތަންކޮޅެއް މައިތިރިކޮށެވެ.
“މިލީނާ މިހާރު އަހަރެން ގާތު ދައްކަން ޖެހޭ އެއްވެސް ވާހަކައެއް އޮންނާނެ ހެނެެއް ހިއެއްނުވޭ.” އެޒިލް ގަމީހުގެ ގޮށްތައް އަޅުވަމުން މިލީނާ އަށް ޖަވާބު ދިނެވެ.
“އެޒިލް އަށް އެހެން ހީވިޔަސް އަހަރެން މިދައްކަން އުޅޭ ވާހަކަ އިނގުނީމަ އުފާ ވާނެކަން ޔަޤީން” މިލީނާ އެނދުން ތެދުވެގެންގޮސް އެޒިލްގެ ކުރިމަތީ ހުއްޓެމުން އެމޫނަށްބަލައިލިއެވެ. ކުރިން އެ ދެލޮލުން އޭނާ އަށް ޓަކައި ފެންނަ ލޯތްބެއް މިލީނާ އަކަށް ނުފެނުނެވެ. އޭގެ ބަދަލުގައި އެ ދެލޮލުގައި ވަނީ ބީރައްޓެހިކަމެވެ. ފޫހިކަމެވެ.
“ތިބުނަން އުޅޭ ވާހަކަ ފަހުން ވެސް ބުނެވިދާނެ. މަށަށް ލަސްވޭ އެބަ. އަހަރެންގެ ގަޑި ޖެހެނީ. މިއަދު އަހަރުމެން އޮފީހުގެ ނިވް ބޮސް އަންނާތީ އަވަހަށް ދާންޖެހޭ” އެޒިލް މިލީނާ އަށް އެއްވެސް ސަމާލުކަމެއް ނުދީ ގޮސް ޑްރެސިންގް ޓޭބަލް ގެ ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އިސްތަށިގަނޑު ސްޓައިލް ކުރަން ފެށިއެވެ.
“އެޒިލް އާއި އަހަރެންގެ ގުޅުން ގޯސް ވީ ވެސް އަހަރެން ނަށް ވުރެ އެޒިލް އަށް މަސައްކަތް މުހިންމު ވީމަ. އައި ހޭޓް ޔުއަ އޮފީސް. އަހަރެންނާއި އެޒިލް ގެ ލޯބި ނިމުމަކަށް އަންނަން މެދުވެރިވީ އެ ސްޓްޕިޑް އޮފީސް.” މިލީނާ ގެ ޖުމްލައިން އެޒިލްގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. ކުއްލިއަކަށް މިލީނާ އާއި ދިމާލަށް ކުރިމަތިލަމުން އެޒިލް އެބާރުގަދަ އަތުން މިލީނާގެ ކޮނޑުގައި ހިފެއްޓީ ތަދުވާހާ ބާރަށެވެ.
“ކޮން ސްޓްޕިޑް އޮފީހެކޭ ކިޔާކަށް ތަ؟ އަހަރެން މިލީނާ އަށް ޓަކައެއްނޫން ތަ އެހައި ބުރަކޮށް މަސައްކަތް ކުރީ.. އޭނ؟ އެއްފަހަރުވެސް، ހަމަ އެއް ފަހަރުވެސް ތި ދުލަކުން އަހަރެން ގާތަކު ނުބުނެ ދެވޭ ވަގުތު ކުޑަ ވާހަކައެއް. އަބަދު މިލީނާ އަށް ދައްކަން އިނގެނީ މިލީނާގެ ރައްޓެހިން އަގުބޮޑު ބްރޭންޑެޑް އެއްޗިހި ގެންގުޅޭ ވާހަކަ. އަހަރެންނަށް އެވަރަށް ލާރި ނުލިބޭތީ ބޮޑު މުސާރަލިބޭ އޮފީހަކަށް ވަދެގެންް އަދި އަމިއްލަ މަސައްކަތް ވެސް ކުރަންފެށީ. އަހަރެން މިލީނާ ދެކެ ލޯބި ވީމަ، މިލީނާ އުފާ ކޮށްދޭން ބޭނުން ވާތީ. އެކަމު އޭގެ ބަދަލު މިލީނާ އަށް ދޭން އިނގުނީ ކިހިނެތް؟ ހިލޭ ފިރިހެނަކާ އެކީ އަހަރެންގެ އަމިއްލަ ގޭގަ އަހަރެންގެ އަމިއްލަ ކޮޓަރީގެ އެނދުމަތީ ކުރި ކަންތައް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. ޔޫ ރުއިންޑް އެވްރީތިންގް! ޔޫ ޑަމްބް ވޮމެން. އަހަރެން މިލީނާ ދެކެ ވީ ލޯބި ފޮހެލީ މިލީނާ އަމިއްލަ އަށް. ނައު ގެޓް ލޮސްޓް ފްރޮމް މައި ސައިޓް” އެޒިލް އަށް ރުޅި ކޮންޓްރޯލް ނުވެގެން މިލީނީގެ ކޮނޑުގައި ހިފައި ކޮއްޕައިލެވުނީވެސް ފުދޭވަރަކަށް ބާރަށެވެ. ނަސީބަކުން މިލީނާ ނުވެއްޓި ސަލާމަތްވީ ފުރަގަހުގައި ހުރި އެނދުގެ ސަބަބުން ނެވެ.
