
ހިތް ބޭނުމޭ…8
ހިތް ބޭނުމޭ..8
ލިލިއަން ގެއަށް ވައިން އިރު ޖަބީން ސިޓިންގް ރޫމްގައި އިނެވެ. ލިލިއަން ފެނުމާއި އެކު ޖަބީން ސޯފާއިން ތެދުވަމުން ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އެ މޫނުން ޖަބީން އަށް އިންތިހާ ދަރަޖައިގެ ވޭން ވެނުނެވެ.
“ދަރިފުޅު ކޮން ތާކުން ތި އައީ؟” ޖަބީން ސޯފާއިން ތެދުވަމުން އަހައިލީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. ލިލިއަން ދިޔަ ގޮތަށް ގޮސް ޖަބީންގެ ގައިގައި އޮޅުލައިގަންނަމުން ރޯންފެށިއެވެ.
“މަންމާ…އަޅުގަނޑު…އަޅުގަނޑު ޒެއިންއާ ވީހާވެސް އަވަހަކަށް މެރީ ކުރަން ބޭނުން. ޕްލީޒް މަންމާ މޭކް އިޓް ފާސްޓް” ލިލިއަން ގިސްލަމުން އާދޭސް ކުރިއެވެ.
“ދަރިފުޅު ހަމަ ރަނގަޅަށް ވެސް ޒެއިން އާ ކައިވެނި ކުރަން ބޭނުން ތަ؟” ހައިރާން ވެފައި ހުރެ ޖަބީން އަހައިލިއެވެ. އެއާއި އެކު ޖަބީންގެ ކޮނޑުން ބޯ ނަގަމުން ލިލިއަން މަޑުމަޑުން ބޯޖަހައިލިއެވެ.
“އެހެން ވިއްޔާ މާދަމަ އަށް ތައްޔާރު ވޭ. މަންމަ ހަމަ މިހާރު މި ގުޅަނީ މާރިއާ އާންޓީއަށް. މާދަމާ އެގެއަށް ދާން ދަރިފުޅު ރެޑީ ވާހަކަ ބުނަން” ލުއި ހިނިތުން ވުމަކާއި އެކު ޖަބީން ލިލިއަންގެ ކޯތާފަތުގައި ފިރުމައިލަމުން ބުންޏެވެ.
ލޯބިވާ ފިރިމީހާ ސަލީމްގެ ފޮޓޯތައް ބަލަން އިން އިރު މާރިއާގެ ލޮލުގައި ވަނީ ކަރުނައެވެ. މަރުވުމުގެ ކުރިން ސަލީމް ކުރި ވަޞިއްޔަތް ދުވަހަކު ވެސް މާރިއާގެ ހިތަކުން ނުފިލާނެއެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ އެކަން ކޮށްދޭނެއެވެ. ހިތާމަވެރި ހިނިތުން ވުމަކާއި އެކު ޖަބީން ފޮޓޯ އަލްބަމް ލައްޕައިލަމުން އަލަމާރި އަށް ލާފައި ކޮޓަރިން ނުކުމެ ނުކުމެ ހުއްޓައި ފޯން ރިންގް ވާން ފެށުމުން ކޮޓަރި އެނދުމަތީ އޮތް ފޯން ނަގަން ހިނގައިގަތެވެ. ގުޅަނީ ޖަބީން ކަން އިނގުމުން އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ސަލާމް ގޮވައިލިއެވެ.
“އައްސަލާމް އަލައިކުމް ޖަބީ، ހާދަ ނުވަގުތެއްގަ ތި ގުޅައިލީ؟” މާރިއާ ގެ އަޑުގައި ވަނީ އުފާވެރި ކަމެވެ.
“އަނެއްކާ މާރީ ނިދަން އޮއްވަތަ މި ގުޅުނީ؟” އެކޮޅުން ޖަބީން ބުނެލިއެވެ.
