ވީހާވެސް އަވަހަކަށް އިލްޔާސްގެ ގައިދުން ތާޝާ ސަލާމަތް ކުރަންވީއެވެ. އަހަރެން ކޮންމެ ގޮތެއް ހަދައިފައިވެސް އެކަން ކުރާނަމެވެ. ތާޝާގެ ވިއްސިވިހާލިވެފައިވާ ހުރިހާ ހުވަފެނަކު އަހަރެން ކުލަ ޖައްސައިދޭނަމެވެ. ތާޝާގެ ނޯޓު ފޮތް ކިޔާ ނިމުންއިރު އަހަރެންގެ ނިދިވެސް ފިލައިފިއެވެ. ބަނޑުހައި ހޫނުކަން އިހުސާސް ވަމުން ދިޔައެވެ. އެހެންކަމުން އަހަރެން ބަދިގެޔަށް ދިޔުމަށްފަހު ކޮފީއެއް ހަދައިލައިގެން ބެލްކަންޏަށް ނިކުމެލީ ފިނިކޮށްލާށެވެ. އަހަރެން ތިރި ބަލައިލިއިރު ގޭދޮށުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ފުލުހެކެވެ. އަހަރެން […]
ހިތް ބޭނުމޭ..8 ލިލިއަން ގެއަށް ވައިން އިރު ޖަބީން ސިޓިންގް ރޫމްގައި އިނެވެ. ލިލިއަން ފެނުމާއި އެކު ޖަބީން ސޯފާއިން ތެދުވަމުން ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ޖަބީން އަށް އިންތިހާ ދަރަޖައިގެ ވޭން ވެނުނެވެ. “ދަރިފުޅު ކޮން ތާކުން ތި އައީ؟” ޖަބީން ސޯފާއިން ތެދުވަމުން އަހައިލީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. ލިލިއަން ދިޔަ ގޮތަށް ގޮސް ޖަބީންގެ ގައިގައި އޮޅުލައިގަންނަމުން ރޯންފެށިއެވެ. “މަންމާ…އަޅުގަނޑު…އަޅުގަނޑު […]
“ކޮބާ އެމީހުން..ނާދޭތަ އަދިވެސް..؟” ޝަމާންގެ ހިތް ބޭޣަރާރުވަމުން ދިޔައީ އެހިތުގެ ރާނީ ދެކިލުމަށެވެ. ހަމައެވަގުތު ލޯންޗް ތެރެއަށް ވަތް ސޫރަ ފެނުމާއެކު ޝާމާންއަށް ކަޅިޖަހާނުލާ ބަލަން އިނދެވުނެވެ. ސިމާ ދައްކަމުން ދިޔަ ވާހަކަ ޝަމާން އަށް އަޑެއް ނީވެއެވެ. ވަށައިގެން ތިބި މީހުންވެސް ނުފެނެވެ. ފެންނަނީ މިކްޔާ އެކަންޏެވެ. ވަށައިގެންވި މާހައުލުވެސް ހުއްޓިފައި ވަނީ ޝަމާން އަށް ވަގުތު ދިނުމަށެވެ. ޝަމާން އަށް ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވުނެވެ. “ކޮންތާކަށް ތި ދަނީ؟ މިހާރު ލޯންޗް ނައްޓާލަނީއޭ..”ޝަމާންގެ އަތުގައި […]
“ތިހިރީ ވަރިކޮށްފަ. އެހެރީ ދޮރު. ހަމަ މިހާރު ނުކުމެގެން ދާންއުޅޭ.” އިމާދު ހަމަޖެހިލާފައި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލުމުން އަމީނާއަށް ސިހުން ލިބުނެވެ. “ކީކޭ؟” އަމީނާއަށް އިވުނު ބަސް ޤަބޫލު ނުކުރެވިގެން އަހާލެވުނެވެ. “އާނ. އަމީނާ ބޭނުންވާ ގޮތަށް ތިހުރީ ވަރިކޮށްދީފައި. ދެން ދާންއުޅޭ މިގެއިން.” އިމާދު ހަޅޭއްލަވައިގަތުމުން އަމީނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިއެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި ކުއްލިއަކަށް އައިސް އިމާދުގެ ގަމީހުގައި ހިފައިގަތެވެ. “ކަލޭ ލަދެއް ނުގަނޭތަ؟ ކަލޭ ހީކުރީ […]
