Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (14ވަނަ ބައި)

Ifaau
November 14, 2016
6 Mins Read
49 Views
11 Comments

ވީހާވެސް އަވަހަކަށް އިލްޔާސްގެ ގައިދުން ތާޝާ ސަލާމަތް ކުރަންވީއެވެ. އަހަރެން ކޮންމެ ގޮތެއް ހަދައިފައިވެސް އެކަން ކުރާނަމެވެ. ތާޝާގެ ވިއްސިވިހާލިވެފައިވާ ހުރިހާ ހުވަފެނަކު އަހަރެން ކުލަ ޖައްސައިދޭނަމެވެ.

ތާޝާގެ ނޯޓު ފޮތް ކިޔާ ނިމުންއިރު އަހަރެންގެ ނިދިވެސް ފިލައިފިއެވެ. ބަނޑުހައި ހޫނުކަން އިހުސާސް ވަމުން ދިޔައެވެ. އެހެންކަމުން އަހަރެން ބަދިގެޔަށް ދިޔުމަށްފަހު ކޮފީއެއް ހަދައިލައިގެން ބެލްކަންޏަށް ނިކުމެލީ ފިނިކޮށްލާށެވެ. އަހަރެން ތިރި ބަލައިލިއިރު ގޭދޮށުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ދެން އަހަރެންގެ ލޮލުގައި އަޅައިގަތީ ފުލުހެކެވެ. އަހަރެން ދިމަދިމަޔަށް ނަޒަރު ހިންގިވަރަކަށް ފުލުހުންގެ މީހުން އިތުރުވަމުން ދިޔައެވެ. ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިއެވެ. މިވަނީ ކީއްތޯ ބަލައިލަން އަހަރެން ކޮފީ ޖޯޑު ބަދިގޭގައި ބެހެއްޓުމަށްފަހު ތިރިޔަށް ފައިބަން ގޭގެ ދޮރު ހުޅުވާލީމެވެ. އަހަރެން ސިހުނީ ސިޑިން އަހަރައިގެން އައި ފުލުހުންގެ ދެމީހަކު ފެނުމުންނެވެ. އެތަނުން އެކަކީ އަހަރެންނާއިއެކު ސުކޫލުގައި އުޅުން އަހަރެންގެ ވަރަށް ގާތް އެކުވެރިއެވެ. ސަދަފް އަހަރެން ފެނުމުން އަހަރެން ކައިރިޔަށް އައިސް މަޑުކޮށްލިއެވެ. ދެންހުރި މީހާ ވަނީ އިލްޔާސްގެ ގެޔަށެވެ. އެހާ ހިސާބުން މިވާގޮތެއް ބެލުމުގެ ޝައުގުވެރިކަން އިތުވެގެން ދިޔައެވެ.
“ސަދަފް ކިހިނެއް ވެގެން މިއުޅެނީ؟” އަހަރެން އަވަހަށް އަހައިލީމެވެ.
“މިއުޅެނީ މިގޭގަ އުޅޭ އިލްޔާސް މަގުމަތިން ދިޔަ ކުއްޖަކަށް ޖިންސީ ގޯނާއެއް ކޮށްގެން..” ސަދަފް މިހެން ބުނެލުމުން އަހަރެން ކައިރިޔަށް ހިނި އަންނަ ގޮތްވިއެވެ. މިކަހަލަ މަޅިއަކު ނުބެދި މިހާގިނަ ދުވަހު ހުރިކަންވެސް ދެރައެވެ. ބަސްބުނަން ކެރޭވަރުގެ ކުއްޖަކާ އިލްޔާސްއަށް ފޮށިލެވުނީއެވެ. ނަސީބެކޭ އަހަރެން ހިތަށްއެރިއެވެ.
