Skip to content
އެސްފިޔަ

ޤުރުބާން ވުމީ މިހިތުގެ އުފާ 38 ވަނަ ބައި

ޒައިދާން ޖަންނަތުގެ އަތުގައި ހިފާލައިގެން ބުފޭ އޮތް ދިމާލަށް ހިނގައި ގަތެވެ. އެވަގުތު ދުރުގައި އެމީހުނާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން މީހަކު ހުރި ކަމެއް އެދެމީހުންނަކަށް ނޭގެ އެވެ.

ދެމީހުން ގާތް ގޮތަކަށް ގޮސް ކާއެއްޗިހި އަޅަން އުޅޭތަން ބަލަން ހުރި އަބްޔާންގެ ލޮލުން ކަރުނަ ނިރާލާފައި ވެއެވެ. އެމީހުނަށް ނުފެންނާނޭހެން އެދެމަފިރިން އުޅޭ ގޮތް ބަލަމުން އަބްޔާން ދިޔަ އެވެ.

“އަބީބޭ،” އާލިޔާ ފަހަތުން އައިސް ގޮވާލި އެވެ. އެވަގުތު އަބްޔާން އަވަހަށް ލޯ ފޮހެލިތަން އާލިޔާއަށް ފެނުނެވެ. އަބްޔާން ވެފައިވާ ދެރަ ނިކަން ރީއްޗަށް ވެސް އާލިޔާއަށް ފެނުނެވެ. “އަބީބޭ… ދެން ތިހާ ވަރަށް އެމީހުނާ މެދު ނުވިސްނާ… އަބީބެ ވެސް އަދި ނުކައިނު ތިހިރީ… ހިނގާ އަހަންނާ އެކު ކާން.”

“ނޫން އާލިޔާ، އާލިޔާ ދޭ ކާން… އަބީބެ އަދި އެހާ ބަނޑުހައެއް ނުވޭ.”

“އަބީބޭ، އަބީބެ ތި އުޅޭ ގޮތުން އަހަރެންވެސް ދެރަވޭ… އަބީބެ ދެން ވިސްނަންވީ އެހެން ކަމަކާ.” އާލިޔާ އަބްޔާންގެ އަތުގައި ހިފާލި އެވެ. އަބީބެ ވެސް މިތަނުން ކުއްޖަކާ މެރީ ކޮށްގެން ރަށަށް ދާންވީނު؟”

“އާލިޔާ ތިދައްކަން ފެށީ ކޮން ވާހަކައެއް މިހާރު… އަހަރެން މި އުޅެނީ މީހަކާ ނިނދެވިގެންތަ؟” އަބްޔާން ކުޑަކޮން ނުރުހިފައި ބުންޏެވެ. އާލިޔާ އަބްޔާންއަށް ބަލައިލި އެވެ. އިތުރު އެއްޗެއް އާލިޔާއަކަށް ބުނާކަށް ނުކެރުނެވެ.

އެވަގުތު ޒައިދާން ޖަންނަތުގެ އަނގައަށް ކޮންމެސް އެއްޗެއް ލަވާތަން ފެނުނެވެ. އާލިޔާ ސިއްރުން އަބްޔާންއަށް ބަލައިލި އެވެ. އަބްޔާން އެދިމާ ބަލަން ހުރެފައި އިސްޖަހާލި އެވެ. ހިތަށް ވީ ތަދުން ހިތާދިމާލުގައި އަތްވެސް ޖައްސާލެވިއްޖެ އެވެ. އަދި އަވަހަށް އެތަނުން ދިއުމަށް އަބްޔާން ބޭނުން ވި އެވެ. އެމީހުނަށް ފެންނާކަށް އަބްޔާން ބޭނުމެއް ނޫނެވެ. ޖަންނަތުއަށް އަބްޔާން ފެނުމުން ވާނެގޮތެއް ވެސް އިނގެނީއެއް ނޫނެވެ. އެހެން ކަމުން އަބްޔާން އާލިޔާ ކައިރިން ވެސް އެދުނީ އަބްޔާން އައިސް އުޅޭ ވާހަކަ އެމީހުން ގާތު ނުބުނުމަށެވެ. އަބްޔާން މާޔޫސްވެ ހުރެ އާލިޔާއަށް ބަލައިލާފައި އެތަނުން ދިއުމަށް ހިގައި ގަތެވެ. އާލިޔާ އަބްޔާން ދާ ދިމާލަށް ބަލަން ހުއްޓެވެ.

އަބްޔާން ބަގީޗާ ތެރެއަށް ނިކުމެ އަނދިރި ހިސާބުގައި ވަކިން ހުރި މޭޒެއް ކައިރީ އިށީނެވެ. އަދި ބޮލުގައި އަތް އަޅުވާލަމުން މޭޒުގައި އަތް ވިއްދާލައިގެން އިނެވެ. އެހެން އިން އިރު ލޮލުން ފަހަރަކު ކަރުނަ ތިއްކެއް ވެއްޓެމުން ދިޔަ އެވެ. އަދިވެސް އެހިތުގައި ޖަންނަތުގެ ނަން ނޫން ނަމެއް ނެތެވެ. އެނަން ފުހެވިގެން ދާނީ ކޮންދުވަހަކު ކަމެއް ވެސް ނޭގެ އެވެ. ޖަންނަތު އުފަލުގައި ހުރިތަން ފެނުމުން އޭނަވެސް އުފާ ވިއެވެ. އޭނާ ބޭނުން ވަނީ ވެސް ޖަންނަތު އެގޮތަށް އުފާވެފައި ހުންނާށެވެ. ނަމަވެސް އެހިތަށް އެކަން ނުވިސްނެނީ ކީއްވެ ހެއްޔެވެ. އޭނާ މިހާރު ބޭނުން ވަނީ ޖަންނަތުއާއި ޒައިދާން އަބަދަށް އެއްކޮން އުޅޭށެވެ. އެހެނަސް ޒައިދާންއާއި އެކު ޖަންނަތު އުޅޭގޮތުން އެހިތަށް އެހާބޮޑަށް އަސަރު ކޮށްފި އެވެ. މިހާވަރަށް ޖަންނަތު ދެކެ ލޯބިވެވިދާނެ ކަމަކަށް އަބްޔާންގެ ހިތަކަށް ނާރަ އެވެ. ކުރިން ދުވަހަކު ވެސް މީހަކުދެކެ ލޯބިވާން ވެސް ނޭގިހުރެފައި ލޯބިވެވުމުން އެލޯބި ބީވެގެން ލޯކުރިމަތިން ދާތަން ފެނިއްޖެ އެވެ. ލޯބި ބީވެ ދިޔަ ފަހުން ވެސް މިހާރު ކިހާ ދުވަހެއް ހެއްޔެވެ. އެހާ ދުވަސް ވީ އިރުވެސް އެހިތުން ޖަންނަތު ދެކެ ވީ ލޯބި ފިލާ ގޮތެއް ނުވި އެވެ. އަބްޔާން ވިސްނަމުން ދިޔަ ވަރަކަށް ހިތަށް ތަދުވަމުން ދިޔަ އެވެ. މޭގައި ރިހުމެއް އުފެދެމުން ދިޔަ އިރުވެސް އަބްޔާން އެތާ އެތަކެއް އިރު ވިސްނަން އިނެވެ.