“ލޫކް ސަރ….މިރަށުގަ” ފަހަތުގައި ހުރި ބަތޫލްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔާ ގަނޑުވި ކަހަލައެވެ. ލޫކް އަނެއްކާ އައީ ހެެއްޔެވެ؟ ފަހަތަށް ބަލާލާކަށް ވެސް އަލްޔާ އަށް ނުކެރުނެވެ. މިދަނޑިވަޅުގައި އަލްޔާ އަށް ލޫކް ފެނިއްޖިއްޔާ އަނެއްކާ ހިތްވަރުއެލޭ ގޮތް ވެދާނެއެވެ. ސަޖޫލް އަލްޔާ އަތް ތިލައަށް ފިތާލުމާއެކު އަލްޔާ ހިތްވަރުކޮށްފައި ފަހަތަށް އެނބުރުނެވެ. އެއާއެކު ދެލޯ ފުރިގެން އައެވެ. ދާދި ކައިރީގައި ސައިކަލް ބަހައްޓައިގެން އޭގެމަތީގައި އިށީނދެގެން އަލްޔާ އަށް ބަލަހައްޓައިގެން އޭނީ ލޫކް ނޫން […]
ޒައިދާން ޖަންނަތުގެ އަތުގައި ހިފާލައިގެން ބުފޭ އޮތް ދިމާލަށް ހިނގައި ގަތެވެ. އެވަގުތު ދުރުގައި އެމީހުނާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން މީހަކު ހުރި ކަމެއް އެދެމީހުންނަކަށް ނޭގެ އެވެ. ދެމީހުން ގާތް ގޮތަކަށް ގޮސް ކާއެއްޗިހި އަޅަން އުޅޭތަން ބަލަން ހުރި އަބްޔާންގެ ލޮލުން ކަރުނަ ނިރާލާފައި ވެއެވެ. އެމީހުނަށް ނުފެންނާނޭހެން އެދެމަފިރިން އުޅޭ ގޮތް ބަލަމުން އަބްޔާން ދިޔަ އެވެ. “އަބީބޭ،” އާލިޔާ ފަހަތުން އައިސް ގޮވާލި އެވެ. އެވަގުތު އަބްޔާން އަވަހަށް ލޯ ފޮހެލިތަން […]
ހިތް ބޭނުމޭ..7 “މަންމާ.. އަ..އަ..ޅުގަނ…” ގިސްލެވޭ ވަރުން ލިލިއަން އަކަށް ވާހަކަ އެއް ވެސް ނުދެއްކުނެވެ. “ޝްޝްޝް. އިޓްސް އޯޯކޭ. ހަމަ ޖެހެންދެން ރޯލާ” ޖަބީން އޯގާތެރިކަމާއި އެކު ބުނެލީ ލިލިއަންގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ. އެތައް އިރަކު ރުއިމަށްފަހު ލިލިއަން ހަމަ އަކަށް އެޅުނެވެ. އޭރު ޖަބީން ވެސް ލިލިއަން ގާތު ސޯފާގައި އިށީނދެލައިގެން އިނދެ ދަރިފުޅުގެ ބޮލުގައި ފިރުމަމުން ދިޔައެވެ. “ދެން މަންމަ އަށް ކިޔައިދީބަލަ ވެގެން ތި އުޅޭގޮތް” ޖަބީން ލޯތްބާއިއެކު އަހައިލިއެވެ. “އަޅުގަނޑު […]
ހާރޫނު ރުޅުގަދަވެފައި ސޮފިއްޔާ ކޮބާތޯ ސުވާލުކޮށްލުމުން އީޝަލް ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަދި ހާރޫނު ބާރު ހިނގުމެއްގައި އެދިމާއަށް ދާންފެށުމުން އީޝަލް އައިޝާއަށް ބަލާލީ ކަމަކާ ޝައްކުވެގެން ބަލާލާފަދަ ގޮތަކަށެވެ. އީޝަލްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީ އީޝަލްގެ މޫނުފެނި އައިޝާ އިސްޖަހާލި ގޮތުންނެވެ. އީޝަލް ދެފަރާތަށް ބޯހޫރާލަމުން ސޮފިއްޔާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ކޮޓަރިއާ ހިސާބަށް ނުދެވެނީސް ހާރޫނު ސޮފިއްޔާ އަތުގައި ހިފާ ދަމަމުން ނިކުންނަތަން ފެނުނެވެ. އޭރު ސޮފިއްޔާ އެހެން […]
“ހެލޯ” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އެކޮޅުން އެއިވުނު އަޑަކީ މިކްޔާއަށް އާ އަޑެއް ނޫނެވެ. އެއީ އޭނާ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭ މީހެކެވެ. ” މިކް…ތީ ހަމަ މިކްތަ؟ ޕްލީޒް ވާހަކަ ދައްކަބަލަ..އައި އޭމް ސޮރީ އަބައުޓް ދެޓް ނައިޓް..މިކް..މިކް..” މިކްޔާ ކުއްލިއަކަށް ފޯނު ކަނޑާލީ އައުފް އަންނަތަންފެނިއެވެ. އަވަސް އަވަހާ ފޯނު މޭޒުމަތީގައި ބާއްވަމުން މިކްޔާ ސިއްރު ސިއްރުން ކަރުނަތައް ފޮހެލިއެވެ. ” މާރިޔާއްތަ ނިދާފަ އޮތީ… ދެން މާ….” އައުފްގެ ޖުމްލަ މެދުކެނޑުނީ […]