
އެފިނިމެންދަން (ފަހުބައި)
ކައިވެންޏަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ކޮށް ނިމިއްޖެއެވެ. ކައިވެނީގެ ފޯމްލައިފިއެވެ. ހެދުންފަހައި، ކައިވެނީގެ ހަފްލާ ބާއްވާނެ ރެސްޓޯރެންޓެއްވެސް ކަނޑައަޅާ ނިމިއްޖެއެވެ. ހުރިހާކަމެއްވެސް އަމާންކަމާއި އޮމާންކަމާއެކު ގޮސް ކައިވެނި ކުރެވޭ ދުވަސްވެސް އަތުވެއްޖެއެވެ. އިޝާންއާއި ނީލާގެ ހިތްވަނީ އަވަސްވެފައެވެ. ނީލާގެ އަލަތު ކައިވެންޏަށް ނުވީނަމަވެސް އަލަތުލޯބި ހާސިލްވަނީއެވެ. ހެނދުނުއްސުރެ ދެމީހުންވެސް ތިބެނީ ޚިޔާލަކަށް ގެއްލިފައެވެ. އަހުސަންއާއި އަހުނަފްގެ އިތުރުން އަނިލްވެސް އިޝާންއާދިމާކުރަމުން ދިޔައެވެ. ކައިވެނިކުރާދުވަހަކަށް އިޝާންގެ ހުރިހާ ރަހުމަތްތރީންވެސް ހާޒިރު ވެއްޖެއެވެ. ދޮންބެގެ ކައިވެނި ކުރެވޭތީ އިޝިކާވެސް އުފަލުން ކޮޅުކޮޅު މައްޗަށް ދުވަމުންދިޔައެވެ. ގޭތެރެއަށް ހީވަނީ ބަހާރު މޫސުމް އައިސްގެން މުނިޔާތައް ލަވަކިޔާހެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ހޭއަޑާއި ސަކަރާތް ޖަހާއަޑު ކެނޑިގެން ނުދެއެވެ. މިއަދު ގޭތެރޭގައި ކޮންމެ ސަކަރާތެއް ޖެހިޔަސް އެކަން ހުއްޓުވާނެ މީހަކުނެވެތެ. އެއަށްވުރެ ބޮޑަށް އެންމެންވެސް ތިބީ އުފާވެފައެވެ. ނީލާވެސް މިހާރު އުޅެމުންދަނީ އިޝާން ގޭގައެވެ. އިޝިކާއާ އެއްކޮޓަރިއެއްގައެވެ.
ކައިވެނިކުރަން އޮތްދުވަހުގެ ހެނދުނުގެ ވަގުތެވެ. ނީލާއަށް ހޭލައިގެން ފާޚާނާއަށް ވަދެފައި ނުކުތްއިރުވެސް އިއާންވެސް އާއި އިޝިކާވެސް އަދި ނުހޭލައެވެ. އެހެންކަމުން އޭނާދ ކޮޓަރިން ނުކުތީ ކާކޮޓަރިއަށް ދިއުމަށެވެ. އިޝާންގެ ކޮޓަރި ހުރަސްކޮށް ދަނިކޮށް ކުއްލިއަށް ނީލާގެ އަތުގައި ހިފައި އިޝާންގެ ކޮޓަރިތެރެއަށް ވެއްދިއެވެ. ލިބުނު ސިހުމާއެކު ނީލާއަށް ހަޅޭއްލަވައިވެސް ގަނެވުނެވެ.
” ޝްޝްޝް…މީމަށޭ…ޝާން” ނީލާގެ އަނގަމަތީއަތް އަޅަމުން އިޝާން ބުންޏެވެ. ނީލާދޮރުފަތުގައި ތަތްވެގެން ހުރިއިރު އިޝާންހުރީ އޭނާގެ ކުރިމަތީގައެވެ. އިޝާން މަޑުމަޑުން ނީލާއާ ގާތްވިއެވެ.