“ހެހެހެ. ނޫނޭ. ޒެއިން މެން ގޭގަ ނެތީމަ އަހަރެން އަދި ނިދާކަށް ނޫޅެން. ދެން ބުނެބަލަ ތިގުޅައިލީ އަނެއްކާ އަހަރެން އުންމީދު ކޮށްގެން ހުރި ކަންތަކާތަ؟” ކެތްތެރިކަން ކޮޅުން ލަމުން ދިޔަ މާރިއާ އަކަށް އަހައިނުލައެއް ނުހުރެވުނެވެ.
“ތި ހީވީ ހަމަ ރަނގަޅަށް. އަހަރެން މި ގުޅީ މާދަން ލިލީ ގޮވައިގެން ކައިވެނި ހަމަ ޖައްސަން ދާވާހަކަ ބުނަންވެގެން. ލިލީ އެއްބަސް ވެއްޖެ” ޖަބީން ގެ އަޑުގައި ވަނީ އުފާވެރި ކަމެވެ. އެ ހަބަރުން މާރިއާ އަށްވެސް ލޯމަރައިލަމުން މާތް ރަސްކަލާނގެއަށް ޝުކުރު ކުރެވުނެވެ.
“މާދަމާ އާދޭ ހެނދުނު. އަހަރެން ޒެއިން އޮފީހަށް ދިޔަ ނުދީ ހިފަހައްޓާނަން. އެސޮރު ގަބޫލު ވާނެ ކަން ހަމަ ޔަޤީން” މާރިއާ އުފާވެލާފައި ބުނުމުން ޖަބީން ވެސް އެގޮތާއި އެއްބަސް ވަމުން ފޯނު ކަނޑައިލިއެވެ.
ޒެއިންމެނަށް މާލެ އާދެވުން އިރު ބާރަ ޖަހަނީ އެވެ. އިތުރަށް ލަސް ނުކޮށް ޒެއިން ގެއަށް ދާން ބޭނުން ވީ މަންމަ އެމީހުންގެ އިންތިޒާރުގައި އިންނާނެކަން އިނގޭތީ އެވެ. އެ މަންމަ އަށް އޭނާގެ ސަބަބުން އެއްވެސް ތަކުލީފެއް ޖެހޭކަށް ޒެއިން ނޭދެއެވެ.
ގެއަށް ވައިން އިރު ޒެއިން ޔަޤީން ކުރި ގޮތަށް މާރިއާ ސޯފާގައި ޓީވީ ހުޅުވާލައިގެން އިނީ ޒެއިންމެންގެ އިންތިޒާރުގައެވެ. އޭނާގެ މަންމަ އޭނާ ދެކެ ކިހައި ލޯބިވޭ ހެއްޔޭ ޒެއިން ގެ ހިތަށް އެރިއެވެ. އެލީން އެތާގައި މަޑު ކުރުމެއް ނެތި އެންމެނަށް ހިނިތުން ވެލަމުން ކޮޓަރިއަށް ދާން ހިނގައިގަތީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. އީވާވެސް މަންމަ ގެ ގައިގައި ބައްދާލަމުން ޒައުލް އާއި އެކު ކޮޓަރިއަށް ދިޔައީ ނިދި އަންނަ ވަރުންނެވެ. އެންމެން ދިއުމުން ޒެއިން އާއި ވާހަކަ ދައްކައިލަން މާރިއާ އަށް ފުރުސަތުލިބުނެވެ.
“މަންމަ ކުރިން ރޭ ދަރިފުޅުގާތު ވާހަކަ އެއް ދަންކަން ބޭނުން ވާހަކަ ބުނީމެއްނު ދޯ؟” މާރިއާގެ ޖުމްލަ އަށް ޒެއިން ބޯ ޖަހައިލަމުން ސަމާލުކަން ދިނެވެ.
“ދަރިފުޅަށް ޔަޤީން ތަ މަންމަ އެދޭ ކޮންމެ އެދުމަކަށް ދަރިފުޅު ފުރަގަސް ނުދީ އެކަމެއް ކޮށްދޭނަން ކަން” މާރިއާ ގެ ޖުމްލައިން ޒެއިން ހިނިތުން ވެލަމުން ބޯޖަހައިލިއެވެ.