 

ޖެހިގެން އައި ދުވަހު އަބްޔާން ފުރަން ތައްޔާރުވި އެވެ. އަހްޔާން އެތަކެއް އާދޭހެއްކޮށް މަޑުކުރަން ބުނުމުންވެސް އަބްޔާން އެއްބަހެއް ނުވި އެވެ. ހަފުތާއަކަށް އައިސްފައި ދެދުވަސް ވެސް ނުވަނީސް ދާން އުޅޭތީ އަހްޔާން ހުރީ ވަރަށް ނުރުހިފަ އެވެ.

“އަބީ، ދެން ހަފުތާއެއް މަޑު ކުރިއަސް ބައްޕައަށް އުނދަގުލެއް ނުވާނެ… އަބީ ދެން މާ ކަންތައް ބޮޑީ.” އަބްޔާން ކޮޓަރި އެނދުގައި އިށީންނަމުން އަހްޔާން ބުންޏެވެ.

“ކަންތައް ބޮޑީއެއްނޫން… ހުރެވެން ނެތީ.” އެނދުމަތީ ބަހައްޓާފައި ހުރި ކުޑަފޮށި ލައްޕާލަމުން އަބްޔާން ބުންޏެވެ.

“މަށަށް އިނގޭ ވެގެން ތިއުޅޭ ގޮތް.” އަހްޔާން އަބްޔާންގެ މޫނަށް ބަލަން ހުރެ ބުންޏެވެ. “ތި އުޅެނީ ޖަންނަ މިރަށުގަ އުޅޭތީނު.”

“ޖަންނަ މިތާ އުޅުނޭ ކިޔާފަ މަށަށް ކޮން ކަމެއް.” އަބްޔާން އަވަހަށް ނޭނގޭ ކަމަށް ހަދާލަމުން އަނެއް ފަރާތައް އެނބުރުނެވެ.

“އަބީ،” އަހްޔާން އައިސް އަބްޔާން ކުރިމައްޗަށް އަރަމުން އަބްޔާންއާއި ހަތަރުކަޅި ހަމަކޮށްލި އެވެ. “މަށަށް އެއްކަމެއް ވެސް ސިއްރެއް ނުކުރެވޭނެ… ރީތިކޮން ބުނިއްޔާ ވާނީ ކީއްތަ؟ އަހަންނަށް އަބީގެ އިހުސާސްތައް އަންޑަރސްޓޭންޑް ވެޔޭ.”

“ޔާން،” އަބްޔާންއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އަހްޔާން ގައިގައި ބައްދައި ގަތުމާއި އެކު ރޮވެން ފެށި އެވެ. އެހުރިހާ އިރު ކެތްކޮށްގެން ހުރެ ހުރެ އޭނާ ވަރުބަލި ވެއްޖެ އެވެ. އަހްޔާންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ އަބްޔާން ރޮމުން ދިޔަ އެވެ. އަހްޔާން ވެސް އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެ އެވެ. ރޯނެ ވަރަކަށް ރޯލަން ބާއްވާފައި އަހްޔާން ވެސް އަބްޔާންގެ ބުރަކަށީ ފިރުމާލަ ފިރުމާލަ ހުއްޓެވެ. އެވަގުތު އެތަނަށް ވަން އާލިޔާއަށް އެމަންޒަރުފެނި ނިކަން އަސަރު ކުރި އެވެ. ދުވަހަކު ވެސް އަންހެން ކުއްޖަކާއި ހެދި އަބްޔާންއަށް އެވަރެއް ނުވެ އެވެ. އާލިޔާ ދެރަވެ ފެންކަޅިވެފައި އޭނަގެ ދެބޭބެއަށް ބަލަން ހުއްޓެވެ.

 

ހަވީރު ވެގެން އައި އިރު އާލިޔާއާއި އަހްޔާންގެ އަލަތު އަނބި ލުއީއާއި ދެމީހުން ކޮފީއެއް ބޯލަން ބަދިގޭގެ މޭޒުކައިރީ ތިއްބެވެ. އޭރު އަހްޔާން ވީ އަބްޔާން ފުރުވަން އެއަރޕޯރޓަށް ގޮހެވެ. އާލިޔާ ލުއީއަށް އަބްޔާންއާއި ޖަންނަތުގެ ވާހަކަ ކިޔައިދެމުން ދިޔަ އެވެ. ލުއީ ވަރަށް ދެރަވެފައި އެވާހަކަ އަޑުއަހަން އިނެވެ. ލުއީގެ ނަޒަރުގައި އަހްޔާންގެ މަންމަ ކުއްވެރި ކޮށްފައި ޖަންނަތު ވެސް އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށް ބުނެލި އެވެ. އަބްޔާންއަށް ހުރިހާ ވާހަކައެއް ކުރިން އެންގި ނަމަ ކޮންމެވެސް އަލި މަގެއް ފެނުނީސް ކަމުގައި ލުއީ ބުންޏެވެ. އާލިޔާ ވެސް އެކަމާ އެއްބަސް ވެލަމުން ދެމީހުން ވާހަކަ ދައްކަން ތިއްބެވެ.

އަހްޔާން ގެއަށް އައީ އެވަގުތު އެވެ. އަހްޔާން އައުމުން ލުއީ ތެދުވި އެވެ. އަހްޔާން ދަމުން ވެސް ދިޔައީ ބޭރަށް ދާން ތައްޔާރުވުމަށް ލުއީ ކައިރީ ބުނެފަ އެވެ. ލުއީ އިނީ އެ ހުރިހާ އިރު ތައްޔާރު ވެގެނެވެ. އަހްޔާންއަށް މާއެތެރެއަށް ނުވަދެވެނީސް ލުއީ ގޮސް އަހްޔާންގެ އަތުގައި ހިފައިގެން ބޭރަށް ނިކުންނަން ހިގައި ގަތެވެ. އާލިޔާ ހިނިތުން ވެލަމުން އެދެމީހުނާ ދިމާލަށް ބަލަން ހުއްޓެވެ.

ކޮފީ ބުއި ޖޯޑުތައް ދޮވެލުމަށް ފަހު އާލިޔާ ވެސް ކޮޓަރިއަށް ދިއުމަށް ހިގައިގަތް ވަގުތު އެގޭ ދޮރުގެ ރަގަބީލު ޖެހިއަޑު އިވުނެވެ. އާލިޔާ އައިސް ދޮރު ހުޅުވި އިރު ޒައިދާންއާއި ޖަންނަތު ހިނިތުން ވެލައިގެން ދޮރުމަތީ ތިއްބެވެ. އާލިޔާ އަވަހަށް އެމީހުން އެތެރެއަށް ވެއްދި އެވެ.

“ޔާންބެ މެން ދެންމެ އެ ނިކުތީ ބޭރަށް.” އާލިޔާ ބުންޏެވެ. “ލުއީ މަންމަ މެންގޭގަ ހުރި ބައެއް ސާމާނު ބަލާ އެދިޔައީ.” އާލިޔާ އިތުރަށް ކިޔައި ދިނެވެ.

“އަހަރުމެން ވެސް ފޫހިވެގެން މި އައީ… ކޮންމެސް ތާކަށް ދަމާ ހިނގާބަލަ.” ޒައިދާން ބުންޏެވެ. އާލިޔާ ނިކަން އަވަހަށް އެކަމާ އެއްބަސް ވެލި އެވެ.

