“މީ… މީ އަހަރެން އަހަން އުޅުނީ… މީ…” ފަޔާޒް އެވާހަކަ އަހަން ޖެހިލުންވިއެވެ. “ދަރިފުޅު ކޮން ވާހަކައެއް ދައްކަންތަ ނުކެރިގެން ތިއުޅެނީ؟ ބުނެބަލަ. ބުނީމައެއްނު މަންމައަށް އެނގޭނީ.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިއްތާލިއެވެ. އެކަމުން ފަޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ. ފަޔާޒް ސީދާ ރަތީބާގެ މޫނަށް ބަލަން އިނދެފައި އަހާލިއެވެ. “މަންމަމެންނަށް އަހަރެން ނޫން އިތުރު ދަރިއަކު ނުލިބޭތަ؟” ކުއްލިއަކަށް ފަޔާޒް ކޮށްލި ސުވާލުން ރަތީބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ […]
“ކަލޭ ހީކުރީ ނަފީސާ ގެނައިމައި އަހަރެން މައިތިރިވީ ކަމަށްތަ! ހުވާ ގަންދީ މިބުނީ އަތުޖެހޭއިރަށް ހަމަ ނޮޅާލާނަން! އަދި މާވެފައި ބުރަކަށި ހާމައަށް ދައްކައިގެން ކުނިކަހަން އެބައޮތެއްނުން.. އަހަރެން ކަމެއް ނުކުރާނެއޭ ހިތާ ދޯ.” ރިއުމާންގެ ކޮލުގައި ހިފައި ބާރުކޮށްލަމުން ޒުބޭރު ބުނެލިއެވެ. ރިއުމާން ގަދަ ހަދަމުން ދިޔައީ ޒުބޭރުގެ އަތުން ވީއްލިގެން ދެވޭތޯއެވެ. ނަމަވެސް ޒުބޭރު އެއަށްވުރެ މަ ހުށިޔާރެވެ. އޭނާ ރިއުމާން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ބޭރުގައި ހުރި ގިފިއްޔަށް ވެއްދިއެވެ. ދޮރު […]
“މީހަކާ އިނދެގެންތަ އުޅެނީ؟” ނަޝްފާ އެ ކޮށްލި ސުވާލުން އަންޖޫދާއަށް ހިން ދިރުވާލެވުނެވެ. މީހަކާ އިނދެގެންނޭ އުޅެނީ ކިޔާފައި ދޮގެއް ހަދަންވެސް އޭނާގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. ނަމަވެސް އެއްވެސް ކަމެއް އަބަދަކު ސިއްރު ނުކުރެވޭނެކަން އެނގޭތީ އޭނާ ގަސްދުކުރީ ތެދުތެދަށް ހުރިހާ ވާހަކައެއް ބުނާށެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. އެއީ އޭނާ ރާހުލް އާ ދުރުވި ސަބަބެވެ. އެ ސަބަބު އެނގިއްޖެ ނަމަ ރާހުލް އަނެއްކާ އަލުން އޭނާ ކައިރިއަށް އައިސްދާނެކަމަށް އެ ހިތް […]
“ލައިއޭ.. ކާކު އެއީ؟ އޭނަ ކީއްކުރީ…” ލޫކްްގެ ޖުމްލައިން ކުޑަމަނިކެ އަށް އޭނާގެެ ދަރިފުޅު އެރޮނީ ކުޑަކުޑަ ކަމެއް ވެގެންނޫންކަން އެނގުނެވެ. “މަންމާ! އެއީ ކާކުކަން މަންމަ އަށް އެނގޭނެ. އެވަގުތު ކުޑަމަނިކެ ނިތްކުރީގައި ސުވާލުމާކެއް ޖެހިގެން ދިޔައެވެ. ކުޑަކޮށް ވިސްނާލިއެވެ. އެއީ ކާކުހެއްޔެވެ؟ އަންހެންކުއްޖެއް ހެއްޔެވެ؟ ނުވަތަ ފިރިހެން ކުއްޖެއް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް ކުޑަމަނިކެ އެމީހަކަށް މާފެއް ނުކުރާނެއެވެ. އޭނާގެ ދަރިފުޅު އެވަރަށް ހިތުގައިޖެއްސި މީހަކަށް ހިތާހިތުން އަޑުލަމުން ދިޔައެވެ. […]