” ދަރިފުޅު ބައްޕަ ދެކެ ވަރަށް ލޯބިވެއެއްނު ދޯ. ދަރިފުޅަށް އެނގޭތަ ބައްޕަ ނިޔާ ވުމުގެ ކުރިން މަންމަ އަށް ކުރި ވަޞިއްޔަތެއް އެއީ ދަރިފުޅާއި ލިލީގެ ކައިވެނި ކޮށްދިނުން” މާރިއާގެ ޖުމްލައިން ޒެއިން އަށް ސިހުމެއް ލިބިގެން ދިޔައެވެ.
“މަންމާ ކީކޭ ތޯ ތި ކިޔުއްވަނީ؟ އަޅުގަނޑު ކިހިނެތް ތޯ ލިލިއަން އާ މެރީ ކުރާނީ؟” ޒެއިން ނުރުހިފައި ނަމަވެސް ވާހަކަ ދެއްްކީ މަޑުން ނެވެ.
“މީގެ ކުޑަ އިރުކޮޅެއް ކުރިން ނު ދަރިފުޅު ބުނީ މަންމަ އެދޭ ކޮންމެ އެދުމެއް ވެސް ފުރިހަމަ ކޮށްދޭނަމޭ” މާރިއާ ބުންޏެވެ.
” ލިލިއަން މި ކައިވެންޏަށް ޤަބޫލު ވާނެ ހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ މަންމާ. އައި ނޯ ޝީ ޑޯންޓް ލައިކް މީ” ޒެއިން ބޭނުން ވީ ކޮންމެވެސް ގޮތަކުން މާރިއާގެ ހިޔާލު ބަދަލު ކޮށްލާށެވެ.
“ދެންމެ ޖަބީން ގުޅާފަ ބުނީ ލިލިއަން އެއް ބަސް ވާހަކަ. އެހެންވީމަ މަންމަ އާއި ބައްޕަ ދެކެ ލޯބި ވާކަމަށް ވަންޏާ ޒެއިން ވެސް މި ކައިވެންޏާ ޤަބޫލު ވެދީ. މީ މަންމަގެ ވަރަށް ބޮޑު އެދުމެއް.” މާރިއާގެ ލޮލުގައި ކަރުނަ ވިދަން ފެށުމުން ޒެއިން ގެ ހިތް މަޑު ކަފަ ކޮޅަކަށް ވެގެން ދިޔައެވެ.
“އަޅުގަނޑު މަންމަގެ ތި އެދުން ފުރިހަމަ ކޮށްދޭނަން.” ޒެއިން އިސް ޖަހައިލި އިރު އޭނާެ އަށް ވިސްނެމުން ދިޔައީ އެލީން އަށް ދޭނެ ޖަވާބަކާއި މެދުގައެވެ. އެ ހިތް ހަލާކު ކޮށްލުން އެއީ ޒެއިން އަށް އޭނާގެ މުޅި އުމުރުގައި ވެސް ކުރަން އެންމެ އުނދަގޫ ވާނެ އެއްކަމެވެ.
“މަންމަ އަށް އޭރުވެސް ދަރިފުޅާއި މެދު ޔަޤީންކަން އޮތް. މަންމަ ޒެއިން ދެކެ ހާއްސަ ކޮށް ލޯބިވަނީ ދަރިފުޅު އަބަދުވެސް މަންމަގެ ބަސް އަހާތީ. މާދަމާ ހެނދުނު އޮފީސް ކެންސަލް ކޮށްލާފަ މަޑު ކުރައްޗޭ. ލިލީ އާއި ޖަބީން އާންޓީ އަންނާނެ.” މާރިއާ ގެ އެދުމަށް ބޯޖަހައިލަމުން ދިއުމުގެ ހުއްދައަށް ޒެއިން އެދުނީ އެވަގުތު އެލީން ގާތަށް ދާން ބޭނުން ވެފައި ހުރުމުންނެވެ. އަވަސް އަވަހަށް ބޯ ޖަހައިލަމުން މާރިއާ ޒެއިން އަށް ދިއުމުގެ ހުއްދަ ދިނެވެ.