“ޔާންބެ އައިމަ ދާނީ ދޯ… ވަރަށް ރީތި ޕާރކެއް މިތާ ކައިރީ އޮންނާނެ… އެތަނަށް ދާނީ.” އާލިޔާހެވިލާފައި ބުންޏެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިއްބާ އަހްޔާންއާއި ލުއީ އައިސް ވަނެވެ. އެމީހުނަށް ޖަންނަތުއާއި ޒައިދާން ފެނުމުން ނިކަން އުފާވެފައި އައިސް މަރުހަބާ ކިޔާ ސަލާން ކޮށްލި އެވެ.

“ކޮންތާކު އުޅެފަ ތި އަންނަނީ؟ ދެން މުޅިން ވެސް އަނބިގޮއްޔެ ރުއްސަން އެގޭގަ ދޯ އުޅެނީ؟” އަހްޔާންއާއި ދިމާކޮށްލުމުގެ ގޮތުން ޒައިދާން ބުނެލި އެވެ. އަހްޔާން ހިނިތުން ވެފައި ހުރެ އައިސް ޒައިދާންގެ ކޮނޑަށް އަތްވައްޓާލި އެވެ.

“އަހަރެން އަބަދު އެގޭގައެއްނޫން މިއުޅެނީ… އަހަރެން އަބީ ފުރުވަން އެއަރޕޯރޓަށް ގޮއްސައައިސް އަދި ލުއީ މަންމަގެއަށް މި ދިޔައީ.” އަހްޔާން އެހެން ބުނުމުން ޒައިދާންއާއި ޖަންނަތު އާލިޔާއަށް ބަލައިލި އެވެ.

“އަބީ އައިސް އުޅެފަތަ އެދިޔައީ؟” ޒައިދާން ހައިރާންވެފައި ހުރެ އެހި އެވެ.

“އާން، ޒައިދާންއާ ދިމައެއް ނުވޭތަ؟”

“އާން، އާލިޔާ ބުނި ރަށު އެއްވެސް…” ޒައިދާންއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އާލިޔާ އަވަހަށް ވާހަކަ ދައްކަން ފެށި އެވެ.

“އަސްލު އަބީބެ… އަބީބެ ބުނީއޭ… އަބީބެ އައިސް އުޅޭވާހަކަ ޒައިދާންމެނަށް އަންގަން އަބީބެ ބޭނުން ނުވީ… ދެން އަހަންނަށް ދޮގެއް ހަދަން ޖެހުނީ.”

އެންމެންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެންމެންގެ މޫނުމަތިން ވެސް ނުތަނަވަސްކަން ފާޅުވި އެވެ. މުޅިތަނަށް ބީރައްޓެހި ކަމެއް ވެރިވެފައި ވިއެވެ. ލުއީއަށް ވާނުވާ ނޭގުނަސް ދެކެވުނު ވާހަކައަކީ މާ ހިތްހަމަ ޖެހޭ ވާހަކައެއް ނޫންކަން އެންމެންގެ މޫނުމަތިން ދެނެގަނެފި އެވެ.

“އިޓްސް ސޯ އޮކްވާރޑް.” ލުއީ އަހްޔާން އަތުގައި ހިފާލަމުން ބުނެލި އެވެ. “ލެޓްސްގޯ ސަމްވެއަރ.”

ޔޫ އާރ ރައިޓް… ” ޒައިދާން ވެސް އަވަހަށް ތަނުގެ ހަމަހިމޭންކަން އެއްކިބާ ކޮށްލުމަށް ބުނެލި އެވެ.

 

އަބްޔާން ރަށަށް މާ އަވަހަށް ދިއުމުން ނަސީރުއާއި ހިދާޔާ ސުވާލު ކުރަން ފެށި އެވެ. އެމީހުން ހީކުރީ އަބްޔާން ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެގެން ހަފްތާއަކަށް ދިޔަ ދަތުރު ކުރު ކޮށްލީ ކަމަށެވެ. ވީވެސް އެހެންތާ އެވެ. ނަމަވެސް އަބްޔާންގެ ދުލުން އެހެން ބުނާނެ ހެއްޔެވެ.

“މަންމާ، ބުނެފީމެއްނު ކަމެއް ނުވެޔޭ.” ހިދާޔާ އެއްސުވާލެއް މާވަރަކަށް ކުރާތީ އަބްޔާން ނުރުހުން ވިއެވެ.

“ދެން ތިހެން ވިއްޔާ ކޮން ކަމެއް ވެގެންހޭ މާ އަވަހަކަށް ތި އައީ؟ ތަނާއާ ދިމާވީތަ؟”

“ތަނާ ވެސް ދާނެތާ ދޯ؟” އެވަގުތު ނަސީރު ކޮޓަރިން ނުކުތެވެ.

“ނޫން ބައްޕާ، އެޕާރޓީއަށް ތަނާއެއް ނުދޭ… ތަނާ ވީ މެލޭޝިޔާގަ… ތަނާ އުޅެނީ އިންޑިޔާ ދަރިކޮޅުގެ މެލޭޝިޔާ ރައްޔިތަކާ ކައިވެނި ކޮށްގެން… އަޅުގަނޑު ހަމަ އައީ އެތާ ހުރެގެން ކުރާނެ އިތުރު ކަމެއް ނެތީމަ… ބައްޕައަށް އިނގިލައްވާތޯ… ޕާރޓީގެ ހުރިހާ ކަމެއް ހަމަޖެއްސީ ލުއީގެ އާއިލާއިން… އެހާ އަގުބޮޑު ހޯލެއްގަ އަދި ނިކަން ފުރިހަމައަށް ތައްޔާރުކޮށްފަ އޮތީވެސް… ބައްލަވާ.” އަބްޔާން ފޯނުގަ ހުރި ފޮޓޯތަށް ހުޅުވާލަމުން ނަސީރުއަށް ދައްކާލި އެވެ.

ނަސީރުއާއި ހިދާޔާ ފަހަރަކު ފޮޓޮއެއް ބަލަމުން ދިޔަ އެވެ. ފުރަތަމަ ފަހަރަށް ލުއީގެ ފޮޓޯ ހިދާޔާއަށް ފެނުމުން ލުއީއާއި މެދު ހިތުގައިވި ނުރުހުން ހިސާބަކަށް މައިތިވި ކަހަލަ އެވެ. ފެންނަ އިރު ހާދަ ސީދާ ސާދާ ކުއްޖެއްހެން ހީވެ އެވެ. ޖަންނަތު ކަހަލަ ކިޔަމަންތެރި ކުއްޖެއް ކަންނޭގެ އެވެ. އަހްޔާންގެ ހޮވުން ދެރައެއް ނޫނޭ ހިދާޔާ ހިތަށް އެރި އެވެ.

“ނިކަން ރީތި… ބައްޕައަށް ދެވުން ނަމައޭ ހިތަށް އަރާ.” ނަސީރު ބުންޏެވެ.