“ރޭޕް ކޭސް އެއްތަ؟” އަހަރެން އަހައިލީމެވެ. ތާޝާގެ މައްސަލަވެސް ފެންމަތި ކޮށްލުމަށް މިއީ ރަނގަޅު ފުރުސަތެކެވެ.
“އާނ ރޭޕް ކޭސް އެއް! އޭނަ އެރެސްޓް ކޮށްފިން މިހާރު…” އަހަރެންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަހަރެންނަކަށް މާބޮޑު ކަމެއްވެސް ކުރާކަށް ނުޖެހުނެވެ. އަހަރެން ވަގުތުން ސަދަފްއަށް ތާޝާގެ ވާހަކަ ކިޔައިދިނީމެވެ. އޭނަގެ ޑައިރީވެސް ފުލުހުންނާއި ހަވާލުކުރީމެވެ. އެޔަށްފަހު ތާޝާގެ ސްޓޭޓްމެންޓް ނެގުމަށްފަހު މައްސަލަ ބަލާނެ ކަމަށްބުނެފައި ސަދަފް ދިޔައީ ތާޝާ އަހަރެންނާއި ހަވާލުކޮށްފައެވެ. އަދި އިލްޔާސްއަށް އެހާ އަވަހަކަށް ނާދެވޭނެ ކަމަށްވެސް ބުންޏެވެ. އަހަރެންގެ އިތުރުން ތާޝާވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ސަދަފްމެން ދިއުމުން އަހަރެން ވަނީ ތާޝާ ގޮވައިގެން އޭނަގެ ކޮޓަރިއަށެވެ. އަހަރެން އަހަން ބޭނުންވާ ބައިވަރު ސުވާލު ހުރީމައި އަހަރެން ބޭނުންވީ ތާޝާއާއި ކުޑަކޮށް ވާހަކަ ދައްކައިލާށެވެ. ނަމަވެސް ކޮޓަރިއަށް ވަތްގޮތަށް އެނދުމަތީ އިސްޖަހައިގެން ބަހެއްވެސް ނުބުނެ އިންނަންފެށިއެވެ. “ތާޝާ” އަހަރެން ގޮވާލީމެވެ. ހަމަ އެގޮތަށް އިންނަން ފެށުމުން އަހަރެން މަޑުމަޑުން އޭނަ ކައިރީ އިށީންދެލީމެވެ. “ކިހިނެއްވީ؟ އުފަލެއް ނުވޭތަ؟” އަހަރެން އަނެއްކާވެސް އަހައިލީމެވެ. “މާޒް އެފޮތް ކީންތަ؟” ހަމަ އެއިންގޮތަށް އިނދެ ތާޝާ އިއްވައިލިއެވެ. އަހަރެން ކައިރިޔަށް ހިނި އަންނަގޮތްވިއެވެ. އަހަރެންގެ ހުނުމުގެ އަޑު އިވުން ތާޝާ މޫނުމަތީ ދެއަތް އަޅާ ފޮރުވާލިއެވެ.
“ގޮނޑު ދޮށުގެ ބައިވެރިޔާ!” އަހަރެން ހުނުމުގެ ތެރެއިން ބުނެލީމެވެ. އަދި މަޑުމަޑުން ތާޝާގެ އަތް އޭނަގެ މޫނުމަތިން ނައްޓުވާލީމެވެ. އެދޮން މޫނު ރަތް ވެގެން ދިޔަ މަންޒަރު އަހަރެން ވަރަށް ކައިރިން ދެކުނީމެވެ. އަހަރެން ބަލަންފެށުމުން ތާޝާ ދެލޯ މަރާ ބާރުކޮށްލިއެވެ. “ދެލޯ މެރީމަ ކޯންޗެއް ފެންނަނީ؟” އަހަރެން ކުޑަކޮށް ތާޝާއާއި ޖެއްސުން ކޮށްލަން ބޭނުންވިއެވެ. ޖަވާބެއްވެސް ނުދީ ހަމަ އެއިންގޮތަށް އިންނަންފެށުމުން އަހަރެން އޭނަގެ އަތަށް ފިތައިލީމެވެ.