ލެޕްޓޮޕުން ފޭސްބުކަށް ވަދެ އިން އެލީން އަށް ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުމުން އެނދުމަތި މަޑު މަޑުން ލެޕްޓޮޕް ބަައިންދަމުން ގޮސް ދޮރު ހުޅުވައިލި އިރު ކުރިމަތީ ހުރި ޒެއިން ފެނިފައި ހިނިތުން ވެވުނެވެ.
“ޒެން. މިގަޑީގަ؟” އެލީންގެ މޫނު މަތީ ވި އުފާވެރި ހިނިތުންވުމަށް ނުބަލާން ޒެއިން މަސައްކަތް ކުރީ އޭނާގެ ހިތްވަރު އެލިދާނެތީއެވެ.
“ކެން އައި ކަމް އިން؟” އިސް ޖަހާލައިގެން ހުރެ ޒެއިން އަހައިލިއެެވެ. ޒެއިންގެ މިޒާޖަށް އައިސްފައި ހުރި ބަދަލު ފެނުމުން އެލީން ގެ ހިތް ބިރުގަންނަން ފެށިއެވެ. ބޯ ޖަހައިލަމުން ޒެއިންއަށް އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން މަޑުމަޑުން ހިނގާލާފައި ޒެއިން އެތެރެއަށް ވަދެ އެދުގައި އިށީންނަމުން ދެއަތުން މޫނުގައި ހާކައިލިއެވެ. ޒެއިން އަށް ވެފައި ހުރި ގޮތް ނޭނގިފައި އެލީން ހުރީ ޒެއިންގެ ކުރިމަތީ އަތުގެ އިނގިލި ތަކާއި ކުޅޭށެވެ. ހާސް ވުމުން އަބަދުވެސް އެލީން އަށް އެކަން ކުރެވެއެވެ.
“އެލީ.” ޒެއިން އިސް އުފުލައިލަމުން އެލީންއަށް އަތް ދިއްކޮށްލިއެވެ. ފާޑަކަށް ބަލަން ހުރެފައި އެލީން އެއަތުގައި ހިފައިލަމުން ހިނިތުން ވެލިއެވެ. ޒެއިން އޭނާއާއި ދާދި ގާތުގައި އެލީން އަށް އިށީންނަން އިޝާރާތް ކުރިއެވެ.
“ޒެން. އާ ޔޫ އޯކޭ؟ ހެނދުނު ހޭލަން ޖެހޭނެއެއްނު. މިހާރު އެއޮއް ބާރަގަޑި ބައި ވަނީ” އެލީން ގަޑި އަށް ބަލައިލަމުން ބުންޏެވެ.
“އެލީ. އަހަރެން އެލީ ދެކެ ލޯބިވާކަމަށް ހިިތުގެ އަޑިން ގަބޫލު ކުރަންތަ؟” ކުއްލިއަކަށް ޒެއިން ކޮށްލި ސުވާލުން އެލީން ގާތަށް ކުޑަކޮށް ހިނިއައެވެ.
“އިޓްސް ނޮޓް ފަނީ އެލީ” ޒެއިންގެ އަޑުގައި ވި މާޔޫސް ކަން އެލީން އަށް ނަގައިގަނެވުނެވެ.
“އައި އެމް ސޮރީ. އޮފްކޯޒް ޒެއިން. އެލީ އަށް ހަންޑްރެޑް ޕަސަންޓް ޔަގީން. ހަމަ އެ ވާހަކަ އަހައިލަން ތަ މި ވަގުތު ތި އައީ؟” ޒެއިންގެ މޫނުގައި އަތް ޖައްސައިލަމުން އެލީން އޭނާ އާއި ދިމާލަށް އަނބުރައިލި އިރު ޒެއިންގެ ލޮލުގައި ވިދަވިދާ ހުރި ކަރުނަތައް ފެނިފައި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ޔަގީން ވިއެވެ.