” ހާދަ ދުވަހަކު ފިލައިގެން އުޅެފީމޭދޯ…..ދެން ތިހެން ފިލައިގެންނެއް ނޫޅެވޭނެ….މިއަދުން ފެށިގެންތީ މަގޭ ހައްޤެއް…” އިޝާން ނީލާގެ ދެލޮލަށް ބަލަންހުރެ ވާހަކަދެއްކިގޮތުން ނީލާވަގުތުން ފިނިވިއެވެ. އެވަގުތު އޭނާ ހަނދާންވީ ކުޅިކައިރިން އިޝާން ފެނުނު ދުވަހެވެ. އެދުވަހުވެސް އިޝާންގެ ލާނެތްކަމުން އޭނާ ބިރުން ގޮސް ހޭނެތުނެވެ. މިހާރުވެސް އެމޫނުން އެފެންނަނީ އެލާނެއް ކަމެވެ. އެނަޒަރުގެ ތޫނުކަމުން ނީލާގެ ހިތް ރޫރޫ އަޅައިގަތެވެ.
” އަދިވެސް ހަމަ އެހާބިރުގަނޭތަ؟….އަނެއްކާ ފެއިންޓްވާނެތަ އަހަރެން ގޮތެއް ހަދައިފިއްޔާ؟..” ނީލާއާ މޫނު ކައިރިކޮށްލަމުން އިޝާން ބުނެލިގޮތުން ނީލާގެ ހިތްތެޅިގަތެވެ. ބަހެއް ނުބުނެ އިޝާންއާ ހަތަރުކަޅި ހަމަކޮށްލަމުން ލަދުރަކި ގޮތަކަށް ނީލާ ހިނިތުންވެލިއެވެ. އިޝާން ކުއްލިއަކަށް ނީލާ އުފުއްލާލައިގެން ގެންގޮސް އެނތުމަތީ ބޭއްވިއެވެ. އަދި އިޝާންވެސް ނީލާގެ ގާތުގައި އޮށޯތެވެ. އިޝާންގެ އަތުތެރޭގައި ފިތެމުންދިޔަ ނީލާއަށް ދެލޯމަރާލެވުނީ ލިބުނު ހިތްހަމަޖެހުމުންނެވެ. ދެމީހުން ލޯބީގެ ފުންކަނޑަކަށް ޣަރަގުވިއެވެ. އެތައްދުވަހެއްގެ އިންތިޒާރަށްފަހު މިއަދު އެދެހިތް އަލުން ގުޅިއްޖެއެވެ.
މެންދުރު ފަހުގެ ވަގުތެކެވެ. ކައިވެނި ކޮށްގެން ކޯޓުން އަތުގުޅާލައިގެން ނުކުތް ޖޯޑް ފޮޓޯނެގުމަށްޓަކައި ކެމެރާ ހިފައިގެން ދޮރުމަތީގައި އިޝާންގެ ރައްޓެހިން ތިއްބެވެ. ހިނިތުންވެހުރެ އިޝާންގެ އަތުގައިހިފައިގެން ނީލާއައިރު ހުރީ ކޮންމެވެސް ވަރަކަށް ލަދުގެންފައެވެ. އިޝާންގެ އަންބަކަށް ވެވުމުން އުފަލުންގޮސް އެލޮލުން ކަރުނަ އައެވެ. އެދެމަފިރިން ގެޔަށް އައުމުން މަލުގެ ހާރުތަކުން މަރުޚަބާ ކިޔުނެވެ. ނީލާއާއި އިޝާންގެ ކަރުގައި މާފަތިއަޅުވަމުން ދިޔައިރު އަނިލްއަށް މާޒީގެ ދުވަހެއް ހަނދާންވިއެވެ. ނީލާއާ އަނިލްގެ ކައިވެނި ކުރެވުނު ދުވަހެވެ. އެދުވަހު ނީލާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ. ނަމަވެސް މިއަދު ނީލާއެހުރީ އުފަލުން ފޮޅިފައެވެ.
” މަރުޙަބާ ބުރޯ…މިހުރިހާ ދުވަހު ނުވެގެން އުޅުނު ކަންތައްތިވީ….ދެންވެސް ފަޅާނާރާނެކަމަށް ސިއްރުން ކަންކަން ނުކުރައްޗޭ!….އެންމެ ސިއްރުން ކުރާކަންތައް އެންމެ އަވަހަށް ފަޅާއަރާނީ…ސަމާލުވެގެން އުޅޭތި…..ބާއްޖަވެރި ދިރިއުޅުމަކަށް އެދެން….” އިޝާންގެ ގައިގާ ބައްދާލަމުން އިޝާންގެ ކަންފަތްދޮށުގައި ސިއްރުސިއްރުން އަނިލް ބުނެލިއެވެ. އިޝާން ހިނިތުންވެލަމުން އަނިލްގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. ފަހަރަކު މީހަކު އިޝާންއަށާއި ނީލާއަށް މަރުޙަބާކިޔަމުން ދިޔައެވެ.