“އަހަރެން ކިތައް ފަހަރު ތަ މާފަށް އެދެންވީ؟” ރޮވިފައި އިނދެ އެނދުގައި އިށީންނަމުން މިލީނާ އަށް ބުނެވުނެވެ.
“ކިތަންމެ ވަރަކަށް މާފަށް އެދުނަސް އަހަރެންގެ ހިތުގައި ވާ ނަފްރަތަކަށް ބަދަލެއް ނާންނާނެ. އެއް ކަމެއް ވެސް އަހަރެން ދެން މިލީނާ އަށް ޓަކައެއް ނުކުރާނަން. އަދި ބުނަން؟ އަހަރެން ވަރަށް އަވަހަށް މިލީނާ ވަރި ކުރާނަން. އައި އެމް އިން ލަވް ވިތް ސަމްވަން އެލްސް” ލިލިއަންގެ ނަން ބުނާކަށް އެޒިލްގެ ހިތަކުނެތެވެ. އެޒިލްގެ އެ ޖުމްލައިން މިލީނާ އަކަށް އިތުރަކަށް ނީނދެވުނެވެ. އެނދުން ތެދުވެގެން ގޮސް އަލަމާރީގެ ދޮރު ހުޅުވާލާފައި ނެގި އެއްޗެއް ގެންގޮސް އެޒިލްގެ މުށުތެރެއަށް ލީ އިރު އެ ތުންފަތްމަތީ ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. މިލީނާގެ މޫނަށް ބަލައިލަމުން އެޒިލް އޭނާގެ އަތުގައި އޮތް އެއްޗަށް ބަލައިލުމާއި އެކު އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.
ނުނިމޭ
4031 Comments
Comments are closed.
Yeyyy ? up kurevijje dhw miadhu.. So episodeh miss eh nuvi dhw.. Hehe.. Please read an comment ingey.. Koacheh baa dhw ezil athuga e othy ? guss kohllaafa comment kohllahchey ingey.. Hehe.. Hope you guys will enjoy the episode.. And last part ge comments v majaa vi ingey shooty ah.. Hehe keep commenting like that.. And if you like the episode dont forget to like ?
Haadha kuru part thakeh thi up kuranee.. Thankolheh dhigukoh up kollaba plxx.. Anyways nice story..
Masha allah… Varah reethi.. Ekam haadha kurey….
Next part dhigu kohllaanan insha allah.. ? kiyaalaathy v bodah shukuriyya..
Haadha kurey
Mi part kuru v ehn part thakah vure. Miadhu travel kuryma v tired vefa huryma. Maadhan v long koh up kohdheynan.. Please understand ingey ?
Haadha reethi ey mi part ves. Great job shooty❤❤❤
Milyna preg vyhen hyvany…nama nama liian r xein nuguvaathi ekm shooty…..hehe mibaives rythi dear.ekm thankolheh kuru..next part dhigukohla dhehchey☺☺
Varah salhi.. I think Itx pregnancy test report.. Varah ufa vejje upkohlyma
Hyvany mileena e dhiny pregnancy report or test kit eh kanneyge dhow.. Mi part ves v reethi..
Varah salhi….
Masha allah v reethi.heevanee milinaa axil ah adinee pregnancy kitah hen dhw hehehe.waiting waiting.
Masha allah milina ge pregnancy kit dhw adinee.waiting waiting
pregnancy kit… positive vefa… dhw shootyy
Aishu ah ves heevany preg test kit hen. Ekm ezil gabooleh nukuraane kanneyge eynage dhari eh kamah..
Nice 🙂 :-*
Nice….ekamu maakuru….i think milina ge pregnancy report…
Reethi…❤❤
Pregnancy report kanneynge.. Bt hyvany axil gabuul nukuraanehen eyna dharieh kamakah..
Love this story shuhaa… lilian n zen nugulhuvahche plx… hope to get next part tomorrow ga…?
Varah furihama
Varah salhu..eiii pregnency report???
Masha allah v rythi hyvany pregnency reporten hen n gaboolu nukureveyne dhw hileyfirihenaku govaigen ovva fenunyma axil ge dhari ekkamakah kykkuraany miadhu mi mujuthamauge haalath hurigoiymy stry v habeys n waitin nxt prt
Pregnancy report hen hyvany. Dhn in part avahahh up kohdhy eyrunnehnu yageen vaany koachehh kan☺?
Exilge dharieh noon dhw e ee shooty…anyway nice mi part..
Vv v v reethi ekam haadha kurey
Shooty kon app akuntha dhivehin liyan enme best ee?
Shooty liyany comp ga.. Phn ah dhivehi keyboard elhyma arany root kuran.. So Microsoft word ga liyefa copy paste hadhany.. Thats very easy ?
Salhi mipart ves
Episode dhigukohlahchey
shooty the grt girl.. this stry is amazing 🙂