“ޒެން. އައި މީން އިޓް އޭ. އައި އެމް ސޮރީ. އެލީ އަށް ހެވުނީ…” އެލީންއަށް އެހައި ހަމައަށް ބުނެވުމާއި އެކު ޒެއިން އަށް އެލީންގެ ގައިގައި ބައްދައިލަމުން ރޯންފެށުނެވެ. ފިރިހެނުންނަކީ ހިތްގަދަ ބައެކޭ ބުނާ އަޑު އެލީން އަބަދުވެސް އަހައެވެ. ނަމަވެސް އެއީި މުޅިއަކުން ހަގީގަތެއް ނޫން ކަން ޒެއިންގެ އެ ހަރަކާތުން ހާމަވެގެން ގޮއްސިއެވެ.
“އެލީ. އަހަރެން ނަކަށް ނޭނގެ މި ވާހަކަ ބުނާނެ ގޮތެއް ވެސް. އެކަމު… އަހަރެން… އަހަރެންނަށް މަޖުބޫރު ވެއްޖެ އެލީ” ޒެއިން ރުއިން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އެލީން ގެ ކޮނޑު މަތީ ނިތްކުރި ޖައްސައިލިއެވެ.
“ކޮން ކަމެއް މަޖުބޫރު ވީ ތަ ޒެން؟ ޒެންގެ މަންމަ އަށް އެލީ ކަމު ނުދަނީ ދޯ” ކުރިންވެސް ޝައްކު ވީ ފަދައިން އެލީން އަށް އެހެން އަހައިލެވުނީ ޒެއިން އެ އައީ މާރިއާ ގާތުން ކަން އެނގޭތީއެވެ.
“ނޫން. އަހަރެން އެލީންގެ ވާހަކައެއް ނުބުނަން. އެކަމު މަންމަ އެދެނީ.. އަހަރެން…އަހަރެން އެހެން ކުއްޖަކާ މެރީ ކުރަން” ޒެއިންގެ ބުރަކަށީގައި ޖައްސާލައިގެން ހުރި އަތް އެލީން އަށް ވަގުތުން ދޫކޮށްލެވުނީ ލިބުނު ޝޮކްގެ ސަބަބުންނެވެ. އެލީންގެ އަތް ޒެއިންގެ ބުރަކަށިން ދޫވުމުން ޒެއިން އަށް އެލީންގެ ކޮނޑުން ބޯނަގަމުން އެ މޫނަށް ބަލައިލެވުން އިރު ކަރުނަތަކުން އެލީންގެ ރީތި ލޯ ވިދަމުން ދިޔައެވެ.
“އެލީ” އަސަރުން ފުރިގެންވި ގޮތަކަށް އެލީންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޒެއިން އޭނާގެ ނިތް އެލީންގެ ނިތުގައި ޖައްސައިލަމުން ލޯ މަރައިލިއިރު އެލޮލުން ވެސް ކަރުނަ ތިއްކެއް ވެއްޓުނެވެ.
“އަހަރެން އަބަދުވެސް މަންމަ ބުނާ ގޮތް ހަދަން. އެކަމު އަހަރެން ނަށް އެލީ ދޫކޮށްލުން އެއީ މި ހަށީގަ ފުރާނަ ހުއްޓައި ކުރާނެ ކަމެއް ނޫން. ޓްރަސްޓް މީ އެލީ. އަހަރެން އެ އަންހެން ކުއްޖާ އާ ވާހަކަ ދައްކައިގެން އެކަމުން ސަލާމަތް ވާނަން. ޕްލީޒް ޑޯންޓް ކްރައި” އެލީން އަށް ވެފައި އިން ގޮތް ފެނި ޒެއިން އަކަށް ކެތެެއް ނުވިއެވެ. އެލީން އަށް އޭނާ އަކީ އެލީންގެ މީހެއް ކަން އަންގައިދޭން ބޭނުން ވިއެވެ. ޒެއިންގެ އެ ބަސްތަކުން އިތުރަށް ރޮވުން ނޫން ކަމެއް އެލީން އަކަށް ނުކުރެވުނެވެ. ބާރަށް ގިޮސްލެވެން ފެށުމުން އެލީން އަށް ބޭއިހްތިޔާރިގައި ޒެއިންގެ މޭގައި މޫނު ފޮރުވައިލެވުނެވެ.