” ފައިނަލީ ޔޫ ޑިޑް އިޓް….އަހަރެން ވަރަށް އުފާވެއްޖެ ޝާންއަށް ޝާންގެ ލޯބި ލިބުނީމަ..” ޒިހާންވެސް އިޝާންގެ ގައިގާ ބައްދާލަމުން މަރުހަބާކިއެވެ.އެންމެންގެ ހެޔޮދުއާ އާއި މަރުޙަބާގެ ބަސްތަކުން އިޝާންއާއި ނީލާގެ ހިތްފުރެމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް މިވަގުތުވަނީ އުފާވެރިކަމެވެ.
ރޭގަނޑުގެ އަށެއްޖެހިއިރު އިޝާންއާއި ނީލާތިބީ ހަފްލާއަށް ތައްޔާރުވެގެންނެވެ. އަގުބޮޑު ކައިވެނީގެ ހެދުމުގައި ފުރިހަމަމޭކަޕާއެކު ނީލާ ފެންނަނީ ރީތީގެ ރާނީއެއްފަދައިންނެވެ. އިޝާންވެސް ކޯޓްފަޓްލޫނުގައިހުރިއިރު އިރުމަތީ ޝަހަރެއްގެ ރަސްދަރިކަލަކަށް ދޫނުކުރެއެވެ. ހަފްލާ ފެށެން ގަޑިކުޑަތަންވުމުން ދެމަފިރިންވެސް ހަފްލާބާއްވަން ހަމަޖެހިފައިވާ “ޕާލްސް” ރެސްޓޯރެންޓަށް ހާޒިރުވިއެވެ. ހަފްލާއަކީ އިމާދު ބޭނުންވާވަރުގެ ބޮޑު ހަފްލާއަކަށް ނުވީނަމަވެސް އާއިލާއާއި ގާތްތިމާގެ މީހުންއަދި އިމާދުގެ އެންމެހައި ރަހުމަތްތެރިންނާއި އިމާދުއާ އެއް ގިންތިއެއްގައި ހިމެނޭ ވިޔަފާރިވެރިންވެސް ހާޒިޒުވިއެވެ. ހަފްލާއަށް ހާޒިރުވީ މެހެމާނުންގެ ފަރާތުން ހެޔޮދުޢާ އާއި މުބާރިކުބާދީތަކުން ދެހިތް އުފާކުރަމުން ދިޔައެވެ. މިރޭ އިޝާންހުރީ އިންތިހާއަށް އުފާވެފައެވެ. މިރޭ އޭނަގެ ހިތުގެ ހުރިހާ އެދުމެއް ފުރިހަމަ ވެއްޖެއެވެ. އެހިތުގެ ރާނީ މިލްކު ވެއްޖެއެވެ. ނީލާގެ އަތުގައި ހިފާލައިގެން ހުރިއިރު އަނިލްއާއި ނީލާގެ ކައިވެނީގެ ހަފްލާމަތިންވެސް ހަނދާންވިއެވެ. އެރޭއަނިލްގެ ބަދަލުގައި އޭނާއަށް ނުހުރެވުމުން ހިތާހިތާ ކިހާ ޝަކުވާއެއް ކުރެވުނު ހެއްޔެވެ؟ ހިތަށް ކިހާ އަސަރެއްވެސް ކުރި ހެއްޔެވެ؟ އެދުވަސްވެސް މާޒީވެ ދިޔައީތާއެވެ. ދެންގައިމުވެސް އެފަދަ ހުރަހެއް އޭނާގެ ހަޔާތަކަށް ނާންނާނެއެވެ. އެދެމީހުންގެ މެދަށް އިތުރުމީހަކު ވަދެވޭވަރަށްވުރެ އެގުޅުން އެވަނީ ވަރުގަދަވެ ގަދަފަދަ ވެފައެވެ.