“އައި ލަވް ޔޫ!” އެންމެ ފަހުން ކެތް ނުވެގެން އަހަރެން ބުނެލީމެވެ. އަހަރެން މިހެން ބުނުމުން ތާޝާގެ ދެލޯ މަޑުމަޑުން ހުޅުވިގެންދިޔައެވެ. އަދި އަހަރެންގެ ލޮލަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ޖަވާބެއް ނުދީ ބަލަން ފެށުމުން އަހަރެންވެސް ލަދުގަންނަ ގޮތްވިއެވެ. އަނެއްކާ ބުނާން ނުވާކަހަލަ އެއްޗެއް އަހަރެންނަށް ބުނެވުނީ ހެއްޔެވެ؟ އަހަރެން ލަދުން އިސްޖަހައިލީމެވެ. އެއިރުވެސް ތާޝާ އަހަރެންނަށް ބަލަން އިނެވެ. އަހަރެންގެ އަތް އަދިވެސް އޮތީ ތާޝާގެ އަތުތެރޭގައެވެ. ގަނޑުފެން ކޮޅެއްހައި ފިނި އެއަތުތެރޭ އަހަރެންގެ އަތް ގައިދުވެފައިވާއިރު، އެއަތުން ދުވަހަކު ދޫނުކޮށްލަން އަހަރެންގެ ހިތް ގޮވަމުން ދިޔައެވެ. ކުޑަ ވަގުތުކޮޅަކު މިހެން އިނުމަށްފަހު އަހަރެން ކަރުކެހެލީމެވެ. ތާޝާ ސިއްސައިގެންގޮސް އޭނަގެ އަތް އަހަރެންގެ އަތުގެ ތެރެއިން ދަމައިގަތެވެ.
“ސޯ ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟ މިހާރު ތިއިނީ މިނިވަން ވެފައެއްނު؟” އަަހަރެން އިސްއުފުލާ ތާޝާގެ މޫނަށް ބަލައިލަމުން ބުނެލީމެވެ. “ނޭންގެ ހަދަންވީ ގޮތެއް!” މަޑުމަޑުން ތާޝާ އިއްވާލިއެވެ. “އެއްވެސް މިސްރާބެއް ނެތް އޮޑިޔަކު މި ދަތުރު ކުރެވެނީ!” ކުރަކި އަޑަކުން ތާޝާ ބުނެލިއެވެ.
“އެއީ ކީއްވެގެން؟” އަހަރެން އަހައިލީމެެވެ. “މާޒް! އަހަރެން ދާނީ ކޮންތާކަށް؟ ރަށަށް ދިޔަސް ގެޔަށް ދާން ޖެހޭނީ! އެއީ އަހަރެންނަށް ނަރަކައެއް… ނެތް ރައްޓިއްސެއްވެސް..” ތާޝާ އިސްޖަހައިލިއެވެ. “އަހަރެންގެ އަތަކު އެކައްޗެއްވެސް ނެތް! ހޯޕްލެސް” ތާޝާ އެއިންގޮތަށް އިނދެ ބުނެލިއެވެ. ތާޝާގެ ވާހަކަ އަހައިފައި އަހަރެންވެސް ހިތުގައި ޖެހުނެވެ. މިހާ ދުވަސްވަންދެން އެކުއްޖާ އުޅުންހާލު އަހަރެންނަށްވެސް މިހާރު އިނގެއެވެ. “އުފާވެރިކަމެއް ނެތް ދިރިއުޅުމެއް!” އަހަރެން ސިއްސައިގެން ދިޔައީ ތާޝާ އެހެން ބުނެލުމުންނެވެ. “ނޯ! އަހަރެން މިހުރީ ތާޝާއާ އެކުއޭ! ޓްރަސްޓް މީ.. ތާޝާ ބުނި ކޮންމެ ކަމެއް ކޮށްދޭނަށް!” އަހަރެން އަނެއްކާވެސް ތާޝާގެ އަތުގައި ހިފައިލީމެވެ. “ކީއްވެ؟” އަހަރެންގެ މޫނަށް ބަލައިލަމުން ތާޝާ އަހައިލިއެވެ. އެއިރު އެބޮޑު ދެލޯ ވަނީ ފެންކަޅިވެފައެވެ. ފިޔާތޮށި ކުލައިގެ ތުނިތުނި ތުންފަތް ތުރުތުރު އަޅަމުންދިޔައެވެ. އަހަރެންނަށް އިނދެވުނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ހަޔާތުގައި ފެނުން އެންމެ ރީތި ކުއްޖާ މިއިނީ އަހަރެންގެ ކުރިމަތީއެވެ. އެއީ އަހަރެން އެންމެ ލޯބިވާ ކުއްޖާވެސްމެއެވެ. ތާޝާގެ އިތުބާރު ގެއްލޭފަދަ ނުބައި ހިޔާލެއް އަހަރެންގެ ސިކުނޑިޔަށް އައިސްދާނެކަމުގެ ބިރު ހިތުގައި އުފެދުނެވެ.
“ލޯބިވާތީ!” އަހަރެންގެ ނަޒަރު ތާޝާގެ ތުންފަތުން ތިރިކޮށްލުމަށްފަހު ވައި އަޑުން ބުނެލީމެވެ. ތާޝާ އަހަރެންގެ މޫނަށް ބަލަންއިންގޮތުން އަހަރެން ހިތް ތެޅެންފެށިއެވެ.
“ތާޝް” އަހަރެން ތާޝާގެ އަތަށް ފިތައިލީމެވެ. “ދުވަހަކުވެސް މީހަކު ތިހާ ލޯބިން ގޮވަޔެއް ނުލާ” ފަނޑު ހިނިތުންވުމަކާއި އެކު ތާޝާ ބުނެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ.
“އިލްޔާސް ތާޝާއަށް ކިހިނެއްތަ ހަދަނީ؟” އަހަރެން މިހެން އަހައިލުމުން ތާޝާ ބިރުން ހަލާކު ނުވީ ކިރިޔާއެވެ. ވަގުތުން ކޮޅަށް ތެދުވިއެވެ. އަހަރެންވެސް ކޮޅަށް ތެދުވެލީމެވެ. އެއިރު ތާޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