“ނޫން ޒެން. އަހަރެން އަބަދުވެސް ޒެން ދެކެ ލޯބި ވާނަން. ޒެންގެ މަންމަ ދެކެ އެހައި ލޯބި ވަންޏާ ޒެން ވާނީ އެކުއްޖާ އާ މެރީ ކުރަން. އެލީގެ ސަބަބުން ޒެން ގެ މަންމަ އާ ޒެން މައްސަލަ ޖެހޭކަން އެލީވެސް ބޭނުމެއް ނޫން.” އިރުގަނޑަކު ރުއިމަށް ފަހުގައި އެލީން ވާހަކަ ދެއްކިއެވެ.
“ޕްލީޒް އެލީ. އަހަރެންނަކަށް ދެން އެލީ އާއި ނުލައެއް އުފާވެރި ދިރިއުޅުމެއް ބިނައެއް ނުކުރެވޭނެ. އައި ވޯންޓް ޔޫ. އިތުރު އަންހެން ކުއްޖަކަށް މި ލައިފްއިން ޖާގައެއް ނޯންނާނެ. އަހަރެން އެ އަންހެން ކުއްޖާ އާ މެރީ ކުރުމުގެ ކުރިން އެލީގެ ވާހަކަ އެ ކުއްޖާއަށް ކިޔައިދޭނަން. އައި ވޯންޓް ގިވް އަޕް. މަންމަ އެއީ އަހަރެންގެ ހިތުގެ ހަމަޖެހުން ވިއްޔާ އެލީ ތީ އަހަރެންގެ ނޭވާ. އަހަރެން ކިހިނެތް ތަ ނޭވާ ނުލައި އުޅޭނީ. ޓެލްމީ އެލީ. ޓެލްމީ” އެލީންގެ އިސްތަށިގަޑުތެރެއަށް އިނގިލިތައް މަހައިލަމުން ޒެއިން އެ މޭގައި ބޮޑަށް އެލީން ފޮރުވައިލިއެވެ.
“އެލީ އަހަރެން ނަށް ޕްރޮމިސް ކުރޭ. އަހަރެންނަށް ޓަކައި އިންތިޒާރު ކުރާނަމޭ ބުނޭ. ވަރިހަމަ ދެ އަންބަށް ވިޔަސް އަހަރެން އެލީން އާ މެރީ ކުރާނަން. އަހަރެން ޔަޤީން ކަން ދެން. ޖަސްޓް ޓްރަސްޓްމީ މައި ލަވް” ޒެއިން އެލީންގެ ތުންފަތުގައިި މަޑުމަޑުން ބޮސްދެމުން އެލީން ގާތުން އެދުނު އެދުމަށް އެލީން އަށް ބޯ ޖަހައިލެވުނެވެ. އެލީންގެ އެންމެ ހަރަކާތަކުން ވެސް ޒެއިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“އައި ލަވް ޔޫ އެލީ. އައި ވިލް މެރީ ޔޫ. އިޓްސް އަ ޕްރޮމިސް” އެލީން ގެ ހަށިގަނޑުން ދޫނުކޮށްލާ އިނދެ ޒެއިން ބުނެލި ޖުމްލައިގައި ވަނީ ސާބިތު ކަމެވެ.
“ކިތަންމެ ދުވަހެއް ވިޔަސް އަހަރެން ޒެން އަށް އިންތިޒާރު ކުރާނަން. އިޓްސް އަ ޕްރޮމިސް ޓޫ” ޒެއިން އަށް ޔަޤީން ކަން ދެމުން އެލީން ޒެއިންގެ މޫނަށް ބަލައިލިއެވެ.