ނީލާވެސް ހުރީ ހަމައެހާ އުފާވެފައެވެ. ނީލާ ހިނިތުންވެލައިގެން ހުރިއިރު އެމޫނުގައި އުފާވެރިކަން ވިދާބަބުޅައެވެ. އޭނާގެ ހިތުގެ ރަސްގެފާނު މިލްކްވީތީ އުފަލުންނެވެ. މިއަދު އެދެމެދުގައިވާ އުމުރުގެ ތަފާތު އެކަކަށް ވެސް އަންދާޒާއެއް ނުކުރެވޭނެއެވެ. އެހާވެސް ނީލާއާ އިޝާން ގުޅެއެވެ. ނީލާގެ މޫނުގައިވާ މައުސޫމުކަމާއި ރީތިކަމުން އެދެމެދުގައިވާ އުމުރުގެ ފަރަޤުވަނީ ނެތިގެން ގޮސްފައެވެ. ލޯބީގައި އުމުރަކީ މުހިއްމު އެއްޗެއްނޫންކަން މިއަދު ނީލާއަށްވެސް ޤަބޫލު ކުރެވިއްޖެއެވެ.
ހިނިތުންވެގެން އެންމެނަށް ބަލަމުން ދަނިކޮށް، އަހުސަންއާއި އެކު އައިސް ވަތް އަރޫނާ ފެނިފައި ނީލާ ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް އަރޫނާއާއި އަހުސަންގެ ގުޅަމާއި އިޝާން އަރޫނާއަށް ކުރާއިތުބާރު އެނގުމުން ނީލާ ހިތްހަމަޖެހުނެވެ. އެއްވެސް މީހެއްގެ ފަރާތުން ރަށާއި ހަމައަށް ކައިވެނީގެ ޚަބަރު އެހާ އަވަހަށް ފޯރާކަށް ނީލާ ނޭދެއެވެ. އަރޫނާގެ ފަރާތުން އެޚަބަރު ނުދާނޭކަން އެނގުމުން ހިތަށް ހަމަޖެހުން ލިބުނެވެ.
އިމާދުއާއި އިމްޝާވެސް އުފަލުން ހެވިފައިތިބެ މެހެމާނުންނާއި ބައްދަލުކުރަމުން ދިޔައިރު އިޝާންގެ މާމައާއި ކާފަވެސް ހީވަނީ އެމީހުންގެ ޅަދުވަސް އައިސްގެން އުޅޭހެންނެވެ. އިޝާންގެ ރަހުމަތްތެރިންނާއެކު އަނިލްވެސް މަޖަލުގައި ބައިވެރިވަމުން ދިޔައެވެ. ނީލަމްއާއި އިޝިކާ އިއާން އާއެކު ސަކަރާތް ޖަހަޖަހާފައި އުޅުނުއިރު ހީވަނީ ކުޑަދެކުދިން ހެންނެވެ. އަނިލް ހިނިތުންވެ ހުރެ އެމަންޒަރުބަލަމުން ދިޔައެވެ. މިރޭ ނީލަމް ފެންނަލެއް މާރީތިހެންވެސް އަނިލްއަށް ހީވިއެވެ.
ހަފްލާނިމި މެހެމާނުންތައް ދިއުމުން އާއިލާ އެންމެންނާއި ރަހުމަތްތެރީންގެ ފޮޓޯޝެޝަނެއް ކުރިޔަށްދިޔައެވެ. ބައިގަޑިއިރެއްހައި އިރަށް ދެމިގެންދިޔަ ޝެޝަން ނިމުނުއިރު އިޝާންއާއި ނީލާތިބީ ބަޑުހައިވެގެން ހާންތިވާން ގާތްވެފައެވެ. ބަނޑުހައިވެފައި ތިބިވަރުން ދެމީހުންވެސް ފުރަތަމަ ކެއީއެވެ. އެއަށްފަހު އިޝާންއާއި ނީލާ ގެޔަށްދިޔައެވެ. ފެވައިވާވަރުބަލިން ކޮޅަށް ހުންނަންވެސް ނީލާއަށް ދައްޗެވެ. ނަމަވެސް މިރޭ ނިދާކަށް އޭނާ ގަސްތެއް ނުކުރެއެވެ. އިޝާންއާއި ނީލާ ގެޔަށް އައުމުން އެމީހުނަށް ލަނޑުދިނުމަށްޓަކައި ޒިހާންއާއި އަހުސަން ރޭވިއެވެ. ނަމަވެސް އިމާދުއަށް އެކަން އެނގުމުން ގަތްބިރުން އެއްވެސް ކަމެއްކުރާކަށް ނުކެރުނެވެ. އެމީހުނަށް ވެގެން ވާނަމަ މިރޭ އިޝާން ނިދަން ކޮޓަރިއަކަށްވެސް ނުފޮނުވީހެވެ. ނަމަވެސް އިމާދު ރުޅިއަތުވެދާނެތީ އެއްވެސް ކަމެއް ރޭވިގޮތަކަށް ނުކުރެވުނެވެ.