“ނަސީރު ދާން އުޅުއްވިނަމަ އަޅުގަނޑު ވެސް ދިޔައިމުސް… އަޅުގަނޑުމެންގެ އެންމެ ދޮށީ ދަރިފުޅުގެ ކައިވެނި އެކުރެވުނީ އަޅުގަނޑުމެން ނެތީސް.” ހިދާޔާ ނިކަން ދެރަވެލާފައި ބުންޏެވެ. އަބްޔާންއާއި ނަސީރު ހައިރާން ވެފައި ހިދާޔާއަށް ބަލައިލި އެވެ.

“ހިދާޔާ، ދާހިތުންތަ ހުރީ؟” ނަސީރު ހައިރާން ވެފައި ހުރެ އަހާލި އެވެ.

“ނަސީރުއަށް ހަމަ އިނގި ނުލައްވަނީތޯ؟ އަޅުގަނޑު ދާހިތް ވާނެނޫންތޯ؟” ހިދާޔާ ނަސީރުއަށް ބަލައިލާފައި ރުންކުރުކޮށް ބުނެލި އެވެ. ނަސީރު ގާތަށް ހިނިއައެވެ. ނަމަވެސް ނުހޭން ވެގެން އެތާ ނުހުރެ އަވަހަށް ކޮޓަރިއާއި ދިމާއަށް ހިގައި ގަތެވެ. އަބްޔާން ކައިރިއަށް ވެސް ހިނި އައީ ނަސީރު ހެދިގޮތް ފެނިގެންނެވެ.

 

ހަވީރު ނަސީރު ބޭރަށް ނިކުތީ މިސްކަތަށް ދާށެވެ. އެވަގުތު އާޔަތު ގެއާ ދިމާލަށް ދާތަން ފެނުނެވެ.

“އެކޮއެ،” ނަސީރު އާޔަތުއަށް ގޮވާލި އެވެ. ނަސީރު ފެނުމުން ހިނިތުން ވެލަމުން އާޔަތު ނަސީރު ކައިރިއަށް އައެވެ. ނަސީރުއަށް ބަލަން ހުރެވުނީ އާޔަތު ޖަންނަތުއާއި ވައްތަރު ކަމުންނެވެ. ތަފާތެއް ނެތެވެ. “އެކޮއެ އާޔާ ހީވަނީ ހަމަ ޖަންނަ ހެން… ތަފާތެއް ނެތް.” ނަސީރު އާޔަތުއަށް ފައިން ފެށިގެން މައްޗަށް ބަލައިލި އެވެ.

“ލައްބަ ނަސީރުބޭ، ވަރަށް ގިނަ މީހުން އެބަބުނޭ ތިހެން.” އާޔަތު ރަކި ވެފައި ހުރެ ބުނެލި އެވެ.

“އެކޮއެ ކިޔަވާ ނިމިގެން ފެކްޓްރީއަށް ޖޮއިން ކުރާނަން ދޯ؟” ނަސީރު އަހާލި އެވެ.

“ލައްބަ ނަސީރުބޭ، އަޅުގަނޑު ބިޒްނަސް ކިޔަވަނީވެސް އެހެން ކިޔާފަ ނޫންތޯ.”

“އާން، މާދަމާ ދާންވީނު އަބީއާ އެއްކޮން އެރަށް ބަލައިލަން… އަބީ މާދަމާ ދާނެ.”

“އަބީބެ އެބައުޅޭތޯ؟” އާޔަތު ހައިރާން ވެފައި އެހި އެވެ. އަބްޔާން ސިންގަޕޫރުން އައި ކަމެއް އާޔަތުއަކަށް ނޭގެ އެވެ.

“އާން އެބައުޅޭ… އެހެން ވީމަ އާޔާ ދާން ތައްޔާރުވާންވީނު… ރޭކޮށްފަ މިކޮޅަށް އަންނާނީ.”

“ކީކޭތޯ؟” އާޔަތު ކަންބޮޑުވެފައި އަހާލި އެވެ. “ރޭކޮށްފައޭތޯ؟”

“ކިހިނެއްވީ؟ ރޭކުރަން ނުދެވޭނެތަ؟ އާޔާ މިހާރުތީ ބޮޑުކުއްޖެއްނު… އަނެއްކާ ދަނީކީ ދުރު މީހަކާ އެކުއެއްނޫނެއްނު… ނަސީރުބޭވެސް ރޭނގަނޑު ދާނަމޭ… އަނެއްކާ މިހާރު އެރަށުގަ ހުންނާނެ ބައިވަރު ކޮޓަރި.”

“ދޮންބެ ގާތު އަހާލަން ޖެހޭނީ… ރޭކުރަން ފޮނުވާނެހެނެއް ހިޔެއް ނުވޭ.”

“އާޒަތުއާ ނަސީރުބެ ވާހަކަ ދައްކާނަން… ނަސީރުބެ ބުނެފިއްޔާ ނުފޮނުވައެއް ނުހުންނާނެ.” ނަސީރު ބުނެލި އެވެ. އާޔަތު ހިތުގެ އަޑިން އުފާވެފައި ބޯ ޖަހާލި އެވެ.

 

ޖެހިގެން އައި ދުވަހު އަބްޔާން ފެކްޓަރީއަށް ދިޔައީ ނަސީރުގެ އެދުމުގެ މަތިން އާޔަތު ގޮވައިގެނެވެ. އަބްޔާންއާއި އެކު ދެވޭތީ އާޔަތުގެ ހިތަށް ބުނަން ނޭގޭ އެތަކެއް އިހުސާސް ތަކެއް ކުރެވުނެވެ. ދުވަހަކަށް ވުރެ ދުވަހެއް އަބްޔާންއާއި މެދު ދެކޭގޮތް ގާތް ވަމުން ދިޔަ އެވެ. އަބްޔާންގެ ކޮންމެ ހަރަކާތެއް ކަމުގޮސްފައިވާއިރު އަބަދުހެން އިނދެވެނީ އަބްޔާން ދައްކާފައި ހުރި ފޮނި ވާހަކަތައް ހަދާން ކުރުމުގަ އެވެ. އާޔަތުކައިރީ ބޭބެ ނުކިޔަން ވެސް އަބްޔާން ކިތައް ފަހަރު ބުނެފި ހެއްޔެވެ. އަބްޔާން ހިތުގައިވެސް އާޔަތުއަށް ކޮންމެސް ވަރެއްގެ މަޤާމެއް ވަނީ ކަމުގައި އާޔަތު ނިންމި އެވެ. ނަމަވެސް ޖަންނަތު މަތިން ހިތަށް އަރާފައި އާޔަތުއަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. އަމިއްލަ ދައްތަގެ ލޯބި ހާސިލްކުރަން އަހަރެން މިއުޅެނީ ކީއްކުރަން ހެއްޔެވެ. ބައެއް ފަހަރު އާޔަތު އެހިތަށް ވިސްނައި ދެއެވެ.

“އެއީ ތުއްތަގެ ކުރީގެ ލޯތްބެވެ… މިހާރުގެ ލޯތްބެއް ނޫނެވެ…”

 

“އާޔާ،” އަބްޔާން އާޔަތުއަށް ގޮވާލި އެވެ. ހިޔާލަކަށް ގެއްލިފައި އިން އާޔަތުއަށް ހޭވެރިކަންވެގެން ތޮށިގަނޑު މަތިން ތެދުވި އެވެ. އަބްޔާން އޭރު ތޮށިގަނޑު މަތީ ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުއްޓެވެ. “ހިނގާ، ފެކްޓްރީގެ ކަންތައްތައް ބަލައިލަން ދަމާ… ތިހެން އިންނާކަށް ނޫނެއްނު އައީ.”