އަހަރެން ދާން ހިނގައިގަތް ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ތާޝާ ދެންމެ ލިޔަންއިން ފޮތެވެ. އަހަރެން އެފޮތް ނަގާ ބަލައިލީމެވެ. އަހަރެން އަތުގައި އެފޮތް އޮތްތަން ފެނުމުން ތާޝާ އަހަރެންގެ އަތުން އަތުލެވޭތޯ އުޅުނެވެ. ތާޝާ އަތުލަން އުޅުމުން އަހަރެން ގަސްތުގައި އޭނަ ރުޅިއަރުވާލަން ދިޔައީ އެފޮތް ހިފައިގެންނެވެ. އެރޭ އިޝާ ނަމާދުން ފައިބައިގެން އައިސް އަހަރެން އަވަސްވެގަތީ ތާޝާގެ ނޯޓު ފޮތް ކިޔާލާށެވެ. މިރޭ ކާހިތެއްވެސް ނެތެވެ. މޭޒުމަތީ އޮތް ފޮތް ހިފައިގެން އަހަރެން އެނދަށް […]
ހިތް ބޭނުމޭ…6 އެނދުން ތެދުވެގެން ގޮސް އަލަމާރީގެ ދޮރު ހުޅުވާލާފައި ނެގި އެއްޗެއް ގެންގޮސް އެޒިލްގެ މުށުތެރެއަށް ލީ އިރު އެ ތުންފަތްމަތީ ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. މިލީނާގެ މޫނަށް ބަލައިލަމުން އެޒިލް އޭނާގެ އަތުގައި އޮތް އެއްޗަށް ބަލައިލުމާއި އެކު އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އަތުގައި އޮތީ ޕޮޒިޓިވް ވެފައި އޮތް ‘ޕްރެގްނެންސީ ކިޓް’ އެކެވެ. “ކާކުގެ ދަރި އެއް؟” މިލީނާ ގެ ތުންފަތްމަތީ ވި މަލާމާތުގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. “ތިހެން […]
ފެނުނު މަންޒަރުން ތަލީގެ ކުޅުހިކުނު ކަހަލައެވެ. މާވަރަކައް ބަލާތީކަން ނޭންގެއެވެ. ކުނިކަހަން އިލޮށިފަތި ހިފައިގެން އޮތް ފިރިހެންސޮރު އިސްއުފުލާ ބަލާލިއެވެ. އެވަގުތު އެމޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން އެސޮރު ލަދުންހުރިކަން ހާމަވެއެވެ. އަހަރެން ހިނިތުންވުމެއް އެޒުވާނާޔައް ރައްދުކޮއްލީމެވެ.”ކަލޯ އިޔާނޫ’ ފަހަތުން ހުސޭނުބޭގެ އަޑާއެކު އަހަރެން ސިހުނުކަމަކު ވަގުތުން މީހާހަމަޔަކައް އެޅިލީމެވެ. އަހަ’ އެކޮއިވެސް އެބަހުރިންދޯ! ކަލޯ އިޔާން އަދިވެސް ތިޔަތަންކޮޅު ކަހާނުނިމޭ” ނިކަންއަވަސްކޮއް ތިޔަކަން ނިންމާލަބަލަ. ކުނިބަރޯ އުކާލަންދާއިރު މިސޮރުމެން ގޮވައިގެންދާތި” މިކުދިން ‘ ފޫހިވިޔަނުދޭތި ބޭބެމިދަނީ މުދިންސޮރު […]
** ލޭބަރ ރޫމް ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ފިރިހެނެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. މިއަދުމީ އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. ލޯބިވާ އަނބިމީހާ އާއި ލިބެން އެއުޅޭ ދަރިފުޅަށްޓަކައި ދުޢާކުރާ ހާލު އެކަލާނގެ އަށް ވަކީލުކޮށްލައިގެން އެހުންނަނީ ހުރިހާކަމެއް ރަނގަޅުވާނެ ކަމަށެވެ. ލޭބަރ ރޫމް ދޮރު ހުޅުވާފައި ނިކުތް ނަރުސް ކުއްޖާގެ އަތުގައި ޕިންކު ކުލައިގެ މަޑުރަޖާގަޑެއްގެ ތެރޭ އޮތް ލޯބި ފުށްގަނޑު ފެނުމާއެކު ދެލޮލުން ފައިބަގަތީ އުފާވެރިކަމުގެ ކަރުނައެވެ. […]