ކިތަންމެ ވަރުބަލިވީނަމަވެސް އިޝާންވެސް ހުރީ މިރޭއެއްކޮށް ނީލާއަށްޓަކައި ހުސްކޮށްލުމަށް ނިންމައިގެންނެވެ. އެމީހުންގެ ހަޔާތުގެ ޑައިރީގައި ރަންއަކުރުން އެމީހުންގެ ލޯބި ފަވާލެވޭނެ ރެއަކަށް މިރޭހަދަން ބޭނުމެވެ. ދެމީހުން އެކުގައި ކޮޓަރިއަށްވަނެވެ. ހިތްއަވަސްވެފައިވާ ނީލާގެ ހިތުގެތެޅުން އިތުރަށް ގަދަވިއެވެ. ކޮޓަރިތެރެ ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަކަމުން ހައިރާންވެފައި ދެމީހުނަށްމެ ބަލަން ތިބެވުނެވެ. އެއީ ޒިހާންގެ ޚިޔާލުކަން އިޝާންއަށް ވަގުތުން ނަގައިގަނެވުނެވެ. އެނދުގައި ހުދުބެޑުޝީޓެއް އަޅާފައިވާއިރު ރަތްކުލައިގެ ފިނިފެންމަލުފިޔައިން ވަނީ ޒީނަތްތެރިކުރެވިފައެވެ. މުޅި ކޮޓަރިވެސް ވަނީ ތަފާތު ވައްތަރުގެ މާމެލާމެއްޔާއި އުއްބައްތިން ޖަރީކުރެވިފައެވެ. ލައިޓް ނިވާލުމުން ކޮޓަރިތެރެ ފެންނަލެއް ވަރަށް ހިތްގައިމެވެ. އިޝާންއަށް ފުރަގަސްދީގެންހުރި ނީލާ އުފުއްލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ.
” ބޭބީ….ހިނގާ ފެންވަރާލަންދާން…” ނީލާއާ ދިމާއަށް ގުދުވެލާފައި އިޝާން ބުންޏެވެ. ނީލާއަށް އެއްޗެއް ނުބުނެވިއުޅެނިކޮށް ބޭރުން އިއާން ރޯއަޑުއިވުނެވެ.
” އޯހް ނޯ،،،ނޮޓް ނައު..” އިޝާންއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ.
” ޝާން ފެންވަރާލާ….މައެބައަންނަން އިއާން ނިންދަވާފަ….އިއާން އެއުޅެނީ ބަނޑުހައިވެގެން..” ނީލާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު އިޝާން ނީލާގެ އަތުގައި ހިފިއެވެ.
” އައި އޯލްސޯ ހަންގްރީ ފޮރ ޔޫ ބޭބީ….ދެން ކެތެއްނުވާނެ ގިނައިރަކު….” އަސަރާއެކީ އެހެން ބުނެލަމުން އިޝާން ބަލާލިގޮތުން ގުޑާލަންވެސް ނޭނގިފައި ނީލާއަށް ހުރެވުނެވެ. ދެމީހުންގެ ނަޒަރު ސީދާވެފައި ހުއްޓައި އަނެއްކާވެސް އިއާން ރޯންފެށިއަޑުއިވުނެވެ. އިޝާން މާޔޫސްވެފައި ނީލާގެ އަތުން ދޫކޮށްލިއެވެ. ނީލާ ހަލުވިފިޔަވަޅުތަކެއްގައި ގޮސް އިޝިކާގެ ކޮޓަރީއަށް ވަނެވެ. އޭރު ނީލާގެ މަންމަ އިއާން ގޮވައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.