އާޔަތު އަބްޔާން ގާތަށް ހިގައި ގަތުމުން އަބްޔާން ވެސް އެތަނުން ހިގައި ގަތީ ފެކްޓްރީއާއި ދިމާލަށެވެ.

އަބްޔާން އާޔަތުއަށް އެކި ކަންތައް ދައްކަމުން ކިޔައިދެމުން ދިޔަ އެވެ. އާޔަތުއަށް ގިނަ ފަހަރު އަބްޔާންއަށް ބަލަން ހުރެވެނީ އެވެ. އަބްޔާން ދައްކާ އެއްވެސް ވާހަކައެއް އަޑު ނީވޭ ކަހަލަ އެވެ. އަބްޔާންގެ ވާހަކަ ދެއްކުމުގެ ސްޓައިލު ވެސް ސަޅި އެވެ. ވާހަކަ ދައްކާއިރު އެގެންނަ ހަރަކާތްތައް ވެސް ހިތްގައިމެވެ. މީގެ ކުރިން އެކަންތައްތައް ފާހަގަ ނުވަނީ ކީއްވެ ހެއްޔެވެ. އާޔަތު ގިނަ ފަހަރަށް ހުންނަނީ ހިޔާލީ ދުނިޔެ އެއްގަ އެވެ.

 

އަބްޔާންއާއި އެކު އާޔަތު ގެއަށް އައީ ހަވީރުވެސް ވީ ފަހުންނެވެ. އަބްޔާން އައިސް ވަނީ އޭނަގެ ކޮޓަރިއަށެވެ. އާޔަތުވެސް އަބްޔާންއަށް ބަލަން ހުރެފައި ގޮސް އާޔަތުއަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަށް ވަނެވެ. އެގެއަކީ ހަމަ އެކަނި އާއިލާ މެމްބަރުން އައިސް ތިބެން ނަސީރު ހަދާފައިވާ ބޮޑު ގަނޑުވަރެއް ކަހަލަ ގެއެކެވެ. އެތައް ބައިވަރު ކޮޓަރިއެއް ހަދާފައި ހުރީ ދެ އާއިލާގެ މެމްބަރުންނަށް ވާވަރަށެވެ. ނަސީރު އެހާވަރަށް ފިޔަތޮށިގޭ ކުދިންނާ މެދުވެސް ވިސްނަ އެވެ. ކޮންމެ ކަމެއްގައިވެސް އެކުދިންނަށް ހިއްސާ ކަނޑައަޅަ އެވެ. ވާނީވެސް އެހެންތާ އެވެ. ފެކްޓަރީއަކީ އެކުދިންގެ ވެސް ހިއްސާ އޮންނަ ތަނެއް ވިއްޔާ އެވެ.

 

އާޔަތު ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލި އެވެ. ކަނޑުން ނަގާ ފިނި ރޯޅިތައް އައިސް މުޅި ކޮޓަރިތެރެ ހިސާރުކޮށްލި އެވެ. އާޔަތު އަމިއްލަ ހަށިގަނޑުގައި އަތް ވަށާލި އެވެ. ކޮންކަހަލަ ހިތްގައިމު މޫސުމެއް ހެއްޔެވެ. އާޔަތުއަށް ކޮންމެ ކަމަކުން ލިބެނީ ހިތްހަމަ ޖެހުމެވެ. މޫސުމުންނެވެ. ފެންނަ މަންޒަރުންނެވެ. ފުން ނޭވާއެއް ލަމުން އާޔަތު ލޯމަރާލި އެވެ. ހިޔާލީ ހުވަފެނުގައި އާޔަތު ގެބިގެން ދާން ފެށި އެވެ. ލުއި ހިނިތުން ވުމެއް ތުންފަތަށް ވެރިވެފައި ހުއްޓެވެ.

އެތަކެއް އިރު އެހެން ހުރުމަށް ފަހު އާޔަތު މަޑުމަޑުން ލޯ ހުޅުވާލި އެވެ. ކުރިމަތީ ގޮނޑުދޮށާ ދިމާލުގައި ހުރި ހުދު ގޮނޑިތަކުން ގޮނޑިއެއްގައި އަބްޔާން އިށީދެގެން އިންތަން އާޔަތުއަށް ފެނުނެވެ. އާޔަތު އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނުކުތެވެ.

އާޔަތު ގޮސް އަބްޔާން ކައިރިއަށް ހުއްޓުނު އިރު އަބްޔާން އިނީ އިސްޖަހާލައިގެނެވެ. އޭރު އަބްޔާން އަތުގައި ކޮފީ ޖޯޑެއް ހުއްޓެވެ. އަބްޔާން އިސްއުފުލާ ބަލައިލީ ކައިރީ މީހަކު ހުރިހެން ހީވެގެންނެވެ. އެވަގުތު އަބްޔާންގެ ލޮލުގައިވާ ކަރުނަތައް އަވަހަށް އަބްޔާން ފޮހެލިޔަސް އާޔަތުއަށް އެކަން ސިއްރެއް ނުވި އެވެ.

“އަބީބޭ، ރޮނީތަ؟” އާޔަތު އައިސް އަބްޔާންއާއި ޖެހިގެން ހުރި އޭގެ އަނެއް ގޮޑީގައި ކުޑަކޮން ފޫ ޖައްސާލަމުން އަބްޔާންއާއި ދިމާލަށް އަރިވެލި އެވެ. އަބްޔާން އިސް ޖަހާލައިގެން އިނދެފައި އިސް އުފުލާ އާޔަތުއަށް ބަލައިލަމުން ފަނޑު ހިތުން ވުމެއް ދިނެވެ. އަދި ބޯ ހޫރާލީ ނުރޮމޭ ބުނާފަދައިން ނެވެ.

“އަބީބޭ… މަށަށް ފެނުނޭ…” އާޔަތު އަބްޔާންގެ ލޮލަށް ބަލައިލަމުން ބުނެލި އެވެ. “ޔޫ ކެން ޓްރަސްޓް މީ އަބީބޭ… ކިހިނެއްވީތަ؟ އަބީބެ ތިހާ ދެރަވެފަ ތިއިނީ ކީއްވެތަ؟” އަބްޔާން ދެރަވެފައި އިނުމުން އާޔަތުގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އަބްޔާން މުޅި މޫނުގައި އަތް ހާކަލަމުން އެތަނުން ތެދުވި އެވެ. އަދި ގެއާއި ދިމާއަށް ހިގައި ގަތެވެ. އާޔަތު ކިތަންމެ އެދުނަސް އަބްޔާންގެ ހިތުގެ ހާލަތު އާޔަތުއަށް ބުނެދޭނީ ކިހިނަކުން ހެއްޔެވެ. އެއީ އަބަދުވެސް އަބްޔާންގެ ކޮއްކޮއެއް ކަހަލަ ކުއްޖެކެވެ. އެނޫން ގޮތަކަށް އަބްޔާންއަށް އާޔަތުއާއި ދިމާއަށް ބަލައި ނުލެވޭނެ އެވެ. އަދި އެކުވެރިއަކަށް ވެސް އާޔަތު ނުހެދޭނެ އެވެ. އަބްޔާން ދާން ފެށުމުން އާޔަތު ބަލަން ހުއްޓެވެ. އަދި މަޑުމަޑުން އަބްޔާން ފަހަތުން އާޔަތުވެސް ހިގަމުން ގެއާއި ދިމާލަށް ދިޔަ އެވެ.