“ދަންވަރަށް ވަންނަނީ މި ކޮޓަރިޔަށް!” ގިސްލުމުގެ ތެރެއިން ތާޝާ ބުނެލިއެވެ.
“ވަދެފަ ކީއްކުރަނީ؟” އަހަރެން ހުރިހާ ކަމެއް ބަލަން ބޭނުމެވެ. އިލްޔާސް ތާޝާއަށް ހަދާ ހުރިހާ ގޮތެއް ބަލަން ބޭނުމެވެ. މީގެ ފަހުގައި ތާޝާގެ ހަޔާތުގައި ހިނގާ ހުރިހާ ކަމެއް އަހަރެންނަށް އިނގޭން ޖެހޭނެއެވެ. ތާޝާއަކީ ހަމައެކަނި އަހަރެންގެ މިލްކެއް ކަމަށް އަހަރެން ނިންމިތާ މިހާރު ކޮންދުވަހެއް ހެއްޔެވެ؟ އަހަރެން ދުނިޔޭގައި ހުއްޓައި ހިލޭ ފިރިހިނަކު ތާޝާއަށް ބަލައިލިޔަސް އެމީހެއްގެ ދުވަސް ދުއްވާލާނަމެވެ.

“ވަދެފަ ގަދަކަމުން… އަތްލަން އުޅެނީ!” ތާޝާ މިހެން ބުނުމުން އަހަރެން ފަހަތުން ގޮސް އޭނަގެ ދެކޮޑުގައި ހިފައިލީމެވެ. އަދި މަޑުމަޑުން އަހަރެންނާއި ދިމާލަށް އަނބުރައިލީމެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުން ތާޝާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލީމެވެ. “ދެން؟” އަހަރެން ވަރަށް މަޑުން ބުނެލީމެވެ. “ދެން އަހަރެން ގަދަ ހަދާއިރުން..” ތާޝާގެ އަޑު ބެދުނެވެ. ދެލޯ ފުރާލައިފައިހުރި ހޫނު ކަރުނަތަށް އަހަރެންގެ އަތަށާއި އެކީ ފައިބަން ފެށިއެވެ. އެމަންޒަރު ބަލަން ކަޅިވެސް ޖަހާނުލައި އަހަރެންނަށް ހުރެވުނެވެ. އެއިރު ތާޝާގެ ދެލޯ ހުރީ މެރިފައެވެ. އަހަރެން މަޑުމަޑުން ތާޝާގެ އެއްލޮލުގައި އަހަރެންގެ ތުންފަތް ޖައްސައިލީމެވެ. އެޔާއިއެކު އެޔަށްވުރެ ބޮޑަށް ލޯމަރާ ބާރުކޮށްލިއެވެ. އަދި އަމިއްލަޔަށް ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. ކުރިންވެސް މިމަންޒަރު ފެނުމުން އަހަރެންނަށް މީގޮތް ހަނދާންވިއެވެ. މިފަހަރު ހަމަ ރަގަޅަށް އަހަރެންނަށް ގޯހެއް ހެދޭނެއެވެ. އެހެން ކަމުން އަހަރެން ތާޝާގެ ދަތްދޮޅިން އަތް ނައްޓުވާލުމަށްފަހު ދުރުވެލީމެވެ. ވަގުތުން ތާޝާގެ ދެލޯ ހުޅުވިގެން ދިޔައެވެ. އެވަގުތު އަހަރެންގެ ފޯނުވެސް ރިންގުވާން ފެށިއެވެ. އަހަރެން ފޯނުނަގާ ބަލައިލިއިރު ގުޅަނީ މަންމައެވެ. “ކޮންތާކު؟” އަހަރެން ފޯނު ނެގުމުން ފުރަތަމަވެސް މަންމަ އަހައިލީ މިހެންނެވެ. އަހަރެން ވަގުތުން މިދަނީ ކަމަށް ބުނެ ފޯނު ކަނޑައިލީމެވެ.
“މަންމަ ގުޅީ ގޭގަ ނެތީމަ!” ތާޝާ ފާޑަކަށް ބަލަން ހުރުމުން އަހަރެން ބުނެލީމެވެ.
“މިރޭ ދެން ނިދާލަންވީނު؟ މާދަން އަންނާނަން!” އަހަރެން ބުނެލީމެވެ.