” އެސޮރު މާބޮޑަށް ހައިވީމަ ނުނިދިގެނ އެއުޅެނީ..” ނީލާފެނުމާއެކު މަންމަ ބުންޏެވެ. ނީލާ އަވަސް އަވަހަށް އިއާން އުރާލިއެވެ.
އިންތިޒާރުގެ ވަގުތުތައް ދިގުލައިދާން ފެށުމުން އިޝާން އެންމެފަހުން ފެންވަރަންވަނެވެ. ފެންވަރިއިގެން ނުކުތްއިރުވެސް ނީލާއެއް ނާދެއެވެ. އެހެންކަމުން އިޝާން އެނދުގައި ޖައްސާލީ ނީލާގެ އިންތިޒާރުގައެވެ. އެހެން އޮއްވައި މަޑުމަޑުން އިޝާންގެ ދެލޯމެރުނެވެ. އިޝާންއަށް ހޭލެވުނީ މަޑުމަޑުއަތެއްގެ ބީހުމުންނެވެ. މަޑުމަޑުން ދެލޯހުޅުވާލުމާއެކު ފުންމައިގެން ތެދުވެވުނެވެ. ކުރިމަތިން ފެންނަން އެހުރި އަންހެން ކުއްޖާއަކީ ނީލާކަން ގަބޫލުކުރަން އިޝާންއަށް ދަތިވިއެވެ. ކަކުލާހަމައަށް އަންނަ ރަތްކުލައިގެ ނައިޓީއެއް ލާފައިހުރިއިރު ދޮން ދޮން ދެފައިއޮތީ ހާމައަށެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލާފައެވެ. ދެލޮލުގައި އަނދުންއަޅާފައިހުރިއިރު ތުންފަތްވަނީ ރަތްކުލައިގެ ލިޕްސްޓިކުން ފަވާލާފައެވެ. މިސިފައިގާ ނީލާފެނުމާއެކު އިޝާންގެ ގައިން ހީބިނަގައިގެން ދިޔައެވެ. ދެލޯބޮޑުކޮށްގެން ބަލަންހުރެވުނީ މާޒީވެދިޔަ ރެއެއްގެ މަތިން ހަނދާންވެފައެވެ. އެރެއަކީ އޭނާގެ މުޅިދިރިއުޅުން ބަދަލުވި ރެއެވެ. އެހަނދާންތައް ދުވަހަކު ފިލާނުދާނެ ފިނިމެންދަމުގެ ހަނދާންވިއެވެ. އަނެއްކާ ނީލާއަށް މިވީ އެރޭވީގޮތަށް ހެއްޔެވެ؟
” ނީލް؟….އާ ޔޫ އޯކޭ؟” އިޝާން ކަންބޮޑުވެފައި އަހާލިއެވެ. ނީލާ އެއްވެސް ޖަވާބެއްނުދީ އިޝާންއާ ކައިރިވަމުންދިޔައެވެ. ބޭއިޚުތިޔާރުގައި އަނެއްކާވެސް އިޝާންއަށް އެނދުގައި އޮށޯވެވުނެވެ. ނީލާމަދުމަޑުން އިޝާންގެ ގައިމަތީއޮށޯވެ މޫނުގައި ފިރުމަންފެށިއެވެ. އެވަގުތު އިޝާންއަށް އެރޭގެ ހަނދާންތައް ވަކިވަކީން އާވާންފެށިއެވެ. އިޝާން މަޑުމަޑުން ނީލާގެ އަތުގައި ހިފެހެއްޓިއެވެ.
” ނީލް…އާ ޔޫ އޯ ކޭ….ނީލް އެނގޭތަމީ ކާކުކަން….އެނގޭތަމީ ކޮންރެއެއްކަން..” ނީލާއަށް އަނެއްކާވެސް ޖިންނީގެ އުނދަގޫވީކަމުގައި އިޝާންއަށް ހީވިއެވެ. އިޝާން ބިރުގަތްކަން ޔަގީންވުމުން ނީލާ ބާރުބާރަށް ހޭންފެށިއެވެ. ނީލާކޮށްލީ ސަމާސާއެއްކަން އެނގުމުން އިޝާން ނީލާ ގެނެސް އޭނާގެ އަތުތެރޭގައި ބޮޑިކޮށްލިއެވެ.