އަބްޔާން ގެއަށް ވަންއިރު ނަސީރުގެ ފައިވާން ފެނިފައި ނަސީރު އައިސް އުޅޭކަން އަބްޔާންއަށް އިނގުނެވެ. އެހެން ކަމުން އަބްޔާން ގަސްތުކުރީ ނަސީރުއަށް ނުފެންނަނީސް އަވަހަށް ކޮޓަރިއަށް ވަންނާށެވެ. އެވަގުތު އަބްޔާން ފަހަތުން އައި އާޔަތުއަށް ކެތެއް ނުވި އެވެ. ދުވެފައި އައިސް ބޭ އިހުތިޔާރުގައި އަބްޔާން ގައިގައި ފުރަގަހަތުން އޮޅުލައި ގަތެވެ. އަދި އާޔަތުއަށް އިހުތިޔާރަކާއި ނުލައި ރޮވެން ފެށުނެވެ. އަބްޔާންއަށް ހުއްޓުން އަރާފައި ހުރިގޮތަށް ހުރެވުނީ އެވެ. އާޔަތުގެ އެއަމަލުން އަބްޔާން ހުރީ ސިހިފަ އެވެ.

“އަބީބޭ… އަހަރެންނަށް އަބީބެ ދެކެ ލޯބިވެވިއްޖެ… އަބީބޭ… އައި އޭމް ސޮރީ… އެކަމު އަހަންނަށް ދެން އަބީބެ ކައިރީ ނުބުނެ ނުހުރެވޭނެ… އަބީބޭ..” އާޔަތު ރޮމުން ވާހަކަ ދައްކަނުން ދިޔަ އެވެ. އަބްޔާންއަށް އިތުރު ހައިރާން ކަމެއް ލިބުމާއި އެކު މަޑުމަޑުން އާޔަތުއާއި ދިމާލަށް އެނބުރެވުނެވެ. އާޔަތު ނުހަނު ކައިރީ ހުރެ ރޮމުން ދިޔަ އެވެ. އަބްޔާންއާއި ހަތަރުކަޅި ހަމަވި ވަގުތު އަބްޔާންއަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް އާޔަތުގެ އެ ފުން ދެލޯ ތެރެއަށް ފީނައި ގަނެވުން ކަހަލަ އެވެ. އެއީ ޖަންނަތުގެ އިންނަ ކަހަލަ ބޮޑު ދެލޮލެވެ. ނަމަވެސް އަބްޔާން ހިއްސުތައް ކޮންޓުރޯލު ކުރަމުން ނިކަން ފުންކޮން އާޔަތުއަށް ބަލައިލި އެވެ.

“އާޔާ،… އާޔާއަށް އިނގޭތަ ތި ކިޔޭ އެއްޗެއް؟” އަބްޔާން އާޔަތުއާއި ދިމާލަށް ބަލަން ހުރެ ބުނެލި އެވެ. އާޔަތު އަބްޔާންއަށް ބޯ ޖަހާލި އެވެ.

“އަބީބޭ… އަހަރެން ހަމަ ހޭގަ ހުރެގެން މިބުނަނީ… އަހަރެން އަބީބެ ދެކެ ލޯބިވޭ… ބޭބެއެއް ގޮތަކަށްނޫން… އަބީބެ ލޯބި ނުވިޔަސް އަހަރެން އަބީބެ ދެކެ ލޯބިވޭ… އަދި އަބަދުވެސް ލޯބިވާނަން.” އާޔަތު ބުންޏެވެ. އަބްޔާން ދެބުމަ ކައިރިކޮށްލަމުން އާޔަތުގެ އަތުގައި ހިފަހައްޓާލި އެވެ. އަބްޔާން ހުރީ ހިސާބަކަށް ނުރުހުންވެސް ވެފަ އެވެ.

“އާޔާ… އަހަރެން އަބަދުވެސް އާޔާ ދެކެމުން އައީ އަހަރެންގެ ކޮއްކޮއެއް ގޮތަށް… ދުވަހަކު ވެސް އާޔާއާއި ދިމާއަށް އެހެން ނަޒަރަކުން އަހަރެން ނުބަލަން… އަނެއްކާ އަހަރެން ސަމާސާއަށް ބޭބެ ނުކިޔާށޭ ކިޔާތީ އާޔާ އެކަން ސީރިއަސްކޮން ނެގީތަ؟” އަބްޔާން އާޔަތުއަށް ބަލަން ހުއްޓެވެ. އޭރުވެސް އާޔަތު ލޮލުން ކަރުނަ ފައިބަމުން ދިޔަ އެވެ.

“އަބީބޭ،… އަބީބެ ލޯބި ނުވިޔަސް އަހަރެން އަބީބެ ދެކެ ލޯބިވޭ… އަދި އަބަދުވެސް ލޯބި ވާނަން… އަބީބެގެ ލޯބި ނުލިބުނަސް އަހަރެން އަބީބެއަށް ޓަކައި އުމުރަށް ވެސް ހުންނާނަން.”

“އާޔާ!” އަބްޔާންއަށް ބާރަށް ބުނެވުނެވެ. އަބްޔާން ކައިރިއަށް ކުއްލިއަކަށް ރުޅި އައެވެ. “އާޔާ ހީކުރަނީ ކީކޭތަ؟ އަހަރެން އާޔާދެކެ ކޮންމެސް ދުވަހަކުން ލޯބިވާނެޔޭތަ؟ އެހެން ހީނުކުރައްޗޭ… އާޔާއާ އަހަރެން ދުވަހަކުވެސް ނުގުޅޭނަން… އެގޮތަށް އެކަން ވާކަށް އަހަރެން ބޭނުމެއްވެސް ނޫން… އާޔާ ތި ހިޔާލު ދޫކޮށްލާ…” އާޔަތު އަބްޔާންއަށް ބަލަން ހުރެފައި އިތުރަށް ކެތްނުކުރެވިގެން އާޔަތުގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. އަބްޔާން އާޔަތު ދިޔަ ދިމާލަށް ބަލަން ހުރީ އެވެ. އާޔަތު ކިތަންމެ އާދޭހެއް ކުރިއަސް އާޔަތުދެކެ އަބްޔާން ލޯބިވާނީ ކިހިނަކުން ހެއްޔެވެ.

ކޮޓަރީގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރި ނަސީރު މަޑުމަޑުން ދޮރު ހުޅުވާ ބޭރަށް ބޯދިއްކޮއްލި އެވެ. އަބްޔާންއަށް ނަސީރު ފެނުމުން ނަސީރު އަށް ހުރިހާ ވާހަކައެއް އަޑު އިވުނުކަން ދެނެގަތެވެ. ނަސީރު ފުރަގަހަތުން ދައަތް ހިފަހައްޓާލައިގެން އައިސް އަބްޔާން ގާތުގައި ހުއްޓުނެވެ.