ފަތިހު ތެދުވެ ފާހާނާއަށް ވަދެ ދަތް އުނގުޅަން ހުރި އިރުވެސް ލިލިއަން އަށް ދެ ފަހަރަކު ހޮޑު ލެވުނެވެ. އަވަސް އަވަސް ކޮށްލަމުން ފާހާނާ އިން ނުކުމެ ކަސްރަތު ކުރާ އެއްޗިހި ލުމަށް ފަހުގައި އޭނާގެ އަށް ހާއްސަ ޖިމަށް ގޮސް ‘ޔޯގާ މެޓް’ ނަގާ ތަޅުންގަނޑު މަތީ ބާއްވަމުން އޭގާ އިށީނދެ މާބަނޑު މީހުނަށް ހާއްސަ ޔޯގާ ހަދަން ފެށިއެވެ. ދެލޯ މަރާލައިގެން އިން އިރު އެޒިލްގެ ސޫރަ ލިލިއަން އަށް ސިފަވެގެން ދިޔައެވެ. ބަނޑުބޮޑު ވާހަކަ އެޒިލް އަށް ސިއްރު ކޮށްފައި އޭނާ އަދި އެ އުޅެނީ ޒެއިން އާއި ކައިވެނި ކުރާށެވެ. އެއީ ޒެއިން އަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަން ލިލިއަން އަށް އިނގެއެވެ. އެހެން ކަމުން އޭނާ ނިންމީ ޒެއިން އަށް ހަޤީގަތް ކިޔައިދޭށެވެ. އެއްވެސް މީހަކަށް ލިލިއަންގެ ސަބަބުން ދެރައެއް ލިބޭކަށް ލިލިއަންގެ ހިތެއް ނޭދެއެވެ. ތިރީހަކަށް މިނެޓު ޔޯގާ ހެދުމަށް ފަހު ލިލިއަން ކޮޓަރިއަށް ވަދެ ފެން ވަރާލައިގެން ތައްޔާރުވެލިއެވެ. ކަޅު ޖީންސް އަކާއި އެކު މަތިން ހުދު ގަމީސް މަތިކޮޅެއް ލަމުން އިސްތަށިގަނޑުވެސް ވޫލް ކޮޅަކުން އައްސައިލިއެވެ. ތުންފަތުގައި މަޑު ކުލައެއް ޖައްްސައިލަމުން މަސްކަރާ އަޅާލުމުން ވަރަށް ސާދާ ކަމަށް ދައްކައެވެ. މަންމަ އަށް މިއަދު ލިލިއަން ފެނުމުން އުފާވާނޭ ކަމަށް އުންމީދު ކުރަމުން ކަޅު އަތްދަބަހަށް ފޯނު ލަމުން ލިލިއަން ކޮޓަރިން ނުކުމެ ހިނގައިގަތީ ޑައިނިންގް ރޫމަށެވެ. ކާމޭޒު ކައިރީ ކޮފީ ތައްޓެއް ބޯން އިން ޖަބީން އަށް ލިލިއަން ފެނުމުން ހިނިތުން ވެވުނެވެ.
“ދަރިފުޅު ވަރަށް ލޯބި. މާޝާ ﷲ. އަބަދުވެސް ތިހެން ހުރެބަލަ” ޖަބީން އުފާވެފައި ހުރިތަން ފެނި ލިލިއަން ގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
“އަޅުގަނޑު ދެން ކުރު އެއްޗިއްސެއް ނުލާނަން.” ބޮޑު ހިނިތުން ވުމަކާއި އެކު އެހެން ބުނެލަމުން ގޮސް ފްރިޖުން ކްރޭންބެރީ ޖޫސް ޕެކެޓެއް ނަގަމުން އޭގެ އެތިކޮޅެއް ލިލިއަން އަނގައަށް އޮއްސައިލިއެވެ.
“ދަރިފުޅު މިއަދު ކޮފީ ނުބޮނީ ތަ؟ ތި ކްރޭންބެރީ ޖޫސް ތީ އަބަދު ވެސް ލިލީ އަށް ނުބައި ވެގެން އުޅޭ އެއްޗެއް ނު” ހައިރާން ވެފައި އިން ޖަބީން ބުނި ޖުމްލައާއި މެދު ކުޑަކޮށް ވިސްނައިލަމުން ލިލިއަން މޫނަށް ގޮތެއް ހަދައިލިއެވެ.