” އަހަރެން ބިރުގަންނުވަންތަ ތިއުޅުނީ….އުނ…ނުގަންނާނެބިރެއް….އެޔަށްވުރެބޮޑަށް ލޯބިވޭ…އެނގޭތަ އެރޭވެސް ނުގަނޭބިރެއް….އެކަމު އެރޭ އެހެންގޮތެއްވީ….އެނގޭތަވީގޮތް…ބޭނުންތަ އެނގެން” އިޝާންގެ އަތުތެރޭގައި ނީލާ ހިފަހައްޓާލުމަށްފަހު ހަތަރުކަޅު ހަމަކޮށްލަމުން އިޝާން ސުވާލުކޮށްލިއެވެ. ވަގުތުން ނީލާގެ އަތްފައިފިނިވިއެވެ. ލަދުންގޮސް މޫނުގެ ކުލަބަދަލު ވެއްޖެއެއެވެ. އިޝާން އެރޭ ނީލާ އުޅުނުގޮތް ކިޔައިދެމުން ދިޔައިރު އެވާހަކަތައް ގަބޫލުކުރަންވެސް ނީލާއަށް ދަތިވިއެވެ. އޭނާގެ ހަނދާނުގައި އެރޭގެ އެއްވެސްކަމެއް ނެތްނަމަވެސް އިޝާންގެ ހިތުގައި އެހުރިހާ ހަނދާނެއް ހުންނާނެކަން އެނގުމުން ބޭއިޚުތިޔާރުގައި އިޝާންގެ މޭގައި މޫނުފޮރުވާލެވުނެވެ.
” ހެ ހެ ހެ ދެން މިރޭ ލަދުން ތިފިލަނީ ކީއްވެ؟….އެރޭ ހީވީ އަހަރެން ރޮލާ ކާލަން އުޅުނުހެން…..ކާލަންއުޅުނީކީ ނޫން…ކާލީ….މިރޭމީ އަހަރެންގެ ފަހަރު….ބަލަންހުންނާތީ އަހަރެން ކިހިނެއްކަން ކާލަނީ..” އިޝާންގެ ވާހަކަތަކުން ނީލައިތުރަށް އިޝާންގެ އަތުތެރޭގައި ބޮނޑިވަމުން ދިޔައެވެ. އިޝާން ހިނިތުންވެލިއެވެ. އަދި ނީލާގެ ގައިގާ ބާރަށް ބައްދާލިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އެއަތުން ނީލާބީވެދާން ނޭދޭފަދައެވެ.
ކައިވެންޏަށްފަހު އާއިލާއާއެކު އުފާވެރި ދުވަސްކޮޅެއް ހޭދަކުރުމަށްފަހު އަނެއްކާވެސް އެނބުރި މެލޭޝިއާއަށް ދާންޖެހިއްޖެއެވެ. ޗުއްޓީހަމަވީއެވެ. އިޝާންއާއެކު ނީލާއާއި ދަރިފުޅުވެސް ގެންދިޔައެވެ. އެއީ މިހާރު އޭނާގެ ހިތުގެދިރުމެވެ. ލޮލުގެ ފިނިކަމެވެ. އެކުޑަ ދަރިފުޅަކީ އެފިނިމެންދަމުގެ ފޮނިހަނދާނެވެ. އެދެމައިންނާ ވަކިން އެންމެ ހިނދުކޮޅަކުވެސް އުޅުމަކީ އިޝާންއަށް ވޭނެކެވެ. އެއަށްވުރެބޮޑަށް އޭނާ އޭނާގެ ކުޑަކުޑަ އާއިލާދެކެ ލޯބިވެއެވެ. އަނިލްއާއި ނީލަމްވެސް އިޝާންމެންނާއެކު މެލޭޝިއާއަށް ދިޔައެވެ. އެދެމީހުންގެ މެދުގައިވެސް މިހާރު ވަނީ ލޯބީގެ އާބިންގަލެއް އެޅިފައެވެ. ނީލާއާއި އިޝާންގެ ކައިވެނީގެ ޚަބަރު ހިތުގައި ސިއްރުކޮށްގެން ހުރެ އަރޫނާވެސް އެނބުރިރަށަށްދިޔައެވެ. ނަމަވެސް އޭނާގެ ހިތްވަނީ މެލޭޝިއާގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާ މިހާރު އިންތިޒާރުކުރަމުން އެދަނީ އަހުސަން ކިޔަވާ ނިމޭނެ ދުވަހަކަށެއެވެ. އެދުވަހަކުން އޭނާއަށްވެސް އުފާވެރި ޙަޔާތެއް އުޅެވޭނެއެވެ.