“ބައްޕައަށް އަޑުއިވުނުތޯ؟” އަބްޔާން ނަސީރުއަށް ފުންކޮން ބަލައިލާފައި އަހާލި އެވެ. ނަސީރު ހުިރގޮތަށް ހުރެ ބޯ ޖަހާލި އެވެ. “ބައްޕާ… އަޅުގަނޑު ކިހިނެއް އާޔަތު އުފާކޮށްދޭނީ… ބައްޕައަށް އިނގިލައްވާނެ އަޅުގަނޑުގެ ހިތުގައި ވަނީ ކާކުކަން.”

“އާން… ދަރިފުޅާ… ބައްޕައަށް ހުރިހާ އެއްޗެއްވެސް އިނގޭ…” ބައްޕަ ވެސް ރަގަޅު ވާހަކައެއް ބުނެލަންތަ؟” އަބްޔާންގެ ކޮނޑުގައި އަތްޖައްސާލަމުން ނަސީރު ބުންޏެވެ. “ގެއްލިގެން ދިޔަ އެއްޗެއްގެ މަތިން ހަދާންކޮށް ހިތާމަ ކުރުމުގެ ބަދަލުގައި އަތުގައި މިވަގުތު ލިބިފައިވާ އެއްޗިއްސާއި މެދު ވިސްނާ ޝުކުރުވެރި ވާންވީނު… މިހާރު ލިބިފައިވާ އެއްޗިހި އަނެއްކާ މާދަމާ ބީވެ ގެއްލުމުގެ ކުރިން އޭގެ އަގު ވަޒަންކުރަން ވީނު… ހަމަ ގައިމުވެސް ގެއްލޭ ކޮންމެ އެއްޗެއްގެ ބަދަލުގައި އެއަށް ވުރެން ރަގަޅު އެއްޗެއް މާތްﷲ ކެތްތެރީންނަށް ދެއްވާނެ.” ނަސީރު އެހެން ބުނެފައި އަދި އެއްފަހަރު އަބްޔާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށް ފަހު ގެއިން ބޭރަށް ނުކުތެވެ. އަބްޔާން އެތާ އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ ނަސީރު ބުނެފައި އެދިޔަ އެއްޗަކާއި މެދު ވިސްނާލާށެވެ. އެހެން ހުރެފައި އަބްޔާން ގޮސް ކޮޓަރިއަށް ވަނެވެ.

 

އެރޭ ކެއުމަށް ނަސީރު ބުނެގެން އާޔަތުއާއި އަބްޔާން ވެސް ދިޔައީ ބޮޑު ކާގެއަށެވެ. އެއީ ހުރިހާ މުވައްޒަފުން އެއްކޮން ކާން ތިބޭ ކާގެ އެވެ. ނަސީރު ބޭނުންވީ ހުރިހާ މުވައްޒަފުންނަށް އާޔަތު ތަޢާރަފު ކޮށްދޭށެވެ. ބައެއް މީހުނަށް މިހާރުވެސް އާޔަތު ވަނީ އިނގިފަ އެވެ. ނަމަވެސް ތަނުގެ މަތީ ވަޒީފާ ތަކުގައި ތިބި މީހުނަށް އާޔަތުއެއް ނޭނގެ އެވެ.

ކައި ނިމިގެން ކުޑަ ޖަލްސާއެއް އޮންނާނެ ވާހަކަ ނަސީރު އެނގި އެވެ. އެހެން ކަމުން އެންމެންވެސް ކެއުމަށްފަހު އެތާ މޭޒުތަކުގައި މަޑުކޮށްލައިގެން ތިބީ ޖަލްސާއަށެވެ. އަބްޔާންއާއި އާޔަތު އެކަކު އަނެކަކާއި ބަހެއް ވެސް ނުބުނެ ތިއްބެވެ. އާޔަތު އިރުކޮޅަކާ އަބްޔާންއަށް ބަލައިލަ އެވެ. ނަމަވެސް އަބްޔާން އާޔަތުއާއި ދިމާއަށް ބަލައިވެސް ނުލާ އިންގޮތަށް އިނެވެ.

އެންމެންގެ ސަމާލުކަން ހޯދާ ނަސީރު ވާހަކަ ދައްކަން ފެށި އެވެ. ޕެކްޓްރީގެ ބައެއް ކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކާލާފައި ދެން ފެނުނީ އާޔަތުއަށް ގޮވާ ނަސީރު ކައިރިއަށް އާޔަތުގެނައި ތަނެވެ. އަދި އެތާތިބި އެންމެނަށް އާޔަތު ތަޢާރަފްކޮށްދިނެވެ. އެތާގައި މަސައްކަތް ކުރަނީ ގިނައިން ފިރިހެނުންނެވެ. ނަމަވެސް މިހާރު މަދު އަންހެން ކުދިން ކޮޅެއްވެސް ތިއްބެވެ. އެއީ ކައިރި ރަށްތަކުގެ ކުދިންނެވެ. އަންހެން ކުދިންނަށް ވަކިން ނަސީރުވަނީ ކޮޓަރި ބަރިއެއް ތައްޔާރުކޮށްދީފަ އެވެ. އަދި މުވައްޒަފުންގެ އަޙްލާގަށް ވަރަށް ބޮޑަށް ނަސީރު ބަލަ އެވެ.

ނަސީރުގެ ވާހަކަ ނިމުމާއި އެކު އެންމެން އާޔަތުއަށް މަރުހަބާ ކިޔަން ފެށި އެވެ. އަދި ކުރިއަށް އޮތް މުސްތަޤްބަލުގައި އެ ފެކްޓްރީއަށް އާޔަތު އަންނާނެވާހަކަ ބުނުމުން އެތާތިބި ބައެއް ޒުވާން ފިރިހެން ކުދިން އުފާކޮށް އެކަކު އަނެކަކަށް ދިމާކޮށް ހެދި އެވެ.

ޖަލްސާނިމުމުން ބައެއް މީހުން ތަނުން ދާން ފެށި އެވެ. އެވަގުތު އާޔަތުވެސް ދިއުމަށް ނިކުންނަނީ އެވެ. އަބްޔާން ވެސް އާޔަތު ފަހަތުން ހިގައި ގަތެވެ. ދޮރުން ވަދެގެން އައި މީހާއަށް ބޭރަށް ނުކުނަން ދިޔަ އާޔަތު ނުފެނުމުން ގޮސް ލައިގަނެވުނީ އާޔަތު ގައިގަ އެވެ. އާޔަތު އެމީހާ ގައިގައި ޖެހިފައި ވެއްޓެން ދިޔަ އެވެ. އެވަގުތު އެމީހާ ވެސް އަދި އަބްޔާން ވެސް އާޔަތާއި ދިމާއަށް އަތް ދިއްކޮށްލީ އާޔަތު ހިފެހެއްޓުމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (30)

  1. shooty

    yes!!!!story up v yorrrrrr…. alhugandu hykyry dhn upload nuvaane ey ? but yeyyy.. up vejje.. aasi plx abi nd ayaagulhuvaadhy.. ayaa ge feelings ingunyma v dhera vejje.. story hama habeys.. thank you for the lovely story ?????????

  2. Khajja

    Yeah mi first dhw stry v v v habeys vvv rythi emme fahun aby marry kuraany aayathu aa dhw ekam abyge mom gabooluvaanebaa mi faharu hyvey abyge mom kithamme rulhi ayas gabooluvaane hen aby attakaaves mi dhathuru nimey iru aby n aayaa hyvey gulhun badhahivaane hen stry v furihama

  3. rosy

    VVVVVVV Reethi…..
    Aaya and aby…

  4. liu

    VVVVVVV Reethi…..