“ޝިޓް މާދަން ޖެހޭނެ ހުރާއަށް ދާން އޮފީސް ކަަމަކު.. ރޭގަނޑު އާދެވޭނީ!”  ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް އަހަރެން ބުނެލީމެވެ. ތާޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
“މީ ހާދަ ރީތި ހެދުމެއް!” ވާހަކަ އޮޅުވައިލަން އަހަރެން ބުނެލީމެވެ. އަސްލުވެސް ތާޝާ ލައިފައިހުރި ހެދުން ވަރަށް ރީއްޗެވެ. ތާޝާއާއި ވަރަށް ގުޅެއެވެ. “އިލްޔާސް ގެނަ ބައިވަރު ހެދުން.. ރަށުންގެނަ ހުރިހާ އެއްޗެއް އުކާލާފަ!” މަޑުމަޑުން ތާޝާ ބުނެލިއެވެ.
“އެހެން ވިއްޔާ ތީއްޗިހިވެސް ޖެހޭނީ އުކާލަން.. އަހަރެން ތާޝާއަށް ޝޮޕިން ކޮށްދޭނަން!” އިލްޔާސް ހޯދައިފައިހުރި ހެދުން ތާޝާ ލާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.
“ނޫން!” ތާޝާ އެކަމަށް އިންކާރު ކުރިއެވެ. އެކަމަކުވެސް އަހަރެން ތާޝާއަށް ހެދުމާއި ހުރިހާ އެއްޗެއްވެސް ގަނެދޭނަމެވެ. އިލްޔާސްގެ ފައިސާގައި ތާޝާ ޖެހޭކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.

އަހަރެން ގަޑި ބަލައިލިއިރު 11:20 ވަނީއެވެ. މާދަން އޮފީހަށްވެސް ދާން ޖެހޭނެއެވެ. ހަމަ އެއާއިއެކު މާލެއިން ބޭރަށްވެސް ދާން ޖެހޭނެއެެވެ. ނަމަވެސް އަހަރެން ތާޝާ އެކަނި ކޮށްލާފައި ދާކަށް ބޭނުމެއްނޫނެވެ. ތާޝާވެސް ބޭނުންވަނީ އެގޮތްކަން އަހަރެންނަށް އިނގެއެވެ. މިރޭ ހަތަރުދަމު ތާޝާއާއި އެކީ ހޭދަކޮށްލަން ބޭނުންވިއެވެ.
“ފިލްމް ބަލަންތަ؟” އަހަރެން އަހައިލީމެވެ. ތާޝާ ބޯހޫރާލިއެވެ. “ހިނގާ ފިލްމެއް ބަލަން؟” އަހަރެން ބުނެލީމެވެ. އެންމެ ލޯބިވާ ކުއްޖާއާއި އެކު ލޯބީގެ ފިލްމެއް ބަލައިލުން އެއީ އަހަރެން އަބަދުވެސް ބޭނުންވާ ކަމެކެވެ. ލީނާއާއި އެކު ފިލްމް ބަލާއިރު އަހަރެންނަކަށް އެއްވެސް ކަހަލަ ހާއްސަކަމެއް އިހުސާސެއް ނުކުރެވެއެވެ. އެހެންކަމުން އަހަރެން އެވަގުތު ބޭނުންވީ ތާޝާއާއި އެކު ލޯބީގެ ފިލްމެއް ބަލައިލުމަށެވެ.