ނިމުނީ
47 Comments!
Comments are closed.
reyga network ah dhimaavi massalaeh ge sababun upkoh nudhevuneethee kiyunetheringe faraathun maafah edhen…3 am gaves trykurin ekam network massala jehifa huree…..miadhu shine work kuraathanuge network in mi upkohlee…..inthizaaruga thibi hurihaa kudhin nah ves baajjaveri dhuvahakah edhen…….thanks for waiting patiently….and please leave a comment about the story…..love you all.
I’m first.yeyyyyy vaahaka v reethi?????
Vara reethi
Yeyy at last..thank you shine..its awsome❤❤❤❤ your juss great??
Varah reethi dhen kon vaahakayeh othy
V v rythi vaahakaeh. ….shine ehen story akahh inthizaaruga
V v reethi dhen kon vaahakaeh othee.vaahaka up kuraa dhuvasthakaaeku bunedhevidhaanetha
Comme parteh ves varah furihama
Woww…nice story…dhn kn iraku story eh up kuraany…waiting for ur new story
neel aa ishan aa egge ehga ulhun iru alah vahaka dhekki evves thankolhe nethyma kada ee..
Ehen huriha kameh hama perfect
Salhii.
Keep it up???
Very nice story. Awesome.☺
dhen genesdheynee moyahiyy magey…..kamudhaane kamah heekuran hurihaa kudhin nahves
Wwaiting kon itakun up kuran fashani
wow nice inge story
Haaaaaa vaahaka nimunee vvv salhi. Neelam n naail vx gulhuvaali nama
Masha allah v reethi dan kon vaahaka ah othee shine.
moyahiyy magey…v avahah fashaanan insha allah….
Story salhi…hykury anil r nylam ves ninmaalaane kamah..hehe anyway nice….☺☺…thank u shine….
Aslu Anil ah libunu nama ma salhi vaane. Anil ma rangalhu Neel ah
Anil ah libigen ufaaveri dhiri ulhumeh ulheveynetha? Neela loiybeh nuvey. Anekkolhun babyge bappa ebahuri. Babyge bappa r neela nulaahiku lobivey. Ishanvx vaki anil ah vure emme thankolhehves goaheh nun neelaa akah. Kithah faharu eyna salaamaiy kohdhin kaiveni nukuraa iruves.
V nice.
Wow ?It’s awesome ?? I just ? waiting for the next story ❤️?????
wow.. its awesome.
Just woooowwwww ???????
V nice. Waiting for next story
wooww.. hama mikahala reethi story akah wait mikurany..
vr loabi vaahaka.. thnkiu shine…ur the best:)
Actually I do my like the way you’ve ended it shine….. Aroona ge vaahaka genes nimmalafa inumah vure nice vees ishaan-neela or anil-neelam ge part akun finish kohlinama……………. Other than that, story is perfectly lovely
Do not like*
Stry v v v salhi..?
Waiting 4 next stry
wooaaah…i loved this story…<3 <3 <3
hope to see another story soon
vahaka nimuny…so sad …vrh reethi igey…Thanx shain
V v reethi ngey mi storry happy ending eh v lovely
Waitting for a moyahiyy magey
Story vrh reethi?
Mi story ah base koh series eh hadhan feney?
Waiting for another story❤
thihedhe kihineh. Anill ah ehves ufaveri kameh nethee tha
Koba moyahiyy magay up vaani kon dhuvahakun
love it shine!
waiting for a new story from you?
wows……
Wow!… It’s awesome!.. Waiting fr ur next story shine…. Keep it up!
V reethi
Just wooow..
Wow vrh reethi story. Good work
Wowwwwwwwww its awsmm
I miss yu ishern ???
Mee varah reethi story eh…hithah araa shine keevvebaa ey mi story thah chaap koffa foiy gothah nunereny….eyrun yageen vaahaka kiyun theringe varah tharuheeb libeyne adhi faidhaa ves vaane…ur an amazing author shine…i love ur work
Nice story..??❤
Its the fourth time I read this story.. Again and again.. But still….its awesome.. Amazingggg.. ?❤❤