  5. fathun

    jannath ge feeling eves nei. eyna abi diyaima kurevunu ihusaas eh ves nei. vahaka reeche nun midhaa goi. morality ah balaairu abyaan and ayath gulhun ragalhe nun. cox abi loabivany jannath dheke. vv,dheravey. abyaan ge bai kiyaafa hama vvv.hurt vi.zaidhaan ge name fenunas vvv.fuhi vey. i just hate him. if this was real i wud have killed him now. ehaaves rulhi adhey. ayath and abi nugulhuvaa.

  6. Sim

    Mi part v ves nice. Nxt part avahah up kohdheythi.

  7. koo

    v happy vejje mi up v ma v dhera vega mihuree thanx vvvvvv much

  8. Dhondhooni

    Mivaahaka mihaaru kamakunudhe..kurin abadhuves mivaahaka nukunnaane dhuvahakah inthizaarukurevenee.ekamu mihaaru mivaahakayah inthizaarehves nukureve..mi partgaves reethee hama ekanin abi ge bai hama rovunu abi ah thihadhaagothun..?mivaahaka dheke enme foohivee zaidha and janna gulhuvaafa adi and aayath gulhuvaathy..???

  9. leen

    Story Dhaagoii mihaaru v foohi.. Aasi plx aby nd aayaa nugulhuvaa…

    1. lilyyy
      leen

      Abee n aayaa
      V immoral
      V hadi asluves

      Abee n aayaa gulhuveema v fake dhen bodu varu

      Zaidhaan maraalaba v loabikoh
      N janna aa gulhuvaalaa abee aa
      Eyrah v habeys vaane

  10. Salma

    Very very nice story ekamu vaahakayah varah inthizar kuran jehey dheythere maa dhuree

  11. lina

    vvvv reethi miharu stry da goe….

  12. naan

    V foohi mihaaru mi vaahaka aslu loabi mi vany mi vaahakaiga kulhey kulhi varakah hadhaafa

    1. fathun
      naan

      asluvs. datha dheke loabivefa kokko aai gulhun ves ok. not nice dho. its not good for me. abi ah evaa gothe jannath aka ihusaase nuvey. miadh masha eves masakathe nukurevey. it seems so real for me. abi ge feelings. zaidhaan ge name fenunas v,rulhi adhey. aasi dhn liyanvynun jannath loabinuvaa vahaka ves abi dheke. zaidhaan ah kyve ihusaas nuvany. vvv,fuhi vey dhn. aaliya kyve nubuny abi hitha taduvegeney diyai. mi aayath abi be dheke loabiveyey mihen kiyaairu aharumen laduganey. ehn eyna bunyma we feel it as a joke. i have read many stories in my life. janna nd abi loabiveyey bunyma we also felt dat love. bt zaidhaan nd janna e ulhey goi. i felt it as lust. ayath loabi veyey bunyma hyvany teenage kujaku moya vegen ulheny hen. i as a reader dnt feel it. aasi nikan balaabala. majority comment kura enmen beynunvany abi nd janna gulhuvan. else pelase change the pic. Aasi please i beg u. abi nd aaya nugulhuvathi. please jannath and abi gulhuvaa

    2. Abee
      naan

      Exactly

    3. Meera
      naan

      Agree with naan and fathun. Ehen nahadhaa alhe pls pls. Konmmefaharku mi vaahaka balailevenee vaahaka ehen gothakah badhaluveytho. Konmme loabivaa meehaku nuves gulhidhaane. Ekamaku kokko ehgge gothugai dhekey meehakaa loabeege gothun gulhumakee futtakkeh jahaalaahaa faseyha kamakah vanna mujuthamaun balainuganevey kanthah e ee

  13. bunny

    fathun please rovenyaa vaahaka nukiyaa. noony beynun vaa gothah liyegen kiaa. aan dhn fahe bodu kmh.

  14. Mari

    Varah reethi… Vaahaka dhaagoi….

  15. Aphy

    Story ge namakee gurubaan vumee mihithuge ufaa…so knmmes ekaku eba jehey dhw gurubaan vaan..?

  16. my

    VVVVV lobi stry…
    dhan ruli ana kudin nukimavinu…
    I LOVE JANA AND ZAIDHAN ??????????
    Aby and ayathu hama perfect couple….

  17. Abee

    This is not done.. Hama hey ga huregen ehgey dhemeehamaa rattehi nuvaane.. zaidhan and Janna not done.. actually why only abee has to suffer? Janna loved abee! So how is it possible for her to forget him so easily.. this story is not nice now.. because it’s not something that is gonna happen in real life.. she loved him from her childhood so it’s impossible to forget him and move on so easily.. I’m really disappointed.. zaidhan should sacrifice his love for Janna if he thinks that he is a true friend of abee
    Because true friends will neva snatch your love.. ???????

    1. Meera
      Abee

      Exactly. Asluves varah odd dhen janna aa zaidhaan ey buneema. Dhen anrkka abyan abadhuves dhekenee ayath akee kokko eh gothugai. E ee varah mathiveri gulhumeh. Aasi pls plot change koggrn namaves janna n aby gulhuvaa. Ayath aa rattehivaane varah gina meehun ebathibu. E gulhun beybe kokkogr gulhumuge gothugai baavvaa pls pls

  18. Liusss

    V reethi

  19. Saran

    Alhey vaahaka kiyaa myhun molhu liyaa myhun nah Vuren ?

  20. rana

    haadha laheyyyy vaahaka up vaairu :-@

  21. Yashal

    Mivaahaka kiyaakudhin liyuntheriyaaa ah vure molhu dhwww… Hurihaa kidhin beynun vaa gotheh nuvaane dhww.. So liyuntheriyaa beynun gothakah dhw vaahaka liyaaneee..btw Storyy hama habeys… Mashaa allah

  22. ainth

    Haadha lahey aasi up kolaalle. alhey keevetha.

  23. Janna

    Dhebennaa rattehivun ae massala eh kamah vedhaane. Bt real lifega ekahala kanthahvaairu vaahakaega vaki nuvaanvee kyhve? Aharen rattehivin dhebenna. Marry ves kury ethanun ekaka.. bt ehenay kiyaafa ehvx massala eh nujehay.
    So dhn reethivaany aaya n abee gulhuniyyaa.
    Love this story

  24. Ainyy

    Kaivengnakee kulhivareh noon…. thima loabivaa meeheh nulibidhaane.. moodhuge konme galakah maheh vaafadhain. Janna aa zaidhaan aaves hama thagdheeruga gulhen othyma gulhuny. Janna kaivenyge mathiveri gulhumuga dhemi hunnan azum kan’daelhyma kihaa ragalhu. Konme kamehves vaany hama ragalhakashey buneulhe ehnu dho?? Ehenveema vaahaka varah salhi. Ekamaku update kuraaleh lahee.

  25. Rana

    Mi vaahaka kihinehtha thi up kuranyy.. vaki time period eh dheynvynu up kuran. V foohi mihaadhuvas nagaathyve up kuran… lass vahnaavx angaalaanama ehnu….

Comments are closed.