“މިއަދުން ފެށިގެން ކޮފީ ނުބޯން މި ނިންމީ. ނުބަޔަސް ހެލްތީ އެއްޗިއްސެއްނު ބޯން ވާނީ” ހަގީގަތުގައި އެ ޖޫހުގައި ލިލިއަން އަށް ލީ ވަރަށް މީރު ރަހައެކެވެ. ޖަބީން އަށް ނުބައި އެއްޗެއް ވިސްނިދާނެތީ ލިލިއަން ވާހަކައެއް ހަދައިލިއެވެ.
ނުނިމޭ
28 Comments!
Comments are closed.
here is 8th episode… hurihaa kudhin comment kohllahchey ingey.. Next part iraadha kureviyya ? love you all and comments ?
alheyy shooty.. huvaa teary vejje.. haadha touching ey dhw.. eyoh sifa kurumeh adhi ??
varah reethi vaahaka eh meii.. mi vaahaka kiyaa iru Shaa varah miss vey kujjeh mathin.. thanks shooty.. love ya ????
Mi part ves v reethi…waiting nxt part,,,,
Me first dhw
Mi part vx varah nice… Nxt part avahah up kohdhehchey plx plx..ely n zein gulhuvahchey ingey
Alhe shootyy….thiulheny xein r lilian marry kuruvantha?.noooooooooooo??????…..killer vill kill u???…alhe shooty pls marry nukuruvahchey edhemyhun……anyway mi part ves v salhi..waitin 4 next part..☺☺☺
Kobaatha mihaaru protector r killer r police station r court r………hehe…..killer come…look shooty…..eulheny next part ga xein r lilian marry kuruvan.come fast??????.hehehehy….lol
VVVV reethii…
not marry nukurathui …
mi midani …to kill her
noo varh reethi mvaahaka kiyaafa i remeber my ex ge mathin varah reethi ingey ELY AND XEIN INGEYY
hehe.. I love these comments ?
V nice..ekamu shooty ge story maakuru…
Alhey shooty ..zain ge furathama wife akah eleen hadhaaba..emeehun sirrun marry kuraanee ey..egothah story gen goss dheeba ..plss pls pls ..eyrun v v salhivaane. .mee mihaar enme inthixaar kuraa vaahaka…
shooty darling story is becoming day by day interesting……luv yu…
this is so touchin….
loved this part.
Varah touching. Shooty to Lilian gandu xein r merry viyaka nudeythi. Xein aky Lyn ge hagge ? waiting for the next episode
Varah touching. Shooty ti Lilian gandu xein r merry viyaka nudeythi. Xein aky Lyn ge hagge ? waiting for the next episode
same amath
Shooty mi story mi copy dhw mibuni Ushali ge funasaru vaahakaa gavaagotha mivani hama
I don’t no.. thi story eh nukiya alhugandeh.. eh goi viyas it is a coincidence.. mi try kurany different twisteh genesdheyn. thi story ky nama yagynun ves I will not copy someone else’s work… I am sorry if this story is matching to that story aish ? I will read that story tonight ehn viyyaa…
MEE THIBUNAAA ‘FUNASARU ‘AAA GULHMEH HURI VAHAKA E NUN , VARAH THAFAATHU
Nice?
Alhe v rythi mi stry ekam eleen aa zein gulhuvaa n lilly preg vaahaka bunyma marry nukurahchey pls lilly pls zain ah olhuvaanulaa bunaathi pregey noon zein men ge ah gos daining room ah vannathanun lilly ge meynubaikoffa hodulavvaala shooty eyrunves kommes eh cheh visneyne dhenthibimyhunnah pls pls stry v touchin v rythi
Shhhhootyy luv u vvvv nice waitn waitn
Masha allah v v v reethi mipart ves. Kon dhuvahakun aneh part up kodhdheyny.
VVVVVV lobi …..
computer in esfiya site ah vannan v try kurevijje.. but ekameh nuvi ? story up kuran miadhu v try kurevijje.. ehn kudhinnan mi massala dhima veytha?
Yes shooty i hav also faced that prob…..shooty do you know actually the killer is me….im a great fan of u…i will really kill you ingey story nimendhen madukuraani adhi…vaagoiy balan..btw story habeyzzzz
hehe.. thankss… I love your story too ?