ގެޔަށްގޮސް ލެޕްޓޮޕް ހިފައިގެން އަހަރެން އައީމެވެ. އަދި ދެމީހުން އެނދުމަތީ އޮށޯވެލުމަށްފަހު ހެޑްސެޓް ޖަހައިލީމެވެ. ދެމީހުން އެއް ހެޑްސެޓް ބޭނުންކުރާތީ ތިބެންޖެހުނީ ފުދޭވަރަކަށް ކައިރީގައެވެ. އަހަރެން ގައިގައި ޖެހި ފިތިގެން ފިލްމަށް ގެއްލި ހުސްވެފައި ތާޝާ އޮތެވެ. އަހަރެމެން ބަލަމުން ދިޔައީ ލޯބީގެ އަސަރުގަދަ ފިލްމެއް ކަމަށްވާ “އަ ވޯކް ޓު ރިމެމްބާރ” އެވެ. ފިލްމް ބަލަމުން ދިޔައިރު އަހަރެންނަށް ގިނަވަގުތު އޮވެވެނީ ތާޝާގެ މޫނަށް ބަލާށެވެ. ފިލްމް ނިމުންއިރު ތާޝާއަށް އިނީ ހަމަ ރަގަޅަށްވެސް ރޮވިފައެވެ. ފިލްމް ބަލައިފައި އަހަރެންގެ މަންމަވެސް ރޯނެއެވެ. އަންހެނުން ހަމަ ހިތްބަލީއެވެ. ނަމަވެސް ތާޝާ ރޯންފެށުމުން އަހަރެންނަށް ކުޑަކޮށް ހެވޭގޮތްވިއެވެ. އަހަރެން ހެވިފައި ބަލާން އޮތުމުން ތާޝާ ލަދުގަންނަގޮތްވިއެވެ. ވަގުތުން މޫނުމަތީ ބާލީސްއަޅާ މޫނު ފޮރުވައިލިއެވެ. “ހަހަހަ ފިލްމެއް ބަލައިގެން ތި ވަރުވޭތަ؟” އަހަރެންނަށް ބާރަށް ހީގަނެވުނެވެ. ތާޝާ ހަމަ އެއޮތް ގޮތަށް އޮތެވެ. އަހަރެން ގަދަކަމުން އޭނަގެ މޫނުމަތިން ބާލިސް ނެގީމެވެ. އެއިރު ތާޝާގެ މުޅި މޫނުވަނީ ރަތްވެފައެވެ. އަހަރެން ކުޑަކޮށް ތެދުވެލުމަށްފަހު ތާޝާގެ މޫނާއި ދިމާލަށް އަހަރެންގެ މޫނު ތިރިކޮށްލީމެވެ. ދެލޯބޮޑުކޮށްގެން އަހަރެން ހަދަންއުޅޭ އެއްޗެއް ބަލަން ތާޝާ އޮތެވެ. އަހަރެންގެ ނޭފަތް ތާޝާގެ ނޭފަތުގައި ޖެހުމާއިއެކު ތާޝާ ދެލޯ މަރައިލިއެވެ. ތާޝާވެސް އަހަރެންގެ ފަރާތުން ކޮންމެވެސް ކަމެއްބޭނުންވާކަން އަހަރެންނަށް އިނގެއެވެ. އަދި އަހަރެން ހެދި ގޮތެއް ހަދަންދެން ހުންނާނެކަންވެސް ތާޝާގެ ހަރަކާތްތަކުން އަހަރެންނަަށް ފާހަގަވެގެންދިޔައެވެ.
“އަދިވެސް އަހަރެންނަކަށް ޖަވާބެއް ނުލިބޭ..” އެއޮތްގޮތަށް އޮވެ އަހަރެން ބުނެލީމެވެ.
“ކޮން ޖަވާބެއް؟” ތާޝާގެ މިއުޒިކީ އަޑުން ބުނެލިއެވެ. އެއިރުވެސް ތާޝާގެ ދެލޯވަނީ މެރިފައެެވެ.
“އައި ލަވް ޔޫ!” އަހަރެން ވައި އަޑުން ބުނެލީމެވެ. އަހަރެން އެހެން ހަމަ ބުނެލުމާއިއެކު ތާޝާ ހިނިތުންވެލިއެވެ. ކުއްލިއަކަށް އަހަރެންގެ މޭގައި ދެއަތް އަޅާ ކޮށްޕާލިއެވެ. އަހަރެން ޖެހުނީ އެނދުގައި އޮތް ހުސްބަޔަށެވެ. ތާޝާ އެނދުން ތެދުވުމަށްފަހު ވަނީ ފާހާނާއަށެވެ. އަހަރެން ތާޝާ ނިކުންނަންދެން މަޑުކޮށްލީމެވެ. ކުޑަ އިރުކޮޅެއްފަހުން ތާޝާ ފާހާނާއިން ނިކުމެގެން އަހަރެން ކައިރީ މަޑުކޮށްލިއެވެ.
“މާޒް ދެންދޭ! މިހާރު މާލަސްވެއްޖެ.. މާދަން އޮފީހަށްވެސް ދާން ޖެހޭނެއެއްނު!” ތާޝާ މިހެން ބުނީ ހިތާ ދެކޮޅަށްކަން އަހަރެންނަށް އިނގެއެވެ. “މާދަން ހެނދުނު 7 ޖަހާއިރަށް ރެޑީވެގެން ހުންނައްޗޭ! އަހަރެން އަންނާނަން ބަލާ!” އަހަރެން މިހެން ބުނެލުމަށްފަހު ތާޝާގެ ކޮލުގައި ހިފާލީމެވެ. އަދި ތާޝާ ބަހެއް ބުނުމުގެ ކުރިން ނިކުމެގެން އައީމެވެ. ހަނދާންނެތިގެން އަހަރެންނަށް ދެވުނީ ލެޕްޓޮޕްވެސް ނުލައެވެ. އެކަން ހަނދާންވީ ނިދަން އޮށޯތްފަހުންނެވެ. މާދަން ގެންނާނީއޭ ހިތަށްއަރާ އަހަރެން ނިދީމެވެ.

އަނެއްދުވަހު އަހަރެންނަށް ހޭލެވުނީ ބަރާބަރު 7 ޖަހާއިރުއެވެ. އެވެސް މަންމަ އައިސް މޫނުމައްޗައް ފެން އެޅުމުންނެވެ. އަހަރެންނަށް ފަތިސް ނަމާދަށްވެސް ނުހޭލެވުނެވެ. ގަޑި ބަލާލުމަށްފަހު އަވަހަށް ފެންވަރައިގެން އަހަރެން ނިކުމެލީމެވެ. އަދި އެއްޗެހި ލައިގެން ދަށަށް ޖަހަމުން ކޮޓަރިން ނިކުތީ ޓައިވެސް އަތުން ހިފައިގެންނެވެ. މަންމަ ގިރާފައި ހުރި ކިރުތަށި އެއްނޭވައިން ބޯލުމަށްފަހު އަވަހަށް އޮފީހަށް ދިއުމަށް ނިކުތީމެވެ. އަވަސް ކޮށްލާފައި އައުމުންވެސް އަހަރެންނަށް ދެވުނީ ގަޑިޖެހިގެންނެވެ. 9 ޖެހުމާއިއެކު ހުރާއަށްދާން ފުރީ އޮފީސް ތިންކުދިންނާއި އެކީއެވެ. އޭގެތެރޭގައި ލީނާވެސް ހިމެނެއެވެ. ލީނާއާއިއެކު ދާންޖެހުމުން އަހަރެންހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

ދަތުރު ނިންމާފައި އަހަރެންނަށް މާލެ އާދެވުނީ އެރޭ 10ވެސް ޖެހިފަހުންނެވެ. ވަރުބަލިކަމާއި އެކު އަހަރެން ގެޔަށްވަދެ ސިޑިން އަހަރަމުން ދިޔައީމެވެ. އަހަރެން އުޅޭ ބުރިއާއި ހަމައިން އަހަރެން އިސްއުފުލާލިއިރު އިލްޔާސްމެން ގޭގެ ދޮރުމަތީހުރި ތާޝާ ފެނުމުން އަހަރެން ކުޑަކޮށް ސިހުނެވެ. އަހަރެން ކުއްލިއަކަށް ހަނދާންވީ ރޭގައި ތާޝާ ކައިރީ މިއަދު ހެނދުނު ތައްޔާރުވެގެން ހުންނާށޭ ބުނިކަމެވެ. އަހަރެން ކުޑަކޮށްވެސް ހަނދާނެއްނެތެވެ. އަހަރެން އުޅުނީ މިއަދު ދިޔަ ދަތުރުގައި ތާޝާވެސް ބައިވެރިކުރާށެވެ. ނަމަވެސް ކަންތައްވެގެން ދިޔަގޮތުން އަހަރެންގެ ހަނދާނުން ތާޝާ ކައްސައިލީއެވެ. އަހަރެން ފެނުމުން އަހަރެންނާއި ދިމާލަށް ބަލަން ތާޝާ ހުރިއިރު އަހަރެން ދިޔައީ ކަރުން ޓައިނެގޭތޯ ބަލަމުންނެވެ. އަހަރެންނާއި ދިމާލަށް ބަލަން ހުރުމަށްފަހު ތާޝާ ކުޑަކޮށް ހީލިއެވެ.
“ދެންމެތަ ނިމުނީ؟” ތާޝާ މިހެން އަހައިލުމުން އަހަރެން ބޯ ޖަހައިލީމެވެ.
“ދޭ ފެންވަރައިގެން އަންނަން.. ކައިފިންތަ؟” ތާޝާ ވާހަކަ ދެއްކީ ވަރަށް ރީތިކޮށެވެ. އަހަރެން ހީކުރީ ތާޝާ ހުންނާނީ ރުޅިއައިސްފަ ކަމަށެވެ. “ނުކަން!” އަހަރެން ބުނެލީމެވެ.
“އާދޭ ފެންވަރައިގެނަ މިގެޔަށް ކާން!” ތާޝާ ބުނެލިއެވެ. އަހަރެން ވަރަށް އުފާވިއެވެ. ތާޝާ ކައްކާފައި ހުރި އެއްޗެއް އަހަރެން ދުވަހަކުވެސް ނުކަމެވެ. “އަމިއްލަ ގެތަ؟” އަހަރެން ތާޝާއާއި ޖެއްސުން ކޮށްލަން ބުނެލީމެވެ. މިހެން ބުނުމުން ތާޝާވެސް ހީލިއެވެ. “ހެވޭ ކޮންމެ މީހެއްގެ ގެޔަކަސް!” މިހެން ބުނުމަށްފަހު ތާޝާ އެތެރެޔަށް ވަދެގެން ދިޔައެވެ. އަހަރެންވެސް އަވަހަށް ގެޔަށްވަދުމަށްފަހު އަވަސްވެގަތީ ފެންވަރާށެވެ. (ނުނިމޭ)

 

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ނާމާން 2

Next

ބީރައްޓެހިޔާ

Next
November 14, 2016

ބީރައްޓެހިޔާ

Previews
November 13, 2016

ނާމާން 2

11 Comments

  1. Ifaau says:
    November 14, 2016 at 12:15 am

    Million apologies for the late post. Hope you guys will enjoy this part. If you guys wanna read more stories of mine, go to “KurinbeeLive” website for more stories. This is my very first episode story but from that website you can read some outstanding short stories of mine. Please leave a comment below after reading this part. Thank you and have a wonderful night.?❤

  2. Khajja says:
    November 14, 2016 at 12:48 am

    Yeah I’m first dhw alhamdhlillahi Wow v v v rythi masha allah v kiyaahiyvey nxt partves kon irakun nxt prt waitin waitin

  3. axoo says:
    November 14, 2016 at 1:34 am

    Wooowwwww vvvvvv rythi.. vvvv ufaaa vejjje thihaa dhigu koh genesdhinythy… v kiyaahih vey.. its ok bt avhah up kurahchey next tym ga.. waiting waiting bodu bodu koh.. hehe.. thaashaa ah anekka dhera gotheh nahadhahchey dhn anna part ehga..☺

    1. Ifaau says:
      November 14, 2016 at 2:00 pm

      Hehe axoo. Yeah Thaasha ah dhera gotheh nuvaane maaz huhtta eh insha allah. Thank you for the lovely comment dear?

  4. sonaalee says:
    November 14, 2016 at 6:18 am

    Reethi

  5. Aru says:
    November 14, 2016 at 10:13 am

    Marsha allah Vv reethi mi part ves next part avahah up kohladhechey

  6. Maree says:
    November 14, 2016 at 11:04 am

    V reethi

  7. faidhaS says:
    November 14, 2016 at 11:50 am

    v reethi’ “thaashaa” minanves mihaaru reethivehji

  8. Ifaau says:
    November 14, 2016 at 2:01 pm

    Thank you all❤❤

  9. GORGEOUS says:
    November 14, 2016 at 4:05 pm

    Wow this part is so great..

  10. Navya says:
    November 14, 2016 at 5:44 pm

    Wawaah? mibaives v reethi… dhen thaashaa nurohvahchey… mihaaru e fakyru roe roe balivefa ehury☺ next part avahah up kohdhehchey…

Comments are closed.

All Right